Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އަނދިރިފަރާތް 26

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
March 11, 2018 7 Mins Read
13 Comments

މަޑުމަޑުން ސިޑިން މައްޗަށް އަރައިގެން ދިޔައިރު އަހަރެންގެ ދެއަތް އޮންނާނީ ދެ ޖީބަށް ޖަހާލެވިފައެވެ. އެ ފްލޯރ ގައި ހުރީ ހަނި ގޯޅިގަނޑެކެވެ. އެ ގޯޅިގަނޑުގެ ދެފަރާތައް ވާގޮތަށް ހުރި ކޮޓަރިތަކަށް އަހަރެން ނަޒަރު ހިންގާލީމެވެ. އެތަނުން ބަޝަރުގެ ކޮޓަރި އަކީ ކޮބާ ހެއްޔެވެ؟ ލޯ އެކި ކޮޅުކޮޅަށް ޙަރަކާތްކުރާ ހާލު އަހަރެން އެ ހަނި ގޯޅިގަނޑުގެ ތެރެއިން ހިނގަން ފެށީމެވެ. ނަމަވެސް ތަންކޮޅަކަށް ދެވުނުތަނާ ކޮންމެވެސް މީހަކު އަހަރެންގެ ވާއަތު ކޮނޑުގައި އަތް ބާއްވާލައިފިއެވެ. ވަގުތުން އަހަރެންގެ ޙަރަކާތްތަކަށް ހުއްޓުން އެރިއެވެ. މިހާ އަވަހަށް އަހަރެމެންގެ ޕްލޭން ފެނަށް ވަނީ ހެއްޔެވެ؟

ޖެހިލުންވެ ހުރެ އަހަރެން ފަހަތަށް އެނބުރެލީމެވެ. ކުރިމަތީގައި، ކޯޓުފަޓުލޫނުގައި ހުރި މީހާ އަހަރެންގެ މޫނަށް ބަލާލީ ފަރުވާތެރިކަމާ އެކީގައެވެ. އޭރުވެސް ތިރީ ފްލޯއިން މިޔުޒިކުގެ އަޑު ކޮންމެވެސް ވަރަކަށް އިވިއިވި ހުއްޓެވެ.

“ސާރ. ޔޫ ވޯންޓް އަ ރޫމް؟”

އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުރެ އެމީހާ އަހާލިއެވެ. އިތުރު ވިސްނުމަކަށް ނުގޮސް އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ.

“އައި ޑޯންޓް ސީ ޔުއާރ ޕާޓްނާރ. ނީޑް އަ ގާރލް؟”

އޭނާ ނިތަށް ދެތިން ރޫ އަރުވާލަމުން އަހާލިއެވެ. އަހަރެން އެއްމިޔަކުން ހިނިތުންވެލީމެވެ.

“ޔެއާރ. އައި ނީޑް ވަން.”

ހަމަޖެހިލައިގެން ހުރެ އަހަރެން ބުނެލީމެވެ. އެއާއެކު އޭނާ އަހަންނާ ދިމާއަށް އަތް ދިއްކޮށްލީ ނުލަފާ ފާޑަކަށް ހީލައިގެން ހުރެއެވެ. އޭނާގެ އެ ޙަރަކާތުގެ މާނަ އަހަންނަށް ވިސްނިއްޖެއެވެ. ޖީބުން ފައިސާގެ ނޫޓުތަކެއް ނަގައި އަހަރެން އޭނާގެ އަތަށް ޖެހީމެވެ. އެ ފައިސާތަކަށް ދަހިވެތި ނަޒަރަކުން ބަލާލުމަށްފަހު އޭނާ އަވަސް އަވަހަށް އޭތި ޖީބަށް ލައިފިއެވެ.

“ވެއިޓް ރައިޓް ހިޔާރ. އައި ވިލް ބްރިންގް ޔޫ ވަން އޮފް ދަ ބެސްޓް ގާރލްސް.”

އޭނާ އެހެން ބުނުމަށްފަހު ސިޑިން ފައިބަގެން ހިނގައްޖެއެވެ. އަހަރެންނަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އޭނާ އެނބުރި އަންނަން ވާއިރަށް އަހަރެން ފިލަން އެބަ ޖެހެއެވެ. ފިޔަވަޅުތައް އަވަސްކޮށްލަމުން އަހަރެން ފަހަރަކު ކޮޓަރިއެއްގެ ދޮރާ ދިމާއަށް ބަލަމުން ދިޔައީމެވެ. އެ ގޯޅިގަނޑު ނިމޭ ހިސާބަށް ދެވުމާއެކު އެއާ ވިދިގެން ވާތް ފަރާތައް އިތުރު ގޯޅިގަނޑެއް ހުރިކަން އަހަންނަށް ފާހަގަވިއެވެ. މަޑުމަޑުން ބޯ ދިއްކޮށްލައި ބަލާލިހިނދު އެގޯޅިގަނޑުގައި ހުރި ހަމައެކަނި ކޮޓަރީގެ ދޮރުމަތީގައި ޖާނުން ވަރުގަދަ ފިރިހެނަކު ހުރިތަން އަހަންނަށް ފެނުނެވެ. އެއާއެކު އަހަންނަށް އެއްމިޔަކުން ހިނިތުންވެލެވުނެވެ. އެއީ ބަޝަރުގެ ރޫމްއެވެ.

ތުނބުން ފުމެމުން އަހަރެން އެދިމާއަށް ހިނގަންފެށުމާއެކު އެ ހަނި ހޯލްކޮޅުގައި އެ އަޑު އެކޯވަމުން ދިޔައެވެ. އެ ކޮޓަރީގެ ދޮރުމަތީގައި ހުރި ފިރިހެންމީހާ ރުޅިވެރި ނަޒަރަކުން އަހަންނާ ދިމާއަށް ބަލާލައިފިއެވެ. ދެބުމަ ގޮށްޖަހާލަމުން އޭނާ އަތުގެ އިޝާރާތުން ހުއްޓުމަށް އެންގިއެވެ. ނަމަވެސް އަހަރެން އަޅައެއް ނުލަމެވެ. އެއްވެސް ކަމެއް ނުވާކަމަށް ހަދާފައި އަހަރެން ދިޔައީ ކުރިއަށެވެ.

“ސްޓޮޕް ރައިޓް ދެއަރ!”

ރުޅިވެރި ރާގަކަށް އޭނާ އެހެން ބުނީ އަތަށް ވަޅިއެއް ފާޑު އެއްޗެއް ހެޔޮވަރު ކޮށްލަމުންނެވެ. އޭނާ ހީކުރީ ހަތިޔާރެއް ދައްކާލާއިރަށް އަހަރެން ބިރުގަންނާނެ ކަމަށް ހެއްޔެވެ؟

އަހަރެން ނުހުއްޓި ކުރިއަށް އަންނަން ފެށުމުން އޭނާ އެ ވަޅި އަހަރެންނާ ދިމާއަށް މަހާލިއެވެ. ނަމަވެސް އަހަރެން ހުށިޔާރުކަމާއެކު އެ ވަޅި އޮތް އޭނާގެ އަތުގައި ހިފަހައްޓާލީމެވެ. ލުއި ހިނިތުންވުމަކާއެކު އަހަރެން އޭނާގެ އަތް ފަހަތަށް އަނބުރާލީ ނިކަން ބާރަށެވެ. އެއާއެކު އޭނާގެ އަނގައިން މަޑު އާހެއް ނިކުމެގެން ދިޔައެވެ. ނަމަވެސް އަހަރެން ހުއްޓައެއް ނުލަމެވެ. ފައިން ޖަހައި އޭނާ ތިރިކޮށްލުމަށްފަހު އޭނާގެ ދެއަތް ގުޑުވާނުލެވޭ ވަރަށް އަހަރެންގެ އަތުން ހިފަހައްޓާލީމެވެ. ކުއްލިއަކަށް އޭނާ ހަޅޭއްލަވަން ފަށައިފިއެވެ. ނުރައްކަލެއް އުޅޭކަން ބަޝަރުއަށް އަންގަން ތޯއްޗެވެ.

“އޯ ނޯ ޔޫ ޑޯންޓް.”

އަހަރެން އެހެން ބުނުމަށްފަހު ކޯޓުގެ ޖީބުން ޑަކްޓް ޓޭޕު ރޯލެއް ނަގައި އޭނާގެ އަތް ފައި ރަނގަޅަށް ބަނދެލީމެވެ. އަދި އަނގައިން އަޑެއް ނުލެއްވޭނެ ފަދައިން އޭނާގެ އަނގަމަތީގައި އެ ޓޭޕު އޮޅާލީމެވެ.

ތެދުވެ ހިންދެމިލުމަށްފަހު، ބިރުގަނެ ސިހުން ލިބިފައިވާ އޭނާގެ މޫނަށް އަހަރެން ބަލާލީ ލުއި ހިނިތުންވުމަކާ އެކީގައެވެ. ގިނަ ފަހަރަށް ބޮޑީ ގާޑުންނަށް ތިބޭނީ ހަށިގަނޑު ބޮޑެތި މީހުންނެވެ. އެއީ އެފަދަ ސިފައެއްގައި ތިބޭ މީހުން ފެނިފައި ދުޝްމިނުން ބިރުގަންނާނެތީއެވެ. ނަމަވެސް ހަށިގަނޑު ކިތަންމެ ބިޔަކޮށް ހުއްޓަސް އެމީހުންގެ ‘ސްކިލްސް’ ނުހުންނަންޏާ ކުރާނީ ކީއް ހެއްޔެވެ؟

ފައިން ޖެހިޖެހިއިނުން ބަޝަރުގެ ކޮޓަރީގެ ދޮރު އަހަރެން ހުޅުވާލީމެވެ. އެއާއެކު އެނދުމަތީގައި އޮތް ޑެލްޓާއާ ދިމާއަށް ގުދުވެގެން އޮތް ބަޝަރު އަހަންނާ ދިމާއަށް ބަލާލީ ސިހިފައެވެ. ދަނޑިވަޅު ބަލާފައި ޑެލްޓާވެސް ހުސްގަޔާ ހުރި ބަޝަރުގެ ބަނޑުގައި ކަރާޓީ ޝޮޓެއް އަޅުވާލައިފިއެވެ. ނުވިސްނާ ހުރި ބަޝަރު ގޮސް ތަޅުންގަނޑުގައި ޖެހުމާއެކު އެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ރުޅިއައިސް ރަތް ވެފައި ވީއިރު އެ ދެލޮލުން އަލިފާންކަނި ނުބުރާކަމެވެ.

ކުއްލިއަކަށް އޭނާ އަވަސް ޙަރަކާތަކާއެކު ފަޓުލޫނުގެ ޖީބުން ފިސްތޯލައެއް ނަގައި ފިއެވެ. ޑެލްޓާއާ ދިމާއަށް އޭތި އަމާޒުކޮށްލި ހިނދު އޭނާގެ ހަށިގަނޑު ރުޅިއައިސްގެން ތުރުތުރު އަޅައެވެ. ޑެލްޓާ މަޑުމަޑުން އޭނާގެ ދެއަތް ވައިގެ ތެރެއަށް އުފުލާލިއެވެ. ކަންބޮޑުވެފައި ހުރެ އަހަރެން އޭނާއާ ދިމާއަށް ދާން ފިޔަވަޅެއް އަޅާލީމެވެ.

“ސްޓޮޕް ރައިޓް ދެއަރ! ކުރިއަށް އެންމެ ފިޔަވަޅެއް އަޅާލިޔަސް އަހަރެން މީނަ މަރާލާނަން!”

ބަޝަރުގެ ހަރުކަށި އަޑާއެކު އަހަންނަށް ހުއްޓެން މަޖުބޫރުވިއެވެ. މަޑުމަޑުން އަހަރެން ޑެލްޓާގެ މޫނަށް ބަލާލީމެވެ.

“ކަލޭމެންތީ ކޮންކަމެއް ބޭނުންވެގެން އުޅޭ ބައެއްކަން އަހަންނަށް އެނގޭ! އެކަމަކު ބުނަން! މި ފަހަރު ކަލޭމެން ދެމީހުން މަގޭ އަތުން މަރުވާނެ!”

ބަޝަރު ރުޅިވެރި ގޮތަކަށް ވާހަކަދެއްކިއެވެ. ޑެލްޓާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުވާކަށް ނެތެވެ. އޭނާ ހުރީ ވަރަށް ހަމަޖެހިފައެވެ. އަހަރެން ހުރި ފިޔަވަޅުމަތީގައި ހުރީމެވެ. އޭނާ މިހާ ހަމަޖެހިފައި އެ ހުރީ ކީއްވެބާވައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. ބަޝަރު ބަޑި ގޮއްވާލައިފިނަމަ ވަޒަން އަރާނީ ހަމަ އޭނާގެ ގަޔަށެވެ.

ކުއްލިއަކަށް އޭނާ އަހަންނާ ދިމާއަށް ވަށް ކަޅިން ބަލާލައިފިއެވެ. އަދި ލޮލުގެ ކަޅިން އަހަރެންގެ މޭމަށްޗާ ދިމާއަށް އިޝާރާތްކޮށްލައިފިއެވެ. އަހަރެން މެއާ ވީ ހިސާބުން ގަމީހުގައި އަތް ހާކާލީމެވެ. ޔެސް! ބަޓަން ކެމެރާ. އެވަގުތު އަހަރެންގެ ތުންފަތުގައި ދުވެލީ ލާނެތް ހިނިތުންވުމެކެވެ.

“ލުކް ހިއާރ ބަޝަރު! މިތާ ތެރޭގައި ދެކެވުނު ހުރިހާ ވާހަކައަކާ މަންޒަރެއް މި ކުޑަކުޑަ ކެމެރާއިން ރެކޯޑްވަމުންދާނެ. އަދި އެ ހުރިހާ އެއްޗެއް މިހާރު ހުންނާނީ އަހަރެމެންގެ ސާވާރ ގަ ސްޓޯރ ވެފަ.”

އަހަރެން ގަމީހުގައިވާ ގޮށަށް އިޝާރާތްކޮށް ވާހަކަދެއްކުމާއެކު ބަޝަރުގެ މޫނުމަތިން ހާސްކަމާ ކަންބޮޑުވުން ފާޅުވާން ފެށިއެވެ. އެ ނިތްކުރިމަތީގައި ވިދަމުން ދިޔަ ދާތިކިތައް ފެނުމުން އަހަރެންނަށް އަނެއްކާވެސް ހީލެވުނެވެ.

“ޕުޓް. ދަ. ގަން. ޑައުން. އެހެންނޫނީ އަހަރެމެން ކަލޭ ރާއްޖޭގެ ޕޮލިހަށް ރިޕޯޓްކުރާނީ. ޓީވީތަކުންނާ ނޫސްތަކުން ކަލޭ ހައްޔަރުކުރި ޚަބަރު މުޅި ރާއްޖެއަށް އެނގިގެން ދާނެ. އޭރުން ކަލޭގެ އަގު ވެއްޓުނީ، އެހެންނު؟ ތީ ސަރުކާރުގެ ކިހާ އިސް މަޤާމެއްގަ ހުރި މީހެއްތަ؟ މީހުން ކިހާ އެއްޗެއްސެއް ކިޔާނެތަ؟”

މިފަހަރު ބަޝަރުއާ މުޚާތަބުކޮށް ވާހަކަދެއްކީ ޑެލްޓާއެވެ. އެއާއެކު ބަޝަރުގެ ރުޅި ދިޔައީ ހައްތަހާ ގަދަވެގެންނެވެ. އަތުގައި އޮތް ފިސްތޯލުގައި އޭނާ ބާރަކަށް ހިފަހައްޓާލިއެވެ.

“ކޮން ކަމެއް ބޭނުމީ؟”

ބަޑި ތިރިއަށް ވައްޓާލުމަށްފަހު އޭނާ އެންމެ ފަހުން އަހާލައިފިއެވެ. އެއާއެކު އަހަންނާ ޑެލްޓާގެ މޫނުމަތީގައި ދުވެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

** **

އަނދިރި ކުޑަ ގުދަންގަނޑެއް ކަހަލަ އެތަނުގައި ވަނީ އޮރެންޖު ބޮކީގެ ފަނޑު އަލިކަމެވެ. މޭޒުގެ ކައިރީގައި އިސްޖަހާލައިގެން އިން ބަޝަރުގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަވަސްކަމެވެ. މޭޒުމަތީގައި ދެއަތް ބާއްވާލައިގެން އިންއިރު، މޭޒުގެ އަނެއްފަރާތުގައި ހުއްޓިގެން ހުރި ޑެލްޓާއާ ދިމާއަށް އޭނާ އިރުއިރުކޮޅާ ކަޅި އަޅާލައެވެ.

މިހާރު ޑެލްޓާ ހުރީ އޭނާ ލައިގެން ހުރި ރަތް ކުލައިގެ މާރމެއިޑް ޑްރެސްގެ މަތިން ކަޅު ޖެކެޓެއް ލައިގެންނެވެ. ކުރިން ދޫކޮށްލާފައިވާ އިސްތަށިގަނޑުގައި ހުޅިއެއް ޖަހާފައި ވީއިރު އޭނާގެ ދެއަތަށް ވަނީ ކަޅުކުލައިގެ ލެދާރ އަންގި ލައްވާފައެވެ. ހަރަން ބަނދެލައިގެން ހުރިއިރު، ހަރުކަށިކަން އެކުލެވިގެންވާ އޭނާގެ ދެލޯ އަމާޒުވެފައި ހުރީ ސީދާ ބަޝަރުގެ މޫނަށެވެ.

ކުއްލިއަކަށް ޑެލްޓާ ދެއަތުން ކުރިމަތީގައިވާ މޭޒުގައި ނިކަން ބާރަށް ޖަހާލައިފިއެވެ. އެއާއެކު ބަޝަރު ދިޔައީ ސިހިގެންނެވެ. ޑެލްޓާއާ ހަތަރުކަޅި ހަމަވުމާއެކު އޭނާ ހިންދިރުވާލިތަން އަހަރެން ދުށީމެވެ. ބިރުވެސް އެބަ ގަނޭތާއެވެ.

“ދެވަނަ ފަހަރަށް މި އަހަނީ! މިސްޓާރ ޒެޑް އަކީ ކާކުހޭ؟”

ޑެލްޓާ އޭނާގެ ހަރުކަށި އަޑުން ސުވާލުކޮށްލިއެވެ. އެއާއެކު ބަޝަރު ފުންނޭވައެއް ބޭރުކޮށްލި އަޑު އެ ކުޑަ ކޮޓަރީގައި ހިފާލިއެވެ. ނިތްކުރިމަތީގައިވާ ދާތިކިތައް ފުހެލުމަށްފަހު އޭނާ އަނެއްކާވެސް ޑެލްޓާގެ މޫނަށް ބަލާލިއެވެ.

“ނޭނގެއޭ ނޭނގެއޭ. އަހަންނަކަށް ނޭނގެއޭ!”

ބަޝަރު އޭނާގެ އަޑު އިއްވާލިއެވެ. އަދިވެސް މޭޒުގައި އަތް ވިއްދާލައިގެން، ބަޝަރުއާ ދިމާއަށް ކުޑަކޮށް ގުދުވެލައިގެން ހުރި ޑެލްޓާ ދަތްކުނޑި ވިކާލިއެވެ. ކުއްލިއަކަށް އޭނާ ގެނައި ޙަރަކާތަކާއެކު އެ މޭޒު ބިންމައްޗަށް ވެއްޓިއްޖެއެވެ. މޭޒު ތަޅުންގަނޑުގައި ޖެހުނު އަޑު ކޮޓަރިތެރޭގައި އެކޯވެގެން ދިޔައެވެ. އަހަރެން ގާތަށް ހިނިއައީ ބަޝަރުގެ މޫނު ފެނުމުންނެވެ. ދެލޯ ބޮޑުކޮށްގެން ވެއްޓިފައިވާ މޭޒާ ދިމާއަށް ބަލަން އިންއިރު އެ ދެފައި ތުރުތުރު އަޅަމުން ދިޔައެވެ. މިއީ އެހާ ނުރައްކާތެރި މީހެއްހެން އަހަންނަކަށް ހިޔެއް ނުވެއެވެ. ހުރި ގޮތަށް ހުރި ބިރު ކަކުންޏެކެވެ.

“ނޯ އަދާރ ޗޮއިސް.. ޓައިގާ؟”

ދެއަތް ފޮޅާލަމުން ޑެލްޓާ ވާހަކަދެއްކިއެވެ. އޭނާ އެ ބުނި އެއްޗެއް ދޭހަވުމާއެކު އަހަރެން ގޮސް އެތަނުގައިވާ ކަބަޑު ހުޅުވައި ލައި ޑިޓެކްޓަރު ނެގީމެވެ. އޭތި ހިފައިގެން ބަޝަރުއާ ދިމާއަށް ދާން ފެށުމާއެކު ބަޝަރުގެ މޫނުމަތީގައިވާ ހާސްކަން އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ.

“އަތް ދައްކާ!”

އޭނާ ގާތަށް ހުއްޓެމުން އަހަރެން ހަރުކަށި ގޮތަކަށް ބުނެލީމެވެ.

“ކަލޭމެންނަށް ތިހެން ހެދޭތަ؟ ތީ….”

ބަޝަރު ދައްކަން ފެށި ވާހަކަ މެދުކެނޑިގެން ދިޔައީ ޑެލްޓާ އޭނާއާ ދިމާއަށް ފިސްތޯލަ އަމާޒު ކުރުމުންނެވެ. ވަގުތުން އޭނާ އަހަންނާ ދިމާއަށް އަތް ދިއްކޮށްލީ ބަސްއަހާ ކުޑަކުއްޖެއް ފަދައިންނެވެ. ލައި ޑިޓެކްޓާ އޭނާގެ އަތަށް ގުޅުމަށްފަހު ޑިސްޕްލޭ ހިފަހައްޓައިގެން އަހަރެން އޭނާ ގާތު ހުއްޓި ހުރީމެވެ.

“ސޯ… ވަންސް އަގެއިން. މިސްޓާރ ޒެޑް އަކީ ކާކު؟”

އުނަގަނޑުގައި ދެއަތް ވިއްދާލައިގެން ހުރެ ޑެލްޓާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.

“ނޭނގެ.”

ބަޝަރު ވަރަށް މަޑުމަޑުން ބުނެލިއެވެ. އެއާއެކު މަޑު އަޑެއް ކިޔާފައި އަހަރެންގެ އަތުގައި އޮތް ލައި ޑިޓެކްޓަރ ޑިސްޕްލޭއަށް ފެހިކުލަ އަރައިފިއެވެ. ހައިރާންވެފައި އަހަންނަށް ބަޝަރުއާ ދިމާއަށް ބަލާލެވުނެވެ. އޭނާ ހަމަ އެހެދީ ތެދެއް ހެއްޔެވެ؟ އޭނާއަށް ހަމަ އަސްލުވެސް މިސްޓާރ ޒެޑްއަކީ ކާކުކަން ނޭނގެނީ ހެއްޔެވެ؟ އަހަރެން އޭތީގެ ޑިސްޕްލޭ ޑެލްޓާއަށް ދައްކާލީމެވެ. އެއާއެކު ގޮށްޖެހިފައިވާ އޭނާގެ ދެބުމަ މަޑުމަޑުން ދުރުވެގެން ދިޔައެވެ.

“މިސްޓާރ ޒެޑްއާ ބެހޭ އެއްވެސް މައުލޫމާތެއް ހަމަ ނޭނގޭތަ؟”

މިފަހަރު ޑެލްޓާ ވާހަކަދެއްކީ ތަންކޮޅެއް މަޑުންނެވެ. އެއާއެކު ބަޝަރުގެ ކަޅި އެކި ކޮޅުކޮޅަށް ހަރަކާތްކުރަން ފެށިއެވެ. މިސްޓާރ ޒެޑް އަކީ ކާކުކަން ނޭނގުނު ކަމުގައި ވިޔަސް އޭނާއަށް ކޮންމެވެސް މަޢުލޫމާތެއް އެބަ އެނގެއެވެ.

“ނޭނގެ.”

ބަޝަރު އެހެން ބުނުމާއެކު ޑިސްޕްލޭއަށް އަރައިގެން ދިޔައީ ރަތްކުލައެވެ. މިފަހަރު އޭނާ އެހެދީ ރޯ ދޮގެކެވެ. ޑެލްޓާއަށް ޑިސްޕްލޭ ދައްކާލުމާއެކު އޭނާ ދަތްކުނޑި ވިކާލިއެވެ. މަޑުމަޑުން ހިނގާފައި އައިސް އޭނާ ބަޝަރުގެ މޫނުގައި ޖެހޭނުޖެހޭ ހިސާބުގައި މަޑުކޮށްލިއެވެ.

“ސްޕިޓް އިޓް!”

ދަތްކުނޑި ވިކާލައިގެން ހުރެ އޭނާ ބުނެލިއެވެ. އެއާއެކު ބަޝަރު ހިންދިރުވާލިތަން އަހަންނަށް ފެނުނެވެ.

“ގްރޭވުޑް ހައި ސްކޫލް..”

އެންމެފަހުން ބަޝަރު ބުނެލިއެވެ.

“އެތަނުގެ އިސްވެރިޔާ އަހަންނަށް މި ބާރ ހިންގަން ހަވާލުކުރީ.. މިސްޓާރ ޒެޑްއާ ބެހޭ މަޢުލޫމާތު އޭނާއަށް އެނގޭނެ…”

ބަޝަރު އެހެން ބުނުމާއެކު ޑިސްޕްލޭއަށް އަރައިގެން ދިޔަ ފެހިކުލަ އަހަރެން ޑެލްޓާއަށް ދައްކާލީމެވެ. ޑެލްޓާ ވިސްނުންތެރި ކަމާއެކު އަދިވެސް އެއްފަހަރު ބަޝަރުގެ މޫނަށް ބަލާލިއެވެ.

“ދެން އަހަރެން ދޫކޮށްލާ!”

ބަޝަރު އެހެން ބުނުމާއެކީ ޑެލްޓާގެ ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ. އަހަރެންވެސް އޭނާގެ އަތުން ލައި ޑިޓެކްޓާރ ނައްޓާލުމަށްފަހު މަޑުމަޑުން ހީލީމެވެ. ނުތަނަވަސްވެފައި އިނދެ އޭނާ އެއްފަހަރު އަހަންނަށް އަދި އަނެއްފަހަރު ޑެލްޓާއަށް ބަލަމުން ގެންދިޔައެވެ.

އޭނާ ހީކުރީ އަހަރެމެން އެހާ ފަސޭހައިން އޭނާ ދޫކޮށްލާނެ ކަމަށް ހެއްޔެވެ؟ ނޯ ޗާންސް. އޭނާ ދޫކޮށްލައިފިނަމަ ހަތިޔާރު އެޅި ބޮޑު ލަޝްކަރެއް ގޮވައިގެން އަހަރެމެންނާ ކުރިމަތިލާން ވެސް އަތުވެދާނެއެވެ. މީހެއްގެ ގޮތެއް ނޭނގޭނެއެވެ.

“ކަމް އިން.”

ޑެލްޓާ ހެޑްސެޓުގައި އަތް ޖައްސާލުމަށްފަހު އެހެން ބުނެލުމާއެކީ ބާރު އަޑުފައްގަނޑަކާއެކު އެތަނުގެ ދަގަނޑު ދޮރު ކެހިގެން ދިޔައެވެ. ގަދަ ފެހި ކުލައިގެ ސުއިޓުތަކެއް ލައިގެން ހުރި މީހުންތަކެއް އެތެރެއަށް ވަދެގެން އައުމާއެކު ބަޝަރުއަށް ތެޅިގަނެވުނެވެ. އެ ދެލޮލުން އަހަންނަށް ފެނުނީ ހާސްކަމެވެ.

“ހީކުރީތަ އަހަރެމެން ކަލޭ ދޫކޮށްލާނެއޭ؟ އަހަރެމެން އެހާ މޮޔައެއް ނޫން އިނގޭ..”

ދެއަތް ފުރަގަހަށް ލައިގެން ހުރެ ޑެލްޓާ އެހެން ބުނުމާއެކީ އެ ސުއިޓުތައް ލައިގެން ހުރި މީހުންތައް ބަޝަރުގެ ހަތަރެސްފައިގައި ހިފައިގެން އެތަނުން ނެރެން އުޅުނެވެ. އެއީ ތުރުކީގެ ސީކްރެޓް އެޖެންސީގެ މީހުންނެވެ. އަހަރެމެންނަށް ބަޝަރު ދިވެހިރާއްޖެއަށް ގެންދެވެންދެން އޭނާ ހުންނާނީ އެމީހުންގެ ބެލުމުގެ ދަށުގައެވެ.

ބަޝަރު، އެމީހުންގެ އަތް ދަށުން ސަލާމަތްވުމަށްޓަކާ ތެޅި ފޮޅެމުން ދިޔައިރު އަނގުރު އަލިފާންގަނޑެއްފަދަ އޭނާގެ ދެލޯ އަމާޒުވެފައި ވަނީ ޑެލްޓާގެ މޫނަށެވެ. އަހަރެމެން އޭނާއަށް ހެދީ ދޮގުކަން އެނގުމާއެކު އެހުރީ ރުޅިއައިސްގެން ފަޅައިގެންދާން ކައިރިވެފައެވެ

“ޔޫ ޓްރިކްޑް މީ!!”

އޭނާ ބާރުބާރަށް ހަޅޭއްލަވަމުން ދިޔައެވެ. އެމީހުން އޭނާ އެތަނުން ނެރުމާއެކު އަހަންނަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

#ފުރަތަމަ.މިޝަން.ސަކްސެސް

** ** **

އަހަރެން ފެންވަރާލައިގެން ފާހާނާއިން ނިކުތްއިރު އެނދުމަތީގައި ބާއްވާފައިވާ ލެޕްޓޮޕު ރިންގުވާ އަޑު އިވެއެވެ. ރޫޝިންމެންގެ ކަމަކަށް ނޫނީ ނުވާނެއެވެ. ބޮލަށް ޓީޝާޓެއް މަހާލުމަށްފަހު އަހަރެން ގޮސް އެނދުމައްޗަށް ވެއްޓިގަތީމެވެ. ވީޑިޔޯ ކޯލު ނެގުމާއެކު އަހަންނަށް ސްކްރީނުން ރޫޝިންއާއި ރާޔާ އަދި ރިޒާމް ފެނިގެން ދިޔައެވެ.

“ކޮންގްރާ! މިޝަން ކާމިޔާބުވީ ވާހަކަ އަޑުއިވިއްޖެ.”

އަހަރެން ފެނުމާއެކު ރިޒާމް ބުނެލިއެވެ.

“ދެން އަހަރެން މިކަމުގަ އުޅެފިއްޔާ ސަކްސެސްވާނެ ކަން އެނގެއެއްނު؟”

އަހަރެން އެހެން ބުނުމާއެކު ރާޔާ މޫނަށް ވައްތަރެއް ޖައްސާލިއެވެ.

“އަމިއްލައަށް ފޮނިވާ މީހެއް.”

ރާޔާ އެހެން ބުނުމާއެކު ރިޒާމްއާއި ރޫޝިން ހީގަތެވެ.

“އަރޫންއަށް އެނގޭތަ؟ ޝިބާން އުޅެނީ މި އަހަރު މެރީކުރަން. އަހަރެން ގާތު ބުނީ ކޮންމެހެންވެސް އަންނަން ވާނެއޯ. އަރޫން ވެސް ގެންނަން ވާނެއޯ.”

ރޫޝިން އެހެން ބުނުމާއެކު އަހަރެން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީމެވެ.

“އަނެއްކާ ޝިބާން އިންނަނީ ޝިން އާތަ؟”

ރޫޝިން ރުޅިއަރުވާލުމުގެ ނިޔަތުގައި އަހަރެން އަހާލީމެވެ. އެއާއެކު އޭނާ ކޯ ފުއްޕާލަމުން ދެއަތް އުރާލިއެވެ.

“ޖަސްޓް ކިޑިންގް އޭ.”

އަހަރެން ހެމުންހެމުން ބުނެލީމެވެ.

“ކޮބާ މާޒް؟”

މާޒް ފެންނަން ނެތުމުން އަހަރެން އަހާލީމެވެ.

“މިރޭ އޮފް ޑިއުޓީގަ. އަންހެނުން ކައިރިއަށް ދާންވެގެން ތޯއްޗެ.”

ރޫޝިން ބުނެލިއެވެ. އަހަރެން އެހެން ހެއްޔޭ އަހާލީމެވެ. މާޒް ވެސް އޭނާގެ ޢާއިލާއާ އެކީ ވަގުތު ހޭދަކުރަން ބޭނުންވާނެތާއެވެ. އަހަރެންގެ ވެސް ޢާއިލާއެއް ހުރި ނަމަ އެމީހުންނާއެކީ ވީހާވެސް ގިނަ ވަގުތު ހޭދަކުރެވޭތޯ ބަލާނަމެވެ.

“ރިޒާމްއަށް އެނގޭތަ؟ ކުރެދި ސެންޓުފުޅި ތަޅައިގެން ހިނގައްޖެ..”

އަދިވެސް ތެޅިފައި، ތަޅުންގަނޑު މަތީގައިވާ ސެންޓުފުޅއާ ދިމާއަށް ބަލަހައްޓައިގެން އޮވެ އަހަރެން ބުނެލީމެވެ. އެތަން ސާފުކުރަންވެސް ވީއެވެ.

“ކުރެދި ސެންޓޭ؟”

މޫނަށް ވައްތަރެއް ޖައްސާލަމުން ރާޔާ އަހަރެން ގާތު އަހާލިއެވެ.

“އާނ ކުރެދި ސެންޓު. ރިޒާމްއަށް ވެސް މޮޅެތި އިންވެންޝަން ތަކަށް މޮޅެތި ނަން ދޭކަށް ނޭނގޭ ވިއްޔަ؟”

އަހަރެން ހިނިގަނޑެއް ޖަހާލުމަށްފަހު ބުނެލީމެވެ.

“ޝުބާ ބުނަނީ ހަމަ ރަނގަޅަށް. ރިޒާމްއަކަށް ނޭނގޭނެ އެއްވެސް އެއްޗަކަށް ސަހަލު ނަމެއް ދޭކަށް..”

އަހަރެން އެހެން ބުނުމާއެކު އެ ހުރިހާ އެންމެންގެ މޫނުތަކުގެ ކުލަވަރު ބަދަލުވެގެން ދިޔަކަން އަހަންނަށް ފާހަގަކުރެވުނެވެ. ބުނެވުނީ ކިހާ ވަރެއްގެ އެއްޗެއްކަން އަހަންނަށް ރޭކާލީ ތަންކޮޅެއް ފަހުންނެވެ. ބުނާނެ އިތުރު އެއްޗެއް އަހަންނަކަށް އެވަގުތަކު ނުވިސްނުނެވެ. ވެރިވެގެން ދިޔަ ހަމަހިމޭންކަމުގެ ސަބަބުން އަހަންނަށް އުނދަގޫވާން ފެށިއެވެ.

“އޭތް ދެން ބޭއްވީއޭ..”

އެހެން ބުނުމަށްފަހު އަހަރެން ލެޕްޓޮޕު ލައްޕާލީމެވެ.

“ޝުބާ..”

އަހަންނަށް މަޑުމަޑުން އެ ނަން ކިޔާލެވުނެވެ. ޝުބާއާއެކު ހޭދަކުރެވުނު ވަގުތުތައް އަހަރެންގެ ސިކުނޑީގައި އިއްޔެ ވީ ކަމެއް ފަދައިން ހަރުލާފައި އެބަހުއްޓެވެ.

މަޑު ފިޔަވަޅުތަކެއްގައި އަހަރެން ކޮޓަރިން ނިކުމެ ގޭތެރެއިން ޑެލްޓާގެ ހިލަމެއްވޭތޯ ބަލާލީމެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން އަހަރެން ދެން މިސްރާބުޖެހީ ޑެލްޓާގެ ކޮޓަރިއާ ދިމާއަށެވެ. އެ ކޮޓަރީގެ ދޮރު ތަޅުގައި ހިފައި އަހަރެން މަޑުމަޑުން އަނބުރާލީމެވެ. ހީކުރިގޮތާ ޚިލާފަށް ކޮޓަރި ހުރީ ތަޅުވެސް ނުލައެވެ. މަޑުމަޑުން ބޯދީ ބަލާލިއިރު ކޮޓަރިތެރެއިން ވެސް އޭނާގެ ހިލަމެއް ފެންނާކަށް ނެތެވެ. އެއްމިޔަކުން ހިނިތުންވެލައިގެން ހުރެ އަހަރެން އެ ކޮޓަރިތެރެއަށް ދެމިގަތީމެވެ.

ޑެލްޓާ އޭނާ އަކީ ޝުބާއެއްނޫނޭ ކިތަންމެ ފަހަރަކު ބުނި ކަމުގައި ވިޔަސް އަހަރެންގެ ހިތް އެކަން ޤަބޫލެއް ނުކުރެއެވެ. ބޭނުންވަނީ ޑެލްޓާ އަކީ ޝުބާކަން ސާބިތުކޮށްދެވޭނެފަދަ އެވިޑެންސްއެކެވެ. ޑެލްޓާގެ ފިންގަރޕްރިންޓެވެ. އަހަރެން އަތުގައި އޮތް ފިންގަރޕްރިންޓް ކަލެކްޓްކުރާ ޓޭޕުރޯލަށް ބަލައިލީމެވެ. އަހަރެން އޭނާގެ ފިންގަރޕްރިންޓް މާޒްއަށް ފޮނުވާނީއެވެ. އޭރުން އެޖެންސީގެ ސާވާރގައިވާ ޝުބާގެ ފިންގަރޕްރިންޓާ ދިމާވޭތޯ ބެލިދާނެއެއް ނޫން ހެއްޔެވެ؟

އަހަރެން ގޮސް އެ ކޮޓަރީގައިވާ ރީތިވާ މޭޒު ކައިރީގައި ހުއްޓެލިތަނާ އިވިގެން ދިޔަ އަޑެއްގެ ސަބަބުން އަހަރެންގެ ޙަރަކާތްތައް ގަނޑުވިއެވެ. އެއީ ފާހާނާގެ ދޮރު އަންލޮކް ވެގެން ދިޔަ އަޑެވެ.

“ޝިޓް!”

އަހަރެންވެސް ކިހާ މޮޔަ ހެއްޔެވެ؟ ކޮޓަރިއަށް ވަދެގަތީ ޑެލްޓާ ފާހާނާގައި އުޅޭތޯ ބަލާވެސް ނުލާ ވިއްޔާއެވެ. އޭނާގެ އަތުން އަހަރެން މަރު ނުވިއްޔާ ރަނގަޅެވެ.

~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ވަންހަނާ (ނަވާރަވަނަ ބައި)

Next

ކުރިން އެނގުނުނަމަ (ފަހުބައި)

Next
March 11, 2018

ކުރިން އެނގުނުނަމަ (ފަހުބައި)

Previews
March 11, 2018

ވަންހަނާ (ނަވާރަވަނަ ބައި)

13 Comments!

  1. Liaa says:
    March 11, 2018 at 12:08 pm

    Hey guys! Ummeedhu kuran mi part ves kamudhaane kamakah. 🙂

    And do follow my facebook page for quick updates on my stories! https://www.facebook.com/storiesbyliaaa/

    Kurin hedhi FB page delete vee keevve kameh Liaa akah eh gothakah ves neynge.

    LOves! ? 🙂

  2. rafs says:
    March 11, 2018 at 1:02 pm

    mihaathanah kiynu emme best vaahaka

    1. Liaa says:
      March 11, 2018 at 2:53 pm

      Thank u rafs ?

  3. araash says:
    March 11, 2018 at 4:05 pm

    V v v v v v salhi…..??Nxt prt whn..?

    1. Liaa says:
      March 12, 2018 at 8:46 am

      Thank u araash 🙂

  4. ssannwa?❤? says:
    March 11, 2018 at 4:34 pm

    Varah varah varah varah reethi ingey mi part vs. next part annaany kon irakun tha? Thanks mi part ehaa avahah up kolla dhineema. Alhey dhn vaany kihineh baa… aroon hama rangalhah ves maruvaane??

    1. Liaa says:
      March 12, 2018 at 8:47 am

      Thank u dear. Next part maadhamaa up kolleveythw balaanan 🙂

  5. Delta says:
    March 11, 2018 at 6:04 pm

    Liaa aneh part maadhan up koh dheynan dho! Interesting story ! Creative idea and yeah unique plot

  6. Friends says:
    March 11, 2018 at 6:57 pm

    Haha.aroon ah eoih v gotheh dhw.stry v furihama.hama neh bunaane ehcheh vess. Keep it up liaa.kba baligadu kihineh.ummedh kuran ok vaane kamah.
    Waiting 4 next part.

  7. ASHU says:
    March 11, 2018 at 9:36 pm

    Oh woww but i have a question. If shuba is really dead dhen shuba maruvee kihineh? .. and mi delter mee history fothuga vess liyevifa oiy meeheh viyya why is she so young ..i mean nvm haha . I think delter ei legends ah beynun kuraa name eh hen ..whatevrr story vvvvv reethi❤️

  8. ehen meehe says:
    March 11, 2018 at 11:38 pm

    Shuba akii hama delta dhw… …
    Woe nice parat

  9. Sarey says:
    March 12, 2018 at 7:06 am

    Storyy..vv ryhthi..you are the best..?

  10. Heyley says:
    August 28, 2018 at 7:56 pm

    Very reethi

Comments are closed.

Next Episodeއަނދިރިފަރާތް 27←


All Right Reserved!