Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގި ހިތޭ ތި އަތުލީ 11

Star Level 310 Stories100 Comments100 Login
December 7, 2017 5 Mins Read
18 Comments

ނޯޓް:މިސްޓޭކެއް އިނީމަ އެބައި ރަނގަޅު ކޮއްލަންވެގެން ތަންކޮޅެން ކުރިން ފަށާފައި

ނިއަމްއާއި ލައިހާގެ ގުޅުން ލޯތްބަށް ބަދަލުވިއެވެ. ރަސްމީކޮށް އެކަކު އެނެކަކަށް ޕުރަޕޯސް ނުކުރިއެއްކަމަކު ދެ ޒުވާނުން އުޅެނީ ރައްޓެހިވެގެންނެވެ. އާއިލާއަށް ސިއްރުންނެވެ. ކޮންމެހެން ލައިހާ އެގޮތް ބޭނުން ވެގެނެއް ނޫނެވެ. އެއީ ނިއަމްގެ ނިންމުމެކެވެ. ނިއަމް ވަނީ އޭނަޔަށް ވަގުތު ކޮޅެއް ދިނުމަށް ލައިހާގާތު އެދިފައެވެ. އެއީ ރަނގަޅު ވަގުތެއްގައި މައުވަންއަށް އެދެމީހުންގެ ގުޅުމުގެ ވާހަކަ ކިޔާދިނުމަށެވެ. އަދި އެއަށްފަހު ދެ ފަރާތުގެ އާއިލާއަށް އެންގުމަށެވެ.

ނިއަމްއިނީ މައުވަންއާއެކު ޑްރީމް ހޮސްޕިޓަލްގެ ކެންޓީންގައެވެ. ދެމީހުންގެ ކައިރީގަވެސް އާވި އަރައަރާ ހުރި ކޮފީތައްޓެވެ. “ތީރަނގަޅު މީހެއް. މަމީ ބެސްޓް ފްރެންޑް އެކަމަކު އަދިވެސް އަނބިކަނބަލުން ދައްކާނުލާ ތިއުޅެނީ؟” މައުވަން ޝަކުވާކޮށްލިއެވެ. މައުވަން ބުނެލި ގޮތުގައި އެއީ މައުވަންގެ ކުށެއްނޫނެވެ. އަބަދު ރަށުންބޭރުގައި އުޅެއުޅެފައި ކޮންމެހެން އޭނަގާތުގައި އެވާހަކަ ދެއްކުމުގެ ބޭނުމެއްނެތެވެ.

އެއީވެސް ތެދެކެވެ. ނިއަމް އެއައީ 4 މަސްވަންދެން ރަށުންބޭރުގައި އުޅެފައެވެ. އިތުރަށް މައުވަން ބުނެލި ގޮތުގައި އެކަހަލަ ގޮތެއްފޮތެއް ނެތް މީހަކު ތަޢާރަފް ކޮށްދިނުމުގެ ބޭނުމެއްނެތެވެ. ނިއަމް މައުވަންއަށް ބަލާލީ ސުވާލުގެ ނަޒަރުންނެވެ. އެކަމަކު ތަފްސީލްދޭކަށް މައުވަން ގަސްދެއްނުކުރިއެވެ. ފަހުން ކިޔާދޭނެކަމަށް ބުނެ މައުލޫބަދަލު ކޮށްލިއެވެ.

މައުވަން ގެއިން ނުނިކުންނަން ބުނިފަހުން މަލާކް ކްލިނިކަށް ދިއުން ވަގުތީ ގޮތުން ހުއްޓާލިއެވެ. ބަލި ކަމަށްބުނެއެވެ.

ހޮސްޕިޓަލްގައި އުޅެފައި މައުވަން މެންދުރު ގެއަށް އައީ ބޮލުގައި ރިއްސާތީއެވެ. ގެއިން ފުރަތަމަވެސް ދިމާވީ މަޒްހަރާއެވެ. މަޒްހަރު މައުވަންއަށް ތައުރީފްކޮށްލިއެވެ. އަވަހަށް ގެއަށް އައީމައެވެ. މަޒްހަރު ބުނެލީ އަންހެނުން މާބަނޑު ދުވަސްވަރު އިތުރު އަޅާލުން ބޭނުންވާނެކަން ބައްޕަ ނުބުނަނީސް މައުވަންއަށް ވިސްނުނީތީ އުފާކުރާކަމުގައެވެ. މަޒްހަރު ދެކުނު ގޮތުގައި މައުވަން އަވަހަށް ގެއަށްއައީ މަލާކް ބަނޑުބޮނޑު ވީމައެވެ. ސަބަބު އަހާލުމަކާނުލާ މަޒްހަރު ގޮތް ނިންމިއެވެ. ދެން މަޒްހަރު ބުނެލީ ދެކުދިން ހިތްއުފާކޮށްލަން ރިސޯޓަކަށް ކަހަލަ ތަނަކަން ދާން ފެންނަކަމުގައެވެ. މާބަނޑު ދުވަސްވަރު އެހާއަވަހަށް ދަތުރުކުރުން ރައްކާތެރި ނޫންކަމަށް ބުނެ މައުވަން ވަގުތުން އިންކާރު ކުރިއެވެ. ކޮންމެހެން މަލާކްގެ ބަނޑުގައިވާ ދަރިފުޅު ރައްކާތެރި ކުރުމުގެ ބޭނުމެއްގައެއްނޫނެވެ. އޭނަ ދާންބޭނުން ނުވާތީ ބަހަނާއެއް ދައްކާލީއެވެ.

ބޮލުގައި ރިއްސާތީ ގެއަށް އައިސް ވަތްތަނަކުން މަޒްހަރު ދެއްކި ވާހަކައިން މައުވަން އިތުރަށް ރުޅިގަދަވުން ނޫންކަމެއް ނުވިއެވެ. އެބާރު މިނުގައި ކޮޓަރިއަށް ވަންނަން ތަޅުގައި ހިފާލިއެވެ. ދޮރެއްނުހުޅުވުނެވެ. ދޮރުހުޅީ ތަޅުލާފައެވެ. އިތުރަށް ރުޅިވީގަދައެވެ. ދެތިން ފަހަރު ދޮރުގައި ޖެހިފަހުން  ބުރުގާ ބޮލަށް ވައްޓާލަމުން މަލާކް ދޮރު ހުޅުވިއެވެ. އިތުރަށް ބުރުގާ ރީތި ކޮށްލީ މައުވަން ކޮޓަރިއަށް ވަތްފަހުންނެވެ. “މަށަށް ތި ހަށިގަނޑުން ތަނެއް ފެނިދާނެ ހާދަ ބިރެކޭ ދޯ ތިގަންނަނީ. މަމީ ހިލޭ ފިރިހެނަކަން ނުވީމަތަ” މައުވަންގެ އަޑުގައި ހަރުކަށިކަމާއި އެއްވަރަށް މަލާމާތް އެކުލެވިގެން ވިއެވެ. މަލާކް ރައްދެއް ދޭކަން ގަސްތެއް ނުކުރިއެވެ. ގޮސް ސޯފާގައި އިޝީނީއެވެ. އޭރު އަދި މައުވަން ހުރީ ކޮޅަށެވެ. ދެން ފެނުނީ މައުވަން މަލާކްގެ ބުރުގަލުގައި ހިފައި ދަމައިގަތްތަނެވެ. އެޔާއެކު ބުރުގާ މަލާކްގެ ބޮލާއި ވަކިވިއެވެ. އަދި ދެންމެ ފެންވަރައިގެން ރަނގަޅަށް ހަރުނުކުރެވި ހުރި އިސްތަށި ގަނޑު ރޫޅިގެން ދިޔައެވެ. މައުވަންހުރީ އެހެންދިމާލެއް ބަލާލަން ނޭނގިފައެވެ. އެރީތި ފަން އިސްތަށިގަނޑު މަލާކްއާއި ހާދަ ގުޅެއެވެ. ފޫކޮޅުން ތިރިއަށް ފައިބާ އެ ބޯ އިސްތަށި ގަނޑުގެ ސަބަބުން މަލާކްގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ. އެ ހިމަ ދޮން ކަނދުރާގައި ބޮސްދޭން މައުވަން އެވަގުތު ބޭނުންވިއެވެ. އެކަމަކު އަމިއްލަ ނަފްސުގެ މައްޗަށް ކުރި ހޯދީ މަލާކްގެ ގޮތެއްނެތްކަން ހަނދާންކުރަމުންނެވެ. މަލާކް އިނީ ބިރުންނެވެ. މައުވަން ކޮއްފާނެ ކަމަކުން އޭނަ ޖެހިލުންވިއެވެ. ދެން ފެނުނީ ބުރުގާ އެއްލާލާފައި ކޮޓަރިން ނިކުތް ތަނެވެ.

މައުވަން ގޮސްވަނީ ލުބާގެ ކޮޓަރިއަށެވެ. އެވަގަތު ލުބާ ކޮޓަރިއަކު ނެތެވެ. ނަމަވެސް މައުވަން އެނދުގައި ޖައްސާލިއެވެ. ނިދާލާށެވެ.

ލުބާ ޑިއުޓީ ނިންމާފައި ގެއަށް އައިއިރު މައުވަން އޭނަގެ ކޮޓަރީގައި އޮތުމުން އުފާވިއެވެ. އަދި އަވަހަށް ގޮސް މައުވަންއަށް ގޮވިއެވެ. މައުވަން އައީ ރުޅިއެވެ. އެހާ ގަދައަށް ނިދާފައި އޮއްވައި އުދަގޫ ކުރީމައެވެ. “އަނބިކަނބަލުން ދެކެ އަންނަ ރުޅި މަށަށް ބާލާނެކަމެއްނެތް” ލުބާވެސް އައީ ރުޅިއެވެ. “އަންހެނުން މިހާރު އެ ބަނޑު ބޮޑުވީ. ދެން ދުވަހަކުވެސް އޭނަ ވަރި ކޮށްފައި އަހަންނާއި އިންނާނެ ދުވަހެއް އަންނާނެތަ؟” ލުބާ ބުނެލިއެވެ. މައުވަން ތެދުވެލާފައި އެނދުގެ ހެޑް ބޯޑްގައި ލެނގެލިއެވެ. “އަހަރެން ނުބުނަން އެއްވެސް އިރެއްގައި މަލާކް ވަރިކޮށްފައި ލުބާޔާ އިންނާނަމެކޭ” ހަމަޖެހިލާފައި މައުވަން ބުނެލިއެވެ. “އަހަރެން މިހެން ލުބާކައިރިއަށް އަންނަނީ ލުބާގެވެސް ރުހުމާއެކު. އަދި ލުބާވެސް މިގޮތަށް އޯކޭވެގެން. އޭރުވެސް ބުނީމެއްނު ލޯތްބެއް ނުވެއޭ. ރަނގަޅު އަހަރެން ބުނިން މަލާކް ވަރި ކުރާނަމޭ. އެކަމަކު ވަރި ކޮށްފައި އިންނާނެ މީހަކު އަދި ހަމައެއްނުޖައްސަން. އެކަން އޮޅުވާނުލާތި” މައުވަން އޭނަގެ ނިންމުން އިއްވާލުމަށް ފަހު ކޮޓަރިން ނިކުމެގެން ދިޔައީއެވެ. ލުބާ ރުޅިގަނޑު ބާލާލީ އެނދުމަތީގައި ހުރި ބާލީސްތަކަށެވެ. ހުރިހާ ބާލީސްތަކެއް އަތުކޮޅަށް ނަގާ ކޮޓަރީގެ އެތަށް މިތަނަން އުކާލިއެވެ.

އަކްޔަން އޭނަގެ ހިތުގެ މަލިކާގެ ނަން އެނގުނެވެ. އެތަށް މަސައްކަތަކަށް ފަހުގައެވެ. އެއީ އަލާއެވެ. ނަންއެގުމުން އަކްޔަން ހިތްހަމަ ޖެހުނެވެ. ދެން ހަމަގައިމުވެސް ނަމުން ގޮވާލެވޭނެއެވެ.

ބަނޑު ބޮނޑު ކަމަށް ބުނިފަހުން ހަފުތާއެއް ވެގެން ދިޔައީއެވެ. ޑޮކްޓަރަށް ދައްކަން ދާވާހަކަ މައުވަން ނުދެއްކިއެވެ. އެހެން ކަމުން މަލާކް އެކަމަށް އިސްނެގިއެވެ. “އަހަރެންބޭނުން ޑޮކްޓަރަށް ދައްކަން ދާން” ޖެހިލުންވެ ހުރެ މަލާކް ބުނެލިއެވެ. އޭރު މައުވަން އިނީ އެނދުމަތީގައި އޭނަގެ ލެޕްޓޮޕް ހިފައިގެންނެވެ. “ދެން ދާންވީނު” ފަރުވާކުޑަ ގޮތަކަށް މައުވަން ބުނެލިއެވެ. މަލާކް ބުނެލީ މައުވަންގެ ހުއްދަނެތި ގެއިން ނިކުތުން މަނާކޮށްފައި އޮތީމައި ބުނެލީކަމަށެވެ. މަލާކް އެހެން ބުނެލުމާއެކު ލެޕްޓޮޕް އެނދުމަތީގައި ބައިންދާފައި މައުވަން ނިކުތީ ބެލްކަންޏަށެވެ. ދެން އައިސް ބުނެލީ ޑޮކްޓަރަށް ދައްކަން ދާން ތައްޔާރުވުމަށެވެ.

ޑޮކްޓަރަށް ދެއްކުމަށް ދިޔައީ މައުވަންގެ ރައްޓެއްސެއްގެ ކްލިނިކަކަށެވެ. ސްކޭން ހަދަން ފެށުމާއެކު މަލާކް ހިތް ތެޅެލިއެވެ. ޑޮކްޓަރުގެ މޫނުން ފެނުނީ ހައިރާންކަމެވެ. ސްކްރީން މަލާކަށް ނުފެނެއެވެ. މައުވަންއަށް ފެނެއެވެ. އޭނަގެ މޫނުންވެސް ފެންނަނީ ހައިރާންކަމެވެ. ދެން ޑޮކްޓަރު ބުނެލީ ބަނޑު ބޮޑުނޫން ކަމަށެވެ. މައުވަން އަދި މަލާކްވެސް ހައިރާންވިއެވެ. ޑޮކްޓަރު އެހީ ޓެސްޓް ހެދީ ކިހިނެއްތޯއެވެ. މަލާކް ބުނެލީ ބްލަޑް ނަގައިގެން ކަމަށެވެ. އެކަމަކުވެސް ބަނޑު ބޮނޑު ނޫންކަމަށް ޑޮކްޓަރު ޔަޤީންކަން ދިނެވެ. އިތުރު ވަގުތު ބޭކާރު ކުރުމަކާނުލާ މައުވަން ދިޔައީ މަލާކް ގޮވައިގެން އެމީހުންގެ އާއިލީ ޑޮކްޓަރު މަސައްކަތް ކުރާ ކްލިނިކަށެވެ. އެއީ އެމީހުން ޓެސްޓް ހެދިތަނެވެ. ވެގެން އުޅޭގޮތް ކިޔާދިނުމުން އެ ޑޮކްޓަރުވެސް ހައިރާންވިއެވެ. އަދި އަލުން ޓެސްޓް ހަދާލަން ބުންޏެވެ. އެކަމަކު މައުވަން ބުނީ އެވަރުގެ ބޮޑު ކަމެއް އޮޅެއްވީ ސަބަބު ބަލަން ބޭނުންކަމުގައެވެ. ޓެސްޓް ރިޕީޓް ކުރުމުގެ ބޭނުމެއް ނެތްކަމުގައެވެ. ދެން ތިންމީހުންގޮސްވަނީ ލެބޯޓްރީ އަށެވެ. އަދި ވެގެން އުޅޭގޮތް އޮޅުން ފިލުވާދިނެވެ. އެތަނުން ބުނީ ބޭރުގައި މަޑު ކޮށްލުމަށެވެ. މައުވަން ހުރީ އިންތިހާއަށް ރުޅި ގަދަވެފައެވެ. އެކަމަކު އޭނަޔަކީ ގިނަ މީހުން ދަންނަ މޫނަކަށްވީތީ އަޑުގަދަ ނުކޮށް ހުރީއެވެ.

ތިން ގަޑިއިރު ފަހުން އެމީހުން ގެ އާއިލީ ޑޮކްޓަރު އައެވެ. އަދި ބުނެލީ ލެބޯޓްރީން ހެދިފައިވާ ގޯހެއްކަމަށެވެ. އަދި ވަރަށް ބޮޑަށް މާފަށް އެދުނެވެ. އެދުވަހު ހަމަ އައިމިނަތު މަލާކް ކިޔާ އެހެން ޕޭޝެންޓެއްވެސް އައީކަމަށެވެ. ހެދީ ހަމަ އެއްޓެސްޓެކެވެ. ރިޕޯޓް ތައްޔާރު ކުރި ފަރާތަށް އޮޅިގެން ދެ މީހުންގެ ރިޕޯޓް އޮޅިފައިވަނީކަމަށެވެ. ކްލިނިކްގެ މެނޭޖްމަންޓާއި ހަމައަށް މި މައްސަލަ ގެންދާނެކަމަށް ބުނެ އޭނަ ނިކުމެގެން އައީއެވެ.

ގެއަށް ގޮސް ކޮޓަރިއަށް ވަދެފައި ދެން އަނެއްކާވެސް އެއްޗެހި ކީމަލާކް އާދިމާލަށެވެ. އަންހެނަކަށްވެހުރެ ބަނޑު ބޮނޑު ނޫންކަން އަމިއްލައަށް ނޭނގުނީމައެވެ. މަލާކް ބުނެލީ އޭނަ ދުވަހަކުވެސް ޕީރިއަޑް މައްސަލަ ނުޖެހޭކަމަށެވެ. އެކަމަކު މިމަހު ފަނަރަވަރަކަށް ދުވަސް ޑިލޭވެއްޖެ ކަމަށެވެ. އަނެއްކާ ލެބޯޓްރީ ޓެސްޓަކުން ޕޮޒިޓިވް ކަމަށް ދެއްކީމައި އޭނަ އިތުރު ގޮތްގޮތަށް ނުވިސްނައި ބަނޑުބޮނޑު ކަމަށް ޤަބޫލް ކުރީކަމަށެވެ. ދިރިއުޅުމަށް އަންނަ ބަދަލު ތަކާ ގުޅިގެން ބައެއްފަހަރު ޕީރިއަޑް ޑިލޭވުމަކީވެސް އެކަށީގެންވާކަމެކެވެ. އަމުދުން މިދުވަސްކޮޅު މަލާކް އުޅެނީ އަބަދުވެސް ކޮންމެސް ކަމަކާ ވިސްނާ ފިކުރުކުރުމުގައެވެ.

މަލާކް އިތުރަށް ބުނެލީ އޭނަ ހީކުރި ގޮތުގައި އޭނަ ނިދާފައި އޮއްވާ މައުވަން އޭގެ ފައިދާނެގީކަމަށެވެ. މައުވަން ރުޅިއަޔަސް ހެޔޮކަމަށް މަލާކް އޭނަ ހީކުރެވިފައިވާ އެއްޗެއް ސާފުކޮށް ބުނެލިއެވެ. ރޭގަނޑު ކެއުމުގެ ވަގުތުގައި ރާޖްމެން މީހަކާ ގުޅިގެންވެސް ކާތަށްޓަށް އެއްޗެއް އަޅާފާއި ހުރެދާނެއެވެ. ކަމެއް ކުރަން އުޅޭމީހަކަށް ކުރެވޭނެ އެތަށް ގޮތެއް ހުންނާނެވިއްޔާއެވެ. އަނެއްކޮޅުން އަމިއްލައަށް ކިޓް ގަނެގެން ޓެސްޓްކުރުމުގެ ފުރުސަތުވެސް މަލާކަށް ނުދިނީ ހަމަ މައުވަންއެވެ.

އެހެންނޫނަސް މިކަން މިގޮތަށް ދިމާވީ ދެމީހުންވެސް އެކަކު އަނެކަކަށް ކުށްހީތަކެއްވެސް ކުރެވުނީމައެވެ.

މައުވަން އެކަމަކަށް މާ ބޮޑު ރައްދެއް ނުދެއެވެ. ދެން މައުވަން އަށް ވިސްނުނީ ބަނޑު ބޮނޑު ވިކަމަށް ބުނުމުން އެކަމާ ގުޅުވައިގެން އޭނަ ކީ އެއްޗިއްސާއި އަދި މަލާކް ދިން ރައްދު ތަކަށެވެ. މަލާކް ކީ އެއްޗެހި އަދި ކިރިޔާ އޭނައަށް މި ދޭހަވީއެވެ. އޭނައަށް މަލާކް އާމެދު މި ދެކެވުނީ ކިހިނެއްހެއްޔެވެ؟ ހާދަ އެއްޗިސްސެއް ކިއިއްޖެއެވެ. ބޯގަވާފައި ހުރުމުން މައުވަން ކޮޓަރިން ނިކުމެގެން ދިޔައީއެވެ.

މިކަހަލަ ކަންތައްތަކާއި ހެދި ކިތައްމީހުންގެ ދިރިއުޅުން ހަލާކްވާނެ ހެއްޔެވެ. ކިތައްމީހުންގެ ބޮލުގައި ދޮގު ބަދުނާމް އެޅޭނެ ހެއްޔެވެ. އެއްމެ މީހެއްގެ ފަރުވާކުޑަ ކަމުންނެވެ. މިފަދަ ވަޒީފާ ތަކުގައި އަދި މިއަށްވުރެ ރަނގަޅު ޕުރޮސިޖާތަކެއް ހިމަނަން ޖެހެއެވެ. އޭރުން މައްސަލަ ޖެހުމުގެ ފުރުސަތު ކުޑަވާނެތާއެވެ.

އެރޭގެ ކެއުމުގެ ވަގުތުގައި އެ ޚަބަރު ގޭ އެއްމެނާއި މައުވަން ހިއްސާކުރިއެވެ. މަޒްހަރު ވަރަށް ދެރަވިއެވެ. އަދި އަވަހަށް ކުއްޖަކު ހޯދުމަށް މައުވަންއަށް ނަސޭހަތްތެރި ވިއެވެ. އެއީ މިހާރު އޭނަ އެއްމެ ދެކެން ބޭނުންވާ ދުވަސް ކަމުގައި އިތުރަށް ބުނެލިއެވެ. މައުވަން ބޯޖަހާލިއެވެ. އަކްޔަންވެސް މަޒްހަރާއެއްބައި ވިއެވެ. ދެން ތިބިމީހުން އިތުރު އެއްޗެއް ނުބުނެއެވެ. އެކަމަކު ތިބީ އުފާވެފައެވެ. ލުބާބޭނުމީ މައުވަންގެ ހިތާހަމައަށް ވާސިލްވުމެވެ. މަލާކް ބަނޑު ބޮނޑުވުން އެއީ އެކަމަށް އެޅުނު ހުރަހެއް ގޮތުގައި ލުބާދެކުނެވެ. އެކަމަކު އޭނަގެ ނަސީބު ރަނގަޅު ކަމުން އެކަންތައްވެސް އެވީ ބޮޑު އޮޅުން ގަނޑަކަށެވެ. ނަސީމާ ބޭނުމީ ލުބާއާއި މައުވަން ގުޅުމެވެ. އަދި މަލާކް އެގެއިން ބޭރުކުރުމެވެ. ނަސްރީނާ ވަނީ އެގޮތަށް އެކަން ކުރުމަށް ނަސީމާއަށް ވިސްނަދީފައެވެ. ލުބާއަކީ މަލާކްއާ އަޅާބަލާއިރު އުޑުގައިވާ ތަރިއެއްކަމަށް ނަސީމާއަށް ވިސްނަދީފައިވަނީ އޭނަގެ ބޮޑުދައިތައެވެ.

ހަމައެރޭގެ ވަގުތެވެ. ނިދަން ކޮޓަރިއަށް ވަދެފައި މައުވަން މަލާކްގެ ކިބައިން މާފަށް އެދުނެވެ. މަލާކް ހިނިތުން ވުމަކުން ފުއްދާލިއެވެ. އެވަރުން މައުވަންއަށް ޖަވާބު ލިބުނެވެ. އަދި ފަސްއެބުރި ގޮސް އެނދުގައި އިށީނެވެ. ދެން އިވުނީ މަލާކްވެސް ސޮރީ ބުނެލި އަޑެވެ. މައުވަންވެސް ހަމައެކަނި ހިނިތުންވެލީއެވެ. “އަހަރެން ޖޮބަށް ދިޔަސް އެއްމެ ރަނގަޅުތަ؟” އަނެއްކާވެސް ވާހަކަ ދެއްކީ މަލާކްއެވެ. “އަހަރެން ހުއްދަ ނުދީފިއްޔާ” މަލާކްއާއި ހަތަރު ކަޅި ހަމަކޮށްލަމުން މައުވަންއެހިއެވެ. އެއްއަތުން އަނެތްއަތް މޮޑެލަ މޮޑެލަ މަލާކް އިނީއެވެ. އިސްޖަހައިގެންނެވެ. “ދެންކޮންމެސް އެއްޗެކޭ ބުނެބަލަ” ހިނިތުންވެލާފައި މައުވަން ބުނެލިއެވެ. “ވަރަށް ދެރަވާނެ” އިސްނަގާފައި މަލާކް ވާހަކަ ދެއްކިއެވެ. ދިޔަސް އެއްމެ ރަނގަޅު ކަމުގައި މައުވަން ބުނެލިއެވެ.”ތިހާ ޖޮބަށް ދާހިތްވަނީ ކީއްވެތޯ އަހަންނަން އަހާލެވިދާނެތަ؟” މައުވަން އަނެއްކާވެސް އިތުރު ސުވާލެއް ކޮށްލިއެވެ. ” ނޫން” ހަމައެކަނި އެލަފްޒު ބުނެލުމަށް ފަހު މަލާކް ހިނގައިގަތީ ފާޚާނާއަށެވެ. އިތުރު ސުވާލުކުރުމުގެ ފުރުސަތު ނުދިނުމުގެ ގޮތުންނެވެ. މައުވަން ދެފަރާތަށް ބޯ ހަލުވާލާފައި އުއްޑުން އެނދުމަށްޗަށް ވެއްޓިގަތެވެ. ފައި އޮތީ ބޭރުގައެވެ. އަދި މިއީ ހާދަ ތަފާތު އަންހެން ކުއްޖެކޭ ބުނެލިއެވެ. އަމިއްލަ ނަފްސަށް އަޑުއިވޭވަރަށެވެ.

އަނެއްކާވެސް ޑްރީމް ހޮސްޕިޓަލްގެ ކުޑަކުދިންގެ ޑޮކްޓަރުގެ  ވަޒީފާއަށް މަލާކް ކުރިމަތި ލިއެވެ. މިފަހަރުވެސް އިންޓަވިއު ކުރީ ހަމަ އެއްބަކެވެ. މަލާކް ފެނުމުން އެމީހުންނަން ކުރީ ފަހަރު އައި ކުއްޖެއްކަން އިގުނެވެ. އަދި ކުރީފަހަރު  ކުޑަ މައްސަލައަކާ ގުޅިގެން ޖޮބަށް ކުއްޖަކު ނުނަގާކަމަށް އެމީހުން ހާމަކުރިއެވެ.

އަކްޔަން އަލާގެ ވާހަކަ މަލާކްއަށް ކިޔާދިނެވެ. މަލާކް ބުނެލީ އެކަމުގައި އޭނައަށް ވެވުނު އެހީތެރިކަމެއް ވެދޭނެ ކަމުގައެވެ. އަދި މައުވަން އެދުނީ މަލާކް އަލާއާއި ބައްދަލު ކުރުމަށެވެ. އަދި ޖެހިގެން އައި ދުވަހު އަލާ އާބައްދަލު ކުރަންދިޔައީ އަލާގެ އޮފީސް ދޮށަށެވެ. އަދި މަލާކްއަކީ ކާކުކަން ބުނެދީފައި މަލާކް ވާހަކަ ފެށިއެވެ. އަލާ ކެތްތެރިކަމާއެކު ހުރީ އަޑުއަހާށެވެ. އަނގައިން ބަހެއްނުބުނެއެވެ. މަލާކް ތަކުރާރުކަން މައުވަންގެ ރަނގަޅުކަމާ އަލާދެކެ ލޯބިވާކަން ހާމަކުރިއެވެ. އަލާ ކިތައްމެ ހިތްވަރެއް ކުރިއެއްކަމަކު މިފަހަރުވެސް އޭނައަށް ރޮވުނީއެވެ. އަދި ދެން ފެނުނީ ފޯން ނަގައި ޓައިޕް ކުރަން ފެށިތަނެވެ. އެއަށްފަހު މަލާކްއާދިމާލަށް ފޯންގެ ޑިސްޕްލޭ ދައްކާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star

Level 310 Stories100 Comments100 Login

Other Articles

Previous

ބިކަޙާލު

Next

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ފަހުބައި)

Next
December 7, 2017

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ފަހުބައި)

Previews
December 7, 2017

ބިކަޙާލު

18 Comments!

  1. Black beauty says:
    December 7, 2017 at 10:21 am

    Alaa ah vaahakaeh nudhehkey dhw

  2. Xuhu says:
    December 7, 2017 at 10:25 am

    Oh salhi v v furihama???

  3. Rose says:
    December 7, 2017 at 10:28 am

    Reethi

  4. Your fan says:
    December 7, 2017 at 10:35 am

    Varah salhi ngey

  5. bookworm says:
    December 7, 2017 at 10:40 am

    story is really interesting …. great work .. keep it up
    when would the next part be uploaded

  6. Shaaaaa says:
    December 7, 2017 at 10:51 am

    Mistake ehtha meee ” akyan aala ge vaahaka malak ahkiyadhiny. But mauvan edhuny malak aala ah bahdhalukuran “. Story v reeethi.

  7. Ryn says:
    December 7, 2017 at 11:04 am

    Awesome and interesting but there r some mistakes like names olhifa. But overall it going well and I love it ??

  8. Xaaan says:
    December 7, 2017 at 11:09 am

    Nw v reethi ingey aalaa eh e vaahaka nudhekkey kujjeh dhw

  9. Ana says:
    December 7, 2017 at 11:13 am

    V v v v v reethi. ❤

  10. Shann says:
    December 7, 2017 at 12:46 pm

    V ves rythi mibaives

  11. Firoo says:
    December 7, 2017 at 1:29 pm

    Vv rythi storyy … avahah up kohdhehcheyy. .. ☺I think aala e iyyy vaahaka nudhehkey kujjeh. .. eagerly waiting for next part ☺??❤

  12. Razeenaa says:
    December 7, 2017 at 1:43 pm

    Vaahaka vvvv salhi mivaahaka yah vinthizaaru kurevey . Than kolheh kurin feshi gen thigenes dhineedhoo.
    Ahenveema midhu adhi eh paat genes dheefiyyaa vvvvvv happy vaane???????

  13. ? says:
    December 7, 2017 at 4:51 pm

    Luv the story …its wonderful….wen next part??? next part ah inthizaaru kuraanan

  14. Mysh says:
    December 7, 2017 at 5:15 pm

    Mi stwry v rythi..kuda kuda mistakes eba huri..ekm ves v rythi inge..nd stwry kuda koh dhigu koh genes dhehchey..v kiyaa hithun myny..ly star❤

  15. Noora says:
    December 7, 2017 at 7:24 pm

    When next part nice storyy

  16. Star says:
    December 7, 2017 at 9:11 pm

    THANK YOU ALL. I WILL UPLOAD NEXT PART TONIGHT

    1. Jeek says:
      December 7, 2017 at 9:24 pm

      Yayy! What a happy news! Thankolheh dhigukoh genesdhechey please ?

  17. Scarlet says:
    December 7, 2017 at 9:55 pm

    Varah nice mi partves?….but baeh name mistake eba huri

Comments are closed.

Next Episodeނޭނގި ހިތޭ ތި އަތުލީ 12←


All Right Reserved!