Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 31

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
February 12, 2018 8 Mins Read
89 Comments

“އެތައް ދުވަހެއް ވެއްޖެ މީކާއިލް ކައިރީ ބުނެގެން މި މައްސަލަ ޕޮލިހަށް ހުށަހެޅިތާ! އޭގެ ފަހުން ރީމް ދެ ފަހަރެއްގެ މަތިން މާޒިންގެ މަގުސަދާއި އޭނާގެ އެތައް ބައިވަރު މައުލޫމާތެއް ދީފި.. މިވަރުން މި ކޭސް ނިއްމާލުވޭނޭތަ ތިބުނަނީ؟ ދެން އިތުރަށް ކޮން މައުލޫމާތެއް ބޭނުން ވަނީ؟ ޖަލުން މިކަހަލަ މީހުން މިނިވަންވެގެން ދާއިރު އެމީހުންނާއި ބެހޭ ކަންތައް މިތަނަށް ނޭނގުމަކީ ގަބޫލުކުރަން ވަރަށް ދަތި ކަމެއް!! ” ޝަނުމް ކޮޅަށް ތެދުވަމުން އެހެން ބުނެލިއެވެ. ކަންބޮޑުވެފައިވާ ވަރު މޫނުމަތިން ފެންނަމުން ދިޔައިރު ނުރުހުމުގެ އަސަރު އަޑުގައިވެއެވެ.

ޝަނުމްއަކީ ވަކި ހަމަތަކާއި އުސޫލުތަކެއްގެ ވެރިއެކެވެ. އެހެންނަމަވެސް ރީމްއަށް މި ވާ ވަރު ފެނިފައި އެހަމަތަކުން ބޭރަށް ޝަނުމް ނިކުމެދާނެ ހެއްޔެވެ؟

“ޝަނުމް، އަހަންނަށް ކުރެވެން އޮތް ހުރިހާ ކަމެއް އަހަރެން އެބަ ކުރަން މިކަމުގެ ހުރިހާ ހަގީގަތެއް ހޯދަން.. ޝަނުމްއަށްވެސް އެނގޭނެ މީ އާދައިގެ ކަމެއްގެ ގޮތުގައި މިތަނުން ބަލައިގަންނަ ކަމެއް ނޫންކަން. އާއްމު ފަރުދަކަށް ލިބިދާނެ ކޮންމެ ގެއްލުމަކުން އެމީހެއް ސަލާމަތް ކުރަން އަހަރަމެން ވައުދުވެގެން މި ވަޒީފާތައް މި އަދާކުރަނީ. އެކަމަކު އަހަރަމެންވެސް މީ އިންސާނުން! ހޯދާ ބެލި ވަރަކަށް އަހަރެމެންނަށް އެނގޭނީ…ޝަނުމް ޖެހޭނެ ކެތްތެރިވާން، އެއީ އަހަރަމެން ނުވިސްނާ ތިބެ ކޮށްލާ އެއްމެ ކަމަކުން ވެސް އެމީހުންގެ ދެން ދީފާނެ ހަމަލާ ބޮޑުވެދާނެ” މާހިލް ވެސް އިން ގޮނޑިން ތެދުވިއެވެ. އަދި ޝަނުމްއަށް ވިސްނުވައިދެވޭތޯ އުޅުނެވެ.

“އަދި ކިތައް ދުވަސްތަ ބޭނުން ވަނީ! އެނގޭތަ ރީމް ބަލާފަ ޑޮކްޓަރު ބުނި އެއްޗެއް، އެއްމެ މިނެޓެއް ލަސްވިޔަސް ރީމްގެ ފުރާނައަށް އޭގެ އަސަރު ކުރާނެއޭ! އަހަންނަށް ވެސް ކެތްކުރެވިދާނެ، އެކަމަކު އެމީހުންނަށް އޭރުން އެދެވެނީ ހަމަލާދޭން އިތުރު ފުރުސަތު” މާހިލް އަށް ބަލާލަމުން ޝަނުމް ބުނެލިއެވެ. ރުޅި އައިސްގެން ނޫނެވެ. ހިތް ބިރުގެންފައިވާ ވަރުންނެވެ.

“ޝަނުމް ބޭނުން ނަމަ ފުލުހުންގެ ރައްކާތެރިކަން ރީމްއަށް ދެވިދާނެ! އަހަރެން މިވަގުތުން ވަގުތައް އެކަން ހަމަޖައްސައިދީފާނަން، އެގޮތް އެންމެ ރަގަޅުތަ؟” މާހިލް އެދުނެވެ. ރީމްގެ ރައްކާތެރިކަމަކީ އެމީހުންގެ ޒިންމާއެއް ކަމަށްވެސް ދެކޭތީއެވެ.

“މައްސަލައެއް ނެތް، ރީމް އަށް ރައްކާތެރިކަން އޮތް ކޮންމެ ގޮތަކަށް ކަންތައް ކުރަން އަހަރެން އެއްބަސް” ޝަނުމްގެ އަޑުން ހަމަޖެހިފައިވާކަން އިހުސާސް ވިޔަސް މޫނުމަތިން އެކަން ފެންނަމުން ނުދެއެވެ.

މާހިލް އާއި ވާހަކަ ދައްކާލުމަށްފަހު ޝަނުމް އަބުރާ ހޮސްޕިޓަލަށް ދިޔައިރު އަމީހާއާއި އަޝްވާގެ އިތުރުން ރީމްގެ ކޮއްކޮ  އެތާގައި ތިއްބެވެ. ރީމް ހޭލާ އޮތުމުން އަޝްވާ ރީމްގެ އަތުގައި ހިފައިގެން ރީމް ކައިރީ އިށީދެގެން އިނެވެ.

“ޝަނުމް، ރީމް ވަރަށް ގިނަ އިރުވެއްޖެ ޝަނުމް ދިޔަ ތަނެއް ނޭނގިގެން އުޅޭތާ” ކޮޓަރިއަށް ވަދެގެން އައި ޝަނުމް ފެނިފައި ސޯފާގައި އިން އަމީހާ ބުނެލިއެވެ.

“އަޅުގަނޑު މިއައީ ރައްޓެއްސަކާއި ބައްދަލުކޮށްލަން ގޮސްލާފަ، ޑޮކްޓަރު އިތުރު ހަބަރަކާއިގެން އައިތަ؟ ” ރީމް އޮތް އެނދާއި ދިމާލަށް ހިނގައިގަންނަމުން ޝަނުމް އަހާލިއެވެ.

“އާން! ބުނި ޓެސްޓް ތަކުގެ ނަތީޖާ ލިބޭނީ މިރޭގެ ވަގުތެއްގައޭ، އެހެން ވިޔަސް ދޮންތައަށް ގިނައިން ދިޔާތަކެތި ދީ ހަދާށޭ” އަމީހާއާއި ޖެހިގެން އިން ރީމްގެ ކޮއްކޮ ބުނެލިއެވެ. ރީމްއަށް ފަރުވާ ދިނީ ބޭރުގެ ޑޮކްޓަރަކަށް ވުމުން ޑޮކްޓަރާއި ވާހަކަ ދެއްކީ އޭނާއެވެ.

ޝަނުމް ގޮސް އަޝްވާ އިން ފަރާތް ނޫން އަނެއް ފަރާތުގައި އިށީދެ ރީމްގެ އަތުގައި ހިފާލިއެވެ. ރީމްގެ އަތުގައި އަދިވެސް ފިނިކަމެއް ހުއްޓެވެ. ޑޮކްޓަރުން ބުނެގެން އޭސީ ކަނޑާލިއަސް އަދިވެސް ފިނިކަން ކެނޑޭ ވަރެއް ނޫނެވެ.

“ކޮންތާކުން ތިއައީ” ޝަނުމް އޭނާ އެއައީ ރައްޓެއްސަކާއި ބައްދަލުކޮށްލާފައި ކަމަށް ބުންޏަސް ރީމްއަށް ދުރުން އިވޭ އަޑުތައް ފާހަގަކުރަން އަދިވެސް އުދަގުލެވެ. އިވުމާއި އެއްވަރަށް ލޮލުގެ ފެނުން ވެސް ވަނީ ފުސް ކަމެއްގެ ތެރޭގައެވެ.

“މިއައީ މާހިލް ކައިރިއަށް ގޮސްލާފަ، މާހިލް ބުނި ވަރަށް އަވަހަށް މާޒިން ހޯދާނަމޭ… އަދި ރީމް ކައިރީގައި ހުންނަން އަންހެން ޕޮލިހެއް ފޮނުވާނަމޭ.. އޭރުން މާޒިންއަށް ރީމްއަށް އެއްވެސް ގޯނާއެއް ނުދެވޭނެ” ޝަނުމް ވާހަކަ ދެއްކީ މަޑުމަޑުން އަދި ލަސްލަހުންނެވެ. ރީމް ދޭހަވާނެހެންނެވެ.

މާޒިންގެ އަޑު އިވުމާއި އެކު އަޝްވާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. މާޒިން ޖަލުން މިނިވަން ވިޔަސް ރީމްގެ ފަހަތުން އަލުން އައިސްދާނެ ކަމަށް އުއްމީދު ނުކޮށް ހުރުމުންނެވެ. އަޝްވާ އުޅުނީ ރީމް ހަނީމޫން ނިއްމާލާފައި އައުމުން މާޒިންއާއި ބެހޭ ގޮތުން ރީމްއާއި ސުވާލުކުރާށެވެ. އެއީ މާޒިންއަކީ ކާއިންގެ ލެޕްޓޮޕު ވަގަށް ނަގައިގެން ދިޔަ މީހާ ކަމަށް ޔަގީނާއި ގާތަށް ހީވާތީއެވެ.  އޭރުން ރީމްގެ ފަރާތުން މާޒިން ހޯދުމަށް އެހީ ލިބި ކާއިންގެ ލެޕްޓޮޕު ހޯދުމަށް އެހީވެދެވޭނެތީއެވެ.

“މާޒިން ކީއްކުރަން ރީމްއަށް…” އަޝްވާއަށް ބުނެވުނީ އެހިސާބަށެވެ. ސިކުޑި މަސައްކަތް ކުރަމުން ދިޔައީ މާޒިން އާއި ރީމްއާއި ގުޅުމެއް އޮތަސް، ހަމަ މިދުވަސްވަރު ކާއިންއަށް ވެސް މާޒިންގެ އުނދަގޫ ފޯރަނީ ކީއްކުރަން ތޯ ބެލުމަށެވެ.

“ބަދަލު ހިފަން” އަޝްވާއާއި ދިމާލަށް ބޯ އަބުރައި ހިތި ހިނިތުންވުމަކާއި އެކީ ރީމް ބުނެލިއެވެ.

“މީ މާޒިންއަށް ކުރި ކަމެއްތަ؟ އަދި މިއޮތް ހާ ދުވަހު ރީމް ފަހަތު އަޅުވައިގެންވެސް އުޅުނީ އޭނަ ތަ؟” އަޝްވާ ހުރީ ގިނަ ސުވާލުތަކެއްގެ ޖަވާބު ހޯދުމަށް ކެތްތެރިކަން ކޮޅުންލާފައެވެ.

“މިއަދު މިވީ ކަންތަކީ އޭނަ ކުރި ކަމެއް އަހަންނަކަށް ނޭނގެ. އެކަމަކު މިއޮތް ހާ ދުވަހު އަހަރެންގެ ފަހަތުން އުޅުނީ މާޒިންއާއި ގުޅުމެއް އޮންނަ މީހެއް.. ހޮޓަލުގައި އަލިފާން ރޯކޮށްލި ރޭ އަހަންނަށް ފެނުނު އެމީހާއާއި އެކީ މާޒިން ތިރީގައި ހުރި ތަން” ރީމް ކިޔައި ދިނެވެ. އެދުވަހު ލިބުނު ޝޮކާއި އެކު ޝަނުމް އާއި ހިންދު ފިޔަވައި އިތުރު އެއްވެސް މީހަކަށް ރީމް އެވާހަކަތައް ކިޔާ ނުދެއެވެ. ވާހަކަ ދައްކަން ހިތަށް އަރުވާލިއަސް ހަށިގަނޑު ރޫރޫ އަޅައިގެން ދެއެވެ.

“އަހަރެން އެބަ އަންނަން” އިތުރު ތަފުސީލެއް ނުދީ އަޝްވާ އެހެން ބުނެލުމަށް ފަހު އަވަސް އަވަހަށް އިންތަނުން ތެދުވެގެން އެތަނުން ނިކުމެގެން ދިޔައެވެ. ދިޔަ ގޮތުން ހީވީ ކުއްލިއަކަށް މުހިއްމު ކަމެއް ހަނދާން ވެގެން ދިޔަހެންނެވެ.

“ރީމް ވީ އެއްވެސް ކަމެއް ހަނދާން އެބަ ހުރިތަ؟ މީހަކު ބުނެގެންތަ އެތަނަށް ދިޔައީ؟ ” އަޝްވާ ދިޔުމުން ޝަނުމް އިތުރަށް ކައިރިއަށް ޖެހިލައި ރީމް އާއި ސުވާލުކޮށްލިއެވެ.

” ވަރަށް ފުސްކޮށް ހަނދާން އެބަ ހުރި ގޭގެ ދޮރުން ނިކުތް ހަނދާން، ދެން ނޭނގެ ވީ ގޮތެއް” ހޭ އެރުމުން ރީމް އަވަސްވެގަތީ ހޮސްޕިޓަލަށް އަންނަން ޖެހުނު ސަބަބެއް ހޯދާށެވެ.

“ރީމް އެވަރަށް ބިރުގަންނަ އިރު ކީއްވެ އެކަނި ބޭރަށް ނިކުތީ؟ ފިހާރައިން އެއްޗެއް ބޭނުން ވި ނަމަ އަހަންނަށް ގުޅާފަ ބުނި ނަމަ ގެނެސްދޭނަމޭ…” ޝަނުމް ކަންބޮޑުވެފައިވާ ރާގަކަށް ބުނެލިއެވެ.

“އަހަރެން އުޅުނީ ޝަނުމް ކާން އަންނަން ވާ އިރަށް އެއްޗެއް ގަންނަން ދާން… މަންމަ ކައިރީ ބުނަން ދިޔައިރު ނަމާދަށް ހުރުމުން އެކަނި ދިޔައީ” ހިނިތުންވެލަމުން ރީމް ބުނެލިއެވެ.

“ދެން އެކަނި ބޭރަށް ނުދައްޗޭ.. އަހަރެން ނެތަސް މަންމަ ނޫނީ ކޮއްކޮ ވެސް ހުންނާނެ.. އަދި މި މައްސަލަ ނިމެންދެން މާދަމާއިން ފެށިގެން އަންހެން ޕޮލިހެއް ރީމްއާއި އެކީ އުޅޭނެ” އޯގާތެރިކަމާއި އެކީ ޝަނުމް ބުނެލިއެވެ.


 

މާޒިން ރީމްއަށް ވެސް އުނދަގޫ ކުރާކަން އެނގި އަޝްވާ ލަސްކުރުމެއް ނެތި ދިޔައީ ކާއިން ކައިރިއަށެވެ. ހައްސާނުގެ ހަކުރު އަދިވެސް ބޭނުންވާ ވަރަށް ތިރި ނުކުރެވޭތީ އަދިވެސް އޮތީ އެޑްމިޓްކޮށްފައެވެ.

“މިއައީނު އެމަންޖެ، އަޝްވާ ދޭބަލަ ކާއިން ގޮވައިގެން ކާން ދޭން.. ” އަޝްވާ އައިސް ދޮރުން ވަނުމާއި އެކީ ހައްސާނު އޮތް އެނދުގެ އެއް ފަރާތުގައި ހުރި ގޮނޑިއެއްގައި އިށީދެގެން އިން ކައުސަރު ބުނެލިއެވެ.

“އަހަރަމެންގެ ބަހަށް ވުރެ ކާއިން މިހާރު އަހަނީ އަޝްވާގެ ބަސް.. އަޝްވާ ބުނުމުން އޭނަ ކޮންމެ ކަމެއް ވެސް ކޮށްފާނެ” އައިވީ ގުޅާފައި އޮތް ހައްސާނު ކުރިން ވާހަކަ ދެއްކި ކައުސަރާއި އެއްބައިވެލަމުން ބުނެލިއެވެ.

“އަޅުގަނޑު މިއައީ ކާއިން ހޯދާށޭ…. ހިނގާ ދާން އަވަހަށް! ވަރަށް ބޮޑު ވާހަކައެއް ވެސް ބުނަން ވެފައި އެބަ އޮތް” ކާއިންއާއި ދިމާލަށް އަތުން އަންނާށޭ ބުނަމުން އަޝްވާ ބުނެލިއެވެ.

“އަހަރެން ނުކާނަން” އަޝްވާ އަށް ދިމާލަށް ބަލާލަމުން ކާއިން ބުނެލިއެވެ. ބަނޑުހައިވެފައި ހުއްޓަސް މައިންބަފައިންގެ ބަސް ދޮގު ކުރަން ބޭނުންވާތީއެވެ. މިވީ ދެތިން ދުވަސް ތެރޭގައި ކައުސަރާއި ހައްސާނު ކާއިން ކައިރީ އަޝްވާގެ ވާހަކަ ވަރަށް ދައްކައެވެ.

“މާ ފޮނި ނުކަޑާ ހިނގާ ދާން! ކާއިން ނުކެޔަސް އަހަރެން މިހިރީ ބަނޑުހައިވެގެން ގޮސް ހާންތިވާ ވަރު ވެފަ” އަޝްވާ ގޮސް އެނދުގެ ފަޔާއި ވީ ކޮޅުގައި އިށީދެގެން އިން ކާއިންގެ އަތުގައި ހިފައި ތެދުކުރުވިއެވެ. އަދި ގަދަކަމުން ކަހަލަ ގޮތަކަށް ގޮސް އެތަނުން ބޭރުކުރިއެވެ.

“ކާން ދިޔުމުގެ ކުރިން އަހަރެން މިދައްކާ ވާހަކަ ކަނުލައި އަޑު އަހާތި” އެހެން ބުނެލުމަށްފަހު އަޝްވާ ދެކޮޅު ހޯދާލީ އެމީހުންގެ ވާހަކަ އަޑު އިވޭ ހިސާބުގައި އިތުރު މީހެއް ހުރިތޯއެވެ.

“މާޒިން އެއުޅެނީ ހަމައެކަނި ކާއިންއަށް ގެއްލުމެއް ދޭކަށް ނޫން… އޭނަ އެބަ ޓާގެޓް ކުރޭ ރީމްއަށް ވެސް. ދެންމެ ރީމް އަހަރެން ކައިރީ ބުނި ހޮޓަލުގަ ރޯކޮށްލި އިރު މާޒިން އެތާގައި ހުރި ވާހަކަ..އަދި ރީމް ފަހަތު އަޅުވައިގެން އުޅޭ މީހާއާއި މާޒިންއާއި ގުޅުމެއް އޮންނަ ވާހަކަވެސް” މީހެއްގެ ހިލަމެއް ފެންނަން ނެތަސް އަޝްވާ ވާހަކަ ދެއްކީ ސިއްރު ސިއްރުންނެވެ.

“އެރޭ އަހަންނަކަށް އެތަނުން މާޒިން އެއް ނުފެނޭ” އެރޭ ރީމްއާއި ހިންދު އިމާރާތުން ތިރިކޮށް އެމީހުން ގެޔަށް ލައިދިނުމުގައި އުޅުނީ ކާއިންއެވެ.

“ކާއިންއަށް މާޒިން ނުފެނުނަސް މާޒިން އެތާގައި އުޅުނު. އެހެން ނޫން ނަމަ ރީމް އެހެން ނުބުނާނެ” އަޝްވާ ރީމްއަށް އިތުބާރު ކުރާތީ ބުނެލިއެވެ.

“ތިހެން ވާ ނަމަ ކޮބާ މާޒިން އެއްފަހަރާ އަހަންނާއި ރީމްއަށް ގެއްލުން ދޭންވީ ސަބަބެއް؟ ” ކާއިން އަނެއްކާވެސް އެ ސުވަލާއި މެދު ވިސްނާލިއެވެ.

“ނޭނގެ ތިއެއް.. ވެދާނެ އެއްނު ހޮޓަލުގައި އަލިފާން ރޯކޮށްލައިގެން ދެމީހުންނަށް އެއްފަހަރާ ގެއްލުން ދެވެން އޮތީމަ އެކަން ކުރަން އުޅުނީ ކަމަށް.. ކާއިންގެ ބައްޕަ މަސްތުވާތަކެތި ވިއްކުން ހުއްޓާލުމުން އޭގެ ބަދަލު ހޯދަން އެހޮޓަލު އަޅިއަށް ހަދާލަން އުޅުނީ.. ދެން ރީމް އޭނަ ބަސްޓްކޮށްލި ކަމަށްޓަކައި އެއްވެސް ރަހުމެތް ނެތި ފުރާނަ ދުއްވާލަން އުޅުނީ” އަޝްވާ އޭނާއަށް ހީވާ ގޮތަކަށް ބުނެލިއެވެ.

“ތިހެންވެ ދޯ އަހަރެންގެ ލެޕްވެސް ވަގަށް ގެންދިޔައީ، އޭގަ ހުންނާނެ އެއްނު ބައްޕައާއި މިކަމާއި ގުޅުވޭ ހެކިތައް! ” ކާއިން އަޝްވާގެ ހިޔާލަށް ތާއިދު ކުރަމުނން ބުނެލިއެވެ.

“އެހެންވީމަ ހިނގާ އަވަހަށް ޕޮލިހަށް މައްސަލަ ހުށަހަޅަން. އޭރުން އެމީހުންނަށް ފަސޭހަ ވާނެއެއްނު މާޒިން އަތު ޖައްސާލަން” އަޝްވާ ބުނެލިއެވެ. ކާއިން އެޔަށް ދޭނެ ޖަވާބެއް އެނގިހުރެއެވެ.

“ނޫން! އޭރުން ބައްޕަ ޖަލަށް ދާނެ.. ތި ނޫން އެހެން ގޮތެއް ހޯދާ… އަޝްވާ ރީމް ކައިރީ ބުނެގެން މާޒިން އުޅޭ ގެޔެއް އަހަންނަށް ހޯދަ ދީބަލަ.. އޭރުން ކުޅި ދައްކާލާނަން” ކާއިންގެ ރުޅިގަނޑު ކެކިގެން ދިޔައީ ނުހަނު އަވަހަށެވެ. އެއްވެސް މީހަކަށް އޭނާގެ ބައްޕައަށް އަނިޔާއެއް ދޭކަށް ކާއިންއަށް ފުރުސަތު ނުދެވޭނެއެވެ. އެޔަށް ވުރެ ބޮޑަށް އޭނާ ބައްޕަ ދެކެ ލޯބިވެއެވެ.

“ކާއިން! ދެން އިތުރު ކޮން ގޮތެއް އޮތީ! ރީމްއާއި ރައްޓެހިވެގެން އުޅުނު އިރު މާޒިން އުޅުނުގެ އަހަންނަށްވެސް އެނގޭ. އެކަމަކު އެފަހުން މިހާރު ދެ އަހަރު މިވަނީ.. މާލޭގައި އުޅޭ އެހެން ރަށްތަކުގެ މީހުން ގެ ބަދަލު ކުރެއޭ.. ގެ ބަދަލު ނުވިޔަސް ކާއިން މާޒިން ކުރިމައްޗަށް އަރައި ކިހިނެތް ހަދާނީ؟؟؟ މާޒިން އަކީ އަހަރަމެން އެއްމެނަށް ވުރެ ބޯ ބޮޑު މީހަކަށް ވީމަ މިހާ ހިސާބަށް ކަންތައް މިދިޔައީ” ކާއިން މާޒިން ކައިރިއަށް ދާން އުޅުމުން އަޝްވާ ކަންބޮޑުވިއެވެ.

“އޭނަ ކުރި މައްޗަށް އެރީމަ ހަދާނެ ގޮތް އަހަންނަށް އެނގޭނެ…އޭނަ އުޅޭ ގޭގެ އެޑްރެސް ބުނޭ” ކާއިން އަޝްވާއަށް އަމުރުކޮށްލިއެވެ. ނަމަވެސް އަޝްވާ އެޔަށް ޖެހިލުންނުވެއެވެ. އޭގެ ބަދަލުގައި ދެކޮޅަށް ބޯ ހޫރުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

“އަޝްވާ!!! މީހުންގެ ފުރާނަ ނެތި އެދަނީ އެ މާޒިންއާއި ހެދިއޭ.. އަޝްވާ ބޭނުންވަނީ އެގޮތް ތަ! އަހަރެންގެ މުޅި ދިރުއުޅުން އެފުށް މިފުށަށް މި ޖެހެނީ ތި މާޒިން ބޯލާނެ ރާ ފޮދެއް ނުލިބިގެން ތޮޅޭތީ.. އެހެންވީމަ އަޝްވާ ވެސް ރީމްގެ ފުރާނަ ސަލާމަތް ކުރަން ބޭނުން ނަމަ ތި މީހާ ހުރި ތަނެއް އަހަރެން ކައިރީ ބުނޭ… ނޫނީ ވަގުތު ފާއިތުވެދާނެ” ކާއިން ރުޅި އައިސްފައި ބުނެލިއެވެ. މާޒިން ކިބައިން ބަދަލު ހިފުމުގެ ރޫހު ހިތު ތެރޭ އުފެދިއްޖެއެވެ.

“ޝަރުތެއްގެ މަތިން” ކާއިން ގޮތް ދޫނުކުރާނެ ކަން އެނގޭތީ އަޝްވާ ބުނެލިއެވެ.  ރީމްގެ ފުރާނަ ސަލާމަތުން އޮތުމާއި އެކު ކާއިންގެ ބައްޕަވެސް ހެޔޮ ހާލުގައި ހުރުމަށް ބޭނުންވެއެވެ.

“އަހަރެންވެސް ގޮވައިގެން ދާން ވާނީ” ކާއިން ސުވާލުގެ ނަޒަރުން ބެލުމުން އަޝްވާ އޭނާގެ ޝަރުތު އިއްވާލިއެވެ.

“މައްސަލައެއް ނެތް” ކާއިން އަވަސް އަވަހަށް ބުނެލިއެވެ.

އަޝްވާ ކާއިންއަށް އެގޭގެ އެޑްރެސް ބުނެދިނީ ކާއިން އޭނާ ގޮވައިގެން ދާނެ ކަމަށެވެ. އެހެންނަމަވެސް އަޝްވާއަށް ނޭނގޭ ކަމަކީ ކާއިން އަޝްވާއަށް ގެއްލުމެއް ލިބޭނެ އެއްވެސް ގޮތަކަށް ކަންތައް ނުކުރާނެ ކަމެވެ.

އެވާހަކަ ދައްކަން އެތާގައި ތިބުމަށްފަހު ކާއިން އާއި އަޝްވާ ދިޔައީ މެންދުރުގެ ކެއުމަށް ކައިރީގައި ހުރި ރެސްޓޯރެންޓަކަށެވެ.

ކެއުން ނިއްމާލުމަށްފަހު ކާއިންއާއި އަޝްވާ ހޮސްޕިޓަލަށް އައިސް އެއްމެ ފުރަތަމަ ދިޔައީ ރީމްގެ ހާލު ބަލާލުމަށެވެ.

އަޝްވާމެން ކޮޓަރިއަށް ވަން އިރު ޝަނުމް ރީމް ކައިރީ އެނދުގައި އިށީދެގެން އިނެވެ. ކުރުބަލެއް ބޯން ޝަނުމް ދިޔައީ ރީމްއަށް އެހީތެރިވެދެމުންނެވެ.

“ކިހިނެތް މިހާރު” ރީމް ކައިރިއަށް އައިސް އަޝްވާ އަހާލިއެވެ.

“ރަގަޅު ދޯ” ރީމް އާއި ކުރި ސުވާލުގެ ޖަވާބު ދިނީ ޝަނުމް އެވެ. އެހެންވެ އަޝްވާ ޝަނުމްއަށް ބަލާލައި ހިނިތުންވެލިއެވެ. ލޯބިވާ މިތުރު އޭނާ މަތިން މުޅިން ހަނދާން ނައްތާލީހެވެ؟ ކައިވެނި ކުރި ރެއަށް ފަހު ޝަނުމް އޭނާ އާއި ވާހަކަ ނުދައްކައެވެ. ސަބަބު ސާފެވެ. އެއީ އެހެން މީހެއްގެ ފިރިއެކެވެ. އެހެން މީހެއްގެ ހައްގެކެވެ. ސަބަބުތައް ސާފުވީ ނަމަވެސް އަޝްވާގެ ހިތުގައިވާ ޒަހަމްތަކަށް އެއްކޮށް ފަރުވާ ނުލިބެއެވެ. ޝަނުމް ފެނުމުން އަދިވެސް ހިތުގައި ރިއްސާލަނީ އެހެންވެއެވެ. ލޯބީގެ ދުނިޔޭގައި ބާކީވުމުންނެވެ.

އަޝްވާ ގެ ހާލަކީ މިއީ ކަމަށް ވިޔަސް ޝަނުމްގެ ހާލަކީ ކޮބައި ހެއްޔެވެ؟ ލޯބިވާތީ އަދިވެސް އިންތިޒާރު ކުރެވެއެވެ. ނަސީބުގައި ނެތް ކަމަށް ވީ ނަމަވެސްމެއެވެ. އަޝްވާއަށް މި މަންޒަރު ދައްކާ އެ ނާޒުކު ހިތް ރޮއްވާލާކަށް ޝަނުމް ވެސް ނޭދެއެވެ. އެހަނަސް މިއީ އޭނާ އުޅެން ޖެހިފައިވާ ދިރިއުޅުމެވެ. ކައިވެނީގެ ގޮށްޖެހުމާއި އެކު ރީމްގެ ހައްގުތަކަށްވެސް އޭނާ ވިސްނަން ޖެހެއެވެ. ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް ޝަނުމް އޭނާގެ ފަރާތުން އެހެން މީހަކަށް ދެރައެއް ނުދެވޭތޯ އުޅެއެވެ.

“ކާއިން! ކާއިންގެ ބައްޕަ ހޭނެތިގެން ހޮސްޕިޓަލުގަ އަޑު އެހި ވާހަކަ އަޝްވާ ބުނި… ބައްޕަ ދޫކޮށްލައިފިތަ މިހާރު” އަޝްވާ ޝަނުމްއާއި ރީމް ކައިރީ ވާހަކަ ދައްކަން ހުރި އިރު ކާއިން އަމީހާއާއި ޖެހިގެން ސޯފާގައި އިށީދެގެން އިނެވެ.

“ނޫނޭ.. އަދިވެސް ހަކުރު މާ މަތީގަ އުޅޭތީ އެޑްމިޓްކޮށްފަ އެބަ އޮތް.. މާދަމާ ވަގުތެއްގަ ދޫކޮށްލާނެހެން ހީވަނީ” މިއީ ކާއިން އަމީހާއާއި ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

“ދައްތަ ގޮވައިގެން ކާއިންގެ މައިންބަފައިންނާއި ބައްދަލުކޮށްލަން ދައްޗޭ! އެއްމެން އެއްކޮށް ހޮސްޕިޓަލުގައި އުޅޭއިރު ހާލު ބަލާލަން ދާންވާނެއެއްނު” އަމީހާ އެދުނެވެ.

“މައްސަލައެއް ނެތް! އަޝްވާ ވެސް ގޮވައިގެން ދާނީ”  ފޮރުވިފައިވާ މާނައަކާއި އެކީ ކާއިން ބުނެލިއެވެ.

އަޝްވާ އައުމުން ތިން މީހުން އެކުގައި ކާއިންގެ ބައްޕަ ބާއްވާފައި އޮތް ޕުރައިވެޓް ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ.

“އަޝްވާ ދޭބަލަ އަމީހާ ދައްތަ ގޮވައިގެން ކޮޓަރިއަށް.. އަހަރެން އެބަ އަންނަން ބޭސް ފިހާރައަށް ޖައްސާލާފަ” ކޮޓަރިއާއި ހަމައަށް ދެވުމާއި އެކީ ކާއިން ބުނެލިއެވެ.

“މައްސަލައެއް ނެތް! އަވަހަށް އަންނައްޗޭ! ޑޮކްޓަރު ބުންޏެއްނު ފަސްގަޑި ބައި ހާ އިރު އަންނާނަމޭ” އަތުގައި އޮތް ގަޑިއަށް ބަލާލަމުން އަޝްވާ އެއްވެސް ހާސްކަމެއް ނެތި ބުނެލިއެވެ.

ކާއިން ދިޔުމުން އަޝްވާ އަމީހާ ގޮވައިގެން ހައްސާނުގެ ކޮޓަރިއަށް ވަނެވެ.

“ހާދަ އަވަހަށް ތިއައީ… އަހަރެން ބުނީމެއްނު އިޝާ ނަމާދުކޮށްލައިގެން އަންނާށޭ” ހައްސާނު އޮތީ ފޮތެއް ކިޔަން ކަމުން ދޮރުން ވަދެގެން އައީ ކައުސަރު ކަމަށް ބުނެލިއެވެ.

“ބޭބޭ! މީ އަޅުގަނޑޭ.. މިއައީ ރީމްގެ މަންމަ ބޭބެ އާއި ބައްދަލުކޮށްލަން ބޭނުންވާތީ ރީމްގެ މަންމަ ގޮވައިގެން” ކުޑަކޮށް ހީލަމުން އަޝްވާ ބުނެލިއެވެ.

“އެހެންތަ! ބޭބެ ހީކުރީ ކައުސަރު…” ފޮތް މޫނާއި އެއް ފަރާތްކޮށްލުމުން އޭނާއަށް ފެނުނު ސޫރަ ފެނިފައި ހައްސާނުގެ ޖުމްލަ ފުރިހަމަ ނުކުރެވުނެވެ.

ހައްސާނުއާއި އަމީހާއަށް ވެސް ލިބުނީ އެއް ވަރެއްގެ ސިހުމެކެވެ. އެސްފިޔަ ޖަހާލުމެއް ނެތި އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބި އިރު މާޒީގެ ސަފުހާތައް ދެމީހުންގެ ސިކުޑީގައި ކިޔެވެމުން ދެއެވެ.

“މީ ރީމްގެ މަންމަ އަމީހާ، މީ ކާއިންގެ ބައްޕަ ހައްސާނު” އަޝްވާ ތައާރަފަކަށް ނުދިޔައަސް ފުދޭނެ ކަން ކަށަވަރެވެ. އެޔަށްވުރެ ބޮޑަށް ހައްސާނުއާއި އަމީހާ އެކަކު އަނެކަކު ދަނެއެވެ.

އެއީ މީގެ އެތައް އަހަރެއް ކުރިއެވެ. އޭރު އަމީހާ އުޅުނީ ރަށު މަދަރުސާގެ މުދައްރިސު ކަމަށެވެ. ހައްސާނު އާއި ބައްދަލުވީ ތަމްރީން ހޯދުމަށް މާލެ އައި ދަތުރެއްގެ ތެރެއިންނެވެ. ދެމީހުންގެ ގެ ހުންނަނީ އެއް ސަރަހައްދެއްގައި ކަމުން ލޯބީގެ ފަލްސަފާތައް ލިޔެވެން ފެށުނީ ނުހަނު އަވަހަށެވެ. ހީ ސަމާސާކޮށް އެކުގައި ވަގުތުތައް ހޭދަކުރެވެން ފެށުމުން ދެމީހުންގެ ވެސް ބޭނުންވީ ދާއިމައަށް އެގުޅުން ދެމިހުންނާނެހެން ކައިވެނީގެ ގޮށް ޖެހުމެވެ. އެހެނަސް ކަންތައް ބަދަލުވެގެން ދިޔައީ އަމީހާ ހީވެސް ނުކުރާ ގޮތަކަށެވެ. ހައްސާނު އެހެން މީހަކާއި ގުޅުމެއް އޮންނަކަން އެނގުނު ދުވަހު އަމީހާ ހައްސާނުއަށް ވަގަށް ގެއިން ނިކުމެގެން ދިޔައެވެ. ހައްސާނު އަމީހާ ހޯދުމަށް އެތައް މަސައްކަތެއް ކުރިއެވެ. އެކަމަކު އަމީހާގެ ބަދަލުގައި އޭނާއަށް ލިބުނީ ކޯޓަށް ހާޒިރުވުމަށް ޗިޓެކެވެ. އަމީހާ ވަރިއަށް އެދުނީއެވެ. ހައްސާނު އެތައް އާދޭހެއް ކުރުމުންވެސް ދިނީ ބީރު ކަންފަތެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އަމީހާ ހައްސާނުއާއި އިނީ ވަރަށް ލޯބިންނެވެ. އިތުބާރާއި އެކީގައެވެ. މުޅި އުމުރަށް އެކުގައި ވާނެ ކަމަށް ހައްސާނު ވައުދުވުމުންނެވެ. އޭގެ ބަދަލު މިހާ ހިތިކޮށް ލިބޭނެ ކަމަށް އަމީހާ ހީނުކުރެއެވެ.

އަމިއްލަ ނަފުސު ހައްސާނުއާއި ދުރުކުރި ފަދައިން އަމީހާ އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ވެސް ހައްސާނުގެ ކެހިވެރިކަމުން ދުރު ކުރުމަށް މަސައްކަތް ކުރިއެވެ. އަމީހާ ދެވަނަ ކައިވެންޏެއް ކުރި އިރު ހައްސާނުއަށް ބަނޑުބޮޑުކަމެއް ނޭނގެއެވެ. މިހާރުގެ ފިރިމީހާ އެކަމާއި މެދު ސުވާލުކުރިއެވެ. ދުވަސް ހަމަވުމުގެ ކުރިން ދަރިފުޅު ވިހެއީތީއެވެ. އަމީހާ އަށް ދޮގު ހަދަންވީ ފަސޭހަ ކަމަކަށެވެ. ރީމް ވިހެއި އިރު އޮތީ ވަރަށް ކުޑަކޮށެވެ. ނުވަމަހުގެ ކުއްޖެގައި ހުންނަން ޖެހޭ ބަރުދަން ހަމަނުވެއެވެ.

އަމީހާ ރީމް ދެކެ މިހާ ވަރަށް ލޯބިވަނީ މިސަބަބާއި ހެދިއެވެ. ދޮށީ ދަރިފުޅަށް ވީމައެއް ނޫނެވެ. ހައްސާނު ދެކެ އަދިވެސް ލޯބިވާތީއެވެ. ބޭވަފާތެރިވީ ނަމަވެސް މެއެވެ.

“އަމީހާ ކިހިނެތް… ކީއް..ކީއް” ހައްސާނުއަށް ލިބުނު ޝޮކާއި އެކު  ބުނަންވާ ބޭނުންވާ އެއްޗެއް ސިކުޑިން ވިސްނޭ ވަރެއް ނޫނެވެ.

“އަހަރެން ރަގަޅު… ހައްސާނު ކިހިނެތް” ހައްސާނުއާއި ހިލާފަށް އަމީހާގެ ޖުމްލަ ފުރިހަމަ ކުރެވުނެވެ. އެހެންނަމަވެސް އަމީހާއަށް ލިބިފައި ވާ ސިހުން ހައްސާނުއަށް ވުރެ ވަކި ކުޑައެއް ނޫނެވެ.

“އަހަރެން ރަނގަޅު . އަމީހާ ކިހިނެތް” ހައްސާނު އަނެއްކާވެސް އޭނާ ކުރި ސުވާލު ތަކުރާރުކޮށްލިއެވެ.

ހައްސާނުއާއި އަމީހާއާއި ދޭތެރޭ ހިނގަމުން މިދާ ކަންތައް ބަލަން އަޝްވާ ހުރީ ވާނުވާ ގައެވެ. ދެމީހުންވެސް ކުރިން ދަންނަން ތޯ އަހާލަން އުޅެނިކޮށް އަޝްވާއަށް ކާއިންގެ ފޯނެއް އައެވެ.

“އަހަރެން މި ވަންނަނީ އެގެޔަށް، ދެތިން ގަޑިއިރު ތެރޭ ހަބަރެއް ނުވެއްޖެނަމަ ޝައިމް ކައިރި ބުނެލާތި” އަޝްވާއަށް އިތުރު ވާހަކައެއް ބުނަން ފުރުސަތު ނުދީ ކާއިން ފޯނު ކަނޑާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ޒާރާ (28)

Next

އެކުށުގެ ސަޒާ

Next
February 12, 2018

އެކުށުގެ ސަޒާ

Previews
February 12, 2018

ޒާރާ (28)

89 Comments!

  1. Xayaf says:
    February 12, 2018 at 5:10 pm

    First

    1. maroon says:
      February 12, 2018 at 6:31 pm

      Yay ?thanku xayaf

  2. maroon says:
    February 12, 2018 at 5:11 pm

    sorry guys thankolheh kuru vaane mi part, but if you connect the dots v gina infor libeyne. in sha Allah maadhamage part miyah vure dhigukoh gesdheynan much love

  3. Crystal says:
    February 12, 2018 at 5:13 pm

    Shanum and ashwa ulhey haalu ? v reethi story maroon ☺ mi part ves v reethi

    1. maroon says:
      February 12, 2018 at 6:53 pm

      V dhera dhw aslu.. yh i feel sad too.thanku crystal ?

  4. maroon says:
    February 12, 2018 at 5:20 pm

    ހިންދުއާއި އީޝް އަދި އަޝްވިންގެ ބޮޑު ބައެއްވެސް މާދަމާގެ ޕާޓުގައި ގެނެސްދޭނަން.. މެރޫން ތަންކޮޅެއް ބިޒީ ދުވަހެއް ވީމަ ލިޔަން ގަސްދު ކުރި ހިސާބަށް ނުލިޔެވުނު

  5. aalie says:
    February 12, 2018 at 5:38 pm

    v reethi story eh mee gavaidhun mi story kiyan
    v reethi sifa kurun i love this story
    v molhu writer eh thee..:*

    1. maroon says:
      February 12, 2018 at 6:32 pm

      Thanku aalie v ufaa vejje kiyaakan angaalyma ? much love

  6. Lubu says:
    February 12, 2018 at 5:39 pm

    Fainaly reem evee kaain he sis ah
    V salhi mi part
    Ehmeh beenun vaa suvaaluge
    javaabu libije
    Lot of love adhi ??

    1. maroon says:
      February 12, 2018 at 6:33 pm

      Thanku lubu. Hehe. Finally dhw ? loves

  7. Pinky shifoo says:
    February 12, 2018 at 5:45 pm

    Wow… It’s wonderful ❤️❤️❤️… V v v reethi mi part vx ???… So kaain ge sister akee Reem… Hehehe… Maazinge magsadhu vx ingihje mi part in… Curiously waiting for the next part maroon… U are a great writer… N it’s soooooo interesting story n mi story ah v v v inthizaaru kurevey ????… Curiously waiting for the next part ???☺️☺️☺️… Take care n loves ???

    1. maroon says:
      February 12, 2018 at 6:36 pm

      Thanku pinky shifoo?. Kuru namaves gina asnwers thakeh dhevunythy ufaa kuran.v ufaa vey pinky shifoo ge comment fenna komme faharakuves. Loves tc ? in sha Allah maadhan anebbai genesdheynan ngey. Love ur comments

  8. annoying reader says:
    February 12, 2018 at 5:49 pm

    omg so reem ge mom ah libeni twins kudhin dhw. ethanun eh kujjaku v nuvi neyngi gehlluni kamah vaani. that means reem ei kainge sis ey. alhey maroon kee thi kuri. kain amihllyah landu hoadhan edhiyai ? please please kain frame viya nudhechey maroon ur the best eh nu :* varah reethi mi part ves. waiting for the next part. lets see wats going to happen next. o i still feel sad for ashwa and shanum not being together but i think nw its best if she stays with kaain

    1. maroon says:
      February 12, 2018 at 6:40 pm

      Annoying reader and the twin… hehe. Possile dhw hama.. lets see dhw edhuahu shopping ah gos fenuny hama thibunaa kujja thw balan. Kaain aky abadhuves kanthah amilla ah kuran ulhey meeheh and he gets super angry when someone mess with anyone he cares. Hope he wdnt fall into a trap..and v v ufaa vey annoying reader thihaa shaugaai eky story kiyaathy. Much love. Hope to see u till the end. ??

  9. Hairaan says:
    February 12, 2018 at 5:50 pm

    Wow varah reethi

    1. maroon says:
      February 12, 2018 at 6:40 pm

      Thanku hairaan ?

  10. Eysha says:
    February 12, 2018 at 5:51 pm

    Enme fahun kain ge sis ah reem v dhwww? Sooo nice ❤️❤️❤️❤️

    1. maroon says:
      February 12, 2018 at 6:40 pm

      Yes emme fahun vejje. Thanku eysha ?

  11. maikko says:
    February 12, 2018 at 5:52 pm

    Varah reethi….varah eba hyvey kain ge kokko aky reem hen…….ashwaa aa kaain aa gulhuvaaba avahah……..waiting for the next part…..lots of love ❤?

    1. maroon says:
      February 12, 2018 at 6:41 pm

      Hehe maikko. Yageen nuveytha adhi??
      Loves tc thanku dear ?

  12. Mysh says:
    February 12, 2018 at 6:05 pm

    Emme fahun kaain ge sister ahwee reem dhw..hehe..mi prt ves v rythi ..nd kaain aai ashwa gulhuvahcheyy..

    1. maroon says:
      February 12, 2018 at 6:42 pm

      Thanku mysh ? ashwa and kaain is possible.

  13. Anonymous says:
    February 12, 2018 at 6:08 pm

    Mi prt ves vrh reethi
    Waiting for nxt prt

    1. maroon says:
      February 12, 2018 at 6:42 pm

      Thanku dear ?

  14. Shudha says:
    February 12, 2018 at 6:17 pm

    reem aa kaain ei siblings dhw… i hope edhemyhun ge medhu ga rangalhu gulhumeh ufedhidhaane kamah… maazin ge kanthah v boduvejje… reem ah dhera gotheh nuhadhaathi.. and i know that shanum and ashwa cannot forget wat they had… ekam dhn emyhun dhera nukurey… Masha Allah mi part ves hama fab… sorry kury part ah cmnt nukurevunyma… shudha mee scul ga vbusy kujjeh vaguthu vyma hama cmnt kollany… waiting for next part… maroon readers thi jaadhoo ga jassaa gotheh neyge ehgothakah ves… ehaaves reethi.. thanku maroon…loves ❤?❤?

    1. maroon says:
      February 12, 2018 at 6:45 pm

      Yes. Siblings.. kaain hates reem for what she did to ashwa. Lets see how this will change his opinion. Sad story eh viyas sad gothakah nunimmaan in sha Allah. Egey comment nukurias story kiyaane kan shudha. Study well ngey. Wish u all the best.loves tc. Hehe magic hehe. Such a lovely comment ??

  15. Shann says:
    February 12, 2018 at 6:20 pm

    Wow Masha Allah.. Mibaives haadha ryhchey… V v furihamaey buneveyny… ??… Story kiyamun dhaairu hama rythikohves manzaru lolah sifakurevey.. Ehaaves loabikoh ebahuri manzaru thah sifakohdhyfa.. Alhe haadha molhey maroon… Dhen kihinehbaa ey vaany mihithah arany… V v inthixaaru kurevey anehbayah… Avahah up kohdhehchey igey.. Thihira sifakohdhinumeh hama bunaane ehchehves neyngey.. Story ge athuraalun ganduves hama bunaane ehcheh neyngey furihama kamun…❤❤ .. V v ves molhu maroon story liyan… Maroon ge haal kihinehtha??.. Maroon ge khonme story ehves hama ufalaaeky kiyaalaanan… V missvey igey… Luv u n Miss u…❤❤????????

    1. maroon says:
      February 12, 2018 at 6:49 pm

      Dhigu story eh vyma v balaigen mi liyany. Kudhi mistakes huredhaane.
      And shann my heart melt every time i see ur comment.such an amazing reader. V ufaa vejje. Maroon v ragalhu. Heekuran shann and shann ge baby ves heyo sihhatheggai hunnaane kamah
      .much love from me . Tc miss u too dear ?? ??

  16. Zaaraa says:
    February 12, 2018 at 6:22 pm

    A’lhy haadha loabi vahaka Ekymee ?? mi ohgen hurihaa suvaaluge javaabu libeni dhow…reem mover kainge sis ah ??? I love this story waiting for next part ? ??

    1. maroon says:
      February 12, 2018 at 6:50 pm

      Thanku zaaraa. Yes emme fahun mivy mihen. Lets see how this will effect the story ?

  17. Fafoo says:
    February 12, 2018 at 6:29 pm

    Wow.. comment nukurias baraabarah story kiyan ingey .. bunaa dhuvahah up kuraathee Varah ufaavey…

    1. maroon says:
      February 12, 2018 at 6:50 pm

      Thanku fafoo. Thikahala readers ge support libeythy kuriah mi dheveny?

  18. Mal. says:
    February 12, 2018 at 6:32 pm

    Hheh maroo… finally sis bunebijje dhw.. v nice ingey.. sorry ingey comment nukireveythy.. v buxy ehnve…?????

    1. maroon says:
      February 12, 2018 at 9:08 pm

      Hey love. Egey v busy vaane kan. Wish u all the best in studies. Love u so much ?❤

  19. Shimy says:
    February 12, 2018 at 7:20 pm

    Alhey haadha foohsey Reem
    ?n Shanum merry kureema

    1. maroon says:
      February 12, 2018 at 8:56 pm

      Baeh faharu beynun vaa gothah nuve ves dhaane. Thanku shimy ?

  20. Rose says:
    February 12, 2018 at 7:31 pm

    Reem dho evee kain kohko ah rose heekuree hindu kamah varah suprising nice part keep going maroon???

    1. maroon says:
      February 12, 2018 at 8:57 pm

      Hehe. Thanku rose ?

  21. Princess ashly says:
    February 12, 2018 at 7:55 pm

    Hi
    Eyruves ash ah heevi e hospital in reem ge mom aa kain ge dad aa dhimaavegen ingeyne e.i love to read this story.this is my favourite story in this site.and also maroon u are my one of my favourite writer.thanks for a lovely story.maroon.

    1. maroon says:
      February 12, 2018 at 8:58 pm

      Thanku ash. U ufaa vejje comment kiyaalaafa. Yh hageegai egen kommeves gothakun jeheyne dhw meet kuruvan.loves ?

  22. Navii says:
    February 12, 2018 at 7:57 pm

    Wow wow wow .. Fantastic .. Mi part ves eha reethi.. Ehen v ma Reem dhw Kaain ge sis aky.. Curiously I’m waiting for tge next part..?

    1. maroon says:
      February 12, 2018 at 8:58 pm

      Thanku navii ?

  23. Icy♡ says:
    February 12, 2018 at 8:11 pm

    Vrh reethi
    Curiously waiting
    ♡♡♡

    1. maroon says:
      February 12, 2018 at 8:59 pm

      Thanku icy ?

  24. Shai says:
    February 12, 2018 at 8:12 pm

    Kaain E rulhi araa reem kaainge sis akah ehen v iru maazin ah engey dhw kaain ge sis eh kan reem akee
    Reem ge twin ge atheh veybaa anehkaa mikamuga
    Mi part ves varah reethi waiting for ne

    1. maroon says:
      February 12, 2018 at 9:00 pm

      Yes emme rulhi anna reem ah mi vy. Reem ge twin eh huretha? Hunna nama she might have a hand in this. Thanku shai ?

  25. Kailaan says:
    February 12, 2018 at 8:20 pm

    Wow .please ashwa and kaain gulhuvahchey

    1. maroon says:
      February 12, 2018 at 9:01 pm

      Thanku kailaan ? might happen

  26. Fathuma says:
    February 12, 2018 at 8:45 pm

    So ameeha ah mihaaru ge husband aa indheveynee emme madhuvegenves 3 months fahun dho. Ehen vejjeyaa she will be more than 3 months pregnant. Eyna dhuvas furaa vihaa iru kaivenyah vaanee 6 months thaa dho. Meege 20yrs kurin 6 months ge baby eh nursery ah nulaa survive v kihineh tho. Aslu reem vihei dhuvas furaa kan engey. But ppl heekuraany 6 months ga vihei kamah dho. So varah unbelievable. Reem ge step dad ah ves mihaaru hageegai engey dho ehenve he and maxin are planing against reem.

    1. maroon says:
      February 12, 2018 at 9:04 pm

      Yes faathuma. Thi vaahaka gabool kuran. But maroon bunefa eba oiy reem ge mom hassaan ah filan dhiya vaahaka. Rashah dhiya nama he cud have found her easily. Reem ge dad ah thikan egijje nama kuraane kamehves neyge. Hama reem aai dhekolhah kameh ves raavafaane .thanku faathuma ?

    2. maroon says:
      February 12, 2018 at 9:11 pm

      And eyru ameehaa kuri kaiveni sahha ehves nuvaane ennu cox she was pregnant. Lets see how she over came that

  27. Sav says:
    February 12, 2018 at 8:56 pm

    story vvrythi. story kian abadhuves, but i guess this is my first comment. reem n kaain aky siblings kan yagyn vehje. bt my another doubt is still not understood. may be fahun ingeyne kamah balama dho. hehe ashwa ah shop thereyn fenun girl and reem ge evves gulhumeh oiytho vhithah ara. ae twin sis akahves vedhaanebaae hithah arany reemge

    1. maroon says:
      February 12, 2018 at 9:12 pm

      Thanku sav. Kobaa doubt aky. Yes twins akah vun ekasheegenvey hama. V ufaa vejje comment kollyma ?

  28. Shina says:
    February 12, 2018 at 8:58 pm

    Maroon.. i miss you.. v ufaavey komme dhuvahaku parteh up kohdheythee.. co kurin partthah comment nukohlevuneema v sadvefa mihuree.. ekm e parts thahwex keemeyhama v nice.. nd mivahaka up vey thw mihaaru esfiya siteh dhuvaalaku 3 4 faharuwex vadhevey.. v nice mi stry.. vahakayakah comment varah nukuran ekm.masha allah maroonge molhu kamun hama comment kohlaahiivanee.. nd comment thakah reply kohfa hunnalehwex v nice.. ????.. vahaka adhi kiyaa mi nimaalevunee.. haveerun fashaagen.. bxy veemayaa eku.. nd maroon bxy vaane varau hithah araa.. ekm ehaa dhigukon komme dhuvahaku parteh up kohdheeba.. thank you.. love yoi????

    1. maroon says:
      February 12, 2018 at 9:15 pm

      Hey shina. V ufaa vejje busy koh ulhemunves story kiyan vaguthu huskollyma. Komme part akah comment nukurevunas story ah vaguthu dheythy v ufaa vey.yes v busy ekamakuves readers mathin hadhaan vaa irah laptop nagan dhany. Hehe. Miss u too dear.loves and so happy to see ur beautiful comment ?

  29. Faathee says:
    February 12, 2018 at 9:00 pm

    Kaain ge mom nubaa kan neynge aslu.. maazin lahva e nubaa hadhuvanee ves kaain ge mom hen heevanee badhalu hifan vegen. Khonme gothe viyas kaain and ashwaa gulhuvaathi.. adhi shanum hithuga ves Reem ah takaa feelings genuvabaa

    1. maroon says:
      February 12, 2018 at 9:17 pm

      She has connection dhw kaain ge dad ge rivals aai. So possible hama.lets see who is ruining their perfect lives. Readers have so many theories.. hehe ekam ufaa vejje story thihaa shaugaai eky kiyaathy ? thankufaathee

  30. sam♥ says:
    February 12, 2018 at 9:24 pm

    roon ge stry v reethii.. kaainge sister aky reem dhww…hehhe..v cute…ekm ashavaa n sanum ulhey haalubalaaba ..
    loves roon.♥♥♥

    1. maroon says:
      February 12, 2018 at 11:37 pm

      Thanku sam ? much love

  31. starme says:
    February 12, 2018 at 10:04 pm

    Maroon maroon??.varah varah reethi mi story. Mihen adhi comenteh nukurikamugaviyas vaahaka hama baraa barah kiyan ingey. Maroon thee varah kamudhaa vaahaka liyun therieh☺. Koba kaainge kohkko akah miv reem. Ekamaku starme heekuree ekuhjakah vaanee hindhu kamah??. Kaain haadha goahey ashvaagovaigen dhaan bunefa edhiyaee ekani. Kaain ah ehves dheragotheh nuhadhaathi ingey . Luv❤❤??

    1. maroon says:
      February 12, 2018 at 11:40 pm

      Hehe. Thanku starme. V ufaa vejje story kiyaakan anagaalyma. Yes v gina kudhin buni dhw hind ey. Ekam ehene nuvithaa. Kaain ashwa ah dhogu hedhy to protect her ?

  32. Kkk says:
    February 12, 2018 at 10:07 pm

    Mi prt vx varah teethi..luv u maroon.tomorrow 2 parts u kolla dhevidhaanetha?????

    1. maroon says:
      February 12, 2018 at 11:40 pm

      Dhoonya i will try my best. Thanku ?

  33. Ashwa says:
    February 12, 2018 at 10:30 pm

    vaahaka v reethi ekam adhi vx hama ithurah furihama vaany Ashwa n Shanum gulhunyma adhi reem aai marry kuri sababu Ashwa engyma dhw adhi vc Ameeha rangalheh nuvey dhw

    1. maroon says:
      February 12, 2018 at 11:41 pm

      Ashwa heeveytha sababu hoadhan ulhefaane hen. She might be too afraid or might nt want to ruin shanum ge marriage . Tha ku anshwa ?

  34. Purple says:
    February 12, 2018 at 10:55 pm

    So reem and shanum ge kaivenivx mihaaru sahha nuvaane.cox ameeha reemge bappa olhuvaalyma.bappage waly ya nula kaiveni sahha nuvakamah wany.so yey ashwa and shanum libeyneyoa ……..

    1. maroon says:
      February 12, 2018 at 11:42 pm

      Hehe. Ekam court in balaany register koffa onna bappa ge name ennu.. so ?
      Thanku purple ?

    2. Purple says:
      February 13, 2018 at 6:15 am

      Yah. Ekam kaiveni kurumuge Kurin ameeha preg so ameehaage kaivenivx ekury olhuvaalumakun. Aslu ameehaa ge firimyha yey thikiya myha ey reemge dhonbappa ahvx nuvaane egothah naslu olhuvaalumaky Vr bodu faafaeh. Mikamuge sababun ethah baiveru massalathah nikumey. So mikankamah vx alialhuvaalun Vr muhimmu. Ameeha haaadha goahey alhey. Mikahala kankan liyaa iruga dheenuga onnagoehvx Vr rangalhah balaalachey maroon. ?mikamah wisnaanekamah ummeedhukuran. LY

    3. maroon says:
      February 13, 2018 at 8:02 am

      Yes part kiyaalamaa dhw for more answers. Thanku purple. V ufaa vejje comment kiyaalaafa ?

  35. Maree says:
    February 12, 2018 at 10:59 pm

    mi vaahaka vx v reethi ekam emme hiy hama jeheygothakah nun midhany roon hyvany eh vx myhakah emyheh ge furatha loabi veriyaa haasil nuvumah nadhureh bunegen ulheyhen eh vx myhakah emyhaku furathama loabi kujaa libifa eh neh saim ge loabi veriyaa maru v malakaa lobi veriyaa vx v nuveh neygi dhuru v reem ge furst loabi vx nulibun ashwin loabi veriyaaaa eku feshi dhiriulhun halaaku v ashvaa ah ashvaa ge loabi vx nulibun shanum shanumge loabi vx nulibi ehn v ma kada ennu dhn maree mibunanee konme myhakah emyhaku enme furathama loabi vi myhaa liben jeheyekey nun dhw enmen nah vx ehgotheh mi vaahakaiga vaathy aslu kada ee mi visnaalan vi kameh kan neyge

    1. Jeen says:
      February 12, 2018 at 11:17 pm

      our real life ah balaalaifi nama fennaanii mi story gothah.. Komme meehaku ves emeehaKu relation akah dhaa first meeha aa gulhifa nuhunnaane adhi marry kuraanii ves emme furathama like ve loabi vaa meehaa akaa noon gina faharah.. Mi vaahakaiga hindh ah a eyna ge first love libe ehnu.. Aharemn ge life ga thousand akun ekakah ves loabivaa meeha nulibeyne kanneyge.. This is my opinion.. Hiyaalakii
      thafaathu ehcheh dhw.
      🙂

    2. maroon says:
      February 12, 2018 at 11:33 pm

      Maree. Yes dear gabool kuran thikan. Ekam hind ah libijje eynage first love. Dnt u think kaain will not get? In this community divorce rate is extremly high. So ashwin divorced his wife. Drugs is a high issue so eventhough reem loved mazin is was forced to let him go. Thihen bunaanama ehen story thakuga first love noony libumei nei. This story is something different. Its okay if u dnt like it. M totally cool. M writing this story to give a msg. To girls who has to deal with drug addicts and harassment. To give an info.in my opinion story writing is not just abt love. Its more than that. Like family love and other problems we have to face. I have brought topics of sexual harassment,geveshi aniya, abortion, love u have for the country. V ufaa vejje thi comment dhinythy. ?
      Loabin hinithun velaashey ragalhah kiyaifi nama egeyne malaka had a choice . She cud have said yes to either one of them. So it was her choice . N bunelan beynun furathama loabiveriyaa aky thimaa ah hageegee loabi hoadhai dheveyne faraathah nuve ves higaidhaaney. Thts why say ashwa and shanum is still possible.

  36. Jeen says:
    February 12, 2018 at 11:06 pm

    Maroon ge vaahaka ah aamukoh comment nukuriyas story kiyan.. Esfiya in vaahaka nukiya nukiyaafa vaahaka kiyan feshunii maroon ge vaahaka thah fenigen.. Mihaaru maroon ge hurihaa vaahaka eh ekkon kiya nimijje.. Maroon ge vaahaka thakah emme like vanii genesdheefa hunnaleh asaru gadha kamun…. Adhi ehaa dhigu koh ehaa avahah up kuraathii.. Komme dhuvahaku up kuraathiii hunnanii ekamah heynifa.. Komme dhuvahehga kuran jehey kameh gothah.. Ehaa ves inthizaaru kurevey mi vaahaka ah.. Ehaa gina characters thah laigen vaahaka genthaathii hama heevanii filmeh hen.. Maroon haadha molhey.. I love your stories 🙂

    1. maroon says:
      February 13, 2018 at 12:01 am

      Jeen ge dhuvahun baeh maroon ah haassa kolla dheythy v ufaa vejje. So glad to know u read all my stories. V v ufaa vejje? gina characters gennany “love” is not the only topic i want to abt veema. V ufaa vey thikala loabi loabi kudhin marooge supporters ge gothuga thibeythy. ? thanku jeen. Btw i love ur name ?

  37. Phiky says:
    February 12, 2018 at 11:13 pm

    yes purple Ashwa ah Shanum liben jeheynee dhw maroon vvvvvvvvvvvvvv loabi loabi story eh mi maroon haadha molhey sifa kohdheyn story kiyamun dhaa iru heevanee film balan sinamaa ehga indhevey hen maroon hurihaa story eh vx me kiyan but comment nukureveny bixi v ma vvv ufaavey konme dhuvahaku vx up kohdheythi thihaa bixi koh ulhemun vx adhi kudhin kuraa comments thakah replykuraaleh vx ehaa furihama v loabi vaahaka kiyaafa comment thah vx v ginain kiyan javaab dhaary vefa hunnaleh furihama kamun

    1. maroon says:
      February 12, 2018 at 11:57 pm

      Ashwa ah shanum libi dhaane adhives. Hehehe v ufaa vejje maroon ah thi kudhinge dhuvahuge busy schedule in time eh dheythy. Bunelan beynun vany kiyuntheringe hiyvaraai eky maroon improve kuran masaikay kuraanamey. So vaahaka huthuras buneladheythi..and phiky m so so so happy to read ur beautiful comment. Much love dear. Hope to hear from u more ?? sifakoh dhinyma dhw vaanuvaa bodah egeyny hehe

  38. Mixuhan says:
    February 13, 2018 at 12:09 am

    Haadha reeiichey…varah interesting..mihaaru e inguny kaain ge sis ☺️but ashwa gulheny hama shanum aaa…anyway story hama perfect❤️?❤waiting for the next part

    1. maroon says:
      February 13, 2018 at 7:59 am

      Thanku mixuhan ashwa and shanum still might happen. ?

  39. Me says:
    February 13, 2018 at 1:07 am

    Ohhh. Maroon. Reem akee kaain ge sister. ? ehen v ma kaain dhen balaany shanum aai eku reem ge life settle kureveyne gotheh veythoa dhw. Kaain abadhuves balaanun eyna care kuraaa meehun ufaa kohdheveythoa. But stil stil my vote for Ashwa and Shanum. As i ready ashwa and kaain part in the story i see only a good friendship bond. Nothing else.

    1. maroon says:
      February 13, 2018 at 8:01 am

      Hehe kaain ah libeyny shockeh. Lets see how he deals with it. Yes there is a sweet frndshp between them thanku me ?

  40. Eyra says:
    February 13, 2018 at 7:14 am

    Love this story?

    1. maroon says:
      February 13, 2018 at 5:38 pm

      Thanku eyra ?

  41. Sharu says:
    February 13, 2018 at 8:02 am

    Kadaey Maroon. thihen nadhadha Ashfa and Shanum gulhuvadhybala.. mihaaru v vai

    1. maroon says:
      February 13, 2018 at 8:04 am

      Thanku sharuge hiyaalah. Story gendhaany maroon liyan gasdhu koffai in gothah. That might be ashwa and shanum in the end kamahves

  42. Zuam says:
    February 13, 2018 at 9:25 am

    Varah reethi….
    Waiting
    ❤❤❤❤❤

    1. maroon says:
      February 13, 2018 at 5:38 pm

      Thanku zuam ?

  43. maahy says:
    February 13, 2018 at 12:02 pm

    maroon, mi vaahaka varah reethi. abadhuvess mivaahak aah inthixaaru kurevey. maroon aky vaahka liyan varah molhu kujjeh, sifa kurunthah varah furihama, esfiyain hama ekani kiyaavahaka meaky.
    aslu beynun vany shanum aa ashvaa aa gulhen, bt kaain ashvaa ah varah care kurey, so kaain ah libunas hadeh nuvaane. bt maaxin ge faraathun emmen salaam kurahche, how can maaxin know about reem and kaai is sibiling. reem mother only know about reem is hahssaanu child.

    1. maroon says:
      February 13, 2018 at 5:40 pm

      Aw. So shweet. Hehe. Maazin ah egunu gotheh hoadhanvy. Ekam adhi fahun bunaanan ngey. Thanku maahy. V v ufaa vejje thihaa loabi koh comment kollyma. Loves ?
      Ashwa ah hama libidhaane dhemyhun kure ekaku. Either one

  44. Anonymous says:
    February 13, 2018 at 5:11 pm

    Kobaaa when next partt????

Comments are closed.

Next Episodeތިޔަ އަސަރު 32←


All Right Reserved!