Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކައިއާ ….. 08

riya Level 3100 Comments10 Stories
January 14, 2018 3 Mins Read
9 Comments

މަޑުމަޑު ރާގެއް އަޅުވާލައިގެން ގެއަށް ވަދެގެންދިޔަ ޔާނިސްގެ މޫނުމަތީގައިވީ އުފާވެރިކަމެވެ. ކަންނެތްގޮތަކަށް ބޮޑުކޮޓަރީގެ ސޯފާއަށް ވެއްޓިގަނެވުނުއިރު އެތާގައި އެހެން މީހަކު އިންކަންވެސް ޔާނިސްއަކަށް ނޭނގެއެވެ. ޔާނިސްގެ މޫނުމަތިން ފެންނަމުންދިޔަ ހިނިތުންވުމާއި އުފާވެރިމޫނަށް ޔާނާއަށް ބަލަހައްޓައިގެން އިނދެވުނެވެ. ޔާނިސް ލޯމަރާލުމާއެކު ސޯފާގައި ހަށިގަނޑު ދަމާލަމުން ހަމަޖެހިލިއެވެ. ނަދީމާ ވަދެގެންއައީވެސް ޔާނިސް އެއޮތްގޮތަށް އޮށްވައެވެ.

“ދަރިފުޅާ އަދިވެސް ނުނިދަނީތަ؟” އަތުކުރީގައި އޮތް ހިމަ ރިހިކުލައިގެ ގަޑިއަށް ބަލާލަމުން ނަދީމާބުނެލިއެވެ. އޮފީސް ހެދުމުގައި ނަދީމާ އަދިވެސް ފެންނަނީ ނުހަނު ލޫޅާފަތިކޮށެވެ. އެމޫނުމަތިން ވަރުބަލިކަމުގެ އަސަރު ފެނުނު ނަމަވެސް އެއީ ޒުވާންކަމުގެ އިންތިހާއެވެ. ހަށިގަނޑަށް ބަހައްޓާ ފަރުވާތެރިކަމާއި ކޮންމެ ދެދުވަހުން އެއްދުވަހު ޖިމުގައި ހޭދަކުރާ އެއްގަޑިއިރުގެ ސަބަބުން ފަންސާހުގެ އަހަރުތައް ގުނަމުންދާ އަންހެނެކޭ ނުބުނާއެވެ. ގަވައިދުން ކަޅުކުރާ އިސްތަށިގަނޑުގައި އެންމެ ނުރައެއްގެ އަސަރުވެސް ނުވެއެވެ. ހެދުން އެޅުމުގައި ގެންގުޅޭ އަމިއްލަވަންތަކަމުގެ ސަބަބުން ނަދީމާގެ ޒުވާންކަންވަނީ އިންތިހާއަށް ގޮސްފައެވެ.

“މަންމަ އަންނަދެން މަޑުކޮށްލީ” ޔާނިސް ހަށިގަނޑު ތެދުކޮށްލަމުން ނަދީމާއަށް ބުނެލިއެވެ.

“މަންމަވެސް ހުރީ ތަންކޮޅެއް އަވަހަށް މަސައްކަތް ނިންމާލުމަށްފަހު ގެއަށް އަންނަންކަމަށް.. އެކަމަކު މަސައްކަތް ގިނަކަމުން މީވީވަރަކީ… ޔާނިސްވެސް ކިޔަވައި ނިމުމުން މިކޮޅުގައި މަސައްކަތް ކުރަންފެށިނަމަ މަންމައަށް ކިހާ ލުއިވީސް… ދަރިފުޅާ ދެންހަމަ މިކޮޅަށް ބަދަލުވާކަށް ނުވިސްނަންތަ؟ މިވިޔަފާރިއާ ހަވާލުވާނެ މީހަކުވެސް ހުންނަންވާނެއެއްނު… ޔާނާވެސް ވިޔަފާރީގެ ތެރެއަށް ވަންނަ ކަހަލަ ފިކުރެއްވެސް ކުރިއްޔެސްނޫން” މީގެ ކުރިން އެތަކެއް ފަހަރަކު ޔާނިސްއާއި މިމޭރުމަށް ވާހަކަ ދައްކައިގެން ކުރި ނުލިބުނަސް ނަދީމާ އުއްމީދު ކަނޑައެއްނުލައެވެ.

“ތިކަމާވެސް އެބަވިސްނަމޭ މަންމާ… މަންމަދެން އަރާމުކޮށްލަން ދާންވީނު… ވަރަށް ވަރުބަލިވެފައެއްނު ހުންނާނީ….” ޔާނިސް މަންމަގެ ވާހަކަތަކުން ސަލާމަށްވުމުގެ ބޭނުމުގައިބުނެލިއެވެ. ވޭތުވެދިޔަ ފަސްއަހަރުގައި މަންމަ ދައްކަމުން އައި ވާހަކަތައް މިރޭވެސް ތަކުރާރުވާނެކަން އެނގޭތީއާވެސްއެކުގައެވެ.

“ޔާނީ އެކަމާ ވިސްނަމޭ ބުނުންވެސް އެއީ ވަރަށް ބޮޑު ވަރެއް ދޯ މޮމް” ޔާނާއަށް ނަދީމާއާއި ޔާނިސްގެ ވާހަކައަށް އަނގައިން ނުބުނެ އިނުންވީ ދަތިކަމަކަށެވެ.

“ދެން ހިނގާ ނިދަންދަމާ… މާދަން އައި ތަންކޮޅެއް އަވަހަށް ދާންވެސް ޖެހޭނެ، ދަރިފުޅުވެސް ދާންވީނުން މާދަމާ އޮފީހުގެ ކަންތައްތައް ހުރި ނެތްގޮސް ބަލާލަން” އުއްމީދުން ފުރިގެންވީ ގޮތަކަށް ނަދީމާ ބުނެލި ބަސްތަކަށް ރައްދުދީ މާޔޫސްކޮށްލާކަށް ޔާނިސް އަކަށް ނުކެރުނެވެ. އިތުރު ގޮތެއް ނެތް މީހަކު ފަދައިން މަޑުމަޑުން ބޯޖަހާލިއެވެ. އެއްވެސް އެއްޗެއް ބުނުމަކާވެސް ނުލައެވެ. ނަދީމާއަށް ކުރި ލިބުމާއެކު އަވަހަށް ނިދަން ދިއުމަށް ބުނެ ރޭގަނޑުގެ ސަލާމް ކުރުމަށްފަހު ކޮޓަރިއަށް ދިއުމަށް ތެދުވެއްޖެއެވެ. އިތުރަށް އެމައުޟޫއަށް ވާހަކަ ދެކެވިއްޖެނަމަ ޔާނިސްއަށް ދެކޮޅުހަދަން ފުރުސަތު ނުދިނުގެ ގޮތުންނާއިވެސް އެކުގައެވެ.

މުޅިން އައު ދުވަހަކަށް އިރު ފެނުން ތޮޅެލި އިރުގެ ރަންދޯދިތަކުން އުޑުމަތިވަނީ ފަވާލާފައެވެ. ގަޑިން ހަތެއް ޖެހުމާއެކު ކުއްލިއަކަށް ފޯން އެލާމްވާން ފަށައިފިއެވެ. ގަދަ ނިދީގައި އޮތް ޔާނިސް ކުޑަކޮށް ލޯހުޅުވާލުމާއެކު އެލާމް ނިއްވާލުމަށްފަހު އަނެއްކާވެސް ފީނައިގަތީ ނިދީގެ މީރުކަން އެންމެ ފުރިހަމަ ގޮތުގައި ހޯދޭތޯއެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގެން އައި ނަދީމާގެ އަޑުއިވުމުންވެސް ޔާނިސް ތެދުވާ ހިޔާލެއްނުކުރިއެވެ. ތިން ހަތަރުފަހަރަށް ގޮވާލުމުން ހޫމް އަޅުވާލުމަށްފަހުވެސް އޮތްގޮތަށް އޮތީ ނަދީމާ ނިކުމެގެން ހިނގައިދާނެކަމަށެވެ.

“ދަރިފުޅާ ދެން ތެދުވެބަލަ! މަންމަ ނެތް ދުނިޔެއެއްގައި މިހުރިހާ ކަމެއް ބަލަހައްޓަންވެސް ހުރީ ހަމަ ދަރިފުޅެއްނު، ދަރިފުޅުގެ ބައްޕަ ފެށި މި ވިޔަފާރި ދަރިފުޅު ހިންގާ ކުރިއަރުވާތަން އެއީ މަންމަ އެންމެ ދެކެން ބޭނުންވާ ދުވަސް. އަވަހަށް ތެދުވެ ތައްޔާރުވޭ މަންމައާއި އެކު އޮފީހަށް ދާން. ދަރިފުޅުވެސް ތިޔަހުރީ ބޮޑުވެ އަމިއްލަ ޒިންމާތައް ނެގޭވަރު ގާބިލް މީހަކަށްވެފައި. ދަރިފުޅު އޮފީހަށް ނިކުމެ ކަންތައްތަކާއި ހަވާލުވާ ދުވަސް އެއީ މަންމަ ގޭގައި އަރާމު ކުރަން އިންނާނޭ ދުވަސް.”

“އޯކޭ.. އޯކޭ މަންމާ… މި ތެދުވީ މިހާރު، ތައްޔާރުވެގެން ދާނަށް ތިރިއަށް މަންމަވެސް ދެން ދާންވީނު ތައްޔާރުވާން” ނަދީމާގެ ވާހަކަތައް އަޑުއަހަން ނިދާފައި ކަމަށް ހަދައިގެން ޔާނިސްއަށް ނޯވެވިގެން އެންމެ ފަހުން ތެދުވީއެވެ. ނަދީމާ ނިކުމެގެން ދިޔުމުން ފޯނު ހިފައިގެން ޔާނިސް ނިކުމެލީ ބެލްކަންޏަށެވެ. އަދި ރާއިންގެ ނަންބަރަށް ގުޅަންފެށިއެވެ. ތިން ހަތަރު ފަހަރު ގުޅިފަހުން ނިދިއަޑަކުން ‘ހެލޯ’ އޭ ރާއިން ބުނެލިއެވެ.

“ރެއިން ވޭކް އަޕް.. ހިނގާބަލަ މިއަދު ކޮފީއަކަށް ދާން… ލޫތް އެން ނަވީންގެ ހަބަރެއްވެސް ވަނީއެއް ނޫން އެމީހުން މާލެ އައި ފަހުން” ވާހަކަ ދައްކަމުން ބެލްކަނީގައި ހުރި އުނދޯލީގައި ޔާނިސް އިށީނެވެ.

“މިނޫން ގަޑިއެއް ނުފެނުނުތަ ގުޅަން.. ފަހުން ހަބަރެއް ވާނަން.. އޯކޭ” އެހެން ބުނުމާއެކު ރާއިންގެ ފޯނު ކަނޑާލައިފިއެވެ.

ފެންވާރާލައިގެން ފާހާނާއިން ނިކުތް ޔާނިސް މިސްރާބުޖެހީ ބެލްކަންޏާ ދިމާއަށެވެ. ހަމައެކަނި ޖީންސްގައި ޔާނިސް ފެންނައިރު އެކަސްރަތީ ހަށިގަނޑުގެ ފުރިހަމަކަން ހާމަވެއެވެ. ކައިއާގެ ހަނދާންތައް އާވުމާއެކު ކަންތައްތައް ކުރާނެ ގޮތް ހިތުގައި ރާވާލިއެވެ. އެހިނދު ޔާނިސްގެ މޫނުމައްޗަށް ފަނޑުހިނިތުންވުމެއް ވެރިވެގެންދިޔައެވެ. “ކައިއާ! އައި އޭމް ކަމިންގ ފޯރ ޔޫ.. ދެން ތިހެން ފިލައިގެންނެއް ނޫޅެވޭނެ”

ހެނދުނުގެ ނާސްތާއަށްފަހު ނަދީމާއާއި އެކުގައި ޔާނިސް ދިޔައީ އޮފީހަށެވެ. މެންދުރު ވާންވާއިރަށް އޮފީހުގެ މަސައްކަތްތައް ހިނގަމުން އަންނަ ގޮތާއި ބަދަލު ކުރަންޖެހޭ ކަންތައްތައް ވެސް ޔާނިސްއަށް ދެނެގަނެވުނެވެ. އެންމެ އަވަހަށް ނިންމަންޖެހޭ ޕްރޮޖެކްޓްގެ މަސައްކަތް ޔާނިސްއާއި ހަވާލުކުރުމުން، އެކަމާއި ވެސް ހަވާލުވީ މަންމައަށްވެސް އުމުރު ދުވަހު އޮފީސް ބެލެހެއްޓުމުގައި ހޭދަނުކުރެވޭނެކަން ޔާނިސްއަށް ވިސްނުމުންނެވެ. ރާއިންގެ ހަބަރެއްވީ އެވިސްނުމުގައި ޔާނިސް އިންދައެވެ.

“ޔާނު ހިނގާ ކޮފީއަކަށް ދާން” ޔާނިސް ފޯނު ނެގުމާއެކު ރާއިން ބުނެލިއެވެ.

“އަދި ކިރިޔާދޯ މޯރނިންގ ތިވީ. ސައިކުގަތަ ތި އުޅެނީ ޖައްސާލަބަލަ އޮފީސް ކައިރިއަށް” ޔާނިސް އެހެން ބުނުމާއެކު މި އަންނަނީ ކަމަށް ބުނެފައި ރާއިން ފޯން ކަނޑާލައިފިއެވެ.

ރާއިން ސައިކަލުގެ ފަހަތަށް ޔާނިސް އެރުމާއެކު އާންމުކޮށް އެމީހުން ގޮސްއުޅޭ ސޯލްޓް ރެސްޓޯރެންޓާއި ދިމާއަށް ދުއްވާލިއެވެ.  އެއްޗެއްސަށް އޯޑަރު ދިނުމަށްފަހު ރާއިން އޭނާގެ މަޖާ ވާހަކަތައް ފެށިއެވެ.

“ރެއިން އެނގޭތަ؟ އައި މެޓް ކައިއާ.” ނަމަވެސް ރާއިންގެ ވާހަކަ ތަކަށް މާބޮޑު ސަމާލުކަމެއް ދިނުމެއްނެތި ޔާނިސް ބުނެލިއެވެ.

“ވަޓް، ކޮންއިރަކު، އަހަރެމެން އޭނަ ހޯދަން މާލެ އައުމަށްފަހު ހާދަ މަސައްކަތެއް ކުރީމޭ. އެކަމަކު ޔާނު މާލެ އައިސް އެންމެ ދުވަހަކުން ކައިއާ ހޯދީތަ؟، އައި ކާންޓް ބިލީވް” ރާއިން އެއްފައްޗަކަށް އަމުނާލިއެވެ.

“އަހަރެން ނުބުނަމެއްނު ރެއިންމެން މަސައްކަތެއް ނުކުރެއެކޭ. އެއީ ވެސް އިއްތިފާގެއް. އޯލް ތެންކްސް ޓު ޔާނާ” ޔާނިސް އިތުރަށް ބުނެލިއެވެ.

“ޔާނުގެ ހުރިހާ ވާހަކަ އެއް ޔާނާ އަށް ކިޔައިދިނީތަ؟”

“ނޫނޭ. ޔާނާ އާއެކީގައި ފޮޓޯ ޝޫޓަކަށް ދިޔަތަނުން ދިމާވީ، އެނގޭތަ އެއީ ޔާނާގެ ފޮޓޯގްރަފާރ. ދެން އެނގެއެއްނު ޔާނާއަށް ވާހަކައެއް ކިޔައި ދިނުމެކޭ މަންމައަށް ކިޔައި ދިނުމެކޭ ވާނީ އެއްވަރުކަން.” ޔާނިސް އިތުރަށް ތަފްސީލާއެކު ވީ ގޮތް ރާއިން އަށް  ކިޔައިދިނެވެ. އެހިސާބަށް ދެމީހުންގެ ވާހަކަތައް ދިޔަތަނުން ކާއެއްޗެހި ގެނެސްފިއެވެ. އެއާއެކު ވާހަކަ ހުއްޓާލުމަށްފަހު ކެއުމަށް އިންސާފު ކުރަން ފަށައިފިއެވެ.

“ދެން ކިހެނެއް ހަދަން ތި ވިސްނަނީ” ސައިކަލުގައި އޮފީހާއި ދިމާއަށް ދަމުން ރާއިން އަހާލިއެވެ.

“މިއޮށް އަޑުފަށްގަނޑު ގަދައިރު ވާހަކަ ދެއްކޭތަ؟ ފަހުން ހަބަރެއް ވެލާނަން އިނގޭ” ސައިކަލު މަޑުކޮށްލުމުން އެއިން ފައިބަމުން ޔާނިސް ބުނެލިއެވެ.

ޔާނިސް އޭނާއަށް ހާއްސަ  ކުރެވިފައިވާ ކެބިންއަށް ވަދެގެން އައިއިރު ނަދީމާ އެތަނުން ނިކުންނަނީއެވެ. “މަންމާ! ކަމަކުތޯ؟” ޔާނިސް ސުވާލުކުރިއެވެ.

“މަންމަ ބްރޭކަށް ދަމުން ކޮބައިތޯ ބަލާލީ، ދަރިފުޅު ތިޔައައީ ކައިގެންތަ؟” ނަދީމާ ލޯތްބާއެކު އަހާލިއެވެ.

“ޔެސް މަންމާ، ރާއިން އާއެކު ކައިގެން މިއައީ، އަލަށް ހުޅުވާ އައިނު ފިހާރައިގެ އިސްތިހާރުގެ ކަންތައްތަކުގައި މަޝްވަރާވެސް އަދި ކޮށްލަން އެބަޖެހޭ މަންމައާއެކު” ޔާނިސް ބުނެލިއެވެ.

“ދަރިފުޅަށް ފެންނަ ގޮތަކަށް ނިންމީމަ ރަނގަޅުވާނެ، ދަރިފުޅުވެސް މިތާ މަސައްކަތް ނުކުރިޔަކަސް މިދާއިރާއަށް އަލެއް ނޫނެއްނު، އެހެންވީމަ މަންމަ މިދަނީ. ހަފްތާއެއްގެ ތެރޭގައި އިސްތިހާރުތައް ނިންމާލެވޭތޯ ބަލަންވާނެ؟” ނަދީމާ އެހެން ބުނުމަށްފަހު ޔާނިސް ފަސްދީ ހިނގައްޖެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

ވާށެ އޯގާ ހިތާ 3

Next

ފުރާވަރު

Next
January 14, 2018

ފުރާވަރު

Previews
January 14, 2018

ވާށެ އޯގާ ހިތާ 3

9 Comments!

  1. riya says:
    January 14, 2018 at 6:31 pm

    މި ވާހަކައިގެ އާ ބައެއް ގެނެސް ނުދެވި މެދުކެނޑުމުން ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެން

  2. Friends says:
    January 14, 2018 at 6:34 pm

    Dhen koniraku next part
    . upload kuraany
    Aharaku ehfaharu dhw
    . stry up kurany
    .But stry nice
    Waiting 4 next part

  3. annoying reader says:
    January 14, 2018 at 7:24 pm

    ސީރިޔަސްލީ؟ 2014 ގަ އަޕްޑޭޓް ވީ އެންމެ ލާސްޓް ޕާޓް ވެސް. އާފްޓާރ ތްރީ އިޔާސް މި އަދު ކީކޭ ހިތަށް އަރައިގެން ތަ ތި އަޕްޑޭޓް ކުރީ؟ ކުޑަމިނުން މިހާރު މި ވާހަކައިގަ ވާނުވާވެސް ހަނދާން ހުރީ އެއްނޫން. އަނެއް ޕާޓް އަޕްޑޭޓް ވާނީ 2020 ގަ ހެން ހީވަނީ.. ވާހަކަ ކިތަންމެ ރީއްޗަކަސް މިގޮތަށް ގެނެސް ދެންޔާ ކިޔުންތެރިން ވެސް ފޫހިވާނެ.

  4. Sunflower says:
    January 14, 2018 at 7:28 pm

    Vaahaka thankolheh avaha up kohdhehchey reethi varah.. ekm maagina dhuvas gaathu sakaraaty.. avas kohlahchey ingey

    1. Reader says:
      January 16, 2018 at 10:01 pm

      Inoo is that you?

  5. މައި says:
    January 14, 2018 at 8:06 pm

    ވަރަށް ރީތި ވާހަކައެއް…?.ޕްލީސްހއްޓާ ނުލާ ވާހަކަ ގެނެސް ދެއްޗޭ…ގުޑް ޅަކް…އެހެން މީހުން ކިޔާ އެއްޗިއްސަށް ބަލާނެކަމެއްނެއް❤️❤️❤️❤️?

  6. Aki says:
    January 14, 2018 at 8:55 pm

    varah furihama vaahaka e mi next part avahah up kohla dheebaa pls

  7. މައި says:
    January 14, 2018 at 9:42 pm

    ޕްލީސް މިރޭ އެއް ޕާޓު

  8. Unaal says:
    January 14, 2018 at 11:02 pm

    Wow..kury ge parts than kiyaalaafa mi part mi kiyaaly ..vrh reethi

Comments are closed.

Next Episodeކައިއާ …..9←


All Right Reserved!