Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯބީގެ ހައްޤުގައި (13)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
November 25, 2017 5 Mins Read
42 Comments

އެދުވަހަށްފަހު އެހިތުގެ ހަމަޖެހުންވަނީ ގެއްލިފައެވެ. ކޮންމެ ހިނދެއްގައިވެސް އެހިތުގައި ރަސްކަންކުރަމުންދަނީ އެކުއްޖާގެ ޚިޔާލުތަކެވެ. އެނދުގައި އޮތް އާކިލް އޭނާާގެ އިސްތަށިގަނޑުގައި ހިފަހައްޓައިލިއެވެ. އެކުއްޖާ ހޯދަން ހަދާނެ ގޮތެއްވެސް އޭނާއަކަށް ނޭނގެއެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު އެދެމެދުގައި ހިނގި އެކުޑަކުޑަ ހާދިސާ އޭނާގެ ދެލޯކުރިމަތީގައި ސިފަވެގެން ދެއެވެ. އެފަދަ ވަގުތުތަކުގައި ނުފިލާ ހިނިތުންވުމެއް އެތުންފަތްމަތީގައި ރަސްކަންކުރެއެވެ.

** ** **

އޮޕަރޭޝަންގެ ފަހުން މިއުޝީނަށް ހިނގައިގަނެވުނު ފުރަތަމަ ދުވަހު އޭނާ ހީވަނީ އުފަލުންގޮސް ހަލާކުވެދާނެހެންނެވެ. މިހާރު އޭނާގެ ހިނގުމުގައި އެއްވެސް އައިބުކަމެއް ނެތެވެ. ﷲ އަށް ޙަމްދު ކުރެވުނު އަދަދެއްވެސް ނޭނގެއެވެ.

މިއުޝީން އުފާވެފައި ކުޑަކުއްޖެެއްހެން ހެމުން ފަޔަށް ބަލަމުން ހިނގަމުންދިޔަ މަންޒަރުފެނި ނިކްޔަލްގެ ހިތަށް ލިބުނީ ބަޔާންކުރަންދަތި އުފަލެކެވެ. އަބަދުވެސް އެމޫނުމަތިން އެހިނިތުންވުން ދުށުމަށްޓަކައި ނިކްޔަލް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެމައުސޫމް ހިނިތުންވުމުން އޭނާގެ ހިތަށް ހަމަޖެހުން ގެނުވައެވެ.

ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދިޔައެވެ. އެކިމީހުންގެ ދިރިއުޅުމުގައި އެކި ކުލަ ޖައްސަމުންނެވެ.

އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. ނިކްޔަލް ސޯފާގައި އިނށީދެލައިގެންއިނީ މިއުޝީންގެ އިންތިޒާރުގައެވެ. އެދެމީހުންގެ ގުޅުމަށް ދެމީހުންވެސްދިނީ ބެސްޓް ފްރެންޑްސްގެ ލަގަބެވެ. އެގޮތައް ހިތް ނުރުހުނުނަމަވެސް ނިކްޔަލްވެސް އެއްބަސްވީ އަބަދުވެސް މިއުޝީންގެ ހަޔާތުގައި ހިނގާ ކަންތައްތައް އެންމެ ގާތުން އެނގެން އޭނާ ބޭނުންވާތީއެވެ.

ސިޑިން ފައިބަމުން އައި މިއުޝީން ފެނުމުން ނިކްޔަލް ޕިސްޕިސް ޖަހައިލިއެވެ. “މިއަންހެންވެރިން ތަންތަނަށް ދާން ތައްޔާރުވާންވީމަ ހާދަ އިރެކޭދޯ މިވަނީ.” ދެފަރާތަށް ބޯހޫރުވައިލަމުން ނިކްޔަލް ޖެއްސުމުގެ ރާގަކަށް ބުނެލީ މިއުޝީންއާ ދިމާކޮށްލުމުގެ ނިޔަތުގައެވެ.

“ހެވޭ. ނިކް ވެސް ވަކި ރަނގަޅެއްނޫން ތިވާހަކަ ދައްކާކަށް.” ނިކްޔަލްގެ ކޮނޑުގައި ބޮނޑިއެއް އަޅައިލަމުން މިއުޝީން ލޯހަނިކޮށްލައިފައި ބުނެލިއެވެ. އެކި ވާހަކައިގައިތިބެ ދެމީހުންގޮސް ގެއިން ނުކުމެ ކާރަށް އެރިއެވެ.

އައިސްކްރީމް ޕާލާރ އެއްކުރިމައްޗަށް ކާރު މަޑުކޮށްލުމަށްފަހު ދެމީހުން އެކުއެކީގައި އެތަނަށް ވަނެވެ. އިނށީނާނެ ރަނގަޅު މޭޒެއް ހޯދައިލުމަށްފަހު ނިކްޔަލް އެދިމާއަށް ހިނގައިގަތުމުން މިއުޝީންވެސް ފަހަތުން ހިނގައިގަތީ ލައިފައިވާ ޕާކިސްތާން ހެދުމާއި އެކުގައި އަޅައިފައިވާ ދޯޕައްޓާ ރީތިކޮށްލަމުންނެވެ.

މޭޒެއްގެ ދޮށުގައި ދެމީހުން އިނށީންވަގުތު ވެއިޓަރެއް އައިސް ގެންނަންވީ ތަކެތީގެ އޯޑަރެއް ނެގިއެވެ. އެއްޗެއް ކާކަށް މިއުޝީން ބޭނުމެއް ނުވިއެވެ. އެހެންކަމުން ދެމީހުންވެސް އޯޑަރ ދިނީ ޗޮކްލެޓް އައިސްކްރީމްއަކަށެވެ.

ވެއިޓަރ އެމީހުން އޯޑަރކުރި ތަކެތި ގެނެސްދިނުމުން ދެމީހުން އައިސްކްރީމް ބޯންފެށިއެވެ. “އަހަރެންނަކަށް ހިއެއްނުވޭ މިއުއަށް އެންމެ އައިސްކްރީމް ތަށްޓަކުން ވާނެހެނެއް. އަދި އެއްތަށި ގެންނަންވީދޯ.” އަވަސް އަވަހަށް އައިސްކްރީމް ބޮމުންދިޔަ މިއުޝީންގެ މޫނަށް ބަލަންއިން ނިކްޔަލް އަނގައަށް ފާޑެއްގެ ވައްތަރެއް ޖައްސައިލަމުން މިއުޝީނާ ދިމާކޮށްލިއެވެ. އެއާއެކު އަނގައަަށްލީ ސަމްސަލާއެކު ލޯއަޅައިލަމުން މިއުޝީން ނިކްޔަލްގެ މޫނަށް ބަލައިލިއެވެ.

ދެމީހުން ސަކަރާތް ޖަހަމުންގޮސް ކާރަަށް އެރިއެވެ. ސިންގަޕޫރްގެ އެކިއެކި މަގުތައްމަތީގައި ކާރު ދުއްވަމުން އެކިއެކި ވާހަކަ ދައްކަމުން ދެމީހުން ދިޔައިރު އެދެހިތަށްވެސް ބުނެދެން ނޭނގޭ ހިތްހަމަޖެހުމެއް ލިބެމުންދިޔައެވެ.

މެންދުރުގެ އެންމެ އަވިގަދަ ވަގުތު މިއުޝީނާއި ނިކްޔަލް ސިންގަޕުރްގެ މަޝްހޫރު ބީޗެއްގެ ހިމުންވެލިގަނޑުމަތީ އިނށީދެލައިގެންތިބީ ގޮނޑުދޮށަަށް ބީއްސަމުންދިޔަ ކުދިކުދި ރާޅުތަކަަށް ނަޒަރު ހުއްޓައިލައިގެންނެވެ. އެދެމެދަށް ހަމަހިމޭންކަން ވެރިވެފައިވާއިރު ޖެހިލާމަޑު މަޑު ވައިރޯޅިތައް ދެމިހުންނާއި ސަމާސަކުރަމުންދިޔައީ މިނިވަންކަމާއެކީގައެވެ.

“ދެން ކޮންއިރަކުން އެނބުރި ރާއްޖެއަށްދަނީ؟” އަތުން ވެލިގަނޑާއި ކުޅެމުން މިއުޝީން އަހައިލިއެވެ. “ކެތްކޮށްބަލަ. އަދި ނުދެވިގެން ލަސްވެގެން އުޅޭކަށް ނުވެއެއްނު.” ކަކުލުގައި އަތްއަޅުވައިލައިގެންއިން ނިކްޔަލް ބުނެލީ ސަމާާސަ ރާގަކަށެވެ.

“ހެހެ. ހޫމް. އަހަރެން ވާހަކައެއް އަހައިލަންތަ؟” ވެލިމުށެއް ނަގަމުން މިއުޝީން ނިކްޔަލްގެ މޫނަށް ނަޒަރު ހިންގައިލިއެވެ. އާއެނކޭ ބުނަމުން ނިކްޔަލް ބޯޖަހައިލުމާއެކު މިއުޝީން ފުންނޭވާއެއްލިއެވެ.

“ކޮބާ ނިކް ލޯބިވާ ކުއްޖާ؟” ޖެހިލުންވެފައި މިއުޝީން އެހެން އަހައިލީ ނިކްޔަލް މިހައި ދުވަސްވީއިރުވެސް ދުވަހަކުވެސް އެކުއްޖާގެ ވާހަކަ ދައްކާއަޑު އިވިފައި ނެތުމުންނެވެ.

މިއުޝީންގެ ސުވާލުން ނިކްޔަލް ސިހުނެވެ. ފާޑަކަށް އޭނާއާއި ދިމާއަށް ބަލައިލުމަަށްފަހު ނިކްޔަލް ދުރަށް ނަޒަރު ހިންގައިލިއެވެ. ދޭނެ ޖަވާބަކާއި މެދުގައި ވިސްނަނީ ކަންނޭނގެއެވެ.

“ސޮރީ. ހިތްހަމަނުޖެހުނީތަ؟” ނިކްޔަލްއިންގޮތް ފެނި މިއުޝީން ހީކުރީ އޭނާއަށް އެހުނު ވާހަކައިން ނިކްޔަލް ހިތްހަމަނުޖެހުނީ ކަމަށެވެ.

“ނޫނޭ. އެކުއްޖާާވެސް ދެން އުޅޭނުދޯ.” ތުންފަތުގައި ދަތްއަޅައިލަމުން ނިކްޔަލް ބުނެލިއެވެ. އެއާއެކު މިއުޝީންގެ ނިތަށް ރޫއަރައިގެން ދިޔައެވެ.

“ހާދަ ފާޑަކަށް ތިބުނީ؟” ނިކްޔަލް އެހެންބުނި ރާގުން ކޮންމެވެސް ކަމެއް ގޯސްވެއްޖެހެން މިއުޝީނަށް ހީވިއެވެ. ނިކްޔަލްގެ ޖަވާާބަކަށް އިންތިޒާރުކުރަންއިން މިއުޝީންގެ މޫނަށް އޭނާ ބަލައިލިއެވެ.

“އޭނަ އަހަރެންދެކެ ލޯތްބެއް ނުވޭ. އޭނަ ލޯބިވަނީ އެހެން މީހެއްދެކެ. އަހަރެން ކިހައި ބަދުނަސީބުދޯ. ފުރަތަމަ ލޯބިވެސް ނާކާމިޔާބުވީ.” އިސްތަށިގަނޑުގައި އަތްހިންގައިލަމުން ނިކްޔަލް ހަމަޖެހިލައިފައި ބުނެލީ މިއުޝީނަށް ޝައްކުވެދާނެތީއެވެ.

“އޯހް. އަހަރެމެން ދެމީހުނަށްވެސް ކަންތައް މިދިމާވީ ހަމަ އެއްގޮތަކަށްދޯ. އެކަމަކު އެއަންހެންކުއްޖާ މޮޔަތަ؟ ކާކު ނިކް ކަހަލަ ރަނގަޅު މީހަކު ދޫކޮށްލާނީ؟” ދެފަރާތަށް ބޯހޫރުވައިލަމުން މިއުޝީން އެހެން ބުނުމުން ނިކްޔަލް ފާޑަކަށް ހެވިފައި މިއުޝީނާ ދިމާއަށް ބަލައިލިއެވެ. މިއުޝީން އެކުދި ކިޔަނީ ޚުދު އޭނާއަށްކަމެއްވެސް އެކުއްޖާއަކަށް ނޭނގެއެވެ.

“ހެހެ. ތިހެން ނުބުނޭ. އެކުއްޖާގެ އެއްވެސް ކުށެއްނެތް އެކަމުގަ. އޭނައަކަށް ނޭނގޭނެ އަހަރެން އޭނަދެކެ ލޯބިވާ ކަމެއްވެސް.” އަނެއްކާވެސް ނިކްޔަލްގެ ނަޒަރު މޫދާ ދިމާއަަށް ހުއްޓައިލިއެވެ. މިއުޝީން ވެލިގަނޑު ހާވަމުން ކުޑަކޮށް ހީލީ ނިކްޔަލްގެ ޖަވާބު އަޑުއިވިފައެވެ.

“ސޯ ދެން ނިކް އެހެން ކުއްޖެއް ލައިފް ޕާޓްނާއަކަށް ނުނަގާނަންތަ؟” ވަރަށް ސީރިއަސް ރާގަކަށް މިއުޝީން އެހެން އަހައިލިއިރު ނޭނގޭ ބާރުމިނެއްގައި އެހިތް ތެޅެމުން ދިޔައެވެ. ނިކްޔަލްގެ ޖަވާބަކަށް އެހިތް ކެތްމަދުވަމުން ދިޔަ ސަބަބެއް މިއުޝީނަކަށް ނުވިސްނުނެވެ.

“ހޫމް. ދުވަހަކުވެސް އެނޫން ކުއްޖެއްދެކެ ލޯތްބެއް ނުވެވޭނެ. ދެން މިހިތަކުން އެހެން ކުއްޖަކަށް ޖާގައެއްް ނުދެވޭނެ. އަހަރެން އޭނައަށްއިންތިޒާރު ކުރާނަން. މުޅި އުމުރަށްވެސް.” މިފަހަރު ނިކްޔަލްގެ އަޑުގައި ވޭން އެކުލެވިގެން ދިޔައެވެ.

ނިކްޔަލްގެ ޖަވާބުން މިއުޝީންގެ ހިތަށް ތޫނު ތަދެއް އިހުސާސުވެގެން ދިޔައެވެ. އެހިތަށް ތޫނު ޚަންޖަރެއް ހަރާލިނަމަވެސް މިއަަށްވުރެ ވޭންކުޑަވީއްސޭ މިއުޝީންގެ ހިތަށް އެރީ ކީއްވެކަމެއް އޭނާއަކަށް ނޭނގެއެވެ. އަނެއްކާ؟ އެސުވާލު ހިތަށް އެރުމުގެ ކުރީގައި ދެފަރާތަށް މިއުޝީން ބޯހޫރުވައިލީ އެކަމަށް އެއްބަސްވާން ބޭނުންނުވާތީއެވެ. ތުންފަތުގައި ދައިގަންނަމުން ހަމަޖެހެން އޭނާ މަސައްކަތްކުރަމުން ދިޔައެވެ. މިވަނީ ކިހިނެއްހެއްޔެވެ؟ އޭނަ ލޯބިވަނީ ޝަޔާން ދެކެއެވެ. ވީއިރު ނިކްޔަލްގެ ޖަވާބުން އެހިތަށް އެހައި ތަދުވާންވީ ކީއްވެހެއްޔެވެ؟

ނިކްޔަލްގެ ޖަވާބާއިއެކު އަނެއްކާވެސް އެދެމެދަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. ބުނާނެ ވަކި އެއްޗެއް އެކަކުގެވެސް ސިކުނޑިއަށް ނައީ ކަންނޭނގެއެވެ. އެގޮތް މިއުޝީނަކަށް ކަމަކުނުދިޔައެވެ. އެހެނީ އެހަމަހިމޭންކަމުން ދެހިތަށްވެސް އުނދަގޫވުންނޫންހެން ކަމެއްނުވެއެވެ.

ހިނިތުންވެލަމުން އިންތަނުން ތެދުވެ ގައިގައިހުރި ވެލިތައް މިއުޝީން ފޮޅައިލިއެވެ. އޭރުވެސް ފުންވިސްނުމަކަށް ގެއްލިފައި ނިކްޔަލް އިނެވެ. މިއުޝީން ތެދުވިކަންވެސް އޭނާއަށް ނޭނގުނީ އެހެންވެއެވެ.

ނިކްޔަލްއާާ ދިމާއަށް ބަލައިލަމުން މަޑު ހިނގުމެއްގައި މިއުޝީން މޫދާއި ދިމާއަަށް ހިނގައިގަތެވެ. ރާޅު ޖަހާހިސާބުގައި މަޑުކޮށްލަމުން އެކުދިކުދި ރާޅުތަކަށް މިއުޝީން ބަލައިލިއެވެ. އެވަގުތު މޮޅު ޚިޔާލެއް ސިކުނޑިއަށް އައުމުން އެނބުރި ނިކްޔަލްގެ މޫނަށް ބަލައިލީ ލާނެތް ގޮތަކަށެެވެ.

** ** **

ކޮލެޖަށް ވަންނަންދިޔަ އިޒާނާ ހައިރާންކަމާއެކު ބަލައިލީ ކޮލެޖުގެ ދޮރުން ނުކުތް ފިރިހެންކުއްޖާއަށެވެ. އެއީ އެއްކަހަލަ ދުވަހު ފިހާރައަށް ވަންނަނިކޮށް އޭނާގެ ގައިގައި އަޅައިގަތް ކުއްޖާކަން އެނގުމުން އިސްޖަހައިލަމުން ބާރު ހިނގުމެއްގައި ކޮލެޖުގެ ދޮރާއި ދިމާއަށް ހިނގައިގަތެވެ.

އަތުގައި އޮތް ފޯމަށް ބަލައިލުމަަަށްފަހު ކުރިމައްޗަަށް ބަލައިލި އާކިލްގެ ދެފައިގައި ކަސްތަޅު އެޅުނުކަހަލައެވެ. ކުރިމަތިން އިސްޖަހައިގެން ކޮލެޖުގެ ދޮރާދިމާއަަށް ހިނގަމުންއައި އަންހެންކުއްޖާ ފެނުމުން އެހިތް އުފަލުން ނަށައިގަތެވެ. ކޮއްކޮގެ އެދުމަށް ކޮއްކޮއަށް އެކޮލެޖުން ކޯހަކަށް އެޕްލައިކުރަން ފޯމެއް ނަގަން އާދެވުނުކަން ހަމަ ނަސީބޭ އޭނާގެ ހިތަށް އެެރިއެވެ.

“ހޭއި. ކިހިނެއް؟” ދެލޯބޮޑުކޮށްލަމުން އިޒާނާ އާކިލްގެ މޫނަށް ބަލައިލީ އާކިލް އޭނާގެ ކުރިބެއްދުމުންނެވެ. ދެލޯއަޅައިލަމުން އެއްޗެކޭ ނުބުނެ ހިނގައިގަންނަން އުޅުނު ނަމަވެސް އާކިލް ކުރިމަތީގައި ހުރުމުން އެކަންވާގޮތެއް ނުވިއެވެ.

“ކިހައި ދެރަކަމެއް. ޕްލީޒް. އަހަރެން ކްލާހަށްދާ ގަޑި ޖެހެނީއޭ.” ލޯއަޅައިގެންހުރެ ދަތްކުނޑި ވިކައިލަމުން އިޒާނާ މަޑުމަޑުން ބުނެލިއެވެ. އެއާއެކު އާކިލްގެ ތުންފަތްމަތީގައި ދުވެލި ލާނެތް ހިނިތުންވުންފެނިފައި އިޒާނާގެ ރުޅި އިތުރަށް ގަދަވިއެވެ.

“އަޅޭ. އަހަރެން ފެންނަ ކޮންމެ ފަހަރަކު ހާދަ ރުޅިއެއް ތިއަންނަނީ. އެހައި ދުވަހު ނުފެނިހުރެފަ އަދި ކިރިޔާ މިފެނުނީ. ތިހައި ރުޅިގަދަވާކަށް ނުވާނެ. އިނގޭތަ؟ މާބޮޑަށް ރުޅިގަދަވަންޏާ ތިއޮއްލޯބި ކުއްޖާ އަވަހަށް މުސްކުޅިވެދާނު. އޭރަށް އިންނާނެ މީހެއްވެސް ނުވާނެ. ހެހެހެ.” އެއްލޯމަރައިލަމުން އިޒާނާގެ ދެލޮލަށް ބަލައިލައިފައި ހިނިގަނޑަކާއެކު އާކިލް ބުނެލިއެވެ.

“ތިމީހަކަށް ކީއް އަހަރެން ކިތަންމެ އަވަހަށް މުސްކުޅިވިޔަސް؟” ހިތްހަމަނުޖެހިފައި އިޒާނާ އެހެން ބުނުމުން އާކިލް ތުންފަތަށް ވައްތަރެއް ޖައްސައިލިއެވެ.

“އަނެއްކާވެސް ރުޅިއައީ. އަބަދު ތިހެން އަހަރެންދެކެ ރުޅިއަންނަންވެއްޖެއްޔާ އަދި ކޮންމެވެސް އެއްދުވަހަކުން އަހަރެންދެކެ ލޯބިވެވިދާނެ. ހާދަ ހީވެއޭ އެގޮތްހެން މަންޖެ ބޭނުންވަނީ. ހެހެ. ދޯ.” މިފަހަރުވެސް އާކިލް ބުނެލީ ސަމާސަ ރާގަކަށެވެ.

“ޗީ. އަހަރެން ނޫޅެން.” އެހެންބުނެލަމުން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން އިޒާނާ ހިނގައިގަތެވެ. ދެކޮނޑު އަރުވައިލަމުން އާކިލް ދުރަށްޖެހިލީ އިޒާނާ ލަސްވެގެން އުޅޭހެން ހީވުމުންނެވެ. “އޭ. ނަފްރަތަކީ ލޯބީގެ ފެށުންކަން ހަނދާންކުރައްޗޭ.” ތަންކޮޅަކަށް އިޒާނާ ދިޔަތަނާ އޭނާއަށް އަޑުއިވޭވަރަށް އާކިލް އެހެންބުނެލުމުން ފަސްއެނބުރި ބަލައިލައިފައި އިޒާނާ ތުންއަނބުރައިލިއެވެ. އެތަންފެނި އާކިލްގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. ހެމުންހެމުން އޭނާ އެތަނުން ނުކުތީ އިޒާނާ ފެނުމުން ހިތްހަމަޖެހިފައިހުރެއެވެ.

** ** **

މޫދާ ދިމާއަށް ގުދެވެގެން އޮތް މިއުޝީން ނިކްޔަލްއަށް ގޮވައިލުމުން ވިސްނުމަކަށް ގެއްލިފައިއިން ނިކްޔަލް ސިހިފައި ބަލައިލިއެވެ. ދެންމެ މިއުޝީން ދެއްކިވާހަކަތައް އޭރު އެސިކުނޑީގައި ބުރުޖަހަމުން ދިޔައެވެ.

“ނިކް. އައިސްބަލަ މިއޮތް ރީތި ބޮއްޔެއް ބަލައިލަން.” އުނަގަނޑުގައި އެއްއަތްވިއްދައިލަމުން ނިކްޔަލްގެ މޫނަށް ބަލަންހުރެ މިއުޝީން އެހެން ބުނުމުން ނިކްޔަލް އިންތަނުން ތެދުވެ މިއުޝީނާ ދިމާއަށް ހިނގައިގަތެވެ.

މިއުޝީނާ އެއްހަމައެއްގައި މަޑުކޮށްލުމަށްފަހު އަތުގެ އިޝާރާތުން މިއުޝީން ދައްކަމުންދިޔަ ދިމާއަށް ނިކްޔަލް ބަލައިލިއެވެ. އެހެނަސް އޭނާއަށް އެތަނަކުން އެބުނާ ޒާތުގެ ބޮއްޔެއް ނުފެނުނެވެ. ސުވާލުގެ ނަޒަރަކުން ނިކްޔަލް މިއުޝީންގެ މޫނަށް ބަލައިލުމުން ނިތްއަރުވައިލަމުން ކިހިނެއްވީހޭ މިއުޝީން އަހައިލިއެވެ.

“ކޮބާ ތިބުނާ ބޮލި. އަހަރެންނަކަށް ނުފެނޭ.” ލައިގެންހުރި ސޯޓުގެ ޖީބަށް އަތްޖަހައިލައިގެންހުރެ ނިކްޔަލް ބުނެލިއެވެ. “އޯ ގޯޑް. ތިހައި ދިގު މީހަކު ތިވަރަށް ގުދުވިއަކަސް ނުފެންނާނު. ތަންކޮޅެއްބޮޑަށް ގުދުވެފަ އެދިމާ ބަލައިލަބަލަ. އެއޮތީނު. އަހަރެންނަށް އެބޮލި ވަރަށް ލޯބި.” ހިނިގަނޑު މަތަކުރަން މަސައްކަތްކުރަމުން މިއުޝީން އަތުން އިޝާރާތް ކޮށްލަމުން ބުނެލިއެވެ. ފާޑަކަށް މިއުޝީންގެ މޫނަށް ބަލައިލުމަށްފަހު ނިކްޔަލް ތަންކޮޅެއް ބޮޑަށް ގުދުވެ މިއުޝީން ދައްކަމުންދިޔަ ދިމާއަށް ބަލައިލިއެވެ.

އެވަގުތު ބަލާކަށްނުހުރެ މިއުޝީން ނިކްޔަލްގެ ބުރަކަށީގައި އަތްއަޅައި މޫދައި ދިމާއަށް ކޮށްޕައިލިއެވެ. އެފަދަ ކަމަކަށް ސަމާލުނުވެހުރި ނިކްޔަލް ވަރަށް ފަސޭހައިން މޫދުގެ ލޮނުގަނޑުތެރެއަށް ޖެހުނެވެ. އެތަންބަލަންހުރި މިއުޝީން އަޑުގެ ނެތްތަނަށް ހޭންފެށީ ކޮބާ ބޮލި ފެނިއްޖެހޭ ކިޔައިފައެވެ. މިއުޝީންގެ މިލާނެތް އަމަލުން ނިކްޔަލްއަށްވެސް ހެވުނެވެ. ދެފަރާތަށް ބޯހޫރައިލަމުން ތެދުވެ މިއުޝީން ފަހަތުން ދުއްވައިގަތީ އޭނާއަށް އެހެން ހެދީތީ ލަނޑެއްދޭނަމޭ ކިޔަމުންނެވެ.

ދެލޯބޮޑުކޮށްލަމުން ނިކްޔަލްގެ އަތުގައި ނުޖެހެންވެގެން މިއުޝީންވެސް ފަޔަށް ލެވުނުހައި ބާރެއްލައިފައި ދުއްވައިގަތެވެ. އޭރު ފަހަތުން ނިކްޔަލް ދުވަމުން އާދެއެވެ. ހެމުން ދުވަމުންދިޔަ މިއުޝީން ކުއްލިއަކަށް ބިންމަތީގައި އޮތް ގާކޮޅެއްގައި އަޅައިގެންފައި އަނގަވަތަށް ވެއްޓުނެވެ. މިފަހަރު އަޑުން އަޑުނަގައިފައި ހޭންފެށީ ނިކްޔަލްއެވެ.

ވެލިގަނޑުގައި ދެއަތްވިއްދައިލަމުން މިއުޝީން ތެދުވެ އެނބުރި ހެމުންދިޔަ ނިކްޔަލްގެ މޫނަށް ބަލައިލިއިރު އޭނާގެ މުޅި މޫނާއި އަނގަމަތީގައިވަނީ ހުސް ވެއްޔެވެ. އެތަންފެނި އަދި ނިކްޔަލްގެ ހުނުން އިތުރަށް ބާރުވިއެވެ.

ހެމުންދިޔަ ނިކްޔަލްގެ މޫނަށް ނަޒަރު ހުއްޓައިލައިގެން މިއުޝީނަށް ހުރެވުނީއެވެ. ދުވަހަކުވެސް އެފަދަ ގޮތަކަށް އޭނާއަށް ނިކްޔަލްފެނިފައިިނުވާތީ މިއުޝީން ވަރަށް ހައިރާންވިއެވެ. އެމޫނުމަތީގައިވި ހިނިތުންވުންފެނި މިއުޝީންގެ ހިތަށް ހަމަޖެހުން ގެނުވަމުންދިޔައީ ކީއްވެހެއްޔެވެ؟ މިއީ އަނެއްކާ ކޮންފަދަ އިހުސާސެއް ބާވައެވެ؟

އިރުކޮޅަކު ވިސްނަންހުރުމަށްފަހު މިއުޝީންވެސް ނިކްޔަލްގެ ހުނުމުގައި ބައިވެރިވިއެވެ. އެތައްއިރަކު އެސަކަރާތުގައި ތިބުމަށްފަހު ދެމީހުން ހިނގައިގަތީ ގެއަށް ދިއުމަށެވެ.

“މިރޭ 8 ޖަހާއިރަށް ތައްޔާރުވައްޗޭ.” ގެއަށްވަންނަމުން ނިކްޔަލް މިއުޝީނަށް ހަނދާންކޮށްދިނެވެ. “ޔަޕް. އެކަމަކު ކޮންތަނަކަަށްތަ ދާން މިއުޅެނީ؟” މިއުޝީން ނިކްޔަލްގެ މޫނަށް ބަލައިލަމުން އެހެން އަހައިލުމުން ނިކްޔަލްގެ ތުންފަތްމައްޗަށް ރީތި ހިނިތުންވުމެއް ވެރިވިއެވެ. “އެއީ ސަޕްރައިޒް އެއް.” އެއްލޯ މަރައިލަމުން ނިކްޔަލް ބުނެލިގޮތުން މިއުޝީންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެފިރިހެންވަންތަކަމުން މިއުޝީންގެ ހިތަށްވެސް އަސަރުކުރުވައިފިކަން ހަމަ ޔަގީނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ނޭނގި ހިތޭ ތިއަތުލީ (2)

Next

ވޭންތަކުން ދިން ހިތި މާޒީ (22)

Next
November 25, 2017

ވޭންތަކުން ދިން ހިތި މާޒީ (22)

Previews
November 25, 2017

ނޭނގި ހިތޭ ތިއަތުލީ (2)

42 Comments!

  1. Nau says:
    November 25, 2017 at 7:35 pm

    Salaam all.. Here is the 13th part of this stry.. Hope all will like this part too.. Let me knw the mistakes.. N guys.. Dhn nau v bxy vaane.. So i guess knmw day ehgevx nyt ga kanneenge up kureveyny.. Btw dnt wry. Free iyyaamun eahvure avahah up kureveythw try kuraanan.. N bxy viyas in sha allah knme day aku up kuraanan nyt ga viyas.. In sha allah i wnt dissapoint my readers.. So enjoy reading.. N hv a v gud nyt all.. Ly guys..?❤

  2. Shaa says:
    November 25, 2017 at 7:41 pm

    Woowww v v v reethi .. ?????????me first dhw

    1. faxoo says:
      November 25, 2017 at 8:04 pm

      Maasha Allah vvv reethi☺☺☺☺☺☺☺?????I am waiting ???nau thee hama best????

    2. Nau says:
      November 25, 2017 at 8:27 pm

      Thanks faxoo❤

    3. Nau says:
      November 25, 2017 at 8:25 pm

      Yes dear. U first.. Thanks❤?

  3. AKki says:
    November 25, 2017 at 7:51 pm

    Vvv rythi. Keep it dear

    1. Nau says:
      November 25, 2017 at 8:25 pm

      Thanks dear❤

  4. Friends says:
    November 25, 2017 at 7:54 pm

    Hey nau…..
    Masha allah mi part vess vvvv nice.. keep it up ..
    Waiting 4 next part…..
    Gud nyt nauu…..???????????????????????????????????????????

    1. Nau says:
      November 25, 2017 at 8:26 pm

      Thanks dear❤❤

  5. Yaal says:
    November 25, 2017 at 8:01 pm

    Waiting for the next part… Mi part wes v reethi… There is a typing mistake” isheenan” Not a problem… Keep it up…

    1. Nau says:
      November 25, 2017 at 8:26 pm

      Ohh.. Hehe.. Nufeni kanneenge.. Thanks dear❤

  6. Ainth says:
    November 25, 2017 at 8:22 pm

    Hey nau
    Mi part vess v v v reethi
    Allah nau work ah ethuru kuri erun dhenvaashi

    1. Nau says:
      November 25, 2017 at 8:27 pm

      Awwnn. Thanks alot ainth..

  7. Mifu says:
    November 25, 2017 at 8:22 pm

    wow vara reethi mi part ves… nau… ??????????

    1. Nau says:
      November 25, 2017 at 8:28 pm

      Thanks mifu??

  8. g... says:
    November 25, 2017 at 8:39 pm

    thanks nau.. mi part ves hama v v v salhi ??

    1. Nau says:
      November 25, 2017 at 10:27 pm

      Thanks dear?

  9. Shine says:
    November 25, 2017 at 8:48 pm

    vaahaka kuriah vendhaa goiy v rangalhu, singapore ah gossa mihaa ginadhuvas v iruves e dhemeehunge dhemedhuga khaassa kameah nuhingaa kan faahaga kurevunu, adhi faige operation eah kurevifaiva kuhjaku maa avahaha dhuve ulhey thi ey bunedheefai otheema kudakoh nugulhey gotheah ebahuri, vaahaka ibaaraaiy kuruma bahuge ethurun v furihana. haadhisaa ge ethhrun thakaa medhu vissnalun rangalhu

    1. Nau says:
      November 25, 2017 at 10:31 pm

      Thanks dear.. Aslu ehaa big operatn eh nun kury. I did some research before writing it.. Aslu ekahala oleratn like 3 mnths thereyga ehkoh recover vaane.. Baeh myhun eahvurevx avas n baeh myhun lasvey.. Thata y ehn liyuny.. Dhn e vy 3 mnths therey they hv become besties.. Adhi kiriyaa dhw miu eh ekahala fyling eh a annany.. Dhn lets see vaagotheh. Aslu vaahaka athuraalaaf in gothah visnaagen miliyany. Ehnve. Bt dhn huri parts thah in sha allah rangalhuvaane.. N thifaahaka kohdin kankamah visnaagen in sha allah dhn kuriyah dhaany.. Thanks dear..?

  10. nisha says:
    November 25, 2017 at 9:00 pm

    Wowww varahh reethii mii baieves keep it up ??? and nau u are the best ?? ur are my favorite ???

    1. Nau says:
      November 25, 2017 at 10:31 pm

      Thanks dear?❤

  11. Choppi says:
    November 25, 2017 at 9:01 pm

    Nikiyal Plx tell Miu that u love her.. Nau story v v v Reethi..

    1. Nau says:
      November 25, 2017 at 10:31 pm

      Thanks choppi dear

  12. PRINCESS AFU says:
    November 25, 2017 at 9:03 pm

    Wowww Vv reethi story ?????

    1. Nau says:
      November 25, 2017 at 10:32 pm

      Thanks afu❤

  13. Any says:
    November 25, 2017 at 9:15 pm

    V reethi konm fa haraku comment nukurevunas bara barah ki Yan vahaka hama best

    1. Nau says:
      November 25, 2017 at 10:32 pm

      Thanks dear.. Comment nukuriyas kiyaathy v happy?

  14. jjey ? says:
    November 25, 2017 at 9:26 pm

    Wow. Nau dec 1 ah fahuga up kureven dho nyt ge kurin? Pls say yes. Nyt is too late woman. Hard to wait??

    1. Nau says:
      November 25, 2017 at 10:33 pm

      Hehe.. Adhi nt sure. Bt will try my best.. Thanks jjey❤

  15. Lam says:
    November 25, 2017 at 9:36 pm

    Omg…this is best…

    1. Nau says:
      November 25, 2017 at 10:33 pm

      Thanks lam❤

  16. SJK...KOREAN says:
    November 25, 2017 at 10:21 pm

    wowwww. one of my fav story dear.. asluvx varah reethi.. ?
    waiting.. love yu?? gonna miss u dear.. ❤❤❤

    1. Nau says:
      November 25, 2017 at 10:34 pm

      Awwn.. Thanks dear. M gonna miss u too.. Btw enjoy ingey.. N tc. Luv yah❤?

  17. Shudha says:
    November 25, 2017 at 10:47 pm

    yessss… miu ah emme fahun loabi vevijje dhw… i hope she confesses soon… v reethi mi part ves… keep up the gud work.. loveeeeeeesss????

    1. Nau says:
      November 26, 2017 at 10:27 am

      Yes dhw.. Hehe.. Btw lets see dhn vaagotheh.. Thanks dear..?❤

  18. Huya says:
    November 25, 2017 at 11:59 pm

    Nau haadha molhey waahaka liyan. Asluvxx ngey .. mi story varah salhi .. hama varah varah salhi.. waiting fr the next part ❤️?

    1. Nau says:
      November 26, 2017 at 10:26 am

      Thanks dear..❤?

  19. Xaaan says:
    November 26, 2017 at 9:17 am

    WOW V REETHI

    1. Nau says:
      November 26, 2017 at 10:26 am

      Thanks xaaan

  20. Rsh says:
    November 26, 2017 at 11:15 am

    V Salhi

    1. Nau says:
      November 26, 2017 at 12:09 pm

      Thanks dear

  21. zaam says:
    November 26, 2017 at 1:23 pm

    mi part ves vvv rythi.. nau…

Comments are closed.

Next Episodeތިޔަ ލޯބީގެ ހައްޤުގައި (14)←


All Right Reserved!