Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން… (17)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
January 27, 2018 10 Mins Read
34 Comments

ޔުއާން ގެފަހަތުން ހިނގައިގަތް އަފްޝީން އަށް ނުނިކުމެވިގެން އުޅެނިކޮއް އެތަނަށް ވަތް ޒުވާނެއްގެ ގައިގައި އަފްޝީން އަޅައިގަތެވެ. އޭނާ ވެއްޓެން ދިޔައެވެ. ލޯ މަރާލެވުނީ އިޚްތިޔާރަކު ނޫނެވެ. އެހެންނަމަވެސް ސިހުން ގެނުވީ ނުވެއްޓުމުންނެވެ. މަޑުމަޑުން ލޯ ހުޅުވާލުމާއެކު ލޮލުގައި އަޅައިގަތީ ކަޅުކަން ގަދަ ކަޅިއެކެވެ. އިރުކޮޅަކު ދެމީހުންނަށް ވެސް އެހެން ތިބެވުނިއެވެ.

“ސޮރީ” ސިއްސައިގެން ގޮސްފައި އަފްޝީން ބުނެލިއެވެ. އެ ކުއްޖާވެސް އަވަސް އަވަހަށް އަފްޝީން ބަހެއްޓިއެވެ. “ޔޫ އާ މޯސްޓް ވެލްކަމް ބިއުޓިފުލް ލޭޑީ” ފިރިހެންވަންތަ އަޑަކުން ބުނެލި ޖުމްލައިގެ ސަބަބުން ހިނިތުންވުމެއް އަފްޝީން ގެ ތުންފަތަށް ވެރިވެގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް ނުކުމެގެން ބަލައިލިއިރު ޔުއާން ފެންނާކަށް ނެތެވެ.

ލިފްޓާ ދިމާލަށް ހިނގައިގަތް އަފްޝީން ގެ ތުންފަތުގައި އަދިވެސް ވަނީ ލުއި ހިނިތުންވުމެކެވެ. ލިފްޓް އަންނަންދެން މަޑުކޮއްލައިގެން ހުރިއިރު އެތަނުން ދިޔަ ދެތިން ފިރިހެން ކުދިން އަފްޝީން އާ ބެހެލިއެވެ. ލިފްޓް އައުމާއެކު ލިފްޓް ތެރެއަށް ވަދެ ނުވަވަނަ ފްލޯއަށް ފިއްތައިލިއެވެ.

“އެކްސްކިއުޒް… ޑޮރ ޔުއާން ގެ ރޫމް ދައްކާލަބަ” ކައުންޓަރ ގައި އިން މައިލީން ގާތު އެތެރެއައް ވަތް އަފްޝީން އަހައިލިއެވެ. “ޑޮރ މި ވަގުތު ބޭރުގަ ވީ އިނގޭތޯ… އަޅުގަނޑުމެނަށް ހުއްދަ ދެވޭނީ ޑޮރ އުޅޭނަމަ ހުއްދަ ލިބުމުން… މިވަގުތަކީ ޑޮރ ބަލާ ވަގުތެއްވެސް ނޫން… އެހެން ވީމަ” މައިލީން ޖަވާބުދާރީވިއެވެ.

“އަޅުގަނޑަކީ ޑޮރ ޔުއާން ގެ ކޮއްކޮ… ދޮންބެ ބުނެގެން މިއައީ”އަފްޝީން އަނެއްކާވެސް ބުނެލިއެވެ.

އަފްޝީން އެތަކެއް ވާހަކައެއް ދެއްކުމުންވެސް މައިލީން އެއްބަސްނުވިއެވެ. އެމީހުން އެހެން ތިއްބާ ޔުއާން ވަދުނެވެ. “ދޮންބޭ” އަފްޝީން ގޮވާލިއެވެ. ޔުއާން އައިސް ކައުންޓަރ ގައި މަޑުކޮއްލުމާއެކު ވެގެން އުޅޭގޮތް އޭނާ އަށް ފަހުމް ވި ކަހަލައެވެ. “އަފޫ މިތަނަށް އައިމަ އަފޫ ވައްދަން ޖެހޭނެ. ޝީޒް މައި ލިޓްލް ސިސް” ޔުއާން މައިލީން އަށް ފަރުވާތެރިކަމާއެކު ބަލާލަމުން ބުނެލިއެވެ. މައިލީން އިތުރަށް އެއްޗެކޭ ނުބުނެއެވެ. “ކަމް އަފޫ” ޔުއާން ހިނގައިގަންނަމުން އަފްޝީން އަށް އިޝާރާތް ކޮއްލިއެވެ. ޔުއާން ދަމުންވެސް ފަހަތަށް އެނބުރި މައިލީން އަށް ބަލައިލިއެވެ. މައިލީން ހުރީ އެ ދިމާލަށް ބަލަން ކަމުން ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ.

“ސޯ… ވިލް ޔޫ ވެއިޓް. އިކް ވެސް ބުނި ނާދެވޭނޭ އަވަހަށް ކިހިނެތް ހަދާނީ… ދާން ބޭނުންތަ؟”ޔުއާން ބުމައަރުވާލަމުން އަހައިލިއެވެ. ސޯފާގައި އިށިން އަފްޝީން އަނގަޔަށް ފޫހި ވައްތަރެއް ޖައްސައިލއެވެ. “ވަރަށް ގިނައިރުވާނެތަ ދޮންބޭ” އަފްޝީން އަހައިލިއެވެ. “ޔެސް… ވެދާން ތްރީ އަވަސް ވެސް. ވަރަށް ކޮންޕްލިކޭޓެޑް ކޭސްއެއް”ޔުއާން މޭޒުގައި އިށީދެ ފައިލް އެއް ނަގަމުން ބުނެލިއެވެ. “ދޮންބޭ… ވަރަށް ފޫހިއޭ” އަފްޝީން އަނެއްކާވެސް ބުނެލިއެވެ. “އޯހް…. ލާވީ ފްރީ ވެދާނެ… ލާވިޔާ” ޔުއާން ލާވިޔާގެ ނަން ދިގުކޮއް ކިޔާލިއެވެ.

“ދޮންބެ ލައިކް ވަނީތަ” ބުމަ އަރުވާލައިގެން ހުރެފައި އަފްޝީން އަހައިލިއެވެ. ޔުއާން ދެފަރާތަށް ބޯ ހޫރާލަމުން ހިނިތުންވެލިއެވެ. އަފްޝީން އަކީ ހިތުގައި އޮންނަ އެތި ނުބުނެ ހުންނަ ކުއްޖެއްނޫނެވެ. އޭނާ ހިތަށް އަރާއެތި ނުހަނު ފަސޭހައިން ބޭރުކޮއްލާނެއެވެ. އަދި ހާއްސަކޮއް ޔުއާން އާއި އާއިކް އާ ދިމާލަށް ކޮންމެ ފަދަ އެއްޗެއްވެސް ބުނެފާނެއެވެ. އެ ތިންބެއިންގެ ދެމެދުގައި އޮންނަ ގުޅުމަކީ ނުލާހިކު ވަރުގަދަ ގުޅުމެކެވެ.

ލާމަސީލު ގުޅުމެކެވެ.

“ޕްލީޒް. ދޮންބޭ ލާވިޔާ އެއްނޫން… ޝީޒް…” އަފްޝީން އަނގަޔަށް ފޫހި ވައްތަރެއް ޖައްސާލިއެވެ. އެވަގުތު ޔުއާން ގެ ލުއި ހުނުމުގެ އަޑު އިވިލިއެވެ.

“ނޯޓީ ގާރލް” ޔުއާން އަފްޝީން ގެ ކަންފަތުގައި ހިފާލަމުން ނުކުންނަން ހިނގައިގަތެވެ.

އަފްޝީން ސޯފާގައި އިށީދެ އެތަނުގައި އިން މޭޒުމަތީގައި އޮތް ފޮތެއް ބަލަން ފެށިއެވެ. މެޑިކަލް ފޮތެއްކަމުން އޭނާ އެފޮތަށް ނުލާހިކު ޝައުގުވެރިވެއެވެ. “އަމް ގޮއިން އަފޫ… ކަމެއް ބޭނުން ވިއްޔާ ކައުންޓަރ ގައި ބުނެލާ” ޔުއާން ނުކުންނަމުން ބުނެލިއެވެ. ފޮތަށް ގެއްލިފައި އިން އަފްޝީން ހަމަ އެކަނި ބޯ ޖަހާލީއެވެ.

ޔުއާން ބޭރަށް ނުކުތް އިރު ރިވަމް ވެސް އައިސް ވަންނަނީއެވެ. އޭނާ ރިވަމް އަށް މަޑު ކޮއްލުމަށް އިޝާރާތް ކޮއްލުމަށްފަހު ކައުންޓަރ އަށް ގޮސް މައިލީން އާ ވަހަކަ ދެއްކިއެވެ.

މައިލީން ބޯ ޖަހާލުމާއެކު ޔުއާން އެނބުރި ގޮސް ރިވަމް އާ އެކީ ހިނގައިގަތެވެ. ދެމީހުންވެސް ވަދުނީ އޮޕްރޭޝަން ތިއޭޓަރ ތައް ހުންނަ ބަޔަށެވެ.

ފޮތަށް ގެއްލިފައި އިން އަފްޝީން އަށް ސިހުން ގެނުވީ ދޮރުގައި ޓަކި ޖަހާލުމުންނެވެ. “އިން ކޭސް އިފް ޔޫ ނީޑް އެނީތިންގް. ޖަސްޓް ލެޓް މީ ނޯ” އަފްޝީން ބަލާލުމާއެކު މައިލީން ހިނިތުންވެލުމާއެކު ބުނެލިއެވެ. “އޯކޭ… ޑަން” އަފްޝީން އަތުން ބޮޅެއްގެ އިޝާރާތް ދައްކާލުމާއެކު ބުނެލިއެވެ.

މައިލީން އެނބުރި ގޮސް ކައުންތަރ ގައި އިށީނެވެ.

އޮޕަރޭޝަން ތިއޭޓަރ ގައި ޑޮކްޓަރުންނާއި ނަރުހުން ހަރަކާތް ތެރިވަމުން ދިޔައެވެ. ބަލިމީހާ ރެޑީ ވުމާއެކު ޔުއާން އާއި ރިވަމް އެކަކު އަނެކަކަށް ބަލާލިއެވެ. އަދި ބޯ ޖަހާލިއެވެ. “ޔުއާން… ޔުއާން އަށް އެނގޭތަ؟ ކުރަން ބޭނުންވާ ކޮންމެ ކަމެއް ކުރުމަށްވެސް ބޭނުންވާނީ ހިތްވަރު… ކެރުން… އަޒުމް… ކިތަންމެ ބިރުގަތަސް އެ ބިރާ ކުރިމަތިލާތި… އޭރުން ރަނގަޅުވާނެ… އިންޝާ ﷲ… ބިރުގަނެގެން ކުރަން ބޭނުންވާ އެއްވެސް ކަމެއް ހާސިލް ނުވާނެ… ބީ ބްރޭވް މައި ބޯއީ… ޔޫ ކޭން ޑޫ އިޓް. ފޯކަސް. އެން އެޗިވް ޔޯ ގޯލް… ޔޫ ކޭން ޑޫ އިޓް”  އޭނާގެ މަންމަ ދިން ހިތްވަރުގެ ބަސްތައް ކަންފަތުގައި ގުގުމައިލިއިއެވެ.

ޔުއާން ދުވާ ރޭހުން އެންމެ ދަށުން ސްކޯރ ކުރުމަށްފަހު ދެން ރިލޭ ރޭހުގައި ބައިވެރިނުވާން އުޅުމުން އޭނާގެ މަންމަ ދިން ނަސޭހަތަކީ އެއީއެވެ. އެގޮތަށް ކަންތައްކޮއްގެން އޭނާ އަށް ކާމިޔާބު ވެސްވޭމެއެވެ.

ލޯ މަރާލާ ހުޅުވާލުމަށްފަހު ޔުއާން އޭނާގެ މަސައްކަތް ފެށިއެވެ. ރިވަމް ވެސް ޔުއާން އާ އެކީ ބައިވެރިވަމުންދިޔައެވެ. އަދިވެސް އެހެން ޑޮކްޓަރުން ނާ ނަރުހުން ހަރަކާތް ތެރިވަމުން ދިޔައެވެ. ތިންގަޑީ އިރުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކީ ނިންމާލެވުނެވެ. ޔުއާން ނުކުމެފައި އާއިލާގެ މީހުންނަށް އެ ހަބަރު ދިނެވެ. “ތޭންކްޔޫ” ކުރިން ދުވަހު ޔުއާން އާ ޒުވާބު ކުރި އަންހެން ކުއްޖާ ގެ މޫނުމަތި މިލާފައި ވީނަމަވެސް ވެރިކޮއްލާފައި ވަނީ ހިނިތުންވުމެކެވެ.

ޔުއާން މައިލީން އަށް ބަލާލިއެވެ. މައިލީން ވެސް ޔުއާން އަށް ބަލާލިއެވެ. ހީލަމުން ޔުއާން އަނެއްކާވެސް އެތެރެއަށް ވަދިގެން ދިޔައީއެވެ.

ޔުއާން ނުކުތީ ޕޭޝެންޓާ އެކީގައެވެ. ޕޭޝެންޓް ޝިފްޓް ކުރެވުނީ އައިސީޔޫއަށެވެ.

އެހީތެރިންނަށް ބައެއްކަހަލަ އިރުޝާދުތައް ދީ ހެދުމަށްފަހު ރިވަމް އާއި ޔުއާން ވެސް ހިނގައިގަތީ ރޫމާ ދިމާލަށެވެ. “އަދިވެސް ތިއިނީ މިތާ” ފޮތަށް ގެއްލިފައި އިން އަފްޝީން އަށް ބަލާލަމުން ޔުއާން ބުނެލިއެވެ. “ދޮންބެ އައީތަ… ކިހާއިރެއްތަ ގަޑިން” އަފްޝީން ބުނެލިއެވެ. “ތިންގަޑީ އިރު ވީ އޭގެ ފަހުން” ޔުއާން އަތުގައި އޮތް ގަޑިއަށް ބަލާލަމުން ބުނެލިއެވެ. އޭނާ ޑޮރ ކޯޓް ގޮނޑީގައި އަޅުވާލިއެވެ.

އަދި ގޮސް ސޯފާގައި ޖައްސާލީ އަފްޝީން އަށް ބަލާލަމުންނެވެ. އަފްޝީން ގެ މޫނުމަތިން ފެންނަމުން ދިޔަ ހިންހަމަ ޖެހުމުގެ ސަބަބުން ޔުއާން ހިންހަމަ ޖެހުނެވެ. “ތިން ގަޑި އިރު ވީ؟ އޯ މައި….. ނުވެސް އިގުނޭ” އަފްޝީން ހައިރާންވެފައި ފޯން ނަގާ ގަޑިބަލައިލިއެވެ.

“ޝީޒް ރިއަލީ ނައިސް…” އަފްޝީން ބުނެލި ޖުމްލަ މާނަކުރަންވީ ގޮތެއް ޔުއާން އަކަށް ނޭގުނެވެ. “ކީކޭ” ޔުއާން އަށް އަހައިލެވުނެވެ. “ދަ ގާލް… ސީޒް ވެރީ އަމްމްމް…. ހިންހެޔޮ… އައި މަސްޓް ސޭ”

“އޯހް” ޔުއާން އަށް ބުނެވުނީ އެވަރަށެވެ. އޭނާ ދެން ހިތިތުންވެލާ އަފްޝީން އާ އެކީ ބާކީބައި ބަލަން ދިޔުމަށް އަވަސްވެގަތެވެ.

އަފްޝީން އާއެކީ ނުކުތް ޔުއާން އަފްޝީން ގާތު މަޑުކޮއްލުމަށް ބުނުމަށްފަހު އަލުން އެތެރެއަށް ވަނެވެ. އަދި ކައުންޓަރާ ދިމާލަށް މިސްރާބުޖެހިއެވެ. “ތޭންކްސް” މައިލީން އާ ދިމާލަށް ބަލާލަމުން ޔުއާން ބުނެލިއެވެ. މައިލީން ވެސް އެއީ އެވަރު ކަމެއް ނޫނޭ ބުނެ ހިނިތުންވުމެއް ރައްދުކޮއްލިއެވެ. އެހެންނަމަވެސް އެ ހިނިތުންވުމުގެ ފަހަތުން ޔުއާން އަށް ފެނުނީ މައިލީން އޭނާ އަށް އެދެމުންދާ ވަރެވެ. ޔުއާން ގެ އެންމެ ބަހަކުން މައިލީން ވިރިގެން ދާނެކަން މި ކުޑަވަގުތުކޮޅުން ވެސް ޔުއާން އަށް ޔަގީންވެގެން ދިޔައެވެ. އޭނާ ބުނަން ޖެހޭނީ އެންމެ ބަހެކެވެ. މައިލީން ހުންނާނީ އެނާގެ އަތު ތެރޭގައެވެ. ކުރިންދުވަހުގެ ހަރަކާތުންވެސް ޔުއާން އަށް އެކަން ޔަގީންވެގެން ދިޔައެވެ. މައިލީން ގެ އިހްސާސްތަކާ އޭނާ ކުޅެފިއެވެ. އެތަކެއް ދުވަހަކު ރޮއްވައިފިއެވެ. އެހެނަސް….

ޔުއާން އަނެއްކާވެސް ހިނިތުންވުމެއް މައިލީން އަށް ދިނެވެ. ޔުއާން ގެ ހަރަކާތުން މައިލީން ގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ހިނގައްޖެއެވެ. ޔުއާން ގެ އެންމެ ހަރަކާތަކުންވެސް އަދިވެސް އޭނާގެ ހިތް ސިކުނޑީގެ މައްޗަށް ބާރު ފޯރުވައެވެ. ކީއްވެ ހެއްޔެވެ؟ ދުވަހަކުވެސް ލިބެން ނެތް ލޯތްބަކަށް އުންމީދުކުރެވެނި ކީއްވެހެއްޔެވެ؟ މިއީ ކޮންފަދަ ސަމާސާއެއްބާއެވެ؟. ޔުއާން ގެ ހިނިތުންވުމުގެ ފަހަތުގައި މިއަދު އެއްވެސް ދެއްކުން ތެރިކަމެއް ނެތެވެ. އެއްވެސް މަކަރުވެރިކަމެއް އޮޅުވާލުމެއް މިއަދު ނުފެނެއެވެ.

ޔުއާން ދިޔަ ދިމާލަށް ބަލަން މައިލީން ހުރިއިރު ރީކާއައިސް މައިލީން ގާތަށް ހުއްޓުނުކަމެއްވެސް އޭނާ އަކަށް ނޭގެއެވެ. ރީކާ ގެ ހިތުގައި ހަސަދައިގެ ހުޅުކޮޅު ދިޔައީ ރޯވަމުންނެވެ. މައިލީން އާ މެދު ހަސަދައިން އެ ހިތް ފުރެމުން ދިޔައެވެ.

ހޮސްޕިޓަލް ގެ އެންމެ ފަހުތަނަކަށް ޔުއާން މެން ދިޔައީ ކޮންފަރެންސް ހޯލަށެވެ. “ވާއު ދޮންބޭ” އަފްޝީން އަށް އެތާގައި އެނބުރެވުނެވެ. ހިގަނެވުނެވެ. މުޅި އެ ހޯލް ތެރެއަށް އޭނާ ނަޒަރު ހިންގައިލިއެވެ. އެންމެ ފުރިހަމަ ހޯލެކެވެ. ގޮނޑި ބަރި ޖަހާފައި ވާއިރު އެއްފަރާތުގައި ހޮސްޕިޓަލް ގެ ލޯގޯ ހިމެނޭ ޕޯޑިއަމް އެއްވަނީ ބެހެއްޓިފައެވެ. އެތަނުގެ ފާރުތައްވަނީ ރީތިކޮއް ޑިޒައިން ކުރެވިފައެވެ. ކޮންފަރެންސް ހޯލް ތެރޭގައި އެއްފަރާތުގައިވަނުން މަނާ ދެ ދޮރެއް ވާއިރު އެއީ ޑިސިޕްލިނަރީ އެކްޝަން އާއި ބޯޑް މެންބަރުންގެ ބައްދަލުވުންތަކަށް ހާއްސަތަންކަމުގައި ޔުއާން ބުންޏެވެ. އޭނާ އެތަންވެސް އަފްޝީން އަށް ދައްކައިލިއެވެ. ހޮސްޕިޓަލް ބަލާނިމިގެން އަފްޝީން ގޮވައިގެން ގެއަށް ދިޔައީ ޔުއާންއެވެ.

“ކޮބާ ކިހިނެތްތަ ހޮސްޕިޓަލް؟” ޒާރިވާ ދެބެއިން ފެނުމާއެކު އަހައިލިއެވެ. “ސުޕާބް މާމާ” އަފްޝީން ޒާރިވާ ގައިގައި ބައްދާލަމުން ބުނެލިއެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. އަފްޝީން އަށް ވިސްނެނީ އޭނާ އާ ހޮސްޕިޓަލް އުން ދިމާވި ޒުވާނާއާމެދުއެވެ. ފުރަތަމަ ފަހަރަށް ޒުވާނަކަށް އޭނާގެ ހިތް ލެބެމުން ދާފަދަ އިހްސާސްއެއްކުރެވެމުން ދިޔައެވެ. އެހެންނަމަވެސް އޭނާ އެއައީ ކުޑަ ދުވަސްކޮޅަކަށެވެ. އަނެއްކާވެސް ދާންޖެހޭނެއެވެ. ރަނގަޅުވާނީ އެކަމާ ނޫޅުނިއްޔާ ކަންނޭގެއެވެ.

މައިލީން އާ ޔުއާން ވެސް އާދައިގެ މަތިން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހޮސްޕިޓަލުން ދިމާވެއެވެ. ޔުއާން މައިލީން އާ ދިމާލަށް ބަހެއްނުބުނާ ދުވަހެއް ނާދެއެވެ. އާދައިގެ މަތިން މިއަދުވެސް ޔުއާން ހޮސްޕިޓަލް ގެ ނުވަވަނަ ފްލޯއަށް ދިޔައިރު މައިލީން ކައުންޓަރ ގައި އިނެވެ. ޔުއާން ވަތް ތަން ފެނުމުން މައިލީން ޔުއާން އަށް ގޮވައިލީ ރިވަމް ހަވާލުކޮއްފައި އޮތް ފައިލް އެއް ޔުއާން އަތަށް ދޭށެވެ. މައިލިން ގޮވާލި އަޑު ޔުއާން އިވުނުކަމަށް ނުހަދަމުން ފޯނެއްގައި ހުރެގެން ދިޔައިއެވެ. މައިލީން ގެ ރުޅި ގަދަވިއެވެ. ހާދަ ފޮނި ފިރިހެނެކޭ ހިތަށް އެރިއެވެ.

މައިލީން އެވަގުތު ފޯނެއް އައުމުން ފަހުން ދިޔުމަށް ނިންމާ ފޯނަށް ޖަވާބުދިނެވެ. ޔުއާން ގޮސް ގޮނޑީގައި އިށީދެ ހަމަޖެހިލިއެވެ. އެވަގުތު ފޯނަށް މެސެޖެއް އައެވެ. ބަލާލިއިރު ރިވަމް ގެ މެސެޖެކެވެ. ރިވަމް ބުނެފައި އޮތީ ފައިލް މައިލީން އާ ހަވާލުކުރި ކަމުގައެވެ. “އޯހހހް” ޔުއާން އަށ ބުނެވުނީ އެހެންނެވެ.

މައިލީން ކަމަކު ނޫން ގޮތަށް ޔުއާން އަށް ނުގޮވާނޭކަމަށް އޭނާއަށް ވިސްނުނީ ކިއްވެހެއްޔެވެ؟ އެހެންވީމާ މައިލީން އޭނަ އަށް ގޮވީ އެ ފައިލް ދޭންތާއެވެ. ނިތްކުރިމަތީގައި ޖަހާލުމަށްފަހު ތެދުވެ ހިނގައިގަތް ވަގުތު މޭޒުމަތީގައި ބައިންދާފައި އިން ބިއްލޫރި ބޯޅައެއް ވެއްޓި ތެޅުނެވެ. އެއީ އިއްޔެ ގެ ވަގުތެއްގައި އޭނާ އެތަނުގައި ބައިންދާފައި އިން އެއްޗެކެވެ. އަނެއްކާވެސް އަނެއް ކަންތަކެވެ. ޔުއާން އެ ބޯޅައަށް ބަލާލިއެވެ. އެއީ މައިލީން އޭނާއަށް ގިފްޓަކަށް ދިން ބޯޅައެކެވެ. އޭގަ އެތެރޭގައި ވަނީ ޕްރިންސް އަކާ ޕްރިންސެސް އެކެވެ. ސްވިޗް ޖައްސާލަމުން އެ ދެމީހުންވެސް ރީތިގޮތަކަށް ނަށާލާނެއެވެ. އެ ތަޅުމާއެކު ޔުއާން ގެ ހިތަށް ވެސް ތަދުވެއްޖެއެވެ. އެ ހިތަށް ގޮތެއްވެގެން ދިޔައެވެ. މޭތެރޭގައި އޮތް ހިތަށް ބާރުވާ ފަދަ އިހްސާސްއެއްކުރެވުނެވެ.

***

“މި ބިއްލޫރި ބޯޅަ ޔުއާން ތަޅާނުލައްޗޭ… އޭރުން އަހަރެންގެ ހިތް ވެސް މިހެން ކުދި ކުދި ވެދާނެ” ބީޗްގައި ޔުއާޏް ގެ ފައިގައި ބޯ އަޅައިލައިގެން މައިލީން ބުނެލި ވާހަކަ ޔުއާން ގެ ސިކުނޑީގައި އެނބުރިގަތެވެ.

ސާފުކުރަން ގޮވުމުގެ ބަދަލްގައި ޔުއާން އިށީދެ އޭގެން އެތިކޮޅުތައް ހޮވަން ފެށިއެވެ. ހިތް ނުތަނަވަސްވެފައިވެއެވެ. މިހާ ދުވަސް ވީއިރުވެސް އޭނާ އެ ގެންގުޅުނީ ވަރަށް ބަލައިގެންނެވެ. ކުއްލިއަކަށް އިއްޔެ އެ ފެނުނީ އެއްޗެހި ތަކެއް ހާވަނިކޮށެވެ. މާޒީގެ ހަނދާން ތަކުން ސިކުނޑި ފުނިޖެހުމާއެކީ އޭނާ އެ ނަގައިގެން ހޮސްޕިޓަލްއަށް ގެނައީއެވެ. މައިލީން އަށް ދިނުމުގެ ބަދަލްގައި ކަމުގައިވިޔަސް ހިތް އެއްބަސްނުވުމުން ބާއްވަން މަޖުބޫރުވީއެވެ.  އެހެން އުޅެނިކޮއް ހަދާލެވުނު ގޮތަކުން ޔުއާން ގެ ފައިދަށަށް ބިއްލޫރިކޮޅެއް ވަދެ ކައްސާލިއެވެ. ވެއްޓެން ދިޔަ ގަޑީގައި އަތް ވިއްދާލެވުނީ މުށި ތަކު މަތީގައި އިން ބިއްލޫރި ކޮޅަކަށެވެ.

ބޫޓަށް އަރައިގެން ހުރެވުނު ކަމަކީ ނަސީބެކެވެ. ފަޔަށް ގެއްލުން ނުލިބުނީ އެހެންވެއެވެ. ފުދެވަރަކަށް ބޮޑަށް ކަފައިގެން ދިޔުމާއެކު ލޭތައް އޮހިގަތެވެ. އެ ވަގުތަކީ މައިލީން ފައިލް ހިފައިގެން އައިސް ދޮރުގައި ޓަކި ޖަހާލި ވަގުތެވެ.

ޔުއާން އެއްޗެއް ނުބުނުމުން މާ ފޮނިވެފައި ނުހުރެވޭނޭ ހިތަށް އަރައި މައިލީން ދޮރު ހުޅުވައިލިއެވެ.

“ޔުއާން” ހުދުކުލައިގެ ފޮތިކޮޅެއް އަތުގައި އައްސަމުން ދިޔަ ޔުއާން އަށް ކުރިމަތި ބަލާލެވުނެވެ. މައިލީން ފެނިފައި އޭނާ ސިހުނެވެ. “ޔުއާން” އަވަސް އަވަހަށް އައިސް މޭޒުމާތީގައ ފައިލް ބާއްވަމުން މައިލީން ޔުއާން އަށް ގޮވާލާ ގޮސް އިށީން ނަން އުޅުނެވެ. “ބަލައިގެން ލީން” ޔުއާން އަށް އިޙްތިޔާރަކާ ނުލާ ބުނެވުނެވެ. މައިލީން އަށް ޔުއާން އަށް ބަލާލެވުނެވެ. މައިލީން ޔުއާން ތެދުވަން އެހީވިއެވެ.

މައިލީން ގެ ނަޒަރު ތެޅިފައިވާ އެއްޗަށް ހުއްޓެމުން ދާކަން ޔުއާން އަށް ފާހަގަވިއެވެ. އެހެންނަމަވެސް މައިލީން އެއްވެސް އެއްޗެއް ނުބުނެއެވެ. “ފަސްޓް އެއިޑް ބޮކްސް ކޮބާ” މައިލީން އަހައިލިއެވެ. ޔުއާން ދައްކާލުމާއެކު މައިލީން އެ ނަގައިގެން އައިސް ޔުއާން ގެ އަތުގައި ބޭސްއަޅަން އަވަސްވެގަތެވެ.

މައިލީން އަށް ބަލަން އިން ޔުއާން އަށް މައިލީން ގެ އިހްސާސްތައް އެނގުނީ ކަންނޭގެއެވެ. އެހެންނަމަވެސް އެއްޗެކޭ ބުނެވޭ ވަރަށްވުރެ އެ ދުލުގައި އެޅުވިފައިވާ ތަޅު ވަރުގަދައެވެ.

“އަހަރެން ހިޔެއްނުކުރަން ޔުއާން އެ ތަޅާލަފާނެކަމަކަށް. ނޫން. މިހާ ދުވަހު އެ ގެންގުޅެފާނެކަމަކަށްވެސް… ޔުއާން މިހާ ދުވަހު އެ ގެންގުޅުނަސް… އެ ހަލާކު ނުކޮއްލިއަސް ޔުއާން ވަނީ އަހަރެންގެ ހިތް ހަލާކުކޮއްލާފައި…”ބޭސްއަޅަން އިނދެގެން މައިލީން ބުނެލިވާހަކައިން މައިލީން ގެ މޫނާ ހަރަކާތްތަކަށް ގެއްލިފައި އިން ޔުއާން ސިހުނެވެ.

“އައި ކެން އެކްސްޕްލެއިން” ޔުއާން އަށް އެހެން ބުނެވުނީ ކީއްވެކަމެއް ޚުދު އޭނާ އަކަށް ނޭގެއެވެ.

“އައި ޑޯންޓް ވޯންޓް އެނީ އެކްސްޕްލެނޭޝަން… ޔުއާން ގެ އެއްވެސް އެކްސްޕްލެނޭޝަން އެއް އަހަރެންނެއް ބޭނުމެއްނޫން” މައިލިން އެހެން ބުނެލިއެވެ. އޭނާ ބޭސް އަޅާ ނިންމާލުމަށްފަހު ފަސްޓް އެއިޑް ބޮކްސް އިންތަނަށް ލުމަށްފަހު އެނބުރި ބަލާލުމެއްނެތި ދާން އެނބުރުނެވެ.

“ލީން” މައިލީން ގެ ފަހަތުން އައިސް ބައްދާލަމުން ޔުއާން ބުނެލިއެވެ. “އައެމް ސޮރީ… ސޮރީ ލީން” ޔުއާން ބުނަމުން ދިޔައެވެ. “ސްޓޮޕް އިޓް ޔުއާން… ޑޯންޓް ޕްލޭ ވިތް މައި ފީލިންގސް އެނީ މޯ… ޕްލީޒް” މައިލީން ގެ އަޑަށް ވެސް މަޑު ތުރު ތުރެއް ވެރިވަމުން ދިޔައެވެ.

އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އޮތް އިތުބާރު އަނެއްކާވެސް ގެއްލިދާނެއެވެ. އުންމީދުކޮއްގެން ދެރަ ލިބެނީ އޭނާއަށެވެ.

އޭނާ ޔުއާން ގެ އަތް ނައްޓާލުމަށްފަހު ދުއްވާފައި ނުކުތެވެ. އެއާއެކު ޔުއާން ގެ ހަރަކާތް ތަކަށްވެސް ހުއްޓުމެއް އައެވެ.

މާޒީގެ ސަފްހާތައް ކުރިމަތިން އަނެއްކާވެސް ސިފަވިއެވެ.

***

ގޮނޑުދޮށުގައި އެދުވަހު ލޯބީގެ ފުރަތަމަ ބިންގާ ދެމީހުން އެޅިއެވެ. ތަފާތަކީ މައިލީން އާ ބަސްބުނީ ހިތުގެ ފުންމިނުން އޭނާގެ ހިތާ ފުރާނައިން ކަމުގައި ވުމެވެ.

އެހެންނަމަވެސް ޔުއާން ގެ އެގުޅުމަކީ މަކަރާ ހީލަތުން ފުރިފައިވީ ގުޅުމެކެވެ. ދުވަސްތައް ފާއިތުވަމުން ދެއެވެ. މައިލީން އާ ޔުއާން ގެ ގުޅުން ވެސް ކުރިއަށް ދަމުން ދިޔައެވެ. މައިލީން ގެ އުޅުމަށް އަންނަމުން ދިޔަ ބަދަލް އެންމެ ގާތުން ފާހަގަވީ އާރާ އާއި ޝާލީން އަށެވެ. ދެފަހަރަކު ޝާލީން މައިލިން ގާތު އަހައިފިވެސް މެއެވެ. އެހެންނަމަވެސް މައިލީން އެއަށް ޖަވާބެއްނުދެއެވެ. ކޮންމެ ފަހަރަކުވެސް އޮއްބާލާ ވާހަކަ އޮޅުވާލަނީއެވެ.

އޭގެން އެއްދުވަހެވެ. އަޔިރިމަތީގައި އާދައިގެ މަތިން ދެ ލޯބިވެރިން ބައްދަލުކުރިއެވެ. ޔުއާން ގަހެއްގެ ކައިރީގައި މަޑުކޮއްލައިގެން ހުރީ މައިލީން ގެ އިންތިޒާރުގައެވެ. ޔުއާން ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް ފަހަތުން އައި މައިލީން ހަޅޭއްލަވައިގަތުމުންނެވެ.

“ލީން”ޔުއާން އަށް ބުނެވުނީ ތަންކޮޅެއް ނުރުހުންތެރި ކަމާއެކިގައެވެ. “ކޯންޗެއްތަ ފަހަތަށް ލައިގެން ތިފޮރުވަނީ” ޔުއާން ގެ އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލްގައި މައިލީން މާފަށް އެދުނީއެވެ. “ސޮރީ” މަޑު މައިތިރިކަން އެ އަޑުގައި އެކުލެވިފައިވިޔަސް އުފާވެރިކަމެއްވެސް ވިއެވެ.

އޭނާ ފަހަތުން އަތް ނަގަމުން ޔުއާން އަށް ދިއްކޮއްލީ ބިއްލޫރިބޯޅައެކެވެ. ޔުއާން ސުވާލުގެ ނަޒަރަކުން ބަލަން ހުއްޓެވެ. މައިލީން ހީލާފައި ބުނީ އެ ދުވަހަކީ އެމީހުން ގެ ގުޅުމަށް އެއްމަސް ވީ ދުވަސްކަމުގައެވެ. މައިލީން ގެ މި އަމަލުން ޔުއާން ހިންހަމަ ޖެހުނެވެ. އޭނާގެ ލޯބީގެ ދަޅައިގައި މައިލީން ރަނގަޅަށް ޖެހިއްޖެކަމުގައި އަމިއްލަ ޒަމީރު ވިސްނައިދިނެވެ. ހައިރާން ވާން ޖެހޭ ކަމަކީ ބައެއްފަހަރު މައިލީން އަށް ދެރައެއް ދޭން ހިތަށް އަރާފައިވެސް ފަސްޖެހެވޭކަމެވެ. މައިލީން އޭނާ ދެކެ އިންތިހާ އަށް ލޯބިވާކަން އޭނާ އަށް އެނގެއެވެ. އެ ލޯތްބަކީ ތެދުވެރި ސާފު ތާހިރު ލޯތްބެއްކަން ވެސް އެނގެއެވެ.

ޔުއާން މައިލީން އަށް އަތް ދިއްކޮއްލީ އެ ބިއްލޫރި ބޯޅަ އަތަށް ދޭށޭ ބުނާފަދަ ފޮތަކަށެވެ. އެކަމަކު މައިލީން ހުރީ އެ ބޯޅަ އަތުން އެހާ ފަސޭހައިން ދޫ ކުރާ ގޮތަކަށް ނޫނެވެ. އޭނާ ދުއްވައިގަންނަމުން ޔުއާން އަށް އެ ލިބޭނީ މައިލީން އަތުލުމުން ކަމަށް ބުންޏެވެ.

“ލެޓްސް ސީ”ޔުއާން ވެސް ހީގަނެފައި ދުއްވައިގަތީ މައިލީން ފަހަތުންނެވެ. އެހެން ފަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް ކުރި ލިބުނީ ޔުއާން އަށެވެ. އޭނާ މައިލީން އަތުލައިގަތެވެ. “ސީ” ޔުއާން އެ ބޯޅަ އަތުލަމުން ބުނެލިއެވެ. އެތަނުން ހިތާ އެޅިފައި އޮތް ގަހެއްގެ ދޮށުގައި ދެ ލޯބިވެރިން ޖައްސައިލިއެވެ.

މައިލީން އިށީނުމާއެކު ޔުއާން މައިލީން ގެ ފައިފަލަ މަސްގަނޑުގައި ބޯ އަޅައިގެން އޮށޯތެވެ. “ޔޫ ލުކް ބިއުޓިފުލް” މައިލީން ގެ އިސްތަށިތަކާ ކުޅެމުން ޔުއާން ބުނެލިއެވެ. ޔުއާން އަށް ނޭގުނު ކަމުގައި ވިޔަސް ބުނެވުނީ އޭނާގެ ހިތުގެ އަޑެވެ. އެހެނަސް ގަބޫލުކުރަން ފަސްޖެހެވެނީއެވެ.

“ޔުއާން…. ދުވަހަކުވެސް މީތި ތަޅާނުލައްޗޭ… އަހަރެން ދެކެ ލޯބި ވާހާ ހިނދަކު”މައިލީން ޔުއާން ގެ ބޮލުގައި ފިރުމާލަމުން ބުނެލީ ލޯއްބާ އެކީއެވެ. ޔުއާން އަށް އޭނަ ކުރާ އިތުބާރު ހަމައެކަނި އެ އަޑުން ވެސް ހާމަވެގެން ދެއެވެ. ކޮންފަދަ ލޯއްބެއްހެއްޔެވެ؟.

“ޔުއާން އަކީ ކާކު ކަމެއް ވެސް އަހަންނަކަށް ނޭގޭ… ކޮންތާކު ކީއްކުރާ މީހެއްކަމެއްވެސް ނުބުނޭ މި ހުރިހާ ދުވަހަކުވެސް… ބުނާ ހާވެސް އެއްޗަކީ ވަގުތު ޖެހުމުން އެނގޭނޭކަމަށް” މައިލީން ދުރުބަލައިލަމުން ބުނެލިއެވެ.

“ޑޯންޓް ވޮރީ ސްވީޓް ހާޓް… ދެރަގޮތެއް ނަހަދާނަން އަހަރެން ލީން އަށް” ޔުއާން ބުނެލީ ލޯ މަރައިގެން އޮވެއެވެ. އެވަގުތު ޔުއާން ގެ ތުންފަތަށް ވެރިވެގެން ދިޔަ ހިނިތުންވުން މައިލީން އަށް ސިފަވީ މައުސޫމްކަމާ ލޯބިން ފުރިގެން ވީ ހިނިތުންވުމެއްގޮތުގައެވެ. އެހެންނަމަވެސް އެ ހީލުމުގެ ފަހަތުގައި ފޮރުވިފައިވާ މަކަރުވެރިކަމާ ހީލަތް ތެރިކަން އެނގޭނޭ ހަމައެކަނި ފަރާތަކީ ޔުއާންއެވެ. އެންމެ ގާތުގައި އުޅޭ ލާމިސް އަށް ވެސް ޔުއާން ގެ މިކުޅިވަރުގެ ހަބަރެއްނޭގޭއެވެ. އޭނާގެ ބޭނުމަކީ މައިލީން އޭނާގެ ގައިގައި ޖެހީތީ އެކަމުގެ ބަދަލް ދޭށެވެ. ދުވަސްކޮޅަކު މައިލީން އާ އެކީ އުޅެލާފައި އެ ލޯބީގައި ކޮޅުފައިން ޖަހާ ދެރަކޮއްލާފައި ދިޔައީމާ އެކަން ނިމުނީ ކަމަށް ޔުއާން ހީކުރިއެވެ.

***

މައިލީން ދިޔަ ދޮރާ ދިމާލަށް ނަޒަރު ހުއްޓައިލައިގެން ހުރި ޔުއާން އެތަން ސާފުކުރަން ގުޅާލާފައި ގޮސް ގޮނޑީގައި ހަމަޖެހިލިއެވެ. އެއާއެކު އަނެއްކާވެސް މާޒީގެ ތެރެއަށް އޭނާގެ ވިސްނުން ފީނައިގަތެވެ.

***

ޔުއާން މާލެ ފުރަން ހަފްތާއަކަށް ވީއެވެ. އެވާހަކަ ބުނީއްސުރެ މައިލީން ދެރަވެގެން އެވާހަކަ ޔުއާން ގާތު ކިޔެވެ. މައިލީން ދެރެވެގެން އުޅޭވަރުފެނިފައި ޔުއާން ހިންހަމަޖެހުނެވެ. އޭނާ ގެ މަގްސަދު ކާމިޔާބު ވެއްޖެކަމަށް އޭނާއަށް ޔަގީންކުރެވުނެވެ. އޭނާ މައިލީން ގެ އިހްސާސްތަކާ ކުޅެލި ވާހަކަ ފުރަން އޮންނަ ދުވަހުގެ ރޭ މައިލީން އަށް ކިޔައިދޭން އޭނާ ވަނީ ނިންމާފައެވެ. އޭރުން މައިލީން ޖެހޭނީ އޭނާ މަތިން ހަނދާޏް ނައްތާލާށެވެ. މައިލީން އާ މެދު މިވީ ދުވަސްތަކުގައި އުފެދުނު އިހްސާސްތަކަކީ ވަގުތާ އެކީ ފިލާނޭ އެއްޗެއްކަމަށް އޭނާ ހީކުރިއެވެ. މައިލީން އަށް ވެސް ވީ އެހެން ކުދިންނަށް ވާ ގޮތެވެ. ލޯއްބަށް މާ ބޮޑަށް އިތުބާރުކުރެވުނީއެވެ. ޔުއާން އަށް މާ ބޮޑަށް އިތުބާރުކުރެވުނީއެވެ. މަކަރުވެރިކަމާ ހީލަތްތެރިކަމަށް ވިސްނާނުލެވުނީއެވެ. ލޯބީގައި އޭނާ ވަނީ ދީވާނާ ވެފައެވެ. “ޔުއާން އަހަރެން ދޫކޮއްލާފައި ނުދައްޗޭ” މައިލީން އާ ފޯނުން ވާހަކަ ދައްކަމުން ދިޔަ ޔުއާން ގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވެގެން ދިޔައީ މައިލީން ތިން ހަތަރު ފަހަރު އެ ޖުމްލަ ތަކުރާރު ކޮށް ބުނީމައެވެ.

“ޔެސް ޑާރލިން” ޔުއާން ބުނެލިއެވެ. އެތައް އިރެއްވަންދެން ފޯނުން ވާހަދެއްކުމުގައި ދެމީހުން ތިއްބެވެ. އޭގެ އަނެއް ދުވަހެވެ. ޔުއާން އާ މައިލީން އާ ދެމީހުން އާއްމުކޮއް ބައްދަލު ކުރީ ތުނޑިންނެވެ. އެ ތުނޑިއަކީ އެދެމީހުން ގެ އެތަކެއް ހަނދާނެއް ގުޅިފައިވާ ތަނެކެވެ. އެތަކެއް ވައުދު ތަކަކާ އަހުދުތަކެއް ވެފައިވާ ތަނެކެވެ. މައިލީން ގެ މުޅި ހަޔާތާ ވަރަށް ބޮޑަށް ގުޅި ލާމެހިގެން ދިޔަ ތަނެއްކަމުގައި އެ ތުނޑި ވިއެވެ.

“ޔުއާން… ކުރިން ދުވަހު ޔުއާން ވޮލެޓުން ވެއްޓުނު ތަޅުދަނޑިއެއް ވާނެ އިލީ އަތުގަ… އަމް ސޮރީ… ލީން އަތުގަ” މައިލީން ހިނިތުންވެލާ ޔުއާން އަށް ބަލާލިއެވެ. ލީން އެއީ ހަމަ އެކަނި ޔުއާން އަށް ހާއްސަ ނަމެކެވެ. އެހެން އެންމެން އިލީ ކިޔާއިރުވެސް ޔުއާން ބުނީ އޭނާ ކިޔާނީ ލީން ކަމުގައެވެ. ލީން މާރީތި ކަމަށް ބުނުމުން މައިލީން ވެސް އެއްބަސް ވީ ޔުއާން އާ ހުރިހާ އެންމެންވެސް ތަފާތުވާނެތީއެވެ. ޔުއާން އަކީ އޭނާ ގެ ލޯތްބެވެ. އަލަތު ލޯއްބެވެ. އޭނާ ޔުއާން ދެކެ ނުލާހިކު ލޯބިވެއެވެ. އެ ލޯބި ގެއްލިއްޖެނަމަ އެ ހިތް އެ ތިކޮޅުތަކަކަށް ބުރައިގެން ދާން އެންމެ ސިކުންތައްވެސް ނުނަގާނެއެވެ.

“ކޮން ދުވަހެއްގަ؟ ކަބަޑް ތަޅުދަނޑި ގެއްލިގެނޭ މިއުޅެނީ” ޔުއާން ކުޑަކޮއް ވިސްނާލުމަށްފަހު އަހައިލިއެވެ. “ޔުއާން ލާމިސް ގުޅީމަ ދިޔައީމެއްނު. ލީން ބުނީ ހުންނާނީ އޭ އިރުކޮޅަކުންނޭ ދާނީ… ބުނީމަ ޔުއާން ދިޔައީނު އެދުވަހު ޔުއާން ދާން އުޅެނިކޮއް ވެއްޓުނީ ލީން ގޮވާލީމަވެސް ފަހުންނޭ ކިޔާފަ ދިޔައީ ދެން ހަނދާން ނެތިފަ މިހުރީ… ގެއަށް ގެންދިޔަ ގޮތަށް އިންނާނެ… މިރޭ ހަވާލުކޮއްލަދޭނަން” މައިލީން ހީލުމަކާއެކީ ބުނެލިއެވެ.

ޔުއާން އެ ގޮތާ އެއްބަސްވިއެވެ. ޔުއާން އެދުނީ އެރޭ އޭނާ ހުންނަ ގެސްޓް ހައުސް ކާރިން ދިމާކުރުމަށެވެ. މައިލީން އެއްބަސްވަމުން ޔުއާން ގެ އަތުގައި ހިފާލިއެވެ. “އަހަރެން މިއަތުން ދެން ދުވަހަކުވެސް ދޫކޮއްލާކަށް ގަސްދެއްނުކުރަން” މައިލީން އެ ދެއަތަށް ބަލާލަމުން ބުނެލިއެވެ.

“އެކަމަކު އަހަރެން ތ އަތުން ވަރަށް އަވަހަށް ދޫކޮއްލާނަން. އޭރުން މައިލީން އަށް ޖެހޭނީ ރޯލަ ރޯލާ ހުންނަން. އަހަރެންގެ ރައްޓޭހިން ވެސް ބުނީ ކީކޭ. މައިލީން ހާސިލް އެއް ނުވާނޭ… މައިލިން އަހަރެން ގެ ކޯތާފަތުގަ ޖެހީ މިހާރު އަހަރެން މިހިފަނީ އެކަމުގެ ބަދަލް” ޔުއާން ހިތުން މައިލީން އަށް ވަރުގަދަ ރައްދެއްދިނެވެ. އޭނާ ގެ އެކުވެރިން ހާސިލް ނުވާނޭ ބުނީތީ އެނާ އެމީހުންނަށް ދައްކައިލުމުގެ ބޭނުމުގަޔާއި މައިލީން ގެ ކިބައިން ބަދަލް ހިފުމަށް ކުޅޭ މި ކުޅިގަނޑު ނިމޭނީ ކިހިނެތްބާއެވެ؟.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ނޫޫރު (އަށާވީސްވަނަ ބައި)

Next

ތިޔަ އަސަރު 14

Next
January 27, 2018

ތިޔަ އަސަރު 14

Previews
January 26, 2018

ނޫޫރު (އަށާވީސްވަނަ ބައި)

34 Comments!

  1. Hi Mi says:
    January 27, 2018 at 1:30 am

    Assalaamu Alaikum. Guys miothy 17 th vana part. Kiyaalaafa comment eh kohlahchey ingey… rangalhu kohlan jehey kameh ves faahaga kohdheythi. Maadhan bixi vaanethy up nukohdheveynethy mi vaguthu mi up kohdhini. In Sha Allah… the day after tomo dhen kiyaalan libeyne. ???
    Thankyou all…
    Jazakallah Khairan.

  2. Mai says:
    January 27, 2018 at 3:10 am

    Yayy me first dhw.. mi part vx v reethi Hi Mi.. waiting for next part ?????

    1. Hi Mi says:
      January 28, 2018 at 12:30 am

      Yap mai. Congarts ur first. Thankyou dear and sorry for the late reply Mai and all.

  3. Hajja Ibrahim says:
    January 27, 2018 at 6:04 am

    Varah ryti mi vaahaka.

    1. Hi Mi says:
      January 28, 2018 at 12:31 am

      Thanks dear

  4. Xxxx says:
    January 27, 2018 at 6:39 am

    Wooooowww ???? nice

    1. Hi Mi says:
      January 28, 2018 at 12:31 am

      Thanks Xxxx

  5. Pinky shifoo says:
    January 27, 2018 at 6:39 am

    Woww ❤️❤️❤️… I m speechless hama ??… Mi part vx Maasha Allah varah varah varah reethi.. ????.. Hi Mi shifoo ah faahaga vi hiyaa liyanvee thanakah hithaa liyefa iny.. Heheheh.. Eagerly waiting for the next part ??.. U are a wonderful writer Hi Mi… This story is hama superb ??.. Love you Hi Mi ❤️??????

    1. Hi Mi says:
      January 28, 2018 at 12:33 am

      Alhey. Shifoo. Varah dhera vehjje mihaaruuu commentsvthakah avahah reply nukureveythy. Hama bixikamun. Ekam varah happy vey konme faharakuvea pinky ge comment fennaathy. Dear. ??? loves more

  6. Xaaaan says:
    January 27, 2018 at 7:18 am

    Masha Allah mi baives haadha reehchey ?????❤

    1. Hi Mi says:
      January 28, 2018 at 12:34 am

      Thankyou Xaaaan. Varah happy vehjje.

  7. Anonymous says:
    January 27, 2018 at 7:30 am

    Mi vaahakaige 15th aa 16th vana part kobaa

    1. Hi Mi says:
      January 28, 2018 at 12:35 am

      Up kohlaafa innane. Anonymous. Author name ah gosfa kiyaalaa. ???

  8. Nees says:
    January 27, 2018 at 7:40 am

    Mi partves vvvvv reethi????????????❤❤❤

    1. Hi Mi says:
      January 28, 2018 at 12:38 am

      Thanks Nees.

  9. Zuam says:
    January 27, 2018 at 8:04 am

    Masha Allah varah reethi
    Waiting

    1. Hi Mi says:
      January 28, 2018 at 12:39 am

      Thanks zuam.

  10. Aki says:
    January 27, 2018 at 11:16 am

    varah furihama. adhi miadhu one part up kohla dheebaa pls pls

    1. Hi Mi says:
      January 28, 2018 at 12:39 am

      Thanks aki. V haave savahah kohdheynan. IN SHA ALLAH.

  11. Sid says:
    January 27, 2018 at 12:41 pm

    Dharifulhu doc ah dhakkan gossa kihiney mi vi. Eyge evves vaahaak eh nei..??n

    1. Hi Mi says:
      January 27, 2018 at 12:53 pm

      Hi Mi up kuri iruves thi suvaalu annaanekamah heekurin. E vaagithaki. E bai fahun annaane mailin ge hiyaalwhge therein. Mihaaru story liyefa in gothun. And afsheen hospital balaalan e dhiyae ehen dhuvahaku. Eyna innani kurin part ga liyefa miadhaki afsheen dhaa dhuvahey kiyaafa. Hope ur doubt gets clarified. About this. Thankyou. ?

  12. Aharen says:
    January 27, 2018 at 2:43 pm

    kotariah Vadhunee ekey niluyeveyne, kotariah vanee ey bunaanee/liyaanee, varah odd gotheh hurey nubaikoh bas beynun kureema.

    1. Hi Mi says:
      January 28, 2018 at 12:41 am

      Sorry dear. Hi Mi ah beynun kurevey kub ba heh eyi. Kuh bahey kan inguni ves thiya kiyun theringe faraathun. Dhen kureega liyefa in story eh v ma kiyamun dhaairu ehaa samaalukan nudheveuthy e bahah ehen vani. Balaanan rangalhu kureveythoa In Sha Allah. Thi kahala kanthah thah faahaga kohla dhinumaki libigen dhaa kuri erumeh kamugai dheken.

  13. Suney says:
    January 27, 2018 at 4:19 pm

    ????????????????wow hama super . You’re the best.

    1. Hi Mi says:
      January 28, 2018 at 12:42 am

      Thanks suney.

  14. laya says:
    January 27, 2018 at 7:01 pm

    ވާހަކަ ވަރަށް ރީތި….

    1. Hi Mi says:
      January 28, 2018 at 12:43 am

      Thankyou laya.

  15. Yua'ana says:
    January 27, 2018 at 8:25 pm

    Salhii!! Ekamm haadhaey makaruveryyy.. Hithaa ulheygothaa thafaathuu… U r the best ingeyy. Story hama mivareh neyy… Yunaan hope you regret now!!
    ?

    1. Hi Mi says:
      January 28, 2018 at 12:44 am

      Hehe. Dhen vaa gotheh . balamaa. Dw yua’ ana. Btw thankyou so much. Happy vehjje. Story kiyaakan emgunima. ???

  16. Yua'ana says:
    January 27, 2018 at 8:25 pm

    Salhii!! Ekamm haadhaey makaruveryyy.. Hithaa ulheygothaa thafaathuu… U r the best ingeyy. Story hama mivareh neyy… Yunaan hope you regret now!!
    ???

  17. Ara says:
    January 27, 2018 at 8:26 pm

    Best?

    1. Hi Mi says:
      January 28, 2018 at 12:44 am

      Hello ara. Thanks dear.

  18. Fathun says:
    January 27, 2018 at 8:48 pm

    V v v reethi.. Keep it up… Thee v trust kurevey writer eh….

    1. Hi Mi says:
      January 28, 2018 at 12:45 am

      Thankyou faathun. Mi gothugai kuri ah dheveythoa balaanan. In Sha Allah.

Comments are closed.

Next Episodeހިތާ ފުރާނައިން… (18)←


All Right Reserved!