Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބެއްނެތް ގުޅުން (14 ވަނަ ބައި)

Shaama Level 110 Stories
February 16, 2018 3 Mins Read
7 Comments

14 ވަނަ ބައި

ކޮޓަރިތެރޭގައި މޯޅިވެފައި އިން ކިޔާން މިއަދު މައިޝާއަށް އޭނާގެ ހަޔާތުގައި ހިނގަމުންދިޔަ އަދި ދިމާވަމުންދާ ކަންތައްތައް ކިޔައިދޭނީ ކިހިނަކުންބާއޭ ހިތާ ހިތުންސުވާލުކުރެވުނެވެ. އޭނާގެ ދިރިއުޅުމުގައި މާނީ ވަކިހިއްޕާލީ ކޮންފަދައަކުންކަން ކިޔައިދޭނީ ކޮންގޮތަކުން ބާއޭ ސިކުނޑިތެރޭ އެނބުރެމުންދިޔައެވެ. މައިޝާއާއި ދުރުވެ ލޯބިދޭން ބޭނުންވެ ލޯބިނުދެވެނީ މާނީއާއި ހެދިއޭ ބުނެފިއްޔާ މައިޝާޤަބޫލުކުރާނެބާއޭ ހިތަށްއަރުވަމުންދިޔައެވެ. ކިޔާން މިހުރިހާދުވަހަކު އެވާހަކަ ސިއްރުކުރީ ސަބަބެއްނެތިއެއްނޫނެވެ. މީގެކުރިންވެސް މައިޝާއަށް ހަޤީޤަތްކިޔައިދޭން އުޅުމުން މާނީ އުޅުނީ މައިޝާއަށް ގެއްލުމެއްދޭށެވެ. މައިޝާގެ ގާތަށްއައިސް މައިޝާއަށް އެ ފޮޓޯތައްދައްކާ ދެމަފިރިންގެ ކައިވެނި ރޫޅާލާނެކަމުގެ އިންޒާރުވެސް ކިޔާންއަށް މާނީ ދިން ހަނދާންއެބަހުއްޓެވެ. އެވަރުގެ މީހެއްގެ ސިއްރެއް މައިޝާއަށް ކިޔައިދޭނީ ކިހިނަކުންހެއްޔެވެ. މައިޝާއޭނާގެ ގާތުން ވަކިވާން އެދުނަސް ކިޔާންއެއް މައިޝާ ދޫކުރާކަށް ބޭނުމެއްނުވެއެވެ. ނުލަފާމީހެއްގެ ކިބައިން މައިޝާ ސަލާމަތްކޮށް މައިޝާއަށް ލޯތްބާއަޅާލުން ދޭނަމެ ބުނެ މައިޝާއަށް ދުވަހަކުވެސް ކިޔާންއަކަށް ލޯތްބާއަޅާލުން ދެވުނުދުވަހެއް ނެތެވެ. އަބަދުއުޅެންޖެހުނީ ދުރުގައިކަމުންނާއި މާނީގެ އުނދަގުލުގެ ސަބަބުންނެވެ.

“ބަލަ ކިޔާން މިރޭ ނުފުރާދުވަހެއްތަ؟ މާނީ އެބައިން ބޭރުގަ ކިޔާންހޯދަން އައިސްފަ. ބުނި އެއްކޮށްދާންވެގެންނޭ އޭނަ އައީ” ކޮޓަރިތެރެއަށް ވަދެގެން އައީ މައިޝާއެވެ. މައިޝާ އެ ދިން ހަބަރަކުން ކިޔާންގެ ދެލޯ ބޮޑުވެގެންދިޔައެވެ. މާނީގެ ކިބައިން ސަލާމަތްވެވޭނެ ގޮތެއްވާނީ ކޮންދުވަހަކުންބާއޭ އެވަގުތު ކިޔާންގެ ހިތަށްއެރިއެވެ. އެނދުކައިރީގައި ކޮޅަށްހުރި މައިޝާ ކިޔާންގެ ގާތަށްއައިސް އޭނާގެ މަގަތުގައި އިށީނެވެ. އަދި ހަމަޖެހިލަމުން ކިޔާންއާ ވާހަކަދައްކަންފެށިއެވެ. “ކިޔާން! ދަރިފުޅަށްޓަކާ ހަމަޖެހިބަލަ! ކިޔާންއާ އިނީއްސުރެ އަހަރެން މިހުންނަނީ ސުވާލު މާކެއްޖެހިފަ! ކިޔާންއަށް ވެގެންއުޅޭއެއްޗެއްވެސް ނޭނގެ. ޒުވާބުކުރުން ނޫންކަމެއް ނުކުރެވޭ.. ދެން އަމިއްލައަކަށްނު އެއްބަސްވީ ދެމީހުން ވަކިވުމަކީއޭ އެންމެރަނގަޅު ހައްލު މި ދިރިއުޅުމުގަ. ދެން ކީއްވެތަ އެކަމާ ނުރުހެނީމިހާރު؟ ކިޔާން މައިއާ އެއްވެސް ކަމެއް ޝެއާކުރަނީއެއްވެސްނޫން.. އެހެންނޫންނަމަތާ މައިއަށް އެނގޭނީވެސް ކިޔާންއަށްވެގެން އުޅޭއެއްޗެއް. ދެން ޕްލީޒް ނުރޮއެހުއްޓާލާފަ މާނީއާއެއްކޮށް އަވަހަށް ފުރަންދޭ. ގަޑިޖެހިދާނެ. ކޯޓުން ގުޅީމަ ޕެނިކްނުވާތި. އަހަރެން ކިޔާންއަކަށް ހިތްބުރައެއްނުކުރާނަން. ވަރިވާންއުޅޭތީ މަށަށް މާފްކުރާނެކަމަށް އުއްމީދުކުރަން.” ނަސޭހަތްތެރިވަމުންދިޔަ މައިޝާގެ މަޤްސަދަކީ ކިޔާން ހަމަޖެއްސުމެވެ.

މައިޝާ ހުރިހާ ވާޙަކައެއްދެއްކިއިރުވެސް ކިޔާންއިނީ އިސްދަށަށްޖަހައިގެން ބުނާނެއެއްޗެއްނޭނގި، ހަތިޔާރު ތިރިކޮށްލައިގެންނެވެ. އޭނާގެ ގަޔަކު ދެން މައިޝާގާތު އާދޭސްކުރާނެ ހިއްވަރެއްނެތުމުންނެވެ. މައިޝާ އިންތަނުންތެދުވެގެން ބޭރަށްނިކުމެ މާނީގާތައްދިޔައެވެ. ކިޔާންވެސް މޫނުދޮވެލާ، ހަމަޖެހިލައިގެން ހިނދުކޮޅަކުން ކޮޓަރިންނުކުތެވެ. ކޮނޑުގައި ދަބަސްއަޅުވައިގެން ހުރި ކިޔާންފެނި މާނީ އިންތަނުންތެދުވިއެވެ. “ހޭ ކިޔާންބެ! ހިނގާ ދާން. ފެރީ ކެޗްކުރެވޭނެބާ؟ ހާދަ ލަހުން މިރޭ ގެއިންތިނުކުންނަނީ.. އެންޑް ޔޫ ލުކް ލައިކް އަ މެސް! ހާދަ މޯޅިވެފަ؟ ” މާނީ އަށް ހުރިހާކަމެއް އެނގިހުރެ ކިޔާންއާ ސުވާލުކުރަންފެށިއެވެ. “ކަމެއްނުވޭ! އައިމް އޯކޭ. ހިނގާ ދާން.” ކިޔާން މާނީއަށް ޖަވާބުދިނީ ގޭ ދޮރާށިން ނުކުންނަމުންނެވެ. އެއްފަހަރުވެސް މާނީއަށް ސަމާލުކަންނުދެމުންނެވެ.

ކިޔާން އާއި މާނީ ގެއިން ނުކުމެ ސައިކަލަށްއއެރިއެވެ. ކިޔާން މާނީއާ ވާހަކަ ނުދައްކާތީ މާނީއެކަމާ ހިތްހަމަނުޖެހުން ފާޅުކުރަންފެށީ އޭނާގެ ހަޤީޤީކުލަވަރު ދައްކަމުންނެވެ. “ކިހިނެތްވީ؟؟ މަ މިވަރަށް ވާހަކަ ދައްކާއިރު އަނގައިން ނުބުނެ ތިއިންނަނީޔޯ؟” ކިޔާންގެ ހަނުހުރުން މާނީއަކަށް ކަމަކުނުދިޔައެވެ. ރުޅިއައިސްގެން އަދިވެސް އެއްފަހަރު ކިޔާންއާ ކުރި ސުވާލު ތަކުރާރުކޮށްލިއެވެ. ހަމަ ސުވާލުކުރުމާއިއެކު ސައިކަލު މަޑުޖައްސާ ކިޔާން ސައިކަލުން ފޭބިއެވެ. އަދި މާނީގެ އަތުގައި ހިފައި މާނީވެސް ސައިކަލުން ފޭބުވިއެވެ. އެވަގުތު ރަސްފަންނު ހިސާބުގަނޑުގައި ފުދޭވަރަކަށްމީހުންވެސް ގިނަވަމުންދިޔައެވެ. ” ކީކޭ މަ ނުކިޔައިގެންތަ ތިއުޅެނީ؟ ކިހިނެއް ނުވެގެންތަ ތިއުޅެނީ މާނީ؟ ކުރަންބޭނުންވި ހުރިހާކަމެއް ވެއްޖެއެންނު! މާނީ ހީކުރީ އަހަރެން އުމުރަށް މާނީގެ ގުލާމަކަށް ވެގެން ކުޑަވެގެން ބިރެއްގެ ތެރޭ އިންނާނެކަމަށްތަ؟ ތީ ކުއްހީއެއް! މަށަށްހެޔޮ މާނީ ގޮސް މިހާރު މައިޝާއަށް ތިފޮޓޯތައް ދެއްކިޔަސް! މައިޝާއާ އަހަރެން އިނީ މިހެން އުޅޭކަށްނޫން. ކަލޭދެކެ މަށަކަށް ދުވަހަކުވެސް ލޯތްބެއްނުވެވޭނެ! މައިޝާގެ މަގާމަކަށް ކަލެއަށްދުވަހަކުވެސް ނާދެވޭނެ! މިބުނީ ވަރަށް ކެރިގެން! ދޭ! ގޮސް އެ ފޮޓޯތައް މައިޝާއަށް ދައްކާ! އަހަރެން ބޭނުމީ ކަލޭކިބައިން ސަލާމަތްވާން! ނާރާތި ސައިކަލު ފަހަތައް! ކިހާބޮޑު *****ކަމެއް މީ ދެން މަށަށްޖެހިފަ ހުރި!” އަތްފާ ރޫރޫއަޅަމުން ދިޔަ ރުޅިވެރި ކިޔާންގެ ދެލޮލުން ކަރުނައޮހޮރަމުން މާނީއާއި ދިމާލަށް ހަޅޭއްލަވައިގަތީ މީހުންނަށް އަޑުނީވޭނެ ވަރަށް އަޑު މަޑުކޮށްގެނެވެ. ހައިރާންވެފައި ހުރި މާނީއަށް އެވަގުތު ހުރެވުނީ ކިޔާންގެ ރަތްވަމުންދިޔަ ދެލޮލަށް ނަޒަރު ހުއްޓިގެންނެވެ. މާނީ އަށް ފެނިގެންދިޔައީ ދުވަހަކުވެސް ކިޔާންގެ ކިބައިން ފެނުނު ސިފައެއްނޫނެވެ. ގަދަބަސް ބުނަންކެރޭ މާނީ މިރޭ އެހުރީ ހަމަ ހަޤީޤަތުގައިވެސް ކިޔާންއަށް ޖެހިލުންވެފައެވެ. މަގުމަތީގައި މީހުންގެ ތެރޭ މަންޒަރު ހުތުރުވެދާނެހެން ހީވެގެން މާނީ އޭނާގެ ރުޅި ކޮންޓްރޯލްކޮށްލުމަށްފަހު ވާހަކަދައްކަންފެށިއެވެ. “ހޭ! ޗިލް ކިޔާން! އޯކޭ! އަވަހަށް ދޭ! މަށެއް ދެން ތި ސައިކަށް ނާރާނަން! ކޫލް! ތި އެދުނު އެދުން ވަރަށް އަވަހަށް ފުއްދަދޭނަން! އޯކޭ! ދަނީދެން!” ލާނެއް ނުލަފާ ހިނިތުންވުމެއް ކިޔާންއަށް ދެމުން ކިޔާންއަށް ފަސްދެމުން ޓެކްސީއަކަށް އަތްނަގާލިއެވެ. އަދި ޓެކްސީއައުމުން ދެން ދަނީއޭ ބުނެ ކާރަށް އަރައިގެން ކިޔާންގެ ލޯމަތިންގެއްލުނެވެ. ރުޅިވެރިކަން މުޅިހަށިގަނޑުގައި ކައްކަމުންދިޔަ ކިޔާންއަށް ހަމަޖެހުމެއްލިބުނީ އެހާހިސާބުންނެވެ. އަދި ދެންމެ ވި ކަންތައް ސިކުނޑިތެރޭ އަނބުރަމުން ސައިކަލަށްއަރައި ކިޔާންވެސް ނައްޓާލިއެވެ.

“ދަރިފުޅާ! ކިޔާން ދިޔައީތަ؟” މަންމަ ރަޝީދާ އޭނާގެ ކޮޓަރިން ނުކުމެ ސޯފާގައި އިން މައިޝާއާއި ސުވާލުކޮށްލިއެވެ. “ލައްބަ މަންމާ!.. ” ރަޝީދާ އައިސް ސޯފާގައި އިށީނދެ މައިޝާއާ ވާހަކަދައްކަންފެށިއެވެ. ” ދަރިފުޅާ؟ ތި ނިންމަންއުޅޭ ނިންމުމަކީ ހަމަ އެންމެ ރަނގަޅު ނިންމުންތަ؟ މަންމައަށް ހީވަނީ އަދި ކިޔާންއަށް ވަގުތު ދޭންވީހެން. އޭނާ ގޯހެއް ނޫނެންނު ދަރިފުޅަށް! އޭނާއަށް ހަމަ ނޭނގެނީ ލޯބިދޭން. ދަރިފުޅުމެން އެކަނި ވަގުތުކޮޅެއް ހޭދަކޮށްލަން… ” މަންމަ ދައްކަމުންދިޔަ ވާޙަކައަކީ މައިޝާ އެހާއަޑުއަހަން ބޭނުންވި ވާހަކައެއްނޫންކަމުން މަންމަގެ ވާޙަކަ މެދުކަނޑާލިއެވެ. “މަންމާ!، ތިވާހަކަ ދެން ނުދައްކާ! ހެޔޮނުވާނެ.. އަހަންނަކަށް ކެތެއްނުކުރެވޭނެދެން.. މަންމައަކަށް ނޭނގޭނެ ކިޔާންއަށް ވާގޮތްގޮތެއް. އަހަރެމެން ދެމީހުން އެކަނި ތިއްބަސް ކިޔާންއަހަންނަކާ ވާހަކައެއްނުދައްކާނެ.. އަހަންނަކަށް ނޭނގޭ އޭނަ އަހަންނާ ކައިވެނިކުރީ ކީއްވެގެންކަމެއް.. ލޯބިދޭން ނޭނގޭނަމަ ކުރިންވެސް ލޯބިދޭންނޭގޭނެއެންނު.. ކިޔާން ކިހާލޯބިންތަ އުޅުނީ މަންމާ! ކައިވެނި ކުރީންސުރެ.. މާއިން ލިބުނީއްސުރެ އަހަރެން ހީވަނީ ބީރައްޓެއްސެއްހެން އޭނައަށް.. ދެން ހަމަ މިނޫންގޮތެއްނެތް.. މަންމަވެސް ދެން މިކަމާ އެހާ ނުވިސްނާ.. އިރާދަކުރެއްވިއްޔާ އެއްވެސް މީހަކަށް މިކަމުން ދެރަގޮތެއްނުވާނެ. ” މައިޝާގެ ހިތުގައި އެނބުރެމުންދިޔަ ކަންކަން މަންމައާއި ހިއްސާކޮށްލުމަށްފަހު އެހާހިސާބުން އެވާޙަކަހުއްޓާލިއެވެ. މަންމަވެސް ދެން އިތުރަކަށް މައިޝާއާ އެވާހަކައެއްނުދެއްކިއެވެ. ދެވެރިން ޓީވީއަށް ގެއްލިފައި ތިއްބައި ކުއްލިއަކަށް މައިޝާގެ ފޯނަން މެސެޖެއްއައިހެން ހީވެގެން ފޯނު ޗެކްކޮށްލިއެވެ. ފޯނަށް ބަލަހައްޓައިގެން ހުރި މައިޝާގެ ދެލޯބޮޑުވެގެން ދިޔައެވެ. އޭނާގެ އަތްތިލަ ލޮނުދާހިއްލަންފެށީ ވައިބާއިން އައިސްފައި އިން މެސެޖަކީ ކާކުގެ މެސެޖެއްކަން އެނގުމުންނެވެ. ހިތާހިތުން މައިޝާއަށް އެމީހެއްގެ ނަންކިޔާލެވުނެވެ. “މުސްތަފާ!؟؟” ހައިރާންވާ ހާލު އިންތަނުން ތެދުވެގެން އަވަހަށްގޮސް މާއިން ނިދާފައި އޮތް ކޮޓަރިއަށްވަނެވެ. އަދި ފޯނުނަގައި މުސްތަފާގެ މެސެޖް ހުޅުވާލައި އޭގައި އޮތް އެއްޗެއްކިޔާލިއެވެ.

“މުސްތަފާ: ހެއި. މައިޝާތަ؟ ހައު އާރ ޔޫ؟ ”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaama

Level 110 Stories

teacher

Other Articles

Previous

ލޯބިވަން ޚުލާސާ

Next

ނޫރު (ސަތުތިރީސްވަނަ ބައި)

Next
February 16, 2018

ނޫރު (ސަތުތިރީސްވަނަ ބައި)

Previews
February 16, 2018

ލޯބިވަން ޚުލާސާ

7 Comments!

  1. shereen says:
    February 16, 2018 at 11:29 pm

    i am COMPLETELY sorry for the looong delay.. ill try to keep on uploading here after.. hope u guys will like this part too 🙂

  2. Aki says:
    February 16, 2018 at 11:39 pm

    alhey kiyaan n maisha vaki nukurey

    1. shereen says:
      February 16, 2018 at 11:51 pm

      Hehe vaki kohfiyya hadi vaanetha

  3. mai says:
    February 17, 2018 at 12:09 am

    dhn konme dhuvahaku up kohdhehchey. varah kiaa hithun huhtaa e nimunee

  4. Pinky shifoo says:
    February 17, 2018 at 7:30 am

    Hiii Shereen… Mi part vx v v v reethi ???… Haadha kiyaahithun indhaey e nimuny ???.. Next part avahah genesdhehchey plxx n huhtaanulanaa nimemdhen genesdhehchey… Mi Story v reethi… I really like this Story ???…

    1. shereen says:
      February 17, 2018 at 10:17 pm

      Thank you so much for the support 🙂 in sha allah will upload soon

  5. miyaa says:
    February 26, 2018 at 10:03 am

    no uplpods

Comments are closed.

Next Episodeލޯތްބެއްނެތް ގުޅުން (15 ވަނަ ބައި)←


All Right Reserved!