Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު (3)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
March 3, 2018 5 Mins Read
27 Comments

ދެލޯމަރައިލުމާއެކު އަނެއްކާވެސް އެޚިޔާލުތައް އޭނާއަށް އުނދަގޫކުރަން ފެށިއެވެ. ކިހައިދެރަކަމެއް ހެއްޔެވެ؟ ވިސްނަން ބޭނުން ނުވިއަސް ހަމަ ވިސްނެނީއެވެ. ތެދުވެ އިނށީދެލަމުން ލިވްޔާ ޓީވީ ހުޅުވައިލީ އެޚިޔާލުތަކުން ހިނދުކޮޅަކަށް ނަމަވެސް ދުރުވެވޭތޯއެވެ. ނަސީބަކުން މިފަހަރު އެއްވެސް އުނދަގުލެއްނެތި އެބޭކާރު ޚިޔާލުތައް އޭނާގެ ސިކުނޑިން ނެރެ އެއްލައިލެވުނެވެ. ހިތްހަަމަޖެހިފައި ޓީވީއިން ދައްކަމުންދިޔަ ސީރީޒްއަށް ގެއްލިފައި ލިވްޔާ އިނެވެ.

** ** **

އެނދުގައި އޮށޯވެލައިގެން އޮތް ޔާނިކް ވަނީ ފުންޚިޔާލަކަށް ގެއްލިފައެވެ. މަލްހާގެ ހަނދާންތަކުން އެހިތަށް އުނދަގޫކުރަމުން ދިޔައީ ކީއްވެކަމެއް އެއްގޮތަކަށްވެސް ޔާނިކްއަކަށް ނުވިސްނުނެވެ.

މަލްހާ ނޫނަސް ރީތި ކިތަންމެ އަންހެންކުއްޖަކު އޭނާގެ ދިރިއުޅުމުގައި ފެނިފައިވެއެވެ. އެހެނަސް އެހުރިހައި ކުދިންނާއި މަލްހާ ތަފާތުވާންވީ ސަބަބެއް ޔާނިކްއަކަށް ނޭނގުނެވެ.

އިރުކޮޅަކު ވިސްނަން އޮތުމަށްފަހު އަތުން ނިތްކުރީގައި ފިރުމައިލެވުނީ ބޮލަށް ބާރުކުރާހެން ހީވުމުންނެވެ. ދެލޯމަރިއިލާއިރަށްވެސް ފެންނަނީ އެރީތި ސޫރައެވެ. އަބަދު މިއުޒިކެއްފަދަ އެއަޑު އިވޭހެން ހީވަނީއެވެ. ޔާނިކްއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ. ހަޔާތުގައި އޭނާއަށް ކަމުދާ ކުއްޖަކާ މިދިމާވީ އަދި ކިރިޔާއެވެ. އެހެނަސް އެފަދަ ކަމަކާ ކުރިމަތިލާކަށް ޔާނިކް އަދި ބޭނުމެއް ނުވެއެވެ. ނޫނީ އަދި އެފަދަ ގުޅުމަކަށް ތައްޔާރުނުވަނީ ކަންނޭނގެއެވެ.

ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލުމަށްފަހު އޭނާގެ ކޮއްކޮ އީނާލް ދޮރުހުޅުވައިލިއެވެ. ކުޑަކޮށް ތެދުވެ ބަލައިލަމުން ޔާނިކް ހިނިތުންވެލިއެވެ. “އައްސަލާމް ޢަލައިކުމް ދޮންބޭ. މަންމަ ބުނުއްވައިގެން ކާން ބަލައި މިއައީ.” ދޮރުމަތީ މަޑުކޮށްލައިގެންހުރި އީނާލް ފުޅާ ހިނިތުންވުމަކާއެކު ބުނެލިއެވެ. “ވަޢަލައިކުމް ސަލާމް. ހޫމް. ދޮންބެ މިދަނީ އިރުކޮޅަކުން.” ތެދުވެ އެނދުގެ ފަޑީގައި ލެނގިލަމުން ޔާނިކް ބުނެލިއެވެ. “ކަމެއްވީތަ؟ ދޮންބެ ކަމަކާ ވިސްނަނީތަ؟” ޔާނިކް އިންގޮތްފެނި ކަންބޮޑުވެފައި އީނާލް އަހައިލިއެވެ. ވަގުތުން ހިނިތުންވެލަމުން ޔާނިކް ދެފަރާތަށް ބޯހޫރުވައިލިއެވެ. އެއާއެކު ބޯޖަހައިލަމުން އަވަހަށް އަންނާށޭ ބުނެފައި އީނާލް ދޮރުޖަހައިލުމަށްފަހު ދިޔައެވެ. ފުންނޭވާއެއް ދޫކޮށްލަމުން ޔާނިކް ހަމަޖެހިލިއެވެ. އޭނާގެ ހިތުގެ ހާލު މިހައި އަވަހަށް އެހެން މީހަކަށް އެނގޭކަން ޔާނިކް ބޭނުމެއް ނުވެއެވެ.

މޭޒުމަތީގައި އަތުރައިލައިފައިހުރި ކާތަކެއްޗަށް ފާއިޒާ ބަލައިލީ ހިތްހަަމަޖެހުމުގެ ނަޒަރަކުންނެވެ. ހުރިހައިކަމެއްވެސް އެންމެ ފުރިހަމަކަން ޔަގީން ވުމާއެކު އަމިއްލައަށް ހިނިތުންވެލަމުން އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތީ ލޯބިވާ ފިރިމީހާ ލުތުފީއަށް ކާން ގޮވުމަށެވެ. ނަމަވެސް ކާކޮޓަރިން ބޭރަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު ޔާނިކްއާ ވާހަކަ ދަައްކަމުން އެދިމާއަށް އައި ލުތުފީ ފެނިފައި ފާއިޒާ މަޑުޖެހިލިއެވެ. އެމީހުންގެ ފަހަތުން އީނާލްވެސް މަޑު ހިނގުމެއްގައި އައެވެ.

ހުރިހައި އެންމެން މޭޒުދޮށުގައި އިނށީދެ ހަމަޖެހިލުމަށްފަހު ބިސްމީގެ ބަރަކާތުން ކެއުމަށް އިންސާފުކުރަން ފެށިއެވެ. އެއީ އަބަދުވެސް އެކުޑަކުޑަ އާއިލާގެ އާދައެކެވެ. ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް އެންމެން ކާނީ އެކުގައެވެ.

މޭޒުދޮށުގައި ކެއުމަށް އިންސާފުކުރަމުން ދިޔައިރު އެކިއެކި މައުޟޫއަށް ވާހަކަ ދެކެވެމުން ދިޔައެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ހިނިތުންވުމެެއް ފާޅުވަމުން ދިޔައިރު އެކުޑަ އާއިލާގެ މެދުގައި އޮންނަ ލޯތްބާއި އޯގާތެރިކަން ބަލާލި ކޮންމެ މީހަކަށްވެސް ފާހަގަވާނެކަން ޔަގީނެވެ.

“ދަރިފުޅާ ޔާނިކް. ދަރިފުޅު ދިރިއުޅުމެއް ފަށާކަށް ނުވިސްނަންތަ؟” އަނގައަށްލީ ބަތް ސުވާ ދިރުވައިލަމުން ޔާނިކްގެ މޫނަށް ބަލައިލުމަށްފަހު ލުތުފީ އަހައިލިއެވެ. އެއާއެކު ޔާނިކް ހުއްޓުން އެރިއެވެ. ދެލޯކުރިމަތިން މަލްހާގެ ސޫރަ ސިފަވެގެން ދިޔައެވެ. ޔާނިކްއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ.

“އަދި ދިރިއުޅުމެއް ނުފެށިގެން ލަސްވެގެން އުޅޭކަށް ނުވެއެއްނޫންތޯ ބައްޕާ.” ހަމަޖެހިލަން މަސައްކަތް ކުރަމުން ޔާނިކް ޖަވާބުގައި ބުނެލިއެވެ. “ތެދެއް ބައްޕާ. ދޮންބެ ބޭނުންވަނީ މުސްކުޅިވެ މުޅި ބޮލުގަ ނުރަޖެހީމައޯ މީހަކާ އިންނަން. އެހެންމަ އަދި އަވަހެއްނު ދޯ.” ޔާނިކްއާ ދިމާއަށް އެއްލޯ މަރައިލަމުން ހެވިފައި އީނާލް ޔާނިކްއާ ދިމާކޮށްލިއެވެ. އީނާލްގެ ވާހަކައަށް ފާއިޒާ އާއި ލުތުފީވެސް ހިނިތުންވެލިއެވެ. އެއާއެކު ޔާނިކް އީނާލް އާއި ދިމާއަށް ލޯއަޅައިލިއެވެ. “ހެހެ. އެތެދެއްތަ ދަރިފުޅާ.” ލުތުފީވެސް އީނާލްގެ ސަމާސާގައި ބައިވެރިވެލިއެވެ. މިފަހަރު ޔާނިކްއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ހިނިތުންވެލަމުން ދެފަރާތަށް ބޯހޫރުވައިލީއެވެ.

“މިހާރު އުމުރުން 26 އަހަރުވީ. އަދިވެސް ދަރިފުޅަށް ކަމުދާ ކަހަލަ ކުއްޖަކާ ދިމާނުވަނީތަ؟” ސީރިއަސްވެލަމުން ލުތުފީ އަނެއްކާވެސް އަހައިލިއެވެ. އަނެއްކާވެސް ޔާނިކްގެ ދެލޯކުރިމަތީގައި މަލްހާގެ ސޫރަ ސިފަވެގެން ދިޔައެވެ. ކިހައިދެރަކަމެއް ހެއްޔެވެ؟ ބޭނުން ނޫނަސް އެނޫން ސޫރައެއް ހިތަކަށް ނާދެއެވެ.

“އަޅުގަނޑު އަދި ވަގުތު ބޭނުން.” އިރުކޮޅަކު ވިސްނައިލުމަށްފަހު ޔާނިކް ބުނެލިއެވެ. ލުތުފީވެސް ބޯޖަހައިލަމުން އެކަމަށް އެއްބަސްވެލިއެވެ. އޭނާއަކީ އެއްއިރެއްގައިވެސް އޭނާގެ ދަރިންނަށް ކަންކަމުގައި މަޖުބޫރުކުރި މީހެއްނޫނެވެ.

** ** **

އޮފީހަށް ވަދެގެންދިޔަ މަލްހާ ނޫރާއަށް ހިނިތުންވެލަމުން ގޮސް ޔާނިކްގެ ކެބިންއަަށްވަނީ އާދައިގެމަތިން ޔާނިކް އައުމުގެ ކުރިން މޭޒުމަތި ތަރުތީބުކޮށްލުމުގެ ނިޔަތުގައެވެ. މޭޒުމަތީގައިހުރި ފައިލްތައް ތަރުތީބުން އަތުރައިލުމަށްފަހު އެންމެ ފަހު ފަހަރަށް ކެބިންތެރެއަށް ނަޒަރު ހިންގައިލަމުން މަލްހާ އެތަނުން ނުކުގެ އޭނާގެ ކެބިންއަށް ވަނެވެ. ޔާނިކް އަންނަން އަދި ވަގުތުކޮޅެއް ހުރުމުން އޭނާގެ ގޮނޑީގައި ހަމަޖެހިލުމަށްފަހު ރާއިދްއަށް މެސެޖް ކޮށްލިއެވެ. ރާއިދްގެ ޖަވާބު ލިބުމުން ހިތްހަމަޖެހިފައިހުރެ ގަޑިއަށް ބަލައިލަމުން މަލްހާ އޭނާގެ ކެބިންއިން ނުކުތެވެ. އެވަގުތު ކުރިމަތީގައި ހުރި ޔާނިކްގެ ކެބިންގެ ދޮރުޖެހުނުތަން ފެނުމުން ޔާނިކް އޮފީހަށް އައީކަން މަލްހާއަށް އިނގުނެވެ.

ދޮރުގައި ޓަކި ޖަހައިލަމުން ތަބަކެއްގައި ކޮފީ ޖޯޑަކާއި ފެންތައްޓެއް ހިފައިގެން އައިސް މަލްހާ ޔާނިކްގެ މޭޒު ކުރިމަތީގައި މަޑުކޮށްލިއެވެ. ތަބަށް މޭޒުމަތީގައި ބެހެއްޓުމަށްފަހު ކޮފީ ޖޯޑާއި ފެންތަށި ޔާނިކްއާ ގާތްކޮށްލަމުން އެމޫނަށް ބަލައިލުމަށްފަހު މަލްހާ ހިނިތުންވެލި ނަމަވެސް އާދައިގެމަތިން އިސްޖަހައިގެން އިން ޔާނިކް ފެނިފައި އޭނާގެ ހިނިތުންވުން ފަނޑުވެގެންދިޔައެވެ.

“ޝުކުރިއްޔާ.” ޔާނިކް ދިނީ ހަމަ އެހެން ދުވަސްދުވަހުވެސް ދޭ ޖަވާބެވެ. ބޯޖަހައިލަމުން އެތަނުން ނުކުތުމަށް ހިނގައިގަތް މަލްހާ ހުއްޓުނީ ޔާނިކް ވާހަކަ ދައްކަން ފެށުމުންނެެވެ. “މާދަމާ އޮންނަ މީޓިންގްއަށް ހުރިހައި އެންމެނަށް ދައުވަތު ދީ ނިމިއްޖެތަ؟” އަތުގައި އޮތް ފައިލަށް ބަލަމުން ޔާނިކް މަޑުމައިތިރި ރާގަކަށް އަހައިލިއެވެ. “ލައްބަ.” އަދަބުވެރިކަމާއެކު ޖަވާބު ދިނުމަށްފަހު މަލްހާ އެތަނުން ނުކުމެގެން ދިޔައެވެ.

އެހުރިހައިއިރު ނުތަނަވަސްވެފައިއިން ޔާނިކްއަށް ހަމަޖެހުމުގެ ނޭވައެއްލެވުނީ މަލްހާ އެތަނުން ދިއުމުންނެވެ. ފައިލް މޭޒުމަތީގައި ބާވައިލަމުން ކުރިމަތީގައި އާވި އަރައަރައި ހުރި ކޮފީ ޖޯޑުން އެތިފޮދެއް ބޯލިއެވެ.

އިރުކޮޅަކު ވިސްނަން އިނުމަށްފަހު ޔާނިކް އިންތަނުން ތެދުވެ ކެބިންގެ އެއްފަރާތުގައި ބަހައްޓައިފައިހުރި ކަބަޑާއި ދިމާއަށް ހިނގައިގަތެވެ. އެތަނުން ފައިލްތައް ހޯދަމުންގޮސް އޭނާ ބޭނުންވާ ފައިލް ފެނުމުން ހިނިތުންވެލަމުން އެފައިލް ހިފައިގެން އައިސް ގޮނޑީގައި އިނށީދެ ހަމަޖެހިލިއެވެ.

“އައިމިނަތު މަލްހާ ސަލީމް” ވައިއަޑުން ފައިލް ހުޅުވައިލަމުން ޔާނިކް ކިޔައިލިއެވެ. ހަމައެކަނި އެނަން އަޑުއިވުނަސް އެހިތުގެ ވިންދު އަވަސްވެގެން ދާގޮތުން ޔާނިކް ހައިރާންވެއެވެ. އެއްއަރިއަކަށް ހެވިފައިއިނދެ މަލްހާގެ އެކި މައުލޫމާތުތައް ކިޔަމުންދިޔަ ޔާނިކްގެ ދެލޯބޮޑުވެގެން ދިޔައީ ފައިލްގައި ލިޔެފައިއިން އެއްޗެއް ފެނިފައެވެ. “މެރީޑް.” ހުއްޓުންއަރައިފައި ފައިލާއި ދިމާއަށް ބަލަހައްޓައިގެން އިނުންނޫންކަމެއް ޔާނިކް އަކަށް ނުކުރެވުނެވެ. މުޅިއުމުރުގައިވެސް އޭނާގެ ހިތާއި ހަމައަށް ވާސިލް ވެވޭފަދަ އަންހެންކުއްޖަކަށް ދިމާވީ މަލްހާއާއި އެކަަންޏެވެ. އެހެނަސް.. އާހް.. އޭނާގެ ހައްގަކަށް ވުމުގެ ކުރީގައި މަލްހާ އެވަނީ އެހެންމީހެއްގެ ހައްގަކަށްވެ ނިމިފައެވެ. މިވީ ކިހިނެއްހެއްޔެވެ؟

ދެލޯމަރައިލަމުން ޔާނިކްއަށް ފައިލް ލައްޕައިލެވުނެވެ. ގޮނޑީގައި ލެނގިލަމުން އިސްތަށިގަނޑުގައި އަތްހިންގައިލި ޔާނިކްގެ އެސްފިޔަތައް ތުރުތުރުއަޅަމުން ދިޔައެވެ. ހިތަށްވެސް އަރުވައިފައިނުވާފަދަ ގޮތަކަށް ކަންތައްވުމުން އޭނާގެ ހިތަށް އެކަން ގަބޫލުކުރަން އުނދަގޫވަމުންދިޔައެވެ. ކީއްވެހެއްޔެވެ؟ އެހެންމީހެއްގެ ހައްގަކަށް ވީއިރު އޭނާއަށް މަލްހާ ކަމުދިޔައީ ކީއްވެހެއްޔެވެ؟ ނޫނެކެވެ. އޭނާ ޖެހޭނީ މަލްހާ މަތިން ހަނދާން ނައްތައިލާށެވެ. އެހެންމީހެއްގެ އަންބަކާއި މެދުގައި އެގޮތަށް ވިސްނުމަކީވެސް ގޯހެކެވެ. އެހެނަސް.. އާހް. އޭނާގެ ހިތަށް އެކަން ވިސްނައިދޭނީ ކިހިނެއްހެއްޔެވެ؟ ޔާނިކްއަށް ހިންދިރުވައިލެވުނެވެ. މިއަދު މިކަމަށް ކެތްތެރިވުން ނޫންހެންގޮތެއް އޭނާއަކަށް ނެތެވެ. ފާޅުވެގެންދިޔަ ހިތި ހަގީގަތާ އޭނާ ޖެހޭނީ ކުރިމަތިލާށެވެ.

ފައިލް ލައްޕައިލުމަށްފަހު ޔާނިކް އެފައިލް ގެންގޮސް ކަބަޑްތެރެއަށްލިއެވެ. އަދި ފުންނޭވައެއްލަމުން މަޑު ހިނގުމެއްގައިގޮސް އޭނާގެ އިސްކޮޅުވަރުގެ ދިގު ކުޑަދޮރު ކައިރީގައި މަޑުކޮށްލިއެވެ. ލައިގެންހުރި ފަޓުލޫނުގެ ޖީބަށް އަތްޖަހައިލަމުން ބޭރުން ފެންނަމުންދިޔަ މަންޒަރުތަކުން ހިތަށް ހަމަޖެހުމަށްލިބޭތޯ މަސައްކަތްކުރި ނަމަވެސް ޔާނިކްއަަކަށް އެކަމެއްނުވިއެވެ. ހިތުގައި އަޅަމުންދިޔަ ވޭނަށް ކެތްނުކުރެވޭނެހެން ހީވުމުން ދެލޯ މަރައިލަމުން އޭނާގެ ހިތަށް ސާބިތުކަން ދެއްވުންއެދި ޔާނިކް ދުޢާކޮށްލިއެވެ. މިއީވެސް އިމްތިހާނެއްކަމަށް ބަލައި މިކަމަށްވެސް ކެތްތެރިވާން އޭނާ ބޭނުންވެއެވެ.

ގެއަށް ވަދެގެންދިޔަ ޔާނިކްގެ މޫޑުވަނީ އެއްކޮށް ޚަރާބުވެފައެވެ. ދެލޯ މަރައިލިއަސް ކުރިމަތިން ސިފަވަމުންދަނީ ފައިލްގައި މަލްހާ މެރީޑްކަމަށް ލިޔެފައިހުރި ތަންކޮޅެެވެ. ގޮތްހުސްވެފައިވާ މީހަކުފަދައިން ސިޓިން ރޫމް ހުރަސްކޮށް ގޮސް ސިޑިބަރިން މައްޗަށް އަރަމުންދިޔަ ޔާނިކްއަށް އީނާލް ބަލައިލީ ހައިރާންކަމާއެކުއެވެ. އެހެންނާވެއްޖެއްޔާ ޔާނިކްއަކީ އޭނާ ފެނިއްޖެނަމަ ދިމާކޮށްނުލައި ދާމީހެއް ނޫންކަމުން އޭނާގެ ދޮންބެއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އީނާލްއަށް ވިސްނުނެވެ. އެހެނަސް އެވަގުތު ޔާނިކް ހުރި ގޮތް ފެނުމުން ފަހުން އެވާހަކަ ދައްކައިލާނީއޭ ހިތައި އީނާލް އޭނާގެ އަތުގައި އޮތް ވާހަކައަށް ސަމާލުކަން ހުއްޓައިލިއެވެ.

** ** **

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔައެވެ. އެކިމީހުންގެ ދިރިއުޅުމުގައި އެކި ކުލަ ޖައްސަމުންނެވެ. އެއްބަޔަކަށް އުފާވެރިކަން ގެނެސްދެމުން ދިޔައިރު އަނެއްބަޔަކަށް ހިތާމަތަކާއި އިމްތިޙާނުތަކާ ކުރިމަތިވަމުންނެވެ.

މަލްހާ ބަލިވާން ފެށީ ކުއްލިއަކަށެވެ. ދެމީހުންގެ ކައިވެންޏަށް 8 މަސްފާއިތުވެ ގޮސްފައިވީއިރު ރާއިދް މަލްހާއަށް އަޅައިލާ ލޯބިދޭގޮތުން އޭނާ ހުންނަނީ އުފަލުން ފޮޅިފައެވެ. އެހެނަސް ކުއްލިއަކަށް މަލްހާ މާބޮޑަށް ބަލިވާން ފެށުމުން ރާއިދްގެ ހިތް ނުތަނަވަސްވެފައިވިއެވެ.

އޮފީހުގައި އެކި މަސައްކަތުގައި އިން ރާއިދް އިރުއިރުކޮޅާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަނީ ތަނަކަށް ދާން ކެތްމަދުވެފައި އިން މީހަކުފަދައިންނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ޖީބުން ފޯންނަގައި މަލްހާގެ ނަމްބަރަށް ގުޅައިލިއެވެ.

“މަލް. ކީކުރަނީ؟” އެކޮޅުން މަލްހާ ފޯންނެގުމާއެކު ނުތަނަވެސްވެފައިވާ ރާގަކަށް ރާއިދް އަހައިލިއެވެ. “ހޮސްޕިޓަލަށް ދާން ތައްޔާރުވަނީ. ރާދުއަށް އާދެވޭނެދޯ އޭރަށް.” މަލްހާގެ އަޑުގައިވެސް ކޮންމެވެސް ވަރެއްގެ ނުތަވަސްކަމެއް އެކުލެވިފައިވީކަން ރާއިދްއަށް ފާހަގަވިއެވެ. “ހޫމް. އެހައި އިރަށް ގެއަށް ދާނަން ކޮންމެ ގޮތެއް ހަދައިފައި ނަމަވެސް.” ކުޑަކޮށް ހިނިތުންވެލަމުން ރާއިދް ބުނެލިގޮތުން މަލްހާވެސް ހިނިތުންވެލިއެވެ. “އޯކޭ ދެން ބާވަނީ އިނގޭ. ވަރަށް ބިޒީ. އެކަމުވެސް މަލްގެ އަޑުއަހައިނުލާ ކެތްނުވެގެން މިގުޅީ. ބަލައިގެން އުޅެއްޗޭ ދޫނީ. ވަރަށް މިސްވޭ. ލަވް ޔޫ.” ފުންނޭވާއެއްލަމުން އެހެން ބުނެލުމަށްފަހު ރާއިދް ފޯންބޭވިއެވެ. މަލްހާ ގޮވައިގެން ޑޮކްޓަރަށް ދަައްކަންދާންވާއިރަށް ހުރިހައި މަސައްކަތެއް ނިންމައިލުމަށްފަހު ގެއަށް ދާން އޭނާވެސް އިނީ ނުހަނު ބޭނުންވެފައެވެ. އެހެންކަމުން ފޯންބޭއްވުމަށްފަހު ކުރިން ކުރަންއިން މަސައްކަތަށް އެނބުރި ރުޖޫޢަވިއެވެ.

އަވަސްއަރުވައިލަމުން ރާއިދް އޮފީހުން ނުކުމެ ސައިކަލަށް އަރައި ސްޓާރޓް ކޮށްލިއެވެ. ބާރު ދުވެއްޔެއްގައިގޮސް ގެކައިރިއަށް ސައިކަލް މަޑުކޮށްލަމުން އަވަސްހިނގުމެއްގައި ރާއިދް ގެއަށް ވަތްއިރު ސިޓިން ރޫމްގައި ޓީވީ ބަލަން މަލްހާ އިނެވެ. ތައްޔާރުވެގެން އިނުމުން މަލްހާ އެއިނީ އޭނާގެ އިންތިޒާރުގައިކަން ރާއިދްްއަށް އިނގުނެވެ. “ވަރަށް އަވަހަށް ތައްޔާރުވެލައިގެން އަންނާނަން އިނގޭ. މަލް ތިތާ އިނދޭ.” މަލްހާ ހިނިތުންވެލިތަންފެނި ހިނިތުންވެލަމުން ރާއިދް އެހެންބުނެލުމާއެކު މަލްހާ ބޯޖަހައިލިއެވެ.

ކޮޓަރިއާއި ދިމާއަށް ދިޔަ ރާއިދްއަށް ބަލަންހުރި ހީނާވެސް ހިނިތުންވެލިއެވެ. “ރާއިދް ކޮއްކޮދެކެ ވަރަށް ލޯބިވަނީ ދޯ.” މަލްހާއާއި ދިމާއަށް ބަލައިލަމުން ހީނާ ބުނެލިއެވެ. ރަކި ހިނިތުންވުމަކާއެކު މަލްހާ ބޯޖަހައިލިއެވެ. ހީނާއަކީ އެގޭގައި ގެންގުޅޭ ނޯކަރެއް ނަމަވެސް އޭނާ މަލްހާދެެކެ ވަރަށް ލޯބިވެއެވެ. މަލްހާވެސް ދެކެނީ ހީނާއަކީ އޭނާއަށްވުރެ އުމުރުން ދޮށީމީހެއްކަމުން ދައްތައެއްގެ ގޮތުގައެވެ. ރާއިދްއާއި ކައިވެނިކޮށްގެން މަލްހާ އެގެއަށް އައީއްސުރެ ހީނާ މަލްހާއަށް މުޚާތަބުކުރަނީ ކޮއްކޮގެ ނަމުންނެވެ. މަލްހާގެ އުމުރުގެ ކޮއްކޮއެއް އޭނާގެ ހުންނާތީކަމަށްވެސް ވެދާނެއެވެ. މަލްހާވެސް އެކަން އެހައި ބޮޑު ކަމަކަށް ނުހަދަނީ އޭނާގެ ހިތުންވެސް ހީނާއަށް ދައްތައެއްގެ މަގާމް ދެވިފައިވާތީއެވެ.

“ކޮއްކޮ މިހާރު ރަނގަޅުވަނީތަ؟” މޭޒުދޮށުގައި ތަރުކާރީ ކޮށަން ހުރެ ހީނާ އަނެއްކާވެސް އަހައިލިއެވެ. ޖަވާބުގައި މަލްހާ ދެފަރާތަށް ބޯހޫރުވައިލިއެވެ. “ދައްތަ އަށް ހީވާއެއްޗެއް ބުނަންތަ؟” އެއްއަރިއަކަށް ހިނިތުންވެލަމުން ހީނާ އަހައިލުމާއެކު މަލްހާވެސް ހިނިތުންވެލަމުން ބޯޖަހައިލިއެވެ. “ކޮއްކޮ މަންމައަކަށް ވަނީ ކަންނޭނގެ.” ފުޅާ ހިނިތުންވުމަކާއެކު ހީނާ ބުނެލި އެއްޗަކުން މަލްހާގެ ދޮންމޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. މަލްހާއަށް އެކަމާއިމެދުގައި ވިސްނައިނުލެވުނީ ކީއްވެހެއްޔެވެ؟ ފާއިތުވެދިޔަ ހަފްތާއެއްހައި ދުވަސްތެރޭގައި އޭނާއަށް ފެންނަމުންދިޔައީ އެކަމުގެ އަލާމާތްތައް ހެއްޔެވެ؟ އެހެންވެއްޖެނަމަ ހާދަހައި ރަނގަޅެވެ.

“ދެން ހީނާއްތަވެސް ދޯ.” އޭނާގެ މޫނުމައްޗަށް އަރައިފައިބަމުންދިޔަ ކުލަވަރުތަކަށް ބަލަންހުރި ހީނާ ފެނުމުން ލަދުގަނެފައި މަލްހާ ބުނެލިއެވެ. އެއާއެކު ހީނާގެ ލުއި ހުނުމުގެ އަޑު ސިޓިން ރޫމްތެރެއަށް ފެތުރިގެން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ވޭނީ ކަރުނަ-7

Next

ޝީން(އައްވަނަ ބައި)

Next
March 3, 2018

ޝީން(އައްވަނަ ބައި)

Previews
March 3, 2018

ވޭނީ ކަރުނަ-7

27 Comments!

  1. Nau says:
    March 3, 2018 at 6:11 am

    Salaam all.. So here is the third part.. Hope u guys like this part too.. Hehe.. Let me knw the mistakes ingey.. Thanks for the support n love m getting frm u all.. Have a v v nice day.. Ly all my dear readers.. ?❤

    1. Beauty ? says:
      March 3, 2018 at 8:35 am

      Luv u more sissy I found one mistake that is “engeykah” liyan jehey thanuga liyefa aenee “engeykan”

    2. Nau says:
      March 3, 2018 at 11:26 am

      Oww.. Hehe thanks for telling.. ❤

    3. reader says:
      March 3, 2018 at 8:51 am

      Hey Nau. Keehve. Malhaa kokko ge bai nethy?

    4. Nau says:
      March 3, 2018 at 11:27 am

      Livya ge bai bodah annaanee adhi fahun.. Btw thanks dear

  2. mishy says:
    March 3, 2018 at 6:18 am

    Yayyy… mishy 1st dhwh.. vrh reethi mi prt wx as usual… nau ge thiya loabiige haqqugaa e vhk ah fahu nau ge stry akah vrh inthixaar kurevey… nd nw finally… v v v v v v reethi mi prt..ham bst.. curiously waiting for the nxt prt..♥♥♥♥♥♥♥

    1. Nau says:
      March 3, 2018 at 11:25 am

      Thanks alot my dear.. Ya ur first dhw.. Hehe❤

  3. Any says:
    March 3, 2018 at 6:51 am

    V reethi mi part ves nau ge story thah v kiyahihvey ???

    1. Nau says:
      March 3, 2018 at 11:26 am

      Awwn thanks alot dear?

  4. Shann says:
    March 3, 2018 at 9:07 am

    Wow nau mibaives hama furihama… Sifakurun hama ehvana… Story kuriah gendhaa goehves hama v ryhchey buneveyny… Enme fahun ninmi story ekey ehgothah mi story ves hama egothah rythikoh gendhahchey igey nau

    1. Nau says:
      March 3, 2018 at 11:28 am

      In sha allah i will try my best.. Thanks alot my dear.. ❤

  5. EHLEE says:
    March 3, 2018 at 10:51 am

    Wow v reeti.. dhe vaahnee kihineii baah.. when next part??

    1. Nau says:
      March 3, 2018 at 11:29 am

      Thanks dear.. Lets see dhw. Nxt part in sha allah tmrw. ??

  6. Niu says:
    March 3, 2018 at 12:36 pm

    V v reethi
    Thafaathu story eh hen heevey
    Thnx nau
    Waiting for next part
    ?????

    1. Nau says:
      March 4, 2018 at 10:46 am

      Thanks dear.. ❤

  7. Saadhu says:
    March 3, 2018 at 12:51 pm

    Nau….kihinetha.mis u boduko.v dhuvas kolaafa vahakaye kiyaala libuneema v ufaavege.mi vahakaves v reethi.heekuran nimedhen genes dheyne kama.love u?

    1. Nau says:
      March 4, 2018 at 10:47 am

      M grt alhamdhulihlaah.. Hw abt u dear.. Miss u too.. Ya in sha allah.. Thanks dear.. Love u too?

  8. Pinky shifoo says:
    March 3, 2018 at 1:10 pm

    Wonderful ❤️❤️❤️❤️… V v v reethi ????… Curiously waiting for the next part… Keep up the good work Nau ????… Lots of love and take care ????

    1. Nau says:
      March 4, 2018 at 10:47 am

      Thanks my dear.. Love u too n tvgc❤

  9. g... says:
    March 3, 2018 at 3:25 pm

    Thankolheh kuru. Adhives dhugu kolla dheeba. Vedhaane maa kiyaahithun indha nimuneema kamahves. Mi part ves v salhi

    1. Nau says:
      March 4, 2018 at 10:49 am

      Hehe vedhaane dhw.. Aslu 6 varakah parts liyefa innaany. Ehnve ingey.. Dhn liyaa new parts thah lng kohlaanan in sha allah.. Thanks my dear❤

  10. Sham says:
    March 3, 2018 at 3:41 pm

    Nice ingey mi part vx ??? reethi kon dhany story.. I know nau liyaa story eh viyyaa reethi nuve nudhaane ???? when next part???? Good luck ❤️❤️

    1. Nau says:
      March 4, 2018 at 10:49 am

      Awwn thanks dear.. Miulheny up kuran.. Hehe.. ?❤

  11. Sana says:
    March 3, 2018 at 7:13 pm

    Varah varah varah reethi!
    Nau you are best writer!?
    Mi vaahaka up kohdeney daily kohtha?

    1. Nau says:
      March 4, 2018 at 10:50 am

      Awwn thanks dear.. Ya daily koh.. ❤

  12. AN says:
    March 3, 2018 at 9:48 pm

    Varah reethi ❤

    1. Nau says:
      March 4, 2018 at 10:50 am

      Thanks dear❤

Comments are closed.

Next Episodeތަޤްދީރު (4)←


All Right Reserved!