Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު (5)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
March 5, 2018 6 Mins Read
42 Comments

އާބިދާ ލިވްޔާ ލަސްވެގެން ގޮވައިލިއަޑަށް ސިހިފައި މިދަނީކަމަށްބުނެ އަތުން އިސްތަށިގަނޑު ރީތިކޮށްލަމުން މޫނުމަތީގައި ހިއްލައިފައިހުރި ދާތިކިތައް ލިވްޔާ ފުހެލިއެވެ. އަދި ހަމަޖެހިލަމުން އިންތަނުން ތެދުވެ ކޮޓަރިން ނުކުންނަން ހިނގަައިގަތީ އިތުރަށް އެކަމާމެދުގައި ނުވިސްނަން ނިންމައިގެންނެވެ. އެހެނަސް އޭނާއަށް އެކަން ކާމިޔާބުވާނެ ހެއްޔެވެ؟ ހިތްނޭދޭ އެޚިޔާލުތައް ހިތުންނެރެ އެއްލައިލެވޭނެހެއްޔެވެ؟ ހައްތަހައިވެސް ޖަވާބު ނޭނގޭ ސުވާލުތަކެވެ.

** ** **

ލެޕްޓޮޕްގެ ސްކްރީނަށް ބަލަހައްޓައިގެން ރާއިދްއިނީ ފާޑަކަށެވެ. ލިވްޔާ އޭނާ ފެންނަކޮންމެ ފަހަރަކު އެހައި ހާސްވަނީ ކީއްވެހެއްޔެވެ؟ އޭނާ އާާއި ވާހަކަދައްކާއިރު އެއަޑުގައި މަޑު ތުރުތުރެއް ހުންނަނީ ކީއްވެހެއްޔެވެ؟ އަނެއްކާ ލިވްޔާ އޭނާދެކެ ހިތްހަމަނުޖެހެނީ ހެއްޔެވެ؟ ރާއިދް އަކަށް ނުވިސްނުނެވެ.

ފާޚާނާއިން ނުކުތް މަލްހާ ރާއިދް އިންގޮތް ފެނުމުން ކަންބޮޑުވެފައި އައިސް އޭނާގެ ކޮނޑުގައި އަތުން ޖަހައިލިއެވެ. “ރާދު ކިހިނެއްވެފަ؟ ލިވީ ދިޔައީތަ؟” ލެޕާއި ދިމާއަށް ބަލައިލަމުން މަލްހާ ރާއިދް ގާތުގައި އިނށީދެލިއެވެ. “ހޫމް ބުނީ ފަހުން ގުޅާނަމޯ.” އެއްދިމާއަކަށް ގެއްލިފައިއިނދެ ރާއިދް ބުނެލިއެވެ. “މަލް. ވާހަކައެއް އަހަންތަ؟” މަލްހާއާާއި ވީދިމާއަށް އެނބުރިލަމުން ރާއިދް އަހައިލިއެވެ. މަލްހާ ބޯޖަހައިލުމުން ފުންނޭވައެެއްލުމަށްފަހު ރާއިދް އޭނާގެ ހިތުތެރޭގައިއޮތް ސުވާލުކޮށްލިއެވެ. “ލިވީ އަހަރެންދެކެ އެހައި ލައިކްއެއް ނުވޭދޯ. އޭނާ އަހަރެންދެކެ ހިތްހަމަނުޖެހެނީތަ؟” ފާޑަކަށް މަލްހާގެ ހައިރާންވެފައިވާ ދޮން މޫނަށް ބަލަހައްޓައިގެންހުރެ ރާއިދް އަހައިލިއެވެ. “ނޫން. ކިހިނެއްވީ؟ ލިވީ އެއްޗެކޭ ބުނީތަ؟” މަލްހާވެސް ކޮށްލީ ސުވާލެކެވެ. އެއާއެކު ރާއިދް އޭނާއަަށް ލިވްޔާގެ ފަރާތުން ފާހަގަވި ކަންތައް މަލްހާއަށް ކިޔައިދިނެވެ. “ވެދާނެ އެއީ ލިވީ ރާދުއާާ އެހައި ފްރެންޑް ނޫންވީމަ ވާހަކަ ދައްކަން ލަދުގަންނަނީކަމަށް.” އިރުކޮޅަކު ވިސްނައިލުމަށްފަހު މަލްހާ ބުނެލިއެވެ. އެއީ އެހައި ބޮޑުކަމެއްގެ ގޮތުގައެއް މަލްހާ ނުދެކުނެވެ. ރާއިދްވެސް ބޯޖަހައިލަމުން އެކަމަށް އެއްބަސްވީ އެއީ ތެދަކަށްވެދާނެތީއެވެ. އިތުރަށް އެވާހަކަ ދައްކަން ބޭނުންނުވުމުން ރާއިދް މަލްހާގެ ގައިގައި ބައްދައިލަމުން އެނދުމަތީގައި ލޯތްބާއެކުގައި ބާވައިލިއެވެ. ރާއިދްގެ މިލޯބިވެތި އަމަލުން ލަދުގަނެފައި މަލްހާ ދެލޯމަރައިލިއެވެ. “ތޭންކްސް މަލް. މިއަދު އަހަރެން ވަރަށް އުފާވެއްޖެ. ދެން ލަސްތަކެއްނުވެ އަހަރުމެންގެ ލޯބީގެ ނިޝާނެއް މިދުނިޔެއަށް އުފަންވެދާނެ. މިހާރު އެންމެ އިންތިޒާރުކުރެވެނީ އެދުވަހަކަށް.” ލޯތްބާއެކުގައި މަލްހާގެ ބަނޑުގައި އަތުން ފިރުމައިލަމުން ރާއިދް ބުނެލީ މަސްތީރާގަކަށެވެ. އެއަޑުގައި އެކުލެވިގެންދިޔަ އަސަރަކުން މަލްހާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ލަދުވެތިކަމުގެ ރަތް ކުލައިގެން ފެވެމުންދިޔަ އެދޮންމޫނަށް ބަލަން އޮތުމަށްފަހު ރާއިދް އިތުރަށް މަލްހާ އާާއި ގާތްވެލިއެވެ.

** ** **

އޮފީހުން ނުކުތުމަށްފަހު އަތުކުރީގައި އޮތް ހިމަފަށެއް ކަހަލަ ގަޑިއަށް އީނާލް ބަލައިލިއެވެ. ފުންނޭވާއެެއްލަމުން ވަރުބަލިކަމާއެކު މަގުމަތީގައި ހުއްޓިހުރީ ގޭކާރު އޭނާ ބަލައި އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.

ފަހަތުން އިވުނު ފިޔަވަޅުތަކުގެ އަޑާއިއެކު ދުވާލި މީރުވަހުން އީނާލްގެ ހިތުގެ ހިނގުން އަވަސްވެގެންދިޔައީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. ފަހަތް ބަލައިލެވެން އުޅުނަސް ހިތްވަރުކޮށްލަމުން އީނާލް އިސްޖަހައިލިއެވެ.

ގަމީހުގެ އަތުކުރި އޮޅަމުން އޮފީހުން ނުކުތް ޝަމްއަލްގެ ލޮލުގައި ދޮރުމަތީގައި ގަޔަށް ދޫ އަބާޔާއެއް ލައިގެންހުރި އީނާލް އަޅައިގަތެވެ. ފުރަގަހުން ފެނުނަސް އީނާލެއް ޝަމްއަލްގެ ހިތަކަށް ނޯޅޭނެއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ އީނާލް ފެނުނު ފުރަތަމަ ދުވަހުން ފެށިގެންވެސް އެނިޔަނެތި އަންހެންކުއްޖާގެ ރިވެތި އަޚްލާގާއި މީހުންނާ ދޭތެރޭގައި އެބަހައްޓާ ހިތްހެޔޮކަމާއި ދީނަށް ލޯބިކުރާވަރު ފެނިފައި ޝަމްއަލްގެ ހިތްވަނީ އޭގެ މަގާމުން ދޫވެގެން ގޮސްފައެވެ. އެތައްފަހަރަކު މައިންބަފައިން ގާތުބުނެ އީނާލްގެ ކައިވެންޏަށް އެދި އެގެއަށް ފޮނުވަން ޝަމްއަލްގެ ހިތް އެދުނެވެ. އެހެނަސް ކޮންމެފަހަރަކުވެސް ފަސްޖެހެވެނީ މައިންބަފައިންނަށް ކުރާ ގަދަރާއި އިހުތިރާމެއްގެ ބޮޑުކަމުން އެފަދަ ވާހަކަތައް ދައްކަން ލަދުވެތިވާތީއެވެ.

އެކުގައި އެއްއޮފީހެއްގައި މަސައްކަތްކުރި ނަމަވެސް ދެމީހުންގެ ދެމެދުގައި މަސައްކަތުގެ އިތުރުން އިތުރު އެއްވެސް ވާހަކައެއް ދެކެވިފައެއް ނުވެއެވެ. ދެމީހުންކުރެ އެކަކުވެސް އެގޮތް ބޭނުންނުވާ ފަދައެވެ.

ދެފަރާތަށް ބޯހޫރުވައިލަމުން އިސްޖަހައިލުމަށްފަހު ޝަމްއަލް ހިނގައިގަތީ ކުރިމަތީގައި ހުރި މިސްކިތާ ދިމާއަށެވެ. އެއީ ކޮންމެ ދުވަހެއްގެވެސް އާދެއެވެ. ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް ނަމާދުތަކަށް އޭނާ އަބަދުވެސް ފަރުވާ ބަހައްޓައެވެ. އޮފީސް ނިންމައިލުމަށްފަހު ކިތަންމެ ވަރުބަލި ވެފައިހުރި ނަމަވެސް ޝަމްއަލް ގެއަށް ދާނީ ނަމާދުކޮށްގެންނެވެ.

މަޑުހިނގުމެއްގައި ގޮސް ކުރިމަތީގައި ހުރި މިސްކިތަށް ޝަމްއަލް ވަނުމާއެކު އިސްއުފުލައިލަމުން އީނާލް މިސްކިތާއި ދިމާއަށް ބަލައިލިއެވެ. އެހިނދު ފިޔާތޮށިކުލައިގެ އެތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއް ދުވެލިއެވެ. ޝަމްއަލްއާއި ދިމާވީއްސުރެ އޭނާ އަށް އަބަދުވެސް ޝަމްއަލްގެ ކިބައިން ފެނިފައިވަނީ ރަނގަޅު އާދަތަކެވެ. އޭނާގެ ހިތް ޝަމްއަލްގެ މައްޗަށް ލެނބެން ދިމާވި މައިގަނޑު ސަބަބަކީވެސް އެއީއެވެ.

ޝަމްއަލްގެ ނަން ހިތަށް އެރިއަސް މުޅި މީހާގެ ގައިން ހީބިހިނަގައިގެންގޮސް ކޯތާފަތް ޖަންބުކުލައިން ފެވިގެންދާގޮތުން އީނާލް ހައިރާންވެއެވެ. ހުސްކޮށްއޮތް އެހިތް މިއަދު ޝަމްއަލް ވަގަށް ނަގައިފިކަން ގައިމެވެ.

އެކިއެކި ޚިޔާލުތަކަށް ގެއްލިފައިހުރި އީނާލްގެ ގާތަށް ކާރު މަޑުކޮށްލުމާއެކު އޭނާ ކާރަށް އަރައި ހަމަޖެހިލިއިރުވެސް ޖެހިގެންއިން ޝީޓްގައި ޔާނިކް އިން ކަމެއް ނޭނގެއެވެ. އަމިއްލަ ދުނިޔެއަކަށް ގެއްލިފައިއިނދެ ހިނިތުންވަމުންދިޔަ އީނާލްގެ ގައިގައި ޔާނިކް މަޑުމަޑުން ކޮށްޓައިލިއެވެ.

ސިހިފައި ދެލޯ ބޮޑުކޮށްލަމުން އީނާލް ޔާނިކްގެ މޫނަށް ބަލައިލިއެވެ. އޭރު ސިއްރުވެރި ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރިވައިގެން ޔާނިން އިނެވެ. “ހާދަ ވަރެއް ވެފައޭދޯ ނާލް ތިހުރީ. ކޮންކަމަކަށް ގެއްލިފަ؟” އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓައިލަމުން ހިނިގަނޑު މަތަކުރަމުން ޔާނިކް އަހައިލިއެވެ. “ކަމެއް ނުވޭ. ދޮންބެވެސް ކުރާ ކަންތައް. ކިރިޔާއެއްނު ބިރުން ހަލާކުނުވީ.” ހިނިތުންވެލަމުން ދެފަރާތަށް ބޯހޫރުވައިލުމަށްފަހު އީނާލް ޔާނިކްގެ ގައިގައި މަޑުމަޑުން ޖަހައިލިއެވެ.

** ** **

ޖެހިގެން އައި ދުވަހު މަލްހާ އޮފީހަށް ވަނުމާއެކު ނޫރާ ފުޅާ ހިނިތުންވުމަކާއެކުގައި މަލްހާގެ ހާލު އަހައިލިއެވެ. ދެމީހުން އިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށްފަހު މަލްހާ ހިނގައިގަތީ ޔާނިކް އައުމުގެ ކުރިން އޭނާގެ ޒިންމާތައް އަަވަހަށް ފަށައިގަންނާށެވެ.

ކެބިންތެރެ ރީތިކޮށްލުމަށްފަހު ޔާނިކްއަށް ކޮފީގިރަން ދިޔަ މަލްހާގެ ތުންފަތްމަތީގައި ރީތި ހިނިތުންވުމެއް ވިއެވެ. ލިބެން އުޅޭ ދަރިފުޅާމެދުގައި ވިސްނަމުން މަލްހާ ކޮފީ ގިރައި ނިންމައިލުމަށްފަހު ތަބަކެއްގައި ބަހައްޓަމުން ޔާނިކްގެ ކެބިންއާ ދިމާއަށް ހިނގައިގަތެވެ. ޓަކި ޖަހައިލުމަށްފަހު އެތެރަށް ވަތްއިރު ޔާނިކް ލެޕްޓޮޕުން ކޮންމެވެސް މަސައްކަތެއްކުރަން އިނެވެ.

ތަބަކެއްގައި ކޮފީތައްޓެއް ހިފައިގެން ވަދެގެންއައި މަލްހާ ފެނުމާއެކު އެހެންދުވަސް ތަކެކޭވެސް އެއްފަދައިން މިއަދުވެސް ޔާނިކްގެ ނޭވާ އަވަސްވެގެން ދިޔައެވެ. ހިތުގެ ތެޅުން އިރެއް އިރަކަށް ބާރުވަމުންދިޔައިރު އެހިތުގެ އަޑު މަލްހާއަށް އިވިދާނެތީވެސް ޔާނިކް ކަންބޮޑުވާން ފެށިއެވެ. އޭސީގެ ފިނި މުޅި ކޮޓަރީގައި ހިއްޕައިލައިފައި ހުރިނަމަވެސް ޔާނިކްގެ މޫނުމަތީގައި ކުދިކުދި ދާތިކިތައް ބަބުޅަމުން ދިޔައެވެ.

ހަމަޖެހެން މަސައްކަތްކުރަމުން ޔާނިކް ލެޕްޓޮޕްގެ ސްކްރީނަށް ނަޒަރު ހުއްޓައިލިއެވެ. “މިފައިލްގެ މަސައްކަތް ވަރަށް އަވަހަށް ނިންމައިލަދީބަލަ.” އެއްވެސް އެއްޗެކޭ ނުބުނެ ކޮފީ ޖޯޑު ބެހެއްޓުމަށްފަހު މަލްހާ އެނބުރި ދާން ހިނގައިގަތުމުން ޔާނިކް އަތުގައި އޮތް ފައިލް ދިއްކޮށްލަމުން މަޑުމައިތިރި ރާގަކަށް ބުނެލިއެވެ. ލައްބައޭ ބުނެލަމުން މަލްހާ އެފައިލްގައި ހިފަން އުޅުނު ވަގުތު އޭނާގެ އަތް ޔާނިކްގެ އަތުގައި ކުޑަކޮށް ބީހިލިއެވެ. ވިހަގަދަ ސޫތްޕެއް ކަށިޖެހުމުން އަތް ދަމައިގަންނަ އުސޫލުން ތެޅިގަނެފައި ޔާނިކްއަށް އޭނާގެ އަތް ދަމައިގަނެވުނެވެ. އެތަންފެނި ހުއްޓުން އަރައިފައި ބުނާނެ އެއްޗެއް ނޭނގި މަލްހާއަށް ހުރެވުނީއެވެ. އެއީ އޭނާގެ ވެރިޔާ ނަމަވެސް އެދެމެދުގައި އޮތް ގުޅުން އަދިވެސް އޮތީ އެންމެ ފުރަތަމަ ޔާނިކް އާއި ދިމާވި ދުވަހު އޮތްގޮތަށެވެ. ހަމައެކަނި ޕްރޮފެޝަނަލް ގުޅުން ފިޔަވައި އަދިވެސް އެދެމެދުގައި އިތުރު ގުޅުމެއް ނުއުފެދެއެވެ.

“ސޮރީ.” މަލްހާ ބަލަން ހުރި ގޮތުން އުނދަގޫވެގެން ޔާނިކް ބުނެލިއެވެ. އޭރުވެސް ބަހެއް ނުބުނެ ޔާނިކްއާ ދިމާއަށް ބަލަހައްޓައިގެން މަލްހާ ހުއްޓެވެ.

“ސަރ އަޅުގަނޑުދެކެ ހިތްހަމަނުޖެހެނީތޯ؟” އިސްޖަހައިލަމުން މަލްހާ އެހެން އަހައިލުމާއެކު ނޫނެކޭ ބުނެ ޔާނިކް ދެފަރާތަށް ބޯހޫރުވައިލަމުން އިސްއުފުލައިލުމަށްފަހު މަލްހާގެ ދޮން ޖަންބެއްފަދަ މޫނަށް ބަލައިލިއެވެ. ޔާނިކްގެ ޖަވާބުން ބުނާނެ އިތުރު އެއްޗެއް މަލްހާގެ ސިކުނޑިއަކަށް ނައެވެ. އޭނާ ވަކި ބުނާނީވެސް ކީކޭހެއްޔެވެ؟ ޔާނިކް އެއީ އޭނާގެ ވެރިޔާއެވެ. ޔާނިކްގެ މިޒާޖު ހުންނަގޮތުން އޭނާއާ މާގިނަ ވާހަކަތަކެއް ނުދެއްކި ނަމަވެސް އެދެމެދުގައި އޮތް ގުޅުމުގެ ސަބަބުން މަލްހާއަށް އުނދަގޫވާ ވާހަކަ އޭނާ ބުނާނީ ކިހިނެއްހެއްޔެވެ؟

ތުންފަތުގައި ދަތްއަޅައިލަމުން ބޯޖަހައިލުމަށްފަހު މަލްހާ ކެބިންއިން ނުކުންނަން ހިނގައިގަތެވެ. އެހުރިހައިއިރު މަލްހާގެ އަމަލުތަކަށް ސިއްރުން ބަލަންއިން ޔާނިކްއަށް ހިފަހައްޓައިގެންހުރި ނޭވާ ދޫކޮށްލެވުނެވެ. ގޮނޑީގައި ލެގިލަމުން ދެލޯމަރައިލުމަށްފަހު އޭނާގެ އިސްތަށިގަނޑުގައި އެއްއަތް ހިންގައިލެވުނެވެ.

މަލްހާ އެހެން އެއެހީ އޭނާގެ އަމަލުތައް ހުންނަ ގޮތުންކަން ޔާނިކްއަށް އެނގެއެވެ. އެކަން ރަނގަޅުކުރަން އޭނާ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް މަލްހާގެ ކުރިމައްޗަށްއަރާ ކޮންމެ ވަގުތަކު އޭނާ ބަލިކަށި ވަނީ ކީއްވެކަމެއް އޭނާއަކަށް ނުވިސްނުނެވެ. ލޯތްބަކީ ހާދަހައި ފާޑެއްގެ އެއްޗެކެވެ. ދުރުގައި ހުންނައިރު އެސޫރަ ދެކޭހިތުން ހިތް ބޭގަރާރުވެއެވެ. އެހެނަސް ގާތަށް އައުމުން ލަދުން ބަލާކަށް ނުކުރެއެވެ. ނުވަތަ ލޯބިވާ މީހާގެ ކުރިމަތީގައި ތިމާ ބަކިކަށިވެދެއެވެ. ޔާނިކްއަށްވެސް ވަމުންދިޔައީ އެފަދަގޮތެކެވެ. މަލްހާދެކެ ވެވުނު ތެދުވެރި ލޯބި ހިތުގެ ކަނެއްގައި ފޮރުވައިލުމަށްފަހު ހިނިތުންވާން މަސައްކަތްކުރި ނަމަވެސް އެސޫރަ ފެންނަ ކޮންމެ ފަހަރަކު ޔާނިކްގެ ހިތް އޭގެ މަގާމު ދޫކޮށް މަލްހާގެ އަތުތެރެއަށް ދިއުމަށްޓަކައި ތެޅިގަނެއެވެ. މިވަރުން ދާނަމަ އޭނާއަށް ދުވަހަކުވެސް މަލްހާ މަތިން ހަނދާން ނައްތައިލެވޭނެ ހެއްޔެވެ؟

ފައިލްގައިހުރި ލިޔުންތައް ޓައިޕްކުރަންއިން މަލްހާ ފޯން ރިންގްވާން ފެށުމާއެކު ނަގައި ބަލައިލިއެވެ. ސްކްރީނަށް އަރައިފައިވާ ނޫރާގެ ނަން ފެނުމާއެކު ފޯން ނަގައި ކަންފަތުގައި ޖަހައިލިއެވެ. “ހޭއި މަލް. ހިނގާބަ ކެންޓީނަށް ސައިބޯން ދާން. ވަރަށް ބަނޑުހައި.” ނޫރާ އެހެން ބުނެލުމާއެކު ފާރުގައިހުރި ގަޑިއަށް މަލްހާ ބަލައިލިއެވެ. ބްރޭކް ގަޑި ޖެހުނުކަންވެސް މަލްހާއަަށް އިނގުނީ ދެނެވެ. ކުރަންއިން މަސައްކަތް މަޑުޖައްސައިލުމަށްފަހު ނޫރާ ގާތުގައި މިދަނީ ކަމަށްބުނެ ފޯން ބާވަމުން އިންތަނުން ތެދުވެ ކެންޓީނާއި ދިމާއަށް މަލްހާ ހިނގައިގަތެވެ.

ކެންޓީނުގެ ދޮރުހުޅުވައިލުމަށްފަހު މަލްހާ ވަތްއިރު ކަނެއްގައިހުރި މޭޒެއްގެ ދޮށުގައި ނޫރާ އިނެވެ. ހިނިތުންވެލަމުން އެދިމާއަށް މަލްހާ ހިނގައިގަތެވެ. ކާން ބޭނުންވާ ތަކެއްޗަށް އޯޑަރު ދިނުމަށްފަހު ދެމީހުންވެސް ހަމަޖެހިލިއެވެ.

“ޑޮކްޓަރަށް ދެއްކީމަ ކީކޭ ބުނީ؟” ގޮނޑީގައި ލެގިލަމުން މަލްހާ ގާތުގައި ނޫރާ އަހައިލިއެވެ. ނޫރާގެ ސުވާލުން މަލްހާގެ ދޮންމޫނު ރަތްވެގެން ދިޔަތަންފެނި އޭނާ ހައިރާންކަމާއެކު މަލްހާއާއި ދިމާލަށް ބަލަން އިނެވެ. އޭނާއަށް އަހައިލެވުނީ މަލްހާ އެހައި ލަދުގަންނަންޖެހޭވަރުގެ ސުވާލެއް ހެއްޔެވެ؟

“މަލް. އާރ ޔޫ އޯކޭ؟” ހައިރާންކަމާއެކު އިސްޖަހައިގެންއިން މަލްހާގެ އަތުގައި ކޮށްޓައިލަމުން ނޫރާ އަހައިލިއެވެ. “ހޫމް. ނޫ. އަސްލު އަހަރެން.. އަހަރެން ޕްރެގް.” ލަދުވެތި ހިނިތުންވުމަކާއެކު މަލްހާ އެހެންބުނެލި ވަގުތަކީ ޔާނިކްވެސް ބްރޭކަށް އައިސް އެދިމާލުގައިހުރިި މޭޒަކާއި ދިމާއަށް މިސްރާބުޖެހި ވަގުތުކަމުން ކިތަންމެ ރީއްޗަކަށްވެސް މަލްހާގެ ޖުމްލަ ޔާނިކްއަށް އަޑުއިވުނެވެ. އެޖުމްލަ އަޑުއިވުމުގެ ކުރިން އޭނާގެ ކަންފަތް ބީރުވީނަމައޭ އެވަގުތު އޭނާގެ ހިތަށް އެރިއެވެ. ވަގުތުން މުޅި މީހާގެ މޫޑު ޚަރާބުވެގެން ދިޔައެވެ.

އެހިސާބުގައިހުރި މޭޒެއްގެ ދޮށުގައި ޖައްސައިލަމުން ހަމައެކަނި ކޮފީއަކަށް އޯޑަރު ދިނުމަށްފަހު ޔާނިކް ތިރީތުންފަތުގައި ދަތްއަޅައިލިއެވެ. ގަބުއަރައިފައި އޭނާއަށް ބެލެމުންދިޔައީ އިސްޖަަހައިގެން ހެވިފައިއިން މަލްހާއާާ ދިމާއަށެވެ. މަލްހާ އޭނާއާާއި ހައްތަހައި ދުރުވީކަމުގެ އިހުސާސު އެވަގުތު ޔާނިކްއަށް ކުރެވުނެވެ. އެއީ ރަނގަޅު އިހުސާސުތަކެއް ނޫންކަން އިނގޭއިރުވެސް ޔާނިކްވަނީ އެއިހުސާސުތަކު މައްޗަށް ބާރުފޯރުވަން ނުކުޅެދިފައެވެ. ދެލޯމަރައިލަމުން އޭނާ އަނެއްފަރާތަށް މޫނު އަނބުރައިލީ އެސޫރަދެކެން އެހިތަށް އިތުރަށް ކެތްނުވީމައެވެ.

“ވާޓް؟ އަސްލުވެސް ތަ؟ އޯ މައި ގޯޑް. މަލް އައި އެމް ސޯ ހެޕީ ފޯ ޔޫ.” ފުޅާ ހިނިތުންވުމަކާއެކު ކުޑަކޮށް އަތްޖަހައިލަމުން ނޫރާ އުފާވެލައިފައި ބުނެލިއެވެ. ދެމީހުން އެކި ވާހަކަތަކުގައިތިބެ ކެއުން ކުރިއަށް ގެންދަމުންދިޔައިރު އެވާހަކަތައް އަޑުއިވޭ ހިސާބުގައިއިން ޔާނިކްގެ ހިތް ފޮތިފޮތިވަމުން ދިޔައެވެ. އެމޭޒު ދޮށުގައި އިނށީދެވުނު މޮޔައޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ. އެހެންނޫންނަމަ އެމީހުންގެ ވާހަކަތައް އަޑެއް ނީވުނީސެއްނޫން ހެއްޔެވެ؟ އޭނާގެ ހިތަށް އެހައި ތަދު ނުވީސްއެވެ. ނަމަވެސް ދެން ކުރާނެ ކަމެއް ނެތެވެ.

ކުރިމަތީގައި އާވި އަރައަރައިހުރި ކޮފީ ޖޯޑަށް ޔާނިކް ބަލައިލީ ފޫހިގޮތަކަށެވެ. އެތަނަށް އައީ ކިތަންމެ ބަނޑުހައިވެގެން ކަމުގައިވީ ނަމަވެސް އެންމެ ކާއެތިކޮޅެއްވެސް އެއަރުތެރެއިން ނުދިރޭނެކަން ޔާނިކްއަށް އެނގެއެވެ. ކޮފީ ޖޯޑު ދުރަށް ޖައްސައިލުމަށްފަހު އިންތަނުން ތެދުވެ އެތަނުން ނުކުންނަން ހިނގައިގަތް ޔާނިކްއާ ދިމާއަށް ބައެއްމީހުންގެ ނަޒަރުތައް ހުއްޓެމުންދިޔައެވެ. އެއިން އެއްވެސް ކަމަކަށް އެއްވެސް ފަރުވާލެއްނެތި ކެންޓީނުން ނުކުމެ އޭނާގެ ކެބިންއާ ދިމާއަށް ޔާނިކް މިސްރާބުޖެހިއިރު އެހިތުން ލޭކަރުނަ އޮހޮރެމުންދިޔައެވެ. އަމިއްލަހިތުގައި އަތްއަޅައި ބާރުކޮށްލަމުން ޔާނިކް ކުރިއަށް ދިޔައީ މޫނުމަތިން އެއްވެސް ކަމެއްވިކަމުގެ އަސަރު ނުދައްކައިވޭތޯ މަސައްކަތްކުރަމުންނެވެ.

ކެބިންގެ ދޮރުހުޅުވައިލަމުން ބާރުހިނގުމެއްގައި ޔާނިކް އެތެރެއަށް ވަނެވެ. އޭރު މުޅިމީހާގެ ހަށިގަނޑުގައި މަޑު ތުރުތުރެއްވަނީ އުފެދިފައެވެ. ކަޅުކުލައިގެ ބޮޑު ލެދަރ ގޮނޑީގައި އިނށީދެލަމުން މޭޒުމަތީގައި ދެއަތް ވިއްދައިލުމަށްފަހު ބޮލުގައި ބާރަށް ހިފަހައްޓައިލެވުނީ ބޮލަށް ކުރަމުންދިޔަ ބާރު ކުޑަވޭތޯއެވެ. އެހެނަސް ބޮލުގައި އުފެދެމުންދިޔަ ރިހުންދިޔައީ އިރެއް އިރަކަށް ބޮޑުވަމުންނެވެ.

އިސްތަށިގަނޑުގައި އަތްހިންގައިލަމުން ޔާނިކް ހަަމަޖެހެން މަސައްކުރި ނަމަވެސް އޭނާ ކުރަމުންދިޔަ ހުރިހައި މަސައްކަތެއް ދިޔައީ ބޭކާރުވަމުންނެވެ. ކީއްވެހެއްޔެވެ؟ މަލްހާ އެހެން މީހެއްގެ ހައްގަކަށްވީ ކީއްވެހެއްޔެވެ؟ އޭނާގެ ހިތަށް މިއޮއް ބޮޑު ދުނިޔެއިންވެސް އެނޫން އަންހެން ކުއްޖަކު ނުފެނުނީ ހެއްޔެވެ؟ އެއީ އެހެންމީހެއްގެ މިލްކެއްކަން އެނގޭއިރުވެސް މަލްހާދެކެ ވެވޭ ލޯބި ފަނޑުނުވަނީ ކީއްވެހެއްޔެވެ؟ އެލޯބި ހިތުން ފުހެލަން އުނދަގޫވަނީ ކީއްވެހެއްޔެވެ؟ ހައްތަހައިވެސް ޖަވާބު ނޭނގޭ ސުވާލުތަކެވެ. ވިސްނައި ވިސްނައި ޔާނިކްގެ ބޯހީވަނީ ފަޅައިގެން ގޮސްފާނެހެންނެވެ.

އިތުރަށް ކެތްނުވާނެހެން ހީވުމުން ގޮނޑިން ތެދުވަމުން ގެއަށް ދިއުމަށްޓަކައި ޔާނިކް ތައްޔާރުވެލިއެވެ. ޖީބުގައި އޮތް ފޯން ނަގަމުން ޑްރައިވަރަށް ގުޅައިލުމަށްފަހު ބަލައި އަންނަން ބުނަމުން ކެބިންއިން ނުކުންނަން ޔާނިކް ހިނގައިގަތެވެ.

ބާރުހިނގުމެއްގައި ގޮސް ދޮރުހުޅުވައިލިތަނާ އެތެރަށް ވަންނަން އައި މަލްހާ ބަން ލައިފައި ޖެހުނީ ޔާނިކްގެ ގައިގައެވެ. އެވަގުތު އެމަޑު ތުންފަތް ޔާނިކްގެ ގަމީހުގައި ބީހިގެން ދިއުމާއެކު އޭނާ ލައިގެންހުރި ހުދު ކުލައިގެ ގަމީހަށް މަލްހާގެ ތުންފަތުގެ ނިޝާން އަރައިގެން ދިޔައެވެ. އެތަންފެނި ދެލޯބޮޑުކޮށްލަމުން މަލްހާ ކަންބޮޑުވެފައި ޔާނިކްއާ ދިމާއަަށް ބަލައިލިއެވެ. “ސޮ.. ސޮ.. ސޮރީ ސަރ.” ކަންބޮޑުވީ ވަރުން މަލްހާއަށް އެހެންބުނެވުނީވެސް އުނދަގުލާއެކީއެވެ. އޭރު ކަޅި ޖަހައިނުލައި ޔާނިކް ބަލަމުންދިޔައީ އޭނާގެ ގަމީހުގައި މަޑު ފިޔާތޮށިކުލައިން ފެވިފައިހުރި މަލްހާގެ ތުންފަތުގެ ނިޝާނަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ނޫރު (ސަޔާޅީސްވަނަ ބައި)

Next

ޝީން(ނުވަވަނަ ބައި)

Next
March 5, 2018

ޝީން(ނުވަވަނަ ބައި)

Previews
March 5, 2018

ނޫރު (ސަޔާޅީސްވަނަ ބައި)

42 Comments!

  1. Nau says:
    March 5, 2018 at 8:30 am

    Salaam all.. Here is the 5th part.. Hope u all like this part too.. Let me knw the mistakes.. Next part in sha allah tmrw.. Enjoy reading.. N hv a nice day all.. Ly all my dears?❤

    1. reader says:
      March 5, 2018 at 3:18 pm

      Neevuneesehnoon…. Ehenneh noon liyaanee.. Neevuneehehnoon.
      Hama egothaha nuvees eve badhalugai liyaany nuveeheve… Hopr you’ll correct it..vaahaka varah reethi ❤️

    2. Nau says:
      March 5, 2018 at 7:18 pm

      Thanks alot dear.. For letting me knw the mistakes n the correct way also.. It will surely help me to improve my writing skills.. In sha allah will kyp that in mind.. Once again thank u❤?

    3. reader says:
      March 5, 2018 at 3:20 pm

      And Malhaa kokko ge bai genesdhyba… Idr her name.. Srrry

    4. Nau says:
      March 5, 2018 at 7:19 pm

      Hehe her name is livya.. Adhi livya ge bai bodah annaany fahun.. Kyp waiting..

    5. Beauty ? says:
      March 5, 2018 at 3:26 pm

      Nau, story hama habeys, maldivian idol season 3 balantha baraabarah,ly nau??

    6. Nau says:
      March 5, 2018 at 7:20 pm

      Hehe thanks dear. Nooney.. I never watched it. Hehe.. Bt i guess u do?.. Hehe ly too dear❤

    7. Muslim girl says:
      March 5, 2018 at 7:41 pm

      Why u r not watching it….

    8. Nau says:
      March 5, 2018 at 8:08 pm

      Hehe i dunno.. I jst dnt like those kinda thns.. May b thats y..

    9. Beauty ? says:
      March 5, 2018 at 7:42 pm

      Ly 2 dear sissy

    10. Nau says:
      March 5, 2018 at 8:09 pm

      ❤?

  2. Shann says:
    March 5, 2018 at 8:36 am

    Wow nau mihaa avahah up kohly dhw… Thanks a lot…haadha ryhchey mibaives… Nau ge story thakaugaves hama enme faahaga kohleveny sifakohdhinumuga… Story kiyamun dhaairu hama hyvany aslu manzaru thakeh hen… Ehaaves rythikoh ebahuri sifakohdhyfa… V v v ves rythi mibaives… Miss u…?????

    1. Nau says:
      March 5, 2018 at 7:12 pm

      Awwn thanks alot dear. Miss u too.. ❤

  3. Een says:
    March 5, 2018 at 8:37 am

    V. Reethi vaahakaeh

    1. Nau says:
      March 5, 2018 at 7:12 pm

      Thanks dear.

  4. Shann says:
    March 5, 2018 at 8:39 am

    Miyadhu first dhw

    1. Nau says:
      March 5, 2018 at 7:12 pm

      Hehe ya dhw

  5. Swety says:
    March 5, 2018 at 8:47 am

    Wow v furihama..mi story…thanks ingey….mifadha storytah kiyaalan libeythee

    1. Nau says:
      March 5, 2018 at 7:13 pm

      Hehe ur wlcm n thanks my dear

  6. sam♥ says:
    March 5, 2018 at 9:03 am

    ♥♥♥

    1. Nau says:
      March 5, 2018 at 7:13 pm

      ❤?

  7. Axy says:
    March 5, 2018 at 9:09 am

    Nau Thanks v v v reethi Vaahaka aslu nau hama v molhu vaahaka genas dheefa in goy
    beykaaru baithah v madhu
    Aslu v faseyha kiyaa lan
    ?? ? ???????????????⭐⭐⭐⭐

    1. Nau says:
      March 5, 2018 at 7:14 pm

      Ur wlcm. Hehe.. N thanks alot dear❤

  8. Nee says:
    March 5, 2018 at 10:22 am

    V v salhi mi part vs thanks Nau

    1. Nau says:
      March 5, 2018 at 7:14 pm

      Wlcm n thanks dear.

  9. Lam says:
    March 5, 2018 at 10:39 am

    Vvv best…lov it

    1. Nau says:
      March 5, 2018 at 7:14 pm

      Thanks alot dear

  10. Sham says:
    March 5, 2018 at 10:47 am

    Wow..? nice ??? adhi eh part up kohladheeba ? vrh dhigu koh ? maa kiyaa hithun inyma kanne ehaa avahah nimeny n heevany n maa kuru hen ?? good luck ❤️❤️❤️

    1. Nau says:
      March 5, 2018 at 7:15 pm

      Hehe vedhaane.. Nw liyefa huri parts thah nimunyma dhn liyaa bai thah dhigukohlaanan ingey dear.. Btw thanks alot.. ❤

  11. sham says:
    March 5, 2018 at 11:10 am

    V nice……keep it up nau….love ur stories???????????

    1. Nau says:
      March 5, 2018 at 7:15 pm

      Awwn thanks dear❤

  12. nuz says:
    March 5, 2018 at 12:02 pm

    wow varah furihama mi partvess genessdheefa inleh well done nau?????next part dhigu kon geness dhehchey dr ly?

    1. Nau says:
      March 5, 2018 at 7:16 pm

      Ya will try in sha allah.. Thanks lot dear.. Ly too❤

  13. abhy says:
    March 5, 2018 at 12:10 pm

    varah reethi.. varah furihama.

    1. Nau says:
      March 5, 2018 at 7:16 pm

      Thanks dear

  14. Hashaa says:
    March 5, 2018 at 12:47 pm

    Wow,,,varan reethi

    1. Nau says:
      March 5, 2018 at 7:16 pm

      Thanks dear

  15. Pinky shifoo says:
    March 5, 2018 at 1:04 pm

    Wow ???… Mi part vx Maasha Allah v v v reethi ❤️❤️❤️… Nau haadha molhey Maasha Allah story liyan ???… Nau ge hurihaa story ehvx v v reethi ingey ???… N v v v loabi names thakeh Nau story ga use thi kurany ❤️❤️❤️… I really like it ???… Keep up the good work Nau ???… Curiously waiting for the next part… Lots of love and take care ?❤️?????

    1. Nau says:
      March 5, 2018 at 7:17 pm

      Awwn thanks alot my dear.. Hehe.. Lots of love n u also tvgc❤?

  16. Xxxx says:
    March 5, 2018 at 6:34 pm

    V.nice dear..??

    1. Nau says:
      March 5, 2018 at 7:20 pm

      Thanks dear❤

  17. EHLEE says:
    March 6, 2018 at 5:42 pm

    Reeti vv

Comments are closed.

Next Episodeތަޤްދީރު (6)←


All Right Reserved!