Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރިން އެނގުނުނަމަ (ސަތާރަވަނަ ބައި)

riya Level 3100 Comments10 Stories
February 3, 2018 4 Mins Read
15 Comments

އެނދު މައްޗަށް އަލްޔަން ވެއްޓިގަނެފިއެވެ. އެހިނދު މަޑުމަޑުގެ އެނދުގެތެރެއަށް އޭނާ ގެނބިގެން ހިނގައްޖެއެވެ. އަލްޔަން ވަނީ ނުހަނު ބޮޑަށް މާޔޫސްވެފައެވެ. ޒީކްގެ ކުށްހީ ފިލުވަދޭން އޭނަ ހަދާނީ ކިހެނެއް ހެއްޔެވެ.  ޒީކްދެކެ ލޯބިވާވަރު ހާމަކޮށްދޭން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ. އެނދުމަތީގައި އޮށޯވެލައިގެން ސީލިންގަށް ނަޒަރު ހިންގައި ލައިގެން އަލްޔަން އޮތްއިރު ހިތުގަ ތެރޭގައި އުތުރިއަރަމުންދިޔަ އުދާސްތައް ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަމުންދިޔައެވެ. ހަމަހިމޭންކަމާއެކު ވަގުތުކޮޅަކަށް ފަހު އެނދުކައިރީގައި ހުރި މޭޒުގެ ވައްގަނޑު ދަމާލުމަށްފަހު އޭގެ ތެރެއިން ފޮޓޯގަނޑެއް ނަގައިފިއެވެ.

“ޒީކް ކީއްވެތަ ތިހެން ތިހަދަނީ.. އަހަރެންގެވެސް އޮންނަނީ ހިތެކޭ. އަހަރެން ލޯބިވާވަރު އިހްސާސް ނުކުރެވެނީތަ؟” މޮޔައަކު ފަދައިން ޒީކްގެ ފޮޓޯ ގަނޑާ އަލްޔަން ވާހަކަ ދައްކަމުން ދިޔައެވެ. ހިތަށް އެތަކެއް އެއްޗެއްސެއް އަރަމުން ދިޔަވަރަކަށް އަލްޔަންގެ ޖަޒުބާތުތައް ކޮންޓްރޯލުން ނެއްޓިދާނެހެން އަލްޔަންއަށް ހީވިއެވެ. ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިންދާލީ އެހާ ބަލިކަށިވެ ރޯންބޭނުން ނުވާތީއެވެ.

 

ޒީކްގެ ކޮޓަރި ތެރެއިން ފެންނަމުން ދިޔައީ ކަނުއަނދިރިކަމެވެ. އެހަމަހިމޭން މާހައުލު ފޫދުއްވަމުން ދިޔައީ ޒީކްގެ ގިސްލުމުގެ އަޑުންނެވެ. ޒީކްގެ ލޮލުން އޮހޮރުނު ހޫނު ކަރުނައިން ބާލީހުގައި ތެތްކަމެއް އެކުލެވިފައިވެއެވެ. ދެލޯ މަރާ ބާރުކޮށްލައިގެން އޮތްއިރު މިކެހިވެރި ދުނިޔެއަށް އަލުން ލޯހުޅުވަން ބޭނުން ނުވާކަހަލައެވެ. އެނދުމަތީގައި ބަންޑުން އޮށޯވެގެން އޮތް ޒީކް އެނދުން ތެދުވަމުން ލައިޓް ދިއްލާލިއެވެ. ކޮޓަރިތެރެއަށް ފެތުރިގެންދިޔަ ހުދު އަލީގެ ސަބަބުން ލޮލަށް ވީ އުނދަގުލުގެ ސަބަބުން ޒީކްއަށް ލޯމަރާލެވުނެވެ. އަދި ހަމައަކަށް އަޅުވާލަމުން ދެލޯ މަޑުމަޑުން ހުޅުވާލިއެވެ. މޭޒުކައިރީގައި ހުރި ޕްލާސްޓިކް ގޮނޑި އަލަމާރި ކައިރިއަށް ޖައްސާލައިފިއެވެ. އަދި އެއަށްފަހު އަލަމާރި މަތީގައިވާ ކުޑަވަރެއްގެ ކަރުދާހު ފޮށިގަނޑެއް ނެގުމުގެ މަސައްކަތް ފަށައިފިއެވެ. އަމަލާރި މަތިން ނެގި ފޮށިގަނޑު މޭޒުމަތީގައި ބަހައްޓަމުން ފޮށި ބަންދުކުރުމަށް އަޅާފައިވާ ޓޭޕްގަޑު ނައްޓާލަމުން މަތިގަނޑު ހުޅުވާލައިފިއެވެ. އޭގެތެރޭގައި ކޮންމެ އެއްޗެއްވެސް ފަރުވާތެރިކަމާއެކު މޭޒުމަތީގައި ނަގާ ބަހައްޓަމުން ދިޔައެވެ. ފޮށީގެ އެންމެ އަޑީގައި އޮތް ފޮތް ނެގުމަށްފަހު ކުރިން ހުރިގޮތަށް ހުރިހާ އެއްޗެއް އެޅުމަށްފަހު އެހުރިތާގައި ބަހައްޓައިފިއެވެ. ފޮތް ނަގައިގެން އެނދުމަތީގައި ހަމަޖެހިލައިފިއެވެ. ފޮތުގެ ގަނޑުތަކަށް ފަރުވާތެރިކަމާއެކީ ބަލަމުން ގަނޑުތަކުގެ ތެރެއިން އެއްޗެއް ހޯދަމުން ދިޔައެވެ. ޒީކް ހޯދަމުންދާ އޭނަގެ މަންމަގެ ފޮޓޯއަކީ ޒީކްގެ މަންމަގެ ހަމައެކަނި ހަނދާނެވެ. މަންމަގެ ޅަދުވަސްވަރުގެ ފޮޓޯ ފެންނަ ކޮންމެ ފަހަރަކު ޒީކްގެ ލޮލުން ކަރުނަ ހިލެއެވެ. ދުވަހަކުވެސް މަންމަ ހަމަ ލޮލަށް ފެނުމުގެ ނަސީބު ލިބިފައި ނެތުމުންނެވެ. މާމަގެ ފަރާތުން ލޯތްބާއި އަޅާލުން ލިބިގެން ބޮޑުވަމުން އައި ޒީކް މާމައާ ދުރުގައި އުޅޭތާ ދެއަހަރަށްވުރެ ގިނަދުވަސް ފާއިތުވެގެން ދަނީއެވެ. ޔުނިވަސިޓީއިން ޗުއްޓީއެއް ލިބޭއިރަށް އަބަދުވެސް ޒީކް ރަށަށް ދިޔުމަށް އަވަސްވެގަނެއެވެ. މިހާރުވެސް ޒީކް އިންތިޒާރުކުރަމުން ދަނީ ކޯސް އެއްކޮށް ނިންމާލުމަށްފަހު ރަށަށް ދެވޭނެ ދުވަހަކަށެވެ. ޒީކް ކިޔަވަމުންދަނީ ފަސްވަނަ ސެމިސްޓަރގައި ކަމަށްވުމުން ކޯސް ނިމުމަކާއި ގާތް ވަމުން އަންނަނީއެވެ. ޒީކްގެ މާމަ ހަފީޒާގެ އެދުން ފުރިހަމަ ވާނެ ދުވަހެއްގެ އިންތިޒާރުގައި ރަށުގައި ދުވަސްތައް ގުނަމުންދަނީ ކެތްތެރިކަމެއްނެތިއެވެ.

 

“މަންމާ! ކީއްވެތަ މިކެހިވެރި ދުނިޔެއަށް އަހަރެން އެކަނި ކޮށްލާފަ ދިޔައީ. . . މިތަނުގައި އުޅެނީ ހުސް ފައިސާއާ ހެދި މޮޔަވެފައި ތިބޭ މީހުން. . . އެމީހުން އަމިއްލަ އެދުން ހާސިލް ކުރުމަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ” ފޮޓޯ ގަނޑަށް ބަލަން އިނދެ ޒީކް ވާހަކަ ދައްކަމުންދިޔައެވެ.

 

އިރުއަރައިގެން ދުނިޔެ ހޫނުކުރުވަމުން އައި ވަގުތެވެ. އިޔާން ފެންވަރައިގެން ނިކުމެ ކެމްޕަހަށް ދިޔުމަށް ތައްޔާރުވަމުން ދިޔައެވެ. ކަޅުކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ހުރިއިރު އިޔާންގެ ރީތިކަން އެތައް ގުނައަކަށް އިތުރުވެފައިވާ ކަހަލައެވެ. މޫނު މަތިން ފެންނަމުންދިޔަ ތާޒާކަމުން ހިތްހަމަޖެހިލާފައިވާކަން އެނގެއެވެ. މަޑުމަޑު ރާގެއް އަނގައިން އަޅުވާލަމުން ނުކުމެ ސައިކަލަށް އަރައި ކެމްޕަހާ ދިމާއަށް މިސްރާބު ޖަހައިފިއެވެ. ސައިކަލު ދުއްވަމުން ދިޔައިރުވެސް އިޔާންގެ ހިތުގައި އާވަމުންދިޔައީ ޒީކްގެ ހަނދާންތަކެވެ. އެކުގައި ހޭދަކުރެވުނު މަދު ދުވަސްތަކުގެ އުފާވެރިކަމެވެ. ޒީކްއާ ބައްދަލުވުމަށް ކެތްތެރިކަން ކުޑަވެފައިވާ އިޔާން މިސެމިސްޓަރގެ ކިޔެވުން ނިމުމުން މާލެ ބަދަލުވުމަށް ވަނީ ނިންމާފައެވެ.

 

މިސައިބާ އިނީ އެނދުމަތީގައި އިށީދެލައިގެންނެވެ. އެނދުގެ ފަޑީގައި ލެނގިލައިގެން އެއްފައި މައްޗަށް އަނެއްފައި ލައިގެން ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިނެވެ. އަލްޔަންގެ ބަދަލުވެފައިވާ އުޅުމާއި ދޭތެރޭގައި ވިސްނާ ފިކުރު ކުރެވޭތާ ދުވަސްތަކެއް ވެއްޖެއެވެ. އަންހެން ކުއްޖަކާހެދި ދީވާނާވެފައިވާ ދަރިފުޅުގެ ހާލާމެދު މިސައިބާވެސް ނުހަނު ހިތާމަކުރެއެވެ. ގަދަކަމުން ކުރުވަން އުޅުނު ކައިވެނި ހުއްޓާލުމުގެ އެންމެ ބޮޑު އެއްބޭނުމަކީވެސް އަލްޔަން އުފަލުގައި އުޅޭތަން ދެކުމެވެ. ނަމަވެސް ޒީކްގެ ސަބަބުން އަލްޔަންގެ އެ ބަރުބާދުވަމުންދާ ހަޔާތް ދެކެން އޭނާއަށް ކެތްވާނެ ހެއްޔެވެ. ޒީކްދެކެ އިންތިހާއަށް އަލްޔަން ލޯބިވާއިރު ޒީކްއަށް އެލޯބި ގަބޫލު ނުކުރެވެންވީ ކީއްވެކަމެއް މިސައިބާގެ ވިސްނުމަކަށް ނައެވެ. ޒީކްއަކީ ހުސްހިތެއްގެ ވެރިއެއްކަމަށް މިސައިބާ ގަބޫލުކުރެއެވެ. އަލްޔަންގެ އުފާވެރިކަމާއި ހިތުގެ ހަމަޖެހުން އޭނާއަށް ހޯދަދިނުމަށް މިސައިބާގެ އަތުކުރި އޮޅާލައިފިއެވެ. ކޮންމެ ގޮތަކުން ހަދާފައިވިޔަސް އަލްޔަންއާ ގުޅުމަށް ޒީކް އެއްބަސްކުރުވުމަށް ހިތުގައި އަޒުމު ކަނޑައަޅައިފިއެވެ.

 

އަލްޔަން މަޑުން ދެލޯހުޅުވާލައިފިއެވެ. ކަންނެތް ގޮތަކަށް އެނދުކައިރީގައިވާ ކުޑަ މޭޒުމަތީގައި އިން އެލާމް ގަޑިއަށް ބަލާލިއިރު ދިހައެއް ޖަހަނީއެވެ. މާލަހުން ހޭލެވުމުން އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ. އޮފީހަށް ދިޔުމަށް ތައްޔާރުވެލައިގެން ނިކުންނަމުން މިސައިބާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ހެނދުނު ވަގުތު އަބަދުވެސް ސިޓިންގރޫމުން ފެންނަ މިސައިބާ މިއަދު ފެންނަން ނެތުމުންނެވެ.

“މޮމް ކިހެނެއްވެފަ؟ ބަލީތަ؟” މިސައިބާ އެނދުގައި އިންތަން ފެނުމުން އަލްޔަން އަހާލިއެވެ.

“ނޫނޭ މަންމަ ބައްޔެއްނޫން. މިއަދު ހާދަ ލަހުންނޭ ތިހޭލީ” މިސައިބާ އަލްޔަންގެ މޫނަށް ބަލާލަމުން އަހާލިއެވެ.

“މޮމް ނުވެސް ގޮވަމެއްނު. ދެންމެ މި ހޭލެވުނީ” އަލްޔަން މިސައިބާ ގާތު އެނދުމަތީގައި އިށީދެލިއެވެ.

“ދަރިފުޅަށް ނިދުނު އިރެއްވެސް މަންމައަކަށް ނޭގޭނެއެއްނު. އެހެންވެ އެހާ އަރާމުކޮށް ނިދާލާފަ އޮތީމަ ނުގޮވީ. ބައްޕަވެސް ހޯދި. ދެން އަވަހަށް ދޭ އޮފީހަށް. މިއަދު އަވަހަށް ގެއަށް އަންނާތި އިނގޭ” މިސައިބާ އަލްޔަންގެ ބުރަކަށީގައި ފިރުމާލިއެވެ.

“ކަމެއް އޮތީތަ މިއަދު” އަލްޔަން ސުވާލުގެ ނަޒަރަކުން މިސައިބާގެ މޫނަށް ބަލާލިއެވެ.

“އާނ! ދަރިފުޅުގެ ބޮޑުދައިތަ މާލެއައިސްފި ރޭގަ. އެގެއަށް ދާންކަމަށް” މިސައިބާ ބުނެލިއެވެ.

“އޯވް… އެންމެ ފަހުން އާންޓް  އައީ ދޯ؟ ޝާއްކޮ ފެނުނަސް ނުވެސް އެނގޭނެ. ވަރަށް ބޮޑުވާނެ ދޯ މިހާރު” އަލްޔަންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ.

“ބާރަ އަހަރުވީ ދޯ އެމީހުން އޮސްޓްރޭލިޔާގައި އުޅޭތާ” ހަނދާންކޮށްލަމުން މިސައިބާ ބުނެލިއެވެ.

“މޮމް ދަނީ” މިސައިބާ ގައިގައި ކުޑަކޮށް ބައްދާލަމުން އަލްޔަން ބުނެލިއެވެ.

 

ހަވީރުގެ ވަގުތެވެ. ޒީކް ގޭތެރޭގައި މިނިވަންކަމާއެކު އުޅެމުންދިޔައެވެ. ގޭގައި އެއްވެސް މީހަކު ނެތުމުން ޒީކް ހުރީ ވަރަށް ހަމަޖެހިފައެވެ. ގަސްތަކުގައި ފޮޅިފައިވާ މާތަކުން މާ ބިނދެގެން ގެންގޮސް ސިޓިންގރޫމު ގައި ހުރި މާޓުކުރިއަށް ރީތިގޮތަކަށް ޖަހާލުމުގެ މަސައްކަތުގައި ޒީކް އުޅެމުންދެއެވެ.

“އޭއި އާލް ކޮބާ؟” ހުނައިފު ގޭތެރެއަށް ވަންނަމުން ބުނެލިއެވެ.

“ނެތް އެކަކުވެސް ގެޔަކު. އެންމެން ދިޔައީ އަލްޔަންގެ އާންޓެއްގެ ގެޔަށް” ޒީކް މާތައް އެކިގޮތްގޮތަށް މާޓުކުރިއަށް ޖަހަމުން ބުނެލިއެވެ.

“ކޮންއިރަކުން އަންނާނީ” ހުނައިފު ޒީކްގެ ތުނިތުނި ހަށިގަނޑަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ.

“ނޭނގެ ދެންމެޔޭ އެދިޔައީ” ޒީކް ބުނެލިއެވެ.

 

މާތައް ޒީކްއަށް ކަމުދާގޮތަށް ޖެހުމުން ތެދުވެ ހިންދެމިލަމުން އެނބުރުނު ވަގުތު ޖެހޭނުޖެހޭހާ ގާތުގައި ހުރި ހުނައިފް ފެނުމުން ފަހަތަށް ޖެހިލެވުނެވެ. ޒީކް ފަހަތަށް ޖެހެމުން ދިޔަވަރަކަށް ހުނައިފް ކުރިއަށް ޖެހެމުންދިޔައެވެ. ހުނައިފްގެ ނިޔަތް ރަނގަޅު ނޫންކަން ޒީކްއަށް ވިސްނުނު ވަގުތު ބިރުން ތުރުތުރު އަޅައިގެނެފިއެވެ. އަދި ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ކޮޓަރިއާ ދިމާއަށް ދުއްވައިގަނެފިއެވެ. ނަމަވެސް ކޮޓަރިއަށްވެދެ ދޮރު ތަޅުލަންކުރި މަސައްކަތް ބޭކާރުވެގެންދިޔައެވެ. ހުނައިފްގެ ހަވުލިކަމާއި ހުށިޔާރުކަމާއެކު އައިސް ކޮޓަރި ތެރެއަށް ދެމިގަތީ ތަޅުލުމުގެ ކުރިންނެވެ.

“ޕްލީޒް  އަހަރެން ދޫކޮށްލާ” ޒީކް ރޮމުން އާދޭސް ކުރިއެވެ.

ހުނައިފްގެ ފަރާތުން ޒީކްގެ ދޫކޮށްލުމަށް އެދެމުންދާ ކޮންމެ ފަހަރަކު ނުލަފާ ގޮތަކަށް ހެމުންދިޔައެވެ. ޒީކް ހަޅޭލަމުންދިޔަ ނަމަވެސް ގޭގައި އެކަކުވެސް ނެތުމުގެ ސަބަބުން އެކަން ވެގެން ދިޔައީ ބޭކާރުކަމަކަށެވެ.

“ގޭގަ އެކަކުވެސް ނެތްއިރު ބޭކާރު ކަމެކޭ ތިކުރަނީ. ދެން ވެސް އާދެބަލަ” ސަލާމަތަށްއެދި ހަޅޭއްލަވަމުންދިޔަ ޒީކްއާ ދިމާއަށް އަތްދިއްކޮށްލަމުން ހުނައިފް ބުނެލިއެވެ.

އެކުޑަކުޑަ ކޮޓަރީގެ ތެރޭގައި ހުނައިފްގެ އަތުނުޖެހި އުޅެވޭނެހެއްޔެވެ. ޒީކްއާ ކައިވަމުން ހުނައިފް ކުރިއަށް ޖެހެމުންދިޔަ ވަރަކަށް ޒީކަވެސް ފަހަތަށް ޖެހެމުންދިޔައެވެ. އެންމެފަހުން ފާރުގައި ގޮސް ޖެހުމުން ފަހަތަށް ބަލައިލެވުނީ ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ. ހުނައިފްގެ ނޭވާ ޒީކްގެ މޫނަށް އެޅޭހާ ކައިރިއަށް ހުއްޓިލަމުން ޒީކްގެ ކޮނޑުގައި ބާރަށް ހުނައިފް ހިފަހައްޓާލިއެވެ.  އަދި މޫނާއި މޫނު ކައިރިކޮށްލިއެވެ. އެވަގުތު ނޭވާ ހާސްވާހެންހެންވެސް ޒީކްއަށް އިހްސާސްވިއެވެ. ތެޅިގަނެވުނެއް ކަމަކު ހުނައިފް ދޫކުރާނެ ހެއްޔެވެ. ކޮނޑުގައި ހިފާލާފައި ހުރިލެއް ބާރުކަމުގައިވިޔަސް ގަނެފައިވާ ބިރެއްގެ ސަބަބުން ތަދުވެސް އިހްސާސް ނުވާކަހަލައެވެ. އެނދުމައްޗަށް ވައްޓާލުމަށްފަހު ޒީކްގެ މައްޗަށް ޖެހިގަތީ ބަނޑުހައިވެފައިވާ ސިންގާއެއް ފަދައިންނެވެ. ޒީކް ގަދަހަދަމުން ދިޔަ ޒީކް ހަށިގަނޑު ހިފެހެއްޓުން ހުނައިފްއަށް އުނދަގޫ ކަމަކަށް ވެގެން ދިޔުމުން ޒީކްގެ މޫނު މައްޗަށް އަރައިގެން ދިޔައީ ބާރުގަދަ ހަމަލާއެކެވެ. ބޮލަށް އެނބުރުން އަރާހެން ޒީކްއަށް ހީވަމުންދިޔައެވެ. ވަރުބަލިވެފައިވާ ޒީކްގެ ހަރަކާތްތައް މަޑުވަމުންދިޔައެވެ. ޒީކްގެ މޫނަށް ބަލާލަމުން ހުނައިފްގެ ބޭނުން ފުއްދުމައިގެން އުޅެގެންފިއެވެ. ހާމަވަމުންދިޔަ ޒީކްގެ ހަށިގަނޑަށް ހުނައިފް ބަލަމުންދިޔައީ މަސްތުން ފުރިފައިވާ ގޮތަކަށެވެ. ހުނައިފްގެ އަތުގެ ފިރުމުންތައް ޒީކްއަށް ލިބެމުންދިޔައީ އިތުރު އަނިޔާތަކެވެ. ހަކަތަ ދެރަވެފައިވާ ޒީކްގެ ލޮލުން އޮހެރެމުންދިޔަ ކަރުނަތަކުން އެކަމަށް ބޭނުންނުވާވަރު އެނގެމުންދިޔައެވެ. ގޭގައި މީހަކު ނެތުމުގެ ސަބަބުން ހުނައިފްގެ މަސައްކަތް ކުރަމުން ދިޔައީ ހަމަޖެހިލާފައެވެ. އަވަސް އަރުވާލައިގެން ނިންމާލުމުގެ ބޭނުމެއް ނުފެނުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

ލޯބިއެހެނަސް..6

Next

ޒާރާ (18)

Next
February 3, 2018

ޒާރާ (18)

Previews
February 3, 2018

ލޯބިއެހެނަސް..6

15 Comments!

  1. Friends says:
    February 3, 2018 at 1:08 pm

    First dhw

    1. Friends says:
      February 3, 2018 at 1:19 pm

      What kihineh
      . thihedhy
      .nice mi part vess
      When next part riya .plx upload soon dear. waiting

  2. shaya says:
    February 3, 2018 at 1:41 pm

    Then kihineh vaan miulhenee.. when is next part. …maakuru dho mi bai. Thanks.

  3. Lumm says:
    February 3, 2018 at 1:43 pm

    Alheyyyy plzz ehenn hedhiya nudhee zeek ah…. Story v nice

  4. Xxxx says:
    February 3, 2018 at 1:50 pm

    Wooooowww..nice..plz save her???

  5. Pinky shifoo says:
    February 3, 2018 at 1:53 pm

    Alhey kihineh mi veee…. Nice mi part vx… Waiting for next part… ??

  6. Icy♡ says:
    February 3, 2018 at 2:00 pm

    Thank u riya
    Vaahaka vrh vrh reethi
    ♡☆♡☆♡☆♡

  7. Icy♡ says:
    February 3, 2018 at 2:06 pm

    Avahah up kohdhehchey riya
    Just love this story

  8. Aki says:
    February 3, 2018 at 2:10 pm

    varah furihama.. adhi miadhu one part up kohla dheebaa

  9. Shann says:
    February 3, 2018 at 2:24 pm

    Dhen kihinehbaa vaany… Alhe ethanah alyan ah aadheveyne nama dhw.. Zeek ah dheragotheh nuhadhahchey riya.. V kiyaahiyvaa hisaabakun thi ninmaaly.. Avahah anehbai up kohdhehchey igey

  10. Shuhu says:
    February 3, 2018 at 3:54 pm

    Zeek ah dhera gotheh nuviyya kithammehaaves rangalhu ?

  11. Hana says:
    February 3, 2018 at 5:26 pm

    Pls protect zeek kommes myhaku zeek protect kodhen annane kannenge

  12. Zee says:
    February 3, 2018 at 7:43 pm

    Ey alysnge reyvumehkan yageen eyrun zeek alyan ah hihkiyaanenun alyan ahnaanee ethanah zeek salaamai kuran but i hate him iyaan and zeek guluvaa

  13. Niya says:
    February 6, 2018 at 1:38 pm

    Speling mistake ah balaalachey.

  14. Someone says:
    February 7, 2018 at 12:16 am

    Riya… U akah neyngey thr zeek akee boy ehge name eh kameh, furathama story kiyan feshi iru heekuree zeek akee boy eh kamah, and iyaan akee ves??

Comments are closed.

Next Episodeކުރިން އެނގުނުނަމަ (އަށާރަވަނަ ބައި)←


All Right Reserved!