Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯބީގެ ހައްޤުގައި(8)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
November 22, 2017 5 Mins Read
52 Comments

“ނޫން. ތިއީ އަހަރެންގެ ޕީއޭ. ސޯ މިއު ސަލާމަތުން ގެއާާ ހިސާބަށް ގެންދިއުމަކީ ހަމަ އަހަރެންގެ ޒިންމާއެއްގެ ގޮތުގަ އަހަރެން ދެކެނީ.” މިއުޝީންގެ މޫނަށް ބަލައިލަމުން ނިކްޔަލް އެހެންބުނެލުމުން އިސްއުފުލައިލައިފައި ނިކްޔަލްގެ މޫނަށް މިއުޝީންވެސް ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެންދިޔަ ވަގުތު ދެހިތުގެ ތެޅުންވެސް އަވަސްވެގެން ދިޔައެވެ.

ނިކްޔަލްގެ ނޫކުލައިގެދެލޮލުގައި އެވަނީ ކޮންފަދަ ދަމާބާރެއްހެއްޔެވެ؟ މިއުޝީނަށް ހިންދިރުވައިލެވުނެވެ. އަވަސް އަވަހަށް އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ.

ގެއަށް އާދެވުމުން ނިކްޔަލްއަށް ޝުކުރުއަދާކުރުމަށްފަހު މިއުޝީން ކާރުގެ ދޮރުހުޅުވައިލިއެވެ. “ޓޭކް ކެއާރ.” ކާރުގެ ދޮރުހުޅުވައިލުމާއެކު ނިކްޔަލް ބުނެލިއެވެ.އޭގެ ޖަވާބުދެމުން މިއުޝީން ކާރުން ފައިބައިގެން ގޮސް ގެއަށްވަނެވެ.

** ** **

ކޮޓަރީގެ ދޮރުހުޅުވައިލުމާއެކު މިއުޝީން ވަރަށް ހައިރާންވިއެވެ. އޭނާގެ ޑްރެސިންގް ޓޭބަލް މަތީގައި ބޮޑު ރަތްފިނިފެންމާ ބޮނޑިއެއް އޮތެވެ. ހައިރާންކަމާއެކު އޭގެއަށް ބަލަންހުރި މިއުޝީންގެ ކޮނޑުގައި އިޒާނާ ކޮށްޓައިލިއެވެ.

“އިޒާ. މީ ކޮންކަމެއް؟” ކޮޓަރިއަށް ވަންނަމުން އެމާބޮނޑިއަށް އިޝާރާތްކޮށްލަމުން މިއުޝީން އިޒާނާކުރެ އަހައިލިއެވެ.

“އަހަރެންވެސް މިއުޅެނީ ތިހެންް އަހަން. ތީ މިއަދު މިއުއަށް މީހަކު ފޮނުވި އެއްޗެއް. އެތެރޭގަ ކާރޑެއްވެސް އެބައޮތް. އަޅެބަލައިލަބަލަ.” އުނަގަނޑުގައި ދެއަތްވިއްދައިލަމުން އިޒާނާ ބުނެލިއެވެ.

މަޑުހިނގުމެއްގައިގޮސް ޑްރެސިންގް ޓޭބަލް މަތީގައި ދަބަސް ބާވައިލަމުން މިއުޝީން އެމާބޮނޑި ނަގައި ބަލައިލިއެވެ. ވަރަށް ރީތި ރަތްކުލައިގެ ކާރޑެއް މާތަކުގެ ތެރެއަށް ޖަހައިލައިފައި އިނެވެ. ކާރޑްގެ ވަށައިގެން ރަންކުލައިގެ ހިމަ ރެބަންކޮޅެއް އައްސައިލައިފައި ކުޑަރީތި ޓައީއެއް ޖަހައިލައިފައިނެވެ.

ހައިރާންކަމާއެކު އޭގެއަށް ބަލައިލަމުން އެޓައީ މަޑުމަޑުން ނައްޓައިލައި ކާރޑް ހުޅުވައިލުމަށްފަހު އޭގެ އެތެރޭގައިވާ ލިޔުންކޮޅު ކިޔަންފެށިއެވެ.

ލޯބީގެ ފޮނި ރީތި އިބާރާތްކޮޅުން އަސަރު ނުކުރާނެ ހަމަ އެންމެ ހިތެއްވެސް ނުވާނެކަން ކަށަވަރެވެ. ނަމަވެސް އޭނާއަށް އެފަދަ ލޯބީގެ ލިޔުންކޮޅެއް ލިޔެފައި މާބޮނޑިއެއް ފޮނުވާނީ ކާކުހެއްޔެވެ؟ މިއުޝީން ފުންވިސްނުމަކަށް ގެއްލުނު ވަގުތު އިޒާނާ އޭނާގެ ކޮނޑުގައި ބޮނޑިއެއްއަޅައިލިއެވެ.

“ކާކު ފޮނުވިއެއްޗެއްކަން އެނގޭތަ؟” ނިތަށް ރޫއަރުވައިލަމުން އިޒާނާ އަހައިލިއެވެ.”ނޫން. ކާކު މީތި ހިފައިގެން އައީ؟” މިއުޝީންވެސް ކޮށްލީ ސުވާލެކެވެ. “ނޭނގެ. ފާޑެއްގެ ފިރިހެނެއް.” ދެކޮނޑު އަރުވައިލަމުން އިޒާނާ އެހެން ބުނެލުމަށްފަހު ދެން އެކަމާ ނުވިސްނައި ކާން އައުމަށް ބުނުމުން މިއުޝީންވެސް އެމާބޮނޑި މޭޒުމަތީގައި ބާވައިލަމުން އިޒާނާގެ ފަހަތުން ހިނގައިގަތެވެ.

** ** **

ނިކްޔަލްގެ ކެބިންގައި ހުރި ގޮނޑީގައި އިން އާކިލްގެ ގަޔަށް ހީވަނީ ހިނި އަރައިގެން އުޅޭހެންނެވެ. އިރުއިރުކޮޅާ ކެބިންގެ ދޮރާދިމާއަށް ބަލައިލައެވެ. ބަލިހާލަތުގެ ސަަބަބުން ދެދުވަހު އޮފީހަށް ނައިސް ހުރެފައި އޭނާ އޮފީހަށް އެއައީ މިއަދުއެވެ. ނިކްޔަލްއާ ބައްދަލުވުމާއެކު އޭނާއަށް ވަރަށް މުހިންމު މީހަކު ތައާރަފުކޮށްދެންވެފައި އޮތް ވާހަކަބުނީއްސުރެ އާކިލްގެ ހާލަކީ އެއީއެވެ.

“ނިކް. ޕްލީޒް ދެން ބުނެބަލަ ކާކުތަ އެއީ؟ އަނެއްކާ އަހަރެންގެ ފަހަރިއާތަ ބައްދަލުކޮށްދެން ތިއުޅެނީ؟” ހިނިގަނޑެއް ޖަހައިލަމުން އާކިލް ބުނެލިއެވެ.

“ގޯޑް. އާކް. އެންމެހިނދުކޮޅަކުވެސް ތިއަނގަޑު މައިތިރިކޮށްގެން އިންނަން އުނދަގޫދޯ. ގައިމު މީހުންބުނޭ އަނގަގަދަވަނީ އަންހެންކުދިންނޭ. އަނެއްކާ އާކްވެސް އަންހެންކުއްޖަކަށް ބަދަލުވީތަ؟” އާކިލް އުޅެމުންދިޔަ ގޮތްފެނި ދެފަރާތަށް ބޯހޫރުވައިލަމުން ނިކްޔަލް ބުނެލީ ހެމުންނެވެ.

އެއްޗެކޭ ބުނަން އަނގަ ހުޅުވައިލި އާކިލް ސިހުނީ ފަހަތުން އިވުނު އަންހެންވަންތަ ހިތްގައިމު އަޑުންނެވެ. “ގުޑް މޯރނިންގް ސަރ.” ދެލޯބޮޑުކޮށްލަމުން އިންތަނުންތެދުވެ ފަހަތަށް އެނބުރި ބަލައިލިއެވެ. އޭރު އޭނާގެ ފަހަތުގައި ހިނިތުންވެފައި އަންހެންކުއްޖަކު ހުއްޓެވެ.

” މޯރނިންގް މިއު. އާކް. މިއީ މިއުޝީން. އަހަރެންގެ ނިއު ޕީއޭ. މިއު. މިއީ އާކިލް. އަހަރެންގެ އެންމެ ބެސްޓް ބަޑީ.” ދެމީހުން ދެމީހުނަށް ނިކްޔަލް ތައާރަފުކޮށްލުމުން ހިނިތުންވެފައި މިއުޝީން އާކިލްގެ މޫނަށް ބަލައިލިއެވެ. ބަދަލުގައި އާކިލްވެސް ހިނިތުންވެލިއެވެ.

މިއުޝީން މަސައްކަތާއިވެގެން ކުރިއަށްދާން ފެށުމުން ނިކްޔަލް ދިޔައީ އާކިލްއާއެކުގައި އޭނާގެ ކެބިންއަށެވެ. އާކިލް ކެބިންއަށްވަންނަމުން ހަށަން ބަނދެލައިފައި ނިކްޔަލްގެ މޫނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

“އަހަރެންނަށް މިހީވަނީ ރަނގަޅަށްތަ؟” މޭޒުގައި ކުޑަކޮށް ލެގިލަމުން އާކިލް އެހެން އަހައިލުމުން ނިކްޔަލް ބޯޖަހައިލިއެވެ. “ޔެސް. އާކް. އެއީ އަހަރެންގެ ހިތްއަތުލި ކުއްޖަކީ. އަހަރެންގެ ޑްރީމް ގާލްއަކީ.” ހިތާއިވީފަރާތުގައި ފިރުމައިލަމުން ނިކްޔަލް ބުނެލިއެވެ. އެއާއެކު ހައިރާންކަން ފާޅުވަމުންދިޔަ އާކިލްގެ މޫނަށް ހިނިތުންވުން ވެރިވެގެންދިޔައެވެ.

“ނިކް. އަހަރެން ހަގީގަތުގަ ހީވެސްނުކުރަން ނިކްގެ ބައިވެރިއަކަށް އެކަހަލަ ކުއްޖެއް އިހުތިޔާރުކޮށްފާނެ ކަމަކަށް. އެކަމަކު މިއަދު ވަރަށް ވަރަށް އުފާވެއްޖެ ނިކްގެ ތިހޮވުމާމެދު. އެފަދަ ކުއްޖަކަށް ބޭނުންވާނީ ނިކްކަހަލަ ހެޔޮލަފާމީހެއްގެ ލޯބި.” ނިކްޔަލްގެ ކޮނޑުގައި ޖަހައިލަމުން އާކިލް ބުނެލީ ހަގީގަތުގައިވެސް ވަރަށް އުފާވެފައި ހުރެއެވެ. ދެމީހުން ވާހަކަ ދައްކައިލަން ތިބުމަށްފަހު ނިކްޔަލް އެނބުރި އޭނާގެ ކެބިންއަށް ދިޔައެވެ.

** ** **

މިއުޝީން ނިކްޔަލްގެ އޮފީހަށް ވަތްފަހުން މިހާރު އެއްމަސްދުވަސް ފާއިތުވެދިޔައީއެވެ. މިވީ ދުވަސްތަކުގައި އެދެމެދުގައިވަނީ ވަރަށް ގާތްގުޅުމެއް އުފެދިފައެވެ. އޮފިޝަލް ގުޅުމްށްވުރެ އެދެމެދުގައި އޮންނަ އެކުވެރިކަން މާވަރުގަދައެވެ. މިއުޝީންގެ ރިވެތި އަޚްލާގްފެނި ނިކްޔަލް އޭނާދެކެވާ ލޯބިވަނީ އެތައްގުނައެއް އިތުރުވެފައެވެ. އޭނާގެ ވީރާނާވެފައިވާ ހަޔާތަށް ބޭނުންވަނީ އެފަދަ މާތް އަންހެންކުއްޖެކެވެ.

ފާއިތުވި އެއްމަސްދުވަސްތެރޭގައި ކޮންމެދުވަހަކުވެސް މިއުޝީނަށް އެގޮތްނޭނގޭ ރަތްފިނިފެންމާބޮޑި ލިބެމުންދިޔައެވެ. ކޮންމެ މާބޮނޑިއެއްގެ ތެރޭގައިވެސް ރަތްކުލައިގެ ކާރޑެއް އޮވެއެވެ. އެތެރޭގައިވާ ލޯބީގެ އިބާރާތްކޮޅުން އެމީހަކީ މިއުޝީންދެެކެ ލޯބިވާމީހެއްކަން އެނގުނު ނަމަވެސް މިއުޝީންގެ ހިތުގައި އެމީހަކާއިމެދުގައި އެއްވެސް ޝައުގުވެރިކަމެއް ނުއުފެދެއެވެ. އެހެނަސް އެއީ ކާކު ފޮނުވާއެޗެއްކަން އެނގެން އޭނާވެސް ބޭނުންވިއެވެ. މިއުޝީން އެންމެ ހައިރާންވަނީ އެމާބޮނޑި ކޮންމެ ދުވަހެއްގެވެސް އެއްގަޑިއެއްގައި ލިބޭތީއެވެ. އެހިފައިގެން އަންނަ މީހާކުރެވެސް އެއީ ކާކުދޭ އެއްޗެއްތޯ އެހިއްޖެއެވެ. ނަމަވެސް އޭނާގެ ފަރާތުންވެސް މާއެދެވޭ ޖަވާބެއްވަނީ ނުލިބިފައެވެ.

ކޮންމެދުވަހަކުހެން ލިބޭ މާބޮނޑީގައި އޮންނަ ކާރޑު މިއުޝީން ދިޔައީ އޭނާގެ އަލަމާރީގައި ރައްކާކުރަމުންނެވެ. މާބޮނޑީގައި ހުންނަ މާތައްވެސް މޭޒުމަތީގައި ހުންނަ ވާސްއަށް ޖަހައިލައިފައި ބަހައްޓަނީ އޭގެސަބަބުން ކޮޓަރިއަށް އިތުރު ހިތްގައިމުކަމެއް ލިބޭތީއެވެ.

** ** **

އޮފީހަށް ވަދެގެންދިޔަ މިއުޝީންގެ ފަހަތުން ނަޔާވެސް ހިނގައިގަތެވެ. “އޭ މިއު މަޑުކޮށްބަލަ. މިރޭ ފްރީވާނެތަ؟” ނަޔާގެ އަޑަށް ހުއްޓެމުން މިއުޝީން ބަލައިލިއެވެ. އޭނާކޮށްލި ސުވާލަށް އޭނއެކޭ ބުނަމުން ކިހިނެއްވީތޯ މިއުޝީން އަހައިލިއެވެ. “މިރޭ އަހަރުމެންގޭގައި އޮންނާނެ މިއުއަށް ބާވާ ޕާޓީއެއް. އެހެންވެ. އަސްލު މިތަނަށް އައު މުއައްޒަފަކު ވަނީމަ އަބަދުވެސް އަހަރުމެން އެމީހަކަށް ވެލްކަމް ޕާޓީއެއްދެން. އޮފީހުގެ ހުރިހައި މީހުންވެސް ބައިވެރިވާނެ. މިފަހަރު ޕާޓީ ލަސްވީ އެދުވަސްކޮޅު އެންމެން މާބިޒީކޮށް އުޅުނީމަ. އެހެންވީމަ މިރޭ 8 އަށް އަހަރުމެންގެއަށް އާދޭ އެނގޭ. ދެން ދަނީއޭ. ކަމެއްކުރަން އިނދެފަމިއައީވެސް.” މިއުޝީނަށް ހިނިތުންވެލަމުން ނަޔާ އެހެންބުނުމުން ބަދަލުގައި މިއުޝީންވެސް ބޯޖަހައިލަމުން ހިނިތުންވެލިއެވެ. ދާހިތްނުވިއަސް ނަޔާ ބުނީތީ ދާންޖެހޭނެތާއެވެ. އެއީ މިއޮފީހުން އޭނާއަށް އެންމެފުރަތަމަ ލިބުނު އެކުވެރިޔާއެވެ.

ކެބިންއަށް ވަތްއިރު ލެޕްޓޮޕްއިން މަސައްކަތެއް ނިންމަން ނިކްޔަލް އިނެވެ. އަވަސް އަވަހަށް އޭނާގެ މޭޒުދޮށުގައި އިނށީންނަމުން މިއުޝީންވެސް މަސައްކަތްތައް ފެށިއެވެ.

“ކޮބާ މިރޭ އޮންނަ ޕާޓީއަށް ދާނަންތަ؟” މިއުޝީންގެ މޫނަށް ބަލައިލަމުން ނިކްޔަލް އަހައިލިއެވެ. “ހޫމް. ނަޔާ ބުނީމަ ދާންވާނު. ނިކް ދަންތަ؟” އެކުވެެރި ރާގަކަށް މިއުޝީންވެސް އަހައިލިއެވެ. “ޔަޕް. ކުރިންވެސް ދަން. އަހަރެންގެ އޮފީހަށް އަލަށް ޖޮއިންކުރި މީހަކަށް މަރުހަބާ ކިޔުމަކީ އަހަރެންގެ ޒިންމާއެއްނު. ހެހެ. ބަލާ ދަންތަ މިރޭ؟” ނިކްޔަލް ކުރަންއިން މަސައްކަތް ހުއްޓައިލަމުން މިއުޝީނަށް އޭނާގެ ހުރިހައި ސަމާލުކަމެއް ހުއްޓައިލިއެވެ. މިއުޝީން އާނއެކޭ ބުނަމުން ބޯޖަހައިލީ އޭނާއަށް އެކުން ނަޔާގެ ގެ ހުންނަތަނެއްވެސް ނޭނގޭތީއެވެ.

** ** **

ރޭގަނޑު ގަޑިން ބަރާބަރު 8 ޖެހިއިރު މިއުޝީން ހުރީ ނަޔާގެ ގޭގައެވެ. އޭރު އެންމެންކަހަލަ ގޮތަކަށް އައިސް މުޅި ޓެރަސްވަނީ އެއްކޮށް ފުރިފައެވެ. ޕާޓީ އޮތީ ނަޔާމެންގޭ ޓެރަހުގައެވެ.

ޕާޓީ ފެށިގެން ކުރިއަށްދިޔައީ ވަރަށް ފޯރީގައެވެ. އެކުވެރި މާހައުލެއްގައި އެކަކު އަނެކަކާއި ސަކަރާތް ޖަހަމުން އެންމެން ކެއުމަށް އިންސާާފު ކުރަމުން ދިޔައެވެ. ސަކަރާތާއި މަޖަލުގައި ކެއުން ނިންމައިލުމަށްފަހު ނަޔާ ބޮޑު ޗޮކުލެޓްކޭކެއް ގެނެސް މޭޒުމަތީގައި ބެހެއްޓިއެވެ. އޭގައި ބޮޑު އަކުރުން “ވެލްކަމް މިއު” ލިޔެލައިފައި އޮތެވެ.

އުފަލުންގޮސް މިއުޝީނަށް އަނގަމަތީގައި އަތްއަޅައިލެވުނެވެ. ދުރުގައި މިމަންޒަރުބަލަން ހެވިފައި ނިކްޔަލް ހުއްޓެވެ. މިއުޝީންގެ މޫނުމަތިން ފާޅުވަމުންދިޔަ އުފާވެރިކަމުން އެހިތަށްވެސް ހަމަޖެހުން ގެނުވަމުން ދިޔައެވެ.

ކޭކުފަޅައިގެން އެންމެން ކޭކު ކެއުމަށްފަހު ގޮސް ގޮނޑިތަކުގައި ޖައްސައިލީ ވަރުބަލިވެފައި ތިބުމުންމެވެ. އެވަގުތު ނަޔާ ބޮޑު ބިއްލޫރި ފުޅިއެއް ހިފައިގެން އައިސް އެންމެންގާތުގައި ޓުރުތް އޯ ޓެއަރ ކުޅެން އައުމަށް ބުންޏެވެ. ކޮންމެމީހަކުވެސް ހެވިފައި ބޯހޫރައިލަނީ ނަޔާގެ އެހުންނަ ކުޑަކުދިންގެ ގޮތްގަނޑު އަދިވެސް ފިލައިގެން ނުދެޔޭ ބުނަމުންނެވެ.

އެންމެން ވަށް ބުރެއްހެން އިނށީނުމުން ނަޔާ އެވަށްބުރުގެ މެދަށްވަދެ ފުޅި އަނބުރައިލިއެވެ. މިއުޝީނަށް އިނދެވުނީ ނިކްޔަލްއާ ކުރިމައްޗަށް ވާގޮތަށެވެ. އިރުއިރުކޮޅާ ނިކްޔަލްގެ ނަޒަރު ހެވިފައިއިން މިއުޝީނަށް ހުއްޓެމުންދިޔަތަންފެނި އާކިލް ފާޑަކަށް ހިނިތުންވެލިއެވެ.

އެކިމީހުންނަށް ޖެހެމުން ޖެހެމުންގޮސް ނިކްޔަލްއަށް ޖެހުމާއެކު އެންމެން އަތްޖަހަންފެށިއެވެ. އޮފީހުގެ ބޮސްކަމުން ކޮންމެ މީހަކުވެސްއިނީ ވަރަށް ފޯރިއަރައިފައެވެ. އިރުކޮޅަކު ވިސްނައިލުމަށްފަހު ނިކްޔަލް ނެގީ ޑެއަރ އެވެ. އެއާއެކު އާކިލްއަށް ރަނގަޅު ޚިޔާލެއްއައެވެ.

ނަޔާ ގާތުގައި އެގޭގައި ހުންނަ ގިޓާ ގެނައުމަށް ބުނުމުން ވަގުތުން ނިކްޔަލްއަށް އާކިލް އެކުރަންއުޅޭ ކަމެއްއެނގި ޑެއަރ ނެގުނު މޮޔައޭ ހިތަށްއެރިއެވެ. ނަޔާ ގިޓާ ގެނައުމާއެކު ނިކްޔަލް އަތަށް އާކިލް އޭތި ދިނެވެ.

“އެންމެންނަށް ނޭނގުނަސް ނިކް ވަރަށް މޮޅުވާނެ ގިޓާ ޖަހަމުން ލަވަކިޔަން. ސޯ ނިކްގެ ޑެއަރ އަކީ އެއީ.” އާކިލްގެ ވާހަކަ ނުނިމެނީސް މުޅިތަނުގައި އެންމެން އަޑުބައްދައިލިއެވެ. ދެފަރާތަށް ބޯހޫރުވައިލަމުން ނިކްޔަލް ހޭންފެށީ ކިޔާނެ ލަވައަކާމެދުގައި ވިސްނަމުންނެވެ. އެވަގުތު އޭނާގެ ނަޒަރު އަނެއްކާާވެސް ހެވިފައި އޭނާއާއި ދިމާއަށް ބަލަންއިން މިއުޝީނަށް ހުއްޓުނެވެ. ވަގުތުން ކިޔާނެ ލަވައެއް އެސިކުނޑިއަށް އައި ކަހަލައެވެ.

ގިޓާގެ ނަރުތަކާއި އަތުން ކުޅެލެމާއެކު އެންމެން ހަމަހިމޭންވީ ނިކްޔަލް ކިޔަންއުޅޭ ލަވައެއް އަޑުއެހުމުގެ ގޮތުންނެވެ. ހަމަޖެހިލަމުން މިއުޝީންގެ ދޮންމޫނަށް ބަލައިލުމަށްފަހު ގިޓާގެ ނަރުތަކާއި ކުޅެމުން ނިކްޔަލް ލަވަކިޔަންފެށިއެވެ.

“ޖާދޫގާާ ޖެހޭނޭ.. ފެނިފާ ތިބާ.. ތިޔައީ މިސާލޭ ހަމަ ރީތި ކަލާ.. ނޭނގިވީއޭ.. ހިތްދިވާނާ.. ސޫރަފެނިފާހުރ.ީ. މިއަތުގަހިފާތޯ ކަލާ..

ލޯބިން މިގޮތުގާ.. ތިޖިސްމަށް ބެލޭނޭ.. ފެނިފާ ތިމިތުރާ.. މިވާގޮތް އެނގޭހޭ.. ބުނަމެ ގަންދީ.. މޮޔަވެދާނޭ.. ލޯބިވާއޭ އެކީ.. ދިވާނާވެއްޖޭ އާދޭ ކަލާ..

ޖާދޫގާ ޖެހޭނޭ.. ފެނިފާ ތިބާާ.. ތިޔައީ މިސާލޭ ހަމަ ރީތި ކަލާ..”

ސީދާ މިއުޝީނާާ ދިމާއަށްބަލަމުން ނިކްޔަލް ލަވަކިޔަމުން ދިޔައިރު ކޮންމެ މީހަކުވެސްވަނީ ހައިރާާންވެ އަންތަރީސްވެފައެވެ. އެމީހުންގެ ބޮސްއަކީ ލަވަކިޔަން އެހައި މޮޅުމީހެއްކަމެއް އޭގެތެރެއިން އެކަކުވެސް ނުދެނަހުއްޓެވެ. އެއަސަރުގަދަ ފިރިހެންވަންތަ އަޑުއިވުނު ކޮންމެ މީހެއްގެ ގައިންވެސް ހީބިގި ނަގައިގެން ދާނެކަން ކަށަވަރެވެ.

އިސްޖަހައިގެން އަތުގެ އިނގިލިތަކާއި ކުޅެންއިން މިއުޝީނަކަށް ނިކްޔަލް އެލަވައިގެ ކޮންމެ ލަފްޒެއް މާނަކުރީ އޭނާއަަށްކަމެއް ނޭނގެއެވެ. އެންމެފަހަރަކު ނަމަވެސް އިސްއުފުލައިލައި ބަލައިލިނަމަ ހަމަގައިމުވެސް އެދެލޮލުން މިއުޝީނަށްޓަކައިވި ނިމުއްނެތް ތެދުވެރިލޯބި ފެނުނީސްކަން ޔަގީނެވެ. ނަމަވެސް…

ނިކްޔަލް ލަވަކިޔައި ނިންމައިލުމާއެކު އެންމެން އަތްޖަހަންފެށިއެވެ. “އޯ މައި ގޯޑް. ސަރ ހާދަމޮޅޭދޯ ލަވަކިޔަން. އަޅުގަނޑު އެއްގޮތަކަށްވެސް ހިއެއްނުކުރަން ސަރ ތިހައި ރީޗަށް ލަވަކިޔާ ކަމަކަށް. އައި އެމް ރިއަލީ އިމްޕްރެސްޑް.” އަތްޖަހަމުންދިޔަ ނަޔާ އެހެންބުނެލުމާއެކު އެންމެން އެކަމަކަށް އެއްބަސްވިއެވެ. ހުރިހައި އެންމެންގެ ތައުރީފުގެ ބަސްތައް އޮހެމުންދިޔައިރު ހެވިފައި ނިކްޔަލްވެސް ގިޓަލުގައި ހިފަހައްޓައިލައިގެން އިނެވެ.

ޕާޓީ ނިމުނުއިރުހުރީ ވަރަށް ލަސްވެފައެވެ. ގެއަށްދާން ނުކުންނަމުން މިއުޝީންވެސް ނިކްޔަލްއަށް ތައުރީފުކޮށްލިއެވެ. އެއާއެކު އޭނާގެ ހިތްހީވީ އުފަލުންގޮސް އުދުއްސައިގަނެފާނެ ހެންނެވެ. ކާކަށް މާނަކޮށްފައިކީ ލަވައެއްތޯ އަހަމުން މިއުޝީން ދިމާކުރަމުން ދިޔައިރު އެންމެފަހަރަކުވެސް އެއީ ޚުދު އޭނާއަށް މާނަކުރި ލަވައެއްކަން އެކުއްޖާއަށް އެނގޭނޭ ނަމައެވެ.

ނިކްޔަލްއާާއި ސަކަރާތް ޖަހަމުން ބޭރަށް ނުކުތް މިއުޝީން ކުއްލިއަކަށް ގަނޑުވިކަހަލައެވެ. މޫނުމަތީގައިވި އުފާވެރިކަން ގެއްލި ވަގުތުން މުޅިމީހާގެ މޫޑް އެއްކޮށް ޚަރާބުވިއެވެ. ގާތުގައި ނިކްޔަލްހުރިކަންވެސް އޭނާ ހަނދާންނެތްފަދައެވެ. މޫނުގެ ކުލަ ވަގުތުން އޮއްސި ދެލޮލަށް ކަރުނަ ޖަމާވީ ބަސްބުނާހައިކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ގަބޫލުނުކުރެވިފައި ކުރިމަތިން ފެންނަމުންދިޔަ މަންޒަރަށް މިއުޝީން ބަލަމުން ދިޔައިރު އޭނާހުރިގޮތްފެނި ނިކްޔަލް ކަންބޮޑުވެފައި ސުވާާލުކުރަމުން ދިޔައެވެ. ދުވަހަކުވެސް އެދެލޮލުން ކަރުނަ ދެކެފައިނުވާ ނިކްޔަލްގެ ހިތަށް ތަދުވަމުންދިޔައީ ހިތާމައިގެ ތަސްވީރެއްހެން ގަބުއަރައިފައިހުރި މިއުޝީން އޭނާގެ އެއްވެސް ސުވާލަކަށް ޖަވާބު ނުދިނުމުންނެވެ. ދާދި ދެންމެއަކު އޭނާއާއި އެހައި ސަކަރާތްޖަހަމުންއައި މިއުޝީނަށް ކުއްލިއަކަށް މިވީ ކިހިނެއްހެއްޔެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ސިއްރުން މިހިތާ ކުޅެނީހޭ (އަށާވީސްވަނަބައި)

Next

ހިތް މިއެދޭ ސޫރައޭ ތީމަގޭ ( 11 ވަނަ ބައި )

Next
November 22, 2017

ހިތް މިއެދޭ ސޫރައޭ ތީމަގޭ ( 11 ވަނަ ބައި )

Previews
November 21, 2017

ސިއްރުން މިހިތާ ކުޅެނީހޭ (އަށާވީސްވަނަބައި)

52 Comments!

  1. Nau says:
    November 22, 2017 at 10:48 am

    Salaam n a v gud mrnin all.. Here is the 8th part of the stry.. Hope u guys will like this part too.. If there is a mistake let me knw.. Enjoy reading n hv a nice day all.. Nxt part in sha allah tmrw.. Ly all?❤

  2. Unknown girlll.. says:
    November 22, 2017 at 10:49 am

    Very very nice ..Hama luv it…adhi eh part up koh levidhaanetha if u dont mind …luv ya sooo much .OW…❤❤❤????

    1. Nau says:
      November 22, 2017 at 1:35 pm

      Thanks dear.. Will try my best ingey.. Bt nt sure.. Luv u too dear❤❤

  3. Mary says:
    November 22, 2017 at 10:56 am

    Nice ???

    1. Nau says:
      November 22, 2017 at 1:35 pm

      Thanks mary

  4. PRINCESS AFU says:
    November 22, 2017 at 11:01 am

    V habbu

    1. Nau says:
      November 22, 2017 at 1:35 pm

      Thanks afu

  5. Xxxx says:
    November 22, 2017 at 11:04 am

    Anehkkaa kaaku baa?story v.nice?

    1. Nau says:
      November 22, 2017 at 1:36 pm

      Lets see dhw.. Hehe.. Thanks xxxx?

  6. Friends says:
    November 22, 2017 at 11:06 am

    Masha allah stry hama vvvvvv nice.keep it up.
    Waiting 4 next part..
    Have a nice day..???????????????????????????????????????????

    1. Nau says:
      November 22, 2017 at 1:36 pm

      Thanks alot my dear friends❤❤

  7. Chim says:
    November 22, 2017 at 11:07 am

    V reethi ehaame hihgaimu story eh..I luv this story ❤❤

    1. Nau says:
      November 22, 2017 at 1:37 pm

      Thanks chim.. ❤❤

  8. zyv says:
    November 22, 2017 at 11:08 am

    V reethi mi story, alah mi comment kohly, and avahah kiyaalan libeythy v ufaavey, keep it up

    1. Nau says:
      November 22, 2017 at 1:37 pm

      Thanks zyv dear.. Happy to see ur comment.. ?

  9. Awa says:
    November 22, 2017 at 11:16 am

    Obi mi part vx??kon irakuntha next?

    1. Nau says:
      November 22, 2017 at 1:38 pm

      Thanks awa.. Write koh nimunuhaa avahah.. In sha allah??

  10. Shudha says:
    November 22, 2017 at 11:19 am

    hey v reethi mi part ves.. mi story ge cover pic ga eyny kn kujjeh tha? can u tell her name? thanks <3

    1. Nau says:
      November 22, 2017 at 1:39 pm

      Thanks shudha.. Girl tha?? E ee anne hathway.. ❤

  11. Shann says:
    November 22, 2017 at 11:26 am

    Wow nau, haadha rychey mibaives.. Hama bunaane ehcheh ves neynge.. Mi story beynunvany inthaanga indhe ehkoh kiyaa ninmaalan.. Ehaa ves rythi.. Next part avas kohlahchey igey nau.. Luv u nau

    1. Nau says:
      November 22, 2017 at 1:40 pm

      Awwnn. Thank u soooo much shann.. Yes will try my dear.. Love u too

  12. JUM ERRR says:
    November 22, 2017 at 11:38 am

    Spychless hama. Neh bunarrne ehcheh vx. Ehrr vx furihama. ❤❤❤????

    1. Nau says:
      November 22, 2017 at 1:40 pm

      Awwwn thanks alot jum dear❤❤

  13. Zuam says:
    November 22, 2017 at 11:44 am

    Masha Allah… varah reethi…????❤❤❤❤

    1. Nau says:
      November 22, 2017 at 1:41 pm

      Thanks zuam❤❤?

  14. Minnie✨ says:
    November 22, 2017 at 12:00 pm

    Alhe hama bunaane ehcheh vs nei…??
    Vvvvvvvvvvvv reethi..?
    Alhe e Shayaan gandu kanneynge dhw e fenuny…?
    Haadha foni firehenkey..?
    Anyways waiting ga hama.?
    Alhe mirey adhi 1 part up kohdheeba heyonuvaane..???
    Haadha dhigu inthizaarekey kuran mi jeheny…????
    Hama heart din din vany .?
    Soooo curious..✨✨?
    All the best Naukolhaa..?♥♥
    Love you darl…?❤❤?

    1. Nau says:
      November 22, 2017 at 1:42 pm

      Alhey dear.. Hehe… Balaanan ehaa inthizaaru kuruvan nujehi up kureveythw ingey… Bt adhi nt sure.. Still will try my best. Hehe. Let see dhw who it is.. Love u too my dear❤❤?

  15. faxoo says:
    November 22, 2017 at 12:30 pm

    V reethi☺☺☺☺☺

    1. Nau says:
      November 22, 2017 at 1:42 pm

      Thanks faxoo?

  16. nuher says:
    November 22, 2017 at 12:35 pm

    v salhi mibaives…. e fenuny kuryge bos dhw… waiting for next parts…..

    1. Nau says:
      November 22, 2017 at 1:43 pm

      Lets see dhw.. Thanks nuher

  17. zaam says:
    November 22, 2017 at 12:54 pm

    vvvv rythi mi part ves nau…..

    1. Nau says:
      November 22, 2017 at 1:44 pm

      Thanks zaam

  18. xim says:
    November 22, 2017 at 1:41 pm

    Hama rangalhah vx jadhooga jehiyyje ingey….hehehehe…varah reethi story?……miss a lot??

    1. Nau says:
      November 22, 2017 at 1:48 pm

      Ahahah.. Thanks xim dear.. Miss u too??

  19. Shaaa says:
    November 22, 2017 at 1:56 pm

    varah reethi mi part ves.inthizar kureveneeeee next part akah. adhi mirey eh part upload kohdhehchey plxx plxxx.

    1. Nau says:
      November 22, 2017 at 2:48 pm

      Thanks dear.. Ya in sha allah will try ingey

  20. SJK...KOREAN says:
    November 22, 2017 at 2:11 pm

    hey nau ??
    you’re suberb..
    nothing to say about this part, just speechless!! ✌✌✌❤❤❤??
    avahah up kohlahchey..
    “”next part part up kohdheyne dhuvahakah kurany mi hiyy inthizaarey “”???
    luv u ?????❤

    1. Nau says:
      November 22, 2017 at 2:48 pm

      Ahaha.. Thanks my dear.. Luv u too❤❤

  21. jjey ? says:
    November 22, 2017 at 4:44 pm

    Nau dhean alhe mirey up kollaba next part. Cant wait woman??

    1. Nau says:
      November 22, 2017 at 5:21 pm

      Will try my best ingey.. Thanks jjey

  22. Shaii says:
    November 22, 2017 at 4:57 pm

    Maasha Allah… varah habeys

    1. Nau says:
      November 22, 2017 at 5:21 pm

      Thanks shaii

  23. Rsh says:
    November 22, 2017 at 5:44 pm

    V REETHI……?

  24. Nazan says:
    November 22, 2017 at 6:42 pm

    Vaahaka varah reethi, varah hih hama jehey. Ekam ranglhu kollan jehey thankolheh bune dheefiyya rulhi naannane kamah unmeedhu kuran. Naza akee ves dhivehi bahah enme perfect meeheh noon ekam engey echcheh varah bunedhey hih vey. Mi ee hame ekani nau hadhaa mistake eh ves noon, mi site ga hunna gina vaahaka thakuga aanmukoh liyevifa hunna kusheh. Aslu engey aa ingey ge thaafathu thakeh hunnaane. Engey beynun kuraany kameh dheyhavi kan noony dheyha vejje tho ahan. Misaalakah “ahannah thikan engey” like i know ey bunaa thanthanuga engey beynun kureveyne. And ingey beynun kuraany kameh handhaan korhdhinumuge gothun aanmukoh. Misaalakah mirey annachchey ingey. Varah ufaavaane heyo hithun mikiyakdhin thankolhu balaigen kuriyah oi thaangai mikamah visnaigen liyuniyya. Sababakee nazage varah bodu dream eh kithanme kuda echcheh viyas ehn meehun naza kairin dhaskurumakee. Engey echheh bunedhinumekee. Me ehgothakah ves nau ah insult kuran noony echchehi kiyan bunedhin thankolheh noon. Nau akee ves insaaneh perfect eh nuvaane ehn veema, nau ves kaamiyaabu liyuntheriyakah vaanee nau hedhey kuhthah kiyuntherin bunedhineema, ehennu? I really like your stories and please upload this regularly. can’t wait for the next. I wonder what she saw. And thanks for the beautiful stories. Waiting for the next part. ?

    1. Nau says:
      November 22, 2017 at 6:50 pm

      Awwwnn.. Thank u soooo sooooo soooo much naza.. M really vvvvvv hapy to see this comment. Thanks alot aslu neengey ehcheh bunedhinyma.. E ee aslu v olhun araa ehcheh.. Ekm dhn ingeyne in sha allah.. I will kyp that in mind.. Thanks alot mikahala comment eh kohlythy.. V ufaavehje confuse vaa thankolheh olhunfilyma.. Kuriah oih thanugavx nau ge ehvx stry akun mistake eh faahaga vehjehyaa bunelaane kamah hykuran.. N thanks for the luvly comment.. Kyp waiting.. In sha allah mirey adhi one part up kureveythw mintry kurany. ?❤

  25. tom says:
    November 22, 2017 at 8:08 pm

    Nau dhw….v nice enge ???????????????????

    1. Nau says:
      November 22, 2017 at 11:41 pm

      Thanks tom❤

  26. mamee says:
    November 22, 2017 at 8:10 pm

    Mivaahakaves vvvv salhi….?????????????

    1. Nau says:
      November 22, 2017 at 11:41 pm

      Thanks mamee❤?

  27. shanhaa says:
    November 22, 2017 at 11:32 pm

    varah salhi bunaane ehves ehcheh neh varah inthizaaru kuryvy mi vaahakaige part eh anna irakah vvvvv hama habys ingy☺

    1. Nau says:
      November 22, 2017 at 11:41 pm

      Thanks dear

Comments are closed.

Next Episodeތިޔަ ލޯބީގެ ހައްޤުގައި (9)←


All Right Reserved!