Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާ – 11

aminath shiyaa Level 110 Stories
February 18, 2018 5 Mins Read
33 Comments

“އިލްވީ އަށް ތި ނޭގެނީ މަގޭ ގޮތް .. މަ ހިތުލީ ކަމެއްވެއްޖެއްޔާ އެކަމެއް ހާސިލް ނުވަނީސް ހުއްޓައެއް ނުލާނަން..ބަލައްޗޭ..  މިރަށައް ދެދުވަހައް އައި މީހަކަށް މަށައްވުރެ ގަދައެއް ނުވެވޭނެ.. ހުރެބަލަ މަމީ ކިހާވަރެއްގެ މީހެއްކަން އޭނައަށް ދައްކާލާނަން” ނިޝާ މޭޒުމަތީގަ އޮތް ކަރުދާސް ގަނޑެއް ބޮޑިކުރަމުން ވަރަށް ގޮތުގައި ހުރެ ބުނެލިއެވެ.

****************************************

“ދަރިފުޅާ އަރީފް ..މިޔަދު ކާންނުދާ ދުވަހަކީތަ؟” ގެއަށް ވަންގޮތައް ކެއުމެއްވެސް ނެތި އަރީފް ކޮޓަރިއަށް ވަނުމުން އެކަމާ ޒުބައިދާ ކަންބޮޑުވިއެވެ.

“މަންމާ އަޅުގަނޑު ކާހިތެއްނެއް މިގަޑީގަ” މަންމަ ކޮޓަރިއަށް ވަނުމުން އިތުރަށް އޮށޯވެ އޮށްނާކަށް އަރީފުއަކަށް ނުކެރުނެވެ.

“ދަރިފުޅު ބަލީތަ؟ ދަރިފުޅު މޫނުމަތިން ކޮންމެވެސް ކަމެއް ވެގެން އުޅޭހެން މަންމައަށް ހީވޭ” އަރީފްގެ މޫނުމަތީގައިވާ ނުތަނަވަސްކަން ޒުބައިދާގެ ހިތައް އެތައް ސުވާލެއް ގެނުވައިދިނެވެ.

“މަންމާ އަޅުގަނޑު ރަންގަޅޭ.. ވެދާނެ މިދުވަސް ކޮޅު މާ ބިޒީކޮށް އުޅޭތީކަމައްވެސް… މަންމަ ތި ކަންބޮޑުވަނީ އަޅުގަނޑު ކާން ނުދިޔައީމައެއްނު.. ހިނގާ އަވަހައް ކާންދާން..” އަރީފް ހިތުގައިވާ ހުރިހާ ނުތަނަވަސްކަން އެއްފަރާތްކޮށްފަ މަންމަގެ ހިތްހަމަޖެއްސުމައްޓަކާ ކާންދިއުމައް އިންތަނުން ތެދުވިއެވެ.

ޝާޔާފެނުން ފުރަތަމަ ދުވަހުވެސް އެހިތުގައި ހާއްސަ މަޤާމެއް ޝާޔާއަށް ދެވުނެވެ. އެހެންނަމަވެސް ޝާޔާގެ ހިތުގައި ވަނީ ކީކޭކަމެއް ނޭގޭތީ އެފަދަ ވާހަކައެއް ދައްކަން ނުކެރެނީއެވެ. ޝާޔާ ޔާންއެއްކޮށް ފެނުން ވަގުތުން ފެށިގެން ނޭގޭ ބިރުވެރިކަމެއް އަރީފް އިތުގައި އުފެދެންފެށިއެވެ. މިހެން ހުއްޓަ ތެޔޮނާށި ކާޅު ޖަހައިގަނެގެން ގޮސްދާނެ ފަދަ އިހުސާސްތަކެއް އެހިތައް ކުރެވެން ފެށިއެވެ.

މާދަމާއަކީ ޝާޔާ ފުރަން ހަމަޖެހިފައި އޮތް ދުވަސްކަމުން އެންމެ ހިނދުކޮޅަކަށްވެސް ޝާޔާއާ ދުރައްދާކަށް ޔާންބޭނުމެއް ނުވެއެވެ.

“ޔާން މިހާރު މި ޑިއުޓީ ވެސް ނިމުނީ.. ލިއު އެންމެންވެސް އަހަރެމެން ދެމީހުން އަބަދު އެއްކޮށް ފެންނާތީ ވަރަށް ދިމާކުރޭ” ޝާޔާ ވަށައިގެން ކަޅިއަޅަމުން ދާ ލޯތަކަށް ބަލަމުން ބުނެލިއެވެ.

“އަޅެ ބޭބީ ކޫލް… މީހުންކިޔާ އެއްޗެއްސައް ވިސްނައިގެން ނޫޅެވޭނޭ ކުރިންވެސް ބުނީމެއްނު.. ދެންތިކަމާ ނުވިސްނަ ބުނެބަ މިރޭ ބޭނުން ޝާއާ ބައްދަލު ކޮށްލަން ހަމަ ކުރިންރޭވެސް ބައްދަލު ކުރި ތާންގަ…ޝާ 8 އަށް ރެޑީވެ ހުރޭ ..ޔާން ދާނަން އެގަޑިގަ ޝާ ބަލާ” ޔާން ޝާޔާގެ އަތައް ލޯބިން ފިއްތާލަމުން ބުނެލިއެވެ.

“އޯކޭ…. ސީޔޫ ދެން ޓްނައިޓް ބާއި” ޝާޔާ މަޑުހިނގުމެއްގަ ގޮސް ލިއުމެންކައިރީ ކާރު ބަލައިއަންނަންދެން ބޭރުގައި މަޑުކޮށްލިއެވެ.

ގެއަށް އާދެވުންއިރު ހުރީ ހަވީރު ފަސްގަޑި ބަޔައްވުރެ ބޮޑުވެފައެވެ. ބަނޑުހައި ވެފައިހުރިވަރުން ފުރަތަމަވެސް އެންމެންބެލީ ސައިބޯން ދެވޭތޯއެވެ. އަރީފްނޫން އެހެން އެންމެން އެގަޑީ މޭޒު ދޮށައް ޖަމާވެފައި ތިއްބެވެ.

“ދައްތާ ކޮބާތަ އަރީފް” އަރީފް ފެންނަން ނެތުމުން މިއާން ސުވާލުކުރިއެވެ.

“އަރީފް ވަރަށްފަހުން ކޮފީއެއް ބޮއެގެން އެދިޔައީ..އެހެންވެ މިގަޑީގަ ސައިނުބޯނެ ކަމަށްބުނީ ” ޒުބައިދާ ދަރިފުޅައް އައި ބަދަލްތައް ސިއްރުކުރަމުން ވާހަކަ އޮށްބާލިއެވެ.

“އެޓެންޝަން އެވްރީވަން… ސައިބޮއެ ނިންމާލައިގެން މިރޭވަރަށް ހާއްސަ ކަމަކަށް ރެޑީވުން އެބައޮތް ..” ނާޒިމް ހުރިހާ އެންމެން ދިމާލައް  ބަލާލުމައްފަހު ބުނެލިއެވެ.

“އަނެއްކާ އެއީ ކޮންކަމެއް” ނަޒިމް އެއުޅެނީ ކޮންވާހަކައެއް ބުނަން ބާއޭ  ލިއޫ ހިތައްއެރިއެވެ.

“ސާބަސް ލިއު ކެއްކޮށްބަލަ .. ސައިބޮއެނިމިގެން ބޭރު ޖޯލިފައްޗަށް ނުކުމެ މިވާހަކަ ދައްކާނީ.. ދައްތާ ދޭބަލަ އަރީފުއަށް ގޮވާލަދެން ” ތަށިތަކަށް ފެންއެޅުލުމައްފަހު ޒުބައިދާ އަރީފްއަށް ގޮވުމައްޓަކާ ކޮޓަރިޔާ ދިމާލައް ހިނގައިގަތެވެ.

ބޭރު ޖޯޔައް އެއްވެފައިތިބި އެންމެންގެ މޫނުމަތިންވެސް ނާޒިމް އެއުޅެނީ ކޮންވާހަކައެއް ދައްކަންބާއޭ ހިތައްއަރަމުން ދިޔައެވެ.

“ކޮބާ އެންމެން ހަމަވެއްޖެދޯ… މިރޭ މީ އަހަރެމެން މިރަށުގައި ތިބޭނެ އެންމެ ފަހުރޭ …އެހެންވީމަ މިރޭ ހިނގާ ވަދާއީ ބާބަކިއުއެއް ރާވަމާ” ނާޒިމް ވަރަށް ޖޯޝާއެކު ދެންތިބި މީހުން ބުނާނެ އެއްޗެއް ނޭގި ފަހަރަކު މީހެއްގެ މޫނާދިމަ ބަލަމުން ބުނެލިއެވެ.

“ބާބަކިއުއޭ” ޝާޔާހުރީ އެންމެންނާ އެކު ބާބަކިއު ހަދަންޖެހިއްޖެއްޔާ ޔާންއާ ބައްދަލު ނުވެދާނެތީ އެކަމާ ކަންބޮޑުވެފައެވެ.

“ކިހިނެއްވީ ޝާ އިތުރު ޕްލޭންސް ހުރީތަ މިރޭ އަނެއްކާ…ގެންނަ ހިތްވާ ކުއްޖެއް ހުރިއްޔާ އަހަރެމެންނައް  އޯކޭ އޭ ގެނަޔަސް ދޯ މިއާން” ޝާޔާގެ މޫނުމައްޗަށް ވީގޮތް ބަލަންއިދެ ލިއުޝާ ދިމާކޮށްލިއެވެ.

ލިއު ބުނި ޖުމްލައިން އަރީފް މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ލިއު އެބުނީ ޔާންގެ ވާހަކަ ބާއޭ އަރީފްގެ ހިތައް އަރަމުން ދިޔައެވެ. މިރޭ ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ޝާޔާއަށް ލޯބި ހުށައެޅުމަށް އަރީފްގެ އިތުގައި އަޒުމް ކަނޑައެޅިއެވެ.

“ކޮބާ އަރީފް ހިނގާ އަވަހައް ފިހާރައަކަށް ދާން ކުކުޅާ އެއްޗެހިގަންނަން..” ހިޔާލީ ދުނިޔެއަކަށް ގެއްލިފައި އިން އަރީފް ސިއްސައިގެން ދިޔައީ ނާޒިމްގެ އަޑަށެވެ.

ކުއްލި އަކަށް ރޭވުނު މި ބާބަކިއުގެ ސަބަބުން ޝާޔާގެ ހިތައް ނުތަނަވަސްކަން ވެރިވިއެވެ. ޔާންއާ ބައްދަލު ނުކޮށް ފުރަންޖެހިއްޖެނަމަ ޝާޔާގެ ހިތައް ހަމަޖެހުމެއް ނުލިބޭނެއެވެ.

މޫނު ދޮވެލައިގެން ފާހާނައިން ނުކުމެ ޑުރެސިންޓޭބަލްގެ ލޯގަނޑަށް ބަލަހައްޓައިގެން ހުރެ ފޯނުނަގާ ޔާންއަށް ބާބަކިއު ރޭވުނު ކަމުގެ ހަބަރުދިނެވެ.

ޝާޔާ ހީކުރި ގޮތާ ހިލާފައް ޔާންގެ ރިޕްލައި އައީ ވަރަށް ކޫލް ކޮށެވެ. ގޮތެއް އެބަ ރާވަން ކަމަށް ބުނެ ޔާން މެސެޖް ކުރިއެވެ.

ޔާންގެ ސިކުޑީގައި މޮޅު ރޭވުމެއް ރާވާލިއެވެ. ފޯނުނަގާ ނާޒިމްއަށް ގުޅާލިއެވެ. ނާޒިމް އަކީ މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި ޔާންގެ ވަރަށް ގާތް ރަހުމަތްތެރިޔަކަށް ވެއްޖެއެވެ. އެހެންކަމުން ނާޒިމްގެ ފުށުން ބާބަކިއުގައި ބައިވެރި ވުމުގެ ފުރުސަތު ޔާންއަށް ލިބުނެވެ.

ބާބަކިއު ހެދުމައް މިރުސްގަނޑު ޒުބައިދާ ތައްޔާރުކޮށްދިނެވެ. އަރީފް މެންގެއަކީ ބީޗްއާ ކައިރި ގެއަކަށް ވުމުން ބާބަކިއު ހެދުމައް މާދުރަށް ދާކަށް ނުޖެހުނެވެ.

ޝާޔާގެ މޫނުމަތީގައިވާ ހިނިތުންވުން ގެއްލިގެން ދިޔައީ ލިއުއާއެއްކޮށް ގެއަށް ވަދެގެންއައި ނިޝާ ފެނިފައެވެ. ނިޝާ ފެނުން ފުރަތަމަ ދުވަހުވެސް ޝާޔާގެ ހިތުގައި ވަނީ ނޭގޭ ބިރުވެރި ކަމެއް އުފެދިފައެވެ.

“ޝާ ..މީ ނިޝާ އެގޭ ..ފެނިފަކަންނޭގެ ހުންނާނީވެސް .. ހޮސްޕިޓަލްއިން ދިމާވި ވަރަށް ރަންގަޅު ރަހުމަތްތެރިއެއް..އެހެންވެ މިރޭ ބާބަކިއުއަށް  މިގެނައީ” ޝާޔާއަށް ނިޝާ އިންޓްރޮޑިއުސް ކޮށްދެމުން ލިއު ބުނެލިއެވެ.

“ހައެ ޝާޔާ ނައިސްޓް މީޓްޔޫ” އެއް މިޔަކަނުން ހީލުމައްފަހު ޝާޔާއާ ސަލާމް ކުރުމަށްޓަކާ އަތްދިއްކޮށްލިއެވެ. ޝާޔާދެކެ އައްނަ ރުޅިއެއްގެ ސަބަބުން ނިޝާއަށް މަޑުން ހުރެވެނީ ކިރިއާއެވެ. ޝާޔާގެ ސަބަބުން ޔާން ކުރިން ވާހަކަ ދައްކާ ވަރަށްވެސް މިހާރު ވާހަކައެއް ނުދައްކައެވެ.

ބާބަކިއު ފެށިތަނާ ނާޒިމް ޔާން ގޮވައިގެން އެތަނައް އައެވެ. ޔާން މިފަދަ ރެއެއްގައި އެތަނަށް އައުންވީ އަރީފްގެ ހިތައް ނުތަނަވަސްކަން ގެނުވައިދިން ކަމަކަށެވެ. އަރީފްގެ ހުރިހާ އުންމިދެއް ވެއްޔާ މޮޑެވުން ފަދަ އިހުސާސްއެއް އެވަގުތު ކުރެވެން ފެށިއެވެ. ރަންގަޅު ދަނޑިވަޅަކަށް އިންތިޒާރު ކުރުންނޫން އެހެން ގޮތެއް ނެތެވެ.

ބާބަކިއު ފޯރި އެންމެ ގަދަވި ވަގުތު ބަލައިފައި ޔާންބޭނުން ވީ ޝާޔާއާ އެކަހެރި ވެލާށެވެ. އެންމެންގަނޑު ތެރޭގައި ދައްކަން ބޭނުންވާ ހުރިހާ ވާހަކަތަކެއް ނުދެއްކޭނެތީއެވެ.

ފޯނުނަގާ ޝާޔާއަށް މެސެޖްއެއް ކޮށްލިއެވެ. ދެމީހުން އެއްކޮށް ދިއުމަށް ވުރެ ވަކިން ދިއުން މާރަންގަޅު ވާނެ ކަމަށް ޔާންގެ ބުއްދި ގަބޫލުކުރިއެވެ.

ޔާންގެ މެސެޖްލިބުމުން ދެފަރާތް ހޯދާލުމައްފަހު ގަސްތަކު ތެރެއިން ޔާން ހަނާއަޅާތަން ފެނުނެވެ. އެންމެން އެވަގުތު ތިބީ ލަވަކިޔާ ފޯރީގައި ކަމުން ޝާޔާއަށް ވަރަށް ފަސޭހައިން އެތަނުން ސަލާމަތް ވެވުނެވެ. ޝާޔާ ގޮވައިގެން ރާޅުޖަހާ ހަމައަށް ނުކުމެ ޔާން މަޑުކޮށްލިއެވެ.

ހަނދުގެ އަލިން އެޅިފައިވާ ރިހިދޯދިތަކުން މުޅިތަންވަނީ އުޖާލާކޮށް ފައެވެ. ތަރިތައް ހަނދުގެ ދަރުބާރުގައި ކިޔަމަންތެރިކަމާއެކުގައި އޭގެ ވާޖިބު އަދާކުރުމުގައި ސިކުންތުކޮޅެއްވެސް ނަގާނުލައި ތިއްބެވެ. ހަނދުގެ ރިހި އަލިން މޫދުގެ ސަތަހަ ޖަރީކޮށްލެވިފައިވާ މަންޒަރު ވަރަށް ވެސް ޗާލެވެ.

ޔާން ބަލާބަ މޫދާ ދިމަ …ހާދަރީއްޗޭ ހަނދުގެ އަލި އެޅިފައި އިންނައިރު” ސާޔާ މޫދާ ދިމާލައް އިޝަރާތް ކުރަމުން ބުނެލިއެވެ.

“ޝާޔާއަށް ވުރެ ރީޗެއްނޫން ..ޝާޔާގެ ތި ލޯބި ލޯބި ދޮންމޫނު އެހެން ހުރިހާ އެއްޗަކަށް ވުރެ ރީތި” ޝާޔާގެ ދަތް ދޮޅީގައި ލޯބިން ހިފާލަމުން ޔާން ބުނެލިއެވެ.

“އެއްކަލަ ޔާން .. އޯކޭއޭ ތިވަރަށް ދިމާނުކުރިޔަސް” ޝާޔާ ރަކި ހިނިތުން ވުމަކާއެއު އިސްދަށައް ޖަހާލިއެވެ.

“ޝާ މާލެގޮއްސަ ޔާންމަތިން ހަދާން ނައްތާނުލައްޗޭ” މިފަހަރު ޔާންގެ އަޑުގައިވަނީ އާދަޔާ ހިލާފު މަޑުމައިތިރި ކަމެކެވެ.

“އަޅެ ޔާން ކީވެތަ ތިހެންތިބުނީ… ޔާން ޝާ އަށް އިތުބާރު ކުރާނަމަ ތިހެން ނުބުނީސް.. މިހަށިގަނޑުގައި ފުރާނަވާހާ ހިނދަކު ޔާންދެކެ ލޯބިވާނަން ..އައި ޕޮރޮމިސް” ޝާޔާއަށް ވުރެ އިސްކޮޅުން ދިކު ޔާންއަށް ބަލާލަމުން ބުނެލިއެވެ.

“އިތުބާރު ކުރަން.. ވަރަށް ބޮޑަށް.. ބޭނުމެއްނޫން ޝާއާ ދުރުގައި އެންމެ ސިކުންތަކުވެސް ހުންނަން” ޔާން ޝާޔާގެ ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ.

ޖައްވުގައި ހިފާފައި ހުރި ފިނީގެ ސަބަބުން ނޭގޭ މަތިސްކަމެއް އިހުސާސް ވަމުންދިޔައެވެ. ޝާޔާގެ ހޫނު ނޭވާތަކުގެ ސަބަބުން ޔާންގެ ހިތުގައި ނޭގޭ ބާރުމިނެއްގައި ވިންދުޖަހަންފެށިއެވެ.

“ޝާޔާ……” މަސްތުންފުރިގެން ވާ އަޑަކުން ޔާން ޝާޔާއަށް ގޮވާލިއެވެ.

ލޮލާލޯ ސީދާވި ވަގުތު ހީވީ މުޅިހަސިގަނޑައް ކަރަންޓް ޝޮކެއް ވެރިވި ހެންނެވެ. އިސާހިތަކު ދެތުންފަތް ގުޅިގެން ދިޔައީ ދެމީހުން ދެމީހުނަށް ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ދެމީހުންގެ ހަށިގަނޑުގައި ނޭގޭ އާވިންދެއް ޖަހަންފެށިއެވެ. ދައަތުން ބާރަށް ޔާންގެ ގަމީހުގައި ޝާޔާއަށް ހިފަހައްޓާލެވުނެވެ.

“ޝާ …..ބުރީތް…” ކޮންޓުރޯލުން ބޭރުވާހެން ހީވުމުން ޔާން ޝާޔާއާ ދުރަށް ޖެހިލިއެވެ. ނޭގި ކުރެވޭ ކަމެއްގެ ސަބަބުން ޝާޔާއަށް އެވަރުގެ ބޮޑު ދެރައެއް ދޭން ޔާން ބޭނުން ނުވަނީއެވެ. އެއަށްވުރެ ޔާންގެ ހިތުގައި ޝާޔާއަށް ދެވިފައިވާ މަޤާމު މާމަތިވެރިއެވެ.

ގަސްތަކުގެ ނިވަލުގައި ބަލަންހުރި ނިޝާގެ މޫނުމަތީގައި ވަނީ ރުޅިވެރި ކަމުގެ އަސަރުތަކެވެ. ނިޝާގެ ހިތްވަނީ ކުދި ކުދި ވެފައެވެ. ނަފްރަތުގެ ހުޅު ރޯވެ އަދަނީ ހުދު ނިޝާއަށްވެސް ކޮންޓުރޯލު ނުވާހާ ބާރުމިނުގައެވެ. އައިރުޅީގައި ޖިންސުގެ ޖީބުން ފޯނުނަގާ މާލޭގައި ހުންނަ ނިޝާގެ ރައްޓެއްށެއް ކަމުގައިވާ އައިކް އަށް ގުޅާލިއެވެ.

“ހަލޯ އައިކް .. ބިޒީ ގަޑިއެއްތަ؟” އައިކް ފޯނު ނެގުމުން ނިޝާބުނެލިއެވެ.

“ނޫން އަނެއްކާ ކިހިނެއްވީ ނިޝާ” ނިޝާގެ އަޑުގައިވާ ރުޅިވެރިކަން އައިކް އަށް ނަގައި ގަނެވުނެވެ.

“ވަރަށް ރަންގަޅައް އަޑުއަހާ…މަ މިފޮނުވަނީ ލަބީބު ކިޔާ މީހެއްގެ މައުލޫމާތުތައް .. ކުރިއަށް އޮތް ދިހަ މިނެޓްތެރޭގައި މީނައާ ގުޅޭނެ ނަންބަރަކާ އަދި އެހެންވެސް ހޯދެންހުރި ހުރިހާ މައުލޫމާތުތަކެއް ހޯދުމައްފަހު މަށައް މެސެޖެކޮށްދީ” ކައިރީގައި ހުރި ގަހުގެ ކުދި ގޮފިތައް ބިންދަމުން ހަރުކަށި އަޑަކުން ނިޝާ ވާހަކަ ދެއްކިއެވެ.

“ނިޝާ ހަމަޖެހިބަލަ…. ކިހިނެއް ވެގެންތަ ތިއުޅެނީ.. ކާކުތައެއީ؟” ނިޝާއަކީ އައިކް ވަރަށް ކުރިންސުރެ ދަންނަ ރައްޓެއްސަކަށް ވުމުން ނިޝާގެ ގޮތް އައިކްއަށް ވަރަށް ރަންގަޅައް އެގެއެވެ.

“އައިކް ވެސް މިގަޑިގަ މާގިނަ ވާހަކަ ދައްކަން ނުހަދަބަލަ… ވަންޔާވެސް ނުވަންޔާވެސް ބުނެބަލަ” ނިޝާގެ އަޑުގައި ތުރު ތުރު އެޅުމެއް ހުއްޓެވެ. އެ ހިތައް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން ލޮލުން ފައިބަމުންދާ ކަރުމަތައް ކޯތާފަތް ތެއްމަމުން ދެއެވެ.

“އޯކޭ މިހާރު މިއުޅެނީ ތިކަމާ….” އައިކް ފޯން ބޭވުމައްފަހު ލަބީބްއާ ބެހޭ މައުލޫމާތު ހޯދުމައް އަވަސްވެގަތެވެ.

 

 

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

aminath shiyaa

Level 110 Stories

Other Articles

Previous

3-ކެތްކުރިން ކުރަން އަދިވެސް ކުރާނަން

Next

ލޯބިއެހެނަސް..ފަހުބައި

Next
February 18, 2018

ލޯބިއެހެނަސް..ފަހުބައި

Previews
February 18, 2018

3-ކެތްކުރިން ކުރަން އަދިވެސް ކުރާނަން

33 Comments!

  1. Anonymous says:
    February 18, 2018 at 6:53 pm

    Nice
    Curiously waiting
    Kon irakun next part?

    1. aminath shiyaa says:
      February 18, 2018 at 7:32 pm

      V avahah inshaa Allah
      Thank you ?

  2. Humey says:
    February 18, 2018 at 6:59 pm

    He hehe ye ye my favourite story . adhi nukiyan. kiyaaf comnt kollaann vvvvvv happy??

    1. aminath shiyaa says:
      February 18, 2018 at 7:33 pm

      Thank you humey
      Hope you like it ☺☺☺☺☺?

  3. mishy says:
    February 18, 2018 at 7:13 pm

    Ehn bai thakah vure mi prt maa reethi…. yuh r improving…. love this stryy….♥♥♥♥♥♥♥♥♥

    1. aminath shiyaa says:
      February 18, 2018 at 7:33 pm

      Thank you mishy
      ?????

  4. sam♥ says:
    February 18, 2018 at 7:28 pm

    wow .. .. saya n yaan dhuru nukuruvah chey.. loves ♥

    1. aminath shiyaa says:
      February 18, 2018 at 7:37 pm

      Thank you sam ????

  5. Inaaya says:
    February 18, 2018 at 7:44 pm

    Yeyyyy my favorite thank you shiyaa ???

    1. aminath shiyaa says:
      February 19, 2018 at 7:07 pm

      Ohw thank you inaa ?

  6. Nishaa says:
    February 18, 2018 at 7:46 pm

    Nishaa ah kaamiyaabu viya nudhehchey plźzzzzzzzzzzzz

  7. Wow says:
    February 18, 2018 at 7:48 pm

    Haadha rom ey ??????

    1. aminath shiyaa says:
      February 19, 2018 at 7:08 pm

      Haha yeah dhw ???

  8. Sair says:
    February 18, 2018 at 7:57 pm

    Mi storyge hurihaa prt eh mi kiyaalee… v v reethi story… ?❤

    1. aminath shiyaa says:
      February 18, 2018 at 8:32 pm

      Thank you sair mi story kiyaaleema ☺☺☺☺?

  9. Twingirl says:
    February 18, 2018 at 8:15 pm

    V rythi story … keep it up ☺☺☺??

    1. aminath shiyaa says:
      February 18, 2018 at 8:33 pm

      Thank you twingirl ????

  10. Lam ??? says:
    February 18, 2018 at 8:35 pm

    I lov this story…. thank you shiyaa for bringing such a awesome story..

    1. aminath shiyaa says:
      February 19, 2018 at 7:09 pm

      Thank you lam….
      Hope you will read upcoming parts too ???

  11. Pinky shifoo says:
    February 18, 2018 at 8:37 pm

    Hii shiyaa… ????… Mi part vx v v v reethi ????.. I really like this Story ❤️❤️❤️… Keep up the good work shiyaa… Waiting for next part…

    1. aminath shiyaa says:
      February 19, 2018 at 10:42 am

      Thank you pinky shifoo ….. I’m really glad that you liked it ???

  12. Marie says:
    February 18, 2018 at 8:49 pm

    Vrh vrh reeethi .. ?

    1. aminath shiyaa says:
      February 19, 2018 at 10:43 am

      Thank you Marie ???

  13. Yash says:
    February 18, 2018 at 8:55 pm

    Shiyaa this story is one of my favorite… plz daily koh up kohdheeba… waiting for next part

    1. aminath shiyaa says:
      February 19, 2018 at 10:44 am

      Thank you yash… hope you will like the upcoming parts too ☺☺☺

  14. Marujaan says:
    February 19, 2018 at 2:42 pm

    Vvvvsalhi kiyaahithu indha thininmaalee. vvfoohi thinisaa ulhey vahtharun
    Shiyaa plx plx plx shaayaa and yaan dhuru nukurah chey plx dhen kondhuvahakun up kollaanee vvhappy???????

    1. aminath shiyaa says:
      February 19, 2018 at 7:06 pm

      Thank you marujaan
      Inshaa Allah tmrw
      Have a nice day ☺

  15. Xaaaan says:
    February 19, 2018 at 4:00 pm

    Masha Allah vvv reethi❤❤?

    1. aminath shiyaa says:
      February 19, 2018 at 7:06 pm

      Thank you xaaan ??

  16. Ema says:
    February 19, 2018 at 7:11 pm

    Please up kohdheeba avahah really can’t wait ???

  17. Waiting says:
    February 20, 2018 at 8:56 am

    Shiyaa dhen plz thihen nuhadha up kohdheeeeba

  18. Ri says:
    February 20, 2018 at 9:20 pm

    Vv nice story eh ekamaku konme dhuvahaku vaahaka up nu kon laathi kada ee

  19. Misha says:
    March 27, 2018 at 3:49 am

    V v nice..keep going

Comments are closed.

Next Episodeއިންތިހާ – 12←


All Right Reserved!