އެކުގައިވާން އެދެމޭ… 19
އާލިކްގެ ހޫނު ނޭވާތައް މާގާތްވުމުން އޭނާ ހިތްވަރުކޮށްފައި ލޯހުޅުވާލަން ހިތައްއެރި ވަގުތު އާލިކް ކޮށްލިކަމަކުން ވިޝާގެ ހިތް އުދުއްސައިގެން ދިޔަފަދައެވެ. ގަދަކަމުން ލަމުންދިޔަ ނޭވާވެސް ކަރުތެރޭގައި ތާށިވިއެވެ. ސިކުނޑި ކިތަންމެ ދެކޮޅު ހެދިޔަސް އާލިކްގެ ޓީޝާޓުގައި ހިފަހައްޓާލަމުން އެއަމަލުގައި އޭނާއަށް ބައިވެރިވެވުނީ ހިތް އޭނާގެ މައްޗަށް ގަދަވެގަތުމުންނެވެ. ކޮންމެ ގޮތެއްވިޔަސް އޭނާގެ ހިތައް ބުނެދޭން ނޭނގޭފަދަ ހަމަޖެހުމެއް ލިބިގެންދިޔައެވެ.
އާލިކް ވިޝާގެ މޫނުން ދޫކޮށްލީ ދެމީހުންވެސް ނޭވާ ހުސްވާހާ ވަރުވުމުންނެވެ. އޭރު ވިޝާގެ މޫނާއި ތުންފަތް ރަތްކަމުން ލޭކޮޅެއްފަދައެވެ. އާލިކްގެ މޫނުމަތީގައިވަނީ މުޅިން ތަފާތު ޖަޒުބާތުތަކެކެވެ. އެދެތިން މިނެޓުގެ ވަގުތުކޮޅަކީ އެދެހަށިގަނޑުގެ އެންމެ ހިމަނާރަށްވެސް އަސަރުކޮށްލި ވަގުތުކޮޅެކެވެ. އާލިކް ވިޝާގެ ހިމަ އުނަގަނޑުގައި ހިފަހައްޓާލައިގެން ހުރިއިރު ވިޝާ އާލިކްގެ މުލައްދަނޑީގައި ހިފަހައްޓާލައިގެން ހުއްޓެވެ. ދެމީހންގެ ހިތުގައިވެސް ހިނގަމުން ދިޔައީ ދެންމެ ވޭތުވެގެންދިޔަ ފޮނި ފޮނި ވަގުތުކޮޅުގެ ޚިޔާލުތަކެވެ. ދެމީހުންނަށް އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ތިބެވުނުއިރު ދުނިޔެމަތީގެ އެހެން އެއްވެސް ކަމެއް ހަނދާނުގައި ނެތްފަދައެވެ. އެހެންނަމަވެސް އެވަގުތުކޮޅު ދެމިގެން ދިޔައީ މަދު ސުކުންތު ކޮޅަކަށެވެ. ވިޝާ ލޯބޮޑުކޮށްލަމުން އާލިކްގެ އަތުން ދޫކޮށްލުމަށްފަހު އިސްޖަހާލިއިރު އޭނާގެ ލޮލަށް ކަރުނަ ޖަމާވާން ތައްޔާރުވެއްޖެއެވެ. ހިތްހަމަޖެހުނު ނަމަވެސް ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން ރޭކާލުމުން އާލިކްވެސް ދުރަށް ޖެހިލައިފިއެވެ. ނަމަވެސް ދެވަނަ ސުކުންތުގައި އަނެއްކާވެސް ވިޝާގެ އަތުގައި ހިފެހެއްޓުމަށްފަހު ކުރިން ހުރިގޮތަށް ފާރުކައިރިއަށް ގެނައީ އަވަސްކަމާއިއެކުގައެވެ.
“ސަރ.. ކީއްވެގެންތަ.. ތި.. އުޅެނީ؟..” ވިޝާގެ އަޑުގައިވަނީ ތުރުތުރެއް އުފެދިފައެވެ. އޭނާ އެހާ މަސައްކަތް ކުރުމުންވެސް އެމޫނަށް ރުޅިވެރިކަމެއް ނުގެނެވުނެވެ. އޭގެ ބަދަލުގައި އެބޮޑު ދެލޮލަށް ޖަމާވީ ކަރުނައެވެ.
“ވާހަކައެއް ބުނަން..” އާލިކްގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ.
“ދެން ދުރުގައި ހުއްޓަސް ބުނެވޭނެ..” ވިޝާ ދެބުމަ ކައިރިކޮށްލަމުން އިސްޖަހާލިއިރު އޭނާގެ ލޯ ކަރުނުން ފުރިއްޖެއެވެ.
“ވިޝޫ.. އައި ލަވް ޔޫ..” އާލިކް ވައި އަޑުން ބުނެލި އެއްޗަކުން ވިޝާގެ މެއަށް ފެންއެއްޗެއް އަޅާލި ފަދައެވެ. ލަސްލަހުން އިސްއުފުލާލިއިރު އޭނާގެ ބޮޑު ލޮލުން ފުރަތަމަ ކަރުނަ ތިކި ވެއްޓިއްޖެއެވެ. އެވަގުތު ވިޝާއާއި ހަތަރުކަޅި ހަމަކޮށްލަމުން އާލިކް އެޖުމްލަ ތަކުރާރުކޮށްލިއެވެ. އެވަރަުންވެސް ވިޝާގެ މޫނަށް ބަދަލެއް ނާދެއެވެ. އެމޫނުން ފެންނަނީ ހައިރާންކަމެވެ.
” ވަރަށް ހިތައް ތެދުވޭ ވިޝޫ އެހެން މީހަކާއި ރައްޓެހިވީމަ.. އެކަމު އައި ނޯވ ޔޫ ލަވް މީ ޓޫ..” އާލިކް ވިޝާގެ ދެލޮލަށް ބަލަހައްޓައިގެން ހުއްޓެވެ. އެވަގުތު ވިޝާ އަވަސް އަވަހަށް އެސްފިޔަ ޖަހާލީ އެލޮލުގައި ހުރި ކަރުނަތައް ބޭރުކޮށްލަމުންނެވެ. އާލިކް ބުނެލި އެއްޗަކުން އޭނާގެ ހިތައް ނުތަނަވަސްކަން ވެރިވެއްޖެއެވެ.
“އައި.. އައި ޑޯންޓް.. އައި ޑޯންޓް ލަވް ޔޫ..” ވިޝާ އިސް ޖަހާލުމަށްފަހު އަވަސް އަވަހަށް ވާހަކަ ދައްކަން ފެށުމާއިއެކު އާލިކް އޭނާގެ ދަތްދޮޅީގައި ހިފެހެއްޓުމަށްފަހު އިސްނެގުވިއެވެ. އަނެއްކާވެސް އެހަތަރުކަޅި ބައްދަލުވިއެވެ. އާލިކްގެ ތޫނު ލޮލުގެ ސަބަބުން ވިޝާގެ ހިތް އޭނާގެ މައްޗަށް އަނެއްކާވެސް ބާރު ފޯރުވަން އުޅޭފަދައެވެ.
“މަށަށް އެނގޭ މަ އެހެން ބުނާއިރަށް ވިޝޫ ދެކޮޅު ހަދާނެކަންވެސް.. ބަޓް އައި ނޯ ޔޫ ލަވް އޮންލީ މީ..” އާލިކް އެއްމިޔަކަނުން ހިނިތުންވެލިއެވެ.
“އައި ޑޯންޓް…..” ” ޝްޝްޝް..” އާލިކް ވިޝާގެ ތުންފަތުގައި އޭނާގެ ޝަހާދަތް އިނގިލި ޖައްސާލިއެވެ.
“ވިޝޫ ހަނދާން ބަހައްޓާތި މީ ހަމައެކަނި ވިޝޫގެ މީހެއްކަން.. ވިޝޫ ނުލިބިއްްޖެނަމަ މިދުނިޔެއިން އެއްވެސް އުފަލެއް މި އާލިކްއަށް ނުލިބޭނެކަން.. ސިންގަޕޫރަށް ދާން ނުޖެހުންނަމަ މިއަދުވެސް ވިޝޫއަށްޓަކައި ފައިޓްކުރަންވެސް ދާގޮތަށް މިހުރީ.. އެކަމަކު އެހެންވެސް ނުވީ.. އެހެންވިޔަސް އޯކޭ.. މަށަށް އިނގޭ ވިޝޫ ވިޝޫގެ އަމިއްލަ ހިތައް އަނިޔާއެއް ނުދޭނެކަންވެސް.. މަށަށް ވެއިޓް ކުރާނެކަންވެސް.. އައި ލަވް ޔޫ ސޯ މަޗް ވިޝޫ.. މޯރ ދޭން އެނީތިންގ..” އާލިކް ވާހަކަ ދައްކަމުން ދިޔައިރު ވިޝާހުރީ ކަޅި ޖަހާލުމެއްނެތެި އޭނާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެވަގުތު އާލިކް ހިނިތުންވެލަމުން ވިޝާގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު އޭނާއާއި ދުރަށް ޖެހިލިއެެވެ. ވިޝާ އޭރުވެސް ހިލައިގެ ބުދެއްފަދައިން ހުއްޓިފައި ހުރީއެވެ. އޭނާއަށް ވާންވީ ކިހިނެތްކަމެއް ނުވަތަ ވިސްނަންވީ ކޮންއެއްޗެއްކަމެއްވެސް ނޭނގުނީއެވެ. ހިނދުކޮޅަކަށްނަމަވެސް އޭނާގެ ސިކުނޑި މަސައްކަތް ކުރުން ހުއްޓާލީއެވެ.
“ކޮބާ އާލް ދާކަށް ނުވޭތަ؟..” ކެބިންގެ ދޮރު ހުޅުވާލާފައި ވިކާޝް އެތެރެއަށް ވަނީ ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ތިއްބައެވެ. ވިކާޝްގެ އަޑަށް އާލިކް ކުޑަކޮށް ސިހިފައި އެނބުރިލީއިރުވެސް ވިޝާ އެހުރިގޮތަށް ހުއްޓުން އަރާފައި ހުއްޓެވެ. އެމަންޒަރު ފެނުމުން ވިކާޝްވެސް ހުރީ ކުޑަކޮށް ހުއްޓުން އަރާފައެވެ.
“ނޫނޭ.. ދެން ދާންވީ.. މިހާރު ވިޝޫއާ ހުރިހާ ކަމެއް ހަވާލުކޮށްފިން..” އާލިކް ނޫންކަމަށް ހަދާލާފައި އޭނާގެ މޭޒާއި ދިމާއަށް ދިޔައިރު ވިކާޝްގެ މޫނުމަތީގައި ވިސްނުންތެރި ކުލަވަރެއް ހުއްޓެވެ.
“ކޮބާ.. ހިނގާ..” އާލިކް މޭޒުމަތި ހަމައަކަށް އަޅުވާލުމަށްފަހު ކުޑަކޮށް ހިންދެމިލާ ވިކާޝްއާއި ކުރިމަތިލިއެވެ. އޭރު ވިކާޝް އެއްފަހަރު އާލިކްގެ މޫނަށް އަނެއްފަހަރު ވިޝާގެ މޫނަށް ބަލަބަލާ ހުއްޓެވެ. އޭނާއަށް ވާނުވާ އެނގިއްޖެކަން އެނގުމުން އާލިކް ބޯ ކަހާލުމަށްފަހު އިސްޖަހާލިއެވެ. އޭރުވެސް ވިޝާ އެހުރިގޮތަށް ފާރުގައި ލައްވެގެން ހުރުމުން އޭނާގެ ހިތްނުތަނަވަސް ވެއްޖެއެވެ.
“އާދޭ..” އާލިކް އިސްޖަހާލައިގެން ހުއްޓާ ވިކާޝް އޭނާގެ ކޮނޑަށް އަތް ވައްޓާލަމުން ދޮޮރާއި ދިމާއަށް ހިނގައިގަތީ ވިޝާ ހުރިގޮތުން އޭނާއާއި ވާހަކަ ދެއްކުމަކާއި ނުލައެވެ. އެދެމީހުން ނުކުމެގެން ދާން ފެށުމުން ވިޝާއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. އެހެން ނަމަވެސް އޭނާގެ ހަރަކާތަށް ހުއްޓުން އެރީ އާލިކް ފަސް އެނބުރި ބަލާލުމުންނެވެ.
“އައި ވިލް މިސް ޔޫ ވިޝޫ..” ލޯބިން ފުރިގެންވާފަދަ އަޑަކުން އާލިކްއެހެން ބުނެލިއިރު މޫނުމަތީގައިވަނީ މަޑުމައިތިރިކަމެވެ. އޭރު ވިޝާ ހިތް ތެޅިފޮޅެމުން ދިޔައީ އާލިކްގެ އަތުގެ ތެރޭގައި އެއްފަހަރު ނަމަވެސް ހުރެލުމުގެ ބޭނުމުގައެވެ. ނަމަވެސް އެމީހުން ނުކުމެގެން ދިޔައިރުވެސް އޭނާއަށް އެންމެ ކުޑަމިނުން އަނގައިން ބަހެއްވެސް ބޭރު ނުކުރެވުނެވެ. އެދެމީހުން ދިޔުމާއިއެކު ފާރުގައި ލައްވެގެން ހުރިގޮތަށް ހުރެ ދެކަކޫމައްޗަށް ތިރިވެއްޖެއެވެ. އަދި ދެއަތްތިލައިން މޫނު ފޮރުވާލަމުން ލޮލުގައި ހުރި ކަރުނަތަށް އޭނާގެ ތުނި ތުނި އަތްތިލައިގެ ތެރެއަށް ބޭރުކޮށްލިއެވެ.
“އައި ލަވް ޔޫ ޓޫ އާލް..” ރުއިމުގެ ތެރެއިން ވިޝާގެ ހިމަ ތޫލި އަޑު ނުކުމެގެން ދިޔައީ ވޭނުން ފުރިގެންވާފަދަ ގޮަތަކަށެވެ.
އޮފީހުގައި އެކަނިމާ އެކަނި ގިނަ އިރުތަކެއް ހޭދަކުރުމަށްފަހު ވިޝާ ގެއަށް ދިޔައިރު އިރުއޮއްސި 7 ޖަހައިފިއެވެ. އޭރު ވިކާޝްއާއި ޒާހިރާ އަދި ޒައިދުވެސް ވިޝާގެ އިންތިޒާރުގައި ތިބީ ޒާހިރާމެން ފުރާގަޑި ގާތްވަމުން ދާތީއެވެ. ވިޝާގެ މިލާ މޯޅިވެފައިވާ މޫނު ފެނުމާއިއެކު ވިކާޝްއަށް އެތައް އެއްޗެހިތަކެއް އެނގި ޒައިދުއާއި ޒާހިރާއަށްވެސް އެކަން ފާހަގަވިއެވެ.
“މާ ލަސްވެސް ވެއްޖެ ދޯ.. 8 ޖަހާއިރުތަ ފުރަނީ؟..” ވިޝާ އެތެރެއަށް ވަން ގޮތަށް ޒާހިރާގެ ގާތުގައި ސޯފާގައި އިށީނދެލިއެވެ. އޭރު އޭނާގެ މޫނަށް ބަލަހައްޓައިގެން ޒައިދު އިނީ ހިނިތުންވެލައިގެންނެވެ.
“ޒާއްތަ ހީކުރީ ފުރާގަޑި ޖެހޭއިރުވެސް ވިޝާއަށް ނާދެވޭނެ ކަމަށް..” ޒާހިރާ ލޯތްބާއިއެކު ވިޝާގެ ބޮލުގައި ފިރުމާލަމުން ވާހަކަދެއްކިއެވެ. އޭރު ވިކާޝްވެސް ހިނިތުންވެލައިގެން އެމަންޒަރު ބަލަން އިނެވެ.
“ވަރަށް ހަނދާންވާނެ ޒާއްތަ މަތިން..” ވިޝާ ފެންކަޅިވަމުން ދިޔަ ދެލޯ އަތުގެތެރޭގައި ފޮރުވާލަމުން ބުނެލިއެވެ. އެވަގުތު ޒާހިރާ ވިޝާގެ ބޮލުގައި ފިރުމާލަމުން ވިކާޝްއަށް ބަލާލީ ހިތާމަވެރި ގޮތަކަށެވެ.
“ވިޝޫ.. އެހާ ދެރަ ނުވެބަލަ.. އަދިވެސް ޒާއްތަމެން އަންނާނެއެއްނު..” ވިކާޝްވެސް ވިޝާއާއި ގާތަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ. އެވަގުތު ވިޝާ އިސް އުފުލާޅުމަްފަހު ގަދަކަމުން ހިނިތުންވެލަމުން އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ހަގީގަތުގައި އޭނާ އެހާ ދެރަވަނީ ޒާއްތަ ދާތީއެއް ނޫނެވެ. ޒައިދު ދާތީއެއްވެސް ނޫނެވެ. އެހިތުގައި އުފެދިފައިވަނީ އެއަށްވުރެ ބޮޑު ހާޖާނު ގަނޑެކެވެ. އެހިިތުގައި އުުތުރި އަރަމުން ދަނީ އެހިތުގެ ރާޖާގެ ޚިޔާލުތަކެވެ. އެ ލޯބިވެތި ބަސްތަކެވެ.
ވިޝާ ކޮޓަރިއަށްވަދެ ހެދުން ބަދަލުކޮށްލައިގެން ނުކުތްއިރު ޒައިދު އޭނާގެ އިންތިޒާރުގައި ބެލްކަނީގައި ހުއްޓެވެ. ޒައިދު ފެނުމާއިއެކު ވިޝާގެ ހިތް ނުތަނަވަސް ވީނަމަވެސް ޒައިދުއަށް އޭނާ ފެނުމާއިއެކު ހިނިތުންވެލިއެވެ.
“އައި ވިލް ޔޫ މިސް ޔޫ ވިޝޫ..” ވިޝާގެ ދެއަތްތިލައިގައި ހިފަހައްޓާލަމުން ޒައިދު ބުނެލި އެއްޗަކުން ވިޝާއަށް ތެޅިގަނެވުނެވެ. ދެލޯ ބޮޑުކޮށްލަމުން އޭނާ ޒައިދުގެ މޫނަށް ބަލާލެވުނުއިރު ކަންފަތުގައި ގުގުމަމުން ދިޔައީ އާލިކްގެ އަޑުން އެހެން ބުނެލި އަޑެވެ. ކޮންފަދަ އިއްތިފާގެއް ހެއްޔެވެ؟
” ވިޝޫ ހާދަ ދެރަވެފައޭ ތިހުރީ.. އޭމް ނޮޓް ގޮއިން ފޯރ އެވަރ.. އަދި އަންނާނަމޭ.. ވީ ވިލް ބީ ޓުގެދަރ ސޫން..” ޒައިދު ވިޝާގެ ލޯބި މޫނަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައީ ލޯތްބާއިއެކުއެވެ. ހަގީގަތުގައިވެސް ޒައިދު ހީކުރީ ވިޝާގެ މޫނުމަތީގައިވާ މޮޅިވެރިކަމުގެ އަސްލަކީ އެއީކަމުގައެވެ. ޒައިދުގެ އެކުލުނުން ފުރިފައިވީ އަޑު އިވުމުން ވިޝާއަށް އިސްޖަހާލެވުނެވެ. އެބޮޑު ދެލޯ ކަރުނުން ފުރެމުން ދިޔައިރު ހިތާއިހިތުން އޭނާގެ އަމިއްލަ ނަފްސަށް އެއްޗެހި ކިޔަމުން ދިޔައެވެ. އޭނާ ކިހާ ގޯސްހެއްޔެވެ؟ އޭނާގެ ހިތް ޒައިދުއަށް ވަމުން އެދަނީ ކިހާ ބޮޑު ބޭއިންސާފެއް ހެއްޔެވެ؟ ޒައިދުގެ އެ ތެދުވެރި ލޯބީގެ ކުރިމަތީގައި އޭނާގެ ހިތް ގޮވަމުން އެދަނީ މުޅިން އެހެން ފަރާތަކަށެވެ. އެވަރުންވެސް ޒައިދުއަށް ހީވަނީ ވިޝާގެ ހިތް ގޮވަމުން އެދަނީ އޭނާއަށް ކަމަށް ހެއްޔެވެ؟ ހިތައް އަރާ ފައިބަމުން ދިޔަ ޚިޔާލުތަކުން ވިޝާގެ ހިތައް ކެތެއް ނުވިއެވެ. މަޑުމަޑު ގިސްލުމަކާއިއެކު އޭނާ ޒައިދުގެ މޭގައި މޫނު ފޮރުވާލިއެވެ. އޭނާ ޒައިދުގެ ހިތައް ދެރައެއް ދޭކަށް ބޭނުމެއް ނޫނެވެ. ޒާއްތަގެ ހުވަފެންތައް ވިއްސި ވިހާލި ވާކަށްވެސް ބޭނުމެއް ނޫނެވެ. އެގުޅުމަކީ އެމީހުންނަށް އަވާމެންދުރަކަށްވެސް ވާކަށް ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ ޒައިދުއަށް ވަފާތެރި ވާށެވެ. އޭނާގެ ކިބައިން މަޢާފަށް އެދޭށެވެ. އޭނާގެ ހިތް ޒައިދުއަށްޓަކައި ހުސްކޮށްލާށެވެ. އެހިތް ޒައިދުގެ ލޯބިން ފުރާލާށެވެ. ނަމަވެސް އޭނާއަށް ކެހިވެރިވަމުން ދިޔައީ އޭނާގެ ހިތެވެ. އެހިތުގެ ޖަޒުބާތުތަކެވެ.
“އޭއި.. ވިޝޫ.. ނުރޮއިބަލަ.. އޭއި.. “ވިޝާގެ ވޭނުން ފުރިގެންވީ ރުއިމުގެ އަޑު އިވުމުން ޒައިދުގެ ހިތް ކުދިކުދިވެގެން ދިޔައެވެ. ވިޝާގެ ގައިގައި ބައްދާލަމުން ލޯ މަރާލިއިރު އެގާތްކަމުގެ ސަބަބުން ޒައިދުގެ ހިތައް ބުނެދޭން ނޭނގޭ އުފަލެއްވެސް ލިބިފައިވެއެވެ.
“އައި ވިލް މިސް ޔޫ ޓޫ..” ވިޝާ އެހުރިގޮތަށް ހުރެ ޒައިދުއާއި ވާޙަކަ ދެއްކިއިރުވެސް އޭނާގެ މެރިފައިވާ ދެލޮލުގެ ތެރެއިން ފެންނަމުން ދިޔައީ އާލިކްގ ސޫރައެވެ. އޭނާ އެންމެ ހިތްއެދޭ ޒުވާނާއެވެ.
“ވިޝޫ.. ތީ ތިހާ ފިނޑި ކުއްޖެއް ނޫނެއްނު.. ހުއްޓާލަބަ..” ޒައިދު ވިޝާގެ ދެކޮނޑުގައި ހިފާ ދުރުކޮށްލުމަށްފަހު އެލޮލުން ފައިބައިިފައި ހުރި ކަރުނަތައް ފޮހެލަދިނެވެ. އެވަގުތު ވިޝާވެސް ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުން ޒައިދުއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. އެ ފުންފުުން ދެލޮލުގެ ތެރެއަށް އޭނާ ގެނބިގެން ނުދަނީ ކީއްވެގެން ހެއްޔެވެ؟
“ދެން ހިނގާ ތިރިއަށް.. މިހާރު ހަތްގަޑި ބައިވީ.. ދެން ދާގަޑި ޖެހެނީނުން..” ޒައިދު ވިޝާގެ ނިތްކުރިއަށް ބޮސް ދިނުމަށްފަހު ހިނިތުންވެލިއެވެ. ވިޝާވެސް ހިނިތުންވެލައިގެން ޒައިދުގެ އެއްވެސް ހަރަކާތަކާއި ދެކޮޅު ހެދުމެއް ނެތި އޭނާއާއި އެކުގައި ހިނގައިގަތެވެ. އޭރުވެސް ޒައިދުގެ އަތްހުރީ ވިޝާގެ އުނަގަނޑުގައި އަޅުވާލާފައެވެ.
ދެހަފްތާ ފަސް
މެންދުރުގެ ވަގުތެވެ. އޮފީހުގެ ގިނަ މުވައްޒަފުން ބްރޭކް ގަޑިއަށް ދިއުމުންނާއިއެކު ކުރާނެ މާބޮޑު މަސައްކަތެއް ނެތުމުން ކައުންޓަރުގައި އިނގިރޭސި ވާހަކަ ފޮތެއްގެ ތެރެއަށް ގެއްލިފައި އިން ލިމްނާއަށް ކުޑަ ސިހުމެއް ލިބިގެން ދިޔައީ ކައުންޓަރުގައި މީހަކު ހުއްޓިލުމުންނެވެ. ފޮތް ލައްޕާލުމަށްފަހު އޭނާ އަވަސް އަވަހަށް އިސް އުފުލާލާ އެމީހަކާއި ކުރިމަތިލީ ހިނިތުންވެލަމުންނެވެ. އެހެންނަމަވެސް ކުރިމަތީގައި ހުރި ޒުވާނާ ފެނުމާއިއެކު ލިމްނާގެ މޫނުމަތީގައިވާ ހިނތުންވުން ގެއްލުނެވެ. ދެލޯ ބޮޑުކޮށްލުމަށްފަހު ގޮނޑިން ތެދުވިއިރު އޭނާގެ ހިތުގެ ހިނގުން އިންތިހާއަށް ބާރުވެއްޖެއެވެ.
“ޝ.. ޝާން؟..” ލިމްނާގެ ދެތުންފަތް ހައިރާންކަމާއިއެކު ހަރަކާތް ކޮށްލި ވަގުތު މަޑުމަޑުން އަޑުވެސް ނުކުތެވެ. ތެދެކެވެ. އޭނާގެ ކުރިމަތީގައި މިވަގުތު އެހުރީ އެހިތުގެ އަލަތު ލޯތްބެވެ. ތަގުދީރުގެ ނިޔާއިން އެމީހަކާއި ވަކިވާން ޖެހުނު ލޯބިވި ބައިވެރިޔާއެވެ. ޝާންއެވެ. ލިމްނާގެ މޫނުމައްޗަށް ގަދަކަމުން ހިނިތުންވުމެއް ގެެންނަން މަސައްކަތް ކުރުމުންވެސް އެ ނާޒުކު ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ކާމިޔާބު ހޯދައިފިއެވެ. އޭނާގެ ހިތުން ފޮހެވެމުންދިޔަ އެހަނދާންތައް އެހިތުގައި އާލާވެގަތީއެވެ.
ލިމްނާގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަތައް ބަލަން ހުރި ޝާންގެ ހިތައް އެ މައުސޫމްކަން އެތައްވަރަކަށް ގޯނާކޮށްފިއެވެ. އެހެން ނަމަވެސް އޭނާ ގަދަކަމުން ހިނިތުންވެލަމުން އަތުގައި އޮތް ސިޓީއުރަ ކައުންޓަރު މަތީ ބާއްވާލީ އަނގައިން ބުނުމަކާއި ނުލައެވެ.
“މި.. މީ..؟” ލިމްނާ އެ ސިޓީއުރައިގައި އަތްލިއިރު އެލޮލުން ކަރުނަ ފޭދިފައި ހުއްޓެވެ. އެމަންޒަރު ފެނުމުން ޝާން ހިންދިރުވާލި ނަމަވެސް މޫނުމަތީގައިިވާ ހިނިތުންވުމަށް ބަދަލެއް ނާދެއެވެ.
“ލިމްއަށް.. ކުޑަ ސަޕްރައިޒެއް..” ޝާން އޭނާގެ އާދައެއް ކަމުގައިވާ “އެއްލޯ މެރުން” ލިމްނާއަށް ހަދިޔާކޮށްލަމުން ބުނެލިއެވެ. އެވަގުތު އެހަރަކާތުގެ ސަބަބުންވެސް ލިމްނާއަށް ލިބުނީ އާދަޔާ ޚިލާފު ހިތްދަތިކަމެކެވެ. ހަނދާންކުރަން ބޭނުންނުވާ އެތައް މަންޒަރުތަކެއް އޭނާގެ ކުރިމަތީގައި ސިފަވާންފެށިއެވެ. މަޑުމަޑުން އިސް ޖަހާލުމަށްފަހު ލިމްނާ ސިޓީއުރަ ނެގުމަށްފަހު އޭގެތެރޭގައި އޮތް ކާޑު ނަގާ ހުޅުވާލިއެވެ. އެވަގުތު އޭނާގެ މައުސޫމް ދެލޯ ބޮޑުވެ ކުރިމަތީގައި ހުރި ޝާންއާއި ދިމާއަށް ބަލާލީ ހައިރާންކަމުން ފުރިގެންވާފަދަ ގޮތަކަށެވެ. އުންމީދުވެސް ނުކޮށް ހުއްޓާ އެކަހަލަ ޚަބަރެއް ލިބުމުން ލިމްނާއަށް ހުރެވުނީ ބުނާނެ ހަމަ އެކައްޗެއްވެސް ނޭނގިފައެވެ. ދުނިޔޭގައި ކަންތައްތައް ބަދަލުވެގެންދަނީ ކިހާ އަވަހަކަށް ހެއްޔެވެ؟
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.


wooooooooow…….vvvvv salhi….waiting for nxt part
(:…………hama hama habeys
wooooooooooooowwww v v v salhi….waiting for next part…
Vara salhi
layaa eba rangalhuvey vaahaka, nimendhen genes dhyfiyya v rangalhu.. n v reethi ingey
v reethi vaahakaehmee mivaahaka nimemendhen genesdheefiyaa ragalhu
V V V V salhi mibaives ..
v v v v reethi mi story…. kiyaahithun indha hurihaa baeh vx nimeny… miadhu alah feshy vx bt nw nukumefa huri hurihaa baeh kiyaa nimuny…. next part kiyaalaahithun keh nukurevey…. cox somehow story v v gulhey my life aa… hope vishoo ah aal ge loabi avaha libeyne kamah… w8in w8in 🙂
v v v v reeth.
v v v v v v v salhi i hope mi story ga dhn vishoo ah aal ge loabi libeyne kamah nulibihjeyah v hadi vaane dhn zaidh kaary buney dhookoh laashey vishoo xaahtha should happy about all happiness of the vishoo…. so xaatha will be ok when visoo leave zaidh v salhi kiyaahithun meendhe halaaku vany v v v v v v v up kohdhyba
🙂 🙂 🙂
sorry v v v v AVAHAH up kohdhyba