ޢެދެމޭ އުފާ….(45)
ހޮސްޕިޓަލު ތެރޭ ވިނާންމެން އިންތިޒާރު ކުރަމުން ދިޔައީ ވާފިރު ހޭލާނެ ވަގުތަކަށެވެ. އެހެން ކަމުން އައިސޫޔޫގެ ދޮރުމަތީ މޮގޯލި އަޅަނީކީ ވަކި ވަރެއް ބަލާފައެއް ނޫނެވެ. ވާނީވެސް އެހެންތާއެވެ. އިރު ކޮޅަކުން ހޭލާނެޔޭ ބުނިފަހުން ވެސް މިހާރު ގަޑިއެއްހާ އިރު ވެއްޖެ ވިއްޔާއެވެ. އެހެންވީމަ ވާނީ ވެސް އެހެންތާއެވެ. “ދަރިފުޅުމެން ދާންވީ ނޫން އެއްޗެއް ކާލައިގެން އަންނަން…؟ މާލެ އައި ގޮތަށް އެއްވެސް އެއްޗެއް ވެސް ނުކައެއް ނޫން ތިތިބީ..؟” ވިނާން ދެކޮޅަށް ހިނގަ ހިނގާ ހުއްޓާ ސައުދު ބުނެލިއެވެ. “ނޫން ބައްޕާ.. އަޅުގަނޑު ނުކާނަން..! އަޅުގަނޑު ކާނީ ބައްޕަޔާ ވާހަކަ ދެއްކުނީމަ…” ސައުދު އެހެން ބުނުމާއެކު ވިނާންއަށް އެއްޗެއް ނުބުނެވެނީސް އަލްޔާ ބުނެލިއެވެ. އަލްޔާޔައަށް ހީވީ އެއީ އޭނަ ކައިރީގަ ބުނިއެއްޗެއް ހެންނެވެ. “އެހެން ކަމަކު ނުދާނެ ދަރިފުޅާ..! ކޮންމެވެސް ވަރަކަށް އެއްޗެއް ކާން ވާނެ އެހެން ނޫނީ ދަރިފުޅު މާ ބޮޑަށް ބަލިވެދާނެ…” އަލްޔާއަށް ވިސްނާ ދެމުން ސައުދު ބުނެލިއެވެ.
”އެއީ ތެދެއް އަލް… ހިނގާ ޖޫހެއް ވިޔަސް ބޯލަން ވިނާ ވެސް ވަރަށް ބަނޑުހައި އެބަވޭ… ” އަލްޔާ ކައިރިއަށް އައިސް ހުއްޓެމުން ވިނާން ބުނެލިއެވެ. އެވަގުތު އަފީފާ ވެސް ބޮލުން އެއީ ތެދެކޭ ބުނުމުން ނުގޮސް ހުންނަން ނުކެރިގެން އަލްޔާ ހިނގައިގަތެވެ. މިއަދު އެމީހުން ބުނާ ގޮތް ހެދުމަކީ އަލްޔާ ކުރަން ޖެހޭނެ ކަމެކެވެ. އަނެއް ކޮޅުން އެއްމެންގެ ތެރޭ ނުދާނެމޭ ބުނެ ބޮޑާ ހޭކުމަކީ ހުތުރު ކަމެއް ވެސް މެއެވެ. އެހެން ކަމުން އަލްޔާ ކަންތައް ކުރީ އެންމެ ރަނގަޅަށެވެ. ވިނާންއާ އަލްޔާއާ ދެމީހުން ދިޔައީ އައިޖީ އެމް އެޗް ކެންޓީނަށެވެ. އެދެމީހުންގެ ފަހަތުން އަހަރެން ވެސް ދާނަމޭ ކިޔާފަ ވަޒުނާ ވެސް ދިޔައެވެ. އެހެން ނެމަވެސް ލީޒާޔާ ޒިއާާދާޔާ ދެކުދިން މަޑު ކޮއްލީ ސައުދުމެން ކައިރީގައެވެ.
ސައުދުމެން އިށީނދެގެން ތިބީ އައިސީޔޫ ދޮރުމަތީގަ ކަމުން އެތެރެއަށް ވަނދެފަ ނިކުންނަ އެއްމެން ފެނެއެވެ. އެމީހުން ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ ވާފިރުގެ ހަބަރެއް ވާނެ ވަގުތަކަށެވެ. އެހެން ކަމުން ސައުދުއާ އަފީފީޔާ ތިބީ ލީޒާމެންނާ ދަތުރާ ބެހޭ ގޮތުން ކޮންމެވެސް ވަރަކަށް ވާހަކަ ދައްކަންށެވެ. އެހެން ތިއްބާ ކުއްލިއަކަށް ފެނުނީ އައިސޫއިން ޑޮކުޓަރަކު ނިކުމެގެން އެމީހުން ތިބި ދިމާލަށް އަންނަނި ކޮށެވެ. އެހެން ކަމުން ސައުދު ތެދުވެގެން ހިނގައިގަތީ ޑޮކުޓަރާ އަރާ ހަމަ ކުރުމަށެވެ. “ވާފިރުގެ އެހީތެރިއެއްތޯ..؟” ސައުދުއާ އަރާ ހަމަ ވުމާއެކު ޑޮކުޓަރު އަހައިލިއެވެ. “ލައްބަ..! ވާފިރުގެ ހާލު ކިހިނެތްތޯ މިހާރު؟” ޑޮކުޓަރަށް ޖަވާބު ދިނުމަށް ފަހު ސައުދު އަހައިލިއެވެ. “މިހާރު ކޮންމެވެސް ވަރަކަށް ރަނގަޅު.. އިރު ކޮޅަކުން ރޫމަށް ބަދަލު ކުރާނަން…” ޑޮކުޓަރު އެހެން ބުނެފަ ހިނގައިގަތީ އައިސީޔޫ އާ ދިމާލަށެވެ. ”ޑޮކުޓަރު..!” ޑޮކުޓަރު ފުރަގަސްދީފަ ހިނގައިގަތުމުން ސައުދު ގޮވައިލިއެވެ.
“ލައްބަ.. ކިހިނެތްތޯވީ؟“ ޑޮކުޓަރު އެބުރިލައިފަ އަހައިލިއެވެ. “ވާފިރު ދެން ރަނގަޅެއް ނުވާނެތޯ..؟ އަޅުގަނޑު މިނަން ގަތީ ކެންސަރު..!” އުއްމީދާއެކު ސައުދު އަހައިލިއެވެ. ”އަޅުގަނޑުމެން މިބަލަނީ ހަމަ ރަނގަޅުވާނެ ގޮތެއް އޮތްތޯ… ހިތާމައަކީ އެބޭފުޅާ އެހުންނެވީ އެންމެ ލާސްޓް ސުޓޭޖުގައި އެހެން ކަމުން ރަނގަޅު ވުމަކީ ނުވާނެ ކަމެއް..! މިވީހާތަނަށް ލާސްޓު ސުޓޭޖުގައި ހުރި ބޭފުޅަކު ރަނގަޅު ވެފައެއް ނެތް..! އެކަމަކު ހުރިހާ ކަމަކަށް ވެސް ކުޅަދުން ވަންތައީ މާތްﷲ… އެފަރާތުން ކޮންމެ ކަމެއް ވެސް މިންވަރު ކުރައްވާ ހުރިގޮތަކަށް އެކަމެއް ވެނިމޭނެ.. ކެތްތެރިވުމަކީ އަހަރެމެން މުސްލިމުންނަށް ވާޖިބެއް…” ޑޮކުޓަރު ވަރަށް ރަނގަޅަށް ރަނގަޅު ނަސޭހަތަކާއެކު ކިޔާދިނެވެ. ”ސައުދު ހުރީ އެއްވެސް އެއްޗެއް ނުބުނެ އިސްޖެހިފައެވެ. “ކެތްކުރަންވާނެ..! ކޮންމެ އިންސާނަކީވެސް ނެތިފަނާވާނެ ބައެއް…” ސައުދުގެ ބުރަކަށީގަ ފިރުމާލައިފަ ޑޮކުޓުރު ވަނީ އެތެރެއަށެވެ.
އަފީފާއާ ލީޒާމެން ތިބީ ޑޮކުޓަރު ދެއްކި ވާހަކަ އަޑު އަހަންށެވެ. އޭރު އެމީހުން ވެސް ތިބީ ފެންކަޅިވެފައެވެ. އަލްޔާއާ ދޭތެރޭ ވާފިރު ކޮންމެ ގޮތަކަށް ކަންތައް ކޮށްފަ އޮތަސް ވާފިރު އެހާ ބޮޑު ބައްޔެއް ޖެހި މަރާ ހަނގުރާމު ކުރާތީ ލީޒާމެން ތިބީ ހަނގީގަތުގައި ވެސް ވަރަށް ދެރަވެފައެވެ. އަފީފާ ވެސް ގޯސް އިރު ގޯހަކަސް މިހާރު އޭނަ އެވަނީ ތައުބާވެ ރަނގަޅު ވެފައެވެ.
”ހަލޯވް ވަޒޫ… ކޮބައި ނުނިމޭތަ؟ ވާފިރުބެ ރޫމަށް ބަދަލު ކޮއްފި..! އަލް އެބަހޯދާ… ބުނީ އަލްޔާ ގެނެސްދޭށޯ..” ވަޒުނާ ފޯނު ނެގުމާއެކު ލީޒާ ބުނެލިއެވެ. “އެހެންތަ؟! މިދަނީ…!” ކުރު ޖަވާބަކުން މިދަނީ ކަމަށް ބުނެ ވަޒުނާ ފޯނު ބޭއްވިއެވެ. “އޭ… ހިނގާދާން..! ލީ އެގުޅީ، ބުނީ ވާފިރުބެގެ ރޫމަށް ބަދަލު ކޮއްފިޔޯ.. އަލް ގެނެސްދޭށެޔޯ ކިޔަނީ.. ހިނގާ އަވަހަށް ދާން…” އެހެން ބުނުމަށް ފަހު އަލްޔާގެ އަތުގަ ހިފައިގެން ވަޒުނާ ހިނގައިގަތީ ހޮސްޕިޓަލުގެ އެތެރެއަށް ވަނުމަށްޓަކައެވެ. ވިނާން ވެސް އިތުރު އެއްޗެއް ނުބުނެ އެމީހުންގެ ފަހަތުން ބާރު ބާރަށް ހިނގައިގަތެވެ.
“ދަރިފުޅާ އަލްޔާ..! ބައްޕަ ހާދަ ވަރަކަށް ދަރިފުޅު ހޯދައިފީމޭ ކީއްވެތަ ތިހާ ލަހުން ތިއައީ..؟” އަލްޔާ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ދޮރުމައްޗަށް ބަލަން އޮވެފަ ވާފިރު ބުނެލިއެވެ. “ބައްޕާ! އަލް މިއައީއޭ..! ދެން ދުވަހަކުވެސް ބައްޕަ ދޫކޮށްފައެއް ނުދާނަން..!” ވާފިރު އޮތް އެނދުގެ މަގުތުގަ އިށީންނަމުން އަލްޔާ ބުނެލިއެވެ. “ދަރިފުޅު ހާދަ ރަނގަޅޭ..!ބައްޕަ ވަރަށް އުފާވެއްޖެޔޭ..!” ރޮމުން ވާފިރު ބުނެލިއެވެ. “ބައްޕާ ދެން ނުރޮށްޗޭ..! ބައްޕަ ރޯތަން ބަލާކަށް އަޅުގަނޑަކަށް ކުޅަދާނައެއް ނޫން…” ވާފިރުގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ފޮހެމުން އަލްޔާ ބުނެލިއެވެ. އޭރު އަލްޔާ ވެސް އަޑުން އަޑުނަގާ ރޮނީއެވެ. ވިނާންމެން އެއްމެން ވެސް ތިބީ އެދެބަފައިންނަށް އުނދަގޫ ނުކުރަން ވެގެން ހިތް ފުރެންދެން ފުރުސަތު ދީގެންނެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އެއީ ބަފަޔާކާ ދަރިއަކާ ވިއްޔާއެވެ. އެތައް ޒަމާނަކަށް ފަހު ބައްދަލު ވިއިރު ކިހާ އިހުސާސް ތަކެއް ހުންނާނެހެއްޔެވެ؟.
“ދަރިފުޅާ… ދަރިފުޅުވެސް ތިރޮނީއެއް ނޫން..؟ ބައްޕަ ބޭނުންމެއް ނޫނޭ ދެން ތި ލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް ވެއްޓޭކަށް…” ތުރުތުރު ލައި ހާލު ވާފިރުގެ އަތުން އަލްޔާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ފޮހެލަމުން ބުނެލިއެވެ. އެތަން ފެނި އެތާ ތިބި އެއްމެންގެވެސް ލޮލުން ކަރުނަ ފައިބާގަތެވެ. ވަގުތުގެ ނާޒުކުކަން ދެން އިހުސާސް ކޮއްލައްވާށެވެ. ”ހެހެ.. ބައްޕަ އަޅުގަނޑު ދެން ނުރޯނަމޭ… އެންމެ ރަނގަޅެއް ނޫންތޯ؟” ގަދަ ކަމުން ހެމުން އަލްޔާ ބުނެލިއެވެ. ބަލި ދާނުގަ އޮތްމީހަކަށް ދެވޭނެ އެންމެ ރަނގަޅު އެއް ފަރުވާއަކީ ހިނިތުން ވުން ކަން އަބަދު ވެސް އަލްޔާ ދަނެއެވެ. އަމުދުން ބައްޕަ ވީމަ އިނގޭނެތާއެވެ.
”ދަރިފުޅާ… ބައްޕަ އެބައޮތް ދަރިފުޅު ކައިރީގަ ނުބުނެ އޮތް ވަރަށް ބޮޑު ވާހަކައެއް..! ބައްޕަ މިދުނިޔެ ދޫކުރުމުގެ ކުރިން ދަރިފުޅަށް އެކަން އަންގަން ބޭނުން ވާތީ ދަރިފުޅު ހޯދަން މާލެ އައީވެ…..” އެހިސާބަށް ބުނެވުނުތަނާ ވާފިރު ކެއްސައިގަތުމުން ވާހަކަ މެދު ކެނޑިއްޖެއެވެ. އެވަގުތު އަލްޔާ އެތާ ހުރި ފުޅިން ފެންއަޅައިގެން ވާފިރުއަށް ބޯންދިނެވެ. “އެއީ ކޮންވާހަކައެއްތޯ ބައްޕާ؟” އަލްޔާ އަހައިލިއެވެ. އޭރު އަލްޔާވެސް އިނީ ތުރު ތުރު ލާ ހާލުގައެވެ. “ބައްޕަ އިހަށް އަރާމު ކޮއްލަންވީ ނޫންތޯ..؟ ފަހުން ވާހަކަ ދައްކާނީ…” ވާފިރުގެ ހާލަތު ދައްވާކަން ވިނާންއަށް އިނގޭތީ ބުނެލިއެވެ. އެވަގުތު ވާހަކަ ދެއްކުމަކީ ރަނގަޅު ނޫން ކަމެއް ކަމަށް ވަޒުނާ ވެސް ބުނެލިއެވެ. “ނޫނޭ ދަރިފުޅާ ބައްޕަ އަކަށް އެހާ ވަގުތެއް ނެތް..! ވަރަށް ވަގުތު ކުޑަވެއްޖެ..!“ ކެއްސަމުން ވާފިރު ބުނެލިއެވެ. ދަރިފުޅާ ބައްޕައަށް މާފު ކުރާތި.. އުހު..! މި ބައްޕަޔަށް މާފު އެ ލަފުޒު ބުނަންވެސް ހައްގެއް ނެތް! އެކަމަކު ދަރިފުޅާ ބައްޕައަށް މާފު ކުރާތި…” ކުރު ނޭވާ ލަމުން ވާފިރު ވާހަކަ ދައްކަމުން ދިޔައެވެ. “ބައްޕާ ތިކަހަލަ ވާހަކަ ނުދައްކަވާ! އަޅުގަނޑު ބައްޕަޔާ ދޭތެރޭ އެއްވެސް އެއްޗެއް ހިތަކު ނެތޭ… އަޅުގަނޑު އަބަދު ވެސް ބައްޕަދެކެ ލޯބިވޭ..!” ރޮމުން އަލްޔާ ބުނެލިއެވެ. “ނޫނޭ ދަރިފުޅާ.. މިއީ ވަރަށް ގޯސް ބައްޕައެއް! ދަރިފުޅަށް އިހުސާސް ވެސް ނުވާނެ ބައްޕަޔަށް އޮޅުވާލެވުނު ވަރު..!ދަރިފުޅަށް އިނގޭތަ؟” ވާފިރު މަޑު މަޑުން ވާހަކަ ދައްކަމުން ދިޔައެވެ. އޭރު ވާފިރުގެ ދެ ލޮލުން ހޯސްލާފަ ކަރުނަތައް ފާބަމަމުން ދިޔައެވެ. “ބައްޕަ އެއްވެސް ކަމެއް އޮޅުވާ ނުލަމެއް ނޫން..؟ ބައްޕަޔަށް އޭރު އެ ހުރިހާ ކަމެއް ވެސް ކުރެވުނީ މަންމަ ބުނި ގޮތަށް ހަދަން ވެގެންކަން އަޅުގަނޑަށް އިނގެޔޭ…” ވާފިރުގަ ލޮލުން ކަރުނަ ފޮހެލަމުން މޫނުގަ ފިރުމަމުން އަލްޔާ ބުނެލިއެވެ.
”ދަރިފުޅާ ތިހެން ނުބުނޭ.. ދަރިފުޅުގެ މަންމަ އަކީ ވަރަށް މާތް އިންސާނެއް! މަންމަޔާ ދިމާލަށް ތިޔަފަދަ ބަހެއް ބުނަން ހެޔޮވެސް ނުވާނެ..!” އަލްޔާގެ އަތުގަ ހިފައި ބާރު ލަމުން ވާފިރު ބުނެލިއެވެ. ވާފިރު އެބުނި އެއްޗަކުން އެތާ ތިބި އެއްމެން ވަކި ވަކިން އެކަކު އަނެކަކުގެ މޫނަށް ބަލަން ފެށިއެވެ. އަފީފާގެ ހާލު ވަކިން ބޮޑެވެ. ވާނީވެސް އެހެންތާއެވެ؟. އަލްޔާގެ މަންމަ ބަދޫރާގެ ނުބައިކަން އެންމެ ރަނގަޅަށް އިނގޭ އެކަކީ އޭނަ ވިއްޔާއެވެ. އެހެންވީމަ ވާފިރު އެބުނީ ކީކޭބާއެވެ.؟ “ދަރިފުޅު ވަރަށް ހައިރާން ވެއްޖެދޯ ބައްޕަ މިހެން ބުނީމަ؟” ވާފިރު ބުނެލިއެވެ. އޭރުވެސް އަލްޔާ ދިޔައީ ވާފިރުގެ މޭމަތީގަޔާ ބޮލުގަ ފިރުމަމުންނެވެ. ”ދަރިފުޅާ ގަބޫލު ކުރޭ ބަދޫރާއަކީ ދަރިފުޅުގެ އަސްލު މަންމައެއް ނޫން..!!! އެއީ ދަރިފުޅުގެ ދޮންމަންމަ!! ދަރިފުޅު ވަރަށް ކުޑައިރު ބައްޕަ ބަދޫރާޔާ ކައިވެނި ކޮށްގެން އެރަށަށް ދިޔައީ…!” ވާފިރު އެންމެފަހުން އޭނަ ބުނަން ބޭނުން ވެގެން އުޅޭ ވާހަކަ ބުނެލިއެވެ. އަލްޔާއަށް ހުރެވުނު ތަންވެސް ނޭގުނު ކަހަލައެވެ. މުޅި މީހާ އަތްފައި ފިނިވެ ތުރުތުރުލާން ފެށިއެވެ. އެހެން ކަމުން ވިނާން އިތުރަށް އަލްޔާއާ ކައިރިވެލިއެވެ. އަދި ހިތްވަރު ކުރުމަށް ބުނަމުން ދިޔައެވެ. ”އާނ ދަރިފުޅާ.. ބައްޕަ މިބުނީ ހަގީގަތް..! ދަރިފުޅުގެ މަންމަ އަކީ އެހެން މީހެއް އަދި އިރާދަ ކުރެއްވީތީ ދަރިފުޅުގެ މަންމަ ހެޔޮ ހާލުގަ ދުނިޔޭގަ ވެސް އެބަހުރި..!ބައްޕަ ބުނީމެއް ނޫން ބައްޕައަކީ މާފު ހައްޤުވާވަރުގެ އިންސާނެއް ނުނޭ..؟! ދަރިފުޅު ވިސްނަބަލަ މި ބައްޕަގެ ނުބައިކަން.. ދަރިފުޅާ ހަމަ ތެދެއް ބައްޕަ މިބުނީ ދަރިފުޅުގެ މަންމަ ރޮއެ އާދެެސް ކޮށް ކޮށް ހުއްޓާ މަންމަ ވަރި ކޮއްފަ ދަރިފުޅު ގޮވައިގެން ބައްޕަ ދިޔަ!…… އާހް! އާހް! އާހް!“ ކުއްލިއަކަށް ވާފިރުގެ ނޭވާ ހާސްވާން ފެށިއެވެ.
”ޑޮކުޓަރު! ޑޮކުޓަރު!” އަވަސް އަވަަހަށް ޑޮކުޓަރަށް ގޮވަމުން ލީޒާ ދުވެފަ ނިކުތެވެ. ވަޒުނާގެ ޑިއުޓީއެއް ނޫން ކަމަކު އޭނަ އޭރު ވާފިރުއަށް ފަރުވާ ދިނުމަށްޓަކައި އުޅެގަތެވެ. ވަޒުނާ އަކީ ނަރުހެއް ކަމުން މިކަހަލަ ކަމެއް ދިމާވީމަ ދެން ހަދަން ވީގޮތް އެންމެ ރަނގަޅަށް އިނގޭނެ މީހަކަށް އެތާ ހުރި މީހަކީ އޭނަ ވިއްޔާއެވެ. އެހެން ކަމަށް ވެއްޖެ ނަމަ އެއީ ވަޒުނާގެ މައްޗަށް ކުރުން ލާޒިމު ކަމެކެވެ. “އިހަށް ބޭރަށް ދުރުވާންވީނޫންތޯ..؟!” ޑޮކުޓަރު އެތެރެއަށް ވަނުމަށް ފަހު ބުނެލިއެވެ. އިތުރު ވާހަކައެއް ނުދައްކާ އެއްމެން ވެސް ހިނގައިގަތީ ޑޮކުޓަރު އެދުނު ފަދައިން ބޭރަށް ނިކުތުމަށެވެ. “އަޅުގަނޑު ނުދާނަން ބައްޕަ ދޫކޮށްފައެއް! ނުދާނަން! ނުދާނަން!” ވާފިރުގެ އަތް މައްޗަށް ވެއްޓި ރޮއެ ގަންނަމުން އަލްޔާ ބުނެލިއެވެ. “ނޫން އަލް! އިހަށް ހިނގާ ބޭރަށް.. ޑޮކުޓަރު އިރުކޮޅަކުން ގޮވާނެޔޭ… އިހަށް ހިނގާ!” އަލްޔާ ނުދާން ބުނުމުން އަތުލަފިކޮށް ނަގަމުން ވިނާން ބުނެލިއެވެ. ކޮޓަރިން ނިކުންނަމުންވެސް އަލްޔާ ދިޔައީ ބޭރަށް ނުދާން ގަދަ ހަދަމުންނެވެ.
”ސޮރީ… އަޅުގަނޑުމެންނަކަށް އެފުރާނައެއް ސަލާމަތެއް ނުކުރެވުނު..!!!” އެއްމެން ބޭރުގަ ތިއްބާ ޑޮކުޓަރު ނިކުމެ ބުނެލިއެވެ. އަލްޔާއަށް ހީވީ އޭނަގެ ބޮލަށް އުޑު ވެއްޓުނުހެންނެވެ. އޭނަ ކުރަން ބޭނުންވި އެއްތައް ސުވާލެއްގެ ޖަވާބު ނުދެވި އެ ބައްޕަ މިދުނިޔެއާ ވަކިވީއެވެ. “ނުވާނެ އެެހެންނެއް! ބައްޕަ މަރެއް ނުވާނެ! މަރެއް ނުވާނެ!“ އަޑުގެ ކޮޅަށް ރޮމުން އަލްޔާ ދިޔައެވެ. “މިއީ ހިތާމަކޮށް ރޯންވީ ވަގުތައް ނޫން.. މިއީ ހިތްވަރުކޮށ މައްޔިތާއަށް ހެޔޮދުވާ ކުރަންވީ ވަގުތު..! މިއީ ކޮންމެ މަހުލޫގަކަށް ވެސް އަންނާނެ ވަގުތެއް..!” އަލްޔާގެ ބުރަކަށީގަ ފިރުމައިލަމުން ޑޮކުޓަރު ބުނެލިއެވެ.
މާތްﷲގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. ތިމާގެ ދަރިއާ ދޭތެރޭ ހިތު ހުރި ގޮތެއް ހަދައިފަ އެންމެ ފަހު ވަގުތު މިދުނިޔެއާ އެ ވަކިވީ އެ ނިކަމެތި އަންހެން ދަރީގެ ކިބައިން މާފު ވެސް ލޯބިވެސް ލިބިގެންނެވެ. ކޮންފަދަ މާތް އަޚުލާގުގެ ކުއްޖެއްހެއްޔެވެ؟.
“އަލް!!!” ވަޒުނާ ހަޅޭއް ލަވައިގަތީ އަލްޔާ ވެއްޓެން ދިޔަ މަންޒަރު ފެނުމުންނެވެ. ވަޒުނާ ހަޅޭއް ލަވައިގަތް އަޑަށް ވިނާން އެއްލި އަތުން އަލްޔާގެ އަތުގަ ކިރިޔާ ހިފުނީއެވެ. އެވަގުތު އަލްޔާ އަވަސް ފަރުވާ ދޭ ކޮޓަރިއަށް ވެއްދިއެވެ. “ވަޒޫމެން ދޭ އަލްޔާ ކައިރީގަ މަޑު ކޮއްލަން… ދަރިފުޅު ހިނގާ އަވަހަށް ވަޅުލުމުގެ ކަންތައް ކުރިއަށް ގެންދަން..!” އަލްޔާ ކައިރި މަޑު ކުރަން ވަޒުނާމެން ގާތު ބުނެފަ ސައުދު ހިނގައިތީ ވިނާންގެ އަތުގަ ހިފައިގެން ވާފިރު ވަޅުލުމުގެ ކަންތަކާ އުޅެގަތުމަށެވެ. “ލައްބަ ބައްޕާ އެކަމަކު އަދި އަޅުގަނޑުމެންނަކަށް މިކަން ނިންމާ ލެވޭކަށް ނެތެއް ނޫންތޯ؟“ ދަމުން ވިނާން ބުނެލިއެވެ. “އެޔޯ؟!” ހައިރާން ވެފަ ސައުދު އަހައިލިއެވެ. “ބައްޕަގެ އިތުރު ދަރިން އެބަ ތިއްބެއް ނޫންތޯ؟ އެހެންވީމަ އެމީހުންނަށް އަންގަން ޖެހޭނެ ނޫންތޯ..؟” ސައުދު ހަނދާން ނެތްކަން އެނގުމުން ހަނދާން ކޮއްދެމުން ވިނާން ބުނެލިއެވެ. “އެއީވެސް ތެދެކޭދޯ؟ އެހެންވީމަ މިހެން ހަދާބަލަ… ދަރިފުޅު ގުޅައިބަލަ ޝަރާއަށް ގުޅައިފަ ބުނެބަލަ އެގެއަށް ގޮސް އެވާހަކަ ބުނެދޭށޭ އަދި އެމީހުން ބުނި އެއްޗެއް ވެސް އަންގަ ދޭށޭ ބުނަށްޗޭ….” ހަދަންވީ ގޮތް ސައުދު ކިޔައިދިނެވެ. އެންމެ ރަނގަޅޭ ބުނެ ވިނާން ފޯނު ނަގައި ޝަރާއަށް ގުޅިއެވެ. އަދި ވާފިރު މަރުވިކަމާ ސައުދު ބުނި ގޮތަށް ކަންތައް ކުރުމަށް ޝަރާ ކައިރި ބުނެލިއެވެ.
”މަރުހަބާ! ވަން މަންތު..!” ޑޮކުޓަރު އަލްޔާ ބެލުމަށް ފަހު ބުނެލިއެވެ. ޑޮކުޓަރު އެހެން ބުނުމުން އަލްޔާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ހިތާމަޔާ އެކު އުފަލެއް ލިބުނީމަ ވާނީވެސް އެހެންތާއެވެ. “ކީކޭތޯ ޑޮކުޓަރު! ހަމަ ޔަގީންތޯ ޕުރެގުކަން؟!” ފާޑަކަށް އަލްޔާ ބަލަން ފެށުމުން ޑޮކުޓަރު ކައިރި ވަޒުނާ އަހައިލިއެވެ. “ޔެސް ޝުއާރ..! ޝީ އިޒް ޕުރެގުނެންޓް..!” ޔަގީން ކަމާއެކު ޑޮކުޓަރު ބުނެލިއެވެ. “ވާވް! ތޭންކްސް.. އަލް ބޭބީއެއް ލިބެނީއޯ..!” އުފަލުން ހަޅޭއް ލަވައިގަންނަމުން ވަޒުނާ ބައްދާގަތީ އަލްޔާގެ ގައިގައެވެ. “އޭރު ވެސް އަލްޔާ އޮތީ އޮތްގޮތަށް ވާނީ އުފާތޯ? ނޫނީ ދެރަތޯ؟ ވިސްނައިގަންނަން ވެސް ނޭނގިފައެވެ.
ޝަރާގެ ފަރާތުން އެނގުނު ގޮތުގައި ވާފިރުގެ ފިރިހެން ދަރި އޮތީ މަސްތުވާ އެއްޗެހީގެ މައްސަލައިގަ ޖަލަށް ހުކުމް ކޮށްފަ ކަމުން އޭނަޔަށް އާދެވޭނެ ގޮތެއް ނެތެވެ. ދެން ބަދޫރާ ލައިޒާ ފޮނުވަން އެއްބަސް ނުވާތީ ލައިޒާއަށް ނާދެވެއެވެ. ބަދޫރަވެސް އަންނަން ބޭނުން ނޫން ކަމަށް ބުނުމުން ވާފިރުގެ އެންމެ ފަހު ކަމެއްގެ ގޮތުގައި މޫނު ބަލަން ބޭނުން މީހުންނަށް މޫނު ދެއްކުމަށް ފަހު ވަޅުލިއެވެ. އެހެން ނަމަވެސް އަލްޔާ އޮތީ ހޮސްޕިޓަލުގައި ކަމުން އޭނަޔަށް އެންމެ ފަހުވަގުތު ވެސް ބައްޕަގެ މޫނު ބަލާކަށް ނުދެވުނެވެ.
…….ނުނިމޭ…….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.



Me first
Hehe ya dhw
Haadha kureyy
Kuru Tha??Adam heekuree kuru noon kamah
Wowwwww
Thanks yaina
Haadha dhuvashkof aey dhoo baynuvaney v avaha
Dhedhuvahun eh dhuvahu kuramennoon
V hadi
Hehe thanks
Nice
Vaahakaiga varah kuh bas gina kamah faahaga kurevey..vaaneeves ehenthaaeve..aadhanu ehen liyun theringe vaahaka nukiyany thowchekeve..noon nama mihaaru miah vure rangalhu vaan vehje noon hehyeve..mihen ves hama bunelee..
Wow
Vahakaige namuga ves thiki jehi thaanaige massala eba ulhey.
Vahaka thereyga ves vrh massala ulhey bas thakuga.
Adhi vrh faahaga vi majaa nuvaa kanthakuga maa majaa veganegen ulhey kan. Abadhuves paka paka hinugandaa characters thakaa nugulhey dhimaa kurun thah.
But storyline reethi veema mi kiyany.
You know what? 2 dhuvas thereyga 45 episodes kiyaa ninmaaleemi.