Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގިހިތޭ ތި އަތުލީ (3)

Star Level 310 Stories100 Comments100 Login
November 27, 2017 4 Mins Read
7 Comments

ހިނދުކޮޅެއްވެސް ނުވެ ސޮރީ ބުނެލިއެވެ. އަދި މައުވަންގެ އަތުގައި ހިފައި ތަޅުވާލަމުން އަހަރެންގެ ސަޕްރައިޒްކިނެއްތޯ އަހާލިއެވެ.” އެއްގޮތަކަށްވެސް ކަމަކުނުދޭ” މައުވަން ސީރިއަސްކަމާއެކު ބުނެލިއެވެ.”ކީއްވެ ނުބުނެ އައީ؟ އޭރުން ގައިމު ރިސީވް ކުރަން ދެވުނީހެއްނު. މިހާރު މާލެވެސް މީ އަންހެން ކުދިން އެކަނި އުޅޭވަރުގެ ރައްކާތެރި ތަނެއްނޫނޭ ލައި” އެހެން ބުނެލަމުން މައުވަން ވަނީ ލައިހާގެ އަތުގައި ހިފައިގެން ގޭޓުން އެތެރެއަށެވެ. ސިޓިން ރޫމަށްވަތް އިރު މަޒްހަރު އާއި ނަސީމާ ތިބީ ސޯފާގައެވެ. ލައިހާ ފެނުމާއެކު ދެމީހުން އެކީ ދަރިފުޅާއޭ ކިޔާގޮވާލިއެވެ. އޭރު ދެމީހުންނަންވެސް  ތިބެވުނީ ލައިހާކާރީ ކޮޅަށެވެ. ލައިހާ އޭނާގެ މަންމަ އާއި ބައްޕަގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ.”ދަރިފުޅު އަބަދު އަންނާނީ ނުބުނެ. ކިތައްދުވަހު ބުނެފިން ތިހެން ނުހަދާށޭ” ނަސީމާ ޝަކުވާ ކޮށްލިއެވެ. ” ދެން ނުބުނެ އައީމަ ކިހާ ސަޕްރައިޒް. ކިހާމަޖާ ދޯ ދޮންބޭ” ލައިހާ އޭނަގެ ދޮންބެއަށް ދޯދިނެވެ. އެޔާއެކު މައުވަން ހިފީ ލައިހާގެ ކަންފަތުގައެވެ. “ދެން ފަހަރަކުން ތިހެން ހަދައިފިއްޔާ ވަރުގަދައަދަބެއް ދޭނަން ދޯ ބައްޕާ” އޭރުވެސް މައުވަން ހުރީ ލައިހާގެ ކަންފަތުގައި ހިފައިގެންނެވެ. ” ދޫކޮށްބަލަ ދޮންބޭ ތަދުވެއޭ”. ލައިހާ އެހެން ބުނުމާއެކު މައުވަން ލައިހާގެ ކަންފަތުން ދޫކޮށްލިއެވެ. އެވަގުތު ނަސީމާ ބުނެލީ އެންމެން ސައިބޯން އައުމަށެވެ. ސައިބޯން ދަމުން ލައިހާ އަކްޔަންގެ ވާހަކައެހިއެވެ. އަކްޔަން އާއި ލައިހާ ދިމާވީ ރޭގަނޑުގެ ކެއުމުގެ ވަގުތުގައެވެ. އަކްޔަންއަށްވެސް އެހެން މީހުންނަންވީވަރެވެ. އެހެން ކުއްލިއަކަށް އޭނަގެ ކޮއްކޮ އައިސް ފާނެކަމަކަށް ހީކުރެވިފައެއްނެތެވެ.

ޖެހިގެން އައި ދުވަހަކީ ހުކުރު ދުވަސްކަމުން އެންމެންވެސް ތިބީ ގޭގައެވެ. ނަމަވެސް މެންދުރު ކުރިދިއައީ އެކަކު އަނެކަކު މޫނު ނުދެކިއެވެ. އާދައިގެ މަތީން މެންދުރުކުރި ހޭދަވީނިދުމުގައެވެ. ހުކުރުން ފައިބައިގެން ތިން ފިރިހެނުން ގެއަށް އައީ އެކީގައެވެ. އޭރު ކާންހުރީ ތައްޔާރު ކޮށްފައެވެ. ލައިހާ އިނީ ކާމޭޒު ދޮށުގައި އޭނައަށް ޚާއްސަ ގޮނޑީގައި އިށީދެގެންނެވެ. ” ކުޑަކޭމާޓް މީނީ ލަސްވެގެން ކެތްމަދުވެފަދޯ” އަކްޔަން ލައިހާއާ ދިމާކޮށްލިއެވެ. ” ތިކަމެން ނޭނގެ ކުޑަބެ ކާނެ އަހަންނަންވުރެ ޑަބަލް ގިނައިން” ލައިހާވެސް ދޫދޭކަށް ބޭނުމެއްނުވިއެވެ. ދެންސަކަރާތް ނުޖަހަ ކެވޭތޯ އުޅެމާ ހިނގާ ތައްޓަށް ކާއެއްޗެހި އަޅަމުން މަޒްހަރު ބުނެލިއެވެ. ކައިނިމިގެން ތިން ކުދީން ނިކުތީ ގޭގައި ހައްދާފައިވާ ކުޑަ ބަގީޗާއަށެވެ. ތިންމީހުން އެކި ވާހަކަތައް ދެއްކުމުގެ ތެރެއިން ލައިހާ އަހާލީ އޭނައަށް  ފަހަރިއެއްލިބޭނީ ކޮންއިރަކުންތޯއެވެ.  ލައިހާ އެކަނި އަންހެން ކުއްޖަކަށް ހުންނާތީ  އޭނަ އަބަދުވެސް ޝަކުވާކުރެއެވެ. ” ދެންގިނަދުވަހެއް ނުވެ ތިކަންވެދާނެ” މައުވަންއަށް އެއްލޯމަރާލަމުން އަކްޔަން ބުނެލިއެވެ. އުފާވެރި ހިނިތުންވުމަކާއެކު ލައިހާ ބުނެލީ ދޮންބެއަށްވުރެ ކުރިން ކުޑަބެ މެރީ ކުރާނެކަމަށް އޭނަޔަށް ހީކުރެވިފައިނެއްކަމަށެވެ.” ބަލަ ކުޑަބެ ނޫޅެމޭ މެރީ ކުރާކަށް. ދޮންބެއޭ އުޅެނީ މެރީ ކުރަން” އަކްޔަން މިހެން ބުނެލުމާއެކު މައުވަންބުނީ އޭނަވެސް މެރީ ކުރަން ނޫޅޭވާހައެވެ. ” ބަލަ ކުރިން ދުވަހު ބައްޕަ އެދިނީނު ތިން މަސްދުވަސް ދޮންބެއަށް. އެހާތަނަން ކުއްޖަކު ނުހޯދައިފިއްޔާ ބައްޕަ ކުއްޖަކު ހޯދާނެވާހަކައޭ އެބުނީ އިންޑައިރެކްޓްކޮށް.” އަކްޔަން ބުނެލިއެވެ. އަދި މައުވަންގެ ބޮލުގައި ޖަހާލަމުން މީގަތެތްކަމެއްނެތެއްނޫންހޭކިޔާ ދިމާކޮށްލިއެވެ. ނަމަވެސް މައުވަން އެގޮތަކަށްނުދެކެއެވެ. މައުވަން ދެން އަހާލީ ލައިހާ މާކުއްލިއަކަށް މާލެ އައިކީއްވެތޯއެވެ. ލައިހާ އެންމެފަހުން މާލެއިން ދަމުން ދިޔައީ ދެން އަންނާނީ އެއްއަހަރު ފަހުންކަމަށް ބުނަމުންނެވެ. އަދި އޭނަ ދިޔަފަހުން މިވީ އެއްމެ ހަމަހެވެ. ލައިހާ ބުނެލީ ފެމެލީ މިސްވާތީ ކުޑަ ބްރޭކެއްލިބުނީމަ އޭގެބޭނުން ހިފީކަމަށެވެ. ލައިހާ ކުއްލި ގޮތަކަށް އަސްލު މާލެ  އައި ސަބަބު ސިއްރުކުރިއެވެ. ބޭބެމެން ކުރި މަތީ އެސަބަބު ހާމަކުރަން ލައިހާ ފަސްޖެހުނެވެ.

“ދަރިފުޅާ ދެން ތިހެން އަބަދު ހުންނާކަށް ނުވާނެއެއްނު. މިރަށުން ވަޒީފާ ހަމަޖެހޭތޯ ބަލަންވެއްޖެއެންނު” އަމީނާ ވާހަކަ ދެއްކީ އޭނަގެ ދަރިފުޅު މަލާކް އާއެވެ. މަލާކްއިނީ ގޭބޭރުގައި ހުރިޖޯލިފަތީގައި އިށީދެގެން ފޯނަން ނަޒަހުއްޓައިލައިގެންނެވެ. ” މަންމަ ހާސް ނުވެބަލަ . އަދި ޖޮބަށްވެސް ދާނަމޭ. މިހާރު މިހިރީ ކިޔަވާ ކިޔަވާ ސިކުނޑި ވަރުބަލަވެފަ. ކުޑަރެސްޓެއް ދީފައެއްނު ޖޮބަށްދާންވާނީ” ފޯނުން ނަޒަރު ވަކިކޮށް އަމީނާއާ ދިމާލަށް ބަލާލަމުން މަލާކް ބުނެލިއެވެ. އަމީނާވެސް އައިސް މަލާކްގެ ކައިރީހުސްކޮން ހުރި ޖޯލީގައި އިށީނެވެ. އެވަގުތު ދޮރާށިން ވަދަގެން އެ އަންނަނީ މަލާކްގެ އެކުވެރިއާ އީޝް އެވެ. ” ދެމީހުން ހާދަ ސީރިއަސް ވާހަކައެއްގަހެން ހީވެއޭ” ޖޯލީގައި އިށީންނަމުން އީޝް ބުނެލިއެވެ. އަމީނާ ބުނެލީ މަލާކް ވަޒީފާއަކަށް ނުދާތީ އެވާހަކަ ދައްކަނީ ކަމަށެވެ. ” ވެދާނެއްނު ލާކް ޑޮކްޓަރުކަން ކުރަން ކުއްލިއަކަށް ފޫހިވީކަމަށް” އީޝް ބުނެލިއެވެ. އޭނައަކީ އަނގަ ގަނދަ މަޖާ ކޮންމެ ކަމެއް ސަކަރާތަކަށް ހަދާހިތްވާ ކުއްޖެއްކަމުން އޭނަގެ ސްޓައިލްގައި އެކަމުގައިވެސް އެއްޗެއް ބުނެލިއެވެ. އެކަމު ހާސްވާނެކަމެއްނެތް އަހަރެންގެ ބައްޕަ ފިހާރައިން ޖޮބެއް ހަމަޖައްސަފާނަން” އީޝް އިތުރު ކޮށްލިއެވެ. ” އެއްކަލަ އީޝް ދެން ޑޮކްޓަރުކަން ކިޔަވައިގެން އައިސް މަވީ ތިގޭ ފިހާރައިގެ ސޭޓަކަށް އިންނަންތަ” މަލާކް ބުނެލިއެވެ. އީޝްއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް އަނެއްކާވެސް ވާހަކަ އެއްކީ މަލާކް އެވެ. ދެން މަލާކް ބުނެލީ އީޝް ވެސް އަދި އަމީނާވެސް މަލާކް ބުނާނެކަމަށް އެއްވެސް ވަރަކަށް ހީކުރި އެއްޗެއްނޫނެވެ. މަލާކް ބުނެލީ އެއީ ވަރަށް ރަނގަޅު އައިޑިއާއެއްކަމަށެވެ. އީޝްގެ ބައްޕަގެ ފިހާރައަށް ދާންރެޑީ ކަމުގައި ބުނެލިއެވެ. އަދި އަވަހަށް އެކަންތައް ހަމަޖެއްސުމަށްވެސް ބުނެލިއެވެ. އީޝް އަދި އަމީނާ އިނީ ބުނަންވީ އެއްޗެއް ނޭނގިފައެވެ. ދެންވެސް ވާހަކަ ދެއްކީ މަލާކް އެވެ. ” ހަމަ ސީރިއަސްކޮށް އަހަރެން ބޭނުން އެތަނަން ޖޮބަށް ދާން. އޯކޭތަ މަންމާ” އާމީނާއާ ދިމާލަށް ބަލާލަމުން މަލާކް އަހާލިއެވެ. ” ދެން ދަރިފުޅާ. ކިޔަވައިގެން އައިސް ތިހެން ހެދީމަ މީހުން ފާޑު ފާޑުގެ ވާހަކަދައްކާނެ” އަމީނާ އެކަމަކަށް އެއްބަހެއް ނުވިއެވެ. ” ކުޑަ ކުޑަ ދުވަސްކޮޅަކަށޭ މަންމާ. ހަމަ ތަފާތު ކަމެއް ތަޖުރިބާ ކޮށްލަންބޭނުމީ” މަލާކް އާދޭސް ކުރުމުން އަމީނާ އެކަމަށް ހުއްދަ ދިނެވެ.

ތިންމީހުން ވާހަކަ ދައްކަން ތިބެފައި އަކްޔަން އެތެރެއަށް ވަނީ އޭނަގެ ފޯން ބަލައެވެ. މައުވަން އާއި ލައިހާ ދިޔައީ އެތާހުރި ކުޑައެއްގެ ދަށުގައި ހުރި ގޮނޑީގައި އިށީންނާށެވެ. އެއީ ބަގީޗާގައި ކޮފީ ބޯން ހަދާފައި ހުންނަ ތެނެކެވެ. ކުޑައިގެ ދަށުގައިވަނީ ވަށްމޭޒަކާއި ފަސްގޮނޑިއެވެ. ގޮނޑީގައި އިށީންނަމުން ލައިހާ ބުނެލީ މިރޭއޭނަ ގޮވައިގެން ބުރެއްޖަހާލަން ދާންވާނެކަމުގައެވެ. ޖަވާބް ނުދެވި އުޅެނިކޮށް މައުވަންއަށް ފެނުނީ ދޮރާށިން ވަދެގެން ގެއަށް ވަންނަން ދިޔަ ޒުވާނާއެވެ. ” އޭއާދެބަލަ މިކޮޅަށް . މަމިތާއޭމަމީނީ. މާހަލުވި އަރުވާލާފަ ތިއުޅެނީ ކިހިނެއްވީ އަނެއްކާ” މައުވަންގެ އަޑު އިވުމާއެކު އެޒުވާނާ އެދިމާ ބަލާލިއެވެ. ނިއަމް އޭނަގެ މިސްރާބް މައުވަންމެނާ ދިމާލަށް އަނބުރާލުމާއެކު އޭނަގެ ފިޔަވަޅު ހުއްޓުނެވެ. މައުވަން އާއެކު އެތާ އިށީދެ އޭނީ އެއްވެސް ވަރަކަށް ނިއަމް ފެންނާނެކަމަށް ހީކޮށްފައިވާ ސޫރައެއްނޫނެވެ. އަދި އެވެސް މިހާ އަވަހަށެވެ. ދެވަނަ ފަހަރަށް މައުވަން ގޮވާލުމާއެކު ނިއަމް ހިނގައިގަތެވެ. ގޮސް ގޮނޑީގައި އިށީންނަމުން ލައިހާ އަށް ހިނިތުންވުމެއް ދެމުން މީކޮށްއިރަކު އައި މީހެއްތޯ ސުވާލުކޮށްލީ މައުވަންއާއެވެ. އޭރު ލައިހާ އިނީ  މިހާ އަވަހަށް ފެންނާނެކަމަށް އުމީދު ނުކޮށް ހުއްޓައި ނިއަމް ފެނުމުން އުފާވެފައެވެ. އޭނަ ކުއްލި ގޮތަކަށް މާލެ އައި ސަބަބަކީވެސް މިއީއެވެ. ނިއަމް ގެ ސުވާލަށް ޖަވާބު ދީފައި މައުވަން އަހާލީ ނިއަމް އައި ސަބަބެވެ. ” ގެއަށް ނައްޔާ ދެރައެއްނު. އެއްމެން ކޮފީއަށް ފޮނުވާފަ ތިހިރީ ދިއްލަނޑު. ނުވިތާކަށް ފޯނު ނުނެނގިތާންގަ މެސަޖަކުން ވެސް އަންގާލިނަމަ. އަނެއްކާ މިއަދުވެސް އެވަރަށް ގުޅައިފިން” ނިއަމް ވާހަކަ ދެއްކިއެވެ. އަދި ޚަބަރު ނުވެނުނު ސަބަބު މިހިރީ ފެންނަން ކަމުގައި ބުނެލީ ލައިހާއަށް އިޝާރާތް ކޮށްލަމުންނެވެ. ދެން އެދެމެދުގައި ދެކެވުނީ މުޅީންވެސް އަމިއްލަ ވާހަކައެވެ. ދިހަ ވަރަކަށް މިނެޓް ވެގެން ދިޔަ އިރުވެސް ނިއަމް އެއްމެފަހަރަކުވެސް ލައިހާ އާދިމާލަށް ބަލާނުލައެވެ. ހީވަނީ ބަލާނުލަން ހުވެއެއް ކޮށްގެން ހިންނެވެ. ލައިހާ އެއީ އެތާއިންމީހެއްކަމަށްވެސް ނިއަމް ހަދާނުލިއެވެ. ” އޭއަސްލު މިގަޑީ މިއައީ ކުޑަ ކަމަކުއޭ. ދީބަލަ ސައިކު ކީ. މަގޭ ސައިކް ސާރވިސް އަށް ލާފަ މިއައީ” ނިއަމް މިހެން ބުނުމާއެކު މައުވަން ތެދުވިއެވެ. އަދި މައުވަން ތަޅުދަނޑި ހިފައިގެން އަންނާނަން ކަމަށްބުނެ ހިނގައިގަތެވެ. ފަހަތުން ނިއަމް ވެސް ދާންވެގެން ތެދުވަން އުޅުނެއްކަމަކު ޖެހުނީ ހުއްޓޭށެވެ. މައުވަން ބުނެލީ ލައިހާ އާ ވާހަކަދައްކާލަން މަޑުކޮށްލުމަށެވެ. އެދޭތެރޭގައި އޮތް ގުޅުން ނޭނގި އެހެން ބުނެލުމަށްފަހު މައުވަން ދިޔައީއެވެ. ލައިހާގެ ހިތް އުފަލުން ނަށާލިއެވެ. ކިތައްމެ އެތާ އިންނަން ބޭނުން ނުވިއަސް ނިއަމް ވެސް ދެން އިނީއެވެ. “ކޮބާ ޖަވާބަކީ” މައުވަން ނިވާވުމާއެކު ވާހަކަފެށީ ލައިހާއެވެ. ނިއަމް އިނީ އިސް ޖަހައިގެން އޭނަގެ ފޯނާއި ކުޅޭށެވެ. ނިއަމް އަޑުއިވުނު ކަމަކަށް ނުހެދިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star

Level 310 Stories100 Comments100 Login

Other Articles

Previous

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ސަތާރަވަނަބައި)

Next

ސިއްރުން މިހިތާ ކުޅެނީހޭ (ފަހުބައި)

Next
November 27, 2017

ސިއްރުން މިހިތާ ކުޅެނީހޭ (ފަހުބައި)

Previews
November 26, 2017

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ސަތާރަވަނަބައި)

7 Comments!

  1. Anonymous says:
    November 27, 2017 at 12:48 am

    cheedi adhi mee kaaku tha?

  2. Thuhthi says:
    November 27, 2017 at 12:49 am

    Nice ❤❤…
    Wen next?? ?

  3. rose says:
    November 27, 2017 at 5:59 am

    V reethi vaane hen he vaneee

  4. unaal says:
    November 27, 2017 at 8:36 am

    wow…reethi vrh
    ?????????????????????????????

  5. Ni says:
    November 27, 2017 at 11:05 am

    Story rythi bt ehaa mature faadeh nujahaa… Hyvany v kuda kujjaku liyaa story eh hn… Need to improve a lot…. Story v rythi vaane hn hyvey if yuh improve ur writting skill…. Dnt mind anything which i hv said…. take it positive….

  6. anaa says:
    November 27, 2017 at 12:17 pm

    2vana bain nimunu bayaa 3vana bai feshun bayakaa dhimaleh nuvey…

  7. Star says:
    November 30, 2017 at 6:56 pm

    Thanks all

Comments are closed.

Next Episodeނޭނގި ހިތޭ ތިއަތުލީ 4←


All Right Reserved!