އާރާ ލޯމަރާލީ ގަތް ލަދުންނެވެ.
އާއިކް އަކީ އޭނާއަށް ވުރެ އުމުރުން ދޮށީ މީހަކަށް ވެފައި އަދި މާލޭގެ މުއްސަންޖަކަށް ވުމުން އޭނާ އިހްސާސްތައް ހިންދައިލަން ވަރަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެކަން އޭނާއަކަށް ނުކުރެވުނެވެ. އާއިކް ފެނުމުން އޭނާގެ ހިތަށް ވާ ގޮތަކީ އޭނާއަށް ބާރުފޯރުވޭ ކަންތައްތަކެއްނޫނެވެ.
ވެއްޓިއޮތް އާރާ އޮތީ އާއިކް ގެ ގައިމަތީގައެވެ. އޭނާ އަވަސްއަވަހަށް ތެދުވަމުން މާފައް އެދުނެވެ. އާއިކް ގެ ތުންފަތް މަތީގައި ކުޑަހިނިތުންވުމެއް ދުވެލިއެވެ. އޭނާއަށް އާރާ ހާއްސަވިއެވެ. އެންމެ ފުރަތަމަ އެ ދެމީހުން ވާހަކަ ދައްކައިލި ދުވަހު ވެސް އާރާގެ ގާދުވީ އަޑާއި އެ ރީތިކަންދެކެ އޭނާއަށް ލޯބިވެވިއްޖެއެވެ. އެކަމަކު އެކަން ގަބޫލް ކުރާކަށް އޭނާ ބޭނުމެއްނުވެއެވެ. އަނެއްކޮޅުން މަސައްކަތަށް ފަރުވާބަހައްޓާ އަޚްލާގުރަނގަޅު ކުއްޖަކަށް ވުމީ ނުހަނު ހިންހަމަޖެހޭކަމެކެވެ.
އާއިކް ތެދުވެ ގަމީސް ރީތިކޮއްލުމާއެކު ޓައީވެސް ރީތިކޮއްލިއެވެ. ޔާނިތް އަށް އަށް ފަހު އޭނާގެ ހިތުގެ ތެޅުން ބާރުކޮއްލީ ހަމައެކަނި އާރާއެވެ. އަންހެން ކުދިން މަތިން ފޫހިވެފައި ހުއްޓާ އާރާ ފެނުމުން އޭނާއަށް ވީ ގޮތެއް ނޭގެއެވެ.
“އިށީދޭ” ކޮޅަށް އިސްޖަހައިގެން ހުރި އާރާ އާ ދިމާލަށް ބަލާލަމުން އޭނާ ކުރިމަތީގައި ހުރި ގޮނޑިއަށް އިޝާރާތްކޮއްލިއެވެ. އަތުގައި އޮތްފައިލް މޭގައި ޖައްސައިލައިގެން އިސްއުފުލާލަން ނުކެރިފައި ހުރި އާރާ މަޑުމަޑުން ގޮސް އިށީނެވެ. އޭނާ އަތުގައި އޮތް ފައިލް ދިއްކޮއްލިއެވެ. “މި އީ އެ ފައިލް ގެ ބާކީ މަސައްކަތްތައް” އާރާ މަޑުމައިތިރިކަމާއެކު ބުނެލަމުން އިށީނެވެ. އެ އަޑުގައި ހުރި ތުރު ތުރު އާއިކް އަށް އިހްސާސް ކުރެވުނެވެ.
“އާރާ މަސައްކަތަށް ފަރުވާ ކުޑަކުރާކަން ފާހަގަ ކުރެވޭ” އާއިކް ބުނެލިއެވެ. “އެހެންވީމާ އާރާ ވަޒީފާއިން ވަކކޮއްލަން ވިސްނާ ވާހަކަ ބުނަން ވެގެން އަސް އަންނަން ބުނީ މި ފައިލް ގެ ވާހަކަ ދައްކާކަށް ނޫން” އާއިކް ބުނެލިއެވެ. އާރާ އަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު ބާރު އެތިފަހަރެއްޖެހިހެންނެވެ.
‘އަޅުގަނޑު ސަރ” އާރައަށް ވާހަ ދެއްކޭ ގޮތެއްނުވިއެވެ. އޭނާގެ ލޮލަށް ވަގުތުން ކަރުނަ ޖަމާވިއެވެ. އާއިކް އަށް ފެނިދާނެތީ އޭނާ އިސްޖަހައިލިއެވެ.
އެހެންނަމަވެސް އާއިކް އަށް އެތަން ފެނުނެވެ. އޭނާ ބޭނުންވީ އާރާ ތަޅުވާލާށެވެ. އާރާ އަށް އޭނާ ދެން ދޭންއުޅޭ ހަބަރުން އާރާ އުފާވާނޭކަން އޭނާއަށް އިނގެއެވެ. އާރާ އަކީ އޭނާ ބޭނުންވާފަދަ މަސައްކަތަށް ފަރުވާ ބަހައްޓާ ކުއްޖެކެވެ. އޮފީސް ރިކޯޑް ތަކުން ވެސް އޭނާ އަށް އެކަން ފާ ހަ ގަ ވި އެ ވެ.
“‘އަޅުގަނޑަށް ނޭގޭ ސަރ ދޮރު ހުޅުވާނޭ ކަމެއް ސޮރީ…. ގަސްތުގައެއްނޫން. ވަޒީފާއެއް ވަކިކޮއްނުދެއްވާ ޕްލީޒް” އާރާ ބުނެލުމާއެކު އާއިކް އަށް ހީވީ އޭނާ ގެ މެއަށް ހޫނު ފެން އެއްޗެއްއޮއްސައިލި ހެންނެވެ. އާރާއަށް އެ ވަޒީފާ އަކީ އެހާ މުހިންމު ވަޒީފާއެއްކަމެއް އޭނާ ނުދެނެހުއްޓެވެ.
“އަޅުގަނޑަށް މި ވަޒީފާ ވަރަށް މުހިންމު. އަޅުގަނޑު ކިޔަވަމުން މިދަނީ ވަޒީފާއިން ލިބޭ އެއްޗަކުން ނާއި ދޮންތަމެން ވާ އެހީ އާވެސް އެކީ. އަޅުގަނޑު މަސައްކަތަށް ފަރުވާ ބަހައްޓަން. ވަޒީފާ އަސް އަންނަން ފެށިއްސުރެވެސް ގަޑި ޖެހުނީ އެއްދުވަހު. އަޅުގަނޑަކީ މާ ބޮޑު ތަނަވަސްކަމެއް ހުރި ބައެއްނޫން. ލިބޭ އެއްޗަކުން އުޅެވޭކަން. އެކަމް މިއަދު ވަރަށް ދެރަވެއްޖެ.” އާރާ އަކީ އޭނާގެ ހައްގުގައި ވާހަކަދައްކާނޭފަދަ ކުއްޖެކެވެ. އާއިކް އާ ދިމާލަށް ބުނެލުމަށްފަހު އޭނާ ޝުކުރިއްޔާއޭ ބުނެ ނުކުތުމަށް ހިނގައިގަތެވެ.
“އާރާއަށް ތިއަށްވުރެ މަތީ މުސާރައެއް ލިބޭ މަތީ މަގާމެއް މުހިންމެއްނޫންތަ؟” ހިނގަ ހިނގާ ހުރި އާރާ ސިހުނީ އާއިކް ގެ އަޑުންނެވެ. އޭނާ ކަރުނަތައް ފައިބައިގަންނަން ރެޑީވެފައި ހުރި ލޮލުން އާއިކް އަށް ބަލައިލިއެވެ. އޭނާ އާއި އާއިކް ގެ ލޮލާ ލޯ ސީދާވެގެން ދިޔައެވެ.
“ކީކޭ ތޯ” އާރާ ހައިރާންވެހުރެ އަހައިލިއެވެ.
“ޔެސް އާރާ. އާރާ ހަމަ ތަޅުވާލީ ތިއީ އެންމެ ރަނގަޅު އެއް މުއައްޒަފު. ރެކޯޑް ތަކަށް ބަލާފައި އައި ނިއު ޔޫ އާރ ކެޕޭބަލް ފޯ ދިސް ޖޮބް އެކްޕީރިއަންސް ނެތަސް. ޔޫ ހޭވް ޓް ވޯކް އަންޑަރ މީ. ޔޫ ހޭވްޓް އެންޓަރ އޯލް ދި ޑީޓެއިލްސް އޮފީސް ސިސްޓަމް އަށް ކޮންމެ ދުވަހަކު ހަވާލުކުރާ…. އެންޑް ޔޫ ވިލް ގެޓް އަ ސެޕަރޭޓް ކެބިން ޓްޑޭ. އިފް ޔޫ ވޯންޓް ދިސް ޖޮބް” އާއިކް ވާހަކަ ދެއްކިއެވެ. ބުނާނެ އެއްޗެއް ނޭގިފައި ހުރި އާރާއަށް ކަރުނައިގެ ތެރެއިން ވެސް ހިނިތުންވެލިއެވެ. އޭނާ ބޭނުންވީ އާއިކް ގެ އަޅިކުލައިގެ ލޮލުގެ ގެރެއަށް ގެނބިގެން ދާށެވެ.
އޭނާ އުފަލާއެލު ގަބޫލްކުރިއެވެ. އާއިކް ހިނިތުންވެލިއެވެ. “ހަލޯ. ޔެސް ޖަސްޓް ވެއިޓް އަ މިނިޓް ވިލްބީދެއާ” އެވަގުތު އައި ފޯނަކަށް އާއިކް ޖަވާބުދިނެވެ. އާއިކް އިނގިރޭސިން ބުނެލުމަށްފަހު ހިނގައިގަތެވެ.
ހަވީރުވަގުތަށް އެޅިއިރު ޔަޝްމް ދޮންތަ ކައިރީގައި ބަހައްޓާފައި މައިލީން ހިނގައިގަތީ ޔަޝްމް ޑޮކްޓަރަށް ދައްކަން މެމޯ ހެއްދުމަސް ކްލިނިކަށް ދާށެވެ. ގެއާ މާދުރުނޫންކަމުން އޭނާ ގަސްދުކުރީ ހިނގާލާފައި ދާށެވެ. ކްލިނިކާ އަރާހަމަވެފައި ބަލާލިއިރު ނޯޓިސް ހިއްޕާފައިވަނީ އެ ކްލިނިކް ބަންދުކަމުގައެވެ. އެވަގުތު އެތާ އެއްފަރާތުގައި ހުރި ގޯޅިތެރެއިން ނުކުތް ދެބައި އުމުރުން މައްޗަށް ގޮސްފައިވާ އަންހެނެއް މައިލީން އަށް ފެނުނެވެ.
“އެކްސްކިއުޒް. ކްލިނިކް ބަންދުވީތަ؟” އެމީހާ ގާތު މައިލީން އަހައިލިއެވެ. އެމީހާއަށް މައިލީޖް އެ ގޮވާލީ އެނާއަށް ކަމެއް ނޭގެއެވެ. އެމީހާ ހިނގައިގަތުމާއެކު މައިލީން އަނެއްކާވެސް އެމީހާއަށް ގޮވައލިއެވެ.
“ދައްތާ”
“ކީކޭ ކޮއްކޯ”
“މިތާއިންނަ ޑޮކްޓާރ ލާވިޔާ އިންނަ އެހެން ކްލިނިކެއް އިގޭތޯ”
“އާ… ހޮސްޕިޓަލް ގަ އިންނާނީ. މީ ކޮން ހޮސްޕިޓަލް އެއްތަ.. އާ ކީ ޓޮޕް އެމް މެމޯރިއަލް ހޮސްޕިޓަލް ގަ އިންނާނީ”
“ޝުކުރިއްޔާ ދައްތާ”
“މައިލީން ހިނިތުންވުމަކާއެކު ބުނެލިއެވެ. އެމީހާ ގާތުން އިތުރަށް އެނގުނުގޮތުގައި އެ ކްލިނިކްގެ ވެރިމީހުން ރާއްޖޭން ބޭރަށް ބަދަލްވާންވެގެން ކްލިނިކް ބަންދުކުރީއެވެ.
ހަވިރު އެމަރޖެންސީއެއްވެގެން ޑރ ރިވަމް ޔުއާން އަށް ގުޅިއެވެ.
އޭނާ އަވަސްއަވަހަށް ހޮސްޕިޓަލް އަށް ދިޔައެވެ. އެވަގުތު ހޮސްޕިޓަލް ގެ އަށްވަނަ ފްލޯގައި އެބަލިމީހާގެ އެހީތެރިން ފިޔަވައި އިތުރުބަޔަކު ނެތެވެ. އޭނާ ރިވަމް އާއެކު އޮޕަރރޭޝަން އަށް ރެޑީވިއެވެ. އޮޕްރޭޝަން ނިމުމަށްފަހު ޔުއާން ވަރުބަލިކަމާއެކު އޭނާގެ ރޫމަށް ދިޔައެވެ. ރިވަމް ވެސް ޔުއާން އާއެކު އެ ރޫމް އަށްވަނީ ދެމީހުން ވާހަކަދައްކައިލަން ޖެހޭ އެހެންކަންތައްތައް ހުރިމައެވެ.
މައިލީންވެސް އޮފް ދުވަހަކަށް ވުމުން ހޮސްޕިޓަލް އާ ދިމާލަށް މިސްރާބުޖެހީ ޔަޝްމް ގެ އެޕޮއިންޓް މެންޓް ހަމަ ޖެއްސުމަށެވެ. އެނާ ހޮސްޕިޓަލް އަށް ވަދެފައި ފަސްވަނަ ފްލޯއަށް މިސްރާބުޖެހިއެވެ. ލިފްޓް ތެރެ އޮތީ ތޮއްޖެހިފައެވެ. ފަސްވަނަ ފްލޯއަށް އާދެވުމާއެކު އޭނާ ކައުންޓަރ އަށް މިސްރާބުޖެހީ މައުލޫމާތު ސާފުކޮއްލުމަށެވެ.
“މައިލީން” ފަހަތުން އާނާއަށް އިވުނު އަޑާއެކު ކައުންޓަރ ދޮށުގައި ހުރެފައި އޭނާ އެނބުރުނެވެ. “ޑރ ލާވިޔާ” މައިލީން އަށް ބުނެވުނެވެ. “ކީއްކޮއްލަނީ މިތާ” ލާވިޔާ ގާތް ގޮތަކަށް އަހައިލާފިއެވެ. “ޔަޝްމް އަށް”
“އޯހް މައިލީން އަށް އެނގުނުތަ؟” ލާވިޔާ ވާހަދެއްކީ ގާތް ކޮށެވެ. ލާވިޔާ އަކީ ޔަޝްމް ދައްކާ ޑޮކްޓަރެވެ. “އަޅުގަނޑު ކްލިނިކަށްވެސް ދިޔައިން” މައިލީން ވީ ގޮތް އޮޅުން ފިލުވައިދިނެވެ.
“ޔެސް. މީގެ ފަހުން ވޯކް ކުރާނީ މިތާގައޭ. ވަރަށް އުފާވެއްޖެ ދިމާވީމާ. މައިލީން ބޭނުން ކޮންމެ ވަގުތަކުވެސް ހަމަ ގުޅާލަންވީ. މިހަފްތާއަށް އެޕައިންޓް މެންޓް ހަމަ ފުލް ކޮއް ކަންނޭގެ އުޅޭނީ. މާދަމާ އަންނަންވީނު ދަރިފުޅު ގޮވައިގެން” ލާވިޔާ ހިނިތުންވެލިއެވެ. “އޯކޭ ވަރަށް ބޮޑަށް ތޭންކްސް. ކުރިން ފަހަރު ޑރ ރިކޮމެންޑް ކުރި ޑޮރ އަށް އެޕައިންޓް މެންޓެއް ހަމައެއްނުޖެހުނު. ބުނީމެއްނު ފުއްޕާމޭގެ ހާއްސަ ޑޮކްޓަރަކަށްވެސް ދައްކާލާށޭ. އަސްލު އެހެން ބުނީ އިތުރު މައްސަލަ ތަކެއް އުޅޭތީ ތޯ؟ ވަރަށް ދެރަވި. ޔަޝްމް މިހާރު ވަރަށް ސަކަރާއި” މައިލީން ގެ މޫނުމަތިން ހިތާމައިގެ އަސަރު ފެނުނުހެން ލާވިޔާ އަށް ހީވއެވެ. އެހެންނަމަވެސް ހަމައެހާ އަވަހަށް މައިލީން ހިނިތުންވުމެއް ވެރިކުރުވިއެވެ.
“އަންނަން ވީ ނޫންތޯ އަޅުގަނޑުގެ ކެބިންއަށް. މިކޮޅަށް” ހިގައިގަންނަމުން ލާވިޔާ ބުނެލިއެވެ. ލާވިޔާގެ ގައިގައި ކުޑަކޮއް ފޮނިގޮތެއްހުރުކަމުގައި ވިޔަސް އޭނާ ގެ ހެޔޮކަން މައިލީން އަށް ފެނުނެވެ. ޔަޝްމް އަށް އޭނާ ބަހައްޓާ ގާތްކަން މައިލީން ގެ ހިތަށް ހަމަޖެހުން ގެނުވައެވެ.
“އިށީދޭ” އެއްފަރާތުގައި ބަހައްޓާފައި ހުރި ސާފާއަށް އިޝާރާތް ކޮއްލަމުން ލާވިޔާ ބުނެލިއެވެ.
“ޔަޝްމް އަށް ކިހިނެތްތޯ ވަނީ” މައިލީން އިށީނުމާއެކު ލާވިޔާ ސުވާލުކޮއްލިއެވެ. “މިހާރު ހީވަނީ މާ ބޮޑަށް މެއަށް އުނދަގޫ ވާތީ އުޅޭހެން… އެންމެ ފަހުން ދިން ބޭސް ބޭނުން ކުރަނީވެސް އެކަމަކު ކުރިއެރުމެއް ނުލިބޭ. ހައްތަހާ ހާލަތު ދައްވަނީ. ދެން ދެތިންރޭ ހޭލައިފި މެއަށް ތަދުވާތީވެސް. ހަމަ ރޮނީ” މައިލީން ކުޑަކޮއް ތަފްސީލް ކޮއްލިއެވެ.
“އެހެންތަ؟ ކުރިންވެސް ބުނިގޮތަށް ވެދާނެ މާ ބޮޑަށް ކޮންޕްލިކޭޓެޑް ވަނީކަމަށްވެސް. ޔަޝްމް އަކީ ހަމައެކަނި އަޅުގަނޑު ބަލާ އޯޓިޒަމް ފޭޝެންޓް. އެހެންވެ ޔަޝްމް އެހާ ހާއްސައީ… ދަރިފުޅުގެ ބައްޕަ… ދަރިފުޅުގެ ބައްޕަ ކޮބާތޯ” ނާހަން އިނދެފައިވެސް ލާވިޔާ އަހައިލިއެވެ. އެއާއެކު މައިލީން މޫނުމަތިން ނުތަނަވަސް ކަމާއި ހާސްކަން އަދި ހިތްދަތިކަން ފާޅުވެގެން ދިޔައެވެ.
“އަޅާނުލާ ދެން ސޮރީ” ލާވިޔާ ހީކުރީ ޔަޝްމް ގެ ބައްޕަ ގެ ވާހަކަދެއްކުން ރަނގަޅުނޫންކަމުގައެވެ. އެހެންކަމުން އޭނާ އަޅައެއްނުލައެވެ.
“ބައްޕަ އެހާ މުހިންމުތޯ ހަމަ ވާހަކައެއްދައްކާލަން ވިޔަސް” މައިލީން އަހައިލިއެވެ. އޭނާ ގެ އަޑުގައި ރިހުމެއްވިއެވެ.
“އާއްމުކޮށް މިކަހަލަ ކޭސްތަކުގަ ވަރަށް މުހިންމު ވާނެ މަންމަ އާއި ބައްޕަ ގެ ދައުރުވެސް. އެހެންވެ އަޅުގަނޑު އެގޮތަށް މި ބުނެލީ. ޔަޝްމް ގެ ކޭސް އަސްލު މިހާރުވެސް ސަކަރާތް ވަމުން އެދަނީ. ވަރަށް މުހިންމު ވާނެ ބަލައިގެން އުޅުން” ލާވިޔާ ބުނެލިއެވެ.
މައިލީން ފުންނޭވާއެއްލިއެވެ. އޭނާ ގެ ހިތަށް ވެރިވި ބަޔާންކުރަންދަތި ހިތްދަތިކަމެކެވެ.
ލާވިޔާގެ ކޮޓަރިން ނުކުމެގެން ދިޔަ މައިލީންގެ ވިސްނުން ހުރީ ކޮން ދިމާލެއްގައިކަން ލަފާ ކޮއްލާކަށްވެސް ނޭގެއެވެ. އޭނާދިޔަ ގޮތަށް ގޮސް އަޅައިގަތީ ކާކުގެ ގައިގައި ކަމެއްވެސް ނޭގެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.








inthizaaru ga huhta thi up kohla dhinee.
Thanls aki. Varrrah ufaa vey thihaa inthixaar kuraathy thidhey support ah. ???
Thank u hi mi varah reethi.dhen kon irakun upvaanee
Varah avahah up kohdheynan. In Sha Allah. Thankyou black beauty. Jazakallah khair.
Varah varah varah reethi….
Plx next part maadhamaa update kohdheh cheh…… plxxxxx
Hi zuam. Maadhan alhugandu hama varah bixi. Exam. Ehen v ma faharehga up koh nudhevidhaane. Ekam balaanan v haa ves avahakah up kohdheveythoa. Thankyou… ?????
Woooooowww ????
Thankx Xxxx… ?? keep reading…
Varah avahah up koh dheeba???
Yes. Mary vrehaaves avahakah up kohdheynan. ???Thankyou dear.
Yeyyy… Vaahaka kiyaalan libuny ??.. I was curiously waiting for this story ☺️☺️.. Mi part vx hama varah varah reethi ingey bt eba huri kudhi kudhi mistakes liyumuga like baeh faharu akuraai fili nubaikoh liyun.. Liyefa 1or 2 times kiyaaleema ekahala mistakes thah faahagavaane.. ?Mi Story ge knme partehvx kiyanee varah varah kiyaalaahithun n hurihaa parteh vx varah reethi.. ??.. I’m really loving your both stories.. Both stories are going really nice ??.. Insha Allah I will always read your stories???.. Your a wonderful writer n varah varah ufaavey Hi Mi ehaa loabi koh comments thakah reply kuraathy ???❤️.. That’s really sweet of you ❤️??.. Eagerly waiting for the next part.. Love you ????❤️.. Keep going ??
Awnnn. My dear pinkyyyyy… Thankyou soooooo much….. It means a lot…. I am at a loss for words as to what to say to u. And to ur lovely comment. Its amazing. I think i have become a fan of ur comments amd yuh. Hehe. Thankyou rangalhukohlan jehey kanthah thigothah buneladheythy. Eyi alhuganduge kuri erun kamuga dhekeni. Love u more dear….. Thankyou soooooooo muchhhhhhhh once again… ?????????????❤??
Alhey haadha avahakashey nimuny? ekamakuves masha allah v reethi??
Thanks xaaaan… yes. Miadhuge bai thankolheh kuree dw. In Sha Allah dhen fhuvahakum xaaaan ufaa vaa varah dhigu kohdheynan. ?
ހާދަ ކުރޭ…. ކިޔުމުގެތެރެއަށް ވަދެވިފަ އިންވަރުން ނެއިގުނު މި ޕާރޓް ކިޔާ ނިމުނު އިރުވެސް…. ވެން އިޒް ދި ނެކްސްޓް ޕާރޓް
Thankyou dhikko. Thy hama Hi Mi ah ves vaa goi stories kiyaa iru. ???
Assalaamu Alaikum all. Kihinehtha hurihaa kudhin?. Miothy story up kohlaafa. Mistales buneladhehchey… ??? thidhey support aki alhuganduge hiyyvaru. Btw varah sad news eh dheyn eba jehey. Mi week ga ehkoh kahala gothakah Hi Mi ge exam othyma. Fahreh ga ehaa avahah up koh nudhevidhaane. Final exam v ma varah bodah concentrate kuran jehey. Ekamaku ves veehaaves avahakah genesdheynan. In Sha Allah. Hurihaa kudhin vex inthizaaru kurahchey… thankyou all. Jazakallah khair… ?????
Good luck for the exams and waiting for your next update
Thanks Nanak. ??
Is aaraa older than aaik. Aaraa is just 19 years old girl right? Who is doing A level. And aaik is a lawyer right? Is he below 19. Can anone be a lawyer in that age? Im so confused. Please help.
Thankyou for pointing out that for me anonymous. Actually kiyamun dhiya iru alhaa nugane in mistake eh thy. Aaraa is 19 years old and aaaik bodu vaani. Araa ah vure. Aaraa is a college girl. ??
Awwnn ???? thank you soooooo much for the lovely reply Hi Mi ??.. Now I’m a big fan of u ???.. N concentrate on your final exam ??? n I will be waiting till you upload the story insha Allah ???❤️.. Best of luck ❤️????
♥
?????
ހައި މީ ކެއްނުވެގެން މިއުޅެނީ ވާހަކަ ކިޔާހިތުން
Next part avahaa up kohladheebala plxxx