ޔުއާން އަށް އެވަގުތު ފޯނެއް އައެވެ. އޭނާ ވާހަކަ ދައްކަމުން ފޯނަށް ސަމާލުކަން ދީގެން ހިނގައިގަތް ވަގުތު ޖެހިގެން ހުރި ލިފްޓުން ނުކުތް މީހެއްގެ ގައިގައި ޖެހިފައި ފޯން ބިންމައްޗަށް ވެއްޓުނެވެ. އޭނާ އިސް އުފުލާލާ ބަލާލިއެވެ. އެވަގުތަކީ އެ އަންހެން މީހާވެސް އިސްއުފުލާލާ ބަލާލިވަގުތެވެ. އެއާއެކު އެ އަންހެން މީހާ އާއި ޔުއާން ގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ.
“ޔަޝްމް” އެވަގުތު އެ އަންހެންމީހާ އެހެން ބުނެވުނީ ވައިއަޑުން ކަމުގައި ވީނަމަވެސް ޔުއާން އަށް އަޑުއިވުނެވެ. އޭނާ ހައިރާންވިއެވެ. ހަމަ އެއާ އެއްވަރަށް އޭނާ ހާސްވެސް ވިއެވެ. ޔަޝްމް އާ މީނާ އާ އޮތީ ކޮން ގުޅުމެއް ބާއޭ ހިތަށް އަރަމުން ދިޔައެވެ.
“ދޮންތާ” އަތުގައި އޮތް އަތް ދަބަހުން އެއްޗެއް ނަގަމުން ނުކުތް މައިލީން ގޮވާލަމުން ކުރިމައްޗަށް ބަލާލިއެވެ. އެއާއެކު އޭނާ ގަނޑުވިއެވެ. ނޭވާ އަވަސްވެގެން ދިޔައެވެ. ހިތުގެ ތެޅުން ބާރުވިއެވެ. ދޮންތަމެންނަށް ހަގީގަތް ފޮރުވައިގެން ދެން މާގިނަ ދުވަހު ނޫޅެވޭނޭ ކަމަށް އޭނާގެ ހަވަނަ ހިއްސު ބުނަމުންގެންދިއެވެ. އެހެންނަމަވެސް އޭނާ އެކަން ގަބޫލުކުރާކަށް ބޭނުމެއްނުވެއެވެ. ޔުއާން ވެސް ހުއްޓުން އެރިއެވެ. އޭރު އޭނާގެ ނަޒަރު ހުރީ މައިލީން އަށް ހުއްޓިފައެވެ.
މައިލީން އަށް އެނގެއެވެ. ޔުއާން ފެނުމަށްފަހު ދޮންތަގެ ވިސްނުން ތޫނު ސިކުނޑިއަށް ނަގައިގަންނާކަށް އުދަގުލެއް ނުވާނެއެވެ. ޔަޝްމް ފެނިފައިވާ ކޮންމެ މީހެއްގެ ހިތުގައިވެސް ޝާލީން ގެ ހިތުގައިވި ސުވާލު އުފެދޭނެކަން ޔަގީނެވެ. ޔުއާން އަށް ވެސް ކޮންމެވެސް ތަނަކުން ދުށް މީހަކާ އޭނާ ވައްތަރު ވިއެވެ. އޭނާ ހަނދާންވިއެވެ. “އާނއެކެވެ… އެއީ ކުރިން ދުވަހު އޭނާގޭ ކާރުން ކިރިޔާ ނުޖެހި ސަލާމަތްވި އަންހެން މީހާއެވެ.
“ޝާލީން ވެސް ހައިރާންވެފައި ޔުއާން އަށް ބަލަން ހުރީ އެ ދެލޮލުންނާ މޫނުމަތިން އޭނާ އަށް ފެނުނު ސިފަތަކުންނެވެ. އެއީ ހަމަ ޔަޝްމް ގެ ދެލޮލެވެ. އެނާ އަށް ދެން ބަލާލެވުނީ މައިލީން އަށެވެ.
ޔަޝްމް” ޝާލީން އަށް ކިޔެމުން ދިޔައެވެ. އޭނާ މައިލީން އަށް ބަލާލުމާއެކު މައިލީން އަށް ކުރެވުނު ހަވެސް ކަމަކީއިސްޖަހާލުމެވެ. އެއާއެކު ޝާލީން އަށް މައިލީން އަށް ގޮވާލެވުނެވެ. “އިލީ” އެހެން ނަމަވެސް އިތުރު އެއްޗެއް އެވަގުތު އޭނާ ގެ ދުލަކަށް ނައެވެ. އެ ގޮވާލުމުގައި ވަނީ ސުވާލުމާކެކެވެ؟ މައިލީން އިސްޖަހާލި ގޮތުންވެސް ނުބައި ޝައްކެތް އެ ހިތުގައި ހިނގައިގަތެވެ. އެއާއެކު އެނާ އަވަސް އަވަހަށް ހަމަޖެހެން މަސައްކަތްކުރިއެވެ. އަދި އަނެއްކާވެސް ޔުއާން އަށް ނަޒަރު ހުއްޓާލިއެވެ.
ޔުއާން އަވަސް އަވަހަށް ވެއްޓިފައި އޮތް އޭނާގެ ފޯން ނަގަމުން ހިނގައިގަތެވެ. އިތުރަށް އެތާ ހުންނަން ވެއްޖެނަމަ އަމިއްލަ ނަފްސުގެ ކުރިމަތީގައިވެސް އޭނާ ބޭޒާރު ވެދާނެއެވެ. އޭރު އޭނާއަށް ވެސް ކުރެވެމުން އެ ދަނީ ދުވަހަކުވެސް ކުރެވުނު އިހްސާސެއްނޫނެވެ. ރިވަމް ވެސް ޔުއާން ގެ ފަހަތުން ހިނގައިގަތެވެ. ޔުއާން ގެ ހިތް ނުތަނަވަސްވަނީއެވެ. ޔަޝްމް އާއި އޭނާ ފެންނަ މީހަކު ރަނގަޅަށް ބަލައިފިނަމަ ޔަޝްމް އާއި އޭނާގެ ހުރި އެއްގޮތް ސިފަތަށް ފެންނާނެއެވެ.
“އިލީ” ހުއްޓިފައި ހުރި މައިލީން އަށް ޝާލީން ގޮވާލިއެވ. އޭނާ މައިލީން ގެ އަތުގައި ހިފައިގެން ނުކުންނަން ހިނގައިގަތެވެ. އޭރު މައިލީން ހުރީ ހަދަންވީ ގޮތް ނޭގިފައެވެ. ދޮންތައަށް ހަގީގަތް ކިޔައިދޭންވީހެއްޔެވެ؟ ނުކިޔާދިނަސް މިހާރު ދޮންތައަށް އެވަނީ ޝައްކުވެފައެވެ. ނޫނެކެވެ. ޔަގީންވެފައެވެ. ހާސްވެފައި ހުރި މައިލީން ގެ ހިތުގެ ތެޅުން ބާރުކަމުން ހީވަނީ ދެންމެ ދެންމެ ބޭރަށް ފުންމާލާފާނެ ހެންނެވެ.
އެހެނެއްކަމަކު މައިލީން ހީކުރި ގޮތާ ހިލާފަށް ޝާލީން އެރޭ މައިލީން އާ އެކަމާ ގުޅޭގޮތުން އިތުރު ސުވާލެއްނުކުރެއެވެ.
ޝާލީން އަށް ޔަގީންވިއެވެ. އެއީ ހަމަ ޔޝްމް ގެ ބައްޕަ އަށް ނޫނީ ނުވާނެއެވެ. އެހެންނަމަވެސް އޭނާ އެހަށް މައިލީން އާ ވާހަކަ ނުދައްކާ މަޑުކޮއްލީ މައިލީން އަދި އެކަމަކަށް ތައްޔާރެއްނޫނޭ ހިތާއެވެ.
އެރޭ ނިދަން އޮވެގެން މައިލީން ވިސްނިއެވެ. ދޮންތައަށް ހަގީގަތް ކިޔައިދޭންވީހެއްޔެވެ؟ ދެން ވާނީ ކިހިނެއްހެއްޔެވެ؟ ދޮންތައަށް ހަގީގަތް ކިޔައިދީގެން ބަދަލްވާނީ ކިހިނެތްހެއްޔެވެ؟ ދޮންތަ މިއަދުވެސް އެ ސުވާލު އޭނާ އާ ނުކުރީ އޭނާ އާ މެދު ވިސްނާފަކަން އެނގެއެވެ. އޭނާގެ އިހްސާސްތަކަށް ދޮންތަ އަބަދުވެސް އިސްކަންދޭކަން އޭނާއަށް އެނގެއެވެ.
ޔުއާން އަކީ ކެހިވެރިއެކެވެ. އަނިޔާވެރިއެވެ. ދުވަހަކު ހިތުން ރުހުމުން މައިލީން ހުރީ އޭނާއަށް މާފު ނުކުރަން ނިންމައިގެންނެވެ. އެއީ ހަޔާތުގައި އައި ނުބައި ބާބެއްކަމަށް ނިންމާ އެ ބާބު ނިންމާލައިގެންނެވެ. ދުވަހަކު އެ ސޫރައިގެ ކުރިމަށްޗަށް ނާރަން އަމިއްލަ ނަފްސަށް ވައުދުވެގެންނެވެ. އުމުރަށް ނަފްރަތުކުރަން ނިންމައިގެންނެވެ. އެހެން ނަމަވެސް ކުރިން ދުވަހު ޔުއާން މާފަށް އެދުނު ގޮތުން އެނާގެ ހިތް އޭނާގެ އަތުން ވިއްލިގެން ދިޔަފަދައެވެ. އެ ހިތް ގޮވަމުން ދިޔައީ މާފު ކުރުމަށެވެ. އެ ލޯބީގެ ހިމާޔަތަށް ދިޔުމަށެވެ. އެހެންނަމަވެސް އޭނާގެ ނަފްސު ގޮވަމުން ދިޔައީ އެކަނި އުޅުމަށެވެ.
ހިތާ ސިކުނޑީގެ ހައިގާންގަނޑުގެތެރޭގައި އޭނާ ނިމިދާންވީހެއްޔެވެ؟ އަދިވެސް އހިތުގައި ޔުއާން ގެ ލޯބި ވަނީ ކީއްވެހްޔެވެ؟ ޔުއާން އަށް ޓަކާ އަދިވެސް އެ ހިތުގައި ވިންދު ޖަހަނީކީއްވެހެއްޔެވެ؟ އެހާ އަނިޔާވެރި ވެ އިރުވެސް ނަފްރަތު ނުކުރެވެނީ ކީއްވެހެއްޔެވެ؟ މިއަދު އޭނާ އުޅެން ޖެހިފައި އެވަނީ ޔުއާން ގެ ކުރިމަތީގައެވެ. ނެތް ހިތްވަރު ދައްކައިގެންނެވެ. މިހެން އުޅެން ވެއްޖެނަމަ އޭނާ މޮޔަ ވެދާނެއެވެ. ހޮޔޮ ވާނީ ކިހިނެތްހެއްޔެވެ؟
އޭނާގެ ދެލޮލުންނކަރުނަ ފާއްދާލިއެވެ. ޔުއާން ގެ ހަނދާންތައް ރެއާ ދުވާލު އޭނާ މަރާލައެވެ. އެ ލޯތްބަށް އެ ހިތް އެދޭވަރު އިނގޭނީ ހަމަ އޭނާއަށެވެ. އެފަދަ އަނިޔާވެރިއެއްދެކެ މައިލީން އެވަނީ ކޮންފަދަ ލޯތްބެއްހެއްޔެވެ؟.
އެނާ ސިއްސައިގެން ދިޔައީ ކައިރީގައި އޮތް ޔަޝްމް ފުރޮޅިލުމުންނެވެ. އެވަގުތު ޔަޝްމް ނޭވާނުލެވިގެން އުޅޭހެން ހީވެގެން މައިލީން ކުއްލިއަކަށް ތެދުވިއެވެ. އޭރު ޔަޝްމް ދިޔައީ ނޭވާނުލެވިގެން ކުޑަކޮއް ތެޅެމުންނެވެ. މައިލީން އަވަސް އަވަހަށް ތެދުވިއެވެ. އޭނާ ޔަޝްމް ކުޑަކޮއް އޭނާގެ އުނގުގައި ބާއްވަމުން ޑޮކްޓަރު ކުރިން ބުނެފައި އޮތް ގޮތަށް ކަންތައް ކުރަން އަވަސް ވެ ގަތެވެ.
އޭރު އޭނާގެ ލޮލުން ކަރުނަތަށް ފައިބައެވެ. އެހިތަށް ކެތް ނުވިއެވެ. އޭނާގެ ދިރުއުޅުން އާރާސްތުކޮއްދިނީ ޔަޝްމްއެވެ. އެ ދަރިފުޅަށް ކަމެއް ވެއްޖެނަމަ އޭނާ މޮޔަވެދާނެއެވެ. އެ ދަރިފުޅާއެކު އޭނާ ވެސް މަރުވެދާނެއެވެ.
ޔަޝްމް ހަމއަކަށް އެޅި އަނެއްކާވެސް ނިދުމާއެކު މައިލީން ވެސް ޔަޝްމް ގާތުގައި އޮށޯވެލިއެވެ. އޭރު އޭނާ ދިޔައީ ޔަޝްމް ގެ މޭމަތީގައި މަޑުމަޑުން ފިރުމަމުންނެވެ. އޭނާގެ ހިތް ހަލާކުވަނީއެވެ. ޔަޝްމް ގެ ހާލަތު ދުވަހެއް ދުވަހަކަށް އެދަނީ ދަށް ވަމުންނެވެ. އެ ދަރިފުޅަށް ޝިފާ ދެއްވާތޯ އޭނާ ރެއާ ދުވާލު ކުރާ ކޮންމެ ނަމާދެއްގެ ފަހަތުގައި ﷲ ގެ ހަޟްރަތުގައި ދަންނަވައެވެ.
“ޔުއާން ކީއްވެތަ އެހެން ހެދީ؟ އަހަރެން އުޅޭ ހާލު އިހްސާސްވެސް ނުވަނީތަ؟ މިހުތަށް ކުރާ އަސަރުތައް ނޭގޭތަ؟” މައިލީން އަށް ހިތާ ޝަކުވާ ކުރެވެމުންދިޔައެވެ.
ޔުއާން ގެއަށް ދިޔަ މަގުމަތީގައި އޭނާގެ ސިކުނޑީގައި ވަނި ހަމައެކަނި މައިލީން ގެނަމެވެ. އޭނާ މާފަށް އެދެން އެބަ ބޭނުންވެއެވެ. އަނެއްކޮޅުން ޔަޝްމް އާ މެދުވެސް އޭނާއަށް ދިޔައީ ވިސްނެމުންނެވެ. އޭނާގެ ދަރިފުޅު ރަނގަޅު ހެއްޔެވެ؟. އެ ހިތްވަނި މިއިން ދުވަހަކު ނުވާވަރަށް ނުތަނަވަސްވެފައެވެ. އެހިތަށް ވެސް އެބަ އަސަރުކުރެއެވެ. އެ ދަރިފުޅުގެ ގާތުގައި ހުންނަން އޭނާ ބޭނުމެވެ.
ވިސްނުމުގައި ހޭދަ ކުރެވުނީ ކިހާ އިރަކު ކަމެއް ނޭގެއެވެ.
ގެއަށް ދިޔައިރު ސިޓިން ރޫމް އޮތީ ފަޅޫކޮށެވެ. އޭނާ ކޮޓަރިއަށް ވަދެ ގަމީސް ބާލާ އެ އަޅުވާލިއެވެ. ދެން އޭނާ ވަނީ ފާހާނައަށެވެ.
ޔުއާން އެނދުގައި އޮށޯވެލާ ކަންފަތަށް ހެޑްސެޓް ޖަހާލިއެވެ. އޭރު އޭނާ ލާފައި ހުރީ ހަމަ އެކަނި ސޯޓް ކޮޅެކެވެ. އެ ކަސްރަތީ ހަށިގަނޑު ހާމަވާން ހުއްޓެވެ. އިނގިރޭސިލަވައެއްޖަހާލަމުން ފޯނުން އެއްބީއަށް ވަދެލިއެވެ. އޭނާ ރާއްޖޭން ބޭރުގައި އުޅުނު އިރުގެ ބައެއްކުދިންނާ ޗެޓް ކޮއްލަން އޮއްވާ ލާވިޔާގެ މެސެޖެއް އައެވެ. އޭނާ ފޫހި ކަމާއެކު އެ މެސެޖް ހުޅުވާ ކިޔާލިއެވެ. އެއާއެކު އޭނާގެ މޫޑް ހަރާބުވިއެވެ.
ދެން އައަނެއްކާވެސް އޭނާއަށް ވިސްނެން ފެށީ މިއަދު ވީ ކަންތަކާއެވެ. އެވަރުން އެފްބީއަށް ވަދެ އެ ހިޔާލުތަކާ ދުރުވާން ކުރި މަސައްކަތް ނާކާމިޔާބު ވުމާއެކު އޭނާގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެންދިޔައެވެ. ފުން ނޭވާއެއްލާ ދެލޯ މަރާލުމާއެކު މައިލީން ގެ ރޮވިފައިވާ ދެލޯ ސިފަވެގެން ދިޔައެވެ. ހަމަ އެ ހިނދު އޭނާ ދެލޯ ހުޅުވާލަމުން ކުއްލިއަކަށް ތެދުވިއެވެ. އަތުގައި އޮތް ފޯނަށް ބަލާލަމުން އެނާ އެގެން ފިތް ތަކަށް އޮބަން ފެށިއެވެ.
އާއެކެވެ. މައިލީން ވަނީ އޭނާގެ ހަޔާތާ ގުޅިފަކަން އެ ހިތަށް އެގުން ވެގެން އެބަދެއެވެ.
ރޭ ދަންވަރު ދެއެއްޖެހީއިރުވެސް މައިލީން ގެ ލޮލަކަށް ނިންޖެއް ނައެވެ. ލޯ ކުޑަކޮއް މެރޭވޭމެސް ވެއެވެ. އެކަމަކު އެ ހިތް ނުތަނަވަސް ވާރުން ނިދިޖެހޭއިރަށް ހޭލެވެނީއެވެ.
—–
ފެނިގެން ދަނީ ބޯޖަސްތަކެވެ. މައިލީން ދެފަރާތަށް ހޯދަމުން ޔަޝްމް އަށް ގޮވަމުން ދިޔައެވެ. އެވަގުތު އޭނާއަށް އަޑު އިވުނީ އެތަނުގައި އޮތް ގަސްތަކެއްގެ ތެރެއިން ޔަޝްމް އާ އަދިވެސް އެހެން ފިރިހެނެއްގެ ހުނުމުގެ އަޑެވެ. އޭނާ އެ ދިމާލަށް މިސްރާބުޖެހިއެވެ. މަޑު ފިޔަވަޅުތަކެއް ނަގަމުން ދިޔައިރު އެ ހިތުގެ ތެޅުން ބާރުވެފައިވަނީ މިއިން ދުވަހަކު ނުވާ ވަރަށެވެ. މޭގައި އަތް އަޅައިގެން އިސްކޮޅަށް ވުރެ ދިގުކޮށް ހެދިފައި ހުރި ހުއި ގަސްތައް ފޭކުރަމުން މައިލީން ދިޔައެވެ. އެހެން ދިޔަވަރަކަށް ދެ ސޫރައެއް އޭނާއަށް ސިފަވިއެވެ. ޔަޝްމް އުރާލައިގެން އެ ހުރީ ޔުއާން އެވެ. އޭނާ ގެ ހިތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާ އެ ދިމާލަށް ހިނިތުންވެލާ ހުރެ ހިނގައިގަތެވެ. އެ ތުންފަތުގައި ވަނީ ފުޅާ ހިނިތުންވުމެކެވެ.
އޭނާ އަތް ދިމާކޮއްގެން ހުރެ އެ ދިމާލަށް ހނގައިގަތުމާއެކު ޔުއާން ޔަޝްމް ބެހެއްޓުމަށްފަހު ދުރަށް ހިނގައިގަތެވެ. ޔަޝްމް އެއްފަހަރު މައިލީން އަށް ބަލާލުމަށްފަހު އަނެއްފަހަރު ޔުއާން އަށް ބަލާލިއެވެ. އަދި ބާރަށް ރޯން ފެށިއެވެ. މައިލީން ދުވިފައި އައިސް އޭނާގެ ދަރިފުޅު އުރާލަމުން ޔުއާން އަށް ގޮވިއެވެ. އެނާ ދުއްވައިގަތެވެ. ޔުއާން އާ އަރާހަމަވިއިރަށް ޔުއާން ގެއްލިއްޖެއެވެ. އޭރު އޭނާ ދިއްކޮއްގެން ހުރި އަތް އޮތެވެ. އޭނާ ފަރާތް ފަރާތަށް ބެލިއެވެ. ހޯދިއެވެ. އެހެންނަމަވެސް ޔުއާން އެއް ނުފެނުނެވެ. އެވަގުތު ޔަޝްމް އޭނާގެ އުނގުން ލޫދިގަނެގެން ތިރިއަށް ފޭބިއެވެ.
“ޔުއާން ” މައިލީން ހުއްޓުމެއް ނެތި ގޮވަމުން ދިޔައެވެ.
ދެން ފެނުނީ ޔަޝްމް ދުރަށް ދުއްވައިގަތްތަނެވެ. ޔަޝްމް ގެ ފަހަތުން މައިލީން ދުއްވައިގަންނަން އުޅުނެވެ. އެހެން ނަމަވެސް އޭނާގެ ފައި ވަނީ ތަތްލާފައެވެ. ވަރަށް ބާރުލުމާއެކު މަޑު މަޑުން ފިޔަވަޅެއް އަޅާލެވުނެވެ. އޭނާ ހިތް ވަރު ކޮއްފައި ދެތިން ފިޔަވަޅު އެޅި ތަނާހެން ޔަޝްމް ވެސް ޔުއާން ގެއްލުނު ގޮތަށް ގެއްލިއްޖެއެވެ.
—–
ސިއްސައިގެން ގޮސް މަޑު ހަޅޭކަކާއެކު މައިލީން އަށް ހޭލެވުނެވެ. އޭނާ ފުންކޮން ނޭވާލާން ފެށިއެވެ. މީހާ ހަމައަކަށް އެޅެން މަސައްކަތްކުރިއެވެ. ދެން އޭނާގެ ނަޒަރު ހުއްޓުނީ އަރާމު ނިންޖަކުން ނިދާފައި އޮތް ޔަޝްމް އަށެވެ. އޭނާ ޔަޝްމް ގެ ނިތަށް ބޮސްދީފައި އެފަރާތުގައި މޫނު ޖައްސާލިއެވެ. ދެން ޔަޝްމް އަށް ނަޒަރު ހުއްޓައިލައިގެން އެތައް އިރަކު އޮތެވެ.
އަނެއްކާ އޭނާއަށް ޔަޝްމް ގެއްލެނީ ހެއްޔެވެ؟ ނޫނެކެވެ. އެހެންވެއްޖެނަމަ އޭނާ މަރުވެދާނެއެވެ. ވާނާ ހިތް ދަތި ކަމުގެ ބިޔަ ރާޅުގަނޑުގެ ތެރޭގައި ގެނބިގެން ދާނެއެވެ.
އޭނާ ފޯން ނަގާ ގަޑި ބަލައިލީ ފާރުގައި ހަރުކޮއްފައި ހުރި ގަޑި ހުއްޓިފައި ހުރީމައެވެ. ކޮންމެ ދުވަހަކުވެސް އެއަށް ލައްވާނޭ ބެޓެރިއެއް ގަންނަން ހިތު އަޅައިގެން ހުއްޓަސް ހަނދާން ނެތެނީއެވެ. މިއަދުވެސް އޭނާ ހުރީ ކޮންމެހެން ވެސް ބެޓެރިއެއް ގަންނަން ހިތުލައިގެންނެވެ. އެހެން ނަމަވެސް ކަންތައް ދިމާވި ގޮތުން ހަނދާނުން ކައްސައިލީއެވެ.
އެނާ ފޯން ބަލާލިއިރު ތިން ހަތަރު މެސެޖް ކޮއްފައި އޮތެވެ. އޭނާ ފަހަރަކު މެސެޖެއް ހުޅުވާ ލާ ކިޔަމުން ދިޔައެވެ. އެ ކިޔަމުން ދިޔަ ވަރަކަށް އޭނާއަށް ދެބުމަ ގާތް ކުރަމުން ދެވުނެވެ. ފޯން ގައި ހިފައްޓާފައިވާ އަތުން އެއަށް ބާރު ކުރަމުން ދިޔައިރު ނިތަށް ވެސް ރޫތަކެއް އަރާފައި ވެއެވެ.
ދެފަރާތަށް ބޯ ހޫރާލަމުން ފޯން ބޭއްވިއިރުވެސް އޭނާއަށް އެ މެސެޖް ތަކާ މެދުގައި ވިސްނަމުން ދެވުނެވެ. އެމީހަކު މައިލީން އަށް ނޭގުނު ކަމުގައިވިޔަސް އެމީހަކަށް މައިލީން ވަރަށް ރަނގަޅަށް އެނގެނީތާއެވެ.
އާއްމުކޮއް ފަތިސް ނަމާދަށް ހޭލާ މައިލީން މިރޭވެސް ހޭލިއެވެ. އޭނާ ނަމާދުކޮއްލައޮގެން ދެން ނުނިދޭނެކަން އެނގޭތީ ނުކުމެލީ ކޮފީ އެއް ބޯލުމުގެ ބޭނުމުގައެވެ. ޔަޝްމް އޮތ ނިދާފައެވެ. ޝާލީން އާއި އާރާވެސް ވާނީ ނިދާފައެވެ.
އޭނާ ކޮފީހަދަން ހުއްޓައި ޝާލީން ނުކުމެގެން އައެވެ. “ކޮފީއެއް ބޭނުން؟” މައިލީން އަހައިލިއެވެ.
“ޝާލީން ދެފަރާތަށް ބޯ ހޫރާލަމުން ބުނީ އޭނާ ނުކުތީ ކޮޓަރީގައި ހުރި ފެންޖަގު ހުސްވެގެން ފެން ބަލާކަމުގައެވެ.މައިލީން އެއަށް ބަލާލަމުން އޯހް އޭ ބުނެލިއެވެ. އޭރުވެސް ނިދީގެ އަސަރު އޭނާގެ ލޮލުގައި ހުއްޓެވެ. “އަދި ނަމާދުވެސް ނުކޮއް މިހުރީ…. މިދަނީ ނަމާދުކުރަން ދާން…” ޝާލީން ބުނެލުމާއެކު މައިލީން ލުއި ހިނިތުންވުމެއް ދިނެވެ.
“ދޮންތާ… ނަމާދުކޮއްލައިގެން ކުޑަ ވަގުތު ކޮޅެއް ދެވިދާނެތަ؟” މައިލީން ބުނެލިއެވެ. އެހެން ބުނިއިރުވެސް މައިލީން އަށް މި ބުނެވެން އުޅޭ ވާހަކައިގެ ބޮޑުކަން އިހްސާސްވަން ދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
44 Comments!
Comments are closed.








mihaa reethi vaahaka e morning ga kiyaalan libuneema mulhi dhuvas ufaaveri vaahen heevanee
ތޭންކްސް އަކި. ވވވވއުފާ ވެއްޖެ…. 🙂
Assalaamu Alaikum. Furathamaves sorry bunelan beynumi mihaa kuruvefa ehves kameh nuhigimi. In Sha Allah. Miadhu adhi eh part up kohlaanan. Mirey hen heevani. And Tee ge namuga comment kuri kujja ge reply akah am waiting ingey dear. Hurihaa kydhinnah ves varah bodah shukuriyya. Jazakallah Khairan. ???
Wow mi part ves vvvv reethi
ތެންކިއު ޝަބާ 🙂
Varah salhi?..waiting for next part.. ?Hi mi thankolheh dhigukoh vaahaka up kohdhiniyya
????varah ufaavaane
In Sha Allah… dhen inna part dhigu kureveythoa masah kai kuraanan. tthanks dear. 🙂
Woooooooow himi darlin mibaives masha Allah vvvvvv reethi??? hama bala balaa indhaa thi up kohly vvvvv ufaavejje???????????????adhi himi miadhu eh part up kihladheynamet bubyma vvvvvv varah bodah ufaavejje???????thnx sweet❤reyga huvafenunves fenunu yuaan maileen kaireega aadheys kuraathan? aslu xaan mivaahaka kiyan feshifahun kankamaamedhu visnaakah nujehey abadhu vaahakaige sababun v hihhama jehifa hunnany ??himi story foi liyefa neren vee eh nun eword dhenyaa aharen first dheyny himi ah ????? aslu himi mathin v misvey nw himi xaange hithuge ehkanehge abadhuves vey nidhaa gadygaves himi mathin v misvey luv u??????????????????????????
Hi Mi mihuree bunaane ehchei ves neygifa. huva fenuga thi v goi ves thedhuvethoa nuveythoa balamaa dw. xaan ah heevani kihineh? vvvvvvvvv ufaavehjje comment fenifa ingey. 🙂 In Sha Allah… migothah interesting koh genes dheyvethoa abadhuves try kuraanan. am speechless… hama buneveyni vvvvv bodukon thanks ey. 🙂
Vaahaka upkohlaafa inthan fenunyma xaanna ufalungos bunevunu oh my god ey bunaairah offeehuge thibi meehun bunany kihineh veehehyw hehehee
hehe. thankyou xaaaan.v ufaavey story ah thihaa support kuraathy.. vvv ufaavehjje. 🙂
Hajja Zara
Hi Mi….. ????❤️❤️❤️❤️… Mi part vx kurakas hama varah varah reethi as usual ????… Heevanee hama vaahakaige thereyga ulheveyhenn n hurihaa manzarehvx lo kurimathin sifavegen dhey ????… Story kuriah dhaa goi hama varah varah reehchey buneveynee Maasha Allah ??????… Hi Mi is the best ??????????????… Waiting for next part ingey.. Lots of love ❤️❤️❤️
Your pinky ??….
thanks pinkyyyyyyyy again vvvvvvvvvvvvv ufaavehjje. hama hi mi beynu vaa gothah e vani dear. ehaa varah gens dheveythoa varah try kohfa hunaane. and sorry that the reply was a bit late. ingey. it means a lot dear. vvv happy vehjje. :):):)
Helo… him in. . Mi story Feshuninsure miadhaa hama ahves kiyamun midhany. .mi navy v inthixaar kuraa vaahaka eh ? himi ge thi masahkathah assaribahaa saabas dheyvaruvey????ur the best ????
thanks navya. vvv ufaavehjje comment fenifa. story kiyaalaakan ingunima. it means a lot. 🙂
wow varah reethi mi part ves. alhey yashm ah dhera gotheh nahadhachey himi. yuan and leen gulheyne irakah waiting eagerly. i love it. cant wait for the next part
hingaa balalaa dw. Hi Mi ves beynumeh nuvey yashm ah dhera gotheh hadhan. thankyou so much dear. 🙂
omg thanks for updating, made my day love this part and love u himi
The Girl With Hijab ge comment eh fennaane irakah varah inthixaaru kohfin hehe. finally fenijje. thanks dear. 🙂
Wow v reethi.. Waiting for the next part..?
thanks Blu… In Sha Allah… miadhu up kohla dheynan ingey.
Comment nukriyas konme dhuvahak ves vaahaka kiyan . V v v reethi.??
hanks xoo. happy vehjje kiyaakan ingunima.
Wow my luving Hi Mi up kohly dhw.. Mihaaru abadhu mi story ah inthixaaru kureveny.. Abadhuves balailevey story up vehjetho.. Ehaaves kiyaahiyvey.. Story as v gulhey pic eh eyny beynun kohfa n v loabi.. V v ves rythi mibaives, Masha Allah.. Luv u
much loves dear. e pic eyi hama Hi Mi varah visnamun hadhaafa in cover eh. :):):)
Thigothah abadhuves story up kohdheythy v bodah thanks Hi Mi ah.. Shann ge support abadhuves Hi Mi ah libeyne Insha Allah.. U r best n U r the my favorite story writers.. I Luv U r story always.. Dhen ves Hi Mi ge khonme story eh hama ufalaaeky kiyaalaanan.. Insha Allah.. Thivareh nethey hama bunelaany
alhey Shann. Hi Mi varah ufaavey nw konme part akun ves shann ge loabi comment eh fennaathy. bunaane ehchives neygey. Shann men ge support aa eki kuri ah dhaanan In Sha Allah… miadhu asluves vvvvvvvvvvvvvvvv happy vehjje comment fenifa. hama am speechless. :):):)
Eagerly waiting for next part… plzzz one more part today… mi part thankolheh kuruhen heeevey……. mi part ves hama vvvv reeethi????
In Sha Allah miadhu up kohla dheynan. thankyou sooooooo much dear.
🙂
Wow
thanks Shai… 🙂
Varah salhi mi bae ves..Hi Mi ge story thah varah furihama ingey.. ?
thanks. vvv ufaavehjje. comment kohlaathy nw konme part akah ves. 🙂
Hi mi is best writer.,..????????abadhuvase inthizaaru kuravey,,,kiyaaeru hyvany filman balaalaveyhan,,,?????Mi storyhaadha reechey ???i????story…..
hehe. thanks dear. Hi Mi balani kiyuntherin e vhk ehge there ah vadhevigen kiyaalevey varah genes dheveythoa. vvv ufaavehjje. 🙂
Wooooowww..nice dear…. waiting.avahah upkohdhey thee thanks???
thanks dear. vvv ufaavehjje comment kohlima.
Wow vvvvvvv nyccc❤❤❤❤❤❤❤❤❤❤…hi mi haadha molhey?????? …..mailee ah fenun drym sifa kolaafa huri goeh vvvvvvvv nyc??????????? ….. waitingggg
hehe. hingaa balamaa dhen vaa gotheh dw. thanks dear. v happy vehjje. 🙂
Wow Hi Mi
Hama speechless
Vrh reethi
thanks icy. v happy vehjje. 🙂
Varah reethi…..
Miadhu adhi a part…..plxxx
Waiting
In Sha Allah. zuam. tankyou. 🙂