Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ….(47)

Dhippi Level 4100 Comments10 Stories
December 19, 2017 7 Mins Read
16 Comments

ދުވަސްތައް އޭގެ ވާޖިބު އަދާ ކުރަމުން ގޮސް މިރެއަކީ އެރެއަށްޓަކައި ވަޒުނާ ފޮނި ހުވަފެންތައް ދެކެމުން އައި ރެއެވެ. މިރެއަކީ ވަޒުނާއާ އައިރަމް އާ ދެކުދިން ކައިވެނި ކުރަން ހަމަ ޖެހިފަ އޮތްރެއެވެ. އެހެން ކަމުން މުޅި އެ އާއިލާގެ މެންބަރުން ހޭބޯނާރާ އުޅެމުން ދިޔައީ ވަޒުނާ ބޭނުން ވާ ފަދައިން ބޮޑު ޕާރޓީއެއް ދިނުމަށެވެ. އެކަމާ ވަޒުނާ ހުރީ އިންތިހާޔަށް އުފާވެފައެވެ. ހަމަ އެކަނި ވަޒުނާގެ ވާހަކަ ނުވަތަ ވަޒުނާގެ އާއިލާގެ ވާހަކަ އެކަނި ދައްކާ ިނިއްމާލުމަކުން ފަރި ޖެހޭކަށް ނެތެވެ. އައިރަމްގެ ހާލަކީވެސް މިއެވެ. އެއާލާގެ ހާލަކީވެސް މިއެވެ. އައިރަމްގެ އާއިލާ އަކީވެސް ފޯރުންތެރި ތަނަވަސް ބައެއްކަމުން އެ އާއިލާއިން ވެސް ދަނީ މި ޕާރޓީއަށްޓަކައި ގިނަގުނަ ހަރަދުތަކެއް ކުރަމުންނެވެ. އެހެން ވުމާއެކު ދެފަރާތު އާއިލާޔަށް ވެސް ހީވަނީ އީދެއް އައިސް ގެން އުޅޭހެންނެވެ. ވަކި ގޭއްގަ ޕާރޓީ ބާއްވަން ބޭނުން ނުވާތީ އެދެކުދިން ވެސް ނިންމީ ދަރުބާރުގޭގަ ޕާރޓީ ބާންވަންށެވެ.

”ދަރިފުޅާ ކޮބައިތަ ވިނާން؟” ވިނާން ފެންނަން ނެތުމުން އަފީފާ އަހައިލިއެވެ. “ނޭނގެ މަންމާ.. ގެއަށް އައިސް ބޭގުތައް ލައިފަ ދިޔަ ގޮތަކަށް ޚަބަރެއް ނުވޭ..!” އަލްޔާ ބުނެލިއެވެ. ”އެހެންތަ؟! މިރޭ މިކަން އޮއްވާ ވެސް ބައްޕަ ވެއްޖެ ވިއްޔާ ހަފުތާއަކަށް ރަށުން ބޭރަށް ދާން.. ދެން ވާނީ މިހެންނެއް ނޫން..؟!” ކުއްލިއަކަށް އެ ދެބަފައިން ރަށުން ބޭރަށް ދިޔައީތީ އެކަމާ ހިތްހަމަ ނުޖެހި ހުރެ އަފީފާ ބުނެލިއެވެ. “ހެހެ… މަންމާ އެއީ އެވަރު ކަމެއް ނޫނޭ! ބައްޕަމެން ރަށުން ބޭރަށް ދުރުވިޔަސް ކައިވެނި އޮންނަ ވަގުތަށް އައިސިފިއެއް ނޫން..؟ އެހެން ނޫނަސް އައިރަމް ވެސް ބުންޏޭ ބައްޕަމެން ކައިރީގަ އެހާ މުހިންމު ދަތުރެއް ވީމަ ދާށޭ.. އެހެން ވީމަ އޯކޭއެއް ނުން..؟!” އަފީފާ ހުރީ ހިތްހަމަ ނުޖެހިފަކަން އިނގޭތީ އަލްޔާ ބުނެލިއެވެ. “މަންމަޔަށް ވެސް ތިކަން އިނގެޔޭ! އެކަމަކު މަންމަގެ ހިތަށް މި އެރީ އައިރަމްގެ މީހުން އެއްޗެކޭ ހިތަށް އަރާފާނެތީ..!“ އަފީފާ ބުނެލިއެވެ. ހަގީގަތުގަ ސައުދުއާ ވިނާންއާ ދެމީހުން ދިޔައީކީ އޮފީސް ދަތުރެއްގައެއް ނޫނެވެ. އެދެބަފައިން އެއުޅެނީ އަލްޔާއަށް ހިތުން ނުފިލާ ވަރުގެ ސަޕުރައިޒެއް ދޭންވެގެންނެވެ.

”ކޮބައި އެއްމެން ނިމުނީތަ؟” މިރޭގެ ޕާރޓީއަށް ހާއްސަ ކުރެވުނު ހެދުން ލައިގެން ރީތި ވެލައިގެން ނިކުމެ ސައުދު އަހައިލިއެވެ. އޭރު ވަޒުނާ ނޫނިއްޔާ އެއްމެން ތިބީ ނިމިގެން ސިޓިން ރޫމުގައެވެ. “ލައްބަ.. އެއްމެވެސް ނިމިއްޖެ ވަޒޫ ނިމޭނެ އިރުކޮޅަކުން…” ވިނާން ބުނެލިއެވެ. “އާނ ދެން.. އެމަންޖެ ނިމޭނީވެސް ލަހުންތާ! އެވަރަސް ކުލަ ހާކާނެ ވިއްޔާ..!” ހެމުން ސޯފާގައި އިށީންނަމުން ސައުދު ބުނެލިއެވެ. އެވަގުތު ވަޒުނާ ކައިވެނި ޕާރޓީއަށް ތައްޔާރު ކުރި ހެދުން އަޅައިގެން ސިޓިން ރޫމަށް ނިކުތީއެވެ. “އަޅުގަނޑު ނިމުނީއޭ..!” ބޭރަށް ނިކުތް ގޮތަށް ވަޒުނާ ބުނެލިއެވެ. “ވާވް! ވަޒޫ ލޯބިކަން ހީވަނީ ޕަރީއެއްހެން..!” ވަޒުނާ މިރޭ ރީތިވެފަ ހުރިލެއް ޗާލު ކަމުން އަލްޔާ ބުނެލިއެވެ. ”އެހެންތަ؟! ތޭންކޮސް ބާބީ…” އަލްޔާގެ ބަނޑުގައި ފިރުމާލަމުން ވަޒުނާ ބުނެލިއެވެ. “އަވަހަށް ނިކުންނަން ހިނގާ.. ސައީދު ދެންމެ ގުޅާވެސްފި.. ބުނީ ދަރުބާރުގޭގަޔޯ މިތިބީ…” ސޯފާއިން ތެދުވަމުން ސައުދު ބުނެލިއެވެ. ގަޑިޖެހޭތީ އެއްމެން ވެސް އަވަހަށް ހިނގައިގަތީ ދަރުބާރުގެއަށް ދިއުމަށްޓަކައި ކާރަށް އަރަންށެވެ.

”އައްސަލާމު އަލައިކުމް!” ސައުދުމެން ކާރުން ފޭބުމާއެކު ސަލާމަށް އަތް ދިތް ކުރަމުން ސައީދު ބުނެލިއެވެ. “ވާއިލަކު މުއްސަލާމް! އަޅުގަނޑުމެން މާ ލަސް ވެއްޖެ ދެއްތޯ..؟!” ސަލާމް ބަލައި ގަތުމަށް ފަހު ސައުދު އަހައިލިއެވެ. “ހެހެ.. ނޫނޭ އަދި ލަހެއް ނުވެއެއް ނޫންތޯ؟ ގާޒީވެސް އަދި ނުދުރުވޭ…” ހިނިތުން ވުމާއެކު ސައީދު ބުނެލިއެވެ. “އެހެން ދެއްތޯ؟ ހިންގަވާ އެތެރެއަށް އިރު ކޮޅަކުން ގާޒީ ދުރުވާނެ ހެން ހީވަނީ…” އެހެން ބުނެފަ ސައުދު ހިނގައިގަތީ ދަރުބާރުގޭ އެތެރެއަށް ވަންނާށެވެ. އޭރު ވަޒުނާމެން އެތާ މަޑު ނުކޮށް ގޮސް އެތެރެއަށް ވަނދެއްޖެއެވެ.

”ވާވް! ހާދަ ލޯއްބޭ ވަޒޫ ހީވަނީ މަތިން ފާބައިފަ ހުރި ޕަރީއެއްހެން..!” ލީޒާމެން ވަނދެގެން އައިގޮތަށް އައިސް ވަޒުނާގެ ރީތި ކަމަށް ތައުރީފު ކުރަމުން ބުނެލިއެވެ. “ތޭންކްސް ކޮބަ އިޖާ؟ ބިޒީ ކަމުން ނާދެވުނުދޯ؟” އިޖާޒު ފެންނަން ނެތުމުން އެކި ތަންތަން ހޯދަމުން ވަޒުނާ އަހައިލިއެވެ. “ނޫނޭ އޭނަ އައިސް ވެއްޖެ އެފަރާތުގަ ވިނާމެންނާއެކު…” ލީޒާ ބުނެލިއެވެ. “ހެހެ.. އެހެންދޯ..؟!” ވަޒުނާ ބުނެލިއެވެ. “ދަރިފުޅާ ވަޒޫ އާދެބަލަ މިކޮޅަށް.. ގާޒީ ދުރު ވެއްޖެޔޭ!” ތެޅެމުން ފޮޅެމުން އައިސް އަފީފާ ބުނެލިއެވެ. އަފީފާ އެހެން ބުނުމުން ވަޒުނާ އަވަހަށް ދިޔައީ ކައިވެނި ކުރުމަށްޓަކައި ހަމަޖެހިފައި އިން މާލަމަށެވެ. ވަޒުނާއަށް އެތަނަށް ދެވުނު އިރު އައިރަމް އިނީ ހެވިދިލިފަ ވަޒުނާ އާ ދިމާލަށް ބަލަހައްޓައިގެންނެވެ. އޭރު އަދި ޕާރޓީއަށް ދައުވަތު ދިން ގަޑި ނުޖެހޭތީ އެތާގަ އުޅުނީ ހަމަ އެކަނި ދެފަރާތު އާއިލާ މީހުންނާ ގާތް ރައްޓެހިންނެވެ.

”މަންމާ ކޮބައި ކައިފިންތޯ؟” ޕާރޓީގަ ބުރަކޮށް އުޅެމުން ވެސް ވިނާން ގުޅައިލީ އަލްޔާގެ މަންމަ ނަސްމާ އަށެވެ. އަލްޔާއަށް ނޭނގުނަސް ވިނާންއާ ސައުދުއާ ދެބަފައިން ވަނީ ބުރަ މަސައްކަތުން ނަސްމާ ހޯދައިގެން މާލެ ގެނެސްފައެވެ. މިރޭގެ ޕާރޓީގަ ބައިވެރި ކުރަން ކިތަންމެ ބޭނުން ވިޔަސް ވިނާންމެން ބޭނުން ވަނީ މިނޫން މާހައުލަކުން ނޫނީ އެދެމައިން ބައްދަލު ނުކުރުވާށެވެ. “މަންމަ ކައިފިން.. ދަރިފުޅު ޕާރޓީގަ ވަރަށް ބިޒީކޮށްދޯ ތިއުޅެނީ..؟” ނަސްމާ އަހައިލިއެވެ. “ލައްބަ ވަރަށް ބިޒީކޮށް މިއުޅެނީ..! ކިތަންމެ ބިޒީވިޔަސް މަންމަމެންގެ ހާލުބަލަން ޖެހޭންނޫން އެހެންވެ ކެއީތޯ ބަލަން ވެގެން މިގުޅީ…” ވިނާން ބުނެލިއެވެ. “ހާދަ ރަނގަޅޭ ދަރިފުޅު..! ދެން ކޮންއިރަކުންތަ އެމަންޖެ ގެނެސްދޭނީ؟ މަންމަ މިހާރު އެމަންޖެ ދެކޭ ހިތުން ކެތްނުވޭ..!” ކެތްތެރި ކަމެއް ނެތި ނަސްމާ އަހައިލިއެވެ. ވާނީވެސް އެހެންތާއެވެ. އުމުރުން އެއްއަހަރުގަ ފިރިމީހާ ދަރިފުޅު ޖަހައިގަނެގެން ދިޔަ ގޮތަށް އަދި ލޮލަށް ވެސް ނުފެނޭ ވިއްޔާއެވެ. ނަސްމާ ވާ ހިތްވަރު ގަދަތާއެވެ. “މަންމާ ތިހާ ހިތް އަވަސް ނުވެބަލަ..! އަޅުގަނޑު މިރޭ އަލްޔާއާ ދިމާ ކުރުވާނަމޭ..! ވަޒޫމެން ކައިވެނި ނިމޭ ގޮތަށް ފުރާނެ… އެކަންތައްތައް ނިންމާފަޔާ އެއްކޮށް ކުރާނަން ތިކަންތައް އެންމެ ރަނގަޅެއް ނޫންތޯ؟” ވިނާން ބުނެލިއެވެ. “އެންމެ ރަނގަޅު.. ދެން ފޯނު ބޭއްވީއޭ.. މަންމަ ނުނިދާނަން އިނގޭ..!” ނަސްމާ އެހެން ބުނުމަށް ފަހު ފޯނު ބޭއްވިއެވެ.

ގާޒީގެ ހުތުބާޔާ އެއްކޮށް ކައިވެނި ކޮށް ނިއްމާލުމާއެކު ވަޒުނާގެ ހުރިހާ ރައްޓެހިން ގޮސް ވަޒުނާޔާ އައިރަމް އުރާލިއެވެ. އަދި ވަރަށް ހޫނު މަރުހަބާއެއް ކިޔެވެ. “އޭ.. ދެން ހިނގާ އެފަރާތަށް ދާން… މިހާރު މީހުންތައް އަންނަން އުޅޭނެ..!” ވަޒުނާގެ އަތުގައި ހިފައި ނަގަމުން ލީޒާ ބުނެލިއެވެ. އެމަންޒަރު ފެނުނީމަ ގާޒީވެސް ހިނިތުން ވުމެއް ދީފަ ބޮލުގެ އިޝާރާތުން ދާން ބުނެލިއެވެ. އިއްތިފާގަކުން މިރޭ ވަޒުނާމެންގެ ކައިވެނި ކޮއްދިނީ ސައުދުގެ ސޫކޫލް ދައުރުގެ ރައްޓެއްސެއް ކަމުން ގާޒިއަކަށް ވުރެ އެދެމެދު އޮތީ ގާތް ރަހުމަތްތެރި ކަމެވެ. ވަޒުނާމެން ދިއުމުން ގާޒީ ވެސް ސައުދުއަށް މަރުހަބާ ކިޔާ އެކިއެކި ވާހަކަ ދައްކަން ތިއްބެވެ.

”އައި ވަރުބައްޔެއް ނުވޭތަ ކޮއްޅަށް ހުރެ ހުރެ؟” ދެފައި ތަޅަމުން ވަޒުނާ އަހައިލިއެވެ. “އާނ.. ނުވޭ! މިރެއަށް މަ ހާދަ ޕުރެކުޓިސް އެއް ކުރީމޭ..!” ހެވިފަ ހުރެ އައިރަމް ބުނެލިއެވެ. “އޭނ.. ކީކޭ؟! ޕުރެކުޓިސް ކުރީމޭ…؟! އޭ ކޮންކަހަލަ ޕުރެކުޓިސް އެއްތަ؟!” ހައިރާންވެގެން ވަޒުނާ އަހައިލިއެވެ. ހަގީގަތުގަ ވެސް އައިރަމް އެބުނި އެއްޗެއް ނޭގުނީމަ ވަޒުނާ ހުރީ ހައިރާން ވެފައެވެ. “އެއީ ހަފުތާއެއް ވަންދެން ތިން ގަޑިއިރު މަ ކޮއްޅަށް ހުރީމޭ..! އެހެންވީމަ އެއަށް ކިޔާނީ ޕުރެކުޓިސް ކުރުމެއް ނޫންތަ؟” އައިރަމް ުބުނެލިއިވެ. އޭރު އައިރަމް ހުރީ ވަޒުނާގެ މޫނު ރަތް ވާތީ އެމަންޒަރު ބަލަހައްޓައިގެން ހެވިފައެވެ. “އޯއް! އެވާހަކަދޯ؟ ނޭގެންނުން؟ ކުރިން ބުނި ނަމަ މަވެސް ތިކަން ކުރީހޭ..!” ވަޒުނާ ބުނެލިއެވެ. ނަސީބު ރަނގަޅު ކަމުން އެގޮތަށް އިރުކޮޅަކު ތިބުމަށް ފަހު ބާރަ ޖެހުމާއެކު ޕާރޓީ ނިމިއްޖެއެވެ. އެހެން ކަމުން ވަޒުނާމެން ޖެހުނީ ގެއަށް ވެސް ވަނދެ ނުލާ އެއާރޕޯޓައް ދާންށެވެ. އެއީ ކުރިންވެސް ރޭވިފަ އޮތް ގޮތެވެ. އެހެން ކަމުން ވިނާންއާ އަލްޔާއާ ދެމީހުން މަޑު ކުރުމަށް ފަހު އެއްމެން މިސްރާބު ޖެހީ އެއާރފޯޓަށް ދިއުމަށްޓަކައި ފެރީއާ ދިމާލަށެވެ.
.

”ބޭބީ ދާންވީއެއް ނުން މާކްއާ އެއްކޮށް ގެއަށް..؟ ވިނާ ދާނަން މިތަން ކުޑަކޮށް ހަމަޔަކަށް އަޅުވައިފަ..” އަލްޔާ ހުރީ ވަރުބަލިވެފަ ކަމުން ވިނާން ބުނެލިއެވެ. “އަހަރެން ދިޔާމަ ޖަޔާ ދާން ޖެހޭނީ އެކަންޏެއް ނޫން..؟ މާކް މަޑު ކޮއްލާ ވިނާއާ އެއްކޮށް… އަލް ދާނީ ޖަޔާއާ އެއްކޮށް ކާރުގަ…” ޖަޔާ އެކަނި ދާންޖެހޭތީ އަލްޔާ ބުނެލިއެވެ. ”އޯކޭ އެހެންވީމަ ދޭ އަވަހަށް.. ޑުރައިވަރަށް ގުޅަންވީދޯ؟“ އަވަހަށް ދިއުމަށް ބުނެފަ ވިނާން އަހައިލިއެވެ. ”އަލް ގުޅައިފީމޭ ކާރަށް.. ޑުރައިވަރު ބުނީ މިތާ ކައިރީގަޔޯ… ޖަޔާ ހިނގާދާން” ކާރަށް ގުޅި ކަމަށް ބުނެ ޖަޔާއަށް ގޮވަމުން އަލްޔާ ނިކުތީ ބޭރަށެވެ. އޭރު ވަރުބަލިވެފަ ހުރި ވަރުން އަލްޔާ ހުރީ އަވަހަށް ގެއަށް ދާން ބޭނުން ވެފައެވެ.

“މާކް ކޮބައިތަ މާކްގެ ކާރު؟” އަލްޔާ ދިއުމާއެކު ވިނާން އަހައިލިއެވެ. “ކާރުގަ މިއުޅެނީ.. ކިހިނެތް ހަދަންވީ؟” ކާރު އޮތްކަމަށް ބުނެ މާކިން އަހައިލިއެވެ. “އެހެންތަ؟! އޮތީއާ އޯކޭޔޭ… އަސްލު އަލް ހެދި އެއްޗެކުން މަޅި އެރީއޭ… މާކުއާ އެއްކޮށް ގެއަށް ފޮނުވަން އުޅުނީ މަ ކާރު ބޭނުން ވާތީއޭ…” ވިނާން ބުނެލިއެވެ. “އެހެންތަ؟! އައް.. މިއޮތީ ކީ މަ މިނައްޓާލީ ޓެކްސީއެއްގަ އެކަމަކު ތިކުރާ ކަމެއް މަށަށް އަންގާތި..!” ތަޅުދަނޑިފަތި އެއްލަމުން މާކު ބުނެލިއެވެ. “އޭ.. ދަނީތަ؟ މަޑުކޮށްބަލަ މާކްދާން ޖެހޭނޭ..!” މާކިން ހިނގާގަތުމުން ގޮވައިފަ ވިނާން ބުނެލިއެވެ. އަދި ކުރަން އުޅޭ ކަންތަކާ ދާން އުޅޭ ތަން މާކިންއަށް ވިނާން އޮޅުން ފިލުވައި ދިނެވެ.

”މަންމާ ކޮބަ ރެޑީތޯ؟ އަޅުގަނޑު މިހިރީ ތިތާ ދޮރު މަތީގަ ތިރިއަށް ދުރުވާންވީ ނޫންތޯ؟ ކޮއްކޮވެސް ގޮވައިގެން ދުރު ވައްޗޭ…” ނަސްމާގެ ފޯނަށް ގުޅައިފަ ވިނާން ބުނެލިއެވެ. “އާނ.. މި ފައިބަނީ އެސޮރު ނުނިދާ އެހެރީ ދައްތައެއް ހުރި ކަން އެނގުނީމަ ދެކޭ ހިތުން..!” ނަސްމާ އޮޅުން ފިލުވައި ދެމުން ބުނެލިއެވެ. ވިނާން ގުޅިތާ ފަސްވަރަކަށް މިނިޓު ފަހުން ނަސްމާޔާ އޭނަގެ ދަރިފުޅު ޖޫދުއާ ދެމައިން ތިރިއަށް ފޭބިއެވެ. ޖޫދުއަކީ ފަނަރަ އަހަރުގެ ކުއްޖެކެވެ. “ބޭބޭ ކޮބައިތަ ދައްތަ؟” ކާރަށް އަރާ އިށީން އިރު ދައްތަ ނެތުމުން ޖޫދު އަހައިލިއެވެ. “މަޑު ކުރޭ ޖޫދު މިދަނީ ދައްތަ ކައިރިއަށް ދާންށޭ..!” ވަރަށް ލޯބިން ވިނާން ބުނެލިއެވެ. ވިނާން އެހެން ބުނުމާއެކު މާކިން އަވަހަށް ކާރު ދުއްވާލިއެވެ. ”ހަލޯ.. އަޅުގަނޑުމެން ކާރުގަ.. ބައްޕަމެން ކިހާ ހިސާބަކުތޯ؟” ކާރު ދުއްވާލުމާއެކު ސައުދުއަށް ގުޅާފަ ވިނާން އަހައިލިއެވެ. ”އެހެންތޯ؟! އަޅުގަނޑު މެންވެސް މި ނައްޓާލީ ގެއަށް ދާން.. ލީޒާމެން ކޮބައިތޯ؟” ދަނީ ކަމަށް ބުނެ ލީޒާމެން ކޮބައިތޯ ވިނާން އަހައިލިއެވެ. އެކަމާ ހާސްނުވެބަލަ ދަރިފުޅު އެއްމެން ވެސް އެބަތިއްބޭ..!” އަފީފާ ކައިރީގަ ހުރީތީ އިތުރު ވާހަކައެއް ދެއްކެން ނެތުމުން ސައުދު ބުނެލިއެވެ.

”ދަރިފުޅާ ހާދަ އަވަހަކަށް ތިނިދީ..! އަދި އާދެބަލަ ބޭރަށް ޝަރާމެން ވެސް އެބަތިއްބޭ…” އަލްޔާ އެނދުމަތީ ޖައްސާލައިގެން އޮތްވާ ސައުދު ގޮސް ބުނެލިއެވެ. ސައުދު އެެހެން ބުނުމާއެކު ފުއްމާފަ އަލްޔާ ތެދުވިއެވެ. “އެހެންތޯ؟! މިހާ ލަސް ގަޑިއެއްގަ އެމީހުން ކީތް ކުރައްވަނީތޯ؟” ހައިރާންވެފަ އަލްޔާ އަހައިލިއެވެ. “ތިއެއް ނޭގެ ބައްޕަޔަކަށް ދަރިފުޅު ނިކުތީމައެއް ނޫން އިނގޭނީ..؟!” ސައުދު ބުނެލިއެވެ. އޭރު ސައުދުގެ ހިތަށް އަރަމުން ދިޔައީ މިރޭ އަލްޔާއަށް ވާނެ ގޮތެކެވެ. އުފަލުނު އުޅޭވޭ ނޫޅެވޭ ގޮތް ވެސް ނޭނގުނެވެ. “ލައްބަ ބައްޕާ އަޅުގަނޑު މިދަނީ…” ފާހަނަޔާ ދިމާލަށް ހިނގާގަންނަމުން އަލްޔާ ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނެ ސައުދު ހިނގާގަތީ ސިޓިން ރޫމާ ދިމާލަށެވެ. އޭރު ވިނާންމެން އަންނާނެކަން ސައުދުއަށް އިނގޭތީއާ އެކުއެވެ. އެއްމެން އޮލަ ވާހަކައިގަ ތިއްބާ ކުއްލިއަކަށް ވިނާން އައިސް ވަނުމުން އެއްމެން ދިޔައީ ސިއްސައިގެންނެވެ. އަލްޔާއަށް ވީވަރު ވަކިން ބޮޑެވެ. ”އަލް މިތިބީ ކޮންބައެއްތަ؟” ނަސްމާ ސޯފާގައި ބެހުއްޓުމަށް ފަހު ވިނާން އަހައިލިއެވެ. އޭރު ސައުދުނުން އެއްމެން ތިބީ ހައިރާންވެގެން އެ ދެމައިންނާ ދިމާލަށް ބަލަންށެވެ.
.

“ނޭގެ.. ކޮންބައެއް..؟” އެމީހުންނާ ދިމާލަށް ބަލަމުން އަލްޔާ ބުނެލިއެވެ. ” އޭރު ނަސްމާ ހުރީ އަމިއްލަ ދަރި ލޮލަށް ފެނުނީތީ ބައްދާލާހިތުން ކެއްތެރިކަން ކޮޅުން ލާވަރު ވެފައެވެ. ”ހަމަ ނޭގުނުތަ؟! ރަނގަޅަށް ބަލާބަލަ އޭރުން އެނގިދާނެ ކަންނޭގެ..” އަލްޔާ މއަށް އޭނަގެ މަންމަ އަމިއްލަޔަށް ވަކި ކުރަން އިނގޭތޯ ދެވަނަ ފަހަރަށް ވެސް ވިނާން ބުނެލިއެވެ.

“ހީވޭ ދަންނަ ހެންވެސް..! މަޑުކުރޭ އެބަ އަންނަން..” އެހެން ކިޔާފަ އަލްޔާ ދުވެފަ ދިޔައީ އޭނަގެ ކޮޓަރިއަށެވެ. ހީވާ ގޮތުން ވިއްޔާ އެދިޔައީ އޭނަ އަތުގަ އޮތް ފޮޓޯގަ ހުރި މިހާޔާ ކުރިމަތިން ފެންނަން ހުރި މީހާ ވައްތަރު ވީމައެވެ. ކޮޓަރިއަށް ވަނދެފަޔާ އެއްކޮށް ފޮޓޯގަނޑު ހިފާގެން އަލްޔާ ނިކުތީ ބޭރަށެވެ. މަންޒަރު ބަލަހައްޓައިގެން އެއްމެން ތިބީ ވެގެން އުޅޭގޮތެއް ސާފު ނުވާތީ އެކަމާ ވިސްނަންށެވެ.
އަލްޔާ އައި ގޮތަށް އައިސް ފޮޓޯއަށް އެއްފަހަރު ކުރިމަތީގަ ހުރި މީހާޔަށް އެއްފަހަރު ބަލަމުން ދިޔައީ ޔަގީން ކުރަންށެވެ. “ދަރިފުޅާ އަލްޔާ.. މީ ދަރިފުޅުގެ މަންމައޭ!” އަލްޔާއަށް ނޭގުނު ކަން ޔަގީން ވުމުން ނަސްމާ ބުނެލިއެވެ. ހަގީގަތުގަ މައިލަގުނޑިއަށް ކެތް ނުވީ ތޯއްޗެކެވެ. ނަސްމާ އެހެން ބުނުމުން އަލްޔާ ހުރީ ދެލޯ ބޮޑު ކޮއްލައިގެން ބުނަން ވީއެއްޗެއް ނޭގިފައެވެ. އެވަގުތު ވިނާން ބޮލުގެ އިޝާރާތުން އެއްޗެކޭ ބުނުމުން އަލްޔާ ވެސް މާންމާއޭ ކިޔާ ބައްދާލިއެވެ. މިވަގުތުގެ އިހުސާސް ގަލަމަކުން ލިޔެ ބަޔާން ކުރުމަށް ވުރެ ރަނގަޅު ވާނީ އެވާހަކަ ދެއްކުން ހުއްޓައިލިއްޔާއެވެ.

”ދަރިފުޅާ މިއީ ހަމަ ދަރިފުޅުގެ މަންމައޭ!! މިހިރީ ދަރިފުޅުގެ ކޮއްކޮ ޖޫދު!!” އަލްޔާ ހުއްޓާނުލައި ރޯތީ އަލްޔާގެ ކޮއްކޮ ޖޫދު ދައްކާލަމުން ނަސްމާ ބުނެލިއެވެ. “މަންމާ..! ކީއްވެ ތިހާ ލަހުން އަޅުގަނޑު ހޯދަން ތިއައީ..؟! މަންމަ އަޅުގަނޑުގެ މަތިން ހަނދާނެއް ވެސް ނުވޭތަ؟ މަންމަޔަށް އިނގޭތަ އަޅުގަނޑު އުޅުނު ނިކަމެތި ހާލު..؟ މަންމަޔަށް އިނގޭތަ؟ އެ ބަދޫރާ ހާދަ އަނިޔައެއް ކުރިޔޭ އަޅުގަނޑަށް..! މަންމަގެ މި ދަރިފުޅަށް ނުދެނީ ކޮން އަނިޔާއެއް؟ ނަހަދަނީ ކޮންގޮތެއް؟” ކުޑަ ކުއްޖެއް ހެން ހުސްނާގެ އުގުގަ ބޯއަޅައިގެން އޮވެ އަލްޔާ ޝަކުވާ ކުރަމުން ދިޔައެވެ. އެމަންޒަރު ފެނި ޖޫދުވެސް ހުރީ ދެލޮލުން ކަރުނަ އައިސްއެވެ. އެތާ ދެން ތިބި މީހުން ވެސް ތިބީ ހަމަ އެފަދަ ހާލެއްގައެވެ. ނަމަވެސް އެދެމައިންނަށް ފުރުސަތު ދިނުމުގެ ގޮތުން މަންޒަރު ތިބީ ލޮލުން ކަރުނަ އޮހެރޭ ހާލުގައެވެ.

”ދަރިފުޅާ.. މިއަދު ދަރިފުޅު ބޭނުން ވަރަކަށް ޝަކުވާ ކުރޭ..! މި މަންމަ ހުންނާނަން ފޫހި ކަމެއް ނެތި އަޑު އަހަން..! މި މަންމަޔަށް އިނގޭ ތިހިތަށް ކުރާނެ އަސަރު..!” ރޮމުން ނަސްމާ ބުނެލިއެވެ. މަންމާ އަޅުގަނޑު ބޭނުންމެއްނޫން ޝަކުވާ ކުރާކަށް އެކަމަކު މަންމަ ފެނުނީމަ ޝަކުވާ ކުރެވެނީ..!” ގިސްލަ ގިސްލާ ރޮމުން އަލްޔާ ބުނެލިއެވެ. ” ދަރިފުޅާ ދެން ރުއިން ހުއްޓާލާ! ދެން ދުވަހަކު ވެސް މި މަންމަޔާ ދަރިފުޅަކާ ވައްކެއް ނުކުރެވޭނެ! މާބަނޑު އިރު ރުއީމަ ކުޑަ މީހާޔަށް ވަރަށް ގެއްލުން ވާނެ! ދެން ހުއްޓާލާ..” އަލްޔާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ނަސްމާ ބުނެލިއެވެ. “މަންމަޔަށް ކިހިނެތް އެނގުނީ އަޅުގަނޑު ބަނޑުބޮޑު ކަމެއް؟!” ހައިރާން ވެފަ އަލްޔާ އަހައިލިއެވެ. “ވިނާން ބުނީ.. ދަރިފުޅަށް އިނގޭތަ؟ ﷲ އިރާދަ ކުރެއްވިއްޔާ ދަރިފުޅަށް ފިރިއެއްގެ ގޮތުގަ ލިބިފަ އެހެރީ ޖަވާހިރެއް..!” ނަސްމާ ބުނެލިއެވެ. ނަސްމާ އެހެން ބުނުމުން ހައިރާނުގެ ނަޒަރަކުން އަލްޔާ ބަލަން ފެށީ ވިނާން އަށެވެ. “މަންމަ ބުނީމަ ދަރިފުޅަށް ގަބޫލު ނުކުރެވުނީދޯ؟ ދަރިފުޅަށް އިނގޭތަ؟ ވިނާން އޭ މަންމަ ބަލާ ރަށަށް ވެސް ދިޔައީ..! މަންމަ މިހެން ބުންޏަސް ވިނާންގެ ބައްޕަޔާ ދެބަފައިން ދިޔައީ.. އަނެއްކޮޅުން ހާދަ މަސައްކަތަކުންނޭ އެމީހުން މަންމަ ހޯދީވެސް..!” އަލްޔާއަށް އޮޅުން ފިލުވާދެމުން ނަސްމާ ބުނެލިއެވެ. އެވަގުތު އަފީފާގެ ހިތަށް ކުއްލިއަކަށް އެރީ އެމީހުން ރާއްޖެތެރެއަށް މިފުރީ މިކަމުތާއެވެ.

“އެއީ ތެދެއް ދަރިފުޅާ ވަރަށް ހާލަކުން ދަރިފުޅުގެ މަންމަ ހޯދުނީ..! ނަސީބު ދިމާ ކުރި ގޮތުން ބައްޕަމެން އެރަށަށް ދިޔައިރު ބައްޕަގެ ރަހުމައްތެރިޔާވެސް ވަނީ މިދުނިޔެއާ ވަކިވެފަ..! އެހެން ނަމަވެސް އެކި މީސް މީހުން ކައިރީގަ އަހައިގެން މަންމަ ހޯދީ..!” ސައުދު ކިޔާދިނެވެ. “ކީއްވެތޯ އަޅުގަނޑު ބަހައްޓާފަ ދިޔައީ؟” ދެރަވެފަ އަލްޔާ އަހައިލިއެވެ. “އަލް ހޮޑު ލެވޭނެތީ! އަނެއްކާ ނުލާހިކު ބަލިވެ ތިއުޅެނީ އެހެން ނުނަސް ވިނާ ބޭނުންވީ އަލްއަށް ސަޕުރައިޒެއް ގޮތުގަ މިކަން ކުރަން އެހެންވެ…” ވިނާން ތަފުސީލުކޮށް ކިޔާދިނެވެ. “މަންމާ ދެން ކީއްވެތޯ އަޅުގަނޑު ހޯދަން ނޫޅުނީ؟” ވިނާން ދެއްކި ވާހަކަޔަށް އިތުރު އެއްޗެކޭ ނުބުނެ އަނެއްކާވެސް އަލްޔާ އަހައިލިއެވެ. “ދަރިފުޅާ މަންމަ ވަރަށް މަސައްކަތް ކުރިން ދަރިފުޅު ހޯދަން..! އެކަމަކު އެވަގުތު މަންމަގެ ހާލަތު ދިމާ ކުރި ގޮތުން އެކަން ކުރަން ނަސީބަކު ނެތް..!” ދެރަވެފަ ނަސްމާ ބުނެލިއެވެ. “އެކީއްވެތޯ މަންމާ؟ ކިހިނެތްތޯ މަންމަޔަށްވީ..؟” ކުޑަކުއްޖެއް ހެން އަލްޔާ އަހައިލިއެވެ. “އާނ ދަރިފުޅާ.. އެދުވަސް ކޮޅު މަންމަ މުޅިން ބޯ ސަކާރަތްވީ ނަފުސާނީ ގޮތުން ބަލިމީހަކަށްވެ ރަށުތެރޭ މޮޔަވެގެން ދުވީ..!! ދަރިފުޅަށް އިނގޭތަ؟ އެންމެ ފަހުން ދަރިފުޅުގެ މާމަމެން މި މަންމަ ގެންދިޔައީ ލަންކާއަށް.. އެތާގަ ހަޔާތުގެ ގިނަދުވަސް ހޭދަކުރީ! މަންމަޔަށް ފަރުވާ ކޮއްގެން ރަނގަޅު ވިއިރު އަހަރެއް ވަރުވި އެހެން ނަމަވެސް މާމަމެން މި މަންމަ އާދޭސް ކޮއްކޮށް ރާއްޖެއަކަށް ނުގެން ގޮސްދިން..! ދަރިފުޅަށް އިނގޭތަ؟ މާމަމެން ބުނަނީ މަންމަ އަބުރާ ރާއްޖެ ގެނެސްފި ނަމަ އަނެއްކާވެސް މޮޔަވެދާނެޔޭ!!އެހެން ކަމުން އެތަނަށް މަންމަގެ ދިރިއުޅުން އެއްކޮށް ބަދަލު ކޮއްލީ..!” އިތުރަށް ކިޔާދެމުން ނަސްމާ ދިޔައެވެ. އަލްޔާ ހުރީ ކަނުލާ އަޑު އަހައިގެން މަންމަގެ ހާލަތާ މެދު ހަމްދަރުދީން ފުރިފައެވެ.

…….ނުނިމޭ…….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ގެއްލިދިޔަ ހަޔާތް….. 15

Next

ނޫރު (ތޭރަވަނަ ބައި)

Next
December 20, 2017

ނޫރު (ތޭރަވަނަ ބައި)

Previews
December 19, 2017

ގެއްލިދިޔަ ހަޔާތް….. 15

16 Comments!

  1. sumi says:
    December 19, 2017 at 11:19 pm

    yassss
    me first
    right?

    1. sumi says:
      December 19, 2017 at 11:28 pm

      btw, story is going reaallyy good!
      i love it

    2. Adam says:
      December 19, 2017 at 11:34 pm

      Yap first Sumi thanks

  2. Axka says:
    December 20, 2017 at 12:39 am

    Alhey hama super? When next part??? Keel it up …..

    1. Axka says:
      December 20, 2017 at 12:40 am

      *keep

    2. Alisha says:
      December 20, 2017 at 12:45 am

      Alhey mihaaru story varah reethi vehje and you r improveing, sometimes mistakes annaane but don’t worry. Then liyaa faharaku rangalhu kurevey tho balaaney dhw………….
      Keep it up ……..
      When next part?

    3. Adam says:
      December 20, 2017 at 1:09 am

      Thanks axka insha Allah v avahah

    4. Adam says:
      December 20, 2017 at 1:12 am

      Thanks alisha varah try kuran mistake ragalhu kuran ekamaku Hama Gina faharu balan jehey varah nubeleythi ehen vanee this dhin hiyvaru kuriah dhaanan insha allah

  3. Layaa says:
    December 20, 2017 at 8:37 am

    salaam adam .. Adhi alah mivaahakaige part eh mikiyaalee.. and alah commnt ehvess mikohlee .. v reethi vaahaka gendhaagoi.. Bt Layaa ah kudakoh olhunaraa .. vedhaane mihaahisaabun kiyaaleema kamahvess .. keep it up dear… ???

    1. Adam says:
      December 20, 2017 at 11:40 am

      Thanks layaa

  4. Naanu says:
    December 20, 2017 at 10:50 am

    Mihaaru heevany dhen nimman neygigen ulheyhen .. story mathin kiyaafa emme last line kiyaalany

    1. Adam says:
      December 20, 2017 at 11:41 am

      Thanks Naanu story ge last part dhen other nihman neygi eh nuhunnaannan noon

  5. Shaa says:
    December 20, 2017 at 5:59 pm

    Mihaaru esfiya site v kada
    Dhuvaalaku part eh vx mihaaru kiyaalan nulibey,, stry liyaa v Gina kudhin mi site ah stry up kurey,, but mihaaru eh dhuvas vaa iru vx stry eh ge eh me part eh vx kiyaalan nulibey,, kihineh mi vany mihaaru,,

    1. Adam says:
      December 20, 2017 at 6:38 pm

      Hehe Shaa Adam up kuranee dhedhuvahun ehrey dhereyn ehrey up kuramen noon komme dhuvahaku up kuran time nuvaathee Adam ah up nuvanee

  6. Malu says:
    December 20, 2017 at 6:20 pm

    Varah reethi

  7. Aki says:
    December 21, 2017 at 11:16 pm

    mireyge part konirakun up kohla dhey nee

Comments are closed.

Next Episodeޢެދެމޭ އުފާ….(48)←


All Right Reserved!