Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހާމަ ކުރީމާ ލޯބި މަވާކަން 9

Shaish Level 210 Stories100 Comments
January 12, 2018 7 Mins Read
18 Comments

“އަހަންނަށް ޖަވާބެއް ދީ މި ދެހަފްތާ ތެރޭ..ރަގަނޅަށް ވިސްނައްޗޭ އިނގޭ..މެހެކްއާއި ދޭތެރޭ..ހެހެ..ތިހެން ކަންބޮޑުވެފައި ހުންނަ އިރު ހާދަ ލޯތްބޭ..” އެލައިޝާގެ މޫނުގައި ހިފައިލުމަށްފަހު އަޒެލް ބުނެލިއެވެ. އަދި ދަނީއޭ ބުނެފައި އެތެރަށް ދާން ދިޔައެވެ.

“އަދި ހަނދާން ނެތުނީއޭ..ދީބާ ލައި ނަމްބަރު..އޭރުންނެއްނު އަހަންނަށް ގުޅޭނީ..” ގެޔަށް ވަންނަން ދިޔަ އަޒެލް އެބުރި އައިސް ބުނެލިއެވެ. އެލައިޝާ އެއްޗެކޭ ނުބުނުމުން އަޒެލް އޭނާގެ ފޯން އަތުލައިފައި އެއިން އަޒެލްގެ ނަމްބަރަށް ގުޅައިލިއެވެ.

“އިންނާނެ އަހަރެންގެ ނަމްބަރު ސޭވް ކޮއްފަ..ލަވް ޖަހާފަ..ހެހެ..އަހަރެން ގުޅީމަ ފޯން ނަގާތި..އެހެންނޫނީ އެނގެއެއްނު ދެން ވެދާނެ ގޮތްތަށްވެސް..” އަޒެލް އެހެން ބުނުމުން އެލައިޝާ އޭނާއާއި ދިމާއަށް ބަލައީ ރުޅިވެރި ނަޒަރަކުންނެވެ.

“އޭތް ކޮންމެހެން އަހަންނާއި ދިމާއަށް ލޯ އަޅާނެ ކަމެއް ނެތް..އަހަރެން ބިރުގަންނާނެ ކަމަކަށް..ގޮސް ކޮންމެސް އެހެން މީހަކާއި ދިމާއަށް ލޯއަޅައި ބަލަ..” އެލައިޝާގެ ދަތްދޮޅީގައި ހިފައި އޭނާގެ މޫނާއި މޫނު ކައިރިކޮއްލަމުން އެޒެލް ބުނެލިއެވެ. އެޒެލް އެބުރި ގޭތެރެއަށް ދިޔައީ މެހެކް ލަސްވެގެން ހޯދަން އައުމުންނެވެ. ފަހަތުން އެލައިޝާވެސް ދިޔައެވެ.

އެދެމެދުގައި ދެއްކުނު ވާހަކަ މެހެކްއަށް ނޭންގުނަސް އެލައިޝާއަށް ކަމެއް ވެއްޖެކަން މެހެކްއަށް ފާހަގަ ކުރެވުނެވެ. ބަގީޗާއިން އައި ފަހުން އެލައިޝާ ކަމަކާއި ވިސްނަން މާ މަޑުން ހުންނާތީއެވެ. މެހެކް ހުރީ އަޒެލްމެން ދިޔުމުން އެލައިޝާއާއި ވާހަކަ ދައްކަން ނިންމައިގެންނެވެ.

“ސޯ މިމަހު ސަތާރަގައި ކައިވެނި ކުރެވޭނެ ދޯ..އަހަރުމެންގެ ފަރާތުން ނުތިބޭނެ އިންވައިޓް ކުރަންޖެހޭ މާ ގިނަ ބަޔަކު..ލަންކާގަ ތިބި ޒެލްގެ މަންމަ ފަރާތު އާއިލާ މީހުންނަށް ޖެހޭނީ މިކޮޅަށް އަންނަން އަންގަން..ދެން މާގިނަ ރައްޓެހިންނެއްވެސް ނުތިބޭނެ..” އާލޯކް ބުނިއެވެ.

“މިކައިވެނީގެ ހުރިހާ ހަރަދެއް ކުރާނީ އަހަރެން..އަހަރެންގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅުގެ ކައިވެނި ވަރަށް ކުލަ ގަދަކޮއް ކުރަން އަހަރެން ބޭނުމީ..އަހަރެން މިހާރު އޮންނާނީ ރައްޓެހިންނާއި ތިމާގެ މީހުންނަށްވެސް ކައިވެނީގެ ހަބަރު ދީފައި..އަދި ދެހަފްތާ ތެރޭ މިކޮޅަށް އަންނަންވެސް އަންގައިފިން..” ރީހާން ބުނެލިއެވެ.

އަޒެލްއާއި އޭނާގެ ބައްޕަ އެގެއިން ދިޔައީ އިރުއޮއްސުނު ފަހުންނެވެ.

“ރޭނާ ނިކަން މީރު ފޮނި އެއްޗެއް ހަދައިގެން ގެނެސްދީބަލަ..މިއަދު އަހަރެން ސުގާރ އަކަށް ނުބަލާނަން..ރޭނާ ހަދާ އެއްޗެއް ކާނީވެސް މިއަދު..އަހަރެން މިއަދު ވަރަށް އުފާވެއްޖެ..އަހަރެންގެ މެހެކްގެ ކައިވެނި އެން އާރް އައި އަކާއި އެ ހަމަޖެހުނީ..މެހެކް އަބަދުވެސް ޗުއްޓީއަށް ދާން ބޭނުންވަނީ ޕެރިސްއަށެއްނު..ދެން މެހެކް ދިރިއުޅޭނިވެސް އެތާގައި..އަޒެލްގެ އަމިއްލަ ކޮމްޕެނީއެއް އެތަނުގައި އޮވެޔޯ..އެހާ ޅައިރު އެހާ ކާމިޔާބީތައް ހޯދައިފައިވާ ދެވަނަ ޒުވާނެއް ނުވާނެ ކަން ޔަގީން..” ރީހާން އެހެން ބުނެލީ ފަހުރުވެރިކަމާއިއެކުގައެވެ.

މެހެކް ކޮޓަރިއަށް ވަނީ އެލައިޝާއާއި ވާހަކަ ދައްކަން ކަމަށެވެ.އެލައިޝާ ކޮޓަރީގައިވެސް ނެތުމުން އޭނާއަށް ގުޅައިލިއެވެ.ނަމަވެސް އޭނާ ފޯނަށް ޖަވާބެއްނުދެއެވެ.

އެލައިޝާ ފޯނުނެގީ މެހެކް ފަސްވަނަ ފަހަރު ގުޅުމުންނެވެ.މެހެކް އަކީ ގުޅަން ފަށައިފިއްޔާ ނުނަގަނިސަ ހުއްޓާލާނެ މީހެއްނޫންކަން އެނގޭތީއެވެ.

“ކީކޭ މެހެކް..”އެލައިޝާ ފޯނުނަގައި ބުނެލިއެވެ.މެހެކް އެހައިލީ އޭނާ ހުރީ ކޮންތާކުތޯއެވެ. އެލައިޝާ ބުނެލީ ކުޑަ ކަމަކު ބޭރަށް ނިކުތީ ކަމުގައެވެ.

“އޯ..އޭ ކޮން ވާހަކައެއްތަ އަޒެލް ލައި ކައިރީ ދެއްކީ..ލައި އޭނަ ކައިރީ ބުނިންނަ މިކައިވެނި ނުކުރާށޭ..އޭނަ ކިޔާދިންތަ އާމްގެ ވާހަކަ އެނގުނު ގޮތެއް..”

“މެހެކް އަހަރެން ގެޔަށް ގޮސް ހުރިހާ އެއްޗެއް ކިޔާދޭނަމޭ.. ކެތްތެރިވާން ދަސްކޮއްބަލަ ދޯ..ބާއި..” އެލައިޝާ ފޯނު ބޭއްވުމަށްފަހު އަނެއްކާވެސް އަޒެލް ދެއްކި ވާހަކަތަކާއިމެދު ވިސްނަން ފެށިއެވެ. އެލައިޝާ މެހެކްމެން ގެއިން ނިކުމެ އައީ އެގޭ ކައިރީގައި ހުރި ޕާކަށެވެ. ހަމަހިމޭން މާހައުލެއްގައި އެކަނި ހުރެ ވިސްނާލުމަށެވެ. އެތަށް އިރަކު ވިސްނަން ހުރެފައި އެލައިޝާ ހަނދާންވީ އޭނާގެ ބައްޕަ ގާތުގައި ކައިވެންޏަށް އެދުނު ކަމަށް އަޒެލް ބުނިކަމެވެ. އެއީ ކިހާވަރެއްގެ ހަގީގަތެއް އެކުލެވޭ ވާހަކައެއްތޯ ބަލަން އޭނާ ބޭނުންވިއެވެ. އެލައިޝާ މިސްރާބުޖެހީ އޭނާގެ ބައްޕަ އޮފީހާއި ދިމާއަށެވެ.

“ނޫރް ކޮބާތަ ޑޭޑް.. އޮފީހުގައި ނޫޅެނީތަ.” އިލްހާމްގެ ކެބިންއަށް ވަދެފައި ނިކުތް އެލައިޝާ ރިސެޕްސަނުގައި އިން ނޫރް ކައިރީގައި އަހައިލިއެވެ.

” ސަރ ހުންނެވީ ކޮންފަރެންސް ރޫމްގައި..މީޓިންގްއެއްގައި..”

“އޯ..ވަރަށް ގިނައިރުވާނެތަ..” ނޫރް ބުނެލީ ދެން އެހާ ގިނައިރެއް ނުވާނެކަމަށެވެ. އެލައިޝާ އަނެއްކާވެސް ގޮސްވަނީ އޭނާގެ ބައްޕަ ކެބިންއަށެވެ.

“ހޭއި ޕުރިންސެސް މިތާގަ ކީއްކުރަނީ..” އިލްހާމް މީޓިން ނިންމައިލައިފައި އައީ އެލައިޝާ އެތާ އިންނަތާ ބައި ގަޑިއިރު ވާން އުޅެނިކޮށެވެ.

” ޑޭޑް މަތިން މިސްވީއެއްނު..” އެލައިޝާ ބުނިއެވެ. އިލްހާމް ބުނެލީ އޭނާވެސް މިސްވާކަމަށެވެ.

“ސޯ މެހެކްގެ ކައިވެންޏަށް ކިހިނެކޯ ވީ..އެކުއްޖާ ކިހިނެއް..”

“ރީހާން އަންކަލްއަށް ވަރަށް ކަމުދޭ..އެން އާރު އައިއެއް ވިއްޔަ..އެ ބޯއީ އޯ މެހެކްގެ ކައިވެންޏަށް އެދުނީ..”އެލައިޝާ ބުނެލިއެވެ.

“ޑޭޑް އަޅުގަނޑުގެ ކައިވެންޏަކަށް އެއްވެސް މީހަކު ނޭދޭތަ..އަޅުގަނޑުވެސް މީ ކައިވެނި ކުރާ އުމުރަށް އަޅާފަ ހުރި ކުއްޖެއް ވިއްޔަ..” އެލައިޝާއެހެން ބުނުމުން އިލްހާމް އަހައިލީ ކިހިނެއްވީ ހެއްޔެވެ.

“ކަމެއް ނުވޭ..އެދެން މިއަދު އަޅުގަނޑު ހިތަށް އެރި އެއްޗެއް..ނޭދޭ ދޯ އެކަކުވެސް..”

“ނޫން..ދަރިފުޅުގެ ކައިވެންޏަށް ބައިވަރު މީހުން އެދުނު..އެކަމް ޑޭޑް ނޯ އޭ ބުނަނީ އެއީ ދަރިފުޅުވެސް ބޭނުންވާނެ ގޮތް ކަމަށް ވާތީ..ދެން ޑޭޑް ބޭނުމެއްނުވޭ ދަރިފުޅު ގާތު އެއްވެސް ގޮތަކަށް ކައިވެނީގެ ވާހަކަ ދައްލާކަށް އަދިއެއް..އެހެންވެ ދަރިފުޅު ގާތު ނުބުނަނީ..” އިލްހާމް ކިޔައިދިނެވެ.

“ޑޭޑް މީގެ ދެމަސް ކުރިން އަޒެލް ކިޔާ ކުއްޖެއް އަޅުގަނޑުގެ ކައިވެންޏަށް އެދުނުތަ..”

އަޒެލް..އާ އެނަން ކިޔާ ކުއްޖަކު އައި އެއްދުވަހު އޮފީހަށް ލައިގެ ކައިވެނީގެ ވާހަކަަ ދައްކަން.. ޑޭޑް ބުނިން ލައި އިންނާނެ މީހެއް އެނގޭނީ ލައިއަށޭ.. ކިހިނެއް ދަރިފުޅަށް އެކަން އެނގުނީ..”

“އެއީ އަޅުގަނޑާއި އެއް ސުކޫލެއްގައި އުޅުނު ކުއްޖެކޭ..މިއަދު އެފް ބީ އިން ދިމާވެގެން އެވާހަކަ އޭނަ ބުނީ..” ބައްޕަ ކައިރީގައި ދޮގު ހަދަން ޖެހުމުން އެލައިޝާ ވަރަށް ދެރަވިއެވެ.

“އެހެންތަ..ދަރިފުޅުު އަނެއްކާ ހިތްހަމަ ނުޖެހުނީތަ ޑޭޑް ނޯ އޭ ބުނީމަ. ލައި އަށް އަޒެލް ކަމުދަންނާ ޑޭޑް ބުނެފާނަން ތިން އަހަރު ވަންދެން މަޑުކޮއްލާށޭ..” އިލްހާމް ބުނެލިއެވެ. އެލައިޝާ ނޯ ވޭ އޭ ބުނުމުން އިލްހާމް ފެށީ ހޭށެވެ. އެލައިޝާވެސް އޭނާގެ ބައްޕައާއި ބައިވެރިވެ ހޭން ފެށިއެވެ.

އިރުކޮޅަކު އޭނާގެ ބައްޕައާއި ވާހަކަ ދައްކަން ހުރުމަށް ފަހު އެލައިޝާ މެހެކްމެން ގެޔަށް ދާން ނިކުތެވެ. އިބާން ގުޅީ އޭނާ މަގުމަތީގައި ހުއްޓައެވެ.

“ހާދަ ފަރިކޮށް ހިނގާލާފަ ތިދަނީ.. އަނެއްކާ ބިޓެއް ކައިރިއަށްތަ ތިދަނީ..” އެލައިޝާ ފޯނު ނަގައި ހަލޯއޭ ބުނުމުން އިބާން ބުނެލިއެވެ. އެލައިޝާ ފަހަތަށް އެބުރި ބަލައިލީ އިބާން ހޯދުމަށެވެ. ނަމަވެސް އިބާން ފެންނާކަށް ނެތެވެ.

“އަހަރެންތަ ތި ހޯދަނީ..”

“ދެން އިބާން.. އަބަދު ސަމާސާ ކުރާކަށް ނުވާނެ.. ކޮންތާކު ތިހުރީ..”

“ދެން ލައި.. އަބަދު ސީރިއަސް މޯޑް އެކްޓިވޭޓް ކޮއްގެން އިންނާކަށް ނުވާނެ..ހިނގާ ހައިޑް އެންޑު ސީކް ކުޅެން..ލައި އަހަރެން ހޯދާ..”

“ހޫ ނޫޅެން…ލައިއަށް ހީވަނީ އިބާން އަށް ހަތް އަހަރުހެން ނޮޓް ހަތާވީސް..އިބާން ނުފެނި ހުރޭ ލައި މިދަނީ..” އެލައިޝާ އެހެން ބުނެފައި ކުރިޔަށް ހިނގައިގަތެވެ.

“އޭ މަޑުކޮއްބާ..ހިނގާބާ ކޮފީއަކަށް..” މިފަހަރު އިބާންގެ އަޑު އިވުނީ އޭނާގެ ފަހަތުންނެވެ. އެލައިޝާ ފަހަތަށް އެނބުރި ފޯނު އަތް ދަބަހަށްލިއެވެ. އިބާން ބުނީ އޭނާ ހުރީ އެތާ ކައިރި ފިހާރަޔަކު ކަމުގައެވެ.

“ހިނގާބަލަ ދެން ކޮފީއަކަށް..ކުރިން ދުވަހުވެސް ލައިއާއި އެކު ކޮފީއެއް ނުބޮވުނު ވިއްޔަ..އަހަރެން ޖެހުނީ ދެކޮފީވެސް ބޯން..” އެލައިޝާގެ އަތުގައި ހިފައި ދެއަތަށް ތަޅުވަމުން އިބާން ބުނެލިއެވެ.

“ތިހާ ތުއި ނުވިޔަކަސް ގޮސްދާނަމޭ..މެހެކްމެންގެ ކައިރި ތަނަކަށް ދޯ ދާނީ..އޭރުންނެއްނު އަހަންނަށް އަވަހަށް ގެޔަށް ދެވޭނީ..ރީހާން އަންކަލް އެހާ ގަބޫލެއް ނުވާނެ އެގޭގަ އުޅޭއިރު ލަސްކޮއް ގެޔަށް ވަންނާކަށް..” އެލައިޝާ ބުނެލިއެވެ. އިބާން އޯކޭ އޭ އެލައިޝާއާއި އެކުގައި ހިނގައިގަތެވެ.

“އިބާން..”

“ކީކޭ..” ސީދާ އެލައިޝާގެ މޫނަށް ބަލައިލަމުން އިބާން ބުނެލިއެވެ.

“އަހަރެންގެ އަތުން ދޫކޮއްލަންވީނު ދެން..މިހާރު ކޮފީއަށް ދާންވެސް އެއްބަސް ވެއްޖައީމެއްނު..މީހުން ވަރަށް އެބަ ބަލާ..އެމީހުން ހީކުރާނީ ކަޕުލްއެއް ކަމަށް ކަންނޭންގެ..” އިބާން ހިފަހައްޓައިގެން ހުރި އޭނާގެ އަތް ލޮލުގެ އިޝާރާތުން ދައްކައިލަމުން އެލައިޝާ ބުނެލިއެވެ.

“ކީއްކުރަން ދޫކުރަނީ.. އަހަރެން މިއަތުގައި ހިފީކީ އެހާ ފަސޭހައިން ދޫކުރާކަށް ނޫނޭ..އެމީހުން ބަލާނެ ވަރަކަށް ބެލިޔަ ދީބަލަ..އަންހެން ކުދިން ބަލާވަރުން މަގުމައްޗަށް ނިކުމެވެން ނޯވޭ..މިހާރު ނުބަލާނެއެއްނު.. އެހެން މީހެއްގެ މިލްކެއް ކަމަށް ހީކޮއް..” އެލައިޝާ އެހެން ބުނުމުން ރަކިވި ނަމަވެސް އެކަން ނުދައްކައި އިބާން ބެލީ އެލައިޝާއާއި ސަމާސާ ކޮއްލެވޭތޯއެވެ.

ކެފޭއަށް ދެވެންދެންވެސް އިބާން ހުރީ އެލައިޝާގެ އަތުގައި ހިފައިގެންނެވެ. ދެމީހުން ކޮފީއަށް އޯޑަރު ދީ އެކިއެކިި ވާހަކަ ދެއްކިއެވެ.

” އޭ ތިއެއް ނޫނޭ އަދި މިހުރީ ވާހަކައެއް ބުނަން ހަނދާން ނެތިފައޭ.. އަހަރެން މިއަދު އިންޓަވިއު އަކަށް ދިޔައިމޭ..”

” އަސްލުތަ..ކޮންތާކު ކޮން މަގާމަކަށް ލައިގެން ތިއުޅެނީ..”

” ލީހާ ޕުލޭނިންގް..އެކައުންޓްސް އެސިސްޓެންޓް..”

“ވަޓް..ޑޭޑްތަ އިންޓަވިއު ކުރީ..ހީވޭތަ ލިބޭނެހެން..” އެލައިޝާ ހައިރާންވެފައި ބުނެލިއެވެ.

“ދެން ބަފައިބެ އަހަނަންނަށް ޖޮބް ދޭނެއެއްނު..” އިބާން ބުނެލި އެއްޗަކުން އެލައިޝާ ކޮށިއެރިއެވެ.

” ކިހިނެއްވީ..ލައި އަހަންނާއި ނީންނާނަންތަ ހަމަ..” އެލައިޝާ އަތަށް ފެންތައްޓެއް ދިއްކޮއްލަމުން ލާނެތް ރާގަކަށް އިބާން ބުނެލިއެވެ.

” ސާބަހޭ އިބާންއަށް..ކޮންމެފަދަ އެއްޗެކޭވެސް ކިޔާފާނެ ދެން..އަހަންނައް ތިކަހަލަ ސާމާސާ ކަމަކު ނުދޭ..އެހެންނޫނަސް އެއީ ދެން މީހުން ސަމާސާއަކަށް ދައްކާ ކަހަލަ ވާހަކައެއްވެސް ނޫނެއްނު..”

“ކާކުތަ ބުނީ އަހަރެން މަޖަލަކަށޭ މިހެން މިއަހަނީ..މޫނުމަތިން މާ މަޖާވެފަ ކަމަށް ދެއްކިޔަސް އަހަރެން ހިތުގައި އޮތް އެއްޗެއް އެނގޭނީ ކާކަށް..”

“އަހަންނަށް އެނގޭ.. ތީ އިބާން އަހަރެން އަނގަ ގޮއްވަން ކިޔާ އެއްޗެއް..އެހެންނޫނަސް އަހަރެން ކިހިނެއްތަ އެންމެންނާއި އިންނާނީ..އަންހެނަކަށް ހުއްދައީ އެންމެ ފިރިއެކޭ..” އެލައިޝާ އަށް ބުނެވުނު އެއްޗަކާއި މެދު ވިސްނައިލެވުނީ މާ ފަހުންނެވެ.

“ކޮން އެންމެންނެއް..އަހަރެން ނޫން މީހަކުވެސް އިންނަން ކިޔަނީތަ..”

“ކީއްވެތަ އެއްޗެކޭ ނުބުނެ ތިއިންނަނީ.. ލައިއަށް ކަމެއް ވެއްޖެކަން އަހަންނަށް އިނގޭ..މަގުމަތިން ހިނގާފަ ދިޔައިރުވެސަ ހުރީ ކޮންމެސް ވިސްނުމެއްގައި.. އަހަރެން ވަރަށް ގިނައިރު ބަލަން ހުރެފައޭ ގުޅީ..އަނެއްކާ މެހެކް ޑޭޑްހެން ލައިގެ ޑޭޑްވެސް ލައިގެ ކައިވެނި ހަމަޖެއްސީތަ..”

“ނޫން..ލައިގެ ޑޭޑް އަކީ އެކަހަލަ މީހެއް ނޫން..” އެލައިޝާ ބުނެލިއެވެ. އިބާން ބުނެލީ ދެން އެހެން ވިއްޔާ މައްސަލައަކީ ކޮބައި ހެއްޔެވެ. އެލައިޝާ އިބާންއަށް އަޒެލްގެ ވާހަކަ ކިޔައިދިނެވެ.

“ވަޓް..އޭނައަކަށް އެހެން ލައި ބުލެކްމެއިލެއް ނުކުރެވޭނެ..ލައި މެހެކް ޑޭޑްއަށް ތިކަން އަންގާ..އޭރުން މެހެކް އަދި ލައި އެއްވެސް ނުޖެހޭނެ އެ މޮޔަ މީހާއާއި އިންނާކަށް..ދެން ބުނަން އޭނަ ގުޅިޔަސް ވާހަކަ ދައްކަން ހަދާނެ ކަމެއް ނެތް.. އަސްލު އެކަހަލަ މީހުން ނުހުންނާނެ އެހާ ގަޓެއް..”

“ރީހާން އަންކަލް ނުކުރާނެ ގަބޫލެއް..ހީކުރާނީ މިކައިވެނި ހުއްޓުވަން ވެގެން ހަދައިގެން ދައްކާ ވާހަކަ ކަމަށް..” މާޔޫސްވެފައި ހުރި އެލައިޝާ ބުނެލިއެވެ.

” އަދި ތިހާ ފިކުރު ބޮޑުވާކަށް ނުވެއެއްނު.. ދެހަފްތާ އެބެއްނު..ކޮންމެސް ގޮތެއް ވިސްނާނީ އޭ ފަހުން..ދެން ގެޔަށްގޮސް މެހެކްއަށްވެސް ކިޔާދީ އިނގޭ..” އިބާން ބުނެލިއެވެ.

“އަހަރެން ކިހިނެއް މެހެކް ކައިރީ ބުނަނީ އަހަންނާއި ހެދިއޭ އަޒެލް އޭނައާއި އިންނަން އެއަހަނީ..” އެލައިޝާ އެހެން ބުނުމުން އިބާން ބުނެލީ އެއީ އެލައިޝާގެ ސަބަބުން ނޫންކަމަށެވެ. މެހެކްވެސް އޭނާ ކުށްވެރި ނުކުރާނެ ކަމުގައެވެ.

ކޮފީ ބޮއެގެން އިބާން އެލައިޝާ މެހެކްމެންގެޔަށް ލައިދޭން ދިޔައެވެ. އެކަމާއި ދޭތެރޭ މާވަރަކަށް ނުވިސްނުމަށާއީ މެހެކްއަށް ކިޔައިދިނުމަށް ތަކުރާރުކޮއް އޭނާ އެލައިޝާ ގާތު ބުންޏެވެ. އެލައިޝާ އެކަމަށް އެއްބަސްވިއެވެ.

“އާދެވިއްޖެ ދޯ.. ކޮންތާކު އުޅެފަތަ އަޅެ ތިއައީ.. އަހަރެން ކިހާއިރެއް ވެއިޓް ކުރާތާ..” އެލައިޝާ ކޮޓަރިއަށް ވަނުމާއިއެކު މެހެކް ޝަކުވާ ކުރަން ފެށިއެވެ.

“ސޮރީ މެހެކް.. ޑޭޑް އޮފީހަށް ގޮސްލާފަ އަންނަނިކޮށް އިބާންއާއި ދިމާވީމަ ލަސްވީ..”

“އޯކޭ ދެން ބުނެބަލަ އަޒެލް ކީކޭތަ ކީ..” މެހެކް ބުނެލިއެވެ. އެލައިޝާ މެހެކް ގާތުގައި އިށީންދެލުމައްފަހު އޭނާއަށް ކިޔައިދިނެވެ.

” އަހަރެން އޭރުވެސް ބުނީމެއްނު އޭނަ އެކަންތައް ހަނދާނުން ނައްތާނުލާނޭ..އަހަންނަށް ހީވެސް ވިއޭ ނުބަޔެއް އުޅޭހެން އޭނަ ލައި ގެންނާށޭ ބުނުމުން..އެކަމް އަހަރެން ހީޔެއް ނުކުރަން އޭނަ މިހާ ނުލަފާ ވާނެ ކަމަކަށް.. ލައި އަނެއްކާ މެހެކްއަށްޓަކައޭ ކިޔާފަ އެއްބަސް ނުވައްޗޭ.. އޭރުން މެހެކް ވަރަށް ދެރަވާނެ.. އެބޮޑު މޮޔައެއް.. ކުރިން ކުދިން މަޖަލަކަށެއްނު އޭނައާއި ދިމާއައް މޮޔައެކޭ ކިޔަނީ.. މިހާރު އަހަަންނަށް ޔަގީން އެއީ މޮޔައެއްކަން..ޑޭޑް އަހަރުމެންގެ ވާހަކަ ގަބޫލެއް ނުކުރާނެ..ދެން ކިހިނެއް ހަދާނީ..” އެލައިޝާގެ އަތުގައި ދެއަތުން ހިފައިލަމުން މެހެކް ވާހަކަ ދެއްކިއެވެ.

“ދެން ހަދާނެ ގޮތެއް ފަހުން ވިސްނާނީ..އެހަށް ހިނގާ ނިދޭތޯ ބަލަމާ..މާދަން ދެން އެވާހަކަ ދައްކާނީ..” އެލައިޝާ އެހެން ބުނުމައްފަހު ވަދުނީ ފާހާނައަށެވެ. މެހެކް އެކަމާއި ވިސްނަން ފެށިއެވެ.

“ލައި.. ނިކުމެބަލަ ވަރަށް އަވަހަށް..” އެއްޗެއް ހަނދާންވެގެން މެހެކް އެލައިޝާއަށް ގޮވަން ފެއްޓިއެވެ.

“މިހާރު ކިހިނެއް ވީތަ..” އެލައިޝާ ބުނެލިއެވެ.

“ދެން ތި އަވަސްކޮއްގެން ނިކުމެބަލަ..”

“ހޫމް ކިޔާބަލަ ދެން..” އެލައިޝާ ފާހަނައިން ނިކުމެ ލޯގަނޑު ކުރިމަތީ ހުއްޓި ބުނެލިއެވެ.

“ލައި އަކަށް އޭނައަކާއި ނީންދެވޭނެއެއްނު..އަހަރެން ދެންމެއޭ އަދި ހަނދާންމި ވީ..އެއީ ކުރިސްޓިއަނެއްނު.. ލައި ތީ މުސްލިމެއް.. ބުނެބަލަ އޭނަ ކައިރީ އެހެން..”

” ލައިއަށްވެސް ތިކަން އެނގެޔޭ.. އެހެން ބުނެގެންވެސް ލައިއާއި އެއްނު ނީންދެވޭނީ އޭނައަށް.. މެހެކްއާއި އިނދެވޭނެ އެއްނު.. އެހެންވެ އޭ ލައި އެހެން ނުބުނީ..” އެލައިޝާ ބުނެލިއެވެ. އަދި ދެން ނުވިސްނާ ނިދާށޭ ބުނުމަށްފަހު އޭނާ ނިދަން އޮށޯތެވެ.

އަޒެލް އެރޭ އެލައިޝާއަށް ގުޅީ އޭނާ ނިދާފައި އޮއްވައެވެ. އެލައިޝާ ހޭލިއިރު އަޒެލް ފަންސާސް ފަހަރު ގުޅާފައި ހުއްޓެވެ. އެލައިޝާ އަޅައިވެސް ނުލައި “ލަވް” ޖަހައިފައި އިން އެނަންބަރު އަޒެލްގެ ނަމަށް ބަދަލު ކޮއްލިއެވެ.

ފާއިތު ދެދުވަސްތެރޭ އަޒެލް އެތަށް ފަހަރަކު އެލައިޝާއަށް ގުޅިއެވެ. ނަމަވެސް އެލައިޝާ އޭނާގެ ކޯލަކަށް ޖަވާބެއް ނުދެއެވެ. މެހެކްގެ ކައިވެނި ހުއްޓުވޭނެ ގޮތަކާއި ދޭތެރޭ ވާހަކަ ދައްކަން އިބާންއާއި ބައްދަލު ކުރެއެވެ. ޒެވިޔަން މިދުވަސްކޮޅު މާ ބުރަކޮއް އުޅޭތީ އޭނާ ގާތުގައި އެއްވެސް ވާހަކައެއް ބުނާކަށް އެލައިޝާ ބޭނުމެއް ނުވިއެވެ.

ކިތަންމެ ބުރަކޮއް އުޅުނަސް ޒެވިޔަން ކޮންމެ ދުވަހަކުވެސް އެއްފަހަރު އެލައިޝާމެންނަށް ގުޅައެވެ. އޭނާ އެހުންނަނީ މެހެކްގެ މައްސަލަ ހައްލުވުމުން އެލައިޝާ ކިޔަވަން ފުރުމުގެ ކުރިން ހިތުގެ ހާލަތު އަންގަދޭން ނިންމައިގެންނެވެ. މެހެކް ބުނާހެން ތެޔޮ ނާށި ކާޅު ޖަހައިގަންނަން ނޭދޭތީއެވެ.

މިއަދުވެސް އެލައިޝާ މެހެކްމެން ގެޔަށް އައިސް އެވަންނަނީ އިބާން އާއި ބައްދަލު ކުރުމަށްފަހުގައެވެ. ގެޔަށް ވަތް އެލައިޝާ ހުއްޓުންއެރީ ސިޓިންރޫމްގެ ސޯފާގައި ހުރި ޒުވާނާ ފެނިފައެވެ. ކައިރީގައި ރީހާންގެ އިތުރުން މެހެކްއާއި ރޭނާވެސް ހުއްޓެވެ. މަޑު ފިޔަވަޅުތަކެއް އަޅަމުންގޮސް އޭނާ މެހެކް ކައިރީގައި މަޑުކޮއްލިއެވެ.

” ލައި..މެހެކްގެ ކައިވެނި އަވަސް ވެއްޖެ..މިހާރު ބާރައިގައި ކައިވެނި ކުރާގޮތައް..އަޒެލް މާއަވަހަށް އެކޮޅަށް ދާން ޖެހުނީ އޯ..މާދަމާ އެންގޭންޖްމެންޓް އޮންނާނެ..ވަރަށް ބައިވަރު ކަންތައް ކުރަން އެބަ ހުރި..ލައި އަށް މެހެކް ރެޑީ ކުރުން އިނގޭ..” ރީހާން އުފަލުން ހުރެ އެލައިޝާއާއި ވާހަކަ ދެއްކިއެވެ.

” އަންކަލްއަށް އިނގޭތަ އަޅުގަނޑުމެން އުޅުނީ އެއް ސުކޫލެއްގައޭ..ލައިއަކީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް. ދޯ ލައި..” އަޒެލް އެހެން ބުނުމުން ރީހާން ބުނެލީ އެހެން ހެއްޔޭއެވެ. އެލައިޝާ ބޯ ޖަހައިލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

“އަންކަލް އަޅުގަނޑު ބޭނުންވަނީ މެހެކްއަށް ކަމުދާނެ ކަހަލަ ރިންގެއް ޗޫސްކުރަން..އެކަމް ޒެލްއަކަށް ނޭންގެ ނަގާނެ ރިންގެއް..ވަރަށް ތަންތަން ބެލިއްޖެ.. ލައިއަށް އިނގޭނެއެއްނު މެހެކްއަށް ކަމުދާނެ އެއްޗެހި ޒެލްއައްވުރެ ބޮޑަށް.. އޯކޭތަ ޒެލް ލައި ގޮވައިގެން ދިޔަޔަސް..” ނުލަފާ ގޮތަކަށް އެލައިޝާއަށް ބަލައިލަމުން އަޒެލް ބުނެލިއެވެ. އަޒެލްއާއި އެކު ދިޔުމައް ރީހާން އެލައިޝާ ކައިރިން އެދުނެވެ. އެލައިޝާއަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. ދެމީހުން އެކީގައި ފިހާރަޔަށް ދާން ނިކުތެވެ.

އެގެއިން ނިކުތް ގޮތައް އަޒެލް އެލައިޝާ އަތުގައި ހިފައި އޭނާއާއި ކައިރިއައް ދަމައިގަތެވެ. އަދި އެލައިޝާގެ އަތް ފުރަގަހަށް ލައި ބާރުކޮއްލިއެވެ.

“އަތްދޯއި..ދޫކުރޭ އަހަންނަށް ތަދުވެޔޭ..” އެލައިޝާ އަތްނައްޓަން މަސައްކަތް ކުރަމުން ބުނެލިއެވެ.

“ބަލަ ތަދު ކުރަންށޭ މިހެން މިހަދަނީ..އަހަރެން ބުނީމެއްނު ގުޅީމަ ފޯނު ނަގަން ޖެހޭނެ އޭ..އޭ ނުބުނެވޭތަ އެހެނެއް..ބުނީމެއްނު ބުނާގޮތް ނަހަދައިފިއްޔާ މާރަގަނޅެއް ނުވާނޭ.. އަދި އިތުރަށް ކައިވެނި އަވަސް ކުރަން ވީތަ..” އިތުރަށް އެލައިޝާއާއި ގާތްވަމުން އަޒެލް ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaish

Level 210 Stories100 Comments

Other Articles

Previous

ޒާރާ (1-8 ވަނަ ބައި) ޚުލާސާއެއް

Next

ނޫރު (ތޭވީސްވަނަ ބައި)

Next
January 12, 2018

ނޫރު (ތޭވީސްވަނަ ބައި)

Previews
January 12, 2018

ޒާރާ (1-8 ވަނަ ބައި) ޚުލާސާއެއް

18 Comments!

  1. Shaish says:
    January 12, 2018 at 3:04 pm

    Assalaam alaikum
    Miothy “haama kuryma loabi ma vaa kan” ge 9 vana part up kohdhyfa
    Mistakes thah bunelahchey ingey
    hope you guys will like this part too ?

  2. ishaa says:
    January 12, 2018 at 3:22 pm

    varah reethi mi bai ves dhn kon irakun next part

    1. Shaish says:
      January 12, 2018 at 3:31 pm

      ☺❤ Thank yuh ishaa
      Next part v enme avahakah genes dheynan

  3. kudaa says:
    January 12, 2018 at 3:39 pm

    Wow.. v reethi mi.partves… kudhi kudhi mistakes huri..bt dhen faharakun ragalhu kohlaane kamah heekuran igey shaish drln

    1. Shaish says:
      January 12, 2018 at 3:45 pm

      ❤Thank yuh kudaa
      Miadhu einy rangalhah check kohnuveli up kohlevifa.
      Next time rangalhu kuraanan ingey

  4. Zihuu says:
    January 12, 2018 at 4:27 pm

    Varah varah ryythi vaahaka. .keep doing hardworking shaish??❤❤

    1. Shaish says:
      January 12, 2018 at 3:47 pm

      ❤Thank yuh Zihuu
      I will try my best abadhuvx ?

  5. Pinky shifoo says:
    January 12, 2018 at 5:45 pm

    Helloo Shaish ☺️☺️… Mi part vx varah varah varah reethi ??.. N I’m happy Shaish mi part ehaa dhigukoh genesdhinyma ??.. Waiting for next part

    1. Shaish says:
      January 13, 2018 at 11:44 am

      ❤Hellow Shifoo
      Varah try kuran dhigu koh liyeveythw.. Glad mifaharu dhigukoh levunyma hiyy hama jehey varah?
      Thank yuh ?

  6. Hishh says:
    January 12, 2018 at 6:04 pm

    Nice ❤❤

    1. Shaish says:
      January 12, 2018 at 3:48 pm

      ❤Thank yuh Hishh

  7. Elai says:
    January 12, 2018 at 6:55 pm

    V reethi story next part avahaa up kohla dhehche

    1. Shaish says:
      January 12, 2018 at 3:49 pm

      ❤Thank yuh Elai
      v enme avahakah up kohladheynan?

  8. Anaa says:
    January 15, 2018 at 11:53 am

    Wow v reethi mi part ves next part thankoleh avahaa up kohla dheebala waiting

    1. Shaish says:
      January 16, 2018 at 10:58 am

      ❤Thank yuh Anaa
      Liyevunhaa avahakah up kohladheynan

  9. މާޒް says:
    January 19, 2018 at 9:03 pm

    ވަރައް ރީތި

  10. Mixuhan says:
    January 21, 2018 at 8:20 pm

    Alhe dhn avahah upkh dheebala.. mihaaru kiyaahithun keii vany eii nooon..kiyun therin inthixaaru ga baithihbaafa liyevey dhuvaheii naadhe dhuvahaku..alhe pls avahah up khdheeba
    Waiting for the next part ????
    Please avahah upkhdheebala??Love this story

  11. Shaish says:
    January 22, 2018 at 12:49 pm

    Alhey varah bodah sorry
    Hama varah bxy koh miulheny life ge eki eki kankamuga ehnve story aa maa varah noolheveny ekm konme dhuvahakuvc. Thankolheh liyamun migendhany
    Sorry hurihaa kudhin ehaa dhigu inthixaareh ga
    bahattan jeheytheeve
    Mixuhan sorryyy?
    Iraadha kureviyya varah avahah next part up kohdheveythw balaanan

Comments are closed.

Next Episodeހާމަ ކުރީމާ ލޯބި މަވާކަން 10←


All Right Reserved!