Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 28

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
February 9, 2018 13 Mins Read
57 Comments

އަޝްވާއަށް ލިބުނު ތަމްރީނު ޕުރޮގުރާމެއްގައި ދާން ނިންމި ކަމުގައި ވިޔަސް އެކޮޅަށް ގޮސް ހުންނާނެ ތަނެއް ނުލިބުމުން އަޝްވާ އުޅުނީ އެފުރުސަތު ދޫކޮށްލާށެވެ. އެހެންނަމަވެސް އަސްރާރުގެ ހިޔާލާއި އެއްކޮށް އަޝްވާ ކާއިންގެ ގޭގައި ބެހެއްޓި ދާނެތޯ އެއްސެވެ. ކާއިންގެ އާއިލާ މިވަގުތު އޮތް ހާލަތުންނާއި މަންމައާއި އެހާ ރަގަޅު ގުޅުމެއް ބޭއްވިފައި ނުވާތީ ކާއިން އެކަމަށް އެއްބަސް ނުވިއެވެ. އަޝްވާއާއި ދެމީހުން އެތައް ޒުވާބެއް ކުރިއިރުވެސް ކާއިންގެ ހިޔާލު މީގެ އެއްމިނެޓު ކުރިން ހުރީ ހަމައެގޮތުގައެވެ.

“އޮފް ކޯސް، ތީ މަގޭ ޗެރީއެއްނު” އަޝްވާ ހަމަ އަސްލަށްހޭ އަހާލުމުން ކާއިން އަޝްވާގެ ބޯ ހާވާލަމުން ބުނެލިއެވެ. އަދި ޝަނުމްއަށް ބަލައި އެއްމިޔަކުން ހީލިއެވެ.

އެކި ވާހަކަތަކުގައި ތިބުމަށްފަހު އަޝްވާ ޒުބައިދާ ގޮވައިގެން ކާން ދޭން ދިޔައެވެ. ” މާމަ އަންނަންވާއިރަށް ދަރިފުޅު ފުރަނީތަ” ޒުބައިދާ އަހައިލިއެވެ.

“އަޅުގަނޑު ދާނީ އެއް ހަފުތާއަށް، މާލެ އައިސް އިން ޝާ ﷲ މާމައާއި އެކީ ވަރަށް ގިނަ ވަގުތު ހޭދަކުރެވޭތޯ ބަލާނަން، ބައްޕަ ބުނުއްވި މާމަ އުޅެނީ އަޅުގަނޑުގެ އޮފީހާއި ވަރަށް ކައިރީ ހުންނަ ގެޔެއްގައޭ، އެހެންވީމަ ފަސޭހަވާނެއެއްނު” އަޝްވާ ތައްޓަށް ބަތް އަޅައިދެމުން ބުނެލިއެވެ. ޒުބައިދާ މާލެ އައިސް ހުންނަނީ އޭނާގެ ރައްޓެއްސެއްގެ ކައިރީގައެވެ. އަޝްވާމެން އެތައް ފަހަރަކު މިގޭގައި އުޅެން އަންނަން ބުނި ކަމުގައި ވިޔަސް ޒުބައިދާ އެކަމާ އެއްބަސްވާ ގޮތެއް ނުވިއެވެ. ކީއްވެހޭ އެހުމުން ބުނަނީ އެއްގެޔެއްގައި ނޫޅުނަސް އެއްފަސްގަނޑެއްގައި އުޅޭނަމަ ބައްދަލުވާނެ ނޫންހެއްޔެވެ؟


 

ޝަނުމް އާއި ރީމް ހަވީރު ޕޮލިސް ސްޓޭޝަނަށް ދިޔައެވެ. އަދި ރީމްއަށް ދިމާވެފައިވާ ހުރިހާ މައްސަލަތައް ކިޔާ ދިނެވެ. އެމީހާ ރީމްގެ ފަހަތުން އުޅޭ ކަމާއި އަދި އިތުރު ދެމީހުންނާއި އެކީ ރީމްގެ ދަބަހުން އެއްޗެއް ނަގަން އުޅުނު ވާހަކައެވެ. އަދި ރީމް އޭނާ އަތުގައި އޮތް އެމީހާ ކަމަށް ޝައްކުކުރެވޭ މީހާގެ ފޮޓޯ ޕޮލިހާއި ހަވާލުކުރިއެވެ. މިއީ ރީމްގެ އޮފީހުގެ އަހަރީ ދުވަސް ކުރަން ބޭއްވި ޖަލްސާގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ކަމަށް ކިޔައިދިނެވެ.

މާހިލް މިއީ ހާއްސަ މައްސަލައެއްގެ ގޮތުގައި ބަލައިދޭނެ ކަމަށް ބުންޏެވެ. އެއީ މީކާއިލްގެ އާއިލާ މީހަކަށް ވުމުގެ އިތުރުން މަސްތުވާތަކެތީގައި މާޒިން މީގެ ކުރިންވެސް ހައްޔަރުކޮށްފައި ވުމުންނެވެ.


 

ރޭގަނޑުގެ ހިތްގައިމު ވަގުތެވެ. އިޝާ ނަމާދުކޮށްލައިގެން ހިންދު އަތް އުފުލާލީ ﷲ ހަޟުރަތުގައި ދުއާ ދެންނެވުމަށެވެ. އޭނާއަށް މިފަދަ އުފާވެރި ދިރިއުޅުމެއް ދެއްވީތީ ހަމްދު ކުރުމަށެވެ. އަދި މި ފެށި އައު ބާބުގައި ބަރަކާތް ލެއްވުން އެދި ދުއާ ކުރުމަށެވެ. ނަމާދުން ފޭބުމަށް ފަހު ހިންދު ބެލްކަންޏަށް ނިކުތީ އޭސީގެ ފިނިކަމުން އުދަގޫވާތީ އެވެ. ބޭރަށް ނިކުމެވުމާއި އެކު ހިންދުއަށް ލޯ މަރާލެވުނީ އޭނާއަށް މަރުހަބާ ކިޔަން ތައްޔާރަށް ތިބި ފިނިވައިރޯޅިތަކުގެ ސަބަބުންނެވެ. މާމަލުގެ ހުވަނދު ވަސް އެ ވައިރޯޅިތަކުގައި ވެއެވެ.

ލޯ މަރައިގެން ހުރި ހިންދު ސިއްސައިގެން ދިޔައީ އަޝްވިން އައިސް ފަހަތުން ބައްދައިގަތުމުންނެވެ. ރޭގަނޑުގެ ޖާދޫގައި ޖެހިފައި ހުރުމުން އަޝްވިން އެތަނަށް އައި ކަމެއްވެސް ނޭނގުނެވެ.

“ހާދަ މީރުވަސް ދުވެއޭ މިރޭ” ހިންދުގެ ކޯތާފަތުގައި ބޮސްދެމުން އަޝްވިން ބުނެލިއެވެ.

އަޝްވިންގެ ތައުރީފުގެ ބަސްތަކުން ހިންދު ލަދުގަތެވެ. އެހެން ކަމުން ތިރީ ތުންފަތުގައި ދަތް އަޅައި އަޝްވިންއާއި ދިމާލަށް އެބުރި މޭތެރޭ މޫނު ފޮރުވާލިއެވެ.

“އަޝްވިން! އަހަރެން ވަރަށް ލޯބިވޭ އަޝްވިން ދެކެ.. ދުވަހަކުވެސް އަހަރެން ދޫކޮށް ނުލައްޗޭ” އިރުކޮޅަކު އެހެން ހުރެލުމަށްފަހު ހިންދު ބުނެލިއެވެ.

“ވައުދުވަން… އަހަރެންގެ ހަށިގަނޑުގައި ނޭވާ ހިނގާ ހިނދަކު ހިންދު ބަހައްޓާނީ އަހަރެންގެ މީހެއްގެ ގޮތުގަ.. އެއްވެސް މީހަކަށް ހިންދުއާއި ދިމާލަށް ބަލާލަންވެސް ފުރުސަތު ނުދޭނަން.. ” ހިންދުގެ ކޮނޑުގައި ހިފައި އިތުރަށް ގަޔާ ކައިރިކޮށްލަމުން އަޝްވިން ބުނެލިއެވެ. އަދި އެޔަށްފަހު ހިންދު ގޮވައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ރޭގަނޑެއް ކަމަކު މީހުންގެ ލޯތަކުން އެސްފީނާ ޖެހިދާނެ ކަމަށް ބިރުންނެވެ.

” އަހަންނަށް އަދިވެސް ގަބޫލުނުކުރެވޭ ތީ އަހަރެންގެ ފިރިމީހާ ކަމެއް… މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ދެމީހުން ވާހަކަދައްކަން ފެށުނު ކަމަށް ވިޔަސް މިހާ އަވަހަށް ކައިވެންޏަކާއި ހަމައަށް ދެވޭނެ ކަމަށް އުއްމީދު ނުކުރަން.. އެކަމަކު އަހަރެން ވަރަށް އުފާވެއްޖެ.. މި އުފާވެރިކަން އަހަރެން ބަޔާންކޮށްދޭނީ ކިހިނަކުން؟؟ އައި ލަވް ޔޫ އަޝްވިން.. އަޝްވިން ނޫން މީހެއް ދެކެ އަހަރެން ދުވަހަކުވެސް  ލޯބިނުވަން.. އަދި ނުވެސް ވާނަން” އެތެރެއަށް ވަދެ އެނދުގައި އިށީންނަމުން ހިންދު ބުނެލިއެވެ. ހިތާމަތަކުގައި އެތައް ދުވަހެއް ހޭދަ ކުރުމަށްފަހު ހަޔާތަށް ބަހާރު މޫސުން އައީއެވެ. ހިންދުގެ އުއްމީދަކީ މުޅި އުމުރަށްވެސް މި ބަހާރު މޫސުމުގެ ފޮނިކަން ލިބުމެވެ. އާރޯކަމާއި ތަނަވަސްކަން މި ގުޅުމުން ހާސިލް ކުރުމެވެ.

“އަހަރެން ހިންދުއަށް އިތުބާރު ކުރަން.. ވަފާތެރިކަމާއި ލޯބި ލިބޭނެ ކަމަށް ގަބޫލުކުރަން.. ” އެހެން ބުނެލުމަށްފަހު އަޝްވިން ހިންދުގެ މޫނާއި މޫނު ޖައްސާލިއެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ނުފިލާ ހިނިތުންވުމެކެވެ. އަޝްވިން ބަލާލާ ގޮތުން ހިންދުގެ ހިތް ލަދުން ފިލަން އުޅުނު ކަމުގައި ވިޔަސް ހިންދު ހުރީ އަޝްވިންގެ އެބެލުމާއި ފިރުމުންތަކަށް އެދިއެދިއެވެ. ލޯބިވާ ފިރިމީހާގެ ފަރާތުން ލިބޭ ކޮންމެ އެފަލެއް ހިންދު ރުހުމާއި އެކު ބަލައިގަންނާނެއެވެ.

ހިތް އެދޭ ތަސްވީރު ކުރިމަތިން ފެންނަމުން ދާ ހާލު އަޝްވިންގެ ހިތުގެ ތެޅުން ވަނީ އަވަސްވެފައެވެ. ލޯބީގައި ދީވާނާ ވާން ފެށިއެވެ. ހިންދުގެ މޫނައި އަތް ހިންގާލީ އޯގާތެރިކަމާއި އެކީގައެވެ. ލޯތްބާއި އަނިޔާވެރިކަމުގެ ފަރަގު ހިންދުއަށް އަންގައިދެމުންނެވެ. ހިތުގައި ޖަހަމުންދާ ވިންދު އެހިތުގެ މިތުރާއަށް އަންގައިދެމުންނެވެ.

އެކަކު އަނެކަކު ދެކެ ވާ ލޯބި އަންގައިދެމުން ދެމީހުންވެސް ލޯބީގެ އާލަމަށް ދަތުރުކުރިއެވެ.


 

ޖެހިގެން އައި ދުވަހެވެ. ކާއިންއާއި އަޝްވާ އެމެރިކާއަށް ފުރިއެވެ. އަޝްވާ ކޯހެއްގައި ބައިވެރިވުމަށް ދިޔައިރު ކާއިން ދިޔައީ އޭނާގެ މައިންބަފައިން މާލެ ގެނައުމަށް އެމީހުން ބަލައެވެ. އަޝްވާގެ ކޯސް ނިމޭއިރު އެކޮޅުން ކުރަން ޖެހޭ ކަންތައް ނިންމާލުމަށްފަހު އެއްމެން އެއްކޮށް މާލެ އާދެވޭނެއެވެ.

ކާއިންއާއި އަޝްވާ ފުރިތާ މާ ގިނަވަގުތެއް ނުވަނީސް ޝަނުމްއާއި ރީމް ގުޅިއަށް ދާން ފުރިއެވެ. ނަސީބު ކަން ދިމާކުރި ގޮތުން އެމީހުނަށް ރަށަށް ދެވޭ އިރަށް ހުންނާނެ ގެޔެއް ހަމަޖެހުނެވެ.

“މިގޭ ކާނެ އެއްޗެއް ވެސް ނުހުންނާނެ، ހިނގާ ފިހާރައަށް ގޮސް އެއްޗެހި ގަނެލައިގެން އަންނަން” ގެޔަށް ވަދެ ހަމަޖެހުމުން ޝަނުމް ބުނެލިއެވެ.

“ހަވީރު ސަޔަށް މަސްރޮއްޓާއި ކަވާބު ކިހިނެތް ވާނެ” ރީތިވާ މޭޒު ކައިރީގައި ހުރި ރީމް އަހާލިއެވެ. އޭރު ޝަނުމް ދިޔައީ ދަބަހުގައި ތިބި އަންނައުނުތައް އަލަމާރީގައި ހުރި ކޮނޑުތަކުގައި އަޅުވަމުންނެވެ.

“ދެމީހުންނަށޭ ކިޔާފަ ހެދިކާ ނުހެދިޔަސް އެއްމެ ރަގަޅުވާނެ، މިތާ ކައިރީ ހުންނާނެ ހެދިކާ ވިއްކާ ތަނެއް އަހަރެން ހަވީރު ސައިބޯންވީމަ އެތަނުން ހެދިކާ ގެންނާނަން، އިހަށް ހިނގާ މިރެއަށާއި މާދަމާއަށް ބޭނުންވާ އެއްޗެހި ގަނެލަން ދާން” ޝަނުމް ބުނެލިއެވެ.

ދެމީހުން އެކުގައި ގޮސް އެ ގެ ހުރި މަގުގެ ކަންމަތީގައި ހުރި ބޮޑު މާރޓެއް ކަހަލަ ފިހާރައަށް ވަނެވެ. ޝަނުމް ވަށިގަނޑެއް ހިފައިގެން ރީމް އާއި އެކީ ބޭނުންވާ ސާމާނުތައް ގަންނަން ފިހާރައިގެ އެކި ތަންތަން ބަލަމުން ދިޔައެވެ.

“މިރޭ ކޯއްޗެއް ކައްކަނީ” ދެމީހުންގެ ދޭތެރޭ އޮތް ހަމަހިމޭންކަން ނަގަމުން ޝަނުމް ބުނެލިއެވެ. އިނދެގެން ދެދުވަސް ފުރިހަމަ ވަނީއެވެ. އެކަމަކު ދެމަފަރިން ދޭތެރޭ އޮންނަ އެއްވެސް ކަހަލަ ގުޅުމެއް ދެމީހުން ދޭތެރޭ ނެތެވެ. ޝަނުމް ރީމް އާއި ގާތްވަނީ އަދި ވާހަކަ ދައްކާލަނީ ކޮންމެހެން މަޖުބޫރުވެގެނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ގޭތެރޭ އެހެންމީހުން ކުރިމަތީ ވާހަކަ ދައްކައި ހެދިޔަސް އެކަނިވާ ވަގުތުތަކުގައި މިކަން މާބޮޑަށް ހީނަރެވެ. ޝަނުމް އުޅެނީ ބީރައްޓެއްސެއްހެންނެވެ. ނިދަނީ ތަޅުންގަނޑުމަތީ ފޮތިގަނޑެއް އަޅައިގެންނެވެ. އަޅާލާހެން ވާހަކަ ދައްކަނީ ހަމްދަރުދީވާތީއެވެ. އަނބިމީހާއަށް ވުމުން ހިމާޔަތްކުރަން މަޖުބޫރުވާތީއެވެ.

ޝަނުމް އޭނާއާއި މެދު މިހެން ކަންތައް ކުރިއަސް ރީމް އޭނާގެ އަދާކުރަން ޖެހޭ ހައްގުތައް ޝަނުމްއަށް އަދާކޮށްދެވޭތޯ ބަލައެވެ. ޝަނުމް ނިދަން ތަޅުންގަނޑު މަތީ އޮށޯތުމުން އެތައް އާދޭހެއްކޮށް އެނދަށް ބަދަލުވުމަށް އެދެއެވެ. ލޯބިން ވާހަކަ ދައްކައި ހަދައެވެ. އެހެންނަމަވެސް ޝަނުމް މިއިން އެއްވެސް ކަމަކަށް އަޅާނުލައެވެ.

“ޝަނުމް ބޭނުމީ ކޯއްޗެއް ކާން” އަލަމާރި ކައިރީ ޖޫސް ފުޅިއެއް ނަގަން ހުރި ރީމް ޝަނުމްއަށް ބަލާލަމުން ބުނެލިއެވެ.

“އަހަންނަށް އެއްމެ ރަގަޅު ބަތާއި އެއްކޮށް ކާލަން ގަރުދިޔަ ފޮދެއް ހުރިއްޔާ، އެކަމަކު ރީމްއަށް ކަމުދާ އެއްޗެއް ކައްކާނީ، އަހަރެން އެއިން ފުއްދާލާނަން” ޝަނުމް ބުނެލިއެވެ. އެހެންޏާވެސް ވާހަކަ ދައްކާހާ ފަރުވާ ކުޑަކޮށެވެ. ރީމް ދެރަވެސް ވިއެވެ.

“ހިނގާ ބަތާއި ގަރުދިޔާއި އެއްކޮށް ކާން ފަރުމަހެއް ފިހެލަމާ، އަދި ސަޓަނިވެސް ހަދަންވާނެ، ޝަނުމް ކާނަންތަ” ރީމް ހަނދާނަށް އައީ އަޝްވާ ޝަނުމް ކާން ފަރުމަހެއް ފިހެން އުޅުނު ހަނދާނެވެ.

“މައްސަލައެއް ނެތް، އެހާ ކުޅިކޮށް ނުހަދާތި، ކުޅިކޮށް ކެއީމަ އަހަރެންގެ މެއިން ދިލަނަގާ” އަޝްވާ ފިހެދިން މަސް ކައިގެން މުޅި ރޭ ޝަނުމް އޮތީ ނުނިދިފައެވެ. ނަމަވެސް އަޝްވާ ކައިރީ އެވާހަކަ ނުބުނީ އޭރު ޝަނުމްވެސް އުޅުނީ އަޝްވާ ލިބޭތޯ ކަމަށް ވުމުންނެވެ.

ގެޔަށް އައިސް ދެމީހުން ސައިބުއީ މައުރިބު ނަމާދަށް ފަހުގައެވެ. އެޔަށްފަހު ރީމް އުޅުނީ މިރޭ ކާނެ އެއްޗެއް ތައްޔާރުކޮށްލުމަށެވެ. މިއީ އޭނާ އެކަނި ހުރެގެން ޝަނުމްއަށް ތައްޔާރުކޮށްދޭ ފުރަތަމަ ކެއުން ކަމުން ހުރިހާ ކަމެއް ވަރަށް ފުރިހަމަ ކުރަން ބޭނުންވިއެވެ. ބަތް ކައްކަން އުދާލުމަށްފަހު ލޮނުމިރުސް ގަނޑު ފުޑައި މަސް ފިހެވޭތޯ އުޅެގަތަވެ. ފިޔައާއި ލޮނުމެދު އަދި މިރުހާއި އަދިވެސް ލޮނުމިރުސްގަނޑަށް ބޭނުންވާ ތަކެތި މިކުސަރަށް އަޅައި ރަގަޅަށް ފުޑާލިއެވެ. އެޔަށްފަހު ފިނިކަން ކަނޑަން ސިންކު ތެރޭގައި އޮތް މަސް ނަގައި ރީއްޗަށް ދޮވެލިއެވެ.

މަހުގައި ލޮނުމިރުސް ލުމަށް އަންގިއެއް ނެތުމުން ޕުލާސްޓިކު ކޮތަޅެއް އަތަށް ލައްވައިގެން ރީމް މަހުގައި ލޮނުމިރުސް ލާން އުޅުނެވެ. ނަމަވެސް އޭގެ ބޭނުން އެއްމެ ރަގަޅަށް ވީހެން ހީނުވެއެވެ. މަހުގެ ކައްޓެއްގައި ޖެހި ލޮނުމިރުހުގެ އަސަރު އަތަށް ކުރިއެވެ. ރީމްގެ ހަމުގެ ނާޒުކު ކަމާއި އެކު މިރުހުގެ އަސަރު ޖެހުމުން އަތުގައި ދިލަ ނަގަން ފެށިއެވެ. ނަމަވެސް ވަރަށް ކެތްކޮށްގެން މުޅި މަހުގައި މިރުސްލިއެވެ.

ކެއުން ތައްޔާރުކޮށްލުމަށްފަހު ރީމް ޝަނުމްއަށް ގޮވައި ކާގެޔަށް އައެވެ. ޝަނުމް އައިސް ގޮނޑީގައި އިށީނުމުން ރީމް ފުރިޖުން އަނބު ޖޫސް ފުޅި ނަގައި ޝަނުމް ކައިރީގައި ހުރި ތައްޓަށް އަޅައިލިއެވެ.

“ރީމް ވެސް އިށީދޭ ކާން، މަސް ހީވަނީ ވަރަށް މީރުވާނެހެން” ތައްޓަށް ބަތް އަޅަމުން ޝަނުމް ބުނެލިއެވެ. އަދި ގަރުދިޔަ ފޮދެއް އަޅައި ފިހެފައި އޮތް މަހުން އެތިކޮޅެއް ތަށީގެ އެއް ފަރާތުގައި ބޭއްވިއެވެ.

“ގެނޭ އަހަރެން އަތަށް” ރީމް ޝަނުމް އަތުން ލުނބޯ ނަގައި ތައްޓަށް ފެލާލަ ދިނެވެ. އަދި ތަންކޮޅެއް ދުރުގައި ހުރި ތަށިން ދިގު މިރުހެއް ނަގައި ޝަނުމްގެ ތަށީގައި ބޭއްވިއެވެ.

“އަހަރެން ކާނީ ފަހުން، އިހަށް ޝަނުމް ކާލާ” ޝަނުމް އޭނާ ކާން އިށީންނަންދެން ނުކައި މަޑުކޮށްގެން ހުރުމުން ރީމް ބުނެލިއެވެ. ރީމް ދިޔައީ ޝަނުމްގެ ހަރަކާތްތައް ރަގަޅަށް ބަލަމުންނެވެ. ޝަނުމްއަށް ހުރިހާ އެއްޗެއްވެސް ކަމުދާނެ ކަމަށް އުއްމީދުކޮށްގެންނެވެ.

“މީރުތަ” ޝަނުމް ފުރަތަމަ ބަތް ސުވާ އަނގަޔަށް ލުމާއެކު ރީމް އަހައިލިއެވެ.

“އަހަންނަށް މީގެ ރަހަ އެގޭނީ ކިހިނެތް، އަހަންނަށް ރީމް ކައިރީ ނުބުނެވޭތަ އަހަންނަށް ކުޅިކޮށް ނުކެވޭނޭ” ގޮނޑިން ތެދުވަމުން ޝަނުމް ބުނެލިއެވެ.

“އަޅޭ، ހަމަ ތިހާ ކުޅިތަ، އަހަރެން އެޅީ އެއްމެ މިރުހެކޭ” އަވަސް ފިޔަވަޅުތަކެއްގައި ސިންކު ކައިރީ އަތްދޮންނަން ހުރި ޝަނުމް ކައިރިއަށް އަންނަމުން ރީމް ބުނެލިއެވެ.

“ދެން ފަހަރަކުން އެހެން މީހަކަށް ކާން ދިނުމުގެ ކުރިން އަމިއްލައަށް ރަހަ ބަލާލާތި ” ޝަނުމް ނުރުހުންވެފައި ބުނެލިއެވެ. އަދި އިތުރަށް މަޑުނުކޮށް އެތަނުން ދާން ހިނގައިގަތެވެ.

“ޝަނުމް އަހަންނަށް ނޭނގުނީއޭ! ޝަނުމް ގަބޫލުކޮށްބަލަ” ޝަނުމްގެ ފަހަތުން ދަމުން ރީމް ބުނެލީ އާދޭހުގެ ރާގަކަށެވެ.

” އަހަންނަށް ޔަގީން އެއްމެ މިރުހަކުން އެހާ ކުޅިއެއް ނުވާނެކަން، ރީމްގެ ފަރުވާކުޑަކަން ތިއީ” ޝަނުމް މަޑުނުކޮށް ކުރިއަށް ދިޔައެވެ.

“އަހަރެންތަ ފަރުވާކުޑައީ މިހާރު، ޝަނުމް ފަރުވާކުޑައެއްނޫން ދޯ، ޝަނުމްގެ އަހަންނާއި ވާހަކަ ނުދައްކައޭ ކޮންމެހެން ވާހަކަދައްކަން ޖެހުމުން ނޫނީ، އަހަރެން އެވަރަށް އާދޭސްކުރާއިރު ތަޅުންގަނޑު މަތީ އޮންނަނީ ކީއްވެތަ؟ އަދި އަހަރެންގެ އެއްމެ ބޮޑު ސުވާލަކީ ގޭގެ އެއްމެން ކައިރީ ދޮގު ހަދާލާފަ ޝަނުމް އަހަރެން ގޮވައިގެން ހަނީމޫނަށޭ ކިޔައިފަ އައީ ކީއްވެތަ؟ ގޭގެ އެއްމެން ކުރިމަތީ އަހަންނަށް އަޅާލާ ކަމަށް ކަން ދައްކައިގެން އުޅެނީ ކީއްވެތަ؟ ކާކު ކީކޭ ބުނެގެންތަ ޝަނުމް އަހަންނާއި އިންނަން އެއްބަސްވީ؟ ” ރީމްގެ ރުޅިގަނޑު މަތަ ނުކުރެވުނެވެ. ޝަނުމްއާއި އަރައި ހަމަކޮށް ޝަނުމްގެ މޫނު މައްޗަށް ހިތުގައި ހުރި ހުރިހާ ސުވާލެއް ބަންޑުންކޮށްލިއެވެ. ޝަނުމް ރީމްއަށް ބަލައިލިއެވެ. ޝަނުމް ވެސް ހުރީ ރުޅި އައިސް ރަތްވެފައެވެ.

“އަހަރެން ރީމްއަށް އަޅާލާ ކަމަށް ހެދިގެން ނޫޅެން. އަހަރެން އަޅާލާ ކަމަށް ހެދޭނަމަ ރީމް ގޮވައިގެން މިތަނަކަށް ނައިމުސް، ތީ މިހާރު އަހަރެންގެ އަނބިމީހާއަށް ވުމުން ކޮންމެ ހާލަތެއްގައިވެސް އަހަރެން އިސްކުރަން ޖެހޭނީ ރީމްގެ ރައްކާތެރިކަން ކަމަށްވާތީ އަހަރެން ގޭގެ އެއްމެން ކުރިމަތީވެސް އަދި ދެމީހުން އެކަނި ތިބޭ އިރުވެސް ރީމްއަށް އަޅާލަނީ…… ދެން ތިއަހަނީ އަހަރެން ކީއްވެހޭ ތަޅުންގަނޑު މަތީ އޮންނަނީ، ރީމް ބުނަންތަ ވާހަކައެއް. ދިރުއުޅުމަކީ ރީމް ކުޑައިރު ގެންގުޅޭ ކުޅޭކުޅޭ ބުދުތަކެއްހެން ރީމް ބޭނުންވީމަ ބޭނުން ގޮތެއް ހެދޭނެ އެއްޗެއް ނޫން. މީ ހަގީގީ ދުނިޔެ، މި ދުނިޔޭގައި އިހުސާސްތައް ވޭ. އެކަމަކު ރީމްއަށް އެވަރު ނުވިސްނޭ . އަހަރެން އެވަރަށް ރީމް ދެކެ ލޯބި ނުވާ ވާހަކަ ބުނުމުންވެސް ރީމް އަހަރެންގެ އިހުސާސްތަކަށް ވިސްނާލިންތަ؟؟ ” ޝަނުމް ވަރަށް ސީރިއަސްކަމާއި އެކީ ރީމްގެ ސުވާލުތަކަށް ޖަވާބު ދިނެވެ. އަދި އެޔަށްފަހު ރީމްގެ ކުރިމަތިން ދުރަށް ޖެހިލައި ކޮޓަރިއަށް ގޮސް ވަނެވެ. ރީމްއަށް ޝަނުމް ދެއްކި ހުރިހާ ވާހަކައަކީވެސް ހަގީގަތްކަން އެގެއެވެ. އެހެންނަމަވެސް އެއީ އޭނާއަށް މިހާ އަސަރު ކުރާނެ ކަމެއްކަން ރޭކާމިލީ ހަމަ ދެންމެއެވެ. ޝަނުމް ދިޔަތާ އިރުކޮޅެއް ފަހުން ރީމް ގޮސް ކޮޓަރިއަށް ވަންއިރު ޝަނުމް ކޮޓަރީގައި ހުރި ސޯފާގައި އޮށޯވެގެން އޮތެވެ. ރީމް މަޑު ހިނގުމެއްގައި ގޮސް ނިތްކުރިމަތީ އަތް ބާއްވާލައިގެން އޮތް ޝަނުމްގެ ކައިރީގައި އިށީނެވެ.

“ޝަނުމް، ސުވާލެއް ކޮށްލަންތަ” ރީމްގެ އަޑުމަޑުވިއެވެ. ޝަނުމް ނިތްކުރިމަތިން އަތް ނަގައި ރީމްއާއި ދިމާލަށް ބަލާލަމުން ބޯ ޖަހައިލިއެވެ.

“އަހަރެންނާއި އިންނަން ޝަނުމް އެއްބަސްވީ ކީއްވެ” ރީމްކޮށްލި ސުވާލުން ޝަނުމްގެ ގާތަށް އައީ ހިންޏެވެ.

“ރީމް އަހަރެންދެކެ ލޯބިވާ ކަމަށް ތިހާ ވަރަށް ދައުވާ ކުރާއިރު ކައިވެނީގެ ކުރިން ތި ސުވާލުނުކުރީ ކީއްވެ؟” ޝަނުމް ހެމުން ބުނެލިއެވެ.

“ތިސުވާލުކުރަން ވަގުތު ފާއިތުވެއްޖެ، އަދި ކައިވެނީގެ ކުރިން ތިސުވާލު ކުރިނަމަ ކޮންމެވެސް ވަރެއްގެ ޖަވާބެއް ދެވުނީސްކަން ޔަގީން” ރީމް ޖަވާބު ނުދިނުމުން ޝަނުމް ބުނެލިއެވެ.

“އެކީއްވެ މިހާރު ޖަވާބު ދެވެން ނެތީ” އިސްޖަހައިލަމުން ރީމް ބުނެލިއެވެ.

“އެއީ މިހާރު ބުނެފިނަމަ އަހަރެން ލޯބިވާ ކުއްޖާއަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފަކަށް މިކަން ވެދާނެ، އެކުއްޖާ އަހަންނާއި ކިތައްމެ ދުރުގައި ހުއްޓަސް އޭނަ ދެރަވާ ފަދަ ކަމެއް އަހަރެން ނުކުރާނަން، އެލޯބި ނުލިބުނަސް އަހަރެން އެކުއްޖާގެ އުފަލަށް ވިސްނާނަން” އަޝްވާގެ މޫނު ހިޔާލަށް ގެންނަމުން ޝަނުމް ބުނެލިއެވެ. އަޝްވާ ކާއިންއާއި އެކީ ދާން އުޅުމުން އެކަމުން އެއްމެ ބޮޑު އަސަރެއް ކުރީ ޝަނުމް އަށެވެ. މިހާރުވެސް ދަންނަވަރު ނުނިދާ އަޝްވާގެ ހިޔާލުތަކުގައި އެތައް ހިޔާލުތަކެއް ކުރެވެއެވެ. އޭނާއަށް ކުރިމަތިވި މަޖުބޫރުވުން ނެތް ނަމަ މުޅި އުމުރަށްވެސް އަޝްވާއަށް އިންތިޒާރު ކުރީހެވެ. އެހެންނަމަވެސް ކަންތައް ބަދަލުވެގެން މިދިޔައީ ކިހާ ހިތިކޮށް ހެއްޔެވެ؟

“ޝަނުމް ބުނީމެއްނު އެކުއްޖަކު ވަރަށް އަވަހަށް އަހަރެން ކައިރީ އެވާހަކަ ބުނާނެއޭ، އަޝްވާ ނޫނިއްޔާ ދެން އެއީ ކާކު، އަހަރެން ދަންނަ މީހެއްތަ” ކުރީގެ ހަނދާނެއް އާކުރަމުން ރީމް ބުނެލިއެވެ.

“އެއީ ރީމް ދަންނަ ކުއްޖެއް ނޫން” އަޝްވާއަށްޓަކައި ޝަނުމް ދޮގު ހެދިއެވެ. ދޮގުހަދަން ޖެހުމުން ކުޑަ ފަސްޖެހުމަކާއި އެކީގައެވެ.

“އެކުއްޖާ ޝަނުމް ދެކެ ލޯބިވޭތަ” ހިތުގައި އުފެދެމުންދާ ސުވާލުތަކުން ފަހަރަކު ސުވާލެއް ރީމް ޝަނުމްއާއި އަމާޒުކުރަމުން ދެއެވެ.

“އާން ވަރަށް ވަރަށް ބޮޑަށް”

އަޝްވާގެ ނަން ހާމަނުކޮށް ޝަނުމް ބުނެލިއެވެ. ދެމީހުންގެ ވެސް ރުޅި މަޑުވެއްޖެއެވެ. ޝަނުމްގެ ލޯތްބަށް ރީމް ފެންބޮވައިގެންފައިވާ އިރު ޝަނުމް އެއްވެސް ފަސްޖެހުމެއް ނެތި ޝަނުމްގެ ހިތުގެ ހާލަތު ރީމްއަށް ކިޔައިދެމުންދިޔައެވެ.

އެއް ފަރާތުން ވެވޭ ލޯބީގެ ހިތިކަން ރީމްއަށް ނުކުރާނެހެން ޝަނުމްއަށް ހީވަނީ ހެއްޔެވެ؟


 

ބޭރު ގައުމުތަކަށް ދަތުރުކުރުމުގައި އަޝްވާއަށް މާބޮޑު ތަޖުރިބާއެއް ލިބިފައި ނެތަސް ކާއިން އޭނާ ކައިރީގައި އެހީވެދޭން ހުރުމުން ވަރަށް ފަސޭހަވެގެން ދިޔައެވެ. އެގައުމަށް އައިސް ކުޑަކޮށް އަރާމުކޮށްލުމަށް ފަހު އަޝްވާ ގޮވައިގެން ކާއިން އެމީހުން އުޅޭ ސަހަރުގެ ރީތި ތަންތަން ބަލާލަން ދިޔައެވެ.

އަޝްވާ އައުމުން ކާއިންގެ މަންމައާއި ބައްޕަ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔެވެ. ކާއިންގެ މަންމަ ކައުސަރުއާއި ކާއިންއާއި ދެމެދުގައި އޮތް ގުޅުން މާ ހަރުދަނާ ނުވި ކަމުގައި ވިޔަސްމެއެވެ. އަޝްވާ މިރޭގެ ކެއުމުގައި އެމީހުންނާއި ބައިވެރިވާތީ ކުޑަކޮށް އާއިލީ ވަގުތެއް ހޭދަކޮށްލުމަށް ކާއިންގެ ބައްޕަ، ހައްސާނު ބޭނުންވީ ގޭގެ ބިއްދޮށުގައި އޮތް ބޮޑު ހުސްޖާގައިގައި ބާބެކިޔުއެއް ބާއްވާލުމަށެވެ. ކާއިން އަޝްވާއާއި އެކީ ބޭރުން އަންނަން ވާއިރަށް ހައްސާނު ފިހާރަށް ގޮސް ބޭނުންވާ ސާމާނުތައް ގެޔަށް ގެނެސް ތައްޔާރު ކުރުމަށް ކައުސަރު އަތަށް ދިނެވެ.

“އެކުދިން ހާދަ ލަސްވެއްޖެއޭ، ގުޅާލަބަ ވީތަނެއް ބަލާލަން” އިރުއޮއްސުނު އިރުވެސް ކާއިންމެން ގެޔަށް ނާންނާތީ ކައުސަރު ހައްސާނު ކައިރީ ބުނެލިއެވެ.

“ބައްޕާ އަޅުގަނޑުމެން މިއައީ އޭ، އަޝްވާއަށް ޕާކު މާރީތިވެގެން އެތާ މަޑުކުރަން ހަދައިގެން ލަސްވީ ދޯ ޗެރީ” ކާއިންއާއި އަޝްވާ ގޭގެ އެތެރެއަށް ވަންނަމުން ބުނެލިއެވެ. އަޝްވާ އައިސް ވަރަށް ސޯފާގައި އިށީންނަމުން ޕާކުގެ ރީތިކަމުގެ ވާހަކަ ހައްސާނުއާއި ކައުސަރުއަށް ކިޔައިދިނެވެ.

“އަޝްވާ މާދަމާ ދެމީހުން އެއްކޮށް ވާނެ ތަންކޮޅެއް ދުރުގައި ހުންނަ ޕާކަކަށް ގޮސްލަން، ކާއިން ބުނި އަޝްވާ ވަރަށް ވާހަކަ ކިޔާ ހިއްވާ ވާހަކަ، އެތާ ކައިރީ ހުންނާނެ ލައިބުރަރީ އަކާއި ވާހަކަ ވިއްކާ ފިހާރައެއްވެސް” އަޝްވާ ނިމުމުން ކައުސަރު ބުނެލިއެވެ.

“މާލެ ގޮސްވެސް ވާހަކަ ކިޔިދާނެ، އަޝްވާ ދޭ ކޮޓަރިއަށް ގޮސް ޗޭންޖުވެލައިގެން ކާން އަންނަން” ކާއިން ބުނެލިއެވެ. ކައުސަރު އަޝްވާ އާއި އެއްވެސް ގޮތަކަށް ގާތްވާކަށް ކާއިން ބޭނުން ނުވަނީއެވެ.

“މާލޭގައި ނުހުންނަ ވާހަކަ މިތަނުން ގަންނަން ލިބޭނެ އެއްނު، ދައްތާ! މާދަމާ ހެނދުނު ސަޔަށްފަހު އެތަނަށް ދާން ވާނެ، ކާއިންވެސް ގޮވައިގެން ދާނީ” އަޝްވާ ބުނެލިއެވެ. ކާއިން ކައުސަރުއާއި އޮންނަ ގުޅުން ވަރުގަދަ ކުރަން މާލޭގައި ހުރި އިރުވެސް އަޝްވާއަށް އެތައް ނަސޭހަތެއް ދެވުނެވެ. މިހާރު އެއްމެން އެއްތަނެއްގައި ތިބުމުން އަޝްވާއަށް މިކަން ކުރަން ފަސޭހަވާނެކަން ޔަގީނެވެ.

އަޝްވާ ހެދުން ބަދަލުކޮށްލައި ތާޒާވެލައިގެން އައުމުން އެއްމެން އެއްކޮށް ބާބެކިޔު ރާވާފައި އޮތް ސަރަހަދަށް ދިޔައެވެ. ކާއިން ކުކުޅުގެ ހަން ނޮޅައިދިނުމުން އަޝްވާ މިރުސްގަނޑު ލައި ކައުސަރުއާއި ހައްސާނު ރޯކުރަމުން ދިޔަ އަލިފާންގަނޑުން ފިހެވޭނެ އިރަކަށް ތައްޔާރުކުރަމުން ދިޔައެވެ. ކާއިންއާއި އަޝްވާ ސަކަރާތް ޖަހަމުން ދިޔަ މަންޒަރު ކައުސަރު ހައްސާނުއަށް ދައްކާލިއެވެ. ކާއިން ކޮލެޖުގައި އުޅުނުއިރު ވަރަށް ގިނައިން އަންހެން ކުދިންނަށް ގުޅައި އެމީހުންނާއި އެކީ ތަންތަނަށް ދާކަން އެދެމީހުންނަށް އެގެއެވެ. ކާއިން ކައިރީ އެއިން ކުއްޖަކު ގެޔަށް ގެނެސް އެމީހުންނަށް ތައާރަފުކޮށްދޭން އެދުމުން ބުނަނީ އެއީ ސީރިއަސް ނޫން ކަމެއް ކަމަށާއި ހަމައެކަނި ވަގުތު ފާއިތުކޮށްލަން ކޮށް އުޅޭކަމެއްގެ ގޮތުގައެވެ. އަޝްވާއާއި ކާއިންއާއި ދޭތެރޭ އެފަދަ ގުޅުމެއް ނެތަސް ކާއިންގެ އަމަލުތައް ހުންނަ ގޮތުން ތަފާތުކަމެއް ވާކަން ފާހަގަކުރެވުނެވެ. މިރޭވެސް ފެންނަމުން ދަނީ އެފަދަ މަންޒަރެކެވެ. ކާއިން ކޮށްލާ ސަމާސާއަކުން ނޫނީ ބުނެލާ ބަހަކުން އަޝްވާ ހިނިތުންވާތަން ބަލަން ކާއިން ދީވާނާ ވެފައި ހުރެއެވެ. ކެތްމަދުވެފައިވާ މީހެއް ފަދައިންނެވެ.

ބާބެކިޔު ހަދާ ސާމާނުތައް ތައްޔާރުކޮށްލުމަށްފަހު ކާއިން އައިސް ހުއްޓިލީ ތަންކޮޅެއް ދުރުގައި ފޯނާއި ކުޅެން ހުރި ހައްސާނު ކައިރީގައެވެ. އެވަގުތު އަޝްވާއާއި ކައުސަރު ދާގަނޑު މަތީގައި ކުކުޅު ފައިތައް އަތުރަމުން ދިޔައެވެ.

“ދަރިފުޅާއި އަޝްވާއާއި ދެމީހުންގެ މެދުގައި އޮންނަނީ ކޮން ގުޅުމެއްތަ” ކާއިން އައުމުން ފޯނު ޖީބަށް ލަމުން ހައްސާނު އަހައިލިއެވެ.

“އަޝްވާ އަކީ ކުރިން ހަމައެކަނި ޝައިމްގެ ކޮއްކޮއަށް ވިޔަސް މިހާރު ދެމީހުންނަކީ ވަރަށް ގާތް ރައްޓެހިން، ބައްޕަގެ ކަންތަކުގައި އަޝްވާ އަޅުގަނޑަށް ވަރަށް އެހީތެރިވެދޭ” އަޝްވާއާއި ދިމާލަށް ބަލާލަމުން ކާއިން ބުނެލިއެވެ.

“ބައްޕައަށް ހީވަނީ ކާއިން ތިއަށްވުރެ ބޮޑު ގުޅުމެއް ބާއްވަން ބޭނުންވާހެން” ހައްސާނު ބުނެލީ ޔަގީންކަމާއި އެކީގައެވެ.

“މިއަށްވުރެ ބޮޑު ކޮން ގުޅުމެއްގެ ވާހަކަތޯ ބައްޕަ ތިދައްކަނީ” ސުވާލުގެ ނަޒަރުން ހައްސާނުއާއި ދިމާލަށް ބަލާލަމުން ކާއިން ބުނެލިއެވެ.

“ލޯބީގެ ގުޅުން” ހައްސާނު ދިނީ ކުރު ޖަވާބެކެވެ. އެޔާއި އެކު ކާއިންގެ ހައިރާންކަން އިތުރުވިއެވެ.

“ބައްޕައަށް ހީވެގެން ތިއުޅެނީ މުޅިން ނުބައިކޮށް، އަޅުގަނޑު އަޝްވާއާއި އެކީ މިއުޅެނީ އޭނަ މިތަނަށް އާވީމައޭ. އަދި ޝައިމްގެ ކޮއްކޮއަށް ވުމުން އިތުރަށް ބަލަން ޖެހޭނެއެއްނު” ކާއިން ހެމުން ބުނެލިއެވެ.

“ނޫނޭ ބައްޕައަށް ޔަގީން، އެކުވެރިޔާގެ ކޮއްކޮއާއި ދިމާލަށް މީހުން ތިޔަ ފަދަ ގޮތަކަށް ނުބަލާނެ، ކާއިން ތިހުންނަނީ އަޝްވާ ހެއްވާލާނެ ގޮތެއް ނުފެނިފަ، އިއްޔެ އަޝްވާ ނުކައި ހުރުމުން އެކަމާ މާ ކަންބޮޑުވެގެން އުޅުނީ ކީއްވެތަ؟ ފިޔާކޮށަން އުޅެގެން އަޝްވާގެ އަތް ކަނޑައިގެން ދިޔައީމަ ހަޅޭތްލަވައިގަތީ ކީއްވެ؟ އަޝްވާއަކީ ހަމައެކަނި ޝައިމްގެ ކޮއްކޮ ނަމަ ކާއިން އެތާގައި ބޭސް އަޅައިދީފަ ދެން ބަލައިގެން އުޅޭށޭ ބުނާނީ.  ލޯބިވާތީ އަޝްވާ ދެރައެއް ލިބޭތަން ދެކެން ކާއިން ބޭނުންނުވަނީ! އެހެންވެ މާ ރުޅިގަދަވެގެން އިހްސާސްތައް ކޮންޓުރޯލު ނުވަނީ” ކާއިންގެ ބަސްދޮގު ކުރުމަށް ހައްސާނު މިސާލުތައް ދެއްކިއެވެ.

އެހެން ބުނެފައި ހައްސާނު ދިޔުމުން ކާއިން އަޝްވާއަށް ބަލާލިއެވެ. ބައްޕަގެ ބަސް ދޮގުކުރަން ބޭނުންވާތީއެވެ.

“އަހަންނަށް އިހުސާސްތައް ކޮންޓުރޯލު ވެވޭނެ. އިއްޔެ ހަޅޭތްލަވައިގަތީ އަޝްވާގެ ފަރުވާ ކުޑަކަމުން އެކަނި، ބަލައިގެން އުޅޭށޭ އެތައް ފަހަރަކު ބުނާއިރުވެސް އެއަޑު ނީވުމުން ހަޅޭތްލަވަނީ ނޫން ހެއްޔެވެ؟” ކާއިން އަމިއްލަ ނަފުސާއި މުހާތަބުކޮށް ބުނެލިއެވެ.


 

އަޝްވާ ދިޔަތާ މާ ގިނަ ދުވަހެއް ނުވަނީސް ޝައިމް މަލަކާ ގޮވައިގެން މަލަކާ މަންމަމެންގެ ގެޔަށް ބަދަލުވިއެވެ. ބަނޑުބޮޑުވުމުން މަލަކާއަށް އުދަގޫވާތީ މަލަކާގެ އެދުމުގެ މަތިންނެވެ.

އަޝްވިންއާއި ހިންދުގެ ލޯބީގެ ދުވަސްތައް ގުނަން ފެށީ ވަރަށް އުފަލާއިއެކީގައެވެ. އީޝް ސްކޫލަށް ދާން ފެށީ ހިންދު ކިޔަވައިދޭ ސްކޫލަށެވެ. ހެދުނު އަށެއް ޖަހާއިރު ދާގޮތަށް ހިންދުގެ ގިނަ ދުވަސްވެސް މިނިމެނީ އީޝް އާއި އެއް ވަގުތެއްގައެވެ. މިއަދުވެސް އާދައިގެ މަތިން ހިންދު އާއި އީޝް ބަލާ އަޝްވިން ސްކޫލު ދޮށަށް ދިޔައެވެ.

“ބައްޕާ” ހިންދު ކައިރީ އަޝްވިންގެ އިންތިޒާރުގައި ހުރި އީޝްއަށް އަޝްވިން ފެނުމާއިއެކު ދުވެލާފައި އައިސް އަޝްވިންގެ ފައިގައި ބައްދައިގަތެވެ. ކޮންމެ ދުވަހެއްގެ ހާލަކީވެސް މިއީއެވެ.

“ބައްޕަގެ ރަންކޮޅާ މިއަދު ސްކޫލު ވަރަށް މަޖާތަ” އީޝް އުރާލަމުން އަޝްވިން އަހައިލިއެވެ.

“ޔެޝް ބައްޕާ، ދައްތި ކޮއްކޮއަށް ވަން، ޓޫ ކިޔަން ދަސްކޮށްދިނީ” އަތުގެ އިގިލިތައް ހަލުވާލަމުން އީޝް ބުނެލިއެވެ.

“އެހެންތަ، ކިހާ ހިސާބަކަށް ގުނަން ދަރިފުޅަށް އެގެނީ” އީޝް އަކީ އެއުމުރުގެ އެހެން ކުދިންނާއި ހިލާފަށް ކަންތައް ދަސްކުރުމަށް ވަރަށް ފޯރިހުންނަ ކުއްޖެކެވެ.

“ކޮއްކޮއަށް އެގެނޭ ހަންޑުރެޑް އާއި ހިސާބަށް” އީޝް ފަހުރުވެރިވެލާފައި ބުނެލިއެވެ. ބަސްބުނުމުގައި ކުޑަކޮށް ބަލިކަމެއް ހުއްޓަސް އީޝް ބުނަން އުޅޭ އެއްޗެއް ދޭހަވެއެވެ.

“އެއީ ތެދެއްތަ، ހާދަ މޮޅޭ އެހެންވީމަ” އަޝްވިން ހައިރާންވެފައި ހިންދުއާއި ސުވާލުކޮށްލިއެވެ.

“އާން، މިދިޔަ ހަފުތާއިން ފެށިގެން ދަސްކުރަން ފެށީ، އެހެން ކުދިންނަށްވުރެ އީޝް މާ އަވަހަށް ހުރިހާ ކަމެއް ދަސްކޮށްލާ، މާ ޝާ ﷲ” އަޝްވިންއާއި އެއްވަރަށް ހިނގައިގަންނަމުން ހިންދު ބުނެލިއެވެ.

އީޝް އޮތީ އަޝްވިންގެ ކޮނޑުމަތީގައި ބޯ އަޅައިލައިގެންނެވެ. މިއީ ސްކޫލަށް ދިޔުމުގެ ކުރިން އީޝް ނިދާލާ ވަގުތަށް ވުމުން އަދިވެސް އެއާދަ ނުފިލަނީ ކަންނޭނގެއެވެ. ތިން މީހުންއެކުގައި ގޮސް ގެޔާއި ހިސާބަށް ދެވުނު ތަނާ އަޝްވިން އަށާއި ހިންދުއަށް ހައިރާންކަމެއް ލިބުނީ ދޮރު ކުރިމަތީގައި ހުރި ލިއުޝާ ފެނުމުންނެވެ.

“ލިއުޝާ މިތާ ކީއްކުރަނީ” ފިޔަވަޅުތަކަށް ލަސްކަމެއް އައީ އެހާ ކުއްލި ގޮތަކަށް ލިއުޝާ ފެނުމުންނެވެ.

“އަހަރެން މިއައީ އީޝް ދެކިލާ ހިތުން، އީޝް ދަރިފުޅާ” އަޝްވިންގެ ކޮނޑުމަތީގައި އޮތް އީޝްގެ ބުރަކަށީގައި ފިރުމާލަމުން ލިއުޝާ ބުނެލިއެވެ.

“އީޝް މިވަގުތު ނިދާފަ އޮތީ..ވެޔޯ ކުއްލިއަކަށް ދަރިއެއް ހުރިކަން ހަނދާންވީ” އަޝްވިން ނުރުހިފައި ބުނެލިއެވެ. އަޝްވިން އެހެން ކަންތަކުގައި ލިއުޝާގެ އެހީތެރިކަން ހޯދާ އުޅުނު ކަމަށް ވިޔަސް އީޝްގެ އެއްވެސް ކަމެއްގައި މިހާރު ލިއުޝާ އާއި ވާހަކަ ނުދައްކައެވެ. ހާއްސަކޮށް ބައްޕަ ކައިވެނި ކުރަން އެދުމުން އަޝްވިން ލިއުޝާގެ ހިޔާލު ބަދަލުވޭތޯ ކުލިނިކަށް ދިޔަ ދުވަހަށް ފަހުގައެވެ. ލިއުޝާ އީޝްގެ މަންމައަށް ވެ ހުރެ ބުނެގެން ނުވާނެ އެތައް އެއްޗެއް ވަނީ ބުނެފައެވެ.

“އަހަރެން އަބަދުވެސް ހަނދާން ހުރެއޭ އަހަރެންގެ ދަރިއެއް ހުންނަކަން، ވަގުތު ނުވާތީ ބައްދަލުކޮށްލަން ނާދެވެނީއޭ… މިއަދު މާ ބޮޑަށް ހަނދާންވާތީ އީޝް ގޮވައިގެން ބޭރަށް ގޮސްލަންކަމަށް މިއައީ” ލިއުޝާ ބުނެލިއެވެ. އަޝްވިންއާއި ޖެހިގެން ހުރި ހިންދު އެތާގައި ހުރި ކަމަށްވެސް ހަދާނުލައެވެ.

“އީޝް އާއި ބައްދަލުކޮށްލަން އާދެވިދާނެ، އެކަމަކު އީޝް ގޮވައިގެން ތަންތަނަށް ދާން އަހަންނަށް ހުއްދައެއް ނުދެވޭނެ” އަޝްވިން ބުނެލިއެވެ.

“އެކީއްވެތަ، މިއީ އަހަރެންގެ ދަރިއެއް ނޫންތަ” އަޝްވިންއާއި ދިމާލަށް ލޯ އަޅާލަމުން ލިއުޝާ ބުނެލިއެވެ.

“ލިއުޝާގެ ދަރިއެކޭ، ތިބަނޑުގައި ނުވަމަސްވަންދެން މިދަރިފުޅު ގެންގުޅު ކަމަށްޓަކައި އެކަނި މިއީ ލިއުޝާގެ ދަރިއެކޭ ނުބުނެވޭނެ، އެދަރިފުޅު މިދުނިޔެއަށް ނުގެނެސް މަރާލަން އުޅުނު މީހަކަށް ނުބުނެވޭނެ މިއީ އޭނަގެ ދަރިއެކޭ… އީޝް އަކީ ލިއުޝާގެ ދަރިއެއް ނަމަ އީޝްއާއި ބެހޭގޮތުން އެގެނީ ކިހާ ވަރަކަށްތޯ ބުނެދީބަލަ” އަޝްވިންގެ އަޑުގައިވީ ރުޅިވެރިކަމާއި ނަފުރަތެވެ.

“އީޝްގެ އުމުރުން މިހާރު ތިން އަހަރު ވެދާނެ…… އީޝްއަކީ”

“މަގުމަތިން މީހަކާއި ސުވާލުކޮށްލިއަސް ތިޖަވާބު ލިބިދާނެ، ހަނދާން ކުރާތި މަގޭ ދަރިފުޅާއި ދިމާލަށް މިއީ ތިމަންނަގެ ދަރިއެކޭ ނުބުނާތި، ތީ އީޝްގެ މަންމަ އެއްކަމަކު އީޝްއަކީ ލިއުޝާގެ ދަރިއެއް ނޫން” ލިއުޝާގެ އަތް އީޝްއާއި ދުރުކުމުން އަޝްވިން ބުނެލިއެވެ. އަދި ލިއުޝާއަށް ދިފާއުގައި އެއްޗެއް ބުނަން ފުރުސަތު ނުދީ ކައިރީގައި ހުރި ހިންދުގެ އަތުގައި ހިފައި ގެޔަށް ވަންނަން ހިގައިގަތެވެ.

އަޝްވިން މަޑު ޖެހުމެއްނެތި ލިފުޓަށް އަރައިގެން ގޮސް ހަވަނަ ބުރިއަށް ދިޔައެވެ. އަދި އީޝް ގޮވައިގެން ގޮސް ކޮޓަރި އަށް ވަދެ އެނދު މަތީގައި ބާއްވާލިއެވެ.

“ބައްޕާ އާދޭ” ލޯމަރައިގެން އޮވެ އީޝް އަޝްވިންއަށް ގޮވާލިއެވެ. އީޝްގެ އެކުޑަ އެދުމާއި އެކީ އީޝްގެ ހިތް ބަންޑުން ނުވީ ކިރިއާއެވެ. ލަސްކުރުމެއްނެތި އީޝްއާއި ޖެހިގެން އޮށޯވެ އީޝް ގެނެސް މެޔާއި ކައިރިކޮށްލިއެވެ.

“ބައްޕާ ލަވަ ކިޔާ” އީޝްއަށް ނިދިން ހޭލެވިގެން އިތުރަށް ނިދެން ބޭނުންނަމަ ލަވައެއް ކިޔައިދޭން ޖެހޭނެއެވެ. އެހެންނޫނަމަ އީޝްއަށް ނުނިދިގެން ބޮޑާ ހާކާނެއެވެ. އަޝްވިން ކިޔައިދޭން ފަށައިގަތެވެ.

“ލޯބިން ކަނބުލޯ ދޫންޏާ އަވަހަށް ބޮއްތާލާށޭ، ލޯބިން އުނގުގައި އޮވެގެން ދޮން ކަނބުލޮ ނިދާލާށޭ” އަޝްވިންއަށް ކިޔައިދެވުނީ އެހާ ހިސާބަށެވެ. އީޝް އަޝްވިންގެ އަނގަމަތީގައި އަތް އަޅައި ދެކޮޅަށް ބޯ ހޫރުވާލިއެވެ.

“ލޯބި ދަރިފުޅާ ކިޔާދީ” އީޝް ވަރަށް މައުނަވީ ގޮތަކަށް އެދުނެވެ. އަޝްވިން ހީލުމަށްފަހު އީޝްގެ ނިތްކުރީގައި ބޮސްދިނެވެ. އަދި އީޝް އެބުނާ ލަވަ ހަނދާނަށް ގެންނަމުން ކިޔައިދޭން ފަށައިގަތެވެ.

“ލޯބި ލޯބި ދަރިފުޅާ ހާދަ ތިއްތިއޭ، މަގެ ދަރިފުޅާ ލިބުނީ ލޯބިންނޭ

ހިތުގެ އުފަލަކީ މަގޭ ކުޑަ ލޯބި މައިނާއޭ، ފިރުކިފައި އުޅޭ ގޮތުން މިފުރާނަ އާރޯވޭ

ހާސްފަށުން އުފާ ލިބޭ ބުނެލީމަ ބައްޕާއޭ……..

އެކީ ފަހަރު ދިމާވެދާ ހާސްކަން އެކީއެކުގައި ، ނެތި ދިޔުމުގެ އަސްލަކީ ދަރިފުޅުގެ ނާނޭއޭ

ލޯ ނުއެދި އެދޭ ރަންދޫނި ހީލާށޭ……”

އަޝްވިން އެހާސިބަށް ކިޔައިދިނުމުން ލޯމަރައިގެން އޮތް ހީލިއެވެ. އަޝްވިން ލަވައިގައި ބުނާ ގޮތަށެވެ. އީޝްއަށް ނޭނގި ނަމަވެސް ހީލުމުން އަޝްވިންގެ ހިތުގައި އުފެދެމުން ދިޔަ ހާސްކަން އެކީ އެކައްޗަށް ފިލައިގެން ދިޔައެވެ.

އީޝް ނިދަން ތަންމަތި ރަގަޅުކޮށްލުމަށްފަހު އަޝްވިން އެނދުން ތެދުވިއެވެ. އޭރު އަޝްވިންގެ ހަރަކާތްތައް ބަލަން ފަހަތުގައި ހިންދު ހުއްޓެވެ.

“ކީއްވެ އީޝްއަކީ ލިއުޝާގެ ދަރިއެއްކަމަށް އެއްބަސްނުވީ” އަޝްވިން އޭނާއާއި ދިމާލަށް އެބުރިލުމުން ހިންދު އަހާލިއެވެ.

“ހިންދުއަށް އަހަރެން ދެއްކި ސަބަބުތައް ނުފުދޭތީތަ ތި ސުވާލު ތި ކުރީ، ނޫނީ އަދިވެސް ކިޔައިދޭންވީތަ” އަޝްވިންގެ އަޑުގައި ވަނީ ސީރިއަސްކަމެވެ.

“ނޫން އަހަންނަށް ލިއުޝާއާއި އަޝްވިންގެ ގުޅުން އަދި ލިއުޝާއާއި އީޝްގެ ގުޅުންވެސް އެގޭ. މިއަދު އީޝްއަކީ ކަންކަން ނޭނގޭ ތުއްތު ކުއްޖެކަސް މާދަމާ ކަންކަން އެނގޭވަރުވުމުން ދެން ކިހިނެތް ހަދާނީ.. އޭރުން އީޝްގެ ސުވާލުތަކާއި ޝަކުވާތަކަށް އަޝްވިންއަށް ރައްދުދެވޭނެތަ” ހިންދު ބޭނުންވީ އަޝްވިންއަށް ވިސްނައިދޭށެވެ.

“ހިންދުއަށްވެސް މިކަން ވިސްނޭނެ، ލިއުޝާ ކުއްލިއަކަށް އީޝް ހޯދަން އެއައީ ކޮންމެހެން އީޝް ދެކެ ލޯބިވާތީއެއްނޫން. އަހަރެން އުފަލުގައި އުޅޭތަން ފެނި ހަސަދަވެރިވެރިގެން ކުރާނެ ކަމެއް ނޭނގިގެން އެއުޅެނީ” ހިންދު ކައިރީ ހުއްޓިލަމުން އަޝްވިން ބުނެލިއެވެ.

“އަޝްވިން! ތިހާ ގޯސްކޮށް ލިއުޝާއާއި ދޭތެރޭ ދެކޭކަށް ނުވާނެ، އެއްފަހަރު ނަމަވެސް ހަގީގަތް ހޯދަން މަސައްކަތްކޮށްލަބަ. މިއަދު ލިއުޝާ އެއައީ ހެޔޮ ނިޔަތަކާއިގެންނަމަ ކުށްވެރިވާނީ އަޝްވިން. އީޝްއަށް ވިސްނޭވަރު ވުމުން ތުހުމަތުގެ އިގިލި ދިއްކުރާނީ އަޝްވިންއަށް… އަޝްވިންއަކީވެސް މަންމަގެ ލޯބި ނުލިބި ބޮޑުވެފައި ހުރި މީހެއް، ބުނެބަލަ! މަންމަ މަތިން ހަނދާން ނުވޭތަ، މަންމަ ކައިރީގައި ހުންނާނެ ނަމައޭ ހިތަށް ނާރާތަ” ހިންދު މަޑުމަޑުން ވާހަކަދެއްކިއެވެ.

“އަހަރެން ނުބުނަން އީޝް އެއްކޮށް ލިއުޝާއަށް ދޭށޭ، އަހަރެން ބުނަން ބޭނުންވަނީ ލިއުޝާ އީޝްއަށް ދޭން ބޭނުންވާ ލޯބި ދޭން ފުރުސަތު ދޭށޭ… އަހަންނަށް ޔަގީން ލިއުޝާއާއި އެކީ މުޅި ދުވަސް ހޭދަކުރިއަސް އީޝް ދުވެފައި އައިސް އަޝްވިންގެ އުނގަށް އަރަން އުޅޭނެކަން، އަހަރެން އަޝްވިން ކައިރީ އުޅޭތީ އީޝް ޖެލަސްވެގެން އުޅޭ ވާހަކަ އަޝްވިން އަބަދު ދައްކާނީ.. އެހާ ލޯބިވާއިރު އީޝްއަށް އޭނާގެ ބައްޕަ ދޫކޮށްފައި ނުދެވޭނެއޭ. އަދި އަޝްވިންގެ ދެކެ ވާ ލޯބީގެ ޒައްރެއްގެ މިންވަރުވެސް ކުޑައެއް ނުވާނެ” ހިންދު އިތުރުކޮށްލަދިނެވެ.


 

އަޝްވާއަށް ހޭލެވުނީ ކާއިން ދޮރުގައި ތަޅައިގަތް އަޑަށެވެ. ކުނި މޫނު ހަދައިލައިގެން ކަންނެތް ކަމާއި އެކު ދޮރު ހުޅުވާލި އިރު ކާއިން ހެވިފައި ދޮރު ކުރިމަތީގައި ހުއްޓެވެ.

“މާލެއިން ބޭރަށް ދެވުނީމަ ލިބުނު ޗުއްޓީއެއްދޯ މިއީ، ހަމަ މިހާރު ފެންވަރައިގެން ބަދިގެޔަށް” ޝަހާދަތް އިގިލި ދިއްކޮށްލައި ކާޢިން އަމުރެއް ކޮށްލިއެވެ. އަޝްވާ ބަލަން ނުހުރެ ކާއިންގެ އިގިލީގައި ބާރަށް ހިފާލިއެވެ.

“އޭ!!! މިނިމަސް ކާންތަ ތިއުޅެނީ” އަޝްވާ އިގިލި މޫނާއި ކައިރިކޮށްލުމުން ކާއިން ތަންކޮޅެއް ބާރަށް ބުނެލިއެވެ.

“ކާއިން އަހަންނަށް ކާން ނުދެންޏާ މިނިމަސްވެސް ކެވެން ފެށޭނެ ދޯ” އަޝްވާ ރުޅި އައިސްފައި ބުނެލިއެވެ. މިކޮޅަށް އައިފަހުން ކާއިން އާއި އެކީ ކާން އަރާ އިރެއްނަމަ އަޝްވާގެ ބަތްތައްޓަށް ވީހާވެސް މަދުން ކާއެއްޗެހި އެޅޭނެ ގޮތަކަށް ކަންތައް ކުރެއެވެ. ކާން ތިބެނީ ކާއިންގެ މައިންބަފައިން ކުރިމަތީ ކަމުން އަޝްވާ އިންނަން ޖެހެނީ ކާއިން ކުރާނެހާ ކަމެއް ކުރަން ފުރުސަތު ދީގެނެންވެ. ބައެއް ފަހަރު އަންނަ ރުޅިން ބަތްތަށި ކާއިންގެ ބޮލަށް އަޅާފައި ހިނގައިދާނަމޭ ހިތަށް އަރައެވެ.

“ހޫން ޝަކުވާ ކުރާނެ ކަމެއް ނެތޭ، ފެންވަރައިގެން އާދޭ މަށަށް ސައިހަދައިދޭން…. މަންމަ ބައްޕައާއި އެކީ ބޭރަށް ގޮސްވީ، ދެންމެ ގުޅީމަ ބުނީ ތަންކޮޅެއް ލަހުންނޭ އާދެވޭނީ” ކާއިން އެހެން ބުނެލައި އަޝްވާގެ އިސްތަށިގަނޑު ހާވާލާފައި ދިޔައެވެ. ކާއިން ދާން ހިގައިގަތުމުން އަޝްވާ އަތް އިސްކުރީ ކާއިންގެ ގައިގައި ޖެހުމަށެވެ. އެހެންމަވެސް ކާއިން ހުރީ އެޔަށްވުރެ މާ ހުޝިޔާރުވެގެން ކަމުން އަޝްވާގެ ޖެހުމުގެ ކުރިން ދުއްވައިގަތެވެ. އަޝްވާ ރުޅިއައިސްގެ ކާއިންގެ ނަމުން ބާރަށް ގޮވައިގަތެވެ. ކާއިންގެ ހަބަރެއް ނުވުމުން އަޝްވާ ކޮޓަރިއަށް ވެދެ ބާރަށް ދޮރު ލައްޕައިލިއެވެ.

އޭގެ އެއްގަޑިއިރު ފަހެވެ. އަޝްވާ ރީތިވެގެން ތިރިއަށް ދިޔައިރު ކާއިން މޭޒުމައްޗަށް ހެނދުނުގެ ސައި ތައްޔާރުކުރަމުން ދިޔައެވެ. ޖޭމާއި ޕާނާއި ބިސްގަނޑާއި ސޮސެޖެވެ. އަދި ބޭކެޑް ބީންސާއި ކޮށާފައި ހުރި މޭވާއެވެ.

“ސައި ތައްޔާރުކޮށްފަ އައިސް ދޯ މާ ބޮޑަށް ފޮނިކެނޑީ” މޭޒު ދޮށުގައި އިށީންނަމުން އަޝްވާ ބުނެލިއެވެ.

“އަހަރެން ބިރުން ގޮސް ހަލާކުނުވީ ކިރިއާ، ޗެރީ ތިރިއަށް އަންނައިރު ކާނެ އެއްޗެއް ނެތިއްޔާ އަހަރެން ރޮލާ ކާލެހެން ހީވެގެން ފުރިޖުގައި ހުރި އެއްޗެއް ނަމަ އެއްޗެއް މޭޒުމައްޗަށް މިނެގީ… ދެންވެސް ލަސްނުކޮށް ކާން ފަށާބަލަ” ކާއިން އަޅަމުން ދިޔަ ބިސްގަނޑު ހިފައިގެން އައިސް އަޝްވާ ކައިރީގައި ހުރި ތައްޓަށް އަޅައިލިއެވެ.

“މިއަދު ޖެހޭނެ ދޯ މިހުރިހާ އެއްޗެއް ހުސްކޮށްލަން” ކާއިންއާއި ދިމާލަށް ބަލާލަމުން އެއްމިޔަކުން ހީލަމުން އަޝްވާ ބުނެލިއެވެ.

“މައްސަލައެއް ނެތް ހުރިހާ އެއްޗެއް ހުސްކޮށްލާ” ދެބުމަ މައްޗަށް އަރުވާލަމުން ކާއިން  ބުނެލިއެވެ.

“އެނގޭތަ؟ ޝަނުމް މެރީ ކުރި ރޭ އަހަންނަށް މެސެޖެއް ކޮށްފައިން” ކައިރީގައި ހުރި ޖޫސްތަށިން ފޮދެއް ބޯލުމަށްފަހު އަޝްވާ ބުނެލިއެވެ.

ކާއިންއަށް ޝަނުމްގެ ނަން އިވުމުން އަޝްވާއަށް ބަލާލިއެވެ.

“އޭގަ އޮތީ ތަގުދީރުގައި މިހެން ކަންތައް ވާނެ ކަމަށް ލިޔެވިފައި އޮތަސް ޝަނުމް އަހަރެން ދެކެ ވަރަށް ލޯބިވަމޭ. އަދި އަހަންނާއި އެކު މުސްތަގުބަލެއް ނެތް ކަމުގައި ވިޔަސް ޝަނުމްގެ ހިތަކުން އަހަރެންގެ ނަން ނުފިލާނޭ.. ދެން އޮތީ އަހަންނާއި މެރީ ނުކުރެވޭ ސަބަބު އެގެން ބޭނުން ނަމަ އެ ސަބަބު ބަޔާންކޮށްދޭން ތައްޔާރަށް ހުރި ވާހަކަ” އަޝްވާ ކިޔައިދިނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ޒާރާ

Next

ހިތާ ފުރާނައިން… (34)

Next
February 9, 2018

ހިތާ ފުރާނައިން… (34)

Previews
February 9, 2018

ޒާރާ

57 Comments!

  1. Aki says:
    February 9, 2018 at 3:42 pm

    hama balabalaa huhta thi up kohla dhinee… mifaharu first libunee dho mi

    1. maroon says:
      February 9, 2018 at 5:57 pm

      Thanku Aki. Yes first goes to u ?

  2. Mixuhan says:
    February 9, 2018 at 3:46 pm

    Alhey varah kiyaahithun bala balaa huhta thi upkury

    1. maroon says:
      February 9, 2018 at 5:58 pm

      Thanku mixuhan ?

  3. maroon says:
    February 9, 2018 at 3:46 pm

    Dhn maa gina dhuvaheh neiy emme bodu hageegaiy egen. Hope u like this part too. If so leave a comment. And if dnt like the story also plz do tell what to correct. Liusha hama e aee dhe jealous vegen.. do u think kaain should tell ashwa the reason. But m sure he will not be able to tell why shanum and reem got married. Anyway have a happy friday. Enjoy ur evening loves. Tc ???

  4. Shann says:
    February 9, 2018 at 3:48 pm

    Oh my luving maroon hama bala bala huhttaa thi up kohly.. Khonireh mihaaru mi story ah inthixaaru kuraathaa.. Mihaaru story kiyaahithun story up vehjetho belun adhadhuves bunedheykah neynge.. Hama off velaairah hithaharany mihaaru anehka innaany up vefaey.. Ehaaves kiyaahiyvey.. Ehaaves loabi loabi story eh mee.. Mee mi site ga liyaa enme enme rythi rythi story.. N enme enme molhu kamah shann ah faahaga kurevey story aky mee.. Hagygathugaves mee v v molhu story eh.. Sifakurun hama mifaharuves byneveyny rythikamun obi noavey.. Luv u maroon

    1. maroon says:
      February 9, 2018 at 6:01 pm

      Oh shweet.. haadha loabi commentekey ❤ v v v v ufaa vejje. Shann ge thi thaureefah v v bodu shukureh. One of the best readers ? mihaaru story up koffa shann ge ge commentah inthizaaru kurevey. Egey busy koh ulhemun ves story kiyaane kan. Much love ? thanku dear shann

  5. Icy♡ says:
    February 9, 2018 at 4:04 pm

    Wow
    Vrh reethi
    Kon irakun next part
    One of my favourite stories

    1. maroon says:
      February 9, 2018 at 6:02 pm

      Thanku icy. In sha Allah tmrw anebbai up kuraanan. So glad to know this story is one of ur fav ?

  6. Mixuhan says:
    February 9, 2018 at 4:04 pm

    varah varah reethi..alhe avahah ashwa ah e sababu bunedheebala ..interesting..when is the next part

    1. maroon says:
      February 9, 2018 at 6:03 pm

      Again mixuhaan dhw. Yes she has to know the reason. Lets see if asks him..next part tmrw ngey ?

  7. Mixuhan says:
    February 9, 2018 at 4:07 pm

    Shanum jeheynee ashwa kairy reason bunan..❤️love this story

  8. annoying reader says:
    February 9, 2018 at 4:09 pm

    varah reethi mi partves. enme fahun liusha jealous vegen ai dhw. plz ashwin and hindh ge life ruine kutan chance nudheythi liusha yah. anyway i think its not kains place to tell ashwa y shanum cudnt marry her. if he did she will b angry for hiding it all along. anyway i really hope kain wil get shanums help with his dads prblms. may b he cud help kaain. varah reethi mi part ves. still waiting for the reem alike twins ? i dnt knw y no other reader is obsessed with her twin ?

    1. maroon says:
      February 9, 2018 at 6:07 pm

      Kaain and shanum seems to hate each other cause of ashwa. Lets see if they help each other, eyrun emmen hama jehigen ulheveyne dhw. Hehehe. Alike TWINS. ? yes i wonder why others dnt talk abt that scence. Seem annoying reader hama v v ragalhah story kiyaaheh. V ufaa vejje ehemvyma… something needs to be done to liusha before she ruins the perfect couple. Thanku dear ??

  9. Ba See says:
    February 9, 2018 at 4:24 pm

    Masha Allah

    1. maroon says:
      February 9, 2018 at 6:07 pm

      Thanku dear ?

  10. ainthu says:
    February 9, 2018 at 4:33 pm

    Maroon v salhi konirakun next part superb keepit up loving

    1. maroon says:
      February 9, 2018 at 6:07 pm

      Thanku ainth ? tmrw in sha Allah

  11. Maa says:
    February 9, 2018 at 4:35 pm

    Marooooonn..????? vvv nice mi partves…. vvvv bodah thanks ingey thikuraaa bura masahkathah…. we all love
    ????? you big koh….

    1. maroon says:
      February 9, 2018 at 6:08 pm

      Maa… v ufaa vejje kuraa masahkathuge agu thi kudhinge commenta thakun bunedheythy. V shukuru ? loves from me

  12. Lamsha says:
    February 9, 2018 at 4:44 pm

    As usual v reethi ashvin nd hindh v nice couple eh eyy aslu kaain ge part eh Anna konmefaharaku lam ah lam ge beybe mathin miss vany hama same koh beybe ves ulheyny luv u maroon nd kaain too waiting waiting

    1. maroon says:
      February 9, 2018 at 6:11 pm

      Thanku lamsha ? kaain dhw… yh even if he is like that he truely cares abt the ppl he love.loves

  13. Friends says:
    February 9, 2018 at 5:04 pm

    What! mi liusha gadu
    jealous vegen aee dhw
    ??????
    kaain ashwa kairy
    . reason buny
    .Vvv nice mi part vess
    ?????????
    .Keep it up maroon
    .Waiting 4 next part
    If u can plx tonyt one
    . part upload kohdhybala

    1. maroon says:
      February 9, 2018 at 6:13 pm

      Thanku friends. Yes emyhakah ufaleh nulibeythy baeh meehun jealous vaane. Seems she is that type of person too. Kaain bunaanethw balama next part ga.. will try my best ngey
      ? loves

  14. Zuam says:
    February 9, 2018 at 5:10 pm

    Varah reethi….

    1. maroon says:
      February 9, 2018 at 6:13 pm

      Thanku zuam ?

  15. Pinky shifoo says:
    February 9, 2018 at 5:19 pm

    Wonderful ❤️❤️❤️…. Varah varah reethi… Waiting for next part ???…

    1. maroon says:
      February 10, 2018 at 5:08 pm

      Thanku pinky shifoo ?

  16. Zuzu says:
    February 9, 2018 at 5:24 pm

    No words… v reethi dhen

    1. maroon says:
      February 9, 2018 at 6:13 pm

      Thanku zuzu ?

  17. Hairaan says:
    February 9, 2018 at 5:33 pm

    Wow nice

    1. maroon says:
      February 9, 2018 at 6:13 pm

      Thanku hairaan ?

  18. Anonymous says:
    February 9, 2018 at 6:27 pm

    Varah reethi vaahaka eah mi story akee me ge favourite ???❤????❤ Maroon kon iraku next part

    1. maroon says:
      February 9, 2018 at 10:00 pm

      Thanku dear. Tmre ?

  19. ސުއައިބް says:
    February 9, 2018 at 6:39 pm

    ……..Woe…. Nice

    1. maroon says:
      February 9, 2018 at 10:01 pm

      Thanku dear ?

  20. Ss says:
    February 9, 2018 at 7:07 pm

    Sanum nd asfa is cariarun.asva voletun sanum ah fenuni.reem mam dhin dhuvahu dho maroon

    1. maroon says:
      February 9, 2018 at 10:02 pm

      Yh. Thanku ss ?

    2. Kitty ❤️ says:
      February 9, 2018 at 11:35 pm

      I also think that’s the reason ☺️

  21. Aail says:
    February 9, 2018 at 8:40 pm

    Regular koh comment nukuriys gavaaidhun story kiyan. Rangalhu kuran bunaa varuge kameh nei. Ehaa ves reethi mi story .and varah bodah thanks thihaa dhigu koh daily koh up kohdheythee ?

    1. Ashwa says:
      February 9, 2018 at 9:59 pm

      vv reethi vaahaka eh mi ekam sanum n ashwa nugulhu v ma v kada adhi javaabu nulibey ethah suvaalu thakeh ebahuri sanum rashah dhiyaee keehkuran next part ashwa sanum ge sms balaa sababu olhun filuvaane dhw

    2. maroon says:
      February 9, 2018 at 10:04 pm

      V ufaa vejje vaahaka kiyaalaakan angaalyma. Thanku dear ?

  22. maikko says:
    February 9, 2018 at 8:47 pm

    Varah reethi…lots of love

    1. maroon says:
      February 9, 2018 at 10:05 pm

      Thanku maikko ?

  23. Neesh says:
    February 9, 2018 at 9:39 pm

    Masha Allah story v reethi pls shanum ashwa gulhuvahchey.

    1. maroon says:
      February 9, 2018 at 10:07 pm

      Thanku neesh ?

  24. Ashwa says:
    February 9, 2018 at 9:58 pm

    vv reethi vaahaka eh mi ekam sanum n ashwa nugulhu v ma v kada adhi javaabu nulibey ethah suvaalu thakeh ebahuri sanum rashah dhiyaee keehkuran next part ashwa sanum ge sms balaa sababu olhun filuvaane dhw

    1. maroon says:
      February 9, 2018 at 10:09 pm

      Ashwa aai shanum dhw.. nubunaanan adhinuvaaney. Cox adhi storyge v gina kanthah vaanr. And shanum rashah dhiya reason bunefa innaane. Lets see if she does ? thanku ashwa

  25. Faathi says:
    February 9, 2018 at 10:18 pm

    Dhuvahakuves vaahakaeh kiyaigen nurovey mifaharu noonihyakaa v v dheravey ashva ah dheragoiy vaathy v life aa ves gulhey vaahakaeh mee v v v reethi mi vaahaka

    1. maroon says:
      February 10, 2018 at 5:06 pm

      Oh faathi. Ashwa aky mi storyge heroine. So ofcourse she will be happy. V ufaa vejje thihaa loabi commenteh kollyma. Anekkolhun dhera ves vejje ruimey bunyma. ?thanku dear

  26. Xxxx says:
    February 9, 2018 at 10:21 pm

    Wooow.v.nice dear..???? waiting

    1. maroon says:
      February 10, 2018 at 5:06 pm

      Thanku.my dear xxxx ?

  27. Me says:
    February 10, 2018 at 12:02 am

    Wat am i missing ? Twin sister

    1. maroon says:
      February 10, 2018 at 5:06 pm

      ? neyge hehe. Kiyaalyma hints libeyne

  28. Anonymous says:
    February 10, 2018 at 2:08 pm

    Kn irakun up kolla dheynee

  29. Ashwa says:
    February 10, 2018 at 5:53 pm

    hi maroon kon irakun up kohla dheyny

    1. maroon says:
      February 10, 2018 at 5:56 pm

      Story up vejje. Nufeneytha?

Comments are closed.

Next Episodeތިޔަ އަސަރު 29←


All Right Reserved!