Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރިން އެނގުނުނަމަ (ސައުވީސްވަނަ ބައި)

riya Level 3100 Comments10 Stories
February 10, 2018 4 Mins Read
18 Comments

ރުއާން ކޮޓަރި ތެރޭގައި އިނދެގެން ވިސްނަމުން ދިޔައީ ކަންތައް ވަމުން ދާގޮތާ ދޭތެރޭގައެވެ. ތަގުދީރު ކުރަމުން މިދަނީ ކޮންކަހަލަ ސަމާސާއެއް ބާވައެވެ. ޒީކްއާއި ދޭތެރޭ އެގޮތަށް ކަންތައް ކުރިއިރު އެއީ އޭނާގެ ކޮއްކޮއަކަށް ވެދާނެ ކަމަށް ހީކުރާނީވެސް ކާކު ހެއްޔެވެ. މީހެއްގެ ބަހަށް ހެއްލެވި ފައިސާގެ ދަހިވެތި ކަމުގައި ނޭނގި ނަމަވެސް ހުރިހާ ދެރައެއް މިދެވުނީ ހުރި ހަމައެކަނި ކޮއްކޮއަށް ކަމުގައި އަދިވެސް ގަބޫލުކުރަން ރުއާންއަށް އުނދަގޫ ވަނީއެވެ. ނަމަވެސް އެގޭތެރެއަށް ވަދެގެން ދިޔައިރު އިވިގެން އެދިޔަ ވާހަކަތަކުން ހުރިހާ ކަމެއް މިހާރު އެއޮތީ ސާފުވެފައެވެ. ނަމަވެސް ޒީކްގެ ކުރި މައްޗަށް އޭނާ ދާނީ ކޮންމޫނަކައިގެން ހެއްޔެވެ. ބޭބެއެއްގެ ހައިސިއްޔަތުން ކޮއްކޮމެން ރައްކާތެރިކޮށް ބެލެހެއްޓުމަކީ އޭނާގެ ކޮނޑުގައި އެޅިފައިވާ ވާޖިބަކަށް ވީއިރު ހުރިހާ ދެރައެއް އެކޮއްކޮއަށް ދެވިފައިވަނީ ވެސް ރުއާންގެ އެދެއަތުން ކަމުގައި ހިތްބުނަން ފެށިއެވެ. ހިތަށް ކުރި އަސަރެއްގެ ސަބަބުން ލޮލުން ކަރުނަ ފޭދެން ފެށިއެވެ. ބޮލުގައި ގަދައަށް ރިއްސަން ފެށުމުން ދެއަތުން ބާރަށް ބޮލުގައި ހިފަހައްޓާލިއެވެ. ޒީކްއަކީ އޭނާގެ ކޮއްކޮކަން ކުރިން އެނގުނުނަމައޭ ރުއާންގެ ހިތަށް އަރަމުން ދިޔައެވެ.

 

ޒީކް ބޭނުންވީ އެންމެ އަވަހަށް ފުރަން އޮތް ބޯޓުން ފުރައިގެން މާލެ ދާށެވެ. ބޭބެއެއް ހުރިކަން އެނގުމުން ހިތުގައި ބޭބެ ދުށުމުގެ ޝައުގުވެރިކަން އުތުރިއަރަމުން ދަނީއެވެ. ކޮޅުކޮޅަށް ދުވެދުވެފައި ފޮށިތައްޔާރު ކުރުމުގައި ހަލުވިކަމާއެކު އުޅެމުންދެއެވެ. ޒީކްގެ މޫނުން ފެންނަމުންދާ އުފާވެރި ކަމުގެ ސަބަބުން ހަފީޒާގެ އުފާވެރިކަންވެސް އެތައް ގުނަޔަކަށް އިތުރުވެފައިވެއެވެ.

“ދަރިފުޅާ ތިހާ އަވަސް އަރުވާލައިގެން ނޫޅުނަކަސް ދެވޭނެޔޭ” ހަފީޒާއަށް ޒީކް އުޅޭގޮތް ފެނުމުން މަޑުން ނުހުރެވިގެން ބުނެލިއެވެ.

“މާމާ އަހަރެންނަށް ދެވޭނެ ނަމަ މިހާރު ގޮސް މާލޭގަ ހުރީހީ” ޒީކް ކުރަން ހުރި މަސައްކަތް ހުއްޓާލަމުން މާމާ ކައިރީގައި އިށީދެއްޖެއެވެ.

“މާމާ އަހަރެން ވާހަކައެއް އަހާލީމަ ރުޅި ނާއްނައްޗޭ؟” ޒީކް މާމަގެ އަތުގައި ހިފާލިއެވެ.

“ހޫނ ބުނެބަލަ” މާމަ މަޑުމަޑުން ބުނެލިއެވެ.

“އަހަރެންގެ ބައްޕަ ފެނުނީމަ މާމައަށް އެނގޭނެތަ؟” ޒީކްގެ ސުވާލުން ހަފީޒާގެ މޫނަށް ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ.

“މިހާރު އަނެއްކާ ކިހިނެއްވީ؟” ހަފީޒާވެސް ކޮށްލީ ސުވާލެކެވެ.

“ބުނެބަލަ. މާލޭގައި އުޅޭއިރު ބައްޕަފެނިފަވެސް ހުރެދާނެއެންނު. ފެނުނީމަ އެނގޭނީވެސް އޭރުންނެއްނު” ޒީކް އަނެއްކާވެސް ބުނެލިއެވެ.

“ފެނުނީމަ ވަކިކުރަން ނޭނގިދާނެ. އެކަމަކު ދަރިފުޅުގެ މަންމަ އަބަދުވެސް ގެންގުޅު ދެމީހުން އެކުގައި ނަގާފައިން ފޮޓޯއެއް” ހަފީޒާ ހަނދާން ކޮށްލަމުން ބުނެލިއެވެ.

“ކޮބާ އެ ފޮޓޯ؟” ޒީކް ފުންމައިގެން ތެދުވަމުން ބުނެލިއެވެ.

“ކަބަޑު މަތީގައި އިން ފޮށިގަނޑުގައި ހުންނާނެ ދަރިފުޅުގެ މަންމަގެ އެއްޗެހި؟” ހަފީޒާ ކަބަޑާ ދިމާއަސް އިޝާރާތްކޮށްލަމުން ބުނެލިއެވެ.

ޒީކް ފޮށިގަނޑު ނަގައިގެން އައިސް އެނދުމަތީގައި ބަހައްޓާލިއެވެ. އަދި ރޯނުފުރި އެނދުމަތީގައި ދެފައި ވައްކޮށްގެން އަރައި އިށީދެއްޖެއެވެ. މަޑުމަޑުން ފޮށި ހުޅުވާލަމުން އެތެރޭގައި ވާ އެއްޗެއްސަށް ބަލާލިއެވެ. ދެތިން ފޮތަކާއި ޕްލާސްޓިކް ކޮޓަޅަކަށް ލާފައިން ވިލުނޫކުލައިގެ ހެދުމެއް އޮތެވެ. ފުރަތަމަވެސް ޒީކް އަޅައިގަތީ އެހެދުމުގައެވެ. ކޮތަޅު ހުޅުވާލަމުން މާމައާއި ދިމާއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

“ތިއީ ދަރިފުޅުގެ މަންމަ ވަރަށް ލޯބިން ގެންގުޅުނު ހެދުމެއް ވީމަ. ޒީކްއަށް ބޮޑުވަންދެން ބާއްވާފަ ތިއޮތީ. މިހާރު ދަރިފުޅަށް ހެޔޮވަރު ވާނެދޯ؟” ހަފީޒާ ހިނިތުންވެލަމުން ބުނެލިއެވެ.

ޒީކް ކޮތަޅުން ހެދުން ނަގަމުން އެހެދުމަށް ރަނގަޅަށް ބަލާލިއެވެ. ވިލުނޫކުލައިގެ ދޯޕައްޓާ ހެދުމެކެވެ. އެ ހެދުމުގެ މޭމަތިވަނީ ރިހިކުލައިން ޖަރީކުރެވިފައެވެ. އަދި ރިހިކުލައިގެ ކުދިކުދި މާތަކަކުން މުޅިހެދުން ޖަރީކޮށްފައިވުމުން އެހެދުމަށް އިތުރު ފުރިހަމަކަމެއް ގެނެސް ދީފައިވެއެވެ. ފައިކުރިއަށް ހިމަކޮށް އިން ހަރުވާޅާއި ހުދުކުލަ އާއި ވިލުނޫކުލައި އެކުލެވިފައިވާ މަޑުމަޑު ދޯޕައްޓާގައި ޒީކްއަށް ފިރުމާލެވުނެވެ. އެހެދުމުގައި މަންމަ ފެންނާނީ ފަތްމިންޏެއް ފަދައިންކަން ޒީކްއަށް ޔަގީންކުރެވުނެވެ. ހެދުން އެއްފަރާތުގައި ބާއްވާލުމަށްފަހު ފޮށީގެ ތެރޭގައި ހުރި ފޮތްތައް ނަގައިގެން ބަލަންފެށިއެވެ.

“މާމާ ވަރަށް ބޮޑަށް ފިނިވެފަ ހުރިހެން ފޮތްތައް ހީވަނީ” ޒީކް ފޮތް ހުޅުވާލަން އުޅުމުން ތައްވެފައިވާ ގަނޑުތައް ވީދިދާނެހެން ހީވިއެވެ.

ފަހަރަކު ފޮތެއް ނަގާ އެއްފަރާތެއްގައި ބަހައްޓަމުން ޒީކް ގެންދިޔައެވެ. ފޮށިން ހުރިހާ އެއްޗެއް ނެގުނު އިރުވެސް ފޮޓޯ ގަނޑު ނުފެނުމުން މާމައާއި ދިމާއަށް ބަލާލެވުނެވެ. އެވަގުތު ޒީކްގެ މޫނު މަތީގައި ހުރި ކުލަވަރުން މާމައަށް އެވީ ކިހިނެއްކަން ވިސްނައިގަންނާކަށް އެއްވެސް ދަތި ކަމަކަށް ނުވިއެވެ.

“ފޮތްތަކުގެ ތެރެ ބަލާލަބަލަ… ފޮތެއްގެ އެތެރޭގައި ވެސް އޮވެދާނެ” ހަފީޒާގެ އެހެން ބުނެލަމުން ފޮތެއް ނަގައިގެން ބަލަންފެށިއެވެ. ޒީކްވެސް ފަހަރަކު ގަނޑެއް މަޑުމަޑުން ފަރުވާތެރި ކަމާއެކީ އުކަމުން ދިޔައެވެ. ތައްލާފައި ހުރި ގަނޑުތައް މަޑުމަޑުން ނެއްޓޭތޯ މަސައްކަތް ކުރާއިރު މަދުން ނަމަވެސް ބައެއް ގަނޑުތައް ވީދިގެން ދެއެވެ. އެ ފޮތް ބަލަމުން ދިޔައިރު ޒީކްއަށް ފާހަގަ ކުރެވުނީ އެންމެ ކަމެކެވެ. ‘އަހަރެން އަބަދުވެސް ކަލާއަށް އިންތިޒާރު ކުރާނަން’. ‘މިހިތުގައި ކަލާއަށް އެއްވެސް ޝަކުވާއެއް ބުރަކަމެއް ނެތް’ މިފަދަ ލަފްޒުތަކުން ލިޔެ ފުރާލާފައި ވާކަމެވެ. އެއީ އޭރު މަންމަގެ ހިތުގެ އަޑު ކަމުގައި ވެދާނެއޭ ޒީކް ހިތަށް އެރިއެވެ. ފިނިހިފާފައި ވުމުގެ ސަބަބުން ލިޔެފައި ހުރި ތަންތަން ފޭދިފައި ވުމުގެ ސަބަބުން ކިޔާލަން އެނގެނީ ވަރަށް މަދު އެއްޗެކެވެ.

“ދަރިފުޅާ ބަލާލަބަލަ”  ތަތްލަވާފައި ގަނޑުތަކެއްގެ ދޭތެރޭގައި އިތުރު އެއްޗެއް ވާހެން ހީވުމުން ހަފީޒާ ޒީކްއަށް ދައްކާލިއެވެ.

“ފައިނަލީ” ޒީކްއަށް މަޑުމަޑުން އެހެން ބުނެލަމުން މާމަގެ އަތުން ފޮތްއަތުލިއެވެ. އަދި އެގަނޑުތައް ނައްޓާ ލެވޭތޯ މަސައްކަތް ކުރަން ފެށިއެވެ.

“ހާދަ ބުރަކޮށްލައިގެން ކޮންކަމެއް” އަލްޔަން އައިސް ކޮޓަރި ދޮރު މައްޗަށް އަރަމުން ބުނެލިއެވެ.

“އަޅެ މި ގަނޑުތައް ހަލާކު ނުކޮށް ނައްޓަ ދީބަލަ” ޒީކްއަށް ބޭއިހްތިޔާރުގައި ބުނެލެވުނެވެ. ވެގެން ވަންޏާ ދުވަހެއްގެ ކޮޅުންވެސް އަލްޔަންގެ ކައިރިން ކަމަކު ކިޔުމަކީ ޒީކް ބޭނުންވާ ގޮތެއް ނޫނެވެ.

“ދައްކަބަލަ” އަލްޔަން އަތް ދިއްކޮށްލީ ފޮތުގައި ހިފުމަށެވެ. މިފަހަރު ޒީކްއަށް ހަނދާނެ އެހެން ގޮތެއް ނުވިސްނުމުން އަލްޔަންގެ އަތަށް ފޮތްދެމުން އެނދުމަތީގައި އޮތް ހެދުން ނަގައިގެން ހިނގައްޖެއެވެ.

“މާމާ ބަލާލަބަލަ ރީތިތަ؟” ޒީކް އެކި ގޮތްގޮތަށް އެނބުރިލަމުން ބުނެލިއެވެ.

“ވަރަށް ރީތި . . ތިކަހަލަ ހެދުން ލީމަ އަންހެން ކުދިން މާރީއްޗޭ” މާމަ ޒީކްއާއި ދިމާލަށް ބަލާލަމުން ބުންޏެވެ. މާމަގެ އަޑާއެކު އަލްޔަންއަށް ވެސް ޒީކްއާއި ދިމާއަށް ބަލާލެވުނެވެ. ޕަރީޒާދެއްކަހަލަ އަންހެން ކުއްޖާ ފެނުމުން އަލްޔަންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ފުންމައިގެން ކުއްލިޔަކަށް ތެދުވެވުނީ އެއީ ހަމަ ޒީކް ބާއޭ ހިތަށް އެރިލެއް ގިނަކަމުންނެވެ. އަންހެން ކުދިންގެ ރީތިކަން ލައިއުޅޭ ހެދުމުންވެސް އިތުރުކޮށްދޭކަން އަލްޔަންއަށް މިއެނގުނީ އަދި ކިރިއާއެވެ.

 

ވިލު ނޫކުލައިގެ އެހެދުން ޒީކްގެ ދޮން ހަށިގަނޑާ ވަރަށް ގުޅެއެވެ. ފަށުއި ކޮޅެއްފަދަ ފަން އިސްތަށިގަނޑު އޮތީ މިނިވަންކަމާއެކު ދޫކޮށްލާފައެވެ. އަތުގައި ހުދުކުލައިގެ ބިއްލޫރި ތަނޑިތަކެއް އަޅާފައިވާއިރު ކަންފަތުގައިވެސް ހުދު ކުލައިގެ އެލޭ އެއްޗެއް ލާފައިވެއެވެ. ކަރުގައި މިނަލުން ހަދާފައިވާ ހުދުކުލައިގެ ފަށެއް އަޅާފައި ވާއިރު ދޯޕައްޓާގެ ދަށުން އެފަށް ފެންނަލެއް ވަރަށް ފުރިހަމައެވެ. ޒީކްއަކީ ޒީނަތްތެރިވުމަށް އެކަހަލަ އެއްވެސް އެއްޗެއް ބޭނުން ނުކޮށް އުޅޭ ކުއްޖަކަށްވުމުން މިއަދު އެހެދުމުގައި އޭނާ ފެންނަނީ ވަރަށް ތަފާތު ފުރިހަމަ ގޮތެއްގައެވެ.

“ރީއްޗެއް ނޫންތަ؟” އަލްޔަން ހުއްޓުން އަރާފައި ބަލަހައްޓައިގެން ހުރިތަން ފެނުމުން ޒީކް އަހާލިއެވެ.

“ޒީކް ޔޫ ލުކް އޯސަމް” އަލްޔަންގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ބުނެލިއެވެ.

“ތެންކްސް” ޒީކްގެ އަޑުގައި އުފާވެރިކަން އެކުލެވިފައިވެއެވެ.

“ތިކަހަލަ ހެދުމެއް ލައިގެން ބޭރަށް ނުނިކުން ނައްޗޭ” އަލްޔަން ލާނެއް ގޮތަކަށް ހީލަމުން ބުނެލިއެވެ.

“ހަމަ ހީވަނީ ޒީކްގެ މަންމަ ފެންނަހެން” ހަފީޒާއަށް އެހެން ބުނެލެވުނުއިރު ވަނީ ފެންކަޅިވެފައެވެ.

“އޯވް މާމަ ދެރަވަންޏާ މިހެދުން ނުލާނަން” ޒީކް މާމަގެ ކައިރިއަށް ޖެހިލަމުން މާމަގެ ގައިގާ ލޯބިން ބައްދާލިއެވެ.

“ޒީކް އަދި ހަނދާން ނެތިފައޭ މިހިރީ. . ބޭރަށް ނިކުތް ތަނުން އަޑު އިވުނީ ބޯޓްގެ އިންޖީން ހަލާކުވެގެން ފުރުން ލަސްވެއްޖެ ޔޯ” އަލްޔަން ޒީކްއަށް ބަލާލަމުން ބުނެލިއެވެ.

“އަޅޭ ދެން އިންޖީނު ހެދެންދެން މަޑުކުރާކަށްނު ޖެހޭނީ” ޒީކްގެ މޫނު މަތިން ފެންނަމުން ދިޔަ އުފާވެރިކަން ވަގުތުން ފިލައިގެން ހިނގައްޖެއެވެ.

“ނޫނޭ މަތިންވެސް ދެވިދާނެ. .  ޒީކް ބޭނުމިއްޔާ” އަލްޔަން ފުރުސަތު ބޭނުން ހިފަމުން ބުނެލިއެވެ.

“ނޫނޭ ތިހާ ބޮޑެތި ބުރަ އުފުލާނެކަމެއް ނެތް. . . މަޑުކޮށްލާނީ އޭރުން މާމަ ކައިރީގައި ވެސް ދެތިން ދުވަހު މަޑުކޮށްލެވޭނެ އެއްނު” ޒީކް ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

ހިތާ ފުރާނައިން… (35)

Next

ކުރިން އެނގުނުނަމަ (ފަންސަވީސްވަނަ ބައި)

Next
February 10, 2018

ކުރިން އެނގުނުނަމަ (ފަންސަވީސްވަނަ ބައި)

Previews
February 10, 2018

ހިތާ ފުރާނައިން… (35)

18 Comments!

  1. Beauty?? says:
    February 10, 2018 at 10:33 pm

    Yey me first

    1. riya says:
      March 3, 2018 at 10:22 pm

      thank u beauty, yes u got the first 🙂 🙂 🙂

  2. Nashth says:
    February 10, 2018 at 10:43 pm

    2nd dhw

    1. riya says:
      March 3, 2018 at 10:23 pm

      thank u nashath, yes ur second 🙂 🙂 🙂

  3. Hairaan says:
    February 10, 2018 at 10:47 pm

    Varah reethi

    1. riya says:
      March 3, 2018 at 10:24 pm

      thank u hairaan, 🙂

  4. Icy♡ says:
    February 11, 2018 at 4:24 am

    Nice

    1. riya says:
      March 3, 2018 at 10:24 pm

      thank u icy 🙂 🙂 🙂

  5. naayal says:
    February 11, 2018 at 6:44 am

    V loabi
    Next part avahah up kohdhehchey

    1. riya says:
      March 3, 2018 at 10:25 pm

      thank u nayaal 🙂 🙂 🙂

  6. Blue beauty says:
    February 11, 2018 at 7:18 am

    V salhi…….

    1. riya says:
      March 3, 2018 at 10:25 pm

      thank u blue beauty 🙂 🙂 🙂

  7. Pinky shifoo says:
    February 11, 2018 at 9:31 am

    Very nice… Keep up the good work riya…

    1. riya says:
      March 3, 2018 at 10:26 pm

      thank u for thr compliment pinky shifoo 🙂 🙂 🙂

  8. princess says:
    February 11, 2018 at 3:31 pm

    zeek bappa aky alyan dad dwh vrh vrh rythi waiting for the next part keep it up riya lysm dear

    1. riya says:
      March 3, 2018 at 10:27 pm

      thank u princess, hama vedhaane , lets see wats going to happen 🙂 🙂 🙂

  9. Ms.Impatience says:
    February 16, 2018 at 9:41 am

    Kobaa thr next part? Im still waiting for it. I luvvvvvvvv this story??????????????????????????????

  10. riya says:
    March 3, 2018 at 10:27 pm

    thank u ms.impatience, intresting name 🙂 🙂 🙂

Comments are closed.

Next Episodeކުރިން އެނގުނުނަމަ (ފަންސަވީސްވަނަ ބައި)←


All Right Reserved!