ނޭނގި ހިތޭ ތި އަތުލީ 5
” ނުކިޔަވާ ހުއްޓަސް ރިވެތި އަޚުލާޤެއް ހުރެއްޖިއްޔާ އެވީ” މަޒްހަރު ބުނެލިއެވެ. އަދި ދެން އެވާހަކަ ދައްކާނީ ފަހުން ކަމަށާއި މިރޭ ދެން ނިދަންއުޅެން ހިނގާށޭބުނެލިއެވެ.
ދެދުވަސް ފަހުން ލައިހާ ފުރައިގެން ދިޔައިރު އޭނަހިތުގައި ވަނީ ސުވާލެއް އުފެދިފައެވެ. ނިއަމް އޭނައަށް އޮޅުވާލުމުގެ މަޤްސަދު އިގެން ބޭނުންވިއެވެ. އެކަމަކު އެފަހުން ނިއަމް އަކާ ދިމައެއް ނުވިއެވެ.
މަޒްހަރުމެން ދެމަފިރީނަން އެމީހުން ދާން ހަމަޖެހިފައިވާރަށަށް ދިޔައެވެ. ކެއުމާއި ހުރުމުގެ ކަންތައްތައް ހަމަޖެއްސީ މަޒްހަރުގެ އެކުވެރި އާދަނުއެވެ. އާދަނުގެ ގެޔަކީ ޒަމާނީ ފެންވަރަށް ހަދާފައިވާ ގެއެއްކަމަކު ގޭގައި އުޅެން ޖެހިފައިވަނީ އެކަންޏެވެ. އަންހެނުންނާއި ދަރީން ވީ މާލޭގައެވެ. ދަރީންނަން ރަނގަޅަށް ކިޔަވައި ދިނުމުގެ މަޤްސަދުގައި އާދަނު އެމީހުން މާލެ ފޮނުވާލީއެވެ. ގޭގައި ކައްކާ އެހެނިހެން ކަންތައްތައް ކޮށްލަން އަވައްޓެރި އަކު ގެންނަނީއެވެ.
މަޒްހަރުމެން އެރަށަށް ދިޔަތާ އެއްދުވަސް ފަހެވެ. ތިންމީހުންވެސް ތިބީ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރާށެވެ. އާދަނުގެ ގޭގައެވެ. މޭޒުމަތި ވަނީ ތަފާތު ވައްތަރުގެ ދިވެހި ކެއުންތަކުން ފުރާލާފައެވެ. ” މި ފެންވަރުގެ ކޮލިޓީ ދިވެހި ކެއުމެއް މިއިން ދުވަހަކުވެސް ނުކަން” މަޒްހަރު ކާތަކެއްޗައް ތައުރީފު ކޮށްލިއެވެ. ނަސީމާވެސް އެކަމަށް އެއްބަސް ވެލިއެވެ. ” އެހެންވިއްޔާ ނަސީމާ ވާނެ މީގެ ރެސެޕީތައް ހޯދަން އޭރުން މަޒްހަރަށް ދޭތެރެއަކުން ކާންދެވޭނެންނު” އާދަނު ބުނެލިއެވެ. އެވަގުތު ސަލާމް ގޮވާލި އަޑުއިވުނެވެ. ސަލާމް ބަލައިގަތީ އާދަނެވެ. އަދި އެތެރެއަށް ވަދެގެން އައުމަށް ބުނެލީ އެއީ ކާކުކަން އިނގޭތީއެވެ. ކާގެއަށް ވަދެގެން އައީ މަލާކްއެވެ. އަތުގައި މަތި ޖެހިތައްޓެއްހުއްޓެވެ. ” ބަނބުކެޔޮ ބޮނޑި ބަތްކޮޅު ގެންނަން މަންމަ ހަދާންނެތުނިއްޔޯ” މޭޒުމަތީގައި ތަށި ބަހައްޓަމުން މަލާކް ބުނެލިއެވެ. ” ބޭބޭ މަންނަޔަށް ގުޅާނެކަމެއްނެތް ތަށިތައް ނަގަން. އަހަރެން މިރޭ ތަންކޮޅެއް އަވަހަށް ފިހާރައިން ނިމޭނެ. ގެއަށް ދަމުން ދާނީ ތަށިތަން ނަގާލާފައި” އެހެން ބުނެފައި މަޒްހަރު އާއި ނަސީމާއަށް ހިނިތުން ވުމެއްދެމުން އޭނަ ނިކުމެގެން ދިޔައީއެވެ. އެއީ ކޮންކުއްޖެއް ތޯ އަހާކަން މަޒްހަރުމެނަކަން ނުޖެހުނެވެ. އާދަނު ތަފްސީލް ދޭން ފެށިއެވެ. ” އޭނަގެ މަންމަ މި އެއްޗެހި ކަންކަނީ. އަމީނާ އެއްކިޔާނީ. އެއީ އަސްލު މިރަށު މީހެއްނޫން. އެދެމައިން އުޅެނީވެސް އެކަނި” ފިރިމީހާ ކޮބއިތޯ އަހާލީ ނަސީމާއެވެ. ” މަލާކް ވަރަށް ކުޑައިރު އެމަންޖެ ގޮވައިގެން މިރަށަށް އައީ. އޭރުވެސް ހުރީ ވަރިކޮށްލާފައި. އެކަމަކު ފިރިމީހާ އެހީވާކަމަށް ވަނީ” އާދަނު ކިޔާދިނެވެ. ” ދެން ފިރިޔަކު ނެތަސް ހެޔޮތާ ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދެވިއްޖިއްޔާ. އަމީނާ އެހެރީ އެކަން ކޮއްފައި. ދެމަފިރީން އެއްކޮށް އުޅުނަސް ގިނަ ފަހަރު ރަނގަޅު ތަރުބިއްޔަތެއް ނުދެވެ މިހާރު” ކައި ނިމިގެން އަތްދޮންނަ ހުރެ އާދަނު ވާހަކަ ދެއްކިއެވެ. އޭރު ނަސީމާ އާއި މަޒްހަރުވެސް ކައި ނިމިއްޖެއެވެ.
މަޒްހަރުމެން އެރަށަށް އައިފަހުން ހަފުތާއެއްވީއެވެ. އޭރު އަމީނާ އާއި ނަސީމާވެސް ވަނީ ދެރައްޓެހީންނަން ވެފައެވެ. ރަށުން ފުރަން ބާކީ އޮތީ ތިން ދުވަހެވެ. މަޒްހަރު ފެންވަރައި ލައިގެން ނުކުތް އިރު ނަސީމާ އާއި އާދަނު ތިބީ ބޭރުގައި ހުރި ޖޯލިފައްޗެއްގައި އިށީދެގެންނެވެ. މަޒްހަރުވެސް ގޮސް ހުސްކޮން ހުރި ޖޯއްޔެއްގައި އިޝީނެވެ. ނަމަވެސް އާދަނާއި ނަސީމާ ދައްކަމުން ދިޔަ ވާހަކަޔަކު މަޒްހަރު ބައިވެރި އެއްނުވެއެވެ. އޭނަ ހުރީ މުޅީން އަމިއްލަ ފިކުރެއްގައެވެ. މަޒްހަރު މާ ހިމޭނުން ހުރުމުން އާދަނު ގޮވާލިއެވެ. އަދި ކަމަކާ ވިސްނާހެން ހީވާކަމަށް ބުނެލިއެވެ. މަޒްހަރު ބޯޖަހާލައި ވަގުތުން އެއްބަސް ވެލިއެވެ. އަދި ވެގެން އުޅޭގޮތް އާދަނަން ކިޔާދިނެވެ. އާދަނު ބުނެލީ އޭނައަށް ކުރެވެން އޮތް ކަމެއްވެއްޖިއްޔާ ކޮއްދޭނެކަމަށެވެ. އޭރު ނަސީމާ އިނީ ބުނާނެ އެއްޗެއް ނޭނގި ފައެވެ. މަޒްހަރު އެފަދަ ނިންމުނެން އޭނަޔާ މަޝްވަރާ ނުކޮށްނިންމުމުން ހިތްހަމަ ނުޖެހުނެވެ. އެކަމަކު ވަގުތުގެ ގޮތުން އެއްޗެއް ނުބުނީއެވެ. އެހެން މީހުންގެ ކުރިމަތީގައި މަޒްހަރުގެ އަގު ވައްޓާލަށް ބޭނުން ނުވީއެވެ.
ނަސީމާއަށް މަޒްހަރާ ވާހަކަ ދައްކާލެވޭ ގޮތަށް ބައްދަލުވީ އެރެއެވެ. ވަގުތުން މަޒްހަރުގެ ނިންމުމަށް ނަސީމާ ދެކޮޅު ހެދިއެވެ. އަދި އޭނަގާތުން އަހާލުމެއްނެތި އެފަދަ ނިންމުމެން ނިންމީތީ ވަރަށް ދެރަވެއްޖެ ކަމަށް ބުނެލިއެވެ. ” ބަލަ ނަސީމާ އެއްނޫންތަ އަހަރެންގާތު ބުނީ މިރަށުން މައުވަން އިންނާނެ ކުއްޖެއް ހޯދާ ވާހަކަ” ހިސާބަކަށް ހައިރާންވެ ހުރެ މަޒްހަރު ބުނެލިއެވެ. ” އެކަމަކު އެނޫން ކުއްޖަކުވެސް ހޯދި ދާނެއްނު. ކިޔަވައިގެން ހުރި ކުއްޖެއް ނޫން. ކަންމަތީ ފިހާރަ ގަނޑެއްގަ އިންނަނީ. ލައިގެން ހުރި އެއްޗެހިވެސް އަހަންނަކަށް ކަމަކުނުދޭ. މަށަން ހަމަ ޔަޤީން އެސޮރު ވެސް ޤަބޫލެއްނުވާނެކަން. އަހަރެމެންނަން ވެސް ލަދެއްނު. މަޒްހަރަށްވެސް އިނގޭނެ އަހަރެމެން މުޅި އާއިލާ އަކީވެސް ފެޝަނަން ލޯބި ކުރާ ޒަމާނަން ލޯހުޅުވަފައިވާ ޒުވާނުން ތަކެއް އުޅޭ އާއިލާ އެއްކަން” ނަސީމާ އުޒުރު ތައް ދެއްކިއެވެ. ” އަހަރެމެންގެ ދަރިފުޅަށް ބޭނުންވަނީ ހެޔޮލަފާ ޞާލިޙް އަތްބެން. އަހަންނަން ޔަޤީން މަލާކަކީ އެވަރުގެ ކުއްޖެއްކަން. މިހާރު އާދަނު މަލާކްގެ މަންމަޔާ އެވާހަކަ ދައްކަވެސް ފާނެ. އަމީނާ ޤަބޫލުކަމަކަށްވާނަމަ ވީހާވެސް އަވަހަށް މިކައިވެނި ކުރެވޭނެ.” މަޒްހަރުއޭނަގެ ނިންމުން އިއްވާލިއެވެ. ނަސީމާ އިތުރަށް ބުނެލީ ދަރިފުޅުގެ ޚިޔާލު ހޯދުން މުހިއްމު ކަމެއްކަމުގައި އޭނަ ދެކޭކަމުގައެވެ. ” އަހަރެން އޭނަޔަށް ވަގުތު ދިނިން. އިތުރަށްވެސް ދީފިން. ދެން ކަން ކުރާނީ މަށަށް ފެންނަގޮތަށް. އެސޮރަށް އަންގާވަރުވީމަ އަންގާނަން” މަޒްހަރު ބުނެލިއެވެ. ނަސީމާ އިތުރު އެއްޗެއް ނުބުނެއެވެ. އިތުރަށް ދަޖަލު ކުރަން ނަސީމާ ބޭނުން ނުވީއެވެ. މަޒްހަރުގެ ނިންމުން ބަދަލު ނުވާނެކަން އިނގޭތީއެވެ.
އެކައިވެންޏާ އަމީނާ އެއްބަސް ވިއެވެ. އެއީ އޭނަ އާދަނަން ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ. އަދި މިވީ ކުޑަދުވަސް ކޮޅުގެ ތެރޭގައި މަޒްހަރުމެން ދެމަފިރީން ނަކީވެސް ރަނގަޅު ބައެއްކަން އަމީނާއަށްވެސް ފާހަގަ ކުރެވިފައި ވީތީއެވެ. އޭނަ އަބަދުވެސް ބޭނުންވީ ރަނގަޅު ޚަރުދަނާ ޒުވާނަކާއި އޭނަގެ ދަރިފުޅު ހަވާލު ކުރާށެވެ. އަމީނާވެސް ބޭނުމީ ކައިވެނި އަވަސް ކުރާށެވެ. ލަސްކުރަން ވެއްޖެނަމަ އިތުރު މީހެއްގެ ނުފޫޒް ފޯރަފާނެތީ އޭނަ ބިރުގަތެވެ. މަޒްހަރުމެން ބުނިގޮތުގައި މައުވަންހުރީ އެދަމަފިރީން ދައްކާކުއްޖަކާ އިންނަން ތައްޔާރަށެވެ. އެކަމުންވެސް މައުވަންގެ ކިޔަމަންތެރިކަން އަމީނާއަށް އެނގުނެވެ. މިޒަމާނުގައި މަންމަމެން ދައްކާ ކުއްޖަކާއިންނާނީ މަދު ކުއްޖެކެވެ.
އަމީނާ މަލާކް އާއި ކައިވެނީގެ ވާހަކަ ދެއްކިއެވެ. މަލާކް ކައިވެންޏާ އެއްބަސް ވިއެވެ. އެއީ ކުރިންވެސް އޭނަ އެއްބަސް ވެފައިވާ ކަމަކަށްވާތީއެވެ. އަދި މިއަދާ ހަމައަށްވެސް އޭނަ ހިތުގައި ވަކި ޚާއްސަ މީހަކު ނެތީތީއެވެ. މަލާކް ކިޔަވަން ފޮނުވަން އަމީނާ އެއްބަސްވީ އޭނަ ދައްކާ މީހަކާ މަލާކް އިންނާނެކަމަށް އެއްބަސް ވުމުންނެވެ. އެ ޝަރުތު އޭނަ ކުރީ ދަރިފުޅު ގެއްލިދާނެ ކަމުގެ ބިރަށެވެ. އަދި އަމުދުން އޭނައަށް ލިބުނު ކަހަލަ ލަނޑެއް އެދަރިފުޅަށް ލިބުން ނޭދޭތީއެވެ.
އަމީނާ އާއި މަލާކްގެ ރުހުން ލިބުމާއެކު މަޒްހަރު އޭނަގެ ދަރީންނަން ގުޅައިގެން އެރަށަށް ގެނައެވެ. ސަބަބު ބުނީ ރަށަށް އައުމުނުނެވެ. މައުވަން ވަގުތުން އިންކާރު ކުރިއެވެ. އޭނަ އަދި ކައިވެއްޏަށް ތައްޔާރު ނޫންކަމުގައި ބުނެލިއެވެ.”ދަރިފުޅުގާތު ބައްޕަބުނީމެންނު ކުއްޖަކު ނުހޯދައިފިނަމަ ދެން ކަންތައް ކުރާނެ ގޮތް އެނގޭނީ ބައްޕައަށޭ” މަޒްހަރު ބުނެލިއެވެ. މައުވަން އެދުވަސް ހަނދާންވިއެވެ. އެކަމަކު ބައްޕަ މިވަރުގެ ނިންމުނެން ނިންމާނެ ކަމަށް ހީކުރެވިފައެއްނެތެވެ. އާއިލާ ތެރޭން އޭންޖްޑް މެރީޖް ކުރާކަން އޭނަ ދެނަހުއްޓެވެ. އެކަމަކު އޭނަގެ ބައްޕަ އަބަދުވެސް ފުރުސަތު ދިނީ އަމިއްލައަށް ކުއްޖަކު ހޯދުމަށެވެ. ” ދަރިފުޅު ޖެހޭނީ މި ކައިވެނި ކުރަން. މިރޭ ދާންވާނެ އެމީހުނާ ބައްދަލު ކުރަން” މަޒްހަރު ފަހުގެ ނިންމުން އިއްވާލިއެވެ. މަޒްހަރު އެތަނުން ދިޔުމުން އަކްޔަން ބުނެލީ ދެން ހަނދާނީ ކިހިނެއްތޯއެވެ. ” އެހަންހެއްކުއްޖާ ކާރީ ބުނާނީ މަބުނާނަން މަމީ ކިހިނެތް އުޅޭމީހެއްކަން. އަދި އޭނަ ކޮންމެސް ގޮތަކުން އޭނަ މިކައިވެންޏާ ޤަބޫލް ނުވާވަރު ކޮށްލީމަ މަށަށް މިކަމުން ސަލާމަތް ވެވުނީއެއްނު. ބައްޕަ ކުރިމަތީ މަ ހުންނާނީ ޤަބޫލް ވެގެން” މައުވަން އޭނަގެ ޖަވާބް އިއްވާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.




Wow?????
Niceee…
Yay me 2nd
Naseema thinks malaak aky kiyawaigen huri meeheh noonkamah but she is a doctor.Hahaha
Muwan wes adhi malaak dheke loabi waane .
Nice story
Thank you all