Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން (19)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
January 28, 2018 4 Mins Read
51 Comments

ގެއަށް ދިޔަ މަގުމަތީގައިވެސް އެކަކުވެސް ވާހަކަ އެއްނުދައްކައެވެ. މައިލީން އޭނާގެ އަތުގައި  އޮތް ތަޅުދަނޑިން ހުޅުވާލާ ވަންނަންދެން ޔުއާން ބަލަން ހުއްޓެވެ.

އެނބުރި ދިޔަ މަގުމަތީގައިވެސް ޔުއާން ހުރީ ހަދަން ވީ ގޮތް ނޭގިފައެވެ. އޭނާ ގެ ބޯ ހާސްވަމުން ދިޔައެވެ.

“ޔެސް. އަހަރެން ދިޔައިމަ މިކަންތައްނިމުނީ. އަދި ހާސްވާކަށް ނުވޭ… އަދި ހާސްވާކަށް ނުވޭ ޔެސް. އަދި ހާސްވާކަށް ނުވޭ” ޔުއާން ގެ ސިކުނޑި ހީވަނީ ފަޅައިގެންގޮސްދާނެހެންނެވެ.

އޭގެފަހުން މައިލީން ގުޅަ ގުޅާވެސް ޔުއާން ފޯނެއްނުނަގައެވެ. އެންމެ ފަހުން ގޮތް ހުސްވެގެން މައިލީން ނިންމީ ޔުއާން ފުރަން އޮން ދުވަހުގެ ކުރީ ރޭ އޭނާ އާ ބައްދަލުކުރާށެވެ.

އެރޭ ގަޑިން އަށެއްޖަހާ ބޮޑުވި ފަހުން މައިލީން ގެއިން ނުކުތީ ޔުއާން ހުންނަ ހޮޓެލް އަށް ދިޔުމަށެވެ. އެ ހޮޓެލް ހުންނަ ހިސާބަކީ ފުދޭވަރަކަށް އަނދިރި ހިސާބެކެވެ. އެ ހިސާބަކީ އަދި އަލަށް މީހުން އާބާދުވާން ފެށި ހިސާބަކަށް ވުމުން ލައިޓް ތައްވެސް ވަރަށް މަދެވެ. ހޮޓެލް ފެނުމާއެކު މައިލީން ފިޔަވަޅުތަކަށް ބާރުކޮއްލިއެވެ. ގެސްޓް ހައުސް ކުރިމައްޗަށް ހުއްޓިލާ ފުން ނޭވާއެއް މައިލީން ލިއެވެ. ލޯމަރާލާ މީހާ ހަމަޖެހިލިއެވެ. މިވީ ދުވަސްތަކުގައި އޭނާ އުޅުނު ހާލު ދެނެވޮޑިގަންނަވާނީ ހެއްދެވި ފަރާތެވެ.

ކުރާނީ ކީއްކަމެއް ނޭގިގެން ރޮއިރޮއި ވަރުބަލިވެގެން ނިދުނީ ކިތައް ރޭކަމެއް ނޭނެއެވެ. ބާލީހުގައި މޫނުފޮރުވައިގެން އޮވެ ކަރުނައިން އެބާލީސް ތެންމީ ކިތައް ފަހަރު ހެއްޔެވެ؟ އޭނާ ގެ ހިތަށް ކެތްވާނީ ކިހިނެތްހެއްޔެވެ؟ އޭނާ ކުރީ އާދައިގެ ކުށެއް ނުނެވެ. ކަނޑައެޅިގެން އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑު ފާފައެކެވެ. ޔުއާން ވެސް އެކަމުގައި ބައިވެރިވިއެވެ. ޔުއާން ވެސް އެކަމުގެ ޒިންމާ ނަގަން ޖެހޭނެއެވެ.

ފާފައެއްކުރެވިއްޖެނަމަ ލަސްނުކޮއް އަވަހަށް ތައުބާ ވާންވާނެއެވެ. ﷲ އީ ފާފަފުއްސަވާ އޯގާވަންތަ ރަސްކަލާނގެ އެވެ. އެކަލާނގެއީ އޯގާވަންތަ ރަހީމް ވަންތަ ރަސްކަލާނގެއެވެ. ﷲ ގެ ރަހްމަތުން މާޔޫސް ވާކަށް ނުވާނެއެވެ.

ގެސްޓް ހައުސް ތެރެއަށް ވަދެގެން ހިނގައިގަތް މައިލީން ކޮންމެވެސް މީހެއްގެ ގައިގައި އަޅައިގަތެވެ. އޭނާ ނުވެއްޓުނީ ކިރިއާއެވެ. “އާރ ޔޫ އޯކޭ” އިވުނީ ފިރިހެން ވަންތަ ބަރު އަޑެކެވެ. ހިންހެޔޮ ކަމާއި މަޑުމައިތިރިކަން އެކުލެވިގެންވާ ސާފު އަޑެކެވެ. އައިކަލް ގެ ގައިގައި ޖެހުނު އަންހެން ކުއްޖާ ގާތުން އައިކަލް މާފަށް އެދުނެވެ.

މައިލީން އެއީ އޭނަގެ ކުށެއްކަމަށް ބުނެ އަނެއްކާވެސް ޔުއާން ގެ ރޫމަށް ދާން މިސްރާބުޖެހިއެވެ. އޭނާގެ ހިތް އަވަސްވަނީ އެޔެއް މިޔެއް ބަލާފަ އެއްނޫނެވެ. ނޭވާ އަވަސް ވަމުން ދިޔައެވެ. ލޮލަށް ފެންތައް ގިނަވަމުން ދިޔަޔަސް ހިތްވަރު ކޮއްފައި ކުރިއަށް ދިޔައެވެ. ބެލް އަޅާލުމާއެކު ޔުއާން ގޮސް ހުޅުވާލިއެވެ.

މައިލީން ވަންނަން އޭނާ ތަން ދެއްކިއެވެ. ޔުއާން އެއްޗެކޭ ނުބުނެ ފުރަގަސް ދިނެވެ. އޭނާ ހުރީ ހުދުކުލައިގެ ޓީޝާޓް އަކާއި ގަދަ ފެހިކުލައިގެ ސޯޓެއްގައެވެ. ރީތިވެގެން ހުރުމުން ހީވަނީ ބޭރަށް ދާން އުޅެނީހެންނެވެ.

މައިލީން އަށް ފުރަގަސް ދީގެން ޔުއާން އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން މައިލީން ގެ ކެތް ތެރިކަން ކޮޅުން ލާން ފެށިއެވެ. އޭނާ ގޮސް ޔުއާން ގެ ފުރަގަހަތުން  ބައްދާލިއެވެ. އެއާއެކު ކަރުނަތަށް އޭގެ މަގާމް ދޫކޮއް ފައިބައިގަތެވެ. މަޑުމަޑުން ގިސްލެވެމުން ދިޔައިރު ފައިބަމުން ދިޔަ ކަރުނައިގެ ސަބަބުން ޔުއާން ގެ ޓީޝާޓް ފަހަތުން ތެތް މަމުން ދިޔައެވެ. މައިލީން ގެ އަޑު މުޅި ކޮޓަރިތެރޭގައި ހިފާލަން ނެގީ ކުޑަ އިރުކޮޅެކެވެ. އޭނާ ގެ އަޑު ދިޔައީ ފަހަރަކަށް ވުރެ ފަހަރެއް ގަދަވަމުންނެވެ. މައިލީން ދުރުކޮއްލާކަށް ޔުއާން ނޫޅުނެވެ. އޭނާ ހުރި ގޮތަށް ހުރީއެވެ. “މެރީ މީ” ގިސްލުމުގެ ތެރެއިން އެއްފަހަރު މައިލީން ބުނެލިއެވެ. އެހެން ބުނުމާއެކު ޔުއާން ގެ ބަނޑާ ދިމާލުގައި ވަށާލެވިފައިވާ އަތް ޔުއާން ވަގުތުން ނައްޓާލިއެވެ. މައިލީން އަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާ ދެއަތަށް ބަލާލިއެވެ. އަދި އަނެއްކާވެސް ޔުއާން ގެ ބަޑާ ދިމާލުގައި އަތް އަޅުވާލަމުން ފުރަގަހަތުން ބައްދާލިއެވެ. މިފަހަރު ވެސް ޔުއާން ކަންތައް ކުރީ ކުރިން ކުރި ގޮތަށެވެ. އެކަމަކު މިފަހަރު އޭނާގެ ހަރަކާތުގައި ހަރުކަށިކަމެއް ވިއެވެ.

ދެމުބަ ގޮށްޖެހިފައިވި ޔުއާން އަދިވެސް ހުރީ މައިލީން އަށް ފުރަގަސްދީގެންނެވެ. ހީވާކަހަލައެވެ. މައިލީން ގެ ސަބަބުން އޭނާއަށް އުނދަގޫވަނީއެވެ.

“ޔުއާން” މައިލީން އަށް ބުނެވުނީ އެހެންނެވެ. އިތުރަށް ބުނާނެ އެއްޗެއް އޭނާ އަށް ނޭގުނީއެވެ. ޔުއާން މައިލީން އާ ދިމާލަށް އެނބުރުނެވެ. އޭނާ މައިލީން އާ ދިމާލަށް ބަލާލީ ނުރުހުމުގެ ބެލުމަކުންނެވެ. “އިންނާށޭ” ޔުއާން އަނގަޔަށް ގޮތެއް ހަދާލަމުން މަލާމާތްކުރާ ކަހަލަ ގޮތަކަށް އަހައިލިއެވެ.

އެއާއެކު އަނެއްކާވެސް މައިލީން އަށް ލިބުނީ ކުއްލި ސިހުމެކެވެ. “ޔުއާން ކީކޭތަ ތިކިޔަނީ”މައިލީން ޔުއާން ގެ ގިރުވާނުގައި ހިފަމުން ރޮމުން އަހައިލިއެވެ.

ޔުއާން އެއްފަރާތަށް ބޯ އަނބުރާލަމުން މައިލީން ގެ އަތް ނައްޓުވާލިއެވެ.

“އާ މައިލީން… އަހަރެން މައިލީން އަކާ ނީންނާނަން… އަހަރެން މިކަންތައް ކުރީ ހަމައެކަނި ބަދަލް ހިފުމަކަށް. އެދުވަހު މައިލީން އަހަރެންގެ ކޯމަތީގައި ޖެހުމާ އެހެން މީހުން އަހަންނަށް ކުރި މަލާމާތާ ހެދި… އަހަންނަށް މައިލީން ހާސިލް އެއް ނުވާނޭ ކީތީ. މިހާރު އިނގިއްޖެއެއްނު. ކޮންމެ ކަމެއް ވެސް އަހަރެން ކުރާނެކަން. އަހަރެން ކުރަން ބޭނުން ކޮންމެ ކަމެއްވެސް ކުރާނެކަން” ޔުއާން މައިލީން ގެ އަތުގައި ހިފާ އޭނާ އާ ކައިރިކޮއްލަމުން ބުނެލިއެވެ. ފަހު ޖުމްލަ ބުނެލި އިރު އެ އަޑަށް ބާރުވެރިކަމެއް ވެރިވެފައިވިއެވެ.

“ނޫން ނޫން… ބުނޭ ތީ ދޮގެކޭ ޔުއާން ނޫން” މައިލީން އަށް ދެފަރާތަށް ބޯ ހޫރަން ފެށުނީއެވެ. ޔުއާން ކުއްލިއަކަށް ބާރަކަށް މައިލީން ގެ އަތުން ދޫކޮއްލިއެވެ.

މައިލީން އިށީނެވެ. އޭނާ މަޑުމަޑުން ޔުއާން ގެ ފައިގައި ހިފާފާ އާދޭސް ކުރަން ފެށިއެވެ. ރޮމުންނެވެ. ގިސްލަމުންނެވެ. މައިލީން ރޯ ވަރުން ޔުއާން ގެ ހިތަށް ވެސް ގޮތެއްވިއެވެ. އެހެންނަމަވެސް އޭނާ އިހްސާސްތައް މަތީގައި ހިލަގަނޑެއްބާއްވާފައި މައިލީން އަށް ބަލާވެސް ނުލިއެވެ.

“ޔުއާން ތިހެން ނަހަދާ… އަހަރެން ކިހިނެތް ތަ އުޅޭނީ… ޔޫ އާ މައި ފަސްޓް އެންޑް ލާސްޓް ލަވް” މައިލީން ބުނެލިއެވެ. ޔުއާން މައިލީން ކޮއްޕާ ލިއެވެ. ފައިންނެވެ. ޖެހުނު ގޮތަށް މައިލީން އަށް ތަދުވެސް ވިއެވެ. އެތާހުރި މޭޒުގައި އަޅާގަނެފައި މައިލީން ގެ ފައި ކަފައިގެން ވެސް ދިޔައެވެ. އެހެންނަމަވެސް އެތަނުން ނަގަމުން ދިޔަ ތަދާ ދިލައަށްވުރެ އޭނާގެ ހިތުގައި އަޅަމުން ދިޔަ ވޭން މާބޮޑެވެ. އެ ފާރުގަނޑު ފަސޭހަވިޔަސް އެލަކުނު ވެގެންދާނީ އެރޭގެ މަތިން މައިލީން ހަނދާން ކުރުވާނޭ އެއްޗަކަށް ކަން ޔަގީނެވެ. އަދި ހަމައެއާއެކު އެފާރުގަނޑު ފަސޭހަވިޔަސް އެ ހިތުގައި އުފެދުނު ފާރުގަނޑު ފަސޭހަވާނީ ކިހިނެތްހެއްޔެވެ؟.

“ދެން އެހެން ވިއްޔާ އަހަރެންނާ ނުލާ ނޫނީ މީހަކާ ނީދެ މުޅި އުމުރު އުޅޭ” ޔުއާން ގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ. މައިލީން އަށް ހައްތަހާ ރޮވުނިއެވެ. “ޔުއާން” ޔުއާން ނޫން ބަހެއް އޭނާގެ އަނގައިން ނުނިކުތެވެ.

“އާ… އަހަރެން ހުރީ ކުރިންވެސް ދާން އޮތް ރޭ މައިލީން އަށް ހުރިހާ އެއްޗެއްވެސް ކިޔާދޭން… އެކަމް އެރޭ… އެރޭ ކަންތައް ވީ ގޮތުން އަހަރެން ދެން މައިލީން ދެކެން ވެސް ބޭނުން ނުވީ… އަހަރެން… ” ް ޔުއާން ބުނަން އުޅުނު ޖުމްލަ މެދު ކަނޑާލަން ޖެހުނީ މައިލީން ގެ އަތުގެ ހޫނު ހަމަލާއަކުންނެވެ.

“މިހާރުތަ ތިހެން ބުނަން އިނގުނީ. ޔުއާން އަކަށް ނޭގޭތަ އަހަރެންގެ އިހްސާސްތަކެއް. މިހާ ދުވަހު އަހަރެންގެ އިހްސާސްތަކާ ކުޅުނުއިރު ތިހިތަށް އެއްވެސް އެއްޗެއް ނާރާތަ؟. ކީއްވެ؟ އަހަރެންނަން ކޮން ކުށެއްތަ ކުރެވުނީ. މި ވީ ހާދުވަހު ޔުއާން އަކީ ކާކުކަން އަހަރެންނެއް ނާހަން. ކީއްވެ؟ ފުރިހަމައަށް ޔުއާން އަށް އިތުބާރު ކުރާތީ. އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް. މިއަދު ޔުއާން ތިކުރި ކަމެއްގެ ސަބަބުން އަހަރެންގެ ހަޔާޓުގައި އެހެން އެއްވެސް ފިރިހެނަކަށް އިތުބާރެއްނުކުރެވޭނެ. އަހަރެން ލޯބި ވާވަރު އިނގޭނެނަމަ. މިހިތަށް މިވާގޮތް އިނގޭނެނަމަ. ކީއްވެތަ؟. ޔުއާން އަށް މިނޫން ގޮތަކުންވެސް ބަދަލް ހިފުނީސް… އެކަމް މިކަން މިގޮތަށް….” މައިލީން މަޑުމަޑުން ފަހަތަށް ޖެހެމުން ދިޔައެވެ. އޭނާއަށް ޖުމްލަތަށް ބުނަން އުނދަގޫވާވަރަށް ގިސްލެވެއެވެ.

“މިގޮތަށް މިކަންތައް ޔުއާން ނުކުރިކަމުގައި ވިޔަސް އަހަރެންގެ އިހްސާސްތަކާ އެކަނި ކުޅެލިޔަސް ފުދުނީސް. ސަބަބަކީ އަހަރެން ޔުއާން ދެކެ ވަނީ ހަގީގީ ލޯބި”

“ތީ މީހާގެ ފިނޑިކަން ޔުއާން. އަހަރެންގެ އިހްސާސްތަކާ ކުޅެލީ…”ފަހަތަށް ޖެހެމުން ޖެހެމުން ދިޔަ މައިލީން ކުއްލިއަކަށް ދޮރާ ދިމާލަށް ދުއްވައިގަތެވެ. އަދި ހުޅުވާލާ އެ ބާރުމިނުގައި ރޫމް އިން ނުކުތެވެ.

ރޮމުން ދުވަމުން ދިޔަ މައިލިން އަށް އެތައް ބަޔެއްގެ ލޯތަށް އަމާޒުވަމުން ދިޔައެވެ. އެހެންނަމަވެސް އޭނާ އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. ގެސްޓް ހައުސް ކުރިމަތީގައި ފޯނުން މީހަކާ ވާހަކަ ދައްކައިލަން ހުރި އައިކަލް ގެ ލޮލުގައި ދުވަމުން ނުކުތް މައިލީން އަޅައިގަތެވެ. މައިލީން ނުކުމެގެން ހުރިގޮތަށް ގޮސް އެތަނުން ހިމަކޮއް ކޮށާފައި އޮތް މަގަކަށް ވަދުނެވެ. ދެފަރާތުގައި ވަނީ ގަސްތަކެވެ. އޭނާ އެތަނުން ގަހެއްގައި އަތް އަޅުވާލައިގެން ގުދުވެގެން އޮވެގެން ރޮމުން ދިޔައެވެ. ކޮޓަރީގެ ބެލްކަނީގައި ހުރި ޔުއާން އަށް މައިލީން ދިޔަތަން ފެނުނެވެ. އެހެންނަމަވެސް އޭނާ މައިލީން ފަހަތުން ދާކަހަލަ ހިޔާލެއް ނުކުރިއެވެ. އިރުކޮޅަކު އެތާ ހުރެލުމަށްފަހު އޭނާ ކޮޓަރިތެރެއަށްވަދެ ބެލްކަނީ ދޮރު ލައްޕާލާ ކާޓެއިންތައްވެސް ދަމާލިއެވެ.

އޭގެ އަނެއްދުވަހު ޔުއާން ފުރައިގެން އައީ މާލެއެވެ. އޭނާ ލޯންޗަށް އަރަން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރި މައިލީން އޭނާގެ ލޮލުގައި އަޅައިގަތެވެ. އަތިރިމަތީގައި ހުރު ރުކެއްގެ ދޮށުގައި ހުރިއިރު ވެސް އެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ހިތްކުދި ކުދިވާ ފަދަ އަސަރުތަކެކެވެ. ކަންދިމާކުރިގޮތުން ޔުއާން ލޯންޗަށް އަރަން ދާން ޖެހުނީ މައިލީން ގާތުންލާފައެވެ. އެ އަސަރުތައް އޭނާ އަށް އެހާ ފާޅުކަންބޮޑު ގޮތެއްގައި ފެނުނީ އެހެންވެއެވެ. އެ ހިތަށް ތަދުވިއެވެ. އެހެނަސް އިހްސާސްތަކަށްވުރެ ހިތުގައި އޮތް ރުޅިވެރިކަން އޭނާ އިސްކުރީއެވެ.

ލޯންޗަށް އަރަމުން ވެސް ޔުއާން މައިލީން އާ ދިމާލަށް ބަލާލިއެވެ. ޔުއާން ބަލާލިކަން އެނގިގެން މައިލީން އިސްޖަހާލާ ރުކުގެ ފުރަގަހަށް ވަތްތަން ވެސް ޔުއާން އަށް ފެނުނެވެ. ލޯންޗް ނައްޓާލުމާއެކު މައިލީން އަތުން ހަނާ އަޅާލިތަންވެސް ފެނުނެވެ. “ކީއްވެހެއްޔެވެ؟” އޭނާގެ އެހާ ރަހުމް ކުޑަކަމުން ވެސް މައިލީން ގެ ހިތުގައިވާ ލޯބި ފަޑު ނުވަނީހެއްޔެވެ.

***

ވިސްނުމަކަށް ގެއްލިފައި އޮތް ޔުއާން ސިހުނީ ފޯން ރިންގް މި އަޑަށެވެ. އޭނާ ހަމަޖެހިލަމުން ފޯންނަގާ ވާހަކަ ދައްކަން ފެށިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ހިތާ ފުރާނައިން… (18)

Next

ވަންހަނާ (އެގާރަވަނަ ބައި)

Next
January 28, 2018

ވަންހަނާ (އެގާރަވަނަ ބައި)

Previews
January 28, 2018

ހިތާ ފުރާނައިން… (18)

51 Comments!

  1. Hi Mi says:
    January 28, 2018 at 12:28 am

    Assalaamu Alaikum. Yet another emotional part. E part kuru kamun mi up koh dhini. Pls do read it and comment ingey. Maileen needs support u guys ge. Hehe. ?? Thankyou All. Jazakallah Khairan.

  2. maikko says:
    January 28, 2018 at 12:33 am

    Varah reethi thnks ehaa avahah next part ves up kohladhinyma…….??

    1. Hi Mi says:
      January 28, 2018 at 12:53 am

      Thanks maikko. Keep reading and do comment ingey. ????

  3. Anonymous says:
    January 28, 2018 at 12:46 am

    Kuru veema mahsala akea

    1. Hi Mi says:
      January 28, 2018 at 12:54 am

      Anonymous. Hello. Kurin part kurukamun mi ini up kohlaafa anehkaa. Hehe. Thanks. Hi Mi ah ves vaa gotheh thy hama story kiyaa iru.

  4. Fathun says:
    January 28, 2018 at 1:24 am

    Wow.. V reethi.. Hi mi vareh hama neiy… V v kiyaahithun mikiyaalee…

    1. Hi Mi says:
      January 28, 2018 at 3:58 pm

      Alhey fathun. Thankyou so much. ???

  5. Tee says:
    January 28, 2018 at 5:03 am

    Wow. Vvvvvvvv nice

    1. Hi Mi says:
      January 28, 2018 at 3:58 pm

      Thanks tee. ???

  6. Shann says:
    January 28, 2018 at 5:51 am

    Hi Mi haa gadha kuhjeh nudheken, ehfaharaa kithah story, ekam hama baraabarah eba up kohdhey, enehka hurihai story ehves ehaa rythi, Hi Mi thikuraa masahkathah hama ahsaribahaa saabas dheyhaavey

    1. Hi Mi says:
      January 28, 2018 at 3:59 pm

      Thanks shann. Comment fenifa hama varah varah varah happy vehjje. Thankyou do much dear. It means a lot . ???❤????❤??

  7. Zuam says:
    January 28, 2018 at 6:50 am

    Masha Allah
    Varah varah varahreethi

    1. Hi Mi says:
      January 28, 2018 at 4:01 pm

      Thanks zuam. ???

  8. shaba says:
    January 28, 2018 at 7:23 am

    V reethi

    1. Hi Mi says:
      January 28, 2018 at 4:01 pm

      Thanks shaba.

  9. Ily says:
    January 28, 2018 at 8:21 am

    Alhe hi mi nikan avahah next prt up khladhybala …..plxxxxxxxxx

    1. Hi Mi says:
      January 28, 2018 at 4:02 pm

      Yes. Ily mirey up kohdheyeveythio balaanan. Kanda ehlhigen nubunani faharehga up nukohdlevidhaanethy. Thanks der. ???

  10. Pinky shifoo says:
    January 28, 2018 at 8:42 am

    Alhey haadha emotional part ekey Hi Mi… Hama rovey varu vefa ineee ??.. Bunaane ehcheh vx neynge Hi Mi .. Hama ehaa vx reethi.. Superb??.. A big round of clap for Hi Mi ????.. Hehehe.. Love you a lot.. Waiting for next part

    1. Hi Mi says:
      January 28, 2018 at 4:03 pm

      Hey. Shifoo. Shifoo ge comment ah varah inthizaaru kurevey shifu story ah inthixaaru kuraa varah vure bodah. Hehe. Sorry rovvaalevunima. ??? btw thanks a lot dear. Love u more. ??????????????????????????

  11. Suney says:
    January 28, 2018 at 8:50 am

    Vvvvv nice himi. Keep it up a

    1. Hi Mi says:
      January 28, 2018 at 4:04 pm

      Thanks suney… ???

  12. Mariyam Ubaid says:
    January 28, 2018 at 8:54 am

    Salhi

    1. Hi Mi says:
      January 28, 2018 at 4:04 pm

      Thanks dear. ?

  13. Shaya says:
    January 28, 2018 at 9:07 am

    Hi Mi??❤?…comment nukurevunas kiyan ingey Hi mi ge hurihaa storyehvves.. V v reethi mi 2 storyves.. V kiyaa hithun kiyaalevey..n v ufaavey thihaa avahah up kolladheythee

    1. Hi Mi says:
      January 28, 2018 at 4:06 pm

      Thanks shaya. Varah happy vehjje kiyaakan i gunima. Ekam comment kohlanyaa adhi maa happy vaane. ??? Thanks dear. In Sha Allah. Migothah hama kuri ah dheyveythoa balaanan i gey nimen dhen ves. ???

  14. aish_@ says:
    January 28, 2018 at 9:08 am

    alhey hama rovijje?..haadha emotional story ekey..hama the best ey buneveyny…pls up the nxt part soon????

    1. Hi Mi says:
      January 28, 2018 at 4:07 pm

      Hi Mi ah hama rovvaa dw leveni. Hehe. Anyway lots of thanks. ??? varah vvvvvv happy vehjje.

  15. R says:
    January 28, 2018 at 9:20 am

    Dhen kon irakun next part kiyaalan libeyvaru vaanee

    1. Hi Mi says:
      January 28, 2018 at 4:08 pm

      V haaves avahah. Thanks dear.

  16. Xaaan says:
    January 28, 2018 at 9:32 am

    މާޝާﷲ މާޝާﷲ ހާދަ ރީއްޗޭ އެއްމެ ކިޔާހިއްވި ހިސާބުން މި ނިމުނީ

    1. Hi Mi says:
      January 28, 2018 at 4:08 pm

      Thanks xaaan. Konme part akun comment fennaathy vvvv happy vey. ???

  17. Kai says:
    January 28, 2018 at 10:51 am

    Vvv nyc ?????

    1. Hi Mi says:
      January 28, 2018 at 4:09 pm

      Thanks kai. ???

  18. Xxxx says:
    January 28, 2018 at 10:53 am

    Wooooww..haadha reehchey dear..next part avas kohllahchey..???????

    1. Hi Mi says:
      January 28, 2018 at 4:09 pm

      Thanks Xxxx yes dear. In Sha Allah.

  19. Nees says:
    January 28, 2018 at 11:52 am

    I ‘m speechless
    ??? varahves emotional
    Nees ge hiyyves hama kudhikudhikohlaifi ehaaves furihama
    ???????
    Next part varah kiyaahithun mi inee

    1. Hi Mi says:
      January 28, 2018 at 6:11 pm

      Alhey Nees. Sorry dhera kohlevunima. Hehe. Thanks dear. It means a lot. ???

  20. Sai says:
    January 28, 2018 at 1:00 pm

    Mivaahaka haadha reehcheyy….. kiyamun dhaairu heevanyy hama sai ves mee vaahakaaga ulhey meeheh hn… ehaaves bodah vaahaka sifakurn reethi… kiyamun dhaairu sifa vaahn heevanyy… v reethii??❤ keep it up….?

    1. Hi Mi says:
      January 28, 2018 at 6:13 pm

      Hehe. Sai varah ufaavehjje. Vaahaka feshunissure varah ahah beynun vaa avaahaka eh thibuni. Its meansssss a lot dear. Thankyou so much. ???????????????????

  21. Swara says:
    January 28, 2018 at 3:30 pm

    ?Beautiful

    1. Hi Mi says:
      January 28, 2018 at 6:13 pm

      Thanks swara.

  22. Aki says:
    January 28, 2018 at 3:35 pm

    varah furihama… adhi miadhu one part up kohla dheebaa pls pls

    1. Hi Mi says:
      January 28, 2018 at 6:14 pm

      Thanks Aki. Varah avahah up kohdheynan. In Sha Allah. ???

  23. Lai says:
    January 28, 2018 at 3:56 pm

    V v v v v reethi mi part vx HI MI next part avahaa up kohladheeba

    1. Hi Mi says:
      January 28, 2018 at 6:15 pm

      Hey lai. Varah thanks dear. Varah avahah up kohdheynan In gey. IN SHA ALLAH.

  24. Hazoo says:
    January 28, 2018 at 8:12 pm

    Hama alhugadu frnd akaves vee mivaahakaa ga veehen eynaa akeeves yuan kahala haru hithe ge verie beynun vee ma beynun kofa beynun noonveema dhookolee and she cry lot . I hate that kind of people

    1. Hi Mi says:
      January 29, 2018 at 12:31 pm

      Ekamvmi Hi Mi ge amihla hiyaalakah liyaa hiyaali vaahaka eh ingey. Thy hama intthifaq eh. And varahvdheravhjje. ?

  25. Fiyaa says:
    January 29, 2018 at 12:24 pm

    Mi vaahakaige 20 21 vana part nufeney . Keeve .

    1. Hi Mi says:
      January 29, 2018 at 12:32 pm

      In Sha Allah. Dhe part ehkohlaafa miadhu up kohla dheynan. Thanks Fiyaa.

  26. Aki says:
    January 29, 2018 at 5:16 pm

    ekamu reyga mashah kiyunu part 20..

  27. Fiya says:
    January 30, 2018 at 12:56 am

    Thanks . HiMi . Kiyuntherin nah thiyadhey samaalukamah shukuruverivan.. Tc-

Comments are closed.

Next Episodeހިތާ ފުރާނައިން… (20)←


All Right Reserved!