Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން… (37)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
February 12, 2018 9 Mins Read
121 Comments

“ކީކޭ… ޖަޒިލް ތިހުރީ ހަމަހޭގަތަ؟ ތި ކިޔާ އެއްޗެއް އިނގޭތަ؟ އަހަރެން ގަބޫލެއްނޫން” ކުއްލިއަކަށް ދެމީހުން ސިއްސައިގެން ދިޔައީ ފަހަތުން އިވުނު އަޑުންނެވެ.

ދެމީހުންނަށް ވެސް ފެނުނީ އާދިލާއެވެ. ޖަޒިލް އިސްޖަހާލިއެވެ. އާމިރު އަތުން އިޝާރާތް ކޮއްލީ އެހަށް މަޑުކުރުމަށެވެ އެހެންނަމަވެސް އާދިލާ އެގޮތަށް ކަންތަކެއްނުކުރިއެވެ. އޭނާ ޖަޒިލް އާ ދިމާލަށް ހަޅޭއްލަވަމުން އައެވެ.

ހޭލެވުނު އިރު އާމިރު ނެތިގެން އޭނާ މިސްރާބުޖެހީ ތިރިއަށެވެ. ޓެރެސް އަށް އަރަން ދެމީހުން ދިޔަތަން ފެނިގެން އާދިލާވެސް އައީއެވެ. އެހެނަސް އޭނާއަށް އިވުނު އަޑުން މުޅި ތަބީއަތު ގޯސްވިއެވެ. ރުޅިވެރިކަމެއް ދަތުރުކޮއްލިއެވެ. “ޖަޒިލް އަށް އެއަށްވުރެ މާ ރަނގަޅުކުދިން ވާނެއެވެ. އެހެން ވެއްޖެކަމަށް ވާނަމަ އެކަންތައް ހަމަ ހިލާ ވިޔަކަ އާދިލާ ނުދޭނެއެވެ.

“ހަބަރުދާރު ޖަޒިލް ތި ކަންތައް ކޮއްގެން ނުވާނެ. އަހަރެން ދުނިޔޭގައި ހުރިހާ ހިނދަކު ތިކަން ތި ގޮތަކަށް ވިޔަކަ ނުދޭނަން…” އާދިލާ ގެ ވާހަކައިން ޖަޒިލް ދެރަވިއެވެ. މަންމަ ގެ ކުރީގެ ދިރިއުޅުން މަތިން ހަނދާން ނައްތާލާ ބޮޑާތިވީ ހާދަ ވަރަކަށޭ ޖަޒިލް ހިތަށް އެރިއެވެ.

“އާދިލާ ކޮބާތަ މައްސަލައަކީ” އާމިރު ބުނެލިއެވެ. އެއާއެކު މޫނު ހަދާލާފައި އާދިލާ ދިޔައީއެވެ. އާމިރުވެސް ޖަޒިލް އަށް ބަލާލާފައި ބޯ ޖަހާލީ މަންމަ އަށް ވިސްނަދޭނަމޭ ބުނާފަދައަކުންނެވެ. އޭނާ ޖަޒިލް ގެ ކޮނޑުގައި ޖަހާލުމަށްފަހު ދިޔައެވެ. ޖަޒިލް ރެއިލިން ގައި އަތް އަޅުވާލިއެވެ. އެނާއަށް އޭރުވެސް އިނގުނެވެ. މަންމަ ގަބޫލެއްނުވާނެއެވެ.

އެއްކޮޅުގައި މަންމަ އެވެ. އަނެއްކޮޅުގައި އެ ލޯތްބެއްގެ އިންތިޒާރުގައި އުމުރުގެ ގިނަދުވަސްތައް ހޭދަކުރި ފަރާތެވެ.

ކޮންމެ ގޮތެއް ވިޔަސް މަންމަގެ ނުރުހުމުގައި އޭނާ އެއްވެސް ކަމެއް ނުކުރާނެއެވެ. އެ މަންމަގެ ބޮޑާކަން ދުއްވާލާނީ ކިހިނެތްތީ އޭނާ އަމިއްލަ ނަފްސާ ސުވާލުކޮއްކޮއް އެތައް އިރަކު ހުއްޓެވެ.

އޭނާ ޓެރެސްމަތިން ތިރިއަށް ފައިބާ ހިތްނުވެފައި އެތާހުރި ގޮނޑިއަކަށް ވެއްޓިގަތެވެ. އަދި ލޯ މަރާލަމުން މި ރޭގަނޑުގެ އުފާ ހާސިލް ކުރެވޭތޯ މަސައްކަތް ކުރިއެވެ.

އެހެންނަމަވެސް އޭނާ ގެ ނަފްސުގެ ހަމަޖެހުން ވަނީ އެއްކޮއް ގެއްލިފައެވެ. ވިސްނުން ތަކުން ސިކުނޑި ފުނި ޖެހިފައެވެ.

ޔުއާން ފޯނަށް ބަލަހައްޓައިގެން މޭޒުދޮށުގައި އިނެވެ. މައިލީން އަށް ގުޅާލަން ބޭނުމެވެ. އެހެނަމަވެސް އޭނާ އަށް އެކަން ކުރާނެ ހިތްވަރު ވެސް ނުލިބުނެވެ. ކީއްހެއްޔެވެ؟ ކުއްލިއަކަށް ކަމެއް ހަނދާން ވާ ފަދައަކުން އޭނާ ގޮސް އެތާ ހުރ ވަތ ގަނޑެއް ހުޅުވާލަމުން އޭގެ އެތެރޭގައި އޮތް ކުޑަ މަހުމާ ފޮއްޓެއް ނެގިއެވެ. އޭގައި އޮތް ސިމްކޮޅު ފެނިގެން އޭނާ ހިނިތުންވެލިއެވެ. އޭނާ އެ ސިމް ކޮޅު ނެގިއެވެ. އެ ސިމް ކޮޅު އޭނާ އާއިކް އަތުން ނެގީ އަދި ކުރިން ދުވަހުއެވެ. އެހެންނަމަވެސް އެ ނުލައްވާ ބޭއްވީ އޭގެ އެއްވެސް ބޭނުމެއް މިހާރު ނެތްތާ އޭ ހިތާއެވެ. އޭނާ ހަމަޖެހިލަމުން  ވަތްގަނޑު ތެރެއިން ނެގި ސެމްސަންގް ފޯނަކަށް ސިމް ލައްވާލިއެވެ. އެ ފޯން ހުޅުވިގެން ދިޔައެވެ. އޭނާއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ.

ކުއްލިއަކަށް ފޯނެއްގެ ރިންގް ޓޯން އަކާއެކު އެނދުގައި އޮތް މައިލީން އަށް ސިހުން ގެނުވައިފިއެވެ. އެނދުމަތީގައި އޮތް އޭނާގެ ފޯނަށް ނަޒަރު ހުއްޓާލިކަމުގައިވިޔަސް ރިންގް ވަމުން ދިޔައީ އޭނާގެ ފޯނެއް ނޫނެވެ. އެހެންނަމަވެސް ސައިޑް ކަމަޑް ތެރެއިން ފޯނެކެވެ. އެއާއެކު އޭނާގެ ކޯތާފަތުން އަނެއްކާވެސް ކަރުނަތަށް ދެމިގެން ދިޔައެވެ. މަޑު ފިޔަވަޅުތަކެއްގައި ޑްރެސިން ޓޭބަލް ކައިރިއަށް ގޮސް ޑްރެސިން ޓޭބަލް ގެ ވަތް ގަޑެއް ހުޅުވާލަމުން ތަޅުދަނޑި އެއް ނެގިއެވެ. އަދި އެ ހިފައިގެން އައިސް އުޑުފައިން އިށީދެ ތަޅުދަނޑި ލައްވާލިއެވެ. އޭގެ ތެރޭގައި އޮތީ ބައްތި ފޯނެކެވެ. ރިންގް ވަމުން ދިޔައީ އެ ފޯނެނެވެ. އަވަސް އަވަހަށް އޭނާ ފޯން ނަގާ ބަލާލިއެވެ. އެހެންނަމަވެސް އޭނާގެ އުންމީދުގެ ހުޅުކޮޅު ނިވުނީ އެ ފޯނަށް ގުޅަނީ ނުދަންނަ ނަމްބަރަކުން ކަމަށް ވީމައެވެ.

އެ ފޯނަށް ގުޅަނީ ނުދަންނަ ނަމްބަރަކުންނެވެ. އެހެންކަމުން އޭނާ އަޅާނުލައެވެ. ކަރުނަ ފޮހެމުން އަމިއްލަ ކޮޔަކަމޭއަޅާލީ ބާރަށް ރޮވެން ފެށުމުންނެވެ.

މީ ގެ ކުރިންވެސް އެ ފޯނަށް ބައެއްފަހަރު ނުދަންނަ ނަމްބަރުތަކުން ގުޅައެވެ. އޭނާ އެ ފޯނަށް ކޮންމެ މަހަކު ލާރިއަޅާ ހަދަނީ އެންމެ އުންމީދެއް އެ ހިތުގައި ވީމައެވެ. އެ ގޮތަށް އަމަލު ކުރާތާ ފަސް އަހަރު ވީ އިރުވެސް އޭނާގެ އުންމީދު ފުރިހަމަ ވެފައެއް ނުވެއެވެ.

އޭނާ އުންމީދު ކަނޑާފައި ދެން ވިސްނައިގެން ހުރީ އިތުރަށް އެކަންތައް އެ ގޮތަށް ނުކުރުމަށެވެ. ޔުއާން އައި ފަހުންވެސް އޭނާއަށް އެ ގޮތަށް އަމަލް ކުރެވުނީ ކީއްވެކަން ހުރު އަމިއްލަ ނަފްސަށް ވެސް އޭނާއށް ނޭގުނެވެ.

އެހެންފަހަރުތަކުގައި ނުނެގުމުން ގުޅުން ހުއްޓާލައެވެ. އެކަމަކު މި ފަހަރަކު ނުހުއްޓާލިއެވެ. ހުއްޓާނުލާ ގުޅަން ދިޔުމާއެކު މައިލީން އެ ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ.

އެހާ ދުވަސް ފަހުން އޭނާ އެ ނަމްބަރަށް އެ ގުޅާލީ ކޮންމެހެން ގުޅޭނޭ ކަމަކަށް ނޫނެވެ. އެހެންނަމަވެސް އަދިވެސް އެ ނަމްބަރު ގެންގުޅޭނީ މައިލީން  އޭ ހިތާ އޭނާ އެ ނަމްބަރަށް ގުޅަން ފެށިއެވެ. ޔުއާން އޭނާޣެ ކަބަޑް މަތިން ނެގި ފޯން ގައިވާ ސިމް އުން ގުޅުމުގެ ބަދަލް ގައި މިހާރު އޭނާ ގެންގުޅޭ ދެ ނަމްބަރުގެ ތެރެއިން އެއް ނަމްބަރުން އެ ގުޅާލީ ވާގޮތެއް ބަލާލުމަށެވެ.

އެއްފަހަރު ގުޅުމުން ފޯން ނުނެގުމުން ވެސް ޔުއާން ހުއްޓާލާކަށް ނޫޅުނެވެ. އޭނާ ހުއްޓާނުލާ ގުޅަމުން ދިޔައީ އެ ފޯން ނަގާނެކަމަށެވެ.

ކުއްލިއަކަށް ފޯން ނެގުމާއެކު އޭނާއަށް ގޮވާލެވުނެވެ.

“ލީން”

މައިލީން ކަންފަތުގައި އެ ޖެހުނީ ދެވަނަ އެހެން އަޑެއްނޫނެވެ. އެއީ ޔުއާން ގެ އަޑެވެ. ހަމަ އެއަޑެވެ. އޭނާގެ ދުލުގައި ތަޅެއް އެޅުވުނު ފަދައެވެ.

ޔުއާން ގުޅީ ހެއްޔެވެ؟ މިއީ ހުވަފެނެއް ހެއްޔެވެ؟ ނޫނީ ހަގީގަތެއްހެއްޔެވެ؟

ހަދަންވީ ގިތެއް އޭނާއަކަށް ނޭގުނެވެ.

“ލީން” ޔުއާން ދެން ގޮވާލުމާއެކު އޭނާއަށް އިވުނީ މަޑު ގިސްލުމެކެވެ. ހަމަ އެއާއެކު ފޯން ކަނޑާލިއެވެ. އޭނާ ދެންވެސް ގުޅަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް މިހާރު ފޯން އެވަނީ ނިއްވާލާފައެވެ. ދެން ހަދަންވީ ކިއްކަމެއް އޭނާއަކަށް ނޭގުނެވެ.

ބެޓެރިއަށް ނަޒަރު ހުއްޓާލައިން ހުރި މައިލީން އެ ޑަސްބިނަށް ލިއެވެ. އަދި ފޯނުވެސް ލިޔެވެ. އޭނާ ދެން އެ ފޯނެއް ބޭނުމެއްނޫނެވެ. ޔުއާން މިއަދު ގުޅަންވީ ކީއްކުރަންހެއްޔެވެ؟ އޭނާ އެ ރައްކާކުރީ ޔުއާން ދުވަހކުން ވެސް އޭޏާއަށް ގުޅައިފިނަމަ އޭނާ އަށް ޖަވާބުދާރީ ވެވޭނޭ ގޮތަކަށެވެ. އެހެންނަމަވެސް  މިއަދު އޭނާ އެގޮތަށް ކަންތައް ވާކަށް ބޭނުމެއްނޫނެވެ. އޭނާ ބޭޏުންވަނީ ދިރިއުޅުމުން ޔުއާން ފޮހެލާށެވެ. އެހެންނަމަވެސް އޭނާގެ އެކަން ކުރެވޭނޭ ހިތްވަރު ހުންނާނޭބާއެވެ ފޯން ސަސްޕެންޑް ވާއިރަށް އެއަށް ލާރިއަލާ އެ ބެލީ ޔުއާން ގުޅާނެކަމަށެވެ. ފަސްއަހަރަ އެ ގިގޮތަށް އަމަލް ކުރުމަށްފަހ އުންމީދު ކަނޑާލިފަހުން ޔުއާން އަށް ގުޅަން އެނގުނީ މިއަދު ހެއްޔެވެ؟

އެރޭ އެކަކަށްވެސް ހަމަ ނޭވާ ނުލެވެއެވެ. ވިސްނުމުގައި ދެމީހުންވެސް ހޭދަކުރިއެވެ. އެތަކެއް ހަނދާންތަކަކުން ދެމީހުންގެ ސިކުނޑިވެސް ދިޔައީ ފުނިޖެހެމުންނެވެ. ޔުއާން އަށް ވިސްނެމުން ދިޔައެވެ. މައިލީން ގެންގުޅެނީ އެހެންނަމްބަރެކެވެ. އެކަމަކު އެ ނަމްބަރުންވެސް ފޯން ނެގީ ހަމަ މައިލީން އެވެ. މީ ކިހިނެތް ވާނޭ ކަމެއް ބާ އޭ އޭނާ ހިތަށް އަރަމުން ދިޔައެވެ. އޭނާ އެ ޚިޔާލް ތަކުން ނުކުތުމަށް މަޖުބޫރުކުރީ ހޮސްޕިޓަލުން އައި ފޯނު ކޯލެވެ.

އަނެއްކޮޅުން އަމިއްލަ ހާލަށް ޝަކުވާ ކޮއްލަ ކޮއްލާ މައިލީން އޮތީ ދެން ވާނި ކހިނެތްބާ އޭ ހިތަށް އަރާފައެވެ.

ހެދުނު އިރު އަރައިފިއެވެ. އާރާ ސައިބޮއިގެން އޮފީހަށް ދިޔައެވެ. އޭނާ މަސައްކަތުގައި އިންދާ ފޯނަށް ކުއްލިއަކަށް މެސެޖެއް އައެވެ. މީޓީން އަކަށް ކިޔާފައިއޮތެވެ. މިހާ ކުއްލިގޮތަކަށް މީޓިން އަކަށް ކިޔާފައި އޮތުމުން އަނެއްކާ ކިހިނެތް ވީ ބާއޭ އޭނާ ގެ ހިތަށް އެރިއެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް މޭޒުމަތީގައި ހުރި އެއްޗެހި ތަރުތީބުކޮއްލުމަށްފަހު މީޓީން އަށް ދާން އަވަސްވެގަތެވެ.

މީޓީން އޮތީ އެ ފަންގިފިލާގެ އެންމް މަތީގައި ކަމުން އޭނާ ލިފްޓާ ހަމައަށް ދިޔައިރު ލިފްޓް ދޮށުގައި ފުދޭވަރަކަށް މީހުން ގިނައެވެ. އޭނާގެ ލޮލުގައި އެވަގުތު އާއިކް އަޅައިގަތެވެ. އާއިކް ވެސް އޭނާ އަށް ދިމާލަށް ބަލާލަމުން ހީލިއެވެ. އެހެންނަމަވެސް އާއިކް ހުރީ އެ އޮފީހުގެ އިސްވެރިން ތަކަކާ އެކީ ކަމަށް ވާތީ މިވަގުތު އާރާ ގާތަށް ދެވެން އޭނާއަކަށް ނެތެވެ.

ލިފްޓް ބާރު ބޮޑެވެ. މީޓީން ރޫމް އަށް ވަދެ އެންމެން ހަމަޖެހިލިއެވެ. އިރުކޮޅަކުން އައިކަލް އާއި އަދިވެސް ދެމީހަކު އައެވެ. އެކަކީ ބޭރުމީހެކެވެ. އެމީހުން އައުމާއެކު އެންމެން ވަރަށް އަދަބުވެރިކަމާއެކު ތެދުވިއެވެ. އައިކަލް ފުރަތަމަ އޭނާގެ ދެފަރާތުގައި ހުރި ގޮނޑިއަށް އިޝާރާތް ކޮއްލަމުން އެންޑްރޫމެނަށް އިށީނަށް އިށާރާތް ކޮއްލިއެވެ. ދެން އޭނާ ވެސް އިށީނެވެ.

އަދި އައިކަލް ފުރަތަމަ ވާހަކަ ދައްކަން ފެށިއެވެ. “މީޓް… އެންޑްރޫ” އައިކަލް އެންޑްރޫ އަށް އިޝާރާތް ކޮއްލަމުން ބުނެލިއެވެ. ކުޑަ ތައާރަފްއަކަށް ފަހު އައިކަލް ވާހަކަ ދައްކަން ފެށިއެވެ. ތަނަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ކޮންމެ މީހަކުވެސް ވެސް ތިބީ އެ ދައްކާ ވާހަކަ ކަނުލާ އަޑު އަހާށެވެ.

“މި މީޓީން އަކީ އަސްލު މި ކޮންޕެނީއަށް ފަންސާސް އަހަރު ފުރުން ފާހަކަ ކުރުމަށް ޓަކައި ރާވައިފައި ހުރި ކަންތަކާ މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް. އަޅުގަނޑު ގެ ކާފަ އިރުއްސުރެ މި ކޮންޕެނީ މި ހިސާބަށް މިއައީ އެތައް ބަޔެއްގެ ހިތްވަރުންކަން ޔަގީން… ބޭނުންވަނީ އެ ހުރިހާ ކަމެއްގެ އަގު ވަޒަން ކޮއް އެކި އެކި ބްރާންޗްތައް އެއްކޮއްލައިގެން ބޮޑު ހަފްލާއަކުން މިކަންތައް ފާހަގަކުރަން… އެގޮތުން އަޅުގަނޑުމެން ގަސްތު ކޮއްފައިވަނީ އެންމެ ފަހުން ހުޅުވުނު ހޮޓެލް ގްރޭންޑް ގެ ގޯތިތެރޭގައި މި ހަފްލާ ބާއްވަން. މި ހަފްލާއަށް ހޮސްޕިޓަލް ގެ އެންމެ ހާ މުއައްޒަފުންނާ އި އަދި ހޮޓްލް ތަކުގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކާއެކު އޮފީހުގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުން ބައިވެރިކުރެވޭނެ. އަދި ވަރަށް އަވަހަހަށް ކަންތައް ތައް ނިމުނު ހާ އަވަހަކަށް މި ކަންތައް ތައް އެންގޭނެ…” އައިކަލް ވާހަކަ ދެއްކިއެވެ. އެވަގުތު އެތަނުން އެކަކު ސުވާލުކޮއްލިއެވެ.

އައިކަލް އެ ސުވާލަށް ޖަވާބުދެމުން ވާހަކަ ދެއްކިއެވެ.

“އަދި ހަވަރަކަށް މަސް އެބައިން. އެކަމަކު މި ހާ ބޮޑުކޮއް ބާއްވާއިރު ނިންމަން ޖެހޭ ބައިވަރު ކަންތައް ތައް ހުރީމަ ބޭނުންވަނީ ވަރަށް ދުރާލާ ކަންތައްތައް ރާވަން… އެހެން ވީމަ އަޅުގަނޑުމެން މި މީޓިން މި ބޭއްވީ… އަދި އިންޝާ ﷲ… ވަރަށް އަވަހަށް މީޓިން އެއް ބާއްވާނަން” އައިކަލް ވާހަކަ ދައްކަމުން ދިޔައީ އެތަނުން ސުވާލުކުރަމުން ދިޔަ މީހުންނަށް ޖަވާބުވެސް ދެމުންނެވެ.

ކޮންމެ ކަމެއްގައިވެސް އެކުގައި މަސައްކަތް ކުރާ އަދި އޭނާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުން ގެ ހިޔާލް އޭނާ ހޯދައެވެ. ކުރިއެރުން ލިބޭނީ އޭރުން ކަމަށް ދެކެއެވެ. ބޮސް ވެގެން އުޅުމުގެ ބަދަލް ގައި މުވައްޒަފުންނާ އެއްވަރަށް އޭނާ ވެސް ކަންތައްތަކުގައި ހިއްސާވެއެވެ. ހަރުދަނާ ހިތް ހޮޔޮ ވެރިއެކެވެ.

އެއްފަހަރު އޭނާގެ ނަޒަރު އާރާ އަށާއި އާއކް އަށް ހުއްޓުނެވެ. އެ އާއެކު ހންހަމަ ނުޖެހޭ ކަމެއް އޭނާއަށް އާއިކް ގެ ފަރާތުން ފެނުނެވެ. އާއިކް އާރާ އާ ދިމާލަށް ބަލާލާފައި އެއްލޯ މަރާލީއެވެ.

މަސައްކަތުގައި އުޅޭއިރު މިފަދަ ކަންތައްތަކަށް ފުރިހަމައަށް ސަމާލުކަން ނުދިނުމަކީ އައިކަލް މާ ރުހޭ ކަމެއް ނޫނެވެ. އެހެންކަމުން އޭނާ އާއިކް އަށް ވިސްނަދޭން ނިންމިއެވެ. އެހެނަސް އޭނާ ރުޅިއެއް ނާދެއެވެ. ހަރުދަނާ ތަޖުރިބާ ހުރި މީހެއްގެ ހައިސިއްޔަތުން އޭނާ ވިސްނަދޭނީ މަޑުމައިތިރިކަމާ ކެތް ތެރިކަމާ އެކީގައެވެ.

މީޓީން ނިންމާލުމަށްފަހު އެންމެން ގޮސް އަވަދި ވެއްޖެއެވެ. އޭރު އެތާ މަޑުކޮއްގެން ތިބީ ހަމައެކަނި އައިކަލް އާއި އާއިކް އާއި އެންޑްރޫއެވެ. އެންޑްރޫ ފޯނެއްގައި ހުރެގެން ބޭރަށް ނުކުތުމާއެކު އައިކަލް ވާހަކަ ދައްަކަންފެށިއެވެ.

“ދަރިފުޅާ… ބައްޕަ އަށް ފެނުނު ދަރިފުޅު އެ ކުއްޖާއާ ދިމާލަށް ބަލާލި ގޮތް. އެކަހަކަ ސަމާސާ މިކަހަލަ މީޓީންތަކުގައި ނުކުރައްޗޭ. މީޓިން ތަކަށް ފުރިހަމައަށް ސަމާލުކަން ދޭންވާނެ. އެކަމުގެ ސަބަނުން އޮފީހުގެ އެއްވެސް ކަމަކަށް ބުރަ އަރާކަށް ނުވާނެ…”

“އޮފީހުގެ މުވައްޒަފުންނާ ސަމާސާވެސް ކުރަންވާނެ. އެކަމަކު ސީރިއަސް ވަގުތުތަގައި އެއީ ރަނގަޅުކަމެއްނޫން” އައިކަލް ހިނިތުންވެލީ އާއިކް އެއްވެސް އެއްޗެކޭ ނުބުނުމުންނެވެ.

“މާފުކުރައްވާ ބައްޕާ” އާއިކް އިސްޖަހައިގެން ހުރެފައި ބުނެލިއެވެ.

“އިޓްސް އޯކޭ ސަން… ބައްޕަ ރުޅިއައިސްގެނެއް ނޫން. އެކަމަކު އެއީ ބައްޕަ ގެ ޒިންމާއެއް ކަމަށް ދެކޭތީ ބުނެލީ…” އައިކަލް ބުނެލިއެވެ.

“ބައްޕަ މެން ނަމީ އަބަދުވެސް ރަނގަޅު ގޮތްތައް ބުނެދޭން ތިބޭ ބައެއް… ބައްޕަ އަށް ވެސް މިހާ ހިސާބަށް މިއާދެވުނީ އެތައް ބަޔެއްގެ އެހީތެރިކަމާއެކު. ބައްޕަ އަށް ވެސް ތިކަހަލަ ކުށް ތައް ކުރެވުނު އެކަމަކު ދަރިފުޅުގެ ކާފަގެ ބަސް އަހައިގެން ބައްޕަ މިހާ ވަރު މިވ” އައިކަލް އާއިކް ގެ ކޮނޑުގައި ޖަހާލިއެވެ. އާއިކް ވެސް ހީލިއެވެ. އެންޑްރޫ އެތެރެއަށް ވަނުމާއެކު އާއިކް އެންޑްރޫއަށް ހެލޯ އޭ ބުނަލުމަސްފަހު ބައް ޕަ ގާތުން ހުއްދަ ނަގައިގެން ނުކުތެވެ.

ޔަޝްމް ސްކޫލަށް ލާފައި މައިލީން އައިސް އުޅުނީ އެއްޗެހި ދޮންނާށެވެ. ގިނައީ ޔަޝްމް ގެ އެއްޗެއްސެވެ. ދޮމްތަވެސް ވެސް މިއަދު ހޮޑުލެވޭތީ ސްކޫލަސް ނުދާތީ ގޭތެރޭގައ ކަންތައްވެސް ކުރަނީ މައިލީން އެކަންޏެވެ. އޭނާ ޝާލީން ގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. އެއާއެކު ދޮރު ހުޅުވީ ޝިޔާޒްއެވެ.

“ދޮންތަ ކިހިނެތްތަ؟” މައިލީން އެތެރެއަށް ވަންނަމުން އަހާލާފައި ގޮސް އެނދުގައި އޮށޯވެ އޮތް ޝާލީން ގާތު މަޑުކޮއްލިއެވެ.

“ކޯންޗެއް ހަދާދޭންވީ… ސޫޕް ކޮޅެއް ކައްކަދެންތަ؟” މައިލީން ޝާލީން ރަނގަޅޭ ބުނުމުން އަހާލިއެވެ.

“ދޮންތަ ދާން ވީނު މިއަދު ރިޕޯޓްސް ތައް ނަގަން. އަދިވެސް ނުނަގާ ދޯ ތިއުޅެނީ” ޝާލީން ގެ ޖަވާބު އިވިގެން މިފަހަރު ވާހަކަ ދެއްކި މައިލީން އަށް ޝާލީން ބޯޖަހާލިއެވެ.

“އިލީ ވެސް ހަނދާން ނެތޭ ނަގާކަށް. ދެން މާދަން ޑިއުޓީއަށް ދާން ޖެހޭނީވެސް… ދޮންތަބޭ… އެޕޮއިންޓް މެންޓެއް ހައްދަންތަ ދޮންތަ ގޮވައިގެން ދާން. އޭރުން ގޮސް ރިޕޯޓް ތައް ނަގައިގެން ދައްކާލެވޭނެއެއްނު؟” މައިލީން ޝިޔާޒް އަށް ބަލާލިއެވެ. “އާ… މިއަދު ޑިއުޓީއެއްވެސް ނެތް؟” ޝިޔާޒް ބުނެލިއެވެ. އެހެން ބުނުމާއެކު މައިލީން ހޮސްޕިޓަލް އަށް ގުޅިއެވެ. އެނާ އެޕޮއިންޓް މެންޓް ހައްދާލިއެވެ. ޝާލީން ހީލިއެވެ.

އިރުކޮޅަކުން މައިލީން އައީ ސޫޕް ތައްޓެއް ހިފައިގެންނެވެ. އޭނާ އެ ހިފައިގެން އައުމާއެކު ޝިޔާޒް އެ އަތުލިއެވެ. އަދި ގޮސް ޝާލީން ގާތު އިށީދެ އެ ދޭން އުޅުނެވެ.

“ދޮންތަބޭ.. މެންދުނު ދެއެއް ޖަހާއިރު އިނގޭ.. ކުރިން ދިޔަ ރޫމް އަށް. ގޮސް ކައުންޓަރ ގައި ބުނޭ ރިޕޯޓް ދައްކާލާށޭ” މައިލީންވާހަކަ ދައްކަމުން ނުކުތެވެ. އޭނަ ޝިޔާޒް އަށާއި ޝާލީން އަށް ބަލާލިއެވެ. އަދި ހީލިއެވެ.

ދެން އަނެއްކާވެސް ކުރަން ހުރި މަސައްކަތަށް އަވަސްވެގަތެވެ.

ޖަޒިލް ފުރަތަމަވެސް ހޭލާފައި ފޯން ބަލާލިއެވެ. އޭރު ގަޑިން ދިހައެއްޖަހާ ބޮޑުވެއްޖެއެވެ. ވައިފައި ޖައްސާފައި އިނުމުން ފޭސްބުކުން ބައިވަރު ނޮޓިފިކޭޝަން އައިސްފައި އެބަހުއްޓެވެ. ފޭސްބުކް ހުޅުވާލިއެވެ. އެންމެ ފުރަތަމަވެސް އޭނާ ބަލާލީ ފްރެންޑް ރިކުއެސްޓް ފޮނުވާފައި ތިބި ކުދިންކޮޅެކެވެ. އެތަނުން އެއްކުއްޖެއް ފެނިފައި އެނާގެ ހިނިތުންވުމް ފުޅާވެގެން ދިޔައެވެ. ދެވަނަ ވިންނުމަކަށް ނުގޮސް އޭނާ އެކްސްސެޕްޓް ކޮއްލިއެވެ.

އެދުގައި ދެފައި ވައްކޮއްލައިގެން ލެޕްޓޮޕް އުނގުމައްޗަށް ލައިގެން އެއަށް ބަލަހައްޓައިގެން އޮތް އަންހެން ކުއްޖާ ހަޅޭއްލަފައިގަނެފައި އެނދުމައްޗަށް ފުންމައިގެން ތެދުވިއެވެ. އަދި އެނދުގައި ފުންމާލިއެވެ.

“ސާބެހޭ” އެވަގުތު އެ ކޮޓަރިތެރެއައް ވަތް އެހެން ކުއްޖަކު ބުނެލިއެވެ. އެއާއެކު އެ ކުއްޖާ ލަދުން ކަހަލަ ގޮތަކަށް ހުރެފައި އިށީނެވެ. އެއާއެކު އެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ހައި ޖަހާލަން އުޅެފައިވެސް އަދި މާ އަވަސް ހެން ހީވުމާއެކު އޭނާ އެކަމެއްނުކުރެއެވެ. “ލާލާ ލާ… ލާލާ” ލެޕްޓޮޕަށް ބަލަހައްޓައިގެން އިނދެގެން އޭނާއަށް މަޑު މަޑު ރާގެއް ކިޔެމުން ދިޔައެވެ.

“ސާބަހޭ… ކޮން ރާޖާ އަކާ ހެދިތަ ދީވާނާ ވެގެހް ތިއުޅެނީ” އަވަގުތު އެ ކޮޓަރިތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ކުއްޖާ ބުނެލިއެވެ. އެއާއެކު އެ ކުއްޖާއަށް ހީވީ އެއްޗެއް ފަޅާ އެރީހެންނެވެ.

“ސާބަހޭ ރީ…” އެކުއްޖާ ބުނެލިއެވެ. އަދި ނުވާކަމަށް ހެދުނެވެ. އަދި އެނދުމަތިން ބާލީހެއް ނަގާ އެއްލިއެވެ. “ކޮން ރީ އެއް ކިޔާކަށްތަ ޔަގީނޭ… ” އެއާއެކު ދެން ފެނުނީ ކޮޓަރިތެރޭގައި ބާލީހުގެ ހަނގުރާމައެއް ފެށުނުތަނެވެ.

ޖަޒިލް ފޯން ބާއްވާލާފައި ފާހާނާއަށް ވަނެވެ.

“ހަލޯ ފާއިޒް… ކޮންއިރަކުންތަ އާދެވޭނީ… ” އައިކަލް ވާހަކަ ދައްކަމުން ދިޔައީ ފާއިޒްއާއެވެ. އޭނާ އިނީ ކުރިމަތީގައި އިން މޭޒުމަތީގައި ބަހައްޓާލެވިފައިވާ ލެޕްތޮޕުން ވީޑިއޯ ކޯލެއް ކޮއްގެންނެވެ. “ރަނގަޅު ދޮންބޭ… އަދި ހީވަނީ ތިން ވަރަކަށް މަސްވާނެހެން” އެކޮޅުން ޖަވާބުއައެވެ.

“ނުސްރާ ކޮބާ ރަނގަޅުތަ” އައިކަލް އަހާލިއެވެ.

“އިންޝާ ﷲ ރަގަޅު. ވަރަށް އުންމީދު އެބައޮތް ކަމަށް މިހާރު ޑޮކްޓަރުން އެބަ ބުނޭ… އެކަމަކު އެމީހުން ބުނަނީ ކުއްޖަކު ލިބެން ދެން މަޑުކުރުމަށް. މިވާހަކަ ދޮންބެއާ ދައްކާލަށް ވެފައޭ އަދި ހުރީ” ފާއިޒް ބުނެލިއެވެ.

“ދޮންބެއަށް ވެސް ރަނގަޅީ މަޑު ކުރިއްޔާ… އެކަމަކު އަހަރީ ދުވަހުގެ ހަފްލާއަށް އަންނަން ވާނެ އިނގޭ” އައިކަލް އެހެން ބުނުމަށްފަހު ކަންތައް ތައް ގޮސްފައި އޮތް ހިސާބު ފާއިޒް އަށް ކިޔާދިނެވެ. އައިކަލް ގެ ހިޔާލާ ފާއިޒް ވެސް ވަރަށް ގަބޫލުވިއެވެ.

އެކަމާ ވާހަކަދައްކައިލަން ދެމީހުން ތިއްބެވެ. އިރުކޮޅަކުން ނުސްރާ ގޮވާލުމާއެކު ފާއިޒް ފޯން ކުރުކޮއްލިއެވެ. “ނުސްރާ ސަލާމް ބުނި ދޮންބޭ… މިހާރު މިދަނީ ހޮސްޕިޓަލް އަށް ދާން” ފާއިޒް އެންމެނަށް ސަލާމް ފޮނުވުމަށްފަހު ފޯން ބޭއްވިއެވެ.

އައިކަލް ވެސް ކުރަން ހުރި މަސައްކަތަށް ސަމާލުކަން ދިނެވެ.

ސްކޫލުން ކުއްލިއަކަށް ގުޅުމުން މައިލިން އަވަސްވެގަތީ ދިޔުމަށެވެ. “ޔަޝްމް އަށް ނޭވޭ ނުލެވިގެން އުޅޭތީ އަވަހަށް މިގުޅާލީ އަވަހަށް އައިސްދޭން ވީނުންތޯ؟. މިހާރު ކުޑަކޮއް ރަނގަޅުހެން ހީވަނީ. ވަރަށް އަވަހަށް ދުރުވެލަންވީނޫންތޯ؟” މައިލީން ގޭން ނުކުތް އިރުވެސް އިރުވެސް ގުޅާފައި ބުނި ޖުމްލަ އޭނާގެ ކަންފަތުގައި ދިޔައީ ގުގުމަމުންނެވެ.

ޓެކްސީއެއްވެސް ނުލިބުނެވެ. އޭނާ އެތާ ހުއްޓާ ކުއްލިއަކަށް ޕްރައިވެޓް ކާރެއް އައިސް މަޑުކޮއްލިއެވެ. ޔުއާން ލޯގަނޑު ތިރިކޮއްލާފައި ބަލާލިއެވެ. އެވަގުތު މައިލީން އާ ލާނެއް ސަމާސާއެއް ކޮއްލަން އޭނާ ބޭނުންވިއެވެ. އެހެންނަމަވެސް އެކަމަށް ތަން ނުދިނީ މައިލީންގެ މޫނުމަތިން އޭނާއަށް ފެނުނު ހާސްކަމެވެ. އިރުކޮޅަކާ ފޯނަށް ނަޒަރު ހުއްޓާލަމުން ފުން ނޭވާއެއް ލާނެއެވެ. އިސްތަށި ގަނޑު ގައި އަތްލާނެއެވެ. ނިޔަފަތިގަނޑު އަނގަޔަށް ލާ ހަފާލަފާނެއެވެ. އެހެން ހުރި އިރުވެސް އޭނާ ދިޔައީ ޓެކްސީއެއް ހުއްޓުވޭތޯ ބަލަމުންނެވެ.

އޭނާ އެދުނީ މައިލީން އެރުމަށެވެ. މައިލީން ދެކޮޅު ހެދިއެވެ. އެހެން ހުއްޓާ އަނެއްކާވެސް ކޯލެއް އައެވެ. ސްކޫލުންނެވެ. އޭނާ ފޯން ނެގިއެވެ. އެކޮޅުން ބުނީ އަވަސްކޮއް ދިނުމަށެވެ. ހޮސްޕިޓަލް އަށް ގެންދަން އެންބިއުލަންސް އަށް ގުޅައިފީމޭ ބުނެލިއެވެ. އެއާއެކު މައިލީން އަށް ޖަވާބު ނުދެވގެން އުޅެނިކޮއް ފޯން ނިވިއްޖެއެވެ. “ނޫން…” މައިލީން އަށް ބުނެވުނީ އޭނާގެ ދެލޯ ކަރުނުން ފުރެމުންދާ ހާލުގައެވެ.

“ލީން އަރާބަލަ… ކިހިނެތްތަވީ” ޔުއާން އަށް ބުނެވުނެވެ.

ދެން އިތުރަށް މަޑުކުރެވެން ނެތޭ ހިތާ އޭނާ އަވަސްއަވަހަށް ދުވެފައި ގޮސް ކާރަށް އެރިއެވެ. “އަވަސް” އޭނާ ރޮވިފައި އިދެގެން ޔަޝްމް ގެ ސްކޫލް ގެ ނަން ޔުއާން ގާތު ބުނެލިއެވެ. “އަވަސް ޔުއާން” މައިލީން އަށް ކިޔެމުންދިޔައެވެ. ޔުއާން ވެސް ހާސްވިއެވެ. ޔަޝްމް އަށް ކަމެއް ވީކަމުގައި އޭނާގެ ސިކުނޑި ވިސްނައިދެމުންދިޔައެވެ. އޭނާ ރޭގައި ދިމާވި އެމަރޖެންސީއެއްގެ ކަންތައް ނިންމާލުމަށްފަހު އެމަގަށް އެރީ މައިލީން ފެންނާނޭ ކަމަކަށް ނޫނެވެ. އެހެނަމަވެސް މައިލީން ފެނުމުން އޭނާގެ ދެލޯ ދިއްލުނެވެ. ކައިރިއަށް މަޑުކޮއްލުމާއެކު އޭނަގެ ލޮލުގައި އަޅައިގަތި މައިލީން ގެ މޫނުމަތީގައިވި ހާސްކަމެވެ.

މައިލީން ގާތި ވީ ކީއްހޭ އަހަ އަހާވެސް މައިލީން އެއްޗެކޭ ނުބުނެއެވެ.

“ލީން ޔަޝްމް އަށް ކަމެއްވީތަ؟” ޔުއާން އަހާލިއެވެ. މިފަހަރުވެސް މައިލީން އެއްޗެކޭ ނުބުނެއެވެ. އޭނާ އިސްގޮތަށް އިން އިރު ނޭވާ ވެސް ކުރުވަމުން ދިޔައެވެ. ޔުއާން އަށް ބަލާލަމުން އަވސް ކުރާށޭ މައިލީން ބުނެލިއެވެ. ކުއްލިއަކަށް ބުރަކި ޖައްސާލުމާއެކު މައިލީން ކުރިއަށް ދިޔައެވެ. އޭނާ ޔުއާން އާ ދިމާލަށް ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ.

“ލީން އަހަރެންގާތު ވީ ކަމެއް ނުބުނަނީސް…” ޔުއާން ގެ ޖުމްލަ މެދު ކެނޑުނީ މައިލީންގެ އަޑުންނެވެ.

“ޔުއާން ޕްލީޒް… އަހަރެންގެ ދަރިފުޅަށް ގޮތެއްވެދާނޭ… ޕްލީޒް” މައިލީން އަށް ބުނެވުނެވެ. އެއާއެކު ޔުއާން ގެ ހިތުގެ ހިނގުން ވެސް ހުއްޓުނު ފަދައެވެ. ކާރު ސްޓާރޓް ކޮއްލަމުން ދުއްވާލީ އިހުނަށްވުރެ ސްޕީޑް ބާރު ކޮއްލަމުންނެވެ.

ސްކޫލް ދޮށަށް ކާރު ހުއްޓާލުމާއެކު މައިލީން އަވަސް އަވަހަށް ފޭބިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެތަނުގައި އޮތް އެންބިއުލާންސްއެވެ. ހިތުގެ ހިނގުން ހުއްޓުނު ހެން ހީވިއެވެ. ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ.

ކަރުނަތަށް ފައިބަމުން ދިޔައެވެ. ދެން ފެނުނީ އަތް ދަނޑިމައްޗަށް ލައިގެން ނެރުނު ޔަޝްމް އެވެ.

ޔުއާން އަށް ވެސް މިމަންޒަރު ފެނުނެވެ. އޭނާއަވަސް އަވަހަށް ކާރުން ފޭބިއެވެ. އަދި މައިލީން ގާތަށް ގޮސް ކުޑަކޮއް ބައްދާލިއެވެ. އަދި އަންނާށޭ އިޝާރާތް ކޮއްލަމުން އޭނާ އެ ދިމާލަށް ދިޔައެވެ.

“ލުކް އައއި އޭމް އަ ޑޮކްޓަރ” ޔުއާން އޭނާގެ ކާޑް ނަގާ ދައްކާލުމުން އެމީހުން ވެސް ޔުއާން އަށް ޝުކުރު އަދާކުރަމުން ޔުއާން އެރުމަށް އެމހުން އެދުނެވެ. ޔުއާން ވީގޮތް އޮޅުން ފިލުވިއެވެ. ޔުއާން ގެ ފަހަތުން ކަހަލަ ގޮތަކަށް ދިޔަ މައިލީން އަށް މިހާރު ދިޔައީ ގިސްލެވެމުންނެވެ. ހަދަން ވީ ގޮތެއް އޭނާއަކަށް ނޭގުނެވެ. އެންމބިއުލެސްސަށް ޔަޝްމް އެރުވުމާއެކު ޔުއާން މައިލީން އަށް ބަލާލިއެވެ. އޭނާ މައިލީން ގޮވައިގެން އައިސް އެރުވިއެވެ. އަދި އޭނާވެސް އެރިއެވެ.

އޭރު އެ ހިތުގެ ހިނގުން ވެސް ހުއްޓޭހެން ހީވެއެވެ. ކަރުނަ ހިލިފައިވިއެވެ. އެހެނަސް އޭނާ ހިތްވަރު ކުރަންޖެހޭނެއެވެ. ކޮންމެ ދުވަހަކު މިފަދަ އެތައް ކަމަކާ އޭނާ ކުރިމަތިލައެވެ. އެހެންނަމަވެސް މިއަދު އޭނާގެ އަތް ދަނޑި މައްޗަށް އެ ކުޑަ ކުޑަ ތުއްތު ދަރިފުޅު އެރުމާއެކު އެ ހިތަށް ގޮތެއްވެގެން ދިޔައެވެ. އެ ހިތުގެ ހިނގުމަށް ބަދަލް އަތުވެއްޖެއެވެ. އޭނާގެ އަތުގައި އެ އޮތީ އޭނާގެ ދަރިފުޅެވެ.

އެ ދަރިފުޅު މިހާގާތުން ދެކެލުމުގެ އުފާ އޭނާ އަށް މިލިބުނީ ވޭނާ ތަދާ އެކީގައެވެ. ނޭގޭ ރިހުމަކާއެކީގައެވެ. އެތައް ދުވަހަކު އެ ދަރިފުޅު ދެކުމަށް ބާގަރާރުވެފައި ވަނިކޮއް އެ ދަރިފުޅު އަތަށް މި ލިބުނީ ކިހާ ވޭންދެނެވި ވަގުތެއްގައި ހެއްޔެވެ؟ ލޯބިން ބައްދާލަން ބޭނުވެފައި ވަނިކޮއް ބައްދާ މިލެވުނީ ބައްޕަ އެއް ގެ ހައިސިއްޔަތަކުން ނޫން ހެން އޭނާއަށް ހީވިއެވެ. މިވަގުތު އޭނާ އެއިނީ ޑޮކްޓަރެއްގެ ހައިސިއްޔަތުން ހެން އޭނާއަށް ހީވިއެވެ. ކަރުނަ ތިއްކެތް އޭގެ މަގާމް ދޫކޮއް ވެއްޓުނީ އިޚްތިޔާރަކު ނޫނެވެ.  އެވަގުތު ވެސް ނޭވާއަށް އުނދަގު ވެގެން ޔަޝްމް އުޅެއެވެ. މިހާ އަވަހަށް އޭނާ އާއި ދަރިފުޅު ވަކިވަނީ ހެއްޔޭ ހިތަށް އެރިއެވެ. “ތަޤުދީރު އޭނާ އާ މިކުރަނީ ކޮން ފަދަ ސަމާސާއެއް ހެއްޔެވެ؟.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ޒާރާ (27)

Next

އިންތިހާ – 9

Next
February 12, 2018

އިންތިހާ – 9

Previews
February 12, 2018

ޒާރާ (27)

121 Comments!

  1. Aki says:
    February 12, 2018 at 11:14 am

    mivaahaka up vitho belunu adhadhu ves neyge

    1. Aki says:
      February 12, 2018 at 11:55 am

      hi mi dhoony adhi miadhu one part up kohla dheebaa pls pls… vaahaka reethi kamun kiyaahithun huta e nimunee

    2. Hi Mi says:
      February 12, 2018 at 11:58 am

      Hehe. Aki congrats dear. Ur first. Next part ves varah avahah up kohlaanan. Ingey. V ufaavey thihaa support kuraathy and inthixaar kuraathy. ???

  2. Hi Mi says:
    February 12, 2018 at 11:17 am

    Assalaamu Alaikum. Guys. Miothy 37 th vana ep. Finally yuan and rashm meet v dw. Ekam kihineh dw mi meet v e dhekudhin?. ? yuan haadha dhera vaaney dw. What do u think will happen to yashm next?. And what do u think about the girl whos frnd request was accepted by jaxil?. Dnt forgot to comment ur views. After a long wait kiyuntherin edhunu gothah yuam and yashm ves meet v dw. Ekam happy meeting akah nuvi dw. Thankyou all. ???.
    Jazakallah Khairan.

    1. Suney says:
      February 12, 2018 at 1:27 pm

      Yashm ragalhu vaane dhw hi mi. I think the girl is u aan he sister dhw

    2. Hi Mi says:
      February 12, 2018 at 5:19 pm

      Lets see suney. Dw dhen vaa gothah. Full of surprises. Hehe. Thankyou. ???

  3. Axy says:
    February 12, 2018 at 11:22 am

    Alhey haadha rangalhey hj miv v v bodhah thanks ?????????????????????❤?❤

    1. Hi Mi says:
      February 12, 2018 at 11:58 am

      Thanks axy. Vvv yfaavehjje comment kohlima. ???

  4. Mariyam Ubaid says:
    February 12, 2018 at 11:29 am

    Varah Varah Reethi

    1. Hi Mi says:
      February 12, 2018 at 11:59 am

      Thankyou. Ufaavehjje. ???

  5. Niu says:
    February 12, 2018 at 11:29 am

    Hama bala balaa indha up thikolly
    Kiyaafa comment kollaanan
    Thanks HiMi
    ???

    1. Hi Mi says:
      February 12, 2018 at 12:01 pm

      Thanks niu. V ufaavey inthixaaru thihaa varah kuraa kan ingunima. Hehe. Yes dear. Waiting for ur comment ingey. ???

  6. R says:
    February 12, 2018 at 11:34 am

    Haadha kurey ekamves vvv reethi

    1. Hi Mi says:
      February 12, 2018 at 12:02 pm

      Alhey. R kututha?. I think 10 or 8 pages kanneyge. Over 2000 words. Ehen ves vedhaane maa kiyaa hithun inima hehe. ??? Thankyou dear. ???

  7. Riz says:
    February 12, 2018 at 11:34 am

    Nxt part ah haadha inthhixaareh kuran jehey… kiyaa hithunn hureveneekee noon

    1. Hi Mi says:
      February 12, 2018 at 12:03 pm

      Hehe. Thanks Riz. V enme avahah up kohladhynan ingey. In Sha Allah. ???

  8. G says:
    February 12, 2018 at 11:36 am

    Haadha kurey ekam vvv reethi

    1. Hi Mi says:
      February 12, 2018 at 12:04 pm

      Thanks G. Ekam 9 varalkah pages over 2000 words. Ehen heevi kanneyge dw maa kiyaa hiyy v ma. V ufaavehjjs. Comment eh kohlima. ???

  9. starme says:
    February 12, 2018 at 11:39 am

    Hai, hi mi kihineh. Vaahaka varah reethi. Mee mivaahakayah comenteh kuraa furathama faharuviyas baraabarh mivaahaka kiyamun miannanee.kiyaa hithun inyma kahneyge mibai heevanee ehenbaibayahvure kuruhen???.Adhi miadu ehbai genes dheynan dho

    1. Hi Mi says:
      February 12, 2018 at 12:06 pm

      Alhamdhulillah. V rangalhu. Vvv ufaavehjje. Ummeedhukuran kuri ah huri part thakun ves comment fenigendhaane kamah. Starme kihineh tha?. Hehe vedhaane ehen heevi kamah ves dw. V shukuriyya. Dear. ???

  10. sam says:
    February 12, 2018 at 11:40 am

    …omg varah reethi hama rovijeh

    1. Hi Mi says:
      February 12, 2018 at 12:07 pm

      Thankyou sam. Vvv ufaavehjje. Dhen nuroi. ?????????

  11. starme says:
    February 12, 2018 at 11:50 am

    Yasham ah faruvaa dheynee hama uaange athun hen heevanee. Ghen jaxil accepet kuranee afsheen ge riquest hen heevanee???

    1. Hi Mi says:
      February 12, 2018 at 12:09 pm

      Lets see hama possible kameh. ??? and btw e dhe girl alives varah muhinmu dhe meehunnah vaame adhi story ga. ??? thanks dear. ???

  12. N@-B says:
    February 12, 2018 at 11:54 am

    Thank you Hi Mi varah innthizaaeuga huhtaa up kolyma varah ufaavehje. ..varah reethi mi part ves ????

    1. Hi Mi says:
      February 12, 2018 at 12:11 pm

      Thanks N@-B varah ufaavehjje. Mihaaru konme part akun ves comment fennaathy adhi varah ufaavey. Thanks dear. ???

  13. Chim says:
    February 12, 2018 at 11:58 am

    ??vvv reethi..

    1. Hi Mi says:
      February 12, 2018 at 12:11 pm

      Thanks chimmm vvv ufaavehjje. ???

  14. Shaa says:
    February 12, 2018 at 12:03 pm

    V reethi mipartves

    1. Hi Mi says:
      February 12, 2018 at 5:15 pm

      Thanks shaa. ???

  15. Shann says:
    February 12, 2018 at 12:04 pm

    Masha Allah.. Mibaives v v rythi..?.. Alhey kihineh mi v ???.. Dhen vaani kihinehbaa dhw.. Haadha inthixaaru kurevey abadhuves mi story ah.. Mi story ge hurihai baehves hama v v ryhchey buneveyny.. Story enme furathama feshi irahvure mihaaru story ge hurihai kamehves maa rythi.. Enme furathama story feshi irahvure mihaaru genna baithakuga sifa kurun thah maa futihamey buneveyny.. Eygenves egey kamaky Hi Mi kuriaramun annavaru dhw.. V v ves molhey buneveyny..??Hi Mi ge khonme story ehves hama kiyaahithun indhe kiyaaleveyne.. Luv u n Miss u..????❤?????????????

    1. Hi Mi says:
      February 12, 2018 at 5:18 pm

      Alhey shan. What a lovely comment. Bunaane ehcehi ves neygey hama. Ehaa ves ufaavehjje. And vvv ufaavehjje improve vi vhk bunima. Thy hama one of my best reader. Unmedhu kuran shann abadhuves Hi mi ah support kuraane kamah. Thankyou soooo much dear. Am speechless. ???

  16. Blue beauty says:
    February 12, 2018 at 12:11 pm

    thanks hi mi ….. varah salhi mi part ves… yashmu yuaan are vakinukurahche dhenme dhw bahdhalu v ………keep it up ???????????

    1. Hi Mi says:
      February 12, 2018 at 5:21 pm

      Thanks dear. Comment fennaathy v ufaavey. And inthixaaruves kurevsy. Hingaa balamaa dhen vaa gotheh dw. ???

  17. hany says:
    February 12, 2018 at 12:14 pm

    v v nice mi part. comment nukuriyas hi mi ge hurihaa story ehvex kiyan ingey..hurihaa story ehvex v v reethi. kon irakun next part genesdheny mihaaru aneh part kiyaa hithun hurevenyky vex noon… jaxil accept kury yuan sis afshyn ge frnd request hen heevany

    1. Hi Mi says:
      February 12, 2018 at 5:23 pm

      Thankyou so much hany. Varah ufaavehjje comment fenifa. Lets see dw vaa gotheh dhen. ???

  18. Suney says:
    February 12, 2018 at 12:20 pm

    Hi mi dhoonyaa 25 part kiunu fahun adhi mikiyaalevunee. Vvvv nice story mihaaru midhaa goi. Mai aai uaan aai dhen gulhuvaba. But heevanee uaan ge heart yashm ah dheefa uaan maruvanee kanneyge dhw…..yashm ves. E suney ah heeva goiy. Pls pls ehen nuhadhaathi. Uaan mihaaru regret kurey….so e dhe meehun gulhuvaabaa avahah. Story v emotional hama rovenee kiyaafa v heart touching stories eh. Vvv inthizaar kurevey abadhuves mi story ah. And hi mi. ????????Akeee hama no 1.

    1. Hi Mi says:
      February 12, 2018 at 7:29 pm

      Thankd suney varah ufaavehjje. And vvv ufaavehjje comment fenjfa bunaane ehchei ves neygifa mihuree. Hehe. Emotional story ekey mee dear. Ekam sorry rovvaleveythy. Himi beynun vey feelings thah varah rangalhah deliver kohdheyn. V ufaavehjje. Thankyou. ???

  19. Mixuhan says:
    February 12, 2018 at 12:22 pm

    Alhey emme interesting hisaabun nimuny..avahah upkh dhehchey..HiMi haadha molhey story liyan…maashaa allah..mee hama best?varah varah reethi mi vaahaka..next part kiyaa hithun keii madhu vehje mihaaru❤❤waiting

    1. Hi Mi says:
      February 12, 2018 at 7:31 pm

      Hehe. Thanks mixuhan. Vvv ufaavehjje. Ingey thankyou so much. Hingaa balmaa dhen vaa goi dw. ???

  20. Pinky shifoo says:
    February 12, 2018 at 12:25 pm

    Yayyyyy story kiyaalan libuny ??????????.. I’m soooooo happy ???????… Mi part vx Hi Mi v v v v v reethi… I loved it ❤️❤️❤️❤️❤️… There are some typing mistakes Hi Mi… Try to correct that… ☺️☺️… Alhey yashm ah kihineh baa vaanee ??… Yuaan yashm ragalhu kohdheyne kanneynge ???.. Hehehe Hi Mi I think friend request fonuvy afsheen henn… Heheheh that’s my guess ??… Story kiyaairu heevany hurihaa manzareh vx fennahen especially maileen car hodhan ulhunu iru… Heheheh hama niyafathi hafaathanvx sifavey… Heheheh ????… Sifakurunthah varah varah reethi ingey Hi Mi… U are doing a great job ????????… Keep up the good work Hi Mi… Lots of love and take care my dear Hi Mi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????????… Curiously waiting for the next part ??????btw Hi Mi pinky ah haadha heeveyey faaiz akee aaraa ge dad henn ??..

    1. Hi Mi says:
      February 12, 2018 at 7:38 pm

      Sorry dear. V vahah up kohlaafa mini. Kiyaalaafa so nufenun eka sheegen vey. Thanks dear. Faahaga kohka dheythy. And ehaa ufaavehjje. Comment fenifa btw pinky ge guess hama correct. Yayyyyyyy dear. V yfaavehjje. Hehe hingaa balmaa dw. Lots are gonna happne. Happiest i am. Pinky ge loabi comment fenifa. Speechless as useal.On????????????????????????ur one of best raders. Feshunissure ves. Pinkt ge comment ab varah intjixaaru kurevey. Thankyou so much. ???????????????

    2. Hi Mi says:
      February 12, 2018 at 7:46 pm

      Much loves dear. ❤❤❤❤❤❤❤❤❤❤

  21. Maa says:
    February 12, 2018 at 12:27 pm

    Alhey himi… keehthikureee….rulhi himi aa …vvvv hiydhathi kohlaaafa thi nimmaalee…plz plz one more part today….. mi part ga vv gina typing mistakes ingey
    ????? himi…

    1. Hi Mi says:
      February 12, 2018 at 8:01 pm

      Alhey. Sorry. Maa. Dhen sorry dhera kohlevunima dhe naaadheba rulhi eh. Pls. Hehe. Vvv ufaavehjje. Yes. Eyi v avahah up kohlima. U faavehjje. Thanks again. ???

  22. Yumi says:
    February 12, 2018 at 12:33 pm

    ❤❤❤????

    1. Hi Mi says:
      February 12, 2018 at 8:02 pm

      Thanks yumi. ?????????

  23. babes says:
    February 12, 2018 at 12:33 pm

    Yippi up kuri dhw himi dooni your the best can we be friends

    1. Hi Mi says:
      February 12, 2018 at 8:08 pm

      Yes. Dear. Thankyou so much. ?????????

  24. Fatima says:
    February 12, 2018 at 12:34 pm

    Hi mi haadha reehchey mi part wes Kiyaa hithun keiyy madhuvefa mi innaanii.. Plx plx yashm ah dhera gotheh viya nudhahchey. And awahah aneh part upkohdhehchey.. Keep it up dear. Story vrh vrh habbu. ?❤

    1. Hi Mi says:
      February 12, 2018 at 8:11 pm

      Hingaa balamaa vaa gotheh dw. Vvv ufaavehjje. V ufaavey thihaa loabi koh comment kohlaathy. Thanks. ??????

  25. Hashaa says:
    February 12, 2018 at 12:50 pm

    ???????I love this story…Wow ?
    WOW?WOw
    Hi mi is best writer…✏✏✏yashoo ??leen a youaan avahan gulavaba,,hi mi dhooni kon erakun next ep up kondheyna,,,, i am waiting,,,,,avase konlanchey,,,,cannt ??? wait ahaa bodan mi vaahaka kiyaa henvey …thanku hi mi,,,?????

    1. Hi Mi says:
      February 12, 2018 at 8:15 pm

      Hehe. Alhey v ufaavehjje. Thihaa loabi reders thibeythi vvv hiyy varu libey. Thankyou so much. ?????????

  26. Pinky shifoo says:
    February 12, 2018 at 12:59 pm

    Hii Hi Mi again ????.. Last part ga pinky ge guess correct dhw… Pinky bunymehnu jazil ge mom ey e buny jazil marry kuran gaboolu nooney… Heheheh ???…. Waiting for next part ingey… Love you Hi Mi ??????❤️❤️❤️❤️???

    1. Hi Mi says:
      February 12, 2018 at 8:19 pm

      Hello again dear. Pinky ge guess thah hama thedhah vun eka shigen vey. ????????? much more loves dear. ❤❤❤❤❤❤

  27. Zaa ? says:
    February 12, 2018 at 1:06 pm

    Wow varah reethi mi part ves ❤
    Waiting for the next part ❤

    1. Hi Mi says:
      February 12, 2018 at 8:20 pm

      Thanksyou zaa. Varah ufaavehjje ingey. ???

  28. Tee says:
    February 12, 2018 at 1:11 pm

    Alhey . himi. Haadha rythi thankolhakah thi ninmaali. V rythi

    1. Hi Mi says:
      February 12, 2018 at 8:22 pm

      Alhy tee vvv ufaavehjje. Thankyou dear. ?????????

  29. sam♥ says:
    February 12, 2018 at 1:14 pm

    v reethii mivaahakaa .. one prt up kohladhyba tdy .. v kiyaa hih vey ebaa..yasho ragalhu kuraanii uaan athun…dhwww afsheen dhww aee

    1. Hi Mi says:
      February 12, 2018 at 9:01 pm

      Lets see dhen vaa gotheh dw aslu v dheravaane yuan. Thankyou so much dear. ?????????

  30. Kai says:
    February 12, 2018 at 1:21 pm

    Vvvvv nyc ❤❤❤❤❤ingey …. yashmu n yuan dhimaavi goeh vvvv sad dw hama roavihje????????……..waittinggggg

    1. Hi Mi says:
      February 12, 2018 at 8:59 pm

      Thankyou kai. Dhen huttaalaa dear. Dhera vehjje himi ves dhera kohlevunima. Thankyou ingey. ???

  31. Xxxx says:
    February 12, 2018 at 1:35 pm

    Heevaneee afsheen ge request hen..hehe..v.nice mi part ves ?????? waiting

    1. Hi Mi says:
      February 12, 2018 at 8:57 pm

      Hehe. Hingaa balamaaXxxx. Dw. Varah ufaavehjje. ??? Thankyou. ???

  32. Fathun says:
    February 12, 2018 at 1:47 pm

    Alhey….haadha reechey mi story when next part waiting…

    1. Hi Mi says:
      February 12, 2018 at 8:56 pm

      Thanks fathun. ???

  33. Sanu says:
    February 12, 2018 at 1:52 pm

    Wow v salhi vaahaka up vehjethw belun adadhu vs neyge vaahaka up vehjehyaa kurah hun kameh vs nukurevey vaahaka kiyaafa noon.adhi miyadhu eb part up kndhyba plx plx HI MI haadha molhy vaahaka liyah??

    1. Hi Mi says:
      February 12, 2018 at 8:53 pm

      Hehe. Sanu vvvv ufaavehjje ingey neygwy bunaane ehchei thankyou so much dear. ???

  34. Leen says:
    February 12, 2018 at 1:56 pm

    Reethi vvvvv… Alhey yuan yashm rangalhu kuran nama dhw v
    ? reethivaane.. Hi mi ur the best
    ????????????????????????????☺☺

    1. Hi Mi says:
      February 12, 2018 at 8:49 pm

      Thankyou leen hingaa dhen vaa githeh balamaa. Surprise eh dw. ???

  35. annoying reader says:
    February 12, 2018 at 1:57 pm

    alhey himi please yashm ah dhera gotheh medhuveri nukurachey. yuan ves kiha dhera vaane first time baby fenunu iru vaki vejjeyah ? . anyway jazil ah frndrqst fonuvi anehkka reeka eki ulhe foni kujja tha? lets see whoz that girl. varah reethi mi part ves. plz himi yashm rangalhu koh dhechey. loves it beeg koh,waitin for the nxt part

    1. Hi Mi says:
      February 12, 2018 at 8:47 pm

      Hello. Annoying reader. Again loabi comment eh yayyyyyy. Letsvsee vaa gotheh dw. ???????….. hingaa balamaa dhen vaa gotheh dw. Vvv ufaavehjje. Enme inthixaar kuraa eh comment thy annoying reader ge comment. Thankyou so much dear. ???

  36. illy says:
    February 12, 2018 at 2:05 pm

    alhea Finally meet vehj dho. ekm haaadha dherakhnney meet , koniraku tha dhen leen forgive kuraani yuan ah. kureega mistake eh hedhunas mihaaru yuan ves dheravey nun. yashma ah dhera gotheh nuhadhahchey Hi MI. jazil ah freidn request fonuvi e REEKA dho :-/. waiting next part ah.

    1. Hi Mi says:
      February 12, 2018 at 8:41 pm

      Yes. Meet mi v hama varah dhera koh. Dw. Ekam ves varah dhera gotheh mi vi. Lets see vaa gotheh. And yes. Yuan regrets nw. Lets see who it is. Hama possible. ?????????

  37. Leen says:
    February 12, 2018 at 2:16 pm

    Wow varah rythi. Jazil accept kurany reeka ge request hen heevany. ?

    1. Hi Mi says:
      February 12, 2018 at 8:34 pm

      Hingaa balamaa dw. Hama possible. ??? Thankyou so much. ???

  38. new girl says:
    February 12, 2018 at 2:23 pm

    Hi Mi kihineh thi hedhee dhooni gandaa…yuaan ge hiyy nuhuttu nee kiriyaa ehnu…..thihen shock nudheebala yuaan ah….efakeeru maruvedhaanehnu…eheree maileen yuaan ah dhey hiyydhathi kan…ehen nahadhabala yuaan ah himi…..rovenee ey????….ekam v v v v v v reethi mi part ves…when next part…himi rankolha dhen leen aa yuaan gulhuvaba avahah & kaaku tha jaxil ah liben mi ulhenee…Hi Mi i think jaxil ge girl akee yuaan ge kohko dhw…yageen….anyways v v v v loabi mi vaahaka….inthixaaru mi kurevenee leen aa yuaan gulheyne prat kah…waitin waitin….luv himi….??????????????????????????????????

    1. Hi Mi says:
      February 12, 2018 at 8:31 pm

      Again new girl ge comment eh dw. Haadha ufaavehjjey. Yuan asluves varah hurt vaane. Leen ah ves. Yashm aa yuan aa adhi e dhimaa vi. Hingaa balamaa jaxil ah msg kurani kaakuthoa. Hama possible eyi ekamaku hama surprise eh. Thankyou so much dear. ????????????????????????

  39. Navya says:
    February 12, 2018 at 2:23 pm

    Wow? vvvvvvvvvvvvvvv reethi mi part ves. .. vvvvvvvvvvvvvvv ufaavey avahah vaahaka up kohdheythy. .. thnx..❤?❤?❤??❤??❤❤?❤?❤

    1. Hi Mi says:
      February 12, 2018 at 8:27 pm

      Thanks navy. Vvv ufaavehjje. V ufaavey thihaa supoort kuraathy. Thankyou so much. ???

  40. firoo says:
    February 12, 2018 at 2:31 pm

    mi part vs salhi ingey Hi Mi..????❤❤❤❤v sad yasmu r yuaan dhimaavi goiy..????…curiously waitin nxt part..

    1. Hi Mi says:
      February 12, 2018 at 8:25 pm

      Yes. Aslu ves dw. Sad ekam keeh kuraani. V happy vehjje. Comment fenifa. Thankyou ingey. ???

  41. aani says:
    February 12, 2018 at 2:33 pm

    hi mi

    alhaey woww
    mivaahaka ninma dheeba plx
    i cant wait to see wht happens next
    my fav story for this year
    best story everr

    1. Hi Mi says:
      February 12, 2018 at 8:13 pm

      Thanks dear. It means a lot. Vvv ufaavehjje. Vvv ufaavehjje ingey asluves hama bunane ehchei neyey. Thankyou so muc dear. ?????????

  42. Icy♡ says:
    February 12, 2018 at 2:34 pm

    Wow Hi Mi
    Vrh vrh reethi
    Hama speechless
    Vrh inthizaaru kurevun yuaan nd Yashmu meet vaane irakah
    Curiously waiting for the next part
    ♡♡♡♡♡♡♡

    1. Hi Mi says:
      February 12, 2018 at 7:58 pm

      Thanks icy varah ufaavehjje. Icy ge commwnt ah ves haadha inthixaar kurevey. Lets see what hapns next. And sad dw meet v goi finally meet v iru. ?????????

  43. shasha says:
    February 12, 2018 at 3:19 pm

    Wow… V reethi Story

    1. Hi Mi says:
      February 12, 2018 at 7:56 pm

      Thanks shasha. Happy to see ur comment. ???

  44. Hashaa says:
    February 12, 2018 at 3:39 pm

    Hi mi loabyyyyyy,,,,avahan up kondhyba…kon erakun vaani mihaaru athan faharaku balaafin up v thao????????mi vaahaka ham kiyaa hinnvani,,,,ahaa vase reethi alhe avahan uo kondhyba???????????????????????????????????????????

    1. Hi Mi says:
      February 12, 2018 at 7:52 pm

      In sha Allah v avahah up kohdheynan dear. U faavehjje ingey comment kohlima. And thihaa inthixaar kuraathy thidhey support ah bunaane ehchei neygey. Thankyou dear. Hama bunaane ehchei neygey. ???

  45. Sha___ says:
    February 12, 2018 at 3:46 pm

    Mi stry ah Mee Sha ge emme furathama comment but kmme dhuwahakuvx stry kiyaalan ? Hi Mi you are the best lysm dear??❤ keep going waiting for the next part ??????????

    1. Hi Mi says:
      February 12, 2018 at 7:50 pm

      Thanks sha. V ufaavehjjw commenf fenifa. Kiyaalahchey nimendhen. ???

  46. Xaaaan says:
    February 12, 2018 at 4:22 pm

    Woooooooooòw himi darlin❤❤❤❤masha allah mi part haadha reechey haadha furihamayey thnx himi dhoonyaa????? yey yuaan aai yasm dhimaa v dhw vvvv ufaavejje????yuaan yasm ragalhu kuraane ehenveema haaheg nuvey ingey yasm dheke himi vvv loabivaakan ehenveema dheragotheh nahadhaane?? dhen jaxil frend request funuvee yuaange kokkoashey xaan bunaany???? himi storyah vvv inthixaar kurin bt kuhliakah kameh dhimaavegen vv bxy koh ulhuny ehenve mihaa lasvee?? ekamukuves bxy koh ulhunuves hithuga othy yageeney mihaar onnaany story up vefayey??? himi haadha reechey mi partves himi haadha molhey thanx sweet❤❤❤mihaa furihama reethi story genes dheythy??????? mis u darlin ??????????

    1. Hi Mi says:
      February 12, 2018 at 7:44 pm

      Oh. Again xaan ge loabi comment eh yayyyy… vvv ufaavehhhje. Miss vey too xaan. And bunaaneh ehchei ves neygey hama. Ufaavehjje ehaa bixi koh ulhemun ves kiyaa lima. Thansk dear. ???????

  47. Lamm says:
    February 12, 2018 at 4:56 pm

    Lamm heekuree mee nimifa
    inn vaahaka eh kama?…ehnve aslu vaahaka kiyan feshy vs..Next part avahah up kohdhehchey?…reyga vrh dhera vi nunimenis kiyan feshuniima?… Bcx vaahaka ehkon nimifa indha kiyan fesheema writer up nukohgn
    ulheykah nujeheyne dhw??Vrh reeethi mi vaahaka

    1. Hi Mi says:
      February 12, 2018 at 7:40 pm

      Hehe. Lammm. Thanks so much. I gey v ufaavehjje. ????????? and sad too. ???

    2. Lamm says:
      February 13, 2018 at 4:28 pm

      Hehe its okk Hi Mi?just try yur best nd keep it up?

    3. Lamm says:
      February 13, 2018 at 4:30 pm

      Its ok sweetie?keep it up???

  48. Pinky shifoo says:
    February 12, 2018 at 5:54 pm

    Dear Hi Mi… ☺️☺️… Where are you???? I’m missing you soooooooooo much ???… Especially your lovely replies ❤️❤️❤️❤️… Come back soon as possible Hi Mi… I’m waiting for your lovely replies ❤️❤️❤️… I know Hi Mi bxy vyma kan bt hama Hi Mi ge replies mathin miss vaavarun anehkaa vx commenteh nukohlaa nuhurevuny… ???????❤️❤️❤️❤️?????????

    1. Hi Mi says:
      February 13, 2018 at 11:59 am

      Hey pinky. Sorry for the late reply ? hehe. Ingey pinky abadhu inthixaaruga kan hunnani. Hehe. Thankyou so much for ur support dear. ?????????

  49. Zeeeeee says:
    February 12, 2018 at 9:15 pm

    Alhey haadha reehchea mivaahaka.kithanme varakah kiyas foosheh nuvey. Dhn kon irakun that nest part upkohladheynyy

    1. Hi Mi says:
      February 13, 2018 at 12:00 pm

      Thanks zeeeeee. It means a lot. Next ep nw kiyaaleveyne. Thankyou so much dear. ???

  50. Ainy says:
    February 12, 2018 at 10:06 pm

    My dear koh irakun tha next part othy avahan up kolla dhyba next part kiyaa hithun keiymadhu vefa mi hunna neyge mirey ga kiyalah nulibijjiyya rangalhan nidheyne kameh ves …

    1. Hi Mi says:
      February 13, 2018 at 12:02 pm

      Nw kiyaaleveyne. Sorry for the late update dear. ???

  51. Nus says:
    February 12, 2018 at 10:25 pm

    V v reeti ale miray up koladevayneta

    1. Hi Mi says:
      February 13, 2018 at 12:03 pm

      Thanks dear. Nw kiyaalevenyne. ???

  52. Anonymous says:
    February 12, 2018 at 11:12 pm

    varah salhi

    1. Hi Mi says:
      February 13, 2018 at 12:04 pm

      Thankyou dear. ???

  53. Zuam says:
    February 13, 2018 at 1:10 am

    Varah reethi…..????

    1. Hi Mi says:
      February 13, 2018 at 12:05 pm

      Thanms zuam. ???

  54. Kai says:
    February 13, 2018 at 7:46 am

    Hi mi nxt part kon irakun avas kohladhyba pls pls pls??????

    1. Hi Mi says:
      February 13, 2018 at 12:06 pm

      Thanks dear. U faavey thihaa support kuraathy. Thanks a lot. ??? nw kiyaalevyne. ???

  55. Blue beauty says:
    February 13, 2018 at 7:49 am

    koba konirakun tha upload kuranee pls pls pls avas kohdheeba….. hi mi dhooni ???

    1. Hi Mi says:
      February 13, 2018 at 12:07 pm

      Thanks dear. Nw kiyaaleveyne. ???

  56. fajuah says:
    February 13, 2018 at 8:56 am

    ?Vvvvvreethi himi ge storykiyany v kiyahithun roviyge ? abadhuves balaney upvehgetho❤❤❤❤❤❤❤i love this story

    1. Hi Mi says:
      February 13, 2018 at 12:08 pm

      Sorry dear. Rovvaalevunima. And thanks. Nw kiyaaleveyne. ???

  57. Shaya says:
    February 13, 2018 at 10:01 am

    Kobaa miadhuge part… Waiting waiting… Miadhuves vaahaka up vithoa belunu adhadhuves neynge..v v inthixaaru kurevey mi vaahakayah

    1. Hi Mi says:
      February 13, 2018 at 12:09 pm

      Nw kiyaaleveyne. Sorry for the late reply dear. ???

  58. Thuhthi says:
    February 13, 2018 at 10:25 am

    Yuaan he kokko henn hyvany jazil aa egady vaahaka dhehky .. Hyvaa hyvumeh.. Dhn let’s see dhewww ??

    1. Hi Mi says:
      February 13, 2018 at 12:11 pm

      Lets see. Hama possible. Thanks. ???

Comments are closed.

Next Episodeހިތާ ފުރާނައިން… (38)←


All Right Reserved!