“ހާރޓް ފެއިލިއާރ” ޔުއާން އަށް އަވަސް ނޭވާ ތަކަކާއެކު ބުނެވުނެވެ. އޭރު އޭނަގެ ލޯ ވަނީ ފެން ކަޅިވެގެން ގޮހެވެ. ރީކަލް އަށް ވެސް ޔުއާން އާ ޔަޝްމް ވައްތަރުވެގެން އެވާހަކަ ލާވިޔާ ގާތު ބުންޏެވެ. އެހެންނަމަވެސް ލާވިޔާ ވަކި އެއްޗޭކޭ ނުބުނެއެވެ. މިރޭވެސް މައިލީން ގެ ބަދަލް ގައި ޔުއާން އަށް ރިޕޯޓް ތައް ދައްކަނީ ކީއްވެތޯ އޭނާ ލާވިޔާ ގާތު ސުވާލުއްކޮލިއެވެ.
އެހެންނަމަވެސް ލާވިޔާ ވެރިކޮއްލި ހިނިތުންވުމެކެވެ.
އެހެނެއްކަމަކު ޔުއާން ގެ ފަރާތުން ފެނުނު އަސަރުތަކުން އޭނާ އަށް ވެސް ކަމެއް ޔަގީން ވެގެން ދިޔައެވެ.
“ދެން އެނޫން ޕޮސިބިލިޓީ އެއް ނެތްތަ؟” ޔުއާން އަށް ލާވިޔާ އާ ދިމާލަށް ބަލާލަމުން ބުނެވުނެވެ. ލާވިޔާ އިސްޖަހާލީ ޔުއާން އަށް ދެން އޮތް ހަބަރު ދޭނެ ގޮތެއްނުވިސްނުމުންނެވެ. ޔުއާން އަށް އެކަންތައް އަމިއްލަ ނަފްސްގެ ކޮންޓްރޯލް ގެ ދަށުގައި ބެހެއްޓޭނެބާއޭ އޭނާގެ ހިތަށް އެރިއެވެ.
ކުޑަ ވަގުތު ކޮޅެއްގެ ހިމޭންކަމެއް އެތަނުގައި އޮތުމަށް ފަހު އެ ހިމޭންކަން ފޫއަޅުވާލީ ރީކަލްއެވެ.
“ޑޮކްޓަރ ޔުއާން… ވީ ހޭވް އެނަދާރ ނިޔުސް ޓޫ” ރީކަލް ވެސް ޔުއާން އަށް އަމިއްލަ ނަފްސަށް ބާރު ފޯރުވަން ބުނަމުން ބުނެލިއެވެ.
އޭނާ އަތުގައި އޮތް ފައިލް ވެސް ޔުއާން އަތަށް ދިއްކޮއްލިއެވެ. އެއާއެކު އޭނާ ފައިލް ގެ ބޭރުގައި ލިޔެފައިވާ ލިޔުންކޮލަށް ބަލާލާ ކިޔާލިއެވެ.
“ޓެސްޓް ރިޕޯޓްސް… ލަންގް ފަންގްޝަނިން ޓެސްޓްސް…” ޔުއާންގެ މެއަށް ހޫނު ފެން އެއްޗެއް އަޅާލުމުން ކުރެވޭ ފަދަ އިހްސާސްއެއްކުރެވިގެން ދިޔައެވެ. އޭނާ އަށް އިރުކޮޅަކު އެ ފައިލް އަށް ބަލަހައްޓައިގެން ހުރެވުނެވެ.
އޭނާ އެ ފައިލް ގެ އެތެރޭގައި ވާ އެއްޗެއް ބަލާލުމުގެ ކުރިންވެސް ލާވިޔަ އާއި ރީކަލް ގެ މޫނަށް ބަލާލިއެވެ. އޭނާ ތުރު ތުރު އަޅާ އަތަކުން އެ ހުޅުވާލާ ބަލާލިއެވެ. އޭގައިވަނި ކީކޭކަން އޭނާ އަކަށް ލަފާކޮއްލާކަށް ނޭގުނެވެ. އެހެންނަމަވެސް އޭގައި ވެސް ވާނީ އިތުރަށް އޭނާގެ ހިތް ހަލާކުކޮއްލާނޭ ހަބަރެއްހެން އޭނާ އަށް ހީވީ ލާވިޔާ އާއި ރީކަލް ގެ މޫނުމަތިން ފެނުނު ބުނެދޭން ނޭނގޭ އަސަރު ތަކުގެ ސަބަބުންނެވެ.
ރިޕޯޓް ގެ ފަހަރަކު ގަޑެއް ބަލަމުން އޭނާ ދިޔައެވެ. އޭނާގެ ލޮލުގެ ތެރެއަށް އިތުރު ކަރުނަތަށް ޖަމާވެ އެ ދެލޯ ރަންވަމުން ދިޔައެވެ. އަތަށް މަޑު މަޑު ތުރުތުރެއް ވެރިވެފައިވެއެވެ. ހިތް މޭ ފަޅާލާފައި ނުކުންނާނެހެން އޭނާއަށް ހީވީ އެ ހިތް ތެޅެމުން ދިޔަލެއް ބާރުކަމުންނެވެ.
“ލާވިޔާ އަހަރެންދެ ދަރިފުޅު…” އެ ރިޕޯޓް ބަލާ ނިންމާލާފައި ޔުއާން އަށް ބުނެވުނެވެ. އޭރު އެއަޑު ރަނގަޅަށްވެސް ކުރެހިގެން ދިޔައެވެ. އަޑު ނުނުކުތީ އޭނާގެ ހިތަށް ކޮއްފައިވާ އަސަރުންކަން ދެނެގަންނާކަށް އުނދަގުލެއް ނުވާނެއެވެ. އެހާ ވެސް ހިތް ހަލާކުވާފަދަ އަސަރުތައް އޭނާގެ މުޅި ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލް ތަކުން ވެސް އިނގިގެން ދެއެވެ.
އެއީ ވެސް ޑޮކްޓަރެކެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މި ކަހަލަ އެތައް ހަބަރެއް އެތައް ޕޭޝަންޓަކަށް އޭނާ ދެއެވެ. އެހެންނަމަވެސް މި އަދު އޭނާ އަށް މިކުރެވޭ ފަދަ އިހްސާސް އެއް މީގެ ކުރިން ނުކުރެވެއެވެ. ދަރިފުޅާ ބައްދަލުވިތާ އަދި މިވީ ކުޑަ ވަގުތު ކޮޅެކެވެ. ޔުއާން އަށް ހަމަ ގައިމުވެސް އަދި އެ ދަރިފުޅާ އެކީ ހޭދަ ކުރެވުނީ ވަރަށް މަދު ވަގުތު ކޮޅެކެވެ.
ރިޕޯޓް ގައި ޔަޝްމް ގެ ފުއްޕާމޭ ގެ މަސައްކަތް ކުރަމުން ދަނީ އެންމެ ސާޅީސް ފަސް ޕަސެންޓް ކަމަށް އޮތުމުން ޔުއާން އަށް އޭނގެ ދެލޮލުން އަންނަމުން ދިޔަ ކަރުނަތަކަށް ހުއްޓުމެއްނުގެނެވުނެވެ. އޭނާ ކުއްލިއަކަށް ރިޕޯޓް ތައް އުކާލަމުން ނުކުތުމަށް މިސްރާބުޖެހިއެވެ. އެހެންނަމަވެސް ލާވިޔާ އައިސް ޔުއާން ހުއްޓުވިއެވެ. “ޔުއާން ވެއިޓް ތިހެން ހުރެގެން ތަ ދަނީ” އޭނާ ބުނެލިއެވެ. އެއާއެކު ޔުއާން ފުން ނޭވާއެއްލާ ކަރުނަތަށް ފޮހެލިއެވެ. އަދި ލާވިޔާގެ އަތް ފޮޅުވާލަމުން ނުކުތުމަށް މިސްރާބުޖެހިއެވެ.
އެދިޔަ ބާރު މިނުގއި އޭނާ ދިޔައީ ނުވަވަނަ ފްލޯއަށެވެ. ބާރުބާރަށް ދޮރުހުޅުވާލާފައި އޭނާ ގެ މިސްރާބުހުރީ އޭނަގެ ރޫމް އަށެވެ. ޔުއާން ދިޔަ ގޮތުން މައިލީން އަށް ކޮޅަށް ތެދުވެވުނެވެ. އޭނަ އެ ދިމާލަށް ދާންބޭނުންވިއެވެ. އެއާއެކު ރީކާ ފެނި ހުރިތަކަށް ހުއްޓެވުނެވެ.
“ސޮރީ” ރީކާ މާފަށް އެދުނެވެ. “ފަހުން އާދެބަލަ… ޕްލީޒް” މައިލީން އެހެން ބުނެލުމުން ރީކާ ދެރަވެފައި ހުރެ ނުކުތުމަށް ހިނގައިގަތެވެ. “އަނެއްކާ ރީކާ އެހެން ކުޅިވަރެއް ކުޅެނީއެއްނުންބާ” މައިލީން ހިތަށް އެރިއެވެ. ވާނީވެސް އެހެންތާއެވެ. ރީކާގެ ފަރާތުން އެކަހަލަ އަމަލެއް ނުފެންނާނޭ ބުނާކަށް އޭނާއަކަށް ނޭގޭނެއެވެ.
ރީކާ ނުކުތުމާއެކު މައިލީން ޔުއާން ގެ ރޫމާ ދިމާލަށް މިސްރާބުޖެހިއެވެ. ޓަކި ޖެހުމެއް ނެތި އޭނާ ހުޅުވާލިއެވެ. އެއާއެކު ޔުއާން ގެ އަނގައިން ބޭރުވި މަޑު އާހް ގެ އަޑުން އޭނާގެ ހިތަށް ވެސް ފުން އަސަރުތަކެއް ކުރުވިއެވެ. އޭނާ ގޮސް ޔުއާން ގެ ކޮނޑި ކައިރީގައި ހުއްޓިލަމުން ޔުއާން ގެ ކޮނޑުގައި އަތް ޖައްސާލިއެވެ.
“ޔުއާން” މައިލީން ގޮވާލުމާއެކު ޔުއާން މައިލީން އަށް ބަލާލިއެވެ.
“ލީން” ޔުއާން މައިލީން ގެ ގައިގައި އިން ގޮތަށް އިނދެ ބައްދައިލިއެވެ.
“ކިހިނެތްވީ ޔުއާން” މައިލީން އަށް ބުނެވުނެވެ. އޭނާ ޔުއާން ގެ ބޮލުގައި ފިރުމާލިއެވެ. އަދި ވީ ކީއްތޯ ސުވާލުކުރިއެވެ.
އެވަގުތު ކުއްލިއަކަށް ދޮރު ހުޅޫވުނު އަޑަށް ދެމީހުނަށް ވެސް ދޮރާ ދިމާލަށް ބަލާލެވުނެވެ.
ލާވިޔާ ދޮރު ހުޅުވާލުމާއެކު އޭނާގެ ލޮލުގައި މައިލީން އާއި ޔުއާން އަޅައިގަތެވެ. އޭނާ އަވސްއަވަހަށް އިސްޖާހާލިއެވެ.
“ސޮރީ” އަދި މާފަށް އެދެމުން އަވަސް އަވަހަށް ނުކުތެވެ.
“ޔުއާން” މައިލީން ކަންބޮޑުވީ އެމީހުން ދެމީހުން އެތާ އެގޮތަށް ތިއްބާ ލާވިޔާ އަށް ފެނުމުންނެވެ. އަނެއްކާ ހޮސްޕިޓަލް ގައި އަޑެއް ނުފެތުރޭނޭބާއޭ އޭނާގެ ހިތަށް އެރިއެވެ. އެކަމަކު ލާވިޔާ އާ ދޭތެރޭ ވިސްނާ ވަރަށް ވުރެ ބޮޑަށް އޭނާ ވަނީ ޔުއާން އާ ދޭތެރޭ ކަންބޮޑުވެފައެވެ.
“ޔުއާން… ކިހިނެތްވީ” މައިލީން އޯގާތެރި ކަމާއެކު އަހާލިއެވެ.
“ނޫން ކަމެއް ނުވޭ” ޔުއާން އެއިން ގޮތަށް އިނދެ ބުނެލީ އޭނާއަށް މައިލީން ގާތު އެ ވާހަކަ ދައްކާނޭ ހިތްވަރު ނުލިބުނީމައެވެ.
އޭނާ މައިލިން ގެ ގައިން އަތް ދޫކޮއްލުމަށްފަހު އަތުން މޫނު ފޮހެލިއެވެ.
“ޔުއާން…”
“ޔުއާން…” މައިލީން ދެފަހަރުވެސް ޔުއާން އަށް ގޮވާލީ ޔުއާން އެއްވެސް އެއްޗެކޭ ނުބުނެ މިނިޓް އެއްވަރު ވުމުންނެވެ.
“ލީން… އަހަރެން ނަށް ކުރި ކުށުގެ ޝަޒާ ލިބެން ހުރީ މިހެން ކަންނޭގެ ދޯ” ޔުއާން އެހެން އިނދެފައި ކުއްލިއަކަށް މައިލީން ގެ މޫނަށް ބަލާލަމުން ކޮއްލި ސުވާލު މައިލީން އަށް ފަހުމް ވާ ގޮތެއް ނުވިއެވެ.
“ކީކޭތަ ޔުއާން ތިކިޔަނީ އަހަރެން ޔުއާން އަށް މާފު ކޮއްފީމޭ….” މައިލީން ބުނެލިއެވެ.
“މީހަކު އެއްޗެކޭ ކީތަ” ޔުއާން ދެން މައިލީން އާ ނަޒަރު ވަކިކޮއްލުމާއެކު މައިލީން އަހާލިއެވެ.
އަދި ޔުއާން ގެ މޫނުގައި ހިފާލާ އޭނާ އާ ހަތަރު ކަޅި ހަމަކުރުވިއެވެ.
އޭނާ ޔުއާންގެ މޫނުމަތިން ކަމެއް ދެނެގަންނަން މަސައްކަތް ކުރިއެވެ.
އެކަމަކު އޭނާއަށް އެ މޫނުމަތިން ފެނުނު އަސަރުތައް މާނަ ކުރާނޭ ގޮތެއްނޭގުނެވެ. އެއަށް ވުރެ އެ އަސަރުތައް ފުންވެފައިވިއެވެ.
“ލީން… ޔަޝްމް އަށް ކަމެއް ވިއްޔާ…” ޔުއާން ގެ ޖުމް ލަ މެދު ކަނޑުނީ މައިލީން ގެ އަޑުންނެވެ.
“ޔުއާން… ތި ކަހަލަ ވާހަކަ ނުދައްކަބަލަ” މައިލީން އަށް ތަންކޮޅެއް ބާރަށް އެހެން ބުނެވުނީ އޭނާގެ ހިތަށް ވަތް ބިރުވެރިކަމެއްގެ ސަބަބުންނެވެ. އެކަމަކު ދެވަނަ ފަހަރަށް ޔުއާން އިސްޖެހިގެން ދިޔުމުން އޭނާ އަށް ވެސް މަޑުމަޑުން ސޮރީ އޭ ބުނެވުނެވެ. “އިޓްސް އޯކޭ ލީން” ޔުއާން އެ އިން ގޮތަށް އިނދެ އެހެން ބުނެލި އިރުވެސް އޭނާ ގެ ހިތުތެރޭގައި އުފެދުނު ހާސްކަން މުޅި ހަށިގަނޑު ހިސާރުކޮއްފިއެވެ.
ޔުއާން އަށް ވަމުން ދިޔަ ގޮތް ފެނި މައިލީން ފެންތައްޓެއް އަޅައިގެން އައިސް ޔުއާން އަށް ދިއްކޮއްލިއެވެ. ޔުއާން އޭގައި ހިފިއިރު މައިލީން ގެ އަތުގައި ކުޑަކޮއް އެ އަތް ތިލަ ބީހުނެވެ. އެއާއެކު މައިލީން ގެ މުޅިގައިގައި ކަރަންޓް ޝޮކެއް އުފެދިގެން ދިޔަފަދައެވެ. އެ ފަދަ ކުޑަ ބީހުލުމަކުން ވެސް އޭނާގެ ހަށިގަނޑަށް އެނގުންވެގެން ދިޔައެވެ.
ޔުއާން ފެންތަށި އެއްފަހަރުން ދަމާލާ ފުން ކޮން ނޭވާއެއްލާ ހަމަޖެހިލިއެވެ.
“އިޓްސް އޯކޭ ލީން… އައި އެމް އޯކޭ… ޔޫ ކޭން ގޯ” އިރުކޮޅަކުން ޔުއާން މައިލީން އާ ދިމާލަށް ބަލާލިއިރު އޭނާގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. “އާރ ޔޫ ޝުއަރ” މައިލީން އަހާލީ އެއި ޔުއާން ގެ ނުތަނަވަސްކަން ފޮރުވާލަން ދިން ހިނިތުންވުމަކަށް ވީމައެވެ. އޭނަ ގެ ސުވާލާއެކު ޔުއާން ބޯ ޖަހާލިއެވެ. އަދި ވާހަކަ ދެއްކިއެވެ.
“ޔެސް… އައި އޭމް… ކުޑަކޮއް ހާސްވެފަ ހުރީމަ އެއީ… ލީން މަސައްކަތް ވެސް ކުރަން ޖެހޭނެއެއްނު” ޔުއާން ވާހަކަ ދެއްކިއިރު މީގެ ކުރިން އެ އަޑުގައިވި ހިތާމައެއްނެތެވެ. އިހްސާސްތައް ފޮރުވާލަން ވެސް މޮޅީއެވެ.
މައިލީން ވެސް ހީލާފައި ޔުއާންގެ އަތުގައި ކުޑަކޮއް ހިފާލުމަށްފަހު ދޮރާ ދިމާލަށް ދިޔައެވެ. އޭނާ ދޮރު ހުޅުވާފައި އަދިވެސް އެއްފަހަރު ޔުއާން އާ ދިމާލަށް ބަލާލިއެވެ. ޔުއާން ބޯ ޖަހާލި ތަން ފެނިގެން އޭނާ ހިނިތުނެވެލާފައި ނުކުތެވެ.
މައިލީން ނުކުތުމާއެކީ ޔުއާން ވިސްނަން ފެށީ އެ ހަގީގަތް މައިލީން އަށް ކިޔައިދޭނޭ ގޮތަކާ މެދުގައެވެ. އެހެންނަމަވެސް މައިލީން ގެ ކުރިމައްޗަށް އެ ހަގީގަތް ގެންދެވޭނޭ އެއްވެސް ގޮތެއް ޔުއާން ގެ ސިކުނޑިއަކަށް ނަޔެވެ. އޭނާ އެންމެފަހުން ގޮތް ހުސްވިއެވެ. މޭޒުމަތީގއި ގޮށް މުއްކަވާފައި ޖެހުނެވެ. އެތެރެހަށީގައި އުފެދުނު ޖަޒްބާތުތަށް ކޮންޓްރޯލް ކުރާކަށް އޭނާ އަކަށް ނޭގުނެވެ.
އާރާ” އާއިކް އާރާ އަށް ގޮވާލީ ހިނިތުންވެފައި ވާ މޫނަކާއިގެންނެވެ. “އަޅޭ ދެން އިކް ވެސް އެބަ ދެރަވޭ އިނގޭ… ތިހަ އިމޯޝަނަލް ވަންޏާ ހަމަގައިމުވެސް އިކް އަކަށް ނުގެންގުޅެވޭނެ” އާއިކް އެއްލޯ މަރާލަމުން ދެއަތަށް ހަދާލި ގޮތާއެކު ބުނެލި ވާހަކައިން އާރާ އަށް ހެވުނެވެ.
“ޔެސް ދެޓްސް މައި ގާރލް” އާއިކް ބުނެލިއެވެ. އެއާއެކު އާރާ ބޮޑަށް ހީލިއެވެ. ‘ޑޯންޓް ވޮރީ އާރާ” އާއިކް ބުނެލިއެވެ. އެއާއެކު އާރާ ހީލަމުން އާއެކޭ ބުނެލިއެވެ.
ޑިޔުޓީނިންމާފައި މައިލީން އާއި ޔުއާން ތިރިއަށް ފޭބީ އެއްކޮށެވެ. އެމީހުން ލިފްޓުން ނުކުތް އިރު ލިފްޓް ދޮށުގައި މަޑުކޮއްލައިގެން ހުރި ޒާން ފެނިފައި ޔުއާޏް އަށް ވާހަކަ ދެކެވުނެވެ.
“އަދިވެސް ދޫނުކޮއްލާތަ؟” އެއާއެކު ޒާން ހިނިތުންވުމެއް ދެމުން މިއަދު ދޫކޮއްލާނޭ ބުނެލިއެވެ. ޔުއާން ވެސް ހީލަމުން ބޭބީ ރަނގަޅުހޭ އަހާލިއެވެ. މައިލީން ވެސް ފޯނާކުލެއް ކަމަށް ހަދައިގެން ތަންކޮޅެއް ދުރުގައި މަޑުކޮއްލީ ޒާން އަށް އެދެމީހުންގެ އޮތް ގުޅުން އެނގިދާނެތީއެވެ. މީހުން އެދެމީހުންނާ ބެހޭގޮތުން ވާހަކަ ދައްކާކަށް އޭނާ ނޭދެއެވެ. އެހެންނަމަވެސް މިހާރަކަށް އައިސް ޔުއާން އެފަދަ އެއްވެސް ކަމަކަށް ފަރުވާލެއްނުބަހައްޓައެވެ. ވިސްނަނީ ހަމައެކަނި މައިލީންއެވެ.
ޒާން ފުރަގަސް ދީގެން ހުރި މައިލީން އަށް އިޝާރާތް ކޮއްލަމުން ކާކުހޭ އަހާލުމާއެކު ޔުއާޏން އޭނަގެ ހިތާ ދިމާލުގައި އަތް އަޅާލަމުން ވައި އަޑުން އަހަރެންގެ އޭ ބުނެލިއެވެ. އެއާއެކު ޒާން މައިލީން އަށް ގޮވާލިއެވެ.
“ހޭ” ޒާން ގެ އަޑު އިވުމާއެކު މައިލީން އަށް އެދިމާލަށް ބަލާލެވުނެވެ. “ކޮންގްރެޓްސް” މައިލީން ބަލާލުމާއެކު ޒާން ލާނެއްކަން އެކުލެވިގެންވާ އަޑަކުން ބުނެލިއެވެ. އެވަގުތު ޔުއާން އަށް ވެސް ކުޑަކޮއް ހެވުނެވެ. އޭނާ ހުރީ ނުހޭންކަމަށް ވިޔަސް މައިލީން ގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރުން ހެވުނީއެވެ.
“އޯކޭ ޔުއާން… ދަނީއޭ” އެހެން ބުނެ ޒާން ހިނގައިގަތެވެ. ޔުއާން ވެސް ޒާން ގެ ކޮނޑުގައި ޖަހާލަމުން މައިލީން އާ ދިމާލަށް މިސްރާބުޖެހިއެވެ. “ކީކޭ އެ ބުނީ؟” ޔުއާން އައުމާއެކު ޔުއާން އާ މައިލީން ސުވާލުކޮއްލިއެވެ. އެއާއެކު ޔުއާން މިފަހަރުވެސް މަޑުމަޑު ހުނުމެއް މައިލީން އަށް އިއްވާލިއެވެ. ދެން އޭނާ އެއްލޯ މަރާލަމުން މައިލީން އާ ސަމާސާއެއްކޮއްލިއެވެ. އެތަން ބަލަން ހުރި ލާވިޔާ ހުރީ ހިނިތުންވެލައިގެންނެވެ. އޭނާ ސިހުނީ ފަހަތުން މީހަކު ވާހަކަ ދެއްކި އަޑު އިވުމުންނެވެ.
“ހޭ ލާވިޔާ… ” އޭނާ ފަހަތަށް ބަލާލިއިރުވެސް ހުރީ ހެވިފައެވެ. ރީކަލް ފެނުމުން އެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ރީކަލް ވެސް ލާވިޔާ ބަލަން ހުރި ދިމާލަށް ބަލާލިއެވެ. އެއާއެކު އޭނާ އަށް ވެސް ހިނިތުންވެލެވުނެވެ. އަދި އޭނާ އަށް ހީވި ހީވުމަކީ ތެދެއްދޯ އޭ އަހާލިއެވެ. ރީކަލް ގެ އެ ސުވާލުން ލާވިޔާ މިފަހަރު ބޯ ޖަހާލަމުން ހިނިތުންވެލިއެވެ.
އޭނާ ރީކަލް އާއެކު ވާހަކަ ދައްކަމުން ދެން މިސްރާބުޖެހީ ކެންޓީނާ ދިމާލަށެވެ.
ޔުއާން ޑިއުޓީ ނިންމާ މައިލީން އާއިއެކު ހޮސްޕިޓަލުން ބޭރަށް މިސްރާބުޖެހީ މައިލީން ގެއަށްލައިދޭން ދިއުމަށެވެ. ހޮސްޕިޓަލުން ނިކުމެ ނިކުމެ އޮއްވާ ޔުއާންއަށް ފޯންއެއް އައެވެ. އެއީ ހޮސްޕިޓަލުން އައި ކޯލް އެކެވެ.
“ލީން އެމަޖެންސީއެއް ވެގެންކަންނޭނގެ އެ ގުޅަނީ… އަހަރެން ދާން ޖެހިއްޖެ… ވަރަށް ބޮޑަށް ސޮރީ…” ޔުއާން މައިލީން އާއި ދިމާލައް އެނބުރިފައި ވާހަކަދެއްކިއެވެ. މައިލީން އެއީ މާބޮޑު ކަމެއްނޫނޭ ބުނެ ހިނގައިގަތެވެ.
“ބީ ކެއާފުލް ލީން…” ޔުއާން ތަންކޮޅެއް ބާރަށް މައިލީން ގޮވާލާ އެހެން ބުނެލުމަށްފަހު ހޮސް ޕިޓަލް ތެރެއަށް ހިނގައިގަތެވެ.
ހޭންޑް ބޭގް ތެރެއަށް ފޯން ލާން ވެގެން އެއަށް ނަޒަރުހިއްޓައިލައިގެން ދިޔަ މައިލީން މީހެއް ގައިގައި އަޅައިގަތެވެ. “ސޮރީ….” މައިލީން އަވަސް އަވަހައް އޭނާ އަތުން ވެއްޓުނު ފޯނު ނަގަން ތިރިވަމުން ބުނެލިއެވެ. އޭރު އޭނާއަކަށް އެ މީހާގެ މޫނެއް ނުފެނެއެވެ.
ސޮރީ…. އަސްލު…” މައިލީން އިސް އުފުލާލުމާއިއެކު ފެނުނު މާގެ ސަބަބުން ބަސްހުއްޓުނެވެ. އެމީހާގެ މޫނުމަތިންވެސް ހައިރާން ކަމުގެ އަސަރު ފާޅުވާން އެބަހުއްޓެވެ.
(ނުނިމޭ)
ނޯޓް: މި ވާހަކަ އަކީ ހިޔާލީ ވާހަކައަކަށް ވުުމާއެކު އަސްުލު ކަން ވާ ގޮތަށް ހުރިހާ ކަމެއްނުވެދާނެ އިނގޭ… މިބުނީ މެޑިކަލް ގެ ބައެއް މައުލޫމާތު ހުރެދާނެތީ” ޝުކުރިއްޔާ….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
39 Comments!
Comments are closed.








Assalaam’Alaikum. V kuru dw. Ehemve hin hama eh nujehey. So mirey adhi eh part genesdheynan. In Sha Allah. Haveeru ge kurin up kohladheynamey bunevifa inima mi kohlives. Keep waiting. E part ah. I hope ingey kamudhaanekamah. Lets see. Thanks All. ???
haadha rangalhey.. mirey up kuraairu varah dhigukon up kohla dheebaa pls pls
Thank u hi mi
Mihaaru mireh up kuraane irakah mi inthizaaru kurany ??❤
❤
eagerly waiting for this story…nuves kiyaa mi comment kohlee…ingey reethi vaane kah…
?❤?
Wow Hi Mi mihaaru up kohly dhw… Haadha inthixaareh kurevihjey story up vaane irakah… Ehaaves ehaaves bodah kiyaahiyvefa mihiry… Haadha hiydhathi goeh gothey mivany dhw… ?.. V rythikoh story ninmaalahchey igey Hi Mi… Story kiyamun dhaairu hama hyvany asly manzaru thakeh hen hama… V molhah ebahuri sifakohdhinun genesdhyfa… Story kuriah gendhaagoeh v ves ryhchey buneveyney… Thy hama ehvana… Luv n Miss u…???❤❤???????????????
Alhey v reethi. Masha Allah.. don’t let anything happen to Yashm….please HiMi…❤
Thanks & storty hama habeys
Habeyysss hama…. Ekam4 ga up kuran madu kuri nama… Ithurah type koffa. My opinion ?
Wow bunaanehchin vs neyge ehaa vs reethi
Wow himi just wow …..story varah varah varah varah salhi…ekam yashm ….?? please save yashm….next part avas up koh decche ingey…???? May God bless u and ur work…
Haadha kuray dw?
❤
Vvreethi
Wow v v nice story ❤️❤️❤️❤️
Wow ❤️❤️❤️❤️… Fabulous ???… Mi part vx v v v reethi ????… Hi Mi haadha molhey yuan ge feelings thah genesdhen Maasha Allah ????… V v v furihama ingey ????… U are doing great ????… Miee v v v reethi n v v interesting story eh ????… I really love it ❤️❤️❤️❤️… Keep up the good work Hi Mi ????… Heevanee hama manzarutha fennahen ????… Anehkaa aikal aa baa ilee e dhimaavee??? ????… I think that’s aikal… Heheheh.. Alhey yashoo dhw… Soooooo sad ????…. Haadha emotional ey mi part vx ????… Hama rovey varu vefa ineee ????… Story v v v reethi ingey ????.. Hama superb ????… Kurakas that’s not a problem ??… I really appreciate your hard work ????… Mi varah vx up kohladhinyma v v v v ufaavehje ????… Curiously waiting for the next part… Lots of love Hi Mi ❤️❤️❤️❤️????????????????????????
ވަރަށް ރީތި މި ބައިވެސް Himi ?ޝުކުރިއްޔާ ޔުއާން ހާސްނުވޭ މަށަށް މައިލީންގެ ކިޑނީއެއް ދެންޏާ މަގޭ ހިތް ދީފާނަން ޔަޝްމުއަށް ?
HiMi
V reethi ingey mi bai ves
Haadha inthizareh koffeemey
???
Niu ah fahang vi mistake eh ebain
Laaviyaa dhikkolly hinithuvumekeve
Eyge badhaluga laaviya veei kolly hinithun vumekeve
Mihen jeheema ok hen niu ah heevany
Hinithun vumeh dhikkosheh nulaane dhw
Any ways v furihma
Ekahal kuda mistake eh inas ves
???????
?????????????????????
HiMi avas avas avas…… avahah aneh bai genesdhehchey…. varah salhi mi baives ekamaku…..
hithah thadhuveye eba…. yashoo baby ????yuan???? adhi leen ah en’guneema leen ah vaane varu visnalabala….laavee and reekal dho…..
love this part too. anehkka kaakuba leen dhimaa evi? lets see. please Hi save yashu dnt kill her please.. and last part u mentioned abt yuan suffering alone. y is that? yuan and Leen ehaa dhuvas kohllafa gulhuny so dnt tear them apart <3 waiting for the next part
hey dear. What i mean is will he suffer alone after knwing about yashm?. Or will he let the small happninees ily got after so many years go?. ?
Wow varah nice.. thnks himi up kohdhinithi. Abadhu inthizaaru kureveny mi story ah. Superb????
Haadha haadha haadha reehchey???
*** veri kolly hinithun vumekeve
Thanks niu. In Sha Allah. Change kohlaanan. ?
Yey yeyyyyy story up v yw????????????? wooooooooow himi darlin masha allah mi partves vvvvvv reethi v furihama???????????? alhey yashoo ah dheragotheh nahadhahchey ingey himi vvvvv sad vaane????? ohw vvvv happi himi adhi eh part mirey up kuraanamey bunyma???????????thnx dear?? himi dhooni hiyeh nuvey me hiyaalee vaahaka eh henves heevany aslu vaahaka eh hen vvvvvv reethi me xaange enme favourite vaahaka vvvv reethi thnx himi mihaa rwethi vaahakaeh genesdheythy luv u?????????????????????????❤❤❤❤
Alhey himi. Roavijje. Yashmu salaamatheh nuvaanetha. Kaakubaa leen ah e fenuni. V interesting . mi part vx vvvvvvvvvvvv nice
V nice.. yashoo ragalhu vaanethr
Rovihjje.. Fenkalhi vy iru nuves ingun.. HiMi hama rohvaaly ey thi.. ????v reethi.. Kuruviyas up kohdhey thy v happy ???Alhey yashu baby.. and yoola ge dad ekiyani kn kuhjeh baa????? Aaraa ves ronii. HiMi yashu save kohdhehchey???vv reethi ingey hama.. Enme lobiva writer… ??????????
Oh.. Varah dhera vejje yasham ah vii gothun… Ekam real life ga ves vaanii heenukuraa kan kan dhww… Jeen akah ves ehaa medical kan kameh neyngey.. So i dont care.. HiMi bunaa ehcheh baraabarah get vey eba.. ? story hama obi.. Mirey ge bayah hama inthizaaruga.. Love you HiMi… ? lots of love ❤?
Hi Mi Hi Mi…. Kihineii thi hedhy.. alheyyyy… NO NOOOO… PLZ PLZ SAVE YASHM ❤️??❤️ konme vx gotheh hadhigen yashm save kuraathi… Mihaar genna parts so emotional.. I can’t hold my tears ??? uhhh… Yuaaaan ?? be strong ??? everything will be ok dhw Hi Mi.. Hi Mi ok kohdheyne ? yuaan.. emme rangalhu vaaany hiyvaru kohfa maileen ah hurihaa vaahaka eh kiyaadhiniyyaa… Mi kan sirru kohfiyyaa again she will be upset… Maileen e dhimaa v kaakubaa??!!?? Mirey libeyne dhw ans ?? this story is osm because you are so talented ❤️❤️❤️ Vrh molhu ?? hey adhi Hi Mi ge story eh trailor genes dhinin dhwww??? When e story fashany??? Good luck ?❤️?❤️?❤️ SAVE YASHM Hi MI ??
Alhey ??????? save yashoo hi mi. Plx yashoo ragalhu kuraanan dhw. Seriously vvv dheravey. And himi…… U’r great, fabulous,super, and neyge dhen bunaane ehcheh. Just ?????????????????????????????????????????????????
Vvvvvv reethi emammmnm Himi ,,,,, haadhakurukoshey mibai miothee thankolheh dhigukoh pleas mireyge bai up kohlladheeba ??????
Adhi eh part… Kiyaa hiyy vany…
Amazing… Hi mi yuh r de best.. ❤❤❤❤
Wow Hi Mi
Vrh vrh reethi mi prt ves
waiting for the next part
mi part ves hama v salhi.
Hi Mi u r the good writer. V ufaavey gavaidhun vaahaka up kuraathee. Mirey eh part genesdheynamey buneema mireyge bayah hama inthizaaru kurevenee. Goodluck dear
It’s ok dear. Kurukonviyas up kolla dhineema happy?