Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަރުނަ އޭގެ އިންތިހާ…..11 ވަނަބައި

ziyaad Level 110 Stories
March 1, 2014 6 Mins Read
0 Comments

           ރޭގަނޑުގެ ވަގުތެވެ. ހަނީފާ އޮތީ އޭނާގެ އެނދުގައެވެ. ނިދާލުމުގެ ބޭނުމުގައި އޮށޯވެލައިގެންނެވެ. އޭނާގެ ފިރި އަޔާ ވީތަނެއް ހަނީފަ އަކަސް ނެނގެއެވެ. އޭނާ އައްނާނެ އިރެއް އެނގޭނީ ހަމަ އޭނާއަށެވެ. ކިތައްމެ ލަހުން އަޔަސް އެކަމާ ޝަކުވާ ކުރުމުގެ ފުރުސަތެއްވެސް ހަނީފާއަކަށް ނޯވެއެވެ. އެކަމަކު އެއީ ހަނީފާގެ ފިރިމީހާޔޯލައެވެ. އެދެ މީހުން ކައިވެނި ކުރިތާ މިހާރު ދެމަހަށް ވުރެ ގިނަ ދުވަސް ފާއިތުވީއެވެ. ނަމަވެސް މިހާ ދުވަސް ވީއިރު އަދި އެއްމެ ފަހަރަކުވެސް އޭނާއާއި ދިމާއަށް ލޯބީގެ ނަޒަރުން ބަލާނުލާތާނގަ ހަނީފާގެ ހަށިގަނޑުގާ ފުށް އިނގިލި ކުރިވެސް ޖައްސާ ނުލައެވެ. މިއަދު ހަނީފާ އެވަނީ ފިރިމީހާގެ ލޯތްބަށް އިންތިހާއަށް ބޭނުންވެފައެވެ.

        ‘ހަނީފާ އަށް ހޭލެވުނީ އަޔާ ވަދެ ދޮރު ލައްޕާލިއަޑަށެވެ. ހަނީފާ ބޯހިއްލާލައި ގަޑިއަށް ބަލާލިއެވެ.އޭރު ގަޑިން މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. “އޭތް ތެދުވޭ! މިހާރު ހުންނާނީ ކަމުދާ ވަރަށް ނިދިފަ!” އަޔާ އަޔާ ހަނީފާ ކައިރިއަށް އައިސް ހުއްޓިފައި ބުނެލިއެވެ. އަޔާގެ އެހަރުކަށި ޖުމްލަތައް އަޑު އިވުމާއެކު ހަނީފާ އަވަސް އަވަހަށް ތެދުވިއެވެ. މިރޭ އަނެއްކާ ކޮންފަދަ މުސީބާތެއް ޖެހެނީ ބާއޭ ހަނީފާގެ ހިތަށް އެރިއެވެ. “ކިހިނެއްވީ؟” ހަނީފާ ތެދުވެ އިށީނެވެ. “މާގިނަ ސުވާލުކުރަން ނަހަދާ ! ފާހާނާއަށް ވަދެ ގައިބޮލުން ތާހިރުވެގެން ނިކުމޭ!: އަޔާ އަމުރުކުރިއެވެ. ހަނީފާ ކުރާނީ ކީއްހެއްޔެވެ. އޭނާއަށް މިއަދު މަޖުބޫރުވެފައި ވަނީ އަޔާ ބުނާ ގޮތަކަށް އަޔާ ބުނާ ކަމެއް ކުރާށެވެ. ހަނިފާ އިސްދަށަށް ޖަހާލައިގެން ތެދުވެ ފާހާނާއަށް ވަދެއްޖެއެވެ.

          ހަނީފާ ގައިބޮލުން ތާހިރު ވެލައިގެން ނިކުތުމާއެކު ކުއްލި ސިހުމެއް ލިބުނެވެ. ހަނީފާ ފާހާނާއިން ނިކުތްއިރު އެކޮޓަރި ތެރޭގައި އަޔާއާއި އެކު އެހެން ފިރިހެނަކުވެސް ހުއްޓެވެ.  އެމީހަކާ އަޔާއާއި އެދެއްކި ވާހަކަތަކެއް ދެއްކުމަށްފަހު އެމީހާ އަޔާ އަތަށް ރުފިޔާ ތަކެއްދިނެވެ. އެއާއެކު ހަނީފާއަށް ހުރިހާއެއްޗެއް ވިސްނުނެވެ. އޭނާގެ ފިރިމީހާ އޭނާގެ ހަލާލު އަނބި މީހާ ހިލޭ ފިރިހެނަކަށް ވިއްކާލީއެވެ. އަޔާ އެއީ ހާދަހާ ނުލަފާ ފިރިހެނެކެވެ. އަޔާ އެއީ އިންސާނުންގެ ގިނތީގައި ހިމެނޭ ވަރުގެ މީހެއް ނޫނެވެ. އިންސާނުންނަކީ އެކަހަލަ ވިޔާނުދާ ކަންތައްކުރާ ބައެއް ހެއްޔެވެ. އަހަރެންމީ އޭނާގެ އަނބި މީހާ ކަމުގައި ވިޔަސް އެހެން ފިރިހެނަކަށް ވިއްކާލުން އޭނާއަށް އޮތީ ކޮން ހައްގެއް ހެއްޔެވެ.  ހަނީފާ ވަރަށްދެރަވިއެވެ. އަޔާ އޭނާގެ ހަށިގަނޑުގަ ބީހި ނުލާނެއިރު ހިލޭމީހަކާ އެހަވާލުކުރަނީ އެއީހާދަހާ ރަހުމްކުޑަ މީހަކަށް ވާތީތައެވެ. އަޔާ އެއްވެސް ރަހުމެއް ހަމްދަރުދީއެއްނެތި އެގޮތްނޭގޭ މީހަޔާ ހަނީފާ ހަވާލުކުރުމަށް ފަހު އޭނާ އެކޮޓަރިން ނިކުތީ މިކުރެވުނީ ވަރަށް މޮޅުކަމެކޭ ހިތާ އަމިއްލައަށް ފަހުރުވެރިވާ ހާލުއެވެ.

          ހަނީފާ ފަކީރުކުރާނީ ކިއްހެއްޔެވެ. އޭފިރިހެން މީހާ ހުރީ އޭނާގެ ހަށިގަނޑަށް ފެންބޮވާގަތްފައެވެ. އެފަކީރަށް ހެދޭނީ ކޮންގަދައެއްހެއްޔެވެ. އެމީހާގެ ބާރުމާގަދައެވެ. ހަނީފާއަށް ކުރެވުނުހާ ވެސް ކަމަކީ ރުއިމެވެ. ހަނީފާ ރޮއެ ރޮއެ އޮށްވާ އެމީހާ ކުރާނޭ ކަމެއް ކޮށްގެން ހިނގައްޖެއެވެ.

        ހަނީފާ ދުނިއެމަތިން ފޫހިވިއެވެ. އޭނާއަށް މިއަދު ހުރިހާއެއްޗެއް ގެއްލިއްޖެއެވެ. އޭނާގެ ހަލާލު ފިރިއެއްހުރެ އިތްފަތް އެގެއްލުނީ ހިލޭ ފިރިހެނެއްގެ ޝިކާރައަކަށް ވެގެންނެވެ. ހަނީފާ ގެ ދެލޮލުން ހޯސްލާފަ ކަރުނަ އޮހެމުންދެއެވެ. އޭނާއަށް ހަމަ ރޮވެނީއެވެ. ގިސްލަ ގިސްލާފަ ރޮވެނީއެވެ. ހަނީފާ މިހާރު ބޭނުންވަނީ މިކެހިވެރި ދުނިޔޭގަ އިތުރަށް ނުހުރެ އަމިއްލައަށް މަރުވާށެވެ. ހަނީފާ ވަރަށް ކެތްކުރެވިއްޖެއެވެ. ހަނީފާ ވިސްނަމުން ގެންދިއައީ އޭނާގެ ފުރާނަ ދުއްވާލާނެ ގޮތަކާއި މެދުއެވެ. އެތައް އިރަކު ވިސްނުމަށްފަހު އެދުގަ އަޅާފަ އޮތް ބެޑްޝީޓް ނެގިއެވެ. އަދި ކޮޓަރީގަ ޖަހާފަ ހުރި ފަންކާ ނިއްވާލިއެވެ. އެއަށްފަހު ކޮޓަރި ތެރޭގަ ހުރި އަދަރާދަ ގޮނޑި އެދުމަތީ ބެހެއްޓުމަށްފަހު ގޮނޑިއަށް ކޮޅަށް އަރާ ފަންކާގައި ބެޑުޝީޓްގެ އެއްކޮޅު އެއްސިއެވެ. “ތިއުޅެނީ އަމިއްލައަށް މަރުވަންތަ…؟” ކުއްލިއަކަށް އިވުނީ އަޔާގެ އަޑެވެ. އަދި އޭނާ އައިސް ހަނީފާ ކުރަމުން ގެންދިއަ މަސައްކަތް ހުއްޓުވިއެވެ. “ހާސްނުވޭ އަހަރެން ކަލޭ މަރާލަދޭނަމޭ އެކަމަކު ކަލޭ މަރުވާނީ އަހަރެންގެ ހަށިގަނޑުގަ މިއަދާ ބަދަލު ހިފުމުގެ އަލިފާންގަޑު ނިވުނު ދުވަހަކުން….ހަނދާން ކުރާތި ދެން މިކަހަލަ މޮޔަކަމެއް ކުރަން ހިތަށްވެސް ނާރުވަތި ” އަޔާ އެއްނޭވާއިން ހުރިހާ ވާހަކައެއް ކިޔާލިއެވެ. ހަނީފާ އޭނާގެ ފިރިމީހާގެ މޫނަށް ބަލާލިއެވެ. މިހާރު އެއީ އޭނާގެ ފިރިއެއްކަމަކަށް ހަނީފާ ނުދެކެއެވެ. “އަހަރެން މަރާލާ ހެޔޮނުވާނެ އަހަރެންނަށް ތިކަހަލަ އަނިޔާ ނުދީ އެއްފަހަރުން މަރާލިއްޔާ މަގޭ ހިތަށް މާފަސޭހަ ” ހަނީފާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. އަޔާ ނުލަފާ ޒާތަކަށް ހެމުން ކޮޓަރިން ނިކުމެގެން ދިއައީއެވެ. ހަނީފާ ރޮމުން އެދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. އޭނާ އެގޮތުގަ ރޯލަ ރޯލަ އިރުއަރަންދެން އޮތެވެ.

           ދަންވަރުގެ ވަގުތެވެ. އީނާޝްއަށް ހޭލެވުނީ ކުޑަ ކުއްޖަކު ރޯއަޑަށެވެ. އެއަޑު އިވެން ފެށުމާއެކު އޭނާ ފުންމައިގެން ތެދުވިއެވެ. އަދި މުޅިކޮޓަރި ތެރެއަށް ނަޒަރު ހިނގާލިއެވެ. އޭރުވެސް ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އިވި އިވި ހުއްޓެވެ. ކޮތަރީގައި ދިއްލާފަ ހުރި ނިދާ ބޮކީގެ ފަނޑު އަލިކަމުގެ ތެރެއިން ކައިރީގަ ނިދާފައި އޮތް ފިރިމީހާ ނޫން އެހެން އެއްވެސް އެއްޗެއް ނުފެނުނެވެ. އަރީ އެދުން ތެދުވެ ހޮޅިބުރި ޖައްސާލިއެވެ. އެއާއެކު އީނާޝްގެ މޭގަނޑު އަނގަޔަށް ނައީ ހަމަ ކިރިޔާއެވެ. ކޮޓަރީގެ އެއްކަނެއްގައި އެއޮތީ ކުރީ ރޭ ހުވަފެނުން ފެނުނު ކުޑަ ކުއްޖާއެވެ. އެކުއްޖާ ފެނުމާއެކު އާސިމްއަށް ގޮވަން ފެށިއެވެ. “ކާކަށްތިގޮވަނީ އޭނާއެއް ނުތެދުވާނެ ކިތައްމެވަރަކަށް ގޮވިޔަސް” ކުއްލިއަކަށް އެއްކަލަ އަންހެން މީހާ ފާޅުވިއެވެ. ” ކަލޭ ތިހީކުރަނީ މުދިންބެ ލައްވާ ތި ތަވީދު އެޅީމަ ދެން އަހަރެންގެ ކިބައިން ސަލާމަތް ވެވޭނެ ކަމަށްތަ…؟ ހަމަ ހިލާ އެހެނެއް ނުވާނެ ތި ތަވީދު ކަލޭގެ ހަށިގަނޑާ އެއްމެ ސިކުންތަކަށް ވަކިވިޔަސް އެނިމުނީ !” އެޖިންނި ބުނެލިއެވެ. އޭތީގެ އަޑުން މުޅި ކޮޓަރި ގުގުމައިގެން ދިއައެވެ. އީނާޝް ހުރީ ގަތް ބިރެއްގެ ބޮޑުކަމުން ހުރިތަނުން ގުޑިލާންވެސް ނުކެރިފައެވެ. “އަހަރެން ބޭނުންނަމަ ކަލޭގެ ފިރިމީހާގެ ދުވަސް ވެސް ދުއްވާ ލެވިދާނެ އެކަމަކު ކަލޭ މަރާލީ އަހަރެންގެ ދަރިފުޅު އެހެންވީމާ މަރާލާނީ ކަލޭ ނޫނީ ކަލެއަށް ލިބޭ ދަރިފުޅު!” އަނެއްކާވެސް އޭތި ބުނެލިއެވެ. އަދި އޭތި އީނާޝް އާއި ކައިރިވާން ފެށިއެވެ. އެއާއެކު ނުބައިވަހުން މުޅިކޮޓަރި އެއްވަސް ކުރުވިއެވެ. އެޖިންނީގެ އަތް އީނާޝްގެ ކަރާ ދިމާލަށް ދިއްކޮށްލުމާއެކު އީނާޝް ހަޅޭއްލަވައިގަތެވެ. އެއާއެކު ފުންމައިގެން ތެދުވެވުނެވެ.

           “ކިހިނެއްވީ..؟” އީނާޝްގެ ހަޅޭކުގެ އަޑަށް ކައިރީގަ ނިދާފަ އޮތް އާސިމްއަށް ހޭލެވުނެވެ. އީނާޝް ހަމައަކަށް އެޅެން ކުޑަ ވަގުތުކޮޅެއް ނެގިއެވެ. އޭނާ އިނީ ދާހިތްލާ ފޯވެ ވެފައެވެ. ވަރުބަލިވެ މާނޭވާލެވިފައެވެ. ހިތް ހީވަނީ މޭތެރެއިން ފުންމާލަ ފާނެހެންނެވެ. އެހާވެސް ބާރަށް ތެޅެއެވެ. “ހުވަފެނެއް ފެނުނީދޯ…” އާސިމް އިނޫ އޭނާއާއި ކައިރި ކޮށްލިއެވެ. އަދި ނުހަނު ލޯތްބާއެކު ފިރުމާލިއެވެ. “ބިރުވެރި ހުވަފެނެއް އަނެއްކާ އެޖިންނީގެ އުނދަގޫ ޖެހެނީކަންނޭނގެ!” އިރުގަނޑެއްފަހުން އީނާޝް ވާހަކަ ދެއްކިއެވެ. ” ހާސްނުވޭ އީނާޝްގެ އުނަ ގަނޑުގަ ތިއޮތް ތަވިދު އޮތްހާ ހިނދަކު އެޖިންނިއަކަށް އީނާޝް އަކާ ކައިރިއެއް ނުވެވޭނޭ މުދިންބެ ބުންޏެއްނު ހުވަފެނަކީ ބިލާހެކޭ ފެންފޮދެއް ބޯލައިގެން ނިދޭތޯ ބަލަމާ ހިނގާ އޭރުން ހުރިހާކަމެއްވެސް ރަނގަޅުވާނެ” އާސިމް އިނޫ އަށް ހިތްވަރު ދިނެވެ. ނަމަވެސް އީނާޝް އަކަށް ހަމަޖެހުމެއްނުލިބުނެވެ. އޭނާއަށް ވިސްނެނީ ދެންމެ ފެނުނު ހުވަފެނާ މެދުއެވެ. އީނާޝް ފެންތައްޓެއް ބޯލުމަށްފަހު އޮށޯތެވެ. އަނެއްކާވެސް ނިދޭތޯއެވެ.

           އަނެއް ދުވަހު އީނާޝް އޭނާގެ މަންމައަށް ރޭގަ ފެނުނު ހުވަފެނުގެ ވާހަކަ ކިޔައިދިނެވެ. ” ދަރިފުޅާ މަންމައަށް ހީވަނީ ދަރިފުޅު އެކަމާ މާބޮޑަށް ވިސްނަނީހެން ދޯ…!” އީނާޝްގެ ވާހަކަތައް އަޑު އެހުމަށްފަހު މަންމަ ބުނެލިއެވެ. “ނޫން މަންމާ އަޅުގަނޑު ނުވިސްނަން!” އީނާޝް މަންމަގެ މޫނަށް ބަލާލުމަށްފަހު ބުނެލިއެވެ.އެދެމައިން އުޅެނީ ހެނދުނުގެ ސައި ތައްޔާރު ކުރުމުގައެވެ. “ދަރިފުޅާ އާސިމް ނުތެދުވަނީތަ؟” މަންމަ އަހާލިއެވެ. “ނޫން ތެދުވެއްޖެ ފެންވަރަން އެބައުޅޭ!” އީނާޝް ޖަވާބު ދިނެވެ. “އެހެންތަ އާސިމް ނިކުތީމަ ދަރިފުޅުމެން ސައިބޯލާ އިނގޭ! މަންމަ މދަނީ މުދިންބެ އާއި ބައްދަލު ކޮށްލަން ” މަންމަ ބުނެލިއެވެ.

          އާސިމް ސައިބޮއެގެން މަސައްކަތު ދިއައެވެ. އީނާޝް ސައިބޮއެ ނިމިގެން ތަށިތައްދޮވެ ނިންމާލުމަށްފަހު އިލޮށިފަތި ހިފައިގެން ގޯތިތެރެއަށް ނިކުމެ ގޯތިތެރެ ކުނިކަހަން ފެށިއެވެ. އީނާޝް ހީވާގި ކަމާއެކު އެމަސައްކަތުގައި އުޅެނިކޮށް ކުއްލިއަކަށް މޭނުބައިކުރާގޮތް ވާން ފެށިއެވެ. މޭނުބައިކުރަން ފެށުމާއެކު ހޮޑުއައްނަގޮތްވިއެވެ. އީނާޝް އަށް ކެތްކުރެވުނީ ކުޑަ ހިނދުކޮޅަކުއެވެ. ދެން މަޖުބޫރުވީ ފާހާނާއާއި ދިމާލަށް ދުވާށެވެ. އީނާޝްއަށް ފާހާނާއަށް ވަދެވުނީ ހަމަ ކިރިޔާއެވެ. ހޮޑުލެވެން ފެށިއެވެ. އީނާޝްގެ މަންމަ ގެއަށް އައި އިރު ކަމަކުދާކަށް ނެތެވެ. އީނާޝް ހޮޑުލަނީއެވެ. މިތަން ފެނުމާއެކު ދުވެފައި އައިސް ދަރިފުޅަށް އެހީތެރި ވެދޭން ފެށިއެވެ. “ކީއްވެ ހޮޑުލެވެނީ؟ ބަލީތަ އަނެއްކާ؟” މަންމަ އަހާލިއެވެ. “ނޭނގެ ހަމަ ކުއްލިއަކަށް މޭނުބައިކޮށްފަ ހޮޑު ލެވެންފެށީ” އީނާޝް ފާހާނާތަށިން ބޯހިތްލާލުމަށްފަހު ބުނެލިއެވެ. މާގިނައިން ހޮޑުލެވުނީމަ ކަންނޭނގެއެވެ. އީނާޝް ގައިގަ މިހާރު ކޮޅަށް ހުއްނާނެހާ ވެސް ވަރުނެވެ. އީނާޝްގެ މަންމަ ލަސްނުކޮށް އޭނާ ސިއްހީ މަރުކަޒަށް ގެންދިއައެވެ. އަދި އެވާހަކަ އާސިމްއަށްވެސް އެންގިއެވެ.

          “މަގޭ ދަރިފުޅަށް ކިހިނެއްވީ..؟” ޑޮކުޓަރ ބައްލަވާ ނިމުނީމަ ހާސްވެފައި ހުރި އީނާޝްގެ މަންމަ އަހާލިއެވެ. ދައްތާ ހާސްނުވޭ މިމަންޖެ މަންމައަކަށްވަނީ. “ޑޮކުޓަރ ދިވެހިބަހަށް ކޮށިނަމަވެސް އޭނާ އެބުނީ ކީކޭކަން އެގޭވަރު ކޮށްދިނެވެ. އެއާއެކު އީނާޝްގެ މަންމަ ވަރަށް އުފާވިއެވެ. ޑޮކުޓަރ މިބުނި އެއްޗެއް އީނާޝްއަށް އެނގުމާއެކު އޭނާ އުފާވުމުގެ ބަދަލުގަވީ ދެރައެވެ. ކޮށްމެ އަންހެން ކުއްޖަކުވެސް އޭނާ މަންމައަކަށް ވާން އުލޭކަން އެގުމުން ވާނީ އުފަލެވެ. ނަމަވެސް އީނާޝް އަކަށް އެއުފަލެއްނެތެވެ. އޭނާގެ ދަރިފުޅު ދުނިޔެއަށް އުފަންވާއިރަށް އެނުލަފާ ޖިންނި އެކުއްޖާ ފުޅު މަރާލާނެއެވެ. މިކަން ހިތަށް އެރުމާއެކު ވީދެރައިން ރޮވުނެވެ. “ކިހިނެއްވީ ދަރިފުޅާ!” އީނާޝް ރޯން ފެށުމުން މަންމަ ހަސީނާ އަހާލިއެވެ. “މަންމާ އަހަރެންނަށް ދަރިއަކު ލިބޭތީ އުފަލެއްނުވޭ! އަހަރެންގެ ދަރިފުޅު އުފަންވާއިރަށް އެޖިންނި މަގޭ ދަރިފުޅުގެ ދުވަސް ދުއްވާލާނެ… ” އީނާޝް ރޮމުން ބުނެލިއެވެ. “ތިކަހަލަ ވާހަކަ ނުދައްކާ ދަރިފުޅާ އިރާދަ ފުޅުކުރެއް ވިއްޔާ އެކަހަލަ ދެރަގޮތެއް މެދުވެރިއެއް ނުވާނެ!” މަންމަ އޭނާގެ ދަރިފުޅަށް ހިތްވަރު ދެވޭތޯ ބެލިއެވެ. އެވަގުތު އާސިމްވެސް އެތަނަށް އައެވެ. އަދި ވެގެން އުޅޭގޮތް އޮޅުންފިލުވިއެވެ. އާސިމްއަށް އޭނާ ބައްޕައަކަށް ވާން އުލޭ ހަބަރު ލިބުމުން ވަރަށް އުފާވިއެވެ. ނަމަވެސް ހިތުގައި ނުތަނަވަސްކަން އުފެދުނީ އީނާޝް ރޯތީއެވެ. އަދިރޮމުން އެދައްކާ ވާހަކަ އަކުންނެވެ.

          ހަވީރުގެ ވަގުތެވެ. ދުވަހަކީ ހުކުރު ދުވަހެއްކަމުން މިއަދަކީ އާސިމްއަށް ފުރީ ދުވަހެކެވެ. އެހެނވެ އޭނާ ގަސްތުކުރީ ލޯބިވާ އަނބިމީހާ އާއިއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށެވެ. މިހެންވެ އާސިމް އަންހެނުން ގޮވައިގެން ސައިކު ދުއްވާލަން ނިކުތެވެ. އީނާޝް އިނީ ވަރަށް އުފަލުންނެވެ. ބިޒީކޮށް އުޅޭ އޭނާގެ ލޯބިވާ ފިރިމީހާ އޭނާއާއި ދޭތެރޭގަ ވިސްނާ ވަރު އެނގުމުންނެވެ. ފުރީ ވަގުތެއްވާއިރަށް އޭނާ އާއެކު އުފާވެރި ވަގުތުތަކެއް ހޭދަ ކުރެވޭތީއެވެ. މިހާރަކަށް އައިސް މިފަދަ ފުރުސަތެއް ލިބެނީ ވަރަށް މަދުންނެވެ. މިއަދުމީ އެގޮތުން ލިބުނު ދުވަހެކެވެ. ސައިކުގެ ފަހަތުގަ އީނާޝް އިނީ ފިރިމީހާގެ ގައިގަ ކުޑަކޮށް ބައްދާލައިގެންނެވެ.

            އާސިމްގެ ދެމަފިރިން ރަށުތެރޭގަ ބުރުޖަހާލުމަށްފަހު ދެން މިސްރާބު ޖެހީ ރަށުގެ އުތުރު ކޮޅު ތުނޑިއާ ދިމާލަށެވެ. އެތުނޑިއަކީ އެދެމީހުންގެ ލޯބީގެ ފުރަތަމަ ބައްދަލުވުން ބޭއްވި ތުނޑިއެވެ. އެދެމީހުން ސައިކު ބެހެއްޓުމަށްފަހު ސައިކުން ފައިބާ ދެކުދިން އަތުގުޅާލައިގެން ހިގާފަ ގޮސް އަތިރިމައްޗަށް ފޭބިއެވެ. އެވަގުތު ދެކުދިންނަށްވެސް އެދެކުދިންގެ ފުރަތަމަ ބައްދަލުވުން ހަނދާނަށް އައެވެ. މާޒީގެ އެއުފާވެރި ބައްދަލު ވުމުގައި ކުރެވުނު ފޮނި އިހުސާސް އާއި ލިބުނު ހިތްހަމަޖެހުމުގެ މަތިން ހަދާން އާވަމުން ދިއައެވެ.

         އާސިމްގެ ދެމަފިރިން ތުނޑިމަތީ ހިނގަމުން ގޮސް އިށީނީ އެތާ އަތިރިމަތީގަ އޮތް ގަސްގަނޑެއްގައެވެ. އެތާ އިށީދެ އެކަކު އަނެކަކާ އަތާ އަތް ޖޯޑުކޮށް ދެމީހުން ހަތަރުކަޅި ހަމަ ކޮށްލިއެވެ.އެއާއެކު ދެމީހުންވެސް ޖަޒުބާތުގެ އޮއެވަރެއްގައި ޖެހި ޣަރަގުވިއެވެ. އެދެކުދިންކުރެ އެއްވެސް ކުއްޖަކަށް މިދުނިޔެ މަތީގެ އެއްވެސް ކަމެއްގެ މަތިން ހަނދުމައެއްނެތެވެ. “އާސިމް ދެެންހެވޭ…މިހާރު ފުދިއްޖެ ދެން ތިހަވަރަށް ނުބަލަބަ އަހަރެން ލަދުގަނޭ!” އިރުގަނޑެއްފަހުން އީނާޝް ވާހަކަ ދެއްކިއެވެ. އޭރު އީނާޝްހުރީ ލަދުގައްނަގޮތްވެފައެވެ. އެހެންވެ އޭނާ އިނީ އިސްދަށަށް ޖަހާލައިގެންނެވެ. “ލޯބީ ނުބަލާށޭ ބުނީމަ ނުބަލާ ހުރެވޭނެތަ ތީއަހަރެންގެ ނަސީބު އަހަރެންގެ ހުރިހާވެސް އުފަލަކީ ތީ ކަލާ އެއްމެ ފަހުންތިދިނީ ދެން އެއްމެ އިވުމަށްބޭނުންވާ އުފާވެރިހަބަރު އެއީ އަހަރެން ބައްޕައަކަށް އަދި ކަލާ މަންމައަކަށް ވާންއުލޭ ކަމުގެ އުފާވެރި ހަބަރު…އަހަރެން ހިތަށް އަރާ އަހަރެމެނަށް ވުރެ ވަކި ނަސީބު ގަދަ ދެމަފިރިއަކު މިދުނިޔޭގަ އުލޭނެބާއޭ!” އާސިމް އޭނާއަށް ލިބެމުންދާ އުފާވެރިކަން އޭނާގެ ލޯބިވާ އަނބިމީހާގެ ކުރިމައްޗަށް ބަންޑުންކުރަމުން ގެންދިއައެވެ. އާސިމް ވާހަކަ ދައްކަމުން ދިއައިރު އީނާޝް ޗައުގުވެރި ކަމާއެކު ވާހަކަތައް އަޑުއަހަމުން ގެންދިއައެވެ. ފިރިމީހާގެ ކޮންމެ ޖުމްލައަކުން އޭނާގެ ހިތުގައި އުފެދެމުންދާ ބިރުވެރި ކަމާ މާޔޫސްކަން ފިލުވައި އުފާވެރިކަން ގެނުވާދެމުން ގެންދެއެވެ. އީނާޝް އަދިވެސް އިނީ އިސްދަށަށް ޖަހައިގެންނެވެ.  “މީކިހާ އުފާވެރި ވަގުތުކޮޅެއް އަހަރެން މިއަދު މިހުރީ ވަރަށް އުފާވެފަ ކަލާ ތިދަނީ އަހަރެންގެ ހުރިހާ އުފަލެއް ފުރިހަމަ ކޮށްދެމުން ދުނިޔޭން ހޯދަން ބޭނުންވި ހުރިހާ އުފަލެއް ” އާސިމް އޭނާގެ ލޯބިވާ އަންހެނުންގެ ދަތް ދޮޅީގަ ހިފާ އިސް އުފުލާ ލަމުން ވާހަކަ ދެއްކިއެވެ. އެވަގުތު އީނާޝް ހިނިތުންވެލިއެވެ. އަދި ފިރިމީހާގެ މޫނަށް ބަލާލަމުން ފިރިމީހާ ގައިގަ ބައްދާލިއެވެ. “”އައިލަވްޔޫ! ލޯބީ” އީނާޝް ވަރަށް ސިއްރު ސިއްރުން އާސިމްގެ ކަންފަތް ބުޑުގައި ބުނެލިއެވެ. އަދި އާސިމްއާއި ދުރައްޖެހިލިއެވެ. އީނާޝް އަށް ލިބިފައިވާ އުފަލެއްގެ ބޮޑުކަމުން އިތުރުއެއްޗެކޭ ބުނެވޭ ގޮތެއް ނުވިއެވެ. ހަމައެކަނި ބުނެވުނީ އެވަރަށެވެ. އީނާޝްގެ މިއަމަލުން އާސިމް ގާތަށް ވަރަށް ހިނިއައެވެ. އަދި މީޓޫއޭކިޔާފަ އަނެއްކާވެސް އަންހެނުން އޭނާއާއި ކައިރި ކޮށްލިއެވެ.

 ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ziyaad

Level 110 Stories

Other Articles

Previous

ތާރާ…1

Next

ތީ މަގޭ ޔާރެކޭ… (ތިންވަނަ ބައި)

Next
March 1, 2014

ތީ މަގޭ ޔާރެކޭ… (ތިންވަނަ ބައި)

Previews
March 1, 2014

ތާރާ…1



All Right Reserved!