Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން…(31)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
February 6, 2018 10 Mins Read
71 Comments

“ހޫނޭ އެ ކޮފީ…. ކޮން ހިޔާލެއްގަ އިނދެގެން ތަ ތި ބޮއިލީ” ލާވިޔާ ކުޑަކޮއް ނުރުހުންވެފައި ސުވާލުކޮއްލިއެވެ. ޔުއާން އެއްވެސް އެއްޗެކޭ ނުބުނެއެވެ. އޭނާ އަވަސް އަވަހަށް އެތަނުން ނުކުމެގެން ދާން މިސްރާބުޖެހިއެވެ.

“ޔުއާން މަޑުކޮއްބަލަ”ލާވިޔާ ބުނެލިއެވެ.

ޔުއާން ގެ ފަހަތުން ލާވިޔާ ވެސް މިސްރާބުޖެހިއެވެ.

“އިލީ” ޖަޒިލް ގޮވާލިއެވެ. އޭރުވެސް މައިލީން އިނީ އިސްޖަހައިގެންނެވެ. ޖަޒިލް ގޮވާލުމުންވެސް މައިލީން އަޅެއެއްނުލިއެވެ. މައިލީން ނޭފަތް އެތެރެއަށް ދަމާލިއެވެ.

އެއާއެކު ޖަޒިލް އަށް މައިލީން ރޮނީކަން ޔަގީންވިއެވެ. އޭނާ ގޮނޑިން ތެދުވިއެވެ. ގޮސް މައިލީން ގެ ގޮނޑި އަނބުރާލަމުން މައިލީން ކައިރީގައި އުޑުފައިން އިށީނެވެ. އޭރު މައިލީން އިނީ ދެއަތުން މޫނު ފޮރުވައިލައިގެންނެވެ.

“އިލީ” އޭނާ މައިލީން ދެއަތުގައި ހިފާލިއެވެ. އަދި ރޮނީ ކީއްވެތޯ ސުވާލުކޮއްލިއެވެ. މައިލީން އެއްވެސް އެއްޗެއް ނުބުނެއެވެ. އެނާ އިން ގޮތަށް އިނީއެވެ. “ޒިލް… އަހަރެން ކިހިނެތްހަދަންވީ” މައިލީން އަށް ބުނެވުނެވެ. އޭނާގެ ހިތުގެ މައްޗަށް ބާރުނުފޯރުވެނީ ކީއްވެހެއްޔެވެ؟ އެ ލޯބީގައި ކޮޅުފައިން ޖެހީ ޔުއާންއެވެ. އެހެނަސް އަދިވެސް އޭނާ އަށް އެކަންތައް އެގޮތަށް ވެފައި ވިއިރުވެސް ޔުއާން އަށް އެދެވެނީ ކީއްވެހެއްޔެވެ؟.

“ޔުއާން…” ބާރުބާރަށް ދިޔަ ޔުއާން އަށް ގޮވަމުން ލާވިޔާ އަށް ލާން ޖެހުނީ ދުވެލާފައެވެ. އޭރުވެސް އޭނާގެ ހިތުގައި ސުވާލެއްވިއެވެ. އެހެނަސް އެ ސުވާލު މިވަގުތު ޔުއާން އާ ކުރާކަށް ބޭނުމެއްނޫނެވެ.

ޔުއާން ގޮސް ޕާރކް ކޮއްފައިވާ ކާރަށް އެރިއެވެ. ލާވިޔާ އަށް ދެވުނު އިރު ޔުއާން ކާރުގެ ދޮރު ވެސް ތަޅުލައިފިއެވެ. އޭނާ ލޯގަނޑުގައި ތަޅަމުން ޔުއާން އަށް ގޮވިއެވެ. އެހެނަސް ޔުއާންއެ އަޑެއް ނާހައެވެ. އޭނާ ކާރު ދުއްވާލިއެވެ. އެއާއެކު ލާވިޔާ ދިޔައީ ސިއްސައިގެންނެވެ. ދެފަރާތައް ބޯ ހޫރާލަމުން އޭނާ ވެސް ހޮސްޕިޓަލް އަށް ވަންނަން މިސްރާބުޖެހިއެވެ. އޭނާގެ މިސްރާބު ހުރީ ޑޮކްޓަރސް ލައުންޖަށެވެ.

“ސްޓެޕް އެސައިޑް…. ކޯލް އަ ކާޑިއޮލޮޖިސްޓް…. ހާރޓް އެޓެކް” އެތަނުން ސްޓްރެޗަރ ދުއްވަމުން ދިޔަ ނަރުސްކުދިންގެ ތެރެއިން އެއްކުއްޖަކު އެހެން ކުއްޖަކަށް ގޮވާލަމުން ބުނެލިއެވެ. އެއަޑު ލާވިޔާ އަށް އިވުނެވެ. އޭނާ އަވަސް އަވަހަށް އެތަނަށް ކައިރިވިއެވެ. އަދި ފަރުވާ ދިނުމަށް އަވަސްވެގަތެވެ. މިއީ ދެންމެ އެކަމަރޖެންސީވެގެން ގެނެވުނު ޕޭޝެންޓެކެވެ.

އެ ބަލި މީހާ ވެއްދުނީ އެމަރޖެންސީބަޔަށެވެ. އެއާއެކު އަވަސް އަވަހަށް އޭނާއަށް ފަރުވާ ދޭން އެންމެން އަވަސްވެގަތެވެ.

” މުޙައްމަދު ތަރީފް” އެތަނުގައި އޮތް ފައިލް ނަގަމުން ލާވިޔާ ބުނެލިއެވެ.

މައިލީން ގާތު އިން ޖަޒލް އިނީ ހަދާނެ ގޮތް ހުސްވެފައެވެ. އޭނާ ތަކުރާރުކޮއް މައިލީން ގާތު އެދެމުން ދިޔައީ ހުއްޓާލުމަށެވެ. އެހެންނަމަވެސް މައިލީން ހުއްޓާލާކަށް ނޫޅުނެވެ.

“އަޅެ. މައިލީން އާ ޔުއާން އާ ދެމެދު އޮތީ ކޮން ގުޅުމެއްތަ؟” ޖަޒިލް އަށް އެންމެ ފަހުން އަހައިލެވުނެވެ. ކުއްލިއަކަށް މައިލީން އިސްއުފުލާލާ ޖަޒިލް އަށް ބަލާލިއެވެ.

“އާހް…. ” ޖަޒިލް ގެ ހިތް ގޮވާލިއެވެ. މައިލީން ދެކެ އޭނާ ލޯބިވެއެވެ. އެހެނަސް މައިލީން ނުރުހިދާނެތީ މައިލީން ގެ ކައިވެންޏަށް ބުރު އަރާފާނެތީ އޭނާ ހުންނަނީ އެކަންތައް ހިންދައިލައިގެންނެވެ. އެހެނަސް….

މައިލީން އެ ގޮތަށް ފެންނަ ނަމަ އޭނާއަށް އޭނާގެ ނަފްސް ހިފެއްޓިދާނެބާއެވެ. އެހިތަށް އެތައް ގޮތަކުން އެތައް ފަހަރަކު ވިސްނައިދޭން ޖަޒިލް މަސައްކަތް ކުރިއެވެ. އެހެނަސް އެކަން އޭނާއަކަށް ނުކުރެވުނެވެ. ރަށުން ބަދަލް ވުމަށްފަހު މައިލީން އާ ގުޅުން ނުބޭއްވުނު ކަމުގައިވިޔަސް އޭނާ އަބަދުވެސް މައިލީން މަތިން ހަދާން ކުރެއެވެ. އެ ދުވަހު ދޮގު ހަދާފައިވެސް އޭނާ މައިލީން އަށް ދިނީ އަބަދުވެސް އެ ވޮލެޓް ތެރޭގައި ގެންގުޅޭ ފޮޓޯ ގަނޑެކެވެ. މައިލީން އަކީ އެހެން މީހެއްގެ ހައްގެއްކަން އޭނާ އެ ހިތަށް ވިސްނައިދިނީ ވަރަށް އުދަގުލުންނެވެ. އެކަމަކު މިހާރު ފެންނަ މަންޒަރުތަކުން އޭނާ ހުރީ ކަނތައް ކުރަންވީ ގޮތް ނޭގިފައެވެ. މައިލީން މީހަކާ އިނދެގެން އުޅޭނަމަ ޔުއާން އަކީ ކާކުހެއްޔެވެ؟. މައިލީން އެހާ ވަރަށް ހިތުގައި ޖެހިފައި ރޯ ނީ ކީއްވެހެއްޔެވެ؟.

އެއާއެކު އޭނާގެ ހިޔާލުގެ ލޯގަނޑަށް ސިފަވީ ޔަޝްމް އެވެ. އަނެއްކާ ޔަޝްމް…… ނޫނެކެވެ. ވަގުތުން ދެފަރާތަށް ބޯ ހޫރާލަމުން ޖަޒިލް ހަމަޖެހިލިއެވެ. އަނެއްކާވެސް އެ ހިޔާލު އުނދަގޫކުރަން ފެށިއެވެ. ޝާލީން ވެސް މައިލީން މީހަކާ އިނދެގެން ނޭ އެއްފަހަރުވެސް ނުބުނެއެވެ. އަނެއްކާ ޔަޝްމް ގެ ގައިން އޭނާއަށް ފެނުނީ ޔުއާން ގެ ސިފަތަކެވެ. އަނެއްކާ މައިލީން ގެ ފިރިމީހާއަކީ ޔުއާން އަށް ވެދާނެހެއްޔެވެ؟. އެހެން ވެއްޖެ ކަމުގައި ވަނީނަމަ ޔުއާން މައިލީން ވަރިކުރީހެއްޔެވެ؟

ހައްތަހާވެސް ސުވާލެވެ. އެނާ ގެ ސިކުނޑިފަޅައިގެން ދާން އުޅޭހެން ހީވުމާއެކު ޖަޒިލް ކުއްލިއަކަށް ތެދުވިއެވެ. އަދި ދެކޮޅަށް ހިނގަން ފެށިއެވެ. އިރުކޮޅު ކޮޅުކޮލުން ގޮށް މުށުން ނިތްކުރިމަތިގައި ޖަހާލާ ގޮތުން ހީވަނީ ޖަވާބު ނުދެވުގެން އަމިއްލަ ނަފްސް ދެކެ ރުޅި އައިސްފައި ހުރިހެންނެވެ.

އޭނާއަށް ސިހުން ގެނުވީ މައިލީން ދެން ބުނެލި ވާހަކައެވެ.

ކީކޭ ހޭ އަހާލެވުނީ އަޑު ނީވުގެނެއް ނޫނެވެ. އެކަމަކު ކަންފަތަށް އިވުނު އަޑުޔަގީންކުރަން ބޭނުންވެގެންނެވެ.

“އަހަރެން އުޅެނީ މީހަކާ އިނދެގެނެއްނޫން” މައިލީން ބުނެލީ އިސްޖަހައިގެން އިނދެއެވެ. އޭރުވެސް އެނާއަށް ދިޔައީ މަޑުމަޑުން ގިސްލެވެމުންނެވެ.

އެކަމަކު އެއީ ކިހިނެތްވާނޭ ކަމެއްހެއްޔެވެ؟ އެހެން ވިއްޔާ އޭނާ ހީކުރި ގޮތަށް ޔުއާން އަކީ ކުރީގެ މައިލީން ގެ ފިރިމީހާއަށް ވުން ވަރަށް ގާތެވެ. އަދި ޔަޝްމް އަކީ ޔުއާން ގެ ދަރިއެކެވެ. އެހެން ހިތަށް އެރުމާއެކު އެހިތް ނޭގޭ ބާރުމިނެއްގައި ތެޅިގަތެވެ. މައިލީން އާއި ޔުއާން ވަރިވީއެވެ. އޭނާގެ ހިޔާލުގެ ލޯގަނޑަށް ސިފަވި ގޮތަށް ކަންކަން ނިންމާލިއެވެ.

އެހެން ވިޔަސް އޭނާ މައިލީން ބޭނުމެވެ. މިހާރު މައިލީން ހުރީ ވަރިވެފައި ކަމުގައިވާނަމަ އޭނާއަށް މައިލީން ލިބުމުގެ ފުރުސަތު އެބައޮތެވެ. އެނާ ހުރީ ޔަޝްމް އާ އެކީވެސް މައިލީން ބަލައިގަންނަން ތައްޔާރަށެވެ.

“އިލީ ދޮގު…..” ޖަޒިލް ގެ ޖުމްލަ މެދުކަނޑައިލީ މައިލީންއެވެ.

“އަހަރެން މީހަކާ އިނދެގެންނޭ ކިޔާފައި ދޮގު ހެދީ ސަބަބެ…..” މައިލީންއަށް ބުނެވުނީ މިހިސާބަށެވެ. ޖަޒިލް ވާހަކަ ދައްކަން ފެށިއެވެ. “އަހަރެން ކޮންމެހެން ސަބަބު ބަލާކަށް ބޭނުމެއްނޫން” ޖަޒިލް ބުނެލިއެވެ.

މައިލީން ހަމަޖެހިލަމުން އެތަނުގައި ހުރި ފާހާނައަށް ވަދެލާ މީހާ ރީތިވެލިއެވެ. ދެން ނުކުމެގެން އޭނާ ހިނގައިގަތީ ބޭރަށެވެ.

ޖަޒިލްވެސް އޭނާގެ ފަހަތުން އައެވެ. މިހާރު އޮތީ ވާރޭ ހުއްޓާލާފައެވެ. އެހެނަސް ވައި ޖެހެމުން ދިޔައެވެ. ޖަޒިލް އެދުނީ އެނާ ސައިކަލުގައި ލައިދީފާނޭ ކަމުގައެވެ. މައިލީން ގާތު ޝާލީން އުޅޭނެހެއްޔޭ ޖަޒިލް އެހިއެވެ.

“އާ… މިއަދު ހޮނިހިރު ދުވަސްވީމަ ދޮންތަ ނުދާނެ ސްކޫލަކަށްވެސް” މައިލީން ބުނެލިއެވެ.

“އާ… މާރަނގަޅަކަށެއްނު މި ދިމާވީ… އެހެންވިއްޔާ ގޮސް އިލީ ދޮންތަ އާ ވެސް ބައްދަލު ކޮއްލާފަ ދާނީ… ކުޑަމީހާވެސް އުޅޭނެއެއްނު…” ޖަޒިލް ބުނެލިއެވެ. މައިލީން ދާނީ ޓެކްސީގައޭ ބުނުމުން ވެސް ޖަޒިލް ކުރެއްނުކުރިއެވެ. އޭނާ ބުނީ އޭނާ ޓެކްސީގެ ފަހަތުންވެސް ދާނޭކަމުގައެވެ. އެހެން ކަމުން މައިލީން ނުރުހިފައި ހުރެވެސް ޖަޒިލް އާ އެކީ ދާން ނިންމިއެވެ.

ބެލްކަނީގައި ބޭރުބަލަން ހުރި ޝާލީން ގެ ލޮލުގައި ޖަޒިލް އާއެކު ސައިކަލުގައި އައިސް ފޭބި މައިލީން އަޅައިގަތެވެ.

އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލީ މައިލީން ގެ ފަހަތުން ޖަޒިލް ވެސް ގޭގެ ދޮރުން ވަނީމައެވެ. އޭނާގެ ހިތާ ސިކުނޑީގައި ވަނީ ކީކޭކަމެއް އެވަގުތު ބެލްކަންޏަށް ނުކުތް ޝިޒާޒް އަށް ވެސް ދެނެގަންނާކަށް ނޭގުނެވެ. އޭނާ ނިކަން ހެވިފައި ހުރެގެން ސިޓިން ރޫމް އަށް ނުކުތެވެ. މާގިނަ އިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. މައިލީން ގެ ފަހަތުން ކަހަލަ ގޮތަކަށް ވަދެގެން އައި ޖަޒިލް ފެނި އެނާގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ.

“އިށީންނަން ވީނު ޖަޒިލް” ޝާލީން ބުނެލިއެވެ. އަދި ސޯފާއަށް އިޝާރާތް ކޮއްލިއެވެ. ޖަޒިލް ވެސް ހިނިތުންވެލާ އިށީނެވެ. އޭރު މައިލީން އެބަ އަންނަމޭ ކިޔާފައި މިސްރާބުޖެހީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. ޝާލީން ޖަޒިލް އަށް ބަލާލިއެވެ. އޭރު ޖަޒިލްގެ ނަޒަރު ހުއްޓިފައިވަނީ މައިލީން އަށެވެ. އޭނާގެ ހިތުގައި ނިވިފައިވާ ހުޅުކޮޅު ދިއްލުނެވެ.

ޝާލީން ގެ ހިތަށް ތަފާތު އެއްޗެހިއަރާފައިބަމުންދިޔައެވެ.

ޖަޒިލް ގެ އެބެލުމުން ލޯބި އޭނާއަށް ފެންނަމުންދިޔައެވެ. އެއާއެކު އުންމީދުގެ ހުޅުކޮޅު ބޮޑުވެގެން ދިޔައެވެ.

އޭނާގެ ހިތުގައި އެވަގުތު އެތަކެއް ހިޔާލުތަކެއް ވިއެވެ. ވިސްނުމަށް އަންނަމުން ދިޔަ އެތައް ކަމެއްވެއެވެ. މައިލީން ގެ މުސްތަގްބަލް ކުރިމަތީގައި ސިފަވަމުން ދިޔައެވެ.

އޭނާ ހަމަޖެހިލަމުން ޖަޒިލް އާ ވާހަކަ ދައްކަމުން ދިޔައެވެ.

“އިލީ ބުނި މީހަކާ އިނދެގެނެއްނޫނޯ ހުރީ… ޑިވޯސް ވީތަ؟” ހިތްވަރުކޮއްފައި ޖަޒިލް އަހައިލިއެވެ. އޭރު މައިލީން ވީ ކޮޓަރިއަށް ގޮހެވެ. އޭނާ އެ ސުވާލް ކުރަން އެތަކެއް ހިތްވެރެއް ނެރެން ޖެހުނެވެ. ޝާލީން ދިޔައީ ސިއްސައިގެންނެވެ. މައިލީން ބުނީ ހެއްޔެވެ؟. ހުރިހާ ވާހަކައެއް ކިޔައިދިނީހެއްޔެވެ؟. އޭނާގެ ސުވާލަށް ޖަވާބު ލިބުނީ ޖަޒިލް އިތުރަށް ވާހަކަ ދެއްކުމުންނެވެ.

“އިލީ ޑިވޯސް ދޯ… ވަރަށް ދެރަވި އަސްލު” ޖަޒިލް ގެ ވާހަކައިން ޝާލީން އަށް ހަމަ އެކަނި ހިނިތުންވެލެވުނީއެވެ. މައިލީން ދޮގު ހެދީހެއްޔެވެ؟.

ޖަޒިލް ދިޔައީ މައިލީން އާ ވެސް ވާހަކަ ދައްކާލާފައެވެ. ޔަޝްމް ނިދާފައި އޮތުމުން މިއަދު ޖަޒިލް އާ ޔަޝްމް ދިމަލެއް ނުވިއެވެ. ޝާލީން ގެ ވިސްނުން ހުރީ ކޮންގޮތަކަށް ކަމެއްނޭގެއެވެ. އޭނާގެ ހިތުގައި އަމިއްލަ އެދުމެއް ވެރިވެގަތެވެ. ކަންތައް ވެފައި އޮތްގޮތުން އެ ގޮތަށް ކަންތައް ކުރަން ފަސޭހަ ވާނޭ ކަމަށް އޭނާއަށް ޔަގީންކުރެވުނެވެ. ޖަޒިލް ޔަޝްމް ގެ ވާހަކަ އަހައިލި ގޮތުންވެސް އޭނާއަށް ހަމަޖެހުން ލިބުނެވެ. މައިލީން ގެ މޫނަށް ބަލާލަމުން ހިތުގައި އެތަކެއް ކަމެއް އޭނާ ރާވާލިއެވެ.

ލާވިޔާ އެމީހާއަށް ފަރުވާދީފައި އަވަދިވެގެން ނުކުންނަމުން ފޯނަށް ބަލާލިއެވެ.އެނާ ދެން މިސްރާބުޖެހީ އޭނާ އިންނަ ޕްލޯއަށް ދިޔުމަށެވެ. އެވަގުތު ރީކަލް އޭނާއަށް ގޮވާލިއެވެ. ލިފްޓް އަންނަން ދެން މަޑު ކޮއްލައިގެން ހުރި ލާވިޔާ ހަމާ އަޅާލިއެވެ. ރީކަލް އެ ހިސާބަށް އަރާހަމަވިއެވެ. ޔަޝްމް ގެ ވާހަކަ ފެށުމުން ލާވިޔާގެ މޫނުމަތިން ހިނިތުންވުމެއް ފެނިލިއެވެ.

ރީކަލް ބުނީ އޭނާ ލާވިޔާ އާ ވާހަކަ ދައްކަން ޖެހޭ ކަމެއް އެބައޮތް ކަމުގައެވެ. “އިޒް އިޓް އެބައުޓް ޔަޝްމް” ލާވިޔާ ހީލިއެވެ. “ޔެސް” ރީކަލް ޖަވާބުދިނެވެ. އެއާއެކު ލާވިޔާ އެދުނީ އޭނާގެ ރޫމް އަށް އައުމަށެވެ. ފަސްވަނަ ފްލޯއަށް ލިފްޓް ހުއްޓުމާއެކު ރީކަލް އަތުން އިޝާރާތް ކޮއްލީ ލާވިޔާ ނުކުތުމަށެވެ. ލާވިޔާ ނުކުތުމާއެކު ލާވިޔާގެ ފަހަތުން ކަހަލަ ގޮތަކަށް ރީކަލް ނުކުތެވެ.

ދެމީހުން ވާހަކަ ދައްކަމުން ދިޔައެވެ. އޭރު ރީކަލް ގެ އަތުގައި ފައިލް އެއް އޮތެވެ. ލާވިޔާ ވަދެ ރީކަލް އަށް އިޝާރާތް ކޮއްލަމުން ސޯފާ ގައި އިށީނުމަށްބުނެލިއެވެ. ރީކަލް އިށީނުމާއެކު ލާވިޔާ ވެސް އިށީނެވެ. ރީކަލް އޭނާ ގެނައި ރިޕޯޓް ތައް ކުޑަ މޭޒުމަތީގައި ބަހައްޓާލިއެވެ. އަދި ލާވިޔާގެ ލޮލަށް ބަލާލިއެވެ. އޭނާ އެއަށް އިޝާރާތް ކޮއްލަމުން އެދުނީ ލާވިޔާ އަމިއްލައަށް ރިޕޯޓް ތައް ކިޔުމަށެވެ.

“ޔޫ ނޯ ރައިޓް… ” ރީކަލް ބުނެފައި ހުއްޓާލިއެވެ. ލާވިޔާ އެ ރިޕޯޓް ތައްބަލާލިއެވެ. އެއާއެކު އޭނާގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔައެވެ. އެ ތުއްތު ކުއްޖާ އާ ދެމެދު ވަނީ ނޭގޭ ގުޅުމެއް އުފެދިފައެވެ. އޭނާއަށް ވެސް އެ ތުއްތު ކުއްޖާދެކެ ލޯބިވެވުނެވެ. އެ ތުއްތު ކުއްޖާއަށް ދެރަގޮތެއްވާކަށް ނޭދެއެވެ.

“ސޯ އިޓްސް….” ލާވިޔާ ހުއްޓާލިއެވެ. ރީކަލް ބޯޖަހާލިއެވެ.

“އިޓްސް ރިލޭޓެޑް ޓް ހާރ ހާރޓް ޕްރޮބްލެމްސް” ރީކަލް ލާވިޔާގެ ޖުމްލަ ފުރިހަމަ ކޮއްލިއެވެ. ލާވިޔާ ފުން ނޭވާއެއްލިއެވެ. މައިލީން ގާތު މި ވާހަކަ ބުނާނީ ކިހިނެތްހެއްޔެވެ؟.

“އައި ތިންކް އައި ޝުޑް ޑިސްކަސް ދިސް ވިތް ޔޫ ބިފޯ އައި ސޭ އެނީތިންގް ޓް ދެމް” ރީކަލް ވާހަކަދެއްކިއެވެ. ލާވިޔާ ބޯޖަހާލިއެވެ. އެނާ ބުނީ ރީކަލް ކަންތައް ކުރި ގޮތް ރަނގަޅުކަމުގައެވެ. އަދި އެކަންތަކާ ބެހޭގޮތުން އެތައް އިރަކު ދެމީހުން މަޝްވަރާ ކުރަން ތިއްބެވެ. އެ ދެމީހުންނަށް ވެސް ފެނުނު އެންމެ ރަނގަޅު ގޮތަކީ ދެމީހުން ތިބެގެން އެ ވާހަކަ މައިލީން އާ ހިއްސާ ކުރާށެވެ. ރީކަލް ދިޔުމާއެކު ލާވިޔާ ފުން ވިސްނުމަކަށް ގެނބުނެވެ. އޭނާއަށް އެކި ކަންތަކާ ވިސްނެމުން ދިޔައެވެ. ޔުއާން އާ މެދުއެވެ. މައިލީން އާ މެދުއެވެ. ޔަޝްމް އާ ދެމެދުއެވެ.

އެތައް އިރަކު އޮވެފައި އޭނާ ވެސް ގެއަށް ދާން މިސްރާބުޖެހީ ބައްޕަ ކާރުގައި އޭނާ ބަލާ އައިސް ގުޅުމުންނެވެ. ޑޮކްޓަރ ކޯޓް ބޭލުމަށްފަހު އޭނާ ދަބަސް ނެގިއެވެ. އަދި އެ އަޅުވާލަމުން ކޯޓް އެތްއަތުގައި އަޅުވާލަމުން ދާން މިސްރާބުޖެހިއެވެ.

އޭނާ ދިޔުމުގެ ކުރިން މިއަދު ގެނައި ބަލިމީހާގެ ހާލު ބެލިއެވެ. އިތުރު ކަމެއް ދިމާވެއްޖެނަމަ ގުޅަން ބުނެފައި ހިނގައިގަތެވެ. އެވަގުތު އަނެއްކާވެސް ބައްޕަ ގުޅަނީއެވެ. ލާވިޔާ ފޯނަށް ޖަވާބު ދެމުން ފިޔަވަޅުތަކަށް ބާރުކޮއްލިއެވެ.

ނުކުތް އިރު ބައްޕަ އިނީ މަޑުކޮއްލައިގެންނެވެ. ތުއިވެލަމުން ގޮސް ކާރަށް އޭނާ އެރިއެވެ.

އާރާ  މިއަދުވެސް އޮފީހުގައި އުޅުނީ ވަރަށް ބުރަކޮށެވެ. އޭނާ ފައިލް ތައްނަގަމުން ހަރުގަނޑަށް ލިއެވެ. އަދި މޭޒުމަތި ތަރުތީބުކޮއްލަމުން ދަބަސް އަޅުވާލާލިއެވެ. އޭރު އާއިކް ދޮރުގައި ލެނގިލައިގެން އޭނާގެ އިންތިޒާރުގައި ހުއްޓެވެ. ދޮރިކަނީގައި އަތް ވިއްދާލައިގެން ދޮރު ހުޅުވާލައިގެން ހުރި އިރު އެ ފިރިހެންވަންތަ ކަން އިތުރުކޮއްދެއެވެ. އާރާ އަށް އާއިކް ގެ މިފަދަ އަދާތައްނުހަނު ކަމުދެއެވެ. އޭނާ ނުކުންނަން ހިނގައިގަތުމާއެކު އާއިކް އޭނާގެ އަތުގައި ހިފެއްޓިއެވެ. އެނާ އެއްޗެއްހީވެގެން އެ އަތް އުފުއްލާލާ ބަލާލިއެވެ. އެއާއެކު އޭނާ ސުވާލުގެ ނަޒަރުން އާރާ އާ ދިމާލަށް ބަލާލިއެވެ.

“ސޮރީ… ދޮންތަ މެން….. ދޮންތަ މެނަށް ފެނިދާނެތީ ނަގާފަ އިންނާނީ” އާރާ އިސްޖަހާލަމުން ބުނެލިއެވެ. އެއާއެކު އާއިކް އެދުނީ އޭނާއަށް ފެންނަ އިރު އަބަދުވެސް އެ އަނގޮޓި އަޅައިގެން އުޅުމަށެވެ. އާރާ އެއްބަސްވިއެވެ. އަދި ހީލިއެވެ. މިތަން ފެނި އާއިކް އަށް ވެސް ހިނިތުންވެލެވުނީ ބޭ އިޚްތިޔާރުގައެވެ. އާރާ އުފަލުގައި ބަހައްޓަން އޭނާ ބޭނުމެވެ. ހިތާހިތުން ވައުދުވީ ދުވަހަކުވެސް އާރަ ދޫކޮއްނުލުމަށެވެ. ދެމީހުން ކާރަށް އެރިއެވެ.

“ކީއްވެތަ އާޝަލް އޮފީހުން ކަނޑައިލީ” އާރާ ކުއްލިއަކަށް ސުވާލުކުރިއެވެ. އާޝަލް އަކީ އެނާއަށް އެ އޮފީހުން އެންމެ ފުރަތަމަ އެކުވެރިވި ކުއްޖާއެވެ. ކުރިން އޭނާ ގެއަށް ދަނީވެސް އާޝަލް އާ އެކީގައެވެ. ކުއްލިއަކަށް އާޝަލް އޮފީހަށް ނާންނަން ފެށުމާއެކު އޭނާ ގެއަށް ދާން ޖެހެނީވެސްއެކަންޏެވެ. އޭނާ ހީކޮއްގެން ފުރަތަމަ ހުރީ އާޝާ ކެނޑުނީކަމަށެވެ. އޮފީހަށް ނުދާން ފެށިފަހުން އާޝަލް ފޯނެއްވެސް ނުނަގައެވެ. ވަރަށް ފަހުން ދުވަހު އާރާ ގުޅުމުން ފޯން ނަގާފައި އޭނާ ބުނީ އަމިއްލައަށް ކެނޑުނީކަމުގައެވެ. އެކަމަކު މިއަދު އޮފީސްތެރޭގައި ކުދިންތަކެއް އާޝަލް ގެ ވާހަކަ ދައްކަނިކޮއް އޭނާއަށް އަޑުއިވުނިއެވެ. އެމީހުން ކީ ގޮތުންނަމަ އާޝަލް ކަނޑައިލީއެވެ.

އޭނާ އިނީ އޮޅުން ފިލުވަން ބޭނުންވެފައެވެ. އެންމެނާ ގުޅޭ މަޖާ މިޒާޒެއްގެ ކުއްޖަކު ކުއްލިއަކަށް އޮފީހުން ކަނޑާލަންވީ ސަބަބެއް އޭނާއަކަށް ނުވިސްނެއެވެ. އާއިކް އަށް އިނގޭނެކަން ޔަގީންވުމާއެކު އޭނާ މިއަދު އެ ސުވާލުކޮއްލީއެވެ.

“އާރާ…” އާއިކް އަށް ގޮވާލެވުނެވެ. މިވަގުތު ކޮޅު ހަރާބުކޮއްލަން އޭނާ ބޭނުމެއްނުވެއެވެ. އޭނާ ގޮވާލި ގޮތުން އާރާގެ މޫނަށް އެރި ކުލަވަރު އޭނާއަށް ފާހަގަވިއެވެ. ދެރަވެގެން އިސްޖަހާލި ގޮތުން އޭނާ މާފަށް އެދުނެވެ.

“ސޮރީ ލަވް…” އާއިކް ބުނެލިއެވެ. އޭނާ ދެން  ކުޑަގޮތަކަށް ވީ ގޮތް އޮޅުން ފިލުވައިދޭން ފެށިއެވެ.

“އަސްލު އާޝަލް އުޅުނީ އެއްރޭ އޮފީހުގައި …އައިޓީ ހެޑް އިނގެއެއްނު… އޭނަ އުޅެނިކޮއް އާޝަލް ވަދުނީ އައިތީ ބަޔަށް ވަދެ…. މީނާ ބިރުދެއްކީ ސީސީ ޓީ ވީ ފުޓެޖް ޑިލީޓް ކޮއްލަން….. ދެން އޭނަ އައިސް އެ މައްސަލަ ހުށައެޅީ… ހުށައެޅީމަ އާޝަލް ގެނެވުނު…. އެކަމަކު އޭނާ އެއްބަހެއްނުވި. ދެން އެ ރޫމް ގެ ފުޓެޖް ބެލިއިރު ފެނުނީ..، އަސްލު ވީ ގޮތަކީ އާޝަލް ސަމަރް ގާތު ލޯބިވެޔޭ ކިޔާފަ އާދޭސްކޮއްފަ ހުރިތަން ސީސީޓީވީއަށް އެރީ…. އެނާއަށް ނޭގެ ފެންނަ ގޮތަށް ކެމެރާ ހުރިކަމެއް… އެކަމެއް ހިނގީ ސްޓޯރ ރޫމްގަ ވިއްޔަ. ދެން އައި ޓީ ހެޑް ބުނީ ތިހެން އުޅެންޏާ ބޮސް އަށް ދައްކާނަމޯ… އޭގެ ކުރިން ވެސް އާޝަލް އެގޮތަށް އުޅިފަ ހުރި ވީ ޑިއޯ ހުރި. އަނެއްކޮޅުން ސަމަރް މައްސަލަ ޖައްސައިފި… ދެން ކަނޑާލަންތާ ޖެހޭނީ” އާއިކް ކިޔައިދިނެވެ.

“ސޮރީ” އާއިކް ގެ ޥާހަކަ ނިމުމާ އެކިހެން އަރާގެ އަޑު އައެވެ. “ކިއްވެ” އާއިކް ބުނެލިއެވެ.

“ހީކުރީ ރުޅި އައީކަމަށް” އާއިކް އާރައާ ދިމާލަށް ބަލާލިއެވެ. އާރަ އަދިވެސް އޭނާގެ ނަމެއް ނުކިޔައެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ. އާރަ އޭނާ އަށް އިހްތިރާމް ކުރާވަރު ފެނި ހިތާ ހިތުން އެ އަންހެން ކުއްޖާއަށް އެތަކެއް ތައުރީފެއްކުރެވުނެވެ.

ގެއާ ހިސާބަށް އާދެވުމުން އާރާ ފައިބަން އުޅުމާއެކު އާއިކް އެ އަތުގައި ހިފިއެވެ. އޭނާ ހަނދާން ކޮއްދިނީ ދެންފަހަރަކުން ވެސް އަނގޮޓީ އަޅައިގެން އޭނާ ގެ ކުރިމައްޗަށް އައުމަށެވެ.

އާރާ ހިނިތުންވެލާ ބޯ ޖަހާލިއެވެ.

އެރޭވެސް ވާރޭވެހުނެވެ. ޔަޝްމް ނޭވާއަށް އުނދަގޫވާތީ މައިލީން އޮތީ ޔަޝްމް ގެ މޭގައި ފިރުމާލަދޭށެވެ. އެހެން އޮތް އިރު ރިޕޯޓްތައް މަތިން އޭނާ ހަނދާންވިއެވެ. ކިތަންމެ ހަމަޖެހެން  ބޭނުންވިޔަސް އޭނާ ގެ ހިތަށް ނޭގޭ ބިރުވެރިކަމެއްވަންނަނީއެވެ. އތުރު ކަމެއް ޔަޝްމް އަށް ދިމާވެއްޖެނަމަ އޭނާގެ އުންމީދު ގެ ހުޅުކޮޅު ނިވިދާނެއެވެ. އެހެންވެއްޖެނަމަ އޭނާ ދިރހުންނާނީ ކިހިނެތްހެއްޔެވެ.

“ޔުއާން އަށް އިނގޭތަ… އަހަރެން ގެ މިދަރިފުޅު އުޅޭ ހާލު…. ” މައިލީން އަށް އަދިވެސް ޝަކުވާކުރެވެނީއެވެ. ޔުއާން ގާތު ބުނަން ބޭނުންވަނީއެވެ. އެ ދެމައިންނަށް ހިމާޔަތް ދޭށޭ އެ ހިތް ގޮވަނީ ޔުއާން ގެ ފަރާތުންނެވެ. އިރުކޮޅަކުން ޔަޝްމް އަށް ނިދުނެވެ. އޭނާ އަށް ދެން އައީ މެސެޖެކެވެ. ބަލާލިއިރު އެއްކަހަލަ ނަމްބަރެވެ. ” ހަނދާން ވާތީ ނުނިދޭ…. ގާތުގާ ވާން އެދެނީ އޭ” ބުނެފައިވަނީ ފަށުވި ބަސްކޮޅެކެވެ. ފޫހިކަން ވެރިވެގެން ދިޔުމާއެކު ފޯން އެނދުމައްޗަށް އެއްލާލެވުނެވެ.

ހެނދުނު އެރި އިރާއެކު މައިލީން ޑިއުޓީއަށް ދާން މިސްރާބުޖެހިއެވެ. އާދިއްތަ ދުވަހަށް ވުމުން ޝާލީން ދާނީ ސްކޫލަށޭވެ. އާރާގެ މެންދުރު ދެއެއްގެ ޑިއުޓީއެވެ. މައިލީން މިއަދު އެއްގަޑި ބައިގައި ނިމޭނެއެވެ.

ކައުންޓަރުގައި އިށީދެ އިންދާ އެނާއަށް މެސެޖެއް އައެވެ. ބަލާލިއިރު ލާވިޔާގެ މެސެޖެކެވެ. ބިޒީ ނޫނިއްޔާ މިއަދު ބައްދަލުކޮއްލަން އެދިފައެވެ. އޭނާ ގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ލާވިޔާ ކިޔަން އުޅެނީ ކީކޭކަން ނޭގޭތީ އޭނާއަށް ވަނީ ނުހަނު ނުތަނަވަސްކަން ވެރިވެފައެވެ.

ހަމަޖެހިލަމުން މަސައްކަތަށް ސަމާލުވިއެވެ.

ޔުއާން އައީ މައިލީން އެތާ އިންދައެވެ. އެހެނަސް މިއަދު ޔުއާން އެ ދިމާލަށް ބަލާވެސް ނުލައެވެ. އޭނާގެ ހިތުގައި ވަނީ ކީކޭބާއެވެ. މައިލީން ފެންނަ ކޮންމެ ތާކުން ޖެއްސުން ކޮއް ލަދުގަންނުވާލަން ބޭނުންވެފައި ވާ ޔުއާން އަށް އައިސްފައިވާ ބަދަލް ތަކުގެ ސިއްރަކީ ކޮބައިބާއެވެ.

އެނާއަށް ކަންތައް ކުރެވުނު ގޮތްހެއްޔެވެ؟. ނުނީ ހުދު މައިލީންހެއްޔެވެ؟ ނޫނީ ކުޑަ ކުޑަ ޔަޝްމް ހެއްޔެވެ؟. ޔުއާން ގެ ހިތް މިއަދު ބަލިކަށިވެފައިވަނީ ކީއްވެހެއްޔެވެ؟ އިއްޔެ މައިލިން ހިތުގައި ޖައްސާފައި ދުނިޔެއާ ކުރިމަތިލާނެ ގޮތަކަށް ލާން ދޫކޮއްލާފައިވާ މިއަދު އޭނާއަށް ވެފައި އެހުރީ ކިހިނެއްހެއްޔެވެ؟ އޭނާ އެކަމާ ދެރަވަނީހެއްޔެވެ؟ ނޫނީ ލަދުގަންނަނީހެއްޔެވެ؟ ނޫނީ ހާސްވެ ކަންބޮޑުވެފައި ހުރިވަރުން ކަންތައް ކުރަން ވީ ގޮތް ނޭގެނީ ހެއްޔެވެ؟.

އިރުކޮޅަކުން ޔުއާން އަށް ދައްކަން ބޭނުންވެފައި ތިބި މީހުންއަންނަން ފަށައިފިއެވެ.

މައިލީން ވެސް އެމީހުންބޭނުންވާ މައުލޫމާތު ސާފުކޮއްދެމުން މެމޯ ހައްދާދެމުން ދިޔައެވެ. އޭރު އޭނާގެ ސިކުނޑީގައި އެއްވެސް ހާސްކަމެއްނެތެވެ.

ޔުއާން ވެސް ފަހަރަކު ބަލި މީހަކު ބަލަމުން ދިޔައެވެ. ބްރޭކް ގަޑީގައި މައިލީން ވެސް ކައުންޓަރ ބަންދުކޮއްލާފައި ދިޔައީ ކެންޓީނަށެވެ. އެނާ ގޮސް އިށީދެ އިންދާ އަންނަ ޔުއާން ފެނިއްޖެއެވެ. ޔުއާން އޭނާ އިންކަމަށް ވެސް ހަދާނުލާ ގޮސް އިށީނީ ރީކާކައިރީގައެވެ. އޭނާ ރީކާއަށް ހިނިތުންވުމެއް ދިނެވެ. އެތަން ބަލަން އިން މައިލީން ގެ ހިތުގައި ރިއްސައިލިއެވެ. ރީކާވެސް މިހާރު އޭނާއަކާ މާގިނައިން ވާހަކައެއްނުދައްކައެވެ. ފެނުނަސް މޫނު ހަދާލަނީއެވެ. ހޮސްޕިޓަލް ގެ ކަމެއްގައި ވާހަކަ ދައްކަން ޖެހުނަސް ހުންނަނީ ރުޅިއައިސްފައެވެ.

އެތަނުން އޭނާއަށް ލިބުނު އެންމެ ރަނގަޅު ރައްޓެހި ކުއްޖާވެސް ގެއްލުނީއެވެ. އޭނާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.

ޔުއާން މައިލީން ފަހަނަ އަޅާ ދިޔައީ އޭނާގެ ހިތަށް ވިސްނައިދެމުންނެވެ. ކިއްވެކަމެއް ނޭގެއެވެ. އޭނާގެ ހިތް ބުނަނީ އަދ މައިލީން އެކަނި ދޫކޮއްލުމަށެވެ.

ރީކާ ކައިރީގައި އިން އިރުވެސް އޭނާ އަށް އިރުކޮޅަކާ މައިލިން އަށް ނަޒަރުހުއްޓައިލެވެއެވެ. އެގޮތުން ބަލާލެވުނު ފަހަރެކެވެ. މައިލީން އަތުގެ ނުފުށުން ކަރުނަ ފޮހެލަނިކޮއް އޭނާއަށް ފެނުނެވެ. ހިތް އެދޮ ގޮވަން ފެށީ މައިލީން ގާތަސް ދިޔުމަށެވެ. ކަރުނަތަށް ފޮހެދިނުމަށެވެ. ލޯބިން ބައްދާލުމަށެވެ. ހުރިހާ ކަމެއް ރަނގަޅުވާނޭ ކަމަށް ބުނުމަށެވެ.

އެހެންނަމަވެސް މިވަގތު އެއިން އެއްވެސް ކަމެއްކުރާކަށް ޔުއާން އަކަށް ނުކެރޭނެއެވެ. ޔުއާން ގެ ނަޒަރު އިރުކޮޅަކާ މައިލީން އައް ހުއްޓޭތީ ރީކާ ހުރީ ރުޅިއައިސްފައެވެ. އޭނާ ދެބުމަ ގޮށްޖަހާލިއެވެ. ހިތާހިތުން މައިލީން އަށް އެތަކެއް އެއްޗެހި ތަކެއްކިޔެވެ. އޭނާ މަސައްކަތް ކުރީ ޔުއާން ގެ ސަމާލުކަން އޭނާއަށް އަނބުރާލޭވޭތޯއެވެ.

އެހެނަސް ހިޔާލުތަކަށް ގެއްލިފައި އިން ޔުއާނަށް އެއިން އެއްވެސް ކަމަކަސް ސަމާލުކަން ދެވޭ ގޮތެއްނުވިއެވެ. އޭނާއަށް ގިނަ ފަހަރު ރީކާ ބުނެލާ އެއްޗިއްސަށް ބުނެވެނީ “ހޫމް” އެކަންޏެވެ. ރީކާގެ ހިތުގައި މައިލީން އާ ދޭތެރޭ އޮތް ހަސަދައިގެ އަލިފާން ގަނޑު ބޮޑުވަމުންދިޔައެވެ. އެ ބޮޑުވެގެން ގޮސް އެނާ އެއައިލާފަނުން މައިލީން ފިއްސާލާނެއެވެ. ބަލަން ހުންނައްޗެވެ. ރީކާ ހިތަށް އެރިއެވެ.

ޔުއާން ގެ ސިކުނޑީގައިވެސް ކަމެއްކޮއްޓާލިއެވެ. ރީކާ އަކީ މައިލިން އާ އެންމެ ގާތް ކުއްޖާއެވެ. އެހެންނަމަވެސް މިހާރު ދެމީހުން އެއްކޮއް ނުފެންނަނީ ކއްވެތޯ އަހާލާ ހިތްވިއެވެ. “ކީއްވެތަ މައިލީން އާ އެކީ ނުފެންނަނީ” ޔުއާން ވަރަށް ނުވާކަމަށް ހަދަމުން އަހައިލިއެވެ.

އެއާއެކު ރީކާއަށް ފޫހިކަން ވެރިވެގެން ދިޔައެވެ. އެހެނަސް މައިލީން އާ މެދު ނަފްރަތު އުފައްދަން ރަނގަޅު ފުރުސަތެކޭ އޭނާހެ ހިތަށް އެރިއެވެ. ވަރަށް ވިސްނަން އިދެފައި އޭނާ ވާހަކައެއް ހަދާލިއެވެ. “ކީކޭ ބުނާނީ… ފިރިހެނެއް ފެންނައިރަށް ފަހަތުން ދުވާ އަންހެނެއް އެއީ” ރީކާ ބުނެލިއެވެ.

ޔުއާން އަށް އެ ޖުމްލަ އަޑު އިވުނީ ހޮނު ގުގުރިއެއްގެ ސިފައިގަތެވެ. ވަގުތުން ތީ ދޮގެކޭ ކިޔާ ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ. މައިލީން އެހެނެއް ނޫޅޭނެޔޭ ބުނަން ބޭނުންވިއެވެ. ރީކާ އާ ދިމާލަށް ހަޅޭއްލަވަން ބޭނުންވިއެވެ. އެހެނަސް އޭނާގެ ދުލުގައި މި ވަގުތު ވަނީ ތަޅު އެޅުވިފައެވެ.

އެއީ ހުދު އޭނާވެސް މައިލިން އަށް މުހާތަބް ކޮއްފައިވާ ގޮތެވެ. މައިލީން ގެ ލޮލުން ކަރުނަ ހިލުވާލި ބަސްތަކެއްކަމުގައި އެބަސްތައް މާކުރިން ވެސް އޮތީ ވެފައެވެ. އެވެސް ޔުއާން ގެ ފަރާތުންނެވެ. ކިތަންމެ ކުޑަ ބަސްކޮޅެއްވިޔަސް، ކިތަންމެ އާދައިގެ ބަހަކަށް ވިޔަސް މައިލީން އަށް އެބަސް ވީ ހާދަ ބޮޑު ބަހަކަށެވެ. ހާދަ ވަރަކަށް އެ ދުވަހު އެ ހިތް ރޯނެއެވެ. މީހަކާ ދިމާލަށް އެއްޗޭ ބުނެވާވަރަށް ވުރެ ބޮޑަށް އޭނާ ވަނީ މައިލީން ލަދުގަންނުވާލާފައެވެ.

ޔުއާންގެ އެންމެ ލަފްޒަކުން އެ ދެލޮލުން ކަރުނަ ފާއްދާލައެވެ. ޔުއާން ގެ އެންމެ ހަރަކާތަކުން އެ ދެލޯ ކަރުނުން ފުރާލައެވެ. ޔުއާން ދެކެ މައިލީން ވީ ލޯއްބާމެދު އޭނާއަށް ސުވާލުކޮއްލެވުނެވެ. އޭނާ ދެވަނަ ފަހަރަށް އެފަދަ ތެދުވެރި ލޮއްބެއް ހޯދާނީ ކިހިނެތްހެއްޔެވެ؟ އެހެނަސް މިއަދު އޭނާ އެވަނި އަމިއްލަ އަތުން އެ ލޯބި ގެއްލުވާލާފައެވެ.

އިތުރަށް އެތާ މަޑު ކުރާ ހިޔާލު ނެތިގެން ޔުއާން ހިނގައިގަތެވެ. އޭރު އޯޑަރ ކުރި އެއްޗެހި ހިފައިގެން ވެއިޓަރ އައިސް އެ ބަހައްޓަނީއެވެ. އެހެނަސް އޭނާ ދިޔައިއެވެ.

އިސްޖަހާލައިގެން ފޯނުގެ ސްކްރީން ގައިވާ ޔަޝްމް ގެ ފޮޓޯގައި އަތް ހާކާލަ ހާކާލަ އިން މައިލީން ސިހުނީ އޭނާއަށް ދުނި ސެންޓެއްގެ ވަހުންނެވެ. ކައިރިން ލާފައި ދިޔަ ޔުއާން ފެނި އޭނާ އަނެއްކާވެސް އިސްޖާހާލިއެވެ. ޔުއާން އަށް ވެސް އެކަން ފާހަގަވިއެވެ. އެއާއެކު އެއީ ކިއްވެގެން ކަންވެސް އެނގުނެވެ.

މައިލީން އަށް މާޒީގެ ހަނދާންތަކަށް ދަތުރުކުރެވުނެވެ. އެއީ ޔުއާން އަބަދުވެސް ޖަހާ ސެންޓެކެވެ. އެކަމަކު މިފަހަރު ޔުއާން ފެނުނުފަހުން އެނާއަށް އެ ސެންޓް ގެ ވަސް ދުވީ އަލަށެވެ.

އޭނާ ކާއެއްޗެހި އައުމާއެކު ކެއެވެ. އޭނާގެ ނޒަރު ރީކާއަށްވެސް ދަތުރުކޮއްލައެވެ. އެހެނަސް ހަތަރު ކަޅި ހަމަވާ ކޮންމެ ފަހަތަކު އިސްޖަހާލަނީ ރީކާ ޖައްސާ ވައްތަރުންނެވެ. އެއްފަހަރު ތުން އަނބުރާލާނެއެވެ. އަނެއްބައި ފަހަރު ދެމިބަ ގޮށް ޖަހާލާނެއެވެ. މައިލީން އަށް މި ވާނުވާއެއް ނޭގެއެވެ.

އޭނާ ކައިގެން ކެނޓީނުން ނުކުތެވެ. މަޑުމަޑުން ހިނގާލާފައި ދިޔަ މައިލީން ގައިގައި ފަހަތުން އައި ރީކާ ގަސްތުގައި ޖެހިގަތެވެ. އެއާއެކު މައިލީން ވެއްޓުނެވެ. ވެއްޓުމާއެކު އެތަނުގައި ތިބި މީހުންގެ ނަޒަރުތައް އޭނާއަށް އަމާޒުވެގެން ދިޔައެވެ. އެއާއެކު އޭނާގެ ކަންފަތުގައި ދެން ގުގުމީ އެންމެންގެ ހުނުމުގެ އަޑެވެ. “އައް…. ހެހެހެހެހެ. ތިމާއަށް ތިމާ ފެނިފަ…” ކައިރިން ދިޔަ ކުއްޖަކު ބުނެލި އަޑުއިވުނެވެ. އެއާއެކު މައިލީން އަށް އަޑުން އެއީ ރީކާ އާ އެކީ މިހާރު އެންމެ ގިނައިން ފެންނަ ކުއްޖާކަން އެނގުނެވެ. އޭނާއަށް ތެދުވަން ނުކެރިފައި އިސްޖެހިފައި އޮވެނުނީއެވެ. އޭރު އޭނާގެ ލޮލުން ކަރުނަ އާދެއެވެ.

ގިސްލެވެން ފެށުނީ ބޭއިޚްތިރާރުގައެވެ. އޭނާ ހާދަ ބަލިކަށިވެއްޖެއެވެ. ކިއްވެހެއްޔެވެ؟.

“މައިލީން” ކުއްލިއަކަށް އޭނާ ސިހުނީ މީހަކު އައިސް އޭނާގެ ދެކޮނޑުގައ ހިފާ ނެގުމުންނެވެ. “ޝްޝްޝް” އެމީހަކު ބުނެލިއެވެ. އަދި މައިލިން ގެނެސް އޭނާގެ މޭމަތީގައި ޖައްސާލިއެވެ. އަދި ދެއަތުން މައިލީން ވަށައިލިއެވެ.މައިލީން ވެސް ވެފައި ހުރި ދެރަ އާ ލަދާ އެކު އެ މީހެއްގެ މޭގައި މޫނު ފޮރުވާލެވުނީއެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ތިޔަ އަސަރު 24

Next

ޒާރާ (22)

Next
February 6, 2018

ޒާރާ (22)

Previews
February 6, 2018

ތިޔަ އަސަރު 24

71 Comments!

  1. Hi Mi says:
    February 6, 2018 at 7:48 pm

    Assalaamu Alaikum. Guys. Pls do comment ur views on this part. And what do u think about rika?. Yuan?. And maileen nw?. And who do u think saved maileen from the insult?. Jaxil?. Yuan?. Or someone else?. And what do u think about yashm.?. I have a sad news too guys. Sorry to say this but i think next episode is on friday. E eh vure kurin ves time viyya kohdheynan. But yageen kameh nethy bixi vaanethy. Ehenve to be on safe side. Hehe. Anyway vhk kiyaa adhi hiyaal husha alhaa hurihaa kudhin nahves varah shukuriyya. Jazakallah Khairan. ?

  2. Black beauty says:
    February 6, 2018 at 7:51 pm

    Yey me first

    1. Hi Mi says:
      February 7, 2018 at 9:44 pm

      congrats black beauty. thanks. 🙂

  3. Kai says:
    February 6, 2018 at 8:01 pm

    Alhey mailee ah thihen nuhadha?????……. kaaku baa a aee ????….. waiting ?????

    1. Hi Mi says:
      February 7, 2018 at 9:45 pm

      hingaa balamaa vaa gotheh dw. 🙂 thankyou

  4. annoying reader says:
    February 6, 2018 at 8:12 pm

    އަޅޭ ހާދަ ދުވަހަކަށް އިންތިޒާރު ކުރަން މިޖެހުނީ ނެކްސްޓް ޕާޓްކިޔަން. ވަރަށް ރީތި އެންމެ ކިޔާހިތްވީ އިރު ނިމިއްޖެ، އަޅޭ ހީމީ ޔަޝްމް ރަނގަޅު ކުރައްޗޭ ޕްލީޒް.. އައިތިން ދިސްޓައިމް އިޓްސް ޖަޒިލް އޯ ނާވި ހެން މައިލީން ހިމާޔަތް ކުރީ. ސޯސޭޑް އަބަދު މައިލީން ދެރަވެފަ ހުންނާތީ. ޝީވިލްބީ ހެޕީ ވިތް ޔުއާން. މި ރީކާވެސް އުޅޭ ފާޑެއް ދޯ ޖޭވިޔސް ބޮޑުވަރު އެއީ. ލީން އަށް ބުލީ ކުރަންވެސް ފެށީ.. ވެއިޓިންގް އިމްޕޭޝަންޓްލީ ފޯ ދި ނެކްސްޓް ޕާޓް. ރީކާ ލަނޑެއްދީ ހީމީ. 3> މަޗް ލަވް

    1. Hi Mi says:
      February 7, 2018 at 9:46 pm

      yes. varah foohi vey Hi Mi ves reekaa dheke. hingaa eyna ah vaa gotheh balamaa. vaarh bodu ladeh dhey hiyy vey Hi mI ves. thanks dear. vv ufaavey kome part akunq commet fenathy. it mens alot. thanks again dear. 🙂

  5. Icy♡ says:
    February 6, 2018 at 8:17 pm

    Wow
    Vrh vrh reethi
    Hama speechless
    ?When next part

    1. Hi Mi says:
      February 7, 2018 at 9:47 pm

      thanks. Icy nw kiyaaleveyne. v ufaavehjje.

  6. siroo says:
    February 6, 2018 at 8:18 pm

    Hi Mi maileen saved kuree jazil ah nuhadhahche
    Jazil dhekii v rulhi aadhe maileen aahedhi ulheythi
    Maileen akee hama ekanii yuaan ge meeheh yuaan maileen dhera kuriyas aslu yuaan v loabii vey maileen dheke
    Dhn edhemeehunge thereyah jazil aeema hadi dhw

    1. Hi Mi says:
      February 7, 2018 at 9:48 pm

      hehe. hingaa balaa siroo dw. maileen and yuan vaa gotheh and maileen libenen meeheh ves. thanks dear. v ufaavehjje. 🙂

  7. Shann says:
    February 6, 2018 at 8:27 pm

    Ok Hi Mi free v ma up kohlaa.. Hama inthixaaruga shann men mithiby.. Dhw kudhin??.. Hi Mi story akah vihyaa inthixaaru ves kohlevi dhaane.. Eyee kiriyaa free velaairah story genesdheynekan yagyn vaathy.. Thy story writers thakun hama faahaga kohlevey kuhjeh.. Anehka kiyun therin dheke ehaa loabivaakan faahaga kurevey.. V v beynun Hi Mi ge frnd akah vaan.. Vevidhaanetha?? Luv u n Miss u

    1. Hi Mi says:
      February 7, 2018 at 9:51 pm

      yes dear. of course hama vevidhaane. Hi Mi ge mail adress innaane liyelaafa. hama mail eh kohlaa dear. vvvv ufaavehjje. shann ge konme comment akah ves varah inthixaaru kurevey konme faharaku Hi Mi speechless kohlaane. and haa hiyy varu libene. v ufaavey aslu. thi kahala kiyuntherin thi gothah support dheythy hama kuri ah mi dheveni Alhamdhulillah…. so happy thanks. :):):)

  8. Chim says:
    February 6, 2018 at 8:30 pm

    Wooow mi partves vv reethi…heevany jazil hen maileen neh…alhe Himi yuaan nd maileen gulhuvahchey..foohikameh nethi kiyaahithun kiyaalevey story eh mee..maasha allah ❤

    1. Hi Mi says:
      February 7, 2018 at 9:52 pm

      thanks. Chim. v ufaavehjje, thi gothah abadhuves hiyy varu dheyne kamah unmmeedhu kuran. v ufaavehjje aslah ves. 🙂

  9. Navya says:
    February 6, 2018 at 8:30 pm

    Alhey himi. .dhen yuaan nd mileen gulhuvaba. .dhemyhunves loabi ve bunan nukerifa dhw…ekm dhekudhin gulhuvaba ☺ navy hama dheravany

    1. Hi Mi says:
      February 7, 2018 at 9:54 pm

      dhen dhera nuvey dear. Hi Mi ves dhera vehjje navy dhera kohlevunima. vaarh ufaavehjje. and varah bodah thanks dear. v ufaavey comment mihaaru fennaathy. 🙂

  10. Navya says:
    February 6, 2018 at 8:32 pm

    ?

  11. Sav says:
    February 6, 2018 at 8:35 pm

    i think it’s none of them, but someone else who saved Ily. Love the story. ?

    1. Hi Mi says:
      February 7, 2018 at 9:56 pm

      hingaa balamaa sav. thnaks dear:)v ufaavehjje.

  12. Mariyam Ubaid says:
    February 6, 2018 at 8:36 pm

    Salhi

    1. Hi Mi says:
      February 7, 2018 at 9:57 pm

      thanks dear. 🙂

  13. Xxxx says:
    February 6, 2018 at 8:53 pm

    Wooooowww..nice dear.. waiting? hoping that person to b yuan…

    1. Hi Mi says:
      February 7, 2018 at 9:58 pm

      hingaa balamaa dw Xxxx. varah bodah thanks dear. 🙂

  14. Pinky shifoo says:
    February 6, 2018 at 9:00 pm

    Alhey Hi Mi I am surprised ?????… Hama aslu vx varah surprise vehje… Mi part vx haadha reehchey Maasha Allah ???… Hama superb ???… Varah varah reethi ????.. I think rika ilee n yuan ge dhemedhah vannaanehenn… I think she will create problems… Varah varah foohi vey rika dheke ??????… I just hate her… Ilee haadha kehgadhaey… Haadha asareh kuraaney ilee ge hithah ??.. I think yuan henn mifaharu ilee e save kury n yashm dhw… Yashm ah dheragotheh nahadhahchey Hi Mi.. Yashm ehkoh recover kohdhehchey…. It’s just really amazing… Hama superb mi Story n knme partehvx varah varah varah interesting… I love this story ❤️❤️❤️❤️❤️… Love you toooo Hi Mi ❤️❤️❤️❤️????????????????… Keep up the good work dear… Hi Mi thee pinky ge number 1 writer ??????????… My favourite writer ❤️❤️❤️???????????????.. Waiting for next part… Take care n loves ❤️❤️❤️❤️❤️❤️????????????????? n Hi Mi pinky vvv vvv vvv vvvv happy vehje story kiyaalan libunyma n kithanme lahun viyas I will be waiting till u upload the story n will be waiting for your lovely reply ❤️❤️❤️???????????????????

    1. Hi Mi says:
      February 7, 2018 at 10:03 pm

      alhey. pinky pinky pinky pinky pinky keekey hi Mi bunaani. Hi Mi ah mihuree bunaane ehcehives neygifa. keekey baa ey bunan v mi hithah arani. visna visnaaves sikundi ah nai. thankyou sis. vvv ufaavehjje. ur hama Hi MI ge fan eh. hehe. comment ah inthixssru kurevey varah. bunaane ehchei nei hama Hi Mi athuga aslahves. vvv ufaavehjje. igey dear. vvv ufaavehhje dear. mi faharu varah las vehjje dw. ingey pinky reply akah inthixaaru kuraanekan ves. ekamves bixi v dear. varah bodah sorry. leen ah asaru kuraane yes pinky….:( rika dheke Hi Mi ves fooh vey. higaa balamaa yuan thoa dw. v thnaks and.Jazakallah Khairan.. 🙂

  15. Xaaaan says:
    February 6, 2018 at 9:03 pm

    Alhey himi dhoonyaa haadha ragalhey??masha allah mibaives vvvvvvv reethi xaan story kiyamun dhiyairu hithan ery mu nimenyey mi part alhen adhi dhiguvaane namaey ehaaves storyge thereah vadhevifa hury?? maileen negy yuaan ey xaan bunaany?? himi darlin yashm ah dheragotheh nahadhahchey ingey xaan v sad vaane?????himi buny friedayga uo kuraa vaahakadhw bt vvvvvvv mis vaane??? mi storyakee nw xaange lifuge eh bai ehaaves storyaa medhu visney luv u dalin vvvvv bodukoh musvaane mi 2daysga v foohivaane????

    1. Hi Mi says:
      February 8, 2018 at 11:13 am

      Vvv ufaavehjje. Dhen in part kiyaalaaf a ingeyne kaakukan eyi xaaaan ge konme komment eh ves ehaalobi koh annaathy v inthixaaru kurevey. V ufaavey. Friday ey buni to be othe safe side. Thansk again dear. ???

  16. Maaanyyyy says:
    February 6, 2018 at 9:04 pm

    Plx it’s yuan not jazil

    1. Hi Mi says:
      February 8, 2018 at 11:14 am

      Hingaa balamaa Maaanyyyy. Thankyou. ???

  17. Aishath Nasyra says:
    February 6, 2018 at 9:07 pm

    Maai

  18. Jam Sheeda says:
    February 6, 2018 at 9:17 pm

    Vvv salhi..thi gothah up kohdhey thy vvv shukuriyyr…baeh vaahakathah 5 noony 6 part nikumefa..dhen nunikumey…vaaeh nuvaaeh neygey

    1. Hi Mi says:
      February 8, 2018 at 11:16 am

      Thanks. Balni abadbuves kiyun thern hin hama jehey gothah vhk genes dheveythoa. ???

  19. Maa says:
    February 6, 2018 at 9:44 pm

    Himi thanx … ummmeeedhu kuran vee emme avahakah next part kiyaaalan libeyne kamah……..mi part ves hama vvvv salhi….. kaaaakubaaa e
    ………. aeee….. wonderin

    1. Hi Mi says:
      February 8, 2018 at 11:20 am

      Thnaks. Maa. In Sha Allah. V enme avahakah genws dhynan. Varh ufaavehjje. Letsvsee vaa githeh dw. Thanks. ???

  20. Sham says:
    February 6, 2018 at 9:51 pm

    Yeyyyy.. thank you thank yoooouuuuuuu?? vrh reethi ingey mi part vx as usual… Kaakubaa maileen gaathu eii?? Zil tha anehkka!! No yuan ah vaan vaany e kuhjjeh ? adhi bunan tha Hi Mi I love the way you describe yashm… Her sickness… Vrh molhu ? mi story nimen kithah part tha????? E haa avahah story nunimaathi ?? because I really really love this story ❤️☺️?

    1. Hi Mi says:
      February 8, 2018 at 10:55 am

      ތޭންކްސް ޝަމް. ވވވ އުފަވެއްޖެ. ބުނާނެ އެއްޗެއްވެސް ނޭގޭ. ހިންގާ ބަލަމާ މިހާރު ކިޔާލެވެވޭނެ. އަދި ވާހަކަ ނިމެން ކައިރިއެއް ނުވޭ. އިންޓަރެސްޓިން ތިންގްސް އާރ ގޮއިންޓް ހެޕެން …:)

  21. Fathun says:
    February 6, 2018 at 10:20 pm

    I think that’s yuaan.. Wow ehenvejjiyyaa v v salhi vaane.. Mihaar inthixaaru kureveny maileen and yuaan gulheyne dhuvahakah.. Vaahaka hama habeys… V v v v v v v v v v v v reethi…

    1. Hi Mi says:
      February 8, 2018 at 11:19 am

      Lets see fathun. Vvvvvvv ufaavehjje. Vvv ufaavey comment fennaathy???

  22. R says:
    February 6, 2018 at 10:22 pm

    E jaxil

    1. Hi Mi says:
      February 8, 2018 at 11:21 am

      Hingaa balamaa R thankyou ingey.

  23. some one says:
    February 6, 2018 at 11:10 pm

    jaXil ehnoon eii hama gaimuves..
    eii jaxil kiyanee ilee ehnu
    vedhaane rivam kamah dhn emanzaru yuaan ah fenunyma firihenunnaa ulhey meehekey hithah araigen problem eh kahneyge create vaanee

    dhn yashm i think surgery hadhan jeheyny so yashn jeheyny yuan ge patient akah vaan..

    1. Hi Mi says:
      February 8, 2018 at 11:22 am

      Hehe. Lets see dw. Kuri ah so many things gonna happen ingey lets wait and see vvv ufaavehjjs. Thankyou so much.

  24. some one says:
    February 6, 2018 at 11:13 pm

    jazil eh noon rivam eii

    dhn yashm jeheyny surgery hadhan so she will be yuan’s patient

    1. Hi Mi says:
      February 8, 2018 at 11:28 am

      Lets see someone. Thankyou sovmuch. ???

  25. N@-B says:
    February 7, 2018 at 12:29 am

    Dhen mailed dheravaathi varah Dheravey..ekam story kuriyah thi gendhan goeh varah kamudhey alhugandah. .waiting for next part….

    1. Hi Mi says:
      February 8, 2018 at 11:31 am

      Thanks so much dear. V ufaavehjje. Shauguverikan hifehteythoa varah masah kai kuraanan. In Sha Allah. ?

  26. Queen says:
    February 7, 2018 at 1:38 am

    ?Its yuan
    ?Don’t be jaxil
    ?I hate him

    1. Hi Mi says:
      February 8, 2018 at 11:32 am

      Lets see queen. Thankyou. ????????????

  27. Zuam says:
    February 7, 2018 at 10:11 am

    Wow…. varah reethi….waiting

    1. Hi Mi says:
      February 8, 2018 at 11:33 am

      Thanks zuam. V ufaavehjje. ???

  28. ޭޭޭެެެަEekko says:
    February 7, 2018 at 10:58 am

    އެއީ ޔުއާން އަށް ހަދާބަލަ ހިމީ، އެންޑް މައިލީން އާއި ޔުއާން އެކަކު އަނެކަކަށް ހުރިހާ އެއްޗެއް ކިޔާދީފަ ޔަޝްމު ސަލާމަތްކުރުމަށް ޔުއާން އާ ދެ މީހުން މަސައްކަތް ކުރެވުނީމަ އެންމެ ރަނގަޅުވާނެހެން ހީވަނީ…. ވެއިޓިންގ ފޯ ނެކްސްޓް ޕާޓް… މި ޕާރޓުވެސް ވ ވ ވ ވ ވ ރީތި!

    1. Hi Mi says:
      February 8, 2018 at 11:34 am

      Lets see eeeko. Lots going to hon nezt. Thankyou so much. ???

  29. Nàani says:
    February 7, 2018 at 12:16 pm

    Varah foohiveyy jazil dheke… Plzzz yashum and yuaan meet kuruvabala adhi.

    1. Hi Mi says:
      February 8, 2018 at 11:37 am

      Dnt hate him dear. Lets see. Vaa gotheh. Thankyou. ???

  30. Yoon says:
    February 7, 2018 at 12:23 pm

    Eiii yuaan.. dhenn ilee vess enmnege gaigai thaivaa ehcheh noon.. story v reethi.. jazil dheke foohi

    1. Hi Mi says:
      February 8, 2018 at 11:35 am

      Lets see. Dw yoon. Asluves. Ekam dnt hate him. ☹ thanks dear. ?

  31. Xaaan says:
    February 7, 2018 at 12:24 pm

    މިސް ޔޫ ހައި މީ ދޫނީ

    1. Hi Mi says:
      February 8, 2018 at 11:30 am

      Miss u too xaaaan.

  32. miya says:
    February 7, 2018 at 1:57 pm

    ކާކުބާ އެއީ……..
    ވަރަށް ރީތި މިބައިވެސް. ދެން އޮތް ބަޔަށް އިންތިޒާރުގައި މީނީ

    1. Hi Mi says:
      February 8, 2018 at 11:29 am

      Thanks miya. Dhen in part in ingynw. V ufaavehjje. ???

  33. Pinky shifoo says:
    February 7, 2018 at 2:23 pm

    Hi Mi…. I’m missing you soooooooooo much ???… I’m missing your lovely reply tooooooo… Come back soon as possible ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????

    1. Hi Mi says:
      February 8, 2018 at 11:27 am

      Missed u too dear. Sorry for the late repky hama boxi kamun. ????????????

  34. Blue beauty says:
    February 7, 2018 at 3:57 pm

    varah reethi mi part ves…… yuan are Aileen gulhuvaba hi mi……

    1. Hi Mi says:
      February 8, 2018 at 11:26 am

      Hingaa balamaa lots are going to hapne. Thanks dear. Means a lot. Konme part akun ves comment fennaathy v ufaavey. ???

  35. Saadha Abdhulatheef says:
    February 7, 2018 at 5:37 pm

    v salhi

    1. Hi Mi says:
      February 8, 2018 at 11:25 am

      Thankyou so much v ufaavehjje. ???

  36. Niuma Ahmed says:
    February 7, 2018 at 9:09 pm

    V reethi vaahka

    1. Hi Mi says:
      February 8, 2018 at 11:24 am

      Thanks dear. V ufaavehjje. ???

  37. fathun says:
    February 7, 2018 at 9:28 pm

    I think it’s laviyaa, dhn emyhun to Kuran dhaan irah yuan ah fennany according to my imagination

    1. Hi Mi says:
      February 8, 2018 at 11:23 am

      Lets see fathun. Thankyou so much. V ufaavehjje. ???

Comments are closed.

Next Episodeހިތާ ފުރާނައިން… (32)←


All Right Reserved!