Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރިން އެނގުނުނަމަ (ސާދަވަނަ ބައި)

riya Level 3100 Comments10 Stories
January 30, 2018 4 Mins Read
6 Comments

ދިއްލާފައި ހުރި ފަސްވޯޓް ބޮކީގެ އަލިކަމުގެ ތެރެއިން ލާނާގެ މޫނުނުމަތީގައި ހުރި އަސަރުތަކެއް އިޔާންއަށް ފާހަގައެއް ނުކުރެވުނެވެ. ކުއްލިޔަކަށް ކަރަންޓް ދިޔުމާއެކު ތަނަށް ވެރިވެގެން ދިޔަ އަނދިރިކަމުގެ ސަބަބުން ލާނާ ބިރުގަންނަގޮތްވިއެވެ. ކުއްލިޔަކަށް ގަސްތަކުގެ ތެރެއިން ބުޅަލެއް ކޯޅިގަތް އަޑާއެކު ލާނާއަށް އިޔާންގެ ގައިގައި ހިފައިގަނެވުނެވެ. ލާނާ ބިރުގަނެފައި ހުރިވަރު އިހްސާސް ކުރެވުމުން އިޔާންވެސް ލާނާ ގަޔާ ދުރުކުރާކަށް މަސައްކަތެއްނުކުރެއެވެ.

“އިޔާން އަހަރެން އެއްޗެކޭ ބުނެފިއްޔާ ރުޅިއަންނާނަންތަ” ލާނާ ހަމަޖެހިލަމުން ބުނެލިއެވެ.

“ނޫނޭ ލާނާ އެއްޗެކޭ ބުނެގެން އަހަރެން ރުޅިއަންނާކަށް ނުޖެހޭނެއްނު” އިޔާން ލާނާ ގަޔާ ދުރުކޮށްލަމުން ބުނެލިއެވެ.

“އިޔާން އައި ލަވް ޔޫ ސޯ މަޗް” ލާނާ ހިތްވަރުކޮށްލާފައި ބުނެލިއެވެ.

“ވަޓް” އިޔާންއަށް ބޭއިހްތިޔާރުގައި ބުނެލެވުނެވެ.

އިޔާންއަށް އެއަޑު އިވުނީ ހޮނުގުރިއެއްޖެހި ފަދައިންނެވެ. ދުވަހަކުވެސް ކޮއްކޮއެއްގެ ގޮތުގައި ނޫންގޮތަކަށް ނުދެކޭ އަންހެން ކުއްޖެއްގެ ފަރާތުން އޭނާއަށް އެއިވުނު އަޑުން ހައިރާންކަން އިންތިހާއަށް ދިޔައެވެ. ޒީކް ދެކެ އިންތިހާއަށް ލޯބިވާއިރު އެހެން މީހަކު ދެކެ އޭނާއަށް ލޯބިވެވޭނީވެސް ކިހެނެއް ހެއްޔެވެ.

“ލާނާ ތީ އަހަރެންގެ ކޮއްކޮއެއްނު” އިޔާން ލާނާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

“އިޔާންއާ ނުލައި އަހަރެންނަކަށް ނޫޅެވޭނެ. ޕްލީޒް” ލާނާގެ ދެލޮލަށް ޖަމާވަމުން ދިޔަކަރުނަތައް ދެއަތުން ފޮހެލަމުން ބުނެލިއެވެ.

“ލާނާ ޕްލީޒް ޓްރައި ޓު އަންޑަންސްޓޭންޑް. އަހަރެންނަށް ދުވަހަކުވެސް އެފަދަ ނަޒަރަކުން ލާނާއާ ދޭތެރޭގަ ނުދެކެވޭނެ” އިޔާން ލާނާގެ ކޮނޑުގައި އަތްބާއްވާލަމުން ބުނެލިއެވެ.

ލާނާ އިޔާންގެ އަތް ފޮޅުވާލަމުން ދުއްވައިގަނެފިއެވެ. އިޔާން ދެފަހަރަކު ގޮވާލި ނަމަވެސް ފަސްއެނބުރި ބަލާލުމެއްވެސް ނެތި ދުވެފައި ހިނގައްޖެއެވެ.

 

ލާނާ ދުވަމުން ދުވަމުން ގޮސް ހުއްޓުނީ ވަރުބަލިވުމުންނެވެ. ހުރެވުނު ތަނާ ދޭތެރޭގައިވެސް ވިސްނާލެވުނީ ދެނެވެ. މީހުން އުޅޭ ހިސާބަށްވުރެ ތަންކޮޅެއް ދުރަށް އާދެވިފައިވީކަން އެނގުނެއްކަމަކު ހިތަކަށް ބިރިވެރިކަމުގެ އަސަރުތައް މިފަހަރު ވެރިއެއް ނުވިއެވެ. ހިތުތެރޭގެ ތޫފާން މާބޮޑީ ކަމަށް ވެދާނެއެވެ. ވެލިގަނޑުމައްޗަށް ތިރިވަމުން ވޭނީ އަޑަކުން ލާނާ ހަޅޭލަވައިގަތެވެ. ހިތުގެ އުދާސްތައް ހަޅޭކުގެ ސިފާގައި ބޭރުކޮށްލަން ބޭނުންވަނީ ކަމަށް ވެދާނެއެވެ.

 

“އިޔާން ކީއްވެ އަހަރެންނަށް ތިހެން ތިހެދީ. އަހަރެންގެ ލޯބީގައި ކޮޅުފައިން ތިޖެހީ ކީއްވެގެން. އަހަރެންގެ ގައިގާ އުނީ ވަކި ކޮންކަމެއް. އަހަރެންލޯބިވާވަރު އިހްސާސް ނުކުރެވެނީތަ. ލިބެން ނެތް އެއްޗެއް ގަދަކަމުން ހޯދާނީ ކިހެނެއް. އަހަރެންގެ ބޭބެއަކާ ދޭތެރޭގައި އެހެން ވިސްނެންވީ ކީއްވެގެން” ލާނާ ވާހަކަ ދައްކަމުންދިޔައީ އަމިއްލަ ނަފްސާއެވެ. އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ލަދުވެތިކަން އިހްސާސް ކުރެވުނު ހިނދު އިޔާންގެ ކުރިމައްޗަށް ދެންދާނީ ކިހިނެއްބާވައޭ ހިތަށް އެރިއެވެ. އަދި އަމިއްލަ ހިތަށް ވިސްނައިދެމުން ގެއާދިމާއަށް މިސްރާނު ޖަހައިފިއެވެ.

 

އަރާމް ނިންޖަކުން ނިދާލާފައި ޒީކް އޮތެވެ. އެތަކެއް ދުވަހަކަށްފަހު އަރާމްކޮށް ނިދާލެވުނު ރެއަކަށް ވެގެން ދާނެކަން ޔަގީނެވެ. އަލަށް ލިބުނު ރަހްމަތްތެރިއެއްގެ ސަބަބުން ޒީކްގެ ހިތާމަތަށް ލުއިވެފައިވާ ކަހަލައެވެ. ޒީކް ކަހަލަ ރާއްޖެތެރޭ ކުއްޖަކަށް ވުމުން ޒީކްގެ ހާލަތުދެނެގަންނަށް އުނދަގޫ ކަމަކަށް ނުވިއެވެ. ޒީކްގެ ވާހަކަތައް ކިޔައިދޭނެ ރަހްމަތްތެރިއަކު ލިބުން ހިތަށް ހަމަޖެހުން ލިބިފައިވެއެވެ. ދެކުދިންނަކީ އެއްރަށެއްގެ ދެކުދިން ކަމުގައިވީ ނަމަވެސް ދިމާވީ ފުރަތަމަ ފަހަރަށް ކަމުން ދެމީހުންގެ ގުޅުން ބަދަހިވީ ހީވެސް ނުކުރާހާ އަވަސް ގޮތަކަށެވެ. ކުޑައިރުއްސުރެ މާލޭގައި އުޅެ ބޮޑުވުމުގެ ސަބަބުން ރަށުގެ މަދުމީހެއް ނޫނީ ނޭގޭ ކަމަށް އަޒްބާ ބުނިކަމުގައި ވިޔަސް ޒީކް ހައިރާނެއްނުވެއެވެ. އެއީ އެކަން ވާނެވެސް ގޮތްކަން ޒީކްއަށް ވިސްނެއެވެ.

 

އަލްޔަން ނުނިދިފައި އެނދުމަތީގައި އޮތެވެ. އޭސީގެ ފިނިކަން އޭނާއަށް އިހްސާސް ނުވާކަހަލައެވެ. ކޮންމެވެސް ކަމަކާ ފިކުރު ބޮޑު ހާސްވެފައިވާކަން އަލްޔަން ފެންނަ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

“ޒީކް އަޅެ މިއޮއް ހުރިހާ ދުވަސްވީއިރުވެސް އަހަރެންގެ ހިތުގެ ހާލު އަންގައެއް ނުދެވުނު” އަލްޔަން އޭނާގެ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ.

 

ކޮޓަރީގެ ތަޅުގައި ހިފާލި އަޑުއިވުމުން އަލްޔަން ދެލޯމަރާލިއެވެ. މަންމަ ނޫނީ މިވަގުތު އެތަނަށް އަންނާނެ އެހެން މީހަކު ނުހުންނާނެކަން އޭނާއަށް ވިސްނެއެވެ. މަންމަ ދައްކާ ބޭކާރު ވާހަކަތައް އަޑުއަހާކަށް އަލްޔަން ބޭނުމެއް ނޫނެވެ. ކައިވެނި ކުރަން ދެކޮޅު ހެދުމުންވެސް މަންމަގެ ގޮތް މަންމަ ދޫނުކުރާނެކަން އަލްޔަންއަށް އެނގެއެވެ. އެނދުގެ މަގަތުގައި މިސައިބާ އިށީނެވެ.

“އާލް މަންމައަށް އެނގޭ ނިދަނީ ނޫންކަން. ދަރިފުޅަށް އެނގެއެއްނު ދެރަގޮތެއްވާން މަންމަ ނޭދޭނެކަން” މިސައިބާ އަލްޔަންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“މަންމާ އަހަރެން ކައިވެންޏެއް ކުރާކަށް ބޭނުމެއް ނޫނޭ ބުނެފީމެއްނު” އަލްޔަން ހަދައިގެން އޮތް މަކަރު ފަޅާއެރުމުން ބުނެލިއެވެ.

“ދަރިފުޅާ އަޅެ އެންމެ ފަހަރަކުވެސް ވިސްނާލަބަލަ. އެއީ ވަރަށް ރަނގަޅު ކުއްޖެކޭ. ދަރިފުޅުގެ ބައްޕައާ މަންމަ ކައިވެނި ކުރީވެސް މާމަމެންގެ އެދުމަށް. އެކަމަކު ބަލާބަލަ ކިހާ އުފާވެރި ދިރިއުޅުމެއް މިއީ” މިސައިބާ އަލްޔަންއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

“މޮމް އައި ނީޑް ސަމް ޓައިމް ޓު ތިންކް” އަލްޔަން މަންމަ އެތަނުން ފޮނުވާލުމުގެ ބޭނުމުގައު ބުނެލިއެވެ.

“ދަރިފުޅު ބޭނުން ވަރަކަށް ވިސްނާ” މިސައިބާ ހިނގަތީ ހިނިތުންވެފައި ހުރެއެވެ.

 

އިރުގެ ރަންދޯދިތަކުން މުޅި ދުނިޔެ އަލިކޮށްލައިފިއެވެ. ލޯހުޅުވާލެވުމާއެކު މޭޒުމަތީގައި އިން އެލާރމް ގަޑިއަށް ބަލާލެވުނެވެ. ރަޖާގަނޑު އެއްފަރާތް ކޮށްލަމުން ފާހާނާއާ ދިމާއަށް ދުއްވައިގަތީ އެހެން ދުވަސް ދުވަހަށްވުރެ ހޭލެވުނުލެއް ލަސްވުމުންނެވެ. ބަންދު ދުވަހަކަށް ވުމުން މިސައިބާމެން މީހަކަށް ޒީކް އެހާގިނައިރު ނިދަން އޮތްކަން އެނގިއްޖެނަމަ ކަންތައްތައް ވާނެގޮތް ރަނގަޅަށް އެނގޭތީއެވެ. ބަދިގެ ތެރެއަށް ގޮސް ވަދެވުނުއިރު ރައުނާ ހުރީ ހެނދުނުގެ ސައިހަދާ ނިންމާފައެވެ.

“ރައުނާ  ރައުނާ” މިސައިބާ ބަދިގެތެރެއަށް ވަންނަމުން ގޮވާލިއެވެ.

“ޒީކް އަލްޔަންގެ ކޮޓަރިތެރެ ސާފުކޮށްލަ ދެއްޗޭ މިއަދު” ޒީކް ފެނުމުން މިސައިބާ ޒީކްއަށް ބުނެލިއެވެ.

“ރައުނާ ހިނގާބަލަ މަށާއެކު ކޮޓަރީގައި ހުރި އެއްޗެހިތައް ނެރެދެން” މިސައިބާ ހިނގައި ގަންނަމުން ބުނެލިއެވެ.

 

ރައުނާ މިސައިބާއާ އެކުގައި ދިޔުމުން ޒީކްވެސް ހިނގައިގަތީ އޭނާއާ ހަވާލުކުރެވުނު މަސައްކަތްކުރުމަށެވެ. އަލްޔަންގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލަމުން އެތެރެއަށް ވަންއިރު އަލްޔަން ކޮޓަރީގައި ނެތުމުން ހައިރާންވިއެވެ. މިހާ ހެނދުނާ އަލްޔަން ކޮންތާކަށްދިޔަ ދުވަހެއްބާވައޭ ހިތަށްއެރިއެވެ. އާދައިގެ މަތިން ކޮންމެ ބަންދުދުވަހަކު އަލްޔަން ހޭލަނީ ތަންކޮޅެއް ލަހުން ކަމަށްވާތީއެވެ.

 

އެނދުމައްޗަށް އުކާލާފައި ހުރި ފައިލްތަކާއި ލެޕްޓޮޕް ފެނުމުން ބޭރަށް އެދިޔައީ ކޮންމެވެސް މަސައްކަތެއް ކުރަން އިނދެފައިކަން ވިސްނުނެވެ. ލެޕްޓޮޕް ނަގާ  މޭޒުމަތީގައި ބާއްވާލަމުން ޗާޖަރުގެ ވާގަނޑު އޮޅާލިއެވެ. އަދި އެނދުމަތީގައިވާ ފައިލްތައް ނެގުމަށްފަހު  މޭޒުގެ އެއްކޮޅުގައި ތަރުތީބުން ބަހައްޓާލިއެވެ. އެއަށްފަހު އެނދުގެ ތަންމަތި އަޅައި ބާލީސްތައް ރީތިކުރަން އުޅުނު ވަގުތު ބާލީސް ދަށުގައި އޮތް ކަޅުކުލައިގެ ބޭރުގަނޑެއްލީ ފޮތް ފެނުނެވެ. އެވަގުތު އެއީ ކޮންފޮތެއްތޯ ބެލުމުގެ ޝައުގުވެރިކަން ހިތުގައި އުތުރިއަރައިގެން ދިޔައެވެ. ޒީކް މަޑުމަޑުން ފޮތް ހުޅުވާލިއެވެ. ސައިޑް ޓޭބަލް މަތީގައި އޮތް އަލްޔަންގެ ފޯން ރިންގުވާން ފެށި އަޑާއެކު ސިހިގެން ދިޔަލެއް ބޮޑިކަމުން އަތުގައި އޮތް ފޮތް ދޫވެގެން ޓައިލްސް މައްޗަށް ވެއްޓިއްޖެއެވެ. ފޯނުގެ ސްކްރީނަށް ބަލާލިއެވެ. އެވަގުތު ގުޅަމުންދާ މީހާގެ ނަންފެނުމުން ފޯނުނަގައި ކަންފަތުގައި ޖައްސާލައިފިއެވެ. އެކޮޅުން ދެއްކި ވާހަކަ އަޑުއަހަން ކުޑައިރުކޮޅަކު ހުރުމަށްފަހު އެފޯންކޯލް ކަނޑާލައިފިއެވެ. އެވަގުތު ޒީކްގެ މޫނުމައްޗަށް ވެރިވަމުން ދިޔައީ ބުނެދޭން ނޭނގޭފަދަ އަސަރުތަކެވެ. ޒީކް ގުދުވެލުމަށްފަހު ވެއްޓުނު ފޮތް ނަގައިފިއެވެ. އެވަގުތު ފޮތުގެ ތެރެއިން ފައްޖަހާފައި އިން ކަރުދާސްގަޑެއް ބޭރަށް ނިކުމެފައިވާތަން ފެނުމުން އެގަނޑު ހުޅުވާލައިފިއެވެ. އޭގައިވާ ލިޔުން ކިޔަމުން ދިޔަވަރަކަށް ޒީކްގެ ލޮލަށް ކަރުނަ ޖަމާވަމުންދިޔައެވެ.

 

“ދީމް އަޅެ އައިޑިޔާއެއް ދީބަލަ” އަލްޔަން އިނީ ނަދީމްގެ ކޮޓަރިތެރޭގައެވެ.

މަންމަގެ ސަބަބުން ކުރިމަތިވެފައިވާ ކަންތައްތަކުގެ ސަބަބުން ބޯހާސްވާގޮތް ވުމުން ނަދީމްގެ ހިޔާލެއް ހޯދުމަށް އައީއެވެ. ނުނިދައި އޮވެގެން ރޭގަނޑުގެ ހަތަރުދަމު އެކަމާ ވިސްނުމުންވެސް ހަދަންވީގޮތެއް ނުވިސްނިގެންނެވެ.

“ޒީކްއާ ވާހަކަ ދައްކައިފިންތަ މިހާރު. ޒީކް އަލްޔަންއާ އެކީގަ ހުރިއްޔާ ނިމުނީމު. އޭރުން ހަމަ ދެމީހުން އެކީގަ އުފަލުގައި އުޅެންވީ”  ނަދީމް ބުނެލިއެވެ.

“ޒީކްއާ ވާހަކައެއް ނުދެއްކޭ އެކަމަކު މިއަދު ވާހަކަ ދައްކާނަން. އަހަރެންގެ ހިތުގެ ހާލު ކިޔައިދޭނަން” އަލްޔަން ވިސްނުމެއްގެ ތެރޭގައި އިނދެފައި ބުންޏެވެ.

“މިހާރު މާލަސްވެސް ވެއްޖެއެއްނު ބުނަން. އާލްއަށް ކާމިޔާބުވާނެ” ނަދީމް އަލްޔަންގެ ބުރަކަށީގައި ޖަހާލަމުން ބުނެލިއެވެ.

“އޭ މަށަށް ފޯނުވެސް ނުލައިދޯ މިއާދެވުނީ. ރުއާންވެސް ގުޅާނަމޭ ބުނި” އަލްޔަން ލައިގެން ހުރި ސޯޓުގެ ޖީބުތައް ޗެކުކޮށްލަމުން ބުނެލިއެވެ.

“މިފަހަރު ކޮންކަހަލަ މޮޅުކަމެއް ރާވައިގެން ތިއުޅެނީ” ނަދީމް ނުރުހުންވެފައި އަހާލިއެވެ.

“ދީމް ރުޅިނާދެބަލަ. ހުރިހާ ކަމެއްވެސް ނިންމާލާފަ ހަމައަކަށް އެޅުވޭތޯއޭ މިއުޅެނީ” އަލްޔަން އެނދުން ތެދުވަމުން ބުނެލިއެވެ.

“ޒީކްއަށް ހުރިހާ ކަމެއް އެނގޭ ދުވަސް އެއީ ތި ފްރެންޑްޝިޕްގެ ވެސް ފަހުދުވަސްކަން ހަނދާން ކުރައްޗޭ” ނަދީމް އަލްޔަން ދާން ހިނގައިގަތުމުން ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

ހިތާ ފުރާނައިން… (21)

Next

ކުރިން އެނގުނުނަމަ (ފަނަރަވަނަ ބައި)

Next
January 30, 2018

ކުރިން އެނގުނުނަމަ (ފަނަރަވަނަ ބައި)

Previews
January 30, 2018

ހިތާ ފުރާނައިން… (21)

6 Comments!

  1. Hadhy says:
    January 30, 2018 at 7:42 pm

    ވަރަށް ރީތި

    1. riya says:
      February 2, 2018 at 4:04 pm

      thank u

  2. Hairaan says:
    January 30, 2018 at 9:25 pm

    Varah reethi

    1. riya says:
      February 2, 2018 at 4:06 pm

      thank you

  3. Pinky shifoo says:
    January 30, 2018 at 8:52 pm

    Varah varah reethi mi part vx riya ???.. Keep up the good work

    1. riya says:
      February 2, 2018 at 4:07 pm

      thank you pinky shifoo

Comments are closed.

Next Episodeކުރިން އެނގުނުނަމަ (ފަނަރަވަނަ ބައި)←


All Right Reserved!