Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (ދިހަވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
December 14, 2017 8 Mins Read
26 Comments

މީގެ އިތުރުން ސިކުނޑިއަށް ވެރިވަމުން ދިޔަ އޭނައަށް ކޮންޓްރޯލް ނުކުރެވޭ ޚިޔާލުތަކެއްގެ ސަބަބުން އޭނަ ހާސްވެ، ބޮލުގައި ގަދައަށް ރިއްސަން ފެށިއެވެ. އެހުރިހާ ކަމަކަށް ކެތްނުވެގެން އެންމެފަހުން ޝަރަފަށް ހަޅޭއްލަވައިގަނެވުނެވެ.

 

ޝަރަފްގެ އެ ހަޅޭކުގެ އަޑު ބޭރުގައި ތިބި އެންމެންނަށް އިވިފައި އެންމެންގެ ނަޒަރުތައް އެކޮޓަރިއާއި ދިމާލަށް ދަތުރު ކުރިއެވެ. އިސާހިތަކު އެންމެންނަށް އެކުއެކީގައިހެން ކޮޓަރީގެ ދޮރާއި ހަމައަށް ދެވުނެވެ. ޝަރަފް އިންގޮތް ފެނިފައި ޝަބާ އެންމެ ކުރިން ގޮސް އޭނަގެ ގައިގައި ހިފަހައްޓާލަމުން ކިހިނެއްވީތޯ ސުވާލުކުރިއެވެ. ވަމުން ދިޔަ އުނދަގޫތަކެއްގެ ސަބަބުން ޝަރަފަށް އެވާހަކަތައް ކިޔައިދޭން ވެސް ނުކުޅެދުނެވެ. އޭނައަށް ކިޔައިނުދެވުނެއްކަމަކު ހެނދުނުގެ ހަނދާންތައް އާވެފައި ޝަރަފަށް އެ ވަނީ ކީއްކަން ޝަބާއަށް ނަގައިގަންނަން ގިނައިރެއް ނުނެގިއެވެ. އޭނަ ބަލަބަލާ ހުއްޓާ ޝަރަފްގެ ކަޅި މައްޗަށް އަރައިގެން ގޮސް ހޭނެތެމުން ދިޔަ ވަގުތު ޝަބާއަށް ހަރުއަޑުން ޝަރަފްގެ ނަމުން ގޮވާލެވުނެވެ.

 

އޭގެ މާގިނައިރެއްނުވެ އެމްބިއުލާންސްގައި ޝަރަފް އައި.ޖީ.އެމް.އެޗަށް ގެންދެވި އޭނައަށް އަވަސްފަރުވާ ދެވެން ފެށިއެވެ. ޝަބާ ޑޮކްޓަރުންނަށް ކިޔައިދިނީ ހަމައެކަނި އޭނައަށް ހީވިގޮތުން ޝަރަފަށް ދިމާވި ޢަލާމާތްތަކުގެ ވާހަކައެވެ. ޝަރަފް ދޫކުރި އާދައިގެ ވާހަކަ ބުނެ އޭނަ ފަޟީޙަތްކުރަން ބޭނުމެއްނުވީތީވެއެވެ. ޑޮކްޓަރުން ވަގުތުން ޝަރަފްގެ ގަޔަށް އައިވީ ގުޅައި ޓެސްޓްތަކެއް ހެދުމަށްޓަކައި އޭނަގެ ލޭ ނެގިއެވެ.

ޓެސްޓްތަކުގެ ނަތީޖާ ލިބެންދެން ވެސް ޝަބާ އިނީ ޝަރަފްގެ އެނދުގެ ކައިރީގައި އިށީނދެގެންނެވެ. އެހެންއިންއިރު އޭނަގެ ހިތި މާޒީގެ މަތިން ހަނދާން އާވެފައި ޝަރަފަށް ދެރަގޮތެއް މިންވަރު ނުކުރެއްވުމަށްއެދި އޭނައަށް ހިތާހިތުން ދުޢާ ކުރެވެމުން ދިޔައިރު އޭނަގެ ލޯ ކަރުނުން ފުރެމުން ދިޔައެވެ. މީގެ 6 ވަރަކަށް އަހަރު ކުރިން އޭނަގެ ފިރިމީހާ މިފަދަ ޙާލެއްގައި އޮތްއިރު އޭނަގެ ހިތުގައި އެ އަނިޔާވެރި އިންސާނާއަށްޓަކައި އެއްވެސް ރަޙުމެއްނެތެވެ. އެހެނަސް މިއަދު ޝަބާގެ ކުރިމަތީގައި މިއޮތީ އޭނަދެކެ އިންތިހާއަށް ލޯބިވާނެ މީހެއްކަން މިއަދު އޭނައަށްވަނީ ޔަޤީންވެފައެވެ. މިއަދު ޝަރަފް ހަމައެކަނި އޭނަ އުފާކޮށްދިނުމަށްޓަކައި ކުރި ކަންތަކުގެ ހަނދާން އާވުމުން، ޝަބާއަށް ޝަރަފްގެ އިސްތަށިގަނޑުގައި ފިރުމާލެވުނެވެ.

 

**

 

“ހާދަ ގިނައިރެކޭ މި ނަގަނީ. މިހާރު ކިތަކެއްތަ ވަދެފަ ހުރީ؟” ހޮސްޕިޓަލުގެ އެހެން ދިމާލެއްގައި ހުރި ގޮނޑިބަރިއެއްގައި އިން ޝާދިޔާ ބުނެލިއެވެ. އެވަގުތު އޭނަގެ ކައިރީގައި އަފާފް އިންއިރު ކުރިމައްޗަށްވާ ގޮތަށް ހުރި ގޮނޑިބަރީގައި ހުސެއިން އިނެވެ.

 

“23 މިހާރު ވަދެފަ ހުރީ. އަފާފަށް އޮތީ 27.” ހުސެއިން ބުނެލިއެވެ. އެއާއެކު ޝާދިޔާ ޗޮއްކަނޑާލިއެވެ. އޭނަ ހިސާބެއްގެ ނުރުހުންތެރިކަމާއެކީ ދުރުބަލަން ފެށި ވަގުތު އެ ކޮރިޑޯގެ ތަންކޮޅެއް ދުރު ހިސާބަކުން ހިނގާފައި އަންނަމުން ދިޔަ މީހަކު ފެނިފައި ޝާދިޔާއަށް ވާހަކަ ދެކެވުނެވެ.

 

“މިއޮތް އަންނަނީ ޝަބާތަ؟” ޝާދިޔާ އެ ސުވާލުކޮށްލުމުން އަފާފަށް މަންމަ ހުރި ފަރާތަށް އެނބުރިލެވުނެވެ.

 

“އާނ އެއީ އޭނަ. އޭނަ ކީއްތަ ކުރަނީ މިތާ؟ ބައްޕަ ބަލިވީ ކަންނޭނގެދޯ؟” ހުސެއިން ވެސް އެދިމާލަށް ބަލަން އިނދެ ދޯދިނެވެ. އެއާއެކު އަފާފަށް ވާހަކަ ދެކެވުނެވެ.

 

“ނޫން! ޝަބާ ބުނީ ބައްޕަ ރަނގަޅޭ މިއަދު ގުޅީމަވެސް. މަންމާ، ޝަބާއަށް ގޮވާލެވިދާނެތަ؟” އަފާފަށް އަހާލެވުނެވެ. އޭނައަށް އެހެން އަހާލެވުނީ ދެ ސަބަބަކާހެދި ކަން ޚުދު އޭނައަށް ވެސް އެނގުނެވެ. އެއްސަބަބަކީ އޭނަ ޝަބާއާއިމެދު ކަންބޮޑުވެފައިވުމެވެ. އަނެއްސަބަބަކީ، އަފާފް ކިތަންމެ ޤަބޫލުކުރަން، ބޭނުމެއްނުވިޔަސް އެއްކަލަ ދުވަހު ދިމާވި ޒުވާނާއާއި ބެހޭގޮތުން އިތުރަށް އެނގިދާނެހެން ހީވެފައި އޮތުމެވެ.

 

އަފާފް އެދުނުތަނާހެން ޝާދިޔާ އާދައިގެ އަޑަކުން ޝަބާއަށް ގޮވާލަމުން އޭނައަށް ހަނާއަޅާލިއެވެ. ޝަބާ ދެ ދިމާލަކަށް ބަލާފައި އެންމެ ފަހުން ޝާދިޔާ ފެނިގެން ދިޔުމުން އޭނައަށް ބަލަހައްޓައިގެން ހުރެ އެ ދިމާލަށް އައެވެ. ޝަބާ ގާތްވީވީހެން އޭނަ އައީ ވަރަށް ގަދައަށް ރޮއިފައިކަން ޝާދިޔާއަށާއި ހުސެއިނަށްވެސް އެނގުނެވެ.

 

“ހާދަ ދެރަވެފައޭ ޝަބާ……ކިހިނެއްތަވީ؟” ޝާދިޔާ އެހެން އަހާލުމުން އަފާފަށް އިތުރަށް ސަމާލުވެލެވުނެވެ.

 

“އެއީ ކޮއްކޮއެއް ބަލިވެގެން ބާއްވާފަ އޮތީމަ. އަދިވެސް ޓެސްޓްތަކުގެ ނަތީޖާ ނުލިބިގެން މިއުޅެނީ.” ވަރުބަލިވެފައިވި އަޑަކުން ޝަބާ ކިޔަދިނެވެ.

 

“ޝަބާގެ ކޮއްކޮއެއްވެސް ހުންނަނީތަ؟” ހުސެއިން އަހާލިއެވެ. އެ ސުވާލުގެ ޖަވާބަށްޓަކައި އަފާފްވެސް ކެތްމަދުވިއެވެ. އެއީ އޭނައަށް ވެސް އާ ޚަބަރެއްހެން ހިނދުކޮޅަކަށް އަފާފަށް ހީވިއެވެ. އެހެނަސް މާ ގިނައިރެއްނުވެ މީގެ މަސްތަކެއް ކުރިން ޝަބާ އޭނަގެ ދެކޮއްކޮއިންގެ ވާހަކަ އަފާފަށް ކިޔައިދިން ހަނދާން އާވިއެވެ. އެ ހިނދު ޝަބާ ހަމަ އެ ވާހަކަ އެގޮތަށް ހުސެއިނަށް ކިޔައިދިނެވެ.

 

“ލައްބަ. އަޅުގަނޑުގެ ދެކޮއްކޮއިން ތިބޭ. ވަރަށް ކުޑައިރު ދެކޮއްކޮއިން ވެސް އޮސްޓްރޭލިޔާއަށް ބަދަލުވެ އެ ޤައުމުގަ އުޅެމުން ދިޔައީ. ދެން އިއްޔެގަ އޭގެތެރެއިން އެއްކޮއްކޮ އަނބުރާ އައީ.” ޝަބާ ބުންޏެވެ. އެވަގުތު ޝާދިޔާއާއި ހުސެއިން ވެސް ތިބީ ވިސްނުމެއްގެ ތެރޭގައެވެ. ދެމީހުންގެ ތެރެއިން އެންމެ ކުރިން ވާހަކަ ދެކެވުނީ ޝާދިޔާއަށެވެ.

 

“ތި ކުއްޖަކު އިއްޔެ ތި ގެއަށް އައީ އަފާފް ވެސް ހުރިއިރު ދޯ؟ ކޮންމެވެސް މީހަކު އިއްޔެ ތިގެއަށް އައި ވާހަކަ ފައިހާ ދެއްކި އަޑު އެހިން.” ޝާދިޔާ ކޮށްލީ އަފާފްވެސް ކުރަން ބޭނުންވެގެން އިން ސުވާލެވެ. އެ ސުވާލުގެ ޖަވާބަކަށް ޝަބާ އާނއެކޭ ބުނެލުމުން އަފާފަށް ދެލޯ މަރާލެވުނީ އެ ޒުވާނާއާއި އިތުރު ގާތްކަމެއް އިޙްޞާޞް ކުރެވުމުންނެވެ. އޭނަ އަމިއްލަ ޚިޔާލުތަކެއްގެ ތެރެއަށް ގެނބެން އުޅެނިކޮށް ހުސެއިން ވާހަކަ ދެއްކިއެވެ.

 

“ތި ކުއްޖާ އެލެގެންޓް ހޯމްސްގެ ވަޒީފާއަކަށް ވެސް ކުރިމަތިލި ދޯ؟ މިއަދު އަހަރެން އެ ވަޒީފާއަށް ކުރިމަތިލާފަ ތިބި މީހުންގެ ސިޓީތައް ބެލިއިރު އޮތް ޢައްބާސްގެ ނަން ފަހަތަށް އޮތް ނަމެއް. ޝް….ޝަރަފް ޢައްބާސް ކަންނޭނގެދޯ؟” ހުސެއިން ޝައްކެއްގެ މަތީގައި ހުރެ އަހާލިއެވެ. ބައްޕަ ދެއްކި ވާހަކައަކުން އަފާފަށް ދެލޯ ހުޅުވާލެވުނު ވަގުތު އޭނަގެ މެއަށް ފިނިވިއެވެ.

 

 

“އާނ….ޝަރަފް ޢައްބާސް އޭނައަށް ކިޔަނީ. މިއަދު ހަވީރު ބުނި ވަޒީފާއަކަށް ކުރިމަތިލި ވާހަކަ. އެ ތަނަށްދޯ އެހެންވީމަ އޭނަ ލީ؟” ޝަބާ ފަނޑު ހިނިތުންވުމެއްގައި ހުރެ ދޯދިނެވެ. އެ ހިނދު އެ ހުރިހާއިރު ހިމޭނުން އިން އަފާފަށް ކެތްނުކުރެވިގެން ވާހަކަ ދެކެވުނެވެ.

 

“ކިހިނެއްތަވީ އޭނައަށް؟” އަފާފަށް އަހާލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އެކަމަށްޓަކައި އޭނައަށް އަމިއްލަ ނަފްސަށް ނަފްރަތު ކުރެވުނެވެ. އޭނަ ދުވަހަކުވެސް މިހާ ޝައުޤުވެރިވެފައި އެހެން ހިލޭ ފިރިހެނަކާ ބެހޭ ގޮތުން ސުވާލުކޮށްފައެއް ނުވެއެވެ. އޭނަ އެ ސުވާލުކޮށްލުމާއެކު އޭނަގެ މަންމައާއި ބައްޕަވެސް އޭނައާއި ދިމާލަށް ޙައިރާންކަމާއެކީ ބަލަން ފެށީ އެހެންވެ ކަންނޭނގެއެވެ. ޝަބާ އެ ތިން މީހުންނަށް ވަކިވަކިން ބަލާފައި ޖަވާބުދިނެވެ.

 

“ން….ނޭނގެ އަސްލުވީ ގޮތެއް. މިރޭ ހަމަ ކުއްލިއަކަށް އޭނަ ވަރަށް ގަދައަށް ބަނޑުގައާއި ބޮލުގަ ރިއްސައިގެން ގޮސް ހޭނެތިގެން އޭނަ ހޮސްޕިޓަލަށް ގެނެވުނީ.” ޝަބާ އޭނައަށް އެނގޭ ޙަޤީޤަތުގެ އެއްބައި ކިޔައިދިނީ ދެންވެސް ޝަރަފްގެ ޤަދަރު ސަލާމަތް ކުރުމަށްޓަކައެވެ.

 

“ސުބްޙާނަ ﷲ! އެއީ ކީއްވެ އެހެންވީ؟ އެތައް އަހަރެއްފަހުން އައިމަ މި މާޙައުލާ ނުގުޅުނީ ކަންނޭނގެދޯ؟ މާތް ﷲ ތިކުއްޖާއަށް އަވަސް ޝިފާއެއް ދެއްވާށި!” ޝާދިޔާ އެ ދުޢާކޮށްލުމާއެކު އަފާފަށް ދުލުގެ ޙަރަކާތުން އާމީންއޭ ކިޔާލެވުނެވެ. ހަމަ އެ ހިނދު އެތަނަށް ނަރުސް ކުއްޖަކު އައިސް ޝަބާ ގޮވައިގެން ދިޔައީ ޓެސްޓްތަކުގެ ނަތީޖާ ލިބިއްޖެކަމަށް ބުނަމުންނެވެ. އެމީހުންގެ ފިޔަވަޅުތައް ދުރަށް ހިނގައިގަތް އަޑު އިވިފައި އަފާފްގެ ހިތަށް އުނދަގޫވިއެވެ. އޭނަވެސް ނޭނގޭ ސަބަބަކާހުރެ އެ ޓެސްޓްތަކުގެ ނަތީޖާ ދެނެގަންނަން ބޭނުންވިއެވެ. އޭނައަށް މިވަނީ ކީއްހެއްޔެވެ؟ އެއީ އޭނަ ނުވެސް ދަންނަ މީހެކެވެ. އޭނައަށް ފެނިފައިވާ މީހެއްވެސް ނޫނެވެ. އެފަދަ މީހަކަށްޓަކައި އޭނަގެ ހިތުގައި އިޙްޞާޞްތަކެއް އުފެދިފައިވަނީ ކީއްވެ ހެއްޔެވެ؟ ފިލްމަކުން އިވޭނެފަދަ ވާހަކަތައް އޭނަގެ ސިކުނޑިތެރޭގައި ދައުރުވާން ފެށުމުން އަފާފަށް ބޯހުރުވާލެވުނީ އެ ޚިޔާލުތައް ސިކުނޑިން ފޮޅުވާލުމަށެވެ. މިއީ އޭނަ ﷲ ގެ ހަނދުމައިން ދުރުކުރުވުމަށް ޝައިޠާނާ ހޯދި އިތުރު ޢުޒުރެއްނޫން އެހެންކަމެއް ނޫންކަން އަފާފަށް އެނގުންވިއެވެ. ހަމަ އެ ހިނދު އެ ޝަރަފް އޭނައަށް ރަނގަޅަށް އެނގެން ފަށައިފިނަމަ އޭނަގެ ހިތުގައި އެފަދަ އިޙްޞާޞްތަކެއް ނުވާނެކަމަށް އަފާފަށް ނިންމުނެވެ. ހަމައެކަނި މީހަކު އޭނައަށް ސަމާލުކަންދިނޭ ކިޔާފައި އޭނަ އެމީހަކާމެދު އާވާރާވާކަށް ނުޖެހެއެވެ. އެފަދަ ގޮތަކަށް އާވާރާވާނީ ﷲ ގެ ހަނދުމައިން ދުރުވެ، ދިރިއުޅުމުގައި އޭނަގެ އަގެއްހުރި ކަމަށްވަނީ އެހެން މީހެއްގެ ސަމާލުކަން އެމީހަކަށް ލިބުމުންހެން ހީވާ މީހެކެވެ. އޭނަ އެފަދަ މީހަކަށްވުމުން ﷲ ގެ ޙަޟްރަތުން ރައްކާތެރިކަން ހޯދިއެވެ. އެއަށްފަހު ހިތްހަމަޖައްސާލީ، އެ ޝަރަފްއަކީ އޭނަގެ ޙަޔާތުގައިވުން ތަޤުދީރުގައި ލިޔެވިފައި އޮތް މީހަކު ކަމަށްވާނަމަ ﷲ އެގޮތް މެދުވެރި ކުރައްވާނެކަމުގެ ޔަޤީންކަމާއި އެކީގައެވެ. އެހެންނޫނަސް ޝަރަފަކީ ޝަބާގެ ކޮއްކޮއަށް ވިޔަސް ޝަބާ ބުނިގޮތުން އޭނަގެ ކޮއްކޮއިންނަކީ ދީނާއި ދުރު ބައެއްނޫން ހެއްޔެވެ؟ ވީއިރު އޭނައަށް ޝަރަފް ކަމުދާންވީ ސަބަބެއްނެތެވެ.

 

ކޮންމެއަކަސް އޭގެ ފަހުން ވެސް އަފާފަށް ޝަރަފަށްޓަކައި ދުޢާ ކުރެވުނީ އޭނައާއި މެދު ހެޔޮކޮށް ވިސްނެން ފެށުމުންނެވެ. އޭނަ މިހާރު ތައުބާވެފައިނުވާކަން އެނގޭނީ ކާކަށްތޯ އަފާފްގެ ހިތަށްއަރަންފެށިއެވެ. ހަމަ އެއާއެކު ޝަރަފްގެ ބައްޔަށްޓަކައި އޭނަގެ ހިތުގައި ޙަމްދަރުދީއެއް އުފެދުނެވެ. އަފާފްގެ އަމިއްލަ ބައްޔާއިމެދު އަނެއްކާވެސް މޮޅު ޑޮކްޓަރަކު އުއްމީދު ކަނޑާލިކަމާމެދު ދެރަވީވަރަށްވުރެ ވެސް، ބީރައްޓެހި މީހެއްގެ ބައްޔާއިމެދު އޭނައަށް ހިތާމަކުރެވުނެވެ. އަފާފަށް ކާރަށް އަރާފައި އަނެއްކާވެސް ކޮށްލެވުނު ސުވާލުން އޭނަގެ މަންމައާއި ބައްޕަގެ ހިތާމަވެރިކަމަށްވެސް ކުޑަވަރެއްގެ ލުއެއްލިބުނެވެ.

 

“ބައްޕާ…..ޝަބާގެ ކޮއްކޮ ސިޓީލީ އެލެގެންޓް ހޯމްސްގެ ކޮން ޕޯސްޓަކަށް؟” އަފާފް އެހެން އަހާލީ އޭނަގެ އަމިއްލަ ކުންފުންޏަށް އަންނަން އުޅޭ މުވައްޒަފަކާ ބެހޭގޮތުން އިތުރަށް އެނގުމުގެ ޙައްޤު އޭނައަށް ލިބިފައިވާކަމުގެ ޢުޒުރު އަމިއްލަ ނަފްސަށް ދެމުންނެވެ. އަދި މީގެ އިތުރުން ޝަރަފްގެ ނޭދެވޭ ސިފައެއްގެ ވާހަކަ ބައްޕަގެ ފަރާތުން ވެސް އިވިފައި އޭނަގެ މި އިޙްޞާޞްތައް ކޮންޓްރޯލްކުރަން ފަސޭހަވާނެކަމުގެ އުއްމީދުގައެވެ. އޭނައަށް ނޭނގުނު ކަމަކީ އެ ސުވާލުގެ ސަބަބުން ކާރުގެ ކުރީގައި ތިބި އޭނަގެ މަންމައާއި ބައްޕައަށް ވެސް އޭނައަށް ބަލާލެވުނު ކަމެވެ. އެއަށްފަހު އެ ދެމީހުން ވެސް އެކަކު އަނެކަކަށް ބަލާފައި ޙައިރާންކަން އެކުލެވިފައިވި ހިނިތުންވުންތައް ބަދަލުކުރި ކަމެވެ. ހުސެއިން އެވަގުތު އެއީ މާ ބޮޑު ކަމަކަށް ނަހަދައި އަފާފްގެ އެ ސުވާލަށް ޖަވާބުދިނެވެ. އެއަށްފަހު އަފާފް، ޝަރަފްގެ ސަނަދުތަކާ ބެހޭގޮތުން ވެސް ސުވާލުކުރުމުން ހުސެއިނާއި ޝާދިޔާގެ ހިނިތުންވުންތައް ފުންވަމުން ދިޔައެވެ. އެ ހިނދު އެމީހުންގެ ދަރިފުޅުގެ ހިތުގައި އިޙްޞާޞްތަކެއް އުފެދިފައިވި އެ ޒުވާނާއަށް މާ ބޮޑުކަމެއް ނުވާނެގޮތަށް ހައްދަވައި ދެއްވުމަށް އެދި ތަކުރާރުކޮށް ދުޢާކުރެވުނެވެ.

 

އެތައް މީހުން ޝަރަފަށްޓަކައި ކުރި ދުޢާތައް އިޖާބަވީ ކަންނޭނގެއެވެ. ޓެސްޓްތަކުން ނިކުތީ ޝަބާ ހީކުރިވަރަށްވުރެ ބިރުކުޑަ ނަތީޖާއެކެވެ. ލޭގެ ޓެސްޓްތަކުން ޑޮކްޓަރުންނަށް ލަފާ ކުރެވުނު ގޮތުން ޝަރަފްގެ ބަނޑުގައިވަނީ ފާރު ހެދިފައެވެ. އެކަން ޔަޤީން ކުރެވޭނީ އޭނަ ހޭއަރާއިރު އޭނަ އޮންނަ ޙާލަތާއި އަދި ހަދަންޖެހޭ އިތުރު ޓެސްޓުތަކަށްފަހު ކަމަށެވެ. އެއަށްފަހު ޝަރަފަށް ކާންނުދޭންވީ އެއްޗެއްސާއި ކާންދިނުން އެންމެ ރަނގަޅުވާނެ އެއްޗެހީގެ ވާހަކަ ޝަބާއަށް ކިޔައިދެވުނެވެ. ހަމަ އެއާއެކު ޝަބާ ވަގުތުން ގެއަށް ދާން މިޞްރާބުޖެހީ ޝަރަފަށް ކާންދޭން ރަނގަޅުވާނެ އެއްޗެއް ތައްޔާރު ކުރުމަށެވެ.

 

ޝަބާއަށް ނޭނގުނު ކަމަކީ އޭނަގެ އިތުރުން ވެސް ޝަރަފް ބަލިކަން އެނގި ޝަރަފަށްދޭން އެއްޗެއް ތައްޔާރުކޮށްގެން އެހެން މީހަކު ހޮސްޕިޓަލަށް އައިކަމެވެ. ޝަބާ ހޮސްޕިޓަލްގެ ގޭޓުން ނިކުތްތާ މާ ގިނައިރެއް ނުވެ އަވަސް ހިނގުމެއްގައި އެ ގޭޓުން ވަދެގެން ދިޔައީ ފެހި ކުލައިގެ ދިގު ހައުސްކޯޓެއް ލައިގެން ހުރި އަންހެނެކެވެ. އެ އަންހެން މީހާ ވަދެގެން ދިޔައިރު އޭނަގެ އެއްއަތުގައި ނޫކުލައިގެ ފޮތި ކޮތަޅެއް އޮތެވެ. ހީވާގޮތުން އެކޮތަޅު ތެރޭގައި އޮތީ ތަށި ބަރިއެކެވެ. އަންހެން މީހާ ހޮސްޕިޓަލަށް ވަދެ ރިސެޕްޝަން ދޮށަށް ގޮސް އަހާލީ ޝަރަފް ޢައްބާސްގެ ވާހަކައެވެ. ޝަރަފް އޮތްތަން އެނގުމާއެކު އެމީހާ ހަމަ އެ ހިނގުމުގައި ގޮސް ލިފްޓަކަށް އަރައި 3 ވަނަ ފަންގިފިލާއަށް ދިޔައެވެ. އެ ފަންގި ފިލާގައި ހުރި ވޯޑްތައް ފަސްކުރަމުން ވެސް އެ އަންހެން މީހާ ދިޔައީ ބައެއްފަހަރު ދުވުމަކަށް ބަދަލުވަމުން ދިޔަ ހިނގުމަކާއި އެކީގައެވެ. އެންމެ ފަހުން ޝަރަފް އޮތް ވޯޑުގެ ދޮރުމައްޗަށް އަރައި އެ ވޯޑުގެ ފުރަތަމަ އެނދުގައި އޮތް ޝަރަފް ފެނިފައި އެ އަންހެން މީހާ އެތާ މަޑުކޮށްލިއެވެ. އެއަށްފަހު ޝަރަފަށް ބަލަމުން ލަސް ހިނގުމެއްގެ އެ އެނދުގެ ކައިރިއަށް ގޮސް، އެނދުގެ ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި އޭނަ ގެނައި ކޮތަޅު ބެހެއްޓިއެވެ. އަދި އެންމެ ފަހު ކަމެއްގެ ގޮތުން ޝަރަފްގެ ގާތަށް ޖެހިލަމުން އޭނަގެ ބޮލުގައި ފިރުމާލަމުން ޝަރަފް ބޯއަރުވައިގެން އޮތް ބާލީހުގެ ދަށަށް ކަރުދާސްކޮޅެއް ލައްވާލިއެވެ. އެ ފަހުންވެސް ހިނދުކޮޅަކަށް ޝަރަފަށް ބަލަން ހުރުމަށްފަހު އެ އަންހެން މީހާ އޭނައަށް ފަސްދީފައި ގޮސް އެ ވޯޑުން ނިކުމެގެން ދިޔައެވެ. އެ ހުރިހާއިރުވެސް ޝަރަފް އޮތީ ހޭނެތިފައެވެ.

 

ޝަބާއަށް އޭނަ ތައްޔާރުކުރި ކާ އެއްޗެއްސާއި އެކީ ހޮސްޕިޓަލާއި ހަމައަށް ދެވުނީ އޭނަ ދިޔަތާ ބައި ގަޑިއެއްހާއިރު ފަހުންނެވެ. އޭނަގެ ޣައިރު ހާޒިރީގައި ޝަރަފްގެ ޙާލަތު އިތުރަށް ގޯސްވެފައި ނުވާނެކަމަށް އޭނަ އުއްމީދު ކުރިއެވެ. ޝަރަފް އޮތް ވޯޑަށް ގޮސް ވަތްއިރު އޭރުވެސް އޭނަ ހޭނެތިފައި އޮތް މަންޒަރު ފެނިފައި ކަންބޮޑުވީ ވަގުތު ހިސާބެއްގެ ހިތްހަމަޖެހުމެއްވެސް ލިބުނެވެ. ޝަބާ ވަރުބަލިކަމުގެ ނޭވައެއް ދޫކޮށްލަމުން އޭނަ ގެނައި ބޮޑު ކަރުދާސް ކޮތަޅު އެތާހުރި ކުޑަ މޭޒުމަތީގައި ބެހެއްޓިއެވެ. އެވަގުތު އެތާހުރި ނޫކުލައިގެ ކޮތަޅެއް ފެނިފައި ޝަބާގެ ނިތަށް ރޫގިނަވިއެވެ. އޭނަ ވަގުތުން އެ ކޮތަޅުތެރެ ބަލާލީ، އެތާނގައި ހުންނާނީ ޝަރަފަށް ލިބުނު އެއްޗެއް ނޫން އެހެން އެއްޗެއް ނޫންކަން ޔަޤީން ކުރެވުނީތީވެއެވެ. ކޮތަޅު ތެރޭގައި ހުރި ތަށިބަރި ފެނިފައި މިއީ ކާކު ގެނައި އެއްޗެއްތޯ ޝަބާގެ ހިތަށްއެރިއެވެ. މިއީ މީހަކަށް އޮޅުމަކުން އައިސް ބެހެއްޓުނު އެއްޗެއްބާވައެވެ؟ އެ ސުވާލު ހިތަށްވެރިވި ވަގުތު ޝަރަފްގެ ވޭނީ އާހެއްގެ އަޑު އިވުނެވެ. ޝަބާ ބަލާލި ވަގުތު ޝަރަފް ދެލޯ މަރައި ތަގުޅި ކޮށްލަމުން އޭނަގެ އައިވީ ގުޅާފައިވި އަތުން ބަނޑުގައި އަތްއަޅާލަނީއެވެ. ކަން ދިމާވި ގޮތުން އެ ވަގުތަކީ ބަލި މީހުން ބެލުމަށްޓަކައި ޑޮކްޓަރަކާއި ދެ ނަރުހުން އެ ވޯޑަށް އައިސް ވަތް ވަގުތެވެ. އެހެންކަމުން ލަސްތަކެއް ނުކޮށް ޝަރަފަށް ބޭނުންވާނެ ސަމާލުކަން ދެވުނެވެ. ޝަރަފްގެ ޙާލަތަށް ބަލާފައި އެމީހުން އިތުރު ޓެސްޓްތަކެއް ހަދައި އިތުރު ބޭސްތަކެއް ދިނީ އޭނަގެ ބަނޑުގައި ހުރި ފާރުތައް ހިކެން ދެ ހަފްތާވަރު ނަގާނެކަމަށް ލަފާކުރަމުންނެވެ.

 

 

އެ ހުރިހާ ޓެސްޓްތަކަށްފަހު ޝަރަފަށް އެރޭ އިތުރު ކާއެއްޗެއް ކާނެ ވަގުތެއްވީ 11:30 ވާން ގާތްވެފައިވަނިކޮށެވެ. ބަނޑުގައި އޭރުވެސް ކުޑަ ރިހުމެއް އުފެދިފައިވުމާއެކު އަނބުރާ ގޮތްވަމުން ދިޔައީތީ ޝަރަފް އެއްގޮތަކަށްވެސް ކާން ބޭނުމެއްނުވިއެވެ. އޭނައަށް ބޭސްކެވޭނީ ކައިގެން ކަމަށް އަންގާފައިވީތީ ޝަބާގެ އެތައް އާދޭހަކަށްފަހު ޝަރަފް އެއްބަސްވިއެވެ. ވަގުތަކީ ކިތަންމެ ދަން ވަގުތެއްކަމަށްވިޔަސް އޭރު އެ ވޯޑުގެ ބޮކިތައްވަނީ ދިއްލިފައެވެ. އެ ވޯޑުގައި ތިބީ ހަމައެކަނި ޝަރަފާއި އަދި އެހެން ބަލި މީހެއްކަމުން ދެމީހުންގެ ވެސް އެދުމުގެ މަތިންނެވެ. ޝަރަފް ކާންޖެހިފައިވީއިރު، ދެން އޮތް ބަލިމީހާއާއި ބައްދަލުކުރަން ބަޔަކު މީހުން އައިސްފައި ތިއްބެވެ. އެ މެހުމާނުން އައިސްފައިވަނީ ޝަރަފް ޓެސްޓްތަކަށްޓަކައި ބޭރުގައި ވަނިކޮށް ކަމަށްވުމުން އެ މެހުމާނުން ޝަރަފަށް ފެނިފައެއްނުވެއެވެ. އެ އެންމެންވީ އެ ބަލިމީހާގެ ވަށައިގެން ޖެހިފައިވި ފަރުދާތަކުގެ ތެރޭގައެވެ.

 

“މިހިރީ ކާކު ގެނައި އެއްޗެއްކަން އެނގޭތަ؟” ޝަރަފް އެ ވޯޑުގެ ކަނުގައި އޭނައަށް ފޮރުވިފައިވި އެނދަށް ބަލަހައްޓައިގެން އިންދާ ޝަބާ ސުވާލުކުރިއެވެ. ޝަރަފް ބަލާލިއިރު އޭނަގެ ދޮންތަ ހުރީ ނޫކުލައިގެ ކޮތަޅަކަށް ޢިޝާރާތް ކޮށްގެންނެވެ.

 

“ނޭނގެ…..ދޮންތަ ގެނައި އެއްޗެއްނު ތިތާނގަ ހުންނާނީ؟” ޝަރަފަށް ބުނެލެވުނެވެ.

 

“ނޫނޭ…..ދޮންތަ ކާއެއްޗެހި ހިފައިގެން އައިއިރު ހުރި އެއްޗެއްމީ.” ޝަބާ ބުނެލިއެވެ. ޝަރަފް ދެންވެސް ތަކުރާރުކޮށް ނޭނގެއޭ ބުނެލި ވަގުތު އަނެއް އެނދުގެ ކައިރިން ދެ ފިރިހެނުން އެމީހުންގެ ވާހަކަތަކުގެ ތެރެއިން ބާރަށް ހީގަތް އަޑު އިވުނެވެ. ޝަރަފަށް އެ ދިމާލަށް ބަލާލެވުނީ އޭގެ ތެރެއިން އެއްއަޑަކީ އޭނައަށް އެނގޭ އަޑެއްހެން ހީވުމުންނެވެ. އެހެނަސް އެއީ ކާކުގެ އަޑެއްކަން އޭނައަށް އަންދާޒާ ކުރާކަށް ނޭނގުނެވެ. އަމިއްލަ ޚިޔާލުތަކެއްގެ ތެރޭގައި އިންދާ ދޮންތަ އަވަހަށް ކާށޭ ބުނެލުމުން ޝަރަފަށް އެ ޚިޔާލުތަކުން ނިކުމެވުނެވެ.

 

ދޮންތަ އަމިއްލަ އަތުން ކާންދޭން ފެށުމަށްފަހު ދައްކަން ފެށި ވާހަކަތަކުން އެއްކަލަ އެނދަށް ދެވިފައިވި ޝަރަފްގެ ސަމާލުކަން ކުޑަވިއެވެ.

 

“ޝަރަފް ޖޮބަށް އެޕްލައިކުރީ އެލެގެންޓް ހޯމްސްއަށްދޯ؟” ޝަބާ ހިނިތުންވުމަކާއެކީ އަހާލިއެވެ.

 

“ކިހިނެއް ދޮންތައަށް އެނގުނީ؟” ޝަރަފްގެ ނިތަށް ރޫގިނަވިއެވެ.

 

“ހެހެ…..ދޮންތަ ވެސް ވޯކްކުރަނީ އެތާނގައޭ. ދެން މިރޭ އެތާނގެ ވެރިފަރާތްވެސް މިތަނަށް އައިއްސަ ހުރި. އަފާފް ހުސެއިން. އަފާފްގެ މަންމަމެންނަށް ދޮންތަ ފެނުމާއެކު ސުވާލުކުރި ކިހިނެއްހޭވީ. ދޮންތަ ކިޔައިދިނިން އޮސްޓްރޭލިޔާގަ އުޅުނު ދޮންތަގެ ކޮއްކޮއެއް ރާއްޖެއަށް އައިސްގެން އޭނަ ބަލިވެގެންނޭ މިއުޅެނީ. ޝަރަފަށް ލިބިފަ ހުރި އޮސްޓްރޭލިޔާގެ ސެޓްފިކެޓްތައް ހުސެއިނަށް ފެނިފަހުރީ. އެހެންވެ އެހީ އެއީ އެ ޝަރަފް ހެއްޔޭ…ހެހެ…..” ދޮންތަ ހެވިފައިހުރެ ކިޔައިދިނެވެ. އަފާފްގެ ވާހަކަ އައުމުން ޝަރަފް އެއްފަހަރާ އެތައް ސުވާލެއް ކުރަން ބޭނުންވިއެވެ. އަފާފް ހޮސްޕިޓަލަށް އައިސްފައިހުރީ ކީއްވެތޯއިން ފެށިގެން އޭނަގެ ވާހަކަ ދެއްކުމުން އަފާފަށް ވީގޮތަށް ދަންދެނެވެ. އެހެނަސް އޭނައަށް އިތުރު އެއްޗެކޭ ނުބުނެވެނީސް ދޮންތަ ކިޔައިދިނެވެ.

 

“ދޮންތައާއި އަފާފް ވަރަށް ކްލޯޒްވާނެ. ކުންފުނި ފެށުނީއްސުރެ ދޮންތަ އުޅުނީ އަފާފްގެ ޕާރސަނަލް އެސިސްޓެންޓެއްގެ ގޮތުގަ. އެކަމަކު ދުވަހަކުވެސް އަމުރުކޮށްފަ ތިމަންނައަކީ ބޮޑު މީހާކަން އިޙްޞާޞްކޮށްދޭކަށް އުޅެފައެއްނެތް. ވަރަށް ހިތްހެޔޮ ކުއްޖެއް މާ ޝާ ﷲ!” އަފާފްގެ ރަނގަޅު ވާހަކަތައް ދޮންތަ ދެއްކުމުން ޝަރަފަށް އިނދެވުނީ ފުން ހިނިތުންވުމެއްގައެވެ. އެހެނަސް އެއަށްފަހު ޝަރަފަށް ބިއްލޫރިގަނޑެއްހާ ސާފުކޮށް އެނގޭ އަފާފްގެ ޙަޔާތް ބަދަލުކޮށްލި ޙާދިސާގެ ވާހަކަ ކިޔައިދޭން ފެށުމުން އޭނަގެ ހިނިތުންވުން ފޭދިގެން ދިޔައެވެ. ހިތަށްވެރިވި މާޔޫސްކަމެއްގެ ސަބަބުން އޭނައަށް އެ ވާހަކައަށް ސަމާލުކަން ދެވޭ ގޮތެއްވެސް ނުވިއެވެ. އެހެނަސް އެންމެ ފަހަކަށް، އަފާފްގެ ބައްޕަ އަދިވެސް އެ ލޮލުގެ ފެނުން އަނބުރާ ގެންނަން މަސައްކަތް ކުރާ ވާހަކަ އަޑު އިވުމުން ޝަރަފްގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ދިއްލުނެވެ.

 

މިނެޓްތަކެއްހާއިރު ފަހުން ޝަރަފް ކައިނިމުނުއިރު ވެސް އޭނައާއި ވޯޑު ޙިއްސާ ކުރަމުންދިޔަ ބަލިމީހާގެ ކައިރީގައި މެހުމާނުން ތިއްބެވެ. ޝަރަފް ބޯނެ ފެންފުޅިއެއް ހަނދާންނެތިގެން ނުގެނެވުނީތީ ޝަބާ ފެންފުޅިއެއް ލިބޭތޯ ބޭރަށް ދިޔަވަގުތު ނަރުސް ކުދިން ވޯޑަށް ވަދެގެން އައީ ބޮކިތައް ނިވާލުމަށެވެ. އެއް ނަރުސްކުއްޖަކު ގޮސް އަނެއް ބަލިމީހާގެ ފަރުދާގެ އަނެއްފަރާތުގައި ތިބި މީހުން ގާތު އެވާހަކަ އަންގާލުމުން އެމީހުން އެއްފަހަރާ ކަހަލަ ގޮތަކަށް އާނއެކޭ ބުނެލި އަޑުއިވުނެވެ. އޭގެ އިރުކޮޅެއްފަހުން އެތަނުން ނިކުމެގެން އައީ ދެ ޒުވާނުންނެވެ. ދެ ޒުވާނުންގެ ތެރެއިން އެއްޒުވާނެއްގެ ސޫރަ ފެނިގެން ދިޔުމުން ޝަރަފްގެ ދެލޯ ބޮޑުވެ އޭނަގެ މޫނު ހުދުވެގެން ދިޔައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ގެއްލިދިޔަ ހަޔާތް…..5

Next

ގެއްލިދިޔަ ހަޔާތް….. 6

Next
December 15, 2017

ގެއްލިދިޔަ ހަޔާތް….. 6

Previews
December 14, 2017

ގެއްލިދިޔަ ހަޔާތް…..5

26 Comments!

  1. Jana says:
    December 14, 2017 at 8:10 pm

    Assalaam’alaikum. ehen reyreyahvure avas vaguthegga up kurevunyma ufaavejje Alhamdhulillah! next part miavvure ves avas vaguthegga up kureveytho balaanan In Sha Allah. next part saturday ga In Sha Allah. 🙂

  2. Lam says:
    December 14, 2017 at 8:21 pm

    Vvv reethi…masha Allah

    1. Jana says:
      December 15, 2017 at 2:21 pm

      Alhamdhulillah! (All praise and thanks belong to Allah) 🙂

  3. Pink says:
    December 14, 2017 at 8:27 pm

    Ma’sha allah
    Story v rythi?

    1. Jana says:
      December 15, 2017 at 2:21 pm

      Alhamdhulillah! 🙂

  4. chumpu says:
    December 14, 2017 at 8:33 pm

    V nice thigothuga kuriah wadaigannavaa

    1. Jana says:
      December 15, 2017 at 2:29 pm

      Subhaanallah…varah hiyeh nuvey thifadha maai gothakah janaa aa mukhaathabu kurun haqquvaahen. hehe….jana aky hama thiya kiyuntherin fadhain aadhaige muslimeh. vedhaane jana ah theege therein baeh kiyuntherinnahvure gina ilmu libifa huri kamahves. ekamaku theege therein eba thibi jana ahvure maa gina ilmu libifa huri kiyuntherinves. adhi ilmu libifa nethas jana ahvure maa rangalhu ulhumeh ulhey kiyuntherinves thiya kiyuntheringe thereyga himeney. Aharumenge therein emme maai vany aharumenge therein emme taqwaaveri meehun. mee jana ah emme furathama handhaan kohdhinumeh…..

  5. Nadha says:
    December 14, 2017 at 8:37 pm

    Wow v v v v v reethi masha allah.

    1. Jana says:
      December 15, 2017 at 2:29 pm

      Alhamdhulillah! 🙂

  6. sana says:
    December 14, 2017 at 9:10 pm

    Masha allah

    1. Jana says:
      December 15, 2017 at 2:29 pm

      😀

  7. Azkaa says:
    December 14, 2017 at 9:16 pm

    Maasha allah???
    Luv da story??
    Luv u jana sis???
    May allah bless u n us. Ameen??

    1. Jana says:
      December 15, 2017 at 2:30 pm

      Alhamdhulillah! Love you too sis <3 Ameen!

  8. Addu manje says:
    December 14, 2017 at 9:20 pm

    Varah reethi mi baives.. mi part maa kuru kanneyge dhw.. faharegga kiyaa hih vefa hureema ehen heevanee kamah ves vedhaane..??? waiting for Saturday.. ☺

    1. Jana says:
      December 15, 2017 at 2:31 pm

      mibai kuree bayah vure kuda thankolheh kuruvaane. ey vaki avahah genesdheynvegen noon ingey? hehe….mihaa hisaabah hama mibai genesdheyn beynunvyma mihaavarah genesdhevuny 🙂 Alhamdhulillah!

  9. Xxxx says:
    December 14, 2017 at 9:44 pm

    Wooooww..Maasha Allah..v.interesting..n keep it up ????? waiting

    1. Jana says:
      December 15, 2017 at 2:31 pm

      Alhamdhulillah! 🙂 <3

  10. Shifa says:
    December 14, 2017 at 11:25 pm

    Ma sha Allah.

    1. Jana says:
      December 15, 2017 at 2:32 pm

      😀

  11. Ekkala Kujjaa says:
    December 15, 2017 at 3:44 am

    Ethaa thibyy Sharaf ahh gulhaa myhun kahneyge.. Dhn Sharaf ahh fenunu meehaa e e kurin eyna ahh gift genes dhin meehaa.. I guessss.. Anywayy Waiting for the next part… Masha Allah mi part wes warah reethi..

    1. Jana says:
      December 15, 2017 at 2:33 pm

      hehe….ekkala kujjaa haadha salhi guess ekey Ma Sha Allah 😀 dhen balamaa vaagotheh dho In Sha Allah! Alhamdhulillah! 🙂

  12. Rann says:
    December 15, 2017 at 7:37 am

    v reethi masha allah? jazaakallah khair mi kahala reethi story eh genesdhineema? ly sis?

    1. Jana says:
      December 15, 2017 at 2:34 pm

      Alhamdhulillah! Baarakallah Laka! 😀 Love you too <3

  13. Xaaaan says:
    December 15, 2017 at 9:08 am

    Masha Allah v reethi

    1. Jana says:
      December 15, 2017 at 2:34 pm

      Alhamdhulillah! 🙂

  14. Maasha says:
    December 15, 2017 at 4:04 pm

    Masha allah v reethi..jana thikura maai masakkathugai allah barakaai lahvaashi

Comments are closed.

Next Episodeނޫރު (އެގާރަވަނަ ބައި)←


All Right Reserved!