Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ އަސަރު 5

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
January 19, 2018 12 Mins Read
37 Comments

އަޝްވިންއަށް މިވަމުންދާ މަންޒަރު ފެނި ހިންދުއަށް ދުރުގައި ހުންނަން ވަރަށް އުދަގޫވިއެވެ. ދެންމެ ދެކެވުނު ވާހަކަތަކާއި މިހާރު އަޝްވިންގެ މޫނުމަތިން ފެންނަމުންދާ ކުލަވަރުން ކަންތައް ވަރަށް ގޯސްވެއްޖެ ކަމުގެ އިހުސާސްކުރެވުނެވެ. އެހިތަށް ލިބިފައިވާ ޒަހަމްތަކުގެ ފުންމިން އަމިއްލައަށް އަންދާޒާނުކުރެވޭނެކަން ހިންދުއަށް އެގުނެވެ. ނަމަވެސް އޭނާ ކުރާނީ ކީއްހެއްޔެވެ؟ އަޝްވިން ފާރުގައި ޖެހި ކޮންމެ ފަހަރަކު އޭގެ ތަދު އިހްސާސްވީ ހިންދުގެ ހިތަށެވެ. އެހެންމީހަކަށްޓަކައި އަޝްވިންގެ ހިތުގައި ރިއްސަމުން ދާ އިރު އަޝްވިންއަށްޓަކައި އޭނާގެ ހިތް އެދެނީ ބޭގަރާރުވަމުންނެވެ. އަޝްވިންގެ މާޔޫސްވެފައިވާ މޫނަށް ބަލާލުމުން ކަރުނަ ހިލާލަނީ އޭނާގެ ލޮލުންނެވެ.

ސިކުޑިން ނުދާށޭ ގޮވަމުންދާ ހާލު އެކަމަށް ފުރަގަސްދީ ހިންދު އޭނާގެ ހިތުގެ އެދުމަށް އަޝްވިން ކައިރިއަށް ދާން ނިއްމިއެވެ.

ހިންދުއަށް ކުރިއަށް އަޅާލެވުނީ ދެތިން ފިޔަވަޅު އެކަންޏެވެ. ރަގަޅަށް ބަލާނުލައި ކުރިއަށް ދިޔުމުން އެތާގައި ހުރި ފޮށިގަނޑެއްގައި އަޅައިގެންފައި އަރިއަޅާލަމުން ބިންމައްޗަށް ވެއްޓުނެވެ.

“ހިންދު” މީހެއްގެ ހިލަމެއް ވީހެން އެފަރާތް ބަލާލި ވަގުތު ހިންދު ބިންމަތީގައި އޮތްތަން ފެނި އަޝްވިންއަށް ހައިރާން ކަމާއި އެކީ ގޮވާލެވުނެވެ.

“މިތާ ކީއްކުރަނީ.. ތަނަކަށް ތަދުވިތަ” ހިންދު ކައިރިއަށް އައިސް ތެދުވާން އެހީވަމުން އަޝްވިން އަހާލިއެވެ.

“އަޅުގަނޑު… މިތާ..” ހިންދުއަށް ދޭނެ ޖަވާބެއް ނޭނގެނެވެ.

“ތާކަށް ތަދުވިތަ” އަޝްވިން ދެވަނަ ފަހަރަށް އަހާލިއެވެ. ހިންދު އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އަދި އަޝްވިންއަށް އިތުރު ސުވާލެއް ކުރުމުގެ ފުރުސަތު ނުދީ ދުއްވާފައި ކަހަލަ ގޮތަކަށް އެތަނުން ނިކުމެގެން ދިޔައެވެ. އަޝްވިންއަށް އޭނާ އެފަދަ ގޮތަކަށް ފެނުމުން މީހާ ލަދުގަންނަ ގޮތްވިއެވެ. އަދި ހިތުގެ ވިންދުވެސް އިހުނަށްވުރެ ބާރުވިއެވެ.

ކޮޓަރިން ނިކުމެގެން ގޮސް ހިންދު ކައުންޓަރުގައި ހުރި ގޮނޑީގައި އިށީދެ ހަމަޖެހޭތޯ އުޅުނެވެ. ހިންދުއަށް ގޮނޑީގައި އިށީދެވުމާއި އެކީ އޭނާގެ ފަހަތުން ކޮޓަރައިން ނުކުތް އަޝްވިން އެތަނާއި އަރައި ހަމަކުރަނީއެވެ. ހިންދުއަށް އަޝްވިން ފެނުމާއި އެކީ ބޯ ތިރިކޮށްލީ އަޝްވިންއަށް ފެނިދާނެ ކަމަށްޓަކައެވެ.

“އައްދިއްޔޯ” ހާސްވެފައި ހުރިވަރުން ހިންދުގެ ބޯ ގޮސް ޖެހުނީ ކައުންޓަރުގެ މޭޒުގައެވެ.

“ހިންދު… ލިއުޝާ ނިމުމުން އަހަންނަށް ގުޅާލައްޗޭ” ބޮލުގައި އަތް ހާކަމުން ހިންދު ބޯ ހިއްލާލި ވަގުތު އަޝްވިން ބުނެލިއެވެ. ހިންދު މަޑުމަޑުން ބޯ ޖަހާލިއެވެ. އަދި އަޝްވިން ދިޔުމުން އަމިއްލަ ނަފުސާއި ދިމާލަށް ކުދި ކިޔަން ފެށިއެވެ. އެތާނގައި މަޑުން ހުރި ނަމަ މިހެން ނުވީހޭ ކިޔާފައެވެ.


 

ހަފުތާ ބަންދުގެ ހޮނިހިރު ދުވަހަކީ މާކޯނި ގެޔަށް ހާއްސަ ދުވަހެކެވެ. އެތައް އަހަރެއްގެ އާދާއިގެ ގޮތުން އެދުވަސް ވެފައިވަނީ އާއިލީ ދުވަހަކަށެވެ. ދުރުގައި ތިބި އާއިލާ މީހުންނަށް ގުޅައި ހާލު އޮޅުން ފިލުވައި ހެދުމަށް އަސްރާރު ވަރަށް ބޮޑަށް އޭނާގެ ދަރިންނަށް ބާރު އަޅައެވެ. އެދުވަހުގެ އެއްމެ ހާއްސަކަމަށް އޮންނަނީ ރޭގަނޑުގެ ކެއުމެވެ. ބައްޕަ ރުޅިދުރުވެދާނެތީ ހުރިހާ ކުދިންވެސް އެކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. ކިތައްމެ ބުރަކޮށް އުޅެމުން ވެސް ގެޔަށް އާދެއެވެ.

މިރޭމީ އާދިއްތަވިލޭރެއެކެވެ. ނަދީމާގެ އިތުރުން އަޝްވާއާއި ހަފީޒާ ބަދިގޭގައި އުޅެމުން ދަނީ ވަރުގަދަ ކެއުމެއް ތައްޔާރުކޮށްލެވޭތޯއެވެ. ހަފީޒާ އެގެއިން ހަދައިގެން އައި ފޮނި ކާތަކެއްޗާއި އެކު ރިހައިން ފެށިގެން ދެތިން ބާވަތުގެ ބަތެއް ތައްޔާރުކޮށްފައި ހުއްޓެވެ.

އަޝްވާ މިރޭ ހާއްސަ ސަމާލުކަމެއް ދީގެން މޭޒުމައްޗަށް އެއްމެ މީރު ކާތަކެތި އެރުވޭތޯ އުޅެމުން ދެއެވެ. އޭނާގެ ރައްޓެހިން ކަމުގައިވާ ރީމްއާއި ހިންދު މިރޭގެ ކެއުމުގައި ބައިވެރިވާތީއެއްނޫނެވެ. އެތައް ދުވަހަކަށް ފަހު ޝަނުމް ވެސް ފެންނާނެތީއެވެ. އެރޭގެ ޕާޓީ އަދި ހޮސްޕިޓަލުގައި ދެމީހުންގެ ދޭތެރެ ދެކެވުނު މަދު ވާހަކަތައް އަޝްވާގެ ސިކުޑިން ފޮހެވޭވަރެއް ނޫނެވެ. ޝަނުމް ދެކޭ ހިތްވަނީއެވެ. ވާހަކަދައްކަން ބޭނުންވަނީއެވެ. ޝަނުމްއާއި ދޭތެރޭ ނުވިސްނަން އުޅުނު ކަމުގައި ވިޔަސް އެކަނިވާ ވަގުތުތަކުގައި އެނޫން ސޫރައެއް ލޯކުރިމަތިން ސިފަނުވެއެވެ.

ކެއުމުގެ މޭޒު ދޮށަށް އެއްމެން ޖަމާވިއެވެ. ކެއުމަށް ދައުވަތު ދިން ރީމްއާއި ހިންދު ލަސްވާނެއޭ ބުނުމުން އެއްމެން ކެއުމާއިގެން ކުރިއަށް ގެންދިޔައެވެ.

އަސްރާރު މޭޒުގެ އެއްކޮޅުގައި އިންއިރު އޭނާއާއި ޖެހިގެން ވައަތް ފަރާތަށް ހަފީޒާއާއި  ޖެހިގެން އަޝްވާއާއި  ޝަނުމް އިނެވެ. އެމީހުންގެ ކުރިމަތީގައި ޝައިމްއާއި އޭނާގެ އަންހެނުން މަލަކާ އިނެވެ. އަސްރާރުގެ ކުރިމައްޗަށް މޭޒުގެ އަނެއްކޮޅުގައި އަޝްވިން އިނީ އީޝް ބައިންދައިގެންނެވެ. ކުޑަކުދިން އިށީންނަން ފަރުމާކޮށްފައިވާ އެގޮނޑީގައި އީޝް އިނީ ފުޑިން ތައްޓެއް ކައިލަ ކައިލައެވެ.

“އަޝްވާ ތިރީ ބައި ސާފުކޮށްލީތަ މިހާރު” އަސްރާރު އަހާލިއެވެ. މާދަމާއަކީ އޭނާގެ ކައިވެނި ކުރެވޭ ދުވަހަށް ވެފައި ހަފީޒާ މިގެޔަށް ބަދަލުވާނެއެވެ. ހަފީޒާއާއި ޝަނުމްއަކީ މިހާރު އެއްގެޔެއްގައި ދިރިއުޅޭ ބަޔަކަށް ވުމުން ހަފީޒާ އެގެޔަށް ބަދަލުވާއިރު އޭނާއާއި އެކީ ޝަނުމް މިގޭ ތިރީ ހުންނަ އެޕާރޓުމެންޓަށް ގެންނަން އަސްރާރު ނިންމިއެވެ.

“ލައްބަ ސާފުކޮށްފިން. އެކަމަކު ކުލަލައި ބައެއް ތަންތަން މަރާމާތު ކުރަން އެބަޖެހޭ.. ޓީވީ ރެކާއި ބަދިގޭގެ ބައެއް ކަބަޑުތަކުގެ ފިލާގަނޑު ނައްޓާފަ ހުރީ.. ދޮންބެ އާއި ދެމީހުން މާދަން އެކަމާ އުޅޭނަން ދޯ ދޮންބޯ” ކުރިމަތީ އިން ޝައިމްއަށް ދޯ އެއް ދެމުން އަޝްވާ ބުނެލިއެވެ.

“ބައްޕަ އެތަން ޝަނުމް ދިރިއުޅެން ދޭން ނިންމި އިރު ބައްޕަ ކީހުރީ ހަފީޒާގެ ދަރިފުޅު މީކާއީލް ވަރަށް އަވަހަށް މާލެ އަންނާނެ ކަމަށް. އެކަމަކު މިއަދު ގުޅާފަ ބުނީ އިތުރު ކޯހެއް ހަދަން މަޑުކުރަން ބޭނުމޭ.. އެހެންވީމަ ޝަނުމް އެކަނި އަދި އެތާނގައި ދިރިއުޅެން ހަމަޖެހިފައި އޮތީ. ޝަނުމް.. ނެތްތައް އެކުގައި ދިރިއުޅޭނެ ރައްޓެއްސެއްވެސް” ޖޫސް ފޮދެއް ބޯ ލުމަށްފަހު އަސްރާރު ސުވާލުކޮށްލިއެވެ.

“ހިޔެއް ނުވޭ ހުންނާނެހެން. އެހެންވީމަ ކޮންމެހެން އަޅުގަނޑަށް އެކަނި އެތަން ދިނުމުގެ ބޭނުމެއް ނެތެއް ނޫންތޯ. އަޅުގަނޑު އުޅޭނެ އެހެން ތަނެއް ހޯދަފާނަން” ޝަނުމްއަށް އެކަނި އުޅެން އުދަގޫވެދާނެތީ ބުނެލިއެވެ.

“ތިހެން ހަދައިގެން ކަމަކު ނުދާނެ. ތީ ހަފީޒާގެ ބެލުމުގެ ދަށުގައި ހުރި އޭނާ ދަރިއެއްހެން ދެކޭ ކުއްޖެއް. މާދަމާ އަށްފަހު ޝަނުމްވެސް ވާނީ މިއާއިލާގެ ކުއްޖަކަށް” ޝަނުމްއަށް އެނޫން ގޮތެއް ހޯދޭނެތޯ ވިސްނަމުން އަސްރާރު ބުނެލިއެވެ.

“ބައްޕާ.. އަޅުގަނޑާއި މަލަކާ ޝަނުމް އާއި އެކީ އެގޭގައި ދިރިއުޅެން ކިހިނެތްވާނެ. މަލަކާ މިހާރުވެސް ދައްކާނެ ކޮޓަރި ކުޑަ ވާހަކަ” މަލަކާއާއި ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހު ޝައިމް ހިޔާލެއް ދިނެވެ.

“ބައްޕަގެ މައްސަލައެއް ނެތް. ޝަނުމް އެގޮތް ކިހިނެތްވާނެ. މިހާރު އެކަނިވެގެން އުޅޭކަށް ނުޖެހޭނެއެއްނު” އަސްރާރު ކުޑަކޮށް ހީލަމުން ޝަނުމް ކައިރިން އޭނާ ދެކޭ ގޮތް އަހާލިއެވެ.

ކެއުން ނިމިގެން ދިޔައީ މިފަދަ އެކި ވާހަކަތަކުންނެވެ. އަސްރާރު ހެވިފައި ހުރީ އޭނާގެ ދަރިން ހަފީޒާއާއި ޝަނުމްއަށް ބަހައްޓާ ގާތްކަން ފެނިފައެވެ. ޝަނުމް އާއި ޖެހިގެން އިން އަޝްވާ އިނީ ޝަނުމް އޭނާއާއި ވާހަކަ ދައްކާލާނެ އިރެއްގެ އިންތިޒާރުގައެވެ. ނަމަވެސް ސީދާއާއި އެއްވެސް ވާހަކައެއް ޝަނުމް ނުދައްކައެވެ.

ކެއުން ނިންމާލުމަށްފަހު އަޝްވާ އޭނާގެ އެކުވެރީން ލަސްވަނީ ކީއްވެތޯ ބަލާލުމަށް ގުޅާލިއެވެ. ރީމް މިތިބީ އެގޭ ސިޑިމަތީގައި ކަމަށް ބުނުމުން އަޝްވާ ދޮރު ކައިރިއަށް ދިޔައެވެ.

“ކީއްވެތަ މިހާ ލަސްވީ. މިހާރު އެއްމެން ކައިވެސް ނިމިއްޖެ” ރައްޓެހިން ފެނުމާއި އެކު އަޝްވާ ޝަކުވާ ކޮށްލިއެވެ.

“ހިންދު ކައިރީ އަހާބަލަ ކީއްވެތޯ ލަސްވަނީ.. ގެއިން ނިކުތްއިރުވެސް މިކިޔަނީ އަޝްވިން އަށް ފެންނާކަށް ބޭނުމެއް ނޫނޭ” ރީމް އޭނާ ކުރިމަތީގައި ހުރި ހިންދުއާއި ދިމާލަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ.

“ބޭބެ އަކީ ފުރޭތައެއް ނޫނޭ ބިރުން ފިލާކަށް” ހިންދުއާއި ދިމާލަށް ލޯ އަޅާލަމުން އަޝްވާ ބުނެލިއެވެ.

“މިމީހުން ވާހަކަދައްކާއިރު ހީވަނީ ރަށުގެ އެއްމެނަށް އިއްވަން އުޅޭހެން. ތަންކޮޅެއް މަޑުންވެސް ވާހަކަ ދެއްކިދާނެ އެއްނު” ދޮރު ކުރިމައްޗަށް އަރައި ކުޑަކޮށް އެތެރެއަށް ނަޒަރު ހިންގާލަމުން ހިންދު ބުނެލިއެވެ.

“އަހަންނަށް ޔަގީން އަޝްވިން ހުންނާނީ އަހަރެން ދެކެ ވަރަށް ރުޅިއައިސްފަކަން އަދިވެސް. މިރޭ އެތަށް ފަހަރަކު ނާންނަން އުޅެފަ އަޝްވާ ކިޔާވަރުން މިއައީ” ހިންދު ހަމަޖެހުމުގެ ނޭވާއެއް ލަމުން ބުނެލިއެވެ.

ތިން މީހުން އެކުގައި ސިޓިންރޫމަށް ދިޔައިރު އެއްމެން ސިޓިންރޫމުގައި ޓީވީއިން ދައްކަމުން ދިޔަ ޕުރޮގުރާމެއް ބަލަން ތިއްބެވެ. ޝަނުމް ފެނުމުން ރީމް ނިތްކުރި އަރުވާލައި ފުޅާކޮށް ހިނިތުންވެލިއެވެ. އޭގެ ބަދަލުގައި ޝަނުމްވެސް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އަޝްވިންއަށް ނުބަލަން ހުރެފައިވެސް ހިންދުއަށް އަވަސް ކަޅިއެއް އަޝްވިންއަށް ދެވުނެއެވެ. އެވަގުތު އަޝްވިންވެސް ހުރީ ހިންދުއާއި ދިމާލަށް ބަލަހައްޓައިގެން ކަމުން ފަޅި ސިކުންތަކަށް ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ.

“އަޝްވާ ދޭބަލަ ޝަނުމް ގޮވައިގެން ތިބުނާ ތަންތަން ދައްކާލަން.  ޗުއްޓީ ދުވަހެއް ކަމުން މާދަމާ ޝައިމްއާއި އެކީ އެކަންތަކުގައި ޝަނުމްއަށް ވެސް އުޅެވޭނެ އެއްނު” އަޝްވާ އައުމުން އަސްރާރު ބުނެލިއެވެ.

ބައްޕަގެ އެދުމުގެ މަތިން އަޝްވާ ޝަނުމް ގޮވައިގެން ތިރީ ބަޔަށް ދިޔައެވެ. އެމީހުންނާއި އެކީ ރީމްއާއި ހިންދުވެސް ދިޔައެވެ. ގެޔަށް ވަދެވުމާއި އެކީ ހިންދު ރީމް ގޮވައިގެން ބެލްކަންޏަށް ނުކުތީ ވަރަށް ބޮޑު ވާހަކައެއް ދައްކާށޭ ކިޔާފައެވެ. އެމީހުން ދިޔުމުން އަޝްވާ ޝަނުމް ގޮވައިގެން ގޭގެ ތަންތަން ދައްކާލަން ދިޔައެވެ.

އަޝްވާ އެއްމެ ފުރަތަމަ ދިޔައީ ޝަނުމްއަށް އޭނާގެ ކޮޓަރި ދައްކާލުމަށެވެ.

“މީތަ މިގޭގެ ހުރި އެއްމެ ބޮޑު ކޮޓަރިއަކީ” ކޮޓަރިއަށް ނަޒަރު ހިންގާލަމުން ޝަނުމް އަޝްވާ ކުރެން އަހާލިއެވެ.

“އާން…ބައްޕަ ބުނުއްވީ ޝަނުމްއަށް އެއްމެ ބޮޑު ކޮޓަރި ތައްޔާރު ކުރާށޭ. އެހެން ކޮޓަރިތަކަށް ވުރެ މިކޮޓަރީގެ ބެލްކަނީގެ ވިއު ވަރަށް ރީތިވާނެ. ފާހަނާވެސް އެހެން ކޮޓަރިތަކަށް ވުރެ ރަގަޅު ވާނެ. އަދި ފަރުނީޗަރުވެސް ގިނަވާނެ” އަޝްވާ ކިޔާދިނެވެ.

“އަޝްވާ ހީވަނީ އަހަންނަށް މިކޮޓަރި ކުއްޔަށް ދޭން އުޅޭ މީހެއްހެން. ހުރިހާ ސިފަތަކެއް ނުކިޔައި ދިނަސް އަހަރެންގެ ވަށައިގެން ހަތަރު ފާރާއި ހިޔާކޮށްލާނެ ފުރާޅެއް އޮތުމުން އެނިމުނީ.” ކުޑަކޮށް ހީލަމުން ޝަނުމް ބުނެލިއެވެ.

“އެހެން ގެޔަކަށް ބަދަލުވާއިރު ކިޔާދޭންވާނެ އެއްނު.. އެހެންނޫނީ ފަހުން ބުނެފާނެ އަހަރެން ކިޔާނުދެއޭ” އަޝްވާވެސް ހިނިތުންވެލަމުން ބުނެލިއެވެ.

“މޭޒުގެ ވަށްގަނޑުތައްވެސް ހަލާކުވެފައި މިހިރީ..އަވަސް އަރުވައިގެން ހުޅުވާލާއިރަށް އެއްކޮށް ވެއްޓިދާނެ” މޭޒު ކައިރިއަށް ޖެހިލަމުން އަޝްވާ ބުނެލިއެވެ.

“ދައްކަބަލަ ހަލާކުވެފައި ހުރީ ކިހިނެތްތޯ ބަލާލަން” ޝަނުމް އެއްމެ މަތީ ވަށްގަނޑުގައި ހިފައި ހުޅުވާލުމަށް ދަމައިގަތެވެ. ތަޅުގައި ހިފާލީ މަޑުން ނަމަވެސް އެއާއި ބާރުމިނުގައި އައިސް މޭޒާއި ވަކިވެ ވަށްގަނޑު ބިންމައްޗަށް ވެއްޓިގެން ދިޔައެވެ.

“އައްދިއްޔޯ… މަންމާ” އަޝްވާއަށް ބާރަށް ގޮވައިގަނެވުނެވެ. ހީވީ އޭނާގެ ފައިތިލަ ޗިސްޗިސްވިހެންނެވެ. ވީތަދާއި އެކު އަޝްވާ ބިންމައްޗަށް ތިރިވިއެވެ.

“ވަރަށް ބޮޑަށް ތަދުވިތަ.. އައި އޭމް ސޯ ސޮރީ އަޝްވާ… އަހަރެން ގަސްދުގައެއް ނޫން” އަޝްވާގެ ފައިމަތިން ވަށްގަނޑު ނަގަމުން ޝަނުމް ބުނެލީ ހާސްކަމާއި އެކީގައެވެ.

އަޝްވާއަކީ ފަލަ މީހަކަށް ވެފައި ހަމުގެ ކުލަ ދޮން މީހަކަށް ވުމުން އަނިޔާގެ އަސަރު އިސާހިތަކު ފެންނަން ފަށައިފިއެވެ. ލޭގެ އަސަރު ފާޅުވެފައި ނެތްނަމަވެސް ވަށްގަނޑު ޖެހުނުތަން އެއްކޮށް ރަތްވެގެން ދިޔައެވެ.

“ހަމަޖެހިލައިގެން އިށީދޭ.. އަހަރެން އެބަ އަންނަން ބޭސްފިހާރައަށް އައިސްޕެކެއް ގަނެގެން” އަޝްވާގެ މޫނުމަތީގައިވާ ވޭނުގެ ސަބަބުން ޝަނުމްގެ ހާސްކަން އިތުރުވެގެން ދިޔައެވެ.

ގޭ ތިރީ ހުރި ފިހާރައިން ޝަނުމްއަށް އައިސް ޕެކު ހިފައިގެން އާދެވުނީ ދިހަ ވަރަކަށް މިނެޓު ފަހުންނެވެ. އަވަސް ހިނގުމެއްގައި ގޮސް އަޝްވާ އިން ކޮޓަރިއަށް ޝަނުމް ވަނެވެ.

“އަދިވެސް އެހާވަރަށް ތަދުވޭތަ” ކޮޓަރިއަށް ވަންނަމުން ޝަނުމް އަހާލިއެވެ. އޭނާ ބައިންދާފައި ދިޔަ ތަނުގައި އަޝްވާ ނެތުމުން މުޅި ކޮޓަރި ތެރެއަށް އަވަސް ނަޒަރެއް ހިންގާލިއެވެ.

“އަޝްވާ” ފާހަނާއިގެ ބޮކިވެސް ހުރީ ނިއްވާފައެވެ. އެހެންކަމުން ޝަނުމް ހާސްވެފައި އަޝްވާ އަށް ދެތިން ފަހަރެއްގެ މަތިން ގޮވާލިއެވެ.

“އަޝްވާ ގެއްލިގެންތަ ތިއުޅެނީ” ޝަނުމް އަޝްވާއަށް ގޮވާ އަޑު އިވިގެން ރީމްއާއި ހިންދު އެތަނަށް އައެވެ. އެމީހުން އައުމުން ޝަނުމް ވީ ގޮތް ކިޔައިދީ އަޝްވާ ވީ ތަނެއް އެނގޭތޯ އަހާލިއެވެ. އެކަކަށްވެސް އަޝްވާ އެފަހުން ފެނިފައި ނުވާތީ ތިން މީހުން މަތީ ބަޔަށް ދިޔައެވެ.

“ބޮޑުދައިތާ އަޝްވާ އައިތަ މިބަޔަށް” ސިޓިންރޫމުގައި އިން ހަފީޒާއާއި މުހާތަބުކޮށް ޝަނުމް އަހާލިއެވެ.

“ތިކުދިން ކައިރީ ނުބުނެތަ އަޝްވާ އައީ.. އިރުކޮޅެއް ކުރިން އައިސް ބަދިގެޔަށް ވަދެފަ ކޮޓަރިއަށް ދިޔަތަން ދުށިން. އަނެއްކާ ކަމެއްވީތަ” ޝަނުމްގެ މޫނުމަތިން ފެންނަމުންދާ ހާސްކަން ފެނި އަސްރާރު އަހާލިއެވެ.

“އަޝްވާ ނުބުނެ އައީމަ ނުފެނިގެން މިއުޅެނީ.. ޝަނުމް ހިނގާ އަހަރެމެންނާއި އެކީ އަޝްވާ ކައިރިއަށް ދާން” ޝަނުމްއަށް ޖަވާބު ދޭން ފުރުސަތު ނުދީ ރީމް ކުރިއަށް ޖެހިލައި ޝަނުމްގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“އެކަމަކު…” ސުވާލުން ފުރިގެންވާ ބެލުމަކުން ރީމްއަށް ބަލާލަމުން ޝަނުމްއަށް ބުނެވުނީ އެހާވަރަށެވެ. ޝަނުމްގެ އަތުގައި ބާރަށް ހިފާލަމުން ރީމް ޝަނުމް ގޮވައިގެން އެތަނުން ދާން ހިނގައިގަތީ އެތާ ތިބި އެހެންމީހުންނަށް ޝައްކުގެ ނަޒަރުން ސަލާމަތްވުމަށް އެއްމެނަށް ފުޅާ ހިނިތުންވުމެއް ހަދިޔާކުރަމުންނެވެ.

” އަޝްވާއަށް ކަމެއް ވެއްޖެކަން އެގުނު ނަމަ އަސްރާރު ބޭބެ ވަރަށް ކަންތައް ބޮޑުކޮށްލާނެ ” އަޝްވާގެ ކޮޓަރިއާއި ހިސާބަށް ދެވުނު އިރުވެސް ޝަނުމް އޭނާއަށް ފާޑަކަށް ބަލަހައްޓައިގެން ހުރުމުން ރީމް ބުނެލިއެވެ.

“އަޝްވާ.. ދޮރު ހުޅުވާލަބަ” ދޮރުގައި ޓަކި ޖަހާލަމުން ރީމް ގޮވާލިއެވެ. ދެތިން ފަހަރު ޓަކި ޖަހާލުމުން އަޝްވާ ދޮރު ހުޅުވިއެވެ.

“ކީއްވެތަ ނުބުނެ އައީ. ޝަނުމްއަށް އަޝްވާ ވީތަނެއް ނޭނގިގެން ބިރުން އެހުންނަނީ” ދޮރު ހުޅުވާލުމާއި އެކު ރީމް ބުނެލިއެވެ.

“ފައިގައި ރިއްސާވަރުން ނުހުރެވިގެން އައީ.. އަހަރެންނަށް ތިމީހުންވެސް ނުފެނު ވިއްޔާ” އެތެރެއަށް ވަންނަމުން އަޝްވާ ބުނެލިއެވެ. އަޝްވާގެ ފަހަތުން ހިންދުއާއި ރީމް ވަނެވެ.

“ކީއްވެ ބޭރުގަ ތިހިރީ.. އާދެބަލަ” ފަހަތް ބަލާލިއިރު ޝަނުމް ނުވަދެ ހުރުމުން ޝަނުމްގެ އަތުގައި ހިފާލަމުން ރީމް ބުނެލިއެވެ. އަޝްވާގެ ހުއްދަ ނެތި އެކޮޓަރިއަށް ވަންނަން ޝަނުމް ހުރީ ޖެހިލުންވެފައެވެ.

“އަދިވެސް ވަރަށް ބޮޑަށް ރިއްސާތަ. ދުޅަވާ ތަންތަނުގައި ހާކާ ބޭހެއް ނެތްތަ” އަޝްވާ ކައިރީ އެނދުގައި އިށީދެލަމުން ހިންދު އަހާލިއެވެ.

“އެއީ އެވަރު ކަމެއް ނޫނޭ. މާދަން ހެނދުނު ތެދުވާން ވާއިރަށް ރަގަޅުވެދާނެ” ފައިގައި ކިތައްމެ ބޮޑަށް ރިއްސިކަމުގައި ވިޔަސް ޝަނުމް ހުރުމުން އެކަން ދައްކާކަށް އަޝްވާއަށް ނުކެރުނެވެ.

“ދުޅަ ތިރިކުރަން އެއްމެ ރަގަޅުވާނީ އައިސްޕެކު  ދޯ ޝަނުމް” ޝަނުމް އަތުގައި އޮތް އައިސްޕެކު ނަގައިގެން ރީމް އެނދު މައްޗަށް އަރައި އަޝްވާގެ ފައިގައި އަޅަން ފެއްޓިއެވެ.

ޝަނުމް އަޝްވާގެ ހަރަކާތްތައް ރަގަޅަށް ބަލަމުން ދިޔައެވެ. ކޮންމެވެސް ކަމަކާއި ހިތް އަވަސްވެފައިވާކަން އަޝްވާގެ މޫނުމަތިން ފެންނަމުން އެބަ ދެއެވެ. ނޫނީ އެއީ ހިތްހަމަނުޖެހުމެގެ އަސަރުބާވައެވެ؟

“ޝަނުމް ކޮޅަށް ނުހުރެ އިށީދެލަންވީނު” ޝަނުމް ކޮޅަށް ހުރުމުން އުދަގޫވާތީ އަޝްވާ މަޑުމައިތިރިކަމާއި އެކީ އެދުނެވެ.

އަޝްވާގެ އަޑުގައިވި ސާދާކަން ފެނި ޝަނުމްއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އަޝްވާއަށް ލުއި ހިނިތުންވުމެއް ހަދިޔާކުރުމަށްފަހު ޝަނުމް މޭޒު ކައިރީގައި ހުރި ގޮނޑީގައި އިށީންނަން އުޅުނެވެ. އެވަގުތު އޭނާ ލޮލުގައި އަޅައިގަތީ މޭޒުމަތީ އޮތް ކާޑެވެ. އެއީ އޭނާ ހީކުރާ ކާޑުތޯ ޔަގީންކޮށްލުމަށް ޝަނުމް އެޔަށް ރަގަޅަށް ބަލާލިއެވެ.

“ތާތީ ތާތީ…” ކުޑަ ކުޑަ އީޝް އަޝްވާއަށް ގޮވަމުން އެތަނަށް ދުވެފައި އެތަނަށް އައެވެ.

“ތާތީ ފެން..” އަޝްވާ އުގަށް އަރަމުން އީޝް އޭނާގެ ތުއްތު ބަހުރުވައިން ބުނެލިއެވެ.

“ތާތީ ފައިގަ ރިއްސާތީ މިއުޅެނީ.. ކޮއްކޮ ދާންވީނު ހިންދު ދައްތައާއި އެކީ ފެން ބޯލަން” އީޝްގެ ބޮލުގައި ފިރުމާލަމުން އަޝްވާ ބުނެލިއެވެ.

އީޝްއަށް ފެންދޭން ހިންދު ބަދިގެޔަށް ދިޔައެވެ. ކުޑަ ފެންފޮދެއް ބޯލުމަށްފަހު އީޝް ހިންދުގެ އުނގުތެރެއަށް ބޮޑިވެގަތެވެ. އޭނާގެ އާދައިގެ މަތިން ރޭގަނޑުގެ ނިދުމަށް ތައްޔާރުވެލުމަށެވެ. އީޝްގެ މިކަހަލަ ކުދިކުދި ކަންތަކުގެ ވާހަކަ އަޝްވާ އަބަދުހެން ދައްކާތީ ހިންދުއަށް އޭގެ މާނަ އެގުނެވެ. އެހެންކަމުން އީޝްގެ ބޮލުގައި ފިރުމާލައި އިތުރަށް ގަޔާއި ކައިރިކޮށްލިއެވެ. އީޝްއަށް ނިދެން ނެގީ ފަސްވަރަކަށް މިނެޓެވެ. ފުންނިންޖަކަށް އީޝްއަށް ދެވުނުކަން ޔަގީންވުމުން ހިންދު އީޝް ކޮނޑުމަތީގައި ބާއްވާލައިގެން އަޝްވާގެ ކޮޓަރިއަށް ދިޔައެވެ.

“މިރޭ އީޝް އޮންނާނީ ބޭބެ ކޮޓަރީގައޭ.. ތަޅުނުލައި ހުންނާނީ ގޮސް ބާއްވާލާ” ނިދިފައި އޮތް އީޝް ފެނުމުން އަޝްވާ ބުނެލިއެވެ.

“މަށަކަށް ނުކެރޭނެ އެކޮޓަރިއަށް ވަންނާކަށް.. އަޝްވިންއަށް ފެނިދާނެ” ހިންދު ދެކޮޅު ހެދިއެވެ.

“ދޭބަލަ ދެން. ބޭބެ އިނީ ސިޓިންރޫމުގައޭ.. ތިވަރަށް ހާސްވާން ހަދައިގެން އެއްމެ ފަހުން ދުވަހުވެސް ލަޑު ލިބުނީ” އަޝްވާ ބުނެލިއެވެ.

“ރީމް.. ތިމީހުން އައިއިރު އެބައިގަ ތަޅުލިންތަ” ކުއްލިއަކަށް ހަނދާންވުމުން އަޝްވާ އަހާލިއެވެ. ތަޅުނުލައި ހުރުމުން ރީމް އެބަޔަށް ދާން އުޅުނެވެ.

ރީމްއާއި ހިންދު ދިޔުމުން އަޝްވާ އާއި ޝަނުމް އެތާގައި އެކަނިވިއެވެ. އަޝްވާ ޝަނުމްއަށް ބަލާލަން ނުކެރިފައި އިންއިރު ޝަނުމްގެ ލޯ އަޝްވާގެ މޫނު ނޫން އެހެންތާކަށް އަމާޒުވާހެން ހީނުވެއެވެ. މިއީ ފުރަތަމަ ފަހަރަށް އޭނާގެ ހިތުން އަޝްވާއަށް ތައުރީފުކުރެވުނު ފަހަރެއް ނޫނެވެ. އަޝްވާއާއި ބައްދަލުވި ފުރަތަމަ ރެއިން ފެށިގެން މިރެއާއި ހަމައަށް ޝަނުމްއަށް އަޝްވާގެ ފަރާތުން ފެންނަމުންދަނީ ތަފާތު ކަމެވެ. މޫނުމަތިން ދައްކަމުންދާ އިހުސާސްތަކާއި އަމަލުތައް ތަފާތެވެ. މިޒާޖު ދަސްކުރަން އުދަގޫވެއްޖެއެވެ.

އަޝްވާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ ހިތުން މަގާމެއް ހޯދަމުންދާ ޝަނުމް ކުރިމަތީގައި އިނުމުން ހިތް އަވަސްވެފައެވެ. އަވަސް ކަޅިއަކުން ޝަނުމްއަށް ބަލާލި ދެތިން ފަހަރުވެސް ޝަނުމްގެ ނަޒަރު އޭނާއަށް އަމާޒުވެފައިވުމުން އަތް ފިނިވާން ފަށައިފިއެވެ.


 

އަޝްވިންގެ ކޮޓަރީގައި ހުރީ ބޮކި ނިއްވާފައި ކަމުން ހިންދުއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އަވަސް ހަރާކާތްތަކާއި އެކު ނިކަން ފަރުވާތެރިވެގެން އީޝްގެ ތަންމަތި ރީތިކޮށްލިއެވެ. އަދި ނިދިފައި އޮތް އީޝް އެތާގައި ބާއްވަން އުޅުނެވެ. ނަމަވެސް އީޝް އޮތީ އޭނާގެ ޝޯލްގެ ފަހަތުގައި ބާރަށް ހިފަހައްޓައިގެން ކަމުން ކުޑަކޮށް އުދަގޫވެގެން ދިޔައެވެ. އެކި ގޮތް ގޮތަށް އުޅެ އުޅެވެސް އެކަން ނުވުމުން އަޝްވާ ކައިރިއަށް އެހީއަށް ދާން ހިންދު ނިންމިއެވެ. ފަހަތަށް އެބުރި ކުރިއަށް އެޅި ފިޔަވަޅާއި އެކީ ހިންދު ހުއްޓިގެން ދިޔައީ ކުރިމަތީ ހުރި އަޝްވިން ފެނުމުންނެވެ. އަޝްވިން ހިންދުއާއި ދިމާލަށް ދެތިން ފިޔަވަޅު އަޅާލިއެވެ. އަދި ހިންދުގެ ފަހަތަށް ގޮސް އީޝްގެ އަތް ހިންދުގެ ބުރުގާއިން ނެއްޓިއެވެ.

“ކުޑަވިޔަސް އީޝް ވަރަށް ބާރުގަދަވާނެ.. ގެނޭ އަހަރެން އަތަށް، އެނދުގައި ބާއްވާލާނަން” ކުޑަ ހިނިތުންވުމަކާއި އެކީ އަޝްވިން ބުނެލިއެވެ. އަދި އީޝް ނަގައިގެން ގޮސް އޭނާގެ ކުޑަ އެނދުގައި ބާލީސްތައް ވަށާލައިގެން ބޭއްވިއެވެ.

“ހިންދު ތީ އަހަންނަށް ވުރެ އުމުރުން އެތައް އަހަރު ހަގު ކުއްޖެއް.. އަހަރެންމީ މީހަކާއި އިނދެ ދަރިއަކުވެސް ހުރި މީހެއް މީހެއް. ހިންދުއަށް މާ ރަގަޅުވާނެ އަހަރެން މަތިން ހަނދާން ނައްތާލައި އާ ދިރިއުޅުމެއް ފެށުން” އީޝް ބާއްވާލުމަށްފަހު އަޝްވިން ބުނެލިއެވެ.

“އަހަންނާއި އިނދެގެން ހިންދު ބޭނުންވާ ކަހަލަ ދިރިއުޅުމެއް ނުލިބިދާނެ. ދަރިއަކު ބެލުމަކީ އާދައިގެ ކަމެއް ނޫން. ދަސްކުރަންޖެހޭ ބައިވަރު ކަންތަކެއް ހުންނާނެ. ހިންދު މާލެ ތިއައީ ކިޔަވަން، އަހަންނާއި ދޭތެރޭ ވިސްނަން ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި ހިންދުގެ މުސްތަގުބަލާއި ދޭތެރޭ ވިސްނާ. ދެމީހުންނަށްވެސް ރަގަޅުވާނީ މިގޮތް ކަންނޭނގެ” އަޝްވިން އޭނާއަށް ފެންނަ ގޮތް ބުނެލިއެވެ.

ހިންދުއަށް އެޔަށް ދޭނެ އެތައް ރައްދެއް ވިސްނުނެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ބުނެވޭ ވަރަށް ވުރެ އޭނާގެ ހިތަށް ލިބުނު ތަދު ބޮޑުވެގެން ދިޔައެވެ. ހިތުގައިވާ ލޯބި ހާމަނުކުރަނީސް އަޝްވިން އޭނާގެ ލޯތްބަށް ފުރަގަސްދިނީއެވެ.

އަޝްވިން ކުރިއަށް ޖެހިލައި ހިންދުގެ މޫނަށް ބަލާލަން އުޅުނެވެ. ނަމަވެސް ހިންދު ހުރީ އިސްޖަހައިގެން ކަމުން އެއްވެސް އިހްސާސެއް ނުފެނުނެވެ.

“ހިންދު. އަހަރެން މިހެން މިބުނީ ހިންދު ދެރަކޮށްލާކަށް ނޫން. ހިންދުއަކީ ވަރަށް ރަގަޅު ކުއްޖެއް. އަހަންނަށް ވުރެ ހިންދުއަށް އެކަށީގެންވާ އެތައް ބައިވަރު ކުދިން ތިބޭނެ” އިސްޖަހައިގެން ހުރުމުން ހިންދު ހުރީ ދެރަވެފައި ކަމަށް ހީކޮށް އަޝްވިން ބުނެލިއެވެ. އިސްއުފުލާލުމަށްފަހު ހިންދު އަޝްވިންއަށް ލުއި ހިނިތުންވުމެއް ހަދިޔާކުރުމަށްފަހު އަވަސް ހިނގުމެއްގައި އެތަނުން ދިޔައެވެ. ހިތުގައި އުފެދެމުންދާ ޒަހަމްތައް މޫނުމައްޗަށް ފާޅުވުމުގެ ކުރިންނެވެ.


 

ދޮރުގައި ތަޅުލާން ރީމްއަށް ދަތިތަކާއި ދިމާވުމުން އޭނާއަށް އާދެވުނީ އިރުގަނޑެއް ފަހުންނެވެ. އަޝްވާގެ ކޮޓަރިއަށް ވަދެ ހިންދު ނެތުމުން ރީމް އަޝްވިންގެ ކޮޓަރި ބަލާލުމަށް ދިޔައެވެ.

“ބޭބެ އާއި ދެމީހުން ވާހަކަ ދައްކަން ތިބީތަ” ހިންދު ހުރިތޯ ބެލުމަށް އަޝްވިންގެ ކޮޓަރިއަށް ގޮސް އެބުރި އައި ރީމްގެ މޫނުމަތިން ހައިރާންކަން ފެންނަމުންދާތީ އަޝްވާ އަހާލިއެވެ.

“ނޫން.. އަޝްވާގެ ބޭބެ ބުނީ އެތަނުން ދިޔަތާ އިރުކޮޅެއް ވެއްޖެއޭ.. ” އެހެން ބުނުމަށްފަހު ރީމް ހިންދުއަށް ގުޅާލިއެވެ.

“ސާބަސް އެނގޭ ތިދެމީހުންނަށް މިރޭ. ހިންދުވެސް ނުބުނެއެއްނު އެދިޔައީ.. ވާދައަށް ކުރާ ކަމެއްތަ” ހިންދުއާއި ވާހަކަ ދެއްކުމަށްފަހު ފޯނު ކަނޑާލަމުން ރީމް ބުނެލިއެވެ.

“ދެން މިހާރު އަހަރެން އެކަންޏެއްނު ގެޔަށް ދާން މިޖެހުނީ” ހިތްހަމަނުޖެހިފައި އައިސް އަޝްވާ ކައިރީ އިށީންނަމުން ރީމް ބުނެލިއެވެ.

” އަހަރެންވެސް މިއުޅެނީ ގެޔަށް ދާން. ހިނގާ ޑުރޮޕު ކޮށްލަދޭނަން، ލައިސެންސު ކާޑުވެސް ލިބިއްޖެ މިހާރު” އަޝްވާއަށް ބަލާލަމުން ޝަނުމް ބުނެލިއެވެ. އަޝްވާއަށް ބެލެވުނީ ޝަނުމްއަށެވެ. ފަހުން ބުނި ޖުމްލަ ސިކުޑިއަށް ނަގައިގެންނަން އުދަގޫވެފައެވެ.


 

ޝަނުމް ގެޔަށް ލައިދިނުމުން ސައިކަލުން ފައިބައި ރީމް ޝުކުރު އަދާކުރިއެވެ.

“އަދި އެއް ވާހަކަ ބުނަންތަ.. އަހަރެން ހީކުރީ ތީ ވަރަށް ސީރިއަސް މީހެއް ކަމަށް. އެކަމަކު ވަރަށް ފުރެންޑުލީ އިނގޭ.. ޕުލަސް ވަރަށް ރީތި” ޝުކުރުގެ އިތުރުން ރީމް ބުނެލިއެވެ.

” ތިކަހަލަ ފަސްޓު އިންޕުރެޝަނެއް ދޭން އަހަރެން ސީރިއަސްކޮށް ކުރީ ކޮން ކަމެއްތަ ..” ލޯކުޑަކޮށްލަމުން ޝަނުމް އަހާލިއެވެ.

“ވެދާނެ އެއްނު އެއްމެ ފުރަތަމަ ސިފައިގެން ޔުނީފޯރމުގައި ފެނުނީމަ ކަމަށްވެސް. ކުޑައިރު އަހަރެން ވަރަށް ބިރުގަންނާނެ ސިފައިން ދެކެ” ކުޑަކޮށް ހީލަމުން ރީމް ބުނެލިއެވެ.

“ތި ކުރި ތައުރީފަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެންނަށް ރީމް ފުރަތަމަ ސިފަވީ ވަރަށް އަގަގަދަ މީހުންނާއި ގުޅޭ ކުއްޖެއްގެ ގޮތުގައި. މިރޭ އެކަން ޔަގީން ވެއްޖެ” ހީލަމުން ޝަނުމް ބުނެލިއެވެ. ދެމީހުންގެ މިޒާޖުގައި އެއްގޮތް ކަންތަކެއް ހުރުމުން ރީމްއާއި ޝަނުމްއަށް އެކަކު އަނެކަކާއި ވާހަކަ ދައްކަން ފަސޭހަވެގެން ދިޔައެވެ.

“ގުޑް ނައިޓު ދަނީދެން” ޝަނުމްއަށް ބާޖަރަވެރި ރޭގަނޑަކަށް އެދެމުން ރީމް އެތެރެއަށް ދާން ހިނގައިގަތީ ލުއި ހިނިތުންވުމެއް ހަދިޔާކޮށްލާފައެވެ. ޝަނުމް ވެސް އެޔަށް ރައްދު ދިނުމުގެ ގޮތުން ހީލިއެވެ.

ރީމްއަށް ގޭގެ ދޮރުން ނުވަދެވެނީސް ދުވާރު މަތިން އެވަގުތު ހިނގާފައި އައި މީހަކު ރީމްގެ ގައިގައި ޖެހުނެވެ. ރީމް ހުރީ އެފަދަ ކަމަކަށް ވިސްނައިގެންނޫންކަމުން ކޮނޑުގައި އޮތް ދަބަސް ބިންމައްޗަށް ވެއްޓެނުވެ.

“ވަރަށް ބޮޑަށް ސޮރީ” ރީމް ދަބަސް ނަގަން ތިރިވަމުން އެމީހާއަށް މާފަށް އެދެމުން ދިޔައެވެ. އެމީހާވެސް ތިރިވެ ރީމްއަށް އެހީވެދޭން އުޅުނެވެ. ރީމްއަށް ވުރެ ކުރިން އެމީހާ ދަބަސްނަގައި ހުޅުވިފައިވާ ދަބަހުން އެއްޗެއް ނަގަން އުޅުނެވެ. ރީމް ހުރި ދިމާލުން މިމަންޒަރު ރީއްޗަށް ފާހަގަ ނުވިޔަސް ސައިކަލުގައި އިން ޝަނުމްއަށް އެތަން ރަގަޅަށް ފެންނަމުން ދިޔައެވެ. ޝަނުމް އިތުރަށް ލަސްކުރުމެއްނެތި ސައިކަލުން ފައިބައިގެން އެދިމާލަށް އަވަހަށް ހިނގައިގަތެވެ.

“އޭއި!” ޝަނުމް ބާރަށް ގޮވައިގަތުމުން އެމީހާގެ ހަރަކާތްތައް އަވަސްވިއެވެ. ދަބަހުން އޭނާ ބޭނުންވާ އެއްޗެއް އަދިވެސް ނެނގޭ ގޮތް ނުވުމުން ދަބަހާއި އެއްކޮށް ދުއްވައިގަންނަން އުޅުނެވެ. އެހެންނަމަވެސް ޝަނުމް ހުރީ މިފަދަ ކަމަކަށް ހުޝިޔާރުވެގެން ކަމުން އެމީހާއަށް ފިލައިގެން ދެވޭ ގޮތެއް ނުވިއެވެ. އެމީހާ ދުއްވައިގަތުމުން ޝަނުމް ހިފާލީ ރީމްގެ ދަބަހުގައެވެ. އެޔާއިއެކު އެމީހާ ދަބަސް ދޫކޮށްލުމަށްފަހު ބާރަށް ދުއްވައިގަތެވެ. ޝަނުމް އެމީހާގެ ފަހަތުން ދުއްވައިގަންނަން އުޅުނެވެ. އެހެންނަމަވެސް އެމީހާ އާއިއެއްކޮށް އެހިސާބަށް އިތުރު މީހެއް އައިކަން ޝައްކުވާތީ ރީމް އެކަނިކޮށްލާފައި ދާން ނުކެރުނީއެވެ.

“ދަބަހުގައި ހުރިހާ އެއްޗެއް ހަމަތޯ ބަލާލަންވީނު” ރީމް އަތަށް ދަބަސް ދެމުން ޝަނުމް އެދުނެވެ.

ރީމް ދަބަސް ބަލަމުން ދިޔައިރު ޝަނުމް ދިޔައީ އެމީހާއާއި އެއްކޮށް އެދިމާލަށް އައި އަނެއް މީހާގެ ހިލަމެއް ވޭތޯއެވެ.

“ހުރިހާ އެއްޗެއްވެސް ހަމަ” ރީމް ބުނެލިއެވެ.

“މިސަރަހައްދުގައި މިކަހަލަ މީހުން ވަރަށް ގިނައިން އުޅޭތަ” ރީމްއަށް ބަލާލަމުން ޝަނުމް އަހާލިއެވެ.

“ނޫން، ވަރަށް އެކުވެރި ބައެއް އުޅޭ ސަރަހައްދެއް މިއީ” ރީމް ބުނެލިއެވެ.

“އެކަމަކު އެމީހާގެ އުދަގޫ މީގެ ކުރިންވެސް ވިހެން ހީވަނީ، ރޭގަނޑުވީމަ ރަގަޅަށް ބުނާކަށް ނޭނގޭ” ދެން ރީމް އޭނާއަށް މީގެ އެއް ހަފުތާ ކުރިން ދިމާވި ހާދިސާ ކިޔާދިނެވެ. ހަމަ މިގޮތަށް ރޭގަނޑުގެ ވަގުތެއްގައި ގެޔަށް އައި ދުވަހެކެވެ. އޮފީހުން ފެށިގެން ކޮންމެވެސް މީހެއް ފަހަތު އަޅުވާލައިގެން އުޅުނެވެ. އެރޭ ނަސީބު ކަން ދިމާކުރިގޮތުން އެކުވެރި ކުދިންތަކަކާއި ދިމާވުމުން އެމީހާ ދިޔައެވެ.

“ދެން ފަހަރަކު އެމީހާގެ މޫނު ފެނޭތޯ ބަލާތި، އަދި އިސްކޮޅާއި އަދިވެސް ފާހަގަކުރެވޭ ކަންތައްތައް…..މީގެ ފަހުން އެކަނި ބޭރަށް ނުނިކުންނައްޗޭ އިނގޭ” ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުން ރީމް ބުނެލިއެވެ.

“ބައްޕަ ރިސޯޓުގައި އުޅޭއިރު މަންމައާއި އެއްކޮށް ހުރިހާ ތަނަކަށް ނުދެވޭނެއެއްނު! ދެން ހުންނާނީ ކޮއްކޮއެއް، އޭނަ އެއީ އަހަންނަށް ކޮންމެ ކަމެއް ވިޔަސް އަޅާލާނެ މީހެއް ނޫން… ނަސީބެއް ހިންދު މިކޮޅަށް ބަދަލުވިކަން އެހެންނޫންނަމަ ހުރިހާ ތަނަކަށްވެސް އެކަނި ދާން ޖެހޭނީ” ރީމް ކިޔާދިނެވެ. އަދި ޝަނުމް ކޮށްދިން ކަންތަކަށް ދެތިން ފަހަރެއްގެ މަތިން ޝުކުރު އަދާކުރިއެވެ.

“އަވަހަށް ދޭ ގެޔަށް ވަންނަން، މިތާ އެކަނި ހުއްޓާ އަނެއްކާވެސް އެއިން މީހަކު އައިސް ހަމަލާއެއް ދީފާނެ” ޝަނުމް ބުނެލިއެވެ.

“އޯކޭ ދަނީ، ގުޑްނައިޓް ޝަނުމް” ޝަނުމްއަށް ލުއި ހިނިތުންވުމެއް ހަދިޔާކުރަމުން ރީމް އެތެރެއަށް ވަނެވެ.

ޝަނުމް ސައިކަލު ދުއްވާލީ ރީމްއަށް ގެޔަށް ދެވޭނެހާ ވަގުތުކޮށްލާފައެވެ.


 

ހުއްޓުމެއްނެތި ހިނގާ ގަޑީގެ ކަށްޓާއި އެކު އަޝްވާއާއި ރީމްއަށް ވިސްނެމުން ދިޔައީ ޝަނުމްއާއި ދޭތެރޭގައެވެ. ދެމީހުނަށްވެސް ހިތުން ޖާގަ ދެވެމުން ދަނީ އެކަކަށްޓަކައި ކަމެއް ނޭނގި ތިބެއެވެ.

ރީމް އަކީ އަމީހާގެ ފުރަތަމަ ދަރިފުޅެވެ. އެއްމެ ދޮށްޓަށް ހުރި ދަރިފުޅު ކަމުން މައިންބަފައިން އޭނާއަށް ކުރާ އުއްމީދުތައް ވަރަށް ގިނައެވެ. އޯލެވެލް ނިންމާލުމަށްފަހު ރީމް ލޯބީގެ ގޮތުން ގުޅުނީ އެކުގައި ކިޔަވަން އުޅުނު ކުއްޖަކާއިއެވެ. އެއް އަހަރުގެ އެގުޅުމުގެ ފުރަތަމަ ދުވަސްކޮޅު އެކުއްޖާގެ ފަރާތުން ރީމްއަށް ވަރަށް ބޮޑު އަޅާލުމާއި ލޯބި ލިބުނެވެ. ނަމަވެސް ކަންތައް ބަދަލުވެގެން ދިޔައީ އޭނާ ހީކޮށްގެން ހުރި ގޮތާއި މުޅިން ތަފާތުކޮށެވެ. އެކުއްޖާ މަސްތުވާތަކެތީގެ ދަލުގައި ޖެހިގެން ދިޔައީ އެކުގައި އުޅުނު ރައްޓެހިންގެ ސަބަބުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރީމްއަށް ކުރިން ދިން ސަމާލުކަން ކުޑަވާން ފެށިއެވެ. އަދި މާ އަވަހަށް ރުޅި އައުމާއި ކުދި ކުދި ކަންތަކުގައިވެސް ރީމްގެ އިހްސާސްތަކަށް އެތައް އަނިޔާއެއް ދެވެން ފެށުނެވެ. ރީމްގެ އެތައް ނަސޭހަތަކަށް ފަހު އެކުއްޖާ އެކަންތަކާއި ދުރުވާން މަސައްކަތް ކުރިއެވެ. ނަމަވެސް އޭގެ އަވައިގައި ޖެހިވާލެއް ބޮޑުކަމުން ލިބުނު ކުރިއެރުމެއް ނެތެވެ. ހަމަހޭގައި ހުންނަ ވަގުތުތަކުގައި އެކަން ތަކުރާރު ނުކުރުމަށް ރީމް ގާތުގައި އެތައް ވައުދެއް ވިޔަސް މަސްތުގެ ހާލަތުގައި ހަޅޭތްލެވުމާއި އަތް އިސްކުރުން އިތުރުވިއެވެ. އެކުއްޖާ ދެކެވާ ލޯތްބެއްގެ ބޮޑުކުމުން ރީމް އޭނާގެ ކެތްތެރިކަން އިސްކުރިއެވެ. ވިސްނައިދޭން އުޅުނެވެ.

ރީމް އަކީ އަމިހާގެ ފުރަތަމަ ދަރިފުޅެވެ. އަމީހާ އޭނާގެ ހަގު ދަރިފުޅަށް ވުރެ ރީމްއަށް ބަހައްޓާ އޯގާތެރިކަމާއި އަޅާލުން ވަރަށް ވެސް ބޮޑެވެ. ހުރިހާ ކަމެއް ކުރަނީ ރީމްގެ އުފަލަށްޓަކައެވެ. މިކަމާއި ހެދި ގޭތެރޭ ހަމަނުޖެހުންތައް ހިނގި ނަމަވެސް ރީމް އެކަމަށް މާބޮޑު ފަރުވާލެއް ނުދެއެވެ. އަމީހާއަށް ރީމްގެ ރަގަޅުކަންތައް އެކަނި ފެންނައިރު ބައްޕަ މިގުދާދު ހުރިހާ ކުދިންގެ ކަންތައް ހަމަހަމަ ކުރެވޭތޯ އުޅެއެވެ. އާއިލާއަކީ އެހާ ތަނަވަސް އާއިލާއެއް ނޫނެވެ. އުޅެނީ މާލޭގައި ދެކޮޓަރީގެ ގެޔެއް ކުއްޔަށް ހިފައިގެންނެވެ.

ރީމްއަކީ އޭނާގެ ދެއެކުވެރީންނާއި މުޅިން ތަފާތު މިޒާޖެއްގެ ކުއްޖެކެވެ. އެއްމެ ފަހުގެ ފެޝަނާއި މޭކަޕަށް މުސާރާއިގެ ދެބައި ކުޅަ އެއްބައި ހުސްކޮށްލައެވެ. އަނެއްބައި މައިންބަފައިންނަށް ދެނީ ގޭގެ ހަރަދުތައް ކުރުމަށެވެ. ރީމްއަކީ ރުންކުރު އަދި ބޭނުންވާ ކަންތައް ވުމުން ނޫނީ ދޫދޭ މީހެއް ނޫނެވެ. އަޒުމު ވަރުގަދަވުމާއި އެކު ހިތުގައި އޮންނަ އެއްޗެއް ބުނުމަށް ފަސްނުޖެހޭނެއެވެ. ދެއެކުވެރީންނާއި މިޒާޖުގެ ބޮޑު ފަރަގެއް ހުރިނަމަވެސް އެމީހުންނަށް ރީމްގެ ލޯބި މަދުނުވާ ވަރަށް ލިބެއެވެ. އެމީހުންނަށް ނުކެރޭ ކަންތައް ކޮށްދޭން ބުނަނީ ރީމް ކައިރީގައެވެ. ތެދުވެރި ހިޔާލެއް ހޯދަން ބޭނުން ވެއްޖެނަމަ ރީމް ނޫން އެހެން މީހަކަށް އެކަން އެއްމެ ރަގަޅަށް ނުކުރެވޭނެއެވެ. އަމިއްލަ އެދުންވެސް ދައްކާލަނީ އެކުވެރިކަމަށް އޮންނަ ބާރެއްގެ ގޮތުގައެވެ. އެހެންމީހަކު އަޝްވާ ނޫނީ ހިންދުއަށް ދެރައެއް ދޭކަން އެގިއްޖެނަމަ އެމީހަކަށް އެއީ އޭނާއަށް ކުރެވޭ ވަރަށް ބޮޑު ގޯހެއްކަން އަންގާލާފައި ނޫނީ ހަތިޔާރު ނުބަހައްޓާނެއެވެ. ތިން މީހުންގެ އެކުވެރިކަން މިހާ ގަދައީ މިސަބަބުތަކަށްޓަކައެވެ.


 

ހިތުގައި އުފަންވި ޖާދޫއެއްފަދަ އިހްސާސްތަކާއި މެދު ޝަނުމް ވިސްނަން އޮތީ މިރޭގެ ނިދިން މަހުރޫމްވެފައެވެ. އަލަތު ލޯތްބެއްގެ ވިންދު ހިތުގައި ޖަހަން ފަށައިފިއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ކުއްޖަކަށް އެފަދަ ނަޒަރަކުން ދެކެވެން ފަށައިއެވެ. އެކުއްޖެގެ މައުނަވީ ހިނިތުންވުމާއި އެސްފިޔަތައް ދިގު ދެލޯ ދެކިލަން ބޭނުންވަނީއެވެ.


 

އޭގެ އަނެއް ދުވަހެވެ. ޝަނުމްއާއި ޝައިމް ގޭގެ މަރާމާތައި ކުލަލުމުގައި ހެނދުނުއްސުރެ އަވަދިނެތި އުޅުނެވެ. މަލަކާ ވީ ޑިޔުޓީގައި ކަމުން އަޝްވާ އެމީހުންނަށް އެހީތެރިވެދިނުމުގައި އެކަނި އުޅުނެވެ.

“މީތަ މަގޭ ޗެރީގެ ހިތް ވަގަށް ނަގައިގެން އުޅޭ މީހަކީ” ސިޓިންރޫމުގައި ހުރި މޭޒު ދޮށުގައި އިން އަޝްވާގެ ކަންފަތުގައި ޖެހުނީ ދެވަނަ އެހެން އަޑެއް ނޫނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ތިޔަ އަސަރު 4

Next

ނޫރު (ސައްބީސްވަނަ ބައި)

Next
January 19, 2018

ނޫރު (ސައްބީސްވަނަ ބައި)

Previews
January 19, 2018

ތިޔަ އަސަރު 4

37 Comments!

  1. Aki says:
    January 19, 2018 at 8:49 pm

    haadha rangalhey..thanks

    1. maroon says:
      January 20, 2018 at 12:25 am

      ?

  2. maroon says:
    January 19, 2018 at 8:49 pm

    Hello readers. Hope you would like this part too. If you like how the story is going dnt forget comment to tell your views. Ragalhu kollan kameh othas bunelahchey. Loves ??

  3. Hushu says:
    January 19, 2018 at 9:15 pm

    Thanx avahah up kohdhinyma v salhi…. waiting 4 nxt part

    1. maroon says:
      January 20, 2018 at 12:26 am

      Thanku hushu ?

  4. Blu.. says:
    January 19, 2018 at 9:16 pm

    Wow awesome.. Waiting for the next part..???

    1. maroon says:
      January 20, 2018 at 12:26 am

      Thanku blu ?

  5. maii says:
    January 19, 2018 at 9:23 pm

    Emme kameh rangalhu kohllan v dont let ashwaa sacrifice shanum for reem

    1. maroon says:
      January 20, 2018 at 12:27 am

      Thanku maii ? thikama visnaa laanan ngey ?

  6. ❤❤Zuam says:
    January 19, 2018 at 9:35 pm

    Maroon
    Thank you…..
    Mi part vas varah varah
    …… reethi
    Waiting
    ??????❤❤❤❤❤❤

    1. maroon says:
      January 20, 2018 at 12:28 am

      Thanku zuam ? always good to see your comment

  7. dhikko says:
    January 19, 2018 at 9:38 pm

    ނައިސް…ވެއިޓިންގ ފޯރ ނެކސްޓް..

    1. maroon says:
      January 20, 2018 at 12:28 am

      Thanku dhikko ?

  8. Lam says:
    January 19, 2018 at 10:18 pm

    Vv reethi..waiting..

    1. maroon says:
      January 20, 2018 at 12:28 am

      Thanku lam ?

  9. Pinky shifoo says:
    January 19, 2018 at 10:33 pm

    Fantastic ??.. Mi part vx varah varah reethi ??.. Kaain ge adu kanneynge e ivuny.. Hehehe ??.. Mi Story varah varah kiyaahihvey ??.. N I’m soooooo happy that maroon story ge parts thah dhigukoh genesdheythy ????.. Thank you mihaa reethi n mihaa dhigukoh story genesdheythy ?????.. Waiting for next part.. Loves ???☺️

    1. maroon says:
      January 20, 2018 at 12:30 am

      Maadhan hedhunu angaalaanan kaakuge adu kan ?
      Your comments r really encouraging
      Hope to see more often ??
      Loves from maroon Tc

    2. Anonymous says:
      January 20, 2018 at 3:43 pm

      ashwa ah cherry ge namun muhaathabu kurany shaim ge best friend Kaain. so its him. dhw Maroon

    3. maroon says:
      January 20, 2018 at 3:58 pm

      Yes dear ei kaain. Mihaaru innaane storyge anebbai up koffa.

  10. Zaaraa says:
    January 19, 2018 at 10:45 pm

    A’lhy haadharangalhy avahah up kohdhy thy?? thank u…abadhu ves thigothah avahah up kohdhythi waiting for next part ???

    1. maroon says:
      January 20, 2018 at 12:31 am

      Thanku zaaraa. In sha Allah. Ekko liye nimifa inee. So no worries ngey. Loves ?

  11. Xxxx says:
    January 19, 2018 at 11:53 pm

    Wooooowww ??? avahah upkohdhey thee thanks bodu bodu koh ??

    1. maroon says:
      January 20, 2018 at 12:32 am

      Thanku xxxx. Abadhuves khiyaalu dheythy so many thankus ?

  12. Shudha says:
    January 20, 2018 at 6:35 am

    hey maroon is back…varah ufaa vejje mihaa dhuvahah fahu habareh vyma..adhi kiriyaa hurihaa parts mi kiyaalevuny…shudha v busy vaane dhuvas kolheh mee faharehga komme dhuvahaku comment nukurevidhaane… shanum aa ashwa gulhuvachey… story hama best… waiting for the next part… loveeeeeess❤?❤?

    1. maroon says:
      January 20, 2018 at 7:11 am

      Hey shudha I was waiting for your comment. Maroon ves v ufaa vejje shudha habareh vyma. Thanku so much. ?? loves

  13. Reader says:
    January 20, 2018 at 10:43 am

    Ashwaa n shanum ah marry nukureveyne noontha hafeezaa aaashwaa bappa kaiveni kuryma… Misaalakah…

    1. maroon says:
      January 20, 2018 at 10:52 am

      Why is that?

    2. Reader says:
      January 20, 2018 at 4:12 pm

      Wait… Shanum aky hafeezaa dharieh noontha?

    3. maroon says:
      January 20, 2018 at 4:22 pm

      He is not. Bodudhaitha kiyany so… ?

  14. Xish says:
    January 20, 2018 at 11:20 am

    Mivaahaka dhaagoives vv reethi..nimeyiru ashwa aa kaain gulhifa ashwin aa hindhu gulhifa shiwan aa reem gulhijjenamaves mivaahaka vv salhivaane dho.

    1. maroon says:
      January 20, 2018 at 1:37 pm

      Higaa dhw balamaa kon bayekkan gulheyny ? thanku ?

  15. Saadhu says:
    January 20, 2018 at 12:48 pm

    Maroon kihinetha.vahaka reethi kamun bunaa ne eche ne.adhi vahak Avaha up kodhethi v ufaave.???Thank u.

    1. maroon says:
      January 20, 2018 at 1:38 pm

      Maroon ragalhu Saadhu kihinei ?
      Thanku?

  16. 1x00 says:
    January 20, 2018 at 4:02 pm

    Mihisaabah airu hurihaa part eh varah reethi..its really interesting….cant wait for the next part..
    Ibaaraih kurumaa sifa kurun varah varah furihama..mihaa reethi mihaa furihama vaahaka eh adhikiriyaa kanneynge mi kiyeny..abadhuves thigothuga kuriyah dhaathi..
    U have the talent.masha allah❤
    Kurin genesdhin vaahaka ves ehaa furihama..
    Ekm type kurumuga dhe akuru change vefa hurikan faahaga kohlevey mostly hurihaa part eh ga ves..i guess maa dhigukoh liyaathy kanneynge dhw??
    Liye nimmaalaafa kiyaalan feney..
    Kiyaa iru ehaa undhaguleh noon ehen huryma..but emme furihama vany ekan rangalhu kohlyma hen hyvey..???

    1. maroon says:
      January 20, 2018 at 4:24 pm

      Hey 1×100 v ufaa vejje comment kiyaalaafa ☺
      Dhn faharakun in sha Allah ragalhu vaane. V bodah thankx ngey. Loves tc ?? thigothugai abadhuves mistakes huri nama faahaga kohdhinun edhen ngey.

  17. Mysh says:
    January 20, 2018 at 6:08 pm

    Yaaayyyy…kaain ix bac..ashwa aai kaain maagulhey shanum ah vure..nd stry v rythi..v hinhama jehey..luv yuh roon?

    1. maroon says:
      January 20, 2018 at 6:32 pm

      Thanku mysh ?
      Yes he is back. Lets see what he is upto dhw. Loves from maroon ?

Comments are closed.

Next Episodeތިޔަ އަސަރު 6←


All Right Reserved!