Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން… (34)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
February 9, 2018 5 Mins Read
41 Comments

“ދޮންތާ… އައި ލަވް ހިމް ސޯ މަޗް… އައި ލަވް ހިމް… ވަރަށް ބޮޑަށް.. ދޮންތާ ހެލްޕް މީ… އައި ވޯންޓް ފޮގެޓް އެބައުޓް ހިމް. ދޮންތާ ހެލްޕް މީ” މައިލީން ރޮމުން ބުންޏެވެ. ޝާލީން އަށް ވެސް ކެތް ކުރެވުނީ އެވަރަށެވެ. އޭނާގެ ލޮލުންވެސް ކަރުނަ އަންނަން ފެށިއެވެ. މައިލީން އަށް ހިތްވަރުދޭން އޭނާ ބޭނުންވިއެވެ.

“ދޮންތާ ޕްލީޒް. އަހަންނަށް އެހީ ވެދީ… މިހެން އުޅެން ވެއްޖެނަމަ އަހަރެން ހަލާކުވެދާނެ” މައިލީން އަށް އޭނާ އަށް ކިޔޭ ނުވިޔޭ އެއްޗެއް ވެސް ނޭގެއެވެ.

“އިލީ… ދޮންތަ ހެލްޕް ވާނަމޭ… އެކަމް ޔަޝްމް ހުރިހާ ދުވަހަކު މައިލީން އަށް ހަނދާން ނައްތާލެވޭނެތަ އޭނާ މަތިން” ޝާލީން ބުނެލިއެވެ.

“ދޮންތާ ޕްލީޒް… ޔަޝޫ އާ އޭނާ އާ އެއްވެސް ގުޅުމެއް ނޯންނާނޭ.. ދުވަހަކުވެސް އޮންނާކަށްވެސް ބޭނުމެއްނޫން. އަހަރެ… އަހަރެން… މަންމަ ހުންނާނެނަމަ. އެހެން ނޫޅެވުނު ނަމަ. މަންމަ ވެސް ދުނިޔެ ދޫކުރީ ހަމަ އަހަރެންގެ ސަބަބުން… ” މައިލީން ޖަޒަބާތުގެ އޮރޮވަރުގައި ޖެހިއްޖެއެވެ. ޝާލީން އޭނާ އަށް ބުނަން މަނާ ކޮއްފައިވާ އެތަކެއް އެއްޗެއް ބުނެވިއްޖެއެވެ. އެއާއެކު ޝާލީން އަށް ވެސް މާޒީގެ ހަނދާނެއްވިއެވެ. ” މަންމަ އެ ބަލި ވަނީ ހަމަ ކަލޭގެ ސަބަބުން…” އެއްދުވަހަކު އޭނާއަށް މައިލީން ދެކެރުޅި އައިސްގެން ބުނެވުނީ އެހެންނެވެ. މަންމަ ނިޔާވި ދުވަހުވެސް އޭނާއަށް ފުރަތަމަ ވެސް ކުށްވެރިކުރެވުނީ މައިލީން އެވެ. ކިތަންމެ ހިތް ނޭދުނަސް އެ ދުވަހު ބުނެފައިވާ އެބަސްތައް އަބަދުވެސް މައިލީން ބަލި ކަށި ކޮއްލާނެކަން އޭނާއަށް އެނގެއެވެ.

އެ ދުވަސްތައް ހަނދާން ކުރަން ބޭނުން ނުވިޔަސް، ހަނދާނުން ފޮހެލަން ބޭނުންވިޔަސް މައިލީން އަށް އެއީ ވާނޭ ކަމެއްނޫނެވެ. އޭނާ ދޮންތަ ކުށް ވެރިކުރަނީކީ ނޫނެވެ. އޭނާ ވެސް ކުށް ވެރިކުރަނީ އަމިއްލަ ނަފްސެވެ. އެއީ އޭނާ ނަމަވެސް ބުނެވޭނޭ އެއްޗިއްސެވެ.

“އިލީ. ކައިރީގައ ކިތަށް ދުވަހު ބުނަނީ ތިކަހަލަ އެއްޗެހި ނުކިޔާށޭ” ޝާލީން މައިލީން ގެ ބޯ އޭނާގެ ކޮނޑުން ނަގާ މޫނުގައި ހިފައްޓާލަމުން ބުނެލިއެވެ.

“ނޫން” މައިލީން އަށް ދެފަރާތަށް ބޯ ހޫރާލަމުން ބުނެވުނީ އެވަރަށެވެ. ޝާލީން މައިލީން ގާތު އެތަކެއް ވާހަކަ އެއް ދެއްކިއެވެ. މައިލީން ހަމައަކަށް އެޅިލުމާއެކު އޭނާ މައިލީން ގާތު އަރާމުކުރަން ބުނެފައި ނުކުތީ ޔަޝްމް މިރޭ އޭނާ ކައިރީގައި ބާއްވަން ވީތޯ ސުވާލުކޮއްލަމުންނެވެ. “ނޫން. ޔަޝޫ ގެނޭ” މައިލިން ބުނެލިއެވެ.

ޔަޝްމް އައިސް އެނދަށް އެރިއެވެ. އޭރު އޭނާ ލާފައިވަނީ ނިދަންލާ ނައިޓީއެވެ. ދޮންތަގެ ކަމެއްކަން އެގިގެން ހިނިތުންވެލެވުނީ އިޚްތިޔާރުންބޭރުގައެވެ.

ޔަޝޫ” މައިލީން ޔަޝްމް ގެނެސް އެނދުގައި ބޭއްވިއެވެ.

ޔަޝްމް އަށް ޝަހާދަތް ކިޔައިދީފައި މައިލީން ނިތަށް ބޮސްދިނެވެ. އަދި ނިދުމަށް ބުނެލިއެވެ. ޔަޝްމް މަޑުމަޑުން އެނބުރިލާ މައިލީން ގެ އަތުގައި ހިފާ ނެގިއެވެ. ” މަންމީ އަތް… އައްދޮ ވީތަ” ޔަޝްމް އަހާލިއެވެ. މައިލީން ބޯ ޖަހާލަމުން ޔަޝްމް ގެ ލޮލަށް ބަލާލިއެވެ.

އެއާއެކު އޭނާގެ ހިތަށް ވެސް ގޮތެއްވެގެން ދިޔައެވެ. ތެދެކެވެ. ޔަޝްމް ހުރިހާ ދުވަހަކު އޭނާ އަށް ޔުއާން މަތިން ހަނދާން ނައްތާލެވޭނޭ ހެއްޔެވެ؟ ޔަޝްމް ގެ މަޑު މުށި ކުލައިގެ ލޯ ފެންނަ ކޮންމެ ފަހަރަކު ޔުއާން ގެ ސޫރަ އޭނާ ގެ ލޯމަތިން ސިފަވާނެއެވެ. ދުވަހަކުވެސް އެ އަނިޔާވެރިޔާ މަތިން އޭނާއަށް ހަނދާން ނައްތައެއްނުލެވޭނެއެވެ. ކިތަންމެ ދުވަހަކު ޔުއާން އަށް ނުފެނި އުޅުނަސް ޔަޝްމް ފެންނަ ކޮންމެ ފަހަރަކު އެ ހިތި މާޒީ އޭނާގެ ފަހަތުން ދުވާނެއެވެ. އެކަމަކު އޭނާ އެ ކުޑަ ދަރިފުޅު ދުވަހަކުވެސް ކުށްވެރިއެއް ނުކުރާނެއެވެ.

ޔަޝްމް ލޯއްބާއެކު މައިލީން ގެ އަތުގައި ފިރުމާލިއެވެ. މައިލީން ގެ ލޯ ފެންކަޅިވެގެން ދިޔައެވެ.ކަރުނަ ތިއްކެތް ވެއްޓުނީ އިޚްތިޔާރަކުނޫނެވެ.

“މަންމީ… އޮނީތަ” ޔަޝްމް އަހައިލިއެވެ. ސީދާ ރޮނީހޭ ނޭހުނު ކަމުގައި ވިޔަސް އޭ ނާ އެ މާނަ ކުރީ އެހެންކަން މައިލީން އަށް އެނގުނެވެ. އޭނާއަށް ކަރުނަ އައިކަން ރޭކާލީވެސް ޔަޝްމް ގެ ކުޑަ އަތް ތިލަ އޭނާގެ ކޯތާފަތުގައި ބީހިލުމުންނެވެ.

“ޑޭޑީ އަންނާނޭ” ޔަޝްމް އުނދަގުލުން ބުނެލި ބަހުން މައިލީން އަށް އިތުރަށް ރޮވުނީއެވެ.

ޔުއާން އަށް ނުނިދާ ހޭލާ އޮވެވުނީ ކިހާއިރަކު ކަމެއްނޭގެއެވެ.

އޭނާ ގެ ހިޔާލުތަށް ވަނީ މައިލީން އާ ގުޅި ލާމެހިފައެވެ. އެ ހިތް އަބަދު ގޮވަނީ މައިލީން މައިލީންއެވެ. އެހެނަސް…

ވިސްނި ވަރަކަށް ހިޔާލުގެ އޮއިވަރުގައި ބެހިގެން ގެސް އަމިއްލަ ނަފްސު ދެކެ ވެސް ރުޅި އާދެވުނެވެ.

އަނެއްކޮޅުން އާރާ އާ ވާހަކަދައްކަން އޮތް އާއިކް ގެ ހިޔާލުތައްވެސް ހުރީ މިއަދު ވީ ކަންތަކާ ގުޅިފައެވެ.

“ވަރަށް އެބަ ބޮލުގަ ރިއްސާ މައި ލަވް… ސީޔާ ޓްމޯރޯ” އާއިކް ފޯން ކުރުކޮއްލީ އޭނާ ގެ ބޮލުގައި ހަގީގަތުގައިވެސް ރިއްސަމުން ދިޔައީތީއެވެ.

ޔުއާން އާމެދުއެވެ. ދޮންބެ ގެ މޫނުމަތިން އެފެނުނު އަސަރުތައް އޭނާ މާނަ ކުރާނީ ކހިނެތްހެއްޔެވެ؟ ދޮންބެ ހަޔާތުގައި ބައިވެރިޔަކު ނުހޯދާ ސަބަބެއް ވަނީހެއްޔެވެ؟. އެތަކެއް ސުވާލުތަކެއް އެތިތުގައި އުތުރި އަރަމުން ދިޔަ ކަމުގައިވިޔަސް އެއްވެސް ސުވާލަކަށް ޖަވާބު ދެވޭ ގޮތެއްނުވިއެވެ.

ކަމެއް ފޮރުވިފައި ވީނަމަ އެ ކަމަކީ ކޮބާކަން ވިސްނަ ވިސްނާވެސް އޭނާ ގެސިކުނޑިއަށް މާ ބޮޑު އެއްޗެއްނުވަނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ޔުއާން ގެ ފަރާތުން އޭނާ އަށް ޝައްކުވާނޭ އެއްވެސް ކަމެއްނުފެނޭ ވިއްޔާއެވެ. އޭނާ އެރޭ ހަތަރު ދަމު ވިސްނުމުގައި ހޭދަކުރިއެވެ. އެހެންނަމަވެސް އެކަންތައް ހޯދާނޭ އަލި މަގެއް ގޮތެއް އޭނާ އަކަށް ނުފެނުނެވެ.

ހެދުނުގެ ވަގުތެކެވެ. ޔަޝްމް ރީތިކޮއްލުމަށްފަހު މައިލީން ޔަޝްމް ގޮވައިގެން ސްކޫލާ ދިމާލަށް މިސްރާބުޖެހިއެވެ. އޭނާ ނުކުތް އިރު އަވި ގަދައެވެ. މަގުތައްމަތިން އާވި އަރަމުން ދާފަދައެވެ.

އޭނާ ޔަޝްމް ސްކޫލަށް ލާފައި ނުކުންނަން ދިޔައެވެ. އެވަގުތު ކާރުގައި އިން ޔުއާން ގެ ލޮލުގައި މައިލީން އަޅައިގަތެވެ. އޭނާ އުނީ ޓްރެފިކް ގައި ޖެހިފައެވެ. މައިލީން އަށް ބަލާލުމާއެކު އޭނާގެ ހިތުގައި  މީހަކު ވިކައިގަތް ފަދަ އިހްސާސް އެއްކުރެވުނެވެ. އެ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. އެއްވެސް އުންމީދެއްނެތެވެ. ޔުއާން ގެ ހިތަށް ތަފާތު އެއްޗެހި އަރާ ފައިބަމުން ދިޔައެވެ. ކުރާނީކީއްހެއްޔެވެ؟ މައިލީން ގެ ދަރިފުޅަށް… ނޫނެކެވެ. އޭނާގެ ދަރިފުޅަކީ ކޮންކަހަލަ ބަލިކުއްޖެއްހެއްޔެވެ؟. ހިތުގެ މައްސަލަ ހުންނަނީ ހެއްޔެވެ؟ ޔަގީނެވެ. ލާވިޔާ އަށް ދައްކާނީ އެހެންވީމަތާއެވެ. އެވަގުތު އޭނާގެ ހިތް މީހަކު ޗަސް ޗަސް ކޮއްލިފަދަ އިހްސާސް އެއްކުރެވި މީހާ ފިނިވެގެން ދިޔައެވެ. މައިލީން އެހާވަރަށް އެދުވަހު ރުއީ އެހެންވެގެން ހެއްޔެވެ؟.

އާއެކެވެ. މިހުރިހާ ދުވަހު އެ ދަރިފުޅު ބަލާ ބޮޑު ކުރީ މައިލީން އެކަންޏެވެ. އެ ފަކީރު ހާދަ ރުއިމެއް ރޯނެއެވެ. ދުނިޔޭގެ ލަދަށް ކެރިގެން ކުރިމަތިލީ އެ ދަރިފުޅުގެ ހައްގުގައެވެ. އުންމީދު ގެ ހުޅުކޮޅު ދިއްލައިދިނީ އެ ދަރިފުޅެވެ. އެތަކެއް ރޭ ނުނިދާ ހޭލާ ވިސްނަން އޮތެވެ. އެ ދަރިފުޅުގެ މުސްތަގް ބަލް އުޖާލާ ކުރާނޭ ގޮތަކާމެދުއެވެ. އޭނާއަށް ދިމާވާނެ ގޮންޖެހުން ތައް ގިނަކަން އެ ސިކުނޑިއަށް ވިސްނެއެވެ. އެ ގޮންޖެހުންތަކުން އަރާގަންނާނޭ ގޮތް ނޭގިގެން ރޮއި ރޮއި ވަރުބަލި ވީ ވެސް ހަދާން ގޮތެއް ނޭގިގެންނެވެ. އެހެންނަމަވެސް އެ ދަރިފުޅަށް ޓަކައި ކަރުނަ ފޮހެމުންތެދުވީ ވެސް ހަމަ މައިލީންއެވެ.

ބިރުގަތެވެ. ރުއެވެ. ހިތާމަކުރިއެވެ. އެހެނަސް ދެން ވެސް އޭނާ ތެދުވީ ކެރިގެންނެވެ. ހަމަ އެކަނި އެ ދަރިފުޅުގެ ހައްގުގައެވެ. އޭނާ ކުރި ކުށުގެ ޝަޒާ އޭނާ އެ ދަރިފުޅަކަށް ނުދޭނެއެވެ. އެ ދަރިފުޅަކީ އޭނާގެ ދެލޮލުގެ ނޫރެވެ. އެ ހިތުގެ ވިންދެވެ. އުއްބައްތިއަކީ މައިލިން ނަމަ ޔަޝްމް އަކީ އެ އުއްބައްތީގެ ހުޅުކޮޅެވެ. އެ ހުޅުކޮޅު ނިވިއްޖެނަމަ މައިލީން އެއް ފުރިހަމައެއްނުވާނެއެވެ. އެ އުއްބައްތިގެ އެއްވެސް އުޖާލާކަމެއް ނުވާނެއެވެ.

މައިލީން ސްކޫލުން ނުކުތް އިރު އެހެން ބެލެނިވެރިންވެސް ނުކުންނަމުން ދިޔައެވެ.

އާރާ އޮފީހަށް ދިޔައީ މިއަދު އާއިކް އާ އެކީގައެވެ. “ލަވް ޔޫ” ވަކި ހިސާބަކުން އާރާ އާ ވަކިވަމުން އާއިކް ބުނެލިއެވެ. އެއާއެކު އާރާ އޭނާގެ އިނގިލި ދައްކާލަމުން މީޓޫ އޭބުނެލިއެވެ. އެ އާދައިން އާއިކް ގެ ހިތް ފުރިގެން އައެވެ. ލޯބި އުތުރި އެރިއެވެ. އާރާގެ ކޮންމެ ހަރަކާތަކަށް އޭނާ އަށް ފާރަވެރިވެވެއެވެ. ރަނގަޅަށް ވެސް އާރާ އޭނާގެ ހިތް އަތުލައިފިތާއޭ ހިތަށް އެރިއެވެ.

މަސައްކަތަށް ގެއްލިފައި އިން އާރާ ސިހުނީ ކުއްލިއަކަށް މީހަކު އައިސް ގާތަށް ހުއްޓިލުމުންނެވެ. އޭނާ އަވަސް އަވަހަށް ބަލާލިއެވެ. އާއިކް ފެނިގެން ހިނިތުންވުން ފުލާވެގެން ދިޔައެވެ. އެވަގުތު އޭނާ ގެ ލޮލުގައި އަޅައިގަތީ އާއިކް ގެ އަތުގައި އޮތް ފައިލެވެ.

“އެންޓަރ އޯލް ދި ޑީޓެއިލްސް މައި ލަވް” އާއިކް އާރާގެ ކަންފަތް ދޮށައް ގުދުވެލަމުން ބުނެވލިއެވެ. އެވަގުތު އާރާގެ އިސްތަށިގަނޑުން ދުވި ލުއި މީރުވަސްވެސް އާއިކް ގެ ހިއްސުތައް ހޭލައްވާލައިފިއެވެ. އެހެނަސް އޭނާ އިހްސާސްތައް ކޮންޓްރޯލް ކުރަމުން ތެދުވެލާ ފައިލް ތައް މޭޒުމަތީގައި ރީއްޗަށް ބެހެއްޓިއެވެ.

އަދި ނުކުމެގެން ދިޔައެވެ. އާރާ އަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ. އާއިކް ވަނިއްސުރެ އޭނާ ހިފައްޓައިގެން އިން ނޭވާ ދޫކޮއްލި ފަދައެވެ. ދެ ފަހަރަކު މޭގައި އަތް އަޅާލަމުން ފުން ނޭވާއެއް ލިއެވެ. އަދި ދޮރާ ދިމާލަށް ބަލާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ދޮރުގައި އިން ބިއްލޫރި ކޮޅުން ބޭރުގައި އޭނާއަށް ބަލަން ހުރެ ހެމުން ދިޔަ އާއިކްއެވެ. އާއިކް ދެފަރާތަށް ބޯ ހޫރާލަމުން ހިނގައިގަތެވެ.

އެއާއެކު އާރަގެ މޫނު ލަދުން ރަތް ވިއެވެ. ވާނީވެސް އެހެންތާއެވެ. އޭނާ ކުރާ އެތަކެއް މޮޔަކަންތަކެއް އާއިކް އަށް ފެނެއެވެ. އެހެނެއްކަމަކު އެކަމުގެ ސަބަބުން އާއިކް އޭނާދެކެ ފޫއްސެއްނުވެއެވެ. އާއިކް ބުނާގޮތުން ނަމަ އެފަދަ އާދަތަކުން އާރާއާމެދު އާ މމެދު އޮންނަ އިހްސާސްތައް ބޮޑުވަނީއެވެ. ލޯބި އިތުރުވަނީއެވެ.

މިރޭ އަކީ އަނެއްކާވެސް މައިލީން ގެ ޑިއުޓީ އޮތް ރެއެވެ. ޔަޝްމް އަށް ދޭންވީ ބޭސް ނަގާފައި ޝާލީން ގާތު ބުނެފައި މައިލީން ދިޔައިރު އާރާ އަދިވެސް ގެއަށް ނާދެއެވެ.

އޭނާ ހޮސްޕިޓަލް އަށް ދިޔައީ ހިނގާލާފައެވެ. އެ ދިޔަ މަގުމަތީގައި އޭނާ އާ ޖަޒިލް އާ ދިމާވިއެވެ. ޖަޒިލް ގެ މޫނުމަތިން އޭނާއަށް ތަފާތު ވިދުމެއް ފެނިލިހެން ހީވެއްޖެއެވެ. އެހެންނަމަވެސް އެކަމާ އަޅާ ނުލާ މައިލީން ހުރީ އެއީ މީގެ ކުރިންވެސް ޖަޒިލް ގެ ފަރާތުން ފެންނަ އަމަލަކަށް ވީމައެވެ. އެހެން ކުދިންނާ ބަލާ ގޮތާ ޖަޒިލް އޭނާއަށް ބަލާ ގޮތާ ތަފާތުކަން މީގެ އަހަރުތަކެއް ކުރިންވެސް މައިލީން ގެ ރައްޓެހި އާތީވެސް ކިޔާނެއެވެ. އެކަމަކު އޭރު މައިލީން އަށް އެކަންތައް ނުފެނުނީ އެހާ މުހިންމު ވެގެން އެކަންތަކަށް ސަމާލުކަން ނުދެވުނީ މަ ކަންނޭގެއެވެ.

އެހެންނަމަވެސް މިރޭ އޭނާއަށް އެކަންތައް ފާހަގަ ކުރެވިއްޖެއެވެ. އެކަމަކު އަމިއްލަ ނަފްސަށް އޮޅުވާލަމުން އޭނާ ކުރިއަށް ހިނގައިގަތެވެ.

ބެލް އަޅާލި އަޑަށް ޝާލީން އައިސް ދޮރު ހުޅުވާލިއެވެ. އަދި ކުރިމަތީގައި ހުރި މީހާ ފެނިގެން އޭނާގެ ހިނިތުންވުން ފުޅާވެގެން ދިޔއެވެ.

ސޯފާއަށް އިޝާރާތް ކޮއްލުމާއެކު ޖަޒިލް އިށީނެވެ. ޝާލީންވެސް ސޯފާގައި އިށިނދެގެން އިނީ ޖަޒިލް އާ ދައްކަންވީ ވާހަކަ ފަށާނެގޮތް ނޭގިފައެވެ. ހިމޭން ވަގުތު ކޮޅަކަށް ފަހު ޝާލީން އަހާލި ސުވާލުން ޖަޒިލް އަށް ކޮޅަށް ތެދުވެވިއްޖެއެވެ.

އޭނާ ބޭޒާރުވީއެވެ. މި ވީ އެތައް އަހަރަކުވެސް އޭނާ ފޮރުވައިގެން އުޅުނު ހަގީގަތް ފަޅާ އަރައިފިއެވެ. ސިކުނޑި ބުނަމުން ދިޔައީ ޝާލީން ގެ ޖަވާބަށް ނޫނެކޭ ބުނުމަށެވެ. ހިތް ބުނަމުން ދިޔައީ އާއެކޭ ބުނުމަށެވެ. އޭނާ ބޭޒާރު މިވީވެސް އެންމެ ނޭދޭ އެކަކުގާތުގައެވެ. ކުރާނީ ކީއްހެއްޔެވެ؟. ކޮންމެ ކަމެއްވެސް އިނގޭނޭ ވަގުތެއް އަންނާނެއެވެ. އަބަދު ހުރިހާ ކަމެއް ސިއްރެއްވެސް ނުކުރެވޭނެތާއެވެ. މިރޭ ޝާލީން ގުޅާލާފައި އަންނަން ބުނުމުން އޭނާ އައީ ފަހަރެއްގައިވެސް މި ފަދަ ސުވާލެއް އަމާޒު ވާނޭ ކަމަކަށް ނޫނެވެ. މައިލީން އާ ދިމާވުމުން ވެސް އޭނާ ޝާލީން ބުނެގެން ތިގެއަށޭ މިދަނީ ނުބުނީ ޝާލީން އެ ވާހަކަ ސިއްރުކުރަން ބުނެފައި ވާތީއެވެ.

ޖަޒިލް އޭނާގެ ހިތުގެ ހާލު ވަނި އަމިއްލަ ނަފްސަށް ވެސް ފޮރުވާފައެވެ. އެ ހިތުގެ ކަނެއްގައި ވަޅުލާފައެވެ. އެހެންނަމަވެސް އެ ސިއްރު ނެރެދިނީ ޝާލީންއެވެ. އެ ހިތަށް އެ ކަންތައް އަލުން ފަހުމް އެ ކޮއްދިނީ ޝާލީންއެވެ.

“އިލީ ދެކެ ލޯބި ވޭތަ؟” ޝާލީން އަހާލިއެވެ. އެއާއެކު މިފހަރުވެސް ޖަޒިލް ދިޔައީ ސިއްސައިގެންނެވެ. އެންމެ ފުރަތަމަ މައިލީން އާ މެދު ދެކެނީ ހަމަ އެކަނި އެކުވެރި ރަހްމަތް ތެރިއެއް ގޮތަށް ހޭ އެހުމަށް ފަހު އެހާ ފާޅުކަން ބޮޑު ގޮތެއްގައި މި ފަދަ ސުވާލެއްކުރާނެ ކަން އޭނާ އަކަށް ނޭގެއެވެ.

“އަހަ… އަހަރެ….”

“ދޮގު ހަދަންވެސް ހިތަށް ވެސް ނާރުވާތި”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ތިޔަ އަސަރު 28

Next

ކުރިން އެނގުނުނަމަ (ތޭވީސްވަނަ ބައި)

Next
February 9, 2018

ކުރިން އެނގުނުނަމަ (ތޭވީސްވަނަ ބައި)

Previews
February 9, 2018

ތިޔަ އަސަރު 28

41 Comments!

  1. Aki says:
    February 9, 2018 at 9:47 pm

    hi mi dhooni haadha rangalhey

    1. Hi Mi says:
      February 10, 2018 at 8:59 pm

      Thankyou Aki. ???

  2. Hashaa says:
    February 9, 2018 at 9:50 pm

    Thanku hi mi…?????asluvase varan reethi,,,,

    1. Hi Mi says:
      February 10, 2018 at 9:00 pm

      Thanks hashaa. V ufaavehjje. ???

  3. Hi Mi says:
    February 9, 2018 at 9:53 pm

    Assalaamu Alaikum. I knw its short.only 5 pages. ?? But i need to change varah gina than than than dhen huri ba eh pages ga. V mistakes ebahuri. Ehenve maadhan rangalhu kohlaafa dhigukoh In Sha Allah… up kohla dheynan next part. And kuree part thakuge comment thakah mirey nuny maadhamaa reply kohlaanan. In Sha Allah. And what do u think?. Shaaleen dhen hadhaani kihineh baa?. Thankyou all. ???.
    Jazakallah Khairan.

  4. R G says:
    February 9, 2018 at 10:00 pm

    Varah salhis ekam mifaharu v kuru

    1. Hi Mi says:
      February 10, 2018 at 9:01 pm

      Thanks. Rg dhen in part dhigu vaane. ???

  5. Shai says:
    February 9, 2018 at 10:00 pm

    Wow salhi upkoh thi dhiner hama balaali gadiyah varah reethi mi partves

  6. Chim says:
    February 9, 2018 at 10:22 pm

    Mi partves vv reethi..shalyn beynun vany jazil aa milyn aa gulhuvan dhw..ekam ehen nuhadhahchey ??

  7. Maa says:
    February 9, 2018 at 10:25 pm

    Alhey hi mi …. jazil ah maileen nudheythi…. waiting
    ?????? for next part

  8. Shann says:
    February 9, 2018 at 10:26 pm

    Wow Hi Mi anehbaives up kohla dhinythy v bodah thanks hama.. V kiyaahithun mihunnanyves.. Story up veytho ves v balaifin.. Egey kameh dhimaa nuvanyaa hama baraabarah up kohdheynekan.. Ehaa ves baraabaru Hi Mi.. Dhen kihinehbaa dhw vaan miulheny.. Ehbayah vure anehbai kiyaahiyvey.. Abadhuves story ah inthixaaru kurevey.. V v v ves molhu Hi Mi story liyan.. Masha Allah.. Luv u

    1. Hi Mi says:
      February 10, 2018 at 8:37 pm

      Thankyou shann. vvv uafvehjje. hama one of the best reader. 🙂 and varah ufaavehjje. thnakyou so much for the ind words. ingey dear. bunaaneehchie ves neygey. thnkyou. 🙂

  9. annoying reader says:
    February 9, 2018 at 10:26 pm

    varah reethi mi part ves,short viyas kiyalan libunyma v happy. alhey himi please yashm ah daddy genes dhy she is so seyd. anehkka shalin ulheni ili yuan mathin forget vaane gotheh hadhan jazil ya gulhuvan dhw. please dnt do that himi.jazil ah dr laavi hoadha dhy? and leen with yuan and their duaghter and i m lookin forward to aaik meeting yashm and leen without either of them knowing abt each other

    1. Hi Mi says:
      February 10, 2018 at 8:33 pm

      alhey annoyig reader. Thankyou so much. 🙂 varah ufaavehjje one of the best reader. vvv ufaavehjje. hingaa balamaa dhen vaa githeh dw. bunaane ehchei ves neygey comment fenifa. ehaa ves ufaavehjje. 🙂

  10. Pinky shifoo says:
    February 9, 2018 at 10:26 pm

    Amazing ??????… Varah varah varah reethi mi part vx… I really loved it ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️…. Kurakas mi part vx hama awesome ingey Hi Mi… ?????…. Eba huri baeh typing mistakes and maileen ge mushi kulaige dheloleh noon dhw aslu innanjeheyny yashm ge mushi kulaige dhelo… Ethankolhu faahaga kohlevunyma ingey mibuny Hi Mi.. Anyways varah varah emotional mi part vx…. Hama rovihje ???.. Hama aslu vx varah asaru kohfi mi part invx… ??? this story is soooooo interesting… I just don’t know what to say… Thank you soooooo much Hi Mi mihaa reethi story eh genesdheythy n daily koh up kohdheythy n readers ge trust hifahahtaathy n ehaa loabi loabi reply kohlaathy n Hi Mi ehaa friendly v ma dhn hama etc….. ❤️❤️❤️❤️❤️❤️??????????????????????. Dhn neynge bunaane ehcheh vx… Curiously waiting for the next part dear Hi Mi… U are the best ??????.. Love you soooooo much n take care ❤️❤️❤️❤️❤️❤️??????????????????????

    1. Hi Mi says:
      February 10, 2018 at 8:27 pm

      hello. dear pinky. v ufaavehjje. koneme commet akun hama speechless vey. v hiyy varu libey thikahlaa comment thakun. ur the best hama. varah ufaavey. bunaane ehchives neygey. thanks dear. In Sha Allah oinky men kudhin ge hiyy vraaakei kuri ah dheveythoa balaanan. In Sha Allah. and dhen hingaa dw balamaa vaa gotheh. next part is gonna be interesting. In Sha Allah. mirey up kohladheynan. 🙂

  11. Icy♡ says:
    February 9, 2018 at 10:29 pm

    Wow
    Nice
    Love it

  12. Xaaaan says:
    February 9, 2018 at 10:46 pm

    Mashs Allah himeeeeee mipartves haadha reechey❤❤❤❤❤❤❤❤❤❤❤❤❤ himi dhoonyaa plx plx plx plx jaxil aa leen nugulhuvahchey ingey leen aa gulheny hama yuaan aa shaaleen thihen nahadhaa thy varah goas kameh 2loabiveringe thereyah nuvadhey?? himi darlin kithanme kuras up koh dhinyma vvvvv ufaavejje thnx darlin??????? himi mathin vvvv misvefa hutta up thi kohlee thnx sweet❤❤❤❤❤❤❤❤ dhen oi partah inthixaar kuraanan luv u????????????????

    1. Hi Mi says:
      February 10, 2018 at 9:05 pm

      Thankuou so much xaan. Lets see vaa gotheh dw. Vvv ufaavehjje. Comment fenifa. Miss yh too dear.

  13. Faathi says:
    February 9, 2018 at 11:04 pm

    Kuru ekamakuves reethi

    1. Hi Mi says:
      February 10, 2018 at 8:24 pm

      hankyou faathi. 🙂

  14. Nasee says:
    February 9, 2018 at 11:08 pm

    Maileen aa yuaan gulhuneema vaahaka furihama vaany. Jazil ah ehen kujjaku hoadha dhee.

    1. Hi Mi says:
      February 10, 2018 at 8:23 pm

      hingaa balamaa thanks dear. 🙂

  15. Zuam says:
    February 9, 2018 at 11:09 pm

    Masha Allah…. varah varah varah reethi….
    Waiting
    ❤❤❤❤

    1. Hi Mi says:
      February 10, 2018 at 8:23 pm

      thanks zuam. varah ufaavehjje. 🙂

  16. Fathun says:
    February 9, 2018 at 11:14 pm

    Alhey haadha reechey… Konirakun yasmu and yuaan aa dhimaavaany.. V v inthixaarukurevey… Jaxil aa maileen nugulhuvahchey.. Maileen ease yuaan ge meeheh… Maileen and yuaan..

    1. Hi Mi says:
      February 10, 2018 at 8:22 pm

      thanks fathun. v ufaavehje. hingaa balamaa vaa gotheh dw. 🙂

  17. Yuaan says:
    February 9, 2018 at 11:26 pm

    No way himi darling…..leen aky aharenge myheh.aharen leen ah loabidheynan…plxxx ehen nuhadhaaaa

    1. Hi Mi says:
      February 10, 2018 at 8:22 pm

      hehe. yuan fight kurey dhen leen ah. thansk dear. 🙂

  18. Blue beauty says:
    February 10, 2018 at 3:44 am

    Varah salhi mi part ves….. jazil ah nudhey thi maileen hi mi……..pls pls uaan are gulhuvaanee maileen igey?????

    1. Hi Mi says:
      February 10, 2018 at 8:21 pm

      hingaa blamaa. mirey next part In Sha Allah. 🙂

  19. ss says:
    February 10, 2018 at 6:50 am

    this is my favarourite story. i varah furihama. yuaan ah maileen gulhenvaany. eyrun story reethivaamy.please

    1. Hi Mi says:
      February 10, 2018 at 8:19 pm

      hinhaa balamaa. varah ufaavehjje. thanks ss. 🙂

  20. Sai says:
    February 10, 2018 at 11:16 am

    V reethi mi part vesss… anneh part ah mihaaru mi wait kuranyyy?❤?

    1. Hi Mi says:
      February 10, 2018 at 8:19 pm

      thanks dear. aneh part mirey In Sha Allah. 🙂

  21. Tee says:
    February 10, 2018 at 1:27 pm

    Mi baivx hama super. V molhu. Sifa kuran.

    1. Hi Mi says:
      February 10, 2018 at 8:18 pm

      thanyou Tee. means a lot. happy to see ur coomment. 🙂

  22. Yumi says:
    February 10, 2018 at 2:54 pm

    ??❤❤Nice story

    1. Hi Mi says:
      February 10, 2018 at 8:17 pm

      thank yumi.

  23. Lamsha says:
    February 10, 2018 at 6:32 pm

    V reethi jazil ah maileen nudheythi ayaan ah dheyny plx plx plx plx

    1. Hi Mi says:
      February 10, 2018 at 8:17 pm

      lets see… thankyou dear. 🙂

Comments are closed.

Next Episodeހިތާ ފުރާނައިން… (35)←


All Right Reserved!