Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 46

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
February 26, 2018 12 Mins Read
69 Comments

އަޝްވާ ހީކޮށްގެން ހުރި ގޮތާއި ހިލާފަށް  ކާއިން މާޒިން އުޅޭ ތަނަށް ދިޔައީ ޓްކްސީއެއްގައެވެ. މީގެ ދުވަސްތަކެއް ކުރިން އޮފީހަށް ބައްދަލުވުމަކަށް އައި މީހާގެ ސޫޓް ކޭސްގައި ހަރު ކުރެވުނު ޓްރެކިން ޑިވައިސްގެ އެހީގައި ކާއިން ދިޔައީ އެމީހުން އާއްމުކޮށް ގޮސް އުޅޭ ތަންތަން ބަލަމުންނެވެ. އެގޮތުން މިއަދު ދާން މިއުޅޭ ތަނަކީ އޭގެތެރެއިން އެއްމެ ގިނައިން ގޮސް އުޅޭ އެއް ތަނެވެ. މާހިލް އައި ދުވަހު ކާއިން މި މައުލޫމާތުތައް މާހިލްއާއި ހިއްސާނުކުރުނީ ކާއިން ހިތުގައި ބަދަލު ހިފުގެ ރޫހު އާލާވެފައި ވާތީއެވެ. ބައްޕައަށް ދިން ކޮންމެ ހިތްދަތިކަމަކާއި އަދި ނަގާލި އެތައް ފުރާނައެއްގެ ބަދަލު ފުލުހުންނާއި ހަވާލުކުރުމުގެ ކުރިން މާޒިންއަށް ދޭން ބޭނުމެވެ.

ޓެކްސީއިން ފޭބުމާއި އެކު ކާއިން ބަލައިލީ އޭނާ ކުރިމަތީގައި ހުރި ބާ އިމާރާތަށެވެ. އަތުގައި އޮތް ފޯނުން ދައްކަނީ އެ ގެޔެވެ. މަގުގެ ދެ ކޮޅު ބަލާލުމަށްފަހު ކާއިން އަވަސް ހިނގުމެއްގައި ގޮސް އެގޭގެ ދޮރުގެ ތަޅުގައި ހިފާލިއެވެ. ނަސީބު ހިފާލީ ކާއިންގެ ކޮޅަށް ކަމަށް ނޭނގެއެވެ. ދޮރު ހުޅުވިއްޖެއެވެ.

ފުން ނޭވާއެއް ލުމަށްފަހު ކާއިން ގޭގެ އެތެރެއަށް ވަނެވެ. ދެންމެ ދެންމެ މީހެއްގެ ހިލަމެއް ވެދާނެ ކަމަށް ނުހަނު ހުޝިޔާރު ވެގެންނެވެ.

ގޭގެ އެއް ކަނެއްގައި ހުރި ކޮޓަރިއާއި އަރައި ހަމަވުމާއި އެކު ކާއިންއަށް މީހެއްގެ އަޑުއިވުނެވެ. އެހެންކަމުން ބަލައިގެން ބާރަށް ކުރިއަށް ޖެހިލައި ހުޅުވާފައި ހުރި ދޮރުން އެތެރެ ފެނޭތޯ މޫނު ކައިރިކޮށްލިއެވެ. ދޮރު ހުޅުވާފައި ހުރީ އެއްމެ އިންޗިއެއް ހާ ވަރަށް ކަމުން އެހާ ރީއްޗަށް ފެންނަ ގޮތެއް ނުވިއެވެ. އެހެންނަމަވެސް އެމީހާ ދިޔައީ ދެ ކޮޅަށް ހިގަމުން ކަމުން ކާއިންއަށް އިރުކޮޅުކޮޅާ އެމީހާ ފެންނަމުން ދިޔައެވެ. އެ މީހާ ދިޔައީ އިގެރޭސި ބަހުން މީހަކާއި ވާހަކަ ދައްކަމުންނެވެ. އެހެންނަމަވެސް އަޑުގައިވި ފުސްކަމުންނާއި ވާހަކަ ދައްކަމުން ދިޔަ މަޑުކަމުން ބުނަމުން ދިޔަ އެއްޗެއް ސާފުވާ ވަރެއް ނޫނެވެ.

ލަސްކުރަންޏާ ކަމެއް ގޯސްވެދާނެ ކަމަށް ބަލައި ކާއިން ދޮރު ހުޅުވާލިއެވެ. އެމީހާ ހުރީ ކާއިންއަށް ފުރަގަސްދީގެން ކަމުން ކާއިން ވަން ކަމެއް ނޭނގެއެވެ. އެ މީހާ މިކޮޅަށް އަންނަން އެބުރު ވަގުތު ކާއިން އަތުގައި ހުރި ބާރެއް ލާފައި އެ މީހާގެ މޫނު މަތީގައި ޖަހާލިއެވެ. އެ މީހާ ހުރީ މީހެއް އައިސްދޭނެ ކަމަށް ވިސްނައިގެން ކަމުން ނޫންކަމުން ކާއިން ޖަހާލުމާއިއެކު ވީ ތަދާއި އެކު ބިންމައްޗަށް ވެއްޓިގެން ދިޔައެވެ.

“މާޒިން” ކާއިންއަށް އެމީހާގެ މޫނަށް ރަގަޅަށް ބަލާލެވުނީ އެ މީހާ ބިން މައްޗަށް ވެއްޓުނު ފަހުންނެވެ. އޭނާ ހީކުރި ގޮތަށް މާޒިން އެހެރީ ވަކި ނުވާނެހެން ސޫރަ ބަދަލުކޮށްގެންނެވެ. ބޮޑު ތުބުޅި އަކާއި އެކު އޭނާގެ ފަން އިސްތަށިގަނޑު ވަނީ ބުޅިކޮށްލާފައެވެ. އަދި ވެސް އެތައް ބަދަލުތަކެވެ.

“ކަލޭ ކީއްކުރަން މިތަނަށް އައިސްގެން ތި އުޅެނީ!” ކާއިން ފެނުމާއި އެކު ހައިރާންކަން ލިބުނަސް މާޒިން ބެލީ އެކަން ނުދައްކާ ވޭތޯއެވެ.

“އަހަރެން އައި ސަބަބު ނޭގިގެން ތަ ތިއުޅެނީ… ނޭނގެންޏާ އަކުރުން އަކުރަށް ކިޔައިދޭންވީތަ” އޮޕެރޭޝަންގެ ސަބަބުން ކާއިންގެ ގައިގައި އަދިވެސް އެއްކޮށް ވަރު ޖެހޭ ގޮތެއް ނުވެއެވެ. އެހެންނަމަވެސް މި ލިބުނު ފުރުސަތުގެ ބޭނުން ނުހިފައި ހުރުމަކީ މޮޔަކަމެއް  ކަމުގައި ދެކޭތީ ބިންމަތީގައި އޮތް މާޒިން ލައިގެން ހުރި ގަމީހުގައި ހިފައި ކޮޅަށް ތެދުކުރުވިއެވެ.

“ހަނދާން ކުރާތި! އަހަރެންގެ ބައްޕައަށް ގެއްލުމެއް ދީފަ ކަލެއަކަށް އުފަލުގައެއް ނޫޅެވޭނެ.. މާ މޮޅު މީހަކަށް ހެދިގެން އުޅުނަސް ތިހެން އަބަދަކު ނޫޅެވޭނެ!” މާޒިން ކޮޅަށް ޖެހުމާއި އެކު ކާއިން މާޒިންގެ ގަމީހުގެ ގިރުވާނުގައި ހިފައި ދުރަށް ކޮއްޕާލިއެވެ. އެ ދިޔަ ބާރު މިނުގައި ގޮސް މާޒިން ޖެހުނީ ފަހަތުގައި ހުރި ކަބަޑުގައެވެ.

މާޒިން ވަކި ދެރަވާކަށް ބޭނުމެއް ނުވިއެވެ. ބިންމަތީގައި ޖެހުމާއި އެކު އަވަސް އަވަހަށް ތެދުވެ ކައިރީގައި ހުރި ގޮނޑި ނަގައި ކާއިންއާއި ދިމާލަށް އެއްލާލިއެވެ.

ކާއިން ހުޝިޔާރު ކަމާއިއެކު އެއް ފަރާތަކަށް ޖެހިލިއެވެ.

“އަހަންނަށް މިހެން އުޅެވޭތީ ދޯ ކަލޭގެ މުޅި ދިރިއުޅުން ހަލާކު މިކުރަނީ.. މާ ބޮޑު އެއްޗެއް އެގިގެން އުޅޭނެ ކަމެއް ނެތް! އަހަރެން މި ހުރިހާ ކަމެއް ކޮށް ނިމޭ ދުވަހު ކަލޭ ޖެހޭނީ ޖަލަށް ދާން.. އެ ދުވަހަކު އޮންނާތި ލޯބިވާ ބައްޕައާއި އެކީ ރޯން.. ” ރުޅި އައިސް ރަތްވެފައި ހުރި މާޒިންގެ އަޑު މުޅި ކޮޓަރި ތެރޭގައި ގުގުމާލިއެވެ.

“އަދިވެސް އަހަރެން ކުރިމަތީ އަނގަ ގަދަކުރަނީ ތަ؟؟ ފުލުހުންނަށް ކަލޭ ހުރި ތަނަކާއި ކޮށްގެން އުޅޭ ކަމެއް ނޭނގުނަސް ކަލޭ ކޮށްގެން އުޅޭ ހުރިހާ ކަމެއް އަހަންނަށް އެނގެއޭ.. މާ ސައިޒުން ބޮޑެތި އިމާރާތްތައް ކުއްޔަށް ހިފައިގެން ބޮޑު ވިޔަފާރިއެއް ފައްޓަން ތިއުޅެނީ އެއީ ތިހާ ފަސޭހައިން ކުރެވޭނެ ކަމެއް ކަމަށް ހީކޮށްތަ؟ އަހަރެން މިހާރު ބުނެލާ އެއްމެ ޖުމްލައަކުން ވެސް ކަލޭ ބިރުން ފިތް ކެނޑޭނެކަން ޔަގީން… ” އެއްވެސް ޖެހިލުމެއް ނެތި  ކާއިން މާޒިން ކައިރިއަށް ޖެހިލަމުން ބުނެލިއެވެ.

“އެހެންވެއްޖެއްޔާ ތި ބުނާ ޖުމްލައެއް ބުނަން ވީ އެއްނު… އަހަރެން މިހިރީ އަޑުއަހަން ކެތްމަދުވެފައި” ހީގަންނަމުން މާޒިން ބުނެލިއެވެ. އެއްވެސް ބިރެއް ނެތް ފަދައެވެ.

މާޒިން ހޭން ފެއްޓުމުން ކާއިން ގާތަށް އައީ އަމަކަށު ރުޅިއެއް ނޫނެވެ. އަތް މުއްކަވާލުމަށްފަހު މާޒިންގެ މޫނުމަތީގައި ދެ ތިން ފަހަރެއްގެ މަތިން ޖަހާލިއެވެ.

“ކަލޭ ކުރަމުން ތި ދާ ކަންތައްތަކަކީ މާ މަޖާކަމެއް ތަ؟ އެއްވެސް ކުށެއް ނެތް ކިތައް މީހުންގެ ފުރާނަ ނަގާލާފަ ކަލޭ ތިހިރީ!!! އަމިއްލަ އަށް ކުރި ކުށެއްގެ ސަބަބުން އެކަމުގެ އަދަބު ލިބުނީ ތީ ކަލޭ ރީމްއަށާއި ރީމްގެ މަންމައަށް ކޮށްލި ވަރު ބަލާބަލަ! ރީމްގެ މަންމަ މަރާލި އިރު ކަލޭގެ ތި ހިލަތަކަށް އެއްވެސް އެއްޗެއް ނާރާތަ!! މި އާއިލާއެއް އެކަންޏެއް ނޫން، މުޅި މި ދިވެހިރާއްޖެ ކަލެއަށް ނަފުރަތު ކުރޭ.. ” ޝަހާދަތް އިނގިލި މާޒިންގެ މޭގައި ޖައްސާލަމުން ކާއިން ނަފުރަތާއި ރުޅިވެރިކަމުގެ ބަސްތައް އިއްވަމުން ދިޔައެވެ.

“އެހެންވީމަ ކަލޭގެ ބައްޕަ އަމިއްލައަށް ޖަލަށް އެ ދިޔައީ ކީއްވެ؟؟ ތި ބުނާ އެއްވެސް ކުށެއް ނެތް ނަމަ ކަލޭ ދުވާލު ދެ ދަޅައަށް އެނުބައި މީހާ ސަލާމަތްކުރަން ތިއުޅެނީ ކީއްވެ؟؟ ލޯބިވާ ބައްޕަ އޯ!! ބަލާ ބޮޑުކުރި ބައްޕަ އޯ! ލަދެއް ވެސް ނުގަނޭތަ އެކަހަލަ މީހަކަށް ބައްޕަ ކިޔަން.. އަހަންނަށް މި ހުރިހާ އަނިޔާއެއް ދިނީ ކަލޭގެ ލޯބިވާ ބައްޕަ… މާ މޮޅު ޑުރަގެކޭ ކިޔައި އެ ހުރިހާ އެއްމެނަށް އެ ބަހަމުން ދިޔަ އިރު ލޯބިވާ ދަރިފުޅަށް އަންގާލިތަ؟ އެނގޭތަ އެޑްރަގު ސަބަބުން އަހަރެންގެ މުޅި ހަށިގަނޑުގައި އަޅަމުން މިދާ ވޭން؟؟ އެނގޭތަ ތި ބުނާ ލޯބިވާ ބައްޕަގެ ޑްރަގުގެ ސަބަބުން އެތައް ބަޔަކު ހާލުގައި އުޅުނުކަން” ދެ ބުމަ ގޮށް ޖަހާލަމުން މާޒިން ވެސް ކާއިންއަށް ސުވާލުތައް އަމާޒުކުރިއެވެ.

“އޭ! ކަލޭ އަނގަ މަޑުން ލައިގެން ހުންނާތި! އަހަރެންގެ ބައްޕައާއި ދިމާލަށް އެއްވެސް އެއްޗެއް ބުނުމުގެ ހައްގު ކަލެއަކަށް ނޯންނާނެ.. ބައްޕަ މަސްތުވާތަކެއްޗާއި ދުރަށް ދިޔަތާ މިހާރު އެތައް ދުވަހެއް ވެދާނެ.. އެހެން ނޫނަސް ބައްޕަ އެތެރެ ކުރި ޑުރަގެއްގެ ސަބަބުންނެއް ނޫން ކަލެއަށް ތިކަންވީ.. ” ހައްސާނުއާއި ދިމާލަށް އަޝްވާ މަޖަލަކަށް ނަމަވެސް އެއްޗެއް ބުނެފިނަމަ ކާއިންގެ ރުޅި އާދެއެވެ. އެހެންވީއިރުން މާޒިން މި ފަދަ ބަހެއް ބުނުމުން ކާއިންގެ ރުޅިގަނޑު މަތަ ކުރެވޭނެ ހެއްޔެވެ؟ އެއައި ރުޅީގައި ކާއިން މާޒިންގެ ގަމީހުގައި ހިފައި ބިންމައްޗަށް ޖަހާލިއެވެ. އަދި މާޒިންގެ ގައި މައްޗަށް އަރައި އަތުގައި ހުރި ބާރެއް ލާފައި މާޒިންގެ މޫނާއި މޭމަތީ އެތައް ފަހަރެއްގެ މަތިން ޖަހާލިއެވެ.

އެއްވެސް ވިސްނުމެއް ނެތި ކާއިން އޭނާގެ ގައިގައި ޖަހަމުން ދާއިރު ވެސް މާޒިންގެ ހިނިތުންވުމަކަށް ބަދަލެއް ނާދެއެވެ.

” ކަލޭ ބޭނުމީ އަހަރެން އަތުން މަރުވާން ތަ ” މާޒިންގެ ކޮލުގައި ބާރަށް ހިފާލަމުން ކާއިން ނަފުރަތާއި އެކީ ބުނެލިއެވެ. އޭރު ކާއިންގެ ޖެހުންތަކުން މާޒިންގެ އަނގައިން ލޭ އަންނަ މުން ދިޔައަސް ކާއިން އެޔަކަށް ފަރުވާލެއް ނުދެއެވެ. ކާއިން ދެކޭ ގޮތުންނަމަ މިއީ އަދި މިކަހަލަ އަދުއްވަކަށް ދެވޭ ޒައްރެއްގެ މިންވަރުގެ އަނިޔާއެއް ވެސް ނޫނެވެ.

“ކާއިން ކިތައްމެ ބޭނުން ވިޔަސް އަހަރެން މަރާލުމުގެ ހިތްވަރެއް ނުހުންނާނެ..ތިއީ އެޔަށް ވުރެ ފިޑި މީހެއް!” ދެ ލޯ މަރައި ދެކޮޅަށް ބޯ ހޫރުވާލަމުން މާޒިން ބުނެލިއެވެ. ކާއިން މި ވަރަށް އަނިޔާކުރާ އިރުވެސް ހިތުގައި އެއްވެސް ޖެހިލުން ވުމެއް ނުވަނީ ހެއްޔެވެ؟

މާޒިން އެހެން ބުނުމުން ކާއިންގެ ކެތްތެރިކަން ކޮޅުން ލިއެވެ. އަދިވެސް އަނިޔާކޮށް ވޭން ދޭން ބޭނުން ވާތީ އެ ވަގުތު ކޮޓަރީގައި އޮތް ލަކުޑި ބުރިއެއް ނަގައި މާޒިންގެ ގައިގައި ޖަހަން ފެށިއެވެ. މާޒިންގެ ހަށިގަނޑުގެ އެތައް މިތަނުގައި ކާއިން އެތައް ފަހަރެއްގެ މަތިން ޖެހައި ގުޑާލަން ވެސް ނުކުރޭ ވަރު ކުރިއެވެ.  ކާއިން އަކީ ރުޅި ގަދަ މީހަކަށް ވިޔަސް އޭނާ ހަޔާތުގައި މިހާ ރުޅިއައި ދުވަހެއް ނާދެއެވެ.

“އަހަރެން ޖަލަށް ދަންޏާ ދާނީ ކަލޭ ވެސް ގޮވައިގެން… އަދި އަހަރެން މަރާލަން އުޅެފި ނަމަ އެކަމުގެ ބަދަލު ކަލެއަށް ވަރަށް ހިތިކޮށް ލިބޭނެ.. މި ދުނިޔެ މަތިން ވެސް އަދި އާހިރަތުގައި ވެސް” މާޒިންގެ މޭގައި އަތުގައި އޮތް ލަކުޑި ބުރިން ޖެހުމަށް ކާއިން އުޅުނެވެ. އެހެންނަމަވެސް މާޒިން ބުނިހެން އޭނާ ވީ ފިޑި މީހަކަށެވެ. އޭނާގެ މުޅި ދިރިއުޅުން އަނދަމުންދާ އަލިފާން ގަނޑަކަށް އެއްލައިލި މާޒިން ކުރިމަތީގައި ހުއްޓައި މީ ވީ ވަރެވެ. ކާއިން ބިރުގަތީ އޭނާ އަތުން މާޒިން މަރުވެދާނެތީއެވެ.

މި ފަދަ ބިރުވެރި ކަމެއް ހިތަށް ވެރިވުމާއި އެކު ފުން ނޭވާއެއް ލުމަށްފަހު ކާއިން މާޒިން އަށް ފުރަގަސްދިނެވެ. އަދި އެއް އަތުން ބޮލުގެ އިސްތަށިގަނޑުގައި ބާރަށް ހިފަހައްޓައިގެން ހުރެ އެ ކޮޓަރީގައި ހުރި މާޒިންގެ ލެޕުޓޮޕާއި ދިމާލަށް ހިނގައިގަތެވެ.

ކާއިން ގޮސް ލެޕުޓޮޕު ހުރި މޭޒު ދޮށުގައި އިށީންތާ އެއްމެ ސިކުންތެއް ވެސް ފާއިތު ނުވާކަން ޔަގީނެވެ. މާޒިން ތެދުވެގެން އައިސް ކާއިންގެ ބޯ މަތީގައި ގޮނޑިއަކުން ޖަހާލިއެވެ. އޮޕެރޭޝަން ކުރުމުން ކާއިންގެ ސިކުޑި އަދިވެސް ހަމައަކަށް ނޭޅޭތީ ލިބުނު ކުއްލި ތަދާއި އެކީ ކާއިން ހޭނެތިގެން ބިން މައްޗަށް ވެއްޓުނެވެ.

ހޭނެތިގެން ކާއިން ވެއްޓުނުތާ މާ ގިނައިރެއް ނުވެއެވެ. ލޯ ހުޅުވާލެވުނީ މީހަކު އޭނާގެ ކޮލުގައި ޖަހާލުމުންނެވެ.

“އަޝްވާ އަހަންނަށް މާފުކުރޭ!” ކާއިން ހީކުރީ އެއީ އަޝްވާ ކަމަށެވެ. އެހެންކަމުން ލޯ މަރައިގެން އޮވެ އެކަނި މާޒިން ހޯދަން އައި ކަމަށްޓަކައި މާފަށް އެދެން ފެށިއެވެ.

ދެބަ ދޭތެރޭ އޮތް ކާއިންގެ ލޯ ތަންމިނަށް ހުޅުވާލެވުނީ މޫނު މައްޗަށް ފެން އޮއްސާލުމުންނެވެ.

“ރީމް!!” ކާއިން އޭނާގެ ލޯ ކުރިމަތިން ފެންނަމުން ދިޔަ ރީމްގެ ސޫރައަށް ގޮވާލިއެވެ.

އެ އަންހެން ކުއްޖާ އާއި މާޒިން ވެގެން ކާއިން ގޮނޑިއަށް އެރުވިއެވެ. އޭރު މާޒިންގެ އަނގައިން ފައިބަމުން ދާ ލޭ ތިކިތައް ކާއިންއަށް ފެންނަމުން ދިޔައެވެ.

“ރީމް!! އަވަހަށް ދޭ މިތަނުން.. އެހެންނޫނީ މާޒިން ރީމް މަރާލަފާނެ” ފުން ނޭވާ ތަކެއް ލަމުން ދިޔަ ކާއިން އެ އަންހެން ކުއްޖާގެ އަތުގައި ހިފައި އާދޭހުގެ ރާގަކަށް ބުނެލިއެވެ. ކާއިންއަށް ރޮވެން ފެށުނީ ރީމް އަށް ކަމެއް ވެދާނެ ކަމުގެ ބިރުވެރިކަން ހިތު ތެރެއަށް ވަނުމުންނެވެ. ރީމް އާއި ދެ މީހުންގެ ގުޅުން އަދި ރަނގަޅަށް ނުފެށުނަސް ރީމްއަށް ގެއްލުމެއް ވުމަކީ އޭނާއަށް ބަލަން ކުޅަދާނަ މަންޒަރަކަށް ނުވާނެކަން ޔަގީނެވެ.

ކާއިން އެހެން ބުނުމުން އެއަންހެން ކުއްޖާއާއި މާޒިން ފެއްޓީ ހޭށެވެ. ކާއިންއަށް މި ވަމުން ދާ ގޮތެއް އޮޅުން ނުފިލިއެވެ. އަނެއްކާ ރީމް އަކީ މާޒިންގެ ބައިވެރިއެއް ހެއްޔެވެ؟ ނޫނެކެވެ. އެހެން ނުވާނެއެވެ. ރީމް އޭނާގެ އަމިއްލަ މަންމަ މަރާނުލާނެއެވެ. އަދި އިއްޔެ ލިބުނު ބޭބެއަށް އަނިޔާއެއް ނުދޭނެއެވެ. ކާއިންގެ ހިތަށް މިފަދަ އެތައް އެއްޗެހި ތަކެއް އަރަމުން ދިޔައެވެ.

“ކާއިން! އޯ ސޮރީ ބޭބޭ!!!… ކުރިން ވެސް ދެ މީހުން ބައްދަލުވި.. އެކަމަކު ބޭބެއަކަށް އަހަންނެއް ނޭނގުނެއްނު.. ފުރިހަމައަށް ތައާރަފު ވެލަމާ ދޯ.. އަހަރެންގެ ނަމަކީ މައިރާ.. ބޭބެއަށް ލިބިގެން އުޅޭ ކޮއްކޮގެ ޓުވިންސް.. ބައްޕައަކީ ބޭބެގެ ވެސް ބައްޕަ ހައްސާނު.. މަންމަ އަކީ އިއްޔެ އަހަރެންގެ އަމިއްލަ އަތުން މަރާލި އަމީހާ… ބޯއީ ފުރެންޑަކީ މިހިރަ ހިތްވަރު ގަދަ ވިސްނުން ތޫނު މާޒިން… އެއްމެ ގާތް އެކުވެރިޔަކީ ބޭބެގެ ކުރީގެ އެކުސް ހަނާ.. ހީ ކުރަން މި ވަރުން ފުދޭނެ ކަމަށް” މައިރާ ވާހަކަ ދައްކަމުން ދިޔައީ ކާއިންގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ. އޭރު ނަފުރަތާއި ބަދަލު ހިފުމުގެ ރޫހުން މައިރާގެ ދެ ލޯ ވަނީ ފޯވެފައެވެ.

“އަހަރެންގެ ކޮއްކޮ އެކޭ!!” އެތައް ގޮތަކުން މައިރާ ތައާރަފު ވި އިރުވެސް ކާއިންގެ ސިކުޑިން މި ކަން ނަގައިގަންނަންވީ ދަތިކަމަށެވެ.

“އާން ލޯބިވާ ބޭބޭ ! އަހަރެންމީ ކަލޭގެ ބައްޕަގެ ދަރިއެއް… ކަލޭގެ ބައްޕަ އަހަރެން މި ދުނިޔެއަށް ގެނެސް އަހަރެން މީ ނެތް މީހަކަށް ހަދައިލި އިރު ނޭނގޭތަ އަހަރެން އޭނަގެ ކިބައިން ބަދަލު ހިފަން ނާންނާނެއޭ… އެ އަމީހާ ނުވަ މަސް ދުވަހު އޭނާގެ ބަނޑުގައި އަހަރެން ބާއްވާއިގެން އުޅުނު އިރު ހިތަކަށް ނާރާތަ އެ ލޯތްބާއި ކުލުނު އަހަރެން މި ދުނިޔެއަށް އައުމުން ވެސް ބޭނުން ވާނެ ކަމެއް!! ދުނިޔެ މަތީގައި ތިބި އެއްމެ ރަގަޅު މީހުންނަށް ހެދިގެން އުޅޭ އިރު ކަލޭމެންނަކީ ޖައްބާރުން.. އަނިޔާވެރިން…ރަހުމެއް ކުލުނެއް ނެތް މީހުން… އެއްމެ ކުޑަމިނުން އެއިން އެކަކަށް ވެސް ނޭނގޭ އަހަރެން މީ ދުނިޔޭގައި އުޅޭ މީހެއް ކަމެއް ވެސް.. އަމީހާ ދެ ލޯ ކަނުކޮށްގެން ހުރެ ރީމްއަށް އެވަރަށް ލޯބި ދިން އިރު ނޭނގޭތަ އެ ލޯބި ބޭނުންވާނެ އެހެން މީހެއް ހުރެދާނެ ކަމެއް.. ދެން ހުރީ ކަލޭގެ ބައްޕަ… ހައްސާނު ވެސް ކަލެއަށް ލޯބިދޭތަން އަހަރެން ވަރަށް ގާތުން ދުށިން.. މުއްސަނދިކަމާއި ތަހުތުގައި ކަލޭ ގެންގުޅެ ބޮޑުކުރި އިރު އެމަންޒަރުތައް ދެކެން އަހަރެން ހުރީމޭ.. އަހަރެން ވެސް ބޭނުން ބައްޕާއޭ ބުނެ ހައްސާނުއަށް ގޮވާލަން.. ފެންނަ ކޮންމެ ހިނދަކު ހިތަށް އަރާ ގޮސް ލޯބިން ބައްދާލާނަމޭ.. އެކަމަކު ދުވަސްތައް ފާއިތުވެގެން ދިޔަ ވަރަކަށް އަހަރެންގެ ހިތުގައި ވެސް އުފެދުނީ ބަދަލު ހިފުމުގެ ރޫހު.. އަހަންނަށް ލޯބި ނުދިން ބައެއްގެ ލޯބި އެހެން އެއްވެސް މީހަކަށް ދޭން އަހަރެން ބޭނުމެއް ނޫން.!! އާން! އަހަރެން މީ އަމިއްލަ އެދުން ބޮޑު މީހެއް! އަދި އަހަރެން މި ހާލަތަށް ގެންދިޔައީވެސް ކަލޭގެ އާއިލާ.. އެމީހުން ދިރި ތިބި ހާ ހިނދަކު އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ނުލެވޭނެ.. އަހަރެން ބޭނުން ކަލެއާއި ރީމްއަށް މައިންބަފައިންގެ ލޯބި ނުލިބުމުން އުޅެން ޖެހޭނެ ހާލު އަންގައިދޭން… އެކަން ކުރުމުގައި އަހަރެން މަރުވިޔަސް އަހަންނަށް އެއްވެސް ފަރުވާލެއް ނެތް” ކާއިންގެ ދަތްދޮޅީގައި ހިފައި ލޮލާއި ލޯ ސީދާކޮށްލަމުން މައިރާ ބުނެލިއެވެ.

މައިރާ އެހާ ގިނައިރު އޭނާގެ ދަތްދޮޅީގައި ބާރަށް ހިފަހައްޓައިގެން ހުރުމުން ކާއިންއަށް ނޭވާ ލާން އުނދަގޫވިއެވެ. އެހެންކަމުން އަނގައިން ނޭވާ ލެވޭތޯ އުޅުނެވެ. ނަމަވެސް އެކަން ވީ ނާކާމިޔާބެވެ. ކުއްލިއަކަށް ކެއްސައިގަތުމާއި އެކު ކާއިންގެ އަނގައިން ލޭ ބުރައިގެން ގޮސް ޖެހުނީ މައިރާގެ މޫނަށެވެ. އެއީ ކާއިން ގަސްދުގައި ކުރި ކަމެއް ނޫނަސް ކާއިންއަށް އެކަމުން ހިތްހަމަޖެހުމެއް ލިބުނީ މައިރާ އޭނާގެ ދަތްދޮޅިން ދޫކޮށްލުމަށްފަހު އެތަނުން ދާން ހިނގައިގަތުމުންނެވެ.

“އަހަރެން އަންނަން ވާ އިރަށް މީނަ މިތަނުން ދިޔަ ނުދޭތި!!” ކާއިންގެ ލޭ މޫނުގައި ޖެހުމާއި އެކު މައިރާ ފަކުރު ހީވިއެވެ. އެހެންކަމުން މާޒިންއަށް އަމުރު ކޮށްލުމަށްފަހު އެތަނުން ދިޔައެވެ.

“ކަލޭ ރީމް ދެކެ ހާދަ ވަރަކަށް ލޯބިވެއޭ!! އެކަކު ގެއްލުނީމަ އަނެކަކު ވެސް މަޅީގައި ޖެއްސީ ދޯ!” މައިރާ ދިޔުމާއި އެކު ކާއިން އެހެން ބުނެލީ މާޒިން ރުޅި އަރުވާލުމުގެ ބޭނުމުގައެވެ.

“މައިރާ އާއި ނުބެހި ހުންނައްޗޭ!!! އެހެންނޫނީ ދެން މަރާލާނީ ކަލޭ!” މާޒިންއަށް ވީ ކާއިން ބޭނުން ވި ގޮތެވެ.

“ކަލޭ ހޯދަން ބޭނުން ވެގެން މިއުޅެނީ އަހަރެން އާއިލާއެއް އެކަންޏެއް ނޫން.. ފުލުހުންގެ އިތުރުން ސިފައިން ވެސް ކަލޭ ހޯދަން އެބަ އުޅޭ.. އެމީހުން ވަރަށް އަވަހަށް ކަލޭ ހޯދާނެ.. އަހަންނަށް ޔަގީން މިހާރު ވެސް ޕޮލިސް ޖިޕެއް މިދިމާލަށް އަންނަމުން ދާނެކަން.. އަހަރެން މިތަނަށް އައުމުގެ ކުރިން މާހިލްއަށް މިގޭގެ އެޑްރެސް ފޮނުވިން..!!..”  ދޮގު ހަދައިގެން ނަމަވެސް ރުޅި އާއި އެއްވަރަށް މާޒިން ހާސްކުރެވޭތޯ ވެސް ކާއިން އުޅުނެވެ. ދުޝްމަނެއް ބިރާއި ހާސްކަމުގެ ތެރެއަށް ގެން ދެވިއްޖެނަމަ އެމީހެއް ބަލިކޮށްލުމަކީ ފަސޭހަ ކަމަކަށް ވާނެކަން ޔަގީނެވެ.

ކާއިން އެހެން ބުނުމުން މާޒިން އެ ކޮޓަރިން ބޭރަށް ދިޔައީ މައިރާއަށް އެ ހަބަރު ދޭށެވެ. ބޭރު ފުށުން އޭނާ އަކީ ގަދަ ބާރު ދައްކާލައިގެން އުޅޭ މީހާއަށް ވިޔަސް މިހުރިހާ ކަމެއްގެ މޭސްތިރިއަކީ މައިރާއެވެ. މައިރާގެ އިރުޝާދުގެ ދަށުން ނޫން ގޮތަކަށް މާޒިން އެއްވެސް ކަމެއް ނުކުރާނެހެން ކާއިންއަށް ހީވިއެވެ.


 

ޝަނުމް އާއި އަޝްވާ ބޭރަށް ނިކުމެ ބަލާލި އިރު ކާއިންގެ އެއްވެސް ހިލަމެއް ނެތެވެ. އެ ވަގުތަކީ މާޒިން އިތުރު ފުލުސް އޮފިސަރުންނާއި އެކީ އެތަނަށް އައި ވަގުތެވެ.

“ކާއިން ދިޔައިރު ދިޔަ އެއްވެސް ތަނެއް ނުބުނޭތަ؟” ފުލުސް ކާރުން ފޭބުމާއި އެކު އޭނާގެ ކުރިމަތީގައި ތިބި އަޝްވާއާއި ޝަނުމްއާއި މާހިލް ސުވާލުކޮށްލިއެވެ.

“އާން! އަދި ނުބުނޭ މާޒިން ހޯދައިގެތް ގޮތެއް ވެސް.. އަހަންނަށް ހީވަނީ ކުރިން ދުވަހު އޮފީހަށް އައި މީހުންގެ ސޫޓް ކޭސްގައި ހަރުކުރި ޑިވައިސް އަކުން ކަންނޭނގެ ކާއިންއަށް މާޒިން އުޅޭ ތަނެއް އެނގުނީ.. ” އިންތިހާ އަށް ކަންބޮޑުވެފައި ހުރެ އަޝްވާ ބުނެލިއެވެ. އޭރު މުޅި މީހާގެ އަތް ފައި ތުރުތުރު އަޅަމުން ދިޔައެވެ. ކާއިން ކައިރިން އޭނާ އެތައް ދުވަހަކު މިހެން ކަންތައް ނުކުރަން އެދުނަސް ކާއިންއަކަށް އެއިން އެއްވެސް އެއްޗެއް އަޑެއް ނީވޭ ކަހަލައެވެ. ކުޑަކޮށް ނަމަވެސް އެހެން މީހުންގެ އިހުސާސްތަކާއި މެދު ވިސްނާލަން ކާއިންއަށް ނޭނގެނީ ހެއްޔެވެ؟

“ކާއިން އެ އުޅެނީ އަމިއްލައަށް ބޮޑިއެއް ނުލިބިގެން ކަންނޭނގެ.. މި ކަހަލަ މައުލޫމާތެއް އެނގި ހުރެ ސިއްރު ކުރުމަކީ އެހެން މީހުންނަށް ވެސް ދެވޭ ވަރަށް ބޮޑު އަދަބެއް” އެހެން ބުނެ މާހިލް ފުލުސް އޮފީހަށް ގުޅައި އެއްމެ ފަހުގެ ހަބަރު ދިނެވެ. އަދި ކާއިން ހޯދާނެ ކޮންމެވެސް ގޮތެއް ހޯދުމަށް އެދުނެވެ.

“އަހަރެން ވެސް ބޭނުން ކާއިން ހޯދަން ދާން!” މާހިލް ކާރަށް އަބުރައި ކާރަށް އަރަން އުޅުމުން އަޝްވާ ބުނެލިއެވެ.

“އަހަރެން ވެސް” މާހިލް އެމީހުން ނުގެންދާނެ ކަން އެނގި ހުރެ ޝަނުމް ވެސް އެދުނެވެ. ކާއިން ހެން ބަދަލު ހިފައި އަނިޔާކުރުމުގެ އެދުމެއް ނެތަސް ޝަނުމްގެ ހިތުގައި ވެސް މާޒިންއަށް ނަފުރަތާއި ރުޅިވެރިކަން އުފެދިއްޖެކަން ޔަގީނެވެ.

“ޝަނުމް ، އަޝްވާ ވަރަށް ބޮޑަށް މާފުކުރޭ! އެތަނަށް ގޮސް ކޮންމެ ފަދަ އަނިޔާއެއް ވެސް ލިބިދާނެ.. ކޮންމެ ހާލަތެއްގައިވެސް އާއްމު ފަރުދަކަށް ގެއްލުމެއް ވާނެ ފަދަ ރިސްކެއް ނަގަން އަހަރެން ބޭނުމެއް ނޫން.. ހާސް ނުވޭ! އިން ޝާ ﷲ ކާއިން ސަލާމަތުން ގެނެސްދޭނަން” ކާރުގެ ދޮރު ލައްޕާލަމުން މާހިލް ބުނެލިއެވެ.

މާހިލް ދިޔުމުން އަޝްވާ ޝަނުމްއަށް ބަލައިލީ ފެންކަޅިވެފައިވާ ހުރެއެވެ. ކާއިން ވީ ތަނެއް އޮތް ހާލެއް ނޭނގެއެވެ.

“ޝަނުމް! އާދޭސްކުރަން އަހަންނަށް ކާއިން ހޯދައިދީ” އަޝްވާއަށް ރޮވެން ފެށުނެވެ. މާހިލްއަށް ކާއިން ނުފެނިއްޖެނަމަ ދެން ވެދާނެ ގޮތަކާއި މެދު ވިސްނާލެވުމުންނެވެ. އަދި އެއްމެ ފަހުން ކާއިންއަށް އަނިޔާވެގެން ގޮސްޕިޓަލަށް ގެންދިޔަ ދުވަހު ކުރިމަތިލާން ޖެހުނު ބިރުވެރިކަން އަލުން ތަކުރާރުވާން ބޭނުމެއް ނޫނެވެ.

“އަހަރެން ކޮންތާކުން ކާއިން ހޯދާނީ! އެއްމެ ކުޑަ މިނުން ދިޔަ ތަނެއް ބުނެލާފަ ދިޔަ ނަމަ މިހާ ހާސްވެގެން އުޅޭކަށް ނުޖެހޭނެއެއްނު.. ބަދަލު ހިފަން ބޭނުން ވިޔަސް ކާއިން ވެއްޖެ އޭނަގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާލަން..” ކާއިންގެ މިޒާޖު ޝަނުމްއަށް ވެސް ދަސްވާން ފެށުމުން ރުޅިއަށް ވުރެ ބޮޑަށް ހާސްވިއެވެ.

“އާދެބަލަ! ފަހަރެއްގަ ކާއިންގެ ކޮޓަރިން އެއްޗެއް ފެނިދާނެ” އަޝްވާ ޝަނުމްގެ އަތުގައި ހިފައި ބާރު ހިނގުމެއްގައި ގޮސް ލިފުޓަށް އެރިއެވެ.

ދެ މީހުން އެކުގައި ގޮސް ލިފުޓަށް އެރުމުން ޝަނުމް އަޝްވާއަށް ބަލައިލިއެވެ. ކާއިންއަށް ކަމެއް ވެދާނެތީ އަޝްވާ މިހާ ކަންބޮޑުވާނީ އެކުވެރިކަމަށް ވުރެ ބޮޑު އިހުސާސެއް ވާތީހެން ޝަނުމްއަށް ހީވިއެވެ. އެހެންނަމަވެސް އެކަމަށް ހަސަދަވެރި ނުވެ ޝަނުމް މި ފަހަރު ހީލިއެވެ. ލޯތްބަކީ މިހާ ފާޑެއްގެ އެއްޗެކެވެ. އެއިން ތަފާތު އެތައް މާނައެއް ނެގިދާނެއެވެ. އޭނާ އަޝްވާ ދެކެ ވަމުން ދާ ލޯތްބަށް ނަމެއް ދޭނަމަ އެއީ ގުރުބާން ވުން ކަމަށް ވެދާނެއެވެ.

ޝަނުމް ވެސް އަޝްވާ އާއި އެކުގައި ވާން ނުހަނު ބޭނުމެވެ. އެހެންނަމަވެސް ތަގުދީރު ދެމީހުންގެ  މެދަށް އައީއެވެ. ތިރި ނުކުރެވޭނެ ފާރަކުން ދެ މީހުން ދުރުކުރުވަމުންނެވެ. ޝަނުމްގެ ހިތުގައި އަބަދުވެސް އަޝްވާގެ ނަން ވާނެއެވެ. އެއީ އޭނާގެ ފުރަތަމަ ލޯތްބެވެ. އެމީހަކަށްޓަކައި ހުވަފެންތައް ދުށް ކުއްޖާއެވެ. އެ ކުއްޖެއް ފެނިލުމުން ހިތް އުފަލުން ނަށާލާ ކުއްޖާއެވެ.

“އަޝްވާ! ހާސްނުވޭ، ކާއިން އަޝްވާ ދޫކޮށްފައި ނުދާނެ” ގަދަކަމުން ހިނިތުންވެލަމުން ޝަނުމް އަޝްވާއަށް ބަލާލަމުން ބުނެލިއެވެ. ބޭގަރާރު ވަމުން ދާ ހިތުގެ އުދާސްތައް އެއީ އިހުސާސް ނުވާ އެއްޗަކަށް ހަދާލަމުންނެވެ.

“އަހަރެން ވެސް ބޭނުމީ ތި ގޮތް” އަޝްވާ ބުނެލި ޖުމްލައިގައި އެތައް ފޮރުވިފައިވާ މާނަތަކެއް ވިއެވެ.

ދެ މީހުން ލިފުޓުން ފައިބައިގެން ކާއިން އުޅޭ ކޮޓަރައަށް ވަންނަން އުޅުނެވެ.

“ޝަނުމް! ކޮންތާކުންތަ ތި އައީ.. ކޮންމެވެސް މީހެއް ރީމްއަށް ގުޅުމުން އެ މަންޖެ އަދިވެސް ރުއިން ހުއްޓާނުލާ.. ހީވަނީ ބިރެއް ފެނިގެން އުޅޭހެން” ކާއިންގެ ކޮޓަރިއަށް ވަންނަމުން ދިޔަ ޝަނުމް ފެނިފައި ހަފީޒާ ބުނެލިއެވެ.

“ކާކު ރީމްއަށް ގުޅީ” މާޒިންގެ ކަމަކަށް ވެދާނެ ކަމަށް ލަފާކޮށް ޝަނުމްގެ އަވަސް އަވަހަށް އަހާލިއެވެ.

“ނޭނގެ ކާކުކަމެއް.. ބޮޑުދައިތަ  އެތައް ފަހަރެއްގެ މަތިން  ސުވާލު ވެސް ކޮށްފިން.. އެކަމަކު އެއްމެ ބަހެއް ވެސް ނުބުނި” ރީމްގެ ހާލަތު ފެނިފައި ހަފީޒާގެ މޫނުމަތިން ގޮސް ހުސްވެފައިވާ ކަމުގެ ކުލަވަރު ފެންނަމުން ދިޔައެވެ.

“އަޝްވާ، އަހަރެން އެބަ އަންނަން އިނގޭ ރީމް ކައިރިއަށް ގޮސްލާފަ” އޭނާ އަންނަންދެން އެތެރެއަށް ނުވަދެ ހުރި އަޝްވާއަށް ބަލާލުމަށްފަހު ޝަނުމް އެހެން ބުނެލިއެވެ. އަދި އިތުރަށް ލަސްނުކޮށް ޖެހިގެން ހުރި އެމީހުންގެ ކޮޓަރިއަށް ދިޔައެވެ.

ކޮޓަރިއަށް ވަދެވުމާއި އެކު ޝަނުމްއަށް ދެ ލޯ ބޮޑުކޮށްލެވުނީ ކޮޓަރީގެ އެއް ކަނެއްގައި ދެފައި މޫނާއި ކައިރިކޮށްގެން އިން ރީމް ފެނިފައެވެ. ހަފީޒާ ބުނިހެން ރީމްގެ މޫނުމަތިން ހާސްކަމާއި ބިރުވެރިކަން އިންތިހާއަށް ފެންނަމުން ދިޔައެވެ.

“ރީމް! ކިހިނެތް ވީ.. ކާކު ގުޅީ” ދުވެފައި ކަހަލަ ގޮތަކަށް ގޮސް ރީމްގެ ކައިރިއަށް ތިރިވެލަމުން ޝަނުމް އަހާލިއެވެ.

“ޝަނުމް، މާޒިން އެބަ އާދޭ އަހަރެން ހޯދަން” ޝަނުމް ގެ ގައިގައި ބައްދާލަމުން ރީމް ބުނެލިއެވެ. އެވަގުތު ހޯސްލާފައި ލޮލުން އޮހެރުނު ކަރުނަ ތިކިން ޝަނުމްގެ ޓީޝާޓު ތެމި އޭގެ އަސަރު ހަށިގަނޑަށް ވެސް ކުރިއެވެ.

“ރީމް،، ނޫން ! ތިހެން ނުބުނޭ.. އެއްވެސް މީހަކަށް ރީމް ނުގެންދެވޭނެ.. އެއީ މާޒިންއަށް ކަމަށް ވިޔަސް އަދި އެހެން މީހަކަށް ވެސް ރީމް އާއި ކައިރިވުމުގެ އެއްވެސް ފުރުސަތެއް އަހަރެން ހުރިހައި ހިނދަކު ނުލިބޭނެ..” ރީމްގެ ހޫނު ކަރުނައިގެ އަސަރު މޭމަތީގައި ޖެހުމާއި އެކު ޝަނުމްގެ ދެ ލޯވެސް ފެންކަޅިވިއެވެ.

“މާޒިން މަންމަ ވެސް މަރާލީ، މާޒިން އަހަރެން ވެސް ގެންދާނެ!” ގިސްލަ ގިސްލާފައި ވާހަކަ ދައްކަމުން ދިޔަ ރީމްގެ ނޭވާ ހާސްވަމުން ދިޔައެވެ.

“އަހަރެން މިބުނީއެއްނު އަހަރެން ރީމް ރައްކާތެރިކޮށްދޭނަމޭ.. ރީމްއަށް އަނިޔާއެއް ދޭން ބޭނުން ނަމަ އެމީހެއް އެއްމެ ފުރަތަމަ ކުރިމަތި ލާން ޖެހޭނީ އަހަންނާއި… އެއްވެސް މީހެއްގެ ހިޔަނިވެސް ރީމްއަށް އެޅެން އަހަރެން ޖާގައެއް ނުދޭނަން.. ” ރީމްގެ ގައިގައި ހިފައި ބާރަށް ބައްދާލަމުން ޝަނުމް ބުނެލިއެވެ.

“ތީ ހުސް ދޮގު” ރީމްއަށް ޝަނުމްއަށް ވެސް އިތުބާރު ނުކުރެވެނީ ހެއްޔެވެ؟ ނޫނެކެވެ. އެޔަށް ވުރެ ބޮޑަށް ބިރުވެރިކަން އޭނާ ވަށާލާފައިވެއެވެ.

“ރީމް! އާދޭސްކުރަން އަހަންނަށް އިތުބާރު ކުރޭ! މީ އަހަރެން ރީމްއަށް ވާ ވައުދެއް..އެއްވެސް މީހަކަށް ، އެއްވެސް މީހަކަށް ރީމް އަހަންނާއި ދުރަކަށް ނުގެންދެވޭނެ… އަހަރެން ވައުދުވަން” ރީމް ދުރުކޮށްލައި މޫނުގައި ހުރި ކަރުނަތައް ފުހެދެމުން ޝަނުމް ބުނެލިއެވެ.

ޝަނުމް އެހެން ބުނުމުން ރީމްގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔަ ކަހަލައެވެ. ފުން ނަޒަރަކުން ޝަނުމްއަށް ބަލައިލީ އޭނާ މިއޮތްހާ ދުވަހު ނުލިބިގެން އުޅޭ ލޯބި އެ ދޮލޮލުން ފެނިދާނެ ކަމަށްޓަކައެވެ.

ރީމް ޝަނުމްގެ މޭތެރެއަށް ބޮޑުވެގަތެވެ. އެމޭތެރެއިން އޭނާއަށް ރައްކާތެރިކަން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އެކީގައެވެ. އެހެންއޮވެ ރީމްއަށް ނިދެން ފަސް މިނެޓުވެސް ނުނަގައެވެ.

ޝަނުމް ރީމް އަތްދަނޑި މައްޗަށް ލައިގެން ގޮސް އެނދުގައި ބާއްވާލަ ދިނެވެ. އަދި ރީމްގެ ހޭވިފައިވާ އިސްތަށިގަނޑު އެއް ފަރާތް ކޮށްލައި ރީމްގެ ކައިރީގައި އޮށޯވެލިއެވެ.

“ޝަނުމް” ރީމް އަށް ރަގަޅަށް ނުނިދެނީ ކަންނޭނގެއެވެ. ބަނޑުމަތީގައި އޮތް ޝަނުމްގެ އަތުގައި ހިފައި މޫނާއި ކައިރިކޮށްލިއެވެ.

“ރީމް” ޝަނުމްއަށް ވެސް ގޮވާލެވުނެވެ. އަދި އެޔަށްފަހު ޝަނުމް ރީމްގެ މޫނުގައި ބީހިލިއެވެ. ނިދާފައި އޮންނަ އިރު ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނަމުންދާ މައުސޫމްކަން ރީމްގެ މޫނުމަތިން ވެސް ފެންނަމުން ދިޔައެވެ. އެޔަށް ވުރެ ބޮޑަށް ޝަނުމްއަށް ފާހަގަވީ ރީމްގެ ރީތިކަމެވެ. ރީމް އަބަދުވެސް ހުންނަނީ ގަދަކޮށް މޭކަޕުކޮށްލައިގެން ކަމުން ރީމްގެ މި ގުދުރަތީ ރީތިކަން މިހާ ކައިރިން ބަލާލުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. ޝަނުމްއަށް ހިނިތުންވެވުނެވެ. ރީމް އޭނާއަށް އިތުބާރު ކުރާ ވަރާއި އޭނާ ދެކެ ވާ ލޯބި އިހުސާސްވުމުންނެވެ.

ޝަނުމް އޭނާގެ އަމިއްލަ ދުނިޔެއެއްގައި އުޅެމުން ދިޔައިރު އެމަންޒަރު ބަލަން ދޮރު ކައިރީގައި އަޝްވާ ހުރި ކަމެއް ނޭނގެއެވެ. އަޝްވާ އޭނާގެ ބަސްނާހާ ހިތަށް ވިސްނުވައިދެވޭތޯ އުޅުނެވެ. ޝަނުމް އަކީ މީހެއްގެ ފިރިއެކެވެ. އަދި ވަކިން ހާއްސަކޮށް އޭނާގެ އެއްމެ ގާތް އެކުވެރިޔާގެ ފިރިމީހާއެވެ. މިފަދަ އިހުސާސެއް ކުރެވިގެން ނުވާނެއެވެ. އަޝްވާ ފުން ނޭވާއެއް ލިޔެއެވެ. ޝަނުމް ނުލިބޭނެކަން ހިތަށް އަންގައިދެމުންނެވެ. ޝަނުމްގެ އުފާވެރި ހަނދާންތައް ހިތުގައި އަބަދަށްމެ ވަޅު ލަމުންނެވެ. މިއުވާން ބުނިހެން އެންމެނަކަށް ފުރަތަމަ ލޯތްބެއް ނުލިބޭނެއެވެ. ތަގުދީރު މި ކުޅޭ ކުޅިވަރަށް ނަފުސު ހާނުވަން ޖެހޭނެއެވެ. އެހެންނޫންނަމަ އަބަދުވެސް އުޅެން ޖެހޭނީ ހިތާމާއިގައެވެ. އަދި ބާކީވެސް ވެފައެވެ.

“އަޝްވާ، ކީއްވެ ބޭރުގަ ތިހިރީ” ހަފީޒާގެ އަޑު އިވުމާއެކީ އަޝްވާއަށް ވެސް ޝަނުމްއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. ޝަނުމް އަޝްވާ ފެނުމުން ރީމްއާއި ދުރަށް ދާން އުޅުނެވެ. އެހެންނަމަވެސް ފަޅި ސިކުންތެއް ނުވަނީސް ހިޔާލު ބަދަލުވެގެން ދިޔައެވެ.

“ކާއިން ދިޔަ ތަން އަހަންނަށް އެގިއްޖެ.. ޝަނުމް މަޑުކޮށްލާ ރީމް ކައިރީ.. އަހަރެން މާހިލްއަށް ގުޅާލާނަން…” ޝަނުމްއަށް ފުޅާ ހިނިތުންވުމެއް ހަދިޔާކުރުމަށްފަހު އަޝްވާ އެތަނުން ދިޔައެވެ.


 

މާޒިން ދިޔުމުން ކާއިން އަވަސް އަވަހަށް އެތަނުން ނިކުމެވޭނެ ގޮތެއް ހޯދޭތޯ އުޅުނެވެ. އެއް ފަންގިފިލާއަށް ނަގާފައިވާ  އެ އިމާރާތުގެ މި ކޮޓަރީގައި ހުރީ އެއްމެ ކުޑަ ދޮރެކެވެ. ނަސީބު ކަން ދިމާކުރި ގޮތުން އެކުޑަ ދޮރު ހުރީ އެހެން ގެތަށް ހުންނަ ކުޑަ ގޯޅި ގަނޑެއް ތެރޭގައެވެ.  އެއްމެ ފަންގިފިލާއަކުން ފުއްމާލުމަކީ ކާއިން އަށް އުނދަގޫ ކަމެއް ނޫނެވެ. އެހެންނަމަވެސް ޖެހިލުންވަނީ ބޮލަށް އިތުރު ގެއްލުމެއް ލިބިދާނެތީއެވެ.

ފުން ނޭވާއެއް ލުމަށްފަހު ލަސްނުކޮށް ކާއިން ކުޑަ ދޮރުން ފުއްމާލިއެވެ. އެ ދިޔަ ބާރު މިނުގައި ގޮސް ކާއިން ޖެހުނީ ކޮންކްރީޓުން ހަދާފައިވާ ބިންމަތީގައެވެ. ޖެހުލެއް ބާރު ކަމުން ފައިގެ ކަށިގަނޑު ބިންދައިގެން ނުދިޔައީ ކިރިއާއެވެ. ފަޔަށް އަރައިގެތް ކުއްލި ތަދާއި އެކު އައްދިއްޔޯ އޭ ގޮވަމުން ކާއިން އެތަނުން ނިކުމެ ޓެކްސީއެއް ހޯދުމާއިގެން އުޅުނެވެ.

ޓެކްސީއެއް ނުލިބިގެން އުޅެނިކޮށް ބަނަކޮށްފައިވާ އުޑުން ވާރޭ ވެހެން ފެށުމުން ޓެކްސީއެއް ހޯދުންވީ ދަތިކަމަކަށެވެ. އެހެންކަމުން އިތުރަށް އެތާގައި މަޑުނުކޮށް އަސްކަނި ދަށުން ހިޔާ ހޯދަމުން ކާއިން އެތަނުން ދާން ހިނގަގަތެވެ. އޭރު ފައިގައި ކުޅަދާނަ ނުވާ ވަރަށް ރިއްސަމުން ދިޔައެވެ. އެހެންނަމަވެސް އެޔަށް ވުރެ ބޮޑަށް މާޒިން ކިބައިގެން ސަލާމަތްވާން ކާއިން ބޭނުމެވެ.

“ކާއިން، އާދޭ އަވަހަށް!” ކާއިންގެ އަތުގައި މިފަހަރު ހަމަ ރަގަޅަށް ވެސް  ނަސީބު ހިފާފިއެވެ. އެގެ ހުރި ގޯޅިގަނޑާއި ޖެހިގެން އޮތް ގޯޅިގަނޑުން ލަބާލުމާއި އެކު މާހިލް ކާއިންއަށް ގޮވައި ފުލުހުންގެ ކާރަށް އެރުމަށް ގޮވާލިއެވެ.

ކާއިންއަށް ހިނިތުންވެވުނެވެ. އަދި އަވަސް އަވަހަށް ގޮސް މާހިލްއާއި އެކީ ކާރުގެ ކުރީ ސީޓަށް އެރިއެވެ.

“ކޮންތާކުން ތިއައީ؟؟ އަޝްވާއާއި ޝަނުމް އަހަންނަށް ގުޅާފަ ބުނި ކާއިންއަށް މާޒިން ފެނިގެން އުޅޭ ވާހަކަ.. އެއީ ތެދެއްތަ؟؟؟ ކޮބާ މިހާރު އޭނަ” ކާރަށް އެރުމާއި އެކު މާހިލް އޭނާގެ ސުވާލުތައް ފައްޗެއްހެން އަމުނާލިއެވެ.

“އާން ، އަހަރެން މިއައީ މާޒިން ކައިރިން!! ” އެހެން ބުނެ ކާއިން އޭނާ އަތުގައި އޮތް މާހިލްގެ ލެޕްޓޮޕު މާހިލްއަށް ދައްކާލިއެވެ. އަދި ވެގެން އުޅޭ ގޮތް ވަރަށް ތަފުސީލްކޮށް މާހިލްއަށް ކިޔައިދިނެވެ. މާހިލް އޭނާއާއި އެކީ ކާއިން ހުރުމުން އޭނާގެ ފަހަތުގައި އޮތް ފުލުހުންގެ ކާރަށް ވެގެން އުޅޭ ގޮތް ކިޔައިދީ ކާއިން ބުނި ގެ ފާސްކުރުމަށް އެދުނެވެ. އެޔަށް ފަހު މާހިލް ކާއިން ގޮވައިގެން މާކޯނި ގެޔަށް ދިޔައެވެ.


 

ކާއިން އަންނާނެ ކަމަށް ބެލްކަނިން ބޭރު ބަލަހައްޓައިގެން ހުރި އަޝްވާގެ މޫނު މައްޗަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރި ކުރުވީ ބޯކޮށް ވެހެމުންދާ ބޯ ވާރޭ ތެރެއިން ކާއިން ފެނުމުންނެވެ. އަލްހަމްދުލިއްލާހި އޭ ބުނެ ﷲ އަށް ހަމްދުކުރަމުން އަޝްވާ ބާރު ބާރަށް ދުއްވާފައި ގޮސް ލިފްޓު ކައިރީގައި މަޑުކޮށްލިއެވެ. ކާއިން ސަލާމަތްކޮށް ދެއްވުމަށް އޭނާއަށް ދުއާ ކުރެވުނު އަދަދެއް ވެސް ނޭނގެއެވެ.

ލިފުޓުގެ ދޮރު ހުޅުވާލުމާއި އެކު އަޝްވާ ކާއިން ކައިރިއަށް ޖެހިލައި ކާއިންގެ ގައިގައި ބާރަށް ބައްދައިގަތެވެ.

“ދެން ވެސް އަހަރެން އެކަނިކޮށްލާފަ ނުދައްޗޭ.. ކާއިން އަހަރެން ދެރަ ނުކުރާނަމޭ ބުނެ ވައުދުވީމެއްނު.. ދެން ކީއްވެ ދޮގު ހެދީ” އަޝްވާއަށް އަންނަންވީ ރުޅިއެއް ކަމެއް އަދި ވާންވީ އުފަލެއް ކަމެއް ނޭނގުނެވެ. އެހާވެސް ބޮޑަށް ކާއިންއާއި މެދު ހިތުގައިވާ އިހުސާސްތަކުގެ އޮޅުންބޮޅުން ގިނައެވެ.

“އަޝްވާ ދޫކޮށްލާފަ އަހަރެން އެއްވެސް ތާކަށް ނުދާނަމޭ” ކާއިން ވެސް އަޝްވާގެ ގައިގައި ބައްދާލިއެވެ. އަދި ފުން ނޭވާއެއް ލައި އަޝްވާގެ ނިތްކުރިއަށް ބޮސްދިނެވެ. އެ އަސަރު މޭތެރޭގައިވާ ހިނދަކު ކާއިންއަށް އަޝްވާއާއި ދުރުގައި ހުރެވޭނެ ހެއްޔެވެ؟

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ލޯބިވަން….(ބާރަވަނަބައި)

Next

ހިތާ ފުރާނައިން… (54)

Next
February 26, 2018

ހިތާ ފުރާނައިން… (54)

Previews
February 26, 2018

ލޯބިވަން….(ބާރަވަނަބައި)

69 Comments!

  1. Orchid says:
    February 26, 2018 at 8:42 pm

    Finally .. adhikiyaavess nulan

    1. maroon says:
      February 26, 2018 at 10:58 pm

      Thanku orchid ??

  2. Pinky says:
    February 26, 2018 at 8:43 pm

    Me 1st

  3. Axy says:
    February 26, 2018 at 8:43 pm

    Thanks kiyaafa comment kollaanan ? ? ? ? ??

    1. maroon says:
      February 26, 2018 at 10:59 pm

      Thanku axy ??

  4. maroon says:
    February 26, 2018 at 8:44 pm

    Sorry guys. Maroon thankolheh balive ulheythy miadhuge part lasvy.. and adhi miulheny comments thakah reply ves nukoh levigen.. but miulheny kuran ngey.. and bunelan comment kuraa dhin; you guys means alot to me. Loves. Good night.. and annoying reader ? nice prediction ngey twins aai behey gothun… u were the first ??? bye good night.

    1. Reader says:
      February 26, 2018 at 9:17 pm

      Alheyy hama kuruhen heevany
      ???. Hithah araa story ehkoh kiya libeyne namaeyy… Maadhan skl ah nugos ves kiyna innaanan???Jk jk

    2. maroon says:
      February 26, 2018 at 11:01 pm

      Oh.. schoolah dhaan vaane ngey…. hehe.. reader ah special part eh genesdheyn vy dhw ?? thanku

  5. Xxxx says:
    February 26, 2018 at 8:47 pm

    Wooooww??????v.nice dear.waiting

    1. maroon says:
      February 26, 2018 at 10:59 pm

      Thanku xxxx ??

  6. Lily says:
    February 26, 2018 at 8:54 pm

    Waau ?

    1. maroon says:
      February 26, 2018 at 10:59 pm

      Thanku lily ??

  7. Pinky says:
    February 26, 2018 at 9:04 pm

    V v v nice

    1. maroon says:
      February 26, 2018 at 11:00 pm

      Thanku pinky ??

  8. Unkown says:
    February 26, 2018 at 9:21 pm

    Gws maroon ….mi baivx v rythi ….

    1. maroon says:
      February 26, 2018 at 11:01 pm

      Thanku unknown ??

  9. Shann says:
    February 26, 2018 at 9:23 pm

    Wow maroo up kohly dhw… Story up vehjetho belun adhadhuves neyngey…story kiyaahithun hama kehtherikan kolhunlaa varuvefa hury… Haadha ryhchey mubaives… Mifaharuves bunelaany hama enme rythy sifakurumey… Hama ehvanaey bunelaany… Mivareh nethey buneveyny abadhuves… Story ninmaairu v loabikoh ninmaalahchey… Mee kiyaahithun ehves foohikameh nethi kiyaaleveyne story eh dhw kudhinney… V dheravehje maroo balive ulhey vaahaka bunyma… GWS igey dear… Thy hama abadhuves ehvana..???????… Thivareh neh…??????… Thigothuga kuriah dheveytho balaa igey… Luv u n Miss u bodukoh…?????????????????????????????

    1. maroon says:
      February 26, 2018 at 11:04 pm

      Thanku shann… vvv ufaa vejje comment kiyaalaafa ..alhey thihaa thaureefu haggutha dear!!! M so happy . Hurihaa dhatheh dhakkaigen hinithun vefa mihiry.. i always wait for your comment… much love… take care.. miss you ❤??

  10. Pinky shifoo says:
    February 26, 2018 at 9:49 pm

    Alhey mi part vx haadha reehchey Maasha Allah ???… It’s wonderful ❤️❤️❤️… V v furihama ???… Nasybehnu kaain salaamai vikan… V rangalhah feelings thah deliver kohdhyfa hunnakan faahagakohlevey maroon ge stories thakuga ????… N sifakurunthah vx v v furihama kan faahaga kohlan ???… I really love your stories ❤️❤️❤️… Curiously waiting for the next part ???… Lots of love and take care ?❤️?????????

    1. maroon says:
      February 26, 2018 at 11:07 pm

      Thanku pinky shifoo.. ? neyge bunane ehves ehcheh.. vv happy vejje comment kiyaalaafa.. naseebeh dhw kaain ah maazin feni salaamathun eburi aadhevukan… thi kudhin ge support haadha libeyry kaain ah. Ehenvyma kaain salaamai kohdhehn vaanu.. loves tc ??

  11. click a shot ? says:
    February 26, 2018 at 9:51 pm

    kaain haadha gadhaey dhw..??????maahil men dhaanvaairah maazin men filaane kaneyge..???..neyngi huri baivaru hageegai egije mi part in….Mairaa aa reem ge ehves thafaathukameh nuhureytha.???.kaain haadhahaa loabivey dhw bappa dheke…??? ❤️❤️ ekam maazin men dhakaa vaahaka hageegathakah vehjiyaa hahsaanu dheke ves rulhi anaane kaneyge..?.mihaaru maroon kihinehtha..???.get well soon dear.???…n maahil jahanvi thankolheh maazin jehifa ini…it’s ok..enme mistake ehnun..ehen ves vaane dhw..Ethan alhaigathima buneli…click gaboolu kuran liyumaki varah undhagoo kameh kan.???..ekam maroon thihaa baliiruves vaahaka upkohdhinithi varah ufaavey…???.mi part hama varah salhi..ingey…????awesome…mairaa aa reem aa dhemyhun ehkoh ulheyiru haadha cute vaane.i wish they were together.?‍❤️‍?.mairaa fahun eyna ge mistake realize vaane nama…dhen reem forgive kurima varah salhi vaane..ekam emyhun dhani Jalah kaneyge…neynge hama maroon hadhaane gotheh…hehe…loves maroon…good night???❤️❤️❤️

    1. maroon says:
      February 26, 2018 at 11:11 pm

      Oh click..my dear click.. ur suprise will be delivered in the final part… eyoh boakoh vaarey vehey iru emyhun dhaany vaki konthanakah.. kaain ge dad dhw.. maazin hama dhoguves hadhaafaane dhw.. ei ekkameh kuranves jehilun vaane meeheh noon..reem ge twins dhw.. dhe myhun ehthaaku bahattaigen balama difference dhw…thanku so much mistake faahaga kohdhyma…maira ah hama komme gothehves vedhaane…loves tc.. good night. Have shweet dreams ❤?❤?

  12. Zuam says:
    February 26, 2018 at 9:53 pm

    Masha Allah …. varah varah reethi….. ???????❤❤❤❤❤❤❤
    Get well soon maroon……

    1. maroon says:
      February 26, 2018 at 11:11 pm

      Thanku zuam ??

  13. Aish says:
    February 26, 2018 at 9:57 pm

    Maasha Allah ..v v v heart touching….varah sad vey maroon balive ulheythi adhi ves ehfaharu avas shifaa akah edhen. .??inthixaaru ga hunna thaa kon ireh mihaaru..ekamaku ves ok thihaa balive ulhey iru ves up koh dheythi..ur my favourite dear..lots love..tc??????

    1. maroon says:
      February 26, 2018 at 11:12 pm

      Alhey maroon haadha lucky ey dhw mihaa understandung readers libunythy… m so happy ngey. In sha Allah emme dhuvahehves baaky nukoh story up kohdheynan.. much love. Tc??

  14. sana says:
    February 26, 2018 at 9:57 pm

    Varah reethi vaahakaeh ?

    1. maroon says:
      February 26, 2018 at 11:12 pm

      Thanku sana ??

  15. Hana says:
    February 26, 2018 at 10:26 pm

    Ashwaa aw ufaaweri Kan libey goih hadhaa dhyba v dherawey ashwa dherawefa abadhu hunnathy

  16. Zaaraa says:
    February 26, 2018 at 10:31 pm

    Nice???????????❤????????maroon ShafaakahAllah

    1. maroon says:
      February 26, 2018 at 11:13 pm

      Thanku zaaraa ??

  17. Ashwa says:
    February 26, 2018 at 10:32 pm

    inshaa allah maroon ah avas sifaa eh dhehvaashi aameen. story v reethi alhe mairaa aky vx kaain ge kokko ehthaa dhw haadha nulafaa kujjekey dhw avahah maazin gandu polihah havaalu koh ba mairaa vx.

    1. maroon says:
      February 26, 2018 at 11:14 pm

      Thanku ashwa…yes baeh meehunge haalathu dhw mee..badhalu hifan komme fadha kamehves koffaane..higaa dhw avahah thikamaigen ulhen ??

  18. jeen says:
    February 26, 2018 at 10:45 pm

    alheyy maroon.. very beautiful mi bai ves.. and get well soon dear.. mi bai kee iru hiyy heeevanii beyrah fummaalafaane hen.. hama din din vey ve inii… varah reethi… shanum and reem ge part ves varah touching.. and kaain and ashwa ge part ves.. varah ufaa vey different love story eh kiyaalan libeythii.. maroon kaarii ahaalan beynun kobaa thorr maroon ge favourite writer akii Maldives in..
    lots of love maroon.. story hama habeys..

    1. maroon says:
      February 26, 2018 at 11:21 pm

      Hey jeen ?… hehehe…vvvvvv ufaa vejje ngey comment kiyaalaafa… one of my fav readers..v support dheyne.. ehaame loabi comment kollaane..
      Maroonge fav writer dhw… tbh i dnt read much stories. Mi situn ves v madhu stories kiyany.. i have a fav story. But ei vv kurin kamun i dnt remember the name..eyga ulhey girl dheke two brothers ves v loabi vaane. Ekam marry kuraa brother divorce kuraany girl kujja.maa fahun e boy ah realise vaany eynage mistake. But eyru vaguthu faaithu vedhaane . story ah vure bodah lhen kiyaa hiy vany. Lhen fotheh dheefi nama i will sure get lost in it.. ❤?❤

  19. starme says:
    February 26, 2018 at 11:03 pm

    Varah furihama ingey. Bunaane ehchehves neyngunu?

    1. maroon says:
      February 27, 2018 at 6:11 pm

      ow… thanku dear ??

  20. Hairaan says:
    February 26, 2018 at 11:03 pm

    Gws maroon vaahaka varah reethi

    1. maroon says:
      February 27, 2018 at 6:11 pm

      thanku hairaan ??

  21. Maikko says:
    February 26, 2018 at 11:19 pm

    Varah reethi……..

    1. maroon says:
      February 27, 2018 at 3:49 pm

      Thanku maikko ??

  22. Hana says:
    February 26, 2018 at 11:30 pm

    Ashwaa happy kobba eyna dherawefa hunnathy v sad ashwa aky my favorite mi story ga

  23. Shai says:
    February 26, 2018 at 11:45 pm

    Hehe alhugandah kuri heevi gothah mi v reemge twin ah dhow ever
    Varah reethi

    1. maroon says:
      February 27, 2018 at 3:49 pm

      Hehehe.. nice prediction ??? thanku

  24. purplish says:
    February 27, 2018 at 1:45 am

    Mi site ga story liyaa emme loabi writer akee maroon. … dhuvaalaku up vefa intho beley adhadhehves neynge
    Mihaa furihama vaahaka thakeh genes dheythy v ufaavey. ….. thy hama thaureef kuran haggu sweet sweet girl eh. ….maroon ge komme story eh ves kiyan. ….ekam comment nukoh mifaharu hama hiyy hama eh nujehunu

    1. maroon says:
      February 27, 2018 at 3:50 pm

      Alhey dhoonya.. haadha hapoy vejje ey.. thats so shweet.. thiya asaru koffi ngey…so much thanks… so mych love… hiy ufalun folhilaifi.. thanku ??

  25. noo says:
    February 27, 2018 at 8:17 am

    maroon , thanks kaain salaamah kuryma, ashwaa and kaain gulhen beynumy, and mifaharu polihun maaxin men hoadheyne dhoo, i hate maaxin bt sad for mairaa, kyvebaa amyhaa mairaa nubalaa dhookohlee , hahsaanu ahvure amyhaa ge kuh bodu eyga. e story ah vygohvess balan beynun.
    i love u maroon, ur the lovely story writer.

    1. maroon says:
      February 27, 2018 at 6:12 pm

      hehhehe… letss hope dhw… ..maroon v loabi veyye kaain dheke…so he will safe… ?? yes.. ameehaa ge side of the story adhi balan jeheyne dhw… lovs tc

  26. annoying reader says:
    February 27, 2018 at 10:13 am

    hehe omg maroon finally reem ge twins fenijje dhw ? and just like i said she wanted revenge. but y didny reems mom doesnt knw abt her? thats a qs i want answer. anyway revenge naganshe kiyaafa amilliyah mom maraalani evves kuluneh bireh nethima kanneynge. she doesnt need to become a murder parents ge fault akun revenge nagan. hindh ah ves ehaa aniya veri vi but she doesnt become a murder. kaain mi ulhe gothun ashwa ekanyeh noon heart attack jeheni ? i got one too. thankyou for helping him roon. Abt time mazin and his gang got arrested. waiting for the next part i just love this part

    1. maroon says:
      February 27, 2018 at 6:15 pm

      thats a big question again.. lets find an answer for that too.. baeh meehun goas vegen kuraane nukuraane kameh neygeyne.. heheh.. kaain saf side gai in sha Allah bahattaanan… ngey..higaa avahah maazin hayyaru kuran.. but ehaa bodu kameh mihaa faseyhain kureveynetha?? loves tc ??thanku dear.. i was waiting for comment 😉

  27. Hana says:
    February 27, 2018 at 11:36 am

    Ashwa happy vaan beynun

    1. maroon says:
      February 27, 2018 at 6:15 pm

      dhoonya she will be the happiest story nimey iru ??

  28. Kiuntheriyaa says:
    February 27, 2018 at 1:24 pm

    Maroon dhoonee kaain ah ashwaa dhendheeba efakeeru ehaa dhera nukurey esoru ulhey gothun Mashah ves baeh faharu eba roveyviyya

    1. If ? says:
      February 27, 2018 at 1:40 pm

      Ebunaa hen ?
      Kaain nurovva ??
      Ma shah vex robi dhaane ??????????

    2. maroon says:
      February 27, 2018 at 6:16 pm

      hehehhe… alhey… higaa dhw ashwaa ah anagamaa.. eyrun ekan badhalu vedhaane kanneyge… ??thanku dear

  29. Joee says:
    February 27, 2018 at 1:28 pm

    I’m waiting to next part ???? oh maroon get well soon ???. I love this story ??? shafakahlaah maroon

    1. maroon says:
      February 27, 2018 at 6:16 pm

      thanku joee ??

  30. If ? says:
    February 27, 2018 at 1:40 pm

    Ebunaa hen ?
    Kaain nurovva ??
    Ma shah vex rovi dhaane ??????????

    1. maroon says:
      February 27, 2018 at 6:17 pm

      alhey dhoonya adhi ihah kudakoh keiy kohlamaa… i will give him the patience he needs ??

  31. ssannwa?❤? says:
    February 27, 2018 at 1:45 pm

    Waaaaau varah reethi ingey maroon mo part ves. Reem ge twin ah visneyne nama.maazin mee haadha nulafaa meehekey dhw. Psps. Varah reethi ingey vhk. Next part ah inthizaaru kuraanan???❤

    1. maroon says:
      February 27, 2018 at 6:18 pm

      thanku sana… yes hadhdhu fahanalhaafa dhw… ?? .. v ufaa vejje ngey comment kiyaalaafa ?

  32. broken ? says:
    February 27, 2018 at 1:53 pm

    wow bunantha mihaaru this storyis like my husbend hhhahaaahahah juss kiddin kaain basnaahaa dhw ulheny ashwa haadha dhera vaane eh dhw mihaaru kaain aa ashwaa maa salhi e shanum ah vure jus my idea ehehehh maroo dhn in part avahah up kohladheeba ekam if u dont mind kameh rangalhu kuran bunantha mihaaru mipart feshi iruga kury part ge bodu baeh ebain can u please reduce ebai ehaa muhinmmu noonehnun rulhi naannaathi hama bunely loves❤❤❤❤❤❤❤?????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. maroon says:
      February 27, 2018 at 6:19 pm

      omg… dhelo bodukohlevuny… yes thihkamaa visnaalaanan negy … vvv ufaa vejje thihaa loabi commenteh kollyma .much love ??

  33. Saadhu says:
    February 27, 2018 at 2:13 pm

    Gws dear.v furihama miyadhuge part ves.

    1. maroon says:
      February 27, 2018 at 6:20 pm

      thanku saadhu ??

  34. Eleven says:
    February 27, 2018 at 3:41 pm

    Avahah up kohdheeba..pls

  35. Azu says:
    February 27, 2018 at 4:52 pm

    Marroooon….evarah buneema ves kaain ekani fonuvee azu ah angaaves nulaa….maazin ah kulhi dhakkaaleemuhey gendhiya nama…??? kobaatha aneh bai…kiyaa hithunabadhu belenee up befa oiy tho….

  36. broken ? says:
    February 27, 2018 at 5:56 pm

    aneh bai ???

  37. Laylerr says:
    February 27, 2018 at 9:20 pm

    Exciting…..love it.?

Comments are closed.

Next Episodeތިޔަ އަސަރު 47←


All Right Reserved!