ނުމެދާށޭ ދޫނި މަގޭ (5)
އަޔާޒުގެ ހިތަށް ހީވީ ފިނި އެއްޗެއް ބަންޑުން ކޮށްލި ހެންނެވެ. ހިތުގައި ޖެހުނެވެ. ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް ދެލޯ ފެންކަޅި ވިއެވެ. އިތުރަށް ވާހަކަ ނުދެއްކި ފަސްޖެހުނެވެ. އަޔާޒު ލީޒާގެ އިންތިޒާރުގައި ހުއްޓާ ލީޒާ ދަރިއެއް ހޯދީ ހެއްްޔެވެ؟ އެހެންވެގެން ނުވާނެއެވެ. ލީޒާ އެކަހަލަ އަމަލެއް ކުރާނެކަމަކަށް އަޔާޒުގެ ހިތެއް ގަބޫލެއް ނުކުރެއެވެ.
” ދަރިފުޅާ އިޒް، ހިނގާ ދަމާ ދޯ ދެން ގެޔަށް. ޓަޔަޑް ވެއްޖެ އެއްނު ދޯ. އަން އަޔާޒު މިއޮތީ އަހަރެންގެ ނަންބަރު. އަޔާޒު ތިބުނަން އުޅުނު އެއްޗެއް އަހަންނަށް ފޯނުން އަންގާލާ. މިތާ ހުރެވޭކަށް ނެތް ދެން މިހާރު ލަސްވެއްޖެ. ދަނީ”
ލީޒާގެ މިޔުޒީ ރީތި އަޑުން މިފަހަރު އަޔާޒުގެ ހިތަށް ތޫނު ތީރުތަކެއް ހެރުނު ކަހަލައެވެ. ދަނީ ކަމަށް ބުނެ ލީޒާ ހިނގައިގަތީ ކުޑަ ފިރިހުނެ ކުއްޖާގެ އަތުގައި ހިފައިގެންނެވެ. އަތުގައި އޮތް ގަނޑުކޮޅަށް ބަލާލިއިރު ޗާލު ރީތި ލިޔުމަކުން ނަމްބަރެއް ލިޔެލާފައި އޮތެވެ. އަޔާޒު ހުރީ ގަބު އަރާފައެވެ. ގުޑިލަންވެސް ނޭނގިފައެވެ. ދެެކެމުން އައި ހުވަފެންތައް މަދު ވަގުތު ކޮޅެއްގެ ތެރޭގައި ވިއްސި ވިހާލިވެގެން ދިޔަ ފަދައެވެ.
ކަރު އެލުވާލައިގެން އަޔާޒު ހިނގައިގަތީ ޝިފާނާއި މައިސަން ގާތަށެވެ. މޮޅިވެރިކަމާއެކުގައެވެ. އެދުވަހު އެހެން ނެހެދުންނަމައެވެ. ވަގުތު ފާއިތުވީބާއެވެ؟ އަޔާޒު ލީޒާއާއި ބައްދަލު ކުރަން ބޭނުންވި ވަގުތު މާ ލަސްވީބާވައެވެ. \
” އޭނާ.. ލީ.. ލީ އަހަރެން ދޫކޮށްލީ ދޯ؟ އެކަމު އަހަރެން އޭނާ ދޫކޮށް ނުލަން. ދެން އެހެންވީމާ ލީ އެކަހަލަ އަމަލެއް ހިންގީތަ؟ އަހަރެން ހިތުގައި ވަރަށް ބޮޑަށް ޖެހިއްޖެ.. ލީ ބުނީ ދަރުފުޅާ ދާން ހިނގާށޭ ވެސް… އެއީ ލީގެ ދަރިއެއް ދޯ އަޅެ.. އަޅެ…”
އަޔާޒަށް އިތުރަށް ވާހަކަ ދެކެވޭ ވަރެއް ނުވިއެވެ. އޭނާގެ އަޑުގައި ވަނީ ހިތާމައިން ފުރާލެވިފައެވެ. މިއަދު ކިތަންމެ ޝަކުވާއެއް ކުރެވުނަސް ކުރާނީވެސް ވަކި ކީއްހެއްޔެވެ. ކުރެވޭނެ ހާވެސް ކަމަކީ ހަގީގަތް ހޯދަން މަސައްކަތް ކުރުމެވެ. އަޔާޒުގެ ހިތުަގައި އަޅަމުންދާ ވޭން، ހިތުގައިވާ ޝަކުވާ ލީޒާ އަށް ނޭނގޭކަހަލައެެވެ. މުޅި މާހައުލު އަޔާޒަށް އަދިރިވި ކަހަލައެވެ. މި އަނިޔާވެރި ދުނިޔެއަށް އަޔާޒު އެކަނި، ގެއްލެން ދޫކޮށްލާފައި ދިޔަކަހަލައެވެ.
” އަޔާޒު! ހިތްވަރު އެލުވާނުލާބަ. އެ ވެދާނެއެއްނު ހަމަ ލީޒާގެ ކޮއްކޮއަކަށްވެސް. ނޫނީ އޭނާ އުޅޭ ގޭގެ މީހެއްގެ ދަރިއަކަށްވެސް. ގޯސް ގޮތަކަށް ހީނުކުރޭ އަޔާޒު. ހީވާ ހީވުމެއްގެ މައްޗަށް ބިނާވެ އެހާ އަވަހަށް ގަބޫލު ކުރާކަށް ނުވާނެ. އަހަރަމެން މިތިބީ އަޔާޒާއި އެކު.”
އަޔާޒު ހިތާމަ ކުރާ ތަން ބަލާކަށް މައިސަން އަކަށް ކެތެއްނުވިއެވެ. ޝިފާނަށް ވެސް ކެތް ނުކުރެވުނެވެ. އަޔާޒަށް ލިބޭ ކޮންމެ ހިތާމައެއްގައި އެމީހުން ބައިވެރިވާ ކަހަލައެވެ. އަޔާޒު ބުނީ ހަގީގަތާއި އެއްގޮތަށް ކަމުގައި ވިޔަސް އަދި ނުވިޔަސް ހަގީގަތް ހޯދަން އެމީހުން އަޔާޒު ގާތު އެދެއެވެ. ހިތްވަރު ދިނެވެ. އެ ހިތުގައި ވޭން އަޅާނެ ވަރު އެހެން މީހަކަށް އިހްސާސް ނުވިނަމަވެސްމެއެވެ.
މައިސަންމެންގެ އެދުމުގެ މަތިން އަޔާޒު އެމީހުންނާއި އެކު ހިނގައިގަތީ ކުރާނެ އިތުރު ކަމެއް ނެތުމުންނެވެ. ޖެހިގެން ދެން އޮތް ދުވަހަކީ މަސައްކަތް ފަށަން އޮތް ދުވަސް ކަމުގައި ވީ ނަމަވެސް އަޔާޒު ގައިގައި މިހާރު މަސައްކަތް ކުރާނެ ވަރެއް ނެތެވެ. ގެއަށް ދެވުމާއެކު އަޔާޒު އެދަށް އަރާ އޮށޯތެވެ. އިތުރަކަށް ދެން އޭނަ އަކަށް ކެތެއް ނުކުރެވުނެވެ. ހޯސް ލާފައި ކަރުނަތައް އޭނާގެ ދެލޮލުން ހުއްޓުމެއް ނެތި ފައިބަން ފެށިއެވެ. ފިރިހެނުން ނުރޯނެ ކަމުގައި ބުނި ނަމަވެސް މިއަދު އަޔާޒުގެ ހިތުގައި ވަރަށް ވޭން އަޅައެވެ. ވޭނާއި އުދާސް ވަނީ އޭނާގެ ހަޔާތުގައި ފުރާލައިފައިވާ ކަހަލައެވެ. ކިތަންމެ މަސައްކަތް ކުރިޔަސް ނުރޮއި ކެތް ނުކުރެވުނީ އެހެންވެއެވެ.
” އަޔާޒް. އާދޭ ކާން ދެން. ތިހެން އަބަދު އޮންނާކަށް ނުވާނެ. ގައިގައި ވަރު ޖައްސަން ޖެހޭނެ.”
އަޔާޒު އޮތް ތަނުން ނުތެދުވެ އޮންނާތީ ޝިފާން އައިސް ގޮވާލިއެވެ. ވަރަށް އާދޭސް ކޮށްގެން ބަދިގެއަށް އަޔާޒު ގެންދިޔައީ ކޮންމެވެސް އެއްޗެއް އަޔާޒަށް ކާން ތައްޔާރު ކޮށްދިނުމަށެވެ. ނަމަވެސް އަޔާޒަށް ކެވޭ ގޮތެއް ނުވިއެވެ. އޭނާއަށް ހީވަނީ ކަރުގައި ތާށިވާހެންނެވެ. އެތެރެ ހައްޓަށް ކާ އެއްޗެއް މަނާ ވެފައިވާ ކަހަލައެވެ. އެހެން ކަމުން ބަޑުހައި އަދި ނުވަނީ ކަމާއި ނިދާލަން ދަނީ ކަމަށް ބުނެ އަޔާޒު ކޮޓަރިއަށް ވަނެވެ.
ލޯ މަރާލާ ކޮންމެ ވަގުތަކު އެ ހަނދާންތަށް އާވެލައެވެ. އެ ތަސްވީރުތަށް ކުރަހާލެވޭ އިރު ހީވަނީ ހަމަ ދެންމެ ދެންމެ ކުރިމަތީ ވާ ހެންނެވެ. ލީޒާ ދީފައިވާ ނަންބަރު ޖީބުން ނަގައިގެން އެއަށް ބަލަހައްޓައިގެން އަޔާޒަށް އިނދެވެނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ފޯނު ނަގާފައި އަނެއްކާވެސް ބާއްވައެވެ. ހިތް ބިރުގަންނަނީ އެވެ. ލީޒާ ރުޅިއައިސް ދާނެ ތީއެވެ. މެސެޖެއް ފޮނުވަން ލިޔެލާފައިވެސް އަލުން ފޮހެލުމަށްްފަހު އަޔާޒު ފޯނު ބާއްވަނީ އެހެންވެއެވެ. އެއީ ކޮން ކުއްޖެއްބާވައެވެ.
“އަހަރެން ދޫކޮށްލާފައި ހަމަ ލީޒާ ދިޔައީތަ؟”
އަޔާޒު ހިތާ ހިތުން ސުވާލު ކޮށްލިއެވެ. ޖަވާބެއް ނުލިބޭނެކަން ގައިމެވެ. ނިދިން މުޅި މީީހާ ދުރަށް ދެވިފައިވިއެވެ. ނިދި މަތިން، ދުނިޔެ މަތިން ފޫހިވެފައެވެ. ލީޒާ ވާހަކަ ދައްކަން އުޅުމުން މަޑު ނުކޮށް ދިޔުމަކުން ނޫނެވެ. ލީޒާގެ އެ ފިރުމުންތައް ލިބެމުން އަންނަ ކުޑަ ކުއްޖާއާއި ދޭތެރޭ ވިސްނާލެވުމުންނެވެ. އެއީ ކޮން ކުއްޖެއްކަން ނޭނގޭތީއެވެ.
” އެ ކުއްޖާ ހަމަ ވެދާނެ ލީޒާގެ ކޮއްކޮއަކަށް ވެސް. އެކަމަކު ލީޒާގެ އާއިލާ ބަަޔަކު މިކޮޅުގަ އުޅެނީބާ؟ ނޫނީ ހަމަ ވެދާނެ ޝިފާންމެން ބުނި ހެން އެއީ ލީ އުޅޭ ގޭގެ މީހެއްގެ ދަރިއަކަށް ވެސް. އެކަމަކު އެ ކުއްޖާ ލީ އާ ހާދަ ވައްތަރޭ.. އެކަމަކު އެ މަޑު ކޮށްލި އިރު ހީވީ އަހަރެންގެ ދެލޯ ފެނުނުހެން. ވެދާނެ އަހަންނަށް ހީވާ ގޮތެއްކަމަށްވެސް. އެއީ ލީގެ ދަރިއެެއް ނޫން އެހެންމަ. އެއީ އޭނަ ލޯބިން ގޮވާލި ގޮތް. އެއީ އޭނަ ހުންނަ ގޭގެ މީހެއްގެ ދަރިއެއް..”
އަޔާޒު އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ހިތުގެ އުދާސްތައް ބޭރުކުރުމުގެ ނިޔަތުގައެވެ. އޭނާގެ އަމިއްލަ ނަފްސަށް ހިތްވަރުގެ އާރޫހެއް ނަމަވެސް ލިބޭތޯއެވެ. އަޔާޒުގެ ވޭންތަކުން ހައްލެއް ލިބުމަށް އޮތީ އެންމެ ގޮތެއްކަމަށް މިހާރު އަޔާޒު ގަބޫލު ކުރެއެވެ. ފޯނު ނަގާ ކިތަންމެ ދަތިކޮށް ކިތަންމެ ފަސް ޖެހުނަސް އަޔާޒު ލީޒާ އަށް މެސެޖެއް ފޮނުވާލިއެވެ. މިއީ އަޔާޒު ކަމަށް ބުނެއެވެ. އިރުކޮޅަކުން އަޔާޒުގެ ފޯނު ވައިބްރޭޓްވިއެވެ. އަޔާޒަށް ލިބިގެން ދިޔައީ ބުނަން ނޭނގޭ ކަހަލަ އިހްސާސް އެކެވެ. ލީޒާގެ ޖަވާބެއް އައުމުންނެވެ.
” ހުމމ.. ކިހިނެއްތަވީ އަޔާޒް. ކޯއްޗެއް ބުނަން އަހަރެންގާތު އެވަރަށް މަޑު ކުރަން ބުނީ؟”
ލީޒާގެ ޖަވާބު ކުރުނަމަވެސް ޖަވާބެއް ލިބުނީތީ އަޔާޒު ހިނިތުންވެލިއެވެ. އަވަސް އަވަހަށް އޭނާ ލީޒާގެ ސުވާލަށް ޖަވާބެއް ލިޔަން ފެށިއެވެ.
” ބޭބީ ޔުއަރ ދަ ވަން އައި އޯލްވޭސް ލަވްޑް. ނެވަރ ތޯޓް ޔޫ ވުޑް ލީވް މީ އެލޯން. ޓިއަރސް އޯލްވޭސް ފޯލް ފްރޮމް މައި އައިސް. ވެން އައި ފީލް ޔޫ އިން މައި ހާރޓް… ލީ… ލީ އެއީ ކޮން ކުއްޖެއް މިއަދު ލީ ކައިރިއަށް އައީ؟…”
އަޔާޒް ހިތާ ދެކޮޅަށް އޭނާގެ ޝައްކުތަކަށް ލުޔެއް ލިބޭތޯ ލީޒާ ގާތުން ސުވާލު ކޮށްލިއެވެ. ލިބޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ.
” އަދިވެސް އެ ލަވަ އެއްކޮށް އިނގޭ ދޯ؟ ދާން މަޖުބޫރު ކުރުވީމަ ދިޔައީ…”
ލީޒާ ގެ ޖަވާބު ކިޔުމަށް ފަހު އަޔާޒުގެ ދެލޯ އަނެއްކާވެސް ފެންކަޅިވިއެވެ. ހަމަ އެއާއެކު އަޔާޒުގެ ފޯނު އަނެއްކާވެސް ވައިބްރޭޓް ވެލިއެވެ. ނުބަލަން ހުރެފައިވެސް އެ މެސެޖް އަޔާޒު ހުޅުވާލިއެވެ. ލީޒާގެ މެސެޖެކެވެ. އޭނާ އެހި ސުވާލުގެ ޖަވާބެވެ. އަޔާޒުގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. އަޔާޒަށް މުޅި ދުވަހު ވިސްނެމުން ދިޔަ ކަންްތަކަށް ޖަވާބެއް ލިބުމުންނެވެ.
” އެ ކުއްޖާ ދޯ. އެއީ އަހަރެންގެ ދަރިފުޅު”
އެއާ އެކު އަޔާޒުގެ ދެލޮލުގައި ހިފަހައްޓަމުން ދިޔަ ކަރުނަތައް ވަކި މިނެއް ނުބަލާ ފައިބައި ގަތެވެ. އަޔާޒުގެ މުޅި މޫނު ތެތްމާލިއެވެ. ހިތުގައި ޖެހުނެވެ. ކުރި ހުރިހާ އުއްމީދެއް ފެނަށް ގޮސް ގެއްލި ނިމިގެންދިޔަ ކަހަލައެވެ. ދެލޯ ރަތްވެ ބޮލުގައި ރިއްސަން ފެށިއެވެ. އަޔާޒަށް ހުރީ އޭނާއަށް ކިޔުނު މެސެޖުގައިވާ ޖަވާބު ގަބޫލުކުރަން ދަތިވެފައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.

Wowwww!very very nice ??????????
When next part??
Thankyou ☺ will upload soon. Latest is friday ☺ my next story will be uploaded every day ?
Salhi…?
When next???
Thankyou ? it will be uploaded soon in sha allah. Latest by fridaym my next story will be uploaded each day ?
Salhi
Thankyou ? it will be uploaded soon in sha allah. Latest by friday. my next story will be uploaded each day ?
whn will be next part???
waitinggggggg…..
It will be uploaded soon. Latest by friday. My next story will be uploaded each day. ☺ thankx ?