Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (5)

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
December 20, 2017 4 Mins Read
27 Comments

ފަރޫން އާއިއެކު ގެއަށް އައި ލޫޔާގެ ހިމޭންކަމުން ނަގަންވީ މާނައެއް ނޭންގުނު ނަމަވެސް އާައިގެ މަތީން ފަރޫން ލޫޔާގެ ނިތަށް ބޮސްދިނުމަށްފަހު ރޭގަނޑުހެ ސަލާމްކޮށްލިއެވެ. އެވަގުތު ލޫޔާވެސް ރޭގަނޑުގެ ސަލާމްކޮށްލާފައި އަވަހަށް ގެއަށްވަނީ އިތުރަށް ފަރޫން ކުރިމަތީގައި ހުންނަން އުނދަގޫވުމުންނެވެ.

“ކިހިނެއްތަ އަހަންނަށްމިވަނީ.. ކީއްވެތަ.. އަހަރެން ފަރޫންދެކެ މިވަނީ ހަގީގީ ލޯތްބެއް ނޫންތަ.. ދެންކީއްވެބާ ލޫކް ފެންނައިރަށް އަހަރެންގެ ހިތުގެ ވިންދުމި އަވަސްވަނީ.. އަހަރެންބޭނުމެއްނޫން ފަރޫން އަށް ދެރައެއްދޭން.. އަބަދުވެސް އެކީގަ އުފަލުގަ އުޅެން ބޭނުމީ.. ދެންކީއްވެތަ މިހާރު އަހަރެން އެހާ އުފާނުވަނީ.. ޝާޔާ އާއި އެކުފެނުމުންވެސް މިއަދުވެސް އަހަރެންނަށް އެހާގިނައިރު ނުހުރެވުން.. އަނެއްކާ އަހަންނަށް އެކަމަށް ގަބޫލުވެވެނީބާ.. ނޫން ނޫން.. ފަރޫން އެއީ ހަައެކަނި އަހަރެންގެ މީހެއް.. ދެން ލޫކް.. އަރގްގް .. ލޫކް އެއީ އެއްވެސް މީހެއްނޫން.. އެއީ ހަމަ އެކަނި ފަރޫންގެ ފްރެންޑެއް .. ” ލޫޔާގެ ސިކުނޑީގައި އެނބުރެމުން ދިޔަ ހިޔާލުތަކާއެކު ބޯހާސްވާން ފެށުމުން އަވަހަށް ގޮސް ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލީ މީހާ ހަމަޔަކަށް އެޅިލަން ބޭނުންވެފައި ހުރިވަރުންނެވެ. އެހެންއޮވެ ލޫޔާއަށް ނިދުން އިރެއްވެސް ނޭންގެއެވެ. ބިރުވެރި ހުވަފެނެއް ފެނުމާއެކު ކުއްލިއަކަށް ހޭލެވުމުން ލޫޔާ އަވަހަށް ގަޑިބަލާލިއެވެ. އޭރު ގަޑިން ހަތަރުގަޑިބައިވަނީއެވެ. ފަތިސްވީއެވެ. ކަންނެތްކަމާއެކު މޯޅިއަކަށް ދެމިލި ލޫޔާ ސިހުނީ އަތުގައި އެއްޗެއްޖެހުމުންނެވެ. އަވަހަށް ތެދުވެލާފައި އެއީ ކޯއްޗެއްތޯބަލާލިއެވެ. ” މިފޮތްމިތާ.. ކީއްވެ.. ” ލޫޔާ ހިތާ ހިތާ ކިޔާލެވުނެވެ. ނަމަވެސް ހަމަ އެވަހުތު ހަނދާނަށް އައީ އެފޮތް ނަގާފައި ބޭއްވުނުކަމެވެ. އެހެންވެ އަވަހަށް ގޮސް ކަބަޑަށް ފޮތްލުމާއެކު ތަޅުލިއެވެ. އަދި ފާހާނާ އާއި ދިމާއަށް ދިޔައީ އަވަހަށް ފެންވަރާލައިގެން ނަމާދަށް އަރާށެވެ.

އެރޭގެ ހަތަރުދަމުގެ ނިދި ގެއްލުވާލާފައި އަލޫކްއަށް ސިފަވަމުންދިޔައީ ލޫޔާ މާފަށް އެދުން މަންޒަރެވެ. އާއިކެވެ. ނޭންގިނަމަވެސް އަލޫކްއަށް ކޮންމެވެސް ގޮތެއްވެއްޖެއެވެ. “މިއީ އަނެއްކާ ނޫން.. އެހެނެއްނުވާނެ.. ” އަލޫކް ހިތަށް އައިއެއްޗަކުން ބޯހޫރާލެވުނެވެ. އަދި އާދައިގެމަތީން އޭނާ އެކަނިވުމުން ކިޔާ ލަވަ ކިޔާލިއެވެ. * ނޭންގިހިތޭ ގެންދެވީމަ ލޯބިން މިތުރާ ނުނިދޭ.. ހަނދުމަވަނީ.. ހަނދުމަވަނީ.. ހަނދުމަވަނީ…* އެހިސާބަށް ކިޔާލުމާއެކު ފަތިސްނަމާދުގެ ބަންގީގެ އަޑުއިވުމުން އަލޫކް އަވަހަށް ތެދުވެ ފެންވަރާލައިގެން ނަމާދަށް ދިޔައީ ލޫޔާގެ އެހަނދާންތަށް މިހާރުނެތޭ ބުނާފަދައަކުންނެވެ.

ނަމާދަށްދިޔަ ފަރޫން އަށް މިސްކިތަށް އެރި އަލޫކްފެނުމުން އަވަހަށް މިސްކިތަށްވަދެ ޖަމާއަތުގައި ބައިވެރިވިއެވެ. ނަމާދުކޮށް އަވަދިވެގެން ދެކުދިން އެކީގައި މިސްކިތުން ނިކުތްއިރު ފަރޫންގެ މޫނުމަތީގައިވާ ފުސްކަން ކިތަންމެހާވެސް ރަނގަޅަށް ފާހަގަވިއެވެ. “ބްރޯ.. އޯކޭތަ ހާދަފާޑަކަށް.. ” އަލޫކް އެންމެފަހުން އަހާލިއެވެ. ” ނޫން.. އެހާ ރަނގަޅެއްނޫން.. ލޫކް އަހަރެން މިހިތަށްއަރަނީ ސެމް ބްރޭކްގަ ބޯހަމަޖައްސާލަން ކޮންމެވެސްތާކަށް ދާން ބާކީ އޮތީ އެންމެ ހަފްތާއެއްނު ކިޔަވަން.. ” ” ހޫމް ފަރޫން ހަމަދާންވީ.. ކޮންތާކަށް ދާންތިވިސްނަނީ.. ” އަލޫކް ވަޒީފާ ހަމަޖެހުމުން ދެވެން ނެތްކަން އިހްސާސްވުމުން ފަރޫންކުރެ އަހާލިއެެވެ. ” އޮއް.. ލޫކް އަކަށް ނުދެވޭންދޯ.. ބަޓް ފަރޫންބޭނުމީ ރާއްޖެތެރެއަށްދާން .. ލޫކްމެންރަށަށް ދެވޭނެގޮތެެއް ނުވާނެތަ.. ” ފަރޫން ކޮންމެހެންވެސް ދާންބޭމުންވެފައި ހުރުމުން ސުވާލުކޮށްލިއެވެ. “ނޫނޭ ފަރޫން ބޭނުމީޔާ އަހަންނަށް ނުދެވުނަސް ހަމަޖައްސަދީފާނަން.. އޯކޭތަ .. އެކަމަކު މަންމަ އާއި ބައްޕަގެ ރޫލްސް އަށް ފޮލޯކުރަންވާނެ.. ” އަލޫކް އެހެން ބުނުމާއެކު ” ޝައްކެއްވެސް ނެތެއްނޫންހޭ ” ފަރޫން ބުނެލިއެވެ.

ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ އިބާ އިނީ އަލޫކްއަކީ ކާކުކަން ނޭންގިމުން ކަންބޮޑުވެފައެވެ. އެފޮތުގެ ފަހަތުގައި ހުރިގަނޑުތަށް ކިޔާލެވުންނަމަ ޔަގީނުންވެސް އެމީހެއްގެ މައުލޫމާތު ލިބުނީހެވެ. ނަމަވެސް ކާރެއް އައިސް މަޑުކޮށްލި އަޑުއިވުމުން އަވަހަސް އަރުވާލާފަ ނިކުންނަން ހަދައިގެން އެބައި ކިޔޭގޮތް ނުވީއެވެ. “އެކަމަކު މިއަދު އެފަރޫން އާއި ދިމާކޮށްލެވޭނެތާ.. ” ތުންފަތްމައްޗަށް ފުޅާހިނިތުން ވުމެއް ވެރިކުރަމުން އިބާ ހިތާހިތުން ކިޔާލިއެވެ. އަދި އަވަސް ގޮތަކަށް ތައްޔާރުވެގެން ނިކުތީ މިހާރު ލޫޔާވެސް ކޮލެޖަށްދާން ނިކުންނާނެކަން ހަނދާންވުމުންނެވެ.

” އަހަ .. ދަރިފުޅު.. ހާދަ ނަލަވެލައިގެން.. ތަނަކަށް ދަނީތަ.. ” ނަސްރީނާ އަށް އިބާ ފެނުންމުން އަހާލިއެވެ. އެހެންޏާ މިހާ ހެނދުނަށް އިބާ ތެދުވިޔަސް ބޭރަށް ދާކަށް ނޫޅެއެވެ. ” އާން .. މަންމާ ޖޮބަކަށް އެޕްލައިކުރަން ކަމަށް .. މިހާރުދެން ވަރަށް ކިޔެވިއްޖެއްނުދޯ.. ” އިބާ އެވަގުތު ބުނާނެއެއްޗެއް ނޭންގުމުން އަވަހަަށް ވާހަކައެއް ހަދާލިއެވެ. އެވަގުތު ގެއަށް ވަދެގެންއައި ޔާސިރުއަށް ކިތަންމެހާވެސް ރަނގަޅަށް އިބާބުނި ވާހަކަ އަޑުއިވުނެވެ. “ދަރިފުޅު ކޮންތާކަށް ވަޒީފާއަށް ކުރިމަތިލާން ތިއުޅެނީ.. ބައްޕަ ހީކުރީ ދަރިފުޅު ބައްޕަ ބުނިބަހުގަ ހިފާނެކަމަށް.. އެކަމަކު އެހެނެެއް ނުވިދޯ.. ” ޔާސިރު އެހެން ބުނެފައި އިސްއޮބާލައިގެން ގޮސް ކޮޓަރިއަށް ވަންއިރުވެސް އިބާ އިނީ ގުޑާލަންވެސް ނޭންގިފައެވެ. އެވަގުތު ލޫޔާ ނިކުމެގެން ދިޔަތަން ފެނުމުން ނޫންކަމަށް ހަދާލާފައި އިބާ އަވަހަށް ނިކުތެވެ. އޭރު ލޫޔާ ފަރޫންއާއެކު ކާރުގަ ނައްޓާލައިފިއެވެ. ކާރުގެ ނަންބަރު ބަލާލުމަށްފަހު އިބާ އެހެންދިޔަ ޓެކްސީއެއް މަޑުކުރުވާފައި އޭގެއަށް އަރާ އަމީނީބިލްޑިންގް އަށް ދިއުމަށް އެދުނެވެ.

އަލޫކް އަށް އެެެން ދުވަސްތާކައި ހިލާފަށް އުނދަގޫވަމުން ދިޔަނަމަވެސް އޭނާގެ ހިތުގައި ލޫޔާގެ ނަމެއްނުވާނެކަމަށް ހަދާ ކޮންމެވެސް ކަމަކާމަސްއޫލުވަމުން ދެއެވެ. ނަމަވެސް ހަމަ އިރުކޮޅެއްގެ ތެރޭގައި އަނެއްކާވެސް ރޭގެ އެހަނދާންތަށް އާވެގެން ދެއެވެ. މިފަދަ ހާލެއްގައި އުޅެމުންގޮސް މެންދުރުވުމާއެކު ފެންވަރާލައިގެން މިސްކިތަށްދިޔައީ އެހިޔާލުތަކުން މިންޖުވޭތޯ ދުއާކުރަމުންނެވެ. މިސްކިތާ ދިމާއަށް ދިޔަ އަލޫކް އަށް ދުރުނޫން ހިސާބެއްގައި ހުރި ފަރޫން ފެނުމުން ހައިރާންވިއެވެ. ހަމަޔަގީނުންވެސް ފަރޫން ކައިރީގަ އެހުރީ ލޫޔާއެއް ނޫނެވެ. އަދި ޝާޔާއެއްވެސް ނޫނެވެ. ވީއިރު ފަރޫން އަނެއްކާ އަނެއްކަމެއް ފެޝީތާއެވެ. ދެފަރާތަށް ބޯހޫރާލުމާއެކު އަލޫކް އަވަހަށް ގޮސް މަސްޖިދު ސުންނަތް ކޮށްލިއެވެ.

ފަރޫންއާއި އިބާ ވާހަކައިގައި ތިބެފައި ވަކިވީ މެންދުރަށް ގޮވުމުންނެވެ. އިބާ ހީކުރިގޮތާ ހިލާފަށް ފަރޫންވީ އެކުވެރިމިޒާޖެެއްގެ މީހަކަށެވެ. އަދި އެހާމެ މުއްސަނދި އާއިލާއެއްގެ ހުރި ހަމައެކަނި ދަރިއަށެވެ. ވީއިރު އެއަލޫކްއަށް ވުރެ ފަރޫން އަތުއަޅުވާލުން އިބާއަށް މުހިންމެވެ. ބައްޕަ ގެ އެދުމަށް އެވިޔަފާރީގެ ތެރެއަށް ނުވަންނަންވެސް އިބާ އެހުންނަނީ އެއީ ލޫޔާގެ މަންމަގެ ވިޔަފާރިއަކަަށްވެފައި ހުރިހާ މޮޅެއްލިބޭނީ ލޫޔާއަށް ކަމުގައި ވާތީއެވެ. އެހެން ނަމަވެސް އަދިފަރޫންގެ ކިބައިން އަލޫކްއަކީ ކާކުތޯވެސް އިބާ ބަލާނެއެވެ. އެއްގޮތަކުން ނުވީއާ އަނެއްގޮތަކުންވެސް ލޫޔާއަށް ނިކަމެތިގޮތް ވޭތޯ އިބާ ބަލާނެއެވެ. އަދި ވެގެންވަންޔާ ނަސްރީނާއަށް އަންގާނުލާ އެވިޔަފާރިވެސް ހަރާބުކުރާނެއެވެ. އެހާވެސް ލޫޔާދެކެ އިބާ ރުޅިއާދެއެވެ. ތަގުދީރުގަ ލިޔެވިފަ ވީތީ އިބާގެ ބައްޕަ ނަސްރީނާއާއި އިނުން ވެގެންދިޔައީ އިބާ ކުރިންސުރެ ރާވަމުން އައި ކަންތަކަށް ހުޅުވުނި އިތުރު ދޮރަކަށެވެ.
******
4 އަހަރު ކުރި…

ސްކޫލްއިން ނިކުމެގެން މަޑުހިނގުމެއްގައި އައި އިބާ ފަހަތުން ސިއްރު ސިއްރުން މީހަކު އަންނަކަމެއް ނޭންގެއެވެ. އެކަނި ދާންވުމުން ކަންބޮޑުވީ ނަމަވެސް ބައްޕަ މިއަދު އޮފީހުގަ ބުރަކަމުން ނާދެވޭނެ ވާހަކަ ބުނެފައި އޮތުމުން އިބާ އަލުން އޭނަގެ ބައްޕައަށް ގުޅާކަށް ނުހަދައެވެ. އެކަނި ދާން ނިންމީއެވެ. ހިނގަމުން ދިޔަ އިބާ ގެ ފިޔަވަޅުތަކަށް ހުއްޓުމެއްއައީ ކުރިމަތީގައި ތިބި ދެމީހުން ފެނުމުންނެވެ. ބޮލުގެ އިސްތަށިގަނޑު ހަތަޔަކަށް ދޫނުކުރާނެއެވެ. އެހާވެސް ބުޅިވެފައި ބޮލެވެ. ހަތަރެސްފައިގައި ޗޭނުކޮޅުތަކާއި އެތަކެއް ވާތަކެއް އައްސާފައިވާއިރު އެމީހުން ފެންނަ ފެނުމަށް މިއިން ދުވަހަކު ފެންވަރާފައި ނުވާހެން އިބާއަށް އިހްސާސްކުރެވުނީ އެމީހުން ކައިރިއަށް އަންނަފެށުމުން ދުވިވަހުންނެވެ. އިބާހިތަށް ވަތް ބިރުވެރިކަމާއެކު ގުޑިލަންވެސް ނޭންގުނުތާ ލޯމަރާ ބާރުކޮށްލެވުނީ ހަދާނެގޮތް ހުސްވުމުންނެވެ. ނަމަވެސް އިބާ އެހެން ލޯމަރައިގެން ހުންނަތާ މިނެޓެއްހާއިރު ވީއިރުވެސް އެއްވެސް ކަމެއްނުވުމުން ސިއްރު ސިއްރުން ލޯހުޅުވާލިއިރު އެދެމީހުންގެ ހިލަމެއްވެސް ނެތެވެ. ނަމަވެސް މިފަހަރު ކައިރީގަ ހުރި ޒުވާނާ ފެނުމުން އިބާއަށް ކަޅިޖަހާލަންވެސް ނޭންގުނެވެ.

” ކޮންނަމެއްތަ ކިޔަނީ.. ތިހެން އެކަނިދެންވެސް ނުދައްޗޭ.. ޕާޓޭން އަބަދުހެން އެތިބެނީ ކަޅިއަޅާލަ އަޅާލަ.. ދެންމެވެސް އަހަރެން ނައިނަމަ ނޭންގެ ތިކުއްޖާއަށް ވާނެގޮތެއްވެސް.. ބައިދަވޭ.. އަހަންނަށް ކިއަނީ.. ޒޭން.. ” ސަލާމަށް އަތްދިއްކޮށްލަމުން ޒޭން ވާހަކަދެއްކިއެވެ. ” އަހަންނަށް ކިއަނީ އިބާ.. ” ސަލާމްކޮށްލަމުން އެހެން ބުނި އިރުވެސް އިބާއަށް ޒޭންގެ އެރީތި ދެލޮލުން ނުނިކުމެއެވެ. އެރީތީ މެސްމަރައިޒް ދެލޮލުގެ ތެރެއަށް އިބާ ވަނީ ގެއްލިހުސްވެފައެވެ. އެންމެފަހުން ޒޭން އިސްޖަހާލުމާއެކު އިބާއަށް ހަމަބިމަށް އާދެވުނެވެ. އަދި ދެންމެކުރެވުނު ކަންތަށް ހަނދާންވުމުން މުޅިމޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. އަވަސް ފިޔަވަޅުތަކަކާއެކު ޖެހިގެން ހުރި މަގަށް ނިކުމެ ގެއަށް ދެވުން އިރުވެސް އިބާ ހުރީ ލަދުން އިސްނަގަންވެސް ނުކެރިފައެވެ.

މުޅި އެރޭގެ ހަތަރުދަމު އިބާއަށް ވިސްނެނީ ޒޭންއާއިދޭތެރޭގައެވެ. ކޮންފަދަ އިންސާނެއްހެއްޔެވެ. ބޮލުގެ އިސްތަށިގަނޑު ކުރުކޮށް ސްޓައިލިޝްކޮށް ކޮށާލާފައިވާިއރު ފަޅަންފަށާފައިވާ ތުނބުޅީގެ ސަބަބުން ޒޭން ފެންނަނީ ހޮލީވުޑް ތަރިއެއްހެއްނެވެ. އިބާއަށް ނޭންގިނަމަވެސް ޭންދެކެ ލޯބިވެވުނީ އެއްވެސް އިހްތިޔާރަކާނުލައެވެ.

ޖެހިގެން އައިދުވަހު ސްކޫލަށް ދާން ނިކުތް އިބާ ހުރީ އެެެންދުވަސްތަކާއި ހިލާފަށް ހިތްއަވަސްވެފައެވެ. ކޮންމެވަގުތަކުވެސް ޒޭންއާއި ދިމާވެދާނެކަމަށް އޭނާއަށް ވިސްނެނީއެވެ. އެރީތި ސޫރަފެނޭތޯ މަގުގެ އެކިފަރާތްވެސް ބެލެނީއެވެ. ސްކޫލާއި ހަމަޔަށް ގޮސް ހުއްޓުންގަޑީ އިބާއަށް ޒޭން ފެނުނީ ގޭޓް ކައިރީގައި ހުއްޓައެވެ. ފުޅާހިނިތުން ވުމަކާއެކު ޒޭންއާއި ދިމާއަށް ހިގައިގަތް އިބާ މަޑުޖެހުނީ އެވަގުތު ސީއެޗް އެސް އީ އިން ނިކުތް އަންހެން ކުއްޖެއްގެ އަތުގައި ޒޭންހިފުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ގެއްލިދިޔަ ހަޔާތް….. 16

Next

ވަންހަނާ (ހަވަނަބައި)

Next
December 20, 2017

ވަންހަނާ (ހަވަނަބައި)

Previews
December 20, 2017

ގެއްލިދިޔަ ހަޔާތް….. 16

27 Comments!

  1. Layaa says:
    December 20, 2017 at 8:05 pm

    Salaam.. and Sry dear all.. esfiya site ah nuvadhevigen .. layaa ah up nukurevifa mihuree.. and dhenme try kohleema mivadhevunee.. unmeedhukuran mi prtvess hurihaa kiuntherinah kamudhaanekamah.. ly all

  2. Lam says:
    December 21, 2017 at 12:37 am

    Reethi

    1. Hawwu (Layaa) says:
      December 21, 2017 at 7:19 pm

      Thank you dear lam ???

  3. Nadha says:
    December 21, 2017 at 12:46 am

    V v v salhi mi prt ves. Nxt part avahah up kohla dhehchey.

    1. Hawwu (Layaa) says:
      December 21, 2017 at 7:21 pm

      Alhey nadha thank you so much insha allah I’ll try my best.. ??

  4. Any says:
    December 21, 2017 at 9:21 am

    Mi vahaka heevany hindhy filmehge copy eh hen???

    1. Hawwu (Layaa) says:
      December 21, 2017 at 7:22 pm

      Haha so funny .. ehenveeyaa layaa vaanee Bollywood ge writers akah hehe. Btw thank you dear any ..???

  5. Zak says:
    December 21, 2017 at 9:47 am

    Varah salhi ,,, aneh part avahah genes dehchey,,,,emme kiyaa hihvva hisaabun nimmalan jeheyti dera?

    1. Hawwu (Layaa) says:
      December 21, 2017 at 9:54 pm

      Zak dheranuveba .. insha allah vaahaka nimendhen genessdheynamey.. ingey ..thank you ???

  6. im says:
    December 21, 2017 at 10:03 am

    V salhi
    When is next part????
    Waiting. …..

    1. Hawwu (Layaa) says:
      December 21, 2017 at 9:52 pm

      Thank you dear im ???

  7. JUMA says:
    December 21, 2017 at 10:22 am

    Vrh salhi❤❤❤❤? whn nxt prt??? Waitingssss ????

    1. Hawwu (Layaa) says:
      December 21, 2017 at 9:52 pm

      Juma kokky sry miadhu nugeness dhevuneema liyefa inass vaahaka edit kuraanehaa hiyvaru miadhu hamanethigen up nukirevunee.. v busy miadhu .. adhi 3 months vess nuvey scizarian hedhithaa Bt busyveema mihen ulhevenee eheneve mirey rest kohlan mivisanee .. unmeedhukuran understand vaanekamah ingey kokky .. ly ???

  8. Shafa says:
    December 21, 2017 at 10:34 am

    Wow…fantastic???I LOVE IT..vvv reethi hisaabakah dhiyairah thinimmaly…mihaaru balaalan beynumee kuriah vaa goiy balaalan….gud luck layaa…and waiting for the next part??❤?

    1. Hawwu (Layaa) says:
      December 21, 2017 at 9:49 pm

      Aww shafa ? thank you dhoonyaa ???

  9. Mallu says:
    December 21, 2017 at 11:11 am

    Woow varah reethi story?

    1. Hawwu (Layaa) says:
      December 21, 2017 at 9:48 pm

      Thank you my dear mallu ???

  10. Mal says:
    December 21, 2017 at 11:45 am

    Vvv nice
    When is the next part?
    I luv it ❤

    1. Hawwu (Layaa) says:
      December 21, 2017 at 9:48 pm

      Mal insha allah maadhamaa next part upkohladheynan .. ? thank you my dear ??

  11. Rsh says:
    December 21, 2017 at 12:36 pm

    WoW

    1. Hawwu (Layaa) says:
      December 21, 2017 at 9:47 pm

      Thank you rsh ???

  12. Awa says:
    December 21, 2017 at 6:26 pm

    Wow layaa dhooniii…next part konirakun???
    Waiting

    1. Hawwu (Layaa) says:
      December 21, 2017 at 9:44 pm

      Hei awa dhooni kihineh .. v happy vey vaahaka kiyaalaathee ? btw mirey hama tired kamun miulhenee nidhaalan insha allah maadhamaa up kohlaanan .. i had busy day

    2. Awa says:
      December 21, 2017 at 11:14 pm

      GWS dear

  13. Friends says:
    December 21, 2017 at 6:38 pm

    Masha allah stry vv nice.
    KEEP IT UP DEAR.
    When next part.
    Plx upload soon.
    Gud nyt layaa????

    1. Hawwu (Layaa) says:
      December 21, 2017 at 9:43 pm

      Thank you my dear friends .. insha allah maadhama genessdheynan.. Miadhu midhiyaee v burakoh .. eheve adhi dhenme rangalhah phone aa hamayah miaadhevunee… unmeedhu kuran understand vaanekamah ???ly

  14. SJK...KOREAN says:
    December 22, 2017 at 9:22 am

    Hey layaa?
    Hows u my dear????
    Mi part varahh amazing. Fabulous!! ?
    “Vee inthizaarugaa hiyy edhigen nxt part kiyaalan, ninjaa araamun beevefaa… gaimey abadhu magey loa, hoadhey dhn oih part feneytho, up kuraane baaey heevefaa.””.?????
    Waiting ingey??
    Love you❤❤❤❤

Comments are closed.

Next Episodeނޭންގިހިތޭ ގެންދެވީމަ މިތުރާ… (6)←


All Right Reserved!