“އަހަރެންގެ އުންމީދުގެ ހުޅުކޮޅު ނިވެން އުޅެނީ އޭ އާރާ”
ޔަޝްމް ގޮވައިގެން ބޭރަށް ގޮސްފައި ޝާލީން އައިއިރު ޔަޝްމް ގެ އަތުގައި ކުޅޭ އެއްޗެއް އޮތެވެ.
އޭނާ ނިކަން ހެވިފައި ހުރެގެން އައިސް މައިލީން އަށް ދައްކައިލިއެވެ. އޭރު މައިލީން ހުރީގޭތެރެ ފޮޅާ ސާފުކުރާށެވެ.
ސިޓިން ރޫމްގައި ހުރި ސްޓަޑީ ޓޭބަލް ގައި ފޮތްތައް އަތުރައިގެން އިން އާރާ ފެނިފައި ޔަޝްމް ގޮސް އެ އާރާ އަށް ދައްކައިލިއެވެ.
އޭނާ އެދުނީ އޭނާއާއެކު އާރާ ކުޅެން އައުމަށެވެ.
“ދަރިފުޅާ. އަރާ ދައްތަ ކިޔަވަނީ އޭ ލޯބީ” މައިލީން އައިސް ލޯބިން ޔަޝްމް އުރައިލިއެވެ. ޔަޝްމް ގެ ހަށިގަނޑުވެސް ހުންނަނީ އެ އުމުރުގެ އެހެން ކުދިންނާ ބަލާފައި ވަރަށް ކުޑަކޮށެވެ.
މެންދުރު ގެއިން ނުކުތް ޔުއާން ގެއަށް އައިސްވަނީ ރޭގަނޑު އަށެއްޖެހިފަހުންނެވެ. އޭރު އެއްވެސް މީހެއްގޭތެރެއިން ފެންނާކަށް ނެތެވެ.
އެހެންކަމުން ދެން އޭނާ ކޮޓަރިއަށް ދިޔުމަށް ސިޑިއާ ދިމާލަށް ހިނގައިގަތެވެ.
މަޑުމަޑު ފިޔަވަޅުތަކެއްގައި ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ފޯނާ ކުޅެމުން ދިޔަ ޔުއާން ސިއްސައިގެން އޭނާގެ ވެއްޓެން ދިޔަ ވަގުތު ދަގަނޑުގައި ނުހިފެއްޓުނުނަމަ ވެއްޓުނީހެވެ. ހިތް ހަމަޔަކަށް އަޅުވަން އޭނާ މަސައްކަތް ކުރަމުން ދިޔައެވެ.
“ކެއާރފުލް ބްރޯ” އެއިރު އެހިސާބަށް އަރާ ހަމަވި އާއިކް ޔުއާން ގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. “ކޮން ބިޓެއްގެ ފޮޓޮއަކަށް ބަލަމުންތަ ތިދަނީ ވެއްޓެއިރުވެސް ނޭގެން” އާއިކް ބުނެލުމާއެކު ޔުއާންއަށް ބުމަ އަރުވައިލެވުނެވެ. އޭނާއަށް ހީވީ އާއިކް އަށް ފަޅާ އެރީކަމުގައެވެ. އާއިކް ފޯނާ ދިމާލަށް ނަޒަރުހުއްޓާ ލުމާއެކު ޔުއާން އަށް ފޯން އަނބުރާލެވިއްޖެއެވެ.
“ހުމް… އެހެންވީމާ ތެދެއް ދޯ މިބުނެވުނީ” އާއިކް މަލާމާތުގެ ހިނިތުންވުމެއް ހަދިޔާ ކޮއްލަމުން ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ފައިބައިގެން ދިޔައެވެ. އެ ދިމާލަށް ބަލަން ހުރި ޔުއާން ވެސް ލޯ މަތިން އާއިކް ގެއްލުމާއެކު މައްޗަށް އަރަން ހިނގައިގަތެވެ.
ލާފައިހުރި ޓީޝާޓް ބޭލުމާއެކު އޭނާގެ ހަށިގަނޑުގެ މަސްތައް ހާމަވެގެން ދިޔައެވެ. އެ ރީތި ހަށިގަނޑަށް ޓަކައި ކޮންމެ އަންހެން ކުއްޖެއްވެސް ގުރުބާންވާނެއެވެ. އޭނާގެ ޖަޒުބާތުގައި ނުޖެހި ސަލާމަތް ވެވުމަކީ އެއްވެސް އަންހެންކުއްޖަކަށް ކެތްވާނޭ ކަމެއްނޫނެވެ. އެކަމާ އޭނާ ނުހަނު ފަހުރްވެރިވެއެވެ.
ކިތަންމެ އަންހެންކުއްޖަކު އޭނާއަށް ތަކައި ޖާނުން ފިދާވާން ތައްޔާރަށް ތިބިކަމުގައިވިޔަސް ޔުއާންއަށް އެއްވެސް ކަމުދާ އަންހެން ކުއްޖެއްނުފެނެއެވެ. އޭނާ ރާއްޖޭން ބޭރުގައި ކިޔަވަން އުޅުނުއިރުވެސް ސައިޑް ބިޓުން ގެންގުޅުނެވެ.
ޓައިމް ޕާސް ކޮއްލުމުގް ގޮތުން އޭނާ ތަފާތު މަޖާ ޓްރިޕް ތައްވެސް ހަފްތާ ބަންދުގައި އެކުދިންނާ އެކޮޅުގައި އުޅޭ އެހެން ރައްޓެހިންނާއެކު ދެއެވެ.
އެއްޗެހި ބޭލުމަށްފަހު އެތާގައި ހުރި ހެދުން އަޅުވާ ލަކުޑި އެއްޗެއްގައި އަޅުވާލިއެވެ. ދެން ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އަދި ފޯން ހުޅުވަލާ އޭގައި ހުރި ފޮޓާތަކަށް ބަލަން ފެށިއެވެ. “ސަމްވަން ހޫމް އައި ކުޑްންޑް ފޮގެޓް… އިޓްސް ޔޫ އޮންލީ” ޔުއާން ބުނެލިއެވެ.
ދެން އޭނާ ފޯން ބޭއްވުމަށްފަހު އަވަސް އަވަހަށް ފާހާނާއަށް ވަންނަން ދިޔައީ ތާޒާ ވެލުމަށެވެ. ފެންވަރަން ހުރި އިރުވެސް އޭނާގެ ހިޔާލުތައް ތަދުރު ކުރަމުން ދިޔައީ މާޒީގެ ސަފްހާތަކާ ދިމާލަށެވެ. އެ ހިޔާލުތަކަށް ގެނބިގެން ދާން ފެށިމާއެކު އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރާލަމުން ވެހެމުން ދިޔަ ފެންތަކުގެ ތެރެއިން ކުރިމަތީގައި ހުރި ލޯގަނޑަށް އޭނާ ބަލައިލިއެވެ.
އޭނާ ދެން އެ ލޯގަނޑުގައި ދެއަތް އަޅުވައިލައިގެން އަމިއްލަ ސޫރައަށް ބަލަން އެތައް އިރަކު ހުއްޓެވެ. ހިތް ފުރޭވަރުވުމުން އޭނާ ފާހާނާއިން ނުކުތެވެ.
އަދި ފުޅާ އަލަމާރިކާރިއަށް ޖެހިލީ ލާނޭ އެއްޗެއް ނެގުމުގެ ބޭނުމުގައެވެ. އިތުރަށް ބޭރަށް ދާ ހިޔާލު ނެތުމުން އޭނާ އަލަމާރިތެރެއިން ނެގީ ޓްރެކްޝޫޓެކެވެ.
އެލައިގެން އެނދުގައި ޖައްސައިލީ ނިދާލުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް އޭނާއަށް އާވަމުން ދިޔަ ހަނދާންތަކެއްގެ ސަބަބުން ނިދޭ ގޮތެއްނުވިއެވެ.
މައިލީން އޭނާގެ އެއްފަރާތުގައި އޮތް ޔަޝްމް އަށް ބަލައިލިއެވެ. އޭނާ ނުނިދިގެން ދެފަރާތަށް ފުރޮޅި ފުރޮޅި އޮތީ ހަނދާނޭ ގޮތެއް ނޭގިފައެވެ. ކޮންމެ ދުވަހަކު ޔުއާން އާ ކުރިމަތިލާނޭ ހިތްވަރު އޭނާގެ ގައިގައި ހުންނާނޭބާއެވެ. މާޒީގައި ޔުއާން އާއި މައިލީން ގެ ދެމެދުގައި ހިނގާފައިވަނީ ކޮންކަންތައް ތަކެއްބާއެވެ. ކުރީގެ އެދެމީހުންގެ ދިރިއުޅުމާ މިހާރާވަރަށް ތަފާތެވެ.
އަނެއްދުވަހު ގެ ހެދުނު ޑިއުޓީއަށް ދާން ޔޫހާން ތައްޔާރުވަމުން ދިޔައެވެ. އޭރު ޔަޝްމް އޮތީ ނިދާފައެވެ. އާދައިގެ މަތިން ޔަޝްމް ގެ ނިތަށް ބޮސް ދިނުމަށްފަހު މައިލީން ނުކުތީ ހޮސްޕިޓަލް އަށް ދާށެވެ.
ހިނގާލާފައި ދިޔަ މައިލީން ގެ ލޮލުގައި އޭނާ ކައިރިން އަޅާފައި ދިޔަ ކާރު ގެ އެތެރޭގައި އިން މީހާ އަޅައި ނުގަތަސް އޭގެ ތެރޭގައި އިން ޔުއާން އަށް މައިލީން ރީއްޗަށް ފެނުނެވެ.
ކާރުގޮސް ހޮސްޕިޓަލް ދޮރުމައްޗަށް މަޑުކޮއްލުމާއެކު އޭނާ ފޭބިއެވެ. ހޮސްޕިޓަލް ކުރިމަތީގައި ފެން އަރުވާ ވަޑާމެއް ގޯތިތެރޭގައި ހަދާފައި އިނދެއެވެ. އޭނާ ކާރު ފޮނުވާލުމަށްފަހު ދޮރުމަތީގައި މަޑުކޮއްލީ މައިލީން އަންނަންދެނެވެ. މާގިނަ އިރަކު މަޑު ކުރާކަށް ނުޖެހުނެވެ.
ހިނގަމުން އެ ދިމާލަށް އަންނަ މައިލީން އޭނާއަށް ފެނިއްޖެއެވެ. ދަބަސްތެރެއިން ކޮންމެވެސް އެއްޗެއްނެގުމަށް އެއަށް ބަލަމުން ހިނގަމުން އައި މައިލީން ކުރިމައްޗަށް ބަލައިލިއެވެ. އެއާއެކު އޭނާ ގެ އަތް ދަބަހުން ނައްޓާލެވިއްޖެއެވެ.
ޔުއާން މައިލީން އަށް ބަލައިލިއެވެ. އޭނާ ހިނިތުންވުމެއް ހަދިޔާކޮއްލިކަމުގައި ވީނަމަވެސް އެއީ މައިލީން ދެރަކޮއްލަން ބަދަލުކޮއްލި މަލާމާތުގެ ހިނިތުންވުމެކެވެ. މައިލީން އިސްޖަހައިލީ އެ ދިމާލަށް ބަލާނޭ އިތުރު ހިތްވަރެއްނެތުމުންނެވެ.
ޔުއާން އަދިވެސް އެއްފަހަރު ތިރިން މައްޗަށް މައިލީން އަށް ބަލައިލިއެވެ. މައިލީން މިއަދު ލާފައިވަނީ ހޮސްޕިޓަލް ގެ ރިޝެޕްޝަންގެ ކުދިންލާ ޔުނީފޯމް ކަމުގައިވިޔަސް ރީތި ބައްޓަން އެނގޭހާ ވެއެވެ. ތިރިން ލާފައިވާ ކަޅުކުލައިގެ ސްކްނީގެ އިތުރުން އަރާފައިވާ ކުޑަ ހީލް ބޫޓް ގެ ސަބަބުން ވެސް އޭނާ ޕްރޮފެޝަނަލް ކަމަށް ދައްކައެވެ. ގޮށްތައް އަޅުވާ ދިމާ މެދުން ނާ އުޅަބޮއްޓާ ހިސާބުން ވަނީ ފެހިކުލައިގެ ފަށެއް އަޅާލެވިފައެވެ. ލުއި މޭކަޕް އެއް ގައި މައިލީން ހުރި އިރުވެސް އޭނާގެ ރީތިކަން ފަނޑެއް ނުވިއެވެ.
ޔުއާން ގެ އެއްފަރާތުން އިސްޖަހައިލައިގެން މައިލީން ދިޔައިރު ވެސް އޭނާއަށް ހުރެވުނީ ބަލާށެވެ. އެވަގުތު ދުވި ލުއި މީރުވަހުން އޭނާ އަށް ފަހަތް ވެސް ބަލައިލެވިއްޖެއެވެ. އޭނާ މައިލީންއަށް ބަލައލިއެވެ. އޭނާ ގެ ލޮލުގައި ދެން އަލައިގަތީ ފަހަތުން ދޫކޮއްލާފައިވާ ރާޅުބާނީ އިސްތަށިގަނޑެވެ.
“ޔޫ ލުކް މޯ ނިޔުޓިފުލް ވިތް ޔޯ ނެޗުރަލް ހެއާ” ޔުއާން އަށް ވައިއަޑުން ބޭރުކޮއްލެވުނީ ހަގީގަތުގައިވެސް އޭނާގެ ހިތުގެ އަޑެވެ.
އޭނާ ބޭނުންވީ މައިލީން އާ އެއްލިފްޓަކަށް އަރާށެވެ. އޭނާ ބޭނުންވިގޮތަށް އިތުރު އެއްވެސް މީހަކު މައިލީން އަރަން ހުރި ލިފްޓަކަށް އަރާކަށް ނެތެވެ. އެހެންކަމުން އޭނާ ކުޑަކޮއް ދުވެލަފައި ގޮސް މައިލީން އެރި ލިފްޓް ލެއްޕެން އުޅެނިކޮއް އަތް ލާފައި ވަނެވެ. ލޮލުން ކަރުނަ ތިއްކެއް ވެއްޓުނު މައިލީން އިސްޖަހައިގެން ހުރެފައި ކުއްލިއަކަށް ބަލައިލިއެވެ.
“އާހް” ޔުއާން އަށް ހިތާ ހިތާ ކިޔުނެވެ. އެ ދެމީހުންގެ ލޮލުގެ ފެނުން ސީދާ ވެގެން ދިޔައީ ދެތިން ސިކުންތައް ކަމުގައި ވީނަމަވެސް އެވަގުތު ކޮޅުގެ ތެރޭގައި ޔުއާންގެ ހިތަސް ވެސް ގޮތެއްވެގެން ދިޔައެވެ. މައިލީންގެ ލޮލުގައި ވަނީ ކޮންފަދަ ވޭނެއް ހެއްޔެވެ؟ އެ ފުން މިން ނޭގޭ ކަނޑެއްފަދަ ދެ ލޮލުގެ ތެރެއަށް ގެނބިގެން ދާން އެ ހިނދު އޭނާ ބޭނުންވީ ކީއްވެކަމެއް ހުދު އޭނާއަށް ވެސް ނޭގުނެވެ.
މައިލީން އަވަސް އަވަހަށް ލޯ ފޮހެލަމުން ހަމަޖެހިލިއެވެ.
ލިފްޓް ގެ ނުވަވަނަ ފްލޯއަށް ފިއްތާލަން މައިލީން އަތް ދިމާކޮއްލި ވަގުތަކީ ޔުއާންވެސް އަތް ދިމާކޮއްލި ވަގުތެވެ. އެއާއެކު މައިލީން އަވަސް އަވަހަށް އަތް ދަމާގަންނަން އުޅުނެވެ. އެހެންނަމަވެސް ޔުއާންގެ އަތުގައި އެ އަތް ކުޑަކޮއް ބީހިލިއެވެ.
“ތަނަކުން މީހަކު ފެންނައިރަށް ހާއްސަކޮއް ފިރިހެނެއް ފެންނަ އިރަށް ފަހަތުންދުވާ އާދޭސްކުރާ މީހުންވެސް ތިބޭ. އެކަމަކު ތިވަރެއް ނުދެކެން” އަށްވަނަ ފްލޯއަށް ފިއްތާލަމުން ޔުއާން މައިލީން ދެރަކޮއްލުމަށް ބަހުގެ ހަމަލާއެއް އެއްލިއެވެ.
ވީވެސް އެހެންނެވެ. މައިލީން ގެ ލޮލުން ކަރުނަ އަންނަން ފެށީއެވެ.
އެހެންނަމަވެސް އޭނާ އެއްވެސް އިތުރު އެއްޗެއް ނުބުނެއެވެ.
“އެކަކާ އެކީ ނޫޅެވޭދޯ… ކިތައް މީހުންނާ އެކީތަ މިހާރު ތިއުޅެނީ… ތިވައްތަރު އަންހެނެއް މަ ނުދެކެން…” ޔުއާން ބޭނުންވީ މައިލީން ލައްވާ ވާހަކަ ދައްކުވާށެވެ.
“އަހަރެން” މައިލީން ގެ ގައިން ވަރު ދޫވާހެން ހީވިއެވެ. އަހަރެންނޭ ބުނެފައި ބުނަން އުޅުނު ޖުމްލަ އޭނާ ހުއްޓާލިއެވެ. ލިފްޓް ހުޅުވުމާއެކު އޭނާ އަވަސްއަވަހަށް ބޭރަށް ދެމިގަތެވެ. އަދި ދޮރު ހުޅުވާލާފައި ފިންގަރ ޖެހުމަށްފަހު އަވަހަށް އެތެރެއަށް ދެމިގަތެވެ.
މައިލީން ގެ ފަހަތުން ނުކުތް ޔުއާން ދޮރުން އެތެރެއަށް ވަތް އިރު މައިލީން ގޮސް ފާހާނާއަށް ވަންނަނީއެވެ. އޭނާ ފުން ނޭވާއެއް ދޫކޮއްލިއެވެ. މައިލީން ދެރަ ކޮއްލެވުމުން ކުރެވެނީ ބުނެދޭން ނޭގޭ އިހްސާސްއެކެވެ. އުފާވާހެން ވެސް ހީވެއެވެ. ހިންހަމަ ޖެހޭހެންވެސް ހީވެއެވެ. ދެރަ ވާހެން ވެސް ހީވެއެވެ.
އެނާ ރޫމް އަށް ހިނގައިގަތުމުގެ ބަދަލްގައި ކައުންޓަރ ގައި އަތް އަޅުވައިލައިގެން މައިލީން ނުކުންނަންދެން މަޑުކޮއްލިއެވެ. އިރުގަނޑެއްފަހުން މައިލީން ނުކުމެލާފައި ބަލައިލިއިރުވެސް ޔުއާން ހުއްޓެވެ. ރީކާ އެވަގުތު އައިސް ވަނެވެ. ރީކާ އިންނަނީ ޖެހިގެން އިންނަ ފްލޯގެ ކައުންޓަރ ގައެވެ. އޭނާ އައިސް ޔުއާން އާ ދިމާލަށް ބަލާލަމުން ހިނިތުންވެލިއެވެ. އަދި އެތަނުން ފައިލް އެއް ނަގައިގެން ނުކުމެގެން ދިޔައެވެ.
މައިލީން މިހާރު ހުރީ ހަމަޖެހިފައެވެ. އެހެންނަމަވެސް ކުރިމަތީގައި ޔުއަން ހުރުމުން އޭނާއަށް ނުތަނަވަސްކަން ވެރިވަމުން ދިޔައެވެ.
“ސޯ ގްރޭޓް ޑޮކްޓަރ ޔުއާން ވަޓް ޑޫ ޔޫ ވޯންޓް” ހިތްވަރުކޮއްފައި ނުގޮސް ޔުއާން ހުންނަން ފެށުމުން މައިލީން އަހައިލިއެވެ. ޔުއާން އަށް މައިލީން ގެ އަޑު އިވުމާއެކު ފުން ނޭވާއެއްލަމުން މޭގައި ފިރުމާލިއެވެ. އެތަން ބަލަން ހުރި މައިލީންގެ ހިތަށް ތަދުވުން ނޫން ކަމެއް ނުވިއެވެ. މައިލީން ގެ ހިތުގައި އަޅަމުން ދިޔަ ވޭން އިތުރުވަމުންދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.








Varah reethi story but maa Kurt.. ?
Varah reethi story but maa Kury.. ?
Story v reethi. But thankoleh dhigukoh genes dhinnama
mieya vuren diegukohlaniekoh adie salhe vaaane☺?
Maa kuru….rythi vaane thankolheh dhigu vi nama…
Assalaamu Alaikum. Mi part ehen part thakah vure maa bodah ves kuruvaane. Varah bodah thiya enmehaa kiyuntheringe arihun maafah edhen. Alhuganduge exam mi month 8 ga fesheythy varah bixi kon miulheni. Vaahaka liyefa inas up kohlani kiyaalaafa. Ehen v ma alhugandah kiyan vaguthu nulibunima mi part kuru v. In Sha Allah dhen inna part dhigukohdheynan.
Thanks dhoonee.. Hi Mi hama best. Vvvv salhi
Thankyou for the lovely comment nees….???
Hi mi age kihaavareh . V reethi mi vaahaka. Furathama vaahaka ey buneema suprise vefamihuree. ?
Hehe. Yes naanu mi first story up kuraa. Guess kohlabala age hehe. Thankyou for the comment. And keeve surprise v?. ???
V reethi vaahakaeh. Furathama vaahaka ey buneema suprise vefa mihuree. Hi mi age kihaa vareh. V reethi story?
Stry v reethi. Next part konirakun tha up kohlaani ???
Thanks angle.
Wow ..my fav stroy in the site.. alhey avahah update kohbaa and dhigu koh puless I love it… my fav … ❤
Alheyyyyy… Kai ge thi loabi comment fenunima varah happy vehjje. Up kohlan fonuvaafa innani mihaaru 5th vana part. Thankyou soooo much….. ???
Mihaaru enme update rangalhu kujjaa thee .keep it up ?
Thanks black beauty
Wow..masha allah …avahah dhen in part up kohdheeba….plxx. Waiting…
Thankyou rifu… ????? up kohlan fonuvaafa innani keep reading…. ???
thankiu haadha ragalhey hi mi