ނޭންގިހިތޭ ގެންދެވީމަ މިތުރާ… (10)
ފަރޫން ހައިރާންވެފައި ބަލާލިއިރު އިބާ ވިހަ ހިނުތުން ވުމަކާއެކު ފަރޫންއަށް ބަލާލަން އިނެވެ. އޭރުވެސް އަލޫކް އާއި އިބާ ތިބީ އަތުގުޅާލައިގެންނެވެ. ފެނުނު މަންޒަރާއެކު ފަރޫންގެ މޫޑް ހަރާބްވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަލޫކްއާއި އިބާއާއި އޮތީ ކޮންގުޅުމެއްތޯ ބަލަން ހިތުގައި ޝައުގުވެރިކަން އުފެދުނެވެ. ނަމަވެސް ގުޅާގުޅާ އަލޫކް ފޯނަށް ޖަވާބެއްނުދެއެވެ.
******
ރަނގަޅަށް ނުނިދުމުގެ ސަބަބުން ލޫޔާގެ ބޮލުގައި ރިއްސާފައި ހުރިނަމަވެސް ތެދުވެ ފަތިސްނަމާދުކޮށްލައިގެން ކަހަފް ސޫރަތްކިޔަވާލީ ކޮންމެހުކުރި ދުވަހެއްގައިވެސް އެކަން އެގޮތަށް ކުރުމަށް އާދަވެފައިވާތީއެވެ. ނަމަވެސް އެހެންދުވަސްތަކާއި ހިލާފަށް މިއަދު ލޫޔާގެ ހިތުގައި ނޭންގޭ ނުތަނަވަސްކަމެއް އުފެދިފައި ވެއެވެ. އާދަޔާހިލާފަށް މާބޮޑަށް އަލޫކް ހަނދާންވަނީއެވެ. ކިތަންމެ ގަބޫލުކުރަން އުނދަގޫނަމަވެސް ލޫޔާގެ ހިތުގައި އަލޫކްގެ ސޫރަވަނީ ބިންވަޅުނެގިފައެވެ. ނަމަވެސް ހުރިހާ ހިޔާލުތަކާއި ދުރުވެލުމަށް ލޫޔާއަވަހަށް ކޮޓަރިން ނިކުމެ ސިޓިންގް ރޫމް ސޯފާގައި އިށީންދެލީ އަލީއާއި އަރުޝަދު ތެދުވާނެއިރެއްގެ އިންތިޒާރުވައެވެ. އެވަގުތު އެކަނި އިންނަންވުމުން ލޫޔާ މޭޒުމަތީގައި އޮތް ރިމޯޓްނަގާ ޓީވީ ހުޅުވާލުމާއެކު އަންނަމުން ދިޔަ ލަވައިގެތެރެއަށް މީހާ ގޮސްހުސްވިފަދައެވެ. ލަވައިން އެވަގުތު ލޫޔާއަށް ސިފަވީ އަލޫކްއާއެކުގައި އޭނާއުޅޭތަނެވެ.
** ހިތްކެނޑޭނޭހެ ތާކުދާކޮންމެ ލިޔެވޭ ތިނަން، ހައިރާންވެޔޭ ހައިރާންވެޔޭ..
ހޯއޯ ހިތްކެނޑޭނޭހެ ތާކުދާކޮންމެ ލިޔެވިފާވޭ އެނަން.. ހައިރާންވެޔޭ ހައިރާންވެޔޭ..
ވާލޯބިނޭންގެންޏާ ހިތްނަގައިގެން ބަލާށޭ އަމޭ..
ނޭންގިހިތޭ ގެންދެވީމަ ލޯބިން.. މިތުރާ ނުނިދޭ ހަނދުމަވަނީ.. **
ކޮޓަރިން ނިކުތް އަރުޝަދުއަށް ލަވައިގެތެރެއަށް ގެއްލިފައި އިން ލޫޔާފެނުމާއެކު އަލީއަށް ގޮވާލާފައި ގެނެސް އެމަންޒަރު ދައްކާލިއެވެ. އެއާއެކު ކުއްލިއަކަަށް އަލީވަނީ ކޮޓަރިއަށެވެ. އަދި އަތަށް އިލޮއްޓެއްލައިގެން ނިކުތެވެ. އަދި މަޑުމަޑުން އައިސް ލޫޔާގެ ފުރަގަހުގައި ހުއްޓިލުމަށްފަހު އިލޮށީގެކުރި މަޑުމަޑުން ލޫޔާފެ ކަނފަތުގައި ހާކާލިއެވެ. ސިއްސައިގެން ގޮސް ކަންފަތުގެ ބައްފަޅައިގެން ދާވަރަށް ތޫލިއަޑަކުން ލޫޔާ ހަޅޭހަވައިގަތީ އިންތަނުން ތެދުވުމާއެކު ފުމެމުން ކަހަަލަގޮތަކަށެވެ. އޭރު އަލީއާއި އާއި އަރުޝަދު ހިންޏާވެގެން ގުދުއަޅައިގެން ތިބީ ބަނޑުގައި އަތްއަޅައިގެންނެވެ.
” ހޫމް ޔަގީނޭ މީ މިއަލީ ކަންތަށްކަން.. އެއޮއްރީތިލަވައޭ އެނިމުނީ.. ” ލޫޔާ ތުންއަނބުރާލާފައި އެހެން ބުނުމާއެކު އަލީ ހަމައެގޮތަށް ތުން އަނބުރާލުމުން ލޫޔާއަށްވެސް ނުހީނުހުރެވުނެވެ. ” ބުނަންތަ ކަނބުލޯ ތިވަރަކަށްްމީހަކު އިޝްގްގަ ޖެހޭނީ.. އަހަރެމެން ހީކުރީ މިހާރު ލޫވެސް ހުންނާނީ ފަރޫންއާއި އޮތްއެގުޅުން އެއްކޮށް ހަނދާން ނައްތާލައިގެންކަމަށް .. އެކަމަކު މިއަދު އިނގިޖެއް އަދިވެސް ހަމަ އެސީރީނު ފަރުހާދުބަލިގަނޑު ނުފިލާކަން.. ހާސްނުވޭ.. މެންދުރުފަހު އައީމަ ބުނާނަން މަޖުނޫނުގެ ލައިލާއެބައިނޭ އަދިވެސް ހަނދާންނުފިލާފަ އަވަހަށް އަލުން އެކަން ކުރާށޭ.. ” އަލީއަށް ލޫޔާގެ ހިތުގައިވަނީ އަލޫކްކަން ނޭންގޭހާލު ލޫޔާއާއި ދިމާކުރަމުން ދިޔައެވެ. އަރުޝަދުއަށްވެސް ގަބޫލުކުރަން ދަތިނަމަވެސް ލޫޔާއިންގޮތް ފެނުމުން އަލީއާއި އެއްބައިވެ ދިމާކުރަމުން ގެންދިޔަ ނަމަވެސް ލޫޔާ އަޅާނުލާ ހީލަހީލާ އިނެވެ. އެއިންމީހަކަށް ލޫޔާގެ ހިތުގައިވީ ކާކުގެ ސޫރައެއްކަން ނޭންގޭކަމަށްޓަކާ މިއަދު ލޫޔާ ޝުކުރުވެރިވެއެވެ. އެހެންނޫންނަމަ ދިމާކުރާވަރުން މިހާރަށްވުރެ ހާލުބޮޑުވާނެއެވެ. ނަމަވެސް ކުރިމަތިވަމުން އަންނަތޫފާނުގެ ކިރިޔާވެސް ހިލަމެއްވާނަމަ މިއަދު އެހެން ހެވިފައި ހުވަފެނީ ދުނިޔެއެއްގައި ލޫޔާ ނުއިނީސްކަން ޔަގީނެވެ.
އަލޫކްއަށް އެތަށް ފަހަރަކު ގުޅުމަށްފަހު ޖަވާބެއްނުލިބުމުން ހުކުރުވަގުތު ކައިރިވުމާއެކު ފަރޫން އަވަސްކޮށްލައިގެން ނިކުމެ މިސްކިތާދިމާއަށް މިސްރާބުޖެހީ ކޮންމެ ހުކުރަކުވެސް އެގާރަގަޑި ބަޔަށް އަލޫކް މިސްކިތަށް ދާތީ އެހަނދާންވުމުންނެވެ. އޭރު އެގާރަގަޑި ބައިވެފައިވުމުން ޔަގީނުންވެސް މިސްކިތުން އަލޫކްއާއި ދިމާވާނެކަން ފަރޫންއަށް އިނގެއެވެ.މިސްކިތަށް ވަދެކޮޅުކޮޅުމައްޗަށް ނަޒަރު ހިންގާލުމާއެކު ތަނބެއްގައި ލެނގިގެން ހަތިމް ހިފައިގެން އިން އަލޫކް ފެނުމާއެކު ފަރޫން އަވަހަށް ހަތިމެއްހިފައިގެން ގޮސް އަލޫކް ކައިރީގައި އިށީންދެކިޔަވަންފެށިއެވެ. ނަމަވެސް އަލޫކްއަށް ފަރޫން ފެނުނީ މެންދުރުގެ ބަނގިގޮވުމުން ހަތިމް ބާއްވަން ތެދުވި ވަގުތުގައެވެ. އެކުވެރިޔާއަށް އަންނަމުންދިޔަ ހެޔޮބަދަލްތަށް ފެނި އަލޫކްއަށް ހިނިތުން ވެވުނެވެ.******
މިސްކިތުން ނިކުތުމާއެކު ފަރޫން އަލޫކް ކައިރީ ދޭއްޖަހާިއރު ފުރަންޖެހޭތީ އޭނައާއެކު ގެއަށް ކާން އައުމަށް ދައުވަތުދިނީ ހިތުގައި އުތުރިއަރަމުންދާ ސުވާލުތަކުގެ ޖަވާބުބޭނުންވެފައި ހުރިވަރުން ފޯނުނުނަގަނީ ކީއްވެތޯވެސް އަހާނުލައެވެ. އަލޫކްވެސް އެއްވެސް އުޒުރެއްދެއްކުމެއްނެތި ފަރޫން އާއެކުގައި ހިގައިގަތް ނަމަވެސް ” ސޮރީ އިނގޭ އަސްލު ފޯނު ފެނުނީ މިސްކިތަށް އަންނަންވެގެން ބަލާލިވަގުތު އެހެންވެ ޖަވާބުނިދެވުނީ..” އަލޫކް ބުނެލިއެވެ.
“ލޫކް.. މިއަދު ކިހާއިރަކުހޭލީ..” ކައިނިމިގެން އައިސް ސޯފާގައި ޖައްސާލަމުން ފަރޫން އަހާލިއެވެ. ” ފަތިސްނަމާދަށް ހޭލީ.. އަނެއްކާ.ކިހިނެއްވީ.. އަދިވެސް ފޯނަށް ޖަވާބުނުދެވުނީމަތަ ތިއުޅެނީ.. ސޮރީއޭ.. ދެން އެެެނެއްނުވާނެ.. އަސްލު ހޭލިއިރުވެސް ބޮލުގަ ރިުންހުރީމަ ފޯނާވެގެން ނޫޅެވުނީ އެކަމަކު ބޭރަށްނިކުމެލިން.. އިނގޭތަ.. އަހަރެން އެބަވިސްނަން ވަރަށް އަވަހަށް މެރީކުރަން.. ” ހުރިހާ ވާހަކައެއް ދެއްކުމަށްފަހު އެންމެފަހުން ބުނެލިޖުމްލަޔާއެކު ފަރޫންގެ މެޔަށް ނުބައިގޮތެއްވެގެން ދިޔައެވެ. ” އަނެއްކާ އެނަސީބުވެރިޔަކީކާކުބާ.. ” ނޫންކަމަށް ހަދާލާފައި ފަރޫން އަހާލީ އަލޫކްގެ އަނގައިން ބުނުވާށެވެ. “އެއީދޯ.. ހެހެ.. އެއީ ފަރޫންއަށްވެސް އިނގޭ ފަރޫންގެެސް ރައްޓެއްސެއް.. އިބާ.. ” އަލޫކް އެހެން ބުނުމާއެކު ފަރޫންއަށް “އަލޫކް މޮޔަވީހޭ “ބުނެލެވުނީ ތަންކޮޅެއްބާރަށެވެ. ނަމަވެސް ހަމަ ވަގުތުން މާފަށްއެދިފައި އެއީކީއްވެގެން ކިހިނެއްހިނގިކަމެއްތޯ ފަރޫން އަހާލީ އެކުވެރިޔާއާމެދުގައި ހަމްދަރުދީ ވެފައިވާ ހާލުގައެވެ. “އޭ ތިވާހަކައެއްނޫނޭ. މިހާރުއެހެރަގެން ދޭއްޖަހަން ފަނަޔަށްވީ.. ހިނގާ އަވަހަށް ފެރީއާދިމާއަށްދާން.. ގަޑިއަށް ފެރީފުރާނެ.. ދެން ފަރޫން އައީމަ އެވާހަކަ ދައްކާނީދޯ.. ” އަލޫކް އެެެހެން ބުނުމާއެކު ފަރޫންވެސް ގަޑިބަލާލާފައި އެގޮތަށް އެއްބަސްވެ ތެދުވީ ވަގުތު ކުޑަތަން ވެފައިވާތީއެެވެ.
އިބާ އަލޫކްއާއި ބައްދަލްކުރަން ދިޔައީ ރަސްފަނުގެ ހިތްގައިމު މާހައުލަށެވެ. ހަވީރުވެފައި ވުމުން އެތަނުގައި ހަވީރު ފިންޏަށް އައިސްތިބި ކުދިބޮޑު އެތަށްބަޔަކު ހޭލަމޭލަވެ އުޅެމުންދިޔައެވެ. އެވަގުތު އަނބިމީހާއާއި ދަރިފުޅުގޮވައިގެން ރަސްފަންނަށް އައި ހުމާމްއަށް އިބާ ފެނުމުން ހައިރާންވީ ކައިރީގައިހުރީ ފަރޫން ނޫންކަން އެނގުމުންނެވެ. ނަމަވެސް އެއީ ފަރޫންއާއި އެކުގައި އަބަދުހެން ފެންނަމޫނެއްކަން ހުމާމްއަށް ދެވަނަ ސިކިންތުގައި ވިސްނުނު ނަމަވެސް އެތަނަށް އައީ ހުމާމްގެ އާއިލާގޮވައިގެން ކަމުގައިވާތީ އިބާގެ ފަހަތުން ދާންއުޅެފަވެސް އެހިޔާލު ބަދަލްކޮއްލިއެވެ. ނަމަވެސް އިރއިރުކޮޅާ ހުމާމްއަށް އެދިމާ ބަލާލެވެއެެެ. ފަހަރެއްގައި އިބާގެއަށް ކަމުދާކުއްޖަކީ އޭނަކަމުގައި ވެގެން ފަރޫންކައިރީ ބުނެގެން އެކަންކުރީ ކަމަށްވެސް ވެދާނޭ ހުމާމްގެ ހިތްބުނުމުން މާބޮޑަށް އެދިމާއަށް ނުބަލާ އެހެން ދިމާއަކަށް އަވަހަށް ދިޔައެވެ.
ނިލަންދުއަށްދެވުން އިރު އަލޫކް ގުޅާފައި ބުނެފައި އޮތުމުން ފަރޫންއަށް މަރުހަބާކިއަން ޝަކީބްއާއި ނާދިޔާ އައިސްތިބުން ފަރޫން ވަރަށް އުފާވިއެެވެ. ގެއަށް ގޮސް ތާަޒާވެލައިގެން ނިކުތްއިރު އަރުޝަދުއާއި އަލީގެ އިތުރުން ލޫޔާވެސް އައިސްހުރުމުން ފަރޫން އިތުރަށް އުފާވިއެވެ. ނަމަވެސް ހިތުގައި އުފެދެމުންދިޔަ ހާޖާނުގަނޑަކަަށް ކުޑަވެސް ބަދަލެއްނާދެއެވެ. އަލޫކް އިބާ އާއި އުޅެންފެށީ ކޮންއިރަކުތޯ އާއި އެދެމީހުން ގުޅުނީ ކޮންއިރަކުތޯ ބަލަން ފަރޫން ހުރީ ކެތްމަދުވެފައެވެ. ނަމަވެސް ލޫޔާއާއިވެސް އެވާހަކަ އަދި ހިއްސާކުރަން ފަރޫން ބޭނުންނުވީ އިތުރުހެޑޭކެއް ލޫޔާއަށް ނުޖައްސަންވެގެންނެވެ. ލޫޔާއަށް ފަރޫންގެ މޫނުމަތީން ނުތަނަވަސްކަން ފެނުމުން އެސުވާލު ކުރުމުންވެސް ފަރޫން ލޫޔާކައިރީގައިބުނީ އެއީ އަލަށް ރަށަކަށް އައީމަ ވާގޮތެއްކަމުގައެވެ.
މިރޭންން ބޭރަށްދާން ބަލާއަންނާނެ ކަމަށްބުނެފައި އަލީމެން ދިއުމުން ފަރޫންވެސް ގޭތެރެއަށްވަނީ ފޯނަށްބަލަމުން މަޑުމަޑުން އަނގައިން ހޫމް އަޅުވަމުންނެވެ. ނަމަވެސް އެވަގުތު ދުވެލި މީރުސެންޓްވަހަކުން ފަރޫންއަށް ބޭއިހްތިޔާރުގައި ބަލާލެވުން އިރު ފަރިޕަރީއެއްފަދަ ރީތިކުއްޖަކު ކުރިމަތީގައި ހުއްޓެވެ. ކަޅިޖަހާލަން ނޭންގިފައި ފަރޫން ބަލަން އިންއިރު އެކުއްޖާ އެންމެފަހަރަކުވެސް ފަރޫންއަށް ބަލާވެސް ނުލާ ނިކުމެގެން ދިއުމުން ފަރޫންގެ ހިތަށް އުނދަގޫވިއެވެ. ” ދަރިފުޅާ އަލްޔާ.. އަދި ދިރިޕަކެޓެއްވެސް.. ” ގޭތެރެއިން އަވަސްއަރުވާލާފައި ނިކުތް ނާދިޔާ ގިވާލާފައި އެހެން ބުނުމާއެކު ” ލައްބަ މަންމާއޭ” ކިޔާފައި އަލްޔާ ބާރަށްދިޔައީ ބަންގިގޮވަން ކައިރިވެފައިހުރުމުން އަވަސްކޮށްލާށެވެ. އެވަގުތު އާދަޔާހިލާފް ފިނިކަމެއް ފަރޫންގެ ހިތަށް ލިބިގެން ދިޔައީ އަލްޔާގެ އެފަރިއަޑްއައިސް ކަންފަތުގައި ޖެހުމުންނެވެ. “އަލްޔާ.. ނަމާ އެއްވަރަށް ތިސޫރަވެސް އެހާރީތި ..” ފަރޫން ހިތާހިތާ ކިޔާލިއެެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.






Salaam .. reyga layaa type kohninmaafa upkuran ulhenikoh wifi ge masaalajehuneema up kohnulevun ? Bt miaharu rangalhuvefa ineema mi avahah up kohlee .. unmeedhukuran mibaives kamudhaane kamah .. baahjaveri hendhunakah edhen..love u all
oh wow mash a Allah.
Thank you dear aisha? ?
Thanks dear story up kohlaafa inyma❤ Alhe e oh v gotheh story ga layaa.. alook n ibaa??!! ?Vrh foohi e iba name fenunas?? kihinakun baa dhn vaany.. hureveny ehnoon aneh part kiyaalaa hithun… next part vx avahah upload kohlahchey?waiting.. best of luck❤❤
Hehe dhen hama ehaa rulhi ardheytha ibaa dheke.? Haha btw dhen vaahotheh vess balamaa hingaadhw .. insha allah mireyn dhen upkohladheynan .. layaa rangalhuviyass rashutherey mihaaru ulhey viral geyga adhivess nufilaa ehenve time! Nuvey midhanee unmeedhukuran understand vaanekamah .. thank you dear ingey sham dhoonyaa.. ???
Mi part vx hama awesome… Varah varah reethi… Waiting for next part
Thank you shifu dhooni ??
Wow vvv salhi.miadhu adhi Eh part upkohladheebala plx plx????
Thank you dear zee. ?? insha allah mirey upkohladheynan ingey?
Wow….??❤ alook e ulheny e ibaa ah rangalhu landeh dheyn dhw?? nikan eyna rohvaalaba mulhi thanuga fenbodu kuraa varah??? faroon n alyaa ???? gulhey vrh … anyways story habeys… waiting for the next part ??❤❤❤❤???
Alhey ekamakuvaadhw ibaa kiyaakudhinah anehkka hurihaavareh nubaalaathi ? and thank you dear jumakko ? ly ?
Heheh. . Adhi noolhe juma dhanna kujjeh ibaa kiyaa kujjeh ?? ehnveema ok ehnu…. n welcome sis? love u more???
Alook and iba e gulhuny and gonna to marry…?anyways dhn vaany kihinehbbaey hithah arany…mi partvs vvv reethi and waiting for the next part…???❤?
Hehe shafa dhen vaagotheh vess balamaa dhw ? btw thank you dear ??
Thank u dear.2 part upload kuryma.hahaha.
Stry hama vvvv salhi.
Waiting 4 next part.
Have a great day.???
Aww thank you dear friends ??
Nice
Thank you dear Rsh??
hii layaa.
hope u r doing great 🙂
vvvv reethi mi partvx..
waiting for nxt part..
loves 🙂
hehehe
anyways, i’m so curious to know that how did u find out about me ???? reply plx 😉
Hehe alhey aiminabee dhen dhw .. ? let’s talk then i will tell u all the things .. ingey.. btw thank you dear ??ly bigg koh
Hahaha??
Okay. Can u give ur email?
Iba Alook ah sihuru hedhy dhw… Story is awesome… ???
Alhe layaa next part up vithw belijje mihaar 20 sakah faharu???
Btw vvvvvvvvvvv salhi
alhey mi moya handi iba look ah fanditha hadhai gen eche kaan dhiniki noonba? alook eyna fenifa ves mood off v meeha eynaya marry kuranshey buni ma shocked. plz laya alook and luya gulhuvachey, ibaa gandu fonuva guraidhu ah. waiting for the next part
Plx layaa alook nd ibaa marry kuriyas nudhehchey… nxt part plx avas khladheeba..