Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 3

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
January 19, 2018 8 Mins Read
21 Comments

މިހާރު

ޝައިމްގެ ކައިވެނީގެ ހަފުލާއަށް ޒީނަތްތެރި ކޮށްފައިވާ ޓެރަސްގައި ދެފަރާތުގެ އާއިލާގެ މެމްބަރުންނާއި ރައްޓެހިން ހަރަކާތްތެރިވަމުން ދިޔައެވެ. އަލަތު ކައިވެނީގެ ގޮށް ޖެހުނު މަލަކާއާއި ޝައިމް އެއްމެނާއި ސަލާމް ކުރަން އެއްފަރާތުގައި ތިބި އިރު މެހުމާނުންގެ ފޮޓޯ ނެގުމުގައި ކާއިން އަވަދިނެތި އުޅެމުން ދިޔައެވެ.

ކާއިންއަކީ ޝައިމްގެ އެއްމެ ގާތް ރަހުމަތްތެރިއާއެވެ. ޝައިމްއަށް ލޯބި ހޯދަން ދިމާވި ދަތިތަކުގައި އޭނާއަށް އެހީވެ ދިނުމަށް ކާއިން ދިވެހިރާއްޖެއަށް އައިސްގެން އެއުޅެނި އޭނާ ކިޔަވަމުންދާ އެމެރިކާގެ ކޮލެޖުގެ ޗުއްޓީ ދުވަސްކޮޅާއި ދިމާކޮށެވެ. ކާއިންއަކީ މިޒާޖުގައި ސަމާސާ ގޮތް ހުންނަ މީހަކަށް ވިޔަސް އެއީ ކަންކަމުގައި ރުޅިގަދަ އަދި ހިފާލި ގޮތެއްގައި ދެކޮޅު ހެދުމެއްނެތި ސާބިވެ ހުންނަ މީހެކެވެ. ކަމެއް ކުރަން ހިތުގައި އަޒުމް ކަނޑައަޅައިފި ނަމަ އެކަން ކާމިޔާބު ވަންދެން ކާއިން އެކަމުގައި ކެރިގެން މަސައްކަތް ކުރާނެއެވެ.

ޕާޓީއަށް އަންނަ މީހުން މެދު ކެނޑުމުން ކާއިން ގޮސް ހުއްޓިލީ އަޝްވާ ކައިރީގައެވެ.

“އަޝްވާ މެރީ ކުރާ ދުވަހަކުން އަހަންނަށް އިންވައިޓު ކުރާނަންތަ” އެކި ވާހަކަ ދައްކަމުން ގޮސް ކާއިން އަހާލިއެވެ.

“ނޫން… އެދުވަހުވެސް ކާއިންގެ ފަރާތުން އަހަންނަށް ތައުރީފުގެ ބަހެއް ނުލިބޭނެ” ޗުސްތަޅާލަމުން އަޝްވާ ބުނެލިއެވެ.

“ތެދައް ބުނަންޏާ އަޝްވާ އަކީ ވަރަށް ރީތި ކުއްޖެއް.. އަމިއްލަ ނަފުސަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން އަހަރެން ކަހަލަ މޮޔައިން ފަލައޭ ކިޔަސް އަޝްވާ ބަދަލެއް ނުވެ ތިހިރީއެއްނު” ޖީބަށް އަތް ޖަހާލަމުން ކާއިންގެ ދުލުން ފުރަތަމަ ފަހަރަށް އަޝްވާއަށް ތައުރީފުގެ ބަހެއް ބުނެލިއެވެ.

“ތެންކުޔޫ ވެސް ނުބުނާނަންތަ” އަޝްވާ އެއްޗެކޭ ނުބުނުމުން ކާއިން އަހާލިއެވެ.

“ޝުކުރިއްޔާ މިހާ ވަރަށް” ދެއަތް ފުޅާކޮށްލަމުން ޖެއްސުމުގެ ރާގަކަށް އަޝްވާ ބުނެލިއެވެ. ކާއިންގެ ބަސް ގަބޫލު ކުރަން ބޭނުން ނުވާތީއެވެ. އެވަގުތު އަޝްވާގެ ރައްޓެހިން އެތަނަށް އައުމުން ކާއިންއަށް ލޯއަޅާލުމަށްފަހު އަޝްވާ ހިގައިގަތީ އެމީހުންނާއި ދިމާލަށެވެ. އޭނާގެ ރައްޓެހިން މަލަކާއަށް ތައާރަފުކޮށްދިނުމަށެވެ.

އަޝްވާ މަލަކާ ކައިރިއަށް ދާން ދެތިން ފިޔަވަޅު ކުރިއަށް އަޅައިލި ތަނާ މީހެއްގެ ގައިގައި ޖެހި ބިން މައްޗަށް ނުވެއްޓުނީ ކިރިއާއެވެ.

“ކާއިން…” ކާއިން ކަމަށް ހީކޮށް އަޝްވާ ހަޅޭތްލަވައިގަންނަން އުޅުނުތަނާ އޭނާގެ ބަސްހުއްޓިގެން ދިޔައީ ކުރިމަތީގައި ހުރި މީހާ ފެނުމުންނެވެ. ސިފައިގެން ޔުނީފޯމުގައި ހުރި ޝަނުމް މާފަށް އެދުނެވެ.

“އިޓްސް އޯކޭ” އަޝްވާ ހުރީ އަދިވެސް ހައިރާންވެފައެވެ. އެމީހާ އޭނާ ފަސްދީފައި ދިޔައިރުވެސް ވިސްނެމުން ދިޔައީ އެއީ ކާކު ކަމާއި މެދުގައެވެ.

“ހާދަ ހުވެފެނީ އޭ” އަޝްވާއަށް އޭނާގެ އަމިއްލަ ނަފުސާއި މުހާތަބުކޮށް ބުނެވުނެވެ.

“އެއީ ހަފީޒާ ދައްތަގެ ކޮއްކޮއެއް.. ޑިޔުޓީ ނިއްމާލާފައި އެއައީ ތިކުދިންނާއި ބައްދަލުކޮށްލަން” އަޝްވާއާއި އަރާ ހަމަކުރަމުން ހަފީޒާ ބުނެލިއެވެ.

“ދައްތާ” ހަފީޒާގެ އަޑު ޖެހުމާއި އެކު އަޝްވާގެ ހަރަކާތްތައް އަވަސްވެގެން ދިޔައެވެ. އޭނާ ކަޅި ނުޖަހައި ޝަނުމްއާއި ދިމާލަށް ބަލަން ހުރިތަން ހަފީޒާއަށް ފެނުނީބާވައެވެ.

ޝަނުމް ގޮސް ހުއްޓިލީ ކާތަކެތި އަތުރާފައި ހުރި މޭޒު ކައިރީގައެވެ. ކާތައްޓަށް ބަތްކޮޅަކާއި ކުކުޅު ކޮޅެއް އަޅައިގެން ގޮސް ޖެހިގެން ހުރި މޭޒުން ޖޫސް ތައްޓެއް ނަގަން އަތް ދިއްކޮށްލިއެވެ.

ޝަނުމްއަށް ޖޫސްތައްޓާއި ހަމަޔަށް އަތް ފޯރުވުމުގެ ކުރިން ކުރިމަތިން އެދިމާ ނުބަލައި އައި ރީމް އޭނާގެ ގައިގައި ޖެހުނެވެ. އެޔާއެކު ރީމް އަތުގައި ހުރި ތަށީގައި ހުރި ޖޫސް ބުރައިގެން ދިޔައީ ޝަމުންގެ ގެޔަށެވެ.

“އޯ ވަރަށް ބޮޑަށް ސޮރީ.. އަހަރެން..” ރީމްއަށް ޝަނުމްގެ މޫނު ފެނުމާއި އެކު ބުނަން އުޅުނު ބަސް ހަނދާން ނެތުނު ކަހަލައެވެ.

“އެއީ އެވަރު ކަމެއް ނޫން” މާފު ގަބޫލުކުރުމަށްފަހު ޝަނުމް ކުރިއަށް ދެތިން ފިޔަވަޅު އަޅައިލީ ލައިގެން ހުރި ޔުނީފޯމުގައި ހުރި ޖޫހުގެ އަސަރު ފިލާނެ ގޮތެއް ހޯދުމަށެވެ.

“ފެން ވެސް ހުސްވެފައި ދޯ” މޭޒު މަތީގައި ހުރި ފެންތަށިތައް ހުރީ ހުސްވެފައެވެ. އެހެންކަމުން އެހެން ތާކުން ފެން ލިބޭނެތޯ ބަލަން ދާން ޝަނުމް ފަހަތަށް އެބުރުނެވެ.

ޝަނުމް ފަހަތަށް އެބުރު ވަގުތު މީހާ ސިހިގެން ދިޔައީ ނުހަނު ގާތުގައި ރީމް ހުރުމުންނެވެ.

“ހިތްހަމަ ނުޖެހިފައިދޯ” ޝަނުމްގެ މޫނުން އޭނާއަށް ފެންނަމުން ދިޔަ އިހްސާސްތަކުން ރީމް ބުނެލިއެވެ.

“ނޫން” ބޯ ހަލުވާލަމުން ޝަނުމް ބުނެލިއެވެ.

“ފެން ލިބޭނެ ތަނެއް އެނގޭތަ. ފެން ހުސްވެފަ ހުރީ” ޝަނުމް ބުނެލިއެވެ.

“އާން . އާދޭ އަހަންނާއި އެކީ” ރީމް ހިނިތުންވެލާފައި އެހެން ބުނަމުން ޝަނުމް ގޮވައިގެން ޖެހިގެން ހުރި ބުރިއަށް ދިޔައެވެ. ދެމީހުންނަށް އެތަނަށް އާދެވުނު ވަގުތު އެތާނގައި އެއްވެސް މީހެއް ނޫޅެއެވެ. ރީމް ޝަނުމް ގޮވައިގެން ބަދިގެޔަށް ދިޔައެވެ. އަދި ފެން ފޮދެއް ތައްޓަކަށް އަޅައި ޝަނުމްއަށް ދިއްކޮށްލިއެވެ.

“ހަމައެކަނި ފެނުން ޖޫހުގެ އަސަރު ކެނޑޭނެހެން ހިޔެއް ނުވޭ. އަހަރެން އެބަ އަންނަން އިނގޭ ފޮތި ކޮޅެއް ހިފައިގެން” ރީމް އެހެން ބުނުމަށްފަހު އަޝްވާގެ ކޮޓަރިއަށް ވަދެ ކުޑަ ތުވާލި އަކާއި އެކީ އަޔެވެ. އަދި އޭގައި ކުޑަ ސައިބޯނި ފޮދެއް ލުމަށްފަހު ޝަނުމްގެ ޔުނީފޯމުގައި ޖޫސްގެ އަސަރު ހުރި ތާނގައި ހާކާލިއެވެ.

“ގެނޭ އަހަރެން އަތަށް” ރީމް އެހާ ކައިރީގައި ހުރުމުން ޝަނުމްއަށް އުދަގޫވިއެވެ.

“ސޮރީ އަނެއްކާވެސް” ގަދަކަމުން ކަހަލަ ގޮތަކަށް ޝަނުމްއަށް ބަލާލުމަށްފަހު ރީމް ފަހަތަށް ޖެހުނެވެ.

“އަބަދު މާފަށް އެދޭކަށް ނުވާނެ” ރީމްގެ މޫނުމަތިން ފެނުނު ކުލަވަރު ފެނިފައި ޝަނުމް ބުނެލިއެވެ.

“ކުށެއް ކުރެވުނީމަ މާފަށް އެދެންވާނެ. އެއީ އެއްނޫންތަ ރީތި ގޮތަކީ” ރީމް ލަދުން ހުރެ ބުނެލިއެވެ. ފުރަތަމަ ނަޒަރުން އޭނާއަށް ޝަނުމް ކަމުގޮސްފިއެވެ. ޝަނުމްގެ ބޭރު ފުށުން ފެންނަމުންދ ރީތިކަމާއި އެއްވަރަށް އޭނާގެ އަހުލާގާއި ނުފެންނަ އެތައް ސިފަތައްވެސް އެހާ ފުރިހަމަ ވާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތޭ ރީމްގެ ހިތް ބުނަމުން ދިޔައެވެ.

“އާން.. އެއީ ރީތި ގޮތަކީ. އެކަމަކު އަބަދު އެއްކަމެއްގެ ވާހަކަ ދައްކަންޏާ އޭގެ އަގު ގެއްލޭތަން އައިސްދާނެ” ޝަނުމް އޭނާއަށް ފެންނަ ގޮތަށް ބުނެލިއެވެ.

“އޯކޭ ސޮރީ. ދެން އެހެން ނުބުނާނަން” ރީމް ބުނެލިއެވެ. ބުނެވުނު އެއްޗަކާއި މެދު އޭނާއަށް ވިސްނުނީ އެއަޑު ކަންފަތުގައި ޖެހުމުންނެވެ. އެޔާއި އެކު ދެމީހުންނަށް ކުޑަ ކޮށް ހެވުނެވެ.

“މަލަކާގެ ފަރާތުންތަ ޕާޓީއަށް އައީ” ޝަނުމް އަކީ އޭނާއަށް ކުރިން ފެނުނު މޫނަކަށް ނުވާތީ ރީމް އަހާލިއެވެ.

“ނޫނޭ.. ހަފީޒާ ދައްތަގެ ފަރާތުން” ޝަނުމް ބުނެލިއެވެ.

“ހަފީޒާ ދައްތައަކީ…” ސުވާލުގެ ނަޒަރަކުން ބަލާލަމުން ރީމް އަހާލިއެވެ.

“އަސްރާރު ބޭބެ އާއި ހަފީޒާ ދައްތަ ކައިވެނި ކުރަން އުޅޭތީ މިގޭ މީހުންނާއި ބައްދަލުކޮށްލަން މިގެޔަށް އައިސް މިއުޅެނީ. ތިވެސް މިގޭ ކުއްޖެއްތަ” ޝަނުމް އަހާލިއެވެ.

“އަޝްވާ ބައްޕަ މެރީ ކުރަނީތަ.. އޯ މައި ގޯޑް” ރީމް ދިޔައީ ހައިރާންވެގެންނެވެ. އަޝްވާ އޭނާ ކައިރީ އެކަހަލަ ވާހަކައެއް ދައްކައިފައި ނެތުމުންނާއި އެކީގައެވެ.

“އަދި ނަންވެސް ނުބުނެވި ދޯ މިއުޅެނީ.. އަހަރެންމީ އަސްރާރު ބޭބެގެ އެއްމެ ހަގު ދަރިފުޅު އަޝްވާގެ ބެސްޓު ފުރެންޑް. ދެން އެކައިވެނި ކުރީމަ މިގެއިން ފެންނާނެ ދޯ”  ރީމް ތައާރަފު ވެލިއެވެ.

“އާން.. އެހެންކަމަށް. ހިނގާ ދާން. ބޮޑުދައިތަ ހޯދާނެ ކަންނޭނގެ މިހާރު” ނަން ނުބުނެ ރީމް ތައާރަފުވެލުމުން ޝަނުމް ގާތަށް ކުޑަކޮށް ހިނިއައެވެ.

“ޝަނުމް އަކީ ވަރަށް ރީތި ނަމެއް” ޔުނީފޯމުގައި އިން ޝަނުމްގެ ނަން ކިޔާލަމުން ރީމް ބުނެލިއެވެ. އޭނާ އަކީ މިޒާޖުގައި އަނގަ ގަދަ މީހަކަށް ވުމުން ޖެހިލުންވުމެއް ނުފެނެއެވެ.

“އަޝްވާގެ ބެސްޓު ފުރެންޑުގެ ނަންވެސް ވަރަށް ރީތި ވާނެހެން ހީވޭ” ރީމް ފަހަތުން ހިނގައި ގަންނަމުން ޝަނުމް ބުނެލިއެވެ.

“އަޝްވާގެ ބެސްޓު ފުރެންޑުގެ ނަމެއް އޮވެޔޭ” ރީމް ފަހަތަށް ބަލާލަމުން ބުނެލިއެވެ.

“ނަން ނުބުނަމެއްނު. ދެން ކިހިނެތް ޔަގީންކޮށް ބުނާނީ” ޝަނުމް ބުނެލިއެވެ. ޝަނުމް އަކީވެސް މީހުންނާއި ގުޅޭ މީހަކަށް ވުމުން އޭނާއާއި ވާހަކަ ދައްކާ މީހުންނާއި ވާހަކަ ދައްކަން ނުކެރި ނުހުރެއެވެ.

“އަދިވެސް ނަން ނުބުނެވޭތަ. އަހަރެން ހީކުރީ ނަން ބުނެވުނު ކަމަށް. އަހަރެން …….” ރީމް އޭނާގެ ނަން ބުނަން އުޅުނެވެ.

“މިތަނަށް އައިސްގެން ތިއުޅެނީ ކީއްވެތަ. ފޮޓޯ ނަގަން ހޯދާތާ ކޮން އިރެއް މިހާރު” ހުޅުވާފައި ހުރި ދޮރު ކައިރީގައި ހުރި ރީމް ފެނިފައި އަޝްވާ އެހެން ބުނުމުން ރީމްއަށް އޭނާގެ ނަން މިފަހަރުވެސް ބުނެވޭ ވަރެއް ނުވިއެވެ.

“އަހަރެން މިއައީ ޝަނުމް ގޮވައިގެން ޔުނީފޯމުގައި ޖެހުނު ޖޫސް ދޮވެލާށޭ” އަޝްވާ އާއި ދިމާލަށް ބަލާލަމުން ރީމް ބުނެލިއެވެ.

“ކޮން ޝަނުމް އެއްތަ. މިހާރު ހިޔާލީ މީހުންވެސް ގެންގުޅެން ފެއްޓީތަ” ރީމްއާއި ދިމާކޮށްލުމުގެ ގޮތުން އަޝްވާ ބުނެލިއެވެ. ޝަނުމް ހުރީ ދޮރުގެ އަނެއް ފަރާތުގައ ކަމުން އޭނާއަށް ޝަނުމް ނުފެނެއެވެ. ރީމް ހެމުން ޝަނުމްއަށް ބަލާލިއެވެ.

“ކާކުތަ..” ރީމް ހޭން ފެއްޓުމުން އަޝްވާ އައިސް އެދިމާ ބަލާލިއެވެ. ޝަނުމް ފެނުމާއި އެކު އަޝްވާ ދިޔައީ ހައިރާންވެގެންނެވެ.

“އަޝްވާހެން އަހަރެން ނޫޅެމޭ ހިޔާލީ ދުނިޔެއްގައި.. މީ ޝަނުމް އަކީ.. އެއް އާއިލާއަކަށް ވާން އުޅޭތީ މިހާރު  ހުންނާނީ ބައްދަލުވެފައި ކަމަށް އަހަރެން ހީކުރީ” ރީމް ބުނެލިއެވެ.

އެވަގުތު ޝަނުމްގެ ފޯނު ރިންގުވާން ފެށިއެވެ. އަޝްވާއާއި ރީމްއަށް ހިނިތުންވުމެއް ހަދިޔާކުރަމުން ފޯނު ކަންފަތުގައި ޖަހަމުން ޝަނުމް އެތަނުން ދިޔައެވެ.

“ވަރަށް ހޭންޑުސަމް ދޯ” ޝަނުމް ދިޔުމާއި އެކީ ރީމް އަޝްވާގެ އަތުގައި ބާރަށް ހިފަހައްޓަމުން ބުނެލިއެވެ.

“އާން..” ޝަނުމް ދިޔަ ދިމާލަށް ބަލަމުން އަޝްވާ މަޑުމަޑުން ބުނެލިއެވެ.

ޕާޓީ ނިއްމާލުމަށްފަހު މީހުން އެއްކޮށް ހުސްވެއްޖެއެވެ. އަޝްވާއާއި ކާއިން ދިއްލާފައި ހުރި އުއްބައްތިjތައް ނިއްވާލައި ތަން ކުޑަކޮށް ސާފުކުރަން އުޅުނެވެ.

“އަހަރެން މަތިން މިސްވާނެތަ” ކާއިން އަހާލިއެވެ.

“ކާއިންގެ ގާލްފުރެންޑެއް ނެތް ދުވަސްކޮޅަކީތަ އަހަރެންނާއި އަޅައިގަނެގެން މިރޭ ތިއުޅެނީ” ރުޅިވެރި ނަޒަރަކުން ކާއިންއަށް ބަލާލަމުން އަޝްވާ ބުނެލިއެވެ.

“ނޫން. ދެކުދިން އެބަ ތިބި. އެކަމަކު އޭގެ މާނައެއް ނޫންދޯ އަހަރެން މަތިން އެހެން ކުއްޖެއް ހަނދާން ނުކުރާށޭ. އެހެންނޫނަސް ކާކު ބުނީ އަހަރެން މިއުޅެނީ އަޝްވާއާއި އަޅައިގަނެގެންނޭ، މިދުނިޔެއިން މީހުން ހުސްވިޔަސް ތިހާ ފަލަ މީހަކާއި އެކީ މަށަކަށް ނޫޅެވޭނެ” ރުޅި އަންނަ ކަމަށް ހަދައިލައިގެން ކާއިން ބުނެލިއެވެ.

” މިދުނިޔެއިން މީހުން ހުސްވިޔަސް  ކާއިންއާއި އެކީ މަށެއްވެސް ނޫޅެން. އަބަދު ފާޑު ކިޔާ މީހުން ދެކެ ކާކު ލޯބިވާނީ.. އަޅެ ބުނެބަލަ ކާއިން އެއްވެސް މީހެއް ދެކެ ހަގީގީ ލޯބިވޭތަ” މޭޒުމަތީ އަޅާފައި ހުރި ފޮތިގަނޑުތައް ފަތްޖަހަމުން އަޝްވާ އަހާލިއެވެ.

“ނޫން އަދި ނުވޭ.. އަދި އެވަރު ކުއްޖަކާއި ދިމާނުވޭ. އެކުއްޖެއް ފެނުނު ދުވަހަކުން” ކާއިން އުއްމީދީ ގޮތަކަށް ބުނެލިއެވެ.

“ދުވަހަކުވެސް ތިދުވަސް އަންނާނެހެން ހީވޭތަ”ސަމާސާ ގޮތަކަށް އަޝްވާ ބުނެލިއެވެ.

“އަޝްވާއަށްވެސް އެދުވަސް ނާދެއެއްނު އަދިއެއް. އަޝްވާއަށް ހަގީގީ ލޯބި ކީއްކުރަން ލޯތްބަކީ ކޯއްޗެއް ކަމެއްވެސް ނޭނގެ” ކާއިންވެސް ދޫދޭން ބޭނުން ނުވާތީ ބުނެލިއެވެ.

“ކާއިންއަށް ވުރެ ކުރިން އަހަރެން ހަގީގީ ލޯބި ހޯދާނަން” އެއްލޯ މަރާލަމުން އަޝްވާ ބުނެލިއެވެ.

“ފުރަތަމަ ކަމުދާ މީހެއް ފެނިގެންނު ތިހިސާބަށް ދެވޭނީ” ކާއިން ދިމާކޮށްލާ ރާގަކަށް ބުނެލިއެވެ.

“ކިހިނެތް އެގެނީ ކަމުދާ ކުއްޖެއް ނުފެންނަ ކަމެއް. ދޮންބެއަށްވެސް މަލަކާ ފެނުނީ. އަހަންނަށްވެސް މީހަކު ފެނިދާނެއެއްނު” ޝަނުމްގެ ނަން ހިތުން ކިޔާލަމުން އަޝްވާ ބުނެލިއެވެ.

“އާ ޔޫ އިން ލަވް. ކޮބާ އެބަދުނަސީބުވެރިޔަކީ” އަޝްވާގެ މޫނުމައްޗަށް ގެނައި ކުލަވަރާއި އެކީ ކާއިން އަހާލިއެވެ. ބަދުނަސީބުވެރިޔާއޭ ބުނުމުން އަޝްވާ ކާއިންއާއި ދިމާލަށް ލޯއަޅާލިއެވެ.

“ލޯބިވެވިއްޖެޔޭ ނުބުނާނަން. އެކަމަކު ވަރަށް ކަމުގޮސްފި” ލަދުރަކި ގޮތަކަށް އަޝްވާ ބުނެލިއެވެ.

“އާދޭސްކުރަން ނުބުނާތި އެއީ އަހަންނޭ” ކާއިން ހެމުން ބުނެލިއެވެ.

“ޗީޑި” ދޫ ނެރެލަމުން އަޝްވާ ބުނެލިއެވެ.

“ހީ އިޒް ސޯ ހޭންޑުސަމް އެންޑް … ކީއްވެ އަހަރެން ކާއިން ކައިރީ އޭނާގެ ވާހަކަ ދައްކަންވީ” އަޝްވާ އަވަސް އަވަހަށް ފަހު ޖުމްލަ ބުނެލިއެވެ.

“ޝައިމް ބުނާހެން ހިޔާލީ ބޯއީފުރެންޑުގެ ވާހަކަ ދޯ ތިދައްކަނީ.. އަހަރެން ދާގަޑި ޖެހެނީއޭ.. ޑުރީމް އޮން އަހަރެން އަބުރާ އަންނަން ދެން. އެޔަށްފަހު ތިމީހެއް ހޯދައިގެން އަހަރެން އަޝްވާއާއި ހިސާބަށް އޭނަ ގެނެސްދޭނަން. އޯކޭތަ” ކާއިން އަތުކުރީ އޮތް ގަޑިއަށް ބަލާލަމުން ބުނެލިއެވެ.

“އޯކޭ.. މަންމަމެންނަށް އަހަރެންގެ ސަލާމް ބުނެދޭތި. ދެ ގާލްފުރެންޑުންނަށްވެސް” އަޝްވާ ހިނިތުންވެފައި ބުނެލިއެވެ.

ފެންވަރާލައިގެން އައިސް ނިދުމުގެ ކުރިން ކޮޓަރީގައި ހުރި ޖަގަށް ފެން އެޅުމަށް އަޝްވާ ބަދިގެޔަށް ދިޔައެވެ. ބަދިގޭގެ ދޮރުން ވަނުމާއި އެކު އަޝްވާގެ ލޮލުގައި އަޅައިގަތީ މޭޒުމަތީގައި އޮތް ޝަނުމްގެ ލައިސެންސް ކާޑާއި ފަތް ޖަހާފައި އޮތް ދެތިން ފައިސާގެ ނޫޓުތަކެވެ.

އަޝްވާ ޝަނުމްގެ ލައިސެންސު ކާޑަށް ރަގަޅަށް ބަލާލިއެވެ. ނޫކުލައިގެ ގަމީހެއް ލައިގެން ކުޑަ ހިނިތުންވުމަކާއި އެކީ ޝަނުމް ހުރިއިރު ޝަނުމްގެ މޫނު އަޝްވާގެ ހިތުގައި ކުރެހެމުން ދިޔައެވެ. ކަނައަތް ފަރާތުގެ ލޯ ކައިރީގައި ހުރި ކަޅުތިކިން ފެށިގެން ހީލައިގެން ހުރި އިރު ދެފަރާތުގެ ކޮލުގައި ހުރި އަޑިކޮޅުތަކެވެ. އަދި ފަން އިސްތަށިގަނޑު ރީއްޗަށް ފުނާއަޅާފައި ހުރ ތަނާއި މޫނުގެ ހަތަރަސްކަން ބައްޓަމާއި ލޮލުގައިވާ ފުންކަމެވެ.

“ޝަނުމް” ފެންއަޅަން ދިޔަ އަޝްވާ އަބުރައި ކޮޓަރިއަށް އައިއިރު އޭގެ މަތިން ކުޑަކޮށްވެސް ހަނދާން ނެތްކަހަލައެވެ. ޝަނުމްގެ ނަން ހިތުން ކިޔަމުން އައިސް އެނދު މައްޗަށް ވެއްޓިގަތީ ހިޔާލީ ދުނިޔޭގައި ހުރެއެވެ.


 

“އަޝްވާ އަޝްވާ ދޮރުހުޅުބަލަ… އަޝްވާ” ނަން ކަންފަތުގައި ތަކުރާރުކޮށް ޖެހެން ފެށުމުން އަޝްވާއަށް ކަންނެތްކަމާއި އެކީ ލޯ ހުޅުވާލިއެވެ.

“ދޮންބޭ މަޑުކުރޭ” ނިދީގެ އަސަރު ފިލުވާލުމަށް ލޯ އުގުޅާލަމުން އަޝްވާ ބުނެލިއެވެ.

“މިހާރު ކޮން އިރެއް ގޮވާތާ.. ހުން އައިސްގެންތަ ތިއުޅެނީ.. ” އަޝްވާގެ އާދައިގެ މަތިން އޭނާ ހޭލާ ގަޑިއަށް މިއަދު ހޭނުލުމުން ޝައިމް އަހާލިއެވެ.

“ނޫން. ޕާޓީއަށްފަހު ވަރުބަލިވެފައި ހުރިވަރުން ނިދުނީ.. ބޭބެއާއި ބައްޕަ ޑިޔުޓީއަށް ދިޔައީތަ” އަޝްވާ އަދިވެސް ދިޔައީ އެއް އަތުން ލޯ އުގުޅަމުންނެވެ.

“ދެން ތިހާ ވަރަށް ލޯ ނުކަހަބަލަ. ދޭ ފެންވަރައިގެން އަންނަން” އަޝްވާގެ އަތުގައި ހިފައި ލޮލާއި ދުރުކުރަމުން ޝައިމް ބުނެލިއެވެ.

“ހަނީމޫނަށް ނުދަންތަ” ރަގަޅަށް ލޯ ހުޅުވާލަމުން އަޝްވާ އަހާލިއެވެ.

“ހަނީމޫނަށް ދެވޭނީ އީޝް ބަލާނެ މީހަކު ވެގެންނު. ބޭބެ އެދިޔައީ އަހަރެމެންނާއި އީޝް ހަވާލުކޮށްފަ. އަޝްވާ ތިއޮތީ އަދިވެސް ނިދަން” ޝައިމް ބުނެލިއެވެ. “ނަދީމާ ގޮއްސި ރައްޓެހިންތަކާއި އެކީ ބޭރަށް”

“އެބަ އަންނަން” އަޝްވާ އެހެން ބުނެ ދޮރު ލައްޕާލިއެވެ.

އެބަ އަންނަމޭ ބުނެ އަޝްވާ ދޮރު ލެއްޕިތާ އެއްގަޑިއިރަށްވުރެ ބޮޑުވަނީއެވެ. އަނެއްކޮޅުން ޝައިމްއާއި މަލަކާ ހަނީމޫނަށް ދާން ފުރާ ގަޑި ޖެހެނީއެވެ. އަޝްވާ މާލަސްވާތީ ޝައިމް މަލަކާ ކުރެން އަޝްވާ ކޮބައިތޯ ބެލުމަށް އެދުނެވެ.

“އަޝްވާ… އަޝްވާ!” ދެވަނަ ފަހަރަށް އަޝްވާގެ ނަމުން މަލަކާ އަށް ގޮވާލެވުނީ ބާރަށެވެ. އެއަޑުގައިވި ސިހުން އިހްސާސްކުރެވި ޝައިމް ދުވެފައި ކަހަލަ ގޮތަކަށް އެތަނަށް އައެވެ. އޭނާއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ.

“ކޮއްކޯ.. އަޝްވާ” ތަޅުގަނޑު މައްޗަށް ވެއްޓިފައި އޮތް އަޝްވާގެ މޫނުގައި ކުޑަކޮށް އަތްޖަހާލަމުން ޝައިމް ގޮވާލިއެވެ. “ދޭބަލަ ފެން ފޮދެއް ހިފައިގެން އަންނަން” ހާސްވެފައި ހުރެ ޝައިމް ބުނެލިއެވެ.

މަލަކާ ފެން ގެނައުމުން ޝައިމް އަޝްވާގެ މޫނުގައި ފެން އުގުޅައި އަނެއްކާވެސް އަޝްވާގެ ނަމުން ގޮވަން ފެށިއެވެ. އެވަގުތު މަލަކާ ދިޔައީ އެއްބިއުލާންސަކަށް ގުޅަމުންނެވެ.

ޝައިމްއާއި މަލަކާގެ ހާސްކަން އިންތިހާއަށް ދިޔައެވެ. ހޭނެތިފައި އޮތް އަޝްވާގެ އެއްވެސް ހަރަކާތެއް ނުފެންނަ ހާލު ދެލޮލުގެ ކަޅީގައި ވަނީ މަޑު ރަތްކަމެކެވެ. ނަރުހަކަށްވެ ހުރެ މަލަކާ އޭނާއަށް ލިބިފައި ހުރި މައުލޫމާތެއްގެ ބޭނުން ހިފަމުން ދިޔައެވެ. ނަމަވެސް އޭނާއަށްވެސް ވަމުން މިދަނީ ކިހިނެއް ކަމެއް ދެނެގަންނަން އުދަގޫވިއެވެ. ވަގުތު ފާއތުވެގެން ދިޔަ ވަރަކަށް އަޝްވާގެ ހަށިގަނޑުގެ ފިނިކަން ގަދަވެ ނޭވާލުން ކުރުވަމުން ދިޔައެވެ.

ނަސީބު ކަންދިމާކުރި ގޮތުން އެމްބިއުލާންސުގައި އަޝްވާ ހޮސްޕިޓަލަށް ގެންދެވެން މާ ގިނަ ވަގުތެއް ނުވިއެވެ. ނިދިފައި އޮތް އީޝް ކައިރީގައި މަލަކާ މަޑުކުރުމުން ޝައިމްއަށް އަޝްވާ ގޮވައިގެން ދާން ޖެހުނީ އެކަންޏެވެ. އެމްބިއުލާންސުގައި ހޮސްޕިޓަލަށް ދެވުނު އިރު އަސްރާރު އާއި އަޝްވިން އެމީހުންގެ އިންތިޒާރުގައި ތިއްބެވެ.

އަޝްވާއަށް  ފަރުވާ ދެވެން ފެށުނެވެ. ވެގެން އުޅޭ ގޮތް ބެލުމަށް އެހެން ޑޮކްޓަރުންނާއި އެކީ އަޝްވިންވެސް އެތާނގައި އުޅުނެވެ. އަމިއްލަ ކޮއްކޮއަށް ވުމުން އަޝްވާއަށް ސީދާ ފަރުވާ ނުދެވުނަސް އޭނާ ދިޔައީ އެހީތެރިކަން ވެވެން ގޮތް ގޮތަކުން އެހީވެދެމުންނެވެ.

“ބައްޕާ އަޝްވާއަށް އެއް އިރެއްގައިވެސް އަނިޔާއެއް ލިބިފައި ހުންނާނެތަ” މާގިނަ ކަންތަކާއި އެއްފަހަރާ ވިސްނަން ޖެހުމުން އަޝްވިން އޭނާ ބައްޕަ ކުރެން އަހާލިއެވެ.

“ނޫން. ދޭތެރެއަކުން ވަރުބަލިވުމާއި އެކި ކަހަލަ ކުދި ކަންތައް ވަނީ. ބޮޑުކަމެއް ނުވޭ” އަސްރާރު ކަންބޮޑުވުމާއި އެކީ ބުނެލިއެވެ.

“އަޝްވާގެ ކަރު ދޭތެރެ ދޭތެރެއިން ދުޅަވެގެން އުޅޭދޯ” ވެގެން އުޅޭ ގޮތުގެ ހިޔާލެއް އައުމުން އަޝްވިން އަހާލިއެވެ.

“އާން. އަދި ކުޑަ އިރު ވަރަށް ގިނައިން ކަކުލު ހުޅުގައި ރިއްސާތީވެސް އުޅޭނެ.” ހަނދާނަށް އަންނަ ވަރަކަށް އަސްރާރު ކިޔައިދިނެވެ.

އަސްރާރު ކިޔައިދިން ކަންތަކާއި އެކު އަޝްވާ އަށް ވެގެން އުޅޭގޮތް ދެނެގަންނަން އަޝްވިންއަށް މާ ދަތިކަމަކަށް ނުވިއެވެ، އެހެންކަމުން އަވަހަށް ގޮސް އަޝްވާގެ ފަރުވާއިގެން ކުރިއަށް ދާން އުޅުނެވެ.

ހޭއަރަމުން ދިޔަ އަޝްވާގެ ނާރުތަކުން ފޮނުވާލި ސިގުނަލާއި އެކު ހަށިގަނޑަށް ހަރަކާތް އަންނަން ފަށައިފިއެވެ. މެރިފައިވާ އެސްފިޔަތައް ހުޅުވާލަން އެތައް ބާރެއް ލާން ޖެހުނުހެން އަޝްވާއަށް ހީވިއެވެ.

“ދަރިފުޅާ.. ކިހިނެތް މިހާރު” އަޝްވާގެ ބޮލުގައި ފިރުމާލަމުން ހަފީޒާ ބުނެލިއެވެ.

“މަންމާ” އަޝްވާއަށް ބޭއިހްތިޔާރުގައި މަޑުމަޑުން ގޮވާލެވުނެވެ. ހަށިގަނޑުގައި ހުސްކަމެއް ވާހެން ހީވާ ހާލުގައެވެ.

“ދަރިފުޅާ.. އަޝްވާ” ދެން އިވިގެން ދިޔައީ އަސްރާރުގެ އަޑެވެ. އަޝްވާ މަޑުމަޑުން އަޑު އަންމުން ދިމާލަށް އޭނާގެ ބޯ އަބުރާލިއެވެ.

“އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރަގަޅުވާނެ. ކުޑަކޮށް ހިތްވަރުކޮށްލާ އިނގޭ” އަޝްވާގެ އަތުގައި ހިފާލަމުން އަސްރާރު ބުނެލިއެވެ.

އަޝްވާގެ ލޭގެ ޓެސްޓުތައް ހެދުމަށް ލޭގައި ތަހުގީގުކުރަން ވަނީ ފޮނުވާފައެވެ. އައިވީ ގުޅާފައި އޮތުމުން އަޝްވާގެ ހަށިގަނޑުގައި ހިދަކަށްވުރެ ހިދަކަށް ވަރުޖެހެމުން ދިޔައެވެ.

ޝައިމްއާއި މަލަކާގެ ހަނީމޫން ފަސްކުރުމަށްފަހު އެމީހުން މަޑުކޮށްލީ އަޝްވާގެ ހާލަތު ރަގަޅުވާނެ އިރަކަށެވެ. ރީމްއާއި ހިންދުއަށް މިހަބަރު ލިބުމާއި އެކީ ހޮސްޕިޓަލަށް އައިސް އަޝްވާ ހަމަޔަކަށް އެޅޭނެ ވަގުތެއްގެ އިންތިޒާރުގައި ތިއްބެވެ. އެއްމެންގެ މޫނުމަތިންވެސް ކަންބޮޑުވުމުގެ އަސަރު ފެންނަމުން ދިޔައެވެ. އީޝް ބެލުމަސް ގޭގައި މަޑުކުރި މަލަކާވެސް ދޭތެރެއަކުން އަޝްވާގެ ހާލު ބަލަމުން ދިޔައެވެ.

“ނަތީޖާ ލިބުނީތަ” އަޝްވިން އައުމާއި އެކީ ޝައިމް އަހާލިއެވެ.

“ބައެއް ޓެސްޓުތަކުގެ ނަތީޖާ ލިބޭވަރުވީ. ލޭގެ ޓެސްޓުން ދައްކާ ގޮތުން ނަމަ ލޭއަޅަން އެބަ ޖެހޭ. އޯ ޕޮސިޓިވް ލޭ ލިބޭތޯ އަހަރެން އެބަ ބަލަން”  އަޝްވިން ބުނެލިއެވެ.

“މަޑުކުރޭ..  ހުސެއިން ހުންނާނެ. އަހަރެން އެބަ ބަލަން ހުސެއިންއަށް އާދެވޭތޯ” ޖީބުގައި އޮތް އަތަށް ނަގަމުން ޝައިމް ބުނެލިއެވެ.

އަސްރާރުވެސް އޭނާ ދަންނަ މީހުންނަށް ގުޅައި ލޭ ލިބޭތޯ މަސައްކަތް ކުރަން ފެށިއެވެ.

“ޝަނުމްއަށް ގުޅާލަބަ. އެސޮރު ވަރަށް ގިނައިން ލޭ ހަދިޔާކުރަން ދާނެ. ދަންނަ މީހަކުވެސް ހުރެދާނެއެއްނު” ހަފީޒާ އަސްރާރުއާއި ވާހަކަ ދައްކަމުން ބުނެލިއެވެ.

“ހުސެއިން ނެތް މިކޮޅަކު، އޭނަ ހުރި ނަމަ ލޭ ލިބުނީސް” ދެކޮޅަށް ބޯ ހޫރުވާލަމުން ޝައިމް ބުނެލިއެވެ.

“ޝަނުމް އެބަ އާދޭ..” އިރުކޮޅެއްފަހުން އަސްރާރު ބުނެލިއެވެ.

“ޝަނުމްގެ ހުންނަނީ އޯ ޕޮސިޓިވް ލޭތަ” އަޝްވިން އަހާލިއެވެ.

“އާން.. އަލްހަމްދުލިއްލާހި” އަސްރާރު ހިނިތުންވެފައި ބުނެލިއެވެ.

ފަނަރަ ވަރަކަށް މިނެޓު ތެރޭ ޝަނުމްއަށް އެތަނަން އާދެވުނެވެ. މިއަދަކީ އޭނާ އޮފު ދުވަހެއްކަމުން އަވަހަށް އާދެވޭ ގޮތްވީއެވެ. ޝަނުމް އައުމުން އަޝްވިން އޭނާ ގޮވައިގެން ބުލަޑް ބޭންކަށް ދިޔައެވެ. އަދި ލޭނަގައި ޓެސްޓުކުރަން ފޮނުވިއެވެ.


 

ވަރުބަލިވެފައިވާ ހަށިގަނޑަކާއި އެކީ ނިދިފައިވާ އަޝްވާއަށް ހޭލެވުނެވެ. އޭރު މުޅި ކޮޓަރީގައި ވަނީ ފަޑު އައްޔެކެވެ. ވަރަށް އުދަގުލުން ކަހަލަ ގޮތަކަށް އަޝްވާ ތެދުވާން މަސައްކަތް ކުރަން ފެށިއެވެ.

ބޮލުގައި އަތް އަޅާއިގެން އަޝްވާއަށް ކޮޅަށް ތެދެވެވޭވަރު ވިއެވެ. އަޝްވާ ދެތިން ފިޔަވަޅު ކުރިއަށް އަޅާލިއެވެ. ނަމަވެސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަނެއްކާވެސް ބޯ އަބުރައި ގަންނަ ގޮތް ވިއެވެ.

އެހީއަށް އެދެވޭނެހާ ހިތްވަރެއް ނުލިބި އަޝްވާ ވެއްޓެމުން ދިޔައެވެ. ދެންވާނީ ކިހިނެތް ކަމެއް ނޭނގޭ ހާލު އަޝްވާއަށް ދެލޯ މަރާލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ކުރިން އެނގުނުނަމަ (ހަތަރުވަނަ ބައި)

Next

ތިޔަ އަސަރު 4

Next
January 19, 2018

ތިޔަ އަސަރު 4

Previews
January 18, 2018

ކުރިން އެނގުނުނަމަ (ހަތަރުވަނަ ބައި)

21 Comments!

  1. Lam says:
    January 19, 2018 at 8:42 am

    Reethi…waiting ingey

    1. maroon says:
      January 19, 2018 at 9:01 am

      Thanku lam ?

  2. Pinky shifoo says:
    January 19, 2018 at 9:28 am

    Varah varah reethi mi part vx ????.. Waiting for next part… ?

    1. maroon says:
      January 19, 2018 at 12:39 pm

      Thanku dear ?

  3. Reader says:
    January 19, 2018 at 9:51 am

    Kurin liyunu vaahaka aa gulhigen anna vaahakaeh tha mee? Bcs same characters…? NEesh aky kaakuge dhariehB

    1. maroon says:
      January 19, 2018 at 10:00 am

      Yes. Ashwin

  4. Zaaraa says:
    January 19, 2018 at 10:08 am

    Story varah reethi ? ummeedhukuran kuriyah huri part thakahves maadhigu inthizaareh kuran nujehynekamah ?? waiting for next part

    1. maroon says:
      January 19, 2018 at 12:37 pm

      Story ekko liye nimifa iny. So dnt have to wait ??

  5. Ayaanee says:
    January 19, 2018 at 11:31 am

    Can anyone tell how can I write a story in esfiya??

    1. Admin says:
      January 19, 2018 at 12:28 pm

      ayaanee. its me admin. why dont you call me on 7997991. ill explain you

  6. Anonymous says:
    January 19, 2018 at 1:11 pm

    Ooooh adhi kiriya mi getu vee.. Mee mee kurin maroon liyun vaahakaya gulhuvaigen anna bai dhwwwwwwww varah varah reethi ingeyy. Keep it upp

    1. maroon says:
      January 19, 2018 at 1:35 pm

      Yes dear ? thanku ☺

  7. Mysh says:
    January 19, 2018 at 1:33 pm

    V rythi..ashwa aai kaain gulhuvaafa ..reema aai shanum gulhuvahchey..nxt prt ge inthixaaruga..ly roon?❤

    1. maroon says:
      January 19, 2018 at 1:36 pm

      Higaa dhw balamaa ?
      Next part up kuraanan miadhu. Loves ?

  8. Hudha says:
    January 19, 2018 at 1:36 pm

    Mi kon vaahakaehge baehtha vaanuvaa nryngifa meenee.2 part kiyaafa mibayaa dhimaleh nuvaahen heevanee

    1. maroon says:
      January 19, 2018 at 1:38 pm

      Mee kurin genesdhin vaahaka akai gulhigen genesdhey vaahakaeh. So e vaahaka nukiyaa kudhin e vaahaka kudakoh kiyaalan edhen . Click on my name and read “loabin hinithun velaashey”

  9. malsa says:
    January 19, 2018 at 1:53 pm

    v reethi mi story keep it up

    1. maroon says:
      January 19, 2018 at 3:45 pm

      Thanku malsa ?

  10. Eyra says:
    January 19, 2018 at 3:33 pm

    Varah reethi??☻

    1. maroon says:
      January 19, 2018 at 3:46 pm

      Thanku eyra ?

  11. jousha says:
    February 9, 2018 at 8:53 pm

    Varah varah varah reethi
    Waiting for next part

Comments are closed.

Next Episodeތިޔަ އަސަރު 4←


All Right Reserved!