Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ނުވަވަނަބައި)

Awa Level 4100 Comments10 Stories100 Login
November 20, 2017 6 Mins Read
61 Comments

” ކޮބާ ގެޔަށް ދޯ ދެން ތިދަނީ. އަހަރުމެން ދާނީ އަތިރިން އެމީހުން ނަގައިގެން” ކާރުދޮށުގައި ހުއްޓިލި ޒާމިން ފެނުމުން ރެހާން ބުނެލިއެވެ.
“އާ އަހަރެން ދަނީއޭ. އަދި ހޫދު ގެޔަށް ލައިފައި ހަމަޖެހިލެވޭނީވެސް. ” ޒާމިން ސައިކަލު ދުއްވާލަމުން ރެހާންމެނަށް ހަނާ އަޅާލިއެވެ.
ކާރު ޖެޓީ ކައިރިއަށް މަޑުކޮއްލިއިރު ލޯންޗު ލަފަނީއެވެ. އަތިރިމަތީގައި މީހުން އުޅުނެއްކަމަކު އެލޯންޗް ލަފާތަނަށް ރެހާންމެން ނޫންބަޔަކު ނާދެއެވެ. ރާއިން ކާރުން ފެއިބިގޮތަށް ދުއްވައިގަތީ ލޯންޗް ދޮށަށެވެ. ރެހާން ސިފަކޮއްދީފައިވާލެއް މޮޅުކަމުން ރާއިންހުރީ އާސިމާ ބަލާލުމަށް ވަރަށް ޝައުގުވެރިވެފައެވެ. އެމީހަ ކައިރިޔަށް ފުރަތަމަ ދުވަހުވެސް ރުޅިއަރުވާލެވިއްޖެނަމަ ރާއިން އެވީ މޮޅުމީހަކަށެވެ. ރާއިން ލޯންޗަށް އަރަންނެގި ފިޔަވަޅު ހުއްޓުނީ ބޭރަށް ނުކުތް އަންހެންކުއްޖާ ފެނިފައެވެ. ކަޅުކަންގަދަ އިސްތަށިގަނޑު ވަނީ މިނިވަންކަމާއެކު ދޫކޮއްލާފައެވެ. ބޯމަތީގަ އިސްތަށިތަށް ހިފާއްޓާލުމަށް ބޭންޑެއް އަޅާފައިވީނަމަވެސް އަދިވެސް ބައެއް އިސްތަށިތަށިތަކުގެ ސަބަބުން އުނދަގޫވާތީ އުޅެއެވެ. ބޯއެސްފިޔަތަކުގެ ހިޔަނި ލޮލަށް އެޅިފައިވުން ކަޅުކަން ގަދަކޮއްދޭހެންވެސް ބައެއްފަހަރު ހީވެއެވެ. ލުއި މޭކަޕާއި ހެދުން އެޅުމުގަ ހުރި ސާދާގޮތުން އެއީ މިޒަމާނުގެ ފެޝަނަށް މާާބޮޑު ފަރުވާލެއް ނުބަހައްޓާ ކުއްޖެއްކަން އެނގެޔެވެ. ހީލުމުން ފެނިގެން ދިޔައީ ތަރުތީބުކޮށް ފަޅާފައިވާ ހުދުހުދު ދަތްތަކެވެ. ރާއިން ހީވަނީ އަލަށް އެއްޗެއްފެނުނުހެންނެވެ.
” ދޮންބޭ” އެކުއްޖާ ދުވަމުން ގޮސް ރެހާންގައިގައި ބައްދައިލަންދެން ރާއިން ބަލަހައްޓައިގެން ހުއްޓެވެ. ރެހާންއާ ރީނާޒްގެ ބައްޕަޔަކީ އެކެކެވެ.
ރާއިން ދެން ބަލަމުން ދިޔައީ ލޯންޗުން ރެހާންގެ ދޮންމަންމަ ފައިބާތޯއެވެ. ރެހާންވެސް އޭރު ރީނާޒް ގަޔާ ކައިރިކޮއްލައިގެން އޭނަގާތުގައި މަޑުކޮއްލިއެވެ. ދެންވެސް ބޭރަށް ނުކުތީ ރެހާންމެންވަރުގެ ޒުވާން އަންހެން ކުއްޖެކެވެ. ނިކަން ގަދަޔަށް މޭކަޕް ކޮއްލާފައި ހުރުމުން އަސްލުސިފަ ހުރީ ގެއްލިފައެވެ. ބުރުގާ އެޅުމެކޭ ނޭޅުމެކެ އެއްވެސް ތަފާތެއް ނުހުންނާނެއެވެ. ހަށިގަނޑުގެ ވަނާތައް އެގޭފަދަ ބާރު ޖިންސަކާއި ކަޅުކުލައިގެ ކުރުކުރު ޓޮޕް ކޮޅެއް ލައިފައި ވާއިރު ޝޯލް އަޅާފައިވާ ގޮތުން ހީވަނީ މީހަކަށް ދައްކަން ޝޯލް އަޅާފައި ހުރިހެންނެވެ.
“ވާއު. އެއީތަ ނާޒްގެ މަންމަޔަކީ.” ރާއިން ހުރީ އޮޅިފައެވެ. އާސިމާއަކީ ދެބައި އުމުރުގެ މީހެއްކަމަށް ހީކޮއްގެން ހުއްޓާ އެނުކުތީ ނޫކަށިފުރައިގެ ޒުވާން އަންހެންކުއްޖެކެވެ.
“ކާކުބުނެގެން އޭނަ އައީ؟ ” ރެހާންގެ އަޑުންވެސް ނުރުހުންވުމުގެ އަސަރު ފާޅުވެގެން ދިޔައެވެ. ރެހާންގެ މޫނުމަތިވެސް ހިވީ ފީރޯޒް އުޑުމަތީގައިވާ ސާފު އިރުގެ މައްޗަށް ވިލާކޮޅެއްއަރާ ފޮރުވާލިހެނެވެ. ރެހާންގެ މޫނިމަތިން ފެނިގެންދިޔަ ކުލަވަރުން މިއީ އަދި އާސިމާ ނޫންކަން ރާއިންއަށް ދެނެގަނެވުނެވެ.
“މަންމަ.” އެއަންހެން ކުއްޖާގެ ފަހަތުންކަހަލަ ގޮތަކަށް ނުކުތް މީހާފެނި ރީނާޒް ބުނެލިއެވެ. ދެވަނަ ސިކުންތުގައި އެއީ އެމީހުންގެ މަންމަކަން ރާއިންއަށްވެސް ދެނެގަނެވުނެވެ. ވީގޮތް ނޭގިފައި ހުރި ރާއިން ރެހާންއާއެކުގަ ދަބަސްތަށް ޑިކީއަށް އެރުވުމަށް އަވަސްވެގަތީ އެއަންހެން ކުއްޖާ ފެނި ރެހާންގެ މޫޑު ގޯސްވިކަން އެނގުމުންނެވެ. އަންހެންވެރިން ކާރަށްއެރި އިރުވެސް ރެހާން އަނގައިން ބަހެއްވެސް ބުނެނުލައެވެ.
“ރާއިން ދޭބަލަ. އެމީހުން ގެޔަށްލާން ކާރުގަ. އެތެރަށް ފޮށިތަށް ވައްދާލައްޗޭ” ރާއިންއަތަށް ތަޅުދަނޑި ދެމުން ރެހާން ނިންމީ ހިނގައިފައި ދާށެވެ. އެކާރުގަ ދިޔުމަށްވުރެ އެގޮތްވެސް މާ ރަނގަޅެވެ. ރާއިންވެސް އިތުރަށް ވީގޮތް އޮޅުން ފިލުވަން މަސައްކަތް ނުކުރި ރެހާންގެ ފަރާތުން މިގަޑީގައި އެދެވޭ ޖަވާބެއް ނުލިބޭނެކަން އެނގެތީއެވެ.
ކާރު ގޭ ދޮރުމައްޗަށް މަޑުކޮއްލީރުވެސް އެކަކުވެސް އަނގައިން ނުބުނެއެވެ. ރީނާޒްވެސް ފަރިކޮށް ހިނިތުމްވެލަމުން ކާރުން ފެއިބިއެވެ. ރެހާން އެދުނު ފަދައިން ފޮށިތަށް އެތެރަށް ލައިދިނުމަށްފަހު ބޭރުގަ މަޑުކޮއްލީ ރެހާން އަންނަންދެނެވެ. މާގިނައިރުތަކެއްނުވެ ރެހާން އައިއިރު އެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއްނުވެއެވެ.
“ރާއިންގެ ކިބައިން ވަރަށް ބޮޑުކަމަކު އެދެން ވެއްޖެ.” ރާއިން ބޯޖަހާލުމުން ރެހާން އަނެއްކާވެސް ކުރިޔަށް ގެންދިޔައެވެ.
“މިމީހުން ފުރަންދެން އަހަރެންނަށް ތިގޭގަ ހުރެވީދާނެތަ. އިތުރަށް މީހުންއައިމަ ގޭތެރެ ތަންކޮޅެއްދަތިވާނެތީވެ. އެކޮޅުން ގެސްޓް ހައުސްއެއްގަ ހުރުމަށްވުރެ ރަނގަޅުވާނީ އެގޮތްކަންނޭގެ ނާޒް ރަށުގަ ހުންނައިރު” ރެހާންހުރީ އެތެރެއަށް ވަންނަންވެސް ފޫހިވެފައެވެ. ނަމަވެސް ރީނާޒްއައުމުން އެކަމާވެސް ވިސްނަން ޖެހެއެވެ.
“އޮފްކޯރސް ބުރޯ. ތިވީ މާރަނގަޅަކަންނު. އަހަރެންވެސް މިހުންނަނީ މަންމަމެން ދިޔައިމަ ފޫހިވެފަ. މިރޭގަ ދޯ ޗޭންޖްވާނީ” . ރާއިންއަށް އެއީ އަސްލު ސަބަބު ނޫންކަން އެގުނުނަމަވެސް ފަހުން ހަމަ ޖެހިލާފައި ވީގޮތް އޮޅުން ފިލުވަން މަޑުކޮއްލިއެވެ. ރެހާން އެބައަންމޭ ކިޔާފައި އެތެރެއަށް ވަނެވެ.
“އަހަރެން އުޅޭނީ މިތާ ކުރިމަތީގަ މިއިން ގޭގަ. ނާޒް ކަމެއް ބޭނުންވިޔަސް ދޮންބެޔަށް ގުޅާލަ އިނގޭ” ދަބަހަކަށް ސާމާނުތަށް އަޅައިގެން ނުކުތް ރެހާން ސިޓިން ރޫމް ސޮފާގައިން ނާޒް ފެނުމުން މަޑުޖެހިލިއެވެ. އެތާގައި އާސިމާއާއެކުގައި އެއަންހެެން ކުއްޖާ އިނެއްކަމަކު އެތާ ބަޔަކު ތިބިހެން ވެސް ރެހާންއަށް ހިޔެއް ނުވިޔެވެ. ރެހާންގެ ނިންމުމާ ދެކޮޅަށް ރީޏާޒްވެސް ބަހެއް ނުބުނީ އެއީ އެންމެ ރަނގަޅުގޮތްކަމުގައި ދެކޭތީއެވެ.

ޒާމިން އެތެރެޔަށް ވަދެގެން އައިއިރު އެއްވެސް ތަނެއް ނުދިއްލާހުރުމުން ހައިރާން ވިއެވެ. މިގެޔަކީ އަބަދުވެސް އެއްކޮށް ދިއްލާ އަޅާފަ އޮންނަ ގެޔަކަށް ވާތީއެވެ. މަޑު ފިޔަވަޅުތަކެއްގައި އެތެރަށް ވަންނަމުން ދިޔަ ޒާމިން ހުއްޓުނީ އައިޝާގެ ގިސްލުމުގެ އަޑު އިވުމުންނެވެ. އެއީ މީގެކުރިންވެސް ޒާމިން އަހާފައިވާ އަޑެކެވެ. އެެކަމަކު މިއަދު އިވެމުން އެދަނީ މީގެ ހައެއްކަ އަހަރު ކުރިން ޒާމިންއަށް އިވުނު ގިސްލުމުގެ އަޑެވެ. އާއެކެވެ. އައިޝާ އެގޮތަށްގިސްލާފައި އެންމެފަހުން ރުއީ ހޫދު ވިހެއި ދުވަހުގަ އެކަންޏެވެ. ސިޓިންރޫމާ ދިމާއަށް ހިންގައިގަތީ އަޑު އަންނަނީ އެދިމާއިން ކަމުގައިވާތީއެވެ. އެތަންވެސް ވީ އަނދިރިކޮށެވެ. ހުޅުވާލާފައިވާ ލެޕްޓޮޕްގެ އަލި ފިޔަވާ އެހެން އެއްވެސް އަލިކަމެއް ނުވެއެވެ. އައިޝާ އިޝީނދެގެން އިންގޮތުން ލެޕްޓޮޕްއިން އަޅުވާފައި ހުރި އެއްޗެއް ޒާމިންއަށް މާ ރަނގަޅަށް ފެންނަގޮތެއް ނުވިއެވެ. އެކަމަކު އައިޝާގެ ތެމިފައިވާ ކޯތާފަތް ވަރަށް ރަނގަޅަށް ފެންނަށް ހުއްޓެވެ. ޓައިލްސްމަތީގައި އިށީނދެގެން ސޯފާގައި ބުރަކަކަށި ޖައްސާލައިގެން އިންއިރު ލެޕްޓޮޕްގެ ފިތަކަށް ފިތަމުން ދިޔައެވެ. އައިޝާ ބަލަމުންދާ އެއްޗަކުން އޭނާޔަށް ވަރަށް އަސަރުކުރުވައިފިކަން ޒާމިންއަށް އިނގުނެވެ.
“އާޝީ. ކިހިނެއްވެފަ ތި އިންނަނީ. ކަނު އަނދިރީގަ. ރޮނީ ކީއްވެ؟” ޒާމިންގެ އަޑަށް ސިއްސައިގެނދިޔަ އައިޝާ ގެނައި ކުއްލި ހަރަކާތަކާ އެކު ލެޕްޓޮޕް ލަޕާލީ ޒާމިންއަށް ބަލަމުންދާ ފޮޓޯތަށް ނުދެއްކުމަށެވެ. ކަމެއް ނުވެޔޭ ބުނާ ފަދަގޮތަކަށް އައިޝާ ބޯހޫރުވާލިނަމަވެސް ޒާމިން ބަލަން ހުރިގޮތް ފެނި އައިޝާ އިސްދަށަށް ޖަހާލިއެވެ. ޒާމިން އައިސް އައިޝާގެ ކޮނޑުގައި އަތް ވަށާލާ ގަޔާ ކައިރިކޮއްލުމުން އައިޝާއަށް އަޑުންއަޑުނަގާ ރޯން ފެށުނެވެ. ދެރަވެފަހުންނަ ގަޑިއެއްގައި މީހެއްގެ ހަމްދަރުދީ ލިބުމުން އިތުރަށް ރޮވުނީއެވެ.
” އާޝީ. ވީގޮތެއް ބުނެބަލަ. ތިހެން ހިތުތެރޭގަ ފޮރުވައިގެން އުޅެންޔާ މީހާގެ ސިކުނޑިއަށް ކުރާނެ އަސަރު އަހަރެންނަށްވުރެ ބޮޑަށް އެނގޭނީ އާޝިއަށް. ރެއިން އެއްޗެކޭ ބުނީތަ؟ ނޫނީ އޭނަމަތިން މާބޮޑަށް ހަނދާންވަނީތަ. އާޝި އޭނަޔަށް ގުޅަންވީނު. ނޫނީ އަހަރެން ކައިރީގަ ބުނޭ އޭނަ ވީތަނެއް. ކޮންމެތާކު ހުއްޓަސް އަހަރެންގެ ލަވްލީ ސިސްއަށްޓަކާ ގެނެސްދޭނަން އިންޝާﷲ.”އައިޝާ އެހާ ވަރަށް ރޯތަން ބަލާކަށް ޒާމިންއެއް ނޭދެއެވެ. އައިޝާގެ ހުރިހާ އުފަލަކާ ހިތާމަތަކާ ގުޅިފައިވާ މީހަކީ ރެއިން ކަމުން ޒާމިން ބޭނުންވަނީ އޭނަ ހުރިތަނަކުން ހޯދައިގެން ގެންނާށެވެ.
” އަހަރެން ބޭނުމެއްނޫން އޭނަ ހޯދާކަށް. އޭނަ ކައިރިޔަށް އަނބުރައި ދާކަށްވެސް” ގިސްލުމުގެ ތެރެއިން އައިޝާ މަޑުމަޑުން ބުންޏެވެ. އައިޝާއަށް ވަނީ ވަރަށް ފުން އަސަރުތަކެއް ކޮއްފައެެވެ.
” އާޝި ނުބުނަންޏާ އަހަރެން ލެޕްޓޮޕް ހުޅުވައިގެން ބަލަނީ. އަހަންނަށް ޔަގީން ދެންމެ ތި ބަލަންއިން އެއްޗަކާާ ރެއިންއާ ގުޅުމެއް ވާކަން. އެޓްލީސްޓް ފޮޓޮއެއް ފެނުނަސް ހޯދޭނެ ކޮންމެސް ގޮތެއް އޮންނާނެއެއްނު.” ޒާމިން އުޅުނީ ލެޕްޓޮޕުން ބަލާށެވެ. އެގޮތަށް ކަންތައް ކޮއްފިނަމަ ފަހަރެއްގައި އައިޝާ ވާހަކަތައް ކިޔާދީފާނެއެވެ.
“ނުން. އޭނަގެ ފޮޓޮއެއް ޒާމިންއަށް ފެންނާކަށް ބޭނުމެއްނޫން. ޕްލީޒް” ޒާމިން ލެޕްޓޮޕް ހުޅުވާލުމަށް ނެގި އަތުގައި އައިޝާ ހިފިއެވެ.
“ތިހެންވީއިރު އަހަންނަށް ވީގޮތް ކިޔާދީ. އާޝި ބޭނުމެއްނުވޭ ރެއިންއާ ގުޅޭކަށްވެސް. އެކަމަކު އެހެން ދިރިއުޅުމެއް ފަށާކަށްވެސް. އާޝި ބޭނުން ވަގުތަކުން ކިޔާދޭށޭ ކުރިން ބުނިނަމަވެސް މިހާރު އަހަރެންނަށް ހީވަނީ އެއީ ރަނގަޅުގޮތެއް ނޫންހެން. އަބަދު ތިހެން ރޯންވެއްޖެޔާ ތިކަމުގެ އަސަރު ހޫދުއަށްވެސް ކުރާނެ. އެގޮތްވާން ބޭނުންތަ؟” ޒާމިން އައިޝާއަށް ވިސްނައިދެވޭތޯބެލިއެވެ. ކޮންމެގޮތެއް ވިޔަސް އައިޝާގެ މާޒީގެ އެއްވެސް ނެދެވޭ އަސަރެއް ހޫދުއަށް ކުރާކަށް އެނާ ބޭނުމެއް ނުވާނެއެވެ. އެހެންކަމުން ޒާމިންްއަށް ކޮންމެވެސް ވަރަކަށް ކިޔާދެން އައިޝާ ނިންމިއެެވެ.
“ޒާމިންއަށް އެނގޭތަ. އޭނަ އަހަރެންގެ ހަޔާތުން ވަކިވި ދުވަސް އެއީ އަހަރެންގެ ހަޔާތަށް އައި އެންމެ އަނދިރި ދުވަސް. ގެއިން ނުކުމެގެން އިރުކޮޅެއް ނުވަނިސް އަހަން ލިބުނު ހަބަރަކީ ބައްޕަ ދަތުރުކުރި ބޯޓު ކަނޑުވެ އެންމެން ނިޔާވިވާހަކަ. އެދުވަހު ބައްޕަގެ ކަށުކަމާކެމީގެ ކަންތަށް ނިންމާފަ އަހަރެން ބެލީ ވީއެންމެ އަވަހަކަށް މި ފަސްގަނޑު ދޫކޮށް ފުރޭތޯ. އަހަރެންގެ އަޒުމަކަށްވީ ކުރީގެ ދިރިއުޅުމާ ހިޔަނިވެސް ނޭޅެ ހިސާބެއްގައި އުޅުން. މެލޭޝިޔާއަށް ފުރަން އުޅެނިކޮށް ބަނޑުބޮޑުކަން އެނގުނީ. އެދުވަހުގަ ބޭނުންވި ބަނޑުގަވާ ދަރިފުޅައްޓަކާވެސް ރެއިން ގާތަށް އަނބުރަދާން. އެކަމަކު އަހަރެން ހީކުރިފަދަ މީހަކަށް އޭނަނުވި. ޕްރެގްވި ހަބަރު ދިނުމުންވެސް އޭނަ އަހަރެންގެ މޫނު ދެކިލަން ނައިތާގައި އަހަރެންގެ ބަނޑުގައި އޭނަގެ ދަރިއެއް ނޯންނަނެ ކަމަށް ބުނި. އެ ދަރިފުޅުގެ ކުށަކީ ކޮބާތަ އެހެން ހަދަން…..އެފަހަރުގަ މެލޭއަށް ދިޔަފަހުން ޒާމިންއާ ދިމާވީ. އޭރު ހުރީ ބޮޑު ބަނޑަކާއެކުނު. އެދުވަހު ޒާމިންކަހަލަ އެކުވެރިއެއް ލިބުން އެއީ އަހަރެންނަސް ލެއްވި ރަހުމަތެއް. އެދުވަހުން ފެށިގެން މިއަދާޖެހެންދެންވެސް އަހަރެންނާއި ހޫދު ދެކުނީ ޒާމިންއަކީ އަމިއްލަ އާއިލާގެ ގޮތުގަ. މިންނުކަހަލަ އެކުވެރިޔަކާ މަންމައެއްކަހަލަ ޒަމްދައްތަވެސް ލިބުނީ ޒާމިންގެ ސަބަބުން. ޒާމިން އަހަރެންނާމެދު ހާސްނުވެ. އިރާދަ ކުރެއްވިއްޔާ ދެން މިދެލޮލުން ކަރުނަ އޮހޭތަނެއް ނުފެންނާނެ” ކޯތާފަތުގައިވި ކަރުނަތަށް އައިޝާ ފުހެލީ ގަދައަޒުމާ އެކުގައެވެ.
*****
އާދައިގެމަތިން މިއަދުވެސް ގަޑިޖެހެންވިއިރު ރެހާން ހުރީ ހޮސްޕިޓަލަށް ދާން ތައްޔާރު ވެގެންނެވެ. ގެ ބަދަލުވިޔެއްކަމަކު އޭނަޔަކަށް މާބޮޑު އުނދަގޫތަކެއް ނުވެއެވެ. ރެހާންއަކީ އަބަދުވެސް އެކަހަލަ ބަދަލުތަކަށް ފަސޭހައިން ހޭނޭ މީހަކަށް ވާތީއެވެ. ރެހާން ސޯފާގައި އިށީނދެލައިގެން އިނީ ރާއިންގެ އިންތިޒާރުގައެވެ. ވަށައިގެންވާ ތަންތަނަށް ނަޒަރު ހިންގާލީ މީހަކު އުޅޭކަމުގެ އަސަރެއް ފެންނަން ނެތީމައެެވެ. ބޮޑު ރެކެއްގައި ޓީވީއެއް ހުއްޓަސް އެ ފަޅުފިލުވާލާ އެއްވެސް އެއްޗެއްނެތެވެ. ފޮތޮއެއް ނެތްތާގައި މާވަށިގަނޑެއްގެ ހިސާބުވެސް ނެތެވެ. ރާއިންގެ އާއިލާ މިކޮޅަށް ބަދަލުވި ވާހަކަ ގައިމު ބުންޏެވެ. އެކަމަކު އަދި މުޅިން އެކަން ހަމަ ނުޖެހެނިއްޔޭ ރެހާންގެ ހިތަށް އެރިއެވެ.
” ގަޑި ޖެހިއްޖެތަ” ތެޅެމުން ފޮޅެމުން ރާއިން ނުކުތްއިރު ހީވަނީ ކަށްޓެއް ޖެހިގެން އުޅޭހެނެވެ. އަދި ނުޖެހެޔޭ ބުނަމުން ރެހާންވެސް ހިނގައިގަތީ ގަޑިޖެހުމަށް ކުޑަތަން ވެފައި ވާތީއެވެ.
” ބޮޑު މޮޔަ. ރޭގަ އާދެވުނީ ތަޅުދަނޑި އެގޭގަ ބާއްވާފައޭ.” މަގުމަތީގަ އޮތް ކާރުފެނުމުން އެއްޗެއް ހަނދާން ވާގޮތަށް ރެހާން ބުނެލިއެވެ.
“މިގަޑީގަ ނުވެސް ނެގޭނެއެއްނު. ގެ އަދި އެހުރީ ތަޅުލާފަ ކަންނޭގެ. ނިދާ ނުހޭލަނީ ކަމަށް ވެދާނެ.” ގޭ ދޮރު ނުހުޅުވާ ހުރިތަން ރާއިންއަށް ފެނުނެވެ. ރެހާންވެސް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
“އަހަރެން އަދި މިހުންނަނީ ވަރަށް އުފަލުން ރެހާން މިގެޔަށް ބަދަލުވީމަ. ކާރުގަ ކޮންމެ ދުވަހަކު ދެވޭނެތީ. އަދި ހެދުނު ޒާމިން ގުޅީމަވެސް މޮޅުވާން އެހެން ބުނީމޭ. ޒާމިންއާ އެކު ސައިކަލުގަ ދެވުން ނަމަ ގައިމު މި ބޮނޑިއެއް ނުލިބުނީސް ” ހޮސްޕިޓަލަށް ވަންނަމުން ޒާމިންއާ ދިމާވުމުން ރާއިން ބުނެލިއެވެ.
“މާދަން ކާރު ތަޅުދަނޑި ނަގާފަވެސް އަހަރެން އަންނާނީ އެކަނި. އައްޑޫ ބޮނޑޮޔާ ހުވަދޫ ބޮނޑިޔާ ކާންދޭނަމޭ” ރެހާން ރާއިންގެ އަތުގައި ބޮނޑިއެއް އަޅާލިއެވެ. ތިން އެކުވެރިން އެތެރަށް ވަދެގެން ދިޔައީ ސަމާސާ ކުރަމުންނެވެ.
“ޒާމިން ބުނީ މިއަދުގަ ގައިނީ އަތޮޅުތެރެއަށް ދާވާހަކަ. އިމާޖެންސީ ކޮންސަލްޓަކަށް. އެކަމު އެތިބީ މާބަނޑު މީހުން ދައްކަން އައިސް” ރެހާންއަށް ވެއިޓިން އޭރިއާގައި ތިބި ދެތިން އަންހެނަކު ފެނުނެވެ.
” ބަލަ މިތާގަ މަލްޓި ޓެލެންޓެޑް މީހުން އުޅެޔޭ އަހަރެން ބުނިން ދޯ.” ޒާމިން ބުނެލީ ހަނދާން ކޮށްދޭ ފަދަ ގޮތަކަށެވެ.
“ތެދެއް. އަހަރެން ނޫނަސް ހަމަ މަލްޓި ޓެލެންޓެޑް މީހަކު އުޅިފާނެދޯ.” ރާއިން ހިނިގަނޑެއް ޖަހާލިއެވެ.
“ގައިނީ ރަށު ނެތިއްޔާ އައިޝާ އަބަދުވެސް އޭނަގެ މަސައްކަތާ ހަވާލުވާނެ. އެހެންވެޔޭ އެމީހުން ދައްކަން އައިސް ތިބީ” ޒާމިން ރެހާންއަށް ވީގޮތް އޮޅުން ފިލުވާދިނެވެ. އެކަމު ޑޮކްޓަރުންނާއެކު ފުރަތަމަ ބައްދަލުވުން އޮތް ދުވަހު އައިޝާ ބުނީ ހަމަ އެކަނި އޯރތޯ ކޮންސަލްޓެއް ކަމަށެވެ. އެހެން އެކަނި ބުނީ އަންހެނުންގެ ހާއްސަ ޑޮކްޓަރަކު ހުންނާތިކަމަސް ވެދާނެޔޭ ރެހާން ހިތަށް އެރިޔެވެ. އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތް ކުރިނަމަވެސް ހިތުގެ ކަނަކުން ސިގްނަލްދެނީ އެހެން ކަމަކަށެވެ.
“މީޔޭ މީނަޔަށް އަހަރެން ރޯމިޔޯ ކިޔާކަމަކީ. އެހެން ހުރެދާނެ ކޮންމެސް އަންހެން ކުއްޖެއްގެ ހިޔާލަށް ގެއްލިފަ. އެ ހެޔޮވާނެ ކިތަންމެ ސީރިއަސް ވާހަކައެެއްގަ ތިއްބަސް.” ރާއިން ރެހާންއާ ދިމާކޮއްލިއެވެ. ރެހާން ނޫންކަމު ހަދާފައި މަސައްކަތާވެގެން ކުރިޔަށް ދިޔުމަށް އެދުނެވެ. ރާއިން މޮޅުވާހަކައެއް ފަށައިފިނަމަ ވަގުތުތަކެއް ބޭކާރުވެގެން ދާނެކަން އެނގޭތީއެވެ.
އަވަދިނެތި މަސައްކަތް ކުރަމުން ދިޔައިރު އައިޝާގެ ވިސްނުން ދުނިޔެގަހިނގާ އެއްވެސް ކަމަކާމެދު ނުވާކަހަލައެވެ. ރޭގަ ކަމެއް ވެފަ ހުރި މީހެއްހެންވެސް އައިޝާއަށް ބަލާލި މީހަކަށް ހީނުވާނެއެވެ. ރެހާން އޭނަޔާ ހަވާލުކުރި މަސައްކަތްތައް ނިންމާލެވުނީތީ އައިޝާ ހުރި ވަރަށް ހިތްހަމަ ޖެހިފައެވެ. ދައްކަންއައިސްތިބި ބަލިމީހުން މަދުވުމުން އެމަސައްކަތް ރެހާންއާ ހަވާލުކުރަން އައިޝާ ނިންމިއެވެ. ފަރިތަކާމާއެކު ޒާމިންގެ ކެބިންއާ ދިމާއަށް ހިނގާލާފައި ދިޔައީ ރެސެޕްޝަނަށް ގުޅުމުން ރެހާން އެތާގައިވާކަމަށް ބުނުމުންނެވެ. އަވަސްއަވަހަށް ދޮރު ހުޅުވާލީ ރެހާން ކައިރިން އޭނާޔަށް ކުރިލިބިފައިވާ ކަމުގެ އިހުސާސް ކުރެވެމުންދާތިއެވެ. ކިތަންމެ ބުރަ މަސައްކަތެއް ހަވާލުކުރިނަމަވެސް އައިޝާއެކަން ނިންމާނެކަން ރެހާންއަށް އަންގަން ބޭނުންވާލެއް ބޮޑުކަމުންނެވެ. އެވަގުތަކީ ރެހާންވެސް ކެބިންގެ ދޮރާދިމާއަށް އައިވަގުތުކަމަށް ވުމުން މިފަހަރުވެސް އައިޝާ ލައިގަތި ރެހާންގެ ގައިގައެވެ.
“ސާބަސް ތިދެމީހުންނަށްވެސް. ތިވަރުން ދަންޏާ އެކެއްގެ ދަތްދޮޅި އަނެކެއްގެ ބޯ ފަޅާލާކަށް މާގިނަ ދުވަހެއް ނުވާނެ. ދެން މިއަދު ހަތަރުދަމު އާޝި ހުންނާނި ރުޅިއައިސް ރަތްވެފަ. ރެހާން އޭނަގެ ނިއްކުރިޔަށް ނަޒަރެއް ހިންގާލައްޗެ ތިހެން އުޅޭއިރު. ހުންނާނެ ނިކަން ސާފުކޮށް ފެންނަން” ޒާމިން ހިނިގަނޑު މަތަކުރަމުން ބުނެލީ ކުރިންދުވަހުގެ ހާދިސާ ހަނދާންވުމުންނެވެ. ކުރިން ދުވަހުންގެ ހާދިސާ ތަކުރާރުވުމުން ރުޅިއައިސްފައި ހުރި ރެހާންއަށް ޒާމިން އެހެން ބުނުމުން ހެވުނެވެ.
” ދޮންމަނިކު. ދެން ނާންނާތި މީރު އެއްޗެއް ކާހިތްވީމަ އަހަރެންކައިރިޔަށް” އައިޝާ ޒާމިންއާ ކައިރިވެލާފައި މަޑުމަޑުން އެހެން ބުނެލިއިރު ހުރީ ރުޅި އައިސްފައެވެ.
” މި ފައިލް ހަވާލުކޮއްލަންވެގެން.” ރެހާންއަތަށް އަވަހަށް ފައިލު ދިނުމަށްފަހު އައިޝާ އެތަނުން ނުކުތެވެ. ހިނިގަނޑު މަތަކޮއްގެން ހުރި ރެހާން އެވަގުތު ފަޅައިގެނ ދިޔައެވެ.
“ކޮބާ. އޭނަކައިރިޔަށް ރުޅިއެރުވޭތޯ ބަލާތި. ދެން ނޭނގެ ބާބެކިއު ހަދަން މިރުސްގަނޑެއް ފުނޑާދޭނެކަމެއްވެސް” ރެހާން ޒާމިންއާ ދިމާކޮއްލިއެވެ. ރެހާންެއަށް އައިޝާގެ ޖުމްލަ އަޑުއިވިއްޖެކަން ޒާމިންއަށް އިގުނެވެ
“އާޝިއަށް އެހެން ހުރެވޭނީ އިރުކޮޅަކު. ދެން ފެންނައިރު ހުންނާނީ ހަމަޖެހިފަ” ޒާމިންއަށް އައިޝާގެ ގޮތް އިނގެއެވެ. އައިޝާގެ މިހަރަކާތުން ރެހާންގެ ޝައްކުތަށް އިތުރުވެގެން ދިޔައެވެ. ނަމަވެސް ރެހާންގެ ހިތަށް އަރާފައިބަމުންދާ ކަންކަމަކީ ވުމަށްވުރެ ނުވުން ގާތްކަމެއްކަން ރެހާންއަށް އެގެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Awa

Level 4100 Comments10 Stories100 Login

author of "ehenas hama loibey veveny"

Other Articles

Previous

ބަޑި

Next

ބޮސް ދޭ ހާ ލޯބިވޭ. (ދެ ވަނަ ބައި)

Next
November 20, 2017

ބޮސް ދޭ ހާ ލޯބިވޭ. (ދެ ވަނަ ބައި)

Previews
November 20, 2017

ބަޑި

61 Comments!

  1. Awa says:
    November 20, 2017 at 9:15 pm

    Hey guyss. Salaaam… so here in the 9th part of the story.. Awa eba balan ingey get nuvaa thanthan rangalhu kolleveythw.?? Hope you guyss will like it. Love you ??guyss

  2. Friends says:
    November 20, 2017 at 9:17 pm

    First dhw…

    1. Awa says:
      November 20, 2017 at 9:19 pm

      Yes dear?

  3. Xish says:
    November 20, 2017 at 9:29 pm

    Alhey… Haadha kurey… Vv kiyaahithun indha thi nimmaalee…vashaka vv reethi.???

    1. Awa says:
      November 20, 2017 at 9:48 pm

      Kurutha asluvx. Ehn dhuvahu up kuraa varau kamah Awa heekuree.. dhn inna part dhigukollaanan? n thankss Xish?

  4. sana says:
    November 20, 2017 at 9:30 pm

    Wowwwwwwwwwwwww!
    Story hama obinexx to the max…??? alhey Awa haadha molhey vaahaka liyan masha Allah…….
    And now this is my favourite story in esfiya…….
    Keep it up Awa dhoonnii??????????????????????????????

    1. Awa says:
      November 20, 2017 at 9:50 pm

      Thank you so much sana dhoonii??.. kuriyah oiyy part thahvx kiyaa hiyy vaa gothah geneveythw balaanan inSha Allah?

  5. samahaa says:
    November 20, 2017 at 9:32 pm

    Wow!super???????? keep it up Awa dhoonnii???

    1. Awa says:
      November 20, 2017 at 9:52 pm

      Thanks samahaa??

  6. Friends says:
    November 20, 2017 at 9:33 pm

    Hey Awa….
    Masha allah stry vvv nice… keep it up…
    Waiting 4 next part…..
    Plx plx upload soon dear.
    Gud nyt Awa…????

    1. Awa says:
      November 20, 2017 at 9:54 pm

      Hey friends..
      Thankyou?? next maadhan up kollaanan inshaAllah..
      Goodnight??

  7. Axka says:
    November 20, 2017 at 9:33 pm

    Wow!hama obinexx to the max???????????????? when next part ????

    1. Awa says:
      November 20, 2017 at 9:55 pm

      Thanks Axka???
      InshaAllah tmrw..

  8. annoying reader says:
    November 20, 2017 at 9:44 pm

    alhey adhives beynun vaa ans thakeh nulibey, curious vani hama eyeh miyeh balaafa eh noon. so many new twists one the way dhw. anehka miharu new face eh fenijje whoz that. cant wait for the next part <3 love it

    1. Awa says:
      November 20, 2017 at 9:59 pm

      Thankyou..
      Heheh. m also curious abt who u are?? ebunaahn ei kaakubaa???

  9. SJK...KOREAN says:
    November 20, 2017 at 9:49 pm

    helw dear awa ☺☺
    wowww, really fantastic!!!! ????
    varah reethi mi partvx!!! ??? love it..
    so curious to read next part, avahaa up kohlahcheyy.. loves❤❤❤

    1. Awa says:
      November 20, 2017 at 10:01 pm

      Hey SJK…. thankyou???? next part maadhan inshaAllah

  10. Xxxx says:
    November 20, 2017 at 9:56 pm

    Just Wooooowww?????????????.. waiting.. keep it up

    1. Awa says:
      November 20, 2017 at 10:05 pm

      Thanks dear??

  11. rose says:
    November 20, 2017 at 10:01 pm

    mi story ga vaanuvaa eh adhivess neynge . olhun bolhun heheh ekm vaahaka varah reethi . looking forward for next part

    1. Awa says:
      November 20, 2017 at 10:07 pm

      Olhunthah filaane kuriyah dhaa varakah?? thankyou kiyaalaathee??

  12. Unknown girlll.. says:
    November 20, 2017 at 10:02 pm

    Very,very nice…when nxt part..with LOL to my Awa darrling❤❤❤???

    1. Awa says:
      November 20, 2017 at 10:10 pm

      Thanks unknown?? ly darling????

  13. Unknown girlll.. says:
    November 20, 2017 at 10:07 pm

    Very,very nice…when nxt part..with LOL to my Awa darrling❤❤❤???u r 4yrs elder thanmeee

    1. Awa says:
      November 20, 2017 at 10:12 pm

      15 dhw?Ehnvma Awa ge kuda sis akahnu vaanee????

  14. PRINCESS AFU says:
    November 20, 2017 at 10:07 pm

    ??????????????????

    1. Awa says:
      November 20, 2017 at 10:15 pm

      ??????

  15. Limsha says:
    November 20, 2017 at 10:09 pm

    Varah nice mi part ves

    1. Awa says:
      November 20, 2017 at 10:17 pm

      Thanks limsha

  16. Alisha says:
    November 20, 2017 at 10:16 pm

    Super story??????
    Hama obinexx to the max Awa dhoonnii I am so happy because you update this story daily The best girl ???????

    1. Awa says:
      November 20, 2017 at 10:20 pm

      Thanks alisha.?? kuriyah oiyy thaagavx dailykn up kureveythw balaanan inshaAllah

  17. lisa says:
    November 20, 2017 at 10:19 pm

    Hey Awa dhoonnii, how are you…….. This story is super ??????????
    Good night
    Loves <3

    1. Awa says:
      November 20, 2017 at 10:24 pm

      Hey lisa dhoonii. Im grt. Hw r u…??
      Thankss alooot?
      Goodnight. Loves??

  18. sama says:
    November 20, 2017 at 10:21 pm

    Very very very nice????

    1. Awa says:
      November 20, 2017 at 10:25 pm

      Thanks dear??

  19. ham says:
    November 20, 2017 at 10:24 pm

    Masha Allah very very nice

    1. Awa says:
      November 20, 2017 at 10:26 pm

      Thankyou ham??

  20. Fathimath says:
    November 20, 2017 at 10:26 pm

    Masha Allah

    1. Awa says:
      November 20, 2017 at 10:28 pm

      ?????

  21. shaa says:
    November 20, 2017 at 10:27 pm

    Wow!

    1. Awa says:
      November 20, 2017 at 10:31 pm

      Thanks dhoonyaa??

  22. Juvey says:
    November 20, 2017 at 10:30 pm

    V reethi mi part vx. .you are great. .awa doonee ly ?????good nyt

    1. Awa says:
      November 20, 2017 at 10:34 pm

      Thank juvey dhoonii?ly❤❤ good night

  23. unlucky girl says:
    November 20, 2017 at 10:30 pm

    Obinexx to the max??????????

    1. Awa says:
      November 20, 2017 at 10:35 pm

      hehe. Thanks dear

  24. mal-sha says:
    November 20, 2017 at 10:32 pm

    Wowwwwwwwww!??????

    1. Awa says:
      November 20, 2017 at 10:38 pm

      Thanks mal??

  25. shape says:
    November 20, 2017 at 10:33 pm

    Mashaa Allah very nice

    1. Awa says:
      November 20, 2017 at 10:39 pm

      thankyou so much dear

  26. Elisha says:
    November 20, 2017 at 10:34 pm

    Hey Awa dhoonnii how are you? The story is super ?????

    1. Awa says:
      November 20, 2017 at 10:41 pm

      im great. Hw r you ely?
      Thanks???

  27. meesha says:
    November 20, 2017 at 10:37 pm

    Wow!super story when next part?

    1. Awa says:
      November 20, 2017 at 10:43 pm

      Thanks.?? inshaAllah tmrw ga

  28. Kiyaara says:
    November 20, 2017 at 10:38 pm

    Mi story ga vaagoi adhivrs neyge i think raain and raehaan are sibiling hen dhen neyge vrh reethi ekam keep it up hope i ah neyge question thskuge answer tha avahah libeynikama …….waiting for next part??????????????????????????❤❤❤❤❤❤❤❤❤❤❤❤❤

    1. Awa says:
      November 20, 2017 at 10:46 pm

      Hey kiyaara. Thanks dear??.. kuriyah dhaa varakah ingeyne.. curiosity bodukollan migothah genesdheny????

  29. ram says:
    November 20, 2017 at 10:40 pm

    Wowwww!

    1. Awa says:
      November 21, 2017 at 9:09 am

      Thanks ram?

  30. yoom says:
    November 20, 2017 at 10:48 pm

    alhe vrh kuru…nuvx visnaa ihdhaa nimuny egeh…nxt part thankolheh dhigu khla dhehchey….. ???

    1. Awa says:
      November 20, 2017 at 11:02 pm

      Yeh sure……??

  31. Rsh says:
    November 21, 2017 at 1:26 am

    V REETHI .. Waiting…….. For …… Next……???

    1. Awa says:
      November 21, 2017 at 8:25 am

      Thankss Rsh??? miadhuga genesdheynan inshaAllah

Comments are closed.

Next Episodeއެހެނަސް ހަމަ ލޯތްބޭ ވެވެނީ (ދިހަވަނަބައި)←


All Right Reserved!