Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ އަސަރު 20 (2)

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
February 2, 2018 8 Mins Read
66 Comments

ދިވެހި މިބިމުގައި ޝަހީދުވި ހުސެއިން އާދަމް ފަދަ ބަތަލުންގެ ޒިކުރާއިން އިބުރަތް ހާސިލްކޮށްގެން އަދުގެ ދިވެހި ސިފައިން ދިވެހި ބިމުގެ ހައްގުގައި ކޮންމެ ފަދަ ގުރުބާނެއް ވާން ތައްޔާރަށް ތިބެއެވެ. އަޅުގަނޑުމެންނަށް އެބޭކަލުންގެ މަސައްކަތް ކައިރިން ނުފެނުނު ކަމުގައި ވިޔަސް ދިވެހިރާއްޖޭގެ ސަލާމަތަށްޓަކައި އެބޭކަލުން ނުހަނު ބުރަ މަސައްކަތް ކުރެއެވެ. ނޮވެމްބަރ ތިނެއް ތަކުރާރު ނުވަނީ ދިވެހި ފަސްގަނޑަށް ފާރަވެރިވާ ދުޝްމަނުން ނުތިބޭތީ އެއް ނޫނެވެ.

މިއަދުވެސް ފެނިގެން މިދިޔައީ އެފަދަ މަންޒަރެކެވެ. ޝަނުމް އޭނާގެ ފުރާނަ އަތަށް ނަގައިގެން ހުރެ މަސައްކަތްކޮށްދިނީ އެހެން ދިވެއްސެއްގެ ފުރާނަ ސަލާމަތްކުރުމަށެވެ. ފަސްޖެހުމެއް ނެތިއެވެ. ހިތުގައި ﷲ އަށްޓަކައި ވާ އީމާންތެރިކަމެއްގެ ބޮޑުކަމުންނެވެ. ލޯބިވާ ދިވެހި ފަސްގަނޑަށް ދެވިފައިވާ ގަދަރެއްގެ ބޮޑުކަމުންނެވެ.  ހިތްވަރާއި މިންނަތުން ދިވެހިން ބިނާ ކުރި ދޮންވެލި ރަށްތަކުގެ ހިމާޔަތުގެ ހައްގުގައެވެ.

ސިކުޑިން ފޮނުވާލި ސިގުނަލާއި އެކު ޝަނުމް ލޯ ހުޅުވާލިއެވެ. މަޑުމަޑުންނެވެ. ބޯ މަތީގައި ހުރި ބޮކީގެ އަލިގަދަކަމުން މޫނު އެހެން ފަރާތަކަށް އަބުރާލަން އުޅުނެވެ. އެހެންނަމަވެސް ޝަނުމްއަށް އެހިތްވަރެއް ނުލިބުނެވެ. ގިނަ އިރު އެއްގޮތަކަށް އޮތުމުން ކަމަށް ވެދާނެއެވެ.  ޝަނުމް ލޯ ހުޅުވާލުމާއި އެކު އެވަގުތު އޭނާއަށް ފަރުވާދޭން އުޅުނު ޑޮކްޓަރަކު ޝަނުމްއާއި ވާހަކަ ދައްކަން އުޅުނެވެ. ޝަނުމް އޭނާ ކުރި ސުވާލަށް ޖަވާބު ދޭން އަނގަ ހުޅުވާލިއެވެ. އެހެން ނަމަވެސް އަޑު ބޭރުވާ ގޮތެއް ނުވިއެވެ. ލޯ ހުޅުވާލުން ފިޔަވައި ހަށިގަނޑުން އެއްވެސް ހަރަކާތެއް ނުކުރެވޭތީ ޝަނުމް ދެތިން ފަހަރެއްގެ މަތިން އެސްފިޔަ ޖަހާލިއެވެ. އެވަގުތު ލޮލުން އޮހެރުނު ކަރުނަ ޝަނުމްގެ ލޮލުން އޮހެރިގެން ގޮސް ކަންފަތާއި ހަމައަށް ފޭދިގެން ދިޔައެވެ.

“ޝަނުމް! އަހަރެން މީ ޑޜ.ނިޔާޒް.. އިން ޝާ ﷲ ދެން ހުރިހާ ކަމެއްވެސް ވަރަށް އަވަހަށް ރަނގަޅުވެދާނެ” ފެން ތެރޭގައި އޮވެ އެހާ ގިނައިން ލޭ މަދުވެފައިވުމުން ޝަނުމް ހޮސްޕިޓަލަށް ގެނައި އިރު ފިނީގެ އަސަރު މުޅި ހަށިގަނޑަށް ވަނީ ކޮށްފައެވެ. އަދި މުހިއްމު ގުނަވަންތަކަށް ބޭނުންވާ އޮކިސެޖެން ނުލިބޭތީ އެ ގުނަވަންތަކުގެ މަސައްކަތް ހުއްޓުމަކަށް އަންނަން ވަނީ ކައިރިވެފައެވެ. އެހެންނަމަވެސް ވަރަށް ބުރަ މަސައްކަތާއި އެކު ލޭ އަޅައި ހަށިގަނޑުގެ ފިނި ހޫނު މިން ބޭނުންވާ ވަރަށް ގެނައެވެ.


 

ޝަނުމްއަށް އަނިޔާ ލިބިގެން އުޅޭ ކަން ގުޅީގައި ތިބި އަޝްވާ އާއި ޝައިމްއަށް އެގުނީ ފަތިސްވާން ކައިރިވެފައި ވަނިކޮށެވެ. އެދުވަހު ގުޅީގައި ކުރަން ބައިވަރު މުހިއްމު މަސައްކަތްތައް ހުރި ނަމަވެސް އެކަންތައް ފަސްކޮށްލުމަށްފަހު ވަގުތުން ލޯންޗެއް ކުއްޔަށް ހިފައިގެން މާލެ ދިޔައެވެ. އަޝްވާމެންނަށް ހޮސްޕިޓަލަށް ދެވުނު އިރު ޑރ.ނިޔާޒް ޝަނުމްގެ ހާލަތު އަސްރާރު އާއި ހަފީޒާއަށް ކިޔާ ދެނީއެވެ.

“އަލްހަމްދުލިއްﷲ… ޝަނުމްގެ ހާލު ރަގަޅު.. އަވަހަށް ހިނގާ އެތެރެއަށް ވަންނަމާ” ޑޮކްޓަރާއި ވާހަކަ ދައްކާލުމަށްފަހު އައި ހަފީޒާގެ ލޮލުގައި ވަނީ އުފާވެރިކަމުގެ ކަރުނައެވެ.

އަޝްވާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. ޝަނުމްއަށް އަނިޔާ ލިބިގެން އުޅޭކަން އަސްރާރު ގުޅާފައި ބުނުމާއި އެކު ހިތް ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެހިތުގެ ވިންދު އަވަސްވެ އެތައް ފަހަރެއްގެ މަތިން ޝަނުމްއަށްޓަކައި ހެޔޮ ދުއާކުރެވުނެވެ.

ޝަނުމް ލޯ ހުޅުވާލިއިރު އޭނާ ކައިރީގައި ގޭގެ ގިނަ މެންބަރުން ތިއްބެވެ. ހަފީޒާ އެނދުގެ ބޮލާވީ ކޮޅުގައި އިށީދެ ޝަނުމްގެ ބޮލުގައި ފިރުމަމުން ދިޔައެވެ. މީކާއިލް އާއި އަސްރާރު ޝަނުމް އާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދަން ދިޔައެވެ.  އަޝްވާ ކޮޓަރީގެ އެއް ފަރާތުގައި ހުރި ސޯފާއެއްގައި އިށީދެގެން އިނެވެ.

ދޭތެރެއަކުން އެހެން ދިމާލެއް ބަލާލިއަސް އަޝްވާގެ ނަޒަރު ޝަނުމްގެ މޫނުން ނުނެއްޓެއެވެ. ދެންމެ ދެންމެ ޝަނުމް ލޯ ހުޅުވާނެ ކަމަށް ބަލައިގެން އިދެވެނީއެވެ. އުއްމީދާއި އެކީގައި ނަމަވެސް ހިތް ބިރުގެންފައިވާ ހާލުގައެވެ.

ޝަނުމް ލޯ ހުޅުވާލުމާއި އަޝްވާ  އަވަސް ފިޔަވަޅުތަކެއްގައި އައިސް ޝަނުމް ކައިރިއަށް ހުއްޓިލިއެވެ.

“އަޝްވާ” އަޝްވާގެ ނަން ކިޔާލަމުން ޝަނުމް ގަދަކަމުން ހިނިތުންވެލިއެވެ.

“ޝަނުމް.. މިހާރު ކިހިނެތް.. ތާކަށް ތަދުވޭތަ” އަޝްވާ ޝަނުމްގެ އަތް ތިލާގައި ހިފާލަމުން ބުނެލިއެވެ. ޝަނުމް އަދިވެސް އޮތީ ފިނިވެފައި ކަމުން ރަޖާގަނޑު ހެޔޮވަރުކޮށްލަ ދިނެވެ.

“އަހަރެން ރަނގަޅު.. ކޮބާ ދައްތަ” ވާހަކަ ދައްކަން ބޭނުން ވިޔަސް ޝަނުމްގެ އަޑުގައި އެހިތްވަރެއް ނެތެވެ. ޝަނުމްގެ އަޑުގައި ވާ ބަލިކަށިކަން އަޝްވާ އަށާއި ހަފީޒާއަށް ފާހަގަވިއެވެ.

“ދައްތަ މިހިރޭ ދަރިފުޅާ… އެއްޗެއް ބޭނުންވީތަ.. ޑޮކްޓަރު ވިދާޅުވި ދަރިފުޅުގެ ހާލު ވަރަށް އަވަހަށް ރަނގަޅުވާނޭ…. އެހެންވީމަ ކުޑަކޮށް ހިތްވަރުކޮށްލާ އިނގޭ.. ދައްތަ އާއި އަޝްވާ މިހިރީ ދަރިފުޅަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭން” ޝަނުމްގެ ބޮލުގައި ފިރުމާލަމުން ހަފީޒާ ވަރަށް އޯގާތެރިކަމާއި އެކީ ބުނެލިއެވެ.

“އަހަ… އަހަރެމެން ދަންދެން ދޯ ލޯމަރާލައިގެން ތި އޮންނަނީ” އެވަގުތު އެތަނަށް އައި މީކާއިލްއަށް ޝަނުމްގެ ހުޅުވިފައިވާ ދެ ލޯ ފެނުމުން އުފާވެލާފައި ބުނެލިއެވެ. ޝަނުމްއަށާއި އަޝްވާ އަށް ހެވުނެވެ. މާ ސީރިއަސްކަމަށް މޫނުމަތިން ދެއްކިއަސް މީކާއިލްއަކީ އެއްމެ ހީނުކުރާ ވަގުތުތަކުގައި ސަކަރާތްޖެހުން ބޮޑު މީހެކެވެ.

“އަހަރެން މިއަދު ވަރަށް އުފާވޭ ތީ އަހަރެންގެ ބޭބެ އޭ ބުނަން.. ޝަނުމް މިއަދު މި ގައުމަށްޓަކައި ކޮށްދިން ކަންތަކަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން. އެކަމަކު އެއީ އެއްމެންވެސް ޝަނުމް ދެކެވާ ލޯބި އިތުރުވެ ޝަނުމްގެ އަގުވަޒަން ކުރާނެ ކަމެއް. ތީ މާތް އިންސާނެއް.. ބޭބެ އެއްގެ ގޮތުގައި ދެވަނައެއް ނެތް.. ގައުމީ ދަރިއެއްގެ ގޮތުގައި ސިފަކޮށްދޭނެ ގޮތެއްވެސް ނޭނގޭ… އެވަޒަނުގެ ސަބަބުން ޝަނުމް ޝަހީދުވެގެން ނުދިޔައީ އަހަރެމެންގެ ނަސީބު.. މަންމައާއި އަހަރެން މިއަދު ފަހުރުވެރިވަން .. ދޯ މަންމާ ” ޝަނުމް ކައިރިއަށް ހުއްޓިލަމުން މީކާއިލް ފަހުރުވެރިކަމާއި އެކީ ބުނެލިއެވެ. މަންމަގެ ދަރިއެއް ނޫންކަމަށް ވިޔަސް އޭނާ ޝަނުމް ދެކެ ލޯބިވަނީ އަމިއްލަ ބޭބެ އަކަށް ވުރެ ބޮޑަށެވެ.

“ޝަނުމް އަކީ މުޅި މިއާއިލާވެސް ފަހުރުވެރިވާ ފަދަ ދަރިއެއް ދޯ އަޝްވާ.. ޝަނުމް ތިކޮށްދިން އަގުހުރި މަސައްކަތުގެ ޖަޒާ އިން ޝާ ﷲ ދެދުނިޔޭގައިވެސް ލިބިގެންދާނެ” މީކާއިލް ދެއްކި ވާހަކައާއި ވިއްދައިގެން އަސްރާރު ބުނެލިއެވެ. ޝަނުމްގެ މަޑުމައިތިރިކަމާއި އަހުލާގީ އެހެން ސިފަތަކުގެ ފުރިހަމަކަމުގެ ވާހަކަ އަސްރާރު ހަފީޒާ ކައިރީ އަބަދުވެސް ދައްކައެވެ.

ޝަނުމް އަޝްވާއަށް ބަލައި ހިނިތުންވެލިއެވެ. އަދި އޭނާގެ އަތްތިލާގައި ބާރަށް ހިފަހައްޓައިގެން ހުރި އަޝްވާގެ އަތުގައި ހިފާލިއެވެ. އެމަންޒަރު އަސްރާރު އަށާއި ހަފީޒާއަށް ނުފެނުނު ކަމުގައި ވިޔަސް މީކާއިލްއަށް ފެނުނެވެ. މީކާއިލްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ޝަނުމް އޭނާ ވަރަށް ލޯބިވާ ކުއްޖެއް ހުރި ވާހަކަ ބުނެފައި ވިޔަސް އެއީ އެއްމެ ކައިރީގައި އުޅޭ އަޝްވާ ކަމެއް ނޭނގެއެވެ.

ކުޑަ ހިނދުކޮޅަށް ދެމީހުންގެ ނަޒަރު ބައްދަލުވި ވަގުތު ދެމީހުންގެ ހިތުގެ ވިންދު އިހުނަށް ވުރެ އަވަސްވިއެވެ. ކިޔާލަ ދޭން ބޭނުންވާ އެތައް ވާހަކަތަކެއް ވާކަން ލޮލުގައިވި ތޫނު ބެލުމުން އަންގައިދިނެވެ.

ޝަނުމް އަޝްވާއަށް ބަލާލުމަށްފަހު މީކާއިލްއަށް ބަލާލި ވަގުތު މީކާއިލްގެ ދެލޯ ބޮޑުވެފައިވާ ތަން ފެނިފައި ކުޑަކޮށް ހެވުނެވެ. އަދި ބޯ ޖަހާލީ މީކާއިލްގެ އެހީކުރުންތައް ތެދުކަމަށް އަންގައިދިނުމަށެވެ.

“މަންމާ! މަންމައާއި ބޭބެ އަރާމުކޮށްލަން ގެޔަށް ދާންވީނު.. އަޅުގަނޑާއި އަޝްވާ،  އަހަރެމެން ލޯބިވާ ޝަނުމް ކައިރީ މަޑުކޮށްލާނަން” މީކާއިލް ހެވިފައި ބުނެލިއެވެ. ޝަނުމްއަށް ޖެއްސުމެއްކޮށްލުމުގެ ބޭނުމުގައެވެ.

“ތެދެއް ހިނގާ ގެޔަށް ގޮސްލާފަ އަންނަން.. ހެނދުނު ކާން ޖެހޭ ބޭސްވެސް ހުންނާނެ އެއްނު” އަސްރާރު ބުނެލިއެވެ. އަދި ހަފީޒާ ގޮވައިގެން ދިޔައެވެ. އިރުކޮޅަކުން އަންނާނަމޭ ބުނަމުންނެވެ. މީކާއިލް އެމީހުން ގޮވައިގެން ޓެކްސީއެއް ހޯދައި ދިނުމަށް ދިޔައެވެ.


 

އެއްމެން ދިޔުމުން ޝަނުމް އަޝްވާ އަތުން ދޫކޮށްލައި ކޮޅަށް ތެދުވާން އުޅުނެވެ. އަޝްވާ އެވަރަށް ނުތެދުވާށޭ ބުނަމުން ދިޔައިރުވެސް އެޔަށް ބީރު ކަންފަތެއް ދެމުންނެވެ.

“ޝަނުމް ތިހެން އުޅެގެން އިތުރު އަނިޔާ އެއް ލިބިދާނޭ.. އޮށޯވެލައިގެން އޮންނަންވީނު.. އަހަރެން ޝަނުމްއަށް ބޭނުންވާ ހުރިހާ އެއްޗެއް ގެނެސްދޭނަމޭ” އަޝްވާ ކަންބޮޑުވުމުގެ ރާގަކަށް ބުނެލިއެވެ. ތެދުވާން އުޅުނު އިރު ޝަނުމްގެ މޫނު މައްޗަށް ވެރިވި ތަދުގެ ކުލަވަރުންނެވެ.

“އަހަރެން ބޭނުންވާ ހުރިހާ އެއްޗެއް ގެނެސްދޭން ހުރިއްޔާ، އަޝްވާ ގެ ތި ހިތް އަހަންނަށް ދީ.. ތި އަޅާލުން ދޭ ގޮތަށް ލޯބިވެސް ދީ… އޭރުން އަޝްވާގެ ބަސްއަހައިގެން ބުނިހާ އިރަކަށް މިތާ މަޑުން އޮންނާނަން” ޝަނުމް ކޮށްލީ ވަރުގަދަ ޝަރުތެކެވެ.

އަޝްވާ އިސްޖަހައިލިއެވެ. ޝަނުމް އޭނާ ދެކެ އެވާ ލޯބި އިހްސާސްކުރެވި ލަދުގަތްވަރުންނެވެ. ޝަނުމް އަޝްވާގެ އަތުގައި ހިފައި އޭނައާއި ކައިރިއަށް ގެންނަން އުޅުނެވެ. އެހެންޏާއި ހިލާފަށް އަޝްވާ ދެކޮޅު ނުހަދައެވެ. އޭނާވެސް ޝަނުމް ދެކެ ވާ ލޯބި ފޮރުވައިގެން ހުންނަން ބޭނުން ނުވާތީއެވެ.

“ކީއްވެ އެޔަށް ޖަވާބެއް ނުދިނީ..އަދިވެސް ލޯބިނުވަނީތަ” ޝަނުމް އަޝްވާއަށް ބަލާލަމުން މަޑުމަޑުން އަހާލިއެވެ. އަޝްވާގެ އިސްޖެހިފައިވާ މޫނުން ޝަނުމްއަށް ޖަވާބު ނުލިބުމުންނެވެ.

“ދެންވެސް ބަލައިގެން އުޅޭތި.. ޝަނުމްއަށް އެގޭތަ އެއްމެން ހާސްވެގެން އުޅުނު ވަރު.. ދައްތަ އިނީ ރޮއިރޮއި.. މީކާއިލް އާއި ބައްޕަ މިތާ މީހުންނާއި ދިމާލަށް އެވަރަށް ހަޅޭތްލެވި.. ދޮންބެއާއި ބޭބެވެސް ވަރަށް ގިނައިރު ވަންދެން މަޑުކޮށްފަ އެދިޔައީ.. ” ބުނަންވީ ކީކޭކަން ދުލުކުރީގައި އޮތަސް އަޝްވާއަށް އިއްވާލެވުނީ އެހެން ބަސްތަކެކެވެ.

“އެހެން މީހުންގެ ވާހަކަ ބަހައްޓާފަ  އަހަރެން މިތާ މަރަށް ތެޅިތެޅި އޮތް އިރު އަޝްވާގެ ހިތަށް އެރި އެއްޗެއް ބުނެބަލަ.. އެއެއްމެން އަހަރެން ދެކެ ވާ ލޯބި ހާމަކޮށްފަ ދިޔައިރުވެސް އަޝްވާ ތިބަލަނީ އަހަންނާއި ދިމާލަށް ހަޅޭތްލެވޭތޯ” ސީރިއަސްވެލަމުން ޝަނުމް ބުނެލިއެވެ. އަޝްވާ އޭނާ ދެކެ ލޯބިވާކަން ހާމަކޮށްފިނަމަ މުޅި ހަށިގަނޑުގައި މިހާރު އެވާ ތަދު އިސާހިތަކު ނެތިގެން ހިނގައިދާނެކަން ކަށަވަރެވެ.

އަޝްވާ ފުން ނޭވާއެއް ލިއެވެ. އަދި ޝަނުމް ކައިރީ އެނދުގައި އިށީދެ ޝަނުމްގެ ކޮނޑުގައި ބޯ އަޅާލިއެވެ.

“އެއްވެސް ލަފުޒަކުން ހާމަނުކުރެވޭނެ ޝަނުމް ހެޔޮ ހާލުގައި ހުރީތީ އަހަރެން އުފާވާ މިންވަރެއް.. އަހަރެން ދެރަވީ ޝަނުމްއަށް އަލްވަދާއު ކިޔަން އަހަންނަށް ފުރުސަތު ނުލިބުނީތީ އެއް ނޫން.. އަހަރެން ދެރަވީ އަހަންނަށް ދެވަނަ ފަހަރަށް ޝަނުމް ނުފެނިދާނެތީ.. އަހަންނަކަށް ނޭނގެ ޝަނުމް އަހަރެން ދެކެ ލޯބިވާ ސަބަބެއް.. އަހަރެންމީ ސިފަ ރީތި މީހެއް ނޫން.. އަހަރެންނަށް ވުރެ އަހުލާގު ރަގަޅު އެތައް ކުދިންނެއް ޝަނުމްއަށް ލިބިދާނެ.. އަހަންނަށް ވުރެ ހުރިހާ ގޮތަކުން ފުރިހަމަ ކުދިން އެތިބެނީ ޝަނުމްގެ ލޯބި ހާސިލްވޭތޯ އިންތިޒާރުގައި” އެހިސާބަށް ބުނެލުމަށްފަހު އަޝްވާ މެދު ކަނޑާލިއެވެ. ޝަނުމްއަށް ބަލައި ހިނިތުންވެލިއެވެ. ލޯބީގެ ބަސްތައް ޝަނުމްގެ ކަންފަތާއި ހަމައަށް ފޯރުވާނީ ކިހިނެތްކަން ނޭނގިފައެވެ.

“ލޯބިވާން ޖެހޭނީ މީހެއްގެ ބޭރު ފުށުން ފެންނަ ސިފަތައް ދެކެއެއް ނޫން.. އެހެންނޫންނަމަ އެއްވެސް މީހަކަށް އިހުސާލްތެރި ލޯތްބެއް ނުވެވޭނެ” އަޝްވާއަށް ބަލާލަމުން ޝަނުމް ބުނެލިއެވެ. ޝަނުމް އެހެން ބުނެލުމުން އަޝްވާއަށް ހީލެވުނެވެ. ހުވަފެންތަކުގެ ރާޖާ ފެނުމުންނެވެ. އަޝްވާ ހެމުން ޝަނުމްގެ އަތުން މޫނު ފޮރުވާލިއެވެ. ލަދުގެންފައިވާ މޫނު ޝަނުމްއަށް ނުދެއްކުމަށްޓަކައެވެ. އަދި ތުރުތުރު އަޅަމުންދާ އަތުގެ އިގިލިތައް ޝަނުމްގެ އިގިލިތަކުގެ ތެރެއަށް މަހާލިއެވެ.

ލޯތްބަށް އިއުތިރާފުވާން ވީ ހެއްޔެވެ؟


 

 

ފަތިހުގެ ރަންދޯދިތަކުން އާދުވަކަށް މަރުހަބާ ކިޔަމުން ދެއެވެ. ރޭ ހިނގައި ދިޔަ ބިރުވެރިކަމުގެ އަސަރު ފިލައި މުޅި ފަޒާގައި ވަނީ އަމާންކަމެވެ. އަޝްވިން އާއި އެއްކޮށް ހިންދު ދެވަނަ ފަހަރަށް ހޮސްޕިޓަލަށް އައީ ހިންދުގެ ޓެސްޓުތައް ލިއުޝާ ލައްވައި ހެދުމަށެވެ. ދިރިއުޅުމުގެ ކަންތަކުގައި ދެމީހުން ދުރުވެފައި ތިއްބަސް އަޝްވިން އާއި ލިއުޝާ އަކީ އަދިވެސް ހޮސްޕިޓަލުގެ އެތެރޭގައި އެކަކު އަނެކަކަށް އިތުބާރު ކުރާ ދެ ޑޮކްޓަރުންނެވެ. ލިއުޝާ އަކީ އެދާއިރާގައި އެއްމެ ފުންނާބު އުސް އެކަކެއް ކަމަށް އަޝްވިން އަދިވެސް ބުނެއެވެ.

“އަހަރެން ބޭރުގަ މަޑުކޮށްލާނަން އިނގޭ.. ހިންދު ގޮސް ލިއުޝާއަށް މިހާތަނަށް ހިންދުއަށް ލިބިފައި ހުރި ހުރިހާ އަނިޔާއެއް ކިޔާ ދޭތި. އަދި ބުނަން، އެއްވެސް ކަމަކާއި ބިރުން ނޫޅޭތި.. އަހަރެމެން ދެމީހުންގެ މެދުގައި މައްސަލަ ޖެހިފައި އޮތަސް ލިއު އަކީ ބަލިމީހުންނަށް ވަރަށް އަޅާލާ ވަރަށް އެހީވެދޭނެ ޑޮކްޓަރެއް” ހިންދު ހުރީ ބިރުގެންފައިކަމުން އަޝްވިން ބުނެލިއެވެ.

އަޝްވިންގެ ވާހަކަތަކަށް އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލުމަށްފަހު ހިންދު ލިއުޝާގެ ކޮޓަރިއަށް ވަނެވެ.

“އަވަހަށް އިށީދެލާ އިނގޭ.. އަހަރެންމީ އަންހެނުންގެ ޑޮކްޓަރަކަށް ވުމުން ހިންދުއަށް ލިބިފައި ހުރި ޖިންސީ އަދި ޖިސްމާނީ އަނިޔާތައް އެކަނި މޮނިޓާރ ކުރާނީ… އަހަރެން އަޝްވިން  ކައިރީ ބުނިން ހިންދުގެ ސައިކޮލެޖިކަލް ރިޕޯޓެއް ހަދަން ނަފުސާނީ ޑޮކްޓަރަކަށް ދައްކަން ވާނޭ”

އަޝްވިން ބުނިހެން ލިއުޝާ ވީ ހިންދުއަށް ވަރަށް ރަގަޅު ޑޮކްޓަރަކަށެވެ. އެއްވެސް ކަމެއް ބުރަކަމަކަށް ނުހަދައި ބޭނުންވާ ހުރިހާ ޓެސްޓުތައް ހަދައިދިނެވެ. އަދި ހިންދު ބިރުން އުޅޭތީ އެތައް ނަސޭހަތަކާއި ހިތްވަރެއް ދިނެވެ. ލިއުޝާގެ ފަރާތުން މިކަހަލަ އޯގާތެރިކަމެއް ލިބުނީތީ ހިންދުއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ހިންދު ހީ ކޮށްގެން ހުރީ  ލިއުޝާއަކީ އަޝްވިންގެ ކުރީގެ އަނބިމީހާއަށް ވުމުން ނަފުރަތުގެ މިންވަރެއް އޮންނާނެ ކަމަށެވެ. އެހެންނަމަވެސް ކަންތައް ވީ މުޅިން އިދިކޮޅަށެވެ. ލިއުޝާ އީޝްއާއި ބެހޭ ގޮތުން ހިންދުއާއި ވަރަށް ވާހަކަ ދެއްކިއެވެ. އަދި އަޝްވިން ކަހަލަ ފިރިއެއް ހިންދުއަށް ލިބުނީތީ އުފާވާ ކަމަށް ހާމަކުރިއެވެ.

ޓެސްޓު ހަދައި ނިންމުމަށްފަހު ސެނެހިޔާއަށް ދިޔުމުގެ ކުރިން އަޝްވިން ހިންދު ގެޔަށް ލައިދޭން ދިޔައެވެ.

“އަޝްވިން … ތެންކް ޔޫ” ހިންދު ގޭގެ ދޮރާއި ހަމައަށް ގެނެސްދިނުމަށްފަހު އަޝްވިން ދާން އެބުރިލުމުން ހިންދު ބުނެލިއެވެ.

“ވަރަށް ލޯބިވޭ.. ދެން އަވަހަށް ދޭ ސައިބޮއިލަން.. އަހަރެން ގުޅާލާނަން އިނގޭ” ފަހަތް ބަލާލައި ހިނިތުންވެލަމުން އަޝްވިން ބުނެލިއެވެ. އަދި ހިންދު ބޯ ޖަހާލުމުން ދާން ހިނގައިގަތެވެ. ނަމަވެސް މިފަހަރުވެސް ހިންދު އަޝްވިން ހުއްޓުވިއެވެ. އަތުގައި ހިފާލަމުންނެވެ.

“އައި ލަވް ޔޫ ޓޫ… އަހަރެން ކަހަލަ ނިކަމެތްޗަކަށް ތިޔަ ފަދަ…..” އަޝްވިން ހިންދު ބުނަން އުޅުނު ޖުމްލަ ފުރިހަމަކޮށް ނުދިނެވެ.

“ލޯބިވާ ވާހަކަ ބުނެފަ ތިކަހަލަ ވާހަކަ ނުދައްކާ.. އެއްވެސް އިންސާނަކީ ނިކަމެއްޗެއް ނޫން.. ހިންދު ތިކަހަލަ ބަސްތައް އަމިއްލަ ނަފުސަށް މުހާތަބުކޮށް ބުނާތީ އަހަރެން ވަރަށް ދެރަވޭ.. ބައެއް ފަހަރު ހީވޭ ހިންދު އަހަންނާއި އެކީ ތިއުޅެނީ  އަހަރެން ހިންދުއަށް އަޅާލާތީ  އެކަނި ކަމަށް.. ” މޫނުމަތީގައިވާ ހިނިތުންވުން ފޮރުވާލަމުން އަޝްވިން ބުނެލިއެވެ. ދެމީހުން ގުޅުނު ފަހުން ހިންދު އެބަސްތައް ބޭނުން ނުކުރާ ދުވަހެއް ނުދެއެވެ. އަޝްވިން އެތައް ނަސޭހަތެއް ދިން ނަމަވެސް އަދިވެސް ހިންދު އެބަލަނީ މާޒީގެ ހިތިކަމަކީ އޭނާގެ ކުށް ކަމަށެވެ. ދުނިޔޭގައި ކެހި ލިބުމަށްފަހު އުފާވެރިކަމުގެ އުއްމީދުގެ ހުޅުކޮޅު އަލުން ދިއްލޭނެ ކަމަށް ހިންދު ގަބޫލުނުކުރަނީ ހެއްޔެވެ؟

 

އަޝްވިން އެހެން ބުނުމުން ހިންދު މަޑުމަޑުން ބޯ ޖަހާލިއެވެ. އަދި އެތެރެއަށް ވަންނަން ހިނގައިގަތީ އަމިއްލަ ނަފުސާއި މެދު ދެވަނަ ވިސްނުމަކަށް ދަމުންނެވެ.


 

މެންދަމުގެ ހަމަހިމޭން ވަގުތެވެ. ހެނދުނުއްސުރެ އޮފީހުގައި ބުރަކޮށް އުޅުމަށްފަހު އެހެން މީހުން ފަދައިން ކާއިން ވެސް ބެލީ އަރާމް ނިންޖަކުން ނިދާލައި ވަރުބަލިވެފައިވާ ހަށިގަނޑަށް ލުއެއް ދެވޭތޯއެވެ. އެހެން ނަމަވެސް އެކި ހިޔާލުތަކުން ސިކުޑިއަށް ވަނީ ބަރުކަން ލިބިފައެވެ. ލިބުނު ހަބަރަކުން ހިތްވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

މިހާ ވަރަށް އޭނާގެ ހިތް ބިރުގަންނަމުން ދަނީ ކީއްވެކަން ހުދު ކާއިންއަށްވެސް ނޭނގެއެވެ.  އަޝްވާއަކީ އޭނާގެ ލޯބިވެރިޔާއެއް ނޫނެވެ. ދުލުން އާބަސް ބުނިކަމުގައި ވިޔަސް ހިތް އެކަމާ ދެކޮޅު ހަދަމުން މިދަނީ ކީއްވެ ހެއްޔެވެ؟ އަޝްވާ އަކީ ކާއިންގެ ކާކު ހެއްޔެވެ؟ ކާއިން އޭނާގެ ހިތާއި ސުވާލު ކުރަމުން ދިޔައެވެ.

“އަޝްވާ އަކީ އަޝްވާ… އަޝްވާ އަކީ ޝައިމްގެ ކޮއްކޮ… އަޝްވާ އަކީ…” ކާއިން އެކަނިހުރެ އަމިއްލަ ނަފުސާއި މުހާތަބުކޮށް ބުނެލިއެވެ.

“އެހެން ނުވާނެ..  އެއީ އަހަރެންގެ ގާތް އެކުވެރިއެއް.. އިތުރު އެއްވެސް ގުޅުމެއް ނޯންނާނެ” ހިތަށް ވެރިވި ހިޔާލަކާއި އެކު ކާއިން އަވަސް އަވަހަށް ބުނެލިއެވެ. އަދި އެނދުން ތެދުވެގެން ގޮސް ބެލްކަންޏަށް ނުކުމެވޭ ގޮތަށް ހުރި ބިއްލޫރިން ހަދާފައިވާ ދޮރު ކައިރީގައި ހުއްޓިލިއެވެ.

އަޝްވާ އާއި ކާއިންގެ ގުޅުން އިހުނަށްވުރެ ރަނގަޅުވަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ޝައިމްގެ ކައިވެނި އޮތް ރެއަކީ ކާއިންގެ ފަރާތުން އަޝްވާއަށް އެއްމެ ފުރަތަމަ ތައުރީފެއް ލިބުނު ދުވަހެވެ.  ކާއިން އަބަދުވެސް އަޝްވާއަށް މުހާތަބު ކުރަނީ ޗެރީގެ ނަމުންނެވެ. އެއީ އޭނާ އަޝްވާ ފަލައޭ ބުނެ ދިމާކޮށްލާ ކޮންމެ ފަހަރަކު އަޝްވާ ގެ ދެކޯ އަންނަ ރުޅި އާއި އެކީ ރަތް ކުލައަށް ބަދަލުވެގެން ދާތީއެވެ.

ނާޒުކު މަގާމެއްގައި ތެޅެމުންދާ ހިތުގެ އިހުސާސްތަކަށް ދޭނެ ނަމެއް ކާއިން އަކަށް ނޭނގެއެވެ. އޭނާ އަކީ ލޯބީގެ މައިދާނުގައި އަންހެނުންނަށް އިތުބާރު ކުރާ މީހެއް ނޫނެވެ. އަދި އެކުގައި އަންހެން ކުއްޖެއް ގެންގުޅުނު ނަމަވެސް އެކުއްޖަކީ “މިޒަމާނުގެ މިންގަނޑުން” ރީތި ކުއްޖަކަށް ވާން ޖެހެއެވެ. ބައްޓަން ރީތި ހަށިގަނޑަކާއި ޒަމާނުގެ ފެޝަނަށް ލޯބިކުރަންވާނެއެވެ. މޭކަޕްގެ ބާވަތްތަކުން މުޅި މީހާގެ އަސްލު ސިފަ ގެއްލޭ ވަރު ކުރަންވާނެއެވެ. އެހެންނަމަވެސް އަޝްވާ މި އެއްމެންނާއި ތަފާތެވެ. އެތައް ގޮތަކުންނެވެ. އަޝްވާ މިހާތަނަށް މޭކަޕްކޮށްފައި ހުރި ތަން ކާއިންއަށް ފެނުނީ އެއްމެ ދުވަހަކުއެވެ. އެފަން އިސްތަށިގަނޑު އަބަދުހެން ހުންނަނީ ހުޅިއެއް ޖަހާފައެވެ. ވަގުތީ ރީތިކަމާއި އުފާ ހޯދުމުގެ ބަދަލުގައި އަޝްވާ އުޅެނީ ދާއިމީ އުފާވެރިކަމެއް ލިބޭ ތޯއެވެ.

ދެން އޮތީ ދަރީންގެ ވާހަކައެވެ. ކާއިންއަކީ ކުދިން ހޯދަން ބޭނުންވާ މީހެއް ނޫނެވެ. ޝައިމްގެ ކައިވެންޏަށް މަލަކާ ދަރިއެއް ހޯދަން އުޅުމުން އެއީ ކުރުން އެހާ ރަގަޅު ކަމެއް ނޫންކަމަށް ބުނީ ކާއިންއެވެ. އަޝްވާ އެކަމަކާ ކާއިންއާއި ވަރަށް ޒުވާބުކޮށް ހަޅޭތްލެވިއެވެ. އަޝްވާ އަކީ އަމިއްލަ ދަރިއެއް ނެތް ކަމުގައި ވިޔަސް މަންމައެކޭ ބުނެވޭނެއެވެ.

އަދިވެސް އެތައް ކަމެއް ކާއިން ވިސްނިއެވެ. އޭނާގެ ހިތުގައި އަޝްވާއަށްޓަކައި ޖަހަމުން މިދާ ވިންދު ހުއްޓުވޭތޯއެވެ.

އަޝްވާ އާއި ދޭތެރޭ ވިސްނި ވަރަކަށް ކާއިންގެ ހާސްކަން އިތުރުވަމުން ދާތީ ކާއިން ދެން ބެލީ އެހިޔާލުތަކާއި ދުރުވުމަށް އެހެން ކަމެއް ކުރުމަށެވެ. ކާއިންގެ ލެޕްޓޮޕް ވަގަށް ނެގުމުން އާލެޕެއް ގަނެގެން މިހާރު ހުރިހާ މައުލޫމާތެއް މިލެޕްޓޮޕަށް ޖަމާކުރެވޭ ތޯ އުޅެއެވެ. ކާއިންއަށް ބޭރުގައި ތިބި މީހުންނާއި މުއާމަލާތު ކުރެވޭ ހަމައެކަނި ގޮތަކީ މެއިލް އެވެ. އެހެންކަމުން މިއަދު އައިސްފައި ހުރި މެއިލްތައް ހުޅުވާލިއެވެ. ކާއިންއަށް ސީސީ ކުރުމަށްފަހު ކާއިންގެ ބައްޕަގެ ޑްރަގް ވިޔަފާރީގެ އެއްމެ ފަހުން ފޮނުވި ބެޗް ނައްތާލުމަށް އެކޮޅުގައި ހުންނަ އޭޖެންޓަށް މެއިލްއެއް ކޮށްފައި އޮތެވެ. އޭގައި ބުނާ ގޮތުން ނަމަ މިއީ މީގެ ދެތިން މަސްކުރިން މާލެއަށް ޓެސްޓު ކުރަން ފޮނުވި ސާމްޕަލް ޑްރަގެކެވެ. މި ޑްރަގު ޒުވާނުންގެ މެދުގައި މަގުބޫލްވުމުން ކާއިންގެ ބައްޕައަށް މަސްތުވާތަކެތި ފޯރުކޮށްދޭ މީހާ ބޭނުންވަނީ މި ބާވަތުގެ މަސްތުވާތަކެތި ރާއްޖޭގެ މާހައުލުގައި ގިނައިން ދައުރުކޮށް ލިބޭ އާމްދަނީ އިތުރު ކުރުމެވެ.

މިއީ ކޮން ކަހަލަ މަސްތުވާއެއްޗޯ ބަލާލުމަށް ކާއިން އޭގެ ނަން ގޫގުލްގައި ސާރޗްކޮށްލިއެވެ. އެޔާއިއެކު މުޅި ސްކުރީން ފުރިގެން ދިޔައީ މީގެން އިންސާނާގެ ހަށިގަނޑަށް ލިބޭ ގެއްލުން ތަކުންނެވެ. ފުއްޕާމޭ ފެއިލް ވުމާއި ހަމުގެ އެތައް ބަލިތަކެވެ.  އަދި އަތާއި ފައިގެ ނިޔަފަތިތައް ކަޅުން ފަދަ ކަންތަކެވެ. ކާއިންގެ ދެލޯ ބޮޑުވެގެން ދިޔައީ އިމޭޖެސް ބައި ހުޅުވާލުމުން އެމީހުންގެ ހަށިގަނޑުގައި ހުރި ފާރުގަނޑުތައް ފެނުމުންނެވެ. އެވަގުތު ހިޔާލަށް އައީ މަލަކާ އޭނާ އަށް ކިޔައިދިން ވާހަކަތަކެވެ. ރޭ އިމަޖެންސީއަށް ގެންދިޔަ މީހުންގެ ހަށިގަނޑުތައް މިފޮޓޯތަކާއި ނުހަނު އެއްގޮތެވެ. ކާއިން އިތުރަށް މަޑުކުރުމެއް ނެތި ލެޕްޓޮޕް ދަބަހަށް އަޅައިގެން މާކޯނި ގެޔަށް ދާން ނިކުތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ވަންހަނާ (ބާރަވަނަބައި)

Next

ހިތާ ފުރާނައިން… (25)

Next
February 2, 2018

ހިތާ ފުރާނައިން… (25)

Previews
February 1, 2018

ވަންހަނާ (ބާރަވަނަބައި)

66 Comments!

  1. Friends says:
    February 2, 2018 at 9:00 am

    First dhw

  2. maroon says:
    February 2, 2018 at 9:10 am

    Salaam readers. So here is 20th part ge second part. Reyga storyga vy kanthah v bodu matter akah vaane mihaaru. And do u guys think liusha will be that helpful when they get married???
    Next part v sad vaane baeh kudhinna. So heads up ekamah. Kaain aai drugs ai gulhuvey nama do u think he will end up in jail??
    Kaain ge sister adhives v gina kudhin guess kurey. Thts the big twist of the story. So i will not tell if its hindh or not. Have a lovely day. Much love. Hope to see ur comments ???

    1. maroon says:
      February 2, 2018 at 9:22 am

      Ps: i love reading ur theories ?

  3. Zaaraa says:
    February 2, 2018 at 9:20 am

    Wow Interesting ??? adhi one more part miadhu pls pls waiting for next part ? ?? ?

    1. maroon says:
      February 2, 2018 at 10:21 am

      Will try my best. Thanku dear ?

  4. maikko says:
    February 2, 2018 at 9:23 am

    Doue to that kain may end up in jail eh nu plz dont do tha…. Story varah reethi…….liusha jealous ves vedhaane dhw… Lots of love

    1. maroon says:
      February 2, 2018 at 10:22 am

      Yh he might. Liusha ge beybun adhi neygeythaa
      Thanku dear ?

  5. Friends says:
    February 2, 2018 at 9:25 am

    Vv interesting mihaaru mi stry dear .shanum and reem ingey gulhuvaany and kaain & ashwa. keep it up
    Waitinh 4 next part
    Have nice day???

    1. Friends says:
      February 2, 2018 at 9:31 am

      Liusha jealous vaany married
      . kuryma dhw
      Kaain jail ah nulaathi dear

    2. maroon says:
      February 2, 2018 at 10:24 am

      Yes friends. Mifaharuves dhw.
      Vedhaane hamaa
      U too ? thanku

  6. Shann says:
    February 2, 2018 at 9:43 am

    Wow, Masha Allah.. Mihaaru up kohly dhw.. Haadha furihamaey mibaives.. Maroon ge hurihai story eh ves hama v v loabi n v v interesting.. Thy hama number one ey bunelan beynumy.. V v v v furihama

    1. maroon says:
      February 2, 2018 at 10:24 am

      Thanku shann. Thikahala kiyuntherin thibeythy vaahaka liyuntherein liyaa hiy vany
      ?

  7. reader says:
    February 2, 2018 at 9:45 am

    pls ashwa and shanum gulhuvaathi

    1. maroon says:
      February 2, 2018 at 10:25 am

      Thanku reader. Vedhaane thihen ves hama
      ?

  8. Laxer says:
    February 2, 2018 at 9:48 am

    Varah rythi. Ekam pls kaain aa ashva gulhuvahchey.

    1. maroon says:
      February 2, 2018 at 10:25 am

      Thanku laxer. Might happen ?

  9. Firoo says:
    February 2, 2018 at 9:48 am

    Wooooow nice ??

    1. maroon says:
      February 2, 2018 at 10:25 am

      Thanku firoo ?

  10. Rose says:
    February 2, 2018 at 9:51 am

    Varah reethi mi baives. Dhen kon irakun up kuaraanre

    1. maroon says:
      February 2, 2018 at 10:26 am

      Emme las vegen tmrw ngey. Thanku rose ?

  11. Choppi says:
    February 2, 2018 at 9:54 am

    I think Hindhu aky kaain ge sis hen… n plx maroon make kaain n ashwa a couple … n story varah reethi…

    1. maroon says:
      February 2, 2018 at 10:27 am

      Kaain ge sis ah no comments. Nubunaanan eyna akah nuvaaney. And they might hama thanku choppi?

  12. annoying reader says:
    February 2, 2018 at 9:58 am

    i am a daily reader but nw dhivehi font hurima comment kuran varah udhagu. still i love this story alot. plZ reem ah ehen kujjaku hoadha dhy and ashwa and shanum gulhuvachey. kaain ge sister aki hindh hen heevani. anyway i dnt think liusha eha frndly vaane hen once they get married. and i think kaain jail ah laani hen drugs ge kanthaka even if he didnt do anything. please dnt hurt them maroon. i dnt want sad ending

    1. maroon says:
      February 2, 2018 at 10:29 am

      Hey annoying reader. Comment nukuriyas kiyaathy thanku ?
      Ashwa and shanum had a moment dhw…
      I also dnt think she will be that frndlyy..kaain jail ah gos dhaane
      Tbh i also hate sad endings.. lets see dhw.

  13. Maa says:
    February 2, 2018 at 10:02 am

    Alheyyy……. haaadha kuru hen heevey mi part….. btw vvvvvv nice ingey mi partves….. ???????…waiting for next part…tc marooon…

    1. maroon says:
      February 2, 2018 at 10:30 am

      Nooney. Mee maroon ge minimum words. Dhn baeh part thah miah vure dhigu vedhaane..ehenvyma heevi ehchakah vaany. Anyway maa thanku and tx ?

  14. Black beauty says:
    February 2, 2018 at 10:04 am

    Vaahaka liyanvaanee kiyun therin beynunvaagothakah noon.liyun theriya liuan ninmàafaavaagothah.dhen varah reethi mibaives.waiting ☺

    1. maroon says:
      February 2, 2018 at 10:36 am

      Thanku black beauty. I agree with u. In fact i have written this whole story with my own imagination before starting to upload. They will not change.i ask questions to make story more interesting.
      ?

  15. sam♥ says:
    February 2, 2018 at 10:14 am

    wow

    1. maroon says:
      February 2, 2018 at 10:37 am

      Thanku sam ?

  16. Zuzu says:
    February 2, 2018 at 10:27 am

    Ashwa and Shanum ingey gulhuvaany. #Ashum
    And this part ves v v v reeethi ❤❤ cant wait for next part.
    And then anehka Ashwa vedhaane tha kaain ge sister ah? Hama kuhlli akah mind ah aee ehen. Liusha ves twist eh gennaane kanneynge dho ashwin aa hindh aa eesh ehkoh ulheythan fenigen?
    Daaaaa,n so manny guesses. I love this storyyyy

    1. maroon says:
      February 2, 2018 at 11:32 am

      Ashwa as kaainge sis? Nethin javaabeh dheyn thi theory ah. #ashum dhw.. they really love each other…liusha maa friendly vegen ulheny ryson akaai hedhi thw balamaa.. thanku zuzu ?

  17. Xxxx says:
    February 2, 2018 at 10:53 am

    Avahah upkohdhey thee thanks dear..story as usual v.nice n interesting.. keep up the good work.???

    1. maroon says:
      February 2, 2018 at 11:19 am

      Thanku xxxx ?

  18. Mal. says:
    February 2, 2018 at 11:09 am

    Woww wowww…. v v v rythi.. n v thafaathu… mal ah hyvany liusha aa hindh mamma aa vegn konmes kameh adhi kohlaane hn.. n kaain ge dad gengulhun dealer e ulhuny raajje ahnan dhw…. alhe maroo mal rovvaa nulahchey dhera kohlaafa… n shanum aa ashwa aa viyas ok noony kaain viyas ok.. ashwa aa eyna deserve kuraa loabi hoadhaa dehchey… ehme ethikolheh vx madhu nuvaa varah… n one more thung.. mi mal mihaathanah kiyaa ehme thafaathu vaahaka.. n u aa improving maroo.. i m happy to see that…???????keep it up darl…

    1. maroon says:
      February 2, 2018 at 11:22 am

      Hehehe mallll.. liusha and sakeena dhw. Yh they might end up hurting the couple. Or not.. dealer ge kanthah dhn huri baithakun egeigen dhaane.yes emme emme ethikolheh ves madhu nuvaa varah in sha Allah. So much help from u. And u r a great friend. Much love ❤❤❤

    2. Mal. says:
      February 2, 2018 at 11:50 am

      Thanx maroo.. ekam thihaa molhah liyan egeny aslu its yoir talent… dhn kudhi kistake kiyaadhinun e adhi vaki kamekeynun… u are really a good writer..?

  19. Zaaraa says:
    February 2, 2018 at 11:09 am

    (20) 1
    (20)2 mihen jahani keevetha? 21 22 mihen jahaaba☺hamabunely ??

    1. maroon says:
      February 2, 2018 at 11:23 am

      Yes dear. Next time

  20. Blume says:
    February 2, 2018 at 11:26 am

    Kaain jail ah nulahchey plxxx…kaain is my fav mi stry in..kaain aa ahwa gulhuvahchey

    1. maroon says:
      February 2, 2018 at 1:06 pm

      Kaain dhw.. hihi. Lets see blume.. i thought most readers like ashwin or shanum.. ?

  21. Shudha says:
    February 2, 2018 at 11:31 am

    ހާއި މެރޫން. އަޅެ އަޝްވާ އާއި ޝަނުމް ގެ ކެމިސްޓްރީ…. ވާވް… މާޝާ ﷲ ވާރަށް ރީތި މި ޕަރޓް… ޝުކުރިއްޔާ މެރޫން… ވަރަށް ގިނަ ކަންތައްތަކެއް ވާން އެބަ އުޅޭހެން ހީވަނީ… އިންތިޒާރުގަ ހަމަ
    މިހުރީ ދެން އޮތް ބަޔަށް… ޝުދާ އިންނާނެ މެއިލް ކޮށްފަ… ބަލާލައްޗެ… ތެންކިޔޫ… މެރޫން… ލަވްސް… 3>

    1. maroon says:
      February 2, 2018 at 1:08 pm

      Yes dear i checked the mail. Ebain libifa. I will reply tmrw vaguthegga..yes alot has happened and alot is going to happen. Assu mivaahakaige bodu massala emme fahu part thakun egegigen dhaane. Thanku lots of love ?❤

  22. sithu says:
    February 2, 2018 at 12:01 pm

    hindhu aky kaaain ge sis kamah bodah lafaa kureveyne. story varah reethi kohdhiny.. dhen reem ahves ingen jeheyne dho gadha kamun loaibeh nuhoadheyne kan..

    1. maroon says:
      February 2, 2018 at 1:10 pm

      Yes v gina kudhin buney. But will not confirm it..yes baeh meehunna nuvusneythy massala aky.thanku sithu ?

  23. Eysha says:
    February 2, 2018 at 12:10 pm

    Kaain ge sister ah reeovehjiyya?? Omg?. Story v v v nice ?

    1. maroon says:
      February 2, 2018 at 1:11 pm

      Hehe. Vedhaane hama..thanku eysha ?

  24. Pinky shifoo says:
    February 2, 2018 at 12:18 pm

    Hello maroon…. Varah varah lahun dhw mi comment kohlevuny… Kurin vx comment kuran try kurin bt comment fonuvey gotheh nuvi… Mihaaru comment fonuveythy lahun namavx mi comment kohlee… Anyways mi part vx hama fabulous… Varah varah reethi ingey… ???… Mi Story akee mihaathanah pinky ah kiyunu story thakun varah varah different story… Varah varah reethi… Eagerly waiting for the next part ????????… Take care n loves ❤️❤️❤️❤️??????

    1. maroon says:
      February 2, 2018 at 1:26 pm

      Thanku pinky shifoo. Thikudhinge comment in aslugaives v hiy varu libeyne liyuntherinnah.v ufaa vejje
      And why different? Tc loves ?

  25. Shina says:
    February 2, 2018 at 12:29 pm

    V nice mi partwex.. thanx maroon komme dhuvahaku parteh kiyaalan libeythee.. ashwa nd shanum gulhenee.. .. dhn vaanee kihineh baa. v interesting❤❤❤

    1. maroon says:
      February 2, 2018 at 1:11 pm

      Thanku shina. Dhn vaany kihineikan in sha Allah maadhan angaala dheynan ?

  26. Zuam says:
    February 2, 2018 at 12:39 pm

    Wow
    varah varah reethi….

    1. maroon says:
      February 2, 2018 at 1:12 pm

      Thanku.zuam ?

  27. Hana says:
    February 2, 2018 at 1:26 pm

    Shanum and ashwa gulhuvahchey and hindhu and Ashwin gulhuvahchey dhen Reem aw ehen boy eh hoadhaba

  28. Mixuhan says:
    February 2, 2018 at 3:22 pm

    Alhe ashwa shanum dheke lwbi vaa vaahaka bunaanama..avahah e dhekudhin gulhuvabala..dhn veaane gotheii balaaa hithun keii nukurevey…avahah upkhdhehchey..varah interesting

    1. maroon says:
      February 2, 2018 at 6:03 pm

      Bunaane nama dhw dear. In sha Allah next partga ashwa fonuvaanan athikkan kuran. Lets see if she have the courage ? thanku

  29. Zaa says:
    February 2, 2018 at 3:27 pm

    Reem is sis kaain ge

    1. maroon says:
      February 2, 2018 at 6:05 pm

      Vedhaane hama.. or she might be someone whom i hvent introduced. Or how abt liusha ? possibilities hama ?

  30. Mal. says:
    February 2, 2018 at 5:56 pm

    Alhe maroo dhn bunan ulheba kaainge sis…. ehn hurihaa kameh bahattaafa.. hey all… lets gelp kaain… eynage kokki hoadhumuga n lap vagah negi myhaku vx hoadhumuga…??????

  31. Aail says:
    February 3, 2018 at 12:25 am

    Liusha nuvaane tha anekkaa Kaain ge sis ah? Hama hithah eri ehcheh ? btw Kaain ah dhera gotheh nuhadhahchey. He’s my favorite character ?

    1. maroon says:
      February 3, 2018 at 9:55 am

      Hehe. Dhw hama.. will try to keep him safe ?

  32. Alooka says:
    February 3, 2018 at 9:48 am

    Haadha lahey mihaaru upload kohdheyleh vaahaka kiyaa hithun mihaaru kehtherikan kuda vepherr mihunnanii

    1. maroon says:
      February 3, 2018 at 3:55 pm

      Konme dhuvahaku 1 part upkodh dhn . Ekam kiyaa hithun dhw thihen thi bunely. Long parts r coming ?

  33. Ashy says:
    February 3, 2018 at 11:15 am

    A new twist. Woww. I think drug viyafaari ehkoh huttaalumah ithurah faseyha vaan hen miulheny. Mihaaru aiss miulhey mrrhunnakee meege bayeh hen heevey. And I think kaain nd shanum team gulhigen hekithakuge aleega meege hageegaiy hoadhan masakkaiy kuraanee hen. Nd kaain dad salaamaiy kuran amilla boluga ves alhuvafaane. Dhen mihaaru aiss ulhey grp meehun athulumah kaain ge ehee beynun kuraanee with the help of those secret agents and mails.
    And regarding kaain’s sister. I think its hindhu. And hindhu and Ashwin mary kuraairu engeynee hondhuge aslu dad akee kaakukan.
    Liusha dho..I think she will b jealous mary kohgen loabin ulheythan fenuneema.
    Ashwa choose kuraane meeheh engeneehen heevanee mihaaru. Poor kaain i think kaain jalah laane hekithah fenuneema to save his dad. And then shanum men gulhigen ebayaku hoadhan masakkaiy kuraanee kaain salaamaiy kohgen.
    Just a guess. Hehe. Maroon u r great .waiting for next epp. Baeh kudhinnah dheravaaney buneema Tissue ves hifaigen meenee. ?? .

    1. maroon says:
      February 3, 2018 at 3:59 pm

      Yes new twist. New twists annaane adhi. But most of them are related to one big reason. Which i will reveal fahun..yes mee emyhunge baeh.. drugs drugs dhw massala akah mivany..kaain is someone who will do anything for his father. He loves him unconditionally.hind aky kaainge sis.?? Nethin yes bunan.yh ppl get jealous when they cnt get others happiness.thanku ashy ge commentah. Vaahakayah thihaa shaugu dheythy v shukuru ?

  34. Dhoonaa says:
    February 3, 2018 at 3:49 pm

    V nice ven next part Waiting for the next ep

Comments are closed.

Next Episodeތިޔަ އަސަރު 21←


All Right Reserved!