ހާމަ ކުރީމާ ލޯބި މަވާކަން 5
އިބާންއެއް ނޭވާއިން ޖޫސްތަށި ބޮއިލުމައްފަހު އަދި ޖޫސްތައްޓެއް ލިބިދާނެހޭ އެލައިޝާ ކައިރީގައި ބުނެލިއެވެ.އެލައިޝާ ހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. މިއީ ހަމަ އޭނާއާއި އަބަދު ދިމާކުރާ އިބާން ހެއްޔެވެ.އޭނާއަށް ލަނޑެއް ދިނީމަވެސް އެއިންނަނީ އެކައްޗެކޭވެސް ނުކިޔައެވެ.އެލައިޝާ އެއްޗެކޭ ނުބުނެ ބަލަން ހުރުމުން އިބާން އެތަނުން ތެދުވެގެން ދިޔައެވެ.
އިބާން ދިޔަގޮތަށްގޮސް ވަނީ އޭނާއާއި ޒެވިޔަން ހުންނަ ކޮޓަރިއަށެވެ. ކޮޓަރީ ތަޅުލުމައްފަހު އޭނާ ބެލީ ކުޅިފިލުވައިލެވޭނެ އެއްޗެއް ފެނޭތޯއެވެ. ކޮޓަރި އެއްފުށުން އަނެއްފުށަށް ޖެހިއިރުވެސް އޭނާއަށް ކުޅިފިލުވައިލާނެ އެއްޗެއް ނުފެނުނެވެ. ފެންކޮޅެއްހާ މިންވަރުވެސްނެތެވެ.ކުޅިވެގެންގޮސް އަދިވެސް އެދެލޮލުން ފެންއެބައާދެއެވެ. އަތް މުއްކައްވާފައި ފާރުގައި ދެއަތުން ޖެހިއެވެ.އެއަށްފަހު ކޮޓަރިން ނިކުމެގެން މިސްރާބުޖެހީ ބަދިގެއާއި ދިމާއަށެވެ.
އެލައިޝާ ސައިބޮއެގެން ނިކުތީ ގެސްޓުހައުސްގައި ހަދާފައިވާ ބަގީޗާއަށެވެ. އެލައިޝާއަށް ވިސްނެނީ އިބާންއާއި ދޭތެރޭއެވެ. އެތައްއިރަކު ވިސްނަންހުރުމުންވެސް އިބާން އެގޮތަށް ކަންތައް ކުރި ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. އެހެންކަމުން އިތުރަށް ވިސްނަން ނުހުރެ އެތެރެއަށް ވަނީ މެންދުރު ކެއްކުމަށެވެ. އެލައިޝާއަކީ ގޭގައި އުޅޭއިރުވެސް އަމިއްލައަށް ކައްކައިގެން ކެއުމަށް ލޯބިކުރާ މީހެކެވެ.
ބަދިގޭ ދޮރާއި ހަމައަށް އެރުމުން ފެނުނު މަންޒަރަކުން އެލައިޝާއަށް ހައިރާންވެހުރެ ފާރާއި ނިވާވެވުނެވެ. އެއައްފަހު އެތެރެއަށް ބަލާލިއެވެ. އޭރު އިބާން ކަބަޑުތެރެ ހާވަނީއެވެ. އިބާންގެ ހަރަކާތްތަކަށް ސިއްރުން ބަލަންހުރި އެލައިޝާއަށް ފެނުނީ އިބާން ހަކުރުފުޅި ނެގިތަނެވެ. އޭރުވެސް އެދެލޮލޮން އެއްވެސް ހިފެހެއްޓުމެއްނެތި ފެން ފައިބަމުން ދިޔައެވެ. އޭނާއަށް ކުރެވުނު ކަންތަކާއި ދޭތެރޭ ފުރަތަމަ ފަހަރަށް ވިސްނައިލެވުނެވެ. އަދި އިބާންގެ ކިބައިން މާފައްއެެދެން ނިންމިއެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު އެލައިޝާ ބަދިގެއަށް ވަނެވެ.
މީހަކު ކަރުކެހިލި އަޑަށް ސިއްސައިގެންގޮސް އިބާން ދޮރުމައްޗަށް ބަލައިލިއިރު ހުރީ އޭނާ މިވަގުތު އެންމެ ދެކެން ބޭނުންނުވާ މީހާއެވެ. އެލައިޝާ ފެނުމާއެކު ހަކުރުފުޅި މޭޒުމަތީ ބެހެއްޓުމައްފަހު ނިކުންނަން ނިކުތީ އޭނާ އެލައިޝާއާއި ވާހަކަ ދައްކަން ބޭނުންނުވާތީއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެލައިޝާ އެގޮތަށް ކަންތައްކުރީ އޭނާއަށް ނަފްރަތު ކުރާތީއެވެ. އޭނާދެކެ އެހާ ރުޅި އަންނަ މީހަކާއި ވާހަކަ ދައްކާކަށް އޭނާ ބޭނުމެއްނުވެއެވެ. އިބާން ހުއްޓުނީ އެލައިޝާ އޭނާގެ އަތުގައި ހިފާލުމުންނެވެ. “އަހަންނަށް އެނގޭ އިބާންއަށް ހަމަ ރަގަނޅަށް އެނގޭކަން އެއީ އަހަރެން ގަސްދުގައި އިބާންއަށް ޖެއްސުމަށް ކުރި ކަމެއްކަން..އެކަމް އަހަންނަށް ނޭންގޭ އެއްޗަކީ އިބާން ތިގޮތަށް މަޑުންތިހުރި ސަބަބެއް..އަހަރެން އެވަރު ކުރުމުންވެސް ހަމަ ބުނާނެ އެއްޗެއް ނެތީތަ…ތިއީ އަހަރެން ގަސްދަކާއި ނުލައި ކޭކް ޖެހުމުން އަހަންނަށް ޖެއްސުންކޮށް އުދަނގޫކުރި މީހެއް..މިފަހަރު އަހަރެން ގަސްދުގައި ކަމެއް ކުރީމަ ކީއްވެ އެއްޗެކޭ ނުބުނެ ތިހުންނަނީ” އެލައިޝާ ބުނެލިއެވެ.
“އަހަރެން އެއްޗެކޭ ނުބުނުމުން އުފަލެއްނޫންތަ އަޅެ ވާންޖެހޭނީ..އަހަރެން އެއްޗެކޭ ބުންޏަސް ވަނީ ގޯހެއްނު..ކީއްވެތަ އެހާ ރުޅިއަންނަ މީހެއްގެ ގާތުގައި ހުރެގެން ތިޝަކުވާކުރަނީ..ލައިއަށް ހަމަ ރަގަނޅަށް އެނގޭނެ އަހަރެން ޖެއްސުންކޮށް ހެދީ މަޖަލަކަށްކަން..ރުޅިއަންނާތީ ނޫންކަން..އެކަމް ލައި އަހަރެން ދެކެ ރުޅިއަންނަވަރު މިއަދު އެނގިއްޖެ..އިރާދަކުރެއްވިއްޔާ ދެން އަހަރެން ދުވަހަކުވެސް ލައިއަށް ޖެއްސުމެއް ނުކުރާނަން..”އެލައިޝާގެ އަތް ނައްޓުވަމުން އިބާން ވާހަކަދެއްކިއެވެ. އަދި ސޮރީއޭ ބުނުމަށްފަހު ނިކުމެގެން ދިޔައެވެ. އެލައިޝާއަށް ހުރެވުނީ އިބާން ދިޔަ ދިމާލަށް ބަލަހައްޓައިގެންނެވެ. އިބާން އޭނާއަށް ލައިއޭ ކިޔައިގެން މުހާތަބުކުރުމުން ދުރުކަމެއް އިހުސާސްކުރެވުނެވެ.
ރޭގަނޑުގެ ވަގުތެވެ.އެލައިޝާމެން ތައްޔާރުވަމުން ދިޔައީ މެހެކް ބައްޕަގެ ރައްޓެއްސެއްގެ ދަރިއެއްގެ ކައިވެނީގެ ހަފްލާއަށްދާށެވެ. “ވާއު..ހާދަ ރީއްޗޭ ދޯ މަގޭ ބެސްޓީ..” އެލައިޝާ ރީތިވެ ނިމުމުން މެހެކް ތައުރީފުކޮއްލިއެވެ.އެލައިޝާ މެހެކްވެސްއޭ ބުނެ ފޯނުނެގީ ސެލްފީއެއް ނަގައިލުމަށެވެ. އެލައިޝާ މިރޭ ލައިގެން ހުރީ މަޑުފިޔާތޮށި ކުލައިގެ ފައިތިލައާއި ހަމައަށް އަރާ ދިގު ހެދުމެކެވެ. ހެދުމުގެ އަތްލާފައި ވަނީ ތުނި ލޭސް ފޮތިންނެވެ. މޫނުގައި ލުއި މޭކަޕެއް ކޮއްފައިވާއިރު އިސްތަށިގަނޑުވަނީ މައްޗަށް ނަގައި ހުޅިއެއްޖަހައިފައެވެ. މެހެކް ލައިފައިވަނީ ހަމަ އެގޮތަށް ފަހައިފައިވާ ވިލުނޫކުލައިގެ ހެދުމެކެވެ. އިސްތަށިގަނޑު ދޫކޮއްފައިވާއިރު މޫނުގައިވަނީ ގަދައަށް މޭކަޕް ކޮއްފައެވެ. އެލައިޝާއެކޭ އެއްގޮތަށް އޭނާވެސް ހުރީ ހައި ހީލްސްއަކަށް އަރައިގެންނެވެ. ދެމީހުން ރީތިވެގެން ނިކުތްއިރު އެމީހުންގެ އިންތިޒާރުގައި ޒެވިޔަންއާއި އިބާން ބޭރުގައި ހުއްޓެވެ.
ޒެވިޔަންއާއި އިބާންގެ ނަޒަރުވެސް ހުއްޓިފައިހުރީ ދޮރުން ނިކުމެގެން އަންނަ އެލައިޝާއަށެވެ. އިބާން އިސްޖަހައިލުމައްފަހު ދުރުބަލައިލީ އެލައިޝާގެ ނަޒަރުހުއްޓިފައިވަނީ ޒެވިޔަންއަށް ކަން އެނގޭތީއެވެ.އެލައިޝާ އައިސް ހުއްޓުނީ އެނާ އުއްމީދުކުރިގޮތަށް ޒެވިޔަންގެ ކުރިމަތީގައެވެ. އެލައިޝާ ޒެވިޔަންއަށް ތައުރީފުކޮއްލިއިރު މެހެކް އިބާން ކައިރިއަށް އައިސް އޭނާއަށް ތައުރީފުކޮއްލިއެވެ.
ހަތަރު މީހުން އެކުގައި ޕާޓީއަށް ދިޔަ މަގުމަތީގައިވެސް އެލައިޝާއާއި އިބާންއެއް އެކަކު އަނެކަކާއި ވާހަކައެއް ނުދައްކައެވެ. ނަމަވެސް ސިއްރު ބެލުންތައް އެކަކު އަނެކަކަށް އަމާޒުކުރަމުން ދިޔައެވެ.ބައެއް ފަހަރު އެލައިޝާ ބަލައިލާއިރު އިބާން ބަލަން ހުއްޓައި ފެނެއެވެ. އެފަދަ ކޮންމެ ފަހަރެއްގައި އޭނާ އިބާންއަށް ހިނިތުންވުމެއް ހަދިޔާކުރެއެވެ. އޭގެ ބަދަލުގައި އިބާން ބަލައިލަނީ އަނެއް ފަރާތެވެ. އެލައިޝާ ވިސްނަމުން ދިޔައީ އިބާން ކައިރިން މާފައް އެދޭނެ ގޮތަކާއިމެދު ގައެވެ. އަދި އޭނާ އިބާންއަށް ނަފްރަތު ނުކުރާކަން އަންގަން އޭނާ ބޭނުންވެއެވެ.
ޕާޓީތެރޭން އެލައިޝާ އެތައް ފަހަރަކު އިބާންއާއި ވާހަކަ ދައްކަން މަސައްކަތްކުރިއެވެ.އަދިވެސް އޭނާ އެމަސައްކަތްކުރަނީ އެކަން ކުރެވޭތޯއެވެ. ކޮންމެ ފަހަރަކުވެސް އިބާން އޭނާ ވާހަކަ ދައްކަ ދައްކަ ހުއްޓަ ދުރަށް ދަނީއެވެ.
އިބާން ހޯދަމުން ދަނިކޮއް އެލައިޝާއަށް ހުއްޓުންއެރީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. އޭރު އޭނާއާއި ފުރަގަސްދީގެން ހުރީ ޒެވިޔަންއެވެ. އޭނާގެ ގާތުގައި އެހުރީ އެމީހުން ސުކޫލުގައި އުޅުނުއިރު ޒެވިޔަން ފަހަތުން އުޅުނު ކިޔާރާއެވެ. ފުޅާ ހިނިތުންވުމަކާއިއެކު އޭނާ ޒެވިޔަންގެ އަތުގައި ހިފައިގެން ވާހަކަ ދައްކަންހުރި މަންޒަރު ބަލާކަށް އެލައިޝާއަކަށް ފަސޭހައެއްނުވިއެވެ.އިތުރަށް އެތަން ބަލަން ނުހުރެވިގެން ފަސްއެބުރި މޭގައި އަތްޖައްސާލިއެވެ. ދެލޮލުން ކަރުނަ އަންނަން އުޅޭހެން ހީވުމުން ތުންފަތުގައި ބާރަށް ދަތްއަޅައިލިއެވެ. އެތަނުން ދުރަށް ދާންއުޅުނު ވަގުތު
އޭނާއަށް ބަލަހައްޓައިގެން ހުރި އިބާން އޭނާއަށް ފެނުނެވެ..ނަމަވެސް އަޅައިނުލައި ބޭރަށްދާން ނިކުތީ ވާހަކަ ދައްކާ ހިތް ނެތީމައެވެ.
އެލައިޝާ ނިކުމެގެން ދިޔަތަން ބަލަން އިބާންއަށް ހުރެވުނީއެވެ.ލައި އަނެއްކާ ޒޭވްދެކެ ލޯބިވަނީ ހެއްޔެވެ. ހިތަށްއެރި އެއްޗަކުން އޭނާ އެލައިޝާގެ ފަހަތުން ދާން ހިނގައިގަތެވެ. އިބާން އެލައިޝާ ހޯދިއިރު އޭނާ ހުރީ ކައިރީގައި އިން ޕާކެއްގެ ތެރޭގައެވެ. ތަންކޮޅެއް ދުރުގައި އިބާން މަޑުކޮއްލީ އެލައިޝާ އުޅޭ ގޮތް ބަލައިލުމަށެވެ. ބެންޗެއްގައި އިށީނުމަށްފަހު އެލައިޝާ ދެލޯ ފުހެލިތަން އިބާންއަށް ވަރަށް ރީތިކޮށް ފެނުނެވެ.އިރުކޮޅަކު އޭނާ ރޮމުން ދިޔަ މަންޒަރު ބަލަން ހުރުމައްފަހު އެލައިޝާގެ ކައިރިއަށް ދިޔައެވެ.
އެލައިޝާ ކައިރީގައި އިށީނުމަށްފަހު އިބާން އޭނާއަށް ބަލައިލިއެވެ.އޭރު އެރީތި މޫނުވަނީ ރަތްވެފައެވެ. މީހަކު ކައިރީގައި ހުރިހެން ހީވެގެން ބަލައިލިއިރު އިބާން ފެނުމުން ލަދުން އަނެއް ފަރާތަށް އެބުރުނެވެ. އިބާން އޭނާގެ ޖީބުގައި އޮތް ރުމާކޮޅު ނެގުމަށްފަހު އެލައިޝާއަށް ދިއްކޮއްލިއެވެ. އެލައިޝާ އޭގައި ހިފާލަމުން ތޭންކްސްއޭ ބުނެލިއެވެ.
“އަހަރެން ސުވާލު ކުރަން ފަށަންވީތަ ނޫނީ އަހަރެން ސުވާލު ނުކުރަނިސް ކިޔާދޭންތަ ތިހުންނަނީ” އިބާން ބުނެލިއެވެ.ޖަވާބުގައި އެލައިޝާ ބުނެލީ އިބާންއަށް މިހާރު ނޭންގި ނުހުންނާނެ ކަމަށެވެ.”ހޫމް އަހަންނަށްް މި ހީވީީ ހަމަ ރަގަނޅަށް ތާ ދޯ..ވަރަށް ދުވަސް ވެއްޖެ ދޯ..ހަމަ ގައިމުވެސް ތީކީ އިއްޔެއަކު މިއަދަކު ވެގެން އުޅޭ ކަމެއްނޫން..ޔަގީން ދެއަހަރައްވުރެ ގިނަ ދުވަސް ވެދާނެކަން ދޯ..”
“ނޭންގެ މީ ކޮންއިރަކު ކިހިނެއްވީ ކަމެއް ކަމެއްވެސް..އިބާން ތިބުނިހެން ދެއަހަރަށްވުރެ ގިނަ ދުވަސް ވެދާނެކަން ލައިއައްވެސް އެނގެނީ..”އެލައިޝާ ބުނެލިއެވެ.”ޒޭވް ކައިރީ ބުނަންވީނު..ތިހެން ނުބުނެ ހުއްޓަ ތެޔޮ ނާށި ކާޅު
ޖަހައިގެންފާނެ އިނގޭ..” އިބާން ބުނެލީ މެހެކް ޒެވިޔަން ގާތުގައި ބުނާ ވާހަކަަައެވެ.
“އެއްވެސް ފައިދާއެއް ނުވާނެ..ލޯބިވާވަރު ހާމަކޮއްގެން އަހަރެން ޖެހޭނީ ލަދުގަންނަން..އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ..އެއެކުވެރިޔާ ގެއްލިދާކަށް ނޭދެން..”މާޔޫސްކަމާއިއެކު އެލައިޝާ ބުނެލިއެވެ.” ކިހިނެއް އިނގެނީ ޒޭވް ގެއްލޭނެކަމެއް..ހަމަ ނުގެއްލި މުޅި އުމުރަށް ލައިގެ މީހަކަށްވެސް ވެދާނެއެއްނު” އިބާން އެހެން ބުނުމުން އެލައިޝާ ބުނެލީ އެހެން ބުނީ އޭނާއަށް ޒެވިޔަން ލޯބިނުވާކަން އެނގޭތީ ކަމުގައެވެ.”ކިހިނެއް ތިހާ ޔަގީންކަމާއިއެކު ބުނަން އެނގުނީ..އަނެއްކާ ޒޭވް ކައިރީ ކުރިން އެވާހަކަ ދެއްކީތަ..”އިބާން ބުނެލިއެވެ.
“ނޫން..ލައި އެކަހަލަ ވާހަކައެއް އަދި ނުދައްކަން..ޒޭވް ހިތުއޮތް އެއްޗެއް ނޭނގުނުނަމަ ތިކަހަލަ ގަޅިކަމެއް އަހަންނަށް ކުރެވުނިސް ކަންނޭންގެ..ޒޭވް ދެކެނީ ހަމަ އެކަނި އެކުވެރިއެއްގެ ގޮތުގައި..”އެލައިޝާ އެހެން ބުނުމުން އިބާން ސުވާލުކުރީ އެލައިޝާއަށް އެކަން އެގުނު ގޮތަކާއިމެދުއެވެ.
“މީގެ ދެއަހަރު ކުރިން ލައި އަޑު އެހިން ޒޭވް މެހެކް ކައިރީގައި އެހެން ބުނަނިކޮށް..މެހެކް ހީކުރީ ކަންނޭންގޭ ޒޭވް ލައިދެކެ ލޯބިވެޔޭ..އެކަމް ލައި މީ ހަމަ އެކަނި އޭނަގެ ބެސްޓްފުރެންޑޯ..” އެލައިޝާ ބުނެލިއެވެ.”ލައިއަށް އަދި ޒޭވްއައްވުރެ ރަގަނޅު ބައިވެރިއަކު ލިބޭނެ..އެކަމް ވަރަށް އުދަނގޫވާނެ އިނގޭ..ޒޭވްހާ ރަގަނޅު މީހެއް އަހަންނެެއް ނުދެކެން އަދި..އެހެންވެ ކަންނޭންގެ އެހާ ފަސޭހައިން ތި ލޯބިވެވުނީ އޭނަދެކެ..”އިބާން ބުނެލިއެވެ.އިބާން ދެން ފެށީ ޖޯކު ކިޔާށެވެ. އެލައިޝާ ހެއްވާލެވޭތޯއެވެ. އިބާން އެކަން ކާމިޔާބުވެސް ކުރިއެވެ.
“ލައި އިބާންއަށް ނަފްރަތެއް ނުކުރަން އިނގޭ..އަހަރެން މިރުސްއެޅީ ހަމަ މަޖަލަކަށް…އެއްގޮތަކަށް ވެސް އިބާންއަށް ގެއްލުމެއްދޭކަށްނޫން..ހިޔެއް ނުކުރަން އިބާން އެހާ ރުޅި އަންނާނެކަމަކަށް..ސޮރީ..ވަރަށް ދެރަވި އިބާން ރުޅިއައީމަ..އެންޑު ވަރަށް އޮޑް އިނގޭ އިބާން ފުރަތަމަ ލައިއޭ ކިޔުމުން”ހަމަޔަކަށްެއެޅުމުން އެލައިޝާ ވާހަކަދެއްކިއެވެ.އިބާން ބުނީ އިބާންއަށްވެސް މާއަވަހަށް ރުޅިއާދެވުނީކަމަށެވެ.
ދެމީހުން އެބުރި ހޮޓެލަށް ދިޔައީ މެހެކް ގުޅުމުންނެވެ. އަބަދު ޒުވާބުކޮއް ހަދާ ދެމީހުން އެޕާކުން ނިކުމެ ދިޔައީ އެކުވެރިންގެ ގޮތުގައެވެ. އެލައިޝާގެ ހަޔާތުގެ އެންމެ ބޮޑު ސިއްރު އިބާންއާއި ހިއްސާކުރެވުމުން ހުރީ ހައިރާންވެފައެވެ.ހައިރާން ނުވާންވީ ކީއްވެ ހެއްޔެވެ. އިބާންއާއި ދިމާވިތާ އަދި ހަފްތާއެއްވެސް ނުވެއެވެ.މެހެކްއާއިއެކު އެތަށް އަހަރަކު އުޅެފައިވާއިރުވެސް އެލައިޝާއަށްވަނީ މެހެކް ގާތުގައި އެވާހަކަ ނުބުނެވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
28 Comments!
Comments are closed.



Hello everyone..
Here is the fifth part of the story.. Mistakes bunedhehchey ingey..
Hope yuh all will like it
Yeyyy.. waa waa…me 1st.. mi part ves v reethi.. waitin waitin
Heheh.. Yeah kudaa ah first.. Thank you ?❤
Hiii Shaish… Shaish hope kuri gothah commenteh mi kohly mi part gavx. Heheheh. Story hama fabulous… Varah varah reethi… Varah kiyaahihvey mi vaahaka… Waiting for next part
Heheh.. Glad to see your comment shifoo..
Thank you ?❤
Varah reethi?☺. Konirakun aneh pert othee
Thank you ?❤
Next part Thursday or fridayga
Vr salhi mi part… Vr interesting… Waiting waiting… ❤?
Thank you Muaa ?❤
Woww. Story v reethi dear
Thank you Ana
Mi story ge main 2meehun naki konbayeh tha ??? Nice story
Thank you Mishkko ?❤
Wooowww..mi prt ves v rythi..alhe plxxxxx lai aa ibaan aa gulhuvadhyba..edhemyhun maa gulhey
Thank you Mysh ?❤
Mi part vec varah reethi
Varah interesting story eh
Next part avahah up kohdhehchey
Can’t wait to read❤?
Thank you Hish ?❤
Varah reethi ?
Thank you Shafu ?❤
V Salhi
Thank you Rsh?❤
Nice
Thankx ?
Thank you Ixoo ?❤
?…❤️?
Koba next part its friday nw
friday dhiyaiy nu
HEY WHEN IS THE NEXT PART :C