Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގި ހިތޭ ތި އަތުލީ 21

Star Level 310 Stories100 Comments100 Login
December 23, 2017 5 Mins Read
30 Comments

“އާދެބަލަ އިށީންނަން އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންބޭނުން” މައުވަން ތެދުވެ އެނދުގައި ހަމަޖެހެލަމުން ބުނެލިއެވެ. މަލާކް އައިސް އެނދުގައި އިށީނެވެ. އަދި ފަށާށޭ ބުނާކަހަލަ ގޮތަކަށް މައުވަންގެ މޫނަން ބަލާލިއެވެ. “އަނހަ…. އަނހަ…. އަހަރެންބުނީ ކޮންއިރަކުންހޭ ދެން ގެއަށް ބަދަލުވާނީ” މައުވަން އަށް ބުނެވުނީ އޭނަ ބުނަން އުޅުނު ވާހަކައެއްނޫނެވެ. ނޭނގޭ ސަބަބަކާހުރެ ލޯބިވާވާހަކަ ބުނަން ފަސްޖެހެނީއެވެ. “މައުވަން ގެއަށް ބަދަލު ވާވާހަކަ ނުދައްކާތީ އަހަރެންވެސް މަޑުކޮށްގެން މިހުރީ. ދެން މަންމަ ކާރީ ބުނެލާފަ ބަދަލުވާންއުޅެންވީ” މަލާކްދިނީ މައުވަންކުރި ސުވާލުގެ ޖަވާބެވެ. އިންސާނުން ނަކީ އެކަކު އަނެކަކު ހިތަށް އަރާހާ އެއްޗެއް އެނގޭބައެއް ނޫންވިއްޔާއެވެ. އެހެންނޫންނަމަ މިރޭ މަލާކަށް މައުވަން ހިތް ހަމަޖެހޭވަރުގެ ޖަވާބެއް ދެވުނީސްކަން ގައިމެވެ.

އަކްޔަންގެ ކައިވެނީގެ އެއްމެފަހުގެ ތައްޔާރީތަށް ވަމުންދެއެވެ. މައުވަން އެތަށް ފަހަރު ކައިވެނި ކެންސަލްކުރުމަށް ރަފާގެ ކިބައިން އެދެފިއެވެ. ރަފާ ކުރަނީ އިންކާރެވެ. ޙަޤީޤަތް މަންމަމެންނަން ކިޔާދޭން މައުވަންބޭނުމެވެ.

އަކްޔަންގެ ކައިވެނި ހަމަޖެހިފައި ވިއެއްކަމަކު އަލާއާއި ދެމީހުން ގުޅުން އޮވެއެވެ. ބައްދަލުކުރަން ދާ ކޮންމެފަހަރަކު ރަފާ ރޮއެވެ. މިކަމުން އަކްޔަންގެ ހިތަށް އަސަރު ކުރެއެވެ. އެހެންކަމުން އަކްޔަން ނިންމީ އަލާ އާއި ކައިވެނި ކުރުމަށެވެ. މަންމަމެންނަން ސިއްރުންނެވެ. އަދި މިކަން އޭނަގެ ދޮންބެއާ ހިއްސާކުރަން އޭނަ ނިންމިއެވެ.

ހުކުރު ދުވަސް ކަމުން އެރެއަށް ބާބަކިއު ހެދުމަށް ތައްޔާރުވުމަށް މެންދުރު ފަހު ހުރިއާ ޒުވާނުން އުޅެނީ ގޭތެރެ ހަލަބޮލިކޮށްލައިގެންނެވެ. އިސްވެ އުޅެނީ ޒާނާއެވެ. އޭނަގެ މަޤްސަދަކީ އަކްޔަން ހިތްހަމަ ޖައްސައި ދިނުމެވެ. މަލާކްއަށް އާދެވުނީ ތަންކޮޅެއް ފަހުންނެވެ. އެކި ކަންކަމުގައި އުޅެލާފައި މަލާކް ކޮޓަރިއަށް ދިޔައީ ފާޚާނާއަށް ވަނުމުގެ ބޭނުމުގައެވެ. ހަމަޖެހިލާފައި ގޮސް ދޮރުހުޅުވާލަން ތަޅުގައި ހިފާލި ވަގުތު ލުބާގެ ކޮޓަރި ހުޅުވުނުއަޑަށް އިޚްތިޔާރަކާ ނުލާ އެދިމާ ބަލާލެވުނެވެ. އެ ކޮޓަރިން ނުކުތީ މައުވަންއެވެ. މަލާކް އަޅާނުލާ ކޮޓަރިއަށްވަނެވެ. މައުވަންއަށް އަތްޖައްސާލެވުނީ ނިތްކުރީގައެވެ. އޭނަ މިއަދު ލުބާގެ ކޮޓަރިއަށްވަނީ ލުބާއަށް ވިސްނަ ދިނުމުގެ ބޭނުމުގައެވެ. ލުބާ އަބަދު މައުވަންގެ ފޯނަން އާދޭސް ކޮށްފައި މެސެޖްކުރާތީ އެކަމާ އުނދަގޫވެގެންނެވެ. އެކަމަކު އެކޮޓަރިން ނުކުންނަނިކޮށް މި ފެނުނީ އޭނަ އެމަންޒަރު ފެންނަން އެންމެ ނޭދޭ ފަރާތަށެވެ.

މައުވަންވެސް ގޮސް ކޮޓަރިއަށް ވަނެވެ. އިރުކޮޅަކުން މަލާކް ފާޚާނާއިން ނިކުތެވެ. “އަހަންނާ ލުބާ އާ ދެމެދު މަލާކް ތި ހީކުރާ ކަހަލަ އެއްވެސް ގުޅުމެއްނެތް” މައުވަން އޮޅުންފިލުވާދިނެވެ. “ނާހަމެންނު” މަލާކް ދިޔައީ ކޮޓަރިން ނިކުންނާށެވެ. “އެކަމު ތިވައްތަރަށް އުޅުމަށްވުރެ ކައިވެނިކުރުން މާރަނގަޅުވާނެ” ދޮރުހުޅުވާލާފައި އެނބުރި މައުވަންއާދިމާލަށް ބަލާލުމަށްފަހު މަލާކް ބުނެލިއެވެ. އަދި ނިކުމެގެން ދިޔައެވެ. މައުވަންއަށް ފައިން ޖަހާލެވުނީ ކައިރީގައި ހުރިސޯފާގައެވެ.

ފޯރީގައި ބާބަކިއު ކުރިއަށް ދިޔައެވެ. އެކަކު އަނެކަކާ ދިމާކޮށް މަޖާވާހަކަ ތަކުގައެވެ. އޭރުވެސް މައުވަން އުޅެނީ ލުބާގެ ކިބައިން ސަލާމަތް ނުވެވިގެންނެވެ. އަބަދު ކޮންމެސް އެއްޗެކޭ ކިޔާފައި ހުންނަނީ އޭނަގެ ފަހަތުގައި ޖައްސާފައެވެ. އެއްމެންތެރޭގައި ވީމައި މައުވަން ހުރީ އެއްޗެއް ނުބުނެ ކެތްތެރިވެގެންނެވެ. މި މަންޒަރުތަކުން މަލާކްވެސް އިނީ އުނދަގޫވެފައެވެ. އެކަމުކު އެހެންމީހުންނާ އެކީ ސަކަރާތް ޖެހުމުގައި އޭނަ އުޅެލާއިރު ކަމެއްވާހެންވެސް ހީނުވެއެވެ. އިހްސާސްތަށް ފޮރުވަން ހަމަ މޮޅީއެވެ. އެހެން އުޅެފައި ބަރާބަރު 12 ޖެހިއިރު ޔަޒާންއައީ ކޭކެއް ހިފައިގެންނެވެ. އަދި މަލާކްގެ ކުރިމަށްޗަށް ހުއްޓި “ހެޕީ ބާތް ޑޭ ޕްރިންސަސް” ބުނެލިއެވެ. އަދި އެއްމެން އެއްފަހަރާ މަލާކް އަށް އުފަންދުވަހުގެ ތަހުނިޔާކިއެވެ. އެއްމެންވެސް ޝަކުވާކުރީ ޔަޒާން އެނގިހުރެ މަލާކްގެ އުފަންދުވަސް ސިއްރު ކުރީމައެވެ. މައުވަން ހުރީ އަމިއްލަ ނަފްސު ދެކެވެސް ރުޅި އައިސްސައެވެ. ކޭކް ފަޅާފައި އެއްމެ ފުރަތަމަ މަލާކް ކޭކް ލެވީ ޔަޒާންއަށެވެ. އަދި ޔަޒާން ވެސް މަލާކަށް ކޭކްލެވިއެވެ. އެއަށްފަހު މައުވަން އަށް ދޭންވެގެން ބަލާލިއެވެ. މައުވަން އެތާކު ނެތެވެ. މަލާކްވެސް ހޯދަން ދާކަށް ގަސްތެއް ނުކުރުއެވެ. ދެން ފެށީ އެކަކު އެކަކު އަނެކަކު ގައިގައި ކޭކް އުނގުޅާށެވެ. އެސަކަރާތް ނިންމާލި އިރު އެއްމެ ބޮޑުވަރު ވެފައި ހުރީ މަލާކަށެވެ.

ގެއަށް ދިއުމުގެ ބަދަލުގައި މަލާކްވެސް ދިޔައީ ކޮޓަރިއަށް ފެންވަރާލާށެވެ. އެއަށްފަހު މައުވަން ވީތަނެއް ބަލާލުމަށް ގަސްތު ކޮށްގެންނެވެ. ކޮޓަރިއަށް ވަތްއިރު މައުވަން އޮތީ އެނދުގައެވެ. މަލާކް ހުރިގޮތް ފެނުމާއެކު  އެތާ ވީކަންތަން މައުވަންއަށް ދޭހަވިއެވެ. އަދި އަތުގައި އެއޮތީ ކާކުގެ ހަދިޔާއެއްކަންވެސް އެނގުނެވެ. “ހާދަ މަޖަލޭ. ކީއްވެތަ މާ އަވަހަކަށް އައީ” މައުވަންގެ އިހްސާސްތަން ނޭނގި ހުރެ މަލާކްއެހިއެވެ. އޭރުވެސް މަލާކް ހުރީ ހެވިފައެވެ. މައުވަން ބުނެލީ ކަމެއް ނުވާކަމުގައެވެ. ކިތައްމެ ވަރަކަށް ހިތްހަމަ ނުޖެހި ރުޅިއައިސް އޮތެއްކަމަކު މައުވަން ބެލީ ކެތްކުރެވޭތޯއެވެ. ފެންވަރައިގެން ނިކުމެ މަލާކް ޖައްސާލީ ސޯފާގައެވެ. މައުވަންގާތު އިސްވެގެއަށް ދާން ކޮންމެހެން ނުބުނީ މާ ބޮޑަށް ދަންވެސް ވެފައި ހުރުމާއެކުގައެވެ. މަލާކް ސޯފާގައި އޮށޭތެއް ކަމަކު އޭނަ ދިޔައީ ފޯނުން ޗެޓް ކުރަމުންނެވެ. ބައިގަޑިއިރު ވެގެން ދިޔައިރުވެސް ފޯން ބާއްވާފައި ނިދާޚިޔާލެއް މަލާކްގެ ނެތެވެ. މައުވަންގެ ކެތްތެރިކަން ކޮޅުންލިއެވެ. ދިޔަ ގޮތަށް ގޮސް ބަހެއްބުނުމަކާ ނުލާ މަލާކްގެ ފޯން އަތުލައި ޓައިލްސް ތަށް މަތީގައި ޖެހިއެވެ. އެއާއެކު ފޯން ދިޔައީ ފަޅިފަޅި ވެގެންނެވެ. މަލާކްހުރީ ބިރުން ދެލޯ ބޮޑުވެފައެވެ. އެއްޗެއް ބުނަންވެސް ނުކެރުނެވެ. “ދަންވަރު ބާރަ އެކެއް ޖެހީމަ ހިލޭފިރިހެނުން ނާ ވާހަކަ ދައްކަން އޮންނާކަން ނުޖެހެ” މައުވަން ރުޅިވެރި ކަމާއެކު އިއްވާލިއެވެ. މަލާކްހުރީ އިސް ޖަހައިގެން ކޮޅަށެވެ. ނުރޯން ހިތްވަރު ކުރިއެއްކަމަކު އޭނަގެ ލޮލުން ފެން އާދެއެވެ. “ދެންމެ ވާހަކަ ދެއްކީ ބައްޕައާ” ރޮވިފައިވާ އަޑަކުން މަލާކް ބުނެލިއެވެ. ބަންލާފައި ދޮރުޖަހާފައި މައުވަން ދިޔައީ ކޮޓަރިން ނިކުމެގެންނެވެ.

މަލާކް ހެނދުނު ހޭލި އިރުވެސް މައުވަން ކޮޓަރިއަކު ނެތެވެ. ތެދުވެގެން ޔަޒާން ދިން ޕާރްސަލް އާއި ކުދި ކުދިވެފައިވާ ފޯންގެ ބައިތަށް  ހިފައިގެން އޭނަދިޔައީގެއަށެވެ.

މައުވަންގެއަށް އައީ ރަތް ފިނިފެންމާ ބޮޑިއެއް ހަފައިގެންނެވެ. އަދި އެނދުގައި އިށީދެގެންއިން މަލާކަށް އެ ދިއްކޮށްލާފައި ސޮރީ އޭބުނެލިއެވެ. މަލާކް އަޑުއިވޭކަމަށް ހަދާނުލިއެވެ. މައުވަން ސޮރީ އޭ ބުނެ ކުޑަކޮށް މާބޮނޑި މަލާކްގެ މޫނުގައި ޖައްސާލިއެވެ. “ކިހިނެއް ވެގެންތަ މައުވަން ތި އުޅެނީ” މަލާކް ހިތްހަމަ ނުޖެހިފައި އަހާލިއެވެ. “ރޭގަ ވީކަންތަކާ ވަރަށް ބޮޑަށް ސޮރީ” މައުވަން މަޑު މަޑުން ބުނެލިއެވެ. “އަހަރެންމީ މައުވަން މާފަށް އެދެންޖެހޭ ފެންވަރުގެ މީހެން ނޫން.” މަލާކް ބުނެލިއެވެ. އެވަގަތު އޭނަގެ ލޮލުގައި އަޅައި ގަތީ ޑްރެސިންޓޭބަލް މަތީ އޮތް ޔަޒާން ދިން ޕާރްސަލްއެވެ. މަލާކް ގޮސް އެ ހިފައިގެން އައިސް އެނދުގައި ޖައްސާލިއެވެ. އަދި ކަނޑާލިއެވެ. އޭރު މައުވަންވެސް އިނީ އެނދުގައި އިށީދެގެން މަލާކްއާދިމާލަށް ބަލާށެވެ. ޕާރްސަލްގައި އޮތީ އެއްމެފަހުފެ އައި ފޯންއެކެވެ. މަލާކަށް ވާއު އޭ ބުނެލެވުނީ އިޚްތިޔާރަކާ ނުލައެވެ. މިފަހަރުވެސް މައުވަންގެ ރޭވުން ނާކާމިޔާބު ވީއެވެ. އޭނަ ނިންމައިގެން ހުރީ މަލާކަށް އޭގެ ފޯނެއް މިރޭ ގެނެސް ދިނުމަށެވެ. އެކަމުކު ދެން އެކަން ކުރުމުގެ ބޭނުމެއް ނެތެވެ. “ދެޓްސް  ބިއުޓިފުލް” ފޯނަން އިޝަރާތްކޮށް މައުވަން ބުނެލިއެވެ. މަލާކް ހިތްހަމަ ޖައްސާލުމުގެ ގޮތުންނެވެ. “މައުވަން އަހަރެން ދެކެ ކިތައްމެ ރުޅިއަޔަސް އަހަންރެންދެކެވެސް ހެޔޮއެދޭ ލޯބިވާ މީހުން ތިބެޔޭ” މަލާކް ރައްދުގައި ބުނެލިއެވެ. “ކޯންޗެއް މަލާކްބޭނުމީ ބާތްދޭ ގިފްޓަކަށް” މަލާކް ބުނެލި ޖުމްލައަށް އަޅާލުމެއްނުދީ މައުވަން އަހާލިއެވެ. “އެއްވެސް އެއްޗެއް ބޭނުމެއްމޫން” ޝައުގުވެރިކަން ނެތް ގޮތަކަށް މަލާކް އިއްވާލިއެވެ. އޭރު މަލާކް އެފޯނަން ސިމް ލައްވާލައި ޗާޖަށް ޖަހާލަނީއެވެ. “ދެން ނުބުނަންޏަކާ އަހަންނަކަށް ނޭނގޭނެ ދޭނެ އެއްޗެއްވެސް. މަލާކް ލައިކް ވާ އެއްޗިސްސެއް އަހަންނަކަށް އެއްވެސް ވަރަކަށް ނޭނގެ ވިއްޔަ” މައުވަން ބުނެލިއެވެ. “ދެންނުދޭނީނު. ކާކުތަ ބުނީ ކޮންމެހެން ގިފްޓެއް ދޭންޖެހެއޭ” މަލާކްހުރީ ދޫދޭ ގޮތަކަށް ނޫނެވެ. “އޯކޭ. އެހެންވިއްޔާ އަހަންނާއެކު ޑިނައަކަށް ދެވިދާނެތަ މިރޭ” މައުވަން އެދުނެވެ. “ނޫން” މަލާކް ދިނީ ކުރު ޖަވާބެކެވެ. “ކަމެއް އޮތީތަ މިރޭ” މައުވަން އަހާލިއެވެ. “ނޫން” ފަރުވާކުޑަ ގޮތަކަށް މަލާކް ބުނެލިއެވެ. “ކީއްތަވާނީ އަހަންނާއެކު ޑިނައަކަށް ގޮސްލީއާ” އަނެއްކާވެސް މައުވަން އެދުނެވެ. “ކަމެއްނުވާނެ” ޖަވާބު ދިނުމަށް ފަހު މަލާކް ހިނގައިގަތީ ކޮޓަރިން ނިކުތުމަށެވެ. މައުވަން ވެސް ފަހަތުން ހިނގައިގަތެވެ.

މަލާކް އުޅުނީ ކޮފީތައްޓެއް ހަދާށެވެ. މައުވަން އެދުނީ އޭނައަށްވެސް ހަނދާދިނުމަށެވެ. އެހެން ބުނެ މައުވަން މޭޒުދޮށުގައި އިށީނެވެ. މަލާކް ދެތަށި ކޮފީ ހަދާ ނިންމާލި ތަނާ އަމީނާވެސް އަތުވެއްޖެއެވެ. “މަންމާ މަލާކްއަށް ގިފްޓަކަށް ދޭން އެއްމެ ރަނގަޅުވާނީ ކޯއްޗެއްތަ” މައުވަން ގަސްތުގައި މަލާކް ރުޅިއަރުވާލަންވެގެން އަމީނާ ގާތު އެހިއެވެ. “ތީ މަލާކާ ކުރަންޖެހޭ ސުވާލެއްނު” އަމީނާ ބުނެލިއެވެ. މައުވަން ހާމަކޮށްލީ މަލާކް އެސުވާލު ޖަވާބު ނުދިއްކަމުގައެވެ. އެވަގުތު ބެލް އެޅިއަޑަށް އަމީނާ ދިޔައެވެ. އަމީނާ ހިގައިގެން އައީ ކޮތަޅެކެވެ. އެ ދިއްކޮށްލީ މަލާކްގެ އަތަށެވެ. ކޮތަޅުގައި އޮތީ ޕާރްސަލްއެކެވެ. މަލާކް އެ ކަނޑާލިއެވެ. އޭގައިވަނީ ރީތި އަގުބޮޑު ފަށަކާއި ތަޅު ދަނޑިއެކެވެ. ދެން އޭގައި ހުރީ މަލާކްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކާރެއްގެ ލިޔެކިއުން ތަކެކެވެ. އެއާއެކު އެއީ ކާކުގެ ހަދިޔާއެއްކަން މަލާކަށް އެނގުނެވެ. ނޭނގުނީ ހަމައެކަނި މައުވަންއަށެވެ. އަމީނާގެ މޫނުން ފެންނަންހުރީ ނުރުހުމެވެ. އަދި އޭނަ އެތަނުން ދިޔައެވެ. އަމީނާގެ މޫނަން އެރި ކުލަތަށް މައުވަން ދުއްޓެވެ. މައުވަން ކާކުގެ ފަރާތުން ލިބުން އެއްޗެއްތޯ އެހުމުން ބައްޕަގެ ކަމަށް މަލާކް ބުނެލިއެވެ. އޭރު މަލާކްއިނީ އަމީނާ ދިޔަދިމާ ބަލަހައްޓައިގެންނެވެ. އެއީ އާދައެވެ. މަލާކްގެ ބައްޕަގެ ފަރާތުން އެދަފަ އަގު ބޮޑެތި ހަދިޔާ ދޭތީ އަމީނާ އަބަދުވެސް ނުރުހުންވެއެވެ. އަމީނާމެން ދެމައިން އުޅެން މާލެއިން އެޕާޓްމެންޓް ހިފާފައި އެތަށް ފަހަރަކު ބަދަލުވާން މަލާކްގެ ބައްޕަ ޝަރީފް އެދުނެވެ. ކޮންމެ ފަހަރަކުވެސް އަމީނާ ކުރަނީ އިންކާރެވެ. ޝަރީފް އޭނަ ދޫކޮށްލާފައި ދިޔަދުވަހުން ފެށިގެން އޭނަ ޝަރީފް ދެކެ ރުޅިއާދެއެވެ. އެކަމަކު ހަޤީޤަތަކީއަމީނާގެ ހިތުގައި ޝަރީފަށްޓަކައި ލޯބިވާކަމެވެ. އެވަރަށް ރުޅި އާދެވެނީ ލޯބި ވާތީކަމަށްވެސް ވެދާނެއެވެ.

އަކްޔަން މައުވަން ގާތު އަލާ އާއި ކައިވެނި ކުރަން ގަސްތުކުރާކަން ހާމަކުރިއެވެ. މައުވަންގެ ފަރާތުން އެކަމަށް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގައި މައުވަން ބުނެލިއެވެ. އަދި ރަފާގެ ކައިވެނި ހުއްޓުވަން ކުރެވެން އޮތް ކަމެއް އޮތިއްޔާ ކޮށްދޭނެ ކަމުގައި ހާމަކޮށްލިއެވެ. އެކަމަކު ރަފާގެ ހަޤީގަތް އަކްޔަންއަށް ކިޔާދޭން މައުވަން ފަސްޖެހުނެވެ.

އަކްޔަން ހުރީ ފޯނުން ލައިހާއަށް ގުޅައިގެންނެވެ. ލައިހާވެސް އޭނަގެ ބޭބެއަށް ހިތްވަރު ދިނެވެ. އަކްޔަން އިރުޝާދު ދިނީ ލައިހާ އާއި ނިއަމްގެ ގުޅުން އަވަހަށް މަންމަމެނާ ހިއްސާކުރުމަށެވެ. ނޫންނަމަ ލަނޑެއް ލިބިދާނެކަމުގައެވެ. ލައިހާވެސް އެކަމާ އެއްބަސްވިއެވެ.

ޒާނާ އާއި ޔަޒާން ވާހަކަ ދައްކަންތިބީ ޔަޒާންގެ ކޮޓަރީގައެވެ. ޒާނާއަށް ޔަޒާން ވަރަށް ލޯބިވާ ކުއްޖަކު ހުންނަކަން އެނގެއެވެ. އެކަމަކު އެކުއްޖަކީ މަލާކްކަން އެނގުނީ އަދި ކިރިޔާއެވެ. ޒާނާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނަގެ ބޭބެއަށް މިދިމާވީ ހާދަ ދެރަކޮށެވެ. އެއްމެލޯބިވާ މީހާ އެހެން މީހަކާ އެކީ އުޅޭތަން ބަލަން މި އޮތީ ޖެހިފައެވެ. އަދި އެވެސް ބޭބެއަކާ އެކީއުޅޭތަނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star

Level 310 Stories100 Comments100 Login

Other Articles

Previous

ގެއްލިދިޔަ ހަޔާތް…… 21

Next

ތިޔައީ މަގޭ އުފަލަކީ 3

Next
December 23, 2017

ތިޔައީ މަގޭ އުފަލަކީ 3

Previews
December 23, 2017

ގެއްލިދިޔަ ހަޔާތް…… 21

30 Comments!

  1. Razeenaa says:
    December 23, 2017 at 11:01 am

    Vvvsalhi vbodah thanks ?

  2. Star says:
    December 23, 2017 at 11:02 am

    Soryy iyye genes dheynamey kiyaafa nugene vuneeema. Ekamu I uploaded the story around 10:30 admin did not publish. Dhehme anehkka eyna ah msg kohgen publish kohdhinee. Shaugu verikamaa eku alhuganduge vaahaka kiyamundhaa hurihaa kidhinan shukuriyya

    1. Star says:
      December 23, 2017 at 11:03 am

      I mean reyga 10:30

    2. Awa says:
      December 23, 2017 at 12:16 pm

      Vaahaka v habeyss.. and you are improving a lott.. rising star??

  3. roya says:
    December 23, 2017 at 11:03 am

    vrh vrh reethi…. kon irakun dhen inna part????? avahah up kohdhehchey…

    1. Star says:
      December 23, 2017 at 11:04 am

      Tomorrow.

    2. roya says:
      December 23, 2017 at 11:13 am

      waiting for that….

  4. Ishoo? says:
    December 23, 2017 at 11:13 am

    V v v reethi…❤❤

  5. Star says:
    December 23, 2017 at 11:16 am

    Thanks

  6. Navya says:
    December 23, 2017 at 11:27 am

    Starfish nd star mi ekaku that? ? Anyways mi part ves v reethi. .?

    1. Star says:
      December 23, 2017 at 12:02 pm

      No

    2. starfish says:
      December 23, 2017 at 2:20 pm

      no..
      mi baa vx v reethi

  7. unaal says:
    December 23, 2017 at 11:27 am

    vrh vrh vrh reethi

    1. Star says:
      December 23, 2017 at 12:02 pm

      Thanks

  8. Hey says:
    December 23, 2017 at 11:37 am

    Ey mauvan aa malaak aa ingey gulhuvaany e yazaan akaa noon

    1. Star says:
      December 23, 2017 at 12:03 pm

      Heheh

  9. ***?*** says:
    December 23, 2017 at 11:44 am

    Varah reethi.

    1. Star says:
      December 23, 2017 at 12:04 pm

      Thanks

  10. Rsh says:
    December 23, 2017 at 11:51 am

    WOW Nice waiting for next part….

  11. sam♥ says:
    December 23, 2017 at 12:17 pm

    wow

  12. SJK...KOREAN says:
    December 23, 2017 at 12:30 pm

    eyy varah reethi masha allah.
    nxt part avahah up khdhehchey 😀
    Waiting ,..

  13. Mary says:
    December 23, 2017 at 1:29 pm

    Star conme dhuvahaku up koh dheebala please ❤❤❤❤vaaka hama supper??????thanks ???

  14. JUMA says:
    December 23, 2017 at 2:45 pm

    Salhi??

  15. taath says:
    December 23, 2017 at 3:35 pm

    Mivaahaka ga abadhu ehkameh vanee . Kuriah dhaa heneh nuheevey. Konmefaharahu mauvan rulhiaisge beyrah dhanee

    1. Kiara says:
      December 23, 2017 at 5:37 pm

      Keke aan dho… dhen kameh vaan vejje mi vaahakaiga haada foosey

  16. Ifa says:
    December 23, 2017 at 5:39 pm

    This story is boring. Sifa kurumeh ves neh. Evves kahala suspense eh ves neh. Malak ge personality ves v boring gothakah genesdheefa hunnani. Taath bunaahen hyvanee eh kameh vaahen. Malak ge foohi javaabu thakaa Mauvan rulhi aisgen gein nikuthun huriha part eh ga kahala gothakah. ?

  17. azoo says:
    December 23, 2017 at 7:48 pm

    reethi emaku ekkame vaahakai ga vanee badhale genesdhee bala

  18. shif says:
    December 23, 2017 at 8:22 pm

    I am thinking same too. story is getting bored as nothing new has been happened..! Ifa is right that malak has a very annoying personality.. because of her personality I don’t feel like to read..! please make story interesting… concept of the story is fine but I don’t find this story interesting and has no suspense at all..! this is just a opinion.. I hope you will bring some changes to the story that makes the story more interesting.. !! 🙂 🙂

  19. Blue beauty says:
    December 23, 2017 at 8:56 pm

    Very nice………..??????

  20. amm says:
    December 26, 2017 at 2:18 pm

    hey mivaahakaage 20 ep nufenunu..

Comments are closed.

Next Episodeނޭނގި ހިތޭ ތި އަތުލީ 22←


All Right Reserved!