Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިންް… (59)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
March 5, 2018 7 Mins Read
62 Comments

އާދިލާ ގޭގެ ބަދިގޭގައި އުޅެނިކޮއް ސިހުން ގެނުވީ އޭނާއަށް ގޮވާލިއަންހެން ކުއްޖާގެ އަޑުންނެވެ. އޭނާ އެދިމާލަށް ބަލާލަމުން ހިނިތުންވީ ހުރިހަ ދަތްތައް ފެންނަ ވަރަށެވެ. އެ ވަގުތަކީ ޖަޒިލް ވެސް ވަދެގެން އައި ވަގުތެވެ. އެހެންނަމަވެސް އޭނާ އެ ދިމާލަށް ބަލާލާކަށް ގަސްތެއްނުކުރިއެވެ. އެހެން ނަމަވެސް އެ ކުއްޖާއަށް ޖަޒިލް ފެނި ހިނިތުންވެވުނެވެ. އެ އަންހެންކުއްޖާ ގެ ތުންފަތް މަތީގައި ވަނީ ސިއްރުވެރި މާނަފުން ހިނިތުންވުމެކެވެ.

***

އާރާ އެތެރެއަށް ވަނުމާއެކު އޭނާގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ ފުރޮޅީލީ ގޮނޑީގައި ސޯފާ ކެ އެއްފަރާތުގައި އިށީދެގެން އިން ތަރީފް އެވެ. ތަރީފް އޭނާގެ ގާތުގައި ހުރި ސޯފާއަށް އިޝާރާތް ކޮއްލަމުން އާރާ ގާތު އިށީނުމަށް ބުނެލިއެވެ.

އެއާއެކު އާރަގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ. ނޭވާ ލާން އުނދަގޫވެގެން ދިޔައެވެ. އޭނާ އިނީ ތަރީފްމެން ދައްކަން އުޅެނީ ކޮން ވާހަކަ އެއްކަން ނޭގިފައެވެ. “ދަރިފުޅާ” ތަރީފް ގެ އަޑުގައި ވަނީ ވޭނެވެ. އާރާ އަށް ލޯ މަރާލެވުނީ އިޚްތިޔާރަކު ނޫނެވެ.

“ތީ ތީ.. އަހަރެންގެ ބޭބެ ގެ ދަރިފުޅު” ތަރީފް ގެ އަޑަށް ތުރުތުރުއެޅުމެއް ވެރިވެގެން ދިޔައެވެ. ސަނާމާ ތަރީފް ގެ ގާތުގައި އިނެވެ.

“މާފުކުރޭ… ދަރިފުޅާ…” ތަރީފް އަށް ބުނެވުނެވެ. އޭރު”ތިހާދު ދޮންބެ ކައިވެނި ކުރީމަ ހުރިހާ އެންމެން ވެސް ބޭބެ އާއި ދެކޮޅުވި. އަދި އަމްދުން ދަރިއަކު ލިބި އަންހެނުން މަރުވުމުން ވެސް އެކަކުވެސް ގަބޫލެއް ނުވި އާރާ ގެންނާކަށް… އާރާ ގެ ނަން އެންމެ ފުރަތަމަ އިވުމުންވެސް ހިތަށް އެރި…” ތަރީފް ވާހަކަ ދެއްކުން ހުއްޓާލިއެވެ. ޔޫލާ ފެންތައްޓެއް ހިފައިގެން އައިސް ތަރީފް އަށް ދިއްކޮއްލިއެވެ. “އެދުވަހު ދޮންބެ ގެ މޫނު ދެކެން ވެސް އެކަކުވެސް ނުދޭ ހުދު އަހަރެންވެސް….” ތަރީފް ފެންތަށީގައި ހިފަމުން ވާހަކަ ދެއްކިއެވެ. އޭރު އޭނާގެ އަތަށް ވެސް ތުރުތުރު އެޅުމެއް ވެރިވެފައިވެއެވެ.

“އަޅުގަނޑަށް އެނގޭ” އާރާ ހާމަކޮއްލިއެވެ. “އެންމެ ފުރަތަމަ ދުވަހުވެސް އެނގުނު ތިއީ ބައްޕަ ގެ އެއްބަނޑު އެއްބަފާ ކޮއްކޮކަން. ބައްޕަ ނިޔާވުމުގެ ކުރިން ފޮޓޯވެސް ދެއްކި. ހަމަ އެކަނި ތަފާތަކީ މޫނުމައްޗަށް އައިސްފައި ތިހުރި ބަދަލް ތައް. އެކަމަކު ވެސް ފާހަގަވި. އަސްލު ވަރަށް ދެރަވި. ރިވާޔާ ދައްތަ ދުނިޔޭގައިވެސް ބުނާނެ… ބުނާނެ އާރާ ދެކިލުމަށް ވެސް އެކަކުވެސް ނާދޭ… އާރާ މަންމަ މަރުވުމުން ވެސް ބައްޕަ އުޅުނޭ ބައްޕަ އާއިލާ އާއި އާރާ ގަބޫލް ކުރޭތޯ… އެކަމަކު އެކަމެއް ވެސް ނުވި….”

“ރިވާޔާ ވެސް ނިޔާވީތަ؟” ސަނާމާ އަށް ހައިރާން ކަމާއެކީ އަހާލެވުނެވެ.

“އާރާ ކަރުނަވީ ދެލޮލާ އެކީ ބޯ ޖަހާލިއެވެ.

“ސުންހާނައްﷲ” ތަރީފް އަށް ބުނެވުނެވެ.

“އޭރު ހުރިހާ ފައިސާ އަކީ ހަމަ އެކަނި އެއްޗެހި ކަމަށް ގަބޫލް ކުރެވުނީ… ދޮންބެ އަށް މާލޭގެ މުއްސަނދި ވިޔަފާރިވެއްރިއެއްގެ އަންހެން ދަރިއަކާ ކައިވެނި ކުރަން ހުށައެޅުމެއް ލިބިގެން ދިޔަ ހިސާބަކީ ހުރިހާ ކަމެއްގެ ވެސް ފެށުން… ވާނީވެސް އެހެންނެއްނު. އޭރު ބައްޕަ މަސްވެރިކަން ކޮއްގެން ލާރި ހޯދަމުން ދިޔައިރު ލިބޭ އެއްޗަކުން އަނގަޔާ އަތާ ދިމާ ވަނީއެއްނޫން…” ތަރީފް ވާހަކަ ދައްކާލަމުން އާރާ އަށް ބަލާލިއެވެ.

‘އެއީ އެއްދުވަހެއްގެ މެންދުރުގެ ވަގުތެއް… ދޮންބެ އަށް ހުށައެޅުމެއް އައުމުން މަންމަ ދުވަމުން އައިސް ބައްޕަ ގާތު އެވާހަކަ ބުނި. އެހިސާބުބް ދޮންބެ ދެކޮޅު ހެދީ ރާއްޖެތެރޭ އެހެން ރަށެއްގެ ނިކަމެތި އެންހެން ކުއްޖަކާ އިންނަން ވައުދުވެވިފަ އޮތީމައޭ ބުނެ. އެހާ ލޯބިވެޔޭ ބުނެ.. ދޮންބެ ސާބިތު ކަމާއެކީ ދެކޮޅު ހެދި… އަހެރެން ވެސްބޭނުންވީ ފައިސާ… އެމީހުން ބުނީ ދޮންބެ ކައިވެނި ކުރެވިއްޖެ ނަމަ އާއިލާ އެއްކޮއް މާލެ ވެސް ބަދަލް ކުރާނެ ވާހަކަ… އިނގޭތަ… އަދިވެސް އަހަރެންނަށް ނޭގޭ ކަމެއް އެބައޮތް އާރާ… އެމީހާ އެހާ ވަރުން ދޮންބެ އާ އި އޭނާގެ އަންހެން ދަރިފުޅާ ކައިވެނި ކުރެވެން އުޅުނީ ކީއްވެކަން… މި ހަށިގަނޑުގަ މީހަރު އެކަން ކުރާނެހާ ހިތްވަރެއްނެތް….” ތަރީފް ވާހަކަ މެދު ކަނޑާލިއެވެ.

އަދި އާރާއަށް ބަލާލިއެވެ.

“އާރާ… އެއާއިލާއިން އެ ކުއްޖާ އާ ދޮންބެ އާ ކައިވެނި ކުރަން އުޅުނު ވަރަށް ބޮޑު ސަބަބެއް އެބައޮތް… އެސަބަބު ހޯދާ… އެއީ އާރާއަށް އޮތް މަސައްކަތަކީ…”

މުޅި އާއިލާ އިން ދޮންބެ އާ ގުޅުން ކަނޑާލީ އެކަން ނުކުރުމުން. އެ މުދަލަށް އަހަރެމެން ތިބީ މާ ބޮޑަށް ދަހިވެތި ވެފަ. އަހަރެން ނަށް ވެސް މިކަން އެނގުނީ ދޮންބެ ނިޔާވިފަހުން… ” ދޮންބެ ނިޔާވިފަހުން އެ އާއިލާ ގެ  މީހަކު އަހަރެންނާ ދިމާލަށް ބުނި ވާހަކަ އަކުން… އެކަމަކު ސީދާ ކޮންކަމެއް ކަމެއް ނުބުނޭ…” ތަރީފް ގެ އަޑު މަޑުވަމުން ދިޔައެވެ. އޭނާގެ އަތުގެ ތުރުތުރު އެޅުން ބޮޑުވެ މުޅިހަށިގަނޑަށް ފެތުރެން ފެށުމާއެކު އޭނާ އަށް ސަނާމާ އަށް ގޮވާލެވުނެވެ. އެއާއެކު ޔޫލާ އާއި ސަނާމާ ވެސް އައެވެ.

އާރާ ގެ ލޮލުން ކަރުނަ އަންނަމުން ދިޔުމާއެކު އޭނާގެ ސިކުނޑީގައި ތަފާތު އެއްޗެހި ދައުރުވަމުން ދިޔައެވެ. އެހެންވާނީ ކިހިނެތްވާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އޭނާ އެ ވިސްނުމުގައި އިންދާ ސަނާމާ އާއި ޔޫލާގެ އެހީގައި ތަރީފް އަނެއްކާވެސް ވާހަކަ ދެއްކިއެވެ. “ދަރިފުޅާ… އެއީ އެއީ ނުޖައިދު ނުޖައިދު ކިޔާ…” ކުރުވަމުން ދިޔަ ނޭވާގެ ސަބަބުން އޭނާ އަށް ވާހަކަ ދައްކަން އުނދަގޫވެ އެންމެ ފަހުން ހުއްޓާލަން ޖެހުނެވެ.

އިވިގެން ދިޔަ ހަގީގަތުން އާރާ އަށް އަދިވެސް ހޯދަން ޖެހޭ ތަފާތު ކަންތައް ތަކެއް އޮތް ކަން އެނގިގެން ދިޔައެވެ، އެއާއެކު އޭނަގެ ސިކުނޑިއަށް ބާރު ބޮޑުވެގެން ދިޔައެވެ. އެއާއެކު އޭނާ އަށް ކުރާނޭކަމެއް ނޭގުނެވެ. އިސްޖަހަހާލަމުން ކަރުނަތަށް ފޮހެލުމާއެކު އޭނާ ތަރީފް ގެ ކައިރިއަށް ގޮސް ފުރޮޅި ލީ ގޮނޑީގައި ހިފައްޓާލަމުން އިށީނެވެ. އަދި އޭނާ ތަރީފް އަށް ޝުކުރު އަދާކުރިއެވެ. އެހެންނަމަވެސް އޭނާގެ ބައްޕަ އެއްވެސް ގޮތަކަށް ގޮސްކޮއް ކަމެއް ނުކުރާނެކަމަށް އޭނާ އަށް ޔަގީންކުރެވުނެވެ. ހަގީގަތް ކުރިމައްޗަށް އައުމުން އެހިތް ކުދި ކުދި ވެގެން ދާނެކަން ނޭގޭ ހާލުގައެވެ.

އާރާ އާއި އެމީހުންނާ ދެމެދު ވީ ހުރިހާ ދުރުކަމެއް ނައްތާލެވިގެން ދިޔައީ އެމީހުން ހޫކުރިވަރަށް ވުރެ ފަސޭހަ ކަމާއެކީގައެވެ. ތަރީފް އެ ވާހަކަ ތައް އޭނާ އަށް މިވަގުތު އެ ކިޔައިދިނީ ކީއްވެތޯ އަހަން ވީއިރު ތަރީފް ގެ ހާލަތު ދައްވުމުން އޭނާ އަށް ޖެހުނީ އެ ވާހަކަ މެދުކަނޑާލާށެވެ. ވާނީވެސް އެހެންތާއެވެ. އާރާ ވިސްނުމާ ދުރުވަމުން އޭނާގެ ހިތުގައި އޮތް ސުވާލަށް އަމިއްލައަށް ޖަވާބުދިނެވެ.

“އާ… ވާނީ އަހަރެން ފެނުނީމަ ބުނީ ކަމަށް….” އާރާ އަމިއްލަ ހިތަށް ވިސްނައިދިނެވެ. އެހަގީގަތް ހޯދުމަށްޓަކައި އޭނާ ގެ ހަޔާތުގެ އޮނޑި ދުއްވަން ޖެހޭނީ ކޮން ފަދަ ގަދަ ކަނޑެއްގައި ކަން ނޭގި އޭނާ އެކަމާ ކުރިމަތިލާން ނިންމިއެވެ. އެ ކަނޑުގައި ނަގާ ބޔަ ރާޅުތަކުން އޭނާ ގެނބިގެން ދާނޭ ކަމަށް އޭނާ އަށް ހީކުރެވިފައި ނެތެވެ.

ޔޫ އާރ މައި ފެމިލީ އާރާ” ޔޫލާ އައިސް ބައްދާލަމުން ވާހަކަ ދެއްކިއެވެ.

ހާދަ ގިނަ އިރެއްވެއްޖެއޭ ދޯ…” އާރާ ގަޑި ބަލާލަމުން ބުނެލިއެވެ.

ތިހާދުވެސް ހަމައަކަށް އެޅުލުމާއެކު އާރާ ގެއަށް ދާން ބޭނުންވިއެވެ.

“އާރޫ… އަދި އަންނަން ވާނޭ އިނގޭ” ޔޫލާ އާރާ އާއެކީ ދޮރާ ހިސާބަށް އައިސްފައި ބުނެލިއެވެ.

ޖަޒިލް އަށް ވެސް އޭނާ އަށް މެސެޖް ކުރާ ކުއްޖާ އާ މެދު ވިސްނަމުން ދެވުނެވެ. އޭނާ ކޮޓަރިތެރާގައި އޮވެގެން މިހާރުވެސް އެދަނީ އެ ކުއްޖާ އާ ވާހަކަ ދައްކަމުންނެވެ. “އަހަރެންނަށް މިހާރަކަށް އައިސް ތި ކުއްޖާ އާ މެދު އަބަދު އެބަ ވިސްނޭ… ވަރަށް ބޭނުން އަދިވެސް އެއްފަހަރު ބައްދަލުކޮއްލަނ ކިހިނެތް ހަދާނީ” ޖަޒިލް އަހާލިއެވެ.

“މިރޭ މީޓް ކޮއްލަން ވީނު” އެ ކޮޅުން ޖަވާބު އައެވެ. އެއާއެކު ޖަޒިލް އޯކޭ އޭ ޖަހާފައި މެސެޖް ކޮއްލިއެވެ.

މިހާރުއްސުރެ އޭނާ އަށް މިރެއަށް އިންތިޒާރުކުރެވެން ފަށައިފިއެވެ.

މައިލީން އާއި ޔުއާން ވެސް ޑިއުޓީ ގައި އުޅުނު އިރު ތިބީ ވަރަށް ހިންހަމަޖެހިފައެވެ. އެހެންނަމަވެސް ކިރިޔާވެސް ހުސްވަގުތެއް ވާ އިރަށް ޔުއާން އަށް ވިސްނަނީ ޔަޝްމް އާ މެދެގުގައެވެ. އޭނާ މައިލީން ގާތު އެ ވާހަކަ ބުނާ ގޮތް ވިސްވަ ވިސްނާވެސް ގޮތެއް ނުނިންމުނެވެ.

ޑިއުޓީ ނިންމާފައި ދަމުން ޔުއާން މައިލީން ގާތު އަހާލިއެވެ. “ލީން… މިރޭ ބިޒީ ނޫނިއްޔާ ވަރަށް ރީތިވެގެން ހުންނައްޗޭ…” ޔުއާން ބުނެލިއެވެ. އޭރު ސިއްރުވެރި ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ވިއެވެ.

“ބިޒީ ވިޔަސް… އެހެން ނޫނަސް ލީން ބިޒީ އެއްނުވާނެ” ޔުއާން އެއްލޯ މަރާލިއެވެ.

“އެއީ” މައިލީން ކާރާ ދިމާލަށް ޔުއާން އާ އެކީ ދަމުން އަހާލިއެވެ.

“ދެން ބުނީމަ ހުންނައްޗޭ” ޔުއާން މައިލީން ގެ ކޯތާފަތުގައި ހިފފާލަމުން ބުނެލިއެވެ.

ޔުއާން ކާރުގެ ދޮރު ހުޅުވާލުމާއެކު މައިލީން އިށީނެވެ. އެއާއެކު ޔުއާން ދުވުވެލާފައި ގޮސް އަނެއްފަރާތުން އަރާ އިށީނެވެ.

އެދުވަހު މައިލީން ގެއަށް ލާފައި ދިޔަގޮތަށް ޔުއާން ގެ ހަބަރެއްނުވެއެވެ. ޔަޝްމް ވެސް ދެތިން ފަހަރު ޔުއާންގެ ވާހަކަ އެހުމުން އޭނާ ޔުއާން އަށް ގުޅާލިއެވެ. އެކަމަކު ޔުއާން ފޯން ނަގާފައި ބިޒީ އޭ ބުނުމުން މައިލީން ވެސް ޔަޝްމް އާ ވާހަކަ ދައްކާލާ ޔަޝްމް ހަމަ ޖައްސާލީއެވެ.

އެކަމަކު ޔުއާން ކުރާ ކަމަކާ ބެހޭގޮތުން އޭނާގެ ހިތާ ސިކުނޑީގައި ތަފާތު ސުވާލުތައް އުތުރުނެވެ.

ޝާލީން މޭޒު ދޮށުގައި އޭނާ ސްކޫލް ގެ މަސައްކަތެއް ކުރަން އިން އިރު ފޯނަށް މެސެޖެއް އައުމާއެކީ ބަލާލިއެވެ. އެ މެސެޖް ކިޔާފައި އޭނާ އަށް ހައިރާން ކަމެއް ވެރިވިޔަސް ހިނިތުންވުމެއް ވެސް ތުންފަތުގައި ދުވެލިއެވެ.

އަށެއްޖަހަން އުލެނިކޮއް ޔުއާން ގުޅާފައި މައިލީން ގާތު ނުވައެއްޖަހާއިރަށް ތައްޔާރުވާން ބުނެފައި އޭނާ އަނެއްކާވެސް ފޯން ބޭއްވިއެވެ. މައިލީން އަލަމާރި ހުޅުވައިގެން ލާނެ ހެދުމެއް ބަލަން ހުއްޓާ ޝާލީން އައެވެ. އޭނާ މައިލީން އާ ސުވާލުކޮއްލިއެވެ. އެއާއެކު މައިލީން ޝާލީން އަށް ބަލާލިއެވެ. “ދޮންތާ… ޔުއާން ބުނި މިރޭ ކޮންމެވެސް ތަނަކަށް ދާ ވާހަކ… ދާންވީތަ؟” މައިލީން ދާން ބޭނުންވެފައި ހުރ ވަރު ޝާލީން އަސް އެނގުނެވެ. ޝާލީން ބޯ ޖަހާލިއެވެ. “ދޮންތާ އޯކޭތަ؟ އަހަރެން ޔުއާން އާ އެކީ ގަ އުޅެން ދޮންތަ ގަބޫލުތަ؟” މައިލިން ޖެހިލުންވުމަކާ އެކީ އަހާލިއެވެ.

“ދޮންތަ ގަބޫލު އިލީ…  މިހާރު އިނގއްޖެ ޔުއާން އަކީ ވަރަށް ރަނގަޅު ކުއްޖެއްކަން” ޝާލީން ވާހަކަ ދެއްކިއެވެ. އޭރު އޭނަގެ ތުންފަތުގައި ހިނިތުންވުމެއްވިއެވެ.

މައިލީން ލާނެ ހެދުމެއ ނޭގިފައި ހުއްޓާ ޝާލިން އައިސް މައިލީން އަށް ހެދުމެއް ނަގާދިނެވެ. “ދޮންތާ ތި ހާދަ ގޮތް ބޮޑު ހެދުމެކޭ” މައިލީން ބުނެލިއެވެ.

“ނޫން… މިރޭ މި ހެދުން ލައިގެން ދޭ” ޝާލީން ވާހަކަ ދެއްކިއެވެ.

ޝާލިން ގޮތް ދޫ ނުކުރުމުން މައިލީން އެންމެ ފަހުން އެ ލައިގެން ދާން ނިންމިއެވެ.

ބަރާބަރު ނުވައެއްޖަހާއިރު ޔުއާން ގެ ފޯން ކޯލްއައެވެ.

“ލީން… މީނި ތިރީގަ… އަވަހަށް ފައިބާ” ޔުއާން ގެ އަޑު އިވިގެން މައިލިން އަވސްވެގަތީ ފެއިބުމަށެވެ.

ކާރުތެރޭގައި އިން ޔުއާން އަށް ދޮރުން ނުކުތް މައިލީން އަޅައިގަތުމާއެކު ކަޅި ޖަހާނުލާ ބެލެން ފެށުނެވެ. މައިލިން އައިސް ކާރަށް އެރުމާއެކު އޭނާ މައިލީން އަށް ރަނގަޅަށް ނަޒަރުހުއްޓާލިއެވެ. ކާރުގެ ލައިޓް ދިއްލާލީ އެ ސޫރަ ރިއްޗަށް ބަލާލުމުގެ ބޭނުމުގައެވެ. މައިލިން އަށް ޔުއާން އާ ދިމާލަށް ބަލާލެވުނު އިރު ޔުއާން އިން ގޮތް ފެނި އޭނާ ލަދުން މޯޅިވިއެވެ. ދެއަތުން މޫނު ފޮރުވާލުމާއެކު އަނެއްފަރާތަށް މޫނު އަނބުރާލެވުނީ ހެމުންނެވެ. “ލީން… ދައްކަބަލަ ތި ލޯބި މޫނު ޕްލީޒް” މައިލީން ގެ ކޮނޑުގައި ހިފައްޓާލަމުން ޔުއާން އަހާލިއެވެ. އެއާއެކު މައިލީން މަޑު މަޑުން އަތް ދުރުކޮއްލަމުން ޔުއާން އަށް ބަލާލިއެވެ. މައިލީން ގެ ފަން އިސްތަށިތައް އޭނާ އިސްޖަހާލުމާއެކު މޫނުމައްޗަށް ވެރިގެން ދިޔައެވެ. އެއާއެކު ޔުއާން ލޯއްބާއެކު އެ އިސްތަށިތައް އެއްފަރާތް ކޮއްލިއެވެ.

“ލީން ޔޫ ލުކް ބިއުޓިފުލް” މައިލީން ލުއި މޭކަޕެއް ކޮއްފައި ހުރުމުން އެ ރީތިކަން ދެގުނަ ވެފައި ވާހެން ހީވެއެވެ. މައިލީން ލަދުން ދެން ޔުއާން އޭ ބުނެލިއެވެ. އަދި ޔުއާން ތިއުޅެނީ ކިއްކުރަންހޭ އަހާލިއެވެ. “މިރޭ މީ ވަރަށް ހާއްސަ ރެއެއް ލީން… އަހަރެންނަށް ވެސް. ލީން އަށް ވެސް ޔަޝްމްއަށްވެސް” ޔުއާން ބުނެލިއެވެ. ޔުއާން އެ ބުނި ބަހުގެ މާނަ ނަގަން ވީ ގޮތެއް ނޭގުނެވެ. އެކަމަކު ޔުއާން އެ އުޅެނީ ވަރަށް ހާއްސަ ކަމެއް ކުރަން ކަމުގައި އޭނާގެ ހިތް ބުނެލިއެވެ. ހަމަ އެ ހިނދު އެހެން ވިސްނުމެއްވެސް އޭނަގެ ސިކުނޑިއާ ކުޅެލިއެވެ. އަނެއްކާ ޔުއާން މިއުޅެނީ ޔުއާން ގެ އާއިލާ އާއި ބައްދަލުކުރުވާކަށް ނޫން ބާއޭ ހިތަށް އެރުމާއެކު އަތް ފައި ފިނިވެ ނޭވާ އަވަސްކުރުވިއެވެ. ޔުއާން ވިސްނާލިއެވެ. އޭނާ ލަމީހް އާ ބައްދަލުކޮއްފައި މިރޭ ކުރަންވީ ކަންތައް ކިޔާދީފައި ވުމުން ލަމީހް އެކަންތައް ފުރިހަމައަށް ކުރާނޭ ކަމަށް އޭނާ އަށް ޔަގީންކުރެވުނެވެ. އެހެން އިނދެފައި އޭނާ އަށް އެއްލި ކަލިއަކުން ކަންބޮޑުވެފައިވާ މައިލީން ގެ މޫނު އޭނާ އަށް ފެނުނެވެ.

“ކިހިނެތްވީ ލީން؟” މައިލީން ގެ މުޅިހަށިގަނޑުގައި ދަތުރު ކޮއްލި ނުތަނަވަސްކަން ޔުއާން އަށް އެނގުނީ ކަންނޭގެއެވެ. އޭނާ ސުވާލުކޮއްލިއެވެ.

އެއާއެކު މައިލީން ދެފަރާތަށް ބޯ ހޫރާލަމުން ނޫނެކޭ ބުނެލިއެވެ. ޔުއާން އަދިވެސް އިނީ އޭނާގެ ނަޒަރު މައިލީން އަށް ހުއްޓައިލައިގެންނެވެ. އޭނާ ގެ ސަބަބުން މައިލީން އިތުރަށް ލަދުގަނެ އޭނާގެ ދެ ކޯތާފަތަށް ޖަންބު ކުލަ އެއް ވެރިވެގެން ދިޔައެވެ. “ލީން” ޔުއާން ގޮވާލާ މައިލީންގެ އަތަށް ދިއްކޮއްލީ ފޮތިކޮޅެކެވެ.

“މީ ކީއްކުރަން” މައިލީން އަހާލިއެވެ. އެއާއެކު ޔުއާން އެ ފޮތިކޮޅި މައިލީން އަތުން އަތުލާ މައިލީން އެއް ފަރާތަށް އަނބުރާ ލުމަށްފަހު މައިލީން ގެ ލޮލުގައި އައްސާލަދިނެވެ.

“މީ ކީއްކުރަން ޔުއާން…” މައިލީން އެ ނައްޓާލަން އުޅުމާއެކު ޔުއާން މައިލީން ގެ އަތުގައި ހިފައްޓަމުން އެކަން މަނާކުރިއެވެ. “ނޫން… މިއަދު ލީން ހަދާނީ އަހަރެން ބުނާ ގޮތް…” ޔުއާން ބުނެލިއެވެ.

އެއާއެކު މައިލީން ހިނިތުންވެލިއެވެ.

ޔުއާން ކާރުދުއްލާލިއެވެ. “ކޮންތާކަށް ތަ އަހަރެން ތި ގެންދަނީ ޔުއާން…” މައިލީން އަށް އަހާލެވުނެވެ. “މަޑުކޮއްލާ ލީން” ޔުއާން ބުނެލިއެވެ. އޭރު އޭނަގެ ތުންފަތުގައި ވަނީ ނުފިލާ ހިނިތުންވުމެކެވެ.

ދިހަވަރަކަށް މިނިޓް ގެ ދަތުރަކަށް ފަހު ކާރު މަޑުކޮއްލުމާއެކު މައިލީން އަށް އަނެއްކާވެސް އެމީހުން ތިބީ ކޮންތާކުތޯ އަހާލެވުނެވެ. އަދި ޔުއާން އޭނާ ގެނައީ ކޮން ތާކަށް ތޯ އަހާލެވުނެވެ. ހޮޓެލް ގެ ފްރޮންޓް ގޭޓް އާއި ދިމާލުގައި މީހުން ގިނަކަމުން ޔުއާން އެތަނަށް ވަނީ ފަހަތުންނެވެ.

ކާރުގެ ދޮރު ހުޅުވާލަމުން އޭނާ ފޭބިއެވެ. އަދި އަނެއްފަރާތުން ގޮސް މައިލީން އިން ދިމާ ހުޅުވާލިއެވެ. މައިލީން ފައިބަން ޔުއާން އެހީތެރިވިއެވެ. “ޔުއާން… ކީއްކުރަން ތިއުޅެނީ” މައިލީން އަހާލިއެވެ. އެހެންނަމަވެސް ޔުއާން ގެ މަޑު ހީލުމުގެ އަޑު ފިޔަވާ އިތުރު އަޑެއް މައިލީން އަކަށް ނީވުނެވެ. އޭނާ ދެވަނަ ފަހަރަށް ވެސް ސުވާލުކުރުމާއެކު ޔުއާން ގެ ފަރާތުން އޭނާއަށް ޖަވާބެއް ލިބުނެވެ. “ދެން ވަނީމަ އެނގޭނެއެއްނު” އެހެންނަމަވެސް އެ ޖަވާބު އެއީ މައިލީން ހިންހަމަ ޖެހުނު ޖަވާބަކަށް ނުވިއެވެ. \

ޔުއާން ގެ އަތުގައ ހިފައިލައިގެން މައިލީން ދިޔައިރު އޭނާ އަށް މި ވަދެވެނީ ކޮންތާކަށް ކަމެއް ނޭގެއެވެ.

އޭނާގެ އަތް ފައި ފިނިވެފައި ވެއެވެ. އެހެންނަމަވެސް ޔުއާން ކައިރީގައި ހުރެވުމުން ނުތަނަވަސްކަން ފިލާފައިވެއެވެ.

ޔުއާން މައިލީން ގެ އަތުން ވަކި ހިސާބަކުން ދޫކޮއްލުމާއެކު  މައިލީން އަށް ޔުއާން އަށް ގޮވާލެވުނެވެ.

“އައެމް ހިޔާ” ޔުއާން ބުނެލިއެވެ. އެ އަޑު އިވުމުންވެސް މައިލީން އަށް އެވަގުތު ލިބުނު ހާސްކަން ފިލާ ދިޔައެވެ. އެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

ޔުއާން އޭނާ ދެންމި ހުޅުވާލި ދޮރުން އެތެރެއަށް މައިލީން ވައްދާލުމާއެކު މައިލީން ގެ ކަންފަތް ދޮށުގައި ވާހަކަ ދެއްކިއެވެ.

“އައެމް ސޮރީ ފޯ އޯލް ދީސް އިޔާސް ލީން… އެކަމަކު މިރޭ ބޭނުން އެ ހުރިހާކަމެއް ހަނދާން ނެތޭ ވަރަށް ލޯބިދޭން…” ޔުއާން ގެ އަޑުގައިވި ޖާދޫން މައިލީން ގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނާ ޔުއާން ގެ މަޑު ހުނުމުގެ އަޑު އެތަނުގައި އިވިލިއެވެ.

“ސޯ ދިސް އިޒް ޔޯ ޗަޕްރައިޒް” ޔުއާން މައިލީން ގެ ލޮލުގައިއަޅާފައިވާ ފޮތި ގަނޑު ނައްޓާލިއެވެ.

އެހެންނަމަވެސް މައިލީން ހީކުރި ގޮތާ ހިލާފަށް އޭނާ އަށް އެއްވެސް ތަނެއްނުފެނުނެވެ. ތަން އަނދިރިކަމުން އޭނާ އާ އެންމެ ގާތުގައި ހުރި ޔުއާން ފެން އޭނާ އަށް ފަހުމްވާންނާ ލޯ ހޭނިލަން އިރުކޮޅެއް ނެގިއެވެ. “ޔުއާން ހާދަ އަނދިރިއޭ” މައިލީން އަށް ބުނެވުނެވެ.

އެއާއެކު ޔުއާން ލައިޓްސް އޭ ބުނެލިއެވެ. އެއާއެކު މުޅިތަން ދިއްލިގެން ދިޔައެވެ. މައިލީން އެ ބޮޑު ހޯލް ތެރެއަށް ބަލާލިއެވެ. އޭނާ ހީކުރީ ހޯލް ތެރެ ހުންނާނީ ވަރަށް ބޮޑަށް ތައްޔާރު ކޮއްފައިކަމަށެވެ. އެހެންނަމަވެސް އެކަހަލަ އެއްވެސް ކަމެއް އެ ހޯލް ތެރެއަކުން ނުފެނުނެވެ. އޭނާ ވަށައިގެން ބަލާލުމާއެކު ލޮލުގައި މެދުގައި ބައިންދާފައި އިން އުނދޯލި އަޅައިގަތެވެ. އެ އުނދޯލި ވަނީ ޒީނަތް ތެރިކުރެވިފައެވެ. އެނޫނޫ އެތަނުގައި އެއްވެސް ކަމެއް ކުރެވިފައި ނެތެވެ.  ޔުއާން މައިލީން އަތުގައި ހިފާލައިގެން ދިޔައެވެ. އޭނާ ގޮސް އެ އުނދޯލީގައި މައިލީން ބޭންދުމަށްފަހު އޭނާވެސް އިށީނެވެ. އަދި އޭނާ މައިލީން އަށް ބަލާލާ އަދިވެސް އެއްފަހަރު މައިލިން އަށް ތައުރީފް ކޮއްލިއެވެ.ޔުއާން ދެވަނަ ފަހަރަށް ލައިޓްސް އޮފް އޭ ބުނުމާއެކު އަނެއްކާ އެތަން ނިވިގެން ދިޔައެވެ. އެ ގޮތުގައި ފަސް ވަރަކަށް މިނިޓް ވިއެވެ. އެ މިނިޓް ގައި ޔުއާން މައިލީން އާ ވަހަކަ ދައްކަމުން ދިޔައެވެ.

އޭގެ ފަސްމިނިޓް ފަހުން ޔުއާން ލައިޓްސް އޮން އޭ އަނެއްކާ ބުނެލިއެވެ. އެއާއެކު އެ ތަން އަލިވެގެން ދިޔައެވެ. އެކަމަކު ފަނޑު އައްޔަކުންނެވެ.  މައިލީން އަށް ވަށައިގެން އަނެއްކާވެސް ބަލާލެވުނެވެ.

އެހެންނަމަވެސް އެއްވެސް ތަފާތެއް އޭނާ އަކަށް ފާހަގައެއްނުކުރެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ތިޔަ އަސަރު 54

Next

ކުރިން އެނގުނުނަމަ (އަށާވީސްވަނަ ބައި)

Next
March 5, 2018

ކުރިން އެނގުނުނަމަ (އަށާވީސްވަނަ ބައި)

Previews
March 5, 2018

ތިޔަ އަސަރު 54

62 Comments!

  1. Friends says:
    March 5, 2018 at 10:43 pm

    First dhw

    1. Hi Mi says:
      March 6, 2018 at 10:29 am

      Yes. Congrats o. ❤❤❤❤❤?????

  2. Jid says:
    March 5, 2018 at 10:44 pm

    ހާދަ އިންތިޒާރެއް ކުރެވިއްޖޭ ?Himi

    1. Hi Mi says:
      March 6, 2018 at 10:30 am

      Hehe. Jid. Sorry ingey. Las v ma. Thankd fot waiting patiently. ❤❤❤???

  3. Hi Mi says:
    March 5, 2018 at 10:48 pm

    Assalaam’alaikum. V kuru dw. Ekam ulhen jehunu leh bixi kamun hama reply kohlaane vaguthuves nuvi kuree part ah. In Sha Allah. Mireyge vagutheh ga reply kohleveythoa try kuraanan. How are you all?. Varah miss v ingey my dear readers. ❤ One more thing. Himi kuda vaguthu kolheh eba beynun vey kuri ah oi 30 pages varu edit kohlan. Cause mi part ah genai badhalaa gulhigen there is so much to change. And midhuvas kolhu i am a little bixi. So himi ah edit kohfa ehaa avahah up koh nudhevidhaane. Mi part ves change kohfa mi ini varah bodah. Ehenve ehaa kuru v. Sorry ehaa gina dhuvas kohfa kuru v ma. But i hooe u guys will wait patiently. One more thing. Do u guys feel thay story maa dhigu dhahmaigen dhaahen?. Even though this is the 59 th ep. This is the 450th lage of the story up until nw. So pls forward ur views on it. Eba masah kai kuran kuru kohleveythoa ves ehen feel vedhanethy. Wjat about cover. Fahun hedhi covers i dnt like. I just like this cover most so i think i will be usring this cover again. ? And yuan ge surprise heevani kihineh vaane hen?. And what do u think about aaraas dads secret?. Thankyou All. ???
    Jazakumullah Khairan. ???

    1. Hi Mi says:
      March 5, 2018 at 11:14 pm

      And f akurun feshey girl eh ge name eh bunevidhaane tha kudhin?. Reethi names?. ?

    2. Lumina says:
      March 5, 2018 at 11:41 pm

      Farah
      Falak Faina Fara
      fanaak
      Fania
      Faraal

    3. Hi Mi says:
      March 6, 2018 at 9:40 am

      Thannks lumina. ❤❤❤

  4. Aim Sithu says:
    March 5, 2018 at 11:00 pm

    Mariyam Riufa Aishath Nasyra Imaa Maai

    1. Imaa Maai says:
      March 5, 2018 at 11:01 pm

      Thank you

    2. Mariyam Riufa says:
      March 5, 2018 at 11:03 pm
    3. Aishath Nasyra says:
      March 5, 2018 at 11:19 pm
  5. Friends says:
    March 5, 2018 at 11:02 pm

    V wait kurin nw part akah dear.finally mi oih up v dhw.stry nice kamun bunaane ehjeh nygefa mihuryy hama vv salhi.but mi part ga ebahuri some typing mistakes .next part ga ragalhu kohlahchey.keep it up.aara yaaeku ahrumen vess ebathibin.hama kuri yah dhaan v.N yuaan vess lieen kairiy bune bala e vaahaka.and ummeedhu kuran dear vess ok vaane kamah.waiting 4 next part.gud nyt ???????????

    1. Friends says:
      March 5, 2018 at 11:06 pm

      Hama stry kuru nukoh reethi koh ninmaala hi mi.ok dear dhiguvi yass

    2. Hi Mi says:
      March 6, 2018 at 10:13 am

      Hello.frnds. v ufaavehjje comment fenifa ingey. Himi ah ves mihuree thi loabi comment fenifa bunan v ehchei neygifa. Ummm. Keekey baa bunaano dw. Hehe. Anyway vvv ufaavehjje. Bodukoh thanks. Much loves dear. ?❤?

  6. Flower says:
    March 5, 2018 at 11:04 pm

    Yeah its getting longer aslu.adhi heevany vaahaka feshunhen.maa lahee kan kan vaaleh as for example aaraage kanthah ves.ekan hama vaahaka feshigen ai iru feshi namaves hadi eh nuvys kanneynge.maabodah dhigu dhemigen dhanya aslu foohi vaane readers kiya.this is my POV.hope you won’t mind.as far story is nice but for me its getting longer and making me bored to read

    1. Hi Mi says:
      March 6, 2018 at 1:28 am

      Thanks flower. V ufaavehjje binaa kuruvanivi faadeh kima. Himi aki alah mikan kuran fashaa kujjakah v ma nubai koh gendhevenyaa bunedheyn ves thibeyni writers. And thankyou. Thi kajala comment thakun ithurah rangalhu kuran jehey kanthah ingugen dhani. Vvv ufaavehjje. Thanks. A lot. ???

  7. Kitty ❤️ says:
    March 5, 2018 at 11:05 pm

    Mihaaru dhn maa haasaru bodu koh ma dhigeee ? by story reethi ❤️

    1. Hi Mi says:
      March 6, 2018 at 10:16 am

      Hey. Kitty masah kai mi kurani ebai madhu kireveythoa. Ingey. V ufaavehjje. ❤❤❤

  8. alu says:
    March 5, 2018 at 11:08 pm

    Hiyeh nuvey maa dhigu dhamany heneh.. v rythi story eh mee..may god bless u and wish u more success <3 🙂

    1. Hi Mi says:
      March 6, 2018 at 10:21 am

      Jazakillah alu. V ufaavehjje. Thankyou so much. ?❤❤❤

  9. Zuam says:
    March 5, 2018 at 11:10 pm

    Alhey ….. haadha kurey….. bt story varah varah reethi….
    Waiting…..❤❤❤❤❤

    1. Hi Mi says:
      March 6, 2018 at 10:22 am

      Hehe. Sorry xuam. Dhen in part rangalhu vaane. In Sh Allah. ❤

  10. Yehtaf says:
    March 5, 2018 at 11:24 pm

    Wow… At last …. As always story is v nice n interesting…. Wondering what are the more surprise’s to come…

    1. Hi Mi says:
      March 6, 2018 at 10:22 am

      Hehe. Lets see yehtaf. V ufaavehjje. ❤❤❤❤❤❤❤❤❤❤?

  11. Iram says:
    March 5, 2018 at 11:53 pm

    Mivaahaka varah bodah dhigudhahmaakamah faahagakurevey.. N mivaahakamee “NUFILAANEY THIHANDHAAN” copy eh hen heevany.. Vaahaka up kuraalehves maalas.. Upkuraairu kurany kuda kuda thankolheh.. Mivarun kihkuran vaahaka liyanee
    ????????

    1. Hi Mi says:
      March 6, 2018 at 9:35 am

      Hey. Iram. Vhk up kuraaleh las tha?. Miaguvas kolhu bixi kamun one day gap eh gosdhaane or 2 days. Ehenves vehaane thaa dw. I hope u understand. Up kuraairuvkuda kuda thankolheley bunaairu ba eh dhuvad dhuvahu hunnaane mlre than 2 ep ves genesdbeefa. Mi stoty kiyaa kujjaku viyya ingeyne. ?

  12. Yu Een says:
    March 5, 2018 at 11:54 pm

    Varah hadi mivaahaka maa dhigudhahmany haasaru dhamaafa.. Kos???

    1. Hi Mi says:
      March 6, 2018 at 9:39 am

      Hey Yu Een. Its okay. Ehenves vedhaane. Hurihaa kudhin beynun vaa gothakah ves nuvaane ehnu dw. Haasaru ge bai v gina readers faahaga kureema trying to correct those mistakes. ?

  13. Maavy says:
    March 5, 2018 at 11:56 pm

    Haadha lahey upvaaleh.. Kiyaahiy kendihje mihaaru???

    1. Hi Mi says:
      March 6, 2018 at 9:36 am

      Its okay dear. Ehenves vaane. Foohivanyaa its okay story nukiyas. Up vun las vani bxi kamun mi days ga. And i had to go kuda kamaku rashun beyrahves. Ekam ufaavehjje faahaga kohlima. Eyrunthaa rangalhu kuran ingeyni.b?

  14. Mishy says:
    March 5, 2018 at 11:57 pm

    Reethi story eh.. Haasaru dhamaafa maabodah

    1. Hi Mi says:
      March 6, 2018 at 9:37 am

      Hey. Mishy. Thanks dear. Eba masahkai kuran ingey thibai madhu kohleveythoa. Thikahala faadu kiyumaki himi ah lobey kuri erumeh. V ufalaa eki gabool kyuran. Jazakillah. ❤

  15. Alya says:
    March 5, 2018 at 11:58 pm

    Haadha lahey upvaaleh.. N alya ves keen NUFILAANEY THIHANDHAAN kiyaa vaahakaeh.. Same story?

  16. Jen says:
    March 5, 2018 at 11:59 pm

    Haadha hadiey mihaaru mivaahaka gendhaagoiy

    1. Hi Mi says:
      March 6, 2018 at 9:40 am

      Thanks. Jen. Buneladheefaanan tha keevegen kan. Eyrun nehnu ingyni rangskhu kuran dw. Eba masah kai kuran rangakhu kureveythoa. In Sha Allah. ?

  17. Niha says:
    March 6, 2018 at 12:01 am

    Himi kihineh thihadhany.. Haadha lahey up vaaleh.. Vaahaka maa dhigudhahmaafa thigenanny.. Haadha foohsey..

    1. Hi Mi says:
      March 6, 2018 at 9:41 am

      Its okay niha. Hiyaal fenifa v ufaavehjje. Ekam mi dhivas kolhu bixi kamun ingey. Haasaruge baj madhu kureveythoa try eba kuran. In Sha Allah.

  18. Lumina says:
    March 6, 2018 at 12:03 am

    Story v nyc…its ok himi…take ur time
    .bt ehaa las nukurahchey.can hardly
    wait hama
    ???

    1. Hi Mi says:
      March 6, 2018 at 9:42 am

      Thanks. Lumina. Thikahala readers aki hiyy varu. ❤❤❤

  19. Twingirl says:
    March 6, 2018 at 12:05 am

    Alheyy. .. v rythi eyy story. .. aaraa bappa anekka kn kahala secret ehbaa … I thought maileen blind v kamah maileen ehvs thaneh nufeneyey furathama bunyma. .. ehnve v birun huryvs??? dn alhe yuan maileen gaathu yashm vaahaka bunaanama. . Ehn noony fahun maileen dheravaanoa yuan e vaahaka share nukury ma. ..?? jazil alhe haadha secret koh e ulheny nann vs nubune. . Mihaaru e kaaku thw balaa hiyy veyy eba v… himi story hama always henn v rythi. .. keep it up ?? love you ??❤❤

    1. Hi Mi says:
      March 6, 2018 at 9:43 am

      Hehe. Happy to see yr comment. Lets see twin girl. ❤❤❤❤❤❤ v ufaavehjje. Abadhuves himi aa eki vaane reader eh kan yageen vey. In Sha Allah. ?

  20. Hi Mi says:
    March 6, 2018 at 12:05 am

    Again here. I wanna tell u all something. Sorry that i am uploading toooooo late. Kurin ehaa daily koh up kohkani cox i wasfree gina iru. Ehenve. Ekam writers ge ves personal life onnaane. Dhimaa vaa kamakun bixi ves vedhaane. And mi story up nukuraa enme week eh ves neenaane. So pls understand my dear readers. Rulhi ais gen bunaa ehchei nun. Ekamaku i feel sad hard work appriciate nukuraathy. kiyun therin him hama jahsaadheveythoa balani abadhuves. Hin hama nujehenyaa story kuri ah gendhiyumah hura hakah vey. Faadu kiyaairu kiyaa hurihaa binaakuruvanivi faadu kiyumakah ufalaa eki maruhabaa kiyan. i am sorry. Sincierly sorry about this.??? This is a story i have been writing from last year onwards. I never had the thought of publishing this story on anysite during that time. i only wrote this as a hobby. When i first came up with this plot. I didnt even rememver the story NUFILAANEY THIHANDHAAN. As i wrote this as a hobby this has only my views. But after publishing it i have cut down many parts which is haasaru cause u guys/ readers s
    might get bored of the story. Kurin publish kuran hithah naaraairu it was just for me i was writing the story. Butveyge fahun story ah bodethi badhal thakei genain. Haasaru madhu kureveythoa try kuran. I think its nt working. Ekam thihurihaa kiyuntheringe hiyaal thah ufalaa eki gabool kuran. Thankyou. ❤❤❤❤❤

  21. Iraa says:
    March 6, 2018 at 12:10 am

    Awwn … Harrdha inthizaarrehga huhta eyyy up v ….. Btw v v v nice …. V v v reethi…. Love it …??????

    1. Hi Mi says:
      March 6, 2018 at 10:23 am

      Thanks. Iraa. V ufaavehjje. Thanks a lot. ❤❤❤

  22. shanhaa says:
    March 6, 2018 at 12:36 am

    varah inthizaaru kury vihje ? eykamaku ves varh reethi?aneh kaa yuaan miulhyni keehkuranbaa mailin nah ladeh nudhyne baa anehkaa?

    1. Hi Mi says:
      March 6, 2018 at 10:26 am

      Hey. Shanhaa. Vvv ufaavehjje ingey. Lets see vaanegitheh. Vaa gothun shanhaa maa dheravaane ehn heevani. V ufavehjje to see a lovely comment from u dear. Much loves. ❤❤❤

  23. Zuhoooo says:
    March 6, 2018 at 12:47 am

    Waiting for next part

    1. Hi Mi says:
      March 6, 2018 at 10:29 am

      Hey. Zuhoooo. Ne kiyaaleveyne. ?

  24. Blue beauty says:
    March 6, 2018 at 1:30 am

    Varah reethi mi part ves akam kuree…. ok dhen ..hi mi busy koh ulhefaves upload kureema v bodah thanks… keep it up ????????????

    1. Hi Mi says:
      March 6, 2018 at 10:28 am

      Yayyy blue beauty ge comment eh fenuni o. Hehe. Bldah thanks dear. V ufaavehjje. Much loves. ???

  25. Tee says:
    March 6, 2018 at 6:35 am

    Mi part vx vvv nice. V interesting. Alhe dhn kihinehbaa vaani

    1. Hi Mi says:
      March 6, 2018 at 10:27 am

      Hingaa balamaa tee. Nw kiyaalevyne. V ufaavehjje. ❤❤❤

  26. shasha says:
    March 6, 2018 at 6:59 am

    Story v reethi.. Keep it up.. Haasaru gina heneh hieh nuvey… Thee v best writer eh .. Kiyuntherin’naa v connect vefa abadhuves hun’nanee..

    1. Hi Mi says:
      March 6, 2018 at 9:43 am

      Thanks. Shasha. V ufaavehjje. Thilajala readers aki himi ah libey hiyy vareh. ❤❤❤

  27. Xaaaan says:
    March 6, 2018 at 8:56 am

    Himi dhoonyaa hama sihsaigen dhiyae vvvvvvvvvvvvvvv ufaa vejje thnx????????? himi dhoonyaa haadha inthixaar kurevijjeyey owh so happy???????? wow wow woooow mi part ves vvvv reethi???????ehaame furihama???????? himi dhoooni haadha mis viyey story up nuvaa dhuvasthah dhiyae vv foohikoh?????? shaaleen ah msg kury yuaan dhw adhi kiriyaa shaaleennah vis nuny leen dheke shaaleen loabivaa varu nw engihje????? mis u bodu bodukoh?

    1. Hi Mi says:
      March 6, 2018 at 10:18 am

      Xaaaaaaaan. Kobaa haalu kihineh tha?. V ufaavehjje ingey comment fenifa. V ufaavehjje. Shaaleen eyi hama leen ah takaa konme kameh ves kohfaane meeheh nu dw. Hehe. Anyway lets see dw. Whats gonna hpn. V ufaavehjje. Thankyou.
      Jazakallah. ❤

  28. Shuhu says:
    March 6, 2018 at 9:07 am

    Hi mi
    Take ur time writer
    Mi noonas hurey maa lahun up kohfa hunna story thah ves
    Ekam mi story nooniyya adhi week ehga emme gina episode kiyaalan libunu story eh nukiyey
    Ok thaa dhigu koh viyas kuru koh viyas up vey thaa dhw
    Thnxx for that ???
    Much love ❤❤

    1. Hi Mi says:
      March 6, 2018 at 9:46 am

      Thankyou shuhu for suporting me lile this. Ba eh reders ge comment thah fenifa varah dheravefa huri. 4 ep up kohlaofin. Eyi 4 dayd ge eposides dw. Dkam mi varah up kohlaafa ves 2 days ge gap eh dhiyayas vani story lahun up vaa kamah. Vvv ufaavehjje. Ingey. Thankyou so much.
      Much loves.
      Jazakillah.???

  29. Chim says:
    March 6, 2018 at 9:08 am

    Mee hama mi site gaves enme baraabarah up kuraa 1story..readers beynunvaa gothah masahkaiy kuraa writers eh Hi Mi aky..ekan ufalaa eky faahaga kuran..enmen hih hama jehey gothah ehkamehves nuvaane e dhuniyeyge aadha..enmen nakyves miadhu v bxy schedule ehga work kuraa baeh..bxy koh ulhemunves story continue koh konme dhuvahakuves up kuraathy ufaakuran..Hi Mi ur the best writer ❤…keep it up

    1. Hi Mi says:
      March 6, 2018 at 9:47 am

      Thanks chim. Thihaa understandung readers libumaki hama naseebeh. V ufaavey kyraa work apriciate kuraathy. Something i also wanna tell chim. Vvvvvv ufaavehjje. ??????????????
      Jazakillah. ???

  30. Lamm says:
    March 6, 2018 at 6:42 pm

    Fainaan?
    Faiha?
    Fazeela?
    Fazuna?
    Faru’unaaz?
    Farhaana?
    Faseeha?
    Fazlaa?
    Vrh inthizaaru kurin mi bayah..vrh reethi mi bai ves… Cant wait to see the secret of araa’s dad???

Comments are closed.

Next Episodeހިތާ ފުރާނައިން… (60)←


All Right Reserved!