Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (14)

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
January 2, 2018 5 Mins Read
29 Comments

އިބާއާއި އަރުޝަދުއަށް އެކަަކު އަނެކެއްގެ މޫނަށްގެއްލިފައި ހުރެވުން ނަމަވެސް އަރުޝަދު އަވަސްގޮތަކަށް ދުރުބަލާލީ އެއީ މިހާރުމީހެއްގެ އަތްބެއްކަން އިހްސާސްވުމުންނެވެ. ނަމަވެސް ހުރިހާދުވަހު އަރުޝަދުއަށް އިބަ އަކީ ކާކުކަން ނޭންގިހުރެ ވެވިފައިވާ މަތިވެރި ލޯބި އޭގެ މަގާމުން ބޭރަށްލާކަށް އޭނާ ބޭނުމެއްނުވެއެވެ. އަރުޝަދު ގަބޫލުކުރާ ގޮތުގައި ތެދުވެރި ލޯބިވެވޭނީ އުމުރުގައި އެއްފަހަރު އެކަކުދެކެވެ. ވީއިރު ފާއިތުވެ ދިޔަ ފަސްއަހަރުދުވަހު އިބާގެ ފަހަތުން މުގޯލިއެޅަމުން ދިޔަ އަރުޝަދުއަށް އޭރުވެސް ވާހަކަދައްކަން ނުކެރި ހިތުގައިވި ލޯބި ފޮރުވުނުގޮތަށް މިއަދުވެސް އެކަން ކުރެވޭނެއެވެ. ނަމަވެސް އިބާއަށް ވީ މުޅިން އެހެންގޮތެކެވެ. އަރުޝަދުއެއީ އިބާގެ ޒޭންކަމަށް ހީކޮށް މޭގައި އަތްއަޅާލެވުނީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ. ލޫޔާއައި ފަރޫންއަށް ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތަށް ކިތަންމެހާވެސް ރީއްޗަށް ފެނުނެއްކަމަކު އަޅާނުލާތިބީ ވާނުވާ ނޭންގޭތީއެވެ.

އިސް އޮބާލައިގެން ހުރެ އަރުޝަދު އަލޫކްއާއި އިބާ އަށް މަރުހަބާކިއުމަށްފަހު އަވަހަށް ދުރަށް ދިޔައީ އެންމެ ހިނދުކޮޅަކުވެސް އެތާންގައި މަޑުކުރަން ކުޅަދާނަ ނުވެގެންނެވެ. އަރުޝަދުދިޔަ ދިމާއަށް ބަލަން އިން އަލޫކް ސިކުނޑީގައި މޮޅު ޕްލޭންއެއް ރާވާލިއެވެ. އަދި ހިނިތުންވެލާފައި އިބާގެ މޫނަށް ބަލާލުމާއެކު އަރުޝަދުއަށް ބަލަން އިން އިބާއަށް ސިހުންވެގެން ދިޔައެވެ. ނަމަވެސް ނޫންކަމަށް ހަދާލާފައި އަލޫކް ކިހިނެއްވީތޯ އަހާލުމުން އިބާ މޫނުމަތިން ހާސްކަން ފެނުން ނަމަވެސް ” ކަމެއްނުވޭ ” ބުނެލިއެވެ.

ފަރޫން ކައިރީގައި ބުނެލާފައި ލޫޔާ އަރުޝަދުކައިރީގައި ގޮސް މަޑުކޮށްލިއިރު އަރުޝަލޮލުން ކަރުނަ ފުހެލިމަންޒަރު ލޫޔާއަށް ފެނުނެވެ. ” ހެއި އަރުޝަދު.. ހިނގާބަލަ ލޫ އާއެކު ތިރިން އެއްޗެއްބަލާ އެ ފަރޫންގަނޑު ކައިރީގައިބުނީމަ ގުޑާވެސްނުލި.. ” ” ހިނގާ.. ” ލޫޔާއެހެން ބުނުމާއެކު ހަމަޖެހޭގޮތް ދައްކަމުން އަރުޝަދުވެސް ހިނގައިގަތީ އެތަނުން އަވަހަށް ދާން ބޭނުންވެފައި ހުރީމައެވެ. ތިރިއަށް ދެވުމާއެކު ފަރޫންއަށް ލޫޔާ މެސެޖްކޮށްލާފައި ކުޑައިރުކޮޅެއް ވާނޭ ބުނެލީ ލަސްވެގެން ހޯދަން އުޅެފާނެތީއެވެ. ” ހޫމް ދެން ބުނެބަލަ.. ކީއްވެ ދެންމެ ތިރުއީ.. ލޫ ދެކުނީމޭ ލޯފުހެލިތަންވެސް.. އަނެއްކާ އިބާ ފެނުނީމަވެސް ވީގޮތް ދުށިން އަރުޝަދު ދަންނަންތަ އިބާ.. މިތަނަށް މިއައީ އެއްޗެއްބަލައެއް ނޫން.. އަރުޝަދުކައިރީ ހަމަ މިވާހަކަ އަހަން.. ” އާންމުކޮށް އެމީހުން އުޅޭބަޔަށް އާދެވުމާއެކު އަސްލު އޭނަ އެތަނަށް އައިބޭނުން ލޫޔާ ހާމަކޮށްލިއެވެ.

“ލޫ އެއީ މީގެ ފަސްއަހަރުކުރިން.. އަހަރެން އިބާ ދުށީ ސްކޫލް ނިންމާލާފަ އިބާ ގެއަށް ދަނިކޮށް .. އަހަރެންވެސް ސްކޫކް ނިންމާލާފަ އަމީނިއްޔާ ދޮށަށްދިޔައީ އަހަރެމެންގެ ގްރޫޕް މާރީތި ކުދިން އެތަނުންފެނޭ ކިޔާތީ ހަމަ ބަލާލަން.. އެދުވަހު އިބާ އެެެހެން ކުދިންނާ ހިލާފަށް ތުއިދެއްކޭކަށް ނޫޅި ދާންފެށުމުން އަހަރެންގެ ޝައުގުވެރިކަން އިބާއަށް ހުއްޓުނީ.. އެއަށްފަހު ކޮންމެދުވަހަކު އަހަރެންވެސް ސްކޫލް ނިންމާފަ ދަން ހަމައެކަނި އިބާދެކެލުމަށް .. އޭރު ނަމެއް ނޭންގޭ.. އެހެން އުޅެނިކޮށް އެއްދުވަހު އަހަރެންގެ ހިޔާލަށް އައީ އިބާދާ ގެއެއްބަލަން.. އެހެންވެ ފަހަތުން ދިޔައީ.. ވަކިހިސާބަކަށް އިބާއަށް ނުދެވެނީސް އިބާކައިރީގައި އައިސް މަޑުކޮށްލީ ހަރުފުރައިގެމީހަކު.. ” ދަރިފުޅާ ބައްޕަ މިއަދު މާބޮޑަށް ލަސްވެއްޖެދޯ.. ” އެމީހާ އެހެން ބުނުމާއެކު ” ނޫން ބައްޕާ އިބާއަށް ލަހެއްނުވޭ. ދެންވެސް އަވަހަަށް ހިނގާދާން ގެއަށް ބައްޕަ ހުންނާނީ ވަރަށް ބަނޑުހައިވެފައެންނު.. ” އިބާ އެހެން ބުނުމާއެކު އިބާގެ ބައްޕަ އިބާ އާއި އެކުގައި ހިނގައިގަތީމަ އަދި އެދުވަހު އަހަންނަށް އެނގުނީ އެކުއްޖާގެ ނަމަކީ އިބާ ކަންް.. އެދުވަހު އަހަރެން އެމީހުންގެ ފަހަތުން ދެވުނީ އަހަރެމެން ގެއާަވެސް ދާދިކައިރިއަށް.. އެހެންވެ އެއަށް ފަހު ކޮންމެހެން ހަދާފަ ސްކޫލް ދޮށަށް ދާކަށް ނުހަދަން.. އަހަރެންގެ ކުރިޔަށް އިތީ ފަހުއަހަރަށްވީމަ ބެލީ ރަނގަޅަށް ކިޔެވޭތޯ.. އެކަމަކު ގޭދޮށުނއ މިހާރު އިބާ ފެންނާތީ އުފާވި.. ކުރިން ނުނިކުންނަ ވަރަށް ބޭރަށް ހިނދުހިނދުކޮޅާ ނިކުންނާތީ މަންމަ ވަރަށް އަނގަވެސް ތެޅި.. އެކަމާ އަހަރެން ފަރުވާލެއް ނުބަހަށްޓަން.. އެކަމަކު އޭގެ ދެއަހަރުފަހުން އަހަންނަށް އިބާ ގެއްލުނީ.. އެއީ ޒޭންވެސް ނިޔާވިތާ ހަމަސްވަރު ފަހުން.. ހަމަ ޔަގީނުންވެސް އޭރު އިބާ އުޅޭނީ އެންމެފަހު އަހަރުގެ އިމްތިހާނަށް ތައްޔާރުވުމުގަ.. އޭގެ ފަހުން އަހަރެން ހާދަ މަަސައްކަތެއްކުރީމޭ އިބާ ހޯދަން.. އެކަމަކު އެންނެފަހުން މިފެނުނީ މީހެއްގެ ހައްގަކަށް ވެފަހުއްޓަ.. ”

އަރުޝަދުގެ ވާހަކަތަށް ނިމުން އިރުވަނީ ރޮވެމުންގޮސް މަޑު ގިސްލުމަކަށް ބަދަލުވެފައެވެ. އެހާވެސް މިރޭ އެހިތަށް އަސަރުކޮށްފިއެވެ. ” ހިތްވަރުކުރޭ އަރުޝަދު.. ދުނިޔޭގަ އުޅޭއިރު އެކިފަހަރު ދިމާވާނީ އެކިކަހަލަ އިމްތިހާނުތަކާ.. ﷲ ގެ އިރާދަފުޅުން އެކަލާނގެއަށް ކުއްތަންވެ ކެތްތެރިކަމާއި ވާތްގަށް އެދޭމީހާ ބާކީއެއް ނުވާނެ އިންޝާﷲ.. ” ލޫޔާގެ ހިތުގައި އަޅާވޭން އެއްަރާތްކޮށްލަމުން ގާތް ރަހްމަތްތެރިޔާއަށް ހިތްވަރުދެމުން ދިޔައެވެ. އަދިހަމަޔަކަށް އެޅުވުމަށްފަހު އެނބުރި ޕާޓީއަށް ދިޔައެވެ. އަދި ލޫޔާ ފަރޫންއާއި އެވާހަކަ ހިތްސާކުރީ އަލީއާއި އަރުޝަދުވެސް ދިއުމުންނެވެ.

ޕާޓީނިމި އަލޫކްއާއި އިބާ ކޮޓަރިއަށް ވަތްމަންޒަރު ލޫޔާ ބަލަން އިނީ ހިތްދަތިގޮތަކަށެވެ. އެވަގުތުވެސް މާލެ އައިދުވަހު ހިނގި ހާދިސާ ލޫޔާގެ ލޯމައްޗަށް ސިފަވެގެންދިޔައެވެ. ހަމައެގޮތަށް މިރޭ ލޫޔާގެ ބަދަލު އަލޫކްގެ އަތުތެރޭގައިވާނީ އިބާއޭ ހިތަށްއެރުމާއެކު އެއްވެސް ހިފޭއްޓުމެއްނެތި ލޫޔާގެ ލޮލުން ކަރުނަ ނީރާލިއެވެ. ކިތަންމެ ވަރަކަށް އެހިތަށް ވިސްނަދޭން އުޅުނަސް ލޫޔާއަށް އެކަން ނުވަނީ ބަސްނާހާ އެހިތް އަލޫކްއަށް އެދޭވަރުންނެވެ.

ކޮޓަރިއަށް ވަންއިރުވެސް އިބާ އިންނަނީ ކޮންމެވެސް ކަމަކަށް ގެއްލިފައެވެ. އަދިވެސް އަރުޝަދު ފެނުން ވަގުތު ވެގެންދިޔަގޮތް އިބާއަށް އިހްސާސްކުރެވެއެވެ. ޒޭން އާއި ވައްތަރު އެމީހަކީ ޒޭން ނޫންކަން މިރޭ އިބާއަށް ޔަގީންވީ ހުރިހާމީހުންވެސް އޭނައަށް އަރުޝަދުގެ ނަމުން މުހާތަބުކުރާތީއެވެ. އެއީ އަދި ޒޭންއަށް ނުވިއެއް ކަމަކު އިބާގެ ހިތަކުން އެސޫރަފިލާގޮތެއް ނުވިއެވެ. ލޯމަރާލަން ވާއިރަށް އަރުޝަދުއަށް އިބާފެނުމުން ބަލަންއިންގޮތް ހިތަށް ސިފަވަނީއެވެ. އެހިޔާލުތަކާއި ދުރަށްދާން އިބާ އަވަހަށް ގޮސް ފާހާނާއަށްވަދެ ތާޒާވެލައިގެން ނިކުތް އިރު އަލޫކް ކޮޓަރީގައި ފެންނާކަށް ނެތެވެ. ނަމަވެސް މިއަދު އަލޫކް ާއާއި އިނދެވުމުންވެސް އިބާހިތަށް ވަނީ އުނދަގުލަކަށްވެފައި ކަމުން އަލޫކް ހޯދަން ދާކަށް ހިޔާލެއް ނުކުރިއެވެ. އަވަހަަށް އެނދަށްއަރާ ކުއިލްޓް އަޅާލައިގެން އޮށޯވެލީ ނިދާލުމަށެވެ. ނަމަވެސް ހަމަ އޮށޯތުމާއެކުގައިވެސް އަރުޝަދުގެ ހިޔާލުތަށް އުނދަގުކުރާން ފެށިއެވެ.

ހިތާމާއިގެ ސާލެއްލައިގެން ލޫޔާ ކޮޓަރިއަށް ވަނީ އިތުރަށް ކޮޅަށް ހުންނަން އުނދަގޫވުމުން އޮށޯވެލާށެވެ. ހަގީގަތުގައި ލިބިފައިވާ ހިތްދަތިކަމާއި އެއްވަރަށް މިއަދު ލޫޔާ ހުރީ ވަރުބަލިވެސް ވެފައެވެ. އިސާހިތަކު ފުން ނިންޖެއްގެ ތެރެއަށް ގެނބިގެން ދިޔަ ލޫޔާއަށް ނޭންގުނުކަމަކީ މިރޭ އޭނައަށް ނިދުނީ ދޮރުތަޅުނުލާކަމެވެ. ލޫޔާގެ ފަހަތުން އައި މީހާއަށް މިކަން ޔަގީންވިއެވެ. އެހެންވެ ލޫޔާ ނިދާހާއިރުކޮށްލާފައި ކޮޓަރީ ދޮރުހުޅިވާފައި އެމީހަކު ވަންއިރު މުޅިގޭތެރޭގައިވަނީ މަރުފަދަ ހަމަހިމޭންކަމެވެ. ވުމާއެކު ސިއްރުން ދޮރުލައްޕާލުމަށްފަހު ގޮސް ލޫޔާގެ ކުރިމަތީގައި ހުއްޓުން މީހާ ސިހުނީ ލޫޔާކޮޓަރީ ސޯފާގައި ނިދާފައޮތް ފަރޫން ފެނުމުންނެވެ.

އެވަގުތު ފަރޫންވެސް މޯޅިއަކަށް ދެމިލާފައި އެނބުރުން ގަޑީ ހިޔަންޏެއްވީހެން ހީވެގެން ބަލާލިއިރު އެމީހަކު ކޮޓަރީ ދޮރާދިމާއަށް ދަނީއެވެ. ލޫޔާވެސް ފުންނިންޖެއްގައި ނިދާފައި އެނދުގައި އޮތުމުން ފަރޫން މަޑުމަޑުން އޮތީ އެއީ ކާކުކަން ބަލާލަން ޝައުގުވެރިވެފައެވެ. ގޮސް ގޮސްފައިވެސް އެމީހަކު އެނބުރިލީ އަނެއްކާވެސް އެނދާދިމާއަށެވެ. އެވަގުތު ފަރޫން އަށް ގަބޫލުކުރަން ދަތިވިނަމަވެސް ކުރިމަތީގައި އެހުރީ ޔާސިރުނޫން ދެވަނަ ދެމީހެއްނޫނެވެ. ޔާސިރު ލޫޔާއާއި ދިމާއަށް ބަލާލާފައި ހީލިގޮތުން ފަރޫންގެ ލޭހޫނުވެގެން ދިޔަނަމަވެސް އެއްޗެކޭނުބުނެ މަޑުންއޮތީ ޔާސިރު ލޫޔާއާއި ގާތް ނުވާތީއެވެ. ނަމަވެސް ފަރޫން ހީކުރިގޮތާއި ހިލާފަށް ޔާސިރު ދެން ކުރިކަމަކުން ފަރޫން އިނީ ވިސްނާނެ އެއްޗެއްނޭންގިފައެވެ. ލޫޔާ ގައިމަތީގައި ކުއިލެޓް އަޅާދިނުމަށް ފަހު ބޮލުގައި ފިރުމާލާފައި ޔާސިރު ލޯފުހެލިމަންޒަރު ފަރޫންއަށް ރަނގަޅަށް ފެނުނެވެ. އަދި މަޑުމަޑުންގޮސް ދޮރުހުޅުވާފައި ނިކުތްއިރުވެސް ދެފަހަރަކަށް ލޯފުހެލިއެވެ. ސުވާލުމާކެއްގައި އޮތް ފަރޫންއަށް އެހެން އޮވެ ނިދުން އިރެއްވެސް ނޭންގެއެވެ.

ފަތިހުނަމާދަށް ދާން އާދަވެފައިހުރި ޔާސިރުހޭލައިގެން ނިކުތް ިއރު އަލޫކްވެސްނަމާދަށް ދާން ނިކުންނަނީއެވެ. އަދި ފަރޫންވެސް ލޫޔާ ކޮޓަރިން ނިކުންނަނީއެވެ. ލޫޔާ ގޮވާފައި ފެންވަރާލައިގެން ނަމާދަށް ދާށޭބުނުމުން ފަރޫންވެސް ނިކުތީ އެމީހުންގެ ކުރިމައްޗަށް އެރޭނެކަމަކަށްނޫނެވެ. ނަމަވެސް މިވީގޮތުން އަލޫކްގެ ސުވާލުތަކާއި ކުރިމަތިލާންޖެހޭނެކަން ފަރޫންއަށް ވިސްނުނީ އޭނަ ބަލަން އިންގޮތުންނެވެ. ނަމަވެސް ޔާސިރު މާބޮޑުކަމަކަށް ހަދާނުލާ ދަރިފުޅާ ހިނގާށޭކިޔާ ފަރޫންވެސް ގޮވައިގެން ނަމާދަށް ދިޔައެވެ.

ފަރޫން ހީކުރިގޮތާ ހިލާފަށް ފުރަތަމަ ސުވާލުއައީ ޔާސިރުގެ ފަރާތުންނެވެ. އޭރު އެމީހުންތިބީ ނަމާދުން ފައިބައިގެން މިސްކިތް ކައިރީގައިހުރި ދާރެސް ކެފޭތެރޭގައި ކޮފީބޯށެވެ. ” ފަރޫން ރޭގަ އެކޮޓަރީގަ ކީއްވެތަ ނިދީ ލޫޔާއަށްވުރެ ކުރިންދޯ ނިދީވެސް.. ” ޔާސިރުއަހާލިއެވެ. ” ލައްބަ ފަރޫން ގެއަށްދާން އުޅެނުކޮށް ލޫ ބުނި މިރޭ މިކޮޅުގަ މަޑުކޮށްލަދޭށޭ.. އެހެންވެ ލޫކޮޓަރީގަ ފިލްމެއްބަލަން އިނީ އަންނަންދެން އިންދަ ނިދުނީ.. އެއޮތްގޮތަށް ސޯފާގަ އޮތީމަ ގައިގަވެސް ރިއްސާއެބަ.. ” އަނގަޔަށް ގޮތެއްހަދާލަމުން ފަރޫން އެހެންބުނިއިރު އަލޫކްގެ މޫނުގެ ކުލަވަރު ބަދަލްވެގެން ދިޔަކަން ފަރޫންއަށް ފާހަގަވިއެވެ. ހަގީގަތުގައިވެސް ފަރޫން މަޑުކުރީ ލޫޔާބުނެގެން ނެވެ. ވީއިރު އެކަމުގައި އެއްވެސް މައްސަލައެއްޖެހޭކަށް ނުޖެހޭނެނޫންހޭ ފަރޫން ހިތަށްއެރިއެވެ. ގައިމު އަލްޔާކައިރީވެސް އޭނާ އެވާހަކަ ކުރިން އޮތީބުނެފައިވިއްޔާއެވެ. ވީއިރު އަލޫކް އަށް އެވަނީ ކިހިނެއްހެއްޔެވެ. ފަރޫން ހިތުތެރޭގައި އުފެދުނު އެހައިޖާނުގަނޑާއެކު ޔާސިރުކުރެއް އެކޮޓަރިއަށްވަނީ ކީއްކުރަންތޯ އަހާލިއެވެ. އެއާއެކު ޔާސިރުއާދިމާއަށް އަލޫކް ބަލާލިއިރު ޔާސިރުއަށް ތެޅިގަނެވުނެވެ.

“އެތެއްދަ..” އަލޫކްގެ ލޭކެކިގެންދިއުމާއެކު އަހާލެވުން އިރު ހަރުކަށިކަމެއް އެކުލެވިގެން ވިއެވެ. ނަމަވެސް ފަރޫން ލޮލުގެ އިޝާރާތުން އަލޫކްއަށް ހަމަޖެހުމަށް އެދުމުން އިސްޖަހާލިއެވެ. “ފަރޫން އޮތީ ހޭލާތަ އެއިރު.. ” ޔާސިރުއަށް އަހާލެވުނީ ހަމައެކަނި އެހެންނެވެ. “އަހަރެންނަށް އެވަގުތު މީހަކު އުޅޭހެން ހީވެގެން ހޭލެވުނީ.. ” “އެހެންތަ.. އެވަގުތު ބޭބެ އެކޮޓަރިއަށްވަނީ ގޯސްނިޔަތަކުނޫން.. ލޫޔާއަކީ ވެސް ބޭބެގެ ދަރިއަކުފަދައިން ނަސްރީނާއާއި އިންފަހުން ދެކެމުން އައިކުއްޖެއް.. އެކަމަކު އެކުއްޖާގެ މޫނުފެންނަ ކޮންމެ ވަގުތަކު އަހަންނަށް ސިފަވަނީ އަހަރެންގެ ބައްޕަ.. ހާދަ ވައްތަރޭ.. އުޅެ އުޅެ އަހަންނަށް ނަސްރީނާ ކުރިން އިންމީހާގެ ފޮޓޮއެއްއާ ހިސާބުވެސް ނުފެނުން.. އެހެންވެ އެއީ ކާކުކަންވެސް ނޭންގެ.. އަހަރެންގެ ބައްޕައަށް އަހަންނަށް ނުދެވުން ލޯބި އަހަރެންގެ އެދަރިއަށް ދޭން ބޭނުން.. ” އެހެންބުނި އިރު ޔާސިރުގެ ލޮލުން ކަރުނަ ފާއްދާލައިފިއެވެ.

“ތީގެ މާނައަކީ ލޫޔާގެ ބައްޕައާ ބޭބެއާ ގުޅުމެއް އޮވޭތަ.. ” ފަރޫން އަހާލިއެވެ. ” އާން އެެެން ވަރަށް ހީވޭ.. އެކަމަކު ޔަގީން ވާނީ ނަސްރީނާގެ އެހީތެރިކަންވެސް ލިބިގެން.. އެއީ މާޒީގަ ހިނގާފައިވާ ހާދިސާއެއްގެ ސަބަބުން މިހާ ޔަގީންކަމާއެކު ބޭބެއަށް މިހެން ބުނަން މިއިނގެނީ.. ” ” އެއަނެއްކާ ކޮން ހާދިސާއެއް ބައްޕާ.. ” ޔާސިރުގެ ވާހަކަ އަޑުއަހަން އިން އަލޫކް ކެތްތެރިކަން ކުޑަވެފައި އަހާލިއެވެ. ” ދަރިފުޅާ މިބައްޕަގެ ހުރޭ ބޭބެއެއް އެކަމަކު މިވީހާތަނަށް ބައްޕައަށް ނޭންގެ އެބޭބެ ވީތަނެއް.. ބައްޕަ ނަސްރީނާއާއި އިނދެގެން އެގެއަށް މިބަދަލްވީވެސް ބައްޕައަށް ހީވަނީ ހައްތަހާވެސް ބޭބެއަންނާނޭ، އަންނަދުވަހަކުން ބޭބެއަށް އެގެދޭން.. ހަގީގަތުގަ ބައްޕަގެ ވިޔަފާރީގެ ދެބައިކޮޅައެއްބައި އެބޭބެއަށް ވެސް ހަމަ ހައްގުވާނެ.. ވަރަށް ދެރަވޭ ބޭބެ ނުފެނުނީމަ.. އެހާވަރުން ލޫޔާގެ ބައްޕަ މިހޯދަނީވެސް ލޫޔާގެ ބައްޕަގެ ނަމަކީ އަހަރެންގެ ބޭބެގެ ނަންކަމުގައިވާތީ.. އެއީ ޢާދިލަ ހުސެއިން .. ބައްޕަ އަށް މިކަމުގަ ތިދެކުދިންގެ އެހީތެރިކަން ލިބޭނެތަ.. ” ކަރުނަފުހެލުމާއެކު ޔާސިރު އަހާލިއެވެ. އެއާއެކު އަލޫކް އާއި ފަރޫން އެކީގަހެން ބޯޖަހާލީ އެކަމަށް ވެވެން އޮތް މިންވަރަކުން އެހީތެރިކަން ދޭނެކަމުގައި ބުނަމުންނެވެ.

އާ ކައިވެނީގެ ދުވަހު އަލޫކް އޮފީހަށް ނުދިޔަނަމަވެސް ޗުއްޓީ ނަގާކަށް އޭނަގެ ހިޔާލުގައި ނެތެވެ. ފެކަލްޓީގެ ކިޔެވުން އެއްހަފްތާއަށް ބަންދުވެފައި އޮތުމުން ފަރޫންއާދެމީހުން އޮފީސްގަޑި ނިންމާލާފައި ހާޖީބެ ކައިރިއަށް ދިޔައީ ވަރަށް އުންމީދާއެކު ޔާސިރު އެދުނު އެދުމުގެ މަތީން ލޫޔާގެ ބައްޕަގެ މައުލޫމާތު ހޯދުމަށް އެހީތެރިކަމެއް ހާޖީބެގެ ފަރާތުން ލިބޭތޯއެވެ. ދެމީހުންއެކީގައި ކާރުގައިގޮސް މަޑުކޮށްލުމާއެކު އެތަނުން އެގޯޅިގަނޑުން ނިކުތް އިބާފެނުމާއެކު ދެމީހުން އެކީގަހެން އެކަކު އަނެކެއްގެ މޫނަށް ބަލާލިއެވެ.

އިބާ ގޮސް ލޯމަތިން ގެއްލުމާއެކު އަލޫކްއާއި ފަރޫން ކާރުން ފައިބައިގެން ގޮސް އެހަނީ ގޯޅިގަނޑުން އެތެރެއަށްވަދެ ހާޖީބެ އުޅޭ ކޮޓަރީގައި ޓަކިޖަހާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ލޯތްބަށްޓަކައި

Next

ލޯތްބަށްޓަކައި ( 1-20 )

Next
January 2, 2018

ލޯތްބަށްޓަކައި ( 1-20 )

Previews
January 2, 2018

ލޯތްބަށްޓަކައި

29 Comments!

  1. Aki says:
    January 2, 2018 at 1:08 pm

    hama balabalaa huhta thi up kohla dhinee.

    1. Hawwu (Layaa) says:
      January 2, 2018 at 1:10 pm

      Alhe aki layaa ahvurevess kurindhw ?

    2. Aki says:
      January 2, 2018 at 1:23 pm

      aan dho … varah furihama mi part ves

  2. Layaa says:
    January 2, 2018 at 1:09 pm

    Salaam.. hurihaa kiuntherinnah .. iyyaga class cencel vivaahakabunee mendhurufahu.. ehenve typekohlevun varakah kohfa mi up kohlee miadhu 2 ga calaahah attend vumuge kurin.. kurinfaharu part ah vure kuruvedhaane. Unmeedhu kuran thihurihaa kiuntherinnahvess kamudhaanekamah .. lysm all ?

    1. Hawwu (Layaa) says:
      January 4, 2018 at 7:08 pm

      Site nuvadhevigen layaa ah vaahaka nuliyevifa mihuree ehenve vaahaka up nuvanee .. in sha allah maadhama vaahaka up vaane .. ehvess kiuntheriehge comment ahvess reply nukuranee ehenve ..

  3. Shai says:
    January 2, 2018 at 1:19 pm

    Me first dhw.Oh varah reethi. Keep it up

    1. Hawwu (Layaa) says:
      January 4, 2018 at 7:15 pm

      Mifaharu sec dhw shai ?

  4. Shai says:
    January 2, 2018 at 1:21 pm

    Varah reethi

    1. Hawwu (Layaa) says:
      January 4, 2018 at 7:15 pm

      Thank you dear shai ??

  5. Shafa says:
    January 2, 2018 at 2:22 pm

    Awesome…❤??gud luck layaa???

    1. Hawwu (Layaa) says:
      January 4, 2018 at 7:14 pm

      Thank you dear shafa ??

  6. Mal says:
    January 2, 2018 at 5:27 pm

    It’s beautiful
    When is the next part??..
    Waiting?☺

    1. Hawwu (Layaa) says:
      January 4, 2018 at 7:14 pm

      Thank you dear mal ??

  7. Rsh says:
    January 2, 2018 at 5:45 pm

    Nice … waiting for next ………

    1. Hawwu (Layaa) says:
      January 4, 2018 at 7:13 pm

      Thank you dear Rsh ??

  8. mishy says:
    January 2, 2018 at 6:11 pm

    Hii layaa.. ?? Mi vhk wx vrh reethi..?? Layaa free v ma next part up khladhee..? Vrh happy kiya vamun wx story up kuraat.? Rangalhah kiyavahchey.. All the best layaa… Luv yuh❤

    1. Hawwu (Layaa) says:
      January 4, 2018 at 7:12 pm

      Thank you my dear mishy ??ly2

  9. JUMA says:
    January 2, 2018 at 8:42 pm

    Salhi? whn nxt? N thanks??

    1. Hawwu (Layaa) says:
      January 4, 2018 at 7:11 pm

      Thank you dear jumakko ??

  10. Aaan says:
    January 3, 2018 at 9:35 am

    V salhi. keep going……….

    1. Hawwu (Layaa) says:
      January 4, 2018 at 7:11 pm

      Thank you dear Aaan ??

  11. Hi Mi says:
    January 3, 2018 at 10:58 am

    Layaaa story hama varah nice…..

    1. Hawwu (Layaa) says:
      January 4, 2018 at 7:10 pm

      Thank you my dear Hi Mi ??

  12. Ikku says:
    January 3, 2018 at 5:59 pm

    Vrh salhi????… Kon irakun next part?

    1. Hawwu (Layaa) says:
      January 4, 2018 at 7:10 pm

      Thank you dear ikku ??

  13. Santhi says:
    January 4, 2018 at 7:05 pm

    Mihaaru haadha undhagoley kiyan ves??

    1. Hawwu (Layaa) says:
      January 4, 2018 at 7:09 pm

      Santhi dhaigoani netheema dhw hehe.. site ah nuvadhevey .. construction masahkatheh kureekanneynge hehe

  14. Anonymous says:
    January 4, 2018 at 10:32 pm

    When next part?

  15. Mixuhan says:
    January 5, 2018 at 12:54 pm

    Alhe kn vahthatakah tha miothy badhalu khfa
    Heevany kiyun therinnah un’dhagoo kuran ulheyhn
    Haadha un’dhaguley mihn huryma
    Layaa avahah upkhdheeba next part
    Mihaaru kiyaa hithun keii kureveny eii noooon
    Story is interesting
    Love your stories

Comments are closed.

Next Episodeނޭންގިހިތޭ ގެންދެވީމަ މިތުރާ… (15)←


All Right Reserved!