Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 39

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
February 21, 2018 11 Mins Read
72 Comments

 

އޭގެ އަނެއް ދުވަހަށް އިރުއަރައިފިއެވެ. އަޝްވާ ތަންކޮޅެއް އަވަހަށް ކާއިންއާއި އެކީ އޮފީހަށް ދިޔައީ ނުނިމި ހުރި މަސައްކަތްތައް ގިނަކަމުން އެކަންތައް ކުރުމަށް ވަގުތު ހޯދާށެވެ. އަދި މިއަދަކީ މިއުވާން އެއްބަސްވުމުގައި ސޮއިކުރަން އަންނަ ދުވަހަށް ވުމުން އެކަން ކުރުމަށް ވެސް ތައްޔާރު ވާން ޖެހޭތީއެވެ.

“އަހަރެން އެބަ އަންނަން ރީމްގެ މޭޒުމަތީ ހުރި ފައިލްތައް ހިފައިގެން..” އަޝްވާ ކެބިންއަށް ނިކުންނަމުން އެވަގުތު އެތާގައި ހުރި ކާއިންއާއި ވާހަކަ ދައްކާލަމުން ބުނެލިއެވެ.

ރީމް އަދިވެސް އޮފީހަށް ނުނިކުންނާތީ ރީމްގެ މަސައްކަތްތައް ވެސް ކުރަމުން ދަނީ އަޝްވާއެވެ.

“ރީމް ކީއްކުރަން އޮފީހަށް ތިއައީ” އޮފީހުގެ މައިބަޔަށް ވަންއިރު ރީމް މޭޒުދޮށުގައި އިންތަން ފެނި ހައިރާންވެފައި އަޝްވާ އަހާލިއެވެ. ޝަނުމް ހުއްދަ ނުދޭތީ ރީމް ރޭގައި އޭނާއަށް އޮފީހަށް ނާދެވޭނެ ވާހަކަ ވަނީ ބުނެފައެވެ.

“އެއީ ކުޑަ އެއްޗެއް ޕުރިންޓްކޮށްލަން މިއައީ.. އަހަރެން ދަނީ އޭ ދެން” އަޝްވާގެ އަޑުއިވުމާއި އެކީ ކޮންޕިއުޓަރުގެ ސްކުރީނަށް ގެއްލިފައި އިން ރީމް ދިޔައީ ސިއްސައިގެންނެވެ.

“ދަނީ ތަ ޕުރިންޓްވެސް ނުކޮށް” އަޝްވާ އައުމުން ރީމް އަވަސް އަވަހަށް ގޮނޑިން ތެދުވެ ދާން ހިނގައިގަތުމުން އަޝްވާ އަހާލިއެވެ.

“އާން ދެން އޯކޭ.. ދަނީ އޭ” އަޝްވާއަށް އިތުރު އެހެން އެއްވެސް އެއްޗެއް ބުނަން ފުރުސަތު ނުދީ ރީމް އެތަނުން ނިކުމެގެން ދިޔައެވެ.

“ރީމް…” ރީމް ދިޔުމުން އަޝްވާ ހަނދާނަށް އެއްޗެއް އައިހެން ރީމްގެ ފަހަތުން ދާން އުޅުނެވެ.

އެހެންނަމަވެސް ރީމް އަޝްވާގެ އަޑަށް ބީރު ކަންފަތެއް ދީ އޮފީހުގެ މައިދޮރުން ނިކުމެގެން ދިޔައެވެ.

ރީމް އެހެން ކަންތައް ކުރުމުން ހައިރާންވެ ހުރެ އަޝްވާ އެބުރި އޭނާގެ ކޮޓަރިއަށް ދިޔައެވެ. އޭރު މިއުވާން އޭނާގެ އިންތިޒާރުގައި އިނެވެ. މިއުވާން އައުމުން އަޝްވާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލީ މިހާ އަވަހަށް މިއުވާން އައުމުންނެވެ.

“އަހަރެން މީޓިންގެ ކުރިން އައީމަ ދޯ ގަޑިއަށް ތި ބަލާލީ؟” އަޝްވާ ފެނުމުން މިއުވާން އަހާލިއެވެ.

“އާން.. އަހަރެން ހިތަށް މި އެރީ ގަޑި ދިޔަލެއް ހާދަ އަވަހޭ.. ކަމަކު ތަ މާ އަވަހަށް ތިއައީ؟” އަތުގައި ހުރި ފައިލްތައް މޭޒުމަތީ ބަހައްޓަމުން އަޝްވާ ބުނެލިއެވެ.

“އާން.. މި އައީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެކަމާ ވާހަކަދައްކާލަން ކަމަށް.. އުނދަގޫ ގަޑިއެއްގައިތަ މިއާދެވުނީ” މިއުވާން އެހެން ބުނެލި ކުޑަކޮށް ވިސްނާލާފައިކަން މޫނުމަތިން ފެންނަމުން ދިޔައެވެ.

“ނޫނޭ.. މިވަގުތު ހަމަ ރަނގަޅު .. ތި އެއްބަސްވުމާއި ބެހޭ ގޮތުން ވާހަކަދައްކާލަން ކާއިން ވެސް ބައިވެރި ކުރަންވާނެ އެއްނު.. މަޑުކޮށްލާ އިނގޭ.. އަހަރެން މި ގުޅާލަނީ ކާއިންއަށް” މިއީ ކާއިންއާއި ގުޅިފައި އޮތް މައްސަލައަކަށް ވުމުން އަޝްވާ ކާއިންއަށް ގުޅާލިއެވެ. އެހާ އަވަހަށް ކާއިން ދިޔަ ތަނަކާއި މެދު ވިސްނާލަމުންނެވެ.

އަޝްވާ ކާއިންއަށް ގުޅާލިތާ ދެތިން މިނެޓް ތެރޭ ކާއިން އެތަނަށް އައެވެ.

“މިއުވާން.. ކިހިނެތް؟ ފަހުން ހަބަރެއް ވެސް ނުވަމެއްނު” އަޝްވާގެ ކެބިންއަށް ވަދެގެން އައި ކާއިންއަށް މިއުވާން ފެނުމުން ހިނިތުންވެލައި ސަލާމްކޮށްލިއެވެ.

“އަހަރެން ވަރަށް ރަނގަޅު.. އަޑުއެހިން ކާއިންގެ ބައްޕަ ތުހުމަތުތަކެއްގައި ހައްޔަރުކުރެވުނު ވާހަކަ.. ކިހިނެތް މިހާރު އެކަންތައް ދަނީ؟” މިއުވާން އޭނާއަށް ލިބިފައިވާ މައުލޫމާތުގެ ތެދު ދޮގު ބަލާލަން އަހާލިއެވެ.

“އާން.. ބައްޕަ ވީ ޖަލުގައި.. އެކަމަކު އަދި މައްސަލަ އެއްކޮށް ބަލާ ނުނިއްމާ” ބައްޕަގެ ވާހަކަ ދެއްކުމުން ކާއިންގެ ހިނިތުންވުން ފަޑުވެގެން ދިޔައެވެ.

“އިމާރާތް ކުރުމުގެ ކުރިން އެތަން ކުއްޔަށް ހިފަން އުޅޭ މީހުންނާއި ވާހަކަ ދައްކާލަން ބޭނުންތަ؟ އެހާ ދިގު މުއްދަތަކަށް އެތަން ދޭއިރު އެމީހުންގެ ހިޔާލެއް ވެސް މިކަމުގައި އޮތުން އަހަންނަށް ވަރަށް މުހިއްމު.. އެއީ އެމީހުން އެބަ ކިޔާ ބިން އެއްކޮށް ގަންނަން އުޅޭ ވާހަކަ ވެސް.. އެމީހުން ރަގަޅު އަގެއް ދީފި ނަމަ އެގޮތަށް ނިންމަން އަހަރެން މިހިރީ.. ކިހިނެތް ވާނެ މިގޮތް؟” މިއުވާން އަޝްވާއާއި ކާއިންގެ ހިޔާލު ހޯދާލިއެވެ.

“ކީއްކުރަން ބިން ވިއްކާލަނީ. އޭރުން އެމީހުންނަށް މުޅި އުމުރަށް އެތަން މިލްކުވާނެއެއްނު؟” ކާއިން އެގޮތެއް ބޭނުމެއް ނޫނެވެ.

“އަހަރެން މިއުޅެނީ ހުޅުމާލެއަށް ކުންފުނީގެ އޮފީހާއި އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކުރަން.. އެހެންވެ އެކޮޅުން ބިން ގަނެވޭހާ ލާރި މި ތަން ވިއްކާލައިގެން ލިބޭނެއެއްނު” މިއުވާން ކިޔައިދިނެވެ.

“އަހަރެންގެ ވާހަކަ އަޑުއަހާނަމަ އެހާ އަވަހަށް މީހުންނަށް އިތުބާރު ނުކުރޭ.. ނޭނގެއެއްނު އެމީހުން ދީފާނެ ލަޑެއް ވެސް.. އެހާ ބައިވަރު ލާރި އެމީހުން ހޯދި ގޮތަކާއި މެދު އަހަރެންގެ ހިތުގައި ސުވާލު އުފެދޭ.. އަލަށް ވިޔަފާރިއެއް ފައްޓަން ވެސް ލައްކައިން ރުފިޔާ ބޭނުންވޭ.. ދެން ތިބުނީ ބިން ގަންނަން އުޅޭ ވާހަކަ.. ގަބޫލުކުރަން ދަތި ދޯ” ކާއިން ބޭނުންވީ މިއުވާންގެ ހިޔާލު ބަދަލުކުރާށެވެ. އޭރުން މާޒިން ކުރަން އެއުޅޭ ކަންތަކަށް އޭނާއަށް ހުރަސްއެޅޭނެކަން ޔަގީނެވެ.

“އަޝްވާގެ ހިޔާލަކީ ކޮބާ؟” މިއުވާން އަޝްވާއަށް ބަލާލަމުން އަހާލިއެވެ. އެރޭ ޖަލްސާއަށް ފަހު މިއުވާނަށް އަޝްވާއާއި ދޭތެރޭ ވިސްނެއެވެ. ލޯބި ނުވިޔަސް ކަމުގޮސްފިއެވެ.

“އަހަރެން ވެސް ކާއިންގެ ވާހަކައަށް ތާއީދު.. ” ކާއިން އަޝްވާ ކައިރީގައި ހުރިހާ ވާހަކައެއް ކިޔައިދީފައިވުމުން ކާއިންގެ ބަހަށް އެއްބަސްވިއެވެ.

“ތިހެން ވެއްޖެއްޔާ އަހަރެން ދެވަނަ ވިސްނުމަކަށް ގޮސްދާނަން.. އެ މީހުންނާއި ވަރަށް ވާހަކަ ދައްކާފަ އަނގަ ބަހުން ނިންމާފަ އޮތް ގޮތެއް މީ.. ” އަޝްވާ އެހެން ބުނުމުން މިއުވާން އޭނާގެ ހިޔާލު ބަދަލުކުރަން އުޅުނެވެ.

“އެ މީހުންނަށް ގުޅާފަ މި އޮފީހަށް އަންނަން ބުނަންވީ އެއްނު.. އޭރުން އެއްމެން އެއްކޮށް ތިބެގެން ގޮތެއް ނިންމަން ފަސޭހަވާނެ.. މިއުވާން ބުނީމެއްނު އެމީހުން ބޭނުންވާ ގޮތަށޭ އިމާރާތް ކުރާނީ” މިއުވާން ހިޔާލު ބަދަލުކުރަން އުޅުމުން ކާއިންއަށް ހަމަޖެހުމެއް ލިބުނެވެ.

ކާއިން އެހެން ބުނުމުން މިއުވާން އެމީހުންނަށް ގުޅަން ބޭރަށް ދިޔައެވެ.

“ވަރަށް ބެސްޓް އިނގޭ.. ކޮބާ އަހަރެން ދިން ރިކޯޑަރު.. ބަލާބަ އޮންކޮށްފަ ހުރިތޯ” މިއުވާން ދިޔުމުން ކާއިން ބުނެލިއެވެ. މިއަދަށް ފަހު ކާއިން މާޒިންއަށް ވުރެ އެއް ފިޔަވަޅު ކުރިއަށް އަޅަން ގަސްތުކުރިއެވެ. އޭރުން އެއްމެ ފަހު ދުވަހު ކާމިޔާބު ލިބޭނީ އޭނާއަށް ކަމާއި މެދު ހިތުގައި އުއްމީދެއްވެއެވެ.

މިއުވާން ދިޔަތާ ތިރީސް ވަރަކަށް މިނެޓް ފަހުން އެބުރި އައީ ދެ މީހުން ގޮވައިގެންނެވެ. އެމީހުން ލައިގެން ތިބީ އޮފީސް ގަމީހާއި ފަޓުލޫނެވެ. އަރައިގެން ހުރި ބޫޓުންނާއި ބޮލުގައި ފުނާއަޅާފައިވާ ގޮތުން ހަރުދަނާކަން ދައްކުވައިދެކެވެ.

“އައްސަލައިމަލައިކުމް” އެމީހުންގެ ތެރެއިން ކުރީގައި ހުރި މީހާ ކެބިންގެ މެދާއި ހަމައަށް އާދެވުމުން އަޝްވާއާއި ސަލާމްކޮށްލުމަށް އަތް ދިއްކޮށްލިއެވެ.

“ވައަލައިކުމުއްސަލާމް.. އަޅުގަނޑަކީ ކާއިން.. ދެން މިހިރީ އަޝްވާ” އަޝްވާ ކައިރީގައި ހުރި ކާއިން އަޝްވާއަށް ވުރެ ކުރިން އެމީހާގެ ސަލާމް ބަލައިގަތެވެ. ކިތައްމެ ހަރުދަނާކަން ބޭރު ފުށުން ފެނުނަސް އެމީހުންގެ ބޭނުން ކާއިން ވަރަށް ރަގަޅަށް ދެނެގަތެވެ. އެހެންކަމުން އެއިން މީހަކު އަޝްވާއާއި ކައިރިވުމަކަށް އޭނާ ނޭދެއެވެ.

“އަޅުގަނޑަކީ މިހުސާން ދެން މިހިރީ އަޅުގަނޑުގެ ވިޔަފާރީގެ ޕާޓްނާރ ނިޒާމް” މިހުސާން ހިނިތުންވެލަމުން ތައާރަފުވެލިއެވެ.

ފަސް މީހުން އެކުގައި ބައްދަލުވުމާއިގެން ކުރިއަށް ގެންދިޔައެވެ. ކާއިން އޭނާގެ ވާހަކަތައް އަދި ސުވާލުތައް ކުރަމުން ދިޔައީ އެމީހުންގެ ފޮރުވިފައިވާ ބޭނުން ނޭނގޭ ކަމަށް ހަދައިލައިގެންނެވެ.

“ކޮން އިރަކު ތޯ ވިޔަފާރި ފަށަން ގަސްދުކުރަނީ” އެކި ވާހަކަތައް ދައްކާލަމުން ގޮސް އަޝްވާ އަހާލިއެވެ.

“ހުރިހާ ކަމެއް ވެސް މިދާ ބާރު މިނުގައި ގޮސްފި ނަމަ ދެ ތިން މަސް ތެރޭ ފެށޭ ވަރުވާނެ.. އަޅުގަނޑުމެން ވަރަށް އުފާކުރަން މި ކުންފުނީގެ ބެލުމުގެ ދަށުން މިތަން އިމާރާތް ކުރެވޭތީ.. މިއީ މިހާރު ރާއްޖޭގެ އެއްމެ ގިނަ ބަޔަކު އިތުބާރު ކުރާ އެއް ކުންފުނި.. އަޅުގަނޑުމެންގެ އެއް އެދުން އެބަ އޮތް” ވާހަކަ ނިންމާލަމުން މިހުސާން ބުނެލިއެވެ. އަޝްވާ އެއީ ކޮންކަމެއް ތޯ ސުވާލުކުރިއެވެ.

“އަޅުގަނޑުމެންނަކީ އާ ވިޔަފާރިއެއް ނަމަވެސް  އަޅުގަނޑުމެންނަކީ މި ދާއިރާގައި އެތައް ތަޖުރިބާއެއް ލިބިފައި ތިބި މީހުން.. އެގޮތުން މިފަހަރު  ހާއްސަ އިސްކަމެއް ދޭ ކަންތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ކަސްޓަމަރުންގެ މައުލޫމާތު  ކޮންފިޑެންޝަލް އެއްޗެއްގެ ގޮތުގައި ބޭއްވުން ހިމެނޭ.. އޭރުން ދެ ފަރާތުން ވެސް އިތުބާރާއި އެކީ މުއާމަލާތް ކުރުމަށް ފަސޭހަވާނެ” ނިޒާމް އިސްވެ އެ ސުވާލަށް ޖަވާބު ދޭން އުޅުނެވެ.

“ނިޒާމް އެބުނިހެން މިކަންތައް ލިމިޓް ކުރެވޭ އެއްމެ ބޮޑަކަށް އަޅުގަނޑުމެން ލިމިޓް ކުރާނަން. އެ ގޮތުން އޮފީސް ހުޅުވާއިރު އޮފީހަށް ނަގާ މުވައްޒަފުންނަށް ހާއްސަ ތަމްރީންތަކެއް ދެވޭނެ.. އަޅުގަނޑުމެންގެ އެދުމަކީ މި ކުންފުނިން އިމާރާތް ބިނާ ކުރިއަސް އިމާރާތުގެ ކުރެހުމާއި އެތެރޭގެ ފަރުމާ އެހެން އެއްވެސް ފަރާތަކާއި ހިއްސާނުކުރުން.. އަދި އޮފީހުގެ ސެކިއުރިޓީ ފީޗާރސްތައް ވެސް ސިއްރެއްގެ ގޮތުގައި ބެހެއްޓުން..” ނިޒާމްގެ ވާހަކަޔަށް އިތުރުކުރަމުން މިހުސާން ބުނެލިއެވެ.

ނަމަވެސް އެމީހުނަށް އެ ވާހަކަތައް އެހިއްސާކުރެވެނީ އެކަމަށް އެއްމެ އެދި އެދި ހުރި ފަރާތާއި ކަން ނޭނގެއެވެ. ކާއިން ދިޔައީ އެމީހުން ދެއްކި ހުރިހާ ވާހަކަތެއް ސިކުޑީގައި ރައްކާކުރަމުންނެވެ.

“އެއްވެސް މައްސަލައެއް ނެތް.. ތި ބޭފުޅުން ބޭނުންވި ގޮތެއް.. ދޯ އަޝްވާ!” އަޝްވާއަށް ދޯ އެއް ދެމުން ކާއިން ބުނެލިއެވެ.

“އާދެ..އެއްބަސްވުމުގައިވާ ހުރިހާ އެއްޗަކަށް އަޅުގަނޑުމެން ރުހުން ލިބިއްޖެ.. ސޮއި ކުރަން ތައްޔާރުވާންވީ” ކާއިން އެމީހުންނާއި ވާހަކަ ދައްކަމުން ދިޔައިރު އަޝްވާ ދިޔައީ މިއުވާން ގެނައި އެއްބަސްވުން ކިޔަމުންނެވެ. އޭގައިވާ ކޮންމެ ޖުމްލައެއް ކޮންމެ ބަހެއް އަޝްވާ ވަރަށް ފަރުވާތެރިކަމާއި އެކީ ކިޔެވެ.

އަޝްވާ ފިޔަވައި ދެން ތިބި މީހުން ތިބީ ކެބިންގައި ހުރި ސޯފާގައެވެ. ކާއިން އިނީ މިހުސާން އާއި ޖެހިގެންނެވެ. މިހުސާން ގެނައި ސޫޓް ކޭސް ހުރީ ކާއިންއާއި ވީ ފަރާތުގައި ކަމުން ކާއިން ގުދުވެލާފައި އޭގައި ޓްރެކިންގ ޑިވައިސްއެއް ހަރުކޮށްލިއެވެ. އެއީ އޭގެ ކުޑަކަމުން ރަގަޅަށް ހޯދާ ބަލައިފި މީހަކަށް ނޫނީ އެ ނުފެންނަ ވަރުގެ ކުޑަ އެއްޗެކެވެ.

އޮފީސް ނިންމާލުމަށްފަހު އަޝްވާ ގެޔަށް ދިޔައިރު ކައުސަރު އާއި ރީމް ބަދިގޭގައި އުޅެއެވެ.

“ރީމް.. ކީއްވެތަ އަހަރެން އެވަރަށް ގޮވީމަވެސް ވާހަކަ ނުދައްކާ ދިޔައީ.. އަހަރެން ޝަނުމް ކައިރީ ބުނެފާނެތީ ބިރުގަތީތަ” ހަވީރު ސަޔަށް ތައްޔާރުކޮށްފަ ހުރި މޭޒު ކައިރީ އިށީދެލަމުން އަޝްވާ ބުނެލިއެވެ. ހެނދުނު އޮފީހަށް ދިޔަ ގޮތަށް ކާން ވެސް ހުސްވަގުތެއް ނުލިބި ބުރަކޮށް އުޅުމުން ހަށިގަނޑު ވަނީ ލޮޑުވެފައެވެ.

“އަހަރެން ކޮންތާކަށް ދިޔަ ވާހަކަ ތި ދައްކަނީ؟” އަޝްވާ އެހެން ބުނެލުމުން ސުވާލުގެ ނަޒަރަކުން އަޝްވާއާއި ދިމާލަށް ބެލުމަށްފަހު ރީމް އަހާލިއެވެ.

“މިއަދު ހެނދުނު އޮފީހަށް ދިޔަ ވާހަކަ އަހަރެން މި ދައްކަނީ.. އަހަރެން ގޮސް އެމީހެއްނު ކީއްކުރަންހޭ އޮފީހަށް އައިސްގެން ތިއުޅެނީ.. ދެން ރީމް ބުނީ ކުޑަ އެއްޗެއް ޕުރިންޓްކޮށްލަންށޭ މިއައީ.. އެކަމަކު ރީމް ދިޔައިރު އެއްވެސް އެއްޗެއް އަތުގައި ނެތުމުން އަހަރެން އެހީމެއްނު ޕުރިންޓްނުކޮށްހޭ ތި ދަނީ… ދެން ރީމް ބުނީ ދަނީއޭ.. އަހަރެން ފަހުން އެވަރަކަށް ގޮވީ ރީމް އެކަނި ނުފޮނުވާންށޭ.. އެކަމަކު އަޑުނީވޭ ކަމަށް ހަދާލައިގެން ދިޔައީއެއްނު” ފުރަތަމަ އަދި ދެވަނަ ޖުމްލައާއި ހަމައަށް ދިޔައިރުވެސް ރީމްގެ މޫނުމަތިން ސުވާލުމާކުތައް ނުފިލާތީ އަޝްވާ ކަން ހިނގި ގޮތް އެއްކޮށް ކިޔައިދިނެވެ.

“އަހަރެން ނުދަން މިއަދު ބޭރަށް.. އެއްކޮށް ވެސް ގޭގަ މިއުޅެނީ” އަޝްވާ ދެއްކި އެއްވެސް ވާހަކައެއް ރީމްގެ ހަނދާނުގައި ނެތެވެ.

“ދެން އެކަމަކު އަހަންނަށް ރީމް ނޯޅޭނެ ދޯ.. ރީމްއޭ ބުނެ ގޮވާލުމުން އެހެން މީހެއްވެސް ޖަވާބެއް ނުދޭނެ ދޯ” ރީމްގެ ވާހަކަތައް ގަބޫލުނުކުރެވޭތީ އަޝްވާ ބުނެލިއެވެ.

“އަސްލުވެސް އޭ.. އަހަރެން އެއްކޮށް މިއުޅެނީ ގޭގަ.. މަންމަ ގެޔަށް ކީއްކުރަން ތިރީގައި ހުރި ފިހާރައަކަށް ވެސް ނުދަން” ރީމް ޔަގީންކަމާއި އެކީ ބުނެލިއެވެ.

“ތި ވާނީ އަޝްވާ  އަނެއްކާވެސް ހިޔާލީ ދުނިޔެއެއްގައި އުޅޭ ދުވަހަކަށް، ނޫނީ ރޭގަ ފެނުނު ހުވަފެނެއްގެ ވާހަކަ ތަ ތި ދައްކަނީ؟” ރީމް އެހެން ބުނެލަމުން ސައި ތައްޔާރު ކުރުމައިގެން އުޅުނެވެ.

“ނޫން.. އަހަންނަށް ޔަގީން އެއީ ރީމްކަން.. ” ހެނދުނު ހިނގައި ދިޔަ ކަންތައް ހަނދާނަށް ގެންނަމުން އަޝްވާ ބުނެލިއެވެ.

“އަޝްވާ، އެމަންޖެ މިއަދު ބޭރަށް ނުދޭ.. ދައްތަ އާއި ދެ މީހުން މުޅި ދުވަސް އެއްކޮށް ހޭދަކުރި އިރު ކިހިނެތް ދައްތައަށް ނޭނގި ރީމް ގެއިން ނިކުމެގެން ދާނީ” ކައުސަރު އެޅީ ރީމްގެ ފަޅިއަށެވެ.

“އެހެންތަ.. ތިހެންވިއްޔާ މިއީ އަޅުގަނޑަށް ހީވި ހީވުމެއް ކަންނޭނގެ” އެހެން ބުންޏަސް އަޝްވާ އެކަން ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. ލޯކުރިމަތިން ރީމް ފެނި އެއަޑު ކަންފަތުގައި ޖެހިފައިވުމުން އެހެން މީހުންގެ ބަސް ގަބޫލުކުރުން ވާނީ ދަތިކަމަކަށެވެ.

“މަންމާ، ތީ މިގޭ އެއްމެނަށް ތައްޔާރު ކުރި ހެދިކާ ތަ؟” އަޝްވާގެ ހިޔާލުގެ ވާފަށް ކަނޑައިގެން ދިޔައީ ކާއިންގެ ބާރުގަދަ އަޑުއިވިފައެވެ.

“އާން، ކިހިނެތްވީ.. ދަރިފުޅުމެން އޮފީހުން އަންނަންވާ އިރަށް ސައި ތައްޔާރު ކޮށްލަން މިއުޅެނީ.. ހަފީޒާ އެބަ އުޅޭ ފޮނި އެއްޗެހި ތައްޔާރުކުރަން.. ސައިނުބޮއި ބޭރަށް ނުދައްޗޭ” ހެދިކާތައް ކެކެމުން ދިޔަ ހޫނު ތެޔޮ އެއްޗެއް ލަމުން ދިޔަ ކައުސަރު ބުނެލިއެވެ.

“މަންމާ އަޅުގަނޑު އެބަ ޖެހޭ މިގަޑީ ވަރަށް އަވަހަށް ތަނަކަށް ދާން.. ފަހުން ސައިބޯން އަންނާނަން އިނގޭ.. އަޝްވާ ކާން އުޅުނަސް އަޅުގަނޑަށް ވީ ބައި ނުދެއްޗޭ.. މިހާރު ވެސް އެއިނީ ނުލާހިކު ބަނޑުހައިވެފަ.. ” އަޝްވާގެ ބޯ ހާވާލަމުން ކާއިން ބުނެލިއެވެ.

އަޝްވާ ކާއިންގެ އަތުގައި ހިފައި ބާރުކޮށްލަމުން ރުޅިވެރިކަމުގެ ނަޒަރުން ބަލާލިއެވެ.

“ސޮރީ ޗެރީ، އެއީ އެހެން ބުނި އެއްޗެއް ނޫން.. ގިނަގިނައިން ކައްޗޭ.. އިނގޭ!” އަޝްވާ ބަލާލި ގޮތުން ކާއިން ބުނެލިއެވެ.

“ބަލާތި ކާއިންއަށް އެއްވެސް އެއްޗެއް ނުބަހައްޓާ އަހަރެން ހުރިހާ އެއްޗެއް ހުސްކޮށްލާނަން.. އޭރުން ހުންނާތި ދެރަވެފަ”ކާއިން އާއި ދިމާލަށް ދޫ ނެރެލަމުން އަޝްވާ ބުނެލިއެވެ.

“އެއީ އަހަރެން އެހެން ބުނި އެއްޗެއް ނޫނޭ.. އަޝްވާ ތީ ހަމަ އެއްމެ ރީތި ޕާފެކްޓް ކުއްޖާ.. ހުރިހާ ގޮތަކުން ވެސް ނަންބާރ ވަން” އަޝްވާގެ މޫނުމަތިން ހިތާމަ ނުދެއްކިޔަސް ކާއިން ބިރުގަތެވެ. އަޝްވާ ދެރަކުރެވިދާނެތީ އަވަހަށް މާފަށް އެދުނީ އެހެންވެއެވެ. ސަމާސާއަކަށް ނަމަވެސް އަޝްވާ ދެރަކޮށްލުމަކީ އޭނާގެ ހިތަށް ކުޅަދާނަ ވާނެ ކަމެއް ނޫނެވެ. ކުރިން ގެންގުޅުނު އާދަތަކާއި ދުރުވާން މަސައްކަތް ކުރަނީ އެހެންވެއެވެ.

ބަދިގޭގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު ކާއިން ބޭރަށް ދާން އެތަނުން ހިނގައިގަތެވެ.

“ކާއިން، މަޑުކޮށްބަލަ.. ކޮންތާކަށް ތި ދަނީ” ކާއިން ފައިވާން ލާން ހުއްޓައި އަޝްވާ ދުވެފައި އައިސް ސުވާލުކޮށްލިއެވެ.

“އަހަރެން އެބަ އަންނަން ތާކަށް…”

“ތި ދާ ތަނެއްގެ ނަން ބުނެބަލަ” ކާއިންއަށް ފުރިހަމައަށް ޖަވާބު ނުދެވެނީސް އަޝްވާ އަހާލިއެވެ.

“އަހަރެން އެބަ އަންނަމޭ ވަރަށް އަވަހަށް.. މި ދަނީ މީހަކާއި ބައްދަލުކޮށްލަން” ކާއިން ބުނެލިއެވެ.

“ކޮން ނަމެއް ކިޔާ ރައްޓެއްސެއްތަ؟” އަޝްވާ އަވަސް އަވަހަށް އަހާލިއެވެ. އެ ސުވާލުތައް ކުރާއިރު އަޝްވާއަށް ކާއިން ދާން އުޅޭ ތަން އެނގޭ ކަހަލައެވެ.

“އޯކޭ ޑިޓެކްޓިވް! އަހަރެން މިއުޅެނީ އެ މިހުސާން ވީ ތަނެއް ބަލާލަން ދާން ކަމަށް.. ނުބުނައްޗޭ ނުދާށެ..” އަޝްވާގެ ކޮލުގައި ހިފާލަމުން ކާއިން ބުނެލިއެވެ.

“ނުދާތި!… އެހެންނޫނީ ކާއިންގެ މަންމަ ކައިރީ ބުނާނަން” ބިރުދައްކައިގެން ވިޔަސް ކާއިން ފޮނުވަން އަޝްވާ ބޭނުމެއް ނޫނެވެ. މިފަހަރު ގޮސް ވެއްޓޭނީ ކޮން އަނދަވަޅަކަށް ކަމެއް ނޭނގެއެވެ.

“އަޝްވާއަށް ކެރެންޏާ ގޮސް ބުނެލާ!” ކާއިން ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ.

“ދެން ކާއިން! މަންމަ ކައިރީ ނުބުންޏަސް އަހަރެން ބުނީމަ ނުގޮސް ހުރީމަ ވީއެއްނު.. ކާއިންއަށް ދެރައެއް ލިބެން ނޭދޭތީއޭ އަހަރެން ކާއިން ނުފޮނުވަން މިއުޅެނީ.. ” އަޝްވާ ބޮޑާހާކާލިއެވެ. ބައްޕައޭ ބުނެފިނަމަ ކާއިން އެހެން މީހެއްގެ އަޑު ނާހާނެކަން އަޝްވާއަށް އެނގެއެވެ.

“އެކަމަކު އަޝްވާ! މިހުސާން ދާ ތަނެއް އަހަންނަށް އެގިއްޖެނަމަ މާޒިން ހޯދަން އަހަންނަށް ވަރަށް ފަސޭހަވާނެ. ވެދާނެ މިހާރު އެމީހުން އެ ތިބީ އޭނަ ކައިރީ ކަމަށް ވެސް” ކާއިން ބަހަނާ ދައްކަން އުޅުނެވެ.

“އަހަރެން މިބުނީއެއްނު ގޮސްގެން ނުވާނޭ.. ކާއިން އަހަރެން ދެރަ ކުރަން ބޭނުމިއްޔާ ދިޔަޔަސް އެއްމެ ރަގަޅު” އަޝްވާ ވަގުތުން ވާހަކައިގެ ރާގު ބަދަލުކޮށްލިއެވެ.

“ވަރަށް މޮޅު އިނގޭ.. އަހަރެން އަޝްވާ ދެރަކުރަން އެއްވެސް ކަމެއް ނުކުރާނަމޭ ބުނީމަ އިމޯޝަނަލް ބުލެކްމެއިލް ކުރަން ފެށީދޯ” ކުޑަކޮށް ހިނިތުންވެލަމުން ކާއިން ބުނެލިއެވެ.

“ނޫން މީ ހަގީގަތް.. އިއްޔެ ކާއިން ކުރަން އުޅުނު ކަންތައް އަހަންނަށް އެގުމުން، ވަގުތުން ތިގެޔަށް ދިޔައިރު ކާއިން ކޮޓަރީގައި ނެތުމުން އަހަރެންނަށް ލިބުނު ޝޮކު އެނގޭތަ؟!.. އަހަރެން ހީކުރީ ދެން ދުވަހަކުވެސް އަހަންނަށް ކާއިން ނުފެންނާނެ ކަމަށް.. އަދި ދުވަހަކުވެސް މިހާ ގާތްކޮށް އުޅުމުގެ ފުރުސަތެއް ނުލިބޭނެކަން.. ކާއިންގެ ކޮޓަރިން ކާއިންގެ މަންމަމެންގެ ކޮޓަރިއަށް ދިޔައިރު އަހަރެން ހޭނެތިގެން ނުވެއްޓި ހުރުވުނުކަން ނަސީބެއް. އެހާ ވެސް ހިތް އަވަސްވެފަ ހުރީ” އިސްޖަހައިލަމުން އަޝްވާ ބުނެލިއެވެ.

“އަނެއްކާ ވެސް ކާއިން ތިއުޅެނީ ދާންތަ؟ ކާއިން ބޭނުންވަނީ އަހަރެން ރޮއްވާލަން ތަ؟ ޝަނުމްއާއި ދުރުވުމަށްފަހު ހަމައަކަށް ނޭޅިގެން އުޅެނީސް ކާއިންވެސް ތިއުޅެނީ އަހަރެން ދޫކޮށްފަ ދާން.. ކާއިން ދިޔުމުން އަހަރެން ދެރަވާނެ ކަމާއި މެދު ކާއިން އެއްމެ ފަހަރަކުވެސް ވިސްނާލިންތަ؟ ކާއިންއަށް ނޭނގޭތަ ކާއިން ތީ މިހާރު އަހަރެންގެ ހަޔާތުގައި ކިހާ މުހިއްމު މީހެއްކަން” އެހެން ބުނެލަމުން އަޝްވާ އިސްއުފުލައި ކާއިންއަށް ބަލާލިއެވެ. އޭރު ޝަކުވާ ކުރުމުގެ ސަބަބުން ދެ ލޯ ވަނީ ފެންކަޅިވެފައެވެ. ޝަނުމްއަށް ފަހު އަޝްވާގެ ހަޔާތަށް އެއްމެ ބޮޑު ބަދަލެއް ގެނައި އެކަކީ ކާއިންއެވެ. އެހެންކަމުން ދެ މީހުން އެއްފަހަރާ ކަހަލަ ގޮތަކަށް އޭނާ ދޫކޮށްފައި ދާން އަޝްވާގެ ހިތެއް ނޭދެއެވެ.

“އައި އޭމް ސޮރީ އަޝްވާ… އަޝްވާ ތިހާ ދެރަވާކަން އަހަރެން ކައިރީ ބުނި ނަމަ” އަޝްވާގެ އަތުގައި ހިފާލަމުން ކާއިން ބުނެލިއެވެ.

އަޝްވާ ކާއިން އެހެން ބުނުމުން ކާއިންގެ މޫނަށް ބަލާލިއެވެ.

ކާއިން ހުރީ ފުން ނަޒަރަކުން އަޝްވާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެތައް “ނަމަ” އެއް އެތައް ޝަކުވާތަކެއް ހިތުން ކިޔޭ ހާލުގައެވެ. އަޝްވާއަށް އޭނާގެ ލޯބީގެ ތެދުކަން އެނގޭނެ ނަމައެވެ. އަޝްވާގެ ހިތުގައި އޭނާއަށް ޒައްރެއްގެ މިންވަރުގެ ލޯތްބެއް ނަމަވެސް ވާ ނަމައެވެ. އަޝްވާގެ ހިތުން ދުވަހަކު ވެސް އޭނާއަށް ޖާގައެއް ދެވޭނެ ހެއްޔެވެ؟ ޝަނުމް ދެކެ ލޯބިވެގެން އަޝްވާ އުޅުނުހެން އޭނާ ދެކެވެސް ލޯބިވާނެ ނަމައެވެ.

އަޝްވާގެ ހިޔާލު އާވާ ހިނދު ކާއިންގެ ދެ ލޯ މެރިގެންދެއެވެ. އަޝްވާގެ ހިނިތުންވުން ފެނިގެން ދާއިރު އެ ހިތަށް ހަމަޖެހިގެން ލިބިގެންދެއެވެ. އެ ސޫރަ ދެކިލުމަށް އިންތިޒާރު ކުރެވެއެވެ. އަޝްވާ އަކީ ކާއިންގެ ހިތުގެ މަލިކާއެވެ. އެހެނަސް ދެވަނަ ފަހަރަށް ލޯބިވުމަކީ ކުރެވޭނެ ކަމެއް ހެއްޔެވެ؟ ޝަނުމްއަށް ވުރެ ބޮޑަށް އަޝްވާއަށް ކާއިން ދެކެ ލޯބިވެވޭނެ ހެއްޔެވެ؟ އަޝްވާ ނުލިބޭނެކަން ހީވާ ހިނދު ކާއިންގެ ހިތަށް މާޔޫސީކަން ވެރިވެގެންދެއެވެ. އަޝްވާ އޭނާ އަށް ނުލިބޭނެ އެތައް ސަބަބެއް އޮތަސް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން އެދަނީ އަޝްވާގެ ފަރާތުން ވެސް އެކަހަލަ އިޝާރާތެއް ލިބޭނެ ދުވަހަށެވެ.

ކާއިންގެ އެބެލުމުގައި އެހެންޏާ ނުހުންނަ ތަފާތުކަމެއް ވެއެވެ. އަޝްވާ އެއީ ކޮން ތަފާތުކަމެއް ކަން ފާހަގަކުރަން އުޅުނެވެ. އެހެންނަމަވެސް ކާއިންގެ އެބެލުމުގައިވާ ތޫނުކަމުން ފާއިތުވާ ކޮންމެ ސިކުންތަކާއި އެކީ އަޝްވާއަށް އުދަގޫވަމުން ދިޔައެވެ.

އަޝްވާ އިސްޖަހައިލިއެވެ. ކާއިން ހިތްހަމަޖެހޭ ވަރަށް ބެލުނުހެން ހީނުވެއެވެ. އަޝްވާގެ ކޮލުގައި ހިފައި އިސްއުފުލާލުމަށްފަހު އަނެއްކާ ވެސް ބަލަނ ފެށިއެވެ. ހީވަނީ އަޝްވާގެ ސޫރަ ތަކުރާރުކޮށް ހިތުގައި ބިންވަޅު ނަގަން އުޅޭހެންނެވެ.

“ކާއިން! އަޝްވާ!..” ދެ މީހުން ވެސް ސިހިގެން ދިޔައީ އެވަގުތު އިވުނު މަލަކާގެ އަޑުންނެވެ. ކާއިން އަވަސް އަވަހަށް އަޝްވާގެ މޫނުން ދޫކޮށްލުމަށްފަހު މަލަކާއާއި ދިމާލަށް އެބުރިލިއެވެ.

“ޑިޔުޓީއަށް ދެވޭވަރު ވީތަ މިހާރު.. ކޮބާ ޝައިމް.. އަޝްވާ އޯކޭތަ އަހަރެން…” ހިތް އަވަސްވެފައި ހުރެ ކާއިން މަލަކާއާއި ވާހަކަ ދައްކާލުމަށްފަހު އަޝްވާއާއި ވާހަކަ ދައްކާލުމަށް އެބުރިލިއެވެ. އެހެންނަމަވެސް މީހާ އަށް ހައިރާންކަން ލިބިގެން ދިޔައީ އަޝްވާ އެތާގައި ނެތުމުންނެވެ. ފާއިތުވި ދެތިން ސިކުންތު ތެރޭ އަޝްވާ އެތަނުން ދިޔައީ ހެއްޔެވެ؟ ކާއިންގެ ހިތް ތޮޅިގަތެވެ. އަޝްވާ ގެއްލި ދާނެ ކަމުގެ ބިރު ހީވުމުންނެވެ.

“ޝައިމް އެބަ އާދޭ ސައިކަލު ޕާކުކޮށްލާފަ… ކޮންތާކަށް ދާން ދެ މީހުން ތިއުޅެނީ” އަޝްވާ ދޮރު ކުރިމަތީގައި ހުރި ކަމަށް މަލަކާ އަހާލިއެވެ.

“އަހަރެން މި އުޅެނީ މީހަކާއި ބައްދަލުކޮށްލަން ދާން ކަމަށް.. އަޝްވާ..” އަޝްވާގެ ނަން ބުނުމަށްފަހު ކާއިން މަޑުޖެހިލިއެވެ.

“އަހަރެން ދަނީ އޭ ދެން..” ކާއިން ގަތް ބިރާއި އެކީ ދެރަވެސްވިއެވެ. އެހެންކަމުން އިތުރަށް އެތާގައި ނުހުރެ ދިޔައެވެ.

ސިޓިންރޫމުގެ ބެލްކަންޏަށް ނިކުތް އަޝްވާގެ އަތްފައި ވަނީ ފިނިވެފައެވެ. ކާއިންގެ އެއަމަލުން އޭނާ ނަގަންވީ ކޮން މާނައެއް ހެއްޔެވެ؟ ނުވާނެއެވެ. ކާއިން އޭނާއާއި ދޭތެރޭ އެގޮތަކަށް ނުދެކޭނެއެވެ. ޔަގީނެވެ. އެއީ ކާއިން ގަސްދުގައި އެމާނައިގައި ކުރި ކަމެއް ނޫނެވެ. ކާއިން އޭނާ ދެކެ ލޯތްބެއް ނުވާނެއެވެ. ދުވަހަކު ވެސް ކާއިން ކުއްޖެއް ދެކެ ލޯބިނުވާނެ ކަމަށް ބުނެއެވެ. ވީމާ އޭނާ ފަދަ އަންހެން ކުއްޖަކާއި ދޭތެރޭ ކާއިން އެހެން ނުދެކޭނެއެވެ. ކާއިން އަބަދު ވެސް އޭނާ އާއި ދިމާކޮށް ފަލައޭ ބުނެއެވެ. އެހެންނަމަވެސް މިހާރަކަށް އައިސް އެކަންތައް މަދު ވެއްޖެއެވެ. ސަބަބަކީ މިއީ ހެއްޔެވެ؟ ނޫނެކެވެ. އެއީ ދެ މީހުންގެ ގުޅުން އެކުވެރިކަމަށް ބަދަލުވުމުން ކާއިން އޭނާގެ އިހްސާސްތަކާއި ދޭތެރޭ ވިސްނުމުން އައި ބަދަލެކެވެ.

މި ފަދަ އެތައް ހިޔާލުތަކެއް އަޝްވާ ހުއްޓައި ތިރިއަށް ބަލާލި ތަނާ ފެނުނީ ކާއިން ޝައިމްގެ ސައިކަލަށް އަރައިގެން ދިޔަ ތަނެވެ. އަޝްވާގެ ހިތް އިހުނަށް ވުރެ އަވަސްވިއެވެ. ދެންމެ ވީ ކަންތައް ހަނދާނުން ފުހެލުމަށްފަހު ކާއިންގެ ނަންބަރަށް ގުޅާލިއެވެ. ތިން ހަތަރު ފަހަރު ގުޅުމުން ވެސް ކާއިން ފޯނު ނުނަގައެވެ.

“ދޮންބޭ ކީއްކުރަންތަ ކާއިން އަތަށް ތަޅުދަނޑި ދިނީ!! އެ ދިޔައީ އެ މާޒިން ހުރި ތަނެއް އެގިގެން އެތަނަށް ކަންނޭނގެ” ޝައިމް ގޭގެ ދޮރުން ވަނުމާއި އެކީ އަޝްވާ ކަންބޮޑުވުމުގެ ރާގަކަށް ބުނެލިއެވެ.

“ދޮންބެ އަކަށް ނޭނގޭނެއެއްނު ކާއިން ތަޅުދަނޑި ދޭން ބުނީ އޭނަ ކައިރިއަށް ދާން ކަމެއް..” އެހެން ބުނެ ޝައިމް ވެސް ކާއިންއަށް ގުޅޭތޯ އުޅުނެވެ. އެހެންނަމަވެސް ޝައިމް ގުޅުމުން ވެސް ކާއިން ޖަވާބެއް ނުދިނެވެ.

އެ ވަގުތު އެތަނަށް އައި ރީމްއަށް ވެސް އެ ހަބަރު ލިބުނެވެ. ފުރަތަމަ ފަހަރަށް ކާއިން އާއި ދޭތެރޭ ހިތުގައި ކަންބޮޑުވުން އުފެދިގެން ދިޔައެވެ. ކާއިން އާއި ދެ މީހުންގެ ގުޅުން އަދި އެހާ ވަރުގަދަ ނުވި ނަމަވެސް ބޭބެ އަކަށް ކުރަން ޖެހޭ އިހުތިރާމާއި އެކު ހިތުގައި ކާއިންއަށްޓަކައި އެއްބަފާވަންތަކަމުގެ ލޯބި އުފެދިފައި ވެއެވެ.


 

އަޝްވާމެންނާއި ވާހަކަ ދައްކާލަން ހުރެފައި ރީމް ކޮޓަރިއަށް ދިޔައީ ޝަނުމްގެ ފޯނެއް އައުމުންނެވެ. ޝަނުމް ދިޔަ ފަހުން ރީމް ޝަނުމް މަތިން ވަރަށް ބޮޑަށް ހަނދާންވެއެވެ. އެހެންނަމަވެސް ޝަނުމްއަށް އުނދަގޫ ވެދާނެތީ ޝަނުމް ގުޅާނެ އިރެއްގެ އިންތިޒާރުގައި އިނެވެ.

“ހަލޯ، ޝަނުމް ކިހިނެތް…؟ ކައިފިންތަ؟” ފޯނު ކަންފަތުގައި ޖެހުމާއި އެކު ރީމް ސުވާލުކޮށްލިއެވެ.

“އަހަރެން ރަގަޅު .. ރީމް ކިހިނެތް.. މި ކޮޅަށް އައި ގޮތަށް ވަރަށް ބިޒީކޮށް އުޅެން ޖެހުމުން ގުޅާނުލެވުނީ… ކައިގެންތަ ތި ހުންނަނީ؟” ޝަނުމް ބުނެލިއެވެ. ރީމް އެ ދުވަހު އޭނާއާއި ދުރުވުމުން ޝަނުމްއަށް ރީމް އާއި ދޭތެރޭ އިތުރަށް ވިސްނާލަން މަޖުބޫރުވިއެވެ. އޭނާ ލޯބި ނުލިބިގެން ދެރަވެ ހިތާމަ ކުރާއިރު ރީމް ވެސް އެއުޅެނީ އެ ހާލުގައި ކަން ވިސްނުނެވެ. އެހެންކަމުން ރީމްގެ އިހުސާސްތަކަށް ވެސް އިތުރު އިސްކަމެއް ދޭން ފެށިއްޖެއެވެ.

ރީމް ކުށްކުރިއެވެ. ގަދަކަމުން ލޯބި ހޯދާނެ ކަމަށް ވެސް ބުންޏެވެ. އެހެންނަމަވެސް އަހަރަމެން އެއްމެންނަކީ އިންސާނުންނެވެ. ކުށް ކުރުމަށް ފަހު އިސްލާހުވުމުން އެ ކުރި ކުށުގެ އަދަބު މުޅި އުމުރަށް ތަހައްމަލު ކުރާކަށް ނުޖެހޭނެއެވެ. ޝަނުމްއަށް ރީމް ދެކެ ލޯބި ނުވެވޭނެ ކަމަށް އޭނާ ގަބޫލުކުރެއެވެ. އެހެންނަމަވެސް އަންބަކަށް ދޭން ޖެހޭ އުފަލާއި ރައްކާތެރިކަން ދެވޭނެއެވެ. ރީމް ބުނިހެން “އެކުވެރިން”ގެ ގޮތުގައި އުޅެވިދާނެއެވެ.

އެހެންނޫނަސް ރީމްއާއި ކައިވެނި ނުކުރި ނަމަ ޝަނުމްއަށް އޭނާގެ ހިތުގެ މިލްކުވެރިޔާ ލިބޭނެ ހެއްޔެވެ؟ އަޝްވާ އިއްޔެ ވެސް ފަހުރުވެރިވެލާފައި ދެއްކީ ދަރިންގެ ވާހަކައެވެ. ދެ މީހުން ތެލެސީމިއާ ކެރިއަރުންނަށް ތިބެ ލިބޭ ދަރިންގެ ހައްގުތަކަށް ލޯބީގެ ނަމުގައި އަރައިގަންނަންވީ ހެއްޔެވެ؟ މި ނޫން އެހެން ގޮތެއް އޮތް ނަމައޭ ޝަނުމްގެ ހިތަށް އެތައް ފަހަރަކު އަރަމުން ދިޔައެވެ. އޭރުން ޝަނުމް ދުވެފައި ގޮސް އަޝްވާ ކުރެން އިންނަން އަހާނެ ކަން ޔަގީނެވެ.

“އާން، އަހަރެން މިހިރީ ކައިގެން.. ވަރަށް ބޮޑު ވާހަކައެއް ބުނަންތަ” އެހެން ބުނެލަމުން ގޮސް ރީމް އެނދުގައި އިށީދެ އޭނާގެ ބައްޕައަކީ ކާކު ކަން އެގިއްޖެ ކަމަށާއި އޭނާގެ ބޭބެ އެއް ހުންނަ ކަމަށް ބުނެލިއެވެ. އަދި އެއީ ކާއިން ކަމަށް ބުންޏެވެ.

“ކާއިން އޭ..!” އެހެން މީހުންނެކޭ އެއްފަދައިން ޝަނުމްއަށް ލިބުނު ހައިރާންކަން ވަކި ކުޑައެއް ނޫނެވެ. އަޝްވާއާއި ހެދި ދެ މީހުންގެ ގުޅުން ވަނީ ހީނަރުވެފައެވެ. އަދި އަޝްވާ ލިބެން ނެތަސް ކާއިން އަބަދުހެން އަޝްވާއާއި އެކީ އުޅޭ ތީ ޝަނުމް ހަސަދަވެރިވިއެވެ. އަޝްވާގެ ދުލުން ލޯބިވަމޭ ބުނެފައި އެއްމެން އެއްކޮށް ސައިބުއި ދުވަހު ދެއްކި ވާހަކަތަކުން ޝަނުމް ހުންނަނީ ބޮޑު އޮޅުމެއްގެ ތެރޭގައެވެ.

“އާން ، އަހަންނަށް ވެސް ލިބުނު ޝޮކުގެ އަސަރު އަދިވެސް ކެނޑޭ ވަރެއް ނޫން..ބޭބެއަކަށް ވުމުން އަހަންނަކަށް ނޭނގެ ދައްކަންވީ ކޮން ވާހަކައެއް ކަމެއް ވެސް” ރީމް ބުނެލިއެވެ.

“ދެން ކޮންމެ ގޮތެއް ވިޔަސް ބޭބެ އަކަށްތާ އެވީ.. އެއްކޮށް އުޅުނީމަ އާކަން ކެނޑިދާނެ ދުވަސްކޮޅަކުން” ޝަނުމް އޭނާގެ ހިޔާލު ދިނެވެ.

“ތިހެން އަޝްވާ ވެސް ބުނީ.. ދެން އެހެން ވޭ ތޯ ބަލަމާ ދޯ.. ޝަނުމް މި ކޮޅަށް އައިމަ އަހަރެމެން އެބަ އޮތް މާޒިންއާއި ބެހޭ ގޮތުން ވަރަށް ބޮޑު ވާހަކައެއް ދައްކާލަން.. އަހަންނަށް ހީވަނީ އެ މައުލޫމާތުން ވަރަށް އަވަހަށް މާޒިން ހޯދަން މާހިލްއަށް ފަސޭހަވާނެހެން” އެ ވާހަކަ ހަނދާނުން ކައްސާލުމުގެ ކުރިން ރީމް ބުނެލިއެވެ.

“ތިބުނީ ކޮން އަހަރަމެންނެއްގެ ވާހަކަ.. ” ޝަނުމް ސުވާލުކޮށްލިއެވެ.

“މި ބުނީ އަހަންނާއި އަޝްވާއާއި ކާއިންގެ ވާހަކަ… އަޝްވާ އަހަންނަށް ކިޔައިދިން ގޮތުން ނަމަ ކާއިންގެ ބައްޕަގެ ފަރާތުން ބަދަލު ހިފަން މާޒިން އެބަ އުޅޭ.. އެހެންވެ އަހަރަމެން ދެ މީހުންނަށް އެއްފަހަރާ އެ ހަމަލާ ދެނީ” ރީމް މިއަށް ވުރެ ތަފުސީލްކޮށް ޝަނުމްއަށް ކާއިންއާއި މާޒިންގެ ގުޅުމުގެ ވާހަކަ ކިޔައިދިނެވެ.

“އަހަރެން މާލެ ގޮސް އެއްމެން އެއްކޮށް ތިބެގެން މާހިލްއާއި ތި ވާހަކަތައް ދައްކާނީ ދޯ.. ކޮންމެ ގޮތަކުން ވެސް ރީމް މާޒިންގެ ކިބައިން ސަލާމަތް ކުރެވިއްޖެއްޔާ އަހަންނަށް އެ ނިމުނީ” ޝަނުމް ބުނެލިއެވެ.

“އަހަރެން އެކަންޏެއް ނޫން މިހާރު ސަލާމަތްކޮށްދޭން ޖެހޭނީ. އަހަރެން ބޭނުން ބައްޕަ ވެސް މާޒިންގެ ކިބައިން ސަލާމަތްކުރަން.. އޭނައަށް އެއްވެސް ކަމެއްގައި ކުރި ނުލިބޭނެ” ރީމް ވަރަށް އަޒުމާއި އެކީ ބުނެލިއެވެ.


 

ކާއިންގެ އިންތިޒާރުގައި އަޝްވާ އާއި ކައުސަރު ވަގުތުތައް ގުނާލަ ގުނާލައި ތިއްބެވެ. ޝައިމް ކާއިންގެ ރައްޓެހިންނަށް ގުޅައި ކާއިން އެ މީހުންނާއި ބައްދަލު ކުރިތޯ ސުވާލުކޮށް ހެދިއެވެ. އަދި ކާއިން ދާނެ ގޮސްދާނެހެން ހީވާ ތަންތަނަށް ގޮސް ހެދިއެވެ. އެހެންނަމަވެސް އަދިވެސް ކާއިންގެ ހަބަރެއް ނުވެއެވެ.

“ދޮންބޭ! ހޮޓަލަށް ދިޔައިން ތަ؟” ފަހަރެއްގަ ކާއިން އެތަނަށް ގޮސްދާނެ އެއްނު” ދޮރުން ވަދެގެން އައި ޝައިމް ފެނިފައި އަޝްވާ ބުނެލިއެވެ.

“ދޮންބެ އެތަނަށް ވެސް ދެތިން ފަހަރެއްގެ މަތިން ގޮސްފީމޭ.. އެ މީހުން ބުނީ އަނދާފައި ހުރި ތަންތަން މަރާމަތް ކުރާތީ އެއްވެސް ކޮޓަރިއެއްގައި މީހަކު ނޫޅޭނެކަމަށް..” ޝައިމް އައިސް އަޝްވާ ކައިރީ އިށީދެލަމުން ބުނެލިއެވެ.

އެ ވަގުތު ކައުސަރަށް ފޯނެއް އައެވެ. ގުޅަނީ ލޭންޑު ލައިނަކުންނެވެ. ކައުސަރު ލަސްކުރުމެއް ނެތި ފޯނު ނަގައިލީ އެއީ ޕޮލިހުން ކަމަށް ހީކޮށެވެ. ހައްސާނު ހައްޔަރު ކުރި ފަހުން ފުލުސް އޮފީހުން އޭނާގެ ފޯނަށް ދޭތެރެ ދޭތެރެއިން ގުޅާ ހަދައެވެ.

“އައްސަލައިމަލައިކުމް” ދުރަށް ގޮސް ވާހަކަ ދައްކާލަން ކައުސަރު ކޮޅަށް ތެދުވިއެވެ. އެހެންނަމަވެސް އޭގެ ކުރިން މީހާ އިށީންނަން ޖެހުނީ އެ ކޮޅުން ވާހަކަ ދެއްކި މީހާ ދިން ޖަވާބަކުންނެވެ.

“ދައްތާ ކިހިނެތް ވީ؟؟” ކައުސަރުގެ މޫނުމައްޗަށް ވެރިވި ކުއްލި ސިހުން ފެނިފައި އަޝްވާ އަހާލިއެވެ.

“މަގޭ ދަރިފުޅު” އެ ހިސާބަށް ބުނެވުނު ތަނާ ކައުސަރަށް އަޑުން އަޑުނަގައި ރޮވެން ފެށުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ނޫރު (ނަވަތިރީސްވަނަ ބައި)

Next

ޝީން (ހަތްވަނަބައި)

Next
February 21, 2018

ޝީން (ހަތްވަނަބައި)

Previews
February 20, 2018

ނޫރު (ނަވަތިރީސްވަނަ ބައި)

72 Comments!

  1. Mishal says:
    February 21, 2018 at 12:50 am

    Yey..ma first

    1. maroon says:
      February 21, 2018 at 1:15 am

      ❤??

  2. Maikko says:
    February 21, 2018 at 12:51 am

    Alheyy…kaaain ah kyv tha aneh kaaa…….kain nd ashwaa gulhuvaaba avahah plzzz maroon…….varah reethi mi bai ves ……lots of love❤❤❤

  3. maroon says:
    February 21, 2018 at 1:11 am

    Hello readers… v v ufaa vey thi hurihaa kudhin maroon ah thihaa hiyvaru dheythy. Thee maroonge kuri erumuge emme bodu eh sababu. Emme kuda commenf in feshigen emme bodu commentah maroonge hithun thi kudhinna fah fashun shukuru adhaa kuran. Adhi busy koh ulhemunves mi story ah time dheythy v ufaa vey. Heekuran story nimendhn thi gothugai maroon aai eky thibeyne kamah. And plz do comment ur views. Whether its ashwa or kaain noony ashwa and shanum kamah viyas. Komme binàa kuranivi faadu kiyumakah maroon maruhabaa kiyaanan. Love u. Have a happy night. .. and day , maadhama story kiyaa kudhin.. ????? much love to every single one of u

  4. Reader says:
    February 21, 2018 at 1:13 am

    ????

    1. maroon says:
      February 21, 2018 at 1:13 am

      ????

  5. Reader says:
    February 21, 2018 at 1:14 am

    Kaaku baa?

  6. Lam says:
    February 21, 2018 at 1:30 am

    Vvv best

    1. maroon says:
      February 21, 2018 at 9:56 am

      Thanku lam ?

  7. Rose says:
    February 21, 2018 at 1:32 am

    Alhe kaain ah dhera gotheh nuhashathi maroon

    1. maroon says:
      February 21, 2018 at 3:19 pm

      Thanku rose. Higaa dhw balama ?

  8. starme says:
    February 21, 2018 at 5:48 am

    Maroon kaain salaanaikurey. Kaain ah dhera gotheh vihyaa Asvaa kihaa dhera vaane. Vaahaka varah reethi.

    1. maroon says:
      February 21, 2018 at 3:20 pm

      Thanku starme. Yes she will be heart broken. Ekam ves dhw… ?

  9. Ri says:
    February 21, 2018 at 6:50 am

    V reethi mibaives

    1. maroon says:
      February 21, 2018 at 3:20 pm

      Thanku Ri ?

  10. Any says:
    February 21, 2018 at 7:02 am

    Vahaka Hama habu any hithaharaa maroon hadhamolhey vahaka liyan Masha Allah thanks an love u bodukoh,,

    1. maroon says:
      February 21, 2018 at 3:20 pm

      Thanku Any.. hehe. V ufaa vejje comment kiyaalaafa ? loves

  11. Shann says:
    February 21, 2018 at 7:04 am

    Wow mibaives v rythi… Alhey kihinehvaan miulheny… Bayakah vure baeh foarigadha dhw… Story ge ehbai ninmaalaafa dhen hitharany avahah anehbai kiyaalan libeyne namaey… N mi story inthaanga indhe ehkoh kiyaalaaan libeyne namaey hithaharany… Ehaaves ehaaves kiyaahiyvey… Mibaigaves sifakurun hama ehvana… V v rythi

    1. maroon says:
      February 21, 2018 at 3:22 pm

      Thanku shann.. hehe.. v v v ufaa vejje ngey shann thihaa hiyvaru dheythy. Dhn othy maazin hoadhun kamun foari gadha vaane kmah mi balany.. loves. Tc ??

  12. Inaa says:
    February 21, 2018 at 7:36 am

    .Aww Kaain.. ? Wahaka Kiyan inge Comment Nukurewunas.. I Love This Story

    1. maroon says:
      February 21, 2018 at 3:22 pm

      Thanku Ina.. kaain dhw nuhunnaane ehthaaku madun.. ?

  13. Mixuhan says:
    February 21, 2018 at 8:58 am

    Alhey kaain ah kihineh tha v????adhi eh part up khdheeba ..haadha reeiichey

    1. maroon says:
      February 21, 2018 at 3:23 pm

      Thanku mixuhan. Will try my best dear ?

  14. Friends says:
    February 21, 2018 at 9:12 am

    Mi kaain ulhey ekani kanthah kuran dhw.kalo gayaa thihen ulheni koh bodieh libuny ma ashwa eh nulibeene dhw.hehe.
    Masha allah mi part vess vv salhi.n 2 part kohdhinyma v sukuru.
    Waiting 4 next part.
    Ummeedh kuran avahah up kuraane kamah.
    Have a nice day.???

    1. maroon says:
      February 21, 2018 at 3:24 pm

      Thanku friends. Ei kaain maa molhuvaan ulhunyma vaa goiy. He shud get help from ppl too dhw.. ashwa hoadhan ulhegen ashwa libeyny. Ehen noony ehen kommes kujjakah libidhaane. Loves tc ?

  15. annoying reader says:
    February 21, 2018 at 10:09 am

    damn kaain mi bodu moya gandeh dhw roon. yagyn mazin gandu kain hayyaru kurikan. again reem ge twins aissi dhw. i wonder wat she is upto pretending to b reem. twins filaigen ulheni kyveyo? i really think shanum and ashwa chance eh othas they will sacrifice their love n move on for they are both carriers unless one of their test has a prblm ?. varah reethi mi part ves. maroon please avahah twins ge bai genes dhy mazin ves bust kohllafa ?. hehe maroon buni hen i knw hw most stories goes on bcz i read alot,i have no intrest in writing but i read alot of stories dhivehi and english too. its my hobby ? so obviously reading that many books gives me alot of ideas and most of the time it goes on the way i predict ?. mi site ga ves almost all stories read kuran but urs and himi’s story is the best. waiting for the next part. just love it. i am eagerly waiting for the twins part

    1. maroon says:
      February 21, 2018 at 3:28 pm

      Thanku annoying reader.. hehe mi egunythaa ur secret. V molhu nge??
      Ginain vaahaka kii varakah mauloomaathu muhsadhi vaane. I aslo wonder why she is pretending maybe to do an inside job!!!
      Vedhaane maazin kaain ah gotheh hedhy kmahves. But ashwa nudhaan bunefa ovvaa kaain dhaanetha??
      Testge problem dhw.. might might ngey. And u were the first to predict twins.. so well done. Love ur comment. ?? bust ve maazin ah vaavaru balan keiy madhuvefa dhw thihiry hehe ?

  16. sam❤ says:
    February 21, 2018 at 10:19 am

    Nehyyyy ,,, kaain ah dheraaa eh nudheythiii room ,, ????

    1. maroon says:
      February 21, 2018 at 3:29 pm

      Aw sammm…. kaain ehen ulhenyaa ladeh libi dhaane dhw ?

  17. Twingirl says:
    February 21, 2018 at 10:20 am

    Alheyy kaain ah kameh nukurahchey. ..ashwa alhe dn kaain aa gilheynama … shanum nulibeyne kan ingey iru. … v rythi mi story. .. keep it up maroon ??❤

    1. maroon says:
      February 21, 2018 at 3:30 pm

      Thanku twin girl…ashwa kihinei loabi nuvaa meehaka gulheyny. She still thinks kaain aky close friendeh kmah..lets see dhw how might things change ??

  18. ninaa says:
    February 21, 2018 at 10:26 am

    v reethi mi part in ashwa ah ves feel vejje dho kaain loabi vaa hen hope there love story continues and shanum ah ves ragalhu change eh annaane kamah towards reem. mihaaru story kuriah dhaa goi varah reethi. ❤❤❤waiting for the next part ?

    1. maroon says:
      February 21, 2018 at 7:38 pm

      Thanku ninaa.. v ufaa vejje comment kiyaalaafa thaku again…loves tc ??

  19. Shina says:
    February 21, 2018 at 10:42 am

    Kaain nd ashawa dhn othee gulhen?.. reemge twins eh eba ulhey.. enehkaa kihinehbaa mivanee.. maazinge kamehbaa.. kaainnah kihinehbaa mivee?? Mi partwex v nice.. mi vahakaige komme jumulayakeewex v furihama jumulaeh.. v reethi vahakaeh???

    1. maroon says:
      February 21, 2018 at 7:39 pm

      Thanku shinaa. V ufaa comment kiyaalaafa. Twins eh ulheyhen heevey dhw ?
      Vedhaane maazinge kmakah ves hama. Thats so sweet ??

  20. maaisha says:
    February 21, 2018 at 11:21 am

    haadha reechey mi story knme dhuvahaku ves beley up kohfatho keep it up

    1. maroon says:
      February 21, 2018 at 7:39 pm

      Thanku maaisha ??

  21. މަޕް says:
    February 21, 2018 at 11:22 am

    މެރޫން ހާދަ މޮޅޭ………..

    1. maroon says:
      February 21, 2018 at 7:39 pm

      Thanku deae ??

  22. Shaa says:
    February 21, 2018 at 11:30 am

    Alhey kaain ah dhera gotheh viya nudhehchey maroon. Mi part ves vara varah reethi. Maroon you are the best. This is my first comment to this story 🙂 sha vaahaka kiyas adhi comment nukuran stories thakah hama ekani story kiyaafa comments kiyany ekamu mi vaahaka reethi kamum maroon ah thaureefeh nukoh nuindhevuny hama. You are a good writer ❤️ Vaahaka kiyaa iru hama sifa vany filmeh balaa hen ehaa ves reethi ❤️ Keep it up maroon. May you be more successful in this field ❤️ Next part kiyaa hithun indheveny eh noon mihaaru ?

    1. maroon says:
      February 21, 2018 at 7:41 pm

      Aw shaa v v v ufaa vejje comment kollai story kiyaakan angaalyma..kaain ah dhera gotheh vaan v gina kudhin neydhey. But kaain ulhe gothun hama kamehves vedhaane dhw..hehehe.. in sha Allah thi kudhinge supportaai eky ngey ??? loves

  23. Ashwa says:
    February 21, 2018 at 11:41 am

    vvv reethi mi part vx when next part ham inthixaaruga mi innany maroon haadha molhey you r the best writer award dhey varu vey ehaa vx furiham avahah up kohdhy ba love you maroon tc

    1. maroon says:
      February 21, 2018 at 7:42 pm

      Thanku ashwa. V ufaa vey thi gothugai marroon aai eky hunnaanthy. Much love from me tooo. In sha Allah mirey next part ??

  24. Pinky shifoo says:
    February 21, 2018 at 11:57 am

    Wow ❤️❤️❤️… Fabulous ???… Mi part vx v v v reethi n ehaame furihama ???… Kaain a kihineh v baa??? Anehkaa ashwa vx kaain ah fall vany baa??? Hehehheh… Keep up the good work maroon ???… Mi Story ge mihaa hisaabah airuvx story ge interest eh nugehley ???… V v salhi ❤️?❤️… Curiously waiting for the next part… Lots of love and take care ??❤️???????

    1. maroon says:
      February 21, 2018 at 7:43 pm

      Hehehe. Ashwa fall ve thadhu nujeyyaa ragalhu dhw kithamme haaves. Lets see what her heart feels.v ufaa vejje ur comment kiyaalaafa. Much love dear. Loves ??

  25. noo says:
    February 21, 2018 at 12:22 pm

    maroon plx kaaain salaamah kuraathi, i love kaain and ashvaa. shanum and reem fall vaane dhuvahakah inthixaaru kurevey , kobaatha maaxin gandu, eynayah landeh dheynvaane maroon. ur the best writer maroon.

    1. maroon says:
      February 21, 2018 at 7:44 pm

      Thanku noo.. maazin ah dheyn vy kon ladehkan bunebala. Eyrun egoiu ves hadhaafaanan ?
      V ufaa vejje thihaa shweet commenteh libunyma. Much love dear ??

  26. Jeen says:
    February 21, 2018 at 12:33 pm

    Alhey kaain ah kihineh baa
    ? e vii
    Waiting waiting hama.. Maroon hama hiyy thalhuvaalan ves molhii eyyy.. Jeen ah heevanii miuvaan aa ashwa aa hen marry kuran nimmaanii ashwa dad men.. Kaain maa fahun kanneyge try kuraanii ashwa libeythorr.. Kaain gadha hadhaalaafa hunnaanii kanneyge nubune.. Fahun kanneyge bunan hithah araanii adhi.. Kaain haadha moya kanthah
    kure ey dhw ?
    ?? Vaahaka hama
    ?????????
    Maroon ah dhin present eh mi haa reethi story eh genesdheythii ???
    Dhn mihen viyya dheveynii dhw ?
    Lots of love ?????

    1. maroon says:
      February 21, 2018 at 7:48 pm

      SubuhaanAllahi… haadha baivaru hadhiyaa eh. V meeru ngey. Speciaaly cherry!!!
      Miuvaan eba ulhey dhw ashwaa aai hedhi. Ekam eyrun kaain and shanum ah vaany kihinei!!
      Baeh faharu vaane dhw hiythalhuvaalan vss ??
      Kaain aky kuda koh moya kujjeh hen maroon ah ves heevey. Ehenve ennu e hunnany dhw…
      Much love dear jeen… btw i love ur name !! ??

  27. nasma says:
    February 21, 2018 at 12:34 pm

    ރީމް މަރުވާނެ ނަމަ! އާމީން …..ކާއިން ދެރަގޮތެއް ނުހަދާށެވެ.

    1. Lily says:
      February 21, 2018 at 12:38 pm

      Thihen nuvaane bunaakah… Kithanme rulhiayas myhakaa dhimaalah thikahala ehchehi bunaakah nyvaane dhw maroo…

    2. maroon says:
      February 21, 2018 at 7:49 pm

      Yes dear lily. Thaaeedhu hama. Mee story eh viyas real life ga ehen bununahchey ngey..

    3. maroon says:
      February 21, 2018 at 7:48 pm

      Kaain … reem??

  28. mishy says:
    February 21, 2018 at 1:03 pm

    Hey maroon… vrh reethi mi prt wx… mishu ge support abadhu wx maroon ah dheynan… mi stry r behey gpthun bunrne ham ehwx ehchh nuvisnunu… ehaa wx furi ham.. wish yuh all tha bst… love thi stry..♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. maroon says:
      February 21, 2018 at 7:51 pm

      Aww mishy ? thts so shwweeet.. cnt put my smile down for one sec when i start reading the comments. And u.mishy brought a huge smile ngey.. ??

  29. click a shot ? says:
    February 21, 2018 at 1:27 pm

    Hi maroon..varah loabi mi part ves…keep it up…anehkaa ves curious ehnun thi kohli…hehe…kaain ah dheragotheh nahadhachey..waitting..loves…❤️❤️❤️❤️❤️

    1. maroon says:
      February 21, 2018 at 7:52 pm

      Kaain dhw. Ehen ulhenyaa laduves libeyne ennu. Click bunebala kaain kairee madun bas ahaigen hunnaashey. He isnt listening to anyone.. loves tx ??

    2. click a shot ? says:
      February 21, 2018 at 8:58 pm

      Dhw…??

  30. ?unlucky ? says:
    February 21, 2018 at 1:40 pm

    here comes our best writer just woww hama speachless

    1. maroon says:
      February 21, 2018 at 7:52 pm

      ?? dear me.. so happy

  31. Kkk says:
    February 21, 2018 at 3:30 pm

    Kaain ah keevvee????

    1. maroon says:
      February 21, 2018 at 7:53 pm

      Maaazin!! Accident!! Kidnap!!

  32. ssannwa?❤? says:
    February 21, 2018 at 3:39 pm

    Alheyyyyyy kaain ah kihineh v anekka? next part avahah up koh dheyhchey and mi part ves haadha reehchey… maroon kaain sifa kohdhey gothun I’m in love with kaain lol??? dhn ekam mashah liben neiy dhw kaain eh haha?? ashva aa kaain aa gulhuvaba and shanum aa reem aa best vaane gulhuveema. Waiting for the next part maroon? loooooove u?

    1. maroon says:
      February 21, 2018 at 7:55 pm

      Hehehe. Kaain dhw.. he is so stupid yet so caring and in deep love with ppl arnd him.. ashwa ah nudhy ssaannwa ah dheyn vytha?? Hehehe lets see what happens next ?
      ??

  33. ?unlucky ? says:
    February 21, 2018 at 6:33 pm

    next part up vaany kon iraku tha

    1. maroon says:
      February 21, 2018 at 7:55 pm

      Mirey.

  34. Fafoo says:
    February 21, 2018 at 7:55 pm

    Alhey Reem ge mamma keyh vetha nubune ehunnanee Reem ge twin hunan vaahaka. Or maybe she also don’t knw tha? ? Vedhaane dhow Reem mamma ah libunee twin kan ves neygenee kamah? ??? Adhives neygey ethah kameh. .. waiting for the next part. ..
    Please kaain ah dhera gotheh nuhadhahchey Maroon. ….

    1. maroon says:
      February 21, 2018 at 11:09 pm

      Yes thats a big question dhw.. maybe she doesnt knw. Or egunas goas kamun nubunany!!
      Kaain ehen ulhenyaa dhera ves libeyne ??

  35. non says:
    February 21, 2018 at 8:49 pm

    Alhe kihineytha kaain a evy …vvv deravvejje..heevany accidenteh v hen..hama fen kalhi vejje mi part kiyaafa…mi part ves vvvvv teethi…ingey maroon ge hurihaa vaahaka thakeh ves reethivaane kan…non ah heevany aswa libeynee kaain ah hen…malaka men ulhey story kiyaafa hitha eri dhen maroon genesdheny aswa and kain ge storry ey..so i like aswa and kaain…reem dhera nukko shanum aa dhekudhin gilhuvabaa plx plx adhi sanim ah reem dheke maa bodah loabivaa goi hadhaabala..hindhi and aswani ge mathin jandhaan vejje..eesh ge bai ves miadhuge partga neh…any way you are the best writer…keep it up ..love u

    1. maroon says:
      February 21, 2018 at 11:11 pm

      Heheh. Non.. kaain salaamathun huriyya ehnu ashw libeyny ves.. hehe.e storyga kaaim genaee thi kudhin ge hiyaalu hoadhan. V ufaa vejje comment kiyalaafa negy. Much love. Tc .. eesh ge bai next part ga.. theh r having the best days of there life ??

  36. Shudha says:
    February 21, 2018 at 10:09 pm

    Hey maroon… sorry lahun cmnt kurevunyma… kaain ah kihineh tha v… kaain hama ehthaaku madakun nu indhevey dhw?… plss miuvaam aa ashwa nugulhuvaathi… kaain kihaa dhera vaane eyrun?… reem aa shanum bond vaathyve varah happy… reem ge twins ehtha ei hama… full of questions… maroon beynumy shudha boa haas kuran dhw?… thank u very much mihaa reethi story eh genesdheythi… Maasha Allah v v v reethi mi part ves… ekam v dhera vi baeh kudhin reem dheke rulhi annaathyve… let’s see how this ends… Loveeees❤?❤?❤?

    1. maroon says:
      February 21, 2018 at 11:14 pm

      E okay vaane lahun viyas. Egey nukiyaa nuhunnaanekan…hehe. busy dhw shudha..kaain hama nuhure ey ehthaaku. I think readers shud give him some advice .. miuvaan ulhey gothun heevey dhw ashwa hoadhan ulheyhe.boa haas kuran noolhemey dhoonya.. ekam suvaalu gina kamun vany dhw ehen..love u. Tc ???❤❤?

Comments are closed.

Next Episodeތިޔަ އަސަރު 40←


All Right Reserved!