Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން… (2)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
December 31, 2017 10 Mins Read
34 Comments

“ޔަޝްމް ދޫނީ އަވަހަށް އާދޭ ނަމާދުކުރަން… ދޫނީ” ވުޟޫ ކޮއްގެން ނުކުތް މައިލީން ޔަޝްމް އަށް ބުނެލިއެވެ. އެއާއެކު ކުޑަ ކުޑަ ޔަޝްމް ކުޑަ ބުރުގާކޮޅަކާއެކު އައެވެ. މައިލީން އެ އަޅުވާލަ ދިނުމުން ހެވިފައި އަތް ތިލަ ބަޑި ޖަހަން ފެށިއެވެ. މައިލީން ކުޑަ ކުޑަ ޔަޝްމް އަށް ބަލައިލިއެވެ. ޔަޝްމް ގެ ލޯ އޭނާއަށް ކަމެއް ހަނދާން ކޮއްދޭން އުޅޭފަދައެވެ.

ހިޔާލުތަކަކަށް ގެއްލިފައި ހުރި މައިލީން ނަމާދުކުރަން އަވަސްވެގަތެވެ. އޭނާގެ ފަހަތުން ޔަޝްމް ވެސް އެ ގޮތަށް ނަމާދުގެ ހަރަކާތް ކުރަމުންދިޔައެވެ.

ރޭގަނޑު އަށެއްޖަހާބޮޑުވިއރުވެސް ޝާލީން ގެއަކަށް ނާދެއެވެ. އާރާ ވީ ކޮލެޖަށް ގޮސް ކަމަށް ވުމުން މައިލީން އިނީ އެކަނިވެފައެވެ. ޓީވީން އަންނަމުން ދިޔަ ހިންދީ ޑްރާމާއެއްބަލަން ސިޓިން ރޫމްގައި އޭނާ އިންއިރު ޔަޝްމް ގެ ހަބަރެއް ނުވަނީ ނިދާފާއިވީތީއެވެ.

އިރުކޮޅަކުން ދޮރު ހުޅުވުނު އަޑު އިވިފައި އެ ދިމާލަށް އޭނާ ބަލައިލިއެވެ. ޝާލީން ފެނިގެން ހިނިތުންވެލިއެވެ. “ދޮންތާ ހޮސްޕިޓަލް އުން ވަޒީފާ ހަމަޖެހިއްޖެ. ރިޝެޕްޝަނުން” މައިލީން އޭނާ ކުރިންދުވަހު ދިޔަ އިންޓަރވިއުއިން ފާސްވެ ޖޮބް ލިބުނު ވާހަކަ ބުނެލިއެވެ. “އެހެންތަ.؟” ޝާލީން ވެސް މައިލީން ގެ އުފަލުގައި ބައިވެރިވިއެވެ. ޝާލީން އާއެކު ކުޑަ ވަގުތު ކޮއްލުމަށްފަހު އޭނާ ވެސް ނިދަން ކޮޓަރިއަށް ވަދުނެވެ. ފަޑު އަލީގެ ތެރެއިންވެސް އޭނާ ގެ ލޯ ފުރަތަމަ ވެސް ހުއްޓުނީ ނިދިފައިވާ ޔަޝްމް އަށެވެ. ދެ ލޯ ފުރިގެން އައީ ހީވެސް ނުކޮއްހުއްޓައެވެ.

“އައިއެމް ސޮރީ ބޭބީ” މައިލީން މަޑު ފިޔަވަޅުތަކެއްގައި ގޮސ ޔަޝްމް ގެ ނިތުގައި ބޮސްދެމުން ބުނެލިއެވެ. އެއްޗެހި ބަދަލް ކޮއްލައިގެން އޭނާ އައިސް ޔަޝްމް ގެ އެއްފަރާތުގައި އޮށޯތެވެ.

އޭނާ ޔަޝްމް އަށް ބަލަން އޮތް އިރު އެތަކެއް ހިޔާލުތަކެއް އޭނާގެ ސިކުނޑީގައި ދައުރުވަމުންދިޔައެވެ. ހިޔާލުގެ ކަޑުގައި ބެހިގެން ދަނިކޮއް ސިއްސައިގެން ދިޔައީ ޔަޝްމް އޭނާގެ ބަނޑާ ދިމާލުގައި ބައްދާލުމުންނެވެ. މައިލީން އަނެއްކާވެސް ޔަޝްމް ގެ ކޮލުގަޔާ ނިތުގައި ވެސް ބޮސްދިނެވެ. އޭނާވެސް ހިންހަމަ ޖެހިލައިގެން ނިދާލަން މަސައްކަތް ކުރީ ޑިއުޓީއަށް މާދަމާ ހެނދުނު ނުކުންނަށް ޖެހޭތީއެވެ.

ފަތިސްނަމާދަށް ހޭލިގޮތަށް މައިލީން އަށް ނުނިދުނީ ޔަޝްމް އާ ހެދިއެވެ. ޔަޝްމް ގެ އެކި ސަކަރާތުގައި އޭނާ ވެސް ބައިވެރިވަމުން ދިޔައެވެ.

ހެދުނު އަށެއް ޖަހާއިރަށް ޑިއުޓީއަށް ދާން ރީތވަމުން ދިޔަ މައިލީން ޔަޝްމް އަށް ގޮވައިލިއެވެ. އެއާއެކު ޔަޝްމް ދުވަމުން އައެވެ.

“ޔަޝޫ… ދޮންތީ އާ އެކީ ކައްޗޭ އިނގޭ މަންމި އަންނާނަން އިނގޭ ވަރަށް އަވަހަށް. ބަސްއަހައްޗޭ. ސްކޫލަށްވެސް ދައްޗޭ” މައލީން ޔަޝްމް އާ އެއްހަމައެއްގައި އިށީންނަމުން ބުނެލިއެވެ. އެހެންނަމަވެސް ޔަޝްމް ގެ ސަމާލުކަމެއް އެއިން އެއްވެސް ކަމަކަށް ނުހުއްޓެއެވެ. މައިލީން ދެތިން ހަތަރު ފަހަރު ކަންތައް ކުރުމުންވެސް ހަމަ އެއްޖަވާބެކެވެ. ޔަޝްމް ގެ ފަރާތުން އެކަމަށް ޝައުގު ވެރިކަން ހުރި ކަމަކަށްވެސް ނުދައްކައެވެ. އެހެންކަމުން މައިލީން ފުން ނޭވާއެއް ދޫކޮއްލިއެވެ. ކިތަންމެ ވަރަކަށް ވާޙަކަ ދެއްކިޔަސް އަޅާ ނުލާނޭ ވަގުތެއްވިއްޔާ ޔަޝްމް އަޅާނުލާނޭކަން އޭނާއަށް އެނގެއެވެ. އެތައް ބައެއްގެ ލޯތައް އަމާޒުވެގެން ދިޔަ އޭނާގެ ދަރިފުޅަށް ޖެހުނީ ކާކުގެ އެސްފީނާއެއްކަމެއް ނޭގެއެވެ.

ލޯގަނޑު ކުރިމަތީގައި ހުރެގެން ތައްޔާރުވަމުން ދިޔަ ޔުއާން ތުމުން ރީތި ރާގެއް ފުމެމުން ދިޔައެވެ. އަތްކުރި އޮޅަބޮއްޓާ ހަމައަށް އޮޅާލުމުން ފިރިހެންވަންތަ މުލައްދަނޑި ހާމަ ވެގެން ދިޔައެވެ.

ޓައީ އަޅާލާ ގަޔަށް ޖަހާލި އަރްމާނީ ސެންޓް ގެ ވަސް މުޅި ތާގައި ހިފާލާފައިވިއެވެ.

ހަލުވި ކަމާއެކު ސިޑިން ފައިބަމުން ދިޔަ ޔުއާން އަށް ޒާރިވާ ގޮވައިލިއެވެ. އޭނާ އެދުނީ ހެދުނު ނާސްތާ ކޮއްގެން ދިޔުމަށެވެ. ސައިބޮއިގެން ދާން ވެގެން ނުކުތް ޔުއާން ގެ ލޮލުގައި އެއްފަރާތުގައި ބައިންދާފައި އިން ފޮޓޯ ލޯ ގަނޑު އަޅައިގަތެވެ. އޭނާ އެ ފޮޓޯ ގަނޑާ ދިމާލަށް މަޑު ފިޔަވަޅުތަކެއްގައި ދިޔައެވެ.

ފޮޓޯ ގަނޑަށް ނަޒަރު ހުއްޓާލުމާއެކު އޭނާއަށް ތަފާތު އިހްސާސް އެއްކުރެވިގެން ދިޔައެވެ. ބްލޮންޑް އިޝްތަށިގަނޑެއް ލާފައިވާ އަންހެން މީހާގެ އިސްތަށި ގަނޑު ވަނީ ކުރިމައްޗަށް ގެނެސް ވައްޓާލެވިފައެވެ. ޒުވާން ރީތިކަމެއް އޭނާގެ ހުއްޓެވެ.

“މަމް… އައި ޑިޑް އިޓް. އައި ފުލް ފިލްޑް މައި ޑްރީމް.” ޔުއާން ބުނެލިއެވެ. އަދި ހިނގައިގަތެވެ. މިތަން ބަލަން ދުރުގައި ހުރި ޒާރިވާ ގެ ލޮލުން ވެސް ކަރުނަ ފާއްދާލިއެވެ. އޭނާ ގޭގެ މައިދޮރާ ދިމާލުގައި ޔުއާން ކާރުގައި ދާތަން ބަލަން ހުއްޓެވެ.

މާލޭގެ ކާރޫ ބާރޫ މަގު ތަކުގައި ދުއްވާފައި ދާން ވުމުން ހިސާބަކަށް ރުޅި ގަދަވާގޮތް ވިއެވެ. އެހެންނަމަވެސް ޔުއާން ކެތްތެރިވަމުން ދިޔައެވެ. ކާރުދުއްވަމުން ދިޔައީ ތާރިމް ކަމުން އޭނާ އިނީ ފަހަތުގައެވެ. ތާރިމް އާއެކު އޭނާ އަށް ދާން މަޖުބޫރުވި ސަބަބަކީ މާލޭގެ މަގުތަކަށް ހޭނުލުމަސް ދުވަސްނަގާނެތީއެވެ.

ހޮސްޕިޓަލް އަށް ކާރު ހުއްޓާލުމާއެކު ޔުއާން ފޭބިއެވެ. އަދި އިމާރާތަށް ބަލައިލިއެވެ. އެގާރަ ބުރީގެ އިމާރާތަށް ބަލާލުމުން ވެސް އެއީ އެންމެ ފެންވަރު ރަނގަޅު އެއް ހޮސްޕިޓަލް ކަމަށް ވާނޭ ކަމުގައި ޔުއާން އަށް ޔަގީންވެގެން ދިޔައެވެ. އޭނާ ހޮސްޕިޓަލް އަށް ނުކުންނަ ފުރަތަމަ ދުވަސްކަމުން ފުރަތަމަ ޖެހެނީ އެންމެނަށް ތައާރަފްވެ ކަންތައްތައް ދަސްކޮއްލާށެވެ. އެހެންކަމުން މިއަދު މާ ބޮޑު ކަންތައްތަކެއް ކުރާކަށް ނުޖެހޭނެއެވެ.

މައިލީން ގެއާ ކައިރީކަމުން ހޮސްޕިޓަލް އަށް އައީ ހިނގާލާފައެވެ. ހިތް އަވަސްވެފައި ހުރެގެން ދެއަތް ދެއަތާ މޮޑެމުން އޭނާ އައިސް ކައުންޓަރުގައި އިން ކުއްޖާ ގާތުން ހަދަންވީގޮތް އޮޅުން ފިލުވިއެވެ. ކައުންޓަރ ގައި އިންކުއްޖާ މަޑުކޮއްލަން ބުނުމުން އޭނާ އެތަނުން ގޮނޑިއެއްގައި އިށީނެވެ.

އެހެން އިންނަތާ ފަސްމިނޓް ފަހުން ކައުންޓަރުގައި ތިބި ދެ ކުދިންގެ ތެރެއިން އެއްކުއްޖަކު މައިލީން އަށް ގޮވައިލިއެވެ.

“ދިހަވަނަ ފްލޯގެ ކަނާތް ފަރާތުން އިންނަ ގޯޅިން ދާއިރު އިންނާނެ ކެބިންއެއް. އެތަނަށް ދުރުވެލަން ވީ ނޫންތޯ” މައިލީން ހިނިތުންވެލިއެވެ. އަދި އެ ކުއްޖާ ބުނި ގޮތަށް މަސައްކަތް ކުރަން އަވަސްވެގަތެވެ.

އެގާރަވަނަ ބުރިއަށް އެރިއިރު އެތަނުގައި ވެސް ކައުންޓަރެއް އިނެވެ. އެ ކުއްޖާ ގާތުން ހަދަން ވީ ގޮތް އޮޅުން ފިލުވުމާއެކު އެ ކުއްޖާ ފޯން ކޯލެއް ކުރިއެވެ. ހީވާ ގޮތުން އެތަނުގެ ބޮޑު މީހަކާ ގުޅީއެވެ. އެ ކުއްޖާ ހީލާފައި ތެދުވެ އޭނާގެ ފަހަތުން އައުމަށް އިޝާރާތް ކުރިއެވެ. މައިލީން ވެސް އޭނާގެ ފަހަތުން ދިޔައެވެ.

އެ ކުއްޖާ ޓަކި ޖަހާލާފައި ވަދެފައި މައިލީން ވަދުމުން ނުކުމެގެން ދިޔައީއެވެ.

“އިށީންނަން ވީ ނޫންތޯ” ހިތް ހެޔޮ މަޑު މައިތިރި އަޑެކެވެ. މައިލީން ބަލައިލިއެވެ. އަދި މަޑުމަޑުން އޭނާ އިޝާރާތް ކުރި  ގޮނޑީގައި އިށީނެވެ.

“މިހާރު އިންނަން ޖެހޭނީ ނުވަވަނަ ފްލޯގައި އިންނަ އިންފޯމޭޝަން ކައުންޓަރ ގައި. އެ ބަޔަކީ ވަރަށް ބޮޑެތި ބަލިތަކުގެ މީހުން ގެ ވޯޑްތައް ހުންނަ ތަން ކަމުން ގިނަ ވަގުތު ތަކުގައި އެތަނުގައި ވަރަށް މީހުން ނުތިބޭނެ. ދެން އެތަނުގައި އިންނާނީސާޖަރީ ގެ ހާއްސަ ޑިޕާރޓްމެންޓް. މިއަދު އެތަނަށް އަލަށް އެއް ޑޮކްޓަރަކު ގުޅޭނެ. އެހެންކަމުން މިވަގުތު އެބައިގައި މަސައްކަތް ކުރާނީ ޖުމްލަ ދެ ޑޮކްޓަރުން. އެއްވެސް ސުވާލެއް އަބައޮތްތޯ؟” އެތާގައި އިން ފިރިހެން މީހާ ދައްކަމުން ދިޔަ ވާހަކައަށް މައިލީން ބޯ ޖަހަމުން ދިޔައެވެ. އަދި އިތުރު ސުވާލެއް ނެތް ކަމަށް ބުނެލިއެވެ. ފުރަތަމަ ދުވަސްކަމުން މައިލީން ގާތު ކައުންޓާރ ގައި އިތުރުކުއްޖެއް ބޭންދީ ކަންތައް ތައް މައިލީން އަށް ދަސްކޮއްދިނުމުގެ ބޭނުމުގައެވެ.

އެތަނުގައި މަސައްކަތް ކުރާ ރީކާ އާއި މައިލީން ރަހްމަތްތެރިވެގެން ދިޔައެވެ.

އެ ދުވަހު ޑިއުޓީ ނިންމާލާފައި މައިލީން ގެއަށް ދިޔައިރު ޔަޝްމް އުޅެނީ ބޯޅައެއްކުޅޭށެވެ. ދޮންތަވެސް ޔަޝްމް އާ އެކީގައި ކުޅެމުން ދިޔައެވެ. ފަސްއަހަރު ފުރި ހަ އަހަރަށް އަޅާފައިވީ އިރުވެސް ޔަޝްމް އުޅެމުން ދިޔައީ އެންމެ ތުއްތު ކުދިން އުޅޭ ގޮތަށެވެ. އޭނާ ފުރަތަމަވެސް ގޮސް ޔަޝްމް ގެ ގައިގައި ބައްދައިލިއެވެ.

“މަންމާ ޔޭ” ޔަޝްމް އުފަލުން ހަޅޭއްލަވައިގަތެވެ. ޔަޝްމް އޭނާގެ ދުވަސް ދިޔަ ގޮތް އުނދަގުލުން ނަމަވެސް ކިޔައިދޭން މަސައްކަތް ކުރިއެވެ. އެއާއެކު މައިލީން ގެ ތުންފަތށް ހިނިތުންވުމެއް ވެރިވގެން ދިޔައެވެ.

އޭގެ އަނެއްދުވަހެވެ. މައިލީން ގެ ޑިއުޓީ ފެށެނީ މެންދުރު ދެއަކުންނެވެ. އެހެންކަމުން އޭނާ ރީތިވެގެން މަޑުކުރީ އާރާ އަންނަންދެނެވެ. އާރާ ޑިއުޓީ މެންދުރު ނިމޭނޭކަމަށް ބުނުމުން އޭނާ މަޑުކޮއްގެން އިނީ އާރާ އަންނާނޭ އިރަކަށެވެ. އެހެން އިންދާ ދޮރުހުޅުވާފައި ވަނީ ދޮންތަބޭ ޝިޔާޒް އެވެ. އޭނާ ހުރީ ޕޮލިސް ޔުނީފޯމްގައެވެ. “ދޮންތަ ވީ ސްކޫލްގަ ދޯ. ބުންޏޭ މިއަދު ކުއްލިއަކަށް ކަމެއް ދިމާވިއްޔޭ” ޝިޔާޒްބުނެލިއެވެ. މައިލީން ގަޑި އަށް ބަލައިލިއެވެ.

“އިލީ ލަސްވަނީތަ. ދޮންތަބޭ ހުރެދާނަން ޔަޝްމް ގާތު. އާރާ ވެސް އަންނާނެ ކަންނޭގެ. ދާން ވީނު ލަސްވަންޏާ” މައިލީން ހިނިތުންވެލާ ޖަވާބު ދިނުމަށްފަހު ދަބަސް އަޅޫވައިލިގެން ދޮރުން ނުކުތް އިރު އާރާ އައިސް ވަންނަނީއެވެ.

މައިލީން ޔަޝްމް ގެ ވާހަކަ ކިޔައިދިނުމުން ބޯ ޖަހާލާފައި އާރާ އެތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ.

ހޮސްޕިޓަލް އަށް ވަދެ ނުވަވަނަ ފްލޯރ އަށް އަރަން ލިފްޓާ ދިމާލަށް ދިޔަ މައިލީން އަށް އޭނާ ގެ ފަހަތުން އައި ޔުއާން ފެންނަ ގޮތެއްނުވިއެވެ. މައިލީން ވެސް އިސްޖަހައިގެން ހުރެގެން އިސް ލިފްޓަށް އަރާ ނުވަވަނަ ފްލޯއަށް ފިއްތައިލިއެވެ.

ޔުއާން ފޯނާ ކުޅެމުން އައިސް ލިފްޓާ އަރާ ހަމަވިއިރު ލިފްޓް ލެއްޕުނިއެވެ. ދެން އޭނާ މިސްރާބުޖެހީ ޖެހިގެން ހުރި ލިފްޓާ ދިމާލަށެވެ.

މައިލީން ނުވަވަނަ ފްލޯއަށް އާދެވުމާއެކު ފުން ނޭވާއެއް ދޫކޮއްލެވުނެވެ.

އޭނާ އެތަނަށް ރީއްޗަށް ބަލައިލިއެވެ. ވަންނަ ދޮރުގެ އެއްފަރާތުގައި އެތަނުގެ އެތެރޭގެ ވޯޑަށް ދެވޭގޮތަކަށް ވަނީ ބިއްލޫރި ދޮރެއް ލާފައެވެ. އެތަނުގެ އެތެރޭގެ ކައުންޓަރ ގައި ދެތިން ނަރުސް ކުއްޖަކު ތިބިތަން ފެނުނެވެ. އެ ދޮރުގެ ކުރިމައްޗަށް ވާގޮތަށް ހަމަ އެކަހަލަ ދޮރެއް އަނެއްފަރާތު ގައިވެސް އިނެވެ. އެއީ އައިސީޔޫއެވެ. މައިލީން އިންނަން ހަމަ ޖެހުނީ ވަންނަ ދޮރުގެ އެއްފަރާތުގައި ފަހަތު ފާރާ ޖައްސައިގެން ކުރިމައްޗަށް ވާގޮތަށް ބަހައްޓާފައި ހުރި ކައުންޓަރ ގައެވެ. ވޯޑް ގެ އެއްފަރާތުގައި ކުޑަ ގޯޅި އެއް ފާޑެއްގެ ތަނެއް އިނދެއެވެ. ހަތަރު ކޮތަރި ހުރެއެވެ. އެ ހަތަރު ކޮޓަރިއަކީ ވެސް ޑޮކްޓަރުންނަށް ހާއްސަކޮއްފައިވާ ކޮޓަރިއެވެ. އެހެންނަމަވެސް އެތަނުގައި މިވަގުތު މަސައްކަތް ކުރަނީ ދެ ޑޮކްޓަރުންނެވެ. އޭނާއަށް އެނގިފައިވާ ގޮތުން އެ ކޮޓަރިތަކަކީ ޑިޕާރޓްމެންޓް އޮފް ސާޖަރީ  ގެ ޑޮކްޓާރުން ބަލިމީހުން ބެލުމަށް ބޭނުންކުރާ ކޮޓަރިތަކެކެވެ. އަނެއްފަރާތުގައި ގޯޅިގަނޑުގެ ބަދަލްގައި ދޮރެއްލާފައި އިނދެއެވެ. ހީވާގޮތުން އެއީ އޮޕަރރޭޝަން ތިއޭޓަރ ތަކަށް ވަދެވޭ ދޮރު ފާހަގަ ކުރަން އިންނަ ދޮރެވެ. ވަނުން މަނާ ކޮއްފައިވާ ނަންބޯޑެއް ހަރުކޮއްފައިވެއެވެ.

މައިލީން އޭނާ އަށް ހާއްސަ ކުރެވިފައިވާ ތަނުގައ އިށށީނެވެ. ފުރަތަމަ ދުވަސްކަމަށް ވުމުންނާއި އެކަނި އިންނަން ޖެހުމުން ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް ހިތުގައި ވީނަމަވެސް އޭނާ އެކަމަށް ބާ ބޮޑު ސަމާލުކަމެއް ނުދެއެވެ.

ބައެއްފަހަރު ވޯޑް ގެ ތެރެއިން ތެދިން ނަރުސް ކުއްޖަކު ނުކުމެލަފާނެއެވެ. އެހެންނޫނީ ޑޮކްޓަރަށް ދައްކަން އަންނަ މީހުން މައުލޫމާތެއް ސާފުކޮއްލަފާނެއެވެ. މައިލީން ހީކުރިވަރަށްވުރެ މަސައްކަތް ފަސޭހައެވެ. ނަމަވެސް މިތަނަކީ ޝިފްޓް ޑިއުޓީ އަދާ ކުރަން ޖެހޭ ތަނަކަށް ވުމުން އޭނާގެ ހިތް ކޮންމެވެސް ވަރަކަށް ނުތަނަވަސްވިއެވެ. ޔަޝްމް އާ ދޭތެރޭ ވިސްނާލާފައެވެ.

އޭނާއަށް ވަޒީފާ ދިން އިރު ކިޔައި ދީފައިވާ ގޮތުން ނަމަ މި ވޯޑްގައި އަބަދުވެސް އެއް ޑޮކްޓަރަކު ޑިއުޓީގައި މަޑު ކުރާނެއެވެ. ސަބަބަކީ އެމަރޖެންސީ ވާނީ ކޮން އިރަކު ކަމެއް ނޭގޭނެތީއެވެ. އެމީހުން ބޭނުންވަނީ މިއީ ރާއްޖޭގައި ހުރި އެނެމް ފެންވަރު ރަނގަޅު ހޮސްޕިޓަލް އަށް މިތަން ހަދާށެވެ. މައިލީން ކޮންޕިއުޓަރ ސިސްޓަމް އިން އެތާ އިން ފައިލް އެއްގެ މައުލޫމާތު އެންޓަރ ކުރަން އަވަސްވެގަތެވެ.

ޔުއާން ލިފްޓަށް އަރައިގެން އަށްވަނަ ފްލޯއަށް މިސްރާބުޖެހިއެވެ. އަށްވަނަ ފްލޯއަށް ހުއްޓުމާއެކު އޭނާ ލިފްޓުން ނުކުތެވެ. ލިފްޓްގެ އެއްފަރާތުގައު ސިޑި ގޮޅި އިނދެއެވެ. ކުރިމައްޗަށް ވާގޮތަށް އިންނަނީ އެތެރެއަށް ވަންނަ ދޮރެވެ.

ކޮންޕިއުޓަރ ގެ ސްކްރީން އަށް ގެއްލިފައި އިން މައިލީން ސިއްސައިގެން ދިޔައީ ދޮރު ހުޅުވާލި އަޑަށެވެ. ހުދު ކުލައިގެ ކޯޓަގައި އޭނާއަށް އެތަނަށް ވަތް މީހާ ފެނުނީ ފަހަތުންނެވެ. އެއީ އެތަނުގެ ޑޮކްޓަރެއްކަން ދެނެގަންނާކަށް އުނދަގުލެއްނުވެއެވެ. ސަބަބކީ އޭނާ ލާފައިވާ ޑޮކްޓަރ ކޯޓެވެ.

މައިލީން މާ ބޮޑަށް އަޅައެއް ނުލައެވެ. ޔުއާން ވެސް ފުރަތަމަ ވޯޑަށް ވަދުނެވެ. އޭނާވެސް ކައުންޓަރާ ދިމާލަށް ބަލާ ނުލާތީ އެތަނުގައި އިން އަންހެން ކުއްޖާ ނުފެނުނެވެ.

“މުހައްމަދު އާސިމް ގެ ފައިލް ލިބިދާނެތޯ” ޔުއާން ވަދެފައި ފުރަތަމަ އެތަނުން ނަރުސ ކުއްޖަކާ ސުވާލުކޮއްލިއެވެ. އެއީ މިއަދު އޮޕްރޭޝަން އަކަށް ފަހު އެޑްމިތް ކުރެވުނު މީހެކެވެ. އެތަނުގައި ތިބ ނަރުސް ކުދިންތައް ވެސް ތިބީ ޔުއާން ފެނިގެން އާޝާހްވާވަރުވެފައެވެ. ވާނީވެސް އެހެންތާއެވެ. ވަރުގަދަ ހަށިގަނޑަކާއެކު އޭނައަށް ލިބިފައިވަނީ ބޭރުމީހުންގެ ސިފަތަކެވެ. އެ ސިފަ ތަކަކީ ކޮންމެ އަންހެން ކުއްޖެއް ވެސް ފިދާވާނޭފަދަ ސިފަތަކެއްކަން ޔަގީނެވެ.

“އައްސަލާމުއަލައިކުމް” ކައުންޓަރ ގައި އިން ފޯނަށް އައި ކޯލަށް މައިލީން ޖަވާބުދިނެވެ. އެވަގުތަކީ ފައިލް ހިފައިގެން ޔުއާން ނުކުތް ވަގުތެވެ. ދެން އޭނާ މިސްރާބު ޖެހީ އެތަނުގައި އޭނާއަށް ހާއްސަ ކޮއްފައިވާ ކޮޓަރިއަށް ދާށެވެ. އެ ވޯޑުގައި މަސައްކަތް ކުރަނީ އެންމެ މޮޅެތި ޑޮކްޓަރުންނެވެ. އެހެންކަމުން އެތަނުގެ ކޮންމެ ކޮންމެ ޑޮކްޓަރަކަށް އެ ވޯޑްގައި މަސައްކަތް ކުރުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

އެ ވޯޑް ގެ ބަލިމީހުންނާ ހަވާލުވެގެން ތިބެނީ ޔުއާން އާއި ރިވަމް އެވެ. އެތަނުގައި މަސައްކަތް ކުރި އަނެއް ދެ ބޭރު ޑޮކްޓަރުން އެތަނުން ވަކިވުމާ ގުޅިގެން އެ ދެމީހުންނަށްވެސް ވަރަށް ބުރަވާނެކަން ޔުއާން އަށް އެނގެއެވެ.

“އާދެ. މަޑުކޮއްލައްވައްޗޭ” ފަހަތުން ޔުއާން އަށް އަޑު އިވުނުކަމުގައިވޮޔަސް އޭނާއ އަޅައެއްނުލައެވެ. އެއަށްވުރެ ބޮޑަށް އޭނާ ހުރީ އެ ފައިލް އަށް ވަދެ ހުސްވެފައެވެ.

މައިލީން ގެ ޑިއުޓީ އެ ދުވަހު ނިމުނީ ހަތަރެއް ޖަހާއިރުއެވެ. އޭނާ އެތަނުން ދާން ނުކުތީ އެތަނަށް އަނެއް ކުއްޖާ ޑިއުޓީއަށް އައީމައެވެ. އޭނާ އެތަނުން ނުކުތް ވަގުތަކީ ޔުއާން ވެސް ނުކުތް ވަގުތެވެ. އެހެންނަމަވެސް އޭރު ފަހަތަށް އެނބުރުގެން ހުރި މައިލީން ގެ މޫނު މިފަހަރުވެސް ފެންނަ ގޮތެއް ނުވިއެވެ. އޭނާއަށް ފެނުނީ ފަހަތައް ދޫކޮއްލާފައި އޮތް ކަޅުކަން ގަދަ ރާޅުބާނީ އިސްތަށިގަނޑެވެ. އެއާއެކު ކޮންމެވެސް ކަމެއްގެ މަތިން އޭނާއަށް ހަނދާން އާވިއެވެ.

މައިލީން ގެއަށް ދިޔައިރު ޔަޝްމް އާއި ދޮންތަވެސް ފެންނާކަށް ނެތެވެ. އާރާ ވާނީ ޑިއުޓީގައެވެ. އެހެންކަމުން އޭނާ ދޮންތަމެން ކޮޓަރިއަށް މިސްރާބުޖެހިއެވެ.

“އިލީ… އެއްޗެއް ކައިފިންތަ؟ ހުންނާނެ މިއަދު ހެދި ޕާސްތާ ހޫނުކޮއްލަދޭންވީތަ” ޝާލީން ކޮޓަރި ދޮރު ހުޅުވާލި މައިލީން އަށް ބުނެލިއެވެ. މައިލީން އޭނާ އަމިއްލައަށް އެކަން ކޮއްލަފާނެމޭ ބުނަމުން ގޮސް ޔަޝްމް ގައިގައި ބައްދާލިއެވެ.

“މަން މީ.. ލު ލު ކް” ޔަޝްމް އުނދަގުލުން އޭނާ ކުރެހި ގަނޑު ދައްކާލިއެވެ. އެއާއެކު މައިލީން ގެ ލޯ ފުރިގެން އައެވެ.

އޭނާ އަނެއްކާވެސް ބާރަށް ޔަޝްމް ގައިގައި ބައްދާލިއެވެ. އަދި ޔަޝްމް ބެހެއްޓުމަށްފަހު ބަދިގެ ފަރާތަށް ދިޔައީ ކޮންމެވެސް އެއްޗެއް ކައިލާށެވެ.

ރޭގަނޑުގެ ވަގުތުގައި ޔަޝްމް ނިންދަވާފައި މައިލީންވެސް ބެލީ ހިންހަމަ ޖެހިލައގެން ނިދާލެވޭތޯއެވެ. “ތިވައްތަރު މީހުނަސް ލިބޭ ކުދިންވެސް ތި ވައްތަރު ވާނީ. ހަމަ ރަނގަޅަށް އެވީ” މައިލީން ގެ ކަންފަތުގައި ގުގުމަމުން ދިޔައީ ކާކު ގެ އަޑެއްކަމެއް ނޭގެއެވެ. އެހެން ނަމަވެސް އިރުކޮޅަކުން އޭނާއަށް ސިއްސައިގެން ގޮސް ހޭލެވިއްޖެއެވެ.

މީހާ ދާހިތްލާ ފޯވެފައިވިއެވެ. ދެން އޭނާ ބަލައިލީ ކައިރީގައި ނިދަފައި އޮތް ޔަޝްމް އަށެވެ. އޭނާ ޔަޝްމް ގެ ނިތުގައި ބޮސް ދިން އިރު ކަރުނަތަށް ފައިބައިގެން ދިޔައެވެ. “ލަވްޔޫ ” މައިލީން ބުނެލިއެވެ.

އަނެއްދުވަހުގެ ހެނދުނުގެ ވަގުތުގައި މައިލީން ހޭލައިގެން އުޅުނީ ޔަޝްމް އަށް އެއްޗެއް ދެވޭތޯއެވެ. ދޮންތަވެސް ވީ ސްކޫލަށް ގޮސްފައިކަމުން އޭނާ ދެން ދިޔައީ އާރާގެ ކޮޓަރީގައި ޓަކި ދޭށެވެ. އާރާ އައިސް ދޮރުހުޅުވީ އިރުވެސް ހުރީ ނިދިފައެވެ. މައިލީން ޔަޝްމް ބަލައިދިނުމަށް އެދުމުން އާރާ ޔަޝްމް އޭނޭގެ ކޮތަރިއަށް ވެއްދިއެވެ. އެއާއެކު މައިލީން އަވަސްވެގަތީ ހެނދުނުގެ ނާސްތާ ތައްޔާރު ކޮއްލުމަށެވެ.

އޭނާ ހެނދުނު ގެ ނާސްތާ ހަދާ ނިންމާލިއިރަށް ޝިޔާޒް ނުކުމެގެން އައެވެ. ސައި ހަދާދީފައި އާރާ އަށް ގޮވަން ދިޔައިރު އާރާ އޮތީ ނިދާފައެވެ. ޔަޝްމް އަތުގައި ކުރަހާ ގަނޑެއް އޮތެވެ. މައިލީން ގާތަށް ހިނިއައެވެ.

ޔަޝްމް ވަރަށް ކުރަހަން ފޯރުހުންނާނެއެވެ. އާރާ އަށް ގޮވަ ގޮވާ ހޭނުލުމުން ދެން އޭނާ ގޮސް ނާސްތާކުރިއެވެ. ދޮންތަބޭ ޑިއުޓީއަށް ދަނީ އޭނ ބުނުމުން މައިލީން ހިނިތުންވެލިއެވެ.

ދެން އޭނާ އަވަސްވެގަތީ ޔަޝްމް އަށް ބޭސްދޭށެވެ. ކޮޓަރިއަށް ގޮސް ބަލާލިއިރު ޔަޝްމް ގެ ބޭސް ހުރީ ހުސްވެފައެވެ. އެހެންކަމުން އޭނާ އަވަސްވެގަތީ ބޭސް ނަގާށެވެ. ތިން މަސްދުވަހުގެ ބޭސް ޔަޝްމް އަށް ދީފައި ވާއިރ އެންމެފުރަތަމަ އޭނާ ނެގީ އެއްމަސް ދުވަހުގެ ބޭހެވެ. އެ ބޭސް ހުސްވުމުން އަނެއްކާވެސް ޖެހޭނީ ބޭސް ނަގާށެވެ. ބޭސް އަގު ބޮޑުކަމުން ވެސް ތިން މަސްދުވަހުގެ ބޭސް އެއްކޮއް ނެގޭ ގޮތެއް ނުވެއެވެ.

ޔަޝްމް ސްކޫލަށް ލާފައި މައިލީން އެތާހުރި ބޭސް ފިހާރައަކުން ބޭސް ގަނެގެން ގެއަށް ދާން ހިނގައިގަތެވެ. އެތަނުން އެވަގުތު ދިޔަ ކާރުގެ ކުރިމައްޗަށް މައިލީންއަށް އެރުނެވެ. ކުއްލިއަކަށް ކާރުގެ ބުރަކި ޖެއްސުމާއެކު ޔުއާން ކުރިއަށް ދިޔައެވެ. އޭނާ ދެން ކުރިމައްޗަށް ބަލާލިއިރު އެ ކާރު ކުރިމަތިން ދިޔަ އަންހެން ކުއްޖާގެ މޫނު އޭނާއަށް ފެނުނީ އެއްފަރާތުންނެވެ. އެހެންނަމަވެސް އޭނާގެ ހިތް އަވަސްވެއްޖެއެވެ. ނޭގޭ ޖަޒުބާތެއް ހިތުގައި އުތުރި އަރައިގެންފިއެވެ.

މައިލީން ގެ ރޭގަނޑު ޑިއުޓީ ކަމުން އޭނާ ތައްޔާރުވަމުން ދިޔައީ ޑިއުޓީއަށް ދިޔުމަށެވެ. ގެއާ ކައިރީގައި މާ ދުރުނޫން ހިސާބެއްގައި ހޮސްޕިޓަލް ހުންނާތީ އޭނާ ދަނީ ހިނގާލާފައެވެ.

ނުވަވަނަ ފްލޯއަށް އެރިއިރު ދުވާލަ ހިލާފަށް އެތަނަށް ވެރިވެފައިވަނީ ހަމަ ހިމޭންކަމެވެ. އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް މީހުން އެތަނުގައި ބަހައްޓާފައި ހުރި ގޮނޑި ބަރި ތަކުގައި ތިއްބެވެ. އެހެން ނަމަވެސް ރޭގަނޑު ދަންވަމުން ދިޔަ ވަރަކަށް މީހުންތައް މަދުވަމުން ގޮސް އެއްކޮއް ހިމޭން ވެއްޖެއެވެ. މައިލީން ބޯ ޖަހާލިއެވެ. އަދި ލޯ މަރާލިއެވެ. “އެކްސް ކިއުޒްމީ” އިވުނު އަޑުން މައިލީން ގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ.

އޭނާ އިސްއުފުލާ ބަލާލިއެވެ. ކުރިމަތީގގައި ހުއްޓިގެން ހުރި ޒުވާނާ ފެނިފައި މައިލީން އަށް ސިއްސައިގެން ގޮސް ގޮނޑިން ފަހަތަށް ޖެހިލެވުނެވެ. އެއާއެކު އޭނާ ކޮޅަށް ތެދުވިއެވެ. އަދި ފަހަތަށް އެނބުރުނެވެ.

ޔުއާން އަށް ވެސް ވީ އެވަރެވެ. “ލީން” އޭނާގެ އަޑު ކަރުތެރޭގައި ތާށިވިއެވެ. އަޑު ބޭރަށް ނުނިކުތެވެ.

“މިތާ ކީއްކުރަނީ މައިލީން” ޔުއާން ހަމަ އަކަށް އެޅެމުން ބޮޑާ ރާގަކަށް އަހައިލިއެވެ. މައިލީން ހުރި ގޮތަށް ހުރީއެވެ. އިތުރު އެއްވެސް އެއްޗެއް އޭނާ ނުބުނެއެވެ. އޭރު އޭނާ ގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. އެވަގުތު އެތަނުން ނަރުސް ކުއްޖެއް ނުކުމެ ޔުއާން އަށް ގޮވާލުމުން އޭނާ ދާން ޖެހުނެވެ. މައިލީން އަށް ޔުއާން ދިޔަކަން ޔަގީން ވުމާއެކު އެނބުރި ގޮނޑިއަށް ވެއްޓި ގަނެވިއްޖެއެވެ.

މައިލީން އޭނާގެ ހިތާ ދިމާލުގައި އަތް އަޅާލިއެވެ. އޭނާ އަށް ކެތް ކުރަ ދަތި ވަނީއެވެ.

އޭނާ ވަނީ ދުނިޔެއާ ކުރިމަތީލާފައެވެ. މިއަށްވުރެ މާގިނަ މީހުންތަކުގެ ތެރޭގައި އޭނާ ހިތްވަރު ކުރިއެވެ. ވެއްޓޭކޮންމެ ފަހަރަކު ދެތުވިއެވެ. އޭނާގެ ލޯބިވާ ދަރިފުޅުގެ ހައްގުގައެވެ. އެ ދަރިފުޅަށް ދިރިއުޅުމެއް ހޯދައިދޭށެވެ.

އެހެނަސް މިއަދު އޭނާ ބަލިކަށިވެއްޖެއެވެ. ރޮވިއްޖެއެވެ. އަދި އެވެސް އެންމެ ރޯން ބޭނުން ނުވާ މީހާގެ ކުރިމަތީގައެވެ. އެ ހިތް މަޑު ކަފަކޮޅަކަށްވެ ޖަޒުބާތުން ފުރުނީއެވެ. ހިތުގެ ކަނެއްގައި ގައިދުކޮއްފައިވާ އިހްސާސް ތައް ހޭލައިގެންފިއެވެ. މިވީ ފަސްއަހަރުތެރޭން އޭނާ ކުރި ހިތްވަރު އެލޭ ގޮތްވިއެވެ. އެހެންނަމަވެސް އޭނާ އަދިވެސް ކަރުނަ ފޮހޭނެއެވެ. ހިތްވަރާއެކީ ކުރިމަތިލާނެއެވެ. އަދިވެސް ދިރިއުޅޭނެއެވެ.

މައިލީން ކަރުނަތަށް ފޮހެލިއެވެ. އަދި ހަމަޖެހިލިއެވެ. އޭނާ އެއްފަރާތުގައި އިންނަ އަންހެން ކުދިންގެ ވޮޝްރޫމްއަށް ވަނެވެ. އޭރު ކޮންމެވެސް ކުއްޖެއް އެތަނުގައި ހުރި އެއްފާހާނައިގައި ހުއްޓެވެ. އެ ކުއްޖާ ނުކުމެގެން މައިލީން އަށް ހިނިތުންވެލާފައި ދިޔުމުން މައިލީން އޭނާގެ ސޫރައަށް ބަލައިލިއެވެ.

“ކީއްވެ އަނެއްކާވެސް ކީއްވެ” މައިލިން އަށް އަމިއްލަ ނަފްސާ ސުވާލުކޮއްލިއެވެ. އޭނާ ރަތްވެފައިވާ ލޮލަށް ބަލާލަމުން މޫނު ދޮވެލިއެވެ. އެތާގައި އަޅޫވާފައިވާ ޓިޝޫ އިން މޫނު ފޮހެލާފައި ވެސް އޭނާ އަމިއްލަ ސޫރައަށް ބަލަން އެތައް އިރަކު ހުއްޓެވެ.

މައިލީން ނުކުތް އިރު ވޯޑުން ބަލިމީހަކު ނެރެގެން އޮޕަރރޭޝަން ތިއޭޓަރަށް ގެންދަނީއެވެ. އެތަނުގައި ޔއާން ގެ އިތުރުން އެހެން ދެ ޑޮކްޓަރުންވެސް ހަރަކާތް ތެރިވަމުން ދިޔައެވެ. މައިލީން އެ ދިމާލަށް ބަލަން ހުއްޓެވެ. އެނދު ދުއްވަމުން ދިޔަ ޔުއާން އަށް މައިލީންއާ ދިމާލަށް ބަލާލެވުނެވެ. އެ އާއެކު ދެމީހުން ގެ ހަތަރު ކަޅި ބައްދަލުވިއެވެ.

މައިލީން އަވަސްއަވަހަށް ދުރު ބަލައިލިއެވެ. އަދި އިށީނެވެ. އިސާހިތަކު އެތަނަށް ފިރިހެން ކުއްޖަކާ އަންހެންކުއްޖެއް އައެވެ. ހީވާގޮތުން އެއީ ދެންމެ ވެއްދި މީހާގެ ދެ ކުދިންނެވެ.

“އެއް ކުއްޖެއްގެ އަނގައިން ބައްޕަ ތަކުރާރުކޮއް ކިޔަމުން ދިޔައިރު އަނެއް ކުއްޖާ ކައިރީގައި ހުރެގެން ހިތްވަރު ދެމުން ދިޔައީ އޭނާގެ އަންހެން ކޮއްކޮ އަށެވެ.

ދެ ގަޑީ އިރުގެ އޮޕަރޭޝަން އަކަށް ފަހު ޔުއާން ނުކުތެވެ. އޭނާ ހުރީ ހޮސްޕިޓަލް ގައި އޮޕަރޭޝަން ކުރަން އަޅާ ހެދުމުގައެވެ.

“ދަ ޕޭޝަންޓް އިސް ސޭފް” ޔުއާން ގެ ފިރިހެންވަންތަ އަޑު ފުރިހަމައަށް މައިލީން އަށް އިވިގެން ދިޔައެވެ. ފަސްއަހަރު ފަހުން ފެނުނު އިރުވެސް އަޑަށް މާ ބޮޑު ބަދަލެއް އައިސްފައ ނުވެއެވެ. އެހެންނަމަވެސް ހަސިގަނޑަށް ވަރަށް ބޮޑެތި ބަދަލްތައް އައިސްފައިވެއެވެ. އެމީހާ އައި ސީޔީއަށް ވެއްދުމަށްފަހު ޔުއާން ދިޔައީ އޭނާއަށް ހާއްސަ ކުރެވިފައިވާ ކޮތަރިއަށެވެ. އިސާހިތަކު އަނެއްކާވެސް އެތަން އެއްކޮއް ހިމޭން ވެއްޖެއެވެ.

މައިލީން އަނެއްކާވެސް މޭޒުގައި ބޯ އަޅައިލީ ބޮލުގައި ރިއްސާވަރުންނެވެ. “ތި ކަހަލަ މީހުން ނަށް ވަޒީފާއަކު ނޫޅެވޭނެ. އަންނަ ގޮތަށް ނިދިގެން ވެއްޓިފައި ތިބޭ މީހުންނަށް މި ހޮސްޕިޓަލް އަކު ވަޒީފާ އެއް ނުހުންނާނެ” އިވުނު ޔުއާން ގެ އަޑާއެކު މައިލީން އަނެއްކާވެސް ސިއްސައިގެން ގޮސް ބަލައިލިއެވެ. އޭނާ ތެދުވިއެވެ. އަދި އަނެއްކާވެސް ޔުއާން އާ ދިމާލަށް ބަލާލިއެވެ. ދެން ޔުއާން ބުނި ޖުމްލައިން އޭނާ އަށް ޔުއާން އާ ދިމާލަށް ޝަހާދަލް އިނގިލި ދިއްކޮއްލިއެވެ.

“ހެހެ…އަގެއްވެސް ނެތް ކަންނޭގެ ދޯ މިހާރު… މީހާގެ އަބުރާ އިއްޒަތް ވެސް ރައްކާތެރިކުރަން އެނގޭކަމާމެދު ޝައްކު” ޔުއާން ގަސްތުގައި މައިލީން ލަދު ގަންނުވާލީއެވެ.

“ސަމްވަން ލައިކް ޔޫ ޑަޒްނޮޓް ޑިޒާވް ޓްބީ އަ ޑޮކްޓާރ” މައިލީން ބުނެލިއެވެ. “އައި ވިޝް އައި ޑޯންޓް ހޭވް ޓް ސީޔޫ އެވަރ” މައިލީން އަނެއްކާވެސް ބުނެލިއެވެ. ޔުއާން ގެ ތުންފަތް މަތީގައިވި މަލާމާތުގެ ހިނިތުންވުމް އޭނާގެ ހިތަށް ތަދު ކުރުވައިފިއެވެ. ކެތްކުރެވެނީ ވަރަށް ހާލުންނެވެ. އެހެން ނަމަވެސް ދެވަނަ ފަހަރަށް އޭނާގެ ކުރިމަތީގައި ރޯކަށް މައިލީން ބޭނުމެއްނުވެއެވެ.

އޭނާ ވޮޝްރޫމް އާ ދިމާލަށް ދުއްވައިގަތެވެ. އެހެންނަމަވެސް ހުޝިޔުރު ކަމާއެކު ޔުއާން އޭނާ ހިފެއްޓިއެވެ. އަދި ކައިރި ކޮއްލިއެވެ. ދެން އަތުގައި ހިފާފައި މިސްރާބުޖެހީ ޔުއާން އަށް ހާއްސަ ރޫމް އާ ދިމާލަށެވެ.

ކޮޓަރި ތެރެއަށް މައިލީން ކޮއްޕާލުމަށްފަހު އޭނާ ދޮރު ތަޅުލިއެވެ. ތަޅުން ގަނޑަށް ވެއްޓުނު މައިލީން ތެދުވިއެވެ. ނުކުންނަށް ވެގެން ދޮރާ ދިމާލަށް ދާން އަނެއްކާވެސް މައިލީން ހިނގައިގަތެވެ. އެހެން ނަމަވެސް މިފަހަރުވެސް ހުޝިއާރު ކަމާއެކު ޔުއާން އޭނާ ހިފެއްޓިއެވެ. ދެން މައިލީން އާ ދިމާލަސް މަޑުމަޑުން ފިޔަވަޅު އަޅަމުން ދިޔައެވެ. ހަނދާނެގޮތެއް ނޭގި މައިލީން ފަހަތަށް ޖެހެމުން ދިޔައެވެ.

ކުއްލިއަކަށް ޔުއާން މައިލީން ގެންގޮސް ފާރާ ފިއްތާލާ ކުރި ކަމަކުން މައިލީންގެ ލޮލުން ކަރުނަތަށް ފައިބައިގެންފިއެވެ. އޭނާ ޔުއާން ކޮއްޕާލަން އެތައް މަސައްކަތެއް ކުރިއެވެ. އެހެންނަމަވެސް ޔުއާން އޭނާއަށް ވުރެ ބާރު ގަދައެވެ. ޔުއާން ގެ ހިތް ފުރޭވަރު ވުމުން އޭނާ މައިލީން ދޫކޮއްލިއެވެ. އެވަގުތު ޔުއާން ގެ ފޯން ރިންގް ވިއެވެ.

“ސޭމް އޭޒް ބިފޯ” ޔުއާން ބުނެލިއެވެ. އޭރު ޖެހި ބުދެއްހެން ހުއްޓިފައި ހުރި މައިލީން ގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަނީއެވެ.

“ޔެސް ބޭބީ” ޔުއާން ފޯން ނަގާފައި ބުނެލި ޖުމްލައިން މައިލީން ސިހިއްޖެއެވެ. ޔުއާން މީހަކާ އިނީ ހެއްޔެވެ. އޭނާ މަތިން އެއްވެސް ވަރަކަށް ޔުއާން ހަނދާން ނެތީހެއްޔެވެ. މައިލީން ގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުންދިޔައެވެ.

” ސީ… އަދިވެސް ބޭނުންވޭދޯ. ކޮބާތަ ހަޒްބެންޑް. އަހަރެން މީހަކަ އިނދެފިން” ޔުއާން އަސަރެއް ނެތް ގޮތަކަށް ބުނެލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ތިޔައީ މަގޭ އުފަލަކީ 5

Next

ނޫރު (އަށާރަވަނަ ބައި)

Next
December 31, 2017

ނޫރު (އަށާރަވަނަ ބައި)

Previews
December 31, 2017

ތިޔައީ މަގޭ އުފަލަކީ 5

34 Comments!

  1. Kiyaa says:
    December 31, 2017 at 1:23 pm

    Wow
    Me 1 st dhw

    1. Hi Mi says:
      December 31, 2017 at 1:27 pm

      Yes… ??? keep reading…

    2. Hi Mi says:
      December 31, 2017 at 1:32 pm

      Congrats ur first. ?

  2. Hi Mi says:
    December 31, 2017 at 1:24 pm

    Here is the 2nd part guys… fo read and make a comment. This part is longer than the other part. As a new year gift… ???

  3. Unaal says:
    December 31, 2017 at 1:56 pm

    Mi vrh reethi vaahaka eh.. Alhey hama aslu mivaaahka vrh reethi vejje

  4. Zuam says:
    December 31, 2017 at 2:08 pm

    Wow….. varah varah reethi….❤❤❤❤❤❤ waiting……

  5. Mal says:
    December 31, 2017 at 2:22 pm

    Salhi story eh
    When is the next part??
    Waiting

  6. Pinky shifoo says:
    December 31, 2017 at 2:36 pm

    Woww.. It’s amazing… Haadhahaaa reehchey… Thank you so much mikahala gifte dhinyma.. Hehehe.. Waiting for next part..

    1. Hi Mi says:
      January 1, 2018 at 12:27 pm

      Hehe. pinky shifoo thankyou… ☺

  7. Black beauty says:
    December 31, 2017 at 2:47 pm

    Varah nice?keep it up

    1. Black beauty says:
      January 1, 2018 at 11:47 am

      V haalun mi vaahaka mikee .. alhefahe miahvure dhula faseyha nan thakeh beynun kurevidhaanetha? Anheneh kameh firiheneh kamehvess vakivanee ehnun viyya. Mivess dhen varah vaahaka

  8. Shai says:
    December 31, 2017 at 3:19 pm

    Varah reethi.

  9. Nees says:
    December 31, 2017 at 3:28 pm

    Wow! Mi partves vvv salhi.. waiting 4 d next part.. welldone Hi Mi .. ?❤??

  10. Siya says:
    December 31, 2017 at 5:04 pm

    V v salhi.thanks dhiguveema uaan v goas dh i

  11. ?Ivy? says:
    December 31, 2017 at 5:27 pm

    Wow varh nice ?
    whn nxt part???

  12. Roya says:
    December 31, 2017 at 5:43 pm

    Yes… vrh vrh reethi.mi part ves …. mi vhk vrh reethi.vaane hem vex heevey….

  13. Anaa says:
    December 31, 2017 at 5:51 pm

    V salhi ❤️❤️

  14. Anaa says:
    December 31, 2017 at 5:59 pm

    Next part dhen koniraku

  15. 393 says:
    December 31, 2017 at 6:17 pm

    Mistake ebahuri..like ‘ge ah vadhune’ aslu innaany ‘ ge ah vane’ dhww..anyway vv rythi mi story..keep it up ..

    1. Hi Mi says:
      December 31, 2017 at 10:11 pm

      Thankyou…

  16. Shaantey says:
    December 31, 2017 at 7:25 pm

    ??? w

  17. im says:
    December 31, 2017 at 7:49 pm

    Next part konirakun????
    Mistake ebahuri
    Anyway vv salhi mi stroy

  18. Naaanu says:
    December 31, 2017 at 7:54 pm

    V rythi vaahakeh.. Interesting…

  19. Maa says:
    December 31, 2017 at 8:37 pm

    V nice ingey….Keep improving…. daily koh up kuraathi ingey

  20. Hi Mi says:
    December 31, 2017 at 10:14 pm

    Sorry everybody. I couldnt reply to all ur comments individually. But really thankyou for ur comments. Will try to improve this story. And will upload the next part tomorw. IN SHA ALLAH

    1. Zuam says:
      January 1, 2018 at 5:50 am

      Waiting….

  21. Hafeez says:
    December 31, 2017 at 10:49 pm

    V Nice. Waiting for tomorw

  22. starfish says:
    January 1, 2018 at 12:30 am

    mivaahaka v reethi

  23. Rsy says:
    January 1, 2018 at 1:19 am

    baeh bus bus kiyan varah undhagoo gothakah liyefa hurey.

  24. Saeedha Mohamed says:
    January 1, 2018 at 7:16 am

    Mivaaha vvvv reethi

  25. Zif says:
    January 1, 2018 at 8:39 am

    V reethi story eh…avahah up kohladheythi …

  26. Rsh says:
    January 1, 2018 at 3:58 pm

    V Reethi

  27. laya says:
    January 1, 2018 at 4:45 pm

    kobatha next part waiting…. ..

    1. Hi Mi says:
      January 1, 2018 at 4:58 pm

      Next part up kuram fonuvaafa v pending ga ini.

Comments are closed.

Next Episodeހިތާ ފުރާނައިން… (3)←


All Right Reserved!