Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރިން އެނގުނުނަމަ (ސައްބީސްވަނަ ބައި)

riya Level 3100 Comments10 Stories
March 3, 2018 4 Mins Read
31 Comments

އިރު އޮށްސެމުންދިޔަ މަންޒަރަށް ނަޒަރު ހުއްޓާ ލައިގެން ޒީކް އަތިރިމަތީގައި އިށީދެލައިގެން އިނެވެ. ވަށައިގެންވާ މާހައުލުގައި ހިނގާ އެއްވެސް ކަމެއް ޒީކްއަށް އިހްސާސް ވެސް ނުވާކަހަލައެވެ. ތަންކޮޅެއް ދުރުގައި އޮތް ގަސްގަޑެއްގެ މަތީގައި އަލްޔަން އިނެވެ. އަތުގައި ހުރި ގައުކޮޅުތަކުން ފަހަރަކު ގައުކޮޅެއް މޫދަށް އެއްލަމުން ދިޔައެވެ.

“އޭ ޒީކް” ރުއާން އައިސް ޒީކް ކައިރި އިށީންނަމުން ބުނެލިއެވެ.

ރުއާންގެ އަޑަށް ސިހިފައި ޒީކް ބަލާލިއެވެ. ރުއާން ކަން އެނގުމާއެކީ ޒީކްގެ މޫނަށް ރުޅިވެރިކަން ވެރިވެގަތެވެ. އަދި ހަމަ އެސިކުންތުގައި ތެދުވެގެން ދިޔުމަށް ގަސްތުކުރިއެވެ. ޒީކް ކޮޅަށް ތެދުވުމާއެކީ ރުއާންވެސް ތެދުވެއްޖެއެވެ.

“ޒީކް އަހަރެން ދައްކަން މިއުޅޭ ވާހަކަ އަޑު އަހާބަލަ” ރުއާން މަޑުމަޑުން ޒީކްގެ އަތުގައި ހިފަހައްޓާލިއެވެ.

ޒީކް އަތްފޮޅުވާލަމުން ގޮސް އަލްޔަން ކައިރިއަށް ހުއްޓިއްޖެއެވެ. އޭރު ރުއާންވެސް ޒީކްގެ ފަހަތުން އާދެއެވެ. އަލްޔަން ރުއާންއާއި ވާހަކަ ދައްކަން ފެށުމުން ރުޅި އައިސް ލޯއަޅާލިއެވެ. ޒީކްގެ އެކަހަލަ އަދާތައް އަލްޔަންއަށް ވަރަށް ކަމުދެއެވެ. ރުއާން އަލްޔަންއާއި ވާހަކަ ދައްކަން ފެށުމުން ޒީކް ހިނގައިގަތީ ރުޅި އައިސްފައެވެ.

“ޒީކް މަޑުކޮށްބަލަ” އަލްޔަން ގޮވާލި އަޑުވެސް ނީވުނީ ކަންނޭގެއެވެ. ޒީކް ފަހަތަށް އެނބުރި ބަލައިވެސް ނުލައި ގޮސް އޮބާލައިފިއެވެ.

“އޭ ހިނގާބަލަ ތިގެއަށް ދާން. ޒީކްގެ ރުޅި ފިލުވަން ވާނެއެއްނު. މީ އަލްޔަންގެ ކަންތައް ވިއްޔާ” ރުއާން އަލްޔަންގެ މޫނަށް ބަލާލަމުން ބުނެލިއެވެ.

“ރުއާން ސޮރީ އިނގޭ. އަހަރެންނާ ހެދި ދޯ އޭނަ އެހާ ރުޅި އެއަންނަނީ” އަލްޔަންގެ ކުރިމަތީގައި އެދެމީހުން ވެގެން ކުރި ކަންތައްތައް ސިފަވި ކަހަލައެވެ.

“އަޅާނުލާ. . ނުވާ ކަމަކަށް ނުހެދޭނެ ދޯ. ހިނގާ ދާން” ރުއާން އެހެން ބުނުމުން އަލްޔަން ހިނގައިގަތެވެ. ދެމީހުން އެކުގައި ހިނގަމުންދިޔައިރު ފާއިތުވެގެން ދިޔަ ދުވަސްތަކުގައި ހިނގާފައިވާ އެކި ކަހަލަ ކަންތައްތައް ހިއްސާކުރަމުން ދިޔައެވެ. ރުއާން ނީލާގެ ވާހަކަ ކިޔައި ދިނީ ދެރަވެފައި ހުރެގެންނެވެ. ނަމަވެސް ޒީކް އެއީ ރުއާންގެ ކޮއްކޮ ކަން އަލްޔަންއަށް ވެސް އަންގަން ބޭނުން ނުވުމުން އެކަން ސިއްރެއްގެ ގޮތުގައި އަދިވެސް ބޭއްވީއެވެ. އަލްޔަންވެސް ޒީކްގެ ހިތުން މަގާމެއް ނުހޯދުނު ވާހަކަ ބުނެލީ ފުން އަސަރާއެކުގައެވެ.

“ދެމީހުންވެސް އެއް ހާލެއްގަ ދޯ؟” ހިނިގަނޑެއް ޖަހާލަމުން ރުއާން ބުނެލިއެވެ. އެއާއެކު އަލްޔަންއަށް ވެސް ހެވިއްޖެއެވެ.

ގޭގެ ދޮރުން އެތެރެއަށް އަލްޔަން ވަންނަމުން ރުއާންވެސް އެތެރެއަށް ވަނުމަށް ބުންޏެވެ. ކޮޓަރީގައި ޒީކް ނެތުމުން އަލްޔަން ދެން މިސްރާބުޖެހީ ބަދިގެއާއި ދިމާއަށެވެ. އޭރު ހަފީޒާ ޖޯލިފަތީގައި އޮށޯވެލައިގެން އޮތެވެ. ޒީކް ބަދިގެ ތެރޭގައި އުޅެއެވެ. އަލްޔަން ހަފީޒާގެ ކައިރީގައި އިށީންނަމުން ރުއާންއަށް ދިޔުމަށް އިޝާރާތްކޮށްލިއެވެ.

“ކޮއްކޯ” ބަދިގޭގެ ދޮރުމައްޗަށް އަރަމުން ރުއާން ގޮވާލިއެވެ. ސިހިފައި ޒީކް ބަލާލިއެވެ.

“ކީކޭ ތިބުނީ؟” ޒީކްގެ އަޑުގައި މިފަހަރު ރުޅިވެރިކަމެއް ނެތެވެ.

“އަހަރެން ގޮވާލީނު” ރުއާން އެތެރެއަށް ވަދެ ގޮނޑިއެއްގައި އިށީދެއްޖެއެވެ.

“ކީއްކުރަން މިތަނަށް ތިއައީ. އަހަރެންގެ ފަހަތުން ނުނެއްޓިގެން ތިއުޅެނިއްޔޯ” ޒީކް ފިޔާ ކޮށަމުން ބުނެލިއެވެ.

“ޒީކްގެ ހިޔަންޏަށް ކިހެނެއް ދުރަށް ދެވޭނީ” މަޖާ ގޮތަކަށް ރުއާން ބުނެލި އެތިން ޒީކްވެސް ހިނިއައެވެ.

“ދާން އުޅޭ މިތަނުން . . އެހެން ނޫނަސް ކާކު ހުއްދަ ދިނީ މިގެއަށް ވަންނަން” ޒީކް ތަންކޮޅެއް ބާރަށް ބުނެލިއެވެ.

“މިއީ ޒީކްގެ ގެތަ؟ މިގޭގެ އެހެން ހައްގުވެރިޔެއް ވާކަން ހަނދާން ނައްތާނުލައްޗޭ؟ އަހަރެންނަށްވެސް ކޮންމެވެސް ހައްގެއް އޮވެދާނެއެއްނު” ރުއާން ސީރިއަސް ގޮތް މޫނު މައްޗަށް ގެންނަމުން ބުނެލިއެވެ.

“ވަޓް ޔޫ މީން” ޒީކް ރުއާންއާއި ދިމާއަށް ބަލައިވެސް ނުލައި ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ.

“ނުވިސްނޭ ވަރުގެ އެއްޗެއް ބުނެވިއްޖެތަ؟” ރުއާންވެސް ކޮށްލީ ސުވާލެކެވެ.

“ދެން އެންމެ ރަނގަޅޭ. މިތަނުން ދާން އުޅޭ” ޒީކް ހަރުކަށިކަމާއެކު ބުނެލިއެވެ.

“އަހަރެން މިއައީ މިގެއިން ދާކަށް ނޫނޭ” ރުއާންއަށް ޒީކް ރުޅިއައުމުން މަޖާވިއެވެ. ޒީކްއަށް ހުރެވުނީ ރުއާން ދައްކަމުންދިޔަ އަރަތެއް ކަހަލަ ވާހަކަތައް އެއްވެސް ވަރަކަށް ނުވިސްނިފައެވެ.

“ރުއާން ތިކިޔާ އެއްވެސް އެއްޗެއް ނުވިސްނޭ” ޒީކް ވިސްނުމުގެ ތެރެއަށް ގެއްލިއްޖެއެވެ. ޒީކް ސިއްސައިގެން ދިޔައީ ނަގައިގަތް ދިލައަކުންނެވެ. އޭރު އިނގިލި ކެނޑިފައިވާ ތަނުން ލޭއަންނަމުންދިޔައެވެ. ޒީކްއަކީ ލޭފެނުމުން ހެޔަށް ގޮތްވާ ކުއްޖެއްކަމުން ބޮލަށް ގޮތްވާން ފަށައިފިއެވެ. ޒީކް އެއްޗެއް ނުބުނެ ގިނައިރުވުމުން ރުއާން އިސްއުފުލާ ބަލާލިއިރު ޒީކް އަރިއަޅާލަނީއެވެ. ރުއާންގެ ހުށިޔާރުކަމުން ޒީކް ހިފެހެއްޓުނު ނަމަވެސް ރުއާން ވަނީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފައެވެ. ޒީކްއަށް އެވީ ކީއްކަން ވިސްނައި ގަންނާކަށްވެސް ނޭގުނެވެ. އެވަގުތު ޒީކްގެ އިނގިލިން އަންނަމުންދިޔަ ލޭތައް ރުއާންގެ ލޮލުގައި އަޅައިގަނެއްޖެއެވެ. ޒީކްގެ ހަށިގަނޑު ރުއާންގެ ގައިގާ ލައްކޮށްލަމުން ޖީބުގައި އޮތް ހުދުކުލައިގެ ރުމާ ނަގައި އިނގިލީގައި އައްސާލައިފިއެވެ. އަދި އުފުލާލައިގެން ކޮޓަރިއާއި ދިމާއަށް ހިނގައި ގަނެފިއެވެ. ޖޯލި ކުރިމަތިން ހުރަސް ކޮށްފައި ރުއާން ޒީކް ގޮވައިގެން ދާ މަންޒަރު ފެނުމުން ވީކީއްތޯ އަހަމުން ހަފީޒާއާއި އަލްޔަންވެސް ރުއާންގެ ފަހަތުން އައިސް ކޮޓަރި ތެރެއަށް ވަދެއްޖެއެވެ. އޭރު ރުއާން ޒީކް އެނދުމަތީގައި ބާއްވާލައިފިއެވެ.

“ލޭ ފެނުނީމަ ވީ ގޮތެއް ކަންނޭގެ” ރުއާން ފެންފޮދެއް ޒީކްގެ މޫނުގައި ހާކާލަމުން ބުނެލިއެވެ.

ޒީކް އެޅެމުންދާ ހާލާއި މެދުގައި ރުއާންއަށް އެވަގުތު ވިސްނާލެވުނެވެ. ކިޔެވުމަށްޓަކައިވެސް ކުރަމުންއެދާ ހަނގުރާމަޔާއި ދެތެރޭ ހިޔާލުކޮށްލެވުނެވެ. ބައެއްގެ ނޯކަރަކަށްވެގެން ގޭގައި ކުރަންޖެހޭ މަސްކަތްތައް ކޮށްފައި ކިޔެވުމަށް ވަގުތު ހުސްކުރަނީ ކިހިނެއްކަމާއި މެދު ސުވާލު އުފެދުނެވެ. ނަމަވެސް ޒީކުއަކީ އެންމެ މޮޅު ކުއްޖާއަށް ނުވިޔަސް ޒީކުގެ ނަތީޖާ މޮޅުކަން ރުއާންއަށް ވަނީ ކުރިންވެސް ފާހަގަ ކުރެވިފައެވެ. ރުއާންމެން ގޭގައި ލެޕްޓޮޕް ހިފައިގެން އެސައިމަންޓްތައް ނިންމާއިރު ކޮންޕިއުޓަރ ލެބުގެ ތެރެއިން ޒީކް އެސައިމަންޓްތައް ނިންމުމުގައި ހޭދަކުރާމަންޒަރު ފެނިފައިވެއެވެ. ނަމަވެސް އެފަދަ ވަގުތު ތަކުގައިވެސް ޒީކްއަށް ހާދަ ޖެއްސުމެއް ކުރިއެވެ. ބައެއް ދުވަސްދުވަހު އެތާގައި އިނދެގެން މަސައްކަތް ނުކުރެވޭ ވަރު ކުރެއެވެ.

 

އިޔާން އެނދުމަތީގައި އޮށޯވެލައިގެން އޮތެވެ. މިއަދު ހިނގި ހާދިސާއާއި މެދުގައި ދެރަވެފައެވެ. އެފަދަ ނަޒަރަކުން ދުވަހަކުން އެހެން އަންހެން ކުއްޖަކަށް ބަލާލާކަށް އިޔާން ބޭނުމެއް ނުވެއެވެ. ނަމަވެސް މިއަދު އޭނާއަށް ގޯސްތަކެއް ހެދިއްޖެއެވެ. އިހްތިޔާރުން ބޭރުގައި ހިނގި ކަމެއް ނަމަވެސް އިޔާންއަށް އޭނާގެ އަމިއްލަ ނަފްސް ކުށްވެރި ކުރެވުނެވެ. ޒީކްގެ ނަމުން ގޮވާލެވުނުކަން ނަސީބޭ އިޔާންގެ ހިތަށް އެރިއެވެ. އެހެން ނޫންނަމަ އަމިއްލަ ނަފްސަށް ދުވަހަކުވެސް މައާފު ނުކުރެވޭ ވަރުގެ ކުށެއް ކުރެވުނީސްކަން ޔަގީނެވެ. އިޔާންއަސް ނުވިސްނުނީ ޔޫން އޭނާ ހުއްޓުވަން މަސައްކަތް ނުކުރި ސަބަބެވެ. އޭނާގެ ކޮންމެ އެދުމަކަށް ކިޔަމަންތެރި ކަމާއެކު ބޯލަނބަމުން ދިޔަ ދިޔުމެވެ. ފޯން ވައިބްރޭޓް ވާން ފެށުމާއެކު ފޯނު ހިފައިގެން އިޔާން ހިނގައިގަތީ ބޭރަށް ދާށެވެ. ކޮންމެވެސް މުހިއްމު ކަމެއް ޖެހުނީ ކަމަށްވެސް ވެދާނެއެވެ.

 

ރޭގަނޑު ނިދުމުގެ ވަގުތު ޖެހެންވާއިރަށް ޒީކް ހަމައަކަށް އެޅިއްޖެއެވެ. މާމަގެ ބިއްދަށުގައި އޮށޯވެލައިގެން އޮވެގެން ވިސްނަމުން ދިޔައީ ރުއާންއާއި ދޭތެރޭގައެވެ. އޭނާގެ ހިތުތެރޭގައި ގިނަވެފައިވާ ސުވާލުތަކުގެ ޖަވާބު ޒީކް ބޭނުންވެއެވެ. އެންމެ ފަހުން ޒީކްއަށް ނޯވެވިގެން މާމައާއި ވާހަކަ ދައްކަން ފަށައިފިއެވެ.

“މާމާ އަހަރެން ވާހަކަ އެއް އަހާލަންތަ؟” ޒީކް ތެދުވެ ދެފައި ވައްކޮށްލައިގެން އިށީނެވެ.

“އަހާބަލަ” ހަފީޒާ ބުނެލިއެވެ.

“ބޭބެއަށް ކިޔަނީ ކޮން ނަމެއްތަ؟” ޒީކް އަވަސް އަވަހަށް އަހާލިއެވެ.

“މިރޭ އަނެއްކާ ކިހެއްނެތްވީ؟” ހަފީޒާ ރުއާންގެ ނަން ބުނަން ބޭނުން ނުވުމުން ބުނެލިއެވެ.

“މާމާ ބުނެބަލަ” ޒީކް ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ޒީކް ކުރަމުންދިޔަ ސުވާލުތަކަށް ހަފީޒާ އެއްވެސް ޖަވާބެއް ނުދީ އޮތީއެވެ.

“ރުއާން އެއީ ކާކު؟” ޒީކް މާމަގެ މޫނަށް ބަލަން އިނދެ ބުނެލިއެވެ.

“އަވަހަށް ނިދާ މާދަމާ ހޭލަންވެސް ޖެހޭނެއެއްނު” ހަފީޒާ ދެލޯ މަރާލަމުން ބުނެލިއެވެ.

“މާމާ ކީއްވެތަ އަހަރެންގެ ބޭބެ އަހަރެންނާއި ދުރުކުރަން ތިއުޅެނީ” ޒީކް އަޑުގައިވީ ހިތްހަމަނުޖެހުމެވެ.

“އެއީތަ އަހަރެންގެ ބޭބެ؟” މާމަ ވާހަކަ ދައްކަން ބޭނުން ނުވުމުން ޒީކްއަށް އެއްޗެއް ވިސްނުނީ ކަންނޭގެއެވެ.

“ބުނެބަލަ” ހަފީޒާ ޖަވާބެއް ނުދިނުމުން ޒީކް ތަންކޮޅެއް ބާރަށް ބުނެލިއެވެ. ހަފީޒާ ބޯޖަހާލިއެވެ. އާއެކޭ ބުނާ ފަދައަކުންނެވެ. ޒީކް ގޮތް ދޫނުކުރާނެކަން އެނގޭތީއެވެ. ޒީކްގެ ހީވީ ރަނގަޅަށޭ އޭނާގެ ހިތަށް އެރިއެވެ. ޒީކްއަށް ނުވިސްނުނީ ބޭބެއަކަށް ވެހުރެ ޒީކްއާއި ދޭތެރޭ އެގޮތަށް ކަންތައް ކުރި ސަބަބެވެ. އެއީ މައްސަލައަކަށް ހަދާކަށް ޒީކް ބޭނުމެއް ނޫނެވެ. އެތައް ދުވަހަކަށްފަހު ބޭބެއެއް ހުންނަކަން އެނގި މިއޮއް ހުރިހާ ދުވަހު މި އުޅެވުނީ ބޭބެއާއި ކައިރީގައި ކަމަށްވުމުން ހިތަށް ލިބުނީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެކެވެ. ބޭބެ ކޮންމެ ގޮތަކަށް ކަންތައް ކޮށްފައިވީ ނަމަވެސް ޒީކްގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ. ޒީކް އެކަންތައް މައްސަލައަކަށް ހަދައިފިނަމަ ބޭބެއާއި ދޭތެރޭގައި މާމަ ހިތްހަމަނުޖެހުމަކީވެސް އެކަށީގެންވާކަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

ޝީން(އައްވަނަ ބައި)

Next

ލޯތްބެއްނެތް ގުޅުން (15 ވަނަ ބައި)

Next
March 3, 2018

ލޯތްބެއްނެތް ގުޅުން (15 ވަނަ ބައި)

Previews
March 3, 2018

ޝީން(އައްވަނަ ބައި)

31 Comments!

  1. riya says:
    March 3, 2018 at 2:40 pm

    vaahaka genes dhinun lasvi kamahtakai hurihaa kiyuntheringe kibain varah bodah maafah edhen, alhuganduge computarah dhimaavi mahsala hahlukurevunu enme avahakah aa baeh mi genes dhinee, dhen konme dhuvahakuves aabaeh genes dhinumah masah kaikuraanan, In sha Allah. Hurihaa kiyuntherin ves vaahaka kiyaalafai comment kohla dhinun edhen, so that i can improve… mi vaahaka ah kehtherikamaa eku inthizaaru kureethy shukuriyya 🙂 🙂 🙂

  2. Shaima says:
    March 3, 2018 at 2:54 pm

    Finally. Wow it’s beautiful

    1. riya says:
      March 3, 2018 at 10:50 pm

      Thank u shaima, happy to see a comment like this, 🙂

  3. Swety says:
    March 3, 2018 at 3:04 pm

    Wow nice ingey. ..Mifadha vaahaka kiyalan libeythee ve v v happy ingey❤❤❤❤❤❤❤❤❤❤❤

    1. riya says:
      March 3, 2018 at 10:57 pm

      Thank u swety. very happy yo see a comment like this, pls do commenting for upcoming parts

  4. Pinky says:
    March 3, 2018 at 3:06 pm

    Kondhuvaheh asluvesbalabala huhnathaa v v v nice
    Ekum haadha kurey

    1. riya says:
      March 4, 2018 at 5:14 pm

      sorry for the delay ، Thank u pinky 🙂

  5. Shann says:
    March 3, 2018 at 3:08 pm

    Alhey miyoh rythi story haadha dhuvaheh kohlaafaey anehka kiyaalan mi libuny

    1. riya says:
      March 3, 2018 at 10:59 pm

      Thank u shann, yeah its been a long time time, without publishing a new part, i do appologise for that

  6. Humey says:
    March 3, 2018 at 3:18 pm

    Oh v rythi mibaives ????

    1. riya says:
      March 4, 2018 at 5:14 pm

      Thank u 🙂

  7. Icy says:
    March 3, 2018 at 3:29 pm

    Thank you Riya
    vrh vrh reethi
    vrh inthizaaru koffin

    1. riya says:
      March 3, 2018 at 10:59 pm

      Thank u icy, sorry for the delay

  8. Aki says:
    March 3, 2018 at 5:44 pm

    varah furihama ekamu thankolhe kuree mi part

    1. riya says:
      March 3, 2018 at 11:00 pm

      Thank u aki, will work on that

  9. starme says:
    March 3, 2018 at 6:24 pm

    Reethi. Ekamu maa bodahves kuru?

    1. riya says:
      March 3, 2018 at 11:01 pm

      Thank u starme will worl on that

  10. N@-B says:
    March 3, 2018 at 6:29 pm

    Me varah kiyaahiyvaa vaahaka eh varah reethi mi vaahaka n varah inthizaaru ves kohfin mivaahaka ah .. varah ufaavehje up kohlyma …????

    1. riya says:
      March 3, 2018 at 11:02 pm

      Thank u،
      sorry for the delay

  11. Xxxx says:
    March 3, 2018 at 8:32 pm

    Thankx ?dear.

    1. riya says:
      March 3, 2018 at 11:03 pm

      Thank u

  12. Pinky shifoo says:
    March 3, 2018 at 9:38 pm

    Hello riya ???… Finally story up v dhw ???… V v inthizaaru kohfin mi vaahaka kiyaalan libeyne vaguthakah ???… Mi part vx v reethi ❤️?❤️… Waiting for next part….

    1. riya says:
      March 4, 2018 at 5:15 pm

      Thank u pinky shifoo 🙂 dhen las nukoh up kuraanan in sha allah

  13. ސިއްތި says:
    March 3, 2018 at 10:38 pm

    Good luck riya. V inthixar kuruvaifin dhw

    1. riya says:
      March 3, 2018 at 11:03 pm

      sorry for the delay Thank u

  14. Vaadhiya says:
    March 4, 2018 at 6:19 am

    Riyage Story v interesting ..

    Delay vumakee massalaeh noon …ekamaku baeh writers ah vaagothakee vaahaka update kuramun aissa kulliyakah evves habareh nuve readers ah dhigu inthizaaru kuruvan jessun ..v foohivaa kameh …

    1. riya says:
      March 4, 2018 at 5:17 pm

      Thank u vaadhiya 🙂 dhen las nukoh up kuraanan in sha allah,

  15. Blue beauty says:
    March 4, 2018 at 7:39 pm

    Riya…haadha dhuvaskolaafa dhw mifenunee… finally story vvv reethi… keep it up ??????

    1. riya says:
      March 9, 2018 at 10:26 pm

      Thank u 🙂

  16. Faruhan says:
    March 4, 2018 at 10:00 pm

    Wow it is amazing seriously I love this story when will the next episode of this story again

    1. riya says:
      March 9, 2018 at 10:27 pm

      Thank u 🙂

Comments are closed.

Next Episodeކުރިން އެނގުނުނަމަ (ހަތާވީސްވަނަ ބައި)←


All Right Reserved!