ސިއްރުން މިހިތާ ކުޅެނީހޭ (ހަތާވީސްނަބައި)
“ޒާއިން.” ރޮވިފައިވާ އަޑަކުން ލާރާއަށް ގޮވާލެވުނެވެ.
*************************************
އެމީހާ ފަހަތަަށް އެނބުރި ބަލާލުމުން އެއަކީ ޒާއިން ނޫންކަން ލާރާއަށް އިނގުނެވެ. އެމީހާ އެނބުރި ސުވާލުގެ ނަޒަރަކުން ލާރާއަށް ބަލަން ހުރީއެވެ. “ސޮރީ ސޮރީ. ހީކުރީ އެހެންމީހެއް ކަމަށް” ލާރާ އަވަސް އަވަހަށް މިހެން ބުނެ ފަހަތަށް އެނބުރުނެވެ.
އޭނާއަށް މިކުރެވުނީ ކީއްހެއްޔެވެ. އެ ހަމަ އަސްލު ޒާއިންއަށް ވީކަމުގައި ވީނަމަވެސް އަހަރެންނަށް މިކުރެވުނީ ގޯސް ކަމެކެވެ. އެއީ ޒާއިން ނަމަ ޒާއިން ހީކުރާނީ ކީކޭ ހެއްޔެވެ. އަސްލަށް ޒާއިން ފެނުނަސް އަހަރެންގެ ހިތުގައި މިވާ ޖަޒުބާތުތައް ޖެހޭނީ ފޮރުވާށެވެ. އިސްޖަހައިގެން ހުރި ލާރާ ލޮލުން އައި ކަރުނަތައް ފޮހެލިއެވެ.
އެއްފަހަރުވެސް ލާރާ އިސްއުފުލާލިނަމަ ފޯނެއްގައި ހުރެގެން ހިނގަމުން އަންނަ ޒާއިން ފެންނާނެއެވެ. ލާރާ އިސްޖަހައިގެން ހުރެ ހިނގަމުން ދިޔައިރު ޒާއިން ދިޔައީ ފޯނުން މީހަކާ ވާހަކަ ދައްކަމުންނެވެ. ދެމީހުން އަރާހަމަވިއިރަށް އާދަޔާ ހިލާފު ވައިރޯޅިއެއްޖެހުން ހެން ދެމީހުނަށްވެސް ހީވިއެވެ. ލާރާ ފަސްއެނބުރި ބަލާލަން ހިތަށް އެރި ނަމަވެސް ޔާނާއަށް ހުންނާނީ ލަސްވެފައި ކަމުން ހިނގުން ބާރުކޮށްލިއެވެ.
ޒާއިން ފޯނު ދުރުކޮށްލަމުން ފަހަތަށް އެނބުރި ބަލާލީ އޭނާގެ ހިތުން ސިގްނަލްއެއް ދިންހެން ހީވުމުންނެވެ. ކަޅުކުލައިގެ ޝޯލްއެއް އަޅައިގެން ހިނގަމުން ދިޔަ އަންހެންކުއްޖާއަށް ޒާއިންއަށް ބަލަންހުރެވުނެވެ.
“ހިނގާ” ކާރަށް އަރައި ހަމަޖެހިލަމުން ލާރާ ޑްރައިވަރާ ދިމާލަށް ބަލާލިއެވެ. “ކޮންތާކުން” ޔާނާ އަހާލިއެވެ. ލާރާއަށް ބުނާނެއެއްޗެއް ނޭނގުމުން ދެފަރާތަށް ބޯހޫރުވާލީއެވެ. “ނިދުނީތަ” ނިދިފައި އޮތް ޔުއާންއަށް ބަލާލަމުން ލާރާ ވާހަކަ އޮޅުވާލީއެވެ. ޔާނާ ހިނިތުންވެލީއެވެ.
*******
“ޑޭޑް. ޑޭޑް” ލާރާ ގެއަށް ވަދެ ގޮވާލިއެވެ. “އަޅޭ ދަރިފުޅު އައީތަ” ކޮޓަރިން ނިކުމެގެން އައި ޒިޔާދު އަށް ލާރާ ފެނުމުން ހަލުވި ހިނގުމެއްގައި އައިސް ލާރާގެ ގައިގައި ބައްދާލިއެވެ. “ދޮންތަ ނައީދޯ. ޑޭޑްއަށް އޭރުވެސް އިނގެޔޭ ނާންނާނެކަން” ދޮރު ކައިރި ނިވާވެގެން ހުރި ޔާނާއަށް ހިނިތުންވެލެވުނީ ޒިޔާދު އެހެން ބުނުމުންނެވެ.
“ހޫމް ދޮންތަ ވަރަށް ކަޑަ ވާނެޔޭ” ލާރާ ޒިޔާދުގެ ކޮނޑުގައި ހިފާ ސޯފާއާ ދިމާލަށް ދަމުން ބުނެލިއެވެ. ޒިޔާދު ސޯފާގައި އިށީއިންނަން ހަދާލިތަނާ ލާރާ ޒިޔާދު ގެންގޮސް ދޮރާ ފުރަގަސް ވާނެގޮތަށް ބޭންދިއެވެ. “އަހަރެން މިއައީނުން. ދޮންތަ ބަހައްޓަބަލަ އެތާ” ލާރާ މިހެން ބުނެ ސޯފާއަށް ވެއްޓިގަތެވެ. “ހޫމް. އުޅެބަލަ ދޮންތައަށް ގުޅާލަން” ޒިޔާދު ފޯނު ނަގަމުން ބުނެލިއެވެ.
“ސަޕްރައިޒް” ފަހަތުން ޔުއާން ޒިޔާދުގެ އުނގުގައި ބައިންދަމުން ޔާނާ މަޑުމަޑުން ބުނެލިއެވެ. ޒިޔާދު އެއްފަހަރު ޔުއާންއަށް އަދި އަނެއްފަހަރު ޔާނާއަށް ބަލާލުމަށްފަހު ތެދުވެ ހިނިތުންވެލިއިރު އެލޮލުގައި ވަނީ އުފާވެރި ކަމުގެ ކަރުނައެވެ. “ދަރިފުޅު” ޔުއާން އެއްއަތުން ހިފާފަ ހުރިއިރު އަނެއް އަތުން ޒިޔާދު ޔާނާގެ ގައިގައި ބައްދާލިއެވެ. “ޑޭޑް ހީވެސް ނުކުރަން”
“ޑޭޑް އަށްޓަކައި މިވަރުކަމެއް އަޅުގަނޑަށް ނުވާނެތަ؟” ޔާނާ ހިނިތުންވެލާފައި ބުނެލީ ޒިޔާދުއަށް ބަލަންހުރެއެވެ. ޒިޔާދު ބޯހޫރުވާލިއެވެ. “އަޅުގަނޑު ފެނުނީމަ ތިހާވަރެއް ނުވި” ލާރާ އާދައިގެ މަތިން ޝަކުވާކޮށްލިއެވެ. ޔާނާ އަދި ޒިޔާދު އެކަކު އަނެއްކަކަށް ބަލާލާފައި ހިނިގަނޑެއް ޖަހާލިއެވެ. ކުޑަކުޑަ ޔުއާން ވެސް ޕަކަ ޕަކަ ޖަހާފައި ހޭންފެށި ޔާނާ މެން ހޭންފެށުމުންނެވެ.
******
“ޕޭޝަންޓް އޯކޭ. އެކަމް ބޭބީގެ ހާޓްބީޓް ވަރަށް ދަށް. ޝީ ނީޑް ބެޑްރެސްޓް. އެއްވެސް ކަހަލަ މަސައްކަތެއް ކޮށްގެން ނުވާނެ. އެންޑް މޯސްޓް އިމްޕޯޓޭންޓް ޝީނީޑް ޓް ބީ ހެޕީ. ވަރަށް ހިތްހަމަޖެހި އެއްވެސް ކަމަކާ ނުވިސްނާ އުޅެންޖެހޭނީ. އޯކޭ އެތެރެއަށް ވަނަސް” ޑޮކްޓަރ ވާހަކަ ދެއްކީ ކުރިމަތީ ހުރި ޒިޔާން އަށެވެ. ޒިޔާން ބޯޖަހާލީ އެކަމާ އެއްބަސް ވުމުގެ ގޮތުންނެވެ.
“ދަރިފުޅާ. މަންމަ މެންގެ ކައިވެނި ލަސްކޮށްލަންވީ ދޯ” އާބިދާ އައިސް ޒިޔާންގެ ބޮލުގައި ފިރުމާލިއެވެ. “ނޫން. މަންމަ މެން ޖެހޭނެ ކައިވެނިކުރަން. ބޮޑު ޕާޓީއެއް ބާއްވަނީކީ ވެސް ނޫން. ސައެއް އެއްޗެއް ވެސް ދެނީއެއްނޫން. ހަމައެކަނި ކައިވެނި ކޮށްލަނީ. މަންމަމެން ކައިވެނި ކުރިޔަސް ނަޝްއަށްވެސް އޯކޭވާނެ” ޒިޔާން ހިނިތުންވުމާއެކީ މިހެންބުނުމުން އާބިދާވެސް ހިނިތުންވެލިއެވެ. ޒިޔާން އަވަސްވެގަތީ ނަޝްވާ ކައިރިއަށް ދިޔުމަށެވެ.
“ހޭއި އޯކޭތަ؟” ޒިޔާން ގޮސް ނަޝްވާ އޮތް އެނދުކައިރި ހުއްޓި ގޮނޑީގައި އިށީއިދެލަމުން ވާހަކަ ދެއްކިއެވެ. ފަހަތުން އާބިދާ އަދި ޒާޔާގެ އިތުރުން އިޔާޒްވެސް ވަދެގެން އައިސް ޒިޔާން ކައިރި ހުއްޓުނެވެ. “ޒިޔާ އަހަރެން ބޭނުންވަނީ އިންޑިއާ އަށް ދާން. މިހާރު މިވަގުތު” ނަޝްވާ ފުރަތަމަވެސް ބުނެލީ މިހެންނެވެ.
“އެކަމް ނަޝް. ޑޮކްޓަރ ބުނީ ނަޝް ކަންކަމާ ނުވިސްނަ ހެޕީކޮށް އުޅޭށޯ”
“އަހަރެން ހިތްހަމަބޖެހިގެން އުޅޭނީ. އައި ޕްރޮމިސް ރަނގަޅަށް ކާނަން. އަބަދުވެސް ރެސްޓްކުރާނަން. އެކަމް މާމަ ކައިރި ހުންނަން ބޭނުން މިހާރު” ނަޝްވާ އަސަރާއެކީ ބުނެލިއެވެ.
“އޯކޭ. މާދަން ދާނީދޯ” ޒިޔާން ނަޝްވާގެ ބޮލުގައި ފިރުމާލިއެވެ. “ނޫން މިހާރު” ނަޝްވާ ކުސްތަޅާލީ ފާތުމަ ކައިިރިއަށް ދާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ޒިޔާން އާބިދާ މެންނަށް ބަލާލީ ހަދާނެ ގޮތް ހުސްވެގެންނެވެ. އާބިދާ ބޯޖަހާލީ ނަޝްވާ ބުނާގޮތަށް ހެދުމަށް ބުނާފަދައިންނެވެ. އިޔާޒް އަދި ޒާޔާ ފަނޑުހިނިތުންވުމެއް ދިނުމުން އެމީހުންނަށްވެސް އޯކޭ ކަން ޒިޔާންއަށް އިނގިގެން ދިޔައެވެ. “ހޫމް. ޓިކެޓް ހަމަޖައްސާފަ އެއްމެ ފުރަތަމަ އޮންނަ ފްލައިޓް އިން ދާނީ ދޯ” ޒިޔާން މިހެން ބުނުމުން ނަޝްވާ އަވަސް އަވަހަށް ބޯޖަހާލިއެވެ.
“ހިނގާ ޖޫސްބޯން ދޯ” އާބިދާ މިހެން ބުނުމުން ނަޝްވާ ހިނިތުންވެލާފައި ބޯޖަހާލިއެވެ. “މަންމަ ކައިވެނި ފަސް ނުކުރައްޗޭ އިނގޭ އަހަރެމެން ނެތީއޭ ކިޔާފަ. ދެން ޒިޔާދުބެއަށް ސަލާން ބުނައްޗޭ” އާބިދާ ދިއްކޮށްލި ޖޫސްތަށީގައި ހިފަމުން ނަޝްވާ ބުނެލިއެވެ.
އާބިދާ ބޯޖަހާލުމާއެކު ހަނދާންވީ މިއަދު ޒިޔާދު އެގެއަށް ދިޔުމަށް އެދުނު ކަމެވެ. ނަޝްވާމެން ފުރުމުން އެގެއަށް ދާން އާބިދާ ނިންމީ މަސްލަހަތަށް ބަލާފައެވެ.
ހަވީރު ނަޝްވާ އަދި ޒިޔާން ފުރައިގެން ދިޔުމުން އާބިދާ މިސްރާބު ޖެހީ ޒިޔާދުމެން ގެއަށް ދިޔުމަށެވެ.
******
“އަޅެ މަންމި އަށް ހަމަ ވިސްނެނީއޭ. ޔަން އޫޕްސް މިކްޔަން ކިހިނެއްބާ އުޅޭނީ. އުފަލުންތަ؟” ޔާނާ އެނދުމަތީ އޮށޯއޮވެގެން އޮތް އިރު ޔުއާން އިނީ ޔާނާގެ ބަނޑުމަތީ އިށީއިނެ ބޯޅައެއް އަނގަޔަށް ލައިގެންނެވެ. “އަޅެ ދަރިފުޅު ބުނެބަ މިކްޔަން ކިހިެނެއް އުޅޭނީ؟” ޔާނާ މިހެން ބުނުމުން ޔުއާން އަނގަޔަށް ލައިފައި އޮތް ބޯޅަ އަނގަޔާ ދުރުކުރަމުން ޔާނާއަށް ބަލާލުމަށްފަހު އެއްމިޔަކަނުން ހީލީއެވެ. ޔާނާއަށް ޔުއާންއާ ދިމާލަށް ބަލަން ހުރެވުނީ މިކްޔަންއާ ވައްތަރުވީ ވަރުންނެވެ. އެއާއެކު ޔާނާއަށް ކުރީގައި މިކްޔަންއާއެކީ ހޭދަވި އުފާވެރި ދުވަސްތައް މަތިން ހަނދާންވާން ފެށިއެވެ. “ދަރިފުޅުގެ ބައްޕަގެ ވާހަކަ މިކިޔަނީ” ޔުއާންގެ ކޮލުގައި ހިފާލަމުން ޔާނާ ބުނެލީ މާޔޫސްކަމާއެކީއެވެ. “ބަ.ބައްބަ” ޔާނާ ސިހުނީ ކުއްލިއަކަށް ޔުއާން މިހެން ބުނެ އޭނާގެ އަތުގައި އޮތް ބޯޅައިން އެއްލާ ޔާނާގެ ނޭފާތުގައި ޖެހުމުންނެވެ. ޔާނާ ނޭފަތުގައި ފިރުމާލީ މަޑު އާހަކީ އެކީއެވެ. ނަމަވެސް ކުއްލިއަކަށް ޔުއާންއަށް ބަލާލީ ޔަގީންނުވާ ފަދައަކުންނެވެ. ވާނީވެސް އެހެންތާއެވެ. ޔުއާން ބައްޕަ އެކީ ފުރަތަމަ ފަހަރަށެވެ. “އަދި އެއްފަހަރު ކިޔާބަ ބައްޕަ. ބައްޕަ” ޔާނާ އަވަސް އަވަހަށް ބުނެލިއެވެ. ނަމަވެސް ޔުއާން ބެލީ ފިރުކިފައި ގޮސް ބޯޅަ ނެގޭތޯއެވެ.
“ދޮންތާ. ދޮންތާ. އިޔާޒް މަންމަ އެބަހުރި އައިއްސަ. ނިކުމެބަލާޝޯ ޑޭޑް ބުނީ” ޔާނާގެ ކޮޓަރިއަށް ބޯދިއްކޮށްލި ލާރާ މިހެންބުނެ ދާން އުޅުނެވެ “ކޮއްކޮވެސަ ހިނގާބަލަ” ޔުއާން އުރާލަމުން ޔާނާ ބުނެލިއެވެ. “އަހަރެން ނުދާނަން. އަހަރެން މިދަނީ ބޭރަށް” ލާރާ ފާޑަކަށް ހުރެ އެތަނުން ނިކުމެގެން ދިޔައެވެ. ޔާނާ ދެފަރާތަށް ބޯހޫރުވާލުމަށަފަހު އަޅައިފައި އޮތް ވަށް ބުރުގާ ރީތި ކޮށްލަމުން ނިކުތެވެ.
ސޯފާގައި އިން އާބިދާ އިސްދަށަށް ޖަހާލީ ލާރާ އޭނަޔާ ދިމާލަށް ބަލާވެސް ނުލައި ނިކުމެގެން ދާން އުޅުނީމައެވެ. “ދަރިފުޅާ ކޮންތާކަށް؟” ލާރާ ހުއްޓުނީ ޒިޔާދު މިހެން އަހާލުމުންނެވެ. “ނޭނގެ. މިބުނީ ރަސްފަންނަށް” ލާރާ އަވަސް އަވަހަށް މިހެން ބުނެ ނިކުމެގެން ދިޔައެވެ.
“ދައްތާ ކިހިނެއް؟” ޔުއާން ޒިޔާދު އަތަށް ދެމުން ޔާނާ ބުނެލިއެވެ. އެއަށްފަހު އައިސް އާބިދާ ކައިރި އިށީއިނެވެ. “ރަނގަޅޭ. މިސޮރު ހާދަ ހަލަންޏޭ ދޯ. ޒިޔާދު މިސޮރު ފޮޓޯ ދައްކާއިރު ހީވަނީ ވަރަށް މަޑުން އިންނަ ސޮރެއްހެން” ޒިޔާދުގެ އުނގުން ފައިބާން މަސައްކަތްކުރަމުންދިޔަ ޔުއާންއަށް ބަލާލަމުން އާބިދާ ބުނެލިއެވެ.
******
ލާރާ ރަސްފަންނަށް ގޮސް މުޅިތަނަށް ނަޒަރު ހިންގާލިއެވެ. ހަވީރުގެ ވަގުތު ކަމުން މީހުންތައް ތޮށްޖެހިފާވިއެވެ. ލާރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ކުރީގެ ހަނދާނެއް އާވުމުންނެވެ. އެއަކީ ފުރަތަމަ ޒާއިންއަށް ބައްދަލުވި ދުވަހެވެ. އެވެސް މިކަަހަލަ މީހުން ގިނަ ދުވަހެކެވެ.
ހިޔާލުގައި ހިނގަމުން ދިޔަ ލާރާ ސިހުނީ އޭނާގެ އަތަށް ފިނި ފެން ވެރުނީމައެވެ. ކުރީގައި ރުޅިގަދަ ވެގެން އެއްޗެހި ކިޔަސް ލާރާއަށް އެއްޗެކޭ ބުނާކަށް މިފަހަރު ނުކެރުނެވެ. ދެބުމަ ގޮށް ޖަހައިގެން ލާރާ އަތްފޮޅާލިއެވެ. އެއަށްފަހު އިސްއުފުލާ ބަލާލިއެވެ.
އެއަކީ އެސޫރަ ފެނުމަށް ހިތް ބޭގަރާރުވެފައިވާ ސޫރައެވެ. އެހިތް ހޯދުމަށް އެދޭފަރާތެވެ. ޒާއިންއަށް ވެސް ކުރިމަތީ ހުރި ލާރާ ފެނިފައި ހުއްޓުންއަރާފައި ހުރެވުނީއެވެ. މި ހަމަ ލާރާއެވެ. ހަމަ އެމޫނެވެ. ތަފާތަކީ އެ އިސްތަށިގަނޑު ޝޯލްއިން ނިވާކޮށްލައިގެން ހުރެމެވެ. “ލާރާ” ޒާއިންއަށް މަޑުމަޑުން ގޮވާލެވުނެވެ.
ޒާއިންއަށް ބަލަން ހުރި ލާރާއަށް ހަމަހޭވެރިކަން ވީ ޒާއިން ގޮވާލުމުންނެވެ. ލާރާ އަވަސް އަވަހަށް ފަހަތަށް އެނބުރި ހިނގައިގަތެވެ. “ލާރާ. އޭ. ވާހަކަވެސް ނުދައްކާނަންތަ. އެޓްލީސްޓް ވާހަކަ ދައްކަބަލަ ޕްލީޒް” ޒާއިން އަށް މަޑަކުން ނުހުރެވުނެވެ. އޭނާގެ ހިތުގެ އުދާސްތައް އިހްތިޔާރަކާ ނުލައި ބޭރުކުރެވެން ފެށުނެވެ. “އައި މިސްޑް ޔޫ. ކޮންތާކުތަ އުޅުނީ؟. ލާރާ ޕްލީޒް. ޑޭމިޓް ޓޯކް ޓް މީ” ޒާއިން އެއްމެފަހުން ރުޅިއައިސްގެން ލާރާގެ އުޅަބޮށީގައި ހިފާ ޒާއިންއާ ކޮޅަށް އަނބުރާލިއެވެ. “ޒާއިން ޕްލީޒް” ރޮވިފައި ހުރެ ޒާއިންގެ ލޮލަށް ބަލާލަމުން ލާރާ ބުނެލިއެވެ. ޒާއިންއަށް ލާރާގެ އަތުން ދޫކޮށްލެވުނެވެ. އެއާއެކު ލާރާ ދުވެފައި ގޮސް ކާރަށް އެރިއެވެ. ޒާއިން ފަހަތަށް އެނބުރި ފަޒާގެ ތެރެއަށް ފުންނޭވާއެއް ލިއެވެ. އެހާދުވަސް ފަހުން ލާރާ ފެނުމުންވެސް އެހިތަށް ބަޔާންކުރަންދަތި އުފަލެއް ލިބިގެން ދިޔައެވެ. ނަމަވެސް އެދެމެދުގައި އެއްވެސް ގުޅުމެއް ނެތެވެ. ކުޑަމިނުން ކުރީގައި އޮތް އެކުވެރި ކަމެއްވެސް ނެތެވެ. ކާރުގައި އިން ލާރާ ކާރުގެ ލޯގަނޑުން ބޭރު ބަލާލީ ކަރުނަވީ ލޮލަކުންނެވެ.
******
ލާރާ ސިޓިންގްރޫމްގައި ހުރި ޔާނާ މެންނަށް ބެލުމެއް ނެތި ކޮޠަރިއަށް ވަނެވެ. އެއަށްފަހު އަވަސް އަވަހަށް އޭނާގެ ޑައިރީ ނަގައި ލިޔަންފެށިއެވެ.
*މިއަދު އަހަރެންނަށް އޭނާ ފެނިއްޖެއެވެ. އަދިވެސް އެއްވެސް ބަދަލެއް ނާދެއެވެ. ހަމާ އެ އިސްތަށިކޮޅެވެ. އެ ވާހަކަ ދެއްކުމުގެ ރާގެވެ. ނަމަވެސް އެމޫނުމަތީ މިހާރު ހަރުކަށިކަން ވާކަން ގައިމެވެ. އަހަރެން މިއަދު ހާދަ އުފާވެއްޖެއެވެ. ޒާއިންއެވެ. އަހަރެންނަށް މިވަނީ ކިހިނެއްހެއްޔެވެ. ތި ހަނދާނާ ދުރަށްދާން ކިތަންމެ މަސައްކަތެއް ކުރިޔަސް އެ މަސައްކަތްވަނީ ބޭކާރެވެ. ޒާއިންއެވެ. ޒާއިން އުޅެނީ ހަޔާތެއް ފަށައިގެންހެއްޔެވެ؟ އަހަރެންނަކަށް ނޭނގޭ. އަހަރެން އިނގެން ބޭނުންވޭ ޒާއިންގެ ލައިފް މިހާރު އޮތްގޮތް. ނަމަވެސް އަހަރެންނަށް އިނގޭނީ ކިހިނެއްހެއްޔެވެ؟*
ލާރާ އެތަށް އިރަކު އޭނާގެ ހިތުގެ އުދާސްތައް ގަލަމުގެ ސިފައިގައި ބޭރުކުރަމުން ދިޔައެވެ.
*****
“ދޮންބޭ. ދޮންބޭ” ކޮޓަރީގައި އޮތް މިކްޔަން އެނދުންތެދުވީ ޒާއިން ބާރަށް ގޮވަން ފެށުމުންނެވެ. މިކްޔަން ދޮރާހަމައަށް ގޮސް ތަޅުގައި ހިފާލިތަނާ ޒާއިން ދޮރުހުޅުވާލިއެވެ. އެއާއެކު ދޮރު އައިސް ޖެހުނީ މިކްޔަންގެ ނޭފަތުގައެވެ. “އޯ ޝިޓް. ސޮރީ ސޮރީ” ޒާއިން އަވަސް އަވަހަށް މިކްޔަންގެ ނޭފަތް ބަލާލަން އުޅުނެވެ. “ސާބަސް އިނގޭ. ކިޔެއްވީ މާބާރަކަށް ތޮގޮވަނީ” މިކްޔަން ނޭފަތުގައި ފިރުމަމުން ގޮސް ސޯފާގައި އިށީއިނެވެ. ޒާއިން ވެސް ގޮސް މިކްޔަން ކައިރި އިށީއިނެވެ. “ދޮންބޭ. އަހަންނަށް ހީވަނީ ދޮންބެދައްތަ އެބައުޅޭހެން”
“ކީއްވެ. ޒާއިންއަށް ފެނުނީތަ. ކޮންތާކުން؟” މިކްޔަން އަވަސްއަވަހަށް އަހާލިއެވެ. “ދޮންބެދައްތަ އެއް ނުފެނެ. ލާރާ ފެނުނު އެކަމް. އެހެންވެ ހީވަނީ ދޮންބެދައްތަ ވެސް އުޅޭނެހެން” ޒާއިން އޭނާއަށް ހީވާހީވުން ފާޅުކުރިއެވެ.
“ޒާއިން ޒާއިން ހޯދަން” ބޭރުން އާލިމާ ގޮވާލިއަޑު އިވުމުން ޒާއިން ބޭރަށް ދިޔައެވެ.
މިކްޔަންގެ މޫނުމަތީ ވަނީ ހިނިތުންވުމެވެ. ޔާނާ އައިއްސިއްޔާ ޔާނާ ފެންނާނެ ނޫންހެއްޔެވެ. އަދި ޔުއާންވެސް އެވެ. ނަމަވެސް. ޔާނާ އަދިވެސް އަހަރެންނަށް މާފެއް ނުކުރާނެއެވެ. ނަފްރަތު ކުރާނެއެވެ. މިކްޔަންގެ ހިތް މާޔޫސްވެގެން ދިޔައެވެ.
*****
ނިދަން އުޅި އުޅި ނުނިދިފައި އޮތް މިކްޔަން ގަޑިއަށް ބަލާލިއެވެ. ދަންވަރު ދޭއްޖެހީއެވެ. އޭނާއަށް ޔާނާއާ މެދު ވިސްނެނީއެވެ. ޔާނާ މިތާއުޅެންޏާ އޭނާއަށް ދެން އެސޫރަ ބަލައި ނުލައި ނުވެއް ނިދޭނެއެވެ. ދެފަރާތަށް ފުރޮޅިލުމަށްފަހު މިކްޔަން ތެދުވިއެވެ. ޔާނާ އާއި ދަރިފުޅު ދެކިލަން ހާދަ ބޭނުމެވެ. ނަމަވެސް މިވަގުތު… މިވަގުތު ވިޔަސް ހެވެވެ. މިކްޔަން ތެދުވެ ޓީޝާޓްއެއް ލިޔެވެ. އެއަށްފަހު ސިއްރު ސިއްރުން ކޮޓަރިން ނިކުތެވެ.
މިކްޔަންގެ މިސްރާބުހުރީ ޒިޔާދުގެ ގެއާ ދިމާލަށެވެ. މިކްޔަން އެގެއަށް ގޮސް ފުރަތަމަ ވެސް ބަލާލީ ދެވަނަ ބުރީގައި ހުރި ޔާނާގެ ކޮޓަރިއާ ދިމާލަށެވެ. އެއަށްފަހު އެކިދިމަދިމާލަށް ބަލާލުމުން އެލޮލުގައި އަޅައިގަތީ އެކޮޓަރި ބެލްކަނީއަށް ދެވޭގޮތަށް އިން ހޮޅިއެކެވެ. މިކްޔަން އިތުރު ވިސްނުމަކަށް ނުގޮސް އަރަން ފެށިއެވެ.
ދާހިއްލާފޯވެފައި ހުރިހާލު މިކްޔަން އަރަމުން ދިޔައެވެ. މިޒަމާނުގައި އަމިއްލަ އަނބިމީހާ ކައިރިއަށްވެސް ވަންނަން ޖެހެނީ މިހެންހެއްޔެވެ. މިކްޔަންއަށް އެއްމިޔަކަނުން ހީލެވުނެވެ. މިކްޔަންއަށް ފުންނޭވާއެއް ދޫކޮށްލެވުނީ ބެލްކަނީއަށް ފޭބުމުންނެވެ. ދެން މިކްޔަން ވިސްނީ ބެލްކަނީއަށް ވަންނަދޮރު ހުޅުވާނެ ގޮތަކާމެދުއެވެ.
މިކްޔަންއަށް އެތާ މޭޒުމަތީ އޮތް ބޮލުގައި ޖަހާކަހަލަ ދައްޗެއް ފެނުމުން ހިނިތުންވެލާފައި އެނަގައި ތަޅަށް ކޮއްޕާލާފައި ބާރުލާފައި ހުޅުވާލަން އުޅުނެވެ. ނަމަވެސް މިކްޔަން އަކަށް ނުވިއެވެ. މިކްޔަން އަނެއްކާވެސް ބާރުލާފައި އަނބުރާލިއެވެ. މިފަހަރުވެސް ނުވިއެވެ. އެގޮތަށް ހަތަރު ފަސްބުރު ހެދުމުންވެސް ނުވުމުން މިކްޔަން ގާތަށްއައި ރުޅިގައި ތަޅުގައި ހިފާލިއެވެ. އެއާއެކު ދޮރު ވަރަށް ފަސޭހައިން ހުޅުވިގެން ދިޔައެވެ. މި މިހިރީ ހުޅުވައިފައި ހެއްޔެވެ. މިކްޔަންގެ ދެބުމަ ގޮށްޖެހުނެވެ. ޔާނާ ނިދަނީ މިދޮރު ހުޅުވައިގެން ހެއްޔެވެ. މިކްޔަން ފުންނޭވާއެއްލިއެވެ.
މިކްޔަން މަޑުމަޑުން ކޮޓަރިއަށް ބޯދިއްކޮށްލިއެވެ. އެއާއެކު އޭނާއަށް ފުރަތަމަވެސް ފެނިގެން ދިޔައީ މައުސޫމް ގޮތަކަށް ނިދާލާފައި އޮތް ޔާނާއެވެ. މިކްޔަންއަށް ބަޔާންކުރަންދަތި ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ދެން މިކްޔަންއަށް ފެނުނީ ޔާނާ ކައިރި ނިދާލާފައި އޮތް އޭނާގެ ދަރިފުޅެވެ.
މިކްޔަންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. މިކްޔަންއަށް ކެތްނުވުމުން އެނދުކައިރިއަށް ގޮސް މަޑުމަޑުން ނިދިފައި އޮތް ޔުއާން ނަގާލިއެވެ. މިކްޔަން އެ ކުޑަމޫނަށް ބަލަން ހުރުމަށްފަހު އެމޫނަށް ބޮސްދޭންފެށީ ކެތްނުވުމުންނެވެ. މީ އޭނާގެ އަމިއްލަ ދަރިފުޅެވެ. އަހަންނަށް އަދި މިފެނުނީ ފުރަތަމަ ފަހަރަށެވެ. ކެތްވާނެހެއްޔެވެ.
މިކްޔަންގެ ދެލޯބޮޑުވީ ޔުއާން ކުޑަކޮށް ދެލޯ ހުޅުވާލާފައި ތުން ބަނޑިކޮށްލުމުންނެވެ. ޔަގީނެވެ. އެއުޅެނީ ރޯން ފަށާށެވެ. މިކްޔަން އަވަސް އަވަހަށް ޔުއާން އޮތްތާ ބާއްވާލާފައި ގޮސް ކަބަޑު ކައިިރި ޔާނާއަށް ނުފެންނާނެ ހެން ނިވާވެލިއެވެ.
މިކްޔަން ހީކުރި ފަދައިން ޔުއާން ފެށީ ރޯށެވެ. އެއާއެކު މިކްޔަން ބަލާލީ ނިދިފައި އޮތް ޔާނާގެ ހަރަކާތްތަކަށެވެ.
ޔާނާ އޮތް ގޮތަށް އޮވެ ޔުއާންގެ ބަނޑުމަތީ އަތްބާއްވައިގެން އޫނ އޫނ ކިޔަން ފެށުމުން މިކްޔަން އަށް ހިނިތުންވެވުނެވެ. އެވަރުންވެސް ޔުއާން ހުއްޓާނުލުމުން ޔާނާ ލޯހުޅުވާލުމަށްފަހު އޭނާ ލައިގެން އޮތް އަތްކުރު ޓީޝާޓް މަތިކޮށްލުމަށްފަހު ޔުއާންއާއި ކައިރިވެލިއެވެ. އެއާއެކު ޔުއާންގެ ރުއިން ހުއްޓުނެވެ. މިކްޔަންގެ މޫނުމަތީ ވީ ފަނޑުހިނިތުންވުމެކެވެ.
އިރުކޮޅެއްފަހުން ޔާނާ ނިދީކަން ޔަގީން ވުމުން މިކްޔަން އަނެއްކާވެސް އެނދު ކައިރިއަށް ދިޔައެވެ. އޭރު ޔުއާން އަށް އޮތީ ނިދިފައެވެ. މިކްޔަން ގުދުވެލާފައި ޔުއާންގެ ނިއްކުރިއަށް ބޮސްދިނުމަށްފަހު ޔާނާ ހިއްލާފައި އޮތް ޓީޝާޓް ތިރިއަށް ދަމާލާ ރީތިކޮށްލިއެވެ.
އެއަށްފަހު މިކްޔަން އުޅުނީ ޔާނާގެ ވެސް ނިއްކުރިއަށް ބޮސްދޭށެވެ. ނަަމަވެސް ހިޔާލު ބަދަލުވީ އެލޯބި ތުންފަތް ފެނުމުންނެވެ. މިކްޔަން އެތުންފަތުގައި ލޯބިކޮށްލިއެވެ. ޔާނާ ތެޅިގަތުމުން މިކްޔަން އަވަސް އަވަހަށް ތެދުވެ ބާރު ނަމަވެސް މަޑު ހިނގުމެއްގައި ކަބަޑް ކައިރިއަށް ދިޔުމަށް ހިނގައިގަތެވެ.
“ޔަން” މިކްޔަން ހުއްޓުން އެރީ ޔާނާ ގޮވާލިއަޑު އިވުމުންނެވެ.
=ނުނިމޭ=
ހޭއި. ޔުއާން އަށް ނުވަމަސް އިނގޭ. ނޮޓް ސިކްސް މަންތްސް.. ލަވްސް ❤
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
109 Comments!
Comments are closed.





Yay me first
Yayy… yess ?
Yey. Me first… varah nala.. next kon irakun??
Heii awa.. you second eyy.. thankyou ? type kohlevunuhaa avahakah.. ?
Las vejje dwww.. sorryy igeyy… check vx nukoh mi upkohlyy.. mistakes huredhaane?
Yuaan ah nisbai koh theena keema vhadi ingey.. kuree part ga in theena ey kiyaafa.. plus evves mamma aku dhariaku gaathu bappa ge namun kiyaigen vahaka nudhakkaane..
Dear, hurelaafa theena ekey eh nooney ekee.. just majalah.. aslu ehen nukiyaane.. ekm vx dhaitha ah kamu nudhiyaeema theena dhn use eh nukuraanan igeyy ? dhn mikyan eyy yuaan kurimathy bunun dww.. storyga yaanaa mikyan dheke mihaaru rulhi aadheyy so ehenve ram ehen liyelyy.. ekm visnaanan igeyy.. thankyou dear ?❤
Alheyyyy… ??
Kn irakun next part…
Maadhan hendhunu plxxxxx…..
Mirey part ehaa dhigehves noon.. ?
Alhe maadhen hendhunu up kohla dhehchey plxxxx??
Aww thuhthi, type kohlevunuhaa avahakah upkohlaanan igeyy ??❤
Varah reethi eakam maa kureee plx plx plx plx maadhen miah vure dhigu Koh up kohdheh chei
I will try igeyy dear ? thankyou ?❤
Varah reethi
Thankyou hairaan ?❤
Masha Allah vvvvv salhi
Thankyou so nuch aiham ??❤
My luvng ramuu.. Mibaives v rythi.. Dhen vaani kihinehbaa mihithah arany.. Ramuu ge khonme story ehves hama v rythi.. U r the best.. Hama thaureef ge gothun bunaane ehcheh ves neynge.. Ibaaraah kurunves v furihama.. Luv u ramuu
Heii dhonthii ?? thankyou so muchhh…?❤ varah loabiveyy dhonthi dheke ???
Wow.. V v v v v v v v v rythi ingey
Thankyou lim ??❤
Varah varah varah reethi mi vaahaka ah haadha inthizaaru kureveyeyn ……. ❤❤❤❤❤❤❤……..kn irakuntha next part up kuraany
Thankyou maii ❤ type kohlevunuhaa avahakah ?
Awwwn? vara dherave mihaaru vaagothun bt story always nice?mi part ves vvv reeeeeethi…ram ur the best ☺ ram vvv molhu story liyan vara gud idea hurey ram ge love it?waiting waiting next part ah..loves??
Awwn thankyou so much nish.. loves more ?❤
Ramuuu! ❤️ Story aa dheytherey bunaane ehcheh nei.. ehaaaa ves reethi ?❤️ Mihaaru abadhu hureveny mi story up veythoa bala balaa dhen vaane goi neyngeythy ? Keep up the good work dear.. ? Varah loves ??
Awwn rooo.. thankyou so so so much ? loves more darl ?❤
Adi ves kiyaa hiy vani
Alhey lai.. thankyou ❤
Haadha kurey… reethi varah ?avahah up kurahchy plxx☺mi part ah varah inthizaatu kurin ??with love❤❤❤
Heii yaanaa.. thankyou and keep waiting igeyy ?? loves ?❤
Ram hama adhives adhi nukiyan mihaareethi vaahaka eh
*asluves .Varah reethi
Awwn thankyou hairaan ??❤
Marsha Allah v salhi❤? haadha kurukoh thi liyanee.ekamakuves vv reethi☺☺☺☺??
Thankyou dear ?❤❤❤
Woooowww… V reethi…. Haaadha kurey mipart.. Alhey yaanaa n mijyan massala avavah hallu vaaanama dhw… Plx plx a dhemeehun gulhuvab.. N laaraa n xaain vx.. Plx plx plx….. .
Awww saadhin.. lets see dww vaagotheh ? thankyou soo much ??❤
Alhey… Haadha dhigu inthizaarakah fahu ey…….. Hope kuran dhen in prt… Avas koh laanekamah… Anyway vaahaka VVVvvvvv loabi….
Type kohlevunuhaa avahakah upkohlaanan igeyy.. thankyou dear ??❤
v reethi vaahaka?
Thankyou love ??❤
Ram mi story ge next part maadham duvaalu tha noony rey gandutha up curaany !!!
WOW V REETHI ???
WAITING FOR NEXT…….
Neyge dear.. ram ah type kohlevunuhaa avahakah kohladheynan.. thankyou so much ??❤
Alhey rammm dhn kihinehbaa vaanee..??? Ehaa kiyaa hithun indha enimuny..ehn baithah gothah mibaibves hama varaah reethi..ram ge ideas varah salhi..enmen knmeves hisaabakun gulhifa dhw abadhu innany..ethankolhu varah salhi ?
I just love this story ?❤️?❤️?❤️
Lets see ? awwn thankyou so much aegi gom ??❤
Wooooowww ??????
Thankyou dear ????
Hey ram gud morning.
Masha allah stry vvvvv salhi…KEEP IT Up….
Waiting 4 next part..
Plx plx upload sooon dear.
Have a nice day ram.??????????????????????????????
Good morning ❤ thankyou friend, have a nice day ??
?Wow wow wow wow wow wow wow wow wow wow wow wow wow. Plx up the nxt part sooooon. Can’t wait to read it ❤?????
Ly Ramko ☺❤❤❤
Thankyou so much sjk ? LY too ?❤
Waiting for next part❤❤
Thankyou nuha ?
Ram vaahaka miss vany
Hehe hairaan ?
This is an awesome story ❤️ loved to ready each and every episode.. Haaaasaeu dhigu nukoh abadhu vs avas avahah kanthah thah halluvaathy varah salhii.. Loved it Ram ❤️ looking forward for the next part..Eargerly waiting waiting hama.. heylaa gothah vs balaalevey upload vefatho.. heheh varah vaahaka kiyaahiyyvvey.. And Ram, Hope ur doing well ❤️❤️Much love❤️❤️
Awwnn.. thankyou so so so much fan.. lovesss ???❤
wow
Thankyou ??
Story hama habeys
Thankyou sithu ?
vvvv reethi story eh
Thankyou shaabee ??
ram plx yaanaa and mikoo avahah gulhuvabala…yaanaa ah angadheebala aabidhaage dharifulhu ziyaaan ulheny nashvaa aa indhegenkan…dhen next part ga yaanaa aa mikiyan ge loabikuraa bai genesdheebala…waiting next part Ram your the best writter in esfiya now…
Awwn nahuu.. v v ufaavejje.. vaagotheh balamaa dww.. thankyou so so so much ???❤
?❤
❤❤❤
Wow….v nice?ram pls thankolheh avahah up koh dhehchey miadhu??..varah loabi vey???
Thankyou ..yess ? luvs more ?❤
Ram ge mi story varah nice… nuves nidey vaahakiyaahithun plx avahah up kohdyba
Awwn.. thankyou so much ? avas kohleveythw balaanan igey ?❤
???obiness to the Mac x
yaana ah nidhifa ove kanneygge yan ey bunevuny
huvafenun.,,
Heheh.. lets see dww ? thankyou unaal ??❤
Ram then konirakun up kuraneestory ge inthixaaru gai mihuree.love you Ram???best wishes for you!
Type kohlevunuhaa avahakah igeyy.. thankyou unoo.. loves more ???❤
Plx. Avahah up koh dhyba. Waiting.
Aww.. avas kohleveythww balaanan igey dear ?
V loabi mi baiwes
Thankyou baboo ??❤
???wow,,,,,nice,,,,mi vaahaka kiyaahithun nidhanian vase noon plssss….ram ,,,avaham up konla dhyba,,,,asluvase ram aky mi site best writer…..
Alheyy thankyou so much hashaa ??❤
Best story in this site now ?
Waiting for da nxt part plx avahah up kohlahchey ??
Awwn.. Thankyou so much amu ? yes..?❤
Varah reethi? cannot wait for next part? avahah upkohlladhee??
Thankyou dear.. ????
Kba vaahaka
I will upload tonight ?
Hurimey inthixaarugaa aaa. ..
Heii navyaa ??hehe ?
Ram mirey thankolheh avahah update kohlladheeba please❤
Haaadha LAhey … Avahah up kohlladheebabaaa…
Ramoooooooooo…alhey kobaa stry….vvvvvvv kiyaahithun mi othee….ehn ehves kameh vea kuraa hihnuvefa….dhn up kohla dheebaa plxxxxxxxxxx
ramko… still waiting.. nxt part kiyaahithun ?????
please up kohdheeba waiting waiting waiting
Wait next part plx 10 45 ge kuring
Haadha lahey…next part kiyaa hithun keh madhuvefa mihuree..ram avahah upkohlladheebaa??
Kobatha hada lahy
Ram plx avas Koh dheeba
Ram avas kohlaa dheeba????????????????????????
Alheyyy ram can’t wait to read nxt part plx plx plx plx avas kohdheeba??
Ram haadha lahy
ram kobaa aneh part please avas kohdheeba can wait to read
mihaaru inthizaaru koh halaaku vaavaru vehje ???
Inthixaaru ge guiter kulhe kulhe gos mihar naruburi vejje ?
Same
Haadha lahey??
Ram ….vaahaka kiyaahithun nunidhifa.pls avas kohlaadhy
aee meehun aadhys kuraavaru balanee … dhen mihaaru genes dheyhaairu vehjenu .. 12 vanee viyyaa ?
Aadheys kuraavaru balaalan beynumiyyaa up ehvx nukohlaane dww anonymous.. type kohlevunyma upkuran ram.. midhuvas kolhu bxy veema lasvanyy.. writer ehge side in visnaalaafa buneba.. i m sorryy.. thankyou anonymous.. vedhaane kiyaalaa hiyvefa huryma knvx thihen bunevunyy.. but dont say that ram beynun vany aadheys kuruvaasheyy.. thats not true.. thankyou ❤
Thankyou @shaya, @sadhin, @lam, @sjk, @noora, @naura, @ahmed, @yal, @kylie, @aki, @yaina, @….., @saee and @hairaan ??????❤?❤❤❤