ހިތް މިއެދޭ ސޫރައޭ ތީ މަގޭ 9
” މަންމަ އޭ؟؟؟؟” ނިކްއަށް އަހާލެވުނެވެ. ޔަޝްމީގެ ލޮލުން ފައިބަމުންދާ ކަރުނަތަކުންނާއި އޭނާ ގިސްލަމުންދާވަރުން އިތުރު ހެއްކެއް ނިކް ބޭނުމެއް ނުވިއެވެ. ޔަޝްމީގެ މޫނުމަތިންވެސް އެ މަޖުބޫރީ ފެނެއެވެ. އެއީ ފުރަތަމަ ޔަޝްމީއަށް ނިކް ފެނުމާއި އެކު އޭނާގެ މޫނު އުޖާލާވި ގޮތާއި ލޯބިން ފުރުވާލި ގޮތްގަނޑު ފަހުން ބަދަލުކޮއްލީ އެ މަޖުބޫރީގެ ސަބަބުންކަން ނިކްއަށް ފާހަގަކުރެވުނީ އަދި ކިރިޔާއެވެ.
” މިވަރުން ވާނެތަ؟ ކިހާ ވަރެއް އިތުރަށް ބޭނުމީ؟ ”
ފަސްސަތޭކައިގެ ބޮނޑިއެއް މޭޒުމައްޗަށް ހޫރާލަމުން ޝަކީލާ ބުނެލިއެވެ. ޔަޝްމީ ހުރީ ދެލޯ ބޮޑުކޮއްގެންނެވެ. އެ ރުފިޔާ ބޮނޑިއާއި ދިމާއަށް ބަލާލުމަށްފަހު ޝަކީލާ އާއި ދިމާއަށް ޔަޝްމީ ބަލާލީ އެއީ ކާކުކަމެއްވެސް އޭނާއަށް ނޭނގޭ ފަދަ ގޮތަކަށެވެ. ޝަކީލާ ހެނދުންއަޅާފައި ހުރި ގޮތުންނާއި އޭނާގެ މޫނުމަތީގެ ކުލަވަރު ހުރި ގޮތުން ފެންނަ ފެނުމަށް ވަރަށް ޝާހީ ޢިއްޒަތްތެރިއެއްހެން ޔަޝްމީއަށް ހީވިއެވެ. މޭޒުމައްޗަށް ހޫރާލި ރުފިޔާބޮނޑިން އެއީ ބޮޑު މުއްސަންޖެއްކަން ފާހަގަ ކުރެވުނެވެ.
” މީ… މީ ކޮން ފައިސާއެއް؟ ތީ ކާކު؟ ”
ޔަޝްމީއަށް އެއްވެސް އެއްޗެއް ނުވިސްނުނެވެ. ކޮނޑުގައި ބޮޑު ހޭންޑް ބޭގެއް އަޅުވާލައިގެން ހުރި އިރު ލޮލުގައި އަޅާ އައިނު ބޮލުގައި އަޅުވާލައިފައިވެއެވެ. ގަޔަށް ބާރު ހެދުމެއްގައި ޝަކީލާ ހުންނައިރު އަތްފައިގައި އަޅާފައިވާ ގަހަނާއިން އެއީ ވަރަށް މަތީ މީހެއްކަމުގައި ޔަޝްމީގެ ހިތް ނިންމައިފިއެވެ. އޭނާ ޖެހިލުންވިއެވެ. ނަމަވެސް އޭނާ ޔަޝްމީ އާއި ބައްދަލްކުރަން ޔަޝްމީގެ ގެއަށް އަންނަން ޖެހުނު ސަބަބެއް އަދިވެސް ޔަޝްމީއަކަށް ނުވިސްނެއެވެ.
” އެރޭ ސްޓޭޖްގައި ލަވަކިޔާ ގިޓާ ކުޅުނުލެއް ވަރަށް ފުރިހަމަ.. ވަރަށް ރީތި.. އަހަރެން މިއީ ލަވަ އަލްބަމްތައް ނެރޭ މީހެއް… އަހަރެން ބޭނުން ޔަޝްމީގެ ލަވަތައް ހިމަނައިން އަލްބަމެއް ނެރެން،، ”
ޝަކީލާ ހިނިތުންވެލަމުން ބުނެލިއެވެ. ޔަޝްމީގެ އަނގަ ހުޅުވުނެވެ. އޭނާ އަވަސް އަވަހަށް އަނގަމަތީ އަތްއެޅުނީ އުފަލުންނެވެ. އެއީ އޭނާ އުއްމީދުކުރި ކަމެއްވެސް ނޫނެވެ. އެހާ އަވަހަށް އޭނައަށް މީހުންގެ ހުށައެޅުންތައް ލިބޭނެކަމަކަށް ފަހަރެއްގާވެސް އޭނާ ހިއެއް ނުކުރެއެވެ.އެހެނަސް ކުރިއަށްދާން ބޭނުންވެފައި ހުރި ވަރުން އޭނާ ބޭނުމީ އެ ފުރުސަތުގެ ބޭނުން އަވަހަށް ހިފާށެވެ. ޝަކީލާ އަދިވެސް ހުރީ ކޮޅަށެވެ. އިށީންނާށޭ ކުރިން ނުބުނެވުނީމަ ޔަޝްމީ މިހާރު އެހުރީ އިށީންނާށޭ ބުނަން ނުކެރިފައެވެ.
” އެހެންވީމަ ކީކޭ މިކަމާ މެދު ބުނަނީ؟ ” ޝަކީލާގެ އަޑު އިވުމާއި އެކު ޔަޝްމީ ސިހުނެވެ.
” އަޅުގަނޑުވެސް ބޭނުން އަމިއްލަ އަލްބަމެއް ނެރެން….. ” ޔަޝްމީ ހެވިލާފައި ބުނެލިއެވެ. ޝަކީލާ އެއްބުމަ ހިއްލާލިއެވެ.
” މި ރުފިޔާތައްވެސް ޔަޝްމީއަށް…” ޝަކީލާ އެ ފައިސާތައް ނަގާ ދިއްކޮއްލުމުން ޔަޝްމީ އެއަށް ބަލާލިއެވެ.
” ނޫން… އަޅުގަނޑު އަދި ރުފިޔާ ބޭނުމެއް ނޫން…. ” ޔަޝްމީ ހީލިއެވެ. ޝަކީލާ އަވަސް އަވަހަށް އެ ރުފިޔާތައް ދަބަހަށް އަޅާލިއެވެ. އަދި ހަށަންބަނދެލުމަށްފަހު ވަރަށް ރަނގަޅަށް ޔަޝްމީގެ ފައިން ފެށިގެން ބޮލަށް ބަލާލިއެވެ. ޔަޝްމީ ލަދުގަތެވެ. އޭނާ އިސްޖަހާލިއެވެ.
” ތީ ހާދަ ބޮޑު މޮޔައެކޭ ދޯ ” ޝަކީލާ މަލާމާތުގެ ރާގަކަށް ބުނެލުމުން ޔަޝްމީއަކަށް ނުވިސްނުނެވެ.
” ކަލޭ ހީކުރީ މަގޭ މިއައީ ކަލޭގެ އަލްބަމެއް ނެރެން ކަމަށްދޯ؟ ” ޝަކީލާ ހޭންފެށިއެވެ. ޔަޝްމީ ހާސްވާގޮތްވިއެވެ. މި ގޮތް ނޭނގޭ އަންހެންމީހާ ހެމުން އެދަނީ ކީއްވެގެންބާވައޭ ހިތައް އެރިއެވެ.
” ބަލަ މިހިރަ ގަމާރާ؟ މަގޭ ނިކް ތިފެންވަރުގެ އަންހެން ކުއްޖަކަށް ހިތް ދެވިއްޖެޔޭ ބުނާތީ އަހަރެން މިހާރު ހައިރާންވެއްޖެ! ތިކަހަލަ މީދާ ކޭ އުނބެއް ނުލިބިގެން މީހާ އާވާރާވެގެން އެ އުޅެނީ… ”
ޝަކީލާގެ ޖުމުލައިން އެއީ ނިކްގެ މަންމަ ކަން ޔަޝްމީއަށް އެނގުނެވެ. ޔަޝްމީއަށް ފުރަގަސްދެވުނެވެ. އަދި ދެއަތް ދެއަތާ ލުމަށްފަހު ބާރުކޮއްލެވުނެވެ. އޭރު އޭނާގެ ލޮލުން ކަރުނަ ހިލެން ފަށައިފިއެވެ.
” ތި ރީތިކަން ނިކާލް އަށް ދައްކައިގެން އޭނާ ހައްލަން ނޫޅޭ…. އޭނައަށް ތިއަށްވުރެން މާ ރީތި އަންހެން ކުދިންވެސް ވާނެ! މީގެ ފަހުން އޭނައަށް ވައި އެޅިލިޔަސް މި ޝަކީލާގެ ހުރި ނުބައިކަމާ ބާރުވެރިކަން ދައްކާލާނަން… ނިކާލްގެ ދިރިއުޅުމުން ދުރަށްދޭ!! އޭނަ އާއިކަލޭ އެއްވެސް ގުޅުމެއް ބާއްވައިފިނަމަ މަގޭގެ ބާރުގެ ދަށުން ކަލޭ މާލެއިން ފޮނުވާވެސް ލެވިދާނެ…”
ޝަކީލާ ހުރީ ރުޅިއައިސް ރަތްވެފައެވެ. ޔަޝްމީއަށް ދެލޯ މަރާ ފިއްތާ ބާރުކޮއްލެވުނެވެ. ޝަކީލާ އެނބުރި ދިޔުމުން ޔަޝްމީ މޭޒުކައިރީގައި ހުރި ގޮނޑީގައި އިށީނުމަށްފަހު މޭޒުގައި ބޯޖަހައިން އޮވެ ވަރަށް ރުޔެވެ.
************
ނިކްގެ މަންމަ ޝަކީލާ އެދުވަހު ކަންތައް ކުރި ގޮތުގެ ވާހަކަ ޔަޝްމީއަށް ކިޔައިދެވުނީ އޭނާ ވެފައިހުރި ދެރައިންނެވެ.
” އެހެންވެ އަހަރެން ބޭނުންވީ ނިކް މަތިން ހަނދާންނައްތާލަން.. އަދި އަހަރެންދެކެ ލޯބިވާ މީހަކު ހޯދުމަށް.. އިމްރާން އާއި ގުޅިގެން އުޅުމަށް އަހަރެން ނިންމިން… ”
ޔަޝްމީ ރޮއިރޮއިފައި ވާހަކަދައްކަމުން ދިޔައިރު އިމްރާނަށްވެސް ހުރީ ރޮވިފައެވެ. ނިކް ޔަޝްމިއަށް ބަލާލުމަށްފަހު ޔަޝްމީގެ ދަތްދޮޅީގައި ހިފާ އިސް އުފުލާލިއެވެ. އިމްރާންގެ ދެލޯ މެރިގެން ދިޔައެވެ. ނިކް ޔަޝްމީގެ ދެކޮނޑުގައި ހިފާ އޭނާގެ މޭގައި ލައްކޮއްލުމާއި އެކު ޔަޝްމީގެ މޫނު ކުޑަކޮށް އަނބުރާ ފަސްބަލާލިއެވެ. އޭރު އިމްރާން ދާންވެގެން ހިނގައިގަންނަނީއެވެ. ޔަޝްމީ އަވަސް އަވަހަށް އިމްރާންގެ އެއް އަތުގައި ހިފާ ނިކް އާއި ދުރަށް ޖެހިލިއެވެ. ކުރިއަށް އެޅި ފިޔަވަޅުމަތީގައި އިމްރާން ހުއްޓި ބަލާލީ ހައިރާންކަމާއި އެކުގައެވެ،
” ޔަޝް.. ކީއްވެ ދުރަށް ތިދިޔައީ.. އަހަރެން ކޮންމެ ޙާލެއްގައިވެސް ޔަޝް ހާސިލްކުރަން ބޭނުން………..”
ޔަޝްމީ އިމްރާންގެ އަތުގައި ހިފާ ބާރުކޮއްލަމުން އިމްރާންގެ މޭގައި ބުރަކަށި ޖައްސާލައިގެން ނިކް އަށް ކުރިމަތިލައިގެން ބަލަން ހުއްޓެވެ، އިމްރާން ހުރީ ހައިރާންކަމާއި އެކު އާދޭހުގެ ގޮތަކަށް ނިކްއަށް ބަލާށެވެ.
” ޕްލީޒް ޔަޝް…” ނިކް އާދޭހުގެ ރާގަކަށް ބުނެލިއެވެ. ޔަޝްމީ ދެފަރާތަށް ބޯހޫރުވާލުމުން އިމްރާން ޔަޝްމީގެ އެއްއަތުގައި ހިފާލިއެވެ.
ޔަޝްމީ އަވަސް އަވަހަށް އެނބުރިލުމަށްފަހު އިމްރާންއަށް ބަލާލިއެވެ. އެ މޫނު ވަނީ މިލާ މޯޅިވެފައެވެ. އޭނާގެ އުއްމީދުތައް ވިއްސިވިހާލިވީއެވެ. އިމްރާން ނިކް އަށް ބަލާލަމުން ބުނެލިއެވެ.
” ތި ދެމީހުން ތިއީ ހަޤީޤީ ލޯބިވާ ދެމީހުން،،، އެހެންވެ…. އެހެންވެ އަހަރެން ތި ދެމެދަށް ވަންނާކަށް ބޭނުމެއް ނޫން… އަދި ޔަޝްމީގެ ލޯބި ގަދަކަމުން ހޯދާކަށްވެސް ބޭނުމެއްނޫން.. އަހަރެންނަށް ތި ދެމީހުންވެސް ވަރަށް މުހިއްމު… ޕްލީޒް ޔަޝް.. ނިކްގެ ލޯބި ޤަބޫލުކުރޭ..” އިމްރާން ހިތާ ދެކޮޅަށް އެހެން ބުނެލި ނަމަވެސް އޭނާގެ ހިތް ތެޅެމުންދަނީ ނުހަނު ބާރަށެވެ ޔަޝްމީ ގޮތް ހުސްވެފައިވާ ގޮތަށް އިމްރާންއަށް ބަލާލިއެވެ.
” އަހަރެން މިއީ ކުޅޭ ކުޅޭ އެއްޗެއްތަ؟ ދެމީހުން ދެމީހުންނަށް ބަހަނީ؟ ” ޔަޝްމީގެ އަޑު ބެދިއްޖެއެވެ.
” ނޫން… ޔަޝް… ! ތިހެން ނުބުނޭ.. މަންމަގެ އެ ގޯސް އަމަލުން ނެއްނު އަހަރެމެން ދެމީހުން ދުރުވާން ޖެހުނީ.. ދެން އެކަންތައްގަނޑު އިނގުނީމަ އަހަރެން ބޭނުމެއްނޫން އެއްވެސް ޙާލެއްގަ ޔަޝް ދުރުކުރާކަށް.. ”
ނިކްވެސް ހަޤީޤަތް ހާމަކުރިއެވެ.
” އަހަރެން ޔަޝްމީ ބޭނުމެއްނޫން….. ޕްލީޒް ޔަޝް.. ދެން އެއްޗެއް ނުބުނައްޗޭ! ” އިތުރަށް ބަހުސް ކުރަން ބޭނުން ނުވާތީ އިމްރާން އެންމެ ފަހުގެ ނިންމުން ނިންމިއެވެ. ޔަޝްމީގެ ދެލޯ ބޮޑުވިއެވެ. ނިކްއަށްވެސް ބަލާލެވުނީ އިމްރާން އާޢި ދިމާއަށެވެ. އިމްރާން ހިނގައިގަތެވެ. ބާރުބާރަށެވެ. ޔަޝްމީއަށް ރޮވިފައި ހުރެ ބަލާލެވުނީ ނިކް އާއި ދިމާއަށެވެ. އިތުރަށް އޭނާ އެތާ މަޑުކުރުމެއްނެތި ޓެކްސީއަށް އީޝާރާތް ކުރުމަށްފަހު ދުރަށް ހިނގައިގަތެވެ. ނިކް ގޮތްހުސްވެފައި ހުއްޓެވެ،
************************************
އިމްރާން ގެއަށް ގޮސް ދަބަހަށް އެއްޗެހި އަޅަން ފެށިއެވެ. އޭނާގެ ލޮލުން ކަރުނަ ފައިބަމުންދެއެވެ. އިމްރާން ދަބަހަށް އެޅި ހުރިހާ އެއްޗެއް އަލުން އެނދުމައްޗަށް އޮއްސާލުމަށްފަހު އެނދުމަތީ އިށީނެވެ. އޭނާ އެނދު ހުރަހަށް އޮށޯތެވެ. ވިސްނާލީ އޭނާގެ ދިރިއުޅުމާއި މެދުގައެވެ. ލޯބި ބީވީމައެވެ. އިމްރާން އަނެއްކާވެސް ހުރިހާ އެއްޗެއް ދަބަހަށް އަޅަން ފެށިއެވެ.
ނިކް ގެއަށް އައި ގޮތަށް އައިސް އަޑުގެ ކޮޅަށް ޝަކީލާއަށް ގޮވަމުންދެއެވެ. ޝަކީލާ ސިޑިން ތިރިއަށް ފައިބަމުން އާދެއެވެ.
” ކީކޭ ؟” ޝަކީލާގެ އަޑުވެސް ބާރުވިއެވެ.
” ސިންގަޕޫރާ ތައިލެންޑުން އަހަރެންނަށް އިންނާނެ މީހަކު ހޯދަން އުޅުނީމަވެސް އަހަރެން އެއްޗެއް ނުބުނަން..އެކަމަކު ޔަޝްމީ އުޅޭތަނެއް ހޯދައިގެން އޭނައަށް ބަވާ މަލާމާތްކޮށް އަހަންނާ ދުރުވުމަށް އިންޒާރުދީ ހެދީމަ އަހަންނަކަށް މަޑަކުން ނުހުރެވޭނެ… ” ނިކްގެ ރުޅިއައިސްފައިވާ މޫނު ފެނި ޝަކީލާ ހުއްޓުން އެރިއެވެ.
” އޯހް… ކުޓުވާލީ ދޯ… ނިކާލްގެ މޯމް އޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ދައްކަން ކެރުނު މީހަކަށް މިގެއަށްއައިސް އުޅެވިދާނެތަ؟ އޭގެންވެސް އެނގެނީ އޭނަގެ ގޮތެއް ނެތްކަން…” ޝަކީލާ ބޮޑޭވެލާފައި ނިކްގެ ކުރިމަތީގައި ހުއްޓުނެވެ.
” ކިތައް ދުވަހު އޭނަ އެވާހަކ ނުބުނެ އެ ހުރީ؟ އެވާހަކަ ބުނަން އަހަރެން މަޖުބޫރު ކުރީމަ އެ ބުނީ… ބުނަންތަ ؟ މޯމް ހީ ނުކުރައްޗޭ އަހަރެންގެ ދިރިއުޅުމަށް އަދި އަހަރެން އެންމެ ލޯބިވާ ކުއްޖާއަށް ތިހެން ހެދީމަ އަހަރެން މޯމް ކައިރީ ހުންނާނެޔޭ… ނެވަރ!! މި ގެއާއި މި މުދަލާ ހުރިހާ ފައިސާއެއްވެސް މޯމްއަށް… އަހަރެން އެއްވެސް އެއްޗެއް ބޭނުމެއްނޫން…. “ ނިކް ހިނގައިގަތުމުން ޝަކީލާ ހޭންފެށިއެވެ.
” ހާދަވަރެއް ވެފަ؟ އެނގޭތަ؟ އަހަރެން ހިތައް ޒައްރެއްގެ މިންވަރަށްވެސް އަސަރެއް ނުކުރާނެ.. މިޔަދު އަހަރެން ބޭނުމީވެސް ތިގޮތް.. ކަލޭ ދިޔުން.. ކަލޭ ހުރީމަ އަހަރެންގެ ބޮލުގަ ހާދަހާ ރިހުމެއް ރިހެޔޭ… ކަލޭގެ ބައްޕަ މަށާ އިނދެފަ މަށަށް ހުރިހާ އެއްޗެއް ރަޖިސްޓްރީކުރީ ކަލޭ އުމުރަށް ބަލާނެތީ… ކުޑަކުޑަ އިރުއްސުރެން އަހަރެން ކަލޭ ބެލުމުގެ ބުރަ އުފުލީވެސް މި ހުރިހާ އެއްޗެއްގެ ބޭނުމުގަ.. މުޅިއަކުން އަހަންނެއްވެސް ނުން ކަލޭ ބެލީ… ކަލޭގެ ބައްޕަ މަރުވީމަ ނޯކަރުން ލައްވާ ހުރިހާ ކަމެއް ކުރުވީ…. ” ޝަކީލާ ސޯފާގައި އިށީނެވެ. އޭރު ނިކް ހުރީ ހުރި ފިޔަވަޅުމައްޗަށް ހުއްޓުން އަރާފައެވެ.
” ތީ މަގޭ މަންމައެއް ނޫނޭތަ ތިބުނަނީ؟ ” ހައިރާންވެފައި ނިކް އެހިއެވެ.
” ޔަޕް! މީ ނިކާލްގެ މަންމައެއް ނޫން.. ދޮން މަންމަ.. ސްޓެޕް މޯމް… ” ޝަކީލާގެ އެ ޖުމުލައިން ނިކް ދެރަވިއެވެ.
” އެހެންވެ އަހަރެންނަށް ކަލޭ އެހާ ފަސޭހައިން ދޫކޮއްލެވުނީމި… އަސްލު މަންމަ ދޫކޮއްލާފަ އެއްވެސް ދަރިއަކަށް މިހެން ދާކަށެއް ނުކެރޭނެ!! ކަލޭގެ ހިތުގައި އަހަންނާމެދު ރަހުމު ނެތީމަ ޤުދުރަތްތެރިކަމުން އަހަރެންގެ ހިތުގަވެސް ކަލޭގެ މައްޗަށް ކުލުނު ލައްވާފަނެތީ… އަހަރެން ދަނީ… އަހަރެން ދެން ދުވަހަކުވެސް މިގެއަކަށް ނާންނާނަން…………….” ނިކް ހިނގައިގަތް އިރުގައިވެސް ޝަކީލާ އިނީ ސޯފާގައެވެ.
****************************
ޖެހިގެން އައި ދުވަހު ޔަޝްމީ އިމްރާންގެ ގެއަށް ދިޔައީ އިމްރާންގެ ނަންބަރަށް ނުގުޅިގެންނެވެ. ދިޔައިރު އެގޭގައި އުޅެނީ އެހެން ބައެކެވެ.
” އިމްރާން އުޅޭތޯ؟ ” ޔަޝްމީ ވަރަށް ލަސްލަހުން އަހާލީ ދޮރުމަތީގައި ހުރި އަންހެން ކުއްޖެއްކައިރީގައެވެ. އެކުއްޖާ ނުދަންނަ ގޮތަކަށް ބަލަންފެށިއެވެ.
” އަޅުގަނޑުމެން މިޔަދު މިގެއަށް ބަދަލް މިވީ…. ހަމަ ދެންމެ ބަދަލު މިވީ..….” އެކުއްޖާ އެހެން ބުނުމާއި އެކު ޔަޝްމީ ބަލާލީ އެގެއަށެވެ. އަދި ޝުކުރު އަދާކުރުމަށްފަހު އޭނާ ހިނގައިގަތެވެ. އިމްރާން އެގެ ދޫކޮއްފައި ދިޔައީކަން އޭނާއަށް އެނގުނެވެ. އިމްރާންވީ ތަނެއް ޔަޝްމީއަށް ވިސްނާ ވިސްނާވެސް ނޭނގުނެވެ.
*******************
ދަބަސް ހިފައިގެން ނިކް ދިޔައީ އޭނާގެ ބައްޕަ އޭނާއަށް ދިފައިވާ ރިސޯޓަށެވެ. އެ ރިސޯޓަށް ގޮސް ތަން ހަވާލުކޮއްފައިވާ މެނޭޖަރ އާއި ބައްދަލްކުރުމަށްފަހު އޭނާ ޖޮއިންވާން ބޭނުން ކަމަށްބުނެ މަސައްކަތާ ޙަވާލްވެސް ވިއެވެ.
ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު ނިކް ރޫމާއި ދިމާއަށް ދަނިކޮށް އަންހެން ކުއްޖަކު ހިނގާފައި ދާތަންފެނި އޭނާއަށް ބެލެން ފެށިއެވެ. ކޮންމެވެސް ތަނަކުން ދެކުނު ކުއްޖެކޭ ހިތާ އެކުއްޖާގެ ފަހަތުން ފާރަލާން ފެށިއެވެ. ވަކި ހިސާބަކުން އޭނާ ހުއްޓި އަވަސް އަވަހަށް ފަހަތް ބަލާލިއެވެ. އޭނާގެ ލޮލާއި ނިކްގެ ލޯ ބޮޑުވެގެން ދިޔައެވެ.
” ނިކް”
” ދީނާ ” ދެމީހުންނަށްވެސް ބުނެލެވުނެވެ.
” ދީނާ…. މިރިސޯޓްގަ ކީއްކުރަނީ ؟ ” އެޖުމުލައިން ދީނާ އަވަސް އަވަހަށް ދެފަރާތް ބަލާލިއެވެ.
” ކިހިނެތްވީ؟ އަހަރެން ވިއްޔަކާ ނުވޭތަ ރިސޯޓަކަށް އައިސްގެން؟ ” ދީނާ އަދިވެސް ހުންނަނީ އެ ގޮތްގަނޑެވެ. އޭނާ އުޅެނީ މީހަކާ އިނދެގެން ބާވައޭ ހިތައް އެރިއެވެ.
” ނޫނޭ… އެހެނެއްނުން… ” ނިކް ވެސް ވާހަކަ ދައްކާކަށް މާ ގަޔާ ވާގޮތެއް ނުވިއެވެ. އިތުރަށް އެއްޗެއް ނުބުނެ ހިނގައިގަތްވަގުތު ދީނާއަށް މީހަކު ގޮވާލި އަޑަށް އޭނާ ބަލާލިއެވެ.
އެއީ އެންމެ ފަހުން ރިސޯޓަށް ވީ.އައި.ޕީ ގެ ގޮތުގައި އައިސްގެން އުޅޭ ޔޫރަޕްގެ މީހެކެވެ..
” ނިކް… އެއީ މަގޭ ފިރިމީހާ…. ” ދީނާ އެމިހާ އާއި ދިމާއަށް ދުއްވައިގަތެވެ. އެމީހާ ބަލާބެލުމަށް ދީނާއަށްވުރެން އެތައް ތަނެއް ދޮށީ ވާނެއެވެ. ބިޔަކޮށް ހުރި އެމީހާ ދީނާ އަރާ ހަމަވުމާއި އެކު އޭނާގެ ގަޔާލާ ފިއްތާލަމުން ހިނގައިގަތެވެ، ނިކް ޤަބޫލުކުރަން ދަތިވެފައި ހުރެ ބަލަމުންދިޔައެވެ. އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް އިމްރާންއަށް ގުޅާށެވެ. އިމްރާންއަކަށް ގުޅޭގޮތް ނުވުމުން އޭނާ އިތުރަށ އެކަމަކާ ނޫޅެއެވެ. ދީނާ ކަންތައް އެކުރީ އޭނާ ބުނި ގޮތަށެވެ.
****************************
” އަދިވެސް މީހަކާ އިންނާކަށް ނޫޅެމުތަ؟ މިހާރު މިގެއަށް ފާކޮއްގެން އުޅޭތާ ކިހާ ދުވަހެއް؟ ” ދޮންބައްޕަ ހަޅޭއް ފަޅޭއް ޖަހަން ފެށުމުން ޔަޝްމީ ބަލާލިއެވެ. އޭނާ އެއްޗެއް ނުބުނީ އެއްޗެއް ބުނެގެން ވާނެ ފައިދާ އެއް ނެތީމައެވެ. އަދި އެގެއިން ނުކުމެގެންގޮސް ވަންނާނެ ތަނެއްވެސް ނެތީމައެވެ.
” އިވޭ ކަމަށްވެސް ނަހަދާ މިހިރަ އަންހެންކުއްޖާ އެބައިނޭ ހަމަ….. މިހާރު މިގޭގަ ހުރެވިއްޖެއެއްނު… ” ދެންވެސް ޔަޝްމީ އެއްޗެއް ނުބުނެއެވެ. އޭނާގެ ލޮލުން ކަރުނަ އަންނަން ފެށުމުން އޭނާ ބާރުބާރަށް ކޮޓަރިއަށްވަނީ ބައްޕަގެ ކުރިމަތިން ދުވެފައި ގޮހެވެ.
އެކަނިވެރިކަމަށް ކުރިމަތިލީވެސް އަމިއްލައަށެވެ. ހިތާމަތައް ލިބިގަތީވެސް އަމިއްލައަށެވެ. ބޭނުންވާ ހުރިހާ އުފަލެއް ލިބެން އޮއްވަ އެ ދޫކޮއްލީވެސް އަމިއްލައަށެވެ. ޔަޝްމީ ދެލޯ ތެންމަމުންދެއެވެ. އޭނާއަށް ހަދާނެގޮތް ހުސްވެއްޖެއެވެ. ދާންވީ މަގު އޮޅިއްޖެއެވެ. ދިރިއުޅުން ބަންދުވެއްޖެއެވެ. ދަންނަ އިތުރު ބަޔަކު ނެތެވެ. އަޅާލާނެ އެއްވެސް މީހަކު ނެތެވެ. އެނދުން ތެދުވެ އޭނާ ވަރަށް ވިސްނިއެވެ.
އެހެން އޮއްވާ ނުދަންނަ ނަންބަރަކުން ފޯނެއް އައެވެ. ނަންބަރަށް ބަލަން އިނުމަށްފަހު ފޯންނެގިއެވެ. ކޮންބޭފުޅެއްތޯ އެހުމުން ޔަޝްމީ އަމިއްލައަށް ތަޢާރަފްވިއެވެ.
” މިރޭ 9.00 ށް ދަރުބާރުގޭގައި އޮތް ބައްދަލްވުމަކަށް އައިސްދެވިދާނެތޯ؟ ” ވަރަށް މަޑުމައިތިރިކަމާއި އެކު ވާހަކަ ދެއްކީ އަންހެން ކުއްޖެކެވެ.
” އެއީ… ކޮން ކަމަކު ތޯ ؟ ” ޔަޝްމީއަށް އެހުނެވެ.
” މާ ރަނގަޅަކަށްވެސް ނޭނގެ… ގިޓަރިސްޓުންނަށް ބޭއްވޭ ބައްދަލްވުމެއްކަން އެނގެނީ… ” އެކުއްޖާ އެހެން ބުނުމުން ޔަޝްމީގެ ހިތް ތެޅިގަތެވެ. ޝަކީލާ ދިންކަހަލަ ލަނޑެއް މީހަކު ދެނީބާވައޭ ވެސް ހިތައް އެރިއެވެ.
******************
ގަޑި ކައިރިވަމުންދާވަރަކަށް ޔަޝްމީގެ ހިތްވެސް ބާރަށް ތެޅެމުންދެއެވެ. ކޮންމެ ގޮތެއްވިޔަސް އޭނާ އެތަނަށް ދާން ބޭނުމެވެ. އެ ބައްދަލްވުމަކީ ކޮންކަހަލަ ބައްދަލްވުމެއް ކަމެއް ނޭނގުނަސް އޭނާގެ ކުރިމަގު އުޖާލާވެދާނެކަމަށް ވިސްނައި އޭނާ އެތަނަށް ދާން ނިންމީއެވެ.
މީޓިން ހޯލްގައި އޭރު މާ ގިނަބަޔަކު ނެތެވެ. ނަމަވެސް ގަޑި ޖެހުމާއި އެކު ދިހަވަރަކަށް މީހުން އެތަނަށް އައިސްފިއެވެ.
” އަޅުގަނޑަކީ ނިޔާޒް…. މި ޓީމްގެ މެނޭޖަރ…މިއީ ވަރަށް މަސައްކަތުން އަޅުގަނޑުމެން ހޯދި ޓީމެއް.. ބޭނުންވަނީ ރަނގަޅު ގިޓަރިސްޓުންތަކެއް ގެ ފެންވަރު ރަނގަޅު މަސައްކަތްތަކެއް ނެރުން.. އަލްބަމެއް ހަދަންވެސް ބޭނުން… މިކަމާއި މެދު ދެކެނީ ކިހިނެތްތޯ؟ ” އެމީހުންގެ ވާހަކަތަކުން ޕްރޮފެޝަނަލް ބައެއްކަން ޔަޝްމީއަށް ޔަޤީންވިއެވެ. އަދި މިތާ މިތިބީ މުޅީންވެސް އެ ފެންވަރުގެ މީހުންނެވެ. ނަމަވެސް ޔަޝްމީއަށް ފުރުސަތު ލިބުނީ ކިހިނެތްކަމެއް ނޭނގެއެވެ.
މަޝްވަރާ ކުރަން ވަގުތު ދިނުމަށްފަހު ހިޔާލް ހުށައަޅަން ފެށިއެވެ. ދިހަ ވަރަކަށް ފިރެހެނުންގެ ތެރޭގައި އިނީ އަންހެން ކުއްޖަކަށް ޔަޝްމީ އާއި ޖިޔާ އެވެ. ޖިޔާ އަކީވެސް ވަރަށް ފުންނާބު އުސް ފަންނާނެކެވެ.
” ކޮންމެ ދުވަހަކުވެސް ޕްރެކްޓިސް އޮންނާނީ މާފަންނު ޕެރިސް ގައި.. އަޅުގަނޑުމެން ކުދިން ހޮވާފައި މިވަނީ ވަރަށް މަސައްކަތުން އެކި މީހުންނަށް ގުޅައިގެން…. މިހާރު ތިއީ އަހަރެންގެ މުވައްޒަފުން.. މުސާރަވެސް ދޭނަން.. އުއްމީދު ކުރަނީ ހިތްވަރާއި އެކު މަސައްކަތް ކުރާނެކަމަށް……. “
ޔަޝްމީއަށް އުފަލެއް ލިބުނެވެ. އޭނާގެ ކެރިއަރ އުޖާލާވާނެ ކަމުގެ އުއްމީދު އާވެއްޖެއެވެ. އެކަނިމާ އެކަނި އެއްވެސް ބައިވެރިޔަކާ ނުލާ އެތައް ދުވަހެއް ވަންދެން އުޅެ އުޅެ ހުއްޓާ އޭނާގެ ނަސީބު އޭނާގެ އަތުގައި ހިފީކަމުގައި ޤަބޫލު ކުރެވުނެވެ. އިމްރާންވެސް ނަންބަރ ބަދަލު ކުރީއެވެ. ނިކްއަށްވެސް ނުގުޅެއެވެ. އޭނާއަށް ހެޔޮ އެދޭ ހުރީ ހަމައެކަނި މުޢާޒެވެ. އެހެނަސް ހެނދުނު ދާ ގޮތަށް ޔަޝްމީ ނިދާއިރުވެސް މުޢާޒްއަށް ގެއަކަށް ނާދެވެއެވެ. ބަންދު ދެދުވަހުވެސް އޭނާ ގެއަކަށް ނާދެއެވެ. އެހެން ކަމުން ދޮންބައްޕަގެ ގޮވެލިފަތި އަހާލަ އަހާލަ ހަތަރު ދަމު ގޭގައި އިނދެ އިނދެ މީހާ މޮޔަވާ ވަރު ވެފައިވަނިކޮށް އޭނާއަށް ކުރިއަށް ދާންވީ މަގު ދައްކައިދިނުމުން އޭނާ ހެއްދެވިފަރާތަށް ޝުކުރު ކުރެއެވެ،
މާފަންނު ޕެރިސް އަށް ދިޔުމަށް އޭނާ ތައްޔާރުވިއެވެ. ފޮރުވާފައިވާ ގިޓާ ނެގުމާއި އެކު ނިކްގެ މަތިން ހަނދާންވިއެވެ. އެ ލޯބި އަދިވެސް ތާޒާކަންމަތީގައި ޔަޝްމީގެ ހިތުގައި ވެއެވެ. އޭނާ ގިޓާގައި ފިރުމާލިއެވެ. އަދި ބޮސްދިނުމަށްފަހު އުރައަށް ވައްޓާލިއެވެ.
ޔަޝްމީ ދިޔައިރު އެއްވެސް މީހަކު ނާދެއެވެ. ހަމަ އެކަނި އެތާ އިނީ ނިޔާޒްއެވެ.
” ވަރަށް ގަޑިއަށް ފަރުވާތެރި ކުއްޖެއްދޯ ތީ،….” ނިޔާޒް ބުނެލިއެވެ. ޔަޝްމީ ހީލީ ލަދުންނެވެ. ނިޔާޒްއަކީ ވަރަށް އޯގާތެރިކަމާއި އެކު ވާހަކަ ދައްކާ މީހެއްކަން ފުރަތަމަ ދުވަހުވެސް ޔަޝްމީ ފާހަގަ ކުރިއެވެ. އެއީ ޔަޝްމީގެ ބޮސްއެވެ. އޭނާ ހުންނަނީވެސް ތަންތަނުގައި ވެރިން ތިބޭ ފާޑަށެވެ. ތަނެއްގެ ވެރިޔަކު ވިއްޔާ ބޮޑު ބަނޑެއް އޮންނާނޭ ބުނާ އުސޫލުން ނިޔާޒަކީ ވެސް ފަލަކޮށް ހުންނަ މީހެކެވެ. އެހެންކަމުން ހެލިފެލިވެ އުޅެން އުނދަގޫ ކަމަށްވިޔަސް އޭނާ އަކީ ހަރަކާތްތެރި މުވައްޒަފުންނަށް ރަނގަޅު މީހެކެވެ.
ޔަޝްމީ ހިނިތުންވުމެއްގައި ހުއްޓެވެ. ޓީމްގައި އުޅޭ ހަތަރު ކުދިން ހަމަވުމުން ނިޔާޒް ތެދުވިއެވެ. ޖިޔާ އާއި ސައިފް އަދި ފަރޭ އައުމުން ނިޔާޒް ބުނެލިއެވެ.
” ޓީމްގައި އުޅޭނީ މި ހަތަރު ކުދިން… ދެން އެރޭ އެތާ އެތިބީ އޮފީހުގެ އެހެން މުވައްޒަފުން… ވަރަށް ބާރުމިނުގައި މި މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުމީ…. !! އޭރުން ސީޑީ ތައް ވިއްކައިގެން ލިބޭ ފައިދާއިން ބޮޑު ޕަސެންޓެއް ލިބޭނެ ތި ކުދިންނަށްވެސް… ” ނިޔާޒް ދުވަހުގެ ފުރަތަމަ މަސައްކަތައިގެން ފެށިއެވެ.
*********************
ހަނދުވަރުދޭ މި ރީތި ރޭގައި ދޮންވެލި ތުނޑިމަތީ އިމްރާން އޮތީ ޔަޝްމިގެ ހަނދާނުގައެވެ. މާލެ ދޫކޮށް ރަށަށް ބަދަލްވީ އެ ހަނދާންތަކުން ދުރުވުމަށެވެ. މަތިން ދަތުރު ކުރަމުންދާ ތަރި ތަކަށް ބަލަން އޮއްވާ ދާދި ކައިރިން އަންހެން ކުދިންތަކެއް ތޫލި އަޑަކުން ހޭ އަޑު އިވުނެވެ. އަވަސް އަވަހަށް ތެދުވެ ބަލާލި އިރު ދާދި ކައިރީގައި ހަތަރު ކުއްޖަކު ތިއްބެވެ. އެކުދިންނަށް އިމްރާން އާއި އެހާ ކައިރިއަށް އަންނަން ކެރުނު ކަމޭ އޭނާގެ ހިތައް އެރިއެވެ. ގަޑިން މިހާރު އަށެއް ހަޖަނީއެވެ. މިހާ ލަސްކޮއްފައި އަންހެން ކުދިން ތަކެއް ތުނޑިއަށް އަންނަންވީ ކީއްވެބާވައޭ އޭނާގެ ހިތައް އެރިއެވެ. އިމްރާން ކޮޅަށް ތެދުވިއެވެ. އަދި އެކުދިންނަށް ބަލަން ފެށިއެވެ.
” ސޮރީ.. އަހަރެމެން ހީކުރީ އެހެން ކުއްޖެއް ކަމަށް…”
އެކުދިންތައް ދުއްވައިގަތެވެ. އިމްރާންއަށް އެތަނުން ފާހަގަ ކުރެވުނީ އެތާ ހުރި އެންމެ ރީތި ކުއްޖާ އެވެ. އެކުދިންތައް ދުވަމުން ދަނިކޮށް ވަލުތެރެއިން އެހެން ކުދި ބަޔަކުވެސް ނުކުތެވެ. އިސާހިތަކު ތުނޑިމަތި ހީވަނީ ހަވީރު ކުޅެން ހަދާފައިވާ ސްޓޭޑިއަމް އެއް ހެންނެވެ. ވީ ގޮތެއް ނޭނގިގެން އިމްރާން ގެއަށް ދާން ހިނގައިގަތެވެ،
” ބޮޑުދައިތާ! މިރަށު ތުނޑީގައި އެ ޖަހަނީ ކޮން ސަކަރާތެއްތަ؟ ‘ ގެއަށް ވަތް ގޮތަށް އިމްރާން އެހިއެވެ. އޭރު ބޮޑުދައިތަ ހަރީރާ އުޅޭނީ ކާންހަދާށެވެ.
” ދަރިފުޅު އެތަނަށް ދިޔައީދެއްތޮ؟ އެއީ މިރަށު ފުރާވަރުގެ ކުދިން އާއްމުކޮށް ކުޅެންދާ ހިސާބު.. ހަވީރު ދާގޮތަށްވެސް ނައިސް އެ އުޅެނީ… ވަރަށް ލާނެތް ކުދިންތަކެއް އެއީ ….” ހަރީރާ އެހެން ބުނުމުން އިމްރާން ހިނިއައެވެ. ކިތަންމެ ލާނެތޭ ބުންޏަސް އެހެން އުޅެން ހާދަހާ މަޖާވާނެޔޭ ހިތައް އެރިއެވެ.
ޖެހިގެން އައި ދުވަހުގެ ހަވީރު އިމްރާން އެތަނަށް ދިޔައެވެ. އޭރު އެއްވެސް މީހަކު ނެތެވެ. މިއީ އަޖައިބެކެވެ. އެހެންވީމަ މިތާ މިއުޅެނީ މިރަށުގެ ޓީން.އޭޖް ގުރޫޕް ތާއޭ އޭނާގެ ހިތައް އެރިއެވެ. މޫދާއި ދިމާ ބަލަމުން އިމްރާން އިށީނދެލިއެވެ. އެ އިވުނީ ހަމަ އެ އަޑެވެ. އިމްރާން ބަލާލި އިރު އެ ތިން ކުދިން ހިނގާފައި ދެއެވެ. އެކުދިންނަށް ބަލަން އިންދަ ފަހަތް ބަލާލީ އެ ކުއްޖާއެވެ. އޭނާ ހީލި ގޮތުން އެއްޗެއް އަންގާލީ ބާވައޭ އިމްރާން ހިތައް އެރިއެވެ.
އެކުއްޖާ ލައިފައި ހުރީ ނޫ ކުލައިގެ ދޯ ޕައްޓާ ހެދުމެކެވެ. އިސްތަށިގަނޑުވަނީ ފަހަތަށް ގަތާލާފައެވެ. އެއީ ރާއްޖެތެރޭގެ ގޮތްގަނޑޭ މީހުން ކިޔާ އުޅޭ ގޮތެވެ. އިމްރާންއަށް ބަލަން އިނދެވުނީއެވެ.
އެކުދިން ރަށުތެރެއާއި ދިމާއަށް ދިޔުމުން އިމްރާންވެސް ހިނގައިގަތެވެ. ގެއާއި ދިމާއަށް ދަނިކޮށް ފެނުނީ ގެއިން ފެން ބަނޑިޔަލެއް ހިފައިގެން ހަމަ އެކުއްޖާ ނުކުންނަ ތަނެވެ.
” ބޮޑުދައިތާ.. އެއީ ކާކުތަ؟ ” އިމްރާން އަނގަޔަށް ކެކުރިއެއް ފަޅާލަމުން ބުނެލިއެވެ. ހަރީރާ ފެންތާނގީ ތަޅުލުމަށްފަހު ތެދުވިއެވެ.
” އެއީ ވާފިރުގޭ ވަފާ… އެގެއިން ފެން ހުސްވެގެން ފެން ބަނޑިޔަލެއް ދޭށޭ ކިޔާފަ އައީ… މުރާލި ގޮއްޔެއް އެއީ… ދަރިފުޅުވެސް މީހަކާ އިންނަންޏާ އެކަހަލަ ކުއްޖަކު ހޯދާތި،،،،”
ހަރީރާ އެހެން ބުނުމުން އިމްރާން ވަފާ އާއި ވާހަކަ ދައްކާލާ ހިތްވިއެވެ. ޔަޝްމީދެކެ ވެވުނު ލޯބި ވަފާ ދެކެ ވާން ބޭނުންވިއެވެ. ލިބުމެއް ނެތް ލޯތްބަކަށް އިންތިޒާރު ކުރުމަށްވުރެން ، ނިވެމުންދާ ބޮކި ދިއްލޭތޯ ބެލުމަށްވުރެން ފެހި ސިގްނަލް ދިއްލާލި ބޮތްކާއި ދިމާއަށް ދަތުރުކުރުން މާ މުހިއްމެވެ.
ނޯޓް: މިވާހަކައިގެ އާ ބައެއް ނުގެނެސްދެވި މިހާ ގިނަދުވަސް ވީތީ ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެމެވެ،
މިވާހަކަ އަޅުގަނޑުގެ އަތުން ގެއްލިފައި ވުމުން އަޕްލޯޑް ކުރުން ލަސްވި ނަމަވެސް މީގެ ކުރިން އެހެން ސައިޓަކަށް މި ވާހަކަ އަޕް ކުރި އިރު ކުއްޖަކު މިވަނީ މިވާހަކަ ސޭވް ކޮއްފައެވެ. ” ސާއި” ގެ ނަމުގައި ލިބުނު ކޮމެންޓެއްގައި އޭނާ މިވާހަކަ ސޭވްކޮއްފައި އޮތް ވާހަކަ ބުނެފައިވީތީ އަޅުގަނަޑުގެ އެދުމުގެ މަތިން ސާއި މިވާހަކަ މެއިލް ކޮއްލަދެއްވީތީ ވަރަށް ވަރަށް ވަރަށް ބޮޑަށް ތޭންކްޔޫ އިނގޭ 🙂
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.



Alhuganduge faraathunves saaai ah varah bodah thanks!!! Thanks a lot saai n salaa!!! 😀
wow…..dhigu inthizarakah fahu anehka ves mikiyalevune….salaa v nice story…anehba ah waiting….keep it up 🙂
thank youuuu
saai n salaa
🙂
am very happy
storyge 9th part kiyaalan libunyma
love this story alot 😀
i hope you will upload the next part soon
🙂
saai thankx…luv u lotx n thankx 4 salaa too………<3
varh salhi .. waitin 4 the nex part
Varavves Reethi <3
Salaa, thidhaairaain majlis ah nikunna yash akee liyuntheri ehtha? Hama ahaalee ingey 😀
Yes Summer.. Yash akee vahaka liyuntherieh.. n she is from my Island..
THANK U ALL… IM V GLADE TO CR COMMMENTS<<< 🙂
C UR COMMENTS ****
welcum salaa
Nun vafaa ah nik nudheythi yash ah dheyny plx
salaaa koba aneh part….waiting waiting waiting ga…..mihureee…..kiya hithun……..