Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރިން އެނގުނުނަމަ (ތިރީސްވަނަ ބައި)

riya Level 3100 Comments10 Stories
March 7, 2018 5 Mins Read
23 Comments

ރުއާންގެ އެނދުމަތީގައި އޮށޯވެލައިގެން އޮތެވެ. އޭސީގެ ފިނިން އެއްވެސް އަސަރެއް ނުކުރާކަހަލައެވެ. ރުއާންގެ މޫނު މަތީގައި ވިދަމުން ދިޔައީ ދާތިކިތަކެވެ. އެންމެ ފަހުން ރުއާން ތެދުވެގެން ހަރުގައި އިން ޓީސާރޓް ނަގައި ހަށިގަނޑަށް މަހާލަމުން މޭޒުމަތީގައި އޮތް ސައިކަލުގެ ތަޅުދަނޑި ނަގައިގެން ބޭރަށް ދިޔުމަށް ހިނގައިގަތެވެ. އަވަސް ފިޔަވަޅު ތަކެއް އަޅަމުންނެވެ. ހަލުވި ސުޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލް މަޑުކޮށްލީ ރޫބީސް ގެ ކައިރިއަށެވެ. ސައިކަލް ޕާކް ކުރުމަށްފަހު ގޭތެރެއަށް ވެދެގެން ދިޔައިރު ރައުނާއާއި ދިމާވިއެވެ. ޒީކްއަށް ގޮވާލަ ދިނުމަށް ރުއާން އެދުނެވެ.  ރުއާން ކައިރީ މަޑުކޮށްލުމަށް ބުނުމަށްފަހު ރައުނާ ޒީކް ހޯދަން ހިނގައިގަތެވެ. ރުއާން ބަގީޗާތެރޭގައި މާގަސްތަކުގެ ކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ. ގަސްތަކުގައި ފޮޅިފައިވާ އެކި ކުލަކުލައިގެ ފިނިފެންމާ ތަކުން ބަގީޗާ ތެރެއަށް އިތުރު ފުރިހަމަ  ކަމެއް ގެނެސް ދީފައިވެއެވެ. އެފަދަ ހިތްގައިމު ތަނެއްގައި ހުރެވުނު ނަމަވެސް ރުއާންގެ ހިތަށް ހަމަޖެހުމެއް މިއަދު ނުލިބުނެވެ. އޭރު ރައުނާ އަންނަތަން ރުއާންއަށް ފެނެއެވެ.

“ކޮބާ ޒީކް؟” ރައުނާގެ ފަހަތުން ޒީކް ނުފެނުމުން ރުއާންއަށް ބުނެލެވުނެވެ.

“ޒީކް…ނިދާފައި” ރައުނާ އަޅައިގަންނަމުން ބުނެލިއެވެ. ރުއާންއަށް ރައުނާ އެހަދަނީ ތެދު ނޫންކަން ވިސްނައިގަނެވުނެވެ.

“ހިނގާބަލަ ޒީކްގެ ކޮޓަރި ދައްކަން” ރުއާން ހިނގައި ގަންނަމުން ބުނެލިއެވެ. ރައުނާވެސް މަޖުބޫރުވެފައިވާ މީހަކު ފަދައިން ފަހަތުގައި ހުރެގެން ރުއާންއަށް ދާންވީ މަގު ކިޔައި ދެމުން ދިޔައެވެ.

“އަހަރެން ބޭނުމީ ޒީކްއާއި އެކަނި ވާހަކަ ދައްކާލަން” ރައުނާއަށް ބަލައިލަމުން ރުއާން ބުނެލިއެވެ. ކިޔަމަންތެރި ކަމާއެކު ރައުނާ އެތަނުން ދިޔުމަށް ހިނގައިގަތެވެ. ރުއާން ޒީކްގެ ކޮޓަރި ދޮރުގައި ޓަކިޖަހާލަމުން އެތެރެއަށް ވަނެވެ. އެވަގުތު ކުޑަދޮރުކައިރީގައި ބޭރުބަލަން ހުރި ޒީކް ފެނުމުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެއޭ ހިތްބުނަން ފަށައިފިއެވެ.

“ޒީކް” ރުއާންގެ އަޑަށް ޒީކް އެނބުރި ބަލާލައިފިއެވެ. ރުއާން ފެނުމާއެކު އަނެއްކާވެސް ކުރިން ހުރި ގޮތަށް ރުއާންއަށް ފުރަގަސްދީފިއެވެ. ރުއާން ކައިރިއަށް ޖެހިލަމުން ޒީކްގެ ކޮނޑުގައި އަތްބާއްވާލިއެވެ.

“ކިހެނެއްވެފަ…. ހާދަ މޫޑީވެފަ” ޒީކްގެ ކޮނޑުގައި ހިފާ ރުއާންއާއި ވީ ދިމާއަށް އަނބުރާލުމަށް އުޅުނެވެ.

“ކަމެއްނުވެޔޭ… ވަރަށް ވަރުބަލިވެފަ މިހިރީ.. ހޫނު ވާވަރުން ނިދަން އުޅެއުޅެ ނުވެސް ނިދުނު” ޒީކްގެ އާދައިގެ ގޮތަކަށް ވާހަކަ ދެއްކޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ޒީކްގެ އަޑުގައިވާ މޮޅިކަން ރުއާންއަށް ވަރަށް ފަސޭހައިން ދެނެގަނެވުނެވެ. ރުއާން ޒީކްގެ ކޮނޑުގައި ހިފާ ގަދަކަމުން ރުއާންއާއި ދިމާއަށް އަނބުރާލައިފިއެވެ. ޒީކްގެ މިލާފައިވާ މޫނު ފެނުމުން ރުއާންގެ ހިތްތެޅިގަނެގެން ދިޔައެވެ. ލޮލުގައި އަދިވެސް ކަރުނައިގެ ތެއްކަން ފާޅުވޭވޭ ހުއްޓެވެ. މޫނުގެ އެއްފަރާތައް ވައްޓާލާފައި އިސްތަށިތަކުން މޫނުގެ ބޮޑުބައެއް ނިވާވެފައި ވުމުގެ ސަބަބުން އިޔާންގެ އަތުގެ ހަމަލާގެ ސަބަބުން ރަތްވެ ދުޅަވެފައިވާ ތަނެއް ރުއާންއަކަސް ނުފެނުނެވެ. އެއީ ޒީކް ބޭނުންވާވެސް ގޮތެވެ.

“ޒީކް ބުނެބަލަ ވީގޮތެއް” ޒީކްގެ އަތުގައި ހިފައިގެންގޮސް އެނދުމަތީގައި ބޭންދިއެވެ. އަދި ރުއާންވެސް ޒީކް ކައިރީގައި އިށީދެލިއެވެ.

“ޒީކް ދޫނީ  ބުނެބަލަ ވީގޮތެއް” ރުއާން ފަރުވާތެރި ކަމާއެކު ޒީކްގެ މޫނަށް ބަލަމުން ދިޔައެވެ. ޒީކްގެ މޫނަށް އަރާފައިބަމުން ދިޔަ ކުލަވަރުތަކުން އެއްޗެއް ދެނެގަންނަން މަސައްކަތް ކުރާ ކަހަލައެވެ.

“ޒީކް ނުބެނު އިނަކަސް ވީގޮތެއް ނޭނގޭނެ އެއްނު” ރުއާން ޒީކްގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އަދި މަޑުމަޑުން މޫނު މައްޗަށް ވައްޓާލާފައިވާ އިސްތަށިތައް އެއްފަރާތް ކޮށްލަދިނެވެ. އެވަގުތު ޒީކްގެ މޫނު ދުޅަވެ ރަތްވެފައިވާތަން ފެނުނެވެ. ޒީކްގެ މޫނަށް ރުއާން ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

“މިއީ ކޮންކަމެއް…ކާކު ކުރި ކަމެއް” ރުއާންގެ ހިތުގައިޖެހުނެވެ. ޒީކް އެގެއަށް އަންނަން ދޫކޮށްލެވުމުން އަމިއްލަ ނަފްސް ކުށްވެރި ކުރެވުނެވެ. ރުއާންގެ ސުވާލުތައް ޒީކްއާއި އަމާޒުވާން ފެށުމުން ޒީކްއަށް އެވާހަކަތައް ސިއްރުކޮށްގެން ނުހުރެވުނެވެ. ރޮމުން ޒީކްއަށް އެވާހަކަތައް ރުއާން ކިޔައިދީ ނިމުނު އިރުވެސް ގިސްލެވެމުންދިޔައެވެ. ރުއާންގެ ހިތުގައި އިޔާންއާއި ދޭތެރޭގައި ރުޅިވެރިކަން އުފެދުނެވެ. އެއްވެސް ކުށެއްނެތި އޭނާގެ ކޮއްކޮގެ ހިތުގައި ޖައްސައިފިއެވެ. އެވަރުން ނުވެގެން އިޔާންގެ އަތުގެ ހަމަލާވެސް ޒީކްއާއި އަމާޒުވާން ފަށައިފިއެވެ. ރުއާން ޒީކް އެގޭގައި އެންމެ ހިނދުކޮޅަކު ވެސް ބަހައްޓާކަށް ބޭނުމެއްނުވިއެވެ.

“ހިނގާ ދާން… ދެން ޒީކް މިގޭގަ ހުރުމުގެ ބޭނުމެއް ނެތެއްނު. ޕެކް ކޮށްލައިގެން ހިނގާ ދާން” ޒީކްގެ ދެލޮލުން އައިސްފައި ހުރި ކަރުނަތައް ފޮހެ ދެމުން ރުއާން ބުނެލިއެވެ. ޒީކް ދަބަސް ނަގައިގެން ހުރިހާ އެއްޗެއް އަޅަން އުޅެން ފެށުމުން ޒީކް ކައިރީ ތައްޔާރު ވެލުމަށް ބުނުމަށްފަހު ރުއާން ޒީކްގެ ދަބަސް ތައްޔާރުކޮށްލިއެވެ. އަދި ފޮތްތައް ނަގައި އަތްދަބަހުގެ ތެރެއަށް އަޅާލިއެވެ. އޭރު ޒީކްވެސް ފާހާނާއިން ނިކުމެގެން އަންނަނީއެވެ.

“ލެޓްސް ގޯ” ޒީކްއަށް ބަލާލަމުން ރުއާން ބުނެލިއެވެ. ޒީކްގެ އަތުގައި އެއްއަތުން ހިފާލައިގެން އަނެއް އަތުން ދަބަސް ހިފައިގެން ރުއާން ކުރިއަށް ހިނގައިގަތެވެ.

“ދައްތަ ކައިރީގަ ބުނެފަ ދެވޭނީ… ނުބެނެ ދިޔައީމަ ކަމަކު ނުދާނެ” ޒީކް ހުއްޓެމުން ބުނެލިއެވެ.

“ގެއަށް ގޮސްފަ ގުޅާނީ…އޭރުން މާ ރަނގަޅު ވާނެ” ރުއާންގެ ބަސްއަހައިގެން ޒީކް ރުއާންގެ އަތުގައި ހިފައިގެން އެގެއިން ނިކުންނަން ހިނގައިގަތެވެ.

“ޒީކް މަޑުކޮށްލާ އެބަ އަންނަން” ގޭޓުން ބޭރަށް ނިކުމެފައި ރުއާން ބުނެލިއެވެ. އަދި ޖީބުން ސައިކަލު ތަޅުދަނޑި ނަގަމުން ސައިކަލް ޕާކްކޮށްފައިވާ ދިމާއަށް ހިނގައިގަތެވެ.

ޒީކްއަށް އެނބުރިލާފައި ‘ރޫބީސް’ ގެއާއި ދިމާއަށް ބަލާލެވުނެވެ. އިޔާންދެން ނުފެންނާނެއޭ ހިތަށް އެރުމުން ބުނެދޭންނޭނގޭ ގޮތްތަކެއް ވެގެން ދިޔައެވެ. އަދިވެސް އިޔާން އެގުޅުން ކަނޑާލިކަން ޒީކްގެ ހިތް ގަބޫލުކުރަން ބޭނުން ނުވާ ކަހަލައެވެ. އެވަގުތު ރުއާން ސައިކަލުގައި އައިސް ޒީކް ކައިރިއަށް މަޑުކޮށްލައިފިއެވެ. ޒީކްވެސް މަޑުމަޑުން ހިނގާލާފައިގޮސް ރުއާންގެ ކޮނޑުގައި ހިފަހައްޓާލަމުން ސައިކަލަށް އަރައި އިށީދެއްޖެއެވެ. ޒީކް ސައިކަލުގައި ހަމަޖެހިލަމުން އެންމެ ފަހު ފަހަރަށް އެގެއާއި ދިމާއަށް ބަލާލިއެވެ. އެވަގުތު ޒީކްގެ ލޮލުން ކަރުނަ ފާއްދާލިއެވެ.

 

އިޔާން ސައިކަލުގައި ދުއްވަމުން ދިޔައީ ގެއާއި ދިމާއަށެވެ. ފުދޭ ވަރަކަށް ބާރަށެވެ. ޒީކްގެ ކިބައިން މާފަށް އެދެން އިޔާން ބޭނުމެވެ. ޒީކްއާއި ވާހަކަ ދެއްކިގެން ނޫނީ އިޔާންގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެކަން ޔަގީނެވެ. ޓްރެފިކް ލައިޓަށް ސައިކަލު މަޑުކޮށްގެން އިންއިރުވެސް އިޔާންއަށް ވިސްނެމުން ދިޔައީ ޒީކްގެ ކިބައިން މާފަށް އެދޭނެ ގޮތަކާއި ދޭތެރޭގައެވެ. އެވަގުތު މަގުގެ އަނެއް ފަރާތުން ދިޔަ ސައިކަލުގައި އިން އަންހެން ކުއްޖާ ފެނުމުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެއީ ޒީކް ކަމުގައި އިޔާން ހިތްބުނެއެވެ. ނަމަވެސް ޒީކްއަކީ އެގޮތަށް މީހުންގެ ސައިކަލް ފަހަތަށް އަރާ ކުއްޖެއް ނޫންކަންވެސް އިޔާންއަށް އެނގެއެވެ. އެންމެފަހުން އެއީ އިޔާންއަށްހީވި ކުށްހީއެއް ކަމަށް ނިންމިއެވެ. އަދި ލައިޓް ފެހި ވުމާއެކު ސައިކަލް ގެއާއި ދިމާއަށް ދުއްވާލިއެވެ.

 

ރީނާ އާއި ލަޔާން ޒީކްއަށް އެގެއިން ހޫނު މަރުހަބާއެއް ކިޔެވެވެ. ޒީކް އެގެއަށް އައުމުން އެންމެ އުފާވީ ރާއިނާއެވެ. ގޭގައި އަބަދުވެސް އިތުރު އަންހެން ކުއްޖަކު ނުހުންނާތީ ރާއިނާ ޝަކުވާ ކުރެއެވެ. ރުއާންގެ ގައިގާ ރާއިނާ ބައްދާލީ ޝުކުރުވެރި ވުމުގެ ގޮތުންނެވެ. ރާއިނާއަކީ މީހުންނާއި ގުޅޭ ސަކަ މިޒާޖެއްގެ ކުއްޖެއް ކަމުން ޒީކްއާއި އެކުވެރިކަން އުފައްދާކަން މާގިނަ ވަގުތެއް ނުނެގިއެވެ. ޒީކް ކައިރީގައި އެގެއަކީ އަމިއްލަ ގެކަމުގައި ދެކިގެން އުޅުމަށް ބުނި ވަގުތު ވަރަށް ތަފާތު ފޮނި އިހްސާސެއް ކުރެވިގެންދިޔައެވެ. މާމަ ކައިރިއަށް ދެވުމުން ވާފަދަ އުފާވެރިކަން އިހްސާސްކުރެވުނެވެ.

“ކޮކީ މީ ދައްތަ އެއް އިނގޭ” ރާއިނާގެ ކޮލުގައި ހިފާލަމުން ރުއާން ބުނެލިއެވެ.

“ދޮންބެ ގަނޑު އަބަދު ކޮލުގަ ހިފާތީ ކޯ ބޮޑުވަނީއޭ” ރާއިނާ އޭނާގެ ކޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“ދޮންބެ ނުބުންޏަސް އެއީ ސިސް އެއްކަން އެނގޭ….އެކަމަކު ދައްތަ ނުކިޔަސް އޯކޭ އެއްނު ދޯ ޒީ” ރާއިނާ ޒީކް ކައިރީގައި އިށީންނަމުން ބުނެލިއެވެ. ޒީކް ބޯޖަހާލިއެވެ. އަދި ރާއިނާ ޒީކްގެ ކައިރިއަށް ޖެހިލަމުން ކަންފަތް ކައިރީ ސިއްރުސިއްރުން އެއްޗެއް ބުނެލައިފިއެވެ. އެއާއިއެކު ޒީކްއަށް ހެވިއްޖެއެވެ. ރާއިނާވެސް ހޭން ފަށައިފިއެވެ.

“ޒީކް ކީކޭ ތަ ބުނީ” ޒީކްއަށް އަދިވެސް ހެވެނީއެވެ.

“ކިހެނެއްވީ ހާދަ ވަރަކަށް ހެނީ” ރީނާ ކޮޓަރީގެ ދޮރު މައްޗަށް ހުއްޓެމުން ބުނެލިއެވެ.

“މަންމާ ކޮއްކޮ ކޮންމެވެސް އެއްޗެކޭ ކިޔާފަ ހަމަ ހެނީ….ނުވެސް ބުނި” ރުއާން ރީނާ ކައިރިއަށް ހުއްޓެމުން ބުނެލިއެވެ. އެވަގުތު ރާއިނާ އައިސް މަޑުމަޑުން ރީނާ ކައިރީގައިވެސް އެމީހުން ދައްކަމުން ދިޔަ ވާހަކަ ބުނެލައިފިއެވެ. ރީނާއަށް ވެސް ހެވުނީއެވެ.

“މަންމަވެސް އެމީހުންނާ އެއްބައިވެގެން ހެނީތަ؟” ރުއާން ހިތްހަމަނުޖެހޭ ގޮތް ދައްކާލިއެވެ.

“ހިނގާ ހުރިހާ ކުދިން ކާން” ރީނާ އެހެން ބުނުމަށްފަހު އެތަނުން ދިޔުމަށް ހިނގައިގަތެވެ. ރުއާންވެސް ރީނާއާއި އެކުއެކީގައި ކަހަލަ ގޮތަކަށް ގޮސް އަވަދިވެއްޖެއެވެ.

 

އިޔާންއަށް ގޭތެރެއަށް ވަދެވުނުއިރު މިސައިބާއާއި އަލްޔަން އުޅެނީ ވަރަށް ކަންބޮޑުވެގެންނެވެ. އެމީހުންގެ މޫނު މަތިން ފެންނަމުންދިޔަ ހާސްކަމުގެ ކުލަވަރުތަކުން އިޔާންގެ ހިތްވެސް ކޮންމެވެސް ބޮޑުކަމެއް ވެއްޖެ ކަމުގައި ބުނަން ފަށައިފިއެވެ. “މަންމާ ކިހިނެއް ވީތަ؟” އެކި މީހުންގެ މޫނަށް ވަކިވަކިން ބަލާލަމުން އިޔާން މިސައިބާގެ ކައިރިއަށް ހުއްޓެމުން އަހާލިއެވެ.
“ޒީކް ދިޔަތަނެއް ނޭނގިގެން.. އެއްވެސް އެއްޗެއް ވެސް ނެތް” މިސައިބާގެ އަޑުގައިވަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. އިޔާންއަށް ހީވީ ބޮލުގައި މީހަކު ބާރުބާރަށް ތަޅައި ގަންހެންނެވެ.

“ވަޓް….ޒީކް….” އިޔާންއަށް އޭނާ ބުނަން އުޅުނު ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ. ހިތަށް ކުރަމުންދިޔަ އަސަރެއްގެ ބޮޑުކަމުންނެވެ.

“ދަމުން ބުނެލާފަ ދިޔަނަމަ…..އެހެން ނޫނަސް މިގެއިން ކާކުތަ ޒީކް އެހެން ނުބުނެ ދާންޖެހޭ ވަރުގެ ކަމެއް ކުރާނީވެސް” މިސައިބާ އަނެއްކާވެސް ބުނެލިއެވެ. އިޔާންއަށް ހީވަނީ މިސައިބާ ބުނެލާ ކޮންމެ އެއްޗަކީ އޭނާއާއި ދިމާއަށް ބުނެލާ އެއްޗެހި ކަމުގައިއެވެ. އެކަހަލަ ކޮންމެ ވަގުތަކު އިޔާންގެ ހިތްތެޅިގަންނަނީ އެހާވެސް ބޮޑަށެވެ. އެއިން އެކަކަށް ނޭނގުނު ނަމަވެސް ޒީކް އެގެއިން ދިޔުމުގެ އަސްލަކީ އޭނާކަން އިޔާންއަށް އެނގެއެވެ. އަލްޔަންވެސް ހަދާނެގޮތެއް ނުވިސްނިގެން ދެކޮޅަސް ހިނގާލަ ހިނގާލާ ހުއްޓެވެ. ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައަކުން އައިސް ރައުނާ ކައިރިއަށް އަލްޔަން ހުއްޓުނެވެ. އަދި ސުވާލު ކުރަން ފެށިއެވެ. ރައުނާއާއި ސުވާލު ކުރުމުންވެސް މާއެދެވޭ ޖަވާބެއް ނުލިބުނެވެ. ރައުނާއަށް ވެސް އެނގެނީ ޒީކް ހޯދަން ޒުވާނެއް އައި ކަމެވެ. އެއީ ކާކުކަމެއް ޒީކް ދިޔައީ އޭނާއާއި އެކުގައި ކަމެއްވެސް ބުނާކަށް ނޭނގުނެވެ. އެންމެން ސިހިގެން ދިޔައީ ސިޓިންރޫމްތެރޭގައި ހުރި ފޯނުގެ ރިންގުގެ އަޑަށެވެ. އެހެން މީހުންނަށް ފޯނާ ހަމައަށް އާދެވެން ވާއިރަށް އިޔާން ފޯނު ނަގައިފިއެވެ.

“ހެލޯ” އިޔާން އަވަސް އަވަހަށް ބުނެލިއެވެ.

“ހެލޯ….ހެލޯ” އެކޮޅުން އެއްވެސް އަޑެއް އިވެމުން ނުދާތީ އިޔާން އަނެއްކާވެސް ތަކުރާރުކޮށްލިއެވެ. އެވަގުތު އެކޮޅުން ހެލޯއޭ ބުނެލިއަޑު އިވުނެވެ. ކިތަންމެ ދުރުގައި ހުރެގެން ވާހަކަ ދެއްކި ކަމުގައި ވިޔަސް ޒީކްގެ އަޑު ދެނެގަންނަން އިޔާންއަށް މާ އުނދަގޫ ކަމަކަށް ނުވިއެވެ.

“ޒީކް..” ޒީކްއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އިޔާން ބުނެލައިފިއެވެ. ނަމަވެސް ބުނަން ބޭނުންވި ދެތިން ޖުމްލައެއް ބުނުމަށްފަހު އެކޮޅުން ފޯނު ކަނޑާލައިފިއެވެ. އިޔާން މަޑުކޮށްބަލާށޭ ގޮވަގޮވަ އޮއްވައެވެ. ޒީކް އެހެން ކަންތައް ކުރުމުގެ ހައްގު އެބައޮތްކަން އިޔާންއަށް ގަބޫލުކުރެވުނެވެ. ފޯނު އަތްގަނޑު ބާއްވަންވެސް ނޭގިފައި އިޔާންއަށް ހުރެވުނެވެ. ޒީކްއަށް އެފަދަ ހިތްވަރެއް ލިބުނީ ކިހިނެއްކަން ނޭގިފައެވެ. އެވަގުތު ކައިރީގައި ހުރި އަލްޔަން އިޔާންގެ އަތުން ފޯނުގެ އަތްގަނޑު އަތުލައިފިއެވެ. ނަމަވެސް އޭރު ވަނީ ފޯނު ކެނޑިފައިކަމުން އަތްގަނޑު ބާއްވަމުން އިޔާންއާއި ސުވާލުކުރަންފެށިއެވެ. އެންމެންގެ ސުވާލުތައްވެސް އިޔާންއާއި އަމާޒުވަމުން ދިޔައެވެ. އިޔާން ހުރީ އެވާހަކަ ބުނާނެ ގޮތެއް ނޭނގިފައެވެ.

“ޒީކްތަ ގުޅީ…” މިސައިބާ ކެތްތެރިކަމެއް ނެތްގޮތަކަށް އަހާލިއެވެ. ބޮލުގެ އިޝާރާތުން އިޔާން އާއެކޭ ބުނެލިއެވެ.

“ކީކޭތަ ބުނީ” އަލްޔަންއަށްވެސް މަޑަކުން ނުހުރެވުނެވެ.

“ޒީކް މިގެ ދޫކޮށްލާފަ ދިޔައީތަ؟” އަނެއްކާވެސް އަލްޔަން އަހާލިއެވެ. މިފަހަރުވެސް އިޔާން ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ.

“މަންމަ ގޭގަ ނެތީމަ….. ބުނުނެވުނީ އޭ ބުނީ” އިޔާން އޭނާގެ ހިތަށް ކުރަމުންދާ އަސަރުތައް ކޮންޓްރޯލް ކުރަމުން އޮޅުން ފިލުވައިދިނެވެ.

“ކާކު ކައިރީގައި ޒީކް ހުރީ” އަނެއްކާވެސް މިސައިބާގެ ސުވާލު އިޔާންއާއި އަމާޒުވިއެވެ.

“ނުބުނޭ” އިޔާންގެ ޖަވާބު ކުރެވެ. ޒީކް ވީތަން އެނގުނު ނަމަވެސް ބުނާކަށް އިޔާން ބޭނުމެއް ނުވެއެވެ. އެހެން ބުނުމަށްފަހު އިޔާން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އެތެރެއަށް ވަން ގޮތަށް އެނދުމައްޗަށް ވެއްޓިގަތެވެ. އިޔާންގެ ބޮލުގައި ވަރަށް ގަދައަށް ރިއްސަމުންދިޔައެވެ. މިހުރިހާ ވެސް ކަމަކީ އިޔާންގެ ކަންތައް ކަމުގައި ހިތްބުނަމުންދިޔައެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވުނު އަދަދެއްވެސް ނޭނގެއެވެ. އެއްޗެއް ހަނދާން ވުމުން ކުއްލިއަކަށް ތެދުވެ އެނދުމަތީގައި އިށީދެވުނެވެ. އަދި ހަމަ އެސިކުންތުކޮޅުގެ ތެރޭގައި ކޮޓަރިން ނިކުމެގެން ޒީކް އުޅުނު ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

އަނދިރިފަރާތް 24

Next

ނޫރު (ސަތާޅީސްވަނަ ބައި – ދިގުކުރެވިފައި)

Next
March 8, 2018

ނޫރު (ސަތާޅީސްވަނަ ބައި – ދިގުކުރެވިފައި)

Previews
March 7, 2018

އަނދިރިފަރާތް 24

23 Comments!

  1. Aki says:
    March 7, 2018 at 10:07 pm

    hama inthizaaru ga huhta thi up kohla dhinee

    1. riya says:
      March 7, 2018 at 10:15 pm

      thank u aki, ehaa varaha mi vaahaka ah inthizaaru kureethy, inthizaaraky foni ehchekey bune eynun dhw, mifaharu hama yageenun ves aki ge inthizaaruge nimun foni vejje dhw 🙂

  2. Minna says:
    March 7, 2018 at 10:12 pm

    Thank u riya..??
    V reethi…
    Waiting for next part

    1. riya says:
      March 7, 2018 at 10:16 pm

      thank u Minna, next part tomorrow nite ga in sha allah 🙂

  3. Yaax says:
    March 7, 2018 at 10:18 pm

    Riya… Kaia ge part 11 kba thr

    1. riya says:
      March 7, 2018 at 10:21 pm

      kaia vaahaka, ekeega liye nunimeythy, konme dhuvahaku up nukureveyne thy adhi mi madu kohlany, in sha allah varah avahah fashaanan

  4. riya says:
    March 7, 2018 at 10:19 pm

    dear readers, new part is here, so enjoy this part n please do comment for this part tooo. I really like n appreciate all ur comments. gud nit guys, luv u all

  5. Friends says:
    March 7, 2018 at 10:37 pm

    Salhi.mihaaru stry eba fahkaa veyy.ekam iyaan aa xee aa dhuru nukuraa thi ingey dear.dhigu kurven buneveny dhen vaagoih balaa lan beynun vaathiy .riya kuraa mashah kathah ihuthiraam nukuraa thiyy eh noon.mihen mi bunyy last part ga stry kurey bunevuny ma.
    Keep it up.waitingv4 nexy part.gud nyt. ??????????

    1. riya says:
      March 7, 2018 at 10:44 pm

      thank u friends, i really feel happy when i show a msg like this, i understand that, even when i started reading a story i cant even leave the book without ending it, so it happen for all of us

  6. Mary says:
    March 8, 2018 at 1:04 am

    Wooow vara reethi mi vaahaka mi story ga dhidhoo kudhin ulhay dhwww….. Mary vx meee dhidhoo kuje……. story vara nicè⚘⚘⚘⚘

    1. riya says:
      March 9, 2018 at 10:52 pm

      thank you 🙂 dhidhoo kujakaa dhimaa v ma v happy vejje

  7. naayal says:
    March 8, 2018 at 5:17 am

    Wooooow
    Mihaaru mi story v intresting
    V reethi
    Keep it up riya!????❤❤❤❤

    1. riya says:
      March 9, 2018 at 10:53 pm

      thank you 🙂

  8. Reem says:
    March 8, 2018 at 5:35 am

    Very nice story is getting interesting I love it. Keep it up dear????????

    1. riya says:
      March 9, 2018 at 10:54 pm

      Thank u 🙂

  9. Xxxx says:
    March 8, 2018 at 8:39 am

    V.nice dear

    1. riya says:
      March 9, 2018 at 10:55 pm

      Thank u 🙂

  10. Pinky shifoo says:
    March 8, 2018 at 10:51 am

    V reethi… Waiting for next part o???

    1. riya says:
      March 9, 2018 at 10:55 pm

      Thank u 🙂

  11. Blue beauty says:
    March 8, 2018 at 12:56 pm

    Varah reethi…keep it up ☺☺☺☺☺☺??????????????????❤❤❤❤

    1. riya says:
      March 9, 2018 at 10:56 pm

      Thank u 🙂

  12. Reem says:
    March 8, 2018 at 9:01 pm

    Darling haadha lahey 31 part

    1. riya says:
      March 9, 2018 at 10:57 pm

      sorry

Comments are closed.

Next Episodeކުރިން އެނގުނުނަމަ (އެއްތިރީސްވަނަ ބައި)←


All Right Reserved!