Skip to content
އެސްފިޔަ

ހިތާ ފުރާނައިން… (23)

ކާރު ދުއްވަން އިން ޔުއާން ކުއްލިއަކަށް ބުރަކި ޖައްސާލުމާއެކު އަވަސް އަވަހަށް ކާރުން ފޭބިއެވެ. ލޯ މަރާލައިގެން ހުރި މައިލީން މަޑުމަޑުން ލޯ ހުޅުވާލިއެވެ. “ތަދުވިތަ” ޔުއާން އަވަސް އަވަހަށް އައިސް އިށީންނަމުން އެ ކުއްޖާ ގާތު އަހައިލިއެވެ. އެވަގުތު އެ ކުއްޖާ ގެ ލޮލާ ޔުއާން ގެ ލޮލާ ސީދާވެގެން ދިޔައެވެ. އެއާއެކު ޔުއާން ގެ ނަޒަރު ފުރަތަމަ ހުއްޓުނީ ޔަޝްމް ގެ މަޑު މުށިކުލައިގެ ލޮލަށެވެ.  ދެން އެ ލޯބި މޫނަށެވެ. ޔުއާން ގެ ނޭވާ ތާށިވިކަހަލައެވެ.

އޭނާ ޔަޝްމްއަށް ނަޒަރުހުއްޓާލިއެވެ. ލާފައިވާ ހުދުކުލައިގެ މަތިން ދޮން ކުލައިގެ ޖެކެޓެއްލާފައިވާއިރު ނުހަނު ހިތްގައިމެވެ. ބޮލުގައި ޖަހާފައިވާ ފެހިކުލައިގެ ދަތިތަކުގެ ސަބަބުންނާއި އިޝްތަށިގަނޑުގެ ޑިޒައިން ހަދާފައިވާ ގޮތުން ވެސް އެ ލޯބި މޫނުކޮޅުފެންނަކީ ނުހަނު ހިތްގައިމުކޮށެވެ.

މައިލީން މަރައިގެންބުރި ލޯ ހުޅުވާލުލާއެކު އޭނާއަށް ފެނުނީ ޔަޝްމް ގާތުގައި އިށީދެގެން އިން ޒުވާނެކެވެ. އޭނާ އިނީ ފުރަގަހަތަށް ކަމުން މޫނު ފެންނަގޮތެއްނުވެއެވެ. ފިޔަވަޅުތަކަށް ބާރުކޮއްލަމުން މައިލީން އެ ދިމާލަށް ހިނގައިގަތެވެ.

“ޔަޝޫ ދަރިފުޅާ” އެ ހިސާބަށް އަރާ ހަމަވެފައި މައިލީން ގޮވާލިއެވެ. ޔުއާން ދިޔައީ ސިއްސައިގެންނެވެ. އޭނާ އަށް މޫނު އަނބުރާލެވުނެވެ. މައިލީން ފެނިގެން އޭނާ މިއިން ދުވަހަކު ނުސިހޭ ވަރަށް މިއަދު ސިހިއްޖެއެވެ. ކުރާނީ ކީއްކަމެއް ހަދަންވީ ގޮތެއް އޭނާއަކަށް ނޭގުނެވެ.

ޔުއާން ފެނި މައިލީން ގެ ބަސްހުއްޓިއްޖެއެވެ. ދުނިޔޭގެ ހިނގުން ހުއްޓުނުފަދައެވެ. މައިލީން ގެ ނަޒަރު ދެން ދަތުރު ކޮއްލި ޔަޝްމް އަށެވެ. އަދި އަނެއްކާވެސް ޔުއާންއަށެވެ. ޔުއާން އަށް މައިލީން ގެ ލޮލުން މިއަދު ފެނުނީ ބުނެދޭން ނޭގޭ އަސަރުތަކެކެވެ. އޭނާ އަކީ މީގެ ކުރިން މައިލީން ގެ ކުރިމަތީގައި ޖެހިލުންވި މީހެއްނޫނެވެ. އެހެންނަމަވެސް މިއަދު އޭނާ މައިލީން ގެ ކުރިމަތީގައި ފުރަތަމަ ފަހަތަށް ޖެހިލުންވިއެވެ. ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

ހަމަހޭވަރިކަން ވި މައިލީން ޔަޝްމް އުރާލުމާއެކު އަވަސް އަވަހަށް އެތަނުން ދުރަށް ހިނގައިގެތެވެ. އޭރު އޭނާގެ ލޮލުގެ ތެރެއަށް ގިނަވަމުން އައި ކަރުނަތަށް ހިންދާލަން އޭނާ މަސައްކަތް ކުރަމުންދިޔައެވެ. މި ވީ ކިހިނެތްހެއްޔެވެ؟ އެހާ ދުވަސްކޮއްފައި ނުކުތް ފުރަތަމަ ދުވަހުވެސް އޭނާއަށް ނާކާމިޔާބީއެވެ. ހަމަޖެހުން ގެއްލިއްޖެއެވެ. ހިތުގައި ޖެހިއްޖެއެވެ. ހަދާނެ ގޮތް ހުސްވެއްޖެއެވެ. އެމީހަކާ ހެދި މުޅު ދުނިޔެ އޭނާއަށް މަލާމާތް ކުރި މީހާ އާ ކުރިމަތިލާން ޖެހުނީ އޭނާގެ ދަރިފުޅުގެވެސް ކުރިމަތީގައެވެ. ދުވަހަކު ޔުއާން އަށް ނުދައްކަން އުޅުނު ދަރިފުޅުވެސް ފެނުނީއެވެ. ދުވަހަކު ޔުއާން ގެ އިނގިލި ކުރިޖެހެންވެސް ނޭދުނު ދަރިފުޅުގައިގައި ޔުއާން ގެ އަތް ބީހިއްޖެއެވެ. ތަގުދީރު ގެ ސަމާސާ ނިކަން ދެކިބަލާށެވެ.

މައިލީން ހިނގައިގަތް ދިމާލަށް ނަޒަރުހުއްޓައިލައިގެން ހުރި ޔުއާން އަދި ވެސް ހުރީ ޝޮކެއްގައެވެ. އެއީ ހަމަ މައިލީން ގެ ކުއްޖެކެވެ. ހިތުން އެއީ އޭނާގެވެސް ކުއްޖެކޭ ބުނެވުނެވެ. ގަބޫލުކުރަން އިތުރުހެއްކެތް ބޭނުންވޭހެއްޔެވެ؟ އެ މޫނުމަތިން ފެނުނީ ޔުއާން ގެ ސިފަތަކެވެ. އެހެންނަމަވެސް އެ ޖަވާބު އޭނާ އަޑުއަހަން ބޭނުންވަނީ މައިލީން ގެ ފަރާތުންނެވެ. އަދި މައިލީން ގެ ފަރާތުން އޭނާ އެޖަވާބުވެސް ހޯދާނެއެވެ. ޔުއާން އަށް އަދިވެސް ހުރެވުނީ ބަލާށެވެ.

އޭނާ އަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. ދެން އައިސް ކާރަށް އަރާދުއްވާލިއެވެ. ދުއްވަމުން ދިޔައިރުވެސް ދެންމެ ގެ މަންޒަރުތައް އޭނާގެ ސިކުނޑިން ނުފިލައެވެ. އެއާއެކު ގޮށް މުއްކަވާފައި ޖެހުނެވެ. އޭނާ ވަކިހިސާބަކަށް ގޮސް ކާރު ޕާރކްކޮއްލަމުން ދެއަތުން ކާރުގެ ހުންގާނުގައި ހިފައްޓާލަމުން އެ ދެއަތުގެ މަތީގައި ބޯ އަޅާލިއެވެ.

“ލީން… “ޔުއާން އަށް ބުނެވުނެވެ. އޭނާ އެތަށް އިރަކު އެހެން އޮތެވެ.

ރަސްފަންނުގައި އުޅެލާފައި ގެއަށް އައިއިރުވެސް މައިލީން މަޑުން ހުރިވަރު ފެނިފައި ޝާލީން ސުވާލުކުރިއެވެ. މައިލީން ދެފަހަރު ސުވާލުކުރުމުން  ވެސް ދިނީ އެއްޖަވާބެކެވެ. ކަމެއްނުވާކަމުގައެވެ. އާރާވެސް ޝާލީން އަށް އިޝާރާތް ކޮއްލަމުން އަހާލިއެވެ. ޝާލީން ދެކޮނޑު އަރުވާލީއެވެ. މައިލީން އެ ދިޔަ ގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އޭރު ޔަޝްމް ހުރީ ޝިޔާޒް ކާރީގައި ސިޓިން ރޫމްގައެވެ.

މައިލީން ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތުމާއެކު ރޮވިއްޖެއެވެ. އޭނާ ގެ ހިތުގެ ހާލު ބަޔާން ކުރާނީ ކިހިނެތްހެއްޔެވެ؟ އެހެން އޮއްވައި ކުއްލިއަކަށް ފޯނަށް މެސެޖެއް އައެވެ. މެސެޖް ކުރީ މިހާރަކަށް އައިސް އޭނާއަށް އާއްމުކޮއް މެސެޖުކުރާ ނަމްބަރުންނެވެ. މައިލީން މެސެޖަށް ރިޕްލައި ކޮއްލުމެއްނެތި އޮތީއެވެ. އިރުކޮޅަކުން ޝާލީން އައިސް ކޮޓަރިދޮރުގައި ޓަކިޖަހަމުން ގޮވަން ފެށިއެވެ. އޭނާ މޫނު ފޮހެލަމުން ގޮސް ދޮރު ހުޅުވާލިއެވެ. ޝާލީން ފެނިގެން ވަންނަން ތަންދައްކަމުން މައިލީން ޝާލީން އަށް ފުރަގަސްދިނެވެ.

“އިލީ ކިހިނެތްވީ؟” ޝާލީން ދޮރުތަޅުލާފައި މައިލީން އާ ސުވާލުކޮއްލިއެވެ. އެއާއެކު މައިލީން ދެފަރާތަށް ބޯ ހޫރާލިއެވެ. ޝާލީން ގޮސް މައިލީން ގެ ކުރިމައްޗަށް ހުއްޓުނެވެ. އޭނާ މަޑުމަޑުން ޝަހާދަތް އިނގިލިން މައިލީން ގެ ކޯތާފަތުގައި ޖައްސާލިއެވެ. “މީ ކޯއްޗެއް” އޭނާ ސުވާލުކޮއްލިއެވެ. އެއާއެކު މައިލީން ޝާލީން ގެ ކޮނޑުގައި ބޯއަޅާލަމުން ރޯން ފެށީއެވެ. “ކިހިނެތްވީ އިލީ” ޝާލީން އަށް ދެން ވެސް އަހާލެވުނީ އެހެންނެވެ.

“ދޮންތާ… އަހަރެން…. އަހަރެން…. އޭނާ އައިސްފި” މައިލީން އަށް ރޮވޭވަރުން ވާހަކަ ދެއްކުން ވީ ދަތިކަމަކަށެވެ. “ކާކުތަ އައީ” ޝާލީން ސުވާލުކޮއްލިއެވެ. އޭނާގެ މޫނުމަތިން ސުވާލު މާރކްތައް ފެންނަން ހުއްޓެވެ.

“ދޮންތާ އޭނަ އަހަރެން….” މައިލީން އަށް ދެންވެސް ވާހަކަ ދެއްކޭ ގޮތެއްނުވިއެވެ. ޝާލީން އަށް ފަހުމް ވިއެވެ. އޭނާއަށް އިނގިފައި އޮތް ގޮތުންނަމަ އެ ކުއްޖާ މައިލީން ދޫކޮއްލާފައި ފިލީއެވެ. ވީ ގޮތް ރަނގަޅަކަށްވެސް ޝާލީން އަކަށް ނޭގެއެވެ. އޭނާ އެތައްފަހަރަކު މައިލީން ގާތު އެހިވެސްމެއެވެ. އެހެންނަމަވެސް މައިލީން އިތުރަށް އެވާހަކަ ދައްކަން ބޭނުން ނުވުމުން ފަހުން އަޅާނުލިއެވެ.

“ހިތްވަރު ކުރޭ އިލީ” ޝާލީން މައިލީން އަށް ހިތްވަރުދިނެވެ. އޭނާ މައިލީން ރޯލަން ދެން ހުއްޓެވެ. މައިލީން ހަމަ އަކަށް އެޅިލަމުން ޝާލީން އާ ވާހަކަ ދެއްކިއެވެ. “ދޮންތާ އަހަރެން ވަރަށް އެބަ ބޮލުގަ ރިއްސާ… ޔަޝޫ އަށް އެއްޗެއްކާން ދެއްކޭ. އަލަމާރިން ހެނދުނުލާ ހެދުމެއް ނަގައިގެން ގޮސް އެއްޗެހި ބަދަލް ކޮށްދެއްޗޭ”

“ހުމް” ޝާލީން މައިލީން ގެ ކޮލުގައި ކުޑަކޮއް ހިފާލިއެވެ. އެއާއެކު މައިލީން ގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ ސިކުނޑީގައ ކުޑައިރުގެ ހަނދާނެއް ކޮއްޓާލިއެވެ.

***

“ދޮންތާ ދޭންވީ… ހަމަ ތޮފޮތް ބޭނުމީ” މައިލީން ބުނެލިއެވެ. އެއާއެކު ޝާލީން އެ ފޮތް ފުރަގަހަތަށް ލާ ފޮރުވީއެވެ. ދެން އޭނާ މައިލީން އާ ދިމާލަށް ދޫ ނެރެލިއެވެ. އެއާއެކު މައިލީން ރޯން ފެށިއެވެ. އެއަޑު އިވިގެން ކޮޓަރިން ނުކުމެގެން އޭނާގެ ބައްޕަ އައެވެ. “އިލީ ހުއްޓާލާ ބައްޕަ ގަނެދޭނަން ހަމަ އެކަހަލަ ފޮތެއް” އެހެން ބުނެފައި އޭނާ މައިލީން ގެ ކޮލުގައި ހިފާލިއެވެ. އެއާއެކު މައިލީން ޝާލީން އާ ދިމާލަށް ދޫނެރެލިއެވެ.

***

އޭނާ އެނދުގައި ޖައްސާލުމާއެކު ވަރަށް ފަސޭހައިން ނިދިއްޖެއެވެ.

ގެއަށް ދިޔުމުގެ ބަދަލް ގައި ޔުއާން ދިޔައީ ހޮސްޕިޓަލް އަށެވެ. އޭނާ ގޮސް ރޫމަށް ވަދެ ވެއްޓިގަތެވެ. ނިތް ކުރިމަތީގައި ދެއަތް ހާކާލިއެވެ. މާދަމާ ގެ ހެނދުނުގެ ޑިއުޓީ އަކީ މައިލީން ގެ ޑިއުޓީއެވެ، އެހެންކަމުން އޭނާ ހުރީ ވަގުތު ދާލެއް ލަސްވެފައެވެ.

މައިލީން އާ މިވަގުތުވެސް ބައްދަލުކުރަން އޭނާ ބޭނުންވިއެވެ. އެހެން ނަމަވެސް އެއީ މި ވަގުތު ނުވާނޭ ކަމެއްކަމުގައި އޭނާއަށް އެނގެއެވެ. ކުޑަމިނުން މައިލީން އުޅޭތަންވެސް އޭނާއަށް އިނގެނީއެއްނޫނެވެ.

ޔުއާން މިއަދު ހެނދުނު ނިކުތް ގޮތަށް ގެއަށް ނުވަންނާތީ ބައްޕަ ވެސް ގުޅައިފިއެވެ. “ވައަލައިކުމް ސަލާމް… ކީކޭތޯ ބައްޕާ” ޔުއާން ފޯން ނަގާ އަހައިލިއެވެ. “ދަރިފުޅާ ގެއަށް ނާންނާތީ ހޮސްޕިޓަލް ގައި މާ ބުރަދުވަހަކީތަ؟” އައިކަލް އަހާލިއެވެ.

“ލައްބަ ބައްޕާ” ޔުއާން ކުރު ޖަވާބެއްދިނެވެ. “ދެން ކޮން އިރަކުންތަ ދަރިޅަށް އާދެވޭނީ…” އަނެއްކާވެސް އައިކަލް ގެ ދެވަނަ ސުވާލު އެނާއަށް އަމާޒުވިއެވެ. “މާދަން ދެވޭނީ ބައްޕާ”ޔުއާން މިފަހަރުވެސް ޖާވާނުދިނީ ކުރުކޮށެވެ. “ދަރިފުޅު ނައިސްގެން އަފޫ ޝަކުވާ ކުރާވަރުން.. އަފޫ މާދަން ރޭ ފުރާ ވާހަކަ އެބަ ދައްކާ” އައިކަލް އަނެއްކާޥެސް ބުނެލިއެވެ. “ބައްޕާ އެންމެ ރަނގަޅެއްނޫންތޯ މެންދުރެއްހާއިރު އަޅޫގަނޑު ދުރުވިޔަސް” ޔުއާން އަދަބުވެރިކަމާއެކު އަހައިލިއެވެ. “ދަރިފުޅު މާ ބިޒިއްޒާ ބައްޕަ އަށް އެންމެ ރަނގަޅު” އައިކަލް ބުނެލިއެވެ.

ޔުއާން ފޯން ބޭއްވިއެވެ. އަދި އަނެއްކާވެސް ފުން ނޭވާއެއް ދޫކޮއްލެވުނެވެ.

މައިލީން އަށް ހޭލެވުނީ އިރު ޔަޝްމް އޭނާގެ ގާތުގައި ނިދާލާފައި އޮތެވެ. ދޮންތަ ޔަޝްމް ނިދުމުން ގެނައިކަން އެނގުމާއެކު އޭނާ ގެ ތުންފަތަށް ލުއި ހިނިތންވުމެއް ވެރިވިއެވެ. އޭނާ ގަޑި ބަލާލިއެވެ. ގަޑިން ބާރަޖަހާ ބޮޑުވެއްޖެއެވެ. އޭނާގެ ނަޒަރު ކުއްލިއަކަށް ހުއްޓުނީ ހުޅުވާފައިވާ ކުޑަދޮރަށެވެ. އެނާ ކުޑަދޮރުތައް ކާރިއަށް ގޮސް ހުއްޓުނެވެ. ބުރުހަމަވެފައިވާ ހަނދު ނުހަނު ނަލައެވެ. އޭގެ އަލިން ދުނިޔެމަތި އަލިކުރަމުން ދިޔައެވެ.

މައިލީން ސާފު އުޑުމައްޗަށް  ވަށއިގެން ބަލާލިއެވެ. ކުދި ކުދި ޖަވާހިރިތަކެއްފަދައިން މެދު އުޑުގައި ފިޔަޖަހަމުން ދާ އެތައްހާސްތަރިތައް ފެނިފައި ވެސް ހިތްތަކަށް ހަމަޖެހުން ގެނުވާނެއެވެ. ގުދުރަތުގެ ފުރިހަމަކަމާމެދު ވިސްނޭނެއެވެ. އެތަކެތި ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތައެވެ.

އޭނާ ކުޑަދޮރުތައް ލައްޕާލާ ފަރުދާ ދަމާލަމުން އައިސް އަނެއްކާވެސް އޮށޯތެވެ. އެހެންނަމަވެސް ބަނޑުހައިވެފައި ހުރިވަރުން ނިދޭ ގޮތެއްނުވިއެވެ. އޭނާ މަޑުމަޑުން ކޮޓަރިން ނުކުމެގެން ސިޓިން ރޫމް އާ ދިމާލަށް މިސްރާބުޖެހިއެވެ. ސިޓިންރޫމް ދިއްލާފައި ހުރުމުން ކުޑަކޮއް ހައިރާންވެގެން ހުރެ ބަދިގެ އާ ދިމާލަށް މިސްރާބުޖެހިއެވެ. އޭނާ ކުއްލިއަކަށް ހުއްޓުނީ އެތާ ހުރި ޝާލީން ފެނިފައެވެ.

“ދޮންތާ” މައިލީން އަށް ގޮވާލެވުނެވެ. “ކީއްކުރަނީ މިގަޑީގަ؟” އޭނާ ހައިރާން ކަމާއެކު އަހައިލިއެވެ. އެއާއެކު ޝާލީން ދައްކާލީ އޭނާގެ އަތުގައި އެވަގުތު އޮތް ކްރަމްޕީ ފުޅިއާ ޕާނެވެ. “އިލީ ކީއްކުރަނީ” ޝާލީން އަހައިލިއެވެ. “ބަނޑުހައިވެގެން” މައިލީން ބުނެލިއެވެ. “ދޮންތާ ބަނޑުބޮޑީ ކަންނޭގެ” މައިލީން ބުނެލިއެވެ. އެވަގުތު ޝާލީން ލަދުވެތި ކަމާއެކު ހިނިތުންވެލިއެވެ. ބަލަ ލަދުގަންނާކަށް ނުޖެހޭނޭ ބަނޑު ބޮޑުވެގެން މީހަކު ލަދު ގަންނަން ޖެހޭ؟…” މައިލީން އަށް ވިސްނާނުލާ ބުނެވުނު އެއްޗަކާ ހެދި އޭނާގެ މޫޑް ސަކަރާތް ވިއެވެ. އޭނާ ވަކި ހިސާބަކަށްބުނެފައި ހުއްޓާލިއެވެ.

“އިލީ… ޑޯންޓް ޑިގް ޕާސްޓް” ޝާލީން އައިސް މައިލީން ގެ ކޮނޑުގައި ޖަހާލިއެވެ. މައިލީން ވެސް ހިނިތުންވެލަމުން ޝާލީން ގެ ގައިގައި ބައްދާލިއެވެ. “ކޮން އިރަކުންތަ ޑޮކްޓަރަށް ދައްކަން ދަނީ” މައިލީން ސުވާލުކޮއްލިއެވެ.

“މާދަން ދާން ކަމަށް މިކިޔަނީ… އިލީ މާދަން ޑއުޓީ އަށް ގޮސް ބަލާދީބަލަ މާދަމައަށް އެޕޮއިންޓް މެންޓް އެއްލިބޭތޯ.. އިލީއަކަށްނު ރަނގަޅު ޑޮކްޓަރުންވެސް އިނގޭނީ” އޭނާ ކާމޭޒުދޮށގައި އިށީންނަމުން ވާހަކަދެއްކިއެވެ. މައިލީން ވެސް އައިސް އިށިންނަމުން ޕާން ފޮއްޗެއްނަގާ އޭގައި ކްރަމްޕީ ޖަހަންފެށިއެވެ. “އިލީ އޭނަ އަކީ ކާކުތަ؟ ކީއްކުރާ މީހެއްކަމެއްވެސް ނުބުނަމެއްނު… ކުޑަމިނުން އޭނާގެ ފޮޓޯ އެއްވެސް ނުދައްކާ” ޝާލީން އަހައިލިއެވެ.

އެއާއެކު ޕާން ފޮތި އަނގަޔަށް ލާ އިން މައިލީން އެ ތަށީގައި އަނބުރާ ބެއިންދިއެވެ. “ދޮންތާ އެއީ ބޭކާރު މީހެއް. އެނާ އަހަރެން ދޫކޮއްލާފައި ފިލީ” މައިލީން ބުނެލިއެވެ. “އަބަދުވެސް ތި  ބުނަނީ އޭނާ ފިލީއޭ… ސަބަބެއް އިލީ އެއް ދުވަހަކުވެސް ނުބުނޭ… އިލީ ބޭނުމެއްނުވޭ ދޮންތަމެން އޭނާ އާދޭތެރޭ ގޯސްކޮން ދެކޭކަށް އެކަމަކު ބުނެބަލަ އެވަރު މީހެއް އިލީ………. އެވަރު މީހަކާ ދޭތެރޭ އިލީ ގެ ހިތުގައި އޮތް ތި ލޯބި އެގޮތުގައި އޮންނާތީ ދޮންތަ ހައިރާންވޭ”ޝާލީން ދެންވެސް ވާހަކަ ދެއްކިއެވެ.

“އިލީ ބޭނުމެއްނުވޭ އެހެން ދިރިއުޅުމެއް ފަށާކަށް… އިލީ ބޭނުމެއްނުވޭ އެކަންތައް މަތިން ހަނދާން ނައްތާލާކަށް” ޝާލީން މައިލީން އަށް ފުން ނަޒަރެއްދިނެވެ.

“ދޮންތާ ދރިއުޅުމެއް ފަށަން ބޭނުމެއްނޫން. އަހަރެންގެ ހުރިހާވެސް އެއްޗަކީ ޔަޝްމް. ޔަޝްމް ހެޔޮގޮތުގައި ބަލާ ބޮޑުކުރެވޭނަމަ އަހަންނަށް އެނިމުނީ’ މައިލީން މަޑުން އިނދެ އިސްޖަހާލަމުން ޖަވާބުދިނެވެ.

“އެކަމަކު”

“އެކަމަކު އެއް ނޫން ދޮންތާ… ދިރިއުޅެމެއް ފެށުމަކީ އަހަރެންބޭނުންވާ ކަމެއްނޫން. ދޮންތަމެނަށް އަހަރެންނާ ހެދި އުނދަގޫވަންޏާ އަހަރެން ގޮސްދާނަމޭ” މައިލީން ގެ އަޑުގައި އެކުކެވިގެންވާ ރިހުން ޝާލީން އަށް ފާހަގަވިއެވެ.

” ތިހެން ނުބުނަމެއްނު. އިލީ އާ ހެދި އުނދަގޫވާތީއެއް ނޫޅެމޭ …..އެކަމަކު އިލީ ގެ ދިރިއުޅުން އަބަދު ތިގޮތަށް ހުސްކޮއް ބޭއްވޭތަ؟”

“އަހަރެންގެ ދިރިއުޅުން ހުހެއްނޫނޭ ދޮންތާ… ލައިފް ޕާރޓް ނާރ އެއްނެތަސް އަހަރެން ގެ ދިރިއުޅުމުގައި ދޮންތަމެން އެބަތިބި… އަހަރެން ގެ ދިރިހުރުން ކަމުގައިވާ ދަރިފުޅު އެބަހުރި. މިވަރުން އަހަރެންނަށް ފުދޭ ދޮންތާ. އިތުރު އެއްޗެއް އަހަރެންނެއް ބޭނުމެއްނޫން” މައިލީން ބުނެލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (85)

  1. Suney

    What a surprise ?first dhw.

    1. Hi Mi
      Suney

      Yes. Congrats suney. ??????? thankyuh sooo much.

  2. Hi Mi

    ASSALAAMU ALAIKUM. Hi Mi bunin friday ga ey dhen up kohdheyveyny. Ehen namaves time eh v ma hithah eri ehaa dhigu nuviyas readers happy vaane ey episode eh up kohlima. ??? bixi kamun hama read kohlaafa mi up kohli. In Sha Allah friday ga next part… Thankyou all. Jazakallah Khairan. ???

    1. Hi Mi
      Hi Mi

      Adhi mi dhiya part ah commemt kuri kudhinnah reply nukurevunythy varah dheravey. In Sha Allah mi part ah reply kohlaanan. And time vehjjeya e part ah ves. Thiya kiyun theringe comments thakaki Hi Mi ah libey enme bodu hiyy varu. This parts for my lovely readers. Aslu mi dhiya part thakuge comments kiyaafa happy vegen bunaane ehchei ves neygey. Pls read and do comment. And do highlight any mistakes so i can improve. ?????????

  3. Mia

    Oh.. Love u lotx himi

    Yeyy.. Me first dhw

    1. Hi Mi
      Mia

      Yes dear. Love u more. Yes. Congrats. ?????????????

  4. Aki

    hi mi dhooni haadha rangalhey

    1. Hi Mi
      Aki

      Thanks Aki. Vvv happy vehjje. ??? mihaaru konme part akun aki ge commeny fennaathy v ufaavey. Thanks dear. ?

    2. Aki
      Aki

      ❤❤❤

    3. Hi Mi
      Aki

      ???

  5. maikko

    Varah reethi ??

    1. Hi Mi
      maikko

      Thanks maikko. ???

  6. ss

    yuan amillaah ahaafa ebain alhugadhu dhuruviyas. amilla ah mayy bahuruvaeh beynumen nukuraane.ethakolhu fenunyma bunely.ok. vaahaka v interesring. really nice. v. inthizaarkuraa vaahakaeh thee

    1. Hi Mi
      ss

      Thanks ss. Dhen faharakun visnnaanan. Hi Mi ah neyguni. Thikahala hiyaal thakah abadhuves maruhabaa. ???

  7. Pinky shifoo

    Obiness to the max ?????????… Mi part vx varah varah varah reethi ????… I missed you sooooooo much Hi Mi ?????❤️❤️… Varah varah ufaavehje ehaa bxy koh ulhemunvx vaahaka up kohdheythy ??????… U are the best Hi Mi ????❤️❤️… I m soooooo happy… Thank you soooooo much Hi Mi ❤️❤️❤️????… Love you Hi Mi n keep up the good work ❤️❤️❤️❤️????????????…

    1. Hi Mi
      Pinky shifoo

      Alhey… pinky dear. Miss yuh too. Commemt ah abadhuves inthixaaru kurevey. ??? lovw u more and thankyou soooooo much dear. In Sha Allah. Abadhuves mi balani shauguveri vaa gothah kuri ah gendheveythoa. Much much much more loves dear. Vvvvvvv happy vehjje. Loves. ❤?❤❤❤❤?❤❤???❤????❤❤❤

  8. Zuam

    Wow …. varah varah reethi…

    1. Hi Mi
      Zuam

      Thanks zuam. Vvv happyvehjje. Abadhuves comment fennaathy. Thanks again. ???

  9. Zeesh

    V v v reethi..keep it up ??????

    1. Hi Mi
      Zeesh

      Thanks zeesh… In Sha Allah nimendhen ves migothugai dhemi hunnaanan. In Sha Allah. ???

  10. nahoo

    Haadha rychey mi story. Love u

    1. Hi Mi
      nahoo

      Thanks nahoo. Loves more. ??? v happy vehjje.

  11. Mixuhan

    Nice..waiting 4 the next part

    1. Hi Mi
      Mixuhan

      Thanks mixuhan. Firday ah inthizaaru kohlahchey. Dear. Thankyou so much. ??????????

  12. Maa

    Love you hi mi……. thanx alot……. keep improving ur good wrk…. mistake is there…. dhuruviyas eh beynumeh nukuraaane ingey amihla meehaa ah nisbaiy kosheh…..

    1. Hi Mi
      Maa

      Love u more Maa. Thanks dear. Dhen faharakun handhaan bahahtaanan. In Sha Allah. Abadhuves hight light kohlaathi ingey eyrun Hi Mi ah jngeyni. ???

    2. Maa
      Maa

      How sweet…. u r toooo good..may allah bless ur good wrk

    3. Hi Mi
      Maa

      Thankyou Maa. Jazakallah Khairan.

  13. ???

    Thank you hi mi
    Up kohla dhinee this
    ???

    1. Hi Mi
      ???

      Thanks dear. ???

  14. aisha

    varah reethi vaahaka eh
    abadhuves inthizaaruga mi hunnanee

    1. Hi Mi
      aisha

      Hi Mi ves inthizlxaaru ga hunnano thikahala comments thakah. ??? Thanks dear.

  15. Ilu

    Vaahaka v reethi. ? ? Furagahathakah noon. Furagahathakah. Fahathah jehilunvi eh nun. Jehilevuneve. V v reethi ihusaas thah kiyai dhey goi. o

    1. Hi Mi
      Ilu

      Thanks. Ilu. Abadhuves faahaga kohla dheythi ingey. Eyu Hi Mi ah neygeythy. Varah try kuraanan. Nubai koh beynun kurevey words thah change kurevethoa. Aadha vefa hunnaathy undhagoo vedhaane. Ekam In Sha Allah. Try kuraani. Thanks dear. ???

  16. Ilu

    Vaahaka v reethi. ? ? Furagahathakah noon. Furagahah. Fahathah jehilunvi eh nun. Jehilevuneve. V v reethi ihusaas thah kiyai dhey goi. o

  17. Shann

    Wow Hi Mi up kohladhiny dhw.. Mibaives v v rythi.. Yuaan ah egen dhw e ulheny.. Story kuriah gendhaa goeh v ves rythi.. Hi Mi thy shann ge favorite ey bunelan beynumy.. V loabi Hi Mi ge hurihai story ehves.. Masha Allah

    1. Hi Mi
      Shann

      Yes shann. Thankyou sooo much ingey. Hingaa dhen vaa gotheh balamaa. Dw thanks a lot. ???

  18. sam

    ..v reethi mi story

    1. Hi Mi
      sam

      Thanks sam. ???

  19. shaba

    V reethi

    1. Hi Mi
      shaba

      Thanks shaba. ???

  20. Sai

    Sai heekuryy friday ga kamah up vaanyyy… ehnve v dheravefa mihunnanyy… ekamu dhnme balaali iru up vefa inyma v ufaavejje… thanks hi mi…??❤❤?? v v v reethi mi part ves…. mi story vvv reethi n v wait kureveyy mi storyy ah… ❤❤❤ i luv this story❤❤? v reethi

    1. Hi Mi
      Sai

      Hehe. Hi Mi beynun vey reader happy kohdheyn. Ehenve vagutheh v ma hithah eri hama up kohlaani yey. Thanks dear. Vvv ufaavehjje. ???

  21. Shann

    Story fenunyma v v surprise vi igey.. Eyee Friday ey bunefa ohva kuhliyakah story fenunyma neyngun ufalun gos v goeh bunedheykah ves.. Ehaaves mi story ah inthixaaru kurevey

    1. Hi Mi
      Shann

      Hehe. Surprise eh dhini ey hama. ??? hi mi ves comments thakah hama inthizaaru kuran ingey. Dear. Vvv ufaavey shann ge comments thah ves regularly fennaathy. ??? Thankyou. ???

  22. Lulu

    Vv nice mi story btw how many prts left in this story

    1. Hi Mi
      Lulu

      Thanks. Lulu. Dnt worry adhi kuri ah baivaru kanthah ebahuri. ????

  23. Hi Mi

    In Sha Allah comments thakah reply kohlumuge kurin bunelan beynumi vvv happy vehjjey. Ekam hi Mi athuga nei bunaane aa ehchei. Vv dheravey. Abadhuves shukuru adhaakureveni thikahala comments thah fenunima hama speechless vaathy. ???

    1. Hi Mi
      Hi Mi

      And mi part kiyaa hurihaa kudhinnah bunelan beynumi. Be prepared ey. Another emotional part is on the way. ???

  24. Firoo

    Mashaa Allah v rythi story. .. waiting waiting ??? love you Hi mi

    1. Hi Mi
      Firoo

      Thanks firoo. Love u more. Jazakallah Khairan. ?

  25. Xxxx

    Wooow.. thanks ???

    1. Hi Mi
      Xxxx

      Thanks Xxxx???

  26. Icy♡

    Love this story hi mi
    Too good
    ♡♡

    1. Hi Mi
      Icy♡

      Thanks so much. Icy. ???

  27. Lam

    Alhey…hama inthuzaaru kure vey nee dhn oi part ah….vvvvv vvv vvvvvvv reethi stry eh mee…hama aslu…lov it…kiyaa laa hithun indhaa abadhu nimey nee…hitah araa ehkoh kiyaalan libeyne nama ey stry…lov it???..keep ur good work dear?????

    1. Hi Mi
      Lam

      Thankyou sooo much lam. Vvv happy vehjje. Hehe. Hi Mi ah ves vaa goi thy hama. Inthizaaruga hurevwyni. Heevaani maa avahah nimeny henn thankyou so much dear. ???

  28. Kai

    Hi mi suprise eh dw thi dhiny ❤❤❤❤❤v happy vehje n
    vvvv nyc vaahaka up vefa inyma gaboolu ves nukurevun ingey ???????ur d best

    1. Hi Mi
      Kai

      Thankyou so much. Kai. Hi Mi ah hama time v ma mi up kohli. Hehe. Dhen gabool kohla dear. Hama surprise kohlaa hiyy v. Thankyou so much dear. ??? Much Loves.

  29. Nathoo

    Alhey haadha reehchey hi mi ?? ur the best hama ..vvvv wait kurevey next part ah vvvv happy up kohdhineema hama surprise vee fenuniima … good nyts lots pf love himi

    1. Hi Mi
      Nathoo

      Thankyou so much nathoo. Haadha loabi comments thakekey dw hurihaa kudhin mikurani hama. Tc dear. Much loves and good nyt. ???

  30. shiya

    kn irakuntha next story up kohdheyn fashaany can`t wait please avahah up kohdhechey luv ur stories ur so gudd masha allah

    1. Hi Mi
      shiya

      Hello. Shiya. Hi Mi visnaanafa ini hithaa furaanain nimmaafa fashan. Beynun vani bodu bai liyefa up kohlan. Eyrun nehnu gavaidhun up kurunuge yageen kan hi mi ah ves onnaani dw. Wait kurahchey. Dear. Thankyou so much. ???

  31. Saa

    Woww himi suprice thi kohly friadayga up vaane vaaka bunyma b dheravefa miadhu mihury nd friday ga ey balaanie hiytha araafa baali haaerun I got a suprice v ufaavehje himi thi dhin suprice ah himi u ar the best alhey dhen kihinehba dhw vaany waiting for the next part ????????????????????vvvv reeeeeeeeeethi mi story hiytha araa ehkon kiyaalan libeyne namaey ???

    1. Hi Mi
      Saa

      Thanks Saa. Vvvvvvv happy vehjje. Hi Mi hama readers happy kohlan beynun v ehenve miadhu up mi kohli. Varah bodah thankyou ingey dear. Vvvv happy vejje again. Comments loabi kamun hama bunaane ehcehi neygey. Ekam ves vvv thanks. Dear. Tc. Nyts. ?????????

  32. fajuah

    Vv reethi❤❤❤❤❤

    1. Hi Mi
      fajuah

      Thanks fajuah. ???

  33. Eliin

    So interesting ?adhi one more part up kohdhyba plxx…mi story aslu vv reethi ?vv kiyaahiyy vey?waiting for the next part????

    1. Hi Mi
      Eliin

      Thankyou sooo much Eliin. Dhen friday ga vaani. Ingey. Hi Mi maadhan bixi vaane varah. Sorry dear. Thankyou once again. ???

  34. Rau

    Wow v salhi stry….n mulhi mi site in vaahaka gavaa idhun up kuraa myhakythy…kyp going…??

    1. Hi Mi
      Rau

      Thankyou so much rau. It means a lot. ???

  35. Kai

    Hi mi mihaaru iru iru kolhaa eba beley suprixeh libidhaane kamah ingey??????next part friday ga dw hehe

    1. Hi Mi
      Kai

      Hehe Yes Dear. In Sha Allah. Maadhan Hi Mi thaakah furan ulheythy bixi kamun time nuvaanathy ehen buni. Inthixaaru kohlahchey. Thank yuh so much. ???

    2. Hi Mi
      Kai

      I mean miadhu *.

  36. Kitty ❤️

    Varah reethi story.❤️❤️ Varah wait kuran mi vaahaka ah ☺️

    1. Hi Mi
      Kitty ❤️

      Thanks kitty. Friday ga next part ingey. In Sha Allah. ?

  37. Xaaan

    ވާއު ހައިމީ ޑާރލިން ވަރަށް އުފާވެއްޖެ ވާހަކަ އަޕްވީމަ މާޝާﷲ މި ބައިވެސް ވަރަށް ރީތި

    1. Hi Mi
      Xaaan

      Thanks xaaaan. ?????????????????

  38. The Girl with Hijab

    OMG TRULY A WONDERFUL SURPRISE. Made my day! Thank you so much. <3

    1. Hi Mi
      The Girl with Hijab

      Hehe. Thanks dear. Vvv happy vi kuree part ge comment fenifa. ???????????????

  39. Blue beauty

    v reethi mi part ves keep it up ????

    1. Hi Mi
      Blue beauty

      Thanks dear. In Sha Allah. ???

  40. AISH

    VVV. Reethi

    1. Hi Mi
      AISH

      Thanks aish dear. ???

  41. queen girl

    Masha Allah 😍

Comments are closed.